މިނަން ތިހިތުން ފިލުވާލަނީހޭ؟…05
“އަހަރެން މީ މިތާ އޯނަރ… އަހަންނަށް މިތަނަށް ވަދެވޭނެ ކޮންމެ ގަޑިއަކުވެސް… މިތާ ވަޒީފާގަ ހުންނަން ބޭނުމިއްޔާ މިތަނުގެ ރޫލްސްތަކަށް ފޮލޯކުރަން ދަސްކުރޭ…”
ފައިލު މޭޒުމަތީގައި ބާއްވާފައި އަހަރެން އެނބުރުތަނައި، ކުއްލިއަކަށް ޒެވިން އައިސް ކުރިމައްޗަށް އެރުމުން ސިހޭގޮތްވިއެވެ. ލިބުނު ސިހުމާއިއެކު، ހަދާލެވުނުގޮތަކުން އަރި އަޅާލިއެވެ. އަހަންނަށް ހިފައިލެވުނީ ޒެވިން އަޅައިގެން ހުރި ޓަޢީގައެވެ.
********
ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑާއިއެކު އިވުނީ ކޮންމެވެސް މީހަކު ކަރުކެހިލި އަޑެވެ. ދެމީހުންނަށް ތެޅިގަނެފައި ދުރަށްޖެހިލެވުނީ އެކުއެކީގައެވެ. ދޮރުމަތީގައި ހުރީ ރަވާންގެ ބައްޕަ ނާޒިމްއެވެ. އެ ނަޒަރު އަމާޒުވެފައިވީ އަހަންނަށެވެ. ފާޑަކަށް ބަލަހައްޓައިގެން ހުރިގޮތުން އަހަރެން ލަދުން މޮޔަނުވީ ކިރިޔާއެވެ.
“ލިވިޔާ އައިސްބަލަ…” ފަސް އެނބުރި ހިނގައިގަތުމުގެ ކުރިން ނާޒިމް ބުންޏެވެ.
ދެއަތް ޖޯޑުކޮށްލައިގެން ހުރެފައި އަހަރެން ހިނގައިގަތީމެވެ. ވައްކަޅިން ޒެވިންއަށް ބަލައިލިތަނައި ދޫ ނުރެފައި ވައްތަރެއް ޖައްސައިލައިފިއެވެ. ވަގުތުން ދަތްތަކަށް ބާރުކޮށްލެވުނެވެ.
އަހަރެން ބޭރަށް ނުކުތްއިރު، ނާޒިމް ހުރީ ލިފްޓްގެ ކައިރީގައެވެ. އަހަރެން އައުމާއިއެކު ލިފްޓްގެ ތެރެއަށް ވަނެވެ. ފަހަތުން އަހަރެންވެސް ވަނީމެވެ. ލިފްޓް ތެރޭގައި އަހަރެން ހުރީ އިސްޖަހާލިގޮތަށް އިސް އުފުލައިލަންވެސް ނުކެރިފައެވެ. ހަމަ އެގޮތަށް ނާޒިމްވެސް އެއްޗެކޭ ނުބުނެއެވެ. ލިފްޓް ގޮސް ނުވަވަނަ ފަންގިފިލާއަށް ހުއްޓުނެވެ.
ލިފްޓުން ނުކުތުމާއިއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިން ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެ އެޕާޓްމަންޓް މިހާރު އެވަނީ ދިރިއުޅެވޭނޭހެން ބަދަލުކޮށްފައެވެ. ރަވާންގެ އެޕާޓްމެންޓްއެކޭ އެތަނެކޭ އެއްވެސް ތަފާތެއް ނެތެވެ.
“ދަރިފުޅާ ލިވިޔާ… މީ ޒެވިންގެ އެޕާޓްމަންޓް… ވަކިން ލޮކް ކުރެވޭނެހެން ހެދެންދެން، މިތަނަށް ނުވަންނަން ސްޓާފުން ކައިރީ ބުނެލާފަ ބާއްވާތި… ބައްޕަ މިތަން ޒެވިންއަށް ހަމަޖައްސާފަ މިހުރީ އޭނަ މިކޮޅަށް އައިސް އުޅޭނެ ވަކި އިތުރު ތަނެއް ނެތީމަ…”
އެކި ތަންތަން ބަލަން ހުއްޓައި، ނާޒިމްގެ ޖުމްލަ އަޑުއިވުމުން އަހަރެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ފަސް އެނބުރި ބަލައިލިއިރު، ނާޒިމް ގޮސް ސޯފާގައި އިށީންނަނީއެވެ. ހިތުގައި ޒެވިން އާއިމެދު އެތައް ސުވާލެއް އުފެދުނެވެ. ޒެވިން އަކީ ނާޒިމްގެ ކާކު ހެއްޔެވެ؟ ރަވާން އާއި ޒެވިން އަކީ އެއްމާބަނޑު ދެބެންއަށް ވެދާނެ ހެއްޔެވެ؟ އެކަމަކު ރަވާން ދުވަހަކުވެސް އެކަހަލަގެ ވާހަކައެއް ދައްކާފައެއް ނުވެއެވެ. ހިތުގައި ފުނިޖެހެމުންދިޔަ ސުވާލުތައް ނާޒިމް އާއި ކުރާކަށް ނުކެރުނެވެ. އަހަންނަށް ޔަޤީންވި ކަމަކީ ޒެވިންއަކީ ނާޒިމްއަށް ވަރަށް ޚާއްސަ މީހެއްކަމެވެ.
“ޒެވިން އަދި މިދާއިރާއަށް ވަރަށް އާވާނެ… އަތްދަށުން ދާ ކުދިކުދި ކަންތައްތައް އެހާ ބޮޑުކޮށް ނުލައްޗޭ… ދަރިފުޅު އަދި ވެރިއެއްގެ މަޤާމުގައި ހުއްޓަސް، ޒެވިންވެސް ހުރީ އެފަދަ މަޤާމެއްގައި ކަން ދަނެގެން އުޅުނީމަ ހުންނާނީ ރަނގަޅަށް…” ނާޒިމް އިނީ ސީދާ އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. ހީވަނީ އަހަރެންގެ މޫނުން ކަމެއް ހޯދަން މަސައްކަތް ކުރަމުން ދިޔަ ހެންނެވެ.
“ބައްޕައަށް އެނގޭ ޒެވިން އާއި ރަވާން އާއި ވަރަށް ވައްތަރުކަން… އެކަމަކު ބައްޕަ އުއްމީދުކުރަން އެކަމުގެ ސަބަބުން ވިޔަފާރިއަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށް…” ކުޑަ އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ނާޒިމް ބުންޏެވެ.
އަހަރެން އިސްޖަހައިލީމެވެ. ދެލޯ ފެންކަޅިވާން ފެށީ ކީއްވެ ކަމެއް ނޭނގުނެވެ. ދެލޯ މަރާލުމާއިއެކު، ހިތަށް ކުއްލިއަކަށް އަންނަންފެށީ ރަވާންގެ ހަނދާންތަކެވެ. އަހަރެން ދެރަވީ ޒެވިންއަކީ ރަވާން ނޫންކަން ކަށަވަރު ވުމުން ހެއްޔެވެ؟ ނޫނީ ރަވާންގެ ކުންފުންޏަށް ޒެވިން ވެރިވެގަންނަން އުޅޭހެން ހީވުމުން ހެއްޔެވެ؟ ނޫނެކެވެ. އަހަންނަކީ މުދަލާއިހެދި އެވަރުވާނޭ މީހެއް ނޫނެވެ. ކުންފުންޏާއި އަހަރެން ޙަވާލުވީވެސް، ރަވާންގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށެވެ.
“ހޫމް… ހިނގާ ދޯ އޮފީސް ބަޔަށް ވަދެލަމާ… ދެތިން ޕްރޮޖެކްޓްއެއް އޮންނާނެ ބައްޕަ ފެށިގޮތަށް އަދިވެސް ނުނިމިފައި…” ސޯފާއިން ތެދުވެ، ހަށިގަނޑު ސީދާކޮށްލަމުން ނާޒިމް ބުންޏެވެ.
އަވަސްއަވަހަށް އެސްފިޔަތައް ޖަހާލާފައި، ކަރުނަތައް ހިންދައިލީމެވެ. ނާޒިމް އާއި ކުރިމަތިލީއިރު އަހަރެން ހުރީ ހިނިތުންވެލައިގެންނެވެ. ނާޒިމްވެސް ހިނިތުންވެލިއެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ނާޒިމްގެ އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް ސިއްރެއް ވާކަމަށް ހިތް ބުނަން ފެށިއެވެ. އަހަރެންގެ ތުންފަތްމަތީގައިވި ހިނިތުންވުން އިސާހިތަކު ފަނޑުވެގެން ދިޔައެވެ. ނާޒިމްގެ ފަހަތުން ލިފްޓަށް އެރިއިރު، އަހަރެންގެ ތަބީޢަތު ވަނީ ބަދަލުވެފައެވެ.
ހިނގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ދީފައި ނާޒިމް ދިޔައީ ޒެވިންގެ ކެބިންއަށެވެ. ޝާޔަން ހުރީ ތަންވަޅަކަށް ބަލަބަލައެވެ. ކުޑަކުޑަކޮށް ދޮރު ހުޅުވާލާފައި، އެތެރެއަށް ދެމިގަނެގެން އައި ގޮތުން އަހަންނަށް ހެވުނެވެ.
“ކީކޯ އޭނަ ކީ؟… އެ ޒެވިން އެއީ ކާކޭތަ ބުނީ؟… އެއީ ހަމަ އަސްލުވެސް ރަވާންތަ؟… ނޫނީ ޒެވިންތަ؟… ނޫނީ ގޯސްޓެއްތަ؟…” ޝާޔަން ވާހަކަ ދެއްކީ އަހަރެންގެ ކަންފަތް ކައިރީގައި ވައި އަޑުންނެވެ.
“ސާބަސް ޝާޔަންއަށް… ފޫޅަށް އިވޭވަރަށް ކިޔާބަލަ…”
ދެފަރާތަށް ބޯ ހޫރާލާފައި ކޮމްޕިއުޓަރުގެ ސްކްރީނަށް ނަޒަރު ހިންގައިލީމެވެ. އޭރު ދެތުންފަތް ފިތައިލައިގެން ޝާޔަން ހުއްޓެވެ.
“ލިވީ ބަލައްޗޭ… އަހަރެން ހޯދާނަން އެއީ ކާކުކަން…” ޝާޔަން އެހެން ބުނެފައި ނުކުމެގެން ދިޔައީއެވެ.
********
އިރު އޮއްސުނު އިރުވެސް އަހަރެން އިނީ އޮފީހުގެ މަސައްކަތްތަކުގައެވެ. ހުރިހާ މުވައްޒަފުން ގެއަށް ދިޔުމުން މާހައުލަށް ވަނީ ހިމޭންކަން ވެރިވެފައެވެ. ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމުން ކާ އެއްޗެއްގެ މަތީންވެސް އަހަރެން ހަނދާނެއް ނެތެވެ. މަޤުރިބު ނަމާދު ބަންގީގެ އަޑު އިވުމާއިއެކު އަހަރެން ތެދުވީމެވެ. ނަމާދަށް އަހަރެން އަބަދުވެސް ވަރަށް އިސްކަން ދެމެވެ. ލިފްޓަށް ވަންނަނިކޮށް ޝާޔަން ގުޅިއެވެ. ޝާޔަން ފޯނު ބޭއްވީ ލިފްޓް ހުޅުވުނު ތަނާއެވެ. ފޯނުން ނަޒަރު ވަކިކޮށްލާފައި ލިފްޓްގެ ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު، އަހަރެން ހުރިތަނަށް ގަނޑުވި ކަހަލައެވެ. ސޯފާގައި ދެފައި ވައްކޮށްގެން ޓީވީ ބަލަން އެއިނީ ޒެވިންއެވެ. ހަމައެކަނި ސޯޓުކޮޅެއްގައި އިންއިރު، އުނގުމަތީގައި އިން ޕޮޕްކޯނު ތަށި ބޮޑުކަމުން އަހަރެންގެ އަނގަ ހުޅުވުނުގޮތަށް ލައްޕަންވެސް ނޭނގުނެވެ.
އާދެވިފައިވަނީ ނުބައި ފަންގިފިލާއަކަށްކަން އެނގުމުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ފަސް އެނބުރި ލިފްޓާއި ދިމާއަށް ބަލައިލިއިރު، ލިފްޓްގެ ދޮރު ލެއްޕިއްޖެއެވެ. ހިތުގެ އަޑިން ޝާޔަންއަށް އެތިވަރު ގޮވަމުން ފަސްއެނބުރު ވަގުތު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ޒެވިން ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އަހަރެން ބަލައިލުމާއިއެކު ބާރަށް ހަޅޭއްލަވައިގަނެފައި އަމިއްލަ ހަށިގަނޑުގައި ދެއަތް ވަށާލައިފިއެވެ.
“ހައު ޑެއަރ ޔޫ… އައުޓް… ހަމަ މިހާރު…” ޒެވިން ހަޅޭއްލަވަން ފެށިއެވެ. ކޮންމެ ޖުމްލައެއް ބުނެފައި، ފުންމަފުންމާފައި އެ އުޅެންފެށިގޮތުން ހީވީ ކުރަތްޕެއް ފަހަތު އަޅުވާލައިގެން ނެއްޓެއް ނޭނގިގެން އުޅުނުހެންނެވެ.
“ސޮރީ… ސޮރީ…” ދެލޯ މަރާ ބާރުކޮށްލައިގެން ހުރެ އަނެއް ފަރާތަށް އެނބުރެމުން އަހަރެން ބުނީމެވެ.
ދުވެފައި ކަހަލަގޮތަކަށް ގޮސް ލިފްޓްގެ ދޮރު ހުޅުވުމަށް ސްވިޗަށް ފިތައިލީމެވެ. ދެތިން ފަހަރު ފިތައިލުމުންވެސް ދޮރެއް ނުހުޅުވުނެވެ. ކުއްލިއަކަށް މުޅިތަނުން ކަރަންޓް ދިޔައެވެ. ވަށައިގެން ފެންނަމުން ދިޔައީ ކަނު އަނދިރިކަމެވެ. އަހަރެންގެ ތޫލި ހަޅޭކުގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ހުރިތަނުން ގުޑިލަންވެސް ނުކެރިފައި އަހަންނަށް ހުރެވުނީ އަނގަމަތީގައި އަތްއަޅައި ބާރުކޮށްލައިގެންނެވެ. ލިބެމުންދިޔަ ކުއްލި ސިހުންތަކުން އަހަންނަށް ގިސްލާފައި ރޯން ފެށުނެވެ. ފާޑުފާޑުގެ އަޑު އިވޭހެންވެސް ހީވަނީއެވެ. ދެކަންފަތް މަތީގައި އަތްއަޅައިގެން ހުރެ، ހުރިތަނަށް ތިރިވެވުނެވެ. ކުޑައިރު ގުދަނެއްގައި ބަންދުވި ހާދިސާއަށްފަހު، އަނދިރިތަންތަނުގައި ހުންނަން އަހަރެން ބިރުގަނެއެވެ.
“ޔޫ އޯކޭ؟…”
ދާދި ކައިރިން ޒެވިންގެ އަޑު އިވުނެވެ. އެއާއިއެކު ފޯނުން އަހަރެންގެ މޫނަށް އަލިކޮށްލައިފިއެވެ. އޭރު އަހަންނަށް ދިޔައީ މާނޭވާ ލެވެމުންނެވެ.
“ބޮ…ކި… ބޮކި…” އަހަންނަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.
“ހޭ އިޓްސް އޯކޭ… މީ އެވަރުކަމެއް ނޫނޭ… އިރުކޮޅަކުން ކަރަންޓް އައިސްދާނެ…” ފޯނުގެ ފްލެޝް ލައިޓް ޖައްސައިލަމުން ޒެވިން ބުންޏެވެ.
ޒެވިން އިނީ ކަންބޮޑުވެފައެވެ. އަހަރެން ހުއްޓާނުލައި ބޮކި ދިއްލައި ދިނުމަށް އެދެމުން ދިޔައީމެވެ. ކަރަންޓް އައީ އެގޮތަށް އަހަރެން އިންނަތާ ފަސްވަރަކަށް މިނެޓު ފަހުންނެވެ. ޒެވިން ގޮވަގޮވައި ހުއްޓައި އަހަރެން ދުވެފައި ގޮސް ލިފްޓަށް ވަނީމެވެ. ދޮރު ލެއްޕެން ދަނިކޮށް، ޓީޝާޓެއް ލަމުން، ޒެވިން އެދިމާއަށް ދުވެފައި އަންނަތަން ފެނުނެވެ. އަހަރެން ހުރީ ޒެވިން އައުމުގެ ކުރިން ދޮރު ލެއްޕޭތޯ ދުޢާ ކޮށްކޮށެވެ. އެކަމަކު ދޮރު ލެއްޕުމުގެ ކުރިން ދޮރުގެ ދެފަރާތުގައި ދެއަތުން ހިފާފައި ހުޅުވައިލައިފިއެވެ.
ޒެވިންގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ ޢަޞަރެވެ. ލިފްޓަށް ވަދެފައިވެސް، ވަކި އެއްޗެއް ނުބުނެއެވެ. އަހަރެން ލިފްޓްގެ ތެރެއިން ނުކުންނަންދެން ބަލަހައްޓައިގެން ހުރީއެވެ.
އެނދުގައި އޮށޯވެލުމާއިއެކުހެން ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. މެސެޖު އައިސްފައި އޮތީ ވައިބާ އިންނެވެ. ނުވެސް ދަންނަ ނަންބަރަކުންނެވެ. މެސެޖު ހުޅުވައިލިއިރު، ފޮނުވާފައި އޮތީ ވީޑިޔޯއެކެވެ. ވަގުތުން އަޅުވައިލީމެވެ. ކަޅުކުލަ ފެންނަމުންދިޔަ އެ ވީޑިޔޯއިން އިވުނީ ގަދަ އަޑުފައްގަނޑެކެވެ. އަޑު ހުރީ އެންމެ ބާރު ކުރެވިފައިކަމުން ސިހިފައި ފޯނު ހޫރައިނުލެވުނީ ކިރިޔާއެވެ. ހިތް ތެޅިގަނެގެން ދިޔައެވެ. އަޑު މަޑުކޮށްލަން އުޅުނު ވަގުތު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައީ ސްކްރީނުން ފެނުނު މަންޒަރަކުންނެވެ.
ފެންނަމުން ދިޔައީ ކައިވެނީގެ ރޭގައި އަހަންނާއި ރަވާން ދަތުރުކުރަމުންދިޔަ ކާރެވެ. އެއީ ކާރުގެ ޑްރައިވަރު ޝީޓާއި ދިމާގައި ހަރުކޮށްފައިވާ ކެމެރާއިން ރެކޯޑުކުރެވިފައިވާ މަންޒަރެކެވެ. ކެމެރާއިން ފެންނަމުން ދިޔައީ ކާރު ދަތުރުކުރަމުންދިޔަ މަގެވެ. ކުއްލިއަކަށް ފެނުނީ ބާރު ދުވެލީގައި އައި ސައިކަލެކެވެ. ހެލްމެޓެއް އަޅައިގެން އިން މީހާ ވަކި ހިސާބަކުން ސައިކަލުން ފުންމާލިތަން ފެނުނެވެ. ސައިކަލު އައިގޮތަށް ކާރުގެ ބިއްލޫރިގަނޑުގެ ތެރެއަށް ވަނެވެ. މަންޒަރު ފުސްވުމާއިއެކު، ސްކްރީން ކަޅުވިއެވެ. ކުޑަ އިރުކޮޅަކުން އަނެއްކާވެސް މަންޒަރު ފެންނަން ފެށިއެވެ. މިފަހަރު ފެންނަމުން ދިޔައީ ކާރުގެ އެތެރެއެވެ.
ކާރުގެ ތެރޭގައި ކެމެރާ ހަރުކުރީ ރަވާންކަން އެނގުނީ ވީޑިޔޯއިން ރަވާން ކެމެރާ ހަރުކުރި މަންޒަރު ފެންނަން ހުރުމުންނެވެ. ހިނިތުންވެލައިގެން އިނދެފައި ކެމެރާ އާއި ދިމާއަށް ރަވާން އެއްލޯ މަރާލިތަންވެސް ފެނުނެވެ. ސްކްރީން ކަޅުވެފައި ދެން ފެނުނީ ކައިވެނީގެ ހެދުމުގައި އަހަންނާއި ރަވާން އެކުގައި ތިއްބައެވެ. ރަވާންގެ ކުދިކުދި ގޯނާތަކުން އަހަރެން ހެމުންދިޔަ މަންޒަރާއި، ދޭތެރެއަކުން ކެމެރާއަށް ބަލައިލާފައި ރަވާން ހީލާ މަންޒަރެވެ.
ކުއްލިއަކަށް މުޅި ކާރަށް ލޮޅުން އެރިއެވެ. ކާރުގެ ތެރެއަށް ވަދެގެން އައި ސައިކަލުގެ ފުރޮޅު އައީ ސީދާ އަހަންނާއި ދިމާއަށެވެ. ރަވާން ވަރަށް ހުށިޔާރެވެ. އެ އަތުގެ ހިމާޔަތުގެދަށަށް އަހަރެން ގެންގޮސް، އެ ހަމަލާއިން އަހަރެން ސަލާމަތްކުރިއެވެ. އަހަރެން އޮތީ ރަވާންގެ ދަށުގައެވެ. ސައިކަލުން ޖެހުނީ ރަވާންގެ ބޮލާއި ބުރަކަށީގައެވެ. ހަމަ ޖެހުމާއިއެކުހެން، ބޮލުން ތަންގަނޑެއް ކަފައިގެންގޮސް، ލޭތައް ބުރައިގެން ދިޔަތަން ފެނުނެވެ.
އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ފޯނު ދުރަށް ހޫރާލާފައި ފުންމައިގެން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. އަނގަމަތީގައި އަތްއަޅައިގެން އަހަރެން ހުރިއިރު، މުޅި މީހާ ތުރުތުރުއަޅަމުން ދިޔައެވެ. ގިސްލާފައި ރޯންފެށުނީ ރަވާންއަށް އެ ހުރިހާ ކަމެއް ދިމާވީ އަހަރެންގެ ސަބަބުން ކަމުގައި ޤަބޫލުކުރެވުމުންނެވެ. ރަވާން އެވީ ކޮންފަދަ މަތިވެރި ޤުރުބާނީއެއް ހެއްޔެވެ؟ އަހަންނަށްޓަކައި އަމިއްލަ ފުރާނަ ދުއްވާލާކަށްވެސް ފަހެއް ނުޖެހުނެވެ. އަހަރެންގެ ހިތުން އެ މަންޒަރު ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
57 Comments!
Comments are closed.





Yexyyy mifaharu 1st ?
Yess dear first dho mifaharu ?❤
Salaam all
Miothee 5 vana episode.. unmeedhukuran mibaives kamudhaane kamah.. kiyaalaafa cmnt eh kohlahchey..
Dhanvaru upkurevenee bxy v ma ingey.. 2 days vee upkuran try kuraathaa.. ekam konmeves kameh dhimaavegen ehves time eh nuve midhiyaee..
Hurihaa kudhinge haaluves ragalhuvaane kamah unmeedhukuran..
?❤Baahjaveri reyakah edhen❤?
When next
In Sha Allaah soon ingey ?
Hi.??.. Me Lyn ge first comment eysh ge story ah. Varah rythi mi part vx. And I have a feeling mi vaahaka varah rythi vaanekamuge. Insha allah lyn varah rangalhu. Eysh ge haalugaa kihinehtha? When next part darla? Varah curious vefa mihunnany mi vaahakaige sirruverikamun dhen vaany kihineh kanvx khiyaalu kohlan vx neygifa. ? Waiting! Nytx?❤️
Hi lyn ? v ufaavehje cmnt kohleema.. thank u so much dear.. first cmnt hama v sweet.. In Sha Allaah story kamudhaane gothah genesdheveytho v masakkaiy kuraanan.. Alhamdhulillaahi Eysh v ragalhu.. v ufaavehje haalu ahaaleema.. ? next part In Sha Allaah v avahah genesdheveytho balaanan.. hingaa dho balamaa story ga vaagotheh.. keep waiting.. and good morning ?❤
Ummu Yusuf heylevuneema kiyaalahchey v reethi?
Thank u so much Ram ?❤
alhey so cute??????
hiyvani kiyamun dhaairah lokurimathin fennahen?????
vvvvvvvv rythi mibaives…. ?
Aww so sweeet.. thank u so much Shaai ? varah ufaavehje story kamudhiyaeema ?❤ keep waiting for the next part ?
Varah reethi
Thank u so much dear ?❤
Eysh kaaku tha e video kolhu e fonuviii….. Mi part hama vvvvvvvvv reethiiii❤️❤️❤️???…… Im speechlesss…… Whn nxt part……. Waiting….. Lysm?❤️❤️❤️❤️
Hi lamko..? hingaa dho kaakutho video fonuvee balamaa.. thank u so much dear.. ?varah ufaavehje ehaa bodah mi part kamudhiyaeema.. ?❤ next part In Sha Allaah v avahah genesdheveytho balaanan.. keep waiting.. ly2 ?
Maasha Allaah. v salhi to the max. story hama supper. good luck.
Thank u so much dear.. varah ufaavehje story kamudhiyaeema ?❤
Ohhhhhh ?????? kihinehbaa vaan miulhenee ???????? kobaibaa mikan nimeyne gothakee. Yageenunves bodu kanthah gandeh bayaku raavai hingaifi. Vvv bodu nubaeh meega eba ulhey.. ?????????? Kaakubaa nubai hadhaa meehakee?? Shaayan..? Ravaan..? Naxim? Noonee ehen meehehbaa?? Komme akas mikankan hoadhan vvv interest vejje. Mi style ge vaahaka vvvv kamudhey.. Vv kiyaa hiyvey ????❤️???❤️?????❤️?????❤️?????❤️?????❤️?????❤️????❤️?????❤️???????? Mi part ves vvvv furihama.. Vvv reethi.. Haadhisaa thah genessa hunna goiy haadha chaaley.. Hama hiy dhoovegen dhey ekee. Story thereah dhamiganey sifakolla dhinun molhukamun. ???????????????????????????????????????????????????????????????????????? Eysh akee hama emme best ey bunan jehenee komme vaahaka ehves eehaa hithaa kulhelaa gothah liyelaathee. Hama vvv telented. V salhi. Lysm ?????????????????????????????????Waiting for the next part. ??????????????????????????
Awww so sweeet.. means a lot.. Thank u so much dear.. varah ufaavehje story kamudhiyaeema nd cmnt kiyaalaafa ?❤ hingaa dho story ga vaagotheh balamaa.. keep waiting for the next part.. ly2 dear ?
Wowwww ???❤️❤️❤️… Maa Sha Allah mi part hama v v v reethi ❤️❤️❤️????????????????????????????????????… Haadha furihama ey eysh ge stories ?????????❤️❤️❤️????????????… Knme part ehvx shaugverikamaa eku kiyaa hithun kiyaalevey ???… Manzaruthah heevany hama loa kurimathyga sifavaahen ???… Ehaa vx eysh hunaruveri Maa Sha Allah ❤️❤️❤️????????????… Your one of my favourite writer ???❤️❤️❤️????????????????????????… Dhuvaheh dhuvahah shaugverikan ithuru vany ???… I just love it ❤️❤️❤️❤️?????????… Keep going eysh ???❤️❤️❤️??????????… Lots of love from pinky ❤️❤️❤️??????????????????????????????… Knme part akah comment nukuriyas regular koh mi story kiyan ingey ???…
Awww Thank u so much dear.. varah ufaavehje story kamudhiyaeema nd cmnt kiyaalaafa ?❤ hingaa dho story ga vaagotheh balamaa.. keep waiting for the next part.. lots of love frm me too ?
Vaahaka v salhi ?????
Thank u so much dear.. v ufaavehje story kamudhiyaeema ?❤
when next? Waiting…….. Waiting…………
In Sha Allaah soon.. keep waiting ?❤
Eysh Cover pic vrh rythi. Mal ahvx hadhaadheynvynu
story vx vrh rythi
Thank u so much dear.. yess pic fonuvaalas eyrun hadhai dheynan ?❤
Masha Allah
V reethi mibaives. ???Waiting for next part❤❤?
Thank u so much dear.. v ufaavehje story kamudhiyaeema ?❤ keep waiting for the next part ?
Maasha allah vvvvvv reethi??????…..Speechless……. e vedio fonuvee kaaku baa.???????… Alhey so curious???…… Keep it up igey sis??????..
Awww Thank u so much dear.. v ufaavehje story kamudhiyaeema ?❤ kaakubaa dho.. hingaa balamaa kaakutho.. keep waiting for the next part ??
މާޝާﷲ. ވަރަށް ފުރިހަމައެވެ. ހަޤީޤަތުގަވެސް ވަރަށް ހިތްގައިމެވެ. ޝައުޤުވެރިކަން އިންތިހާއެވެ. ފުރިހަމަކަމުން ދެވަނައެއް ނެތެވެ. ވަރަށް ހިތްތެޅެއެވެ. ވާނެ ގޮތެއް ނޭނގޭތީއެވެ.. ހީވެއެވެ. ބޮޑު ކަންތައް ގަނޑެއް ހިނގައިފިހެންނެވެ. ޔަގީންވެއެވެ. ލިވީއަށް ދެރަގޮތެއް ނުވާނެކަމެވެ.. އެކަމް ވެސް ބުނަން ހެއްޔެވެ. ވާހަކަ ދާގޮތުން ވަރަށް ޝައުގުވެރިއެވެ. ކިޔަ ކިޔާ އިންދާނިމޭއިރުނުވެސް އިނގެއެވެ. އޭޝް ވަރެއް ނެތެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ. ޝ
Awww so sweeet.. ❤? Thank u so much dear.. v ufaavehje story kamudhiyaeema ?❤ keep waiting for the next part ??
Eysh ge story thah kiyaalaafa i akah comment eh leave nukosheh nuhureveyne…… But vakive nudhanees is the best story anyway thats the beautiful story i have ever read…… I like it ❤️❤️❤️❤️????????
Awww thats so sweet.. varah varah ufaavehje.. ??❤ cmnt kiyaalaafa vaguthun rply kohlan beynunvi.. ekam egady kameh dhimaavegen rply kohlevey gotheh nuvee.. VAKIVE NUDHANEES is one of my favryt too.. ? thank u so much lamko.. u r a v sweeet grl.. much loves ?
V salhi mi part ves..curiously waiting for the next part..??
Awww thank u so much Esherr dear ?❤ Esherr ves writer eh dho.. good luck dear ? v ufaavehje cmnt kohleema.. keep waiting fr the next part dear.. ?❤
Wow eysh the story was wonderful and when is the next part? Curiously waiting
Awww thank u so much dear?❤ v ufaavehje cmnt kohleema.. next part In Sha Allaah las nukoh genesdheveytho balaanan ingey.. keep waiting fr the next part dear.. ?❤
Nice
Thank u so much dear ?❤❤
wow
story hama v rythi….
kon dhuvasthakehga upload kohdheny
Aww thank u so much dear ?❤ varah ufaavehje story kamudhiyaeema.. adhi vaki dhuvasthakeh hamaeh nujassan.. week aku 2 part genesdheveytho masakkaiy kuranee.. sunday and wednesday ga upnuvaane.. eiee Eysh fenvaru.com ga genesdhey story genesdhenee e dhe dhuvahu v ma.. ekam In sha Allaah vaki dhuvas thakeh hamajesseytho balaanan ingey.. ?❤?
eysh ge huriha story eh kiyamum midhany varah shalhi hurihaa story ehvess …. its wonderfull
Aww so sweeet.. means a lot.. thank u so much dear ?❤ varah ufaavehje story kamudhiyaeema.. nd cmnt kiyaalaafa ?❤?
dhen konirakun story up date vaany….
mihaaru kiyahithun hurevenyiki nun…
eysh loabi kolha thankolheh avaskohllaba ????
Shaai dear.. rply lasvee kudakoh balive ulheythee ingey.. ?❤ next part In Sha Allaah maadhamaa.. v ufaavehje ehaa bodah story kiyaahihvaakan enguneema.. Aww ?thihaa loabin buneema In Sha Allaah v avahah upkureveytho masakkaiy kuraanan ingey ? much loves ??
Eysh ah kureveyne kamakii story liyefa submit kurun❤️❤️dhn…. Eythi admin un publish nukuranii…eysh ah kireveyne kameh neiii???????☺️☺️☺️❤️
??❤ lamko u r v sweet.. lysm dear ?❤??
v nice story eh…keep it up dear..
Aww thank u so much dear ?❤ varah ufaavehje story kamudhiyaeema ?? means alot ??
eyshoooooooooooooo
When next
Labba pinkyyyyyy ?? In sha Allaah maadhamaa ingey ??❤ keep waiting ?❤?
eysh dhooni kolha….
haadha lahey up vaaleh .
mihaaru upload veytho balabala moyavavaru vehjje…. ????
Hi shaai.. eysh ah enme avahah ves time eh vaanee nyt ga.. In Sha Allaah 8 ge kurin upkohladheynan ingey.. ?❤??❤
ok dhoonikolha…???