Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެހެނަސް 10

samra Level 210 Stories100 Login100 Comments
January 6, 2020 4 Mins Read
18 Comments

ނިޝާގެ ޑައިރީ ހިފައިގެން ނިކްހާ އިނީ ކޮޓަރި އެނދު މަތީގައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަވަސް ވެފައިވީ ހިތަކާއެކު ފޮތުގެ ފުރަތަމަ ގަނޑު ހުޅުވާލިއެވެ. އެފޮތުގައި ނުހަނު ރީތި އަތުލިއުމަކުން ލިއެވިފައި އެވަނީ ނިޝާގެ ކުލަނެއް ހަޔާތުގެ ޞަފްޙާތަކެވެ.

*** ** ***

އެނގޭ ހެއްޔެވެ؟؟ އަހަރެންވެސް އަހަރެންގެ ދިރިއުޅުމަށް ޓަކައި ހާދަ ފޮނި އުންމީދު ތަކެއް ކުރީމެވެ. ހާދަ ހުވަފެން ތަކެއް ދުށީމެވެ. އެކަމަކު އެ ހުރިހާ ކަމެއް ފެނަށްވީ ދާދި މަދު ދުވަސް ކޮޅެއް ތެރޭގައެވެ. އަހަރެންގެ ދިރިއުޅުން ހިތި ޒަހަރަށް ވީ ހުދު އަހަރެންނަށްވެސް ނޭނގި ހުއްޓައެވެ.

އަޑުއަހާށެވެ.. މި ކިޔައިދެނީ އަހަރެންގެ ހަޔާތުގެ ޞަފްޙާތަކެވެ.. އެހިތި ދުވަސް ތަކެވެ..  އެއީ ވިއްސާރަ ރެއެކެވެ. އަހަރެން އޮތީ ނުނިދިފައެވެ. އަހަރެންގެ އެއްފަރައިތުގައި ތިން އަހަރުގެ ކުޑަ ކޮއްކޮ ނިދާފައި އޮތެވެ. ހަށިގަނޑަށް ވެރިވެފައިވީ ލޮޑުކަމާއެކުވެސް ނިދުމަށް އަހަރެންގެ ނަފުސު ދެކޮޅުހަދަމުން ދިޔައެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑުން މުޅި ތަނުގެ ހަމަ ހިމޭންކަން ނަގާލައިފައި ވީއިރުވެސް ޖެހިގެން ހުރި ކޮޓަރިން އިވެމުން ދިޔަ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތާ ހަމައަށް ފޯރައެވެ. އެވަގުތު އިވުނު ބާރު ގުރީގެ އަޑަށް އަހަރެން ސިއްސައިގެން ދިޔައިރު އިވެމުން ދިޔަ ރުއިމުގެ އަޑުވެސް މެދުކެނޑުނެވެ.

އިތުރަށް އެ ރުއިމުގެ އަޑު ނުއިވުމުން އަހަރެން މަސައްކަތް ކުރީ ނިދޭތޯއެވެ. ނަމަވެސް ދެކޮޅަށް ފުރޮޅި ފުރޮޅިވެސް ނިދޭގޮތެއް ނުވިއެވެ. އެންމެ ފަހުން ތެދުވެ ލަސް ފިޔަވަޅު ތަކެއްގައި ކޮޓަރިން ބޭރަށް ނުކުންނަން ހިނގައި ގަތީމެވެ. ދޮރު ހުޅުވާލި އިރު ފެނުނު މަންޒަރުން އަހަރެން ޖެހިލުންވިއެއް ކަމަކު ޖެހިގެން ހުރި ކޮޓަރިއަށް ވަނުމަށް ފިޔަވަޅު އަވަސް ކޮށްލީމެވެ.

އަހަރެންގެ މަންމަ އަމީހާއަކީ ފަންޑިތަ، ސިހުރުވެރި ކަމަށް ގޮސް ހުސްވެފައި ހުންނަ މީހެކެވެ. އެއިރުވެސް ބޯހާވާލައިގެން ތަޅުންގަނޑުމަތީ ދެފައި ވަށްކޮށްލައިގެން އިނެވެ. ކުރިމަތީ ބޮޑު ފޮތެއް ހުޅުވާފައި އޮތްއިރު ތުން ތަޅުވަމުން ދިޔައެވެ. އަހަރެން އެމަންޒަރަށް މާބޮޑު ސަމާލުކަމެއް ނުދީ ގޮސް މަންމަމެން ކޮޓަރިއަށް ވަންއިރު އެނދުމަތީ އޮތް ތުއްތު ކުއްޖާއަށް އޮތީ ނިދިފައެވެ. ރޮއެ ރޮއެ ބަލިވެގެން އެ ކުއްޖާއަށް ނިދިފައި އޮތް މަންޒަރު ފެނި އަހަރެންނަށް ރޮވުނެވެ.

އެހެނަސް މަންމަ ދީފައި އޮތް އިންޒާރަކަށް ނުބަލައި އަހަރެން ކޮޓަރިން ބޭރަށް ނުކުތީ ކެތްނުކުރެވުމުންނެވެ. ރޭގަނޑު ނުވައެއްގެ ފަހުން އަހަރެން ކޮޓަރިން ބޭރަށް ނުކުތުމަކީ މަންމަ މަނާ ކޮއްފައި އޮތް ކަމެކެވެ. އަހަރެން ކޮޓަރިއަށް ވެއްދުމަށްފަހު މަންމަ އެންމެ ކުޑަ ކޮއްކޮ ގެންދާނެއެވެ. އެއީވެސް އަހަރެން އެކޮއްކޮ ދެކެ ވާލޯބި މަންމައަށް އެނގޭތީ އަހަރެން ދެރަކުރަން ކަންނޭނގެއެވެ. ކޮއްކޮ އެކަނި ކޮޓަރިއަކަށް ލާފައި މަންމަ އުޅޭނީ ބޭރުގައެވެ. ކޮންމެ ރެއަކު އެ ތުއްތު ކުއްޖާގެ ރުއިމުގެ އަޑު އަހަރެންނަށް އެތަށް ފަހަރަކު އިވެއެވެ. ހިތުގައި އަތްއަޅާލައިގެން ހުރެވެސް އަހަރެން ކެތްތެރި ވުމަށް މަސައްކަތް ކުރަމެވެ. ނަމަވެސް އަހަރެންގެ ކެތްތެރިކަން ކޮޅުންލާ ކޮޓަރިން ނުކުމެވެނީ އެމަސޫމު ކުއްޖާއަށް އަހަރެންގެ ހިމާޔަތް ދޭން ބޭނުންވާލެއް ބޮޑުކަމުންނެވެ. އަރާ އިރާއެކު މަންމަގެ އަތުގެ ހޫނު ހަމަލާތަކުގެ އަމާޒު ފަތްގަނޑަކަށް އަހަރެން ވެއެވެ. އެންމެ ހަތަރު މަހުގެ އެ ތުއްތު ފުރާނައަށް އަޅާލާނެ މަދަދުގާރެއް އަހަރެން ފިޔަވާ މިގޭ ހަތަރު ފާރު ތެރެއަކު ނުވެއެވެ.

ތުއްތު ނަޔާނީ މޭގައި ލައްކޮށްލައިގެންހުރެ އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އެއިރު މަންމަގެ ނަފުރަތުގެ ދެލޯ ހުއްޓިފައިވީ އަހަންނަށެވެ. ކޮއްކޮ އަހަރެން ގާތަށް ގެނެވުމުން އަހަރެންނަށް ހަޖެހުމެއް ލިބުނު ފަދައެވެ. އެއިރު އަހަރެންގެ އުމުރުން ވާނީ އެންމެ ނުވަ އަހަރެވެ. ކުޅިވަރާއި މަޖަލުގައި ދުވަސްތައް ހޭދަކުރަން އެންމެ ބޭނުންވި އުމުރެވެ. ނަމަވެސް އާއިލާގައި އެންމެ ބޮޑަށް ހުރި ކުއްޖާއަށް ވެފައި ކުޑައަށް ތިބި ދެކޮއްކޮގެ ޒިންމާ އެޅިފައިވީ އަހަރެންގެ ބޮލުގައެވެ. މަންމަ އަހަރެމެންނަށް އަޅާނުލިތާންގާ ދެނީ އަނިޔާއެވެ. އެ އަނިޔާތަކައް އަހަރެން ހޭނުނު ނަމަވެސް ކޮއްކޮމެން އެވޭން ތަޙައްމަލް ކުރާތަން ބަލާކަށް އަހަރެންނަކަށް ކެތެއް ނުކުރެވޭނެއެވެ.

ޖެހިގެން އައި ދުވަހުގެ އިރު އެރީ އަހަރެންގެ ހިތް އިތުރަށް ރޮއްވާލާފައެވެ. ބައްޕަގެ މަރާއެކު އަހަރެމެން ބިކަވީއެވެ. ކިރިޔާވެސް އެހީތެރިކަމެއް ފޯރު ކޮށްދެން ހުރި މީހަކީ އެއީއެވެ. ބައްޕަގެ އެކުއްލި ވަކިވެ ދިއުމުން މަންމަގެ “ހިލަ” ހިތަށް އަސަރެއް ކުރިހެނެއް ހީނުވެއެވެ.

މާޔޫސް ވެފައިވީ މޫނަކާއިއެކު އަހަރެން ހުރީ ގޭދޮރުމަތީގައި ކުޑަކޮއްކޮ އުރާލައިގެންނެވެ. އެއިރު ތިންއަހަރުގެ ނިކްހާ ވެލިގަނޑުމަތީ ކުޅެންއިނެވެ. ރަށުގެވެސް ގިނަބައެއްގެ ފަރައިތުން އަހަރެމެންނަށް ލިބެނީ މަލާމާތުގެ ބަސްތަކެވެ. މަދުބައަކުފިޔަވާ ހިތްހެޔޮކަމާ އެކު ވާހަކަ ދައްކާލާ ނުހަދައެވެ. ފަރީޝާއްތަގެ ހެޔޮކަމަކީ އަހަރެން އުމުރު ދުވަހުވެސް ހަނދާން ނެތޭނޭ ކަމެއް ނޫނެވެ.

އަހަރެން ގެއަށް ވަންނަން އެނބުރިލީ ތަނުން ފަރީޝާއްތަ ގޮވާލި އަޑު އިވުނެވެ. ފަރީޝާއްތަ އައިސް އަހަރެންގެ އަތުން ކޮއްކޮ ނަގަމުން ހިތްވަރު ކުރަންވާނޭ ބުނެލި އެވެ. އަހަރެން އެއޮށް ހުރިހާއިރު ހިންދައިގެން ހުރި ކަރުންތައް ލޮލުން އޮހޮރިގަތެވެ. މީހެއްގެ އޯގާތެރިކަން ލިބުމުން ކަމަށްވެސް ވެދާނެއެވެ.

އެރޭ އަށެއްޖެހިތަނުން ކޮއްކޮމެންނަށް ކާންދީގެން އަހަރެންވަނީ ކޮޓަރިއަށެވެ. ނިކްހާއަށް ނިދުމުން އަހަރެން ނަޔަނީ އުރާލައިގެން ކޮޓަރިތެރޭ ހިގަންފެށީމެވެ. އަހަރެން ހިނގާ ހިނގާ ލޮޑުވި އިރުވެސް ކޮއްކޮ ނުނިދައެވެ. އެކުއްޖާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ދެލޯ ބޮޑުކޮށްލައިގެން އޮވެ އަހަރެންގެ މޫނަށް ބަލަން އޮތްގޮތުން އަންނަން އުޅޭ ކޮޅިގަނޑުގެ ވާހަކަ ބުނެދޭފަދައެވެ.

އަހަރެންގެ އެތައް މަސައްކަތަކަށް ފަހު ކޮއްކޮ ނިދުމުން އަހަރެންވެސް އޮއްތާލީމެވެ. ވެފައިހުރި ވަރުބައްޔާއެކު ނިދެމުން ދިޔައިރުވެސް ދޭތެރެ ދޭތެރެއިން ކޮޓަރި ދޮރާ ދިމާއަށް ކަޅި އުކެމުން ދިޔައީ މަންމަ އައިސް ނަޔާނީ އަނެއް ކޮޓަރިއަށް ގެންގޮސް ފާނެތީއެވެ.

*** ** ***

ދޮރުގައި ބާރަކަށް ތަޅައިގަތް އަޑަށް ނިކްހާއަށް ސިއްސައިގެން ގޮސް ދޮރާ ދިމާއަށް ބަލައިލެވުނެވެ. އަތުގައި އޮތް ފޮތަށް ނަޒަރެއް ދެމުން ނިކްހާ މަޑުކޮށްލާށޭ ބުނީ ދޮރުކައިރިން ޔަނާލްގެ އަޑު އިވިލުމުންނެވެ. ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ފޮހެލަމުން ނިކްހާ އެނދުން ތެދުވިއެވެ. އެ ޑައިރީން އޭނާއަށް ކިޔާލެވުނު ޞަފްޙާތަކުން އެހިތަށް އެހާ އަސަރު ކުރިއިރު ނިޝާ އުޅެފައި ހުންނާނޭ ހާލު ހިތަށް ސިފަވިއެވެ. އޭނާގެ ހިތުގައި ހުރި ސުވާލުތަކަށް ޖަވާބު ހޯދަން އެޑައިރީން އޭނާއަށް ކިޔުނު ޞަފްޙާތަކުން އެހިތުގައި އުފެދުނީ އިތުރު ސުވާލު ތަކެކެވެ.

“ޕިސް ޕިސް ނިދަނީދޯ… އެކަނި ކޮޓަރި ލިބުނީމާ.. މިހައިރު ކޮންއިރެއް ގޮވާތާ..” ނިކްހާ ދޮރުހުޅުވާލުމާއެކު ކުރިމަތީ ހުރި ޔަނާލް ވާހަކަ ދައްކަން ފެށިއެވެ. ޔަނާލް އޭނާގެ ކޮޓަރި އޭސީ ހަލައިކު ވެގެން މިދިޔަދުވަސް ތަކުގައި އުޅުނީ ނިކްހާގެ ކޮޓަރީގައެވެ.

“މިގަޑީގައި ކީއްވެ ތިގޮވީ..” މޯޅިއަކައް ދެމިލަމުން ނިކްހާއަހާލީ ކަންނެތް ގޮތަކަށެވެ.

“ސާބަސް.. ދެގަޑި ބައިވާއިރުވެސް މީނަ ކާކަށް ހަނދާނެއް ނުވާނެ… ނުކައި އޮތީމަދޯ ގޮވަން މިޖެހުނީ..” ނިކްހާއަށްނުކައި އޮވެވުނުކަން ހަނދާންވީވެސް ޔަނާލް އެހެން ބުނުމުންނެވެ. އެފޮތް ކިޔާ ހިތުން އޮވެވުނުލެއް ބޮޑުކަމުން ވަގުތު ދިޔަގޮތްވެސް ނިކްހާ އަކަށް ނޭނގުނެވެ.

*** ** ***

މަގަކަށް ފަހު މަގެއް ހުރަސް ކުރަމުން ދުވެފައި ދިޔަ ޝާޔާއަށް ވަނީ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައެވެ. ޒާހިރާމެން ގެއާ އަރާ ހަމަވުމުން ޝާޔާ މަޑު ކޮށްލިއެވެ. ދެ ކަކުލުގައި އަތްވިދެލައިގެން ގުދަށްއޮވެ މާނޭވާ ލަމުންދިޔަ ޝާޔާގެ ދޮންމޫނުގައި  ދާތިކިތައް ވިދަމުން ދިޔައެވެ. އެ ދޮންމޫނަށް އިރުގެ އަލި އެޅިފައިވުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. އަޅައިގެން ހުރި ކުޑަ ބުރުގާގެ ކަނުން މޫނުމަތި ފޮހެލަމުން ދުވެލާފައި ކަހަލަ ގޮތަކަށް ޝާޔާ ގޮސް ވަނީ އެގޭ ތެރެއަށެވެ.

*** ** ***

“އެކަމަކު…” ނަޔާނީ އިސްދަށަށް ޖަހައިގެން އިނީ ބުނާނެ އެއްޗެއް އޭނާގެ ހިތަށް ނައުމުންނެވެ.

“ކޮން އެކަމަކު އެއް… މީއެންނު ނަޔާ މިއޮށްހާ ދުވަހު ކުރި އިންތިޒާރަކީ..” ޝާޔާ އިނީ ހިތްހަމަ ނުޖެހިފައެވެ.

“ޝާޔާ… އަހަރެންނަށް ވެސް ވިސްނެޔޭ ތިކިޔާ އެއްޗެއް… އެކަމަކު ކިހިނެއްތަ އުޅޭނީ.. އަހަރެންގެ އަތަކު ނެތޭ މީހަކައް ދޭނެ އެއްޗެއް..” ނަޔާނީ އިސްދަށަށް ޖަހައިގެން އިން އިރު އޭނާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

“އަޅެ ނަޔާނީ… ބުނެބަލަ އާނއެކޭ ދެން ނެތޭ މާ ގިނަ ވަގުތެއް… އަހަރެންނަށް އިތުބާރު ނުކުރެވެނީތަ…” ޝާޔާ އެގެއަށް އައި އިރު މޫނުމަތީގައި ވީ ހިނިތުންވުން ފިލާ މޫނުމަތި ވަނީ މިލާފައެވެ.

“އަހަރެންނަށް އެނގޭ އަހަރެންމީ ބަދުނަސީބު މީހެއްކަން.. އަހަރެން ދުނިޔޭގަ މިއުޅުނުހާ ދުވަހު މިއުޅުނީ ހިތްދަތި ދިރިއުޅުމެއް.. އަހަރެންގެ ދިރިއުޅުމަކީ އަހަރެންނަށް އެއްވެސް ބާރެއް ފޯރުވޭ ކަމެއްނޫން.. އަބަދުވެސް އެހެން މީހުން ބުނާގޮތް ހަދައިގެން އުޅެން މިޖެހެނީ… އެކަމުން އަހަރެންނަށް މޮޅެއް ލިބުނުތަ.. ދެނަވެސ އަހަރެންގެ ދިރިއުޅުން ކުރިޔަށް ގެންދާނޭ ގޮތެއް އަހަރެންނަކަށް ނޭނގެ… އަބަދުވެސް ހެވަށް އުންމީދު ކުރެވޭ.. އަހަރެން ދުވަހަކުވެސް މާތްﷲ ގެ ރަޙްމަތާމެދު އުންމީދު ކަނޑައެއްނުލަން… އަދި ކަނޑައެއް ނުވެސް ލާނަން.. ކުރިޔަށް އޮތް ތަނުގަވެސް ހެވަކަށް އެދެވޭތީ… ޝާޔާއަށް އިތުބާރު ކުރެވޭތީ އާނއެކޭ މިބުނަނީ… އެކަމަކު އަހަރެންގެ ފަރައިތުން މީހަކަށް އުނދަދުލެއް ޖައްސާކަށް ބޭނުމެއް ނުވޭ.. ނުވިތާކަށް އަހަރެންގެ އަތުގައި މީހަކަށް ދޭނެ އެކަށްޗެއްވެސް ނެތޭ..” ނަޔާނީ އިސްއުފުލައިލާ ޝާޔާއާ ހަތަރު ކަޅި ހަމަ ކޮށްލިއެވެ. އެހިނދު ޝާޔާއަށް އިސްޖަހާލެވުނީ އެއަށް ދޭނެ ރައްދެއް އޭނާގެ ހިތަށް ނައުމުންނެވެ.

އެއިރު ރައިޝާއިނީ އެމީހުންނާ ފުރަގަހަށް ވާގޮތަށް އިށީނދެގެންނެވެ. ނަޔާނީގެ ވާހަކަ ތަކުންނާއި އޭނާގެ ދިރިއުޅުމާމެދު ވިސްނުމުން އެހިތަށް ކުރި އަސަރުގެ ބޮޑުކަން އޭނާގެ ލޮލުން ފައިބަމުން އައި ކަރުނަ ތައް ހެކިދެއެވެ.

ޝާޔާ އެތައް އިރަކު އެދެކުދިންނާ ވާހަކަ ދައްކަން އިނދެފައި ބަލައި އަންނާނެ ކަމަށް ބުނެ އެގެއިން ނިކުތް އިރު އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. އޭނާ ކުރަމުން އައި މަސައްކަތް ފުރިހަމަ ވާން އުޅޭ ކަމުގެ ފެހި ސިގްނަލް އާއެކު އެހިތުގައި އާ ޖޯށެއް އުފެދިފައި ވާފަދައެވެ. ޝާޔާ އެހާވަރަކަށް ވާހަކަ ދައްކާ ނަޔާނީ އެ އެއްބަސް ކުރުވީ ކޮން ކަމަކަށް ބާއެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

samra

Level 210 Stories100 Login100 Comments

Other Articles

Previous

ފުން އިހުސާސެކޭ 31

Next

ކެހިވެރި ދުނިޔެ

Next
January 7, 2020

ކެހިވެރި ދުނިޔެ

Previews
January 6, 2020

ފުން އިހުސާސެކޭ 31

18 Comments!

  1. @b@n says:
    January 6, 2020 at 7:48 am

    Mi part vs vr interesting ingey.. keep going.. vr kiyaahithun indhaa nimunii… Avahah up kolladhehchey…???

    1. samra says:
      January 6, 2020 at 9:02 am

      yes dear… liyevunuhaa avahakah up kohllaanan

  2. @b@n says:
    January 6, 2020 at 7:48 am

    Alhugandu first dhw…

    1. samra says:
      January 6, 2020 at 9:03 am

      yes your first?

  3. ❤️lamee❤️ says:
    January 6, 2020 at 7:51 am

    Me first dho . Varah reethi . Hama habeys ????????????????????❤️❤️???????????????????????????????????????????????♥️?❤️??????????♥️?❤️???????????♥️???????❤️❤️??♥️?????♥️?♥️?????❤️???♥️♥️?????????????♥️♥️???️??️?????????????♥️??????????♥️♥️♥️

    1. samra says:
      January 6, 2020 at 9:04 am

      thankss lamee

  4. ❤️lamee❤️ says:
    January 6, 2020 at 7:56 am

    Me first eh noon ?. Comment liyefa send kureema dhen thibi meehunge comments thah mi fenuny . Furathama esfiya holhuvaali iru enme mathyga mi vaahaka iny . Enme furathamaves balaaly kithah comments tho iny . Eyru iny 0 . Dhen comment liyefa send kureema mi fenuny thimeehun ge comments. ??????????????????

    1. samra says:
      January 6, 2020 at 9:05 am

      hehe its ok dear??

  5. Shamra miss says:
    January 7, 2020 at 11:41 am

    Are you a teacher

    1. samra says:
      January 29, 2020 at 6:13 pm

      No m student

  6. Ainthuko says:
    January 21, 2020 at 3:47 pm

    Samra I love u so much because story write kuraathii vey

    1. samra says:
      January 29, 2020 at 6:10 pm

      Thankxx Ainthuko.. ly2?

  7. Najula says:
    January 27, 2020 at 7:15 am

    Hi my name is najla how are you and what’s is your name?

  8. samra says:
    January 29, 2020 at 6:12 pm

    Hi najula.. im fine..
    N my name is samraa..?

  9. Shoo says:
    January 30, 2020 at 8:01 am

    Hey samra? Vrh salhi story eh mii ?maasha Allah

    1. samra says:
      February 4, 2020 at 9:35 pm

      Thankxx shoo

  10. މަރިއަމް ރިފާ says:
    February 18, 2020 at 1:39 am

    ވާހަކައިގެ 11 ޕާރޱު ކޮންއިރަކުން ނިކުންނަނީ ޝަމްރާ

    1. samra says:
      March 10, 2020 at 3:19 pm

      Rifaa.. im realy busy with study.. ramazaan mahu vaahaka continue kuraanan… insha allah

Comments are closed.

Next Episodeއެހެނަސް 11←


All Right Reserved!