Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަމޭ ގާތުގައި 11

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
January 7, 2020 8 Mins Read
21 Comments

މައިޝްގެ ބުރަކަށިމައްޗަށް މާއީ ލައިގެން ހޮސްޕިޓަލަށް ދިޔައިރު އިކާލް އެންމެ ހިނދުކޮޅަކަށް ވެސް މާއީ އާ ކައިރިނުވެއެވެ. އެކަމުގެ ސަބަބުން ކިތަންމެ އުނދަގުލެއް ވި ނަމަވެސް ކެތް ކޮށްލައިގެން އިކާލް އެހުރީ މާއީއަށް އިތުރު އަނިޔާއެއް ދޭން ބޭނުންނުވާތީއެވެ.

ނަމަވެސް އިކާލްގެ ހިތް އިންތިހާ ދަރަޖައަށް މާއީ ކައިރިއަށް ދިޔުމަށް އަމުރުކުރަމުން ދިޔަ ނަމަވެސް އޭނާގެ ސިކުނޑި ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އޭނާއަށް މާއީ އާ ނުލައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ މާއީ އާ ނުލައި އުޅެވޭނެ ހެއްޔެވެ؟ މާއީއަށް އޭނާ ލޯބިވާކަން ނޭނގެނީ ހެއްޔެވެ؟ މިފަދަ އެތައް ސުވާލަކުން އެހިތް ފުނިޖެހިގެން ދިޔައިރު އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައިއެވެ. މާއީ އާ ދުރުގައި އުޅެން ޖެހުމުން އޭނާއަށް އިހްސާސްކުރެވެމުން ދިޔައީ އޭނާގެ ހިތުގެ އެއްބައި ގެއްލިފައިވާ ކަމެވެ. އެހިތުގެ އެއްބައި ނެތް ކަމެވެ. ނަމަވެސް މާއީއަށްޓަކައިވެސް އޭނާ ކެތް ކުރަން ބޭނުމެވެ. ހަމައެކަނި މާއީއަށްޓަކައިއެވެ. އަދި ރާޔާއަށް ރަނގަޅު ފިލާވަޅެއް ދޭންވެސް ބޭނުމެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ ބޮޑު ސުވާލު މާކެކެވެ. ފިރިހެނަކަށް ވިޔަސް އޭނާއަށް އެކަން ކުރެވޭނެ ބާއެވެ؟

އިކާލްއާ އެއްވަރަކަށް ހިނގަމުން ދިޔަ ރާކިންގެ ސިކުނޑީގައި ވަނީ ހުސް ޝަކުވާއެވެ. އިކާލްއަށްޓަކައިއެވެ. އިކާލް އޭނާގެ ހުރިހާ އެއްޗެއް އަތުލައިގަންނަ ތަން ބަލަން އޭނާ ހުންނަން ވީ ހެއްޔެވެ. ރާޔާވެސް އޭނާގެ އަތުން ޖަހައިގަންނަން އުޅެނީއެވެ. ނުވިތާކަށް އޭނާގެ މަންމަވެސް އަތުލައިގަންނަން އުޅެނީއެވެ. މިހުރިހާ ކަމެއް ވާތަން ބަލަން އޭނާއަށް މަޑުން ހުރެވޭނެ ހެއްޔެވެ؟ ފުރާނައަށް ވުރެ ލޯބިވާ ދެމީހުން ގެއްލެން ބޭނުންވާނެ ހެއްޔެވެ؟ ޝައިތާނާގެ ނުބައި ވަސްވާސްތަކަށް އޭނާގެ ސިކުނޑި ހެއްލެމުން ގޮސް ވިސްނަން ނުޖެހޭ ކަންކަމާ ވެސް ވިސްނެން ފެށިއެވެ. އިކާލްއަކީ އެންމެ ގާތް އެކުވެރިއެއް ކަމަށް ދެކެމުން އައި ނަމަވެސް މިހާރު އޭނާގެ ހިތުގައި ވަނީ އިކާލްއަށްޓަކައި ނަފްރަތެވެ. އެހިތުގައި އިކާލްއަށްޓަކައި ދެވިފާވަނީ އެންމެ ދަށު ދަރަޖައެވެ. ފައިފުއްސަކަށް ދީފައި އޮންނަ ދަރަޖައެވެ. އެކުވެރިއެއް ކަމަށް ދެކެމުން އައި އިކާލް މިހާރު އޭނާގެ ދެލޮލަށް ސިފަވެގެން ފެންނަނީ ދުޝްމަނެއްގެ ގޮތުގައިއެވެ. އިކާލްއަށްޓަކައި އެދެލޮލުން އަލިފާންކަނި ބުރަމުން ދިޔައިރު އިކާލްއަށް ބަލާލާފައިވެސް ހީވަނީ އަދަމުން ދިޔަ އަލިފާނުގައި އިކާލް ފިއްސާލަފާނެ ހެންނެވެ. އޭނާއަށް އެތަނުގައި ނުބައި ފިޔަވަޅެއް އެޅިދާނެ ހެން ހީވުމުން އެންމެ ހިނދުކޮޅަކަށްވެސް އެތަނުގައި މަޑުނުކޮށް ރާކިން އެހެން މަގަކުން އަޅައި ގެޔަށް ދާން މިސްރާބު ޖެހިއެވެ.

***

މެންދަމުގެ ހަމަހިމޭން ވަގުތުގައި އެނދުމަތީގައި ދެފަރާތަށް ފުރޮޅެން ދީނާ އޮތީ ނުނިދިފައެވެ. އެދެލޮލާ ނިދިވެސް ރުޅިވެފައި ވީ ކަހަލައެވެ. ނިންޖަށް ވުރެ ބޮޑަށް އޭނާ ބޭނުންވީ ފާއިޒްއާ ވާހަކަ ދައްކާލާށެވެ. އެދުވަސް އެއްކޮށް އެދިޔައީ ދީނާއަށް ފާއިޒްގެ ހަބަރެއްވެސް ނުވެއެވެ.  އެހެންކަމުން އެހިތުގައި ރިހުމެއް އުފެދިފައި ވާއިރު ފާއިޒް އާ މެދު ވިސްނާ އޭނާގެ ސިކުނޑިވެސް ދިޔައީ ވަރުބަލިވަމުންނެވެ. އެތައް އިރެއް ވަންދެން ފާއިޒްގެ މެސެޖަކަށް އިންތިޒާރު ކުރެވުނު ނަމަވެސް ފާއިޒްގެ ފަރާތުން މެސެޖެއް ނާދެއެވެ. ލޮލަށް ނިދިވެސް ނައެވެ.

***

މާއީ ފެނުނު ކަމުގެ ހަބަރު މުފީދައަށް ލިބުމާއިއެކު އަވަސްއަވަސް ކޮށްފައި އޭނާ މިސްރާބު ޖެހީ ހޮސްޕިޓަލަށް ދާށެވެ. ހޮސްޕިޓަލަށް ވަނެ މާއީ އޮތްތަނަށް ދިޔައިރު އެތަނުގައި ނަރުހުންނާ ޑޮކްޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އެތަނުގައި ހުރި ޑޮކްޓަރާ ނަރުސް ކުއްޖާ ދުރުވުމާއިއެކު މުފީދާއަށް މާއީ ފެނިގެން ދިޔައެވެ. ނަމަވެސް މާއީ އޮތްގޮތް ފެނިފައި އޭނާގެ މައިލަގޮނޑިއަށް ކެތެއް ނުވިއެވެ. ދުވެފައި ގޮސް މާއީގެ ގައިގައި އޮޅުލާގަނެފައި ރޯން ފެށީ އޭނާއަށް ކެތްނުވުމުންނެވެ. ތިން އަހަރު ފަހުން ފެނިފައި ދަރިއަކަށް އެކަހަލަ ކަމެއް ވާން ނޭދޭނެ ނޫން ހެއްޔެވެ؟ ހިތަށް ތަދުވި ވަރުން އެންމެ ހިނދުކޮޅަކަށްވެސް އޭނާއާ މާއީ ދުރުކުރުވާކަށް ބޭނުމެއް ނުވިއެވެ. މާލެ ފޮނުވާކަށްވެސް މެއެވެ.

”މަންމާ. ތިއްތަ އަކަށް މާ ބޮޑު ކަމެއް ނުވެއޭ. ދެން ހުއްޓާލަބަ. ތިއްތަ އޯކޭ އޭ ޑޮކްޓަރު ބުނީ. ނިދާ އިންޖެކްޝަނެއް ޖަހާފަ އެޔޮތީ.” މުފީދާ ހުއްޓާ ނުލައި ރޮމުން ދިޔުމުން މައިޝްގެ ހިތަކަށް ކެތެއް ނުވިއެވެ. މަޔަކު ރޯތަން ބަލަން ދަރިއަކަށް ކެތެއް ނުވާނެ ނޫން ހެއްޔެވެ. ކިތަންމެ ވަރަކަށް އޭނާ މުފީދާއަށް ވިސްނާދޭން ބޭނުންވިއެވެ. ނަމަވެސް މުފީދާ އޭނާ ކިޔާ އެއްޗެހި އެއްވެސް ވަރަކަށް އަޑު އަހާހެން ހީނުވާތީ ކޮންމެ ފަހަރަކުވެސް ހުއްޓާލަން ޖެހެނީ އެހިތް މާޔޫސްވަމުން ދާތީއެވެ.

މުފީދާ މާއީގެ ކައިރިން ތެދުވެފައި އިކާލްއަށް އޭނާގެ ބޮލުން އިޝާރާތްކޮށްފައި ދިޔައީ ހޮސްޕިޓަލުން ބޭރަށެވެ. ބޭރަށް ނުކުމެ އެތަނުން ބެންޗެއްގައި އިށީންދެފައި ފުން ނޭވާއެއް ދޫކޮށްލީ ބޮޑު ވާހަކައެއް ބުނަން އުޅޭ ފަދައަކުންނެވެ. އިކާލްވެސް ކުޑަކުއްޖެއް ފަދައިން އައިސް މުފީދާގެ ގާތުގައި ބެންޗެއްގައި އިށީންދެލިއެވެ.

”އިކާލް. ދައްތައަށް މަޢާފު ކުރޭ. ދައްތައަށް އިކާލްއާ ދިމާލަށް ކިޔުނީ ކިޔަން ނުވާ އެއްޗެހި. ދައްތައަށް މަޢާފު ކުރޭ.” މުފީދާގެ އަޑު ކުރެހިގެން ދިޔައެވެ.

”ނޫން ދައްތާ. ކޮންމެ މީހަކަށްވެސް އެގޮތަށް އެއްޗެހި ކިޔޭނެ އެކަހަަލަ ކަމެއް ދިމާވީމަ. އަހަރެން ދައްތައަށް މަޢާފުކޮށްފިން.” އިކާލް ދުރުބަލަން ފެށީ އެދެލޮލުގައި ކަރުނަ ގިނަވާހެން ހީވުމުންނެވެ. ގައިގައި ނެތް ހިތްވަރު ލައިގެން ކެތް ކުރަމުން އޭނާ އެދަނީ ހަމައެކަނި މާއީއަށްޓަކައިއެވެ.

”އެކަމަކު ދަރިފުޅު ދެން މާއީ އާ ދުރުގައި ހުރޭ. ދައްތަ ބޭނުމެއް ނުވޭ އަނެއްކާވެސް މާއީއަށް އެކަހަލަ ކަމެއް ދިމާވާކަށް. އެހެންވެ ދެން މާއީ އާ ކައިރި ނުވާތި.” މުފީދާގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ބަހެއް އިކާލްއަށް އަޑު އިވެމުން ދިޔައީ ހޮނު ގުގުރިއެއްގެ ސިފާގައިއެވެ. އަދި އެއިން ކޮންމެ ބަހެއް ދިޔައީ ދުނި ތީރުތަކެއްހެން އިކާލްގެ ހިތަށް ހެރެމުންނެވެ. ވަގުތުން އެހެން ނުބުނާށޭ ކިޔައި ރޯން ފަށަން އިކާލް ބޭނުންވި ނަމަވެސް އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.  އޭނާގެ ދެލޮލަށް މާއީ އޮތްގޮތް ސިފަވެގެން ދިޔުމާއިއެކު އަނެއްކާވެސް އެދެލޮލުގައި ކަރުނައިގެ ފަށަލައެއްވިއެވެ.

”ދައްތާ. އަހަރެން ބޭނުން މާދަމާ މާލެ ދާން. ލޯންޗެއް ހަމަ ޖައްސައި ދެވިދާނެތަ؟ އަހަރެން ބޭނުމެއް ނޫންދެން އަހަަރެންގެ ސަބަބުން މާއީއަށް ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ވާކަށް.” އިކާލް އޭނާގެ ލޮލުން ވެއްޓެމުން ދިޔަ ކަރުނަ ފޮހެލީ މުފީދާއަށް ނުދައްކަން ވެގެންނެވެ. ނަމަވެސް އިކާލްއަށް ނޭނގުނު ކަމަކީ މުފީދާއަށް އެމަންޒަރު ފެނުނި ކަމެވެ. އެ ފެނުނު މަންޒަރުގެ ސަބަބުން މުފީދާގެ ހިތުގައި އިކާލްއަށްޓަކައި ހަމްދަރުދީ އުފެދުނު ކަމެވެ.

މުފީދާ އެތަނުން ތެދުވެގެން ދިޔައީ އިކާލްގާތު ލޯންޗެއް ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ދިނުމަށްފަހުއެވެ. ނަމަވެސް އިކާލްއަކަށް އެއްވެސް ހިތްހަމަޖެހުމެއް އެކަމަކުން ނުލިބުނެވެ. އޭނާގެ ހިތްވަނީ ނުތަނަވަސްވެފައިއެވެ. މާއީ އެގޮތަށް އޮއްވާ ދޫކޮށްފައި ދާން ޖެހޭތީއެވެ. ހަގީގަތުގައި މާއީ އެހާލުގައި އޮއްވާ ދާކަށް އިކާލް އެއްވެސް ވަރަކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ވަގުތު ޖެހުމުން ޖެހޭނީ ދޫކޮށްފައި ދާން ނޫން ހެއްޔެވެ؟

އިކާލް އޮތްހާއިރު ހިފަހައްޓާލައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަން ފެށީ އޭނާގެ ކޯތާފަތުގައި ބޮސްދެމުންނެެވެ.  އޮތްހާއިރު ކުރަމުން އައި ކެތްތެރިކަން ވެސް ދިޔައީ އެހިތަށް އިތުރަށް ކެތްކުރާނެވަރުގެ ހިތްވެރެއް ނުލިބުމުގެ ސަބަބުންނެވެ. އިސާހިތަކު އޭނާގެ އަނގައިންވެސް މަޑު ގިސްލުމެއްގެ އަޑު ބޭރުވާން ފެށިއެއް ކަމަކު ނުރޯން ކުރެވެން އޮތްހާ ކަމެއް އޭނާ ދިޔައީ ކުރަމުންނެވެ. އޭނާގެ ހިތުގައި ރިހުމެއް އުފެދިފައިވާއިރު ބޮލުގައި ވެސް ވަނީ ރިހުމެއް އުފެދިފައިއެވެ. އޭނާއާ މެދު ތަގްދީރު އެކުޅޭ އެއްވެސް އިންސާފެއް ނެތް ކުޅިވަރުގެ ސަބަބުން އޭނާގެ ހިތަށް އިތުރަށް ތަދުކުރަމުން ދިޔައެވެ. އޭނާއަށް އެކެއްގެ ވެސް ލޯބި ލިބެން ނެތީބާއޭ ހިތަށް އަރަމުން ދިޔަ ވަރަކަށް އިކާލްއަށް އިހްސާސްކުރެވެމުން ދިޔައީ އޭނާގެ ހުރިހާ އެއްޗެއް ގެއްލޭފަދަ އިހްސާސެކެވެ. ނަމަވެސް އިކާލްއަށް ނޭނގުނު ކަމަކީ ދުރުގައި އޭނާ ރޯތަން ފެންކަޅިވެފައިވާ ދެލޮލުން މުފީދާ ބަލަން ހުރި ކަމެވެ.

އިސާހިތަކު އުޑުމަތި ކަޅުވިލާތަކުން ބައްދާލައި މުޅި މާހައުލުވެސް އަނދިރިވާން ފެށިއެވެ. އޭގެ މާގިނައިރުތަކެއް ނުވެ ބޮޑު ތިކި ވާޜޭ ވެހެން ފެށުމާއިއެކު ދަންވަރުގެ ހަމަ ހިމޭން އެތަނުގައި އަޑުގަދަވެގެން ދިޔައެވެ. ގަސްގަހުގެ ފަތްތައް ޖެހެމުން ދިޔަ ވަޔާއިއެކު އެއްވެސް މިސްރާބެއް ނެތި ދަތުރު ކުރަމުން ދިޔައިރު އެޖެހޭ ފިނި ވައި ރޯޅިތަކުގެ ސަބަބުން ގައިން ހީބިހި ނަގައިގެން ދާނެކަން ޔަގީނެވެ. ނަމަވެސް ބެންޗުގައި އިށީންދެގެން އިކާލް އިނީ ތަނެއް ގުޑުވައިވެސް ނުލައިއެވެ. ހީކަރުވައިގަނެގެން މީހާ ތުރުތުރު އަޅަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ކަމަކަށް އޭނާ ފަރުވާލެއް ނެތް ކަހަލައެވެ. ވެހެމުން ދިޔަ ވާރޭއާއިއެކު އިކާލްގެ ލޮލުން ފައިބަންނަ ކޮންމެ ކަރުނަ ތިއްކަކާއި އެކުވަމުން ދިޔައިރު ހީވީ ވާރޭވެސް އިކާލްގެ އެހިތާމާއިގައި ބައިވެރިވެފައި ވާހެންނެވެ.

***

އެނދުގައި އޮށޯވެލައިގެން އޮތް ރާޔާގެ ތުންފަތުގައި ކުޅެލާފައިވަނީ ނުލަފާ ހިނިތުންވުމެކެވެ. އޭނާގެ ދެލޮލަށް މާއީ ބިރުގަނެފަައިވާ މޫނު ސިފަވެގެން ދާ ކޮންމެ ފަހަރަކު ބާޜު ހިނިގަނޑެއް ޖަހާލައެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ތުންފަތުން އެހިނިތުންވުން ފިލައިގެންނެއް ނުދެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ކުރަން ބޭނުންވި ކަންތައް ކާމިޔާބު ވުމުން ކޮންމެ މީހާކަށް ވާނީވެސް އެހެންނެވެ. ”މާއީގެ ދިރިއުޅުން އަދި ނަރަކައަށް ހަދާލާނަން.” ރާޔާ އޭނާގެ ހިތުން މާއީއާ ދިމާލަށް އެހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު އެންމެ ފަހަރަކުވެސް  އެއީ ވެސް އޭނާ ފަދަ އަންހެން ކުއްޖެކޭ ހިތަކަށް ނާރައެވެ. އެހެންކަމަކާ ވިސްނާނެ ވަރަށް ވުރެ ބޮޑަށް އޭނާގެ ސިކުނޑީގައި ވަނީ ބަދަލުހިފުމުގެ ރޫހެވެ. ހަސަދަވެރިކަމެވެ. ބޮޑާވެރިކަމެވެ. އެހެނަސް..

***

ހެނދުނު ނުވަޔަކަށް ލޯންޗު ހަމަޖެހިފައިވި ކަން އިނގުމުން އިކާލްގެ ހިތް އަނެއްކާވެސް މާޔޫސްވާ ގޮތްވިއެވެ. ނަމަވެސް އެހަބަރު އިވުމާއިއެކު ރާކިންގެ ހިތް އުފަލުން ނަށާލީ އޭނާ މާލެ ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ފާއިޒްއަށްވެސް ވީ ހަމަ ރާކިން އަށް ވީ ވަރެވެ. އޭނާވެސް އެހުރީ މާލެ ދާހިތުން ކެތްމަދުވެފައިއެވެ. އަދި ދީނާ ފެނިލައިހިތުންވެސް މެއެވެ.

ހެނދުނުގެ ތެތްފިނި އެ ހިތްގައިމު ވަގުތުކޮޅުގައި އިކާލް މަގުމަތީގައި ހުއްޓިލައިގެން ހުރީ ހިތަށް ހިތްހަމަ ޖައްސައިދިނުމުގެ ގޮތުންނެވެ. މަގުމަތީގައި ފެންކޯރުތައް ހެދިފައިވާ އިރު މީހުންތައް އެމީހުންގެ މަންޒިލަށް ދެވޭތޯ ބާރު ހިނގުމުގައި އުޅެއެވެ. އެއްބައިމީހުން ކާރު ތަކުގައާއި ސައިކަލު ތަކުގައި އެކި ތަންތަންތަނަށް ދިޔުމުގައި މަސްއޫލުވެގެން އުޅުނުއިރު އެމީހުންގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެއެވެ.

ހެނދުނު ހޭލުމާއިއެކުވެސް އިކާލްއަށް އަނެއްކާވެސް އޭނާގެ ބޯ ގޮއްވަން ޖެހުނެވެ. އެއްކޮޓަރިއެއްގައި ތިން މީހުން އުޅުނު ނަމަވެސް ރެއިން ފެށިގެން ރާކިން އިކާލްއާ އަނގައިންވެސް ބުނެނުލައެވެ. ނަމަވެސް ފާއިޒް އާ އެއްކޮށް ހީ މަޖާކުރަމުން ދިޔައީ ހުއްޓާ ނުލައިއެވެ. އިކާލް ވާޙަކަ ދައްކަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ރާކިން އެހެން ވާޙަކައެއް ފާއިޒް އާ އެއްކޮށް ފަށައެވެ. އެކަމުގެ ސަބަބުން ފާއިޒްވެސް ހުރީ ބޮޑު ސުވާލު މާކެއްގެ ތެރޭގައިއެވެ. އަދި ރާކިންއަށް އައި ބަދަލާ މެދު ވިސްނާ އިކާލްގެ ސިކުނޑި ދިޔައީ ސުމަކަށް އަރަމުންނެވެ.

އިކާލް އޭނާގެ ދަބަހަށް އެއްޗެހި އެޅައި ތައްޔާޜުކޮށް ނިންމާފައި އިންތަނުން ތެދުވެލީ ހޮސްޕިޓަލަށް ދިޔުމަށެވެ. އެންމެ ފަހު ފަހަރަށްވެސް މާއީގެ މޫނު ދެކިލަން ބޭނުންވެފައި ހުރުމުގެ ސަބަބުންނެވެ. ފާއިޒް އާއި ރާކިންއަށް ވެސް ނޭނގި އޭނާ ހޮސްޕިޓަަލަށް ދިޔައީ އެކަނި ދާ ހިތުންނެވެ. އެހުންނޫންނަމަ އަނެއްކާވެސް ކަމަކާ ބޯ ގޮއްވަން ޖެހިދާނެތީއެވެ.

މައިޝް މާއީގެ މަގަތުގައި އިށީންދެލައިގެން އިން އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. މުފީދާވެސް ފޮނުވާލައިފައި މައިޝް އެތަނުގައި އިނީ މާއީ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނާ ދުވަހަކުވެސް މާއީއަށް އެހެން ހެދި މީހަކަށް މަޢާފެއް ނުކުރާނެއެވެ. އެމީހަކާމެދު އޭނާގެ ހިތުގައި ވަނީ ނަފްރަތެވެ. ރުޅިއެވެ. އިކާލް އެތަނަށް އަންނަ ތަން ފެނުމާއިއެކު މައިޝްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެެރޭގައި އެހިނިތުންވުން ފިލައި ދިޔައީ އިކާލްގެ މޫނުމަތިން އެއްވެސް ހިތްހަމަޖެހުމެއް ތާޒާކަމެއް ފެންނަން ނެތުމުންނެވެ. އިކާލް އެނދާ ދިމާލަށް ކައިރިވެލާފައި ނަޒަރު ހުއްޓާލައިގެން ހުރީ ނިދާފައި އޮތް މާއީ އާ ދިމާލަށެވެ. މާއީގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ވަރުބަލިވެފައި ހުރި ކަމުގެ އަސަރުތަކެވެ. އެންމެ ފަހު ފަހަރަށް މާއީގެ ބޮލުގައި ފިރުމާލާފައި އިކާލް ފަހަތަށް އެނބުރި ދާން ހިނގައިގަތީ އަނގައިން އެންމެ ބަހެއްވެސް ބުނެނުލައިއެވެ. ނަމަވެސް ހިތުން ދިޔައީ މާއީ އާ އެތައް ވާހަކައެއް ދައްކަމުންނެވެ.

”އިކާލްބޭ. ދަނީތަ؟ އިހަށް މިތަނުގައި މަޑުކޮށްލަން ވީނުން.” މައިޝް އިކާލްއަށް އަޑު އިވޭނޭ ވަރަށް އެހެން ބުނެލީ އެއްވެސް އެއްޗެކޭ ނުބުނެ ދާން ހިނގައިގަތުމުންނެވެ.

”މައިޝް. ބޭބެމެން މިއަދު ނުވައެއް ޖަހާއިރު ފުރަން މިއުޅެނީ. އެހެންވެ މިދަނީ. މިހާރު ނުވައެއް ޖަހަން ކައިރި ވަނީނުން.” އިކާލް މާއީއާ ދިމާލަށް ބަލަން ހުރީ ފެންކަޅިވެފައިވި ދެލޮލުންނެވެ. ހިތުގައި އެތައް ވޭނެއް އަޅަމުންދިޔަ ނަމަވެސް އެކަން ނުދައްކާވޭތޯ އިކާލް ދިޔައީ މަސައްކަތް ކުރަމުންނެވެ.

”ކޮންތާކު. އަދި ހަތްގަޑި ބައި އެވީ. އެކަމު ކީއްވެ އެހާ އަވަހަށް ދާން ތިއުޅެނީ؟ އަދި ހޮނިހިރު ދުވަހެއްނު ދާން ހަމަޖެހިފައި އޮތީވެސް. މިއަދު އަދި މީ ހޯމަ..” މައިޝް ހުރީ އިކާލްމެން އެހައި އަވަހަށް ދާން އުޅޭތީ ނުހަނު ދެރަވެފައިއެވެ.

”މާއީއަށް އިތުރު އަނިޔާއެއް ނުދޭން ވެގެން. އަހަރެން މިތާ ހުރެގެން މާއީއަށް އަނިޔާ ލިބުން ނޫން ގޮތެއް ނުވާނެ. މައިޝް ހިތްހެޔޮ ކުރައްޗޭ. އަދި ދިމާވާނެ. އިންޝާ ﷲ. ދަނީ ދެން. ތިއްތަ ރަނގަޅަށް ބަލައްޗޭ އިނގޭ.” އިކާލް މައިޝްގެ ކޮޑު މައްޗަށް އަތް ވައްޓަލައިގެން ހުރިއިރު އެނާގެ ދެލޮލުން ދިޔައީ ކަރުނަތަށް ފައިބަމުންނެވެ. އަދި އަޑުގައި މަޑު ތުރުތުރެއްވިއެވެ. މައިޝްއަށްވެސް އެމަންޒަރު ފެނި އޭނާއަށްވެސް ނުރޮވުނީ ކިރިޔާއެވެ.

”އިކާލްބޭ ދެރަނުވޭ. އަހަރެން ހުއްޓަކާ ތިއްތައަށް އެއްވެސް ކަމެއް ނުކުރެވޭނެ އެމީހަކަށް. ހާސް ނުވޭ. އަހަރެން ބަރާބަރަށް އިކާލްބޭއަށް ތިއްތަގެ ހަބަރު ފޮނުވާނަން.” މައިޝްވެސް ވާހަކަ ދައްކަމުން ދިޔައީ ފެންކަޅިވެފައި ހުރެއެވެ. މައިޝްގެ އެންމެ ފަހުގެ ބަސް އިވުމާއިއެކު މައިޝްއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އިކާލް ދިޔައީ ހިތަށް އުނދަގޫވާން ފެށުމުންނެވެ. ނަމަވެސް މައިޝްގެ އެ ވާހަކައިން އޭނާގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދިޔަ ނަމަވެސް މާއީއަށް ވެފައި އޮތް ހިތަށް ސިފަވެގެން ދާ ކޮންމެ ފަހަރަކު މާޔޫސްވެގެން ދެއެވެ.

***

”އާން މާލެ އައިސް މަންމައަށް ގުޅައްޗެ. އޭރުން ބަލައި ދާނަން.” އިރާދާ އެހެން ބުނެފައި ފޯނު އަވަހަށް ބާއްވާލީ ވިކާޝް އައުމުންނެވެ. ކާން މޭޒުމައްޗަށް އެކި އެއްޗެހި އަރުވަމުން ދިޔަ އިރާދާއަށް ހިނިތުންވެލެވުނީ ވިކާޝް އައިސް ފަހަތުން ބައްދައިލުމުންނެވެ. އެއާއިއެކު އޭނާގެ ގައިގައި ހުރި ހުރިހާ ލެޔެއް ކޮލަށް ޖަމާވެގެން ދިޔައީ ގަތް ލަދެއްގެ ސަބަބުންނެވެ. ކައިވެންޏަށް އެތައް އަހަރެން ވީ ނަމަވެސް ވިކާޝް ކުރާ ކޮންމެ ހަރާކަތަކަށްވެސް އިރާދާއަށް އެހެން ނުވެ ނުދާ އެންމެ ފަހަރެއްވެސް ނުދެއެވެ. ދެމީހުންގެ ދެމެދުގައި ތެދުވެރި ލޯބި ވާއިރު އެކަމަށް ފަޑު ކަމެއް އަންނާނެ ހެން ހީވެސް ނުވާނެއެވެ. ނަމަވެސް..

”ރާކިން އާދޭ އެބަ މިއަދު. ބުނި އެހުރީ ފުރަން ގޮހޯ. ވާނެ ބަލާ ދާން.” އިރާދާ ޖޯޑަށް ސައި އަޅަމުން ބުނެލިއެވެ. އެއާއިއެކު ވިކާޝް ފާޑަކަށް އޭނާއާ ދިމާ ބަލަން ފެށުމުން އަނެއްކާވެސް އިރާދާ ލަދުގަންނަ ގޮތް ވިއެވެ.

”ހާދަ އަވަހަކަށް. ގައިމު ބުނި ހޮނިހިރުގައޭ އަންނަނީ. ކިހިނެއް ބާ ވީ؟” ވިކާޝް ސިކުނޑީގައި ވީ ސުވާލެއް އުފެދިފައިއެވެ. އެހައި އަވަހަށް އަންނާތީއެވެ. ނަމަވެސް އިރާދާއަށްވެސް އެސުވާލުގެ ޖަވާބު ނޭނގޭތީ ދެކޮޑު އަރުވާލީ ޖަވާބެއް ދިނިމުގެ ގޮތުންނެވެ. އޭގެފަހުން ދެމީހުންވެސް އެއްވެސް ވާހަކައެއް ނުދައްކައިއެވެ. ދެމީހުންވެސް ކަމުން ދިޔައިރު އެތަނުގައި ހިނގަމުން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.

***

އަރާމު ގަދަނިދީގައި ނިދާފައި އޮތް ރާޔާއަށް ދެލޯ ހުޅުވައިލަން މަޖުބޫރުވީ އޭނާގެ ފޯނު ހުއްޓައި ނުލައި ރިންގްވަމުން ދިޔުމުންނެވެ. ގުޅަނީ ދީނާކަން އެނގުމުން އަވަހަށް ފޯނުނަގައި ހަލޯ އޭ ބުނެލީ ދީނާ އާވެސް ވާހަކަ ނުދައްކައި އެތައް ދުވަހެއް ވެގެން ދިޔުމުންނެވެ. އޭނާގެ ލޮލުގައި މިހާރު ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.

”ދީ ގަނޑާ.. ކޮންތާކުތަ ތިއުޅެނީ. ނުވެސް ގުޅާލަ.” ރާޔާ ދަތްޕިލާ ސޭލަށް ލައިގެން އިނެ ވާހަކަދައްކަމުން ދިޔައިރު މޫނުމަތިވެސް ވަނީ އުޖާލާވެފައިއެވެ.

”ތިޔެއް ނޫނޭ. މަމި ފޮނުވާ ފޮޓޯ ބަލާލަބަ. ރީތިތޯ.” ދީނާ އެހެން ބުނުމާއިއެކު ރާޔާ އެފޮޓޯ ގަނޑެއް ބަލައިލާ ހިތުން ކެތްމަދުވިއެވެ. ދީނާ ވައިބާއިން ފޮނުވި ފޮޓޯގަނޑު ފެނިފައި ރާޔާގެ އަނގައަށް ފާޑެއްގެ ގޮތެއް ހަދައިލެވުނީ ދީނާއަށް އައިސްފައި ހުރި ބަދަލުގެ ސަބަބުންނެވެ.

”ވަޓް. އާރ ޔޫ މޭޑް. ސީރިއަސްލީ ދީ އަކާ ތި ކަޓް ގޮތްގަނޑެއް އެއްވެސް ވަރަކަށް ނުގުޅޭ.” ރާޔާ ނުރުހުންވެފައި ބުނި ޖުމުލައިގެ ސަބަބުން ދީނާގެ ހިތަށް ނުހަނު އަސަރު ކުރިއެވެ. އޭނާ ބުރުގައި އެޅުމުން ހަޑިއޭ އެންމެ ފުރަތަމަވެސް އެބުުނީ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. ރާޔާއަށް ގުޅާފައި އޭނާ ބުރުގައި އެޅި ވާހަކަ ބުނީވެސް އެފަދަ ޖަވާބެއް ލިބޭނެ ކަމަކަށް ނޫނެވެ. ނަމަވެސް ރާޔާއަށް ދޭނެ ޖަވާބެއް ވަގުތުން ދީނާގެ ސިކުނޑީގައި ރާވައިލެވިގެން ދިޔައެެވެ.

”ރާޔާ. މިގޮތެއް ނޫން ކަޓީ. ކުރިން އަހަރެމެން ލީ އެއްޗެހި ކަޓީ. އެންމެ ފެޝަންކޮށް އުޅުނު އިރު އަހަރެމެންނަކަށް ނޭނގޭ އެއީ ކަޓް ގޮތްގަނޑެއް ކަމެއް. އޭރު މީހުން ކުރަމުން ދިޔަ މަލާމާތެއްވެސް އަހަރެމެންނަކަށް ނޭނގޭ. އޭރު ފެޝަނޭ ކިޔައިގެން އަހަރެމެން ގެންގުޅުނު ގޮތްގަނޑެއް އެއްވެސް ވަރަކަށް ރީއްޗެއް ނޫން. ރާޔާގެ ނަަޒަރުގައި މި ގޮތް ކަޓް ވިޔަސް ކިތަންމެ ބައެއްގެ ލޮލަށް މި ކަޓް ގޮތް ރީތި ވެއްޖެ. މިގޮތް މާ ފުރިހަމަ ވެއްޖެ. މީހުންގެ ލޮލުގައި މިގޮތް ކަޓް. އެކަމު އަހަރެމެންގެ އިސްލާމްދީނުގައި މި ގޮތް ކަޓެއް ނޫން.” ދީނާ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ވިސްނައިދޭން ނުހަނު ބޭނުންވިއެވެ. ރާޔާ ވެސް އިސްލާމްދީނުގައިވާ ގޮތުގެ މަތިން އުޅުމަށް ނުހަނު ބޭނުންވިއެވެ. ނަމަވެސް އެކަން އެހައި ފަސޭހައިން ނުވާނެކަން އެނގުމުން ދީނާ ދެރަވާގޮތް ވިއެވެ.

”ދީ ލުކް. ތި ބޮޑު ހެދުން ލައިގެން ބުރުގާ އެޅީމަ ހޫނެއް ނުވޭތަ؟ މިހާރު ދީ ވައްތަރީ މުސްކުޅިއަކާ. ކުރީގަ ތިޔޮށް ރީތިކޮށް ހުރެފަ މިހާރު މުސްކުޅިއަކަށް ވީމަ. ތިންކް ދީ. ތިގޮތް ދޫކޮށްލާ.” އިބިލީހެއްހެން ރާޔާ ދިޔައީ ދީނާގެ ބޮލަށް ސަވާރުވަމުންނެވެ.

”ޔެސް. އިޓްސް ހޮޓް. އިޓްސް ހާޑް. އިޓްސް ޑިފަރެންޓް. ބަޓް ރާޔާ. އައި ލަވް ވިއަރިން އިޓް. ރާޔާ ތިންކް. ދިސް އިޒް ނޮޓް އަ ހިޖާބް. އިޓްސް އަވާ ކީ ޓު ޖަންނަހް. އައި ޖަސް ޑޯންޓް ކެއާ އެބައުޓް ވަޓް އައި ލުކް ލައިކް. މީ މަގޭ މުޅި ހަޔާތުގައިވެސް ކުރެވުނު އެންމެ އުފާވެރި އަދި އެންމެ ހިތްހަމަޖެހުނު އެއް ކަންތައް.” ދީނާ ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން ރާޔާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ހިނދެއް ހިނދަކަށް ރުޅިގަނޑު ގަދަވަމުންގޮސް ރާޔާގެ ހިތުގައިވެސް އެންމެ ގާތް ރަހްމަތްތެރިޔާއާ މެދު ދިޔައީ ނަފްރަތު އުފެދެމުންނެވެ.

”އޯ ދީނާ. ވަޓްސް ގޮއިން އޮން ވިތް ޔޫ. ތީ ކުރިން މަ ދަންނަ ދީނާއެއް ނޫން. ތިއާ ބަދަލުގެ ސަބަބުން އަހަރެމެން ދެމީހުން މީ އެންމެ ގާތް އެކުވެރިންކަން ވެސް ހަނދާން ނެތުނީތަ؟ ދީ ޕްލީޒް. މަށަށް ދެން ނުކެރޭނެ ދީ އާ އެކީ ތަނަކަށް ދާން ވެސް. ބޭރަށް ނުކުމެލަންވެސް ނުކެރޭނެ. ހިޖާބް މައި ފުޓް.” ރާޔާއަށް އޭނާގެ ވާހަކަ ހުއްޓާލަން ޖެހުނީ ދީނާ ފޯނު ކަނޑާލުމުންނެވެ.

ފޯނު ކަނޑާލި ދީނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބަމުން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ އޭނާއާ މުހާތަބު ކުރިގޮތުން އެހިތުގައި އެތައް ވޭނެއް އަޅަމުން ދިޔައެވެ. ހިތަށް ކެތް ނުވުމުގެ ސަބަބުން އެނދަށް ވެއްޓިގަނެފައި ހުއްޓާނުލައި ދީނާ ރޮމުން ދިޔައެވެ.

~ ނުނިމޭ ~

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހުރީމެ އިންތިޒާރުގަ (6)

Next

ނޭދެން ވަކިވާކަށް (ޓްރެއިލަރ)

Next
January 7, 2020

ނޭދެން ވަކިވާކަށް (ޓްރެއިލަރ)

Previews
January 7, 2020

ހުރީމެ އިންތިޒާރުގަ (6)

21 Comments!

  1. Haiiiii says:
    January 7, 2020 at 6:17 am

    Mi part ves vvvvvvvvvv reethi maasha allah. Keep it up dear. On waiting?❤❤❤❤❤

    1. ?Nafu✨ says:
      January 8, 2020 at 10:55 am

      thank u soo much dear.. 🙂

  2. މަލް says:
    January 7, 2020 at 11:00 am

    Ok. Mihaaru Raaya dheke foohivejje ehen hedhyma..
    Mi partwes varah varah salhi! Next part avahah genesdhehchey!! Waiting….

    1. ?Nafu✨ says:
      January 8, 2020 at 10:56 am

      heheh.. btw thank u soo much dear.. ya nxt part hama mi week therey genesdheynan..

  3. ?Nafu✨ says:
    January 7, 2020 at 2:46 pm

    assalam alaikum.
    so guys.. miothy 11 vana part vs.. kiyaalaafa comment eh kohlahchey.. dhn othy vaahakaige enme fahu bai.. unmeedhukuran mi bai vs kamudhaane kamah..
    next part vs vr avahah genesdheynan.. insha allah..
    have a nice day.. lysm

  4. Kylie says:
    January 7, 2020 at 3:56 pm

    V reethi mi part vx…… Waiting fr next part…. LYSM sis

    1. ?Nafu✨ says:
      January 8, 2020 at 10:57 am

      thank u soo much dear.. ya keep waiting.. lym 🙂 🙂

  5. FLOWER says:
    January 7, 2020 at 4:26 pm

    wow.. masha allah.. vr salhi mi bai vs.. waiting for nxt

    1. ?Nafu✨ says:
      January 8, 2020 at 10:57 am

      thank u soo much dear..

  6. jaan says:
    January 7, 2020 at 5:57 pm

    wow.. hama habbeys.. next part ah inthizaarugai

    1. ?Nafu✨ says:
      January 8, 2020 at 10:58 am

      thank u soo much dear..

  7. shakuvaa says:
    January 7, 2020 at 5:58 pm

    story haadha avahakah ninmaalan thiulheny.. adhi nimen gaai vs nuve ehnu.. vr dheravey maa avahah ninmaalan ulhey thy.. btw vr salhi mi bai vs..

    1. ?Nafu✨ says:
      January 8, 2020 at 10:59 am

      nafu sch hulhuven kairi v ma avahah ninmaalan miulheny.. kiyevumah bodah samaalukan dheyn vegen.. hope u understand.. btw thank u soo much dear

  8. nafu ge faneh says:
    January 7, 2020 at 5:58 pm

    nafu. mi part vs hama vr ruthi.. vr salhi.. habbu.. hehe.. waiting for nxt

    1. ?Nafu✨ says:
      January 8, 2020 at 11:00 am

      thank u soo much dear.. ya keep waiting

  9. ~señorita~ says:
    January 7, 2020 at 10:13 pm

    Omg . Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Hama habeys ?❤️❤️??????????????

    1. ?Nafu✨ says:
      January 8, 2020 at 11:00 am

      omg.. haadha gina heart ekey dear.. hehe.. btw thank u soo much

  10. shifff says:
    January 8, 2020 at 10:49 am

    masha allah.. vr vr vr vr vr reethi.. ikaal ah v goii vr dhera.. maaee ashaa.. 🙁 🙁 curiously waiting for the next

    1. ?Nafu✨ says:
      January 8, 2020 at 11:01 am

      ya ikaal ah enoon gotheh vaane baa dhw.. vr dhera.. btw thank u soo much dear

  11. kaai says:
    January 8, 2020 at 10:51 am

    wow.. this part is also perfect.. wonderful.. omg.. juss speachless..

    1. ?Nafu✨ says:
      January 8, 2020 at 11:02 am

      alhey thank u soo much..

Comments are closed.

Next Episodeވަމޭ ގާތުގައި 12←


All Right Reserved!