Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ސައްބިސް ވަނަ ބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 28, 2019 6 Mins Read
3 Comments

މާނީ ލޮލުގެ އިޝާރާތުން އާރާޝްއަށް އިޝާރަތް ކުރުމުން އާރާޝް އިވާންއަށް ގޮވާލިއެވެ. “އިވާންގެ ދަރިފުޅު ކޮބާ؟”

 

އާރާޝްގެ ސުވާލުން އިވާން ސިއްސައިގެން ދިޔައެވެ. އެމީހުންނަށް އޭނާގެ ދަރިއެއް ހުންނަކަމެއް ނޭންގޭނެއެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އާރާޝް އަދި މާނީއަށް ބަލާލުމަށްފަހު އިވާން އިސްޖަހައިލިއެވެ. “މަރުވެއްޖެ” ހިތުގައި ވޭން އަޅަމުން ދިޔަ ނަމަވެސް ލޯބިވާ ދަރިފުޅު ނުރައްކަލުން ސަލާމަތް ކުރުމުގެ ނިޔަތުގައި އިވާން ބުންޏެވެ.

ނަވާރްގެ ހިތް ހީވީ ޗިސްޗިސްވެގެން ދިޔަހެންނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި ފައިބަން ފެށިއެވެ. އަނގައިން ގިސްލުމުގެ އަޑު ނިކުމެދާނެތީ އަނގަ މަތީ އަތްއެޅިއެވެ. އެތަނުގައި އިތުރަށް އެންމެ ސިކުންތެއްވެސް ހުންނަން ވެއްޖެނަމަ އޭނާގެ ހިތް ފަޅައިގެން ދާނެހެން ހީވުމާއެކު ނަވާރް ފަހަތަށް ފިތަވަޅެއް އަޅާލލިއެވެ. “ޑޯންޓް. އެހާ އަވަހަށް ނަވާރް ގިވްއަޕް ކުރާނެކަމަކަށް އަހަރެން ހިއެއްް ނުކުރަން.” ނަވާރް ކަނާއަތުގައި ހިފަހައްޓައިގެން ހުރެ ހަމައެކަނި ނަވާރްެއަށް އަޑުއިވޭ ވަރަށް ޔޫސުފް ބުންޏެވެ. ވާހަކަ ދައްކާނެހާ ހިތްވަރު ނެތުމުން ނަވާރް ދެފަރާތަށް ބޯހޫރާލިއެވެ. އާދޭސް ކުރާ ގޮތަކަށް ޔޫސުފްއަށް ބަލާލިއެވެ. އޭނާ އެތަނުން ދިޔަދޭށޭ އެދެލޮލުން ބުނަމުން ދިޔައެވެ. ނަވާރްގެ ރަތްވެފައިވި ދެލޯ ފެނި ޔޫސުފްގެ ހިތް އޮޔާ ދިޔަހެން ހީވިއެވެ. އެއަންހެން ކުއްޖާގެ ލޮލުން ދުވަހެއްގެ ކޮޅުންވެސް ކަރުނަ އެއް ވެއްޓުނަ ނުދީ ހިފަހައްޓަން ބޭނުންވިއެވެ. އެގޮތް ބޭނުންވަނީ ނަމަ މިއަދު ނަވާރްއާއި އިވާން ބައްދަލުކުރުވަން ޖެހޭނެކަން ޔޫސުފްެއަށް އެނގުނެވެ. ނަވާރްގެ އަތުގައި ހިފަހައްޓައިގެން ހުރި ގޮތަށް ހުރެ އިވާންއަށް ގޮވިއެވެ. ޔޫސުފް އިވާންއަށް ގޮވުމާއެކު ނަވާރްއަށް ދެލޯ މަރާލެވުނެވެ. ކުރިއަށް އޮތް ވަގުތުކޮޅުގައި އޭނާގެ ހިތަށް ވާނެ ގޮތެއް ނޭންގި ބިރުގަތެވެ.

 

ޔޫސުފް ގޮވާލުމާއެކު އިވާން ފަހަތް ބަލާލިއެވެ. ޔޫސުފް ހިފަހައްޓައިގެން ހުރި އަންހެން ކުއްޖާ ފެނުމުން އެކުއްޖާ ވަކި ކުރަން އޭނާއަށް އެނގުނެވެ. ދެލޯ މަރައިގެން ހުރި ނަމަވެސް އެކުއްޖާގެ ރަތްވެފައި ހުރި މޫނާއި ކޯތާފަތް މަތީގައި ހުރި ކަރުނަތައް ފެނި ރޮނީކަން އެނގުނެވެ. އިވާން އެއް ފަހަރު އާރާޝްއާއި މާނީއަށް އަނެއް ފަހަރު ޔޫސުފްއާއި ނަވާރްއަށް ނަޒަރެއް ދިނެވެ. އިވާންގެ ހިތަށް ވެރިވާން ފެށި ސުވާލުން ހިތަށް ހަމަޖެހުން ލިބުނުހެން ހީވިއެވެ. އެއީ އޭނާގެ ދަރިފުޅުހެން ހީވާން ފެށިއެވެ.

“އިވާން އެއީ ނަވާރް” ހިނދުކޮޅަކަށް ނަމަވެސް ލިބުނު އުފާވެރިކަން ފިލައިގެން ދިޔައީ މާނީ އެކުއްޖާގެ ނަން ބުނުމުންނެވެ. މޭގައި އުފެދުނު ރިހުމާއެކު މެއާ ދިމާލު އަތް އަޅާލެވުނެވެ. “ކޮން ކުއްޖެއް؟” އިވާންގެ ސުވާލުން ހައިރާންވެފައި މާނީއާއި އާރާޝްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ނަވާރްގެ ހިތް އިތުރަށް ފިސް ފިސް ވެގެން ދިޔައެވެ. “އިވާންެގެ ދަރިފުޅު އެއީ!” ފުން ނޭވައެއް ދޫކޮށްފައި މާނީ ބުންޏެވެ. އިވާން ނުހަނު ރަނގަޅަށް އެކުއްޖާއަށް ބަލާލިއެވެ. މޫނު މަތިން އޭނާ އާއި ވައްތަރު ގޮތެއްް ހުއްޓެވެ. އެކުއްޖާއަށް ރަނގަޅަށް ބަލާލުމުން އެއީ އޭނާގެ އިސްރާކަން އިވާންއަށް އެނގުނެވެ. “އިސްރާ!” އިވާންއަށް ވައި އަޑުން ބުނެވުނެވެ.

މާނީ އާރާޝް ޔޫސުފް އަދި ނަވާރް ފަހަތް ބެލީ އެތަނަށް އިސްރާ އައިކަމަށް ހީކޮށެވެ. ނަމަވެސް އެމީހުން ފިޔަވާ އިތުރު މީހަކު ނެތެވެ.

އިވާން ހަލުވި ކޮށް ހިނގައިފައި ގޮސް ނަވާރްއާއި ހަމަކުރިއެވެ. އެދަރިފުޅުގެ މޫނުގައި އެތައް އަހަރެއް ފަހުން ފިރުމާލިއެވެ. “ޑެޑީ” ނަވާރްއަށް ޑެޑީ ކިޔަން އެނގުނީންސުރެ އިވާން އުރާލުމުން ނޫނީ އެގޮތަށް މޫނުގައި ފިރުމާލުމުން އެހެން ގޮވާލިއެވެ. އެތައް އަހަރެން ފަހުންވެސް ނަވާރްއަށް ވީ އެހެންނެވެ. އެހެން ބުނެވުނީ ކީއްވެކަން ނަވާރްއަށް ނޭންގުނު ނަމަވެސް އޭނާއަށް ބުނެވުނެވެ.

އިވާންއަށް ހީވީ ހުރިހާ އުފަލެެއް އެއް ފަހަރާ ލިބުނު ހެންނެވެ. އެތައް އަހަރަކަށް ފަހު އެދަރިފުޅުގެ އަޑުން އޭނާއަށް ގޮވާލުމުން ޖަޒުބާތުތައް އުތުރި އަރައިގެން ދިޔައެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔަ ހާލު އެދަރިފުޅަށް އޭނާގެ ދެއަތުގެ ހިމާޔަށް ދިނެވެ. “މައި ޕްރިންސަސް” ބައްޕަގެ ދެއަތުގެ ހިމާޔަތް ލިބުމުން ނަވާރްއަށް ބާރަށް ރޮވުނެވެ. މީގެ ކުރިން ދުވަހަކުވެސް އެހާ ރައްކާތެރިކަން އޭނާއަށް އިހުސާސެއް ނުކުރެވެއެވެ. އުފަލާ އެއް ވަރަށް ހިތުގައި ޝަކުވާ ވެސް އުފެދުނެވެ. އެހެން ބައެއްގެ އަތް މައްޗަށް ބައްޕަ އޭނާ ދޫކޮށްލުމުންނެވެ. އޭގެ ސަބަބުން އޭނާއާއި ކުރިމަތިލާން ޖެހުނު އަނިޔާއާއި ހިތްދަތިކަން ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެއެވެ.

 

މާނީ ލޮލުން ވެއްޓުނު ކަރުނަތިކި ނިކަން އަވަހަށް ފުހެލިއެވެ. އާރާޝް ނުރޮއެ ކަމުގައި ވިއަސް އޭނާއަށް ވެސް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.

 

ޔޫސުފްއަށް އެއް މިޔައަކުން ހިނިތުންވެވުނީ ނަވާރްއަށް އޭނާގެ އަސްލު ބައްޕަ ހޯދައިދެވުނީތީއެވެ. އެ ރީތި މޫނަށް އޭނާގެ ސަބަބުން ހިނިތުންވުން އަންނާނެތީއެވެ. އެކަކަށް ވެސް ނޭންގޭނެގެން ޔޫސުފް އެޕާރޓްމެންޓިން ނުކުތެވެ.

 

ނަވާރްއާއި އިވާން ތިބީ ސޯފާގައެވެ. އެދެބަފައިންނަށް ވަގުތު ކޮޅެއް ދީފައި މާނީއާއި އާރާޝް ވަނީ ކޮޓަރިއަށެވެ. ނަވާރް އިސްޖަހައިގެން އިނގިލިތަކާ ކުޅެން އިނެވެ. އިވާންވެސް ދައްކަންވީ ކޮން ވާހަކައެއްކަން ނޭންގިގެން އަނގައިން ބުނަން ނުކެރިފައި އިނެވެ.

 

 

އައިރާ ކައިވެނީގެ ކަމެއްގައި އިސްރާ ނަވްޔާމެން ގެއަށް ދިޔައެވެ. ނަވްޔާމެން ބަޔަށް ދިއުމުގެ ކުރިން މާނީއާއި ބައްދަލުކޮށްލަން މާނީ މެން ބަޔަށް އިސްރާ ވަނީ އެބައިގެ އިވާން އިންކަން ނޭންގޭ ހާލުގައެވެ. ސޯފާގައި އިވާން އިށީންދެގެން އިނީ ފުރަގަސް ދީގެން ކަމަށް ވުމުން އިސްރާ ހީކުރީ އެއީ އާރާޝް ކަމަށެވެ. “އާރާޝް ކޮބާ މާނީ؟ އަނހާ ނަވާރްވެސް އެބައިންތަ؟” އެއަޑަކީ ދުވަހެއްގެ ކޮޅުންވެސް އިވާން ހަނދަންނެތޭނެ އަޑެއްް ނޫނެވެ. ޅަދުވަސްވަރުގެ އެތައް ހަނދާނެއް އާވުމާއެކު އިވާންއަށް ދެލޯ މަރާލެވުނެވެ.

 

އާރާޝް އެއްޗެކޭ ނުބުމުން އިސްރާ އޭނާ މޫނު ފެންނަ ހިސާބަށް ދިޔައެވެ. އިސްރާގެ ދެލޯ ބޮޑުވެގެން ދިޔައީ އާރާޝްގެ ބަދަލުގައި އެތަނުން އިވާން ފެނުމުންނެވެ. ވަގުތުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. “އިވާން!” ހައިރާންކަން އެކުލެވޭ އަޑަކުން އިސްރާ ގޮވާލިއެވެ. އިވާން މަޑު މަޑުން ބޯ ޖަހައިލައިފައި ތެދުވިއެވެ. އިސްރާ ނަވާރްއަށާ އިވާންއަށް ހިނިތުންވުމެއް ހަދިޔާކޮށްފައި ފަހުން އަންނާނެން ކަމަށް ބުނެ ދިޔައެވެ.

 

އިސްރާ ދިއުމުން އިވާން ފުން ނޭވައެއް ދޫކޮށްލިއެވެ. ސޯފާގައި އިށީންދެފައި އެމީހުންނާ ނަވާރް ދިމާވީ ކިހިނެއްތޯ ސުވާލު ކުރިއެވެ. ހިތްދަތިވި ނަމަވެސް ނަވާރް އިވާންއަށް އެއްވެސް ކަމެއް ސިއްރުނުކޮށް ހަމްދާގެ އަނިޔާތަކާއީ ނާފިއުގެ ރަނގަޅު ވާހަކަވެސް ކިޔައިދިނެވެ. އޭނާ ދޫކޮށްލައިފައި އިވާން ދިޔައިތީ އެކަމުގެ ޝަކުވާވެސް ކުރިއެވެ. ހަމްދާ އޭނާގެ ދަރިފުޅަށް އަނިޔާކުރިކަން އެނގުމުން އިވާންގެ ރުޅިގަދަ ވެގެން ދިޔައެވެ. ދެލޯ ރަތްވެ މުޅި މީހާ ތުރުތުރު އަޅައިގަތެވެ. ހަމްދާއަށް ޓަކައި ހިތުގައި ރުޅިވެރިކަމުގެ ހުޅު ރޯވެގެން ދިޔައެވެ. އެފަދަ އަނިޔާވެރި އަންހެނެއްގެ އަތް މައްޗަށް ލޯބިވާ ދަރިފުޅު ދޫކޮށްލެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

ނަވާރްގެ ކިބައިން އެތައް ފަހަރަކު އިވާން މާފަށް އެދުނެވެ. އެގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބު ކިޔައިދިނުމުން ނަވާރްގެ ހިތްކުދި ކުދިވިއެވެ. އޭނާގެ މަންމަ ދުނިޔޭގައި ނެތްކަން އެނގުމުން ހިތްހަލާކުވިއެވެ. ނުރޯން މަސަައްކަތް ކުރިނަމަވެސް އެދެލޮލުން ކަރުނަ އޮހުރުނުވެ.

 

ޓެރަަހުގައި އިން އުނދޯލި ހެއްލާލާ ހެއްލާލާ ޔޫސުފް އިނެވެ. އެއް ދީމާއަކަށް ގެއްލިފައި ހުރި ގޮތުން ކަމަކާ ވިސްނަނީކަން އެނގުނެވެ. ޔޫސުފް ނަވާރްގެ ޚިޔާލުތަކުގައި ހުއްޓާ ސިއްސައިގެން ދިޔައީ މީހަކު އައިސް ބާރަކަށް އުނދޯލީގައި އިށީންނުމުންނެވެ. އެމީހަކު އިށީންލެން ބާރުކަމުން އޭނާވެސް ނުވެއްޓުނީ ކިރިޔާއެވެ.”ދަ ހެލް އަލައިކާ!” އެއީ އަލައިކާ ކަން އެނގުމުން ޔޫސުފްއަށް ބުނެވުނެވެ. އޭނާގެ ރުޅިގަނޑު ފިނިވީ އަލައިކާގެ މޫނު ހުރިގޮތް ފެނިފައެވެ. ދެލޯލާއި މުޅި މޫނު އެކީ ހުރީ ރަތްވެފައެވެ. ރުޅި ގަދަވެގެން މުޅި ކުއްޖާ ތުރުތުރު އަޅައެވެ. ދެލޯ ހަނިވެފައިވީ އިރު ތުންފަތަށް ގޮތްގޮތް ހަދަމުން ދިޔައެވެ. ހަށަން ބަނދެގެން އިންއިރު ދެފައި އޮތީ އުނދޯއްޔަށް ނަގާފައެވެ. “އާރ ޔޫ އޯކޭ؟” ނޫން ގޮތަކަށް އަލައިކާއަށް ބަލާލާފައި ޔޫސުފް އެހިއެވެ. “ނޯ އައި އޭމް ނޮޓް އޯކޭ. އެއްވެސް ކަމަކާ ނުލާ މިއަދު އަހަރެން އޮފީހުން ވަކިކޮށްފި” ރުޅި އައިސް ރަތްވެފައި އިނދެ ތުރުތުރު އަޅަމުން ދިޔަ އަޑަކުން އަލައިކާ ބުންޏެވެ. “ދެޓްސް ރިއަލީ ބޭޑް އެންޑް ސޭޑް. އެކަމް ކީއްވެ އެއްވެސް ކަަމަކާ ނުލާ ވަކި ކުރަންވީ؟” އަލައިކާ މޫނުގައި ދެއަތް އަޅައި ކޮނޑު ހިއްލާލިއެވެ. ވަޒީފާއިން އޭނާ ވަކިކުރީ ކޮން ކަމެއް ގޯސްކޮށް ކުރެވިގެން ކަމެއް ނޭންގެއެވެ. އޮފީހަށް ދިޔަތަނުން ޔުއާން އޭނާ ވަކިކުރިކަމުގެ ސިޓީ ދިނެވެ. އޭގާއި އޮތީ އޭނާ ވަޒީފާއަށް ފަރުވާ ކުޑަ ކުރާތީ ވަކި ކުރަނީ ކަމަށެވެ. އެހެނަސް އޭނާއަށް ވުރެ ބުރަކޮށް މަސަައްކަތް ކޮށް ޚަބަރު ގެނެސްދޭ ނޫސްވެރިއެއް އެމުޅި ކުންފުނީގައި ވެސް ނޫޅޭނެއެވެ. ނުނިދާ ނުކައި ނުބޮއެ ވެސް އޭނާގެ މަސައްކަތް ރަނގަޅަށް ކުރެވޭތޯ އަލައިކާ ބެލިއެވެ. ޔޫއާން އޭނާއަށް ސިޓީދީފައި ކިޔަން ބުނުމުން ވަގުތުން ކިޔެވެ. އޮފީސް ތެރޭގައި ރޮވި ދާނެތީ ހިތާމަޔާއި ހިތްދަތިކަމުގެ މައްޗަށް އަލައިކާ ރުޅިވެރިކަން އިސްކުރިއެވެ. ގެއަށް އައި ފަހުން ވެސް ލޮލުން ކަރުނަ ނުފޭބީ އެހެންވެއެވެ. ރުޅި ގަދަވެގައި ހުރި ވަރުން ހެދުން ބަދަލުކޮށްގެން އޭނާ ޓެރަހަށް އެރީ ރުޅި މައިތިރި ކުރާށެވެ. އަލައިކާ ހިތްހަމަޖައްސާ ދިނުމަށް ޔޫސުފް ދެތިން ހަތަރު ބަހެއް ބުނެލިއެވެ. އަދި އިވާންއާއި ނަވާރް ބައްދަލުވި ވާހަކަ ވެސް ބުންޏެވެ. އެކަން އެނގުމާއެކު އަލައިކާގެ ރުޅި ފިލައިގެން ދާގޮތްވިއެވެ. އެކުވެރިޔާއަށް ޓަކައި އުފާކުރިއެވެ.

 

ދީނާގެ އާއިލާއާއި އިވާން ބައްދަލުކޮށް ޝުކުރު އަދާކުރިއެވެ. މަދު ދުވަސްކޮޅަކަށް ނަމަވެސް އެދަރިފުޅު ބަލައިދިނީތީއެވެ. މާނީ އާއި އާރާޝްގެ އެދުމަށް އިވާންއާއި ނަވާރް އެމީހުން އުޅޭ ފަންގިފިލާގައި ހުރި ހުސް އެޕާރޓްމެންޓަށް ބަދަލުވިއެވެ.

 

އަލައިކާ ވަޒީފާއިން ވަކިކުރިތާ އެއް ހަފްތާ ފަހުން މާނީގެ އެހީތެރިކަމާއެކު އަމިއްލަ ބްލޮގެއް ހެދިއެވެ. ބްލޮގްގައި އިނގިރޭސިންނާއި ދިވެހިން ކުޅިވަރު ޚަބަރު ލިޔަމުން ދިޔައެވެ.

 

އިވާން އައި ފަހުން ޔޫސުފް އާއި ނަވާރް އެންމެ ފަހަރަކުވެސް ބައްދަލުނުވެއެވެ. އިވާން އުޅޭތީ ނަވާރް ފެންނަ ހިސާބަށް ދާން ޔޫސުފް ޖެހިލުންވެއެވެ. އެހެންވެ އޭނާ ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ އޭނާގެ ހަށިގަނޑު ރަނގަލުކުރުމަށް ޖިމްގައެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ކުޅުމަށް ދެމުން ދިޔައެވެ.

 

ތާނިޔާ އަނެއްކާވެސް އަލްޔަސްއަށް ގުޅަން ފެށިއެވެ. އަލްޔަސްގެ ހަޔާތުން އޭނާއަށް ޖާގައެެއް ދިނުމަށް އާދޭސް ކުރަމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް އަލްޔަސް އަޅައެއް ނުލައެވެ.

 

އަލައިކާ އަކްމަލްއާއި އެކު ޕްރެކްޓިސް ކުރާތަނަށް ދިޔައީ އަކްމަލް އެދިގެންނެވެ. ޓީމުގެ މެނޭޖްމެންޓުން އަލައިކާއާއި ބައްދަލުކުރަން ބޭނުންވެގެންނެވެ.

އަކްމަލްއާއި އެއްކޮށް ވަން އަލައިކާއަށް މަރުހަބާކީ ޓީމުގެ ބޯޑް މެންބަރުންގެ ތެރެއިން މެންބަރެކެވެ. ދަނޑު ތެރޭގައި ހުންނަ މީޓިން ރޫމަށް އަލައިކާއާއި އަކްމަލް ގޮވައިގެން އެމީހާ ދިޔައެވެ.

 

“އަލް ކީއްކުރަން މިތަނަށް އައީ؟” އަލައިކާ ވަންތަން ފެނުމުން އަލްޔަސް ގޮސް ޔޫސުފް ގާތު އެހިއެވެ. “ނޭންގެ ވެދާނެ ދޮންތަބެއާ އެކީ ބަލާލަން އައީ ކަމަށް” އަލައިކާ އެތަނަށް އައީ ކީއްކުރަން ކަމެއް ޔޫސުފް އަކަށްވެސް ނޭންގެއެވެ. އަލްޔަސްވެސް އިތުރަށް އަޅައިނުލައި ޕްރެކްޓިހަށް ސަމާލުކަން ދިނެވެ.

 

މީޓިން ނިމުނު އިރު އަލައިކާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވިޔެވެ. އަކްމަލް ކުޑަ ކަމެއްގައި މަޑު ކުރުމުން އަލައިކާ އެކަނި ނިކުތެވެ. އުފާވެފައި ހުރި ވަރުން އަލައިކާއަށް ފިޔަވަޅުތަކަށް ވެސް ނުބެލުނެވެ. އޭނާއަށް ނޭންގި އެތަނުގައި ހެދިފައި ހުރި ފެންގަނޑަކަށް އެރި ވެއްޓުނެވެ. ކައްސާލި ގޮތުންވެސް ވެއްޓުމުން ތަދުވާނެ ވަރު އިހުސާސު ވުމާއެކު އަލައިކާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.

 

އަލައިކާގެ އުނގަނޑުގައި ބާރު ދެއަތުން ހިފެހެއްޓިކަން އިހްސާސްުވުމާއެކު އަލައިކާ މަޑު މަޑުން އެއް ލޯ ހުޅުވާލިއެވެ. ކަޅިވެސް ޖަހާ ނުލައި އޭނާއަށް ބަލަން ހުރި އަލްޔަސް ފެނުމާއެކު އަލައިކާ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަނެއް ލޯވެސް ހުޅުވާ ކަޅި ޖަހާލުމެއް ނެތި އަލައިކާއަށް ވެސް އަލްޔަސްއަށް ބެލުނެވެ. ދެލޮލުންވެސް ފެންނަމުން ދިޔައީ އެކަކު އަނެކަކަށްޓަކައިވި ސާފު ތެދުވެރި ލޮތްބެވެ. އަލްޔަސްގެ ހިތް އެދި ގޮވަމުން ދިޔައީ ހިތިގައިވި އިހްސާސްތައް އަލައިކާ ކުރިމަތީ ދެވަނަ ފަހަރަށް ވެސް ބަންޑުން ކޮށްލުމަށެވެ. ނަމަވެސް އަލައިކާ ހަދާނެ ގޮތެއް ނޭންގޭތީ ޖެހިލުންވިއެވެ. ދެވަނަ ފަހަރަށް އަލައިކާގެ ނުރުހުމުގެ ބަސްތައް އަޑު އަހާނެހާ ހިތްވަރެއް ނެތެވެ.

އަލައިކާގެ ހާލު އަލްޔަސްއަށް ވުރެ ބޮޑެވެ. އަލްޔަސް އަތުތެރޭގައި އޮތް އިރު ދުނިޔޭގެ ހިނގުންވެސް ލަސްހެން ހީވިއެވެ. އެތަނުގައި އެދެމީހުން ފިޔަވާ އިތުރު ބައެއް ތިބިކަންވެސް ހަނދާންނެތުނެވެ. އަލްޔަސްގެ އަސަރު ގަދަ ލޮލުގެ ތެރެއަށް އަލައިކާ ގެއްލުނެވެ. އެދެލޮލުގައި ވި އަސަރަކުން އާލައިކާގެ ހިތް ވިރިގެން ދާން އުޅޭހެން ހީވިއެވެ.

“އަލްކޮ” ދެ ޒުވާނުންނަށް ވެސް ހަމަބިމަށް އާދެވުނީ ތަންކޮޅެއް ބާރަށް އަކްމަލްގެ އަޑު އިވުމުންނެވެ. އަލްޔަސް އަވަސް އަވަހަށް އަލައިކާއާ ދުރުވެލައިފައި ރަކި ގޮތަކަށް އަކްމަލްއަށް ހިނިތުންވުމެއް ހަދިޔާކޮށްފައި ދިޔައެވެ. އަކްމަލް ނުރުހިފައި ހުރިހެން ހީވުމާއެކު އަލްޔަސްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.

އަލްޔަސްއާއި އޭނާ އެގޮތަށް ތިއްބައި ބައްޕައަށް ފެނުމުން އަލައިކާ ލަދުގަނެ ބިރުވެސް ގަތެވެ. އަކްމަލް ނުރުހިފައި ބުނި ގޮތުން އަލައިކާ ހިތުގައި ބިރުވެރި ކަމުގެ އޮއެވަރެއް ދަތުރު ކޮށްލިއެވެ. “މިއީ… އަނޭ…..އަލް…ފެން އެރިފަ ވެއްޓުނީ” އަލައިކާ އަޅައަޅައި ގަންނަމުން ބުންޏެވެ. އަކްމަލްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްފައި ދާން ވެއްޖެކަމަށް ބުނެފައި އަލައިކާވެސް ދިޔައެވެ. އަކްމަލް ވެސް ދެފަރާތަށް ބޯ ހޫރުވާލާފައި ކުޅުންތެރިން ތިބި ތަނަށް ދާން މިސްރާބު ޖެހިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވަޢުދު (ބަޔާޅީސްވަނަ ބައި)

Next

ތަޤްދީރު

Next
December 29, 2019

ތަޤްދީރު

Previews
December 28, 2019

ވަޢުދު (ބަޔާޅީސްވަނަ ބައި)

3 Comments!

  1. Aisher❤️❤️❤️ says:
    December 28, 2019 at 10:20 pm

    Me first dhw.. Varah reethi mi part vc.. Whn next.. Waiting..

  2. Falak? says:
    December 28, 2019 at 10:57 pm

    I loooove it kiyara sis. Woooooooooow this stry is beautiful. Curiously waitintg for next. ?????

  3. nau says:
    January 2, 2020 at 7:53 pm

    konirakun tha alhe vhk up vaany

Comments are closed.

Next Episodeރާސްތާ2 ހަތާވިސްވަނަ ބައި←


All Right Reserved!