Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަމޭ ގާތުގައި 9

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 30, 2019 10 Mins Read
27 Comments

މަޖަލުގައި ވަގުތު ހޭދަކުރަމުންދިޔަ އިކާލްމެންނަށް އެމީހުންގެ ހަޔާތަށް އަންނަން އުޅޭ ބާރުގަދަ ތޫފާނުގެ ހިލަމެއް ވެސް ނުވެއެވެ. އެ ތޫފާނުގެ ސަބަބުން އޭނާ ދިރިހުރުމުގެ އަސްލަށް ވާނެ ގޮތެއް އެނގޭނަމަ  އެމަޖަލުގައި ނޫޅޭނެކަން ގައިމެވެ.

***

”ދަރިފުޅާ.. ދަރިފުޅު ވަރަށް ރީތި ތި އަބާޔާ ލީމަ. ދެން އަވަހަށް މި ޝޯލް އަޅާލަބަލަ. އެހާ ކުޑަކޮށް ނާޅައްޗޭ. އޭރުން ހަޑިވާނެ. ދެން ތި މޭކަޕް ކުރުން ވެސް ހުއްޓާލާ. ހަމައެކަނި މޫނުގައި ފުއްކޮޅެއް ޖަހާލައިގެން ފުއްދާލާ.” ދީނާގެ މަންމަ ޒަހުދާ ވަރަށް އޯގާތެރިކަމާއިއެކު ދީނާގެ ބޮލުގައި ފިރުމާލަމުން ތައުރީފު ކޮށްލިއެވެ. އޭއާއިއެކު ދީނާއަށް އޭނާގެ އަމިއްލަ ނަފްސަށްވެސް ހިތުން ތައިރީފު ކޮށްލެވުނީ ހަމަ އަސްލަށްވެސް އެހެދުމުގައި އޭނާ ނުހަނު ރީތި ވުމުންނެވެ. ޒަހުދާގެ ބުނުމާއިއެލު ދީނާ ދެން އަވަސްވެގަނީ އަވަހަށް ޝޯލް އެޅުމަށެވެ. ނަމަވެސް ޝޯލް އަަޅަން ނޭނގޭތީ ދީނާ ގަސްތުކުރީ ވީޑިއޯއެއް ބަލައިގެން އަޅާށެވެ. ރީތި ގޮތަކަށް ޝޯލް އަޅައި ވީޑިއޯއެއް ހޯދާފައި އެއާއި އެއްގޮތަށް ޝޯލް އެޅޭތޯ ދީނާ ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ. އެކަން ނުހަނު ފުރިހަމައަށް ކާމިޔާބުވެސް ވިއެވެ. ނަމަވެސް ޒަހުދާއާއި ދިމްނާގެވެސް އެހީ އާއިއެކުއެވެ.

ކަޅުކުލައިގެ އަތް ފުޅާ ގަޔަށް ދޫ ހެދުމުގައި ދީނާ ނުހަނު ޗާލެވެ. ފައިގެ ތަނބި ކައްޓާ ހަމައަށް ހެދުން އަރާއިރު ހެދުމުގެ ތިރިވެސް ވަނީ ނުހަނު ފުޅާ ކޮށްފައިއެވެ. އާދައިގެ ހެދުމެކެވެ. ނަމަވެސް އެހެދުމާއިއެކު ދީނާ ނުހަނު ފުރިހަމައެވެ. ޝޯލްވެސް ނުހަނު ރީތިކޮށް ބޮޑުކޮށް އަޅާފައިވާއިރު ދީނާ ވައްތަރީ ސައުދި އަރަބިއާގެ ކުއްޖަކާއިއެވެ. އެންމެ ފަހުގެ ކަމަކަށް ފަޔަށް އިސްޓާކީނު ލައްވާފައި އަނެއްކާވެސް ދީނާއާއި ޒަހުދާ އަދި ދިމްނާވެސް މިސްރާބު ޖެހީ އޭނާގެ ނަރުސް ޔުނީފޯމް ފަހަން ފޮތި ގަންނާށެވެ. އެ ޔުނީފޯމްވެސް ދީނާ ނުހަނު ބާޜުކޮށް ފަހާފައި ވާތީއެވެ. އަދި އަތްވެސް ކުރު ވީމައިއެކުއެވެ. ނަމަވެސް ފިހާރައަށް ދިޔުމުގެ ކުރިން ދީނާވަނީ އޭނާ އިންސްޓަގުރާމަށް އަދި ފޭސްބުކަށްވެސް އަޅާފައި ހުރި ފޮޓޯތައް ޑިލެޓް ކޮށްލާފައިއެވެ. އަދި ފޮލޯ ކޮށްފައި ހުރި ފެޝަން މީހުން އަންފޮލޯ ކޮށްފައި އެކި ގޮތްގޮތަށް އޭނާ ދިޔައީ ބަދަލުކުރަމުންނެވެ. އަދި ލާފައި އިން ޕްރޮފައިލް ޕިކްޗާއަށް ވެސް މިހާރުގެ ފޮޓޯއެއްލައި އޭތިވެސް ބަދަލުކޮށްލިއެވެ.

މަގުމަތިން ހިނގާފައި ދިޔައިރު ދިމާވަމުން ދިޔަ ދީނާގެ ރައްޓެހިން ދިޔައީ އެކި ގޮތްގޮތް އޭނާއަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. ކުރިއަށް ވުރެ މިހާރު މާ ރީތި ކަމަށާއި އަބަދުވެސް އޭނާ އެގޮތަށް ހުއްޓާ ފެންނާނެ ކަމަށް އުންމީދު ކުރާކަމަށް މީހުން ބުނަމުން ދިޔައިރު ދީނާ ހުރީ އޭނާއަށް އެކުރެވުނު އަދި އެޅުނު ރަނގަޅު ފިޔަވަޅެއްގެ ސަބަބުން އެކަމާ ނުހަނު ބޮޑަށް ހިތްހަމަ ޖެހިފައިއެވެ. އަދި ދިޔައީ ހޭލާ ހުރެގެން އެތައް ހުވަފެނެއް ބަލަމުންނެވެ. ފާއިޒް އާށް އޭނާ ފެނުމުން ވާނޭ ގޮތާއި ތަޢުރީފު ކުރާނެ ގޮތެވެ. އެހެންކަމުން ދީނާގެ ތުންފަތުން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލާ ނުދެއެވެ. ޒަހުދާވެސް ހުރީ ދީނާއަށް އެއައި ބަދަލާއެކު ނުހަނު އުފާވެފައިއެވެ. އަދި ދިޔައީ ހިތުން ﷲ އަށް ޝުކުރުކުރަމުންނެވެ.

****

މެންދުރު ނަމާދު ބަންގިއަަށް މާއީމެން ތިބީ އެމީހުންގެ ގެޔަށް އައިހެވެ. ނުހަނު ފޯރީގައި ތުޑީގައި ކުޅެ މަޖާކުރުމުގައި އުޅެފައި އައުމުން އެންމެންވެސް ތިބީ ކުރިން ތިބި ވަރަށް ވުރެ ކަޅުވެފައިއެވެ. ”މަ ބޭނުމެއް ނޫން ދެން މި ރަށަކުން ދާކަށް.” ފާއިޒް ގެޔަށް ވަނެ ގަޔަަށް ފެން އަޅާލިއެވެ. އަދި ފާއިޒް އެބުނި ބަހަށް ތާއީދު ކުރަމުން ރާކިންމެންވެސް ދިޔައީ އެކި އެއްޗެހި ކިޔަމުންނެވެ. ހަގީގަތުގައިވެސް އެމީހުން އެތިބީ ނުހަނު ހިތްހަމަ ޖެހިފައިއެވެ. އަމާން އޮމާން ހިތަފަސޭހަ ގުދުރަތީ ތަނެއްގައި ވަގުތު ހޭދަކޮށްލުމުން ވާނީވެސް އެހެންތާއެވެ. ”ދާހިތް ނުވަންޏާ ދެން މިރަށުގައި އުޅެން ވީނުން. މިގޭގައި ހަމަ ދަރިފުޅުމެން ބޭނުމިއްޔާ އުޅެން ވީ.” މުފީދާ ވެސް ވަރަށް ވެލާފައި ފާއިޒްގެ ބޮލުގައި ފިރުމާލިއެވެ.

”ތިއްތާ. ތިއްތާ ދެން ނުދައްޗޭ ނާޒް ދޫކޮށްފަ. އޭރުން ނާޒް ވަރަށް ފޫހިވާނެ.” ނާޒް އޭނާގެ މައުސޫމު އަޑުން މާއީގެ އުރަށް އަރަމުން ބުނެލިއެވެ. އެއާއިއެކު އެތާ ތިބި އެންމެންގެ ހިތް ފުރިގެން ބަންޑުން ދިޔައީ ނާޒްގެ އެކުޑަ ކުޑަ އަމަލުންނެވެ. ނާޒްދެން ގޮސް އިކާލްގެ ކައިރީގައި އިށީންދެލާފައި ވެސް ހަމަ އެގޮތަށް ބުނެލިއެވެ. އެންމެ ދުވަހެއްވެސް ނުވަނީހެން އެ އެންމެންނާ ނާޒް އެހައި އަވަހަށް އެކުވެރިވުމުން މައިރާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އެހެންޏާ ދުވަހަކުވެސް އެއީ ނާޒް އުޅުނު ގޮތަކަށް ނުވީމައިއެވެ. އެންމެ ކުޑައިރުވެސް ނާޒް އަކީ މީހުންނާ ވަރަށް ރުޅި ކުއްޖެކެވެ. ނަމަވެސް ގޭގައި މީހުން އިތުރުވުމުން ނާޒްގެ އުޅުމަށް އެބަދަލު އައުމުން މައިރާވެސް އަދި މުފީދާވެސް ހުރީ ނުހަނު ހިތްހަމަޖެހިފައިއެވެ.

”ދެން ދޭ އަވަހަށް ފެންވަރައި ތާޒާ ވެލައިގެން ކާން އަންނަންް. ހަވީރު ދެން އޮންނާނި ރީތިވެގެން އަނެއްކާވެސް ފޮޓޯ ނަގަން ދިޔުމެއްނު. ކާގެން ދެން އޮންނާނި އަރާމު ކުރާ ވަގުތު.” މުފީދާ ދުވަސް ރާވާލާފައި އޮތް ގޮތް ދިޔައީ އެންމެންނަށްވެސް ކިޔައިދެމުންނެވެ. އޭނާގެ ބަހަށް ދެކޮޅުހެދުމުގެ ބަދަލުގައި އެންމެންވެސް ދެން ދިޔައީ އެމީހަކު ކޮޓަރިއަށް ވަނެ ފެންވަރައި ތާޒާ ވެލުމަށެވެ. އިކާލް މެންނަށް ހަމަޖެހިފައިވާ ކޮޓަރިއަށް ފުރަތަމަ ފެންވަރަން ވަނީ ރާކިންއެވެ. އެހެންކަމުން ދެން ތިބި ދެމީހުން ބޭރުގައި ހުރި ޖޯލި ފައްޗެއްގައި އިށީންދެލައިގެން ތިބީ އެމީހުންގެ ފޯނާ ކުޅޭށެވެ.

އިކާލް އިންސްޓަގުރާމުން މީހުން ލާފައި ހުރި ޕޯސްޓްތައް ބަލަމުން ދިޔައިރު ފާއިޒް ދިޔައީ ވައިބާއިން ކޮންމެސް މީހަކާ ވާހަކަ ދައްކަމުންނެވެ. ދެމީހުން ދެކަމުގައި މަސްއޫލުވެގެން ދިޔައިރު ވަށައިގެން ހިނގަމުން ދިޔަ އެއްވެސް ކަމަކަށް ސަމާލުކަން ދޭ ވަރަށް ވުރެ ދެމީހުންވެސް ތިބީ ފޯނުގެ އެތެރެއަށް ފީނާލާފައިއެވެ.

”ފާއިޒް ބަލާބަލަ މިއޮށް ކަމެއް.” އިކާލް އޭނާގެ ފޯނުން އެއްޗެއް ދައްކަން ފޯނަށް ގެއްލިފައި އިން ފާއިޒް އަށް ގޮވަން ފެށިއެވެ. އެއާއިއެކު އިކާލް ދައްކާ އެއްޗެއް ބަލައިލުމުގެ ޝައުގުވެރިކަން އުފެދުނުލެއް ބޮޑުކަމުން ފާއިޒް އޭނާގެ ފޯނު އުނގުމަތީގައި ބާއްވާ އިކާލް ދެއްކި އެއްޗަކަށް ސަމާލުކަން ދިނެވެ. ފުރަތަމަ ފާއިޒްއަށް އެއީ ކާކުކަން ނޭނގުނެއް ކަމަކު ފަހުން އެއީ ކާކު ކަން ވަރަށް ރަނގަޅަށް ދެނެގަނެވުނެވެ.

”ވާވް. ޝީ އިސް އޯވްސަމް ނައު.” ފާއިޒްއަށް ބޭއިޙްތިޔާރުގައި އެހެން ބުނެލެވުމާއިއެކު އިކާލް އޭނާއާ ދިމާލަށް ހުއްޓާ ނުލައި ބަލަން ފެށުމުން ބުނެވުނި އެއްޗެއް ރޭކާލުމުން އަނބުރާ އެބަސް ގެނެވޭނެ ނަމައޭ ފާއިޒްގެ ހިތަށް އެރިއެވެ.

”ކާކުތަ އެއީ؟ ނޭނގުނު ތީ ކާކު ކަމެއް.” އިކާލް ފޯނުން ދެއްކި ފޮޓޯ ގަނޑުގައި އިން މީހާ ނޭނގޭ ކަމަށް ހަދާލަމުން ވަރަށް ނުސީދާ ގޮަތަކަށް ފާއިޒް އަހާލިއެވެ. އެއާއިއެލު އަނެއްކާވެސް އިކާލް ފާޑަކަށް އޭނާއާ ދިމާ ބަލަން އިނުމުން ހަދާނެގޮތް ވެސް ހުސްވިއެވެ. ނަމަވެސް އިކާލް އިނީ ބަނޑަށް ހީލަހީލައެވެ.

”އޯވްސަމް އޭ ބޯވަ ސަމުސަލޭ ކިޔާއިރު ހަމަ އެއްވެސް ވަރަކަށް ނެނގޭތަ އެއީ ކާކުކަމެއް؟ މަ ހަމަ އަޖައިބު ވެއްޖެ ފާއިޒްއަށް އެއީ ކާކު ކަން ނޭނގުނީމަ. މީ ތިހިތުގައި ރަސްކަން ކުރަމުންދާ ރާނީއޭ.” އިކާލް ވަރަށް މަޖާވެލާފައި ފާއިޒްއާއި ދިމާކުރަން ފެށިއެވެ. އިކާލް އަނެއްކާވެސް އޭގައި ލިޔެފައި އިން ނަމަށް ރަނގަޅަށް ބަލާލާށޭ ކިޔައި ފާއިޒްއަށް ފޯނު ދައްކާލުމާއިއެކު އޭނާ ވަރަށް ރަނގަޅަށް އެއަށް ބަލާލިއެވެ.

”މަށަށް ވަރިހަމަ ތީ ކޮންމެ މީހަކަސް.” ފާއިޒް އިތުރަށް އިކާލްއާ ވާހަކަ ނުދައްކާ  އޭނާގެ ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހާ އާ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އެއީ އިކާލް ހީކުރި ގޮތެވެ. ހަގީގަތުގައި ފާއިޒް ދިޔައީ އިންސްޓަގުރާމުން ދީނާ ފެނޭތޯ މަސައްކަތް ކުރަމުންނެވެ. ނަމުގައި ”ދީން ދީނާ” އޭ ޖަހާފައި އިން އިރު  އެންމެ ފޮޓޯއެއްވެސް ލާފައެއް ނެތެވެ. ދީނާއަށް ފާއިޒްއަށް ފޮލޯ ކޮށްފައި އިން ކަން އޭނާއަށް ރޭކާލީ ވަރަށް ފަހުންނެވެ. އެހެންކަމުން އަވަހަށް ފާއިޒްވެސް ދީނާއަށް ފޮލޯ ކޮށްލިއެވެ. ކުރިން އެއީ ޕްރައިވެޓް އެކައުންޓަކަށް ވުމުން ފާއިޒްއަކަަށް ދީނާ އޭނާގެ ސްޓޯރީއަށް ލާފައި ހުރި އެއްޗެއްސެއް ނުފެނެއެވެ. ނަމަވެސް ފޮލޯ ކޮށްލުމާއިއެކު އެއެއްޗެހި ފެނިގެން ދިޔުމުން ފާއިޒްގެ ކެތްތެރިކަން ކޮޅުން ލައިގެންދިޔައެވެ. ދީނާ ދެކިލާ ހިތުން އެދެލޯ ބޭގަރާރުވަމުން ދިޔައެވެ. ދީނާގެ ސްޓޯރީއިން ފެނިގެން ދިޔައީ އިކާލްވެސް ފާއިޒްއަށް ދައްކާލި ފޮޓޯއެވެ. އެތައް އިރަކު ފާއިޒްއަށް ދީނާ ކައިރި ބަަލަން އިނެވުނީ ދީނާ އެހެދުމުގައި އަދި ބުރުގާ އަޅާފައި ވުމުން ރީތި ކަމުންނެވެ. އެހެންކަމުން އަދި ދީނާ ހަމަލޮލަށް ބަލައިލުމަށް ފާއިޒްގެ ދެލޯ ކެތްމަދުވިއެވެ. މެސެޖްގެ ޒަރިއްޔާއިން ދީނާއަށް ތައުރީފުު ކުރުމަށް ފާއިޒްގެ އިނގިލިތައް ކެތްމަދުވެގެން ދިޔުމުން ފާއިޒް މެސެޖުގައި އޭނާއަށް ބޭއިހްތިޔާރުގައި ބުނެވުނި އެތި ލިޔެލާފައި ފޮނުވާލިއެވެ.

އެއާއިއެކު ދީނާގެ ފަރާތުން ވަގުތުން ވަގުތަށް ”ތެންކިޔޫ” އޭ ލިޔެފައި އިން މެސެޖެއް އައެވެ. ފާއިޒް ދެންވެސް އަވަސް އަވަހަށް ދީނާ އާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ދީނާ އެހެން ބުނެފައި ދެން އެއްޗެކޭ ނުބުނުމުން ފާއިޒްގެ ހިތް މިލައި މޯލިވެގެން ދިޔައެވެ. ނަމަވެސް އެއާއި އެއްވަރަށް ދީނާއަށް އެއައި ބަދަލުގެ ސަބަބުން އުފާވެސްވިއެވެ. ދުވަހަކުވެސް ދީނާގެ ފަރާތުން އުންމީދު ނުކުރާ ފަދަ ބަދަލެއް އައުމުންވެސް ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެގޮތުގައި ހަމަ ދީނާގެ ފޮޓޯއަށް ބަލަން އޮއްވައި ރާކިން އެތަނަށް އައި ކަމެއްވެސް ފާއިޒްއަކަށް ނޭނގެއެވެ. އަދި އެތަނުގައި އިކާލް ނެތް ކަމެއްވެސް ނޭނގެއެވެ. އެހައިވެސް ބޮޑަށް އޭނާ ވަނީ ދީނާގެ އެފޮޓޯގަނޑުގެ ތެރެއަށް ގެއްލި ހުސްވެފައިއެވެ.

***

މެންދުރު ނަމާދު ކޮށްލައިގެން އައިސް އެނދުގައި އޮށޮވެ ފޯނާ ކުޅެމުން ދިޔަ ދީނާގެ ތުންފަތް މަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. ނަމަވެސް އެގޮތުގައި އޮއްވާ އަނެއްކާވެސް އެއަށްވުރެ ފުޅާ ހިނިތުންވުމެއް އޭނާގެ ތުންފަތްމައްޗަށް ވެރިވީ ފޯނަށް މީހަކު މެސެޖް ކުރުމުންނެވެ. ”ކުރިއަށް ވުރެ މިހާރު ދީނާ މާ ފުރިހަމަ. ދެކިލާހިތުން ކެތް މަދުވެއްޖެ.” ފާއިޒް އިތުރަށް މެސެޖް ކުރަމުން ދިޔަ ނަމަވެސް ދީނާ އެމެސެޖް ތަކަށް ރައްދެއް ނުދެއެވެ. އޭނާ މިހާރު ބޭނުންވަނީ ފާއިޒް ވެސް އޭނާ ތަޅުވާލިގޮތަށް ތަޅުވާލާށެވެ. ނަމަވެސް ފާއިޒްއާއި ވާހަކަ ދައްކާލާ ހިތުން އެހިތް ދިޔައީ ކެތްމަދުވަމުންނެވެ.

***

ފޯނު ހިފައިގެން ކޮޓަރީގައި އޮތް ރާޔާގެ މޫނު މައްޗަށް ނުރުހުންތެރިކަން ފާޅު ކޮށްގެން އޮތް އިރު އެނާގެ ތުންފަތަށް ވެރިކުރުވައިގެން އިނީ ނުލަފާ ހިނިތުންވުމެކެވެ. އޭނާގެ ފޯނުން އިންސްޓަގުރާމަށް ވަދެ އިކާލްގެ ފޮޓޯތައް ބަލަމުން ދިޔައީވެސް ހަމަ އެ ގޮތުގައި އިނެއެވެ. ނަމަވެސް އޭގެ ހިނދުކޮޅެއްގެ ތެެރޭގައި އޭނާގެ ދަތްކުޑި ވިކާލައިގެން ދިޔައީ އިކާލް ލީ ފޮޓޯއެއްގެ ސަބަބުންނެވެ. މާއީ، ފާއިޒް، ރާކިން އަދި އިތުރު ތިން މީހުންނާއި ކުޑަ ކުއްޖަކާއިއެކު ނަގާފައި އިން އެ ނަފްސީގައި އިކާލް ހުރީ ނުހަނު ބޮޑަށް ހެވި ދިލިފައިއެވެ. ކޮމެންޓްގައި ”މޮސްޓް ހެޕިއެސްޓް ޑޭސް އިން މައި ލައިފް” ޖަހާފައި ތިން ވަރަކަށް ހިތް ލާފައި އިން އިރު އެހެން މީހުންވެސް ދިޔައީ އިކާލްގެ އެފޮޓޯ ގަނޑަށް ކޮމެންޓް ކުރަމުންނެވެ. އަދި އެފޮޓޯގައި އިކާލްމެން ތިބި ތަން ލޮކޭޝަންގައި ލިޔާވިފައި އިނުމުން ރާޔާއަށް އެމީހުން އެތިބީ ކޮންތަނެއްގައި ކަން ނުހަނު އަވަހަށް އެނގުނެވެ.

”އައި ނީޑް ޔޯ ހެލްޕް. އަހަރެންނަށް ހަމައެކަނި މިކަން ކޮއްދެވޭނީ ލަޔާންއަށް.” ރާޔާ އޭނާގެ ފޯނުން މީހަކަށް ގުޅާފައި ކަންފަތުގައި ޖައްސާލިއެވެ. އެއާއިއެކު އެކޮޅުންވެސް ރާޔާ ބުނި ބަހަށް ރައްދެއް ދިނީ ނުހަނު އަވަހެށެވެ. ފަސްވަރަކަށް މިނެޓް ވަންދެން ދެމީހުންވެސް ވާހަކަ ދައްކަން ތިބެފައި ވަކިވެލީ ނުހަނު މޮޅު ރޭވުމެއް ދެމީހުންވެގެން ރާވައި ނިންމާލުމަށް ފަހުއެވެ. އޭރު ރާޔާގެ އަތް ގޮށްމުއްކެވިގެން ދިޔައިރު އެދެލޮލުން ދިޔައީ އަލިފާން ކަނި ބުރަމުންނެވެ. އަނެއްކާވެސް ރާޔާ އެނާގެ ފޯނުން އިކާލް ލީ ފޮޓޯ ގަނޑަށް ނަޒަރެއް ދިނެވެ.

”މިއަދު ބޭނުން ވަރަކަށް އުފާ ކުރޭ. މާދަމާ ޖެހޭނީ ރޯން.” ރާޔާ އޭނާގެ ތުންފަތަށް މަސްނޫއީ ހިނިތުންވުމެއް ވެރިކުރުވަމުން އެހެން ބުނެލިއިރު އޭނާގެ ދަތްޕިލާ ވަނީ ފިއްތާ ބާރު ކުރެވިފައިއެވެ. ނަމަވެސް ބައެއް ފަހަރަށް އެދެލޮލުން ހިތާމަވެރިކަން ވެސް ފާޅުވަމުން ދިޔައެވެ.

***

އާދުވަހަކަށް އިރު އަރައިގެން ދިޔައީ މާއީގެ ހިތަށް ހަންޖަރެއް ހަރާލުމަށްފަހުއެވެ. ފަތިސް ނަމާދު ކޮށްގެން ފޯނުގައި އަތްލި މާއީއަށް ހުއްޓާނުލައި އެއަށް ބެލަމުން ދިޔައީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. ނުދަންނަ ނަންބަރަކުން ކޮށްފައިވާ އެމެސްޖެގައި ”އުފާވެރި ދިރިއުޅުމެއް ބޭނުމިއްޔާ އިކާލްއާ ދުރުގައި ހުރޭ.” ލިޔެފައި ވާއިރު މާއީގެ ހިތް ދިޔައީ ނޭނގޭ ސަބަބަކާއި ހުރެ ރޮމުންނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އިކާލް އަކީ އޭނާގެ ވަރަށް ގަތް އެކުވެރިއެކެވެ. ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާއެވެ. ‘ބެސްޓް ފުރެންޑް’ އެވެ. ނަމަވެސް އިކާލް އާ ދުރުގައި އުޅުމަށް ގޮތް ނޭނގޭ މީހަކު ބުނުމުން މާއީގެ ހިތުގައި ހީވީ މީހަކު ވަޅި އަޅަމުން ދިޔަ ހެންނެވެ. އެދެލޮލުން އެތައް ފަހަރަކު އެތައް ކަރުނައެއް ފައިބަމުން ދިޔައިރު ކޮންމެ ފަހަރަކުވެސް އެކަރުނަތައް ފޮހެލަނީ އިކާލް އާ ދުރުގައި އުޅުމަށް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް އެ ހިތަށް ވިސްނައިދީގެންނެވެ. ނަމަވެސް މާއީ ގަބޫލުކުރަން ބޭނުން ނުވެފައި އޮތް ހަގީގަތަކީ އޭނާއަށް އިކާލްދެކެ ލޯބިވެވިފައިވާ ކަމެވެ. އިކާލް އާއެކީ އުޅެން ބޭނުންވާ ކަމެވެ. އިކާލް އެއީ އޭނާގެ ހިތުގެ ވިންދު ކަމެވެ.

މެންދުރު ވެގެން ދިޔައިރުވެސް މާއީ ކޮޓަރިން ނުނިކުމުން އެންމެން ވެސް ތިބީ ނުހަނު ހާސްވެފައިއެވެ. އެދުވަހުގެ ތާވަލުގައި ކަމެއް ނެތް ނަމަވެސް ކޮންމެސް އެއްޗެއް ކުޅުމަށް ހެނދުނުގެ ސަޔަށް ފަހު އެމީހުންވަނީ ރާވާފައިއެވެ. ނަމަވެސް އެކަންވެސް ކެންސަލް ވެގެން ދިޔައީއެވެ. މާއީގެ ހަބަރެއް ދޮރުގައި ތަޅައިގަތުމުންވެސް ނުވުމުން އެންމެ ފަހުން ނިންމީ މާއީއަށް ގުޅުމަށެވެ. ކޮންމެ މީހަކު ގުޅިއަސް މާއީ ފޯނު ކަނޑާލަމުން ދިޔައިރު އެއިން ކޮންމެ މީހެއްގެ ސިކުނޑިވެސް ފުނި ޖެހެމުން ދިޔައީ އެތައް ޖަވާބުނުލިބޭ ސުވާލު ތަކަކުންނެެވެ.

ފަހަރަކު މީހަކު ގުޅަމުން ދިޔުމުނ ބޮލަށް އުނދަގޫވެފައި އޮތް މާއީ އޭނާގެ ހަށިގަނޑު އުނދަގުލާއިއެކީ އެނދުން ހިއްލައިލަމުން ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭރު ނިތްކުރީގައި ފޮޅު ތަކެހެން ދާތިކިތައް ބަބުޅަމުން ދިޔައިރު މޫނުމަތި ވަނީ އެއްކޮށް މިލައިފައިއެވެ. ހިނގަމުން ދިޔައިރު މާއީއަށް ހީވީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. ނަމަވެސް ކެތްކޮށްލާފައި ހިނގަމުން ދިޔައީ މަންމަމެން އެވަރަށް ގޮވަމުން ދިޔުމުންނެވެ. ދޮރު ހުޅުވާލުމާއިއެކު މާއީއަށް ފެނިގެން ދިޔައީ އެންމެންގެ މޫނުމަތިންވެސް ހާސްކަމާއި ނުތަނަވަސްކަމެވެ. ދޮރުގެ ކަނީގައި އެއްފަރާތުން ލެގިލައިގެން ހުރެ މާއީ އިކާލްއަށް އަވަސް ނަޒަރެއް ދިނެވެ. އެއާއިއެކު އަނެއްކާވެސް މާއީގެ ހިތް ހީވީ ފަޅިފަޅިވެގެން ދިޔަހެންނެވެ.

”ދަރިފުޅު. ކިހިނެއްވީ؟ ހުން އައީތަ؟” މުފީދާ މާއީގެ ނިތްމަތީގައި އަތް ޖައްސާލަމުން ރޫރޫ އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. މުފީދާގެ އަތް މާއީގެ ނިތްކުރީގައި ޖައްސާލިހެން ނުހީވެ މާއީ ފަހަތަށް ވެއްޓެން ދިޔައެވެ. ނަމަވެސް ހުށިޔާރު ކަމާއިއެކީ އިކާލް މާއީގެ އުނަގަނޑުގައި ހިފަހައްޓާލާ ލުއި ފަތެއްހެން އޭނާގެ އަތްދަނޑިމައްޗަށް މާއީ ނެގީ އަވަހަށް އެނދުގައި ބޭއްވުމަށެވެ.

”ސުބްހާނައް ﷲ. ވަރަށް ހުންގަދަ.” މުފީދާއަށް ވާހަކަ ދެއްކުންވެސް ވީ އުނދަގޫ ކަމަކަށެވެ. އެހެން ނަމަވެސް އޭނާ އަވަސްވެގަތީ އަވަހަށް އެމްބިއުލެންސްއަށް ގުޅުމަށެވެ. މާއީ ހޮސްޕިޓަލަށް ގެންދިޔުމަށެވެ. ”ދައްތާ ހޮސްޕިޓަލަށް ގުޅާނި ކަމެއް ނެތް. އަހަރެމެން މީ ހުސް ޑޮކްޓަރުން. އިރާދަކުރެއްވިއްޔާ މާއި އަކަށް ކަމެއް ނުވާނެ. ހާސް ނުވޭ.” މުފީދާގެ ކޮނޑު މަތީގައި އަތް ބާއްވާއިލަމުން ރާކިން ބުނެލީ މުފީދާއަށް އެއްޗެއް ވިސްނައިދޭން އުޅޭ ފަދައަކުންނެވެ. މުފީދާގެ ގާތުގައި އެހެން ބުނެފައި ރާކިން މާއީގެ ކޮޓަރިއަށް ވަދެގެން ދިޔައީ މާއީ ބަލައިލުމަށެވެ. ޑޮކްޓަރުން ގެންގުޅޭ ހުރިހާ ސާމާނެއް މިވަގުތު އޭނާގެ އަތުގައި ނެތް ނަމަވެސް މާއީއަށް ވެފައި ހުރި ގޮތް ބެލުމަށް ރާކިން ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ. އަދި އޭނާގެ ދަބަހުން ނަގައިގެން ހިމަހިމަ ގަލަމެއް ގޮތަށް އޮތް ބައްތި ނަގައިގެން އައިސް މާއީގެ ދެލޯ އޭނާގެ އިނގިލިތަކުން ހުޅުވާލައިފައި ބަލާލިއެވެ.

”ދައްތާ. މާއީ ޖެހޭނީ ހޮސްޕިޓަލަސް ގެންގޮސް އައިވީ ގުޅަން. އެހެން ހަދައިގެން ނޫނީ ހުން މަޑެއް ނުވާނެ. ދެން ހެނދުނު ގަނޑީގައި ނުކައި ހުރުމުން އެ ބޮލަށް އެބުރުން އެރީ. ދެން ޑީހައިޑްރޭޓް ވެފައި ހުރީ. ގިނައިން ދިޔާ އެއްޗެހި ދޭން ޖެހޭނީ.” ރާކިން ވަރަށް ރަނގަޅަށް މާއީ ބަލާލައިފައި މާއީއަށް ވެފައި ހުރި ގޮތް ކިޔާދޭން ފެށިއެވެ. ރާކިންގެ އެދުމުގެ މަތިން މުފީދާ އެމްބިއުލެންސަށް ގުޅަން ފެށިއެވެ.

”ދަރިފުޅާ މައިޝް. ދޭ އަވަހަށް ގޭ ރުކުން ކުރުނބަތަކެއް އުފުރާލަން. މައިރާ. މައިޝް އެއެއްޗެހި އުފުރީމަ ދަރިފުޅު ފުޅިއަކަށް އަޅައިގެން ހިފައިގެން އަންނާތި. އާފަލާއި އޮރެންޖުވެސް ކޮށައިގެން ގެންނާތި. މަންމަ މިދަނީ މާއީ ގޮވައިގެން ދާން.” މުފީދާ އަވަސްވެފައިވާ ހިތަކާއިއެކު ނުހަނު އަވަސް އަވަހަށް ވާހަކަ ދައްކަމުން ދިޔައެވެ. އެމްބިއުލެންސް ގެޔަށް އައުމާއިއެކު އަނެއްކާވެސް އިކާލް މާއީ އުފުއްލާލައިގެން ގޮސް އެމްބިއުލެންސަށް އެރުވިއެވެ. މުފީދާ އާއިއެކި އިކާލް އަދި ރާކިންވެސް ދިޔައީ މުފީދާގެ އެދުމުގެ މަތިންނެވެ. ނަމަވެސް ފާއިޒް އޭނާ އަމިއްލައަށް މަޑުކުރީ މައިޝްއަށް އެހީތެރިވުމުގެ ގޮތުންނެވެ.

***

”ރާޔާ. އޭނާ ގެންގޮއްސި ހޮސްޕިޓަލަށް. އިކާލް ވެސް ދިޔަ. މަ ކުރި މެސެޖްއަކަށް ރިޕްލައިވެސް ނުދޭ. ނޭނގެ ބެލި ކަމެއްވެސް.” ލަޔާން އޭނާގެ ފޯނުން ރާޔާއަށް ގުޅައިލަމުން ބުނެލިއެވެ. އެކޮޅުން ރާޔާ އެތައް އެއްޗެއް ބުނުމަށްފަހުން ފޯނު ބޭއްވީ ރާޔާ އޭނާ ގާތު ގެޔަށް އައުމަށް ބުނުމުންނެވެ. ރާޔާ ބުނި ކޮންމެ ކަމެއް ލަޔާން ކުރަމުން އެދަނީ ރާޔާ އެއީ އޭނާގެ އެންމެ ކުޑައިރުގެ އެކުވެރިއަކަށް ވުމާއިއެކު އަދި އެއީ އޭނާއަށް ދައްތައެއްފަދަ މީހަކަށް ވުމުންނެވެ.

***

ހަތަރު ދުވަަހަށް ފަހު މާއީ ހޮސްޕިޓަލުން ދޫކޮށްލެވުނިއިރުން އޭނާ ވަނީ އެއްކޮށް ރަނގަޅު ވެފައިއެވެ. ހަށިގަނޑުގައި ވަރު ޖެހިފައި ވާއިރު މޫނުމަތިންވެސް ތާޒާކަން ފެންނަމުން ދިޔައެވެ. ނަމަވެސް ހަށިގަނޑު ވަނީ ކުރިން ހުރި ވަރަށް ވުރެ ހިކިފައިއެވެ. ހަވީރުގެ ވަގުތު ކަމުން މާއީ ބޭނުންވީ ތުނޑިއަށް ގޮސް މޫދަށް އެރިލާށެވެ. އެހެންކަމުން ގޭގައި ހުރި ގަހުން ކުންނާރު ބިދެގެން އައިސް މައިރާ އާއި ދެމީހުން މަޖާ ހަދަން ފެށީ ކާހިތްވެފައި ހުރުމުގެ ސަބަބުންނެވެ. މާއީ މެން މަޖާ ހަދަމުން ދިޔައިރު މައިޝްމެން ދިޔައީ މަސްބާނަން ދޮށި ތައްޔާރު ކުރަމުންނެވެ. ހަތަރު މީހުންވެސް ހަތަރު ދޮށި ހަދާ ނިންމާލުމަސްފަހު އައިސް އެތަނުގައި ހުރި ޖޯލި ފައްޗެއްގައި އިށީންދެލީ މާއީމެން ހަދަމުން ދިޔަ މަޖާ ގަނޑަށް ފާޑު ކިޔަމުންނެވެ. ”އޭ ކޮންމެހެން ފާޑު ކިޔާނެ ކަމެއް ނެތް. ހަމަ ތިމީހުންވެސް މި ކާނެ.” މައިރާއަށް ނުހުރެވިގެން އެންމެ ފަހުން އެހަތަރު މީހުންނަށް ކުދިކިޔެން ފެށިއެވެ.

ތުނޑިއަށް ދިޔަ މަގުމަތީގައި ވެސް އަދި އެވީ ހަތަރު ދުވަހުގައިވެސް އިކާލްއަށް ފާހަގަވި އެއް ކަމަކީ މާއީ އޭނާއާ މާ ދުރުދުރުން އުޅޭ ކަމެވެ. މާއީ ކައިރީ ގޮސް ހުއްޓިލިއަސް ކޮންމެސް އެއްޗެކޭ ކިޔާފައި މާއީ އެނާގެ ކައިރިން ދުރަށް ދެއެވެ. ކައިރީގައި އިށީނަސް މާއީ ހަމަ ހަދަނީ އެހެންނެވެ. ގިނަފަހަރަށް ވާހަކަވެސް ނުދައްކައެވެ. ރާކިން އަށް އަދި ފާއިޒްއަށް ވެސް އެކަން ފާހަގަވެގެން އިކާލް ގާތު އެހެން ބުނެފިއެވެ. ނަމަވެސް ވީ ގޮތް ނޭނގޭތީ އިކާލްއަށް ދޭން ޖެހޭ ޖަވާބަކީ އެއީއެވެ. ނޭނގެއެވެ.

”މަންމާ ބަލާބަލަ. އަހަރެމެން މަޖާ ހަދާތީ ފާޑު ކީ މީހުން މިއޮށްކަނީ ހަމަ އަހަރެމެން ހެދި އެއްޗެހި. އަތުލާ އެމީހުން އަތުން އެތަށިތައް.” މައިރާ ލާނެތް ގޮތަކަށް އެހެން ބުނުމާއިއެކު ހަތަރު މީހުންވެގެން ދުރަށް ދުއްވާގަތީ މާއިރާ އެމީހުންގެ ތަށިތައް އަތުލަން އުޅުމުންނެވެ. އެއާއިއެކު އެންމެން ވެގެން ހިނިގަނޑެއް ޖަހައިލީ އޮތްހާއިރު ބަނޑަށް ހޭން ތިބެފައިއެވެ.

މަޖާ ކައިގެން ހުރިހާ އަންހެނުން މޫދަށް އެރުނު އިރު ފިިރިހެނުން ތިބީ ތަންކޮޅެއް ދުރުގައި މަސްބާނާށެވެ. އިރުކޮޅެއްނުވެ މޫދުގައި ފަތާލުމަށްފަހު މައިރާ މޫދުން އެރީ ނާޒް މާއީގެ އަތަށް ދީފައިއެވެ. ހަގީގަތުގައި މައިރާ މޫދުން އެރީ އޭނާ މަސްބާނާ ހިތްވެފައި ހުރުމުގެ ސަބަބުންނެވެ. ހިނގާފައި ގޮސް މައިޝްމެން ގާތުގައި މަޑުކޮށްލުމާއިއެކު އިކާލް މައިރާގެ އަތަށް ދޮށި ދީފައި މާއީ މެންނާއިއެކު މޫދަށް އެރެން ދިޔައެވެ. އިކާލް ފަތާފައި ގޮސް މަޑުކޮށްލީ މާއީގެ ގާތުގައިއެވެ. ނާޒް ގޮވައިގެން އޮތް މާއީ ސިއްސައިގެން ދިޔައީ އިކާލް އޭނާ އާ މާ ކައިރީގައި ހުއްޓިލުމުންނެވެ. ލިބުނު ސިހުމުގައި މާއީއަށް އިކާލް ކައިރިން ދުރަށް ދެވުނީ އެނުދަންނަ ނަންބަރުން ކޮށްފައި އިން މެސެޖް އޭނާގެ ލޮލަށް ސިފަވެގެން ދިޔުމާއިއެކުއެވެ. ނަމަވެސް މާއީގެ އަތުގައި ހިފައި އިކާލްގެ ގާތަށް ގެންނަމުން އިކާލް އާއިއެކު ފަތަން ހިނގާށޭ ބުނުމުން މާއީ އަށް ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ. އެހެންކަމުން މުފީދާއަތަށް ނާޒް ދީފައި ދެމީހުން ވެގެން ފެތުމުގެ ރޭސް ފެށީ ދުުރުގައި އެމީހުންނާ ދިމާލަށް މީހެއްގެ ނަޒަރު ހުއްޓިފައި ހުރިކަން ނޭނގި ހުރެއެވެ.

***

ހޭރިގަނޑު ތެރޭގައި ހުރެގެން ލަޔާން ދިޔައީ އޭނާގެ ކެމެރާއިން އިކާލް އާއި މާއީގެ ފޮޓޯ ނަގަމުންނެވެ. އެއީ ރާޔާގެ އެދުމުގެ މަތިންނެވެ. ރާޔާވެސް އޭނާގެ ގާތުގައި ހުރި އިރު އޭނަ ހުރީ ރުޅިއައިސްގެން މުޅި މީހާ ވެސް ރަތްވެފައިއެވެ. ހަގީގަތުގައި އޭނާ އެތަނަށް އެދިޔައީވެސް އެކަހަލަ މަންޒަރެއް ފެންނާނެ ކަމަކަށް ނޫނެވެ.

***

”ހަމީދާ.. އެ ރާޔާއެއް އެދިޔާ ކޮންތާކަށް؟ ކަލޭއަށް އިނގޭނެ. ކަލޭ ކައިރީ ބުނެފައި އޭނާ ދާނީ އެދިޔަ ތާކަށް.” ރިޝާން އޭނާގެ ބޮޑު ގޮޑީގައި އިށީންދެލައިގެން އިނެ ނުރުހުންތެރިކަމާއިއެކު އެހެން ބުނެލީ އެތަނަށް ފެން ތައްޓެއް ހިފައިގެން އައި ހަމީދާއަށެވެ. ހަމީދާ އޭނާއަށް ރާޔާ ދިޔަދަން ނޭނގޭކަމަށް ބުނުމާއިއެކު ގެނައި ފެންތަށިވެސް ރިޝާން އޭނާގެ އަތުން ހޫރާލީ އައިސްފައި ހުރި ރުޅިގައިއެވެ. އެދުވަހަކީ ރާޔާ އާ ކައިވެނި ހަމަޖެހިފައިވާ ކުއްޖާ އެގެޔަށް އަދި އަންނަ ދުަވަހަކަށް ވުމުން ރިޝާންގެ ރުޅި ގަނޑު ދިޔައީ ހައްތާ ގަދަވަމުންނެވެ. ހަމީދާވެސް ހުރީ ރާޔާގެ އެއަމަލުގެ ސަބަބުން ނުހަނު ބޮޑަށް ރުޅިއައިހެވެ.

****

މާއީ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލީ މުފީދާ ހުއްޓާ ނުލައި ޓަކި ޖަހަން ފެށުމުންނެވެ. މާއީގެ އެދުމުގެ މަތިން މުފީދާ ކޮތަރިއަށް ވަނެ އިށީންދުމާއިއެކު މާއީވެސް ގޮސް މުފާދާގެ ގާތުގައި އިށީންދެލިއެވެ. ”ދަރިފުޅު. މަންމަ ބޭނުމީ ދަރިފުޅު ދެން ބުރުގާ އަޅަން. މަންމައަކަސް ކަމަކު ނުދޭ ދަރިފުޅު ތިހައި ކުރު އެއްޗެހި ލާފަ އައުރަ ދައްކާގެން އުޅޭތީ. އަސްލު ދަރިފުޅާ މާ ގުޅޭނެ ބުރުގާ އެޅީމަ.” މުފީދާ ދިޔައީ މާއީއަށް ވިސްނޭނޭހެން ވާހަކަ ދައްކަމުންނެވެ. މާއީވެސް ނުހަނު ފަސޭހައިން މުފީދާގެ އެ އެދުމަށް އެއްބަސްވިއެވެ. އެހެން ކަމުން އޭނާ އެރޭ ވެސް ބުރުގާ އަޅަން ބޭނުންވިއެވެ. ނަމަވެސް އޭނާގެ އަތުގައި ބޮޑު ހެދުމެއްވެސް އަދި ބުރުގަލެއްވެސް ނެތުމާއިއެކު އެރޭ ދެމީހުންވެގެން ގަސްދު ކުރީ އެއެއްޗެހި ގަންނަން ދާށެވެ.

ހެދުމާއި ބުރުގައި ގަނެގެން އައިސް މާއީ ލަސްތަކެއްނުކޮށް އަވަސްވެގަނީ އަވަހަށް އެހެދުން ލާށެވެ. ގަނެފައިވާ ހެދުން މާއީގެ ގަޔަށް ނުހަނު ރީތި އިރު އެހެދުން މާއީ އާ ނުހަނު ގުޅެއެވެ. އާދައިގެ ހެދުމެއް ނަމަވެސް މޭމަތިން ވަނީ ރޫތަކެއް ޖައްސާފައިއެވެ. އަދި އަތުކުރީގައި ރޭނދާ އަޅާފައިވާއިރު އެހެދުންވެސް ނުހަނު ރީއްޗެވެ. އެންމެ ފަހުގެ ކަމަކަށް މާއީ އޭނާގެ ފަން އިސްތަށިގަނޑާއި ދޮން ކަދުރާ ފޮރުވާލީ ކަޅު ކުލައިގެ މޮޑު ޝޯލް އަކުންނެވެ. ރީތިގޮތަކަށް ޝޯލް އަޅާލުމަށްފަހު މާއީ ލޯގަނޑު ކުރިމަތީގައި ގޮސް ހުއްޓިލިއެވެ. މާއީއަށް އޭނާގެ އަމިއްލަ ސޫރަ ފެނުމާއިއެކު ކުރެވުނީ އެހެން ކަހަލަ އިހްސާސެކެވެ. ނަމަވެސް އެހެދުމުގައި އަދި ބުރުގައި އަޅާފައިވުމުން މާއީއަށް އޭނާ އަމިއްލައަށް ވެސް ތައުރީފުކޮށްލެވުނެވެ.

”މާޝާ ﷲ. ވަރަށް ފުރިހަަމަ.” މާއީ ފެނިފައި މުފީދާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިއެވެ. ފުރިހަމަވެފައި ބަލާލަންވެސް ރީތިކަމުންނެވެ. މައިރާއާއި މުފީދާގެ އެދުމުގެ މަތިން މާއީ ދެން ދިޔައީ އެންމެނާއިއެކު ރޭގަނޑުގެ ފިންޏަށް ހިނގާލުމަށެވެ.

އިކާލްއަށް މާއީ ފެނިފައި ހުރީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އެދެލޯ މާއީއަށް ހުއްޓާ ނުލައި ބެލެމުން ދިޔައިރު އެހެންތަނަކަށް ބެލުމަށްވެސް އެދެލޯ ދިޔައީ ނުކުޅެދެމުންނެވެ. ބުރުގައި އަޅާފައި ބޮޑު ހެދުމެއް ލާފައި ހުރުމުން މާއި ވައްތަރީ ދީނާ ފަދައިން ސައުދި އަރަބިއާގެ ކުއްޖަކާއެވެ. އެންމެންވެސް އެހެން ބުނަމުން ދިޔައިރު އިކާލް ހުއްޓާނުލައި ބަލަން ހުރުމުން މާއީގެ ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް ދިޔައީ އޭނާގެ ކޮލަށް ޖަމާވަމުންނެވެ.

އެންމެންވެސް ހިނގަމުން ގޮސް ހުއްޓިލީ މީހުން މަދު އެހެނަސް ނުހަނު ގަސް ގިނަ ސަރަހައްދެއްގައިއެވެ. ޖޯލިފަތި ތަކާއި އުނދޯލިތަކުން އެތަން ފުރާލާފައިވާ އިރު ހަނދުވަރުުގެ ރީތި އައްޔާއެކު އެތަން ނުހަނު ރީއްޗެވެ. ސާދަވިލޭރޭގެ ހަނދު އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައިރު އެ އައްޔާއެކު މޫދު ވެސް ދިޔައީ ރަން ޖަވާހިރުތަކެއްހެން ބަބުޅަމުންނެވެ. އެމަންޒަރު ފެނިފައި މާއީ އޭނާގެ ފޯނު ހިފައިގެން އެންމެންނާ ތަންކޮޅެއް ދުރަށް ޖެހިލީ ހަނދުގެ ފޮޓޯއެއް ނަގާލުމަށެވެ. ހިނގަމުން ދިޔަ މާއީއަށް ނަޒަރު ހުއްޓާލައިގެން އިކާލް އިނެއްކަމަކު ފަހުން އޭނާ އިނީ ފޯނު ހިފައިގެން އެޔައް ބަލާށެވެ. އެންމެންވެސް އެކި ކަންތަކުގައި މަސްއޫލުވެގެން ތިިއްބެވެ.

”ކޮބާ މާއީ؟” މުޅި ތަން ވަށައި ބަލައިލަމުން ރާކިން ހާސްވެފައިވާ އަޑަކުން ބުނެލިއިރު އެންމެންގެ ސަމާލުކަން ވަނީ އޭނާއަށް ހުއްޓިފައިއެވެ. ރާކިން އެހެން ބުނުމާއިއެކު އެންމެންވެސް ބޯހޫރުވަން ފެށީ މާއީ ހަގީގަތުގައިވެސް އެތަނުގައި ނެތުމުންނެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އާދޭސް ކުރާ ހިތްވޭ…1

Next

ކުށަކާ ނުލާ-1

Next
December 30, 2019

ކުށަކާ ނުލާ-1

Previews
December 30, 2019

އާދޭސް ކުރާ ހިތްވޭ…1

27 Comments!

  1. ~señorita~ says:
    December 30, 2019 at 10:23 am

    Varah curious kohlaafa thi ninmaaly. Next part kon irakunn . Mi vaahaka Hama habeys ??????????????????❤️??❤️??????????️?️??️????♥️♥️??♥️?♥️?♥️?????????????????????????????????♥️??♥️?♥️??????????????????️?️?️❤️???❤️????♥️??♥️?♥️???❤️❤️?????????????????????❤️???♥️??♥️?

    1. GF says:
      December 30, 2019 at 1:27 pm

      Ar uo a senorita fan?…I mean camilla n shawn’s?

    2. މަލް says:
      December 30, 2019 at 5:06 pm

      I KNEW someone was going to say that!

    3. ?Nafu✨ says:
      January 1, 2020 at 2:11 pm

      thank u so much dear.. submit kohfa v 10 vana part

  2. Kylie says:
    December 30, 2019 at 11:15 am

    Maasha allah V reethi mi part vx……. Waiting fr nxt…. LY sis…..

    1. ?Nafu✨ says:
      January 1, 2020 at 2:12 pm

      thank u so much dear.. ya keep waiting.. lym

  3. Shaamaa says:
    December 30, 2019 at 3:37 pm

    Nafu inster use kurantha?

    1. ?Nafu✨ says:
      January 1, 2020 at 2:12 pm

      ????

    2. Shaa says:
      January 2, 2020 at 8:49 am

      I mean instagram

    3. ?Nafu✨ says:
      January 6, 2020 at 2:54 pm

      ya i know that.. but what happen??

  4. ?Nafu✨ says:
    December 30, 2019 at 8:29 pm

    assalam alaikum
    miothy vaahakaige 9 vana bai.. unmeedhu kuran kamudhaane kamah mi part vs..
    nafu ah thi dhehvaa support ah fahfashun kiyuntherinnah shukuru dhanna van.. adhi unmeedhukuran abadhuvs thigothah nafu ah support kuraane kamah.. and nafu vr ufaavaane kuyuntherin vaahaka aa medhu dhekey goii commnet ehge zariyyaa in bunela dhiniyyaa..
    next part vs nafu ah liyevunu haa avahakah.. insha allah..
    gud nyt all.. lysm

  5. ~señorita~ says:
    December 30, 2019 at 10:52 pm

    Konmehen e dhemeehunge fan akah vegeneh noon . Señorita ge meaning aky unmarried women. Ahenve??????

    1. ?Nafu✨ says:
      January 1, 2020 at 2:13 pm

      heheh..

  6. 0000 says:
    January 1, 2020 at 11:15 am

    masha allah.. vr rythi mi bai vs.. whn next.. waiting for next.. nd happy new year nafu.. i hope this year will bring u more happiness than this year

    1. ?Nafu✨ says:
      January 1, 2020 at 2:14 pm

      thank u soo much dear.. next submit kohfa v.. keep waiting.. happy new year.. twenty twenty.. 🙂

  7. tinker bell says:
    January 1, 2020 at 11:19 am

    happy new year nafu.. vr interesting mi bai vs.. vr curious kohlaafa thi ninmaaly

    1. ?Nafu✨ says:
      January 1, 2020 at 2:15 pm

      thank u soo much dear.. keep waiting for nxt.. nd happy new year

  8. Friend? says:
    January 1, 2020 at 1:24 pm

    Masha Allah varah reethi mi part vs… N varah curious kohlaafa thi ninmaaly waiting for the next part …lysm

    1. ?Nafu✨ says:
      January 1, 2020 at 2:15 pm

      thank u soo much dear.. keep waiting for nxt.. lym

  9. Now someone else says:
    January 2, 2020 at 12:24 am

    Nafu ge age bunedhyba

    1. ?Nafu✨ says:
      January 3, 2020 at 7:21 pm

      this is a public site.. so i don’t think its good to say private information..

  10. ~señorita~ says:
    January 2, 2020 at 9:21 am

    Happy New year everyone. I said it a little late . Didn’t I? But still it’s January 2nd. So happpppy newwww yearrrrrr????????

    1. ?Nafu✨ says:
      January 3, 2020 at 7:19 pm

      hehe its ok.. happy new year 2020.. may allah make your dreams come true.. and achieve your goals..

  11. ~señorita~ says:
    January 3, 2020 at 7:34 pm

    Thanx ??????

    1. ?Nafu✨ says:
      January 4, 2020 at 11:51 am

      welcome:) 🙂

  12. nau says:
    January 4, 2020 at 10:32 am

    when nexthaadha dhuvaheh vany?

    1. ?Nafu✨ says:
      January 4, 2020 at 11:52 am

      submit kohfa v.. adhivs upload nuvegen miulheny.. keep waiting dear

Comments are closed.

Next Episodeވަމޭ ގާތުގައި 10←


All Right Reserved!