Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެލީޝާ (ފަހުބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 1, 2014 6 Mins Read
22 Comments

އަހަންނަށް އެލީގެ ލޯބިނުލިބުނަސް އަހަރެން ބޭނުންވަނީ އެލީ އަބަދުވެސް އުފަލުގައި ހުންނަން…. އެލީގެ އުފާތައް ގުޅިފައިވަނީ މިއުވާން އާ….” ކަރަމްއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ދެލޮލުން ހޯސްލަފައި ކަރުނަ ފައިބާގަތެވެ. ކަރަމް އަވަސްއަވަހަށް ކަރުނަ ފުހެލުމަށްފަހު ރޮވިފައި ހުރި އެލީޝާއަށް ބަލާލިއެވެ. އެއަށްފަހު ފަސްއެނބުރި ހިނގައިގަތެވެ.

“އަހަރެންގެ އުފާތައް ގުޅިފައިވަނީ ކަރަމްއާ…. ކަރަމްއާއި ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމައެއްނުވާނެ….. އަހަރެންވެސް ކަރަމްދެކެ ވަރަށް ލޯބިވޭ…” ކަރަމްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެލީޝާގެ ޖުމްލަތަކުންނެވެ. އޭނާ ފަސްއެނބުރި އެލީޝާއަށް ބަލާލިއެވެ. ކަރަމް ބަލާލުމުން އެލީޝާ ބޯޖަހާލީ އޭނާ އެބުނި ޖުމްލަތަކަކީ ތެދުކަން އިތުރަށް ހާމަކޮށްދިނުމަށެވެ. ކަރަމް ހިނިތުންވެލިއެވެ. އެލީޝާ މަޑުހިނގުމެއްގައި ގޮސް ކަރަމްއާއި އަރާ ހަމަކޮށްލުމުން ކަރަމް އެލީޝާގެ ކަރުނަތައް ފުހެލާދިނެވެ. އެއަށްފަހު އެލީޝާ ގެނެސް އޭނާގެ އަތުތެރެޔަށްލާ ބައްދާލީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ހާލުގައެވެ. އެވަގުތު ދެމިހުނަށްވެސް ބުނެދޭން ނޭނގޭ ގޮތްތަކެއްވިއެވެ. އެ އިހުސާސްތަކަކީ އުފާވެރި އަދި އެހާމެ ފޮނި އިހުސާސް ތަކެކެވެ. ދެމީހުންވެސް އެކަކު އަނެކަކާ ދުރުވާން ބޭނުން ނުވާ ކަހަލައެވެ. ދެލޯބިވެރިންގެ ހިތް އެދި ގޮވަމުންދިޔައީ މުޅިއުމުރު އެގޮތުގައި ހޭދަކޮށްލުމަށެވެ.

ކައިރީގައި ހުރި މިއުވާން އެތަނުން ދިއުމަށްޓަކައި ހިނގައިގަތީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ބަލަން އޭނާގެ ހިތަށް ކެތްނުވީމައެވެ. ކިތަންމެ ލޯބިވި ކަމުގައިވިޔަސް ދެން އެލީޝާގެ ލޯބި އޭނާއަށް ނުލިބޭނެކަމަށް އޭނާގެ ހިތްބުނަމުންދިޔައެވެ.

“ތި ކުޅެމުންދާ ޑުރާމާއަށް ހަމަ އެވޯރޑްއެއް ދޭހާ ވޭ… ވަރަށް ފުރިހަމަ….” އެލީޝާއާއި ކަރަމް އެކަކު އަނެކަކާ ދުރަށް ޖެހެލީ އަތްތިލަބަޑި ޖަހަމުން އެމީހުންގެ ގާތަށް އައިސް ހުއްޓުން ނިހާ މަލާމާތުގެ ރާގަކަށް މިހެން ބުނެލުމުންނެވެ. “ނިހާ ކީކޭ ކިޔަން ތިއުޅެނީ….؟؟” ނުރުހުންވެފައި ކަރަމް އަހާލިއެވެ. އެލީޝާ އެއްފަހަރު ކަރަމްއަށް އަނެއްފަހަރު ނިހާއަށް ބަލާލިއެވެ. “ކަރަމް ކީކޭ ހިތަށް އަރައިގެން އެހެންމީހުންގެ އިހުސާސްތަކާ ތި ކުޅެނީ….؟؟؟ އެދުވަހު އެލީ ދައްކާފަ އެއީ ކޮއްކޮ ދޯ އޭ ބުނީމަ އެއީ ތިމާގެ އަނބިމީހާއޭ ނުބުނީ ކީއްވެ….؟؟؟؟” ނިހާ މިހެން ބުނުމުން އެލީޝާ ކަރަމްއަށް ބަލާލީ އެސުވާލުގެ ޖަވާބު އޭނާވެސް ބެނުންވާތީއެވެ. ނަމަވެސް ކަރަމް އެއްވެސް އެއްޗެއް ނުބުނެ އެހުރިގޮތަށް ހުރީއެވެ.

“އަހަންނަށް އެނގޭ ކީއްވެކަން… އެލީ ކަރަމްއާއި ދުރަށް ދާނެހެން ހީވުމުން އަވަހަށް އަހަރެން ކަލޭގެ ހަޔާތަށް ގެންދަން ބޭނުންވީ…. އެކަމަކު އޭނާ ލޯބިވާ ވާހަކަ ބުނީމަ މިހާރު އަހަންނާ  ތިވާހަކަ ދައްކަނީ ނުރުހުންވެ ހުރެ…. ކަލޭ ތީ ހަމަ ފައްކާ ދެފުށްކެހެރިއެއް….” ކަރަމްއާއި ދިމާއަށް ޝަހާދައިނގިލި ދިއްކޮށްލަމުން ނިހާ ބުނެލިއެވެ.

“ހުއްޓާލާ ނިހާ… އަހަންނާ އިންނާނެ މީހަކު ނުވިޔަސް ކަލޭ އަހަރެންގެ ހަޔާތަކަށް ނުގެންނާނަން….” މިހެން ބުނިއިރު ކަރަމްހުރީ ރުޅިގަދަވެފައެވެ.

“ދެން އެހެންވީއިރު  އަހަންނާ ވާހަކަ ދެއްކީ ކީއްކުރަން…؟؟ ނުބުނަންތަ އަހަންނަށް މާފުކޮށްފީމޭ….؟؟ އަހަރެން ދެރަކުރަންތަ ކަރަމް ބޭނުންވަނީ….؟؟” ނިހާއަށް ރޮވޭގޮތްވިއެވެ.

“ރަނގަޅު…. އަހަރެން ކަލެއަށް މާފުކުރިން…. ތިބުނިހެން އެލީ އެއީ އަހަރެންގެ އަނބިމީހާ ކަމަށް ނުބުނެ ކަލެއާއި ރީތިކޮށް ވާހަކަދެއްކީވެސް ކަލޭ ދެރަކޮށްލަންވެގެން… މިހާރު އަހަންނަށް ހީވަނީ އަހަރެންގެ މަސައްކަތް ކާމިޔާބުވެސް ވެއްޖެހެން…..” މަލާމާތުގެ ރާގަކަށް ކަރަމް ބުނެލިއެވެ. ވާނުވާ ނޭނގޭ ހާލު އެއްފަހަރު ކަރަމްގެ މޫނަށް އަނެއްފަހަރު ނިހާގެ މޫނަށް ބަލާލަ ބަލާލާ އެލީޝާ ހުއްޓެވެ.

“ކަރަމް ކީއްވެ އަހަންނަށް ތިގޮތަށް ތިކަންތައް ކުރަނީ…؟؟؟” ނިހާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކަރަމް އަނގައަށް ގޮތެއް ހަދާލިއެވެ.

“ނޭނގޭތީތަ ތިއަހަނީ….؟؟؟ އެހެންވިއްޔާ އަޑުއަހާ…!!! މީގެ ހަތަރު އަހަރު ކުރިން މެލޭޝިޔާގައި އަހަރެންދެކެ ލޯބިވެއޭ ކިޔާފަ ފަހަތުން ނައްޓާނުލީމަ ރައްޓެހިންގެ އެދުމަށް އަހަރެން ކަލެއާއި ރައްޓެހިވީ…. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން އަހަންނާ ރައްޓެހިވެގެންހުރެ ކަލޭ އެހެން ފިރިހެނުންނާއި އެކީ އުޅެންފެށީ…. ބައެއްގެ ފަރާތުން އަހަންނަށް އެކަން އެނގިގެން ކަލޭގާތު އެހީމަވެސް ހެދީ ދޮގު…. ހަނދާންވޭތަ..؟؟؟ ދެން ކަލޭގެ ހުރި ވިޔާނުދާކަން ފެނުނީ އަހަންނަށް…. އެދުވަހު އަހަރެން އަޒުމް ކަނޑައެޅިން ދެން ކަލެއާއި ބައްދަލްވާފަހަރަކުން ކަލޭގެ ކިބައިން ބަދަލު ހިފުމަށް…. އަހަރެން ބޭނުންވި ކަލެއަށް އަންގައިދެން އަހަރެމެން ފިރިހެނުންނަކީ ކަލޭމެން ކަހަލަ އަންހެނުން ބޭނުން ގޮތެއް ހެދޭނެ ބައެއްނޫންކަން…. އެދުވަހުގެ ފަހުން ކަލޭގެ އުނދަގުލާހެދި އަހަރެން ފޯނު ނަންބަރު ބަދަލުކުރިން…. އަހަރެންގެ ރައްޓެހިންގެ ގާތުވެސް ބުނިން އަހަރެން އުޅޭ ތަނެއް ކަލެއަށް ނޭންގުމަށް…. މިޔަދު މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ކަލެއާއި ދިމާވިއިރު އަހަންނަށް މިހުރީ ކަލެއަށްވުރެ ހާސްބައި ރަނގަޅު ކުއްޖެއް ލިބިފައި… އަހަރެންގެ މަގުސަދުވެސް ކާމިޔާބުވެއްޖެ…. ދެންވެސް ރަނގަޅު މީހަކު ހޯދައިގެން ވަފާތެރިކަންމަތީ އުޅެވޭތޯ ބަލާ…..” މިހެން ބުނެފައި އެލީޝާގެ އަތުގައި ހިފައިގެން ކަރަމް ހިނގައިގަތީ ގެއާއި ދިމާއަށެވެ. ނިހާ އެމީހުން ދިޔަ ދިމާއަށް ބަލަހައްޓައިގެން ރޮވިފައި ހުއްޓެވެ.

 

މިއުވާން އެއައި ބާރުމިނުގައި އައިސް ކޮޓަރިއަށް ވަންއިރު ސިޓިންރޫމްގައި އިން ރަޝާވެސް އޭނާއަށް ނުފެންނަ ކަހަލައެވެ. މިއުވާންގެ މޫނުމަތީގެ ކުލަވަރުން ކޮންމެވެސް ކަމެއްވެއްޖެކަން ރަޝާ ދެނެގަތެވެ. އޭނާ ގޮސް މިއުވާންމެން ކޮޓަރިގެ ދޮރުހުޅުވާލިއިރު މިއުވާން ހުރީ ކުޑަދޮރު ކައިރީގައި މަޑުކޮށްލައިގެން ފޮޓޯއަކަށް ބަލަހައްޓައިގެންނެވެ. މަޑުގިސްލުމެއްގެ އަޑު ކޮޓަރީގެތެރޭގައި ހަރުލާފައި ހުއްޓެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުންގޮސް ރަޝާ މަޑުކޮށްލީ މިއުވާންގެ ފުރަގަހުގައެވެ. އެއަށްފަހު މިއުވާންގެ އަތުގައި އޮތް ފޮޓޯގަނޑަށް ރަޝާ ބަލާލިއެވެ. ފޮޓޯގައި މިއުވާނާއި އެކު ހުރި އެލީޝާ ފެނުމުން ރަޝާގެ ފައިން ވާގި ދޫވިހެން ހީވިއެވެ. އެ ފޮޓޯގަނޑު ގެންގުޅުމާއި އެ ވޭނީ ގިސްލުމުގެ އަސްލަކީ އަދިވެސް މިއުވާން އެލީޝާދެކެ ލޯބިވާކަމުގެ ހެއްކެއްކަން ރަޝާއަށް ޔަގީންވީހިނދު އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ.

ރަޝާ މިއުވާންގެ ކޮނޑުގައި އަތްބާއްވާލުމުން މިއުވާން ސިހިފައި ފަހަތް ބަލާލިއެވެ. ރަޝާ ފެނުމުން އަތުގައި އޮތް ފޮޓޯގަނޑު ފުރަގަހަށްލާ ފޮރުވަމުން ކަރުނަތައް އަވަސްއަވަހަށް ފޮހެލިއެވެ. “މިއުވާން ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތް ކުރިޔަސް އަހަންނަށް އެނގޭ އަދިވެސް މިއުވާން އެލީ ދެކެ ލޯބިވާކަން…” މިއުވާންގެ ދެލޮލަށް ބަލަންހުރެ ރަޝާ ބުނެލިއެވެ. މިއުވާން އިސްޖަހާލިއެވެ. “ތިހާ ލޯބިވާއިރު އެލީ ގާތު ބުނަންވީނު އަލުން މިއުވާންގެ ހަޔާތަށް އަންނާށޭ…. މިއުވާނަށް ބުނަން ނުކެރެންޏާ އަހަރެން ބުނެފާނަން އެލީގާތު…. މިއުވާން ތި ގޮތަށް ރޯތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ…” ރަޝާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. ނުރޯންވެގެން ތިރީތުންފަތުގައި ދަތްއަޅާލަމުން ރަޝާ އިސްޖަހާލިއެވެ.

“އެލީ އަހަރެންގެ ހަޔާތަށް އެނބުރި އައިސްފިއްޔާ ރަޝާއަށް އަހަންނާ ދުރުގަހުންނަން ކެތްވާނެތަ..؟؟؟” ރަޝާއަށް ބަލާލަމުން މިއުވާން އަހާލިއެވެ.

“އެކަމުން މިއުވާންގެ ހިތަށް ޝިފާ ލިބެންޏާ އަހަރެން މިއުވާންއާއި ދުރުގަހުރެވޭތޯ ވަރަށް ބަލާނަން…. އަހަރެން ކެތްކުރާންނަން….” އެހުރިގޮތަށް ހުރެ ރަޝާ ބުނެލިއެވެ.

“އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ….؟؟؟” ރަޝާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ކަރަމް މިހެން އަހާލުމުން ރަޝާ ބޯޖަހާލީ އާނ އެކޭ ބުނުމަށެވެ. އޭރުވެސް ރަޝާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ރަޝާ މިއުވާނުގެ މޭގައި ބޯއަޅާލިއެވެ. ” ރަޝާ އަހަންނާ ދުރަށް ދާން އެއްވެސް މަސައްކަތެއް ކުރާނެކަމެއް ނެތް…. އަބަދުވެސް ތިގޮތަށް އަހަރެންގެ ގާތުގައި ހުރޭ…. އަހަންނަށް ހިތްވަރުދީ…. އެލީ މަތިން ހަނދާން ނައްތާލަން އަހަންނަށް އެހީވެދީ…. އަހަރެންވެސް ރަޝާޔަށް ލޯބިދެވޭތޯ ވަރަށް މަސައްކަތް ކުރާނަން….” ރަޝާގެ އިސްތަށިގަނޑުގައި ފިރުމަމުން މިއުވާން ވާހަކަ ދެއްކިއެވެ. ރަޝާ ބޯ ޖަހާލިއެވެ.

ދޮރުގައި ޓަކި ޖަހާލަމުން ކަރަމް ދޮރު ހުޅުވާލުމުން ދެމީހުން ދުރަށް ޖެހިލިއެވެ. ކަރަމް ފެނުމުން ރަޝާ ހިނގައިގަތީ ބޭރަށް ނުކުތުމަށެވެ. ކަރަމް އެތެރެއަށް ވަނުމުން މިއުވާން ކަރަމްއަށް ފަސްދިނެވެ. “މިއުވާން….” ކަރަމް މިއުވާނަށް ގޮވާލުމުން މިއުވާން އަތުގެ އިޝާރާތުން ހުއްޓާލުމަށް އެނގިއެވެ. އަދި ކަރަމް އާއި ކުރިމަތިލިއެވެ.

“ދެން ދައްކަންޖެހޭނެ އެއްވެސް ވާހަކައެއް އޮތްހެނެއް އަހަންނަކަށް ހިޔެއް ނުވެ… އެލީ ދެކެ ކިތަންމެ ލޯބިވިޔަސް ތިދެލޯބިވެރިންގެ ދެމެދަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން… އެލީގެ އުފަލަށްޓަކައި އަހަރެންގެ ލޯބި ގުރުބާންކުރަންވެސް އަހަރެން މިހުރީ ތައްޔާރަށް… އެކަމަކު ކަރަމް ހަނދާންކުރާތި…!!!! އެލީއަށް ދެރައެއް ދީފިއްޔާ އަހަރެން ކަރަމްގެ ދިރިއުޅުން ހަލާކުކޮށްލާންނަން….” މިއުވާން ވާހަކަ ދެއްކީ ސީދާ ކަރަމްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ.

“އަހަންނަށް އަންދާޒާ ކުރެވޭ މިއުވާނުގެ ހިތުގެ ހާލަތު…. އަހަރެންވެސް އަހަރެންގެ ފުރާނަޔަށްވުރެ ބޮޑަށް އެލީދެކެ ލޯބިވޭ… މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން ދުވަހަކުވެސް އެލީއަކަށް ދެރައެއް ނުދޭނަން….” މިއުވާންގެ ކޮނޑުގައި ޖަހާލަމުން މިހެން ބުނެފައި ކަރަމް އެތަނުން ދިޔައެވެ.

 

ރޭނގަޑުގެ ކެއުން ނިންމާލުމަށްފަހު އެހެންމީހުން އަދި ނުނިމޭތީ އައިމަން ނުކުތީ ގޭގެ ބިއްދޮށް ފަރާތަށެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ދޮރާ ފުރަގަސްވާގޮތަށް ޖޯލީގައި އޮތް ކިޔާރާއެވެ. އައިމަންއަށް މޮޅުހިޔާލެއް އައުމުން މަޑުމަޑުން ހިނގާފައި ގޮސް ފެންފޯއް ރުއްދޮށަށް ވެއްޓިފައި އޮތް ފެންފޯކެއް ނެގުމަށްފަހު ކިޔާރާއާއި ދިމާއަށް އެއްލިއެވެ. ކިޔާރާ ސިހިފައި ހަޅޭލަވައިގެންފައި އައިގޮތަށް އައިސް ލައިގަތީ އައިމަންގެ ގައިގައެވެ. ކިޔާރާ އުޅެގަތްގޮތުން މަޖާވެގެން އައިމަން ހޭންފެށިއެވެ. “ހޫމް… އައިމަން ކުރިކަމެއް ދޯ… ވަރަށް ފޫހިވޭ….” އައިމަން ކޮށްޕާލަމުން މިހެން ބުނެފައި ކިޔާރާ ގޮސް އަނެއްކާވެސް ޖޯލީގައި އިށީނެވެ. އައިމަންވެސް ގޮސް ކިޔާރާގެ ގާތުގައި އިށީނެވެ.

“ކިޔާ….” އައިމަން ގޮވާލިއެވެ. އުޑުގައި ފިޔަޖަހަމުން ދާ ތަރިތަކަށް ބަލަން އިނދެ ކިޔާރާ “ހޫމް” އަޅުވާލިއެވެ. “އަދިވެސް އަހަންނަކަށް ޖަވާބެއް ނުދެމެއްނު….” ހަނދުވަރުގެ ފަނޑު އަލި އެޅިފައިވާ ކިޔާރާގެ ދޮން މޫނަށް ބަލާލަމުން އައިމަން ބުނެލިއެވެ. ކިޔާރާ އައިމަން އަށް ބަލާލިއެވެ. ނަމަވެސް އަނގަޔަކުން ނުބުނެއެވެ. “ކީއްވެ އެއްޗެއް ނުބުނެ ތިއިނީ…؟؟؟ އަހަރެން ކަމުނުދަނީތަ…؟؟؟” އައިމަން މިހެން އެހުމުން ކިޔާރާ ބޮލުން ނޫނެކޭ ބުނެލިއެވެ. “ތީގެ މާނައަކީ އާނ އެކޭތަ…؟؟؟” މިފަހަރުވެސް ކިޔާރާ ބޮލުން ނޫނެކޭ ބުނެލިއެވެ. “ދެން…؟؟؟” އައިމަން އިނީ ވާނުވާ ނޭނގިފައެވެ.

“އަހަންނަށް އައިމަން ކަމުދޭ…. އެކަމަކު މިފަހަރު އަހަރެން ބޭނުމީ އަހަރެންގެ ހަޔާތުގެ ބައިވެރިއަކު ހޮވަން މައިންބަފައިންގެ އަތް މައްޗަށް ދޫކޮށްލަން… ކުރީފަހަރު އެޅިކަހަލަ ޅައެއްޗެއް އަޅާކަށް އަހަރެން ބޭނުމެއްނޫން….” އައިމަންއަށް ބަލަހައްޓައިގެން އިނދެ ކިޔާރާ ބުނެލިއެވެ.

“އެހެންވީއިރު މަންމަމެންގެ ހޮވުން ތި އިނީ ކިޔާގެ ކައިރީގައި….” ފަހަތުން ކަރަމްގެ އަޑު އިވުމުން ކިޔާރާއާއި އައިމަން ފަހަތް ބަލާލިއެވެ. އޭރު ކަރަމްއާއި ކިޔާން އައިސް އެމީހުންނާ އަރާ ހަމަކުރަނީއެވެ. ކިޔާރާއާއި އައިމަން ކަރަމް ބުނި އެއްޗެއް ދޭހަނުވުމުން ކަރަމްމެންނާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން ތިއްބެވެ.

“މަންމަމެންނަށް އައިމަން ވަރަށް ކަމުދޭ…. އަހަރެމެންނަށްވެސް….. އައިމަންއާއި ކިޔާ ގަބޫލިއްޔާ މަންމަމެން ތިބީ ތިކައިވެނި ކޮށްދެން ތައްޔާރަށް…” ކިޔާން އިތުރަށް އޮޅުން ފިލުވައިދިނެވެ.

“ކިޔާ ދެން ޖަވާބެއް ދީބަލަ… އަހަންނާ މެރީ ކުރާނަންތަ…؟؟؟” އައިމަން ކިޔާރާއާއި ދިމާއަށް އަތްދިއްކޮށްލަމުން އަނެއްކާވެސް އަހާލިއެވެ. ކިޔާރާ ބަލާލީ ކަރަމްއާއި ދިމާއަށެވެ. ކަރަމް ލޮލުގެ އިޝާރާތުން އާނ އެކޭ ބުނާށޭ ބުންޏެވެ. ކިޔާރާ އައިމަންގެ އަތުގައި ހިފާލަމުން އާނ އެކޭ ބުންޏެވެ. އައިމަން އުފަލުންގޮސް ކިޔާރާގައިގާ ބައްދާލިއެވެ. “ޝަރުތަކާއެކުއޭ ތި ކައިވެނި ކުރެވެން އަންނަނީ…” އައިމަންގެ އަތުގައި ހިފާ ޖޯލީގައި ބައިންދަމުން ކިޔާން ބުނެލިއެވެ. “ކިޔާއާއި މެރީކޮށްގެން އަހަރެމެންގޭގަ އުޅެންޖެހޭނީ….”

“އަހަރެން ލޮލުން ބޮލުން ގަބޫލު….” ކިޔާން މިހެން ބުނުމުން އައިމަން އަވަސްއަވަހަށް ބުނެލިއެވެ.

 

ކަރަމް ފާހާނާއިން ނުކުތްއިރު އެލީޝާ އިނީ ޑުރެސިންގ ޓޭބަލްކުރިމަތީ ހުރި ގޮނޑީގައި އިށީނދެގެން ފުނާއަޅާށެވެ. ކަރަމް ގޮސް އެލީޝާގެ ފުރަގަހުގައި މަޑުކޮށްލިއެވެ. އެއަށްފަހު އެލީޝާގެ އަތުން ފުނާއަތުލުމަށްފަހު އޭނާގެ ދެކޮނޑުގައި ހިފައި ކޮޅަށް ނަގާ އޭނާޔާވީ ދިމާއަށް އަނބުރާލިއެވެ. އަދި ލޯބިން ފުރިގެންވީ ބެލުމަކުން އެލީޝާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކަރަމް އެވަރަށް ބަލަން ފެށުމުން އެލީޝާ ލަދުން އިސްޖަހާލިއެވެ.

“އަހަރެން މި ދުވަހަށް އިންތިޒާރު ކުރާތާ ހާދަ ދުވަހެއް ވެއްޖެއޭ…. ފައިނަލީ… އަހަންނަށް އަހަރެންގެ ސްވީޓްހާރޓް ލިބިއްޖެ…. ދޫނި ހާދަ ލޯތްބޭ….” އެލީޝާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން އެލީޝާގެ ފަންމިއްޏެއްފަދަ ރީތި ދޮންމޫނަށް ބަލަން ހުރެ ކަރަމް ބުނެލިއެވެ. “ކަރަމް…” ކަރަމް ލާނެއް ގޮތަކަށް ބަލަންފެށުމުން ލަދުން ކަރަމްގެ މޭގައި އަތްއަޅާ ކޮށްޕާލަމުން އެލީޝާ އުޅުނީ ދުރަށް ދާށެވެ. ނަމަވެސް ކަރަމް ހުށިޔާރުކަމާއިއެކު އެލީޝާގެ އަތުގައި ހިފައި އޭނާޔާ ވީ ދިމާއަށް ދަމާލިއެވެ. ކަރަމް ވައިރޯޅިއަކަށްވެސް ނުވަދެވޭ ވަރަށް އެލީޝާއާއި ގާތްވެލިއެވެ. އެއަށްފަހު އެލީޝާގެ މަޑުމަޑު ތުންފަތުގެ ލައްޒަތު ލިބިގަތެވެ. ކަރަމް ހިންދެމިލަމުން އެލީޝާއަށް ބަލާލިއިރު އޭނާގެ މޫނަށްވަނީ ރަތްކުލަވެރިވެފައެވެ.

“އައްދޭ…. ބޭބީ ހާދަ ވަރަކަށް ބްލަޝް ވީ….. ދެން ކުރިޔަށް އޮތްތާ މޫނު ނުފެންނަވަރަށް ބްލަޝްވާނެތާ….” ލާނެއް ގޮތަކަށް ކަރަމް ބުނެލިއެވެ.

“ދެން ތިހާވަރަށް ލަދުގަންނަވަންޏާ ރުޅި….” އަނެއްފަރާތަށް އެނބުރެމުން އެލީޝާ ބުނެލިއެވެ. “އެހެންތަ..؟؟ އެހެންވިއްޔާ ދެން އެހެންނަހަދާނަން….” އެލީޝާގެ ކުރިމައްޗަށް އަރަމުން ކަރަމް ބުނެލިއެވެ.

“ކަރަމް…. އަހަންނަށް ކަރަމްއާއި ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް… އަހަރެން ވަރަށް ދެރަވޭ އޭރު އަހަންނަށް ކަންތައް ކުރެވުނު ގޮތުން…. އަހަންނަށް މާފުކުރޭ….” ކަރަމްގެ އަތުގައި ހިފާލަމުން އެލީޝާ ބުނެލިއެވެ.

“އިޓްސް އޯކޭ…. އެކަހަލަ ހާލަތެއްގަ އަހަރެން ނަމަވެސް ކަންތައް ކުރާނީ އެގޮތަށް ކަންނޭނގެ… މާތް ﷲ އަށް ޝުކުރުވެރިވަން އަހަންނަށް އެލީ ލިބުނީތީ…. މިޔަދު އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަން އަތުވެއްޖެ…. އަހަންނަށް އަހަރެންގެ ޕުރިންސަސް ލިބިއްޖެ….” އެލީޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ކަރަމް ވާހަކަދެއްކިއެވެ.

“އަހަރެންވެސް މާތްﷲ އަށް ޝުކުރުވެރިވަން ތިކަހަލަ ފިރިޔަކު ލިބުނީތީ…. އަބަދުވެސް ތިގޮތަށް އަހަރެންދެކެ ލޯބިވައްޗޭ…..” މިހެން ބުނެ އެލީޝާ ކަރަމްގެ މޭގައި ބޯއަޅާލިއެވެ. އެދެލޯބިވެރިން ހިތުގެ އަޑިން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެކުގައި ވުމަށް ހިތުގެ އަޑިން އަޒުމް ކަނޑައެޅިއެވެ.

= ނިމުނީ =

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޙަޤީޤަތް…. 01 ވަނަ ބައި..

Next

ޝިކާރަ 2

Next
December 1, 2014

ޝިކާރަ 2

Previews
December 1, 2014

ޙަޤީޤަތް…. 01 ވަނަ ބައި..

22 Comments!

  1. athoo says:
    December 1, 2014 at 8:18 pm

    varah reethi mi vaahaka nimmaa li goi. kuriyah oi thaaga ves eem ge vaahakthah fennane kamah ummeed kuran

  2. eemiyaa says:
    December 1, 2014 at 8:39 pm

    thanks athoo…

  3. eemiyaa says:
    December 1, 2014 at 8:45 pm

    all readers ah mi story kamudhiyakamah ummeedh kuran.. v avahah enme furathama up kuri story “mihayaathaa dhuru nuvey” kuda change akaaeku upkohladheynan… thanks all for ur support..

  4. lysh says:
    December 1, 2014 at 10:47 pm

    Well done…. vrh vrh vrh salhi vaahaka… thankyu for da awsm story… and hope to tht will get to read these kind of stories frm u…. luvd it. 🙂 😉

  5. karam lover says:
    December 1, 2014 at 10:57 pm

    NIce ending.. 🙂 haadha avahashey ekm thi nimmalee..:3 heheh
    good luck next story ah,,
    wiating…

  6. Cham says:
    December 1, 2014 at 11:21 pm

    Haadha avahakah thi nimmaalee…..adhi emyhun ekuga ulhey iru dhimaavaa kanthah kiyaidheefa nimmaali nama salhi veea….Nice dhn

  7. n says:
    December 1, 2014 at 11:26 pm

    Mi vahaka varan reethi , adi new vahaka aeh nikun nany kon irakun.

  8. aaliya says:
    December 1, 2014 at 11:31 pm

    wow haadha sahi eeeeeeeem dhooniiiiiiiii……… vvvvvvvvvvvvv reethi nimun dhiya goiy

  9. ifu says:
    December 2, 2014 at 12:42 am

    v.v.reethi. such a love

  10. nanmu says:
    December 2, 2014 at 9:52 am

    mistake mistake mistake… rashaage dhaiyy dholhyga hifyy karam ow… miuvaan eh nun tha? ethanah karam vanii kon dhorakun ? 😮

  11. lee says:
    December 2, 2014 at 11:04 am

    ehaa reethikoh genessa kunnu haadha fenkoh tidhuvvaaly..

  12. maee says:
    December 2, 2014 at 11:55 am

    Haadha avas aruvalafa thi ninmaly??ekamaku nice mi story!!lee ge comnt ah maee vx thaeedhu……waiting 4 ur nxt story…..gud luck!

  13. Iphoo says:
    December 2, 2014 at 3:56 pm

    Reethi vahaka eh.. Salhi nimun vss 🙂

  14. Sham says:
    December 2, 2014 at 4:57 pm

    Ohhh …… Really v nice ……..

  15. Flower says:
    December 2, 2014 at 10:58 pm

    NICE

  16. Shal says:
    December 3, 2014 at 8:11 am

    V reethi mi story.. but Shal ah heevany eem ah adhives mi story dhigu kohllaafa kiyuntherin curious kohlleveyne hen..best of luck…:)

  17. eemiyaa says:
    December 7, 2014 at 1:44 pm

    thanks all

  18. eemiyaa says:
    December 7, 2014 at 1:47 pm

    shal ge hiyaalah eem v thaaeedh… ekm midhuvaskolhuge gothun story liyevenn nethyma medhu kandaanulanvegen avahah ninmaalaaly..

  19. yrn says:
    December 16, 2014 at 5:45 pm

    adhi mihaa reethi vaahaka ehdhva haku vx nukiyan……. great story…

  20. eemiyaa says:
    January 9, 2015 at 1:44 pm

    Thanks yrn

  21. alma says:
    September 23, 2015 at 11:29 am

    so nice…..cant even belive…great

  22. xxx says:
    September 9, 2016 at 4:22 pm

    Wonderful Eemiyaa

Comments are closed.



All Right Reserved!