ނަފްރަތުން އުފެދުނު ލޯބި… 5 ވަނަ ބައި
10 ކުޅުން އިރު އަބަދުވެސް މޮޅު ވަނީ ޒިދާން އާއި މަންހާ އެވެ. ޔުޝްރާ މިކަމާ ހިތްހަމަނުޖެހިގެން ނުކުޅޭނަމޭ ކިޔާފަ ތާސް ބައި އަތުލިއެވެ. ޔުޝްރާާ ތާސްބައި އަތުލުމުން އެންމެން ވެސް ފެށީ ހޭންށެވެ. ޔުޝްރާ ތުން އަނބުރާލާފަ ފޯން ނަގާފަ އިންސްޓަގްރާމް ހުޅުވާލިއެވެ. އޭނަ އަށް ފޮލޯ ރިކުވެސްޓެއް އައިސް އިނުމުން ބަލާލިއެވެ. ” ވާން ” މިހެން ޖަހާފަ އިން ކުއްޖެއް އިނީ ޔުޝްރާ އަށް ފޮލޯ ކޮށްފައެވެ. އެއީ ކޮން ” ވާން ” އެއް ތޯ ބަލާާާާާލުމުގެ ނިޔަތުގައި ޔުޝްރާ އެ ރިކުއެސްޓަށް އޮއްބާލިއެވެ. އޭނަގެ ބިއޯގަ ޖަހާފަ އިނީ ” މުޙައްމަދު އަލްވާން ” އެވެ. ” އާއްޔޫ މުޙައްމަދު އަލްވާން ؟ ” ޔުޝްރާ އަލްވާން އާ ދިމާލަށް ބަލާލަމުން އަހާލިއެވެ. އަލްވާން ލާނެތް ހިނިގަނޑެއް ޖަހާލިއެވެ. ” ދެން އެކްސެޕްޓު ކޮށްބަލަ … ” އަލްވާން އޭނަގެ އިސްތަށިގަނޑުގަ އަތް ހިންގާލަމުުން ބުންނެލިއެވެ. ޔުޝްރާ އަލްވާން އާ ދިމާލަށް ދެ ލޯ އަޅާލާފަ އެ ރިކުއެސްޓު ޑިލީޓް ކޮށްލިއެވެ. ޑިލީޓް ކޮށްލިހެން ހީނުވެ އަނެއްކާ ވެސް ރިކުއެސްޓު އައެވެ. ” ދެން އަޅެ އެކްސެޕްޓު ކޮށްބަލަ …. އެހެންނޫނީ ހޮސްޕިޓަލްގަ ވީ ކަހަލަ ކަމެއް ވެދާނެ … ” އެއިރު އެ ކޮޓަރީގަ ހުރީ ހަމައެކަނި އަލްވާން އާ ޔުޝްރާ އެވެ. ” ވަޓް ؟ … ” ޔުޝްރާ އެ ރިކުއެސްޓް އަލްވާން އަށް ދައްކަމުން ޑިލީޓް ކޮށްލިއެވެ. އަލްވާން ޔުޝްރާ ކައިރި އިއްތަާލިއެވެ. ”ލެޓްސް ސީ ދޯ … ” އަލްވާން އަނެއްކާ ވެސް ރިކުއެސްޓެއް ފޮނުވަމުން ޔުޝްރާގެ އަތުގަ ހިފާލިއެވެ. ޔުޝްރާ އަށް ބުނަން ނޭނގޭ ކަހަލަ ގޮތެއް ވިއެވެ. އެހާ ރުޅި ވެސް އައެވެ. ” ހޫނ މި އެކްސެޕްޓު ކުރަނީ … ” ޔުޝްރާ ރުޅިވެރި ގޮތަކަށް ބުންޏެވެ. އަލްވާން ލުއި ހީލުމެއް ހީލާފަ ޔުޝްރާގެ އަތުން ދޫކޮށްލިއެވެ. ޔުޝްރާ އަލްވާންގެ ފޮލޯ ރިކުއެސްޓު އެކްސެޕްޓު ކުރިތަނާުހެން އަލްވާންގެ މެސެޖެއް އައެވެ. ޔުޝްރާ އެ މެސެޖު ބަލާލިއިރު އިނީ ” ހެލޯ ” އޭ ބުނެފައެވެ. ޔުޝްރާ އެ މެސެޖު ސީން ކޮށްފަ އެއްޗެކޭ ނުބުނެ ފޯނު ޖީބަށް ލިއެވެ. ” މިރޭ މިއުޅެނީ އޯވަރ ނައިޓްއެއް ޖައްސަން މި ގޭގަ…” އަލްވާން ޔުޝްރާ ގާތު އިއްތާލިއެވެ. ” އަަސްްލު ؟” ޔުޝްރާ އޭނަގެ އެންމެ ރީތި ހިނިތުންވުން ފާޅު ކޮށްލަމުން ބުންޏެވެ. އަލްވާންް ވެސް ރީތި ހިނިތުންވުމެއް ރައްދު ކޮށްލާފަ ދިޔައެވެ.
ރޭގަނޑު ވަގުތެވެ. 4 ކުދިން ކައްކާނެ އެއްޗަކާ މެދު ވިސްނަމުން ދިޔައެވެ. ނަމަވެސް ޔުޝްރާ ބުނާ އެއްވެސް އެއްޗެއް އެކަކަށް ވެސް ކަމަކު ނުދެއެވެ. އެހެންވެ ޔުޝްރާ ހުރީ އެއްވެސް އެއްޗެއް ނުބުނަން ނިންމާފައެވެ. ” ސްޕެގެޓީ ސޮސެޖު އަޅައިގެން ހެދީމަ އޯކޭ ވާނެންނު … ދެން ފިޒީ ޑްރިންކްސް ގެނައީމަ އެވީ … ” އެއްވެސް އެއްޗެކޭ ނުބުނަން އިން ޔުޝްރާ އަށް އަނގަ މަޑުކޮށްގެނެއް ނީނދެވުނެވެ. ކަންދިމާކުރި ގޮތުން ޔުޝްރާ ދިން ޚިޔާލުު އެންމެނަށް ވެސް ވަރަށް ކަމުދިޔައެވެ. އަލްވާން އާއި ޒިދާން އެއްޗެހި ގަންނަން ފިހާރައަށް ދިޔައެވެ. އެ ވަގުތު ކޮޅު މަންހާ އާއި ޔުޝްރާ ވެގެން ފިޔާ ކޮށާފަ، ލޮނުމެދު ގޭނިއެވެ. މާ ގިނައިރެއް ނުވެ ޒިދާން މެން އައެވެ. ގާތްގަނޑަކަށް ފަނަރަ މިނެޓުން އެ ކުދިން ސްޕެގެޓީ ކައްކާލިއެވެ. ޔުޝްރާ މޭޒު މަތީ ތަށިތައް އަތުރާލިއެވެ. މަންހާ ތަށިތަކަށް ކޯކު އެޅިއެވެ. މޭޒު މަތި ތައްޔާރު ކޮށްލިހެން ހީނުވެ، އަލްވާން އާ ޒިދާން އައިސް މޭޒު ކައިރި އިއްތާލިއެވެ. އަދި ތައްޓަށް ސްޕެގެޓީ އަޅައިގެން ކާން ފެށިއެވެ. މަންހާ އާއި ޔުޝްރާ ވެސް ކާން އިއްތިއެެވެ.
ކައި ނިމުމާއެކު އެ ކުދިން ދިޔައީ ޓެރެހަށެެވެ. ޔުޝްރާ މަންހާ އާ އެކު އެކަނިވެލަން ބޭނުންވިއެވެ. ” މަން އާދެބާ…. ” ޔުޝްރާ އަލްވާން މެންނާ ތަންކޮޅެއް ދުރަށް ގޮސް މަންހާ އަށް ގޮވާލިއެވެ. މަންހާ އައުމާ އެކު ޔުޝްރާ އެންމެ ކުރަން ބޭނުންވެފަ ހުރި ސުވާލު ކޮށްލިއެވެ. ” މަން އާ ދޮންބެ އުޅެނީ ރަށްޓެހި ވެގެންތަ؟ ” މިހެން ބުނުމާ އެކު މަންހާގެ ކޯ އެއްކޮށް ރަތް ވިއެވެ. އަދި އޭނައަށް ތިރީ ތުންފަތުގަ ދަތް އަޅާލެވުނެވެ. ” އެއްޗެކޭ ނުބުނީމަ ޔެސް އެއް ގޮތުގަ މި ބަލަނީ … ” މަންހާ އެއްވެސް އެއްޗެކޭ ނުބުނެ ހުރުމުން ޔުޝްރާ އަށް ޔަގީން ވިއެވެ. ” ސޯ ޔޫ އަރ ނައު މައި ފަހަރި…. ހަހަހަ … ” ޔުޝްރާ ލާނެތް ހިނިގަނޑެއް ޖަހާލިއެވެ. ” އޭ ނޯ އެހެެންް ނުކިޔާތި … އާނ އަހަރެންނަށް ވެސް ކީ ދާނެ ޔުޝް އާ ދިމާލަށް ފަހަރި … އަލްވާން ތިއްތިގެ … ” މަންހާގެ ބުރަކަށްޓަށް ޔުޝްރާ ބާރު އެތިފަހަރެއް ވިއްލާލިއެވެ. މިކަމާ ހުރެ މަންހާ ބުނަން އުޅުނު އެތި ވެސް ފުރިހަމައެއް ނުވިއެވެ. ޔުޝްރާ އެކޭޭ އެއްފަދައިން މަންހާ ވެސް ޔުޝްރާގެ ބުރަކަށީގަ ޖެހިއެވެ. ޔުޝްރާ އެއިރު ހުރީ ރުޅި އައިސް ރަތް ވެފައެވެ. ” އަލްވާން އާ ނުބެހެއްޗެ ….! ކޯއްޗެއްތަ މި ބުނެވުނީ …” ޔުޝްރާ އަށް ބުނެވުނު އެތި ރޭކާލީ މާ ފަހުންނެވެ. އެއިރު މަންހާ އޮތީ ޓައިލްސް މަތީ ހޭންށެެވެ. ” ކީއްވެ މާ ވަރަކަށް ތިހެނީ ؟ ” އަލްވާންް ޔުޝްރާ އާ ދާދި ގާތުގަ ހުއްޓިލަމުން އަހާލިއެވެ. ” މި ޔުޝް ބުނީ އަލްވާން ތިއްތިި އަށް ނުބެހެއްޗޯ …” މަންހާ މިހެން ބުނި އިރު ޔުޝްރާ އޭނަގެ ދެ އަތުންނާއި މޫނަށް ގޮތް ގޮތް ހަދަ ހަދާފަ ނުބުނާށޭ ކިޔެވެ. ނަމަވެސް ވީ ކަމެއް ނެތެވެ. ” އެ ތެދެއް؟ … މަ މީ ޔުޝްގެ މީހެއްތަ؟ ތި އަމުރު ކޮށްލީ ؟… ” އަލްވާން ލާނެތް ގޮތަކަށް އަހާލިއެވެ. ޔުޝްރާ ތުން އޫ ކޮށްލިއެވެ. ” ނޯ … އެއީ އަހަރެންނަށް އޮޅިގެން ބުނެވުނު އެއްޗެއް … ” ޔުޝްރާ ތިރި ބަލަން ހުރެގެން ބުންޏެވެ. ޒިދާން އަށް އެއިރު ހުރީ ހަމަ ރަނގަޅަށް ވެސް ހެވިފައެވެ. ކުއްލިއަކަށް އަލްވާން ޔުޝްރާގެ އަތުގަ ހިފައިގެން ހިނގައިގަތެވެ. އޭނަ ޔުޝްރާ ގޮވައިގެން ދިޔައީ ޒިދާން މެންނާ ދުރަށެވެ. ” ކީއްވެ މިތަނަށް ތި ގެނައީ ؟ ” ޔުޝްރާ މޫނު ކުނިކޮށްލަމުުންް ބުނެލިއެވެ. ” ތިއީ އަދިވެސް ބޭބީ އެއް ދޮ ؟ އެ މީހުން ޕްރައިވެސީ ބޭނުން ވާންނު އެހެންވެ މި އައީ …” އަލްވާން ޔުޝްރާގެ ބޮލުގަ ޖަހާލިއެވެ. ” ހިިގާލަންް ދާން ހިނގާބަލަ … ” އަލްވާން މިހެން ބުނުމުން ޔުޝްރާ އާއެކޭ ބުނުމުގެ ގޮތުން އިސްދަށަށް ޖަހާލިއެވެ. އޭނަ ހީކުރީ ޔުޝްރާ ބުނާނީ ނޫނެކޭ ކަމަށެވެ. ނަމަވެސް އާއެކެ ބުނުމުން އޭނަ ހިތްހަމަޖެހުނެވެ. ޔުޝްރާ އާ އަލްވާން ބޭރަށް ނުކުތެވެ. މަގުތަށް ވަނީ ކާރުތަކާއި ސައިކަލުތަކުން ފުރިފައެވެ. ޔުޝްރާ މެން ހިނގަމުން ދަނިކޮށް ވަރަށް އަނދިރި ގޯޅި ގަނޑެއް ފެނުނެވެ. އަލްވާން އެ ގޯޅިން ދާން ފެށިއެވެ. ޔުޝްރާ އަށް ދާން ނުކެރިފަ ހުރެވުނީއެވެ. ކުއްލިއަކަށް ވަރަށް ބޮޑަށް ވިދާލިއެވެ. ވިދާލިހެން ހީނުވެ ވަރަށް ބާރަށް ގުގުރާލިއެވެ. ޔުޝްރާ ގަނތްފަ ހުރި ބިރާ އެކު ދުވެފަ ގޮސް އަލްވާންގެ ފަހަތުން އޭނަ ގައިގަ ވަރަށް ބާރަށް އޮޅުލައިގަތެވެ. އަލްވާންގެ ގައިގަ ހީވީ ކަރަންޓު ޖެހުނު ހެންނެވެ. އޭނަގެ އެ ހަށިގަނޑުގަ ދުވަހަކުވެސް އަންހެން ކުއްޖެއް އިނގިލި ކުރި ވެސް ޖައްސާލާފަ ނުވެއެވެ. މިއަދު ޔުޝްރާ އޭނަގެ ގައިގަ އެހާ ބާރަށް ބައްދާލުމުން ބުނަން ނޭނގޭ ކަހަލަ އިހްސާސް އެއް ކުރެވުނެވެ. ޔުޝްރާ އަށް އިރުކޮޅެއް ވަންދެން އެހެން ހުރެވުނެެވެ. އަލްވާން ޔުޝްރާ އޭނަޔާ ދިމާލަށް އަނބުރާލިއެވެ. ޔުޝްރާގެ ހިތް އެއިރު ވެސް ބާރު ބާރަށް ތެޅެއެެވެ. މިފަހަރު އޭނަ ގަނތްފަ ހުރި ބިރާާ އެއްވަރަށް ހުރީ ވަރަށް ލަދު ވެސް ގަނެފައެވެ. އަލްވާން އޭނައާ ދިމާލަށް ބަލަން ހުރި ގޮތުން ވެސް އޭނަ ހުރީ ވަރަށް ލަދުގަނެފައެވެ. ” އައިމް ސޮރީ … އެކަމް ގުގުރަންޏާ ވަރަށްް ބިރުގަނެޔޭ…. ” ޔުޝްރާ އިސްދަށަށް ޖަހައިގެން ހުރެ ވާހަކަ ދެއްކިއެވެ. އަލްވާންގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. އިރުކޮޅެއްް ނުވެ ވާރެ ވެހެން ފެށިއެވެ. އަލްވާން ހިޔާާވާ ތަނަކަށް ދިޔައެެވެ. އެއިރުވެސް ޔުޝްރާ އެއޮށް ބޯ ވާރޭގަ ހުއްޓެވެ. ޔުޝްރާގެ އެންމެ ރީތި ހިނިތުންވުން ފާޅުކޮށްލައިގެން ވާރެއާ ތެމެން ހުރި މަންޒަރު ވަރަށް ވެސް ހިތްގައިމެވެ. އަލްވާން އެސްފިޔަ ވެސް ޖަހާ ނުލާ ޔުޝްރާ އާ ދިމާލަށް ބަލަން ހުއްޓެވެ. ޔުޝްރާ އަށް އެތާ އަލްވާން ހުރިކަން ވެސް ނޭނގޭ ކަހަލައެވެ. ޔުޝްރާ ވާރެ އާ ތެމެމުން ދުވަން ފެށިއެވެ. އަލްވާން އަށް ޔުޝްރާ ސިފަ ކުރެވުނީ ‘ ޕްރިންސެސް ‘ އެއް ގޮތަށެވެ. ވާރޭގަ ދެ ކޮޅަށް ދުވަމުން ދަނިކޮށް އަލްވާން ނުތެމެން ހުއްޓަ ޔުޝްރާ އަށް ފެނުނީ އަދި ކިރިޔާ އެވެ. އޭނަ ބޭނުންވީ އަލްވާން ވެސް އޭނަ އާ އެކު ތެމޭށެވެ . ޔުޝްރާ އަލްވާން އަތުގަ ހިފައިގެން އޭނަ އެތަނުން ނެރުނެވެެ. އަލްވާން ވެސް ޔުޝްރާ އާ އެކު ތެމެން ފެށިއެވެ. މިހާރު އަލްވާން އެވީ ‘ޕްރިންސް’ އަށެވެ. ނަމަވެސް މި ވަގުތު ކޮޅަށް އެކަންޏެވެ. ޔުޝްރާ އަންނަ ރުޅީގެ ސަބަބުން އަސްލު ޔުޝްރާގެ ‘ޕްރިންސް’ އަށް އޭނަ ވާނެ ހެން އޭނަ އަކަށް ހިޔެއް ނުވެއެވެ. ވާރޭގަ ތެމެން އުޅި އުޅިފަ ޔުޝްރާ އާ އަލްވާން ގެއަށް ދިޔައެވެ. މަންހާ އަށް އެއިރު އޮތީ ނިދިފައެވެ. ޔުޝްރާ ފާޚަނައަށް ގޮސް ފެންވަރައިލައިގެން ނުކުތެވެ. އެއިރު އަލްވާން ވެސް ހުރީ ފެންވަރައިގެންނެވެ. ޔުޝްރާ މަންހާ އަށް ގޮވިއެެވެ. އަދި ކެރަމް ބޯޑު ހިފައިގެން އައިސް ކެރަމް ކުޅުމަށް ބުންޏެވެ. ޒިދާން ހުރީ ކެރަމް ކުޅޭ ހިތް ނުވެފައެވެ. ނަމަވެސް މަންހާ ކިޔައި ވަރުން ކުޅެން އެއްބަސް ވީ އެވެ. ކެރަމް ކުޅުނު އިރު ޒިދާން މަންހާ އަށް ބަލާ ވަރުން މަންހާ ހުރީ ވަރަށް ލަދު ގަނެފައެވެ. އަދި ނުވިތާކަށް އިރު އިރު ކޮޅާ ޔުޝްރާ މަންހާ އަށް ދިމާ ކުރެއެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.




Miothy 5th part vx up vefa … thanku for supporting me all my readers … kiyaalaafa comment eh kollahche nd plx let me knw the mistakes
Wow this part is also awesome amazing an keep it up dear. By the way when is the next part I am curiously waiting??????
Awww … thanku sooo much jasmine … vrh fahun jasmine ge comment fenuniii … sorry fr that … ?❤?
Alheyy … mi part vx vrh rythi ma sha allah
Btw me first dhw …
❤❤❤❤
Yeah u first nd congratss hehe?
nd thanku ekkala kujja?
Oh sorry second dhw mifaharu .. ?
Varah reethi mi part vx….whn nxt….waiting….
Thanku so much nd vrh ufaavehje kairaa ge comment eh fenunyma nd thanku fr supporting me …???
Soon nxt part in sha allah
keep waiting???
Varah reethi Masha Allah ? konirakun next part ?
Yan ge comments fennaathiii vrh ufaavey ingey … nd abadhu vx quiiin ge readers dheke quiiin vrh loabivey ingey …. in sha allah soon nxt part nd keep waiting dear?
Vrh reethi mi part vx … curiousely waiting zidhaan and manha vrh gulhey ingey … whn nxt part? Waiting …
Mi story hama habeys???
Hehe … thanku so much Look … nxt part avahah up kohlevey thw balaanan ingey dear …
nd quiiin ah buneveyniii keep ?waiting ey
Once again thanku so much Look
Quiiin? haadha molhey vaahaka liyan❤️❤️❤️❤️ Varah reethi Maasha Allah????????? Hama bunaane ehcheh ves neynge?????? ehaa reethi viyya???????
Alhey thanku so much shaaa
Ur comment means a lot to me nd quiiin vrh ufaavehje shaaa ge comment fenunyma
Again thanks a lot shaaa❤❤❤
Alheyy Quiiin? gothah vaahaka liyan dhaskohdheeba alhugandah ves????
Hehe … quiiin akah neyge dhaskohdheykah? ekm vrh ufaa vehje ingey shaaa … hope shaaa vx great writer gothah fennaane kamah … shaaa aslu vx vhk liyaa hiy vey tha?
Lysm❤❤❤
Vaahaka liyaa hivvaavarun abadhu vaahaka kiyenee?? Ekam ves dhaheh nuvi liyaakah? aslu Quiiin? gothah sifa kurun thah ves gennan hama neyngeniyye? mi vaahaka kiyaa iru hama School mathin miss vani???? sifa kohdheefa hunna goi hama molhiyyey❤️ Maasha Allah ?
Hehe?
In sha allah shaaa ah great writer akah veveyne shaaa masakkaiy kohfiyyaa … ?
nd thanks alot shaaa
Thanks more nd more ❤❤❤
Vrh rythi mi part vx …
Alhe zidhaan aa man aaa haadha gulheyey … cant wait fr nxt part
Quiiin hama molhiyyey ma sha allah❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????
Woww … i really like ur beautiful comment …
Thanku so much kix ???
Mi part vx hama habeys … fav stry of mine … thanku quiiin fr writing this stry … mi stry aa me aa vrh connect vaa gothakah huriii vx …????
Hehe … thanku so much kizaan … life aa connect vaa gothah hunna strys quiiin vx vrh kiyaa hiy vey …?
?Thanku
Wooowww … mi part vx vrh rythi … ma sha allah … whn nxt part ???
Curiousely waiting …
Lyssssssssssssssssssssssssssssm
❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????
Wow i loved ur colourful comment…
nd thanku so much kokkx
6th part submit kohfin ekm adhi publish eh nuvey
????Lymmm
Hey Quiiin!! Loved this part too! It’s cute how you write ithhaa and othhaa all the time… ekm aslu kiyaany oshoavejje and isheeneve mihen. I hope you don’t mind.. ??
Hey !mal
I waited fr ur comment nd vrh ufaavehje mal ge comment fenunyma eiii quiiin ah vrh bst mistakes kiyaidheythy … quiiin evvx comment eh nagative koh nunagan….???
???Thanku so so much mal
Mashaallah varah furihama
Ekam thankolheh dhigu kohlee ma e ah thureh best vaanee inshaallah ❤❤❤
Thanku so much A aaR
Dhigu kohlevey thw balaanan ingeiii?
?…Mihaaru 6th part submit kohfin
… reyga quiiin 6th part submit kury … ekm adhi publish eh nuvey
Alhey adhivx nuvey dhw …
Haadha ireh vehjey inthuzaaru kuraathaa …???
Hey quiin..story varah habeys ingey..btw bunedheeba kuryge cover ga alvaan an in kujjaa ge real name please
Thanku so much please …
Quiiin mihaaru ehaa varakah handhaaneh nei e kujja ah kiyaa name eh quiiin liyefa huri 1st or 2nd part ge comments balaaba ethaaga innaane kanneyge bunefa yushra aa alvaan ge real name …?
Vrh lass dhw … ekm quiin 6th part submit kurin 18th december ga … adhi vx publish eh nuvey … admin ehnnu publish kuraaniii admin publish kuran dhn madukohlan jeheyniii
I’m sry