Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާޠިލް… 8 ވަނަ ބައި….

Fantasy Level 310 Stories500 Comments100 Comments
November 25, 2014 11 Mins Read
13 Comments

“މީގެ ފަހުން މިކަހަލަ ކަމެއް ފެނިގެން ނުވާނެ.. އެންޑް ކަލޭމެން ސުޕަވައިޒަރ ކައިރީގައި އަހަރެން މިވާހަކަ ބުނާނަން.. ރަނގަޅު ގޮތަކީ ކަލޭމެން ބުނުން.. އަހަރެން ދޭނަން 24 ގަޑިއިރުގެ މުހުލަތެއް.. އޭގެ ފަހުން އަހަރެން ދާނަން ބުނަން… ކަލޭމެން ނުބުނެ އޮވެއްޖެނަމަ ރަނގަޅެއް ނުވާނެ” އިންޒާރު ދިނުމަށްފަހު ރާކިން އެތަނުން ހަލުވި ކަމާއި އެކު ބޭރަށް ނިކުތެވެ.

ރާކިން ކޮންފަރެންސް ރޫމްއަށް ވަދެވުނު އިރު މީހާ ހުރީ ބޮލައް އެބުރުން އަރާފައެވެ. އެހެންކަމުން ދިޔަ ގޮތައް ގޮޑިމައްޗަށް ވެއްޓިގަތެވެ. އޭރު ނަދީމްއާއި ރާއިދު ފައިލްތަކެއް ބަލަމުން ދިޔައެވެ. “ރާކިން.. އާ ޔޫ އޯކޭ” ވެއްޓެގަތް ގޮތް ފެނުމުން ރާއިދު ފައިލްތައް ތިރިކޮށްލަމުން އަހާލިއެވެ. “ނޯ ނޮޓް ރިޔަލީ.. އާހިލް އަތުވެއްޖެތަ..” ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ރާކިން އަހާލިއެވެ. “އަޅުގަނޑު މިހުރީ” އާހިލް އެތެރެއަށް ވަންނަމުން ބުނެލިއެވެ. “ފެނުނުތަ ތި މީހުން ހޯދަން ދިޔަ އެއްޗެއް” ރާއިދު އަހާލިއެވެ. ރާކިން އާހިލްއާއި ދިމާލަށް ބަލާލިއެވެ. އާހިލް ގޮޑީގައި އިށީދެލާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އަދިވެސް އާހިލްގެ ކުރިމަތިން ސިފަވަމުން ދިޔައީ އެމަންޒަރުތަކެވެ. އެހެންކަމުން ދެލޯ މަރާ ބާރުކޮށްލިއެވެ. “އެވާހަކަ ބާއްވަމާ.. ކޮބާ ރާއިދުއަށް އެއްޗެއް ފެންނަ ވަރު ވެއްޖެތަ” ރާކިން އާހިލްގެ މި ހަރަކާތުން އެވާހަކަ ދައްކަން ބޭނުން ނުވާ މިންވަރު ދެނެގަނެވުނެވެ. “ކިހިނެއްވީތަ.. އެއްޗެއް ފެނުނުތަ..” ރާއިދުއަށް އެގޮތައް ޖަވާބު ދިނުމުން ކަމަކު ނުދިޔައެވެ. އެހެންވެ އަނެއްކާވެސް އެހިއެވެ. “ޔާ.. ހުރިހާ މަންޒަރެއް ވަކި ވަކިން ފެނުނު.. އެންމެ އެއްޗެއް ފިޔަވާ.. އެ ސިކް މީހާގެ މޫނު ނޫނީ” ރާކިން ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ. “އަޅުގަނޑު މި ދުނިޔޭގަ ސިކް މީހުން އުޅޭ ވާހަކަ އަޑު އަހަން… އެކަމަކު އެއީ ސިކެއްނޫން.. އެޏައް ކިޔާނެ ނަމެއްވެސް އަޅުގަނޑަކަށް ނޭނގެ” އާހިލް އެއިން ގޮތައް އިނދެ ވާހަކަ ދެއްކިއެވެ. “އަހަރެން އަންނަމުން މިއައީ ސީ.ސީ.ޓީ.ވީގެ އެފުޑޭޖް އެނަލައިޒް ކުރަން ދީފަ މިއައީ.. މެންދުރުހާއިރަށް ނިންމާލަދެވޭނެ ކަމަށް ބަލަމާ” ރާކިން ބުނެލިއެވެ. “ރާކިންއަށް ކަމެއް ފާހަގަ ވީތަ” ރާއިދު ރާކިން ވާހަކަ ދެއްކި ގޮތުން ކަމެއް ނަގައިގަނެވުނެވެ. “އަދި ޔަގީނެއްނޫން.. އެނީވޭ ކޮންކަމެއް ތިބަލަނީ” ރާއިދު މެންނާއި ކައިރިވެލަމުން ރާކިން އަހާލިއެވެ. “އަހަރެންގެ ކުރީގެ ކޭސްތައް މި ބަލަނީ.. މީގެ ބައިވަރު ކޭސް އެބަހުރި ކޭސް ނިމުނު އިރު އެތައް ބިރެއް އަހަރެންނަށް ދައްކާފައި ހުރި ކޭސް” ރާއިދު ފައިލްތައް ރާކިން ކައިރިއަށް ޖައްސާލަމުން ބުނެލިއެވެ. ހޫމް އަޅުވާލަމުން ރާކިން ފައިލްއެއް ނަގާ ބަލަން ފެށިއެވެ. “އާހިލް.. އަހަރުމެން ބަލަން އެބަޖެހޭ އެވިކްޓިމް އަކީ ކާކުތޯވެސް.. އޭނައާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލާ..” އާހިލްއާއި މަސައްކަތެއް ހަވާލު ކުރުމަށްފަހު ރާކިން، ނަދީމް އަދި ރާއިދު ވެގެން ފައިލްތައް ބަލަން ފެށިއެވެ.

ފަތިހުގެ ވަގުތު..

ގަޑިން ފަތިހު 5:30  ވީއެވެ. ރާކިން ކައިރީގައި ތިން ތަށި ކޮފީ ހުސްކުރި ތަށި ހުއްޓެވެ. ރާއިދު އޭރުވެސް ކައިރީގައި ހުރި ތަށިން ކޮފީ ބޮމުން ދިޔައެވެ. ނަދީމް އަތުގައިވެސް ފައިލްއެއް އޮތެވެ. މޭޒުމައީގައި ފައިލް ބާއްވާފައިލައިގެން ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިން ގޮތުން ހީވަނީ ބޮލުގައި ރިއްސާތީ އިންހެނެވެ. އާހިލް ލެޕްގެ އަކުރުތަކަށް ބާރު ކުރަމުން ދިޔައެވެ. “މިފައިލް ތަކުގެ ތެރޭގައި އަހަރެންނަކަށް ނުފެނުނު މިކަން ކުރާނެ ކަހަލަ މީހެއް” ރާކިން ވާހަކަ ދެއްކިއެވެ. “އެކަމަކު” “ކޮން އެކަމަކުއެއް.. އަހަރުމެން މި ބަލަނީ މިކޭސްގަ މިއުޅެނީ ނާސަސިސްޓިކް ބިހޭވިއަރ ހުންނަ މީހެއްކަމަށް.. މީގެން އެއްވެސް މީހެއް ނެތް އެކަހަލަ ބިހޭވިއަރ ހުންނަ މީހެއް” ރާކިން ރާއިދުގެ ޖުމްލަ ނިއްމާލިއެވެ. “އަދި އެއްފަހަރު ބުނެދީބަލަ އެއީ ކޮންކަހަލަ ބިހޭވިއަރ އެއްކަން” ނަދީމް އަހާލިއެވެ. “އެއީ ވަރަށް އެހެންކަހަލަ ބިހޭވިއަރ އެއް.. އެމީހަކު މަސައްކަތް ކުރާނީ ތިމަންނައަކީ އެންމެ މޮޅު މީހާކަން އެހެން މީހުންނަށް ސާބިތުކޮށްދެން.. އެންޑް އެކަހަލަ މީހުންގެ އެއްޗަކަށް އޮންނާނީ އެމީހުންގެ ‘އީގޯ’…” ރާކިން ބުނެލިއެވެ. “ތިގޮތައް ބުނީމަ ހީވަނީ ރާއްޖޭގެ އުޅޭ ހުރިހާ ފިރިހެނުންގެ ސިފަ ކިޔާލިހެން” ނަދީމް ބުނެލިއެވެ. “އާހިލް ކޮބާ” ރާއިދު އަހާލިއެވެ. އެއީ ވޭތުވެދިޔަ ފަނަރަ މިނެޓް ތެރޭގައި ރާއިދުއަށް އެހުނު ހަވަނަ ފަހަރެވެވެ. އާހިލް ބަލާލިއެވެ. “އައި ޑޯންޓް ނޯ ހޫ ދަ ވިކްޓިމް އިޒް ސަރ” އަކުރު ތަކަށް ބާރު ލަމުން އާހިލް ބުނެލިއެވެ.

“އައި ނޯ ހޫ އިޓް އިޒް.. އަހަރެންނަށް އެނގޭ ވިކްޓިމް އަކީ ކާކުކަން” ހަތަރު މީހުން ސިހުނީ ފަހުދުގެ އަޑު އިވުމުންނެވެ. އެންމެން ބަލާލިއެވެ. ނަދީމް އިށީދެގެން އިން ގޮޑިން ތެދުވެލިއެވެ. އެންމެންނަށް އެދިމާލަށް ބަލާލެވުނެވެ. ކުލަ ހެދުމުގައި ފަހުދު ހުރި އިރު މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ދެލޮލުން ވަރަށް ބޮޑަށް ކަމަކާއި ދެރަ ވެފައި ހުރި ކަން އެނގިގެން ދިޔައެވެ. ނަދީމް އެއްފަހަރު ރާއިދުގެ މޫނަށް އަނެއްފަހަރު ފަހުދު ގެ މޫނަށް ބަލާލިއެވެ. އެހެން އެންމެންނަށްވެސް ވީ އެވަރެވެ. “ހީ އިޒް މައި ކަޒިން” ފަހުދު އެންމެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “ވަޓް” އެންމެންނަށް އެއްފަހަރާ ކަހަލައިން ބުނެވުނެވެ. ފަހުދު އިސްޖަހާލީ ތި އަޑު އިވުނީ ރަނގަޅަށޭ ބުނެލާ ގޮތަށެވެ. “ކިހިނެއް ފަހުދުއަށް އެނގުނީ އެހެން ވިކްޓިމްއެއް” ރާކިން އެހާ ހިސާބަށް ބުނެފައި ހުއްޓާލީ ފަހުދު ބަލާލި ގޮތުންނެވެ. “އަހަރެންނަށް މިރޭ ނުނިދުނު.. އެހެންވެ ތަންކޮޅެއް ކުރިން އަހަރެން ނަދީމްއަށް މެސެޖްކުރީ.. ނަދީމް ބުނީ އެހެން ބޮޑީއެއް ފެނުނު ވާހަކަ.. އެންޑް އޭނަ ވައިބަރ މެދުވެރިކޮށް އަހަރެންނަށް ފޮޓޯ ފޮނުވީ” ނަދީމްއާއި ދިމާލަށް ބަލާލަމުން ފަހުދު ބުނެލިއެވެ. ރާއިދު ނަދީމްއާއި ދިމާލަށް ބަލާލަމުން ދެލޯ ބޮޑު ކޮށްލިއެވެ. އެމަންޒަރު ނަދީމްއަށް ފެނުމާއި އެކު އިސްޖަހާލީ ސޮރީއޭ ބުނެލާ ގޮތަށެވެ. “ފަހުދު އަށް ކިހިނެއް އެނގެނީ އެއީ ފަހުދުގެ ކަޒިންކަމެއް” ރާކިން ކުރިއަށް ޖެހިލަމުން އަހާލިއެވެ. “އަސްލު.. ފޮނުވި.. ފޮޓޯތަކުން… އެބަ އިނެއްނުން.. މި.. ބުރަކަށީގައި.. މިބުނީ ކަރުމައްޗަށް ވާ ގޮތައް އިން ލަފެއް.. ބާތް މާކް.. އުފައްލަފް.. އެއީ އަރީފްގެ ލަފް..” ފަހުދު އުދަގޫ ކަމާއި އެކު ވާހަކަ ދެއްކިއެވެ. “އާދޭ އިށީނަން” ރާކިން ފަހުދުއަށް ގޮޑި އެއްދައްކާލަމުން ބުނެލިއެވެ. ނަދީމް ފޮޓޯތަކުގެ ތެރެއިން އެބުނާ ފޮޓޯ ނެގިއެވެ. ރާއިދު އައިސް އެ ފޮޓޯ ބަލާލިއެވެ. “އަހަރެންނަށް އެނގޭ އެންމެން ވިސްނަނީ ކޮން އެއްޗެއްކަން.. އެކަމަކު.. އަރީފް މާލެ އައީ މީގެ ދެދުވަސް ކުރިން.. އޭނައަކީ ވަރަށް ރަނގަޅު ކުއްޖެއް.. އެންޑް އަހަރެންނަކީ ރ އަތޮޅު މީހެއް.. ކޮންމެ ގޮތެއް ވިޔަސް އަހަރެން ފެތޭ އެކެޓެގެރީއަށް” ފަހުދު ބުނެލިއެވެ. “ކޮން އިރަކު އާރިފްއާއި ފަހުދު އެންމެ ފަހުން ވާހަކަ ދެއްކީ..” ރާއިދު އައިސް ފަހުދު ކައިރީގައި ގޮޑީގައި އިށީދެލިއެވެ. “އިއްޔެ.. މެންދުރު.. އަހަރެން އެހާ ވާހަކަ އެއް ނުދައްކަން.. އޭރު އަހަރެން މޫޑް ގޯސްވެފަ ހުރީމަ.. އޭނައާއި އަހަރެންނަކީ ވަރަށް ކްލޯޒް ދެމީހުން.. މާލެ އައީ މީގެ ދެދުވަސް ކުރިން.. އަހަރެންނާއި އެކު ޓައިމް ސްޕެންޑް ކޮށްލަން.. އެކަމަކު… މިއީ އަހަރެންގެ މައްސަލަ.. އަހަރެންނަށް އެގަޑީގައި އޭނައާއި ވާހަކަ ދެއްކުނު ނަމަ” ދެއަތުން މޫނު ނިވާކޮށްލަމުން ފަހުދު ބުނެލިއެވެ.

 “ކިހިނެއްތަ ސަރ އަށް އެނގެނީ.. މިބުނީ.. އެއީ.. ކަޒިންގެ ބޮޑީކަމެއް..” އާހިލް އަހާލިއެވެ. “އަހަރެންނަށް އެމާކްއެއް ނޯޅޭނެ.. އެންޑް އެ ފޮޓޯ ފެނުމާއި އެކު އަހަރެން މިއައީ އެގެއަށް ގޮސްފަ.. އާރިފް ނާދެޔޯ ނިދާކަށް ރޭގައެއް.. އޭނައަކީ ދުވަހަކުވެސް.. އެހެން ހަދާނެ ކުއްޖެއް ނޫން” އާހިލްއަށް ފަޑު ހިނިތުންވުމެއް ރައްދު ކޮށްލަމުން ފަހުދު ބުނެލިއެވެ. “އެގޭގަ ޕޮލިހެއް އުޅޭތަ” ނަދީމް އަހާލިއެވެ. “ނޫން.. ނޫޅޭނެ.. އެންޑް އޭނަ އަކީ އެގޭ އެއްމެ ބޮޑު ކުއްޖާ… 18 އަހަރު ވީ މިދިޔަ މަހުގަ.. ދެން ހުންނާނީ ފަނަރަ އަހަރުގެ ކުއްޖަކާއި ދިހަ އަހަރުގެ ކުއްޖެއް އެނގޭގަ” ނޭފަތް އެތެރެއަށް ދަމާލަމުން ފަހުދު ޖަވާބު ދިނެވެ. “އެހެންވީމަ މިއީ ފަހުދުއަށް އަމާޒު ކުރާ މީހެއްތާ” ރާކިން ކުއްލިއަކަށް ބުނެލިއެވެ. ފަހުދު ރާކިންގެ މޫނަށް ބަލާލިއެވެ. އަދި މަޑުމަޑުން ތެދުވިއެވެ. “އަހަރެން ފޮޓޯތައް ބަލާލަން ބޭނުން އިތުރަށް” ފަހުދު ބުނެލިއެވެ. އެވަގުތު ރާއިދު އޭނަގެ ކުރި މައްޗަށް އެރިއެވެ. ރާއިދުގެ ފަހަތުން ނަދީމް ފަހުދުއަށް ހުރަސް އެޅިއެވެ. “ބިލީވް މީ.. ޔޫ ޑޯންޓް ވޯންޓް ސީ ދެޓް” ރާއިދު ބުނެލިއެވެ. ހައިރާން ކަމާއި އެކު ރާއިދު އެހެން ބުނުމާއި އެކު ފަހުދު ބަލާލީ ނަދީމްއާއި ދިމާލަށެވެ. ނަދީމް ބަލާލީ އެއީ ތެދެކޭ ބުނެލާ ގޮތަށެވެ. “އެއީ އަހަރެންގެ ކޮއްކޮ.. ކޮންމެ ހާލަތެއްގަ އޮތަސް އަހަރެން ބަލަން ބޭނުން..” ފަހުދު ދެމީހުންނަށް ރައްދު ދެމުން މޭޒާއި ކައިރި ވެލިއެވެ. އެވަގުތު ރާކިން އޭނަގެ ކުރި މައްޗަށް އެރިއެވެ. “އަހަރެންނަށް އެނގޭ އެކަން.. އެކަމަކު އަސްލަށްވެސް ފަހުދު.. މި ފޮޓޯތަށް އެއީ ފަހުދުގެ މައިންޑްގަ ބަހައްޓަށް ބޭނުންވާނެ އެއްޗެއް ނޫން.. ބިލީވް މީ” ރާކިން ބުނެލިއެވެ. އެވަގުތު ނަދީމް އައިސް ފަހުދުގެ އަތުގައި ހިފަހައްޓާލިއެވެ. ފަހުދު ބަލާލުމާއި އެކު ބޮލުން ބޭރަށް ހިގާށޭ ނަދީމް ބުނެލިއެވެ. ފަހުދު އެބަސް ވުމުގެ ގޮތުން ބޯޖަހާލަމުން ބޭރަށް ނިކުންނަށް ހިގައިގަތެވެ. ވަކި ހިސާބަށް ގޮސްފައި ހުއްޓި ރާއިދު އާއި ދިމާލަށް ބަލާލިއެވެ. “ކޮއްކޮގެ މަސްގަނޑު އަހަރެން ބޭނުން.. އިތުރައް ފަޅާ ހަދާކަށް އަހަރެން ބޭނުމެއްނޫން.. ކޮން އިރަކުން ލިބޭނީ” ފަހުދު އަހާލިއެވެ. “އަހަރެން ވަރަށް އަވަހަށް ހަމަ ޖައްސައިދޭނަން” ރާއިދު ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ.

ފަހުދު ބޭރަށް ނިކުމެ ނޭވާއެއް ފަޒާ ތެރެއަށް ދޫކޮށްލިއެވެ. އެފިނި ފަތިހުގައި ފަހުދު ހުރީ ދާހިއްލާ ފޯވެފައެވެ. އަޑުން އަޑު ނަގާފައި ފަހުދު ރޯން ބޭނުންވިއެވެ. އޭނަ އާރިފްގެ އާއިލާ ކައިރީގައި ބުނާނީ ކީކޭ ހެއްޔެވެ. އޭނަ އާރިފް އާއި ވާހަކަ ދެއްކުނު ނަމަ މިހެންނެއް ނުވާނެއޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ. “ފަހުދު” ފަހުދު އެބުރެލީ ނަދީމްގެ އަޑު އިވުމުންނެވެ. “އާ ޔޫ އޯކޭ” ނަދީމް އަހާލިއެވެ. އެގަޑީގައި  އެއީ އެހުން އެންމެ ރަނގަޅު ސުވާލު ނޫންކަން ނަދީމްއަށް އެނގެއެވެ. އެކަމަކު އަހާނެ އިތުރު ސުވާލެއް ނަދީމްގެ ސިކުނޑިއަކަށް ނައެވެ. “އާރިފް.. ކިހިނެއްތަ ބޮޑީ އޮތީ” ފަހުދު ދެލޯ ފުހެލަމުން އަހާލިއެވެ. ނަދީމް އެއްވެސް އެއްޗެއް ނުބުނިއެވެ. އެވަރުން ފަހުދުއަށް ނަގައިގަނެވުނެވެ. “ސަން އޮފް… އޭނަ ކޮންކަމެއްތަ ބޭނުން ވެގެން އެއުޅެނީ… މީހުންގެ ދަރިން މަރަމުން އެދުވަނީ.. އަހަރެން އަތުގަ އެމީހާ ޖެހޭ ދުވަހަކީ.. އޭނައަކީ ސިކުނޑި ހަމަޖެހޭ ޖަނަވާރެއްތަ…” ފަހުދު ރުޅި ގަދަވެގެން ދިޔަ ވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ. “ފަހުދު” އެހާ ހިސާބަށް ދިއުމުން ނަދީމް ފަހުދު ހުއްޓުވިއެވެ. ފަަހުދު އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލަމުން މުއްމަޅާ ބާރުކޮށްލިއެވެ.

“އެހެންވީމަ އެމީހަކު އެޓޭކް ކުރަނީ ފަހުދުއަށްތަ” ރާއިދު އަހާލިއެވެ. ރާކިން ގޮޑި ދެފާރަތައް އަބުރާލަ އަބުރާލާ އިނީ ކޮންމެވެސް ވިސްނުމެއްގައެވެ. އާހިލްއަށް އެއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. “މިހުރިހާ އެންމެން އެމަރާލީ ފަހުދުއާއި ދިމާލަށް އަންނަން ވެގެންތަ.. ކޮންކަހަލަ ހަމަޖެހޭ މީހެއްތަ އެއީ.. އެހެންވީމަ ފަހުދު ވަރަށް އެމީހާ ރުޅި އަރުވާލީތާ..” ރާއިދު ވާހަކަ ދެއްކިއެވެ. ރާކިން އެއްވެސް އެއްޗެއް ނުބުނުމުން ރާއިދު ރާކިން އާއި ދިމާލަށް ބަލާލިއެވެ. “ރާކިން” ތަންކޮޅެއް ބާރަށް ރާއިދު ގޮވާލިއެވެ. “އަހަރެން އަދި  ބީރެއްނުވޭ އިނގޭ.. އެންޑް އަހަރެން ނަމަ އެހާ އަވަހަށް ކޮންކުލޫޝަން އަކަށް ނުދާނަން.. އެންޑް އަހަރެން މިއީ ރާއިދު ނަމަ ޑޮކް އާއި ވާހަކަ ދައްކައިގެން އާރިފްގެ ބޮޑީ ފަހުދުއަށް ލިބޭގޮތެއް ހަދާނީ.. އޭރުން އެޓްލީސް އެއް ފެމެލީއަށް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ލިބޭނީ.. އަހަރެން އެބަ އަންނަން ސިގިނރޭޓްއެއް ބޮއިގެން.. ފައިވް މިނެޓް ބްރޭކް” ރާކިން އެއިން ގޮތައް އިދެ އެހެން ބުނެލުމަށްފަހު ތެދުވެ ބޭރަށް ނިކުތެވެ. ރާކިންއަށް މިއައި ބަދަލުގެ ސަބަބުން ރާއިދު ހައިރާންވިއެވެ. އާހިލް އެއްވެސް އެއްޗެއް ނުބުނެ ލެޕްއާއި ދިމާލަށް އެބުރުނެވެ.

ހެނދުނު…

 ގަޑިން ހެނދުނު 7:30 ވިއިރު މުޅި ޕޮލިސް ސްޓޭޝަން ތެރޭގައި އޮތީ ޤާޠިލް ފަސްވަނަ ޤަޠުލު ކުރި ވާހަކައެވެ. އަދި އެއީ ފަހުދުގެ ކޮއްކޮއެއްކަމާއި އެމީހަކު އުޅޭނީ ފަހުދުއާއި އަމިއްލަ ރުޅިވެރިކަމެއް އޮވެގެންކަމާއި މީހުން މެރުން އެއީ އެކަން ދުއްވާލުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގަައެވެ. “ތެންކްސް މޭން” ފަހުދު ނަދީމްއަށް ބުނެލިއެވެ. ދެމީހުންވެސް ހުއްޓިލައިގެން ތިބީ ލެބްގެ ކުރިމަތީގައެވެ. “އެނީ ޓައިމް މޭން” ފަހުދުގެ ގޮޑުގައި ޖަހާލަމުން ނަދީމް ބުނެލިއެވެ. “ރެޑީތަ” ނަދީމް އަހާލިއެވެ. ފަހުދު ފަޑު ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. ލެބް އެތެރެއަށް ވަދެ ވުނު ތަނާއި ޑޮކްޓަރ ފުއާދު ފެނުނެވެ. “އަހަރެން މި ހުންނަނީ ތި ދެކުދިންނަށް ވެއިޓް ކޮށްގެން.. ފަހުދު ސޮރީ ފޮ ޔުއަރ ލޮސް” ފުއާދު ބުނެލިއެވެ. “ރާއިދު ގުޅާފަ ބުނީ ސުރެއް އަހަރެން މި މަސައްކަތް ކުރީ ތި ދެކުދިން އަންނަން ވާއިރަށް އެމަސްގަނޑަށް މީހަކަށް ބަލާލެވޭ ވަރު ކުރަން” ފުއާދު ބުނެލިއެވެ. ނަދީމް ދެލޯ ބޮޑު ކޮށްލަމުން ފުއާދު އާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް މި މަންޒަރު ފުއާދުއަށް ފެނުނު ހެނެއް ހިޔެއް ނުވެއެވެ. ފަހުދު އެއްވެސް އެއްޗެއް ނުބުނެ ފަޑު ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “އަހަރެން ބުނާނަން.. މިކަން ކުރާ މީހަކީ ވަރަށް ހުނަރު ވެރި މީހެކޭ.. އެނގޭތަ.. އެކަހަލަ ގޮތަކަށް ބޮޑީ އެއް ކަފާލެވޭނީ ވަރަށް ހުނަރު ވެރި ވީމަ.. އެއްވެސް ގުނަވަނެއްގަ ނުޖައްސާ.. މުޅި ހަށިގަނޑު އެއްކޮށް.. ބުނެވިދާނެ އެއީ އާޓިސްޓެކޭވެސް” ފަުއާދު ވާހަކަ ދެއްކިއެވެ. ނަދީމް މުއްމަޅާ ބާރުކޮށްލިއެވެ. ދަތްޕިލަ ފިއްތާލީ ކޮލުގެ ކަށިގަނޑު ބިއްދައިގެން ދާ ވަރަށެވެ. “ޕްލީޒް ޑޮކް.. ކޭން ޔޫ ލީވް އަސް އެލޯން” ކެތްނުވުމުން ނަދީމްއަށް ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. އެވަގުތު ފުއާދު ދެލޯ އަޅާލިއެވެ. ނަމަވެސް ނަދީމް އެވަރަކަށް ނުބެލިއެވެ. ދެލޯ އަޅާލުމަށްފަހު ބާރު ހިގުމެއްގައި ފުއާދު ބޭރަށް ނިކުތެވެ.

ފަހުދު މަޑުމަޑުން އެތަނުގައި ބާއްވާފައިވާ އާރިފްގެ ހަށިގަނޑާއި ކައިރިވެލިއެވެ. ބޮލުގައި ފިރުމާލިއެވެ. އެރީތި މޫނު މިއަދު އެވަނީ ފިއްސާލާފައެވެ. ހަށިގަނޑުގައި ނުފަހާކަ އެންމެ ތަންކޮޅެއްވެސް ނެތެވެ. ފަހުދު އެހާ ހިތްވަރު ކޮށްގެން ހުއްޓާވެސް ކަރުނަތައް އޮހިގަތީ ނޭނގި ހުއްޓައެވެ. ނަދީމް މަޑުމަޑުން ފަހުދުގެ ގޮޑުގައި އަތްބާވާލިއެވެ. “އަހަރެން ކީކޭ …އެންމެން ކައިރީގައި …ބުނާނީ” ފަހުދު އަޅައިގަންނަމުން ބުނެލިއެވެ. ނަދީމްއަށް އެއަށް ދޭނެ އެއްވެސް ޖަވާބެއް ނުވިސްނުނެވެ. އެހެންކަމުން އޭނަ ފަހުދުގެ ގޮޑުގައި އަނެއްކާވެސް ހިފަހައްޓާލިއެވެ.

ގަޑިން 9:30 ވެއްޖެއެވެ. ރާކިން ލެޕްޓޮޕް ކައިރީގައި ބަހައްޓަމުން ފިއްތަކަށް ބާރު ކުރަން ފެށިއެވެ. “އެންމެން އެކިޔަނީ ރަނގަޅު ވާހަކައެއް ނޫން،، ފަހުދު ސަރ އަކީ އެގޮތައް މީހުން ރުޅި އަރުވާ މީހެއްނޫން.. އަޅުގަނޑަށް މީތި ގަބޫލެއް ނުކުރެވޭ” އާހިލް ވާހަކަ ދެއްކީ ތަންކޮޅެއް ދުރުގައި ހުރި ރާއިދުއާއެވެ. “ގިނަ ކަންތައްތަކީ ގަބޫލު ނުކުރެވޭ ކަންތައް.. މީގެ ތިންމަސް ކުރިން ކާކު ގަބޫލު ކުރާނީ މި ކުޑަ ދިވެހި ރާއްޖޭގައި މިކަހަލަ ޤާތިލެއް އުޅެދާނެކަމަށް” ފައިލްތައް ބަހައްޓަމުން ރާއިދު އަހާލިއެވެ. “އެކަމަކުވެސް ސަރ..” “އެކަމަކު ކިޔާ ކަމަށްވައްޏާމު ހުސް އެކަމަކު ކިޔާނެ ކަންތައްތައް އާހިލް އަހަރުމެންނަށްް ފެންނާނީ.. ނޫންތަ” ރާއިދު އާހިލްގެ ވާހަކަ މެދު ކަނޑާލިއެވެ، އެވަގުތު ނަދީމް އައިސް އެތެރެއަށް ވަނެވެ. “ކޮބާ ފަހުދު.. އޭނަ އޯކޭތަ” ރާއިދު އަވަސް ކަމާއި އެކު އަހާލިއެވެ. “ލައްބަ… ހީކުރި ވަރާ ބަލާފަ އޯކޭ.. އެކަމަކު އެފެލީ.. އަޅުގަނޑު މިއައީ މިތަނަށް ދެން.. ކަމެއް ބޭނުން ވެދާނެ ކަމަށް..” ނަދީމް ބުނެލިއެވެ. “ހޫމް އާދޭ.. މިފައިލްތައް ބަލާލަން..” ރާއިދު ބުނެލިއެވެ. ނަދީމް ފައިލްތަކާއި ކައިރިވެލިއެވެ. ރާކިންވެސް ކުރަން އިން މަސައްކަތް ބަހައްޓާފައި ފައިލްއެއް ނަގައިގެން ބަލަން ފެށިއެވެ. “މިއީ ފަހުދުގެ ކޭސްތަށް” ނަދީމް ހައިރާން ކަމާއި އެކު ބުނެލިއެވެ. “ޔާ.. މީގެ ކުރިން ބެލީ އަހަރެންގެ ކޭސްތައް.. މިހާރު ފަހުދު.. ހީވަނީ މި މީހަކީ އަހަރުމެންނަށް ޖެއްސުމަށް އުޅޭ މީހެއްހެން” ރާއިދު ބުނެލިއެވެ. އާހިލްވެސް އޭނަގެ މަސައްކަތް ކުރުމަށްޓަކައި ލެޕާއި ދިމާލަށް އެބުރުނެވެ.

“ސަރ” އާހިލްގެ އަޑު އިވިގެން ދިޔައެވެ. އެންމެން އާހިލްއާއި ދިމާލަށް ބަލާލިއެވެ. “އައި އޭމް ޝުވާ އައި ޑިޑިންޓް ޑޫ އެނީތިން” ލެޕްގެ ސްކްރީން ދައްކާލަމުން އާހިލް ބުނެލިއެވެ. އޭރު ލެފްގެ ސްރީންގައި ‘ސްމައިލް ޕްލީޒް’ ޖަހާފައި އަދި 15 ސިކުންތުގެ ކައުންޑައުންއެއް ފެށިފައި އިނެވެ. “ކޮން އެއްޗެއް އެއީ” އާހިލްގެ މޫނަށް ބަލާލަމުން ނަދީމް އަހާލިއެވެ. “އައި ޑޯންޓް ނޯ.. ހީވަނީ..” އާހިލްއަށް ބުނެވުނީ އެހާ ހިސާބަށެވެ. ރާކިން އައި ގޮތަށް އައިސް ލެޕް ނިއްވާލިއެވެ. އެވަގުތު އެތަނުގައި ހުރި ހޮޅިބުރިތައް ‘ފިޔަ’ ޖަހާލިއެވެ. “އެންމެން ކައިރީގައި ބުނޭ އަވަހަށް ކޮންޕިއޓަރތައް ނިއްވާލާށޭ.. އަވަސް..” ރާކިން ލެޕްގެ ކަރަންޓު ނައްޓަލަމުން ހަޅޭލަވައިގަތެވެ. “ކިހިނެއްވީތަ..” އެންމެން ހައިރާން ކަމާިއ އެކު އަހާލިއެވެ. “އިޓް އިޒް އަ ވައިރަސް.. އަވަސް ނުކޮށްފިނަމަ ހުރިހާ ޑޭޓާ ބޭސްއެއް ފޮހެވިގެން ދާނެ.. ކަރަންޓު ކަޑާލާށޭ ބުނޭ އަވަހަށް” ރާކިންގެ އަޑަށް ބާރު ލަމުން ބުނެލިއެވެ. އެވަގުތު އާހިލްއާއި ނަދީމް ދުވެފައި ބޭރަށް ނިކުތެވެ. ރާކިން އަޑުގައި އެކުލެވިގެންދިޔަ ހާސްކަން އެމީހުނަށް ނަގައިގަނެވުނެވެ. 15 ސިކުންތު ފަހުން މުޅި ޕޮލިސް ސްޓޭޝަން އިން ކަރަންޓް ކެޑުނެވެ.

އިރުކޮޅެއްގެ ތެރޭގައި ބެކްއަޕް ޖަނަރޭޓަރުގެ ސަބަބުން ކަރަންޓު ލިބުނެވެ. ރާކިން ބޮލުގައި ހިފައްޓާލައިގެން އިސްޖަހާލައިގެން ހުއްޓެވެ. “ކޮބާ ހުރިހާ އެއްޗެއް ނިވުނުތަ.. މި ބިލްޑިންގެ ތެރޭގައި ހުރި ހުރިހާ ކޮމްޕެއް ނިވުނުތަ” ރާކިން އެހެން އަހާލީ އެތެރެއަށް ވަދެގެން އައި އާހިލްއާއި ނަދީމް ފެނުމުންނެވެ. “ކިހިނެއްތަ ފަނަރަ ސިކުންތު ތެރޭގައި ހުރިހާ ކޮމްޕެއް ނިވާނީ.. މިތަނަކީ 8 ބުރިއަށް ހަދާފަ ހުރި ތަނެއް.. އަހަރުމެން ކިހިނެއް އެންމެން ކައިރީގައި ބުނާނީ” ނަދީމް ނޭވާއެއް ލަމުން ވާހަކަ ދެއްކިއެވެ. “ބަލަ މެއިން ޖަނަރޭޓަރ ކަނޑާލިނަމަ…. ” ރާކިން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. “އެއީ ކޮންއެއްޗެއްތަ.. އެހެންނޫނަސް މެއިން ޖަނަރޭޓަރ އާއި ހަމައަށް ދެވޭތަ 15 ސިކުންތު ތެރޭގައި.. ކީއްވެތަ ސަރ އެހާ ހާސްވެފައި ތިހުރީ.. އެއީ ކޮންކަހަލަ ވައިރަސްއެއް ތަ.. އެންޑް އެއީ ވައިރެސްއެއް ކަމެއް ސަރއަށް ކިހިނެއް އެނގުނީ” ނަދީމް ރާކިންއާއި ސުވާލުކުރިއެވެ. “ކޮންމެހެން ރީޒަންތަކެއް ދައްކާނެކަމެއްނެތް.. އެހެންނޫނަސް އަހަރެންނާއި ސުވާލު ކުރުމުގެ އެއްވެސް ހައްގެއް ނަދީމްއަކަށް ނުއޮންނާނެ..” ރާކިން ހިތްހަމަނުޖެހިފައި އެހެން ބުނުމަށްފަހު އެތަނުން ނިކުންނަށް ހިގައިގަތެވެ.

“ރާކިން..” ރާއިދު ރާކިންއަށް ގޮވާލިއެވެ. ރާކިންއަކަށް އަޑެއް ނީވުނެވެ. ނުވަތަ އަޑު އިވޭކަމަށް ނެހެދީއެވެ. “ރާކިން” ދެވަނަ ފަހަރަށް ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅު ރާކިން ފަހަތަށް ޖައްސާލިއެވެ. ނަދީމް ހައިރާން ކަމާއި އެކު ރާއިދުއާއި ދިމާލަށް ބަލާލިއެވެ. އާހިލް ހާސްވެފައި ގޮޑީގައި ހިފަހައްޓާލިއެވެ. “ނަދީމްއަށްތާ ސުވާލެއް ނުކުރެވޭނީ.. އަހަރެންނަށް ކުރެވޭނެއެއްނުން..” ރާއިދު ވާހަކަ ދެއްކިއެވެ. އޭރުވެސް ރާކިން ހުރީ އެފިޔަވަޅު މަތީގައެވެ. “އަހަރެން ކުރާ ސުވާލަށް ޖަވާބު ދީ.. ކިހިނެއް އެނގުނީ އެއީ ވައިރެސްއެއްކަމެއް” ރާއިދު ސުވާލު ކުރިއެވެ. ރާކިން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ކަންތައް ވާނީ ކިހިނެއްކަން ރާކިންއަށް ގައިގަޑަކަށް އެނގެއެވެ. “އަހަރެންނަށް ޖަވާބު ދީ ރާކިން.. އެއީ ވައިރެސްއެއްކަމެއް ކިހިނެއްހޭ އެނގުނީ” ރާއިދުގެ އަޑު ބާރުކޮށްލިއެވެ. “އަހަރެން އުފެއްދި އެއްޗެއް ވީމަ” ރާކިން ރާއިދުއާއި ދިމާލަށް އެބުރެމުން ހަތަރުކަޅި ހަމަކުރަމުން ޖަވާބު ދިނެވެ.”ވަޓް..” ނަދީމްއަށް ބުނެވުނެވެ. އާހިލްގެ ދެބުމަ މައްޗަށް އަރުވާލީ ލިބުނު ހައިރާން ކަމާއި އެކުގައެވެ. “ރާކިން އުފެއްދި އެއްޗެއް.. ދެން އޭގެން ކިހިނެއްވާނީ” ރާއިދު ހަށަން ބަދެލަމުން އަހާލިއެވެ.

“މާބޮޑު ކަމެއް ނުވާނެ.. އެކަމަކު އެތަނެއްގެ ޑޭޓާ ބޭސް އެއްކޮށް އޭތި ހެކް ކޮށްލާނެ.. ހުރިހާ މައުލޫމާތެއް ލިބޭނެ” ރާކިން އޮޅުވާލުމެއް ނެތި ހަމަޖެހުމާއި އެކު ބުނެލިއެވެ. “ވަޓް.. މާނައަކީ” “މާނައަކީ މިހާރު އެމީހަކަށް އަހަރުމެންގެ މައުލޫމާތު ތަކާއި މި ބިލްޑިންގަ ހުރިއްޔާ ހުރި މައުލޫމާތެއް ހުންނާނީ ލިބިފައޭ… އެންޑް އަހަރުމެންގެ ޕޮލިހުންގެ ޕާސަނަލް މައުލޫމާތުވެސް… ކަރަންޓު ތެރެއަށް ވައިރެސް ވަނީމަ ކަރަންޓް ބޭނުން ކުރާ ކޮންމެ އެއްޗަކުން މައުލޫމާތު ނެނގޭނެ” ރާކިން ބުނެލިއެވެ. “މިކޭސްގެ މައުލޫމާތު” ރާއިދު އަހާލިއެވެ. ރާކިން ބޯޖަހާލިއެވެ. ރާއިދު ދެފަރާތަށް ބޯ ހޫރާލިއެވެ. “އަހަރެން ހިޔެއް ނުކުރަން ރާކިން ތިހާ ނުވިސްނޭ ކަމަކަށް.. އެކަހަލަ އެއްޗެއް ކަރަންޓު ތެރެއަށް” “އޯހް ހޯ ހޯ… ތި ވިސްނަނީ އަނެއްކާ އެންމެ ނުބައި ކޮންނެއް ނޫން ދޯ.. މި ބުނީ މިއީ އަހަރެން ކުރި ކަމެކޭ ނޫންދޯ ތި ވިސްނަނީ” ރާއިދުގެ އަޑު ހުރި ގޮތުން ރާކިން ވާހަކަ ދެއްކިއެވެ. “ކަލޭ ހެދި ވައިރެސްއެއް.. ދެންކާކު މިގޮތަށް ބޭނުންކުރާނީ.. އޭ ބުނެބަލަ.. މިހުރި.. ” ރާއިދުގެ ރުޅި ކޮންޓްރޯލްއިން ނެއްޓިއެވެ. ގޮޑީގައި ބާރަށް ޖަހަމުން ރާކިންއާއި ދިމާލަށް ހަޅޭލަވައިގަތެވެ. “އަހަރެން މިކަހަލަ ކަމެއް ކުރަންވީ ކީއްވެ..” ރާކިން ހައިރާން ކަމާއި އެކު އަހާލިއެވެ. ރާއިދުގެ ވިސްނުން ހުރި ގޮތުން ރާކިން އަސްލަށްވެސް ހައިރާން ވެއްޖެއެވެ. “މޭބީ ޔޫރ ދަ ކިލާ.. ސޯ ޔޫ ވޯންޓް އަސް ޓު ބިލީވް ދެޓް ސަމްވަން އެލްސް އިޒް ޑުއިން އޯލް ދެޓް” ރާއިދު ރާކިންއާއި ދިމާލަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ. ރާއިދު އެހެން ބުނުމާއި އެކު ނަދީމްއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. އާހިލްވެސް ހުރީ ހިތްހަމަނުޖެހިފައެވެ. މިކަހަލަ ދަޑިވަޅެއްގައި ބޮޑު ދެމީހުން އެއްވެސް ކަމަކަށް ނުވާކަހަލަ ކަމެއްގައި ތަޅާފޮޅާތީއެވެ.

“ވަޓް.. އާ ޔޫ ސީރިއަސް.. އަހަރެންނަށް ތުހުމަތުު ތިކުރަނީ ބަލަ ކޮން ހެއްކެއް އޮތީ..” ރާކިން ބަލަމުން ދިޔައީ އޭނަގެ ރުޅިގަނޑު ހިފެހެއްޓޭތޯއެވެ. “މި ހުރިހާ މައުލޫމާތަކީ އަހަރެންގެ އަތުން ފުއްޓަކެއް ޖަހާލާ އަވަހަށް އަހަރެންނަށް ލިބެން ހުންނާނެ މައުލޫމާތު.. ދެން ކީއްވެ އަހަރެން އެ ހޯދަންވީ.. އެގޮތައް.. އަދި އެވެސް ވައިރެސްއެއް ބޭނުންކޮށްގެށް” ރާކިންގެ އަޑުވެސް ބާރު ވަމުން ދިޔައެވެ. “އެހެއްވިއްޔާ މިކަހަލަ ވައިރެސްއެއް ކަލޭ އުފެއްދީ ކީއްކުރަން” ރާއިދުގެ ރުޅިގަނޑުވެސް މައިތިރި ވާގޮތެއް ނުވިއެވެ. “ޑޯންޓް ޔޫ ރިމެމްބަރ.. އަހަރެންނަށް މިތަނުން ތިންމަހުގެ ޗުއްޓީއެއް ދިންކަމެއް… އެދުވަސްވަރު އަހަރެން ފޫހިވެގެން ހެދި އެއްޗެއް އެއީ” ރާކިން ބުނެލިއެވެ. “ބަލަ ރާކިން ފޫހިވީމަ ވައިރަސްތަ ހަދަންވީ.. އެހެން އެއްޗެއް ހަދަން ކަލެއަށް ނޭނގުނުތަ” ރާއިދުގެ ދެފަރާތައް ބޯހޫރާލަމުން ބުނެލިއެވެ. “ދެން މައްސަލައެއް ނެތް.. ރާކިންވެސް ގެއަށްދޭ.. އަހަރެންނަށް މިހާރު ރާކިންއަށް އިތުބާރެއް ނުކުރެވޭ.. އަހަރެން ބުނަންދެން ގޭގަ މަޑުކުރޭ” ރާއިދު އޭނަގެ އެންމެ ފަހު ބަސް އިއްވިއެވެ. ނަދީމް ހައިރާންވި ވަރުން ދެލޯ ބޮޑުވެގެން ދިޔައެވެ. އާހިލްއަށް ވެސް ބުނާނެ އެއްޗެއް އެއްޗެއް ނޭނގުނެވެ. ރާކިން ދެލޯ ބޮޑު ކޮށްލިއެވެ. “އާ ޔޫ ސަސްޕެންޑިން މީ” ރާކިން އަހާލިއެވެ. ރާއިދު އެއްވެސް އެއްޗެއް ނުބުނެ ރާކިން އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “ފައިން.. ބަޓް.. ހަނދާން ކުރާތި.. މީގެ ނަތީޖާ ވަރަށް ނުބައި ވާނެ” ރާކިން އެހެނ ބުނެލުމަށްފަހު ބާރު ހިގުމެއްގައި އެތަނުން ބޭރަށް ނިކުތެވެ.

“ވަޓް…” ނަދީމް އާއި އާހިލް އާއި ދިމާލަށް ބަލާލަމުން ރާއިދު ހަޅޭލަވައިގަތެވެ. “ކޮބާތޯ ސަރގެ ސިކުނޑި” ނަދީމް އަހާލިއެވެ. “އެއްވެސް ކަހަލަ ކަމަކަށް ނުވާ ވަރުގެ ކަމެއްގައި ރާކިންސަރ ތި ފޮނުވާލީ” ނަދީމް އިސްޖަހާލަމުން ބުނެލިއެވެ. “އެއްވެސް ކަހަލަ ކަމަކަށް ނުވާ ވަރުގެ ކަމެކޭ.. އަސްލުތަ.. ބަލަ ނަދީމްއަށް ނޭނގޭތަ އެ ވައިރަސްގެ ސަބަބުން އަހަރުމެން ހޯދައިފައި ހުރި ހުރިހާ މައުލޫމާތެއް އެ ގެއްލުނީ.. އެ ނުލަފާ ޤާޠިލް އަތައް އެ ދިޔައީ.. އަދި އޭގެ އިތުރަށް މިތަނުގައި މަސައްކަތް ކުރާހާ ބަޔަކާއި ބެހޭ މައުލޫމާތު.. ” ރާއިދުގެ އަޑު އޭރުވެސް ހުރީ ބާރަށެވެ. “އަހަރެންނަށް ތިކަން އެނގޭ.. އެކަމަކު ރާކިންސަރ ކީއްވެ ހެކް ކުރާނެ ވައިރަސްއެއް މި ސިސްޓަމް ތަކުގެ ތެރެއަށް ފޮނުވަންވީ.. އޭނައަކީ މިތަނުގެ ބޮޑު މަގާމެއްގައި ހުރި މީހެއް.. މައުލޫމާތެއް ދޭށޭ ބުނެފިއްޔާ ކޮންމެ މީހަކުވެސް ދޭނެ.. ކުޑަކުއްޖަކުވެސް ގަބޫލު ނުކުރާނެ ކަންތައް ސަރ ތި ގަބޫލު ކުރަނީ” ނަދީމް ބުނެލިއެވެ. “އަޅުގަނޑު ބްރޭކްއެއް ބޭނުންވޭ” އެތަނުން ދުރައްދަމުން އާހިލް ބުނެލިއެވެ. ހަގީގަތުގައި އާހިލްވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. އެންމެ ބޮޑަށް ވިސްނަން ޖެހޭ މީހާ ނުވިސްނާތީއެވެ. އެކަމަކު ވެރިންނަށް ކުރާ އިޙްތިރާމްގެ ގޮތުން އާހިލް އެއްޗެއް ބުނަން ބޭނުން ނުވީއެވެ. “އަޅުގަނޑުވެސް” ނަދީމްވެސް އެހެން ބުނެލަމުން އެތަނުން ބޭރަށް ނިކުތެވެ. ރާއިދު ބޮލުގައި ހިފަހައްޓާލަމުން ގޮޑީގައި އިށީދެލިއެވެ.

އެދުވަހުގެ ބޮޑުބައި ދެން ދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވިއެވެ. ހިތްހަމަނުޖެހުންތަކެއް އެންމެންގެ ތެރޭގައި އުޅޭތީ އެއްވެސް މީހަކު މަސައްކަތެއް ކުރާކަށް ބޭނުމެއް ނުވިއެވެ. ނަދީމް ގިނަ ވަގުތު ފަހުދު އާއި އެކު އާރިފްގެ ޖަނަޒާގެ ކަންތައްތަކުގައި އުޅުނެވެ. އާހިލްވެސް އޮފީހުގައި އިދެފައި ހަވީރުވުމުން ދިޔައީ އެދިމާލަށެވެ. ރާއިދު އޭރުވެސް ކޮންފަރެސް ރޫމްގައި އެކަނި އިނެވެ. އާރިފް ވަޅު ލެވުނީ އިޝާއަށް ފަހުގައެވެ. އެކަންތައް ނިންމާފައި ނަދީމް ދިޔައީ އޭނަގެ އެޕާޓްމެންޓްއަށެވެ. ކުޑަކޮށް ތާޒާ ވެލައިގެން މާއިން ހޯދުމަށް އެގެއަށް ދިއުމަށް ނިންމައިގެންނެވެ. އުޅެން ޖެހުނުލެއް ބިޒީކަމުން މާއިންގެ ހަބަރެއް ނުބެލުނީތީ ނަދީމް ދެރަވިއެވެ. ލެބްއިންވެސް މާއިން ނުފެނުނުމުން ނަދީމް ހުރީ މާޔޫސް ވެފައެވެ.

އާހިލް ގެއަށް އައިސްވަނީ ރޭގަނޑު އަށެއް ޖަހަނިކޮށެވެ. “އާދެވިއްޖެ ދޯ ސާހިބާއަށް.. މިހާރު ކިހާރު ކިހާ އިރެއް ގުޅާތާ.. އަޅެ ފޯނު އޮންނަނީ ކީއްކުރަންތަ އަތުގަ” އާހިލް ފެންނަ އިރަށް އާލާ އޭނަގެ ހަލުވި އަނގަ ތަޅުވައިގަތެވެ. އޭރު އާލާއާއި އޭނަގެ މަންމަ ތިބީ އަށެއްގެ ހަބަރު ބެލުމައްޓަކައި ޓީ.ވީ ކައިރީގައެވެ. “ސޮރީ ސިސް.. ވަރަށް ބިޒީވީމަ ފޯނު ނުނެގުނީ.. ކިހިނެއްވީ އެވަރަށް ގުޅީ.. ތަނެއްގަ ހުޅު ރޯވީތަ” އާހިލް ސިޓިންރޫމްގައި މަޑުކޮށްލަމުން ބުނެލިއެވެ. “ހުޅުރޯއްވުމަށް ވުރެއް ބޮޑު ކަމެއް.. ލޯބި ބިޓެއް.. އާހިލް ކޮޓަރީގަ” އާލާ އާހިލް ކައިރިއަށް ހުއްޓެލަމުން ވަރަށް މަޑުން ބުނެލިއެވެ. “ލޯބި ބިޓެއް.. ކާކު” ކޮޓަރި އާއި ދިމާލަށް ބަލާލަމުން އާހިލް އަހާލިއެވެ. “ނޭނގެ.. ފާޑެއްގެ ބޮޑާ ފިރިހެނެއް.. ގެއަށް ވަތްގޮތައް އެހީ ކޮބާހޯ އާހިލްގެ ކޮޓަރި.. އާހިލް ނޫޅެއޭ ބުނީމަ ވެސް ބުނީ ތިމަންނައަށް އެގެއޯ އެކަން.. އޭނަގެ ކޮޓަރި ދައްކަބަލާށޯ.. ދެއްކީމަ ގޮސްވަނީ.. ގިނަ އިރުވެގެން ގޮސް ބެލި އިރު އެބައިން ލެޕް ފިހަރައެއް ހޮޅުވައިގެން..” އާލާ ބުނެލިއެވެ. “ރާކިންތަ” އާލާ ކިޔައިދިން ގޮތުން އާހިލްއަށް ވިސްނުނީ ރާކިން ކަމަށެވެ. “އާ ތިކަހަލަ ނަމެއްކީ.. ބުނީ އާހިލް އައީމަ ބުނާށޯ ކޮޓަރިއަށް އަންނާށޯ” އާލާ ފާޑަކަށް އަނގަ ހަދާލަމުން ބުނެލިއެވެ. “މަންމާ ބަލާބަލަ ދޮންތައަކަށް.. ފޫހި މީހެއް” އެތަނުގައި ހުރި ސޯފާ ސެޓުން ކުޝަންއެއް ނަގާ އާލާ އާއި ދިމާލަށް އެއްލަމުން އާހިލް ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ.

އާލާ ބުނީ ދޮގެއް ނޫނެވެ. ކޮޓަރިއަށް ވަނުމާއި އެކު އާހިލްއަށް ހުއްޓުން އެރިއެވެ. އެނދުގައި ރާކިން ވަށައިގެން ލެޕް ބަހައްޓާފައި ހުރި އިރު ދެފައި ވައްކޮށްލައިގެން އިން ގޮތުން ހީވަނީ ބޮޑު ކޭމަކަށް ތައްޔާރުވެގެން އިންނެވެ. “ސަރ” އާހިލް ހައިރާން ކަމާއި އެކު ގޮވާލިއެވެ. “އޯހް.. އާހިލް އައިތަ.. އާދެވަބަލަ.. ވަރަށް މުހިއްމުކަމެއް ކޮށްދޭން.. އެންޑް އައި ހޯޕް ޔޫ ޑޯންޓް މައިން.. އަހަރެން އާހިލްގެ ލެޕްވެސް ނަގައިގެން މިއުޅެނީ” އާހިލް ފެނުމާއި އެކު ރާކިން ބުނެލިއެވެ. އާހިލް ރާކިން ކައިރިއަށް ހުއްޓުމާއި އެކު ރާކިންގެ އުނގުމަތީގައި އިންލެޕް އާހިލް އަތައް ދިއްކޮށްލިއެވެ. “އަހަރެންނަށް ގޭގައި މިމަސައްކަތް ކުރެވޭނީއެއްނޫން… އެނގެއެއްނުން އަންހެންވެރިންގެ ގޮތް.. އެހެންވެ މިގެއަށް މިއައީ.. ހީކުރީ މިގޭގަ އެއްވެސް އަންހެނެއް ނޫޅޭކަމަށް.. އެނީވޭ.. ތި ލެޕް އިން މި އައި ޕީ އެޑްރެސް ހެކްކޮށްލަބަލަ.. 10 މިނެޓް ތެރޭގައި” ރާކިން ފައްޗަކަށް އަމުނާލިއެވެ. “ހެކް.. ނޯ ނޯ ސަރ.. އަޅުގަނޑަކީ..” “އޯހް އާހިލް.. އަހަރެން ކައިރީގައި ‘އަލިފަކަށް’ ވާން މަސައްކަތް ކުރާނެ ކަމެއް ނެތް.. އަހަރުމެން ކޮމްޕިއުޓަރގެ މަސައްކަތައް މޮޅުވަނީ ކަމެއް ވީމައޭ.. އަހަރެންނަށް އެނގޭ އާހިލް ދެއިރު ކާ ބޭސްހެން ކޮންމެވެސް ސިސްޓަމެއް އަބަދު އިންނަނީ ހެކްކުރަންކަން” ރާކިން ބުނެލިއެވެ. އާހިލް ދެލޯ ބޮޑުކޮށްލިއެވެ. “ލުކް.. ދިސް އިޒް އިމްޕޯޓެންޓް.. އަހަރެން މުހިއްމު ނޫން ނަމަ މިކަހަލަ ކަމެއް އާހިލް ކައިރީގައި ކުރާކަށް ނުބުނާނަން.. އަހަރެންނަށް 10 މިނެޓް ތެރޭގައި ތިކަން ކުރެވޭނެ މީހެއް ހޯދަން ބޭނުންވަނީ ޕްލީޒް” ރާކިން އެދުނެވެ. އާހިލް ނޭވާއެއް ބޭރުކޮށްލުމަށްފަހު އިށީނަމުން މަސައްކަތް ފެށިއެވެ.

9 މިނެޓް ތެރޭގައި އާހިލް އެ އައި ޕީ އެޑްރެސް ހެކް ކޮށްލިއެވެ. “ނިމުނީ” ފަހުރު ވެރިކަމާއި އެކު އާހިލް ބުނެލިއެވެ. “ގުޑް.. އަހަރުމެންގެ ކިލާ އަކީވެސް ހަމަ ތިހާ މޮޅު މީހެއް.. އެނގޭތަ.. އެކަން” އާހިލްއާއި ދިމާލަށް ފާޑަކަށް ބަލާލަމުން ރާކިން ބުނެލިއެވެ. އާހިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކީކޭތޯ ބުނަން ތިއުޅެނީ” އާހިލް ހާސްކަމާއި އެކު އަހާލިއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

އެލީޝާ
Previous

އެލީޝާ (17ވަނަބައި)

Next

ޝިކާރަ

Next
November 28, 2014

ޝިކާރަ

Previews
November 25, 2014

އެލީޝާ (17ވަނަބައި)

އެލީޝާ

13 Comments!

  1. nash says:
    November 25, 2014 at 2:56 pm

    Vvvvvvv.interesting…..n its kinda disturbing…… avahah aneh by up kohlachey …….dhen vaa gotheh varah balaa hithun mihiry……..mi story v reethi…hama habeys

  2. sum1 says:
    November 25, 2014 at 4:26 pm

    Vrh suspence bodu vehjje dhw… kwl…vrh intersting dhaa goe… wsitn fr da next part.. miadhu sultun park fenunyma vaahaka mathin handhaan v.. :p :D… keep it up

  3. athoo says:
    November 25, 2014 at 10:08 pm

    ޕެރެގްރާފްތައް ލިޔާއިރު ކުރުކޮށް ލިޔައްޗޭ. ޕެރެގްރަފްތައް ދިގުވީމަ ކިޔަން ކުޑަކޮށް ފޫހި. އަދި ލޮލަށް ވަރަށް އުނދަގޫ.

  4. lady says:
    November 25, 2014 at 11:30 pm

    Nice story. Please upload fast

    1. NEES says:
      August 20, 2017 at 12:08 pm

      DHW SIS

  5. Fantasy says:
    November 25, 2014 at 11:52 pm

    thnks hurihaa kudinge lobi comment takah igey 🙂
    athoo fantasy try kuraanan paragraph thah kuru koh leveytho igey 🙂

  6. nish says:
    November 26, 2014 at 11:32 am

    kondhuvahakun tha nxt part update kohdheveynee……Vvvv kiyaahithun mihiry……..:p

  7. kin says:
    November 26, 2014 at 3:39 pm

    fantasy. “gaathil” = “muderer” eh nu… “muder” = “gathulu”. so please dhen faharakun ethan change kohlahchey. N no harsh feelings. 😉

  8. faai says:
    November 27, 2014 at 11:59 am

    Wow wow,, its grt.. Nxt part kiyaahithun mihaaru hureweny ehnoon.. Awas kohdhehchey ingey fantasy.. Mihaaru haadha zuwaabu gina eyy dhw.. Mi raaidhu miulheny kyhwegen tha?? Eyna hurebala geyga ehen myhun geah nufonuwaa.. Hama huwaa foohi myheh eii.. Alhe dhen murderer aky kaakubaa?????? :-/

    1. NEES says:
      August 20, 2017 at 12:07 pm

      IS ME

  9. Faxoo says:
    January 13, 2016 at 11:32 am

    woww varah reethi mibaives

  10. shaam bin says:
    August 20, 2017 at 12:04 pm

    niceއެކަމުވަރަށް ދެރަވޭކަންނޭންގެނ

  11. NEES says:
    August 20, 2017 at 12:05 pm

    NICEEEEEEEEEEEEEE

Comments are closed.

Next Episodeޤާޠިލް…. 9 ވަނަ ބައި←


All Right Reserved!