ކާމިޔާބު 2 (ދެވަނަބައި)
ނަރާން އެއްލި ނޯޓު ގޮސް އަފްރާހުގެ ބުރަކަށީގައި ޖެހުމުން ކުޑަކޮށް ހިނި އައެވެ. އެވަގުތު މަންމަ ދޮނތި އައިސިއޭ ކިޔައިފައި ގޮވާލިއެވެ.
***
ނަރާން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ގޮސް ކާގެއަށް ވަދުނެވެ. “ދަރިފުޅާ! މަންމަ އަބަދުވެސް ބުނަމެއްނު މަޑުން ސިޑިން ފައިބާށޭ.. ނޫނީ އަނިޔާއެއް ވެދާނޭ.. އެކަމަކު ހަމަ ނަރާން އަކަށް އަޑެއް ނީވެއޭ..” ނައިރާ ނަރާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “އޯކޭ މަންމާ..” ނަރާން ރޮށިކޮޅެއް ފިލުވާލަމުން ބުނެލިއެވެ. “ބައްޕާ! އަޅުގަނޑު ގަސްތު ކުރަނީ ގްރޭޑް 9 އަށް ދިޔައީމައި ސައިންސް ކިޔަވަން.. އެކަމު ބައްޕަ ބޭނުން ވެދާނެ އަޅުގަނޑު ބައްޕަގެ ބިޒްނަސް އަށް ޖޮއިން ކުރަން..ދެން ކިހިނެތް ހަދާނީ؟؟” ނާރާ ކާން ފަށަމުން ނިހާން އަށް ބަލާލަމުން ބުނެލިއެވެ. ނާރާ އަބަދުވެސް އޭނާގެ ބައްޕަގެ ލަފާ ކަންކަމުގައި ހޯދައެވެ. “ނާރާ ކިޔަވަން ގަސްތު ކޮށްގެން ތިއުޅެނީ ކޮން ދާއިރާ އެއް؟؟” އެންމެންނަށް ސައި އަޅަމުން އެއްމެ ކުރިން ނައިރާ ، ނާރާ އާއި ސުވާލު ކުރިއެވެ. “ކުޑަކުދިންގެ ޑޮކްޓާރ” ނާރާ ހުވަފެނީ ގޮތަކަށް މިހެން ބުނުމުން ނަރާން ބާރަކަށް ހޭން ފެށި އެވެ. ނާރާ ނަރާން އަށް ލޯއަޅާލިއެވެ. “ނަރާން!!” ނިހާން އަޑައް ބާރުލައިފައި ނަރާން އަށް ގޮވާލުމުން ނަރާން ގަދަކަމުން ހިނިގަނޑު ކޮންޓްރޯލް ކުރިއެވެ. “ބައްޕަ އަށް މައްސަލައެއް ނެތް.. ދަރިފުޅު ބޭނުން ގޮތެއް..” ނިހާން އުފާވެލައިފައި ބުނެލިއެވެ. “ބައްޕަ ކަންބޮޑުނުވޭ!!.. އަޅުގަނޑު މިހުރީނު.. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ދޮންތި ހެނެއް ނުވާނެ.. އަޅުގަނޑު ޖޮއިން ކުރާނީ ބައްޕަގެ ބިޒްނަސްއާ..” ނަރާން އަތް ހޫރަމުން ބުނެލިއެވެ. ނިހާން އޭނަގެ ދަރިފުޅުގެ ބޮލުގައި ފިރުމާލީ ލޯބިންނެވެ. “އަދި އާން.. ދަރިފުޅުމެން ގާތު ވާހަކައެއް ބުނަން ބޭނުން.. ނާރާ ޑޮކްޓަރަކަށް ވާން ބޭނުމޭ ބުނީ މައި ބައްޕަގެ ހިތައް އެރީ ޞިއްޙީ ފަރުވާދޭ ތަނެއް ހުޅުވަން.. އޭރުން ނާރާ އަށް ބައްޕަގެ ބިޒްނަސް އަށް ޖޮއިން ކުރެވުނީ އެއްނު؟ އެހެންނު؟ އެހެންވީމައި ބައްޕަ ބުނީ ކްލިނިކެއްހޭ ނޫނީ ހޮސްޕިޓަލެއްހޭ ރަނގަޅު ވާނީ.” ނިހާން އޭނާ ވަރަށް ކުރިން ކޮށްފައިވާ ޚިޔާލެއް ހުށައެޅިއެވެ. “ކްލިނިކެއް..” ނާރާ އާއި ނަރާން އެއްފަހަރާހެން މިހެން ބުނުމުން ދެމީހުން ބަލާލާފައި އަނގައަށް ވައްތަރެއް ޖައްސާލިއެވެ. ދެވަނަ މިނިޓުގައި އެންމެންވެސް ތިބީ ޕަކަޕަކަ ލާފައި ހޭންށެވެ. “މިހާރު ވާވަރަށް ހެވިއްޖެއެއްނު؟ ދެން އޯކޭ.. ކްލިނިކެއް މިހާރު ފައިނަލް.. އެކަމު ނަމެއް ފައިނަލް ކުރަމާ ހިނގާ!.” ނިހާން ތަނައް ސީރިއަސްކަން ވެރިކުރަމުން ބުނެލިއެވެ. “ބައްޕަގެ ކުންފުންޏާ ގުޅޭ ކޮއްމެ ނަމެއް އަޅުގަނޑު އޯކޭ..” ނާރާ ގަޑި ޖެހޭތީވެ މިހެން ކިޔާފައި ގޭޓުން ނިކުތްއިރު ނަޝާ އަރާ ހަމަވަނީ އެވެ. “އަނހާ.. ކަމަނާ ފާނު ހާދަ އަވަހަކަށް؟؟” ނަޝާ ކިޔާ އެއްޗަކަށް ރައްދެއްނުދީ ގޮސް ކުލާހަށް ވަދެ ހަމަޖެހިލިއިރު ބެލްޖަހަން އަދި ދިހަ މިނިޓު ވަރު ހުރިއެވެ.
***
“މަންމާ!!” ނާރާ ގެއަށް ވަތް ގޮތަށް ބާރަކަށް ނައިރާ އަށް ގޮވަންފެށިއެވެ. “ކިހިނެތްވީ އަނެއްކާ ނާރާ ތި މާބާރަށް ގޮވަނީ މަންމަ އަށް؟” ނައިރާ ސިޑިން ފައިބަމުން ހާސްކަންމަތީ ނާރާ ކުރެން އަހާލިއެވެ. “އެހާ ބޮޑު ކަމެއް ނުވޭ.. އާ ފްރެންޑެއް ލިބުނީމައި އުފަލުން..” ނާރާ މިހެން ކިޔާފައި ނައިރާގެ ކޮލައް ދޮނެއް ދީފައި މައްޗައް އަރައިގެން ދިޔައެވެ. ނައިރާ ހަނދާންވީ އޭނާގެ ފިރިމީހާ ނާޝިދުގެ މަތިންނެވެ. ނައިރާ ނާރާ އަށް ބަލިވެ އިންޖަން އިގުމުން ނާޝިދު ވެސް އުޅުނީ ހަމަ އެހެންނެވެ. ނައިރާ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި އިނގިލިން ފުހެލާފައި ހިނިތުން ވުމަކާ އެކީ ކާގެއަށް ކާން ހަދަން ވަދުނެވެ. އޭރު ނަރާންވީ ސްކޫލަށް ގޮހެވެ. ނިހާން އޮފީހުން އަންނަން ވާއިރަށް ނައިރާ އަށް ކާން ހެދުނީ ކިރިޔާ އެވެ.
***
ރައިހަން އަށް ގެއައް ގޮސްވެސް ވިސްނެނީ ހަމަ ނާރާ އާއި ދޭތެރޭ އެވެ. ނާރާ ކޮއްމެވެސް މީހަކާ ވައްތަރުހެން ހީވެއެވެ. އެއީ ކާކު ކަމެއް ސިކުނޑި އެއް ނުބުނެދިނެވެ. ހީވަނީ މަސައްކަތް ކޮށްގެން ހޯދާލީމައި ސިކުނޑި ބުނާނެހެންނެވެ. “މަންމާ..” ރައިހަން ކާމޭޒު ދޮށުގައި އިށީންނަމުން އޭނާގެ މަންމަ ރަހާނާ އަށް ގޮވާލިއެވެ. އޭރު ރައިހާގެ އިތުރުން އެދެކުދިންގެ ބައްޕަ ރުހާމް ވެސް އަތުވެއްޖެ އެވެ. “ދަރިފުޅާ ކިހިނެތްވީ؟” ރަހާނާ އަށް ވަގުތުން ރައިހަން އަށް ކޮއްމެވެސް ކަމެއްވެއްޖެކަން ނަގައިގަނެވުނެވެ. “އަނެއްކާ ސްކޫލުގެ ފުރަތަމަ ދުވަސް ދިޔަލެއް ސަކަރާތް ވީތާ؟” ރުހާމް ރައިހަން ފާޑަކަށް އިންނާތީވެ އަހާލިއެވެ. “މަންމާ!! މިއަދު ކުލާހުން ވަރަށް ދަންނަ ވައްތަރު ޖަހާ ކުއްޖެއް ފެނުނު.. ވިސްނާ ވިސްނާ ވެސް ނޭނގުނު ކާކާ ކަމެއް ވައްތަރީކީ އެއް.. އަންޝް ބުނި ނާރާ އޭ ކިޔަނީ.. ސިސީގެ ފްރެންޑެއް.. އަޅުގަނޑު މީ ހާފް މެލޭ ކުއްޖެކޭ ބުނީމައި އަންޝް ބުނި ނާރާގެ އަސްލު ބައްޕަ އަކީވެސް މެލޭ މީހެކޭ.. ކެންސާރ ބަލީގައި ނާރާ އަށް ފައިވް މަންތްސް ގައި ނިޔާވީ އޭ ވެސް.. ދެން އަޅުގަނޑު މިހެން ބުނީމައި ހީކުރީ މެލޭ އިން ފެނުނު ކުއްޖަކާ ވައްތަރީ ކަމައް..” ރައިހަން ބުނަން ނުބުނަން ކަހަލަ ގޮތަކަށް އިދެފައި ބުނެލިއެވެ. މިހެން ބުނާއިރަށް ރަހާނާ ތީހަމަ ތެދެއްހޭ އަހާލިިއެވެ. ރައިހަން ސާބިތު ކަންމަތީ ޔަޤީން ކަން ދިނެވެ. “ކޮންތާކުގައި އެގެ އިންނަނީ؟؟..” ރުހާމް ރައިހަން ކުރެއް އޮޅުން ފިލުވަން ބޭނުންވީ އެގެ އިންނަތެނެވެ. ރައިހަން ދެކޮނޑު އަރުވާލިއެވެ. ރަހާނާ ވަގުތުން މޯޅިވިއެވެ. “އަޅުގަނޑައް އިނގޭ..” ރައިހާ އޭނާ މިއަދު އައީ ނާރާ މެންނާއި އެއްކޮށް ކަމުން އެގެ އިންނަތަން ރައިހާ އަށް އިނގެއެވެ. “އެހެންވީމައި ބަރާބަރު ހަތަރެއްޖަހާއިރަށް ރެޑީވޭ ދާން…” މިހެންކިޔާފައި ރަހާނާ ވެސް ކާން ފެށިއެވެ. “މަންމާ އަނެއްކާ ކިހިނެތްވީ؟؟” ރައިހާ ހާސް ވެފައި އަހާލީ ކަމެއް ގޯސްހެން ހީވާތީ އެެވެ. ރަހާނާ އެގެއަށް ދިޔައީމައި އިނގޭނެއޭ ކިޔައިފައި ކެއުން ކުރިއަށް ގެންދިޔައެވެ. ރައިހާ އާއި ރައިހަން އިށް އިތުރަށް ސުވާލު ކުރާކަށް ނުކެރުނެވެ.
ރަހާނާ އާއިި ރުހާމްގެ ކައިވެންޏަކީ އެރޭންޖް މެރިއެޖް އެކެވެ،. ރަހާނާ ރުހާމް އާއި ކައިވެނި ކުރަން އެއްބަސްވީ ވަރަށް ބޮޑު މަޤްސަދެއް ގައެވެ،. އެއީ އޭނާގެ ބޭބެ ނާޝިދު ރާއްޖޭ މީހަކާއި އިިިނީ މައިންބަފައިންގެ ނުރުހުމުގައެވެ،. އޭނާ ރުހާމް އާއި އިނީ ރުހާމްގެ މަންމަގެ މަންމަ، ރުހާމްގެ މާމަ އަކީ ރާއްޖޭ މީހަކަށް ވުމުން ފަސޭހައިން އާދެވޭނެތީ އެވެ،. އެއީ ނާޝިދު ދިޔަތާ އެއްމަސް ފަހުންނެވެ،. އޭރު ރުހާމް ދެކެ ލޯބި ނުވިޔަސް ފަހުން ވިއެވެ،. އޭނާވެސް ބަހަނާއެއް ދައްކާފައި މާލެ ބަދަލުވީ އެވެ،. ސާދަ އަހަރު އެތާގައި އުޅެެެެެެެގެެން އެއްވެސް ކާމިޔާބީއެއް ނުލިބުމުން މިޓާމުގެ ކިޔެވުން މިރަށައް ބަދަލު ކުރީއެވެެ،. މިހާ އަވަހަށް ކުރިއެރުން ލިބޭނެކަން ކުރިން އިނގުނުނަމަ އެހާ ގިނަ ދުވަހުގައި މާލޭގައި މަޑު ނުކޮށް އައީހީ ސީދާ މިރށަށެވެ،. ނަމަވެސް ނަމައަކުން ކެކޭނެ ރިހައެއް ނޯންނާނެ އެވެ،.
ހަވީރު ހަތަރެއް ޖެހިއިރު ރަހާނާ އިނީ ރައިހަން އާއި ރައިހާގެ އިންތިޒާރުގައު ލިވިންގ ރޫމްގެ ސޯފާގައި އެވެ،. އޭނާގެ ކައިރީގައި ރުހާމް ވެސް އިނެވެ،. އިރުކޮޅަކުން ރައިހަން ނިކުމެއްޖެ އެވެ،. ނަމަވެސް އަދިވެސް ރައިހާ ނުނިކުމެއެވެ،. “މީވާ ވަރުގަދަމީހެއް،. ސިސީ ތަންކޮޅެއް އަވަސް ކޮއްލަބަ،. އައިމް ކިއުރިއަސް ޓުނޯ ވަޓް ވިލް ހެޕަން ނެކްސްޓް!!! އާރްގްހް!!!!!!” ރައިހަން ހިތާހިތުން ރައިހާ އަށް ކުދިކިޔަމުން ދިޔައެވެ،. “މަންމާާާ! ކިހިނެތްވީތަ އަސްލު” ރައިހާ އައިސް މަޑުކޮށްލަމުން ބުނެލިއެވެ،. ރަހާނާ ފަހުން ކިޔައިދޭނަމޭ ކިޔައިފައި ވާހަކަ ދާން ހިނގައި ގަތެވެ،.
ރަހާނާ އެގޭގެ ދޮރުމައްޗައް އަރައިފައި ބެލްޖަހާލިއެވެ،. އިރުކޮޅަކުން ހުޅުވާލީ އަންހެނެކެވެ،. ފެންނަން އިނީ ހަމައެކަނި ލޯކަމުން އެއީ ދީނައްް ލޯބި ކުރާމީހެއްކަން އިނގުނެވެ،. “ރަހާނާ!!” ކުރިމަތީގައި ހުރި މީހެއް ފެނުމުން ދެނެގަންނާކަށް ނައިރާއަކަށް އުނދަގުލެއް ނުވިއެވެ،.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




wow mi prt vx varah reethi…
when next..
Sorry dear.. I am waiting fr my laptop… my bro said he will give it so fr that dear
Thnx
Here is the 2nd prt of the story. Hope u all will enjoy this part.. sry fr the late update.. nxt prt on wed
إنشا ألله ?
…Waiting fr nxt
…Ma sha allah vrh rythi
????
Thnx v much kix.. next on wed insha allah
Wow it’s amazing and when is the next part?
Thanx umny nxt on Wed Insha Allah
Ehkahala nantha hureema v olhun eba araa
Sorry.. nxt stry ga ekan rangalhu kohlaanan insha allah?
Alhugandu laptop libunuhaa avahakah nxt prt up kohdheynan.. sry dear readers.. it’s not easy fr me to write on phn Cox I can’t get a right key board.. once again sorry
It’s okay A aaR ???
.އާ ވާހަކައެއްގެ ޓްރެއިލާ އާއި ތިން ވަނަ ޕާޓް ވާނީ ސަބްމިޓް ކުރެވިފައެވެ