އެދިގެން ތި ލޯތްބަށް 14
“ނާއިލް!” ނަރީމާ ނިކުންނަމުން ނާއިލްއަށް ގޮވާލުމުންވެސް ނާއިލް ނުނިކުތުމުން ނަރީމާ ނިކުތީ ނާއިލްގެ އަތުގައި ހިފައިގެންނެވެ.
“އޭރު ވީ ކަންތަކުގަ އިޝާމްގެ ކުށެއް ނެތް ކަން ނޭނގެނީ އަހަންނަށް އެކަނިތަ؟ އެހެންވެ ދޯ ތުއްތުބޭ އިޝާމްއާ ވާހަކަ ދައްކަން ފެށީ؟ އިޝާމް މި ގެޔަށް އަންނާތީ މަންމަމެންވެސް ރުޅި ނާންނަނީ؟ އެ ވަރު އަހަންނަށް ނުވިސްނުނީ ކީއްވެބާއޭ ހިތަށް އަރާ…” ދެ މީހުން އެކަނި ވުމުން ނައިހާ ބުންޏެވެ.
“ނާއިލް ކައިރީ އިސްރާ ބުނީ އަހަންނަށް ނުވެސް އެނގި. އަހަރެން ހުރީ އެކަކު ކައިރީވެސް ނުބުނަން. ނާއިލްއާ ފުރަތަމަ ދިމާވީ އިސްރާގެ ވެޑިންގއިން. އޭރުވެސް ނާއިލްއަކަށް ނޭނގޭ. އޭގެ ފަހުން އިސްރާ ބުނީ. އަހަރެން ނާއިލް ކައިރިން އެދުނިން ނައިއަށް ސިއްރު ކޮށްދޭން. އެހެންވެ އޭނަ ނުބުނީ. އެކަން އެނގިގެން ނައި ގިލްޓީ ފީލް ވާން އަހަރެން ބޭނުން ނުވީ އޭރު. އެކަމަކު މިހާރު ސިޗުއޭޝަން ތަފާތު ވީމަ ބުނީ، އެއްވެސް ކަމެއް ސިއްރު ކުރަން ދެން ބޭނުން ނުވާތީ” އިޝާމް ކިޔާދިނެވެ.
“އޭގެ ފަހުން އިޝާމް… މެރީ ކުރަން ހިތަކަށް ނާރާތަ؟ ނޫނީ… ގަރލްފްރެންޑެއް ހުރިތަ؟” ޖެހިލުންވެފައި އިނދެވެސް ނައިހާ ހިތަށް އައި ސުވާލު ކޮށްލިއެވެ.
“ނައިއާ ނޫނީ މެރީ ކުރާކަށް ދުވަހަކުވެސް ހިތަކަށް ނާރާ… ދެއަރ ވޯޒް ނޯ ވަން އާފްޓަރ ޔޫ…” ނައިހާގެ މޫނުގައި އަތް ޖައްސާލަމުން އިޝާމް ބުންޏެވެ.
“ކީއްވެ އަހަރެން ދެކެ ތިހާ ވަރަށް ލޯބިވަނީ؟” ނައިހާ އަހާލިއެވެ.
އިޝާމް ހީލާފައި ނޭނގެއޭ ބުނާ ފަދައިން ދެ ކޮނޑު ހިއްލާލިއެވެ.
ނައިހާ، އަނުމް ތައްޔާރު ކޮށްފައި ނޫރާ އަތަށް ދިނެވެ. އަދި އަވަސް އަވަހަށް އެއްޗެހި ބަދަލު ކޮށްލިއެވެ. ނައިހާއާ ނޫރާ ތިރިއަށް ފޭބި އިރު ނަޒްހާވެސް އައިސް ހުއްޓެވެ.
“އަނުމްވެސް މީ މޮޅު ކަންތައް ކޮށްލާ ކުއްޖެއް ދޯ؟ އެންމެ ފަހު ވަގުތު ވިއްޔަ މަންމި ގަޔަށާ އެކީ ހޮޑު ލީ” ނޫރާ އަތުން އަނުމް ނަގާ އުރާލަމުން ނަޒްހާ ބުންޏެވެ.
“ދެން ހިނގާ އަވަހަށް. އެ ޓެކްސީވެސް ނޭނގެ އަވަހަކަށް އަންނާނެ ކަމެއް” ހާސް ވެފައި ހުރި ނައިހާ ބޭރަށް ނިކުންނަމުން ބުންޏެވެ.
އެއީ އަނުމްއަށް ތިން މަސް ފުރުނު ދުވަހެވެ. ކޮންމެ މަހެއް ފުރޭ ދުވަހަކު އަނުމް ގޮވައިގެން ފޮޓޯ ނަގަން ދާ ހެން އެ ދުވަހުވެސް ތައްޔާރު ވީ ދިޔުމަށެވެ. ނަމަވެސް އަނުމްއަށް ހޮޑު ލެވުނީ ގެއިން ނިކުންނަން އުޅެނިކޮށެވެ. ލަސްވީ އަނުމްގެ އެއްޗެހި ބަދަލުކޮށް ނައިހާވެސް އެއްޗެހި ބަދަލު ކުރަން ޖެހުމުންނެވެ.
“އަދި ވަގުތުކޮޅެއް އެބަ އޮތޭ، ތިހާ ހާސް ނުވެބަލަ ނައި” ނަޒްހާ ބުންޏެވެ.
ފޮޓޯ ނަގައިގެން ނައިހާމެން ގެޔަށް އައި އިރު ނުސްރާއާ ޔުސްރާއާ ޔުސްރާގެ ދެ ކުދިން އައިސް ތިއްބެވެ.
“ޔުސްރާމެންތަ؟ އަޅެ މަންމަ ކީއްވެ ގުޅާ ނުލީ؟” އެ މީހުން ފެނުމުން ނައިހާ ބުންޏެވެ.
“އަދި ގިނަ އިރެއް ނުވޭ އެ މީހުން އައިތާ. ދެން ނައި ނެތަސް މަންމަ ސައިވެސް ދީފީމޭ” ހިނި އައިސްފައި ނަރީމާ ބުންޏެވެ.
“މިއަދު މީ އަނުމްއަށް މަސް ފުރޭ ދުވަސް ކަން ހަނދާން ނެތިފަ އަހަރުމެންވެސް ތިބީ. ގުޅާވެސް ނުލާ އާދެވުނީ އެހެންވެ” ޔުސްރާ ބުންޏެވެ.
“އޯކޭ ވާނެ. އަނުމް، ދޭބަލަ މާމަ ކައިރިއަށް” ނައިހާ، އަނުމް ނުސްރާގެ އުނގަށް ލިއެވެ.
އިރުކޮޅަކު ނައިހާ، ނުސްރާމެންނާ ވާހަކަ ދައްކަން އިނެވެ.
އެ މީހުން ދިޔުމުން ނައިހާ އަނުމް ގޮވައިގެން މައްޗަށް އެރިއެވެ. އަނުމް ނިންދެވުމަށް ފަހު ހަތަރު އަންހެން ކުދިން ވެގެން ބަދިގެއަށް ވަނީ، އެރެއަށް ކެއުމެއް ތައްޔާރު ކުރާށެވެ.
“ނައި، ޔާނިއުއަށް ގުޅާލައްޗޭ. ނާޔާ ސަޕްރައިޒް ކޮށްލަން” ސްޕެގެޓީ ކައްކަން އެއްޗެހި ކޮށަން ހުރި ނަޒްހާ، ސިއްރުސިއްރުން ނައިހާ ކައިރީ ބުންޏެވެ.
ނައިހާ ބޯ ޖަހާލާފައި ބަދިގެއިން ނިކުމެފައި ޔާނިއުއަށް ގުޅިއެވެ.
އަށެއް ޖެހި އިރަށް ހުރިހާ ކަމެއް ނިންމާފައި އެ ކުދިން ނިކުތް އިރު ޝާދުއާ އަދީމް ސިޓިންގރޫމްގައި ތިއްބެވެ.
“ނައި، އިޝާމް ކޮބާތޯ ބަލާބަލަ” ނަޒްހާ ބުންޏެވެ.
“އިޝާމް އައޭ، އެކަމަކު އޭނަ ހަމަ ވަން އިރަށް ނާއިލް ހިނގައްޖެ ކޮންމެސް އެއްޗެއް ގަންނަން އޭނަ ގޮވައިގެން” އެ ވަގުތު ތިރިއަށް ފޭބި ލައިލާ ބުންޏެވެ.
“އެހެންތަ؟ ކޮބާ ދޮންބެމެން؟” ނައިހާ މޭޒުމަތި ތައްޔާރު ކުރަން ހުރެފައި އެހިއެވެ.
“ދޮންބެމެންވެސް ވީ ބޭރުގަ. ބުނި އެހާ ލަސް ނުވެ އަންނާނަމޭ” ނާޔާ ބުންޏެވެ.
ނަޒްހާ ގޮވުމުން އާދިލްއާ ނަރީމާވެސް ކޮޓަރިން ނިކުތެވެ. ކުދިންނަށް ވުރެ ކުރިން ކައިގެން އެ ދެމީހުން ކޮޓަރިއަށް ވަނެވެ. ނާއިލްއާ އިޝާމް އައިސް ވަނީ އެ ވަގުތުއެވެ. އިރުކޮޅެއް ފަހުން ޔާނިއުވެސް އައެވެ.
“ދޮންބެދައްތަ އަންނާށޭ ބުނީ ކަމަކުތަ؟” ގޭތެރޭގައި މީހުން ގިނަ ވުމުން ދޮރުމަތީ މަޑު ކޮށްލާފައި ޔާނިއު އަހާލިއެވެ.
“ކަމަކު ނޫން. މިރޭ ސްޕެގެޓީ ކެއްކީމަ ޔާނިއު މަތިން ހަނދާން ވެގެން ގުޅާލީ ހަމަ. އާދޭ ކާން” ނައިހާ އައިސް ޔާނިއުގެ އަތުގައި ހިފައިގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ.
ޔާނިއު ފެނުމުން ނާއިލް ހިތްހަމަ ނުޖެހިފައި ނައިހާއާ ދިމާއަށް ބަލާލިއެވެ. އެކަން ފާހަގަ ވީ ނާއިލް ކައިރީ އިން ލައިލާއަށެވެ.
“އެއްޗެއް ނުބުނާތި! ޔާނިއު އައިސްގެން ނާއިލް ރުޅި އަންނަން ވީ އެއްވެސް ސަބަބެއް ނެތް” ލައިލާ މަޑުމަޑުން ބުންޏެވެ.
ނާއިލް ހަމަ އެކަނި ބޯޖަހާލިއެވެ. ނަމަވެސް ކައި ނިމުނު ގޮތަށް ނާއިލް ދިޔައީ މައްޗަށެވެ.
އިރުކޮޅެއް ނުވެ އަނުމް ހޭލުމުން ނޫރާ މައްޗަށް ދިޔައީ ނައިހާ ކާން އިނުމުންނެވެ. އަދީމްވެސް ނޫރާއާ އެކު ދިޔައެވެ.
“ޔާނިއު، އަނުމް އެ ހޭލީ، މި ވަގުތު އޭނަ އުރާލެވޭނީ، ދޭބަލަ މައްޗަށް. ނާޔާ، ދޭބަލަ ޔާނިއު ގޮވައިގެން” ކައި ނިމިފައި ތިބި ނާޔާއާ ޔާނިއުއަށް އެހެން މީހުންނާ ވަކިވެލާނެ ފުރުސަތެއް ދެމުން ނައިހާ ބުންޏެވެ.
ނާޔާ ރަކިވެފައި ހުރެގެން ޔާނިއު ގޮވައިގެން މައްޗަށް ދިޔައެވެ.
ނާޔާއާ ޔާނިއު ދިޔަ އިރު އަނުމްއަށް ބުއްފުޅި ދޭން ނޫރާ އިނެވެ. އަނުމް ބުއްފުޅި ބޮއެ ނިމުމުން ނޫރާ ޔާނިއު އަތަށް އަނުމް ދީފައި ތެދުވިއެވެ.
“ދެން ޔާނިއުއާ ނާޔާއާ އަނުމް ހަވާލު. ތިއްތަމެން މި ނިކުތީ” ނާޔާއާ ދިމާއަށް އެއްލޯ މަރާލަމުން ނޫރާ ނިކުތެވެ.
ނޫރާ އަދީމްގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
“މިހާރު އަދީމް މާ ބިޒީކޮށް ތި އުޅެނީ. މެލޭއަށް ދިޔަ ފަހުން އަދި ތި އާދެވުނީ އެންމެ ދެ ފަހަރު” އަދީމްއާ އެކު ސޯފާގައި އިށީންނަމުން ނޫރާ ޝަކުވާ ކޮށްލިއެވެ.
“އަދި ދުވަސްކޮޅަކު މިހެން އުޅެލާފަ ފްރީ ވާނެ. އޭރުން ނޫރާ ކައިރިއަށް އަންނާނަން ކޮންމެ ރެއަކުވެސް. އޯކޭއެއްނު؟” ނޫރާ ގައިގައި ބައްދާލަމުން އަދީމް ބުންޏެވެ.
“އަދި ކިހާ ދުވަހެއް؟” ނޫރާ އަހާލިއެވެ.
“އަދި ވާނެ އެންމެ މަދު ވެގެންވެސް ދެ މަސް ވަރު. އޭރުން ނިމުނީ” އަދީމް ބުންޏެވެ.
“އެ ވަރު މާ ލަސް” ނޫރާ އަދީމްގެ ގައިގައި ލެނގިލިއެވެ.
“އެހެން ވީމައޭ އަހަރެން މި ބުނަނީ މެރީ ކުރަން ހިނގާށޭ. އޭރުން މުޅި ދުވަހު ނުފެނި ހުއްޓަސް ރޭގަނޑު ދެ މީހުންނަށް އެކީގަ ސްޕެންޑް ކޮށްލެވޭނެއެއްނު” ނޫރާގެ އުނަގަނޑުގައި ހިފާ އުފުލާލާފައި ގެނެސް އުނގުގައި ބައިންދަމުން އަދީމް ބުންޏެވެ.
“ދެން… އަބަދު ބުނާނެ އެހެން” ނޫރާ އަދީމްގެ މޭގައި މަޑުމަޑުން ޖަހާލިއެވެ.
“އެހެންނެއްނު ބުނާނީ؟ އޭރުންނެއްނު އަހަރެން ބޭނުން ގޮތެއް ނޫރާއަށް ހަދާލެވޭނީ؟” ނޫރާގެ ކަންފަތް ކައިރީގައި އަދީމް ތުންފަތް ޖައްސާލިއެވެ.
“އަދީމް…” ނޫރާ އަދީމް ގައިގައި ބައްދާލަމުން ގޮވާލިއެވެ.
ނާޔާ އަނުމް ނިންދަވާފައި އެނދުގައި ބާއްވާފައި ސޯފާގައި އިން ޔާނިއު ކައިރީ އިށީނެވެ.
“އަނުމް ކައިރިއަށޭ ކިޔާފަވެސް ޔާނިއު ތަންކޮޅެއް ގިނައިން އަންނަ ނަމައެއްނު؟ ދޮންތަ ގުޅިއްޔާ ނޫނީ ޔާނިއު ނުވެސް އަންނާނެ” ނާޔާ ބުންޏެވެ.
“ނުކެރޭނެއެއްނު އެހެން އަންނާކަށް. ދޮންބެދައްތަ ވަރަށް އަންޑަސްޓޭންޑިންގއޭ އަސްލު. އަހަންނަށް އެނގޭ ނާޔާއާ މީޓް ކޮށްލާނެ ޗާންސެއް ދޭން ކަން އަހަރެން ކައިރީ އަންނާށޭ ބުނަނީ. އެކަމަކު މިރޭ ނޫނީ މިހެން އެކަނި ތިބެލާނެ ޗާންސެއް ނުލިބޭ ދޯ؟” ޔާނިއު ނާޔާގެ އަތުގައި ހިފާލިއެވެ.
ނާޔާއާ ޔާނިއުގެ ގުޅުމަށް ހަމަސް ވެފައި ވީ ނަމަވެސް އެ ނޫނީ ދެ ކުދިން އެކަނި ބައްދަލު ވެފައެއް ނެތެވެ. ފަސްޖެހިފައި ޔާނާއަށް އިނދެވުނީ އެހެންވެއެވެ.
“ބިރުންތަ ތީނީ؟” ޔާނާ މާ މަޑުން އިނުމުން ޔާނިއު އަހާލިއެވެ.
“ނޫން…” ޔާނާ ޖަވާބު ދިނެވެ.
“އަސްލު މިހެން އެކަނި ޔާނާއާ މީޓް ކޮށްލެވޭތޯ ހުންނަތާ ކިހާ ދުވަހެއް؟” ޔާނިއު ބުނެލިއެވެ.
“ކީއްވެ؟” ހިތުގެ ވިންދު އަވަސް ވެގެން ދިޔުމާއެކު ނާޔާއަށް އަހާލެވުނެވެ.
ޔާނިއު ނާޔާއާ ކައިރިއަށް ޖެހިލާ އެއް އަތް ނާޔާގެ މޫނުގައި ޖައްސާލިއެވެ. ނާޔާއަށް އެ ވަގުތު ލޯ މަރާލެވުނެވެ.
އެ ރީތި މޫނަށް އެހާ ގާތުން ބަލާލަން ލިބުމުން ޔާނިއު ބޭނުން ވީ އެހެން އިންނާށެވެ. ނަމަވެސް ނާޔާ އެ ވަގުތު ލޯ ހުޅުވާލާފައި ދުރަށް ޖެހިލަން އުޅުނެވެ.
“ނާޔާ…” ޔާނިއު ޔާނާގެ އަތުގައި ހިފާ އިތުރަށް ކައިރިއަށް ދަމާލިއެވެ. އަދި ދެ އަތުން ނާޔާގެ މޫނުގެ ދެ ފަރާތުން ހިފަހައްޓާލިއެވެ.
“ޔާނިއު…” ނާޔާއަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ޔާނިއު ކައިރި ވެލަމުން ޔާނާގެ ތުންފަތުގައި ބޮސްދިނެވެ. އިރުކޮޅެއް ފަހުން ދުރު ވެލާފައި ޔާނިއު ނާޔާގެ މޫނަށް ބަލާލީ އެ ކަމާ ނާޔާ ނުރުހުން ވެދާނެ ކަމަށެވެ. ނަމަވެސް އެފަދަ ކުލައެއް ނާޔާގެ މޫނުން ނުފެނުމުން ޔާނިއު އަނެއްކާވެސް ކައިރިވެލިއެވެ. އެ ފަހަރު ނާޔާވެސް ދެ އަތުން ޔާނިއުގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
ކޮޓަރީގައި އޮވެފައި ނާއިލް ބޭރަށް ނިކުތީ ލައިލާ ނައިސް ލަސް ވެގެންނެވެ. ނައިހާގެ ކޮތަރި ދޮރާ ހަމަވެފައި ނާއިލް، އެއްކޮށް ނުލެއްޕި ހުރި ދޮރުގައި ހިފާ ބޮދަށް ހުޅުވާލަމުން ވަނީ އަނުމް ހޭލިތޯ ބަލާލާށެވެ. ނަމަވެސް އެތެރެއިން ފެނުނު މަންޒަރުން ނާއިލް ފުރަތަމަ ހައިރާން ވި ނަމަވެސް، ދެވަނަ ސިކުންތުގައި އައީ ރުޅިއެވެ.
“ނާޔާ!”
ނާއިލްގެ އަޑަށް ސިހިފައި ނާޔާއާ ޔާނިއު ދުރަށް ޖެހުނެވެ. ނާއިލް ބަލަން ހުރި ގޮތުން ނާޔާއަށް އަދިވެސް ފަހަތަށް ޖެހިލެވުނީ ނާއިލް ރުޅި އައިސްފައި ހުރި ވަރުންނެވެ.
ނާއިލް އައި ގޮތަށް އައިސް ނާޔާގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ގޮސް ސިޑިން ފޭބިއެވެ.
ނާއިލް ނާޔާގެ ނަމުން ގޮވާލި އަޑަށް ކޮޓަރީގައި ތިބި އަދީމްއާ ނޫރާވެސް ނިކުތެވެ. ނާޔާގެ އަތުގައި ހިފައިގެން ނާއިލް ދިޔަ ގޮތުން އެ ދެމީހުންނަށްވެސް ވީ ގޮތް ވިސްނައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ޔާނިއުއާ އެކު އަދީމްއާ ނޫރާވެސް ސިޑިން ފޭބިއެވެ.
ސިޓިންގރޫމްގައި ތިބި ނަޒްހާއާ ނައިހާއާ ލައިލާއާ ޝާދުއާ އިޝާމްއަށް އެ މަންޒަރު ފެނުމުން ހައިރާންވެފައި ބަލަން ތިއްބެވެ. ނައިހާއާ ނަޒްހާ އެކަކު އަނެކަކަށް ބަލާލީ، ވެގެން އުޅޭ ގޮތް އަންދާޒާ ކޮށްލެވުމުންނެވެ.
ނަވާފްއާ ޝާލިޔާ އައިސް ވަނީ އެ ވަގުތުއެވެ.
“މަންމާ!” ސިޑިގެ އެންމެ ތިރިއަށް ފައިބާފައި ނާއިލް ބާރަށް ގޮވާލިއެވެ.
“ކިހިނެއް ވީ؟” ނާއިލްގެ އަޑަށް ކޮޓަރިން ނިކުތް ނަރީމާ އަހާލީ ނާއިލްއާ ނާޔާ ތިބި ގޮތުންނެވެ.
“ވެގެން އުޅޭ ގޮތް މީނަ ކައިރިން އަހާބަލަ!” ނާޔާގެ އަތުގައި ހިފާ ނަރީމާއާ ދިމާއަށް ކޮއްޕާލަމުން ނާއިލް ބުންޏެވެ. ރޮވިފައި ހުރި ނާޔާ އެ ދިޔަ ގޮތަށް ގޮސް ނަރީމާގެ ފައި ކައރިއަށް ވެއްޓުނެވެ.
“ނާއިލް ފުރަތަމަ ތި ރުޅި މަޑުކޮށްބަލަ!” ނާޔާ ކައިރިއަށް ތިރިވެލަމުން ނަރީމާ ބުންޏެވެ.
“މަންމައަށް އެނގޭތަ މީނަ އުޅޭ ގޮތް؟” އައިސްފައި ހުރި ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ނާއިލް އަހާލީ ނާޔާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުންނެވެ.
ނާއިލްއާ ދިމާއަށް ލޯ އަޅާލަމުން ނަޒްހާ ގޮސް ނާޔާގެ އަތުގައި ހިފާ ނެގިއެވެ. އެއާއެކު ބާރަށް ރޮވުނު ނާޔާ، ނަޒްހާ ގައިގައި ބައްދައިގަތެވެ.
“ނާއިލް، އިހަށް ރުޅި މަޑުކޮށްބަލަ!” ނާއިލްގެ ކޮނޑުގައި އަތް ޖައްސާލަމުން އެހެން ބުނީ ނަވާފްއެވެ.
“ރުޅި މަޑެއް ނުވާނެ. ދޮންބެއަށް އެނގޭތަ؟ ނާޔާ އުޅެނީ ޔާނިއުއާ ރައްޓެހި ވެގެން. ދެންމެ އަހަރެން ދިޔަ އިރު…” އެ ހިސާބަށް ބުނެފައި ނާއިލް ހުއްޓާލިއެވެ.
ނޫރާއާ އަދީމްގެ ފަހަތުން ސިޑިން ފޭބި ޔާނިއު އިސް ޖަހައިގެން ހުއްޓެވެ.
އެ ވާހަކައިން ސިހުނީ ނަވާފްއާ ޝާލިޔާއާ ނަރީމާއެވެ. އެހެން މީހުންނަށް އެއީ އާ ޚަބަރެއް ނޫނެވެ.
“ތުއްތުބޭ. މައްސަލައެއްތަ އަހަރެން ޔާނިއުއާ ރައްޓެހި ވުން އެއީ؟” ނަޒްހާގެ ކޮނޑުން ބޯ ހިއްލާލާފައި ނާޔާ އަހާލިއެވެ.
“އާނ، މައްސަލައެއް އެއީ. ނާޔާއަށް ނޭނގުނަސް އަހަންނަށް އެނގޭ އެއީ މައްސަލައެއް ކަން. އެއީ ކޮން ކަހަލަ ބައެއް ކަން އަހަންނަށް އެނގޭތީ މި ބުނަނީ” ނާއިލް ބުންޏެވެ.
އެ ވަގުތު ނައިހާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެންމެންގެ ކުރިމަތީ ހުރިހާ ވާހަކައެއް ނާއިލް ބުނެފާނެ ހެން ހީވެ ނައިހާ ބޭނުން ވީ ނާއިލް ހުއްޓުވާށެވެ.
“ތުއްތުބޭ…” ނާއިލްއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ނައިހާ ގޮވާލިއެވެ.
“ހެޔޮ ނައި! މިހާރު މާ މައްޗަށް މި ދަނީ. ދެން ނުބުނެ ނުހުރެވޭނެ. މިހާރު އެންމެންނަށް އެނގެން ވެއްޖެ” ނާއިލް ބުންޏެވެ.
ނޫރާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ހުރިހާ ކަމެއް ނާއިލްއަށް އެނގޭކަން ވިސްނުމުންނެވެ. އަދީމްއާ ދިމާއަށް ބަލާލެވުނީ، ނޫރާ ނުބުނެ ހުއްޓާ އެހެން މީހެއްގެ ފަރާތުން އަދީމްއަށް އެ ކަން އެނގިދާނެތީއެވެ.
“މަންމައަށް އެނގޭތަ ނައިހާ އެންމެ ފަހުން ޔަޒާން ކައިރިން ވަރިއަށް އެދުނީ ކީއްވެގެން ކަން؟ އެއީ ކިހާ ވަރެއްގެ މީހެއް ކަން؟ އެ ޔަޒާން އުޅުނީ ނޫރާގެ ފަހަތުން” ނާއިލް ބުނެލިއެވެ.
އެއާއެކު މުޅި ތަން އެކީ ހިމޭން ވެގެން ދިޔައެވެ. ޔާނިއުއަށް ނާއިލްއާ ދިމާއަށް ބަލާލެވުނީ އެ އިވުނު އަޑާ މެދު ޝައްކުވެ ހުރެއެވެ.
ނާއިލް އެހެން ބުނުމާ އެކު ނައިހާ އިސް ޖަހާލިއެވެ.
“ނުވާނެ އެހެންނެއް!” ނަރީމާއަށް ބުނެވުނެވެ.
“މަންމައަށް ގަބޫލު ނުކުރެވެންޏާ އަހާބަލަ ނައިހާ ކައިރީ. ނޫނީ ނޫރާ ކައިރީ އަހާބަލަ. އެހާ ގޮތް ކުޑަ މީހެއް އެ ޔަޒާން އަކީ. އެ ވަރުގެ ބައެއްގެ ތެރެއަށް ވަންނަން އަނެއްކާ މި ނާޔާ މި އުޅެނީ” އަދިވެސް ރުޅި މަޑު ނުވެ ހުރި ނާއިލްއަށް ނާޔާއާ ދިމާއަށް ފިޔަވަޅެއް އަޅާލެވުނެވެ.
“ނައިހާ، ތެދެއްތަ އެއީ؟” ނަރީމާ ނައިހާއަށް ބަލާލަމުން އެހިއެވެ.
ނައިހާ އެއްޗެއް ނުބުނެ ހުއްޓެވެ.
“އަހަރެން ސުވާލެއް އެބަ ކުރަމޭ ނައިހާއާ. ޖަވާބު ދީބަލަ” ނައިހާ ކައިރިއަށް ގޮސް ނައިހާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ނަރީމާ ބުންޏެވެ.
ދެންވެސް ނައިހާ ޖަވާބެއް ނުދިނެވެ.
“ނޫރާ ބުނެބަލަ” ނަރީމާ ނޫރާއާ ދިމާއަށް އެނބުރުނެވެ.
އިސްޖަހައިގެން ހުރި ނޫރާ އެހެން ހުރެފައި ބޯ ޖަހާލިއެވެ.
އަދީމްއަށް އެ ވަގުތު ނޫރާއާ ދިމާއަށް ބަލާލެވުނީ ގަބޫލު ނުކުރެވިފައެވެ. އެ ވަރުގެ ކަމެއް ހިނގާ ދިޔަ އިރު ނޫރާ އަދީމް ގާތު އެއްވެސް އެއްޗެއް ނުބުނެއެވެ. އެއާއެކު އަދީމް ހަނދާން ވީ ކޮލެޖް ކައިރިން ޔަޒާންގެ މޫނުގައި ނޫރާ ޖެހި ދުވަހެވެ. ޔަޒާން ނޫރާގެ ފަހަތުން އުޅުނު ނަމަވެސް ނޫރާ ޔަޒާންއާ މެދު އެ ފަދަ ގޮތަކަށް ނުދެކޭ ކަން އަދީމްއަށް ޔަގީން ވެއެވެ. ޝައްކެއް ވީ ނަމަވެސް އެ ދުވަހު ފެނުނު މަންޒަރުން އެ ޝައްކު ފިލީހެވެ. ނަމަވެސް އަދީމްއަށް ބަލައިނުގަނެވުނު ކަމަކީ ނޫރާ އެ ވާހަކަތައް އަދީމްއާ ހިއްސާ ނުކުރިކަމެވެ.
“ނާއިލްއަށް އެނގުނީ ކިހިނެއް؟” ނަރީމާ އަހާލިއެވެ.
“އަހަންނަށް އެނގުނީ އަނުމްއަށް ނަން ކީ ދުވަހުގެ ރޭ” ނާއިލް ބުންޏެވެ.
“ތި ވަރުގެ ކަމެއް ވިއްޔާ ނަޒްހާއާ ނާޔާއަށްވެސް ނޭނގިއެއް ނޯންނާނެ. ބުނެބަލަ، އެނގޭ ދޯ؟” ނަރީމާ އަހާލިއެވެ.
ނަޒްހާއާ ނާޔާ ބޯ ޖަހާލިއެވެ.
“އެކަން އެނގި ހުރެ ނާޔާ ޔާނިއުއާ ރައްޓެހިވީ އިރަކު ނޭނގޭތަ އެއީ ކޮން ކަހަލަ ބައެއް ކަމެއް؟ އެއްބަނޑު އެއްބަފާ ދައްތަގެ ދިރުއުޅުން ހަލާކު ކޮށްލާފަ، އަނެއް ދައްތައާ ދިމާކޮށްލާފަ ހުރި މީހެއް އެ ޔަޒާން އެއީ. އެ ވަރުގެ މީހެއްގެ ކޮއްކޮ ނޫން މީހަކު ނާޔާއަށް ނުފެނުނީތަ ރައްޓެހި ވާން؟” ނާޔާގެ ކުރިމައްޗަށް އައިސް ހުއްޓެމުން ނާއިލް އެހިއެވެ.
“އެކަމަކާ ޔާނިއުއަކާ ކޮން ކަމެއް؟ އެކަކަށްވެސް އެކަމާ ޔާނިއުއާ ދިމާއަކަށް އެއްޗެއް ނުބުނެވޭނެ. ތުއްތުބޭވެސް އެކަމާ ޔާނިއުއާ ދިމާއަށް އެއްޗެހި ކިޔާކަށް ނުޖެހޭ” އިސް އުފުލާ ނާއިލްއާ ދިމާއަށް ބަލާލަމުން ނާޔާ ބުންޏެވެ.
ނާއިލް އަތް ހިއްލާލަމުން ނާޔާގެ ކޯމަތީ ޖެހިއެވެ.
“ނާޔާއަށް އަނިޔާ ނުކުރިޔަސް، ވާހަކަ ދައްކައިގެން މި ކަން ހައްލު ކުރެވިދާނެ” ނާއިލް ނާޔާ ގައިގައި ޖެހުމުން، އެ ވަގުތާ ހަމައަށް ހިމޭނުން ހުރި ޔާނިއުއަށް ބުނެވުނެވެ.
“ޔާނިއުއާ ބެހޭ ކަމެއް ނޫން މިކީ” ނާއިލް ބުންޏެވެ.
“އަހަންނާ ނާޔާގެ ވާހަކަ ދޯ މިތާ މި ދެކެވެނީ؟ އެހެން ވީމަ އަހަންނާވެސް އެބަ ބެހޭ. އަހަންނާ ހެދި ނާޔާއަށް އެއްވެސް އަނިޔާއެއް ވާކަށް ބޭނުމެއް ނޫން. ދޮންބެ ނޫރާގެ ފަހަތުން އުޅުނު ކަމެއް އަހަންނަކަށް ނޭނގެ. ދޮންބެ ކަންތައް ކުރީ ރަނގަޅަކަށް ނޫން ކަމަށް އަހަރެންވެސް އެއްބަސް ވަން. އެކަމަކުވެސް ދޮންބެ ކުރި ކަމެއްގަ އަހަރެންގެ ކުށަކީ ކޮބާ؟
އަހަރެން ވަރަށް ލޯބިވޭ ނާޔާ ދެކެ. އެކަމަކު ނާޔާގެ އާއިލާއާ ދެކޮޅަށް މި ގުޅުން ކުރިއަށް ގެންދާކަށް ނެތިން. އަހަންނާ ހެދި ނާޔާގެ އާއިލާއާ ނާޔާގެ މެދުގަ މައްސަލައެއް ޖެހޭކަށް ބޭނުމެއް ނޫން. ދެން ހަދާނެ ގޮތެއް އެނގޭނީ ނާޔާއަށާ ނާޔާގެ އާއިލާއަށް” އެ ވަރަށް ބުނެފައި، ނާޔާއާ ދިމާއަށް ބަލާލާފައި ޔާނިއު އެ ގެއިން ނިކުތެވެ.
“ނާޔާ ދެން ޔާނިއުއާ ވާހަކަ ދެއްކި ކަން އެނގިއްޖެއްޔާ ދެވަނަ ދުވަހަކު ވާހަކަ ނުދެއްކޭ ވަރު ކުރާނަން ދެ މީހުންނަށްވެސް. ނާޔާ އެކަން ހަނދާން ކުރާތި!” ނާޔާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނެފައި ނާއިލް ދުވެފައި ސިޑިން އެރިއެވެ.
ނާއިލްގެ ފަހަތުން ލައިލާވެސް ދިޔައެވެ. ނާޔާއާ ހަމަ ވުމުން މަޑުކޮށްނުލާ ނާޔާގެ އަތުގައި ލައިލާ ހިފާލިއެވެ.
“މަންމާ، ކޮންމެ ގޮތެއް ހަދާފަ ވިޔަސް ޔާނިއު މި ގެޔަށް އައުން މަނާ ކުރޭ. އެހެން ނޫނީ ނާއިލް ކޮންމެ ކަމެއްވެސް ކޮށްފާނެ” ތަނުގައި އޮތް ހިމޭން ކަން ނަގާލަމުން އެހެން ބުނީ ނަވާފްއެވެ.
“ޔަޒާން ކުރި ކަމަކުން ކީއްވެތް އެންމެން ޔާނިއު ކުށްވެރި ކުރަނީ؟ މި ހުރިހާ ކަމެއްގަ ޔާނިއުގެ ކުށެއް ކޮބާތަ؟ ކީއްވެ އޭނަ މި ގެޔަށް އައުން މަނާ ކުރަން ވީ؟ ކީއްވެ ނާޔާއަށް އޭނަޔާ ވާހަކަ ނުދެއްކެންވީ؟” އެ އިންސާފެއް ނެތް ނިންމުން ގަބޫލު ނުކުރެވިފައި ނައިހާ އެހިއެވެ.
“ނާޔާއާ އެއްކޮޅަށް ވަކާލާތު ނުކުރިޔަސް ހެޔޮ. ނާޔާ، ކޮޓަރިއަށް ދޭ” ކަންތައް ވީ ގޮތުން ރުޅި އައިސްފައި ހުރި ނަރީމާ ބުންޏެވެ.
އެއާއެކު ނާޔާ ރޮމުން ދުވެފައި މައްޗަށް އެރިއެވެ.
“ތެދެއް މަންމާ. ޔަޒާން ކުރި ކަމެއްގެ އަދަބު ކީއްވެ ނާޔާއާ ޔާނިއުއަށް ދޭންވީ؟” މަޑުން ނުހުރެވިގެން ނަޒްހާ އެ ވަގުތު އެހިއެވެ.
“މި ރެއަކު ތި ވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން. ނަޒްހާއާ ނައިހާއަކަށް ނޫން ނާޔާގެ ކަންތައް ނިންމަން ޖެހޭ ގޮތް އެނގޭނީ. އަހަރުމެންނަށް ނާންގާ، އަހަރުމެންގެ ލަފާ ނާހާ ކަންތައް ކުރީމަ ވާ ގޮތް ނައިހާއަށް އެނގިފަ އޮންނާނީ. އެވަރު ނުވިސްނިގެން ދެން ތިބި މީހުން މި އުޅެނީ” ނަރީމާ ހިތްހަމަ ނުޖެހިފައި ހުރި ވަރުން ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.








Hi all. Miothy part 14. Hope rythi vaane kamah. Plz leave a comment after reading ingey. Part 15 on Sunday. ❤️❤️
Vhara sali mi baa ves☺️?
Thank u
Wow???varah reethi mi part vx❤❤❤yaaniu and naayaa ah evee haadha dhera gothekey dhw..
Waiting for next part??
Thank u
Varah reethi mi part vx….whn nxt waiting….
Thank u
Alhyy ehn hadhaakah nuvaane nun ….. anyways story varah reethi ???? curiously waiting for the next part ????? lysm ????❤️❤️❤️❤️❤️
Thank u
Story v v v reethi….. Nd speechless vejjeh …….. Waiting 4 nxt part
Thank u
Wow…….. Varah reethi mi part vx……….. When next part………
Thank u
Maasha Allah Hama habeys..???????….. Waiting fr nxt..?????…. part LYSM marsha sissy….????…
Thank u
Varah❤❤❤ varah❤❤ varah ❤❤❤reethi❤❤❤maa sha Allah ❤❤❤curiously ❤waiting for ❤❤the ❤❤❤next❤❤ part.❤❤❤
Thank u