Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގިހުރެ ވެވުނު ލޯބި (10 ވަނަބައި)

YoonnaL Level 110 Stories
November 20, 2019 6 Mins Read
16 Comments

ސާއިލާ އިކާން އާއި އިކާންއަށް ކަމުދާ ފަދަ އަންހެން ކުއްޖަކާ ދިމާވިތޯ ސުވާލުކުރުމުން އިކާން ކޮންމެފަހަރުކުވެސް އަދި އިކާންގެ ހަޔާތަށް އެފަދަ ކުއްޖެއް ނާންނަ ކަމަށް ބުނާތީވެ އިކާންގެ ހަޔާތަށް ރަނގަޅު އަންހެންކުއްޖެއް އައުމަށް އެދި ސާއިލާ އަބަދާއި އަބަދު ކޮންމެ ނަމާދަކަށްފަހު ކުރާ ދުޢާގައި ހިމެނޭއިރު އައިޒަންއާއި އަވަސް ގޮތަކަށް ބައްދަލުވުމަށް އެދިވެސް ދުޢާ ކުރެއެވެ. ސާއިލާ އަށް އޭނާގެ ބަނޑުަގއި އައިޒަންގެ ނިޝާނެއް އުފެދެމުންދާކަން އެނގިގެން ދިޔަ ހިނދުކޮޅު އައިޒަންއާއި ވަގުތުން ބައްދަލުކުރަން ސާއިލާ ބޭނުންވިނަމަވެސް އޭނާގެ ބަނޑުގައި ވި ދަރިފުޅަށް ގެއްލުމެއް ވެދާނެތިން ދަރިފުޅު ދުނިޔެއަށް އަންނަންދެން އައިޒަންއާއި ބައްދަލުކުރަން އެނބުރި ރާއްޖެ ދެވޭކަށް ނެތެވެ. އަނުމްއާއި ފަތުހީ މަތިންވެސް ސާއިލާ ވަރަށް ހަނދާން ވެއެވެ. ސާއިލާއަށް އެނގެނީ ހަމައެކަނި އައިޒަންގެ ނަމްބަރު ކަމުން އައިޒަންއަށް ގުޅަންއުޅުން ނަމަވެސް އައިޒަންގެ އެނަމްބަރަކީ މިހާރު ބޭނުންނުކުރާ ނަމްބަރަކަށް ވުމުން އެކަންކުރުންވެސް ސާއިލާއަށް ވީ ނުކުޅެދިފައެވެ. އެހެންނަމަވެސް ސާއިލާގެ އުންމީދަކީ އަވަސް މުސްތަޤްބަލެއްގައި އައިޒަންއާއި ބައްދަލުވުމެވެ.

އިކާން ސާއިލާ ގާތުގައި ގޭގައި ކުރަންހުންނަ މަސައްކަތްތައް ނުކުރަމަށާއި ކައްކާ ނުހެދުމަށް ބުނިނަމަވެސް ސާއިލާ ބައެއްފަހަރު ކައްކާ ގޭގައި ހުންނަ ބައެއް ކުދިކުދި ކަންތައްތައް ކޮށްލާ ހަދާލައެވެ. އެހެންނަމަވެސް އިކާން ގޭގައި ހުންނަ ދުވަހެއްގައި އަދި ހޮސްޕިޓަލަށް ދިޔުމުގެ ކުރިންނާއި ހޮސްޕިޓަލުން ގެއަށް އައިސްވެސް ސާއިލާއަށް އެހީވުމުގެ ގޮތުން ކުރަން ހުންނަ ކަންކަން ކޮށް އުޅެއެވެ. އާދައިގެ މަތިން މިއަދުވެސް ހެނދުނު ސާއިލާއާއި އެކު ނާސްތާ ކުރުމަށްފަހު އިކާން ހޮސްޕިޓަލަށް ދިޔައީ ހަމަ ބަރާބަރު ގަޑިއަށެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ވެގެންދިޔައީ އިކާންގެ ގާތަށް ފަރުވާ ހޯދަން އެތަށް ބަޔަކު އައި ދުވަހަކަށެވެ. ޑިއުޓީ ނިމެން އުޅެނިކޮށް އެންމެފަހުން އިކާންގެ ގާތަށް އައީ މާއިން ނަމަކަށް ކިޔުނު ރާއްޖެ ކުއްޖެކެވެ. މާއިންއަކީ ރާއްޖެ ކުއްޖެކަން އިކާންއަށް އެނގޭތީވެ އިކާންގެ ގާތަށް މާއިން އައުމުން އިކާން މާއިންއާއި އެކި ކަހަލަ ސުވާލުތައް ސީދާ ދިވެހި ބަހުން ކުރަން ފެށުމުން މާއިންއަށް ގޮސްލާ ރޮވެން ފެށުނެވެ. އިކާން އަވަހަށް އޭނާގެ ޑެސްކުމަތީގައި ހުރި ޓިޝޫފޮށި މާއިން އާއި ކައިރި ކޮށްލަދިނުމަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ އިނީ މާއިން ހަމައަކަށް އެޅިލަންދެންނެވެ. މާއިންގެ އެރީތި ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އޭނާ ރޮއެ ރޮއެ ފައި އޭނާއަށް ދިމާވެފައިވި ކަންތައްތައް ކިޔައިދެމުންދިޔައިރު އިކާން އިނީ އެއްވެސް އެއްޗެއް ނުބުނެ މާއިން ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑު އަހާށެވެ.

*

އަހަންނަކީ މަންމައެއް ބައްޕައެއް ނެތް ކުއްޖެއް. އަސްލު މަންމައާއި ބައްޕަވެސް ތިބޭނެ. އެކަމް އަހަންނަށް ހަތް އަހަރުގައި މަންމައާއި ބައްޕައަށް އަަހަރެން ބޮޑު ބުރައަކަށް ވެގެން އަހަރެން ޖެންޑާ ކައިރިއަށް އެއްލާލުމަށްފަހު ފިލީ. ދެން އޭގެ ފަހުން އަހަރެން ބެލީ ޖެންޑާއިން. އެހެންނަމަވެސް އަހަންނަށް އަށާރަ އަހަރު ވުމުން މީގެ ހަތަރު އަހަރު ކުރިން ޖެންޑާއިން އަހަރެން ދެން ނުބަލާނެ ކަމަށް ބުނެ މުޖުތައު ތެރެއަށް ދޫކޮށްލި. އަހަންނަކީ އޭރު އެހާ ނަމާދުކޮށް އުޅުނު ދީންވެރި މީހެއް ނޫން. ނަމަވެސް އަހަންނަށް ދިމާވި ކަންތައްތަކުފގެ ސަބަބުން އަހަރެން ބިރުގަތީ. ދެން ނަމާދު ކުރަންފެށީ. އަހަރެން ހިޔެއްވެސް ނުކުރަން އެއީ އެކަހަލަ މީހެއްކަމަކަށް. އަހަރެން ޖެންޑާއިން ނުކުތްތާ ބަރާބަރު އެއް އަަހަރުފަހުން އަހަންނަށް ފެނުން ވަރަށް ރަނގަޅު ޒުވާނެއް. އަހަންނަށްވުރެ ތިންއަހަރު ބޮޑު. ދެން އަހަރެން ހީކުރި ކަހަލަ މީހަކަށް ނުވި ނަމަވެސް އަހަރެން އޭނައަށް އޭރު އިތުބާރު ކުރިން. މިހާރު ދެރަވެސްވޭ އޭނައަށް އަހަރެންނަށް އިތުބާރު ކުރެވުނީމަ. އަހަންނަކަށް ނޭނގެ އަހަރެން ހަދަންވީ ގޮތެއް. ވަރަށްދެރަވޭ އަދިވެސް އޭނަ އަހަންނަށް ހެދި ގޮތުން. އޭނަ އެއީ މާލެ މީހަކަށް ވުމުން އަހަރެން އޭނައާއި އެއްކޮށް މާލެ ދިޔައިން. އޭނައަށް ކިޔަނީ ޒަޔަން. ޒަޔަން އަހަރެން ބެހެއްޓީ ޒަޔަންގެ އެޕާރޓްމަންޓްގަ. އަހަންނާ އިންނަން ބޭނުމޭ ކިޔައިގެން އަހަރެން މާލެ ގެނެސް އޭނަގެ ގެޔަށް ގެނެސް ވެއްދި ދުވަހު އަހަރެން ރޭޕް ކުރީ. ނޫނެކޭ ކިޔާ އާދޭސް ކުރެވުން ވަރުވެސް އަހަންނަކަށް ނޭނގެ އެދުވަހުވެސް . އަހަރެން މާ ގަދަހަދަން ފެށީމަ ފާޑެއްގެ ފުޅިއެއް ހުސްވާންދެން އަހަންނަށް ބޯންދިނީ. އެ ބުއިމުން އަހަންނަކަށް ދެން ނެނގެ ވީގޮތެއް. އަހަންނަށް ހީވަނީ އަހަރެން މަސްތުވީހެން. އަހަރެން މަސްތުވެފައި އޮއްވާ އޭނާ އަހަރެން ރޭޕް ކުރީ. ދުވާލެއް ރޭގަނޑެއް ނޯވޭ އޭނަ ބޭނުންވެއްޖެ ނަމަ އޭގެ ފަހުން. އަހަރެން ހީކުރި ކަހަލަ މީހަކަށް ނުވި. އޭގެ ފަހުންވެސް އަހަރެން ދެކޮޅު ހަދަން އުޅޭ ކޮންމެ ފަހަރަކު އަހަންނަށް އަނިޔާ ކުރުމަށްފަހު އަހަންނަށް އެ ބޯންދޭ އެއްޗެއް ބޯންދިނުމަށްފަހުވެސް ނޫނީ ގަދަކަމުން އަތްފައި ބަނުމަށް ފަަހުވެސް އޭނަ ބޭނުންވާ ކަންތައްކުރާނެ. ދެން އޭނަ އަހަރެންގާތަށް އޭނަގެ ރައްޓެހިންވެސް ވައްދަންފެށި. ކޮންމެއަކަސް އަހަރެން ހޯދާނެ މީހަކުވެސް މި ދުނިޔެއަކު ނުހުންނާނެތާ. ކޮންމެ ދުވަހަކު އެތައް ބަޔަކު އަހަރެންގެ މި ނިކަމެތިކަމުގެ ފައިދާ ނެގި އިރުވެސް އަހަރެން ދެކެން އޭނަ ހިނިއައިސްފަ އެ މަންޒަރު ބަލަން ހުންނަތަން. އޭނަ އަބަދުވެސް ހިނި އައިސްފައި އަހަންނަށް އެހުރިހާ ކަމެއް އެހުރިހާއެންމެން ކުރާ މަންޒަރު ބަލަން ހުރެފައި ބައެއް ފަހަރު ބައިވެރިވެސް ވާނެ. ދެން އެގޮތުގައި އެ އެއެންމުންވެސް އަހަންނަށް ހިތައް އެރިހާ ގޮތެއް ހެދުމަށް ފަހު އެތައް ފަހަރެއްގެ މަތީން ރޭޕް ކުރުމަށް ފަހު އޭގެ އަހަރެއް ފަހުން އަހަރެން ވިއްކާލީ. އޮސްޓްރޭލިއާގެ މަޝްހޫރު ހަށި ވިއްކާ ގުރޫޕަކަށް އަހަރެން ވިއްކާލުމުން ދެން އަހަރެން އުޅުނީ މާހާލުގައި. ޒަޔަންގެ އެކުވެރިންނާއި އެކި މީހުންވެސް އަހަންނަށް ނުކުރާ ވަރު އަހަންނަށް އެމިހުން ކުރޭ. ބޮޑެތި ސްޓޭޖް ތައްމަތީގައި އަހަންނަށް އެކިގޮތްގޮތް ހަދާއިރު އެ ހައިވާނުންގެ ހިތަކަށް ހަމައެކައްޗެއްވެސް ނާރާ. އެއްފަހަރު އަހަރެން ބަނޑު ބޮޑު ވުމުން އެމިހުން އަހަރެންގެ ދަރިފުޅުވެސް ވައްޓާލީ. ވަރަށް އުނދަގުލުން އަހަރެން މީގެ ދެހަފްތާ ކުރިން އެމިހުންގެ ވަކިތަކުން އެތާ އުޅުން ހަމަ އަހަންނެކޭ އެއްފަދަ މުސްލިމް އެކަން ކުރުމަށް ނުގަބޫލު ދެތިން އަންހެން ކުއްޖަކާ އެކުވެގެން އެތަނުން ސަލާމަތް ވެގެން ފުލުހުންނަށް އެންގީ. ފުލުހުންނަށް އެންގުމުން އެމިހުން އަހަރެމްނގެ ލޭ ޓެސްޓްކުރަން ފޮނުވީ އަހަރެމެންގެ ގައިގައި ނުރައްކާތެރި އެޗްއައިވީފަދަ ވައިރަސްއެއްހުރިތޯ ބަލަން. ބްލަޑް ޓެސްޓްގެ ނަތީޖާއައިއިރު ކަންދިމާކުރިގޮތުން އެދެކުދިންގެ ނަސީބު ވަރަށް ދެރަ. އެކުދިންނަށް އެޗްއައިވީ ވައިރަސްގެ އިންފެކްޝަން ވަނީ ފޯރާފަ. ކާކުގެ ނަސީބެއް ކަމެއް ނޭނގެ އަހަންނަށް އެއްވެސް ނުރައްކާތެރި އެޗް އައިވީ ފަދަ ވައިރަސް އެއް ޖެހިފައެއްނެތް. އަހަރެން މާތްﷲއަށް ހަމްދުކުރަން އަހަންނަށް އެތަނުން ސަލާމަތް ވެވި އަހަރެންގެ އެއްވެސް ނުރައްކާތެރި ބައްޔެއް ނެތުމުން. އަހަރެމެން އެންމެން ފުލުހުންނަށް އެމުޑުދާރު މީހުންގެ އަމަލުތަކާއި އެމިހުން ވީތަން ކިޔައިދިނުމުން ދެން މިހާރު އެމިހުން ޖަލަށް ލެވުނު ނަމަވެސް އަހަރެންގެ ހިތުގައި އަދި އެތަނުން ސަލާމަތްވި އަހަންނެކޭ އެއްފަދަ ނިކަމެތި ކުދިންގެ ހިތުގައި ހުރި ފާރުގަނޑު ތައް ދުވަހަކުވެސްފަސޭހަ ވާނެކަމެއް ނޭނގެ. ދެން އަހަންނަކަށް ނުކެރޭނެ ކަންނޭނގެ އެކަކަށްވެސް އިތުބާރު ކުރާކަށްވެސް . އެކަމްދެން އަހަރެންގެ ގާތް ރަހުމަތްތެރިޔެއްވެސް ނެތުމުން އަހަންނަށް ހީވީ ޑަކްޓަރަކާ މިކަންތައްތައް ހިއްސާކުރަން މާ ފަސޭހަ ވާނޭ. ދެން އެހެންވެ އަހަރެން މި ހޮސްޕިޓަލަށް އައުމުން ސައިކޭޓްރިސްޓުންގެ ލިސްޓުގައި އިން މީހަކާ އެކުގައި އެޕޮއިންޓްމެންޓެއް ހެއްދީ. ކޮންމެއަކަސް އޭރަކު އަހަންނަކަށްވެސް ނޭނގެ ޑރ.އިކާން ތީ ދިވެއްސެއް ކަމެއް. ހަޤީގަތުގަ އަހަންނާއި ދިވެހިން ވާހަކަ ނުދެއްކިނަމަ އަހަންނަށް ނުވެސް އެނގުނީސް ކަންނޭނގެ ޑރ.އިކާން ތީ ދިވެއްސެއް ކަމެއް. އެކަމް އަހަންނަށް ދިވެހިން މިކަންތައްތައް ހިއްސާ ކޮށްލާނެ މީހެއް ލިބުނީމަ އަހަރެންނަށް މި ހިތްދަތި ކަންތައްތައް ހިއްސާ ކުރަން ވަރަށް ފަސޭހަ ވި. މާއިން އޭނާގެ ވާހަކަ އިސް ޖަހައިގެން އިނދެ ނިންމާލުމަށްފަހު ކޯތާފަތް މަތީގައި ހުރި ކަރުނަތައް ފުހެލިއެވެ.

*

ރޮއެރޮއެފައި މާއިން އޭނާއާއި ދިމާވި ކަންތައްތައް އިކާންއާއި ހިއްސާ ކުރިއިރު އެތައް ފަހަރަކު އެ ގޮތް ނޭނގޭ އަންހެންކުއްޖާ އޭނާގެ މެއާ ލައި ބޮނޑި ކޮށްލަން ބޭނުންވިއެވެ. އެ ރީތި ދެލޮލުން ފައިބަމުން ދިޔަ ބޮޑެތި ކަރުނަތިކިތައް ފުހެލަން ބޭނުން ވިއެވެ. އެހެނަސް އޭނާ ދެން ޑަކްޓަރެއްގެ ހައިސިއްޔަތުން ހިތްވަރު ދިނުމުގެ ގޮތުން އެތައް ބައިވަރު ވާހަކަ އެއް ދެއްކުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރެއެވެ. ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ގޮސް ވަނުމަށްފަހުވެސް އިކާންގެ ގާތަށް އައި މާއިން ނަމަކަށް ކިޔުނު އެ އަންހެން ކުއްޖާ ރޮއެރޮއެފައި އޭނާގެ ގާތު ދެއްކި ވާހަކަތައް އިކާންގެ ކަންފަތުގައި ގުގުމަމުން ދިޔައިރު މާއިންއަށް އެހީވާން އިކާން އިންތިހާއަށް ބޭނުންވެގެން ދިޔައެވެ. ދެން މާއިންގެ އެޕޮއިންޓްމެންޓް އޮތް ދުވަހަކަށް އިންތިޒާރު ކުރެވެމުން ދިޔައިރު އިކާންގެ މޫނުމަތީގައި އެއްވެސް އަސަރެއްނެތެވެ. ސާއިލާ އިކާން އާއި ކާން އިންއިރުވެސް އެތަކެއް ވާހަކައެއް ދެއްކިއިރުވެސް ސާއިލާއަށް އިކާންގެ ފަރާތުން އެދެވޭ އެއްވެސް ޖަވާބެއް ނުލިބުމުން ސާއިލާ އިކާންގެ މޫނުމަތީގައި އަތް ހޫރުވާލިއެވެ. ތެޅިގަންފައި ސާއިލާއާއި ދިމާއަށް އިކާން ބަލާލުމުން ސާއިލާ އިކާންއާއި ކިހިނެއް ވީހޭ ސުވާލު ކުރުމުން އެއްވެސް ކަމެއް ނުވެޔޭ މިއަދު މާ ބޮޑަށް ވަރުބަލި ވީޔޭ ބުނުމުންވެސް ސާއިލާއަށް އިނދެވުނީ އިކާން ދެއްކި އެއްވެސް ވާހަކައެއް ޤަބޫލުކުރަން ދަތިވެފައެވެ. އިކާންއަށް ރީތި އަންހެން ކުއްޖެއް ފެނުނީ ބާއޭ ސާއިލާގެ ހިތައް އެރިއިރު ސާއިލާގެ މޫނު މަތީގައި ނުލަފާ ހިނިތުންވުމެއް ދުވެލިއެވެ.

****

އާދައިގެ މަތީން މިއަދުވެސް ފަތިހު ފަތިހާ ހޭލައިގެން އައިޒަން މިސްކިތައް ގޮސް ނަމާދު ކޮށްލައިގެން އައިސް އޮފީހަށް ދިއުމުގެ ކުރިން ކުޑައިރު ކޮޅެއް ވަންދެން ނިދާލުމަށްފަހު ތެދުވެ އޮފީހަށް ދާން ތައްޔާރު ވާންފެށިއެވެ. ހުދު ކުލައިގެ ގަމީހެއް ލުމަށްފަހު ކަޅު ކުލައިގެ އޮފީސް ފަޓުލޫނު ދަށަށް ގަމީސް ޖަހާލަމުން ހިމަ ކަޅު ކުލައިގެ ޓައީ ކަރުގައި އަޅާލުމަށްފަހު އައިޒަން އޭނާގެ ގަމީހުގެ ގިރުވާން ތިރިކޮށްލިއެވެ. ދެން އިސްތަށިގަނޑު އެއްފަރާތަކަށް ވާހެން ރީތިކޮށް ސްޓައިލް ކޮށްލުމަށްފަހު އެންމެ ފަހު ކަމަކަށް އޭނާގެ ގަޔަށް ސެންޓު ކޮޅެއް ބުރުވާލަމުން އަތަށް ކަޅު ކަމަރުލީ ގަޑި ހެޔޮވަރު ކޮށްލިއެވެ. ކޮޓަރިން ނުކުމެ ކާގެއަށް ވަންއިރު އާދައިގެ މަތީން އަނުމްއާއިި ފަތުހީ ތިބީ އައިޒަން އަންނަންދެން ނާސްތާ ކުރަން ނުފަށައެވެ. ހެނދުނުގެ ފުރިހަމަ ނާސްތާއަށް ފަހު އައިޒަންގެ މޫނުމަތި ކުރިއަށް ވުރެވެސް އުޖާލާވެގެން ދިޔަހެން ހީވި އިރު އެ ތުންފަތް މަތީގައި ވި ރީތި ހިނިތުންވުން ފެނިފާ އައިޒަންގެ ޖާދުލުގައި ނުޖެހިދާނޭ ކުއްޖެއް މަދުވާނެކަން ޔަޤީނެވެ.

އައިޒަން އޭނާގެ ކާރު އޮފީހުގެ ޕާކިންގ އޭރިއާގައި ޕާކު ކޮށްލުމަށް ފަހު ލިފްޓް ކައިރިޔަށް ގޮސް ހުއްޓިލިއިރު ރޫބީވެސް ލިފްޓް ކައިރީގައި ހުއްޓެވެ. މި ވޭތުވެދިޔަ ހަފްތާގައި ރޫބީ އައިޒަންގެ ސެކްރެޓަރީއެއްގެ ގޮތުގައި ހުރެ އައިޒަންއަށް އެތަކެއް ފަސޭހަތަކެއް ކޮށްދީފައިވާއިރު އެދެމެދުގައި މިހާރު ވީ ގާތް ރަހުމަތްތެރިކަމެއް އުފެދިފައެވެ. މިއަދުވެސް އެހެންޏާއެކޭ އެއްފަދައިން ރޫބީހުރީ ލައިގެން ހުރި ހުދު ގޮޅިޖެހި ގަމީސް ލައިގެންހުރި ކަޅު އޮފީސް ބެލްސާ އެކު ބެގީ ކޮށްފައެވެ. ވޭތުވެދިޔަ ހަފްތާގައި ރޫބީއޭނާގެ ޕެންސިލް ސްކާރޓް ތަކުގެ ބަދަލުގައި ލީ މުޅީންވެސް ދިގު ބެލްސެވެ. ހަޤީގަތުގައި ރޫބީއަކީ އެއްއިރަކުވެސް އެހާ ކުރު ޕެންސިލް ސްކާރޓް އެއްޗިހި ލާ އުޅުން ކުއްޖަކަށް ނުވާތީވެ ރޫބީގެ މަންމައަށް ރޫބީ ޕެންސިލް ސްކާޓާއެކު ހުއްޓާ ފެނުމުން ކަމު ނުދިޔައީއެވެ. އައިޒަން އިމްޕްރެސް ކުރަން ބޭނުން ވިނަމަވެސް ދެން ރޫބީ އެކަހަލައެއްޗިހި ނުލާނެކަމަށް މަންމަގެ ގާތުގައި ވަޢުދު ވުމަށްފަހު އެ ވައުދު އުވާލަން އޭނާއަށް ނުކެރުނީއެވެ. ބައްޕަ އޭނާ އެހެން އޮފީހެއްގައި މަސައްކަތް ކުރަން ނުގަބޫލުވެފައި ހުއްޓާ ބައްޕަ އޭނާ އައިޒަންގެ އޮފީހަށް ފޮނުވަން ނިންމީވެސް މަންމަގެ އެހީއާއި އެކު ކަމަށް ވުމުންނާއި އެކު ރޫބީއަށް އޭނާގެ މަންމަ އަނެއްކާ އައިޒަންގެ އޮފީހުން ވަކިވުމަށްބުނެދާނެ ކަމުގެ ބިރަށްޓަކައިވެސް މަންމަގެ އެއްވެސް ބަހަކާ ހިލާފުވާކަށް ރޫބީ އަކަށް ނުކެރުނެވެ. ނަމަވެސް ރޫބީއަށް ނޭނގުނު ކަމަކީ އައިޒަންއަށް ކަމުދަނީ ވީހާވެސް ބޮޑަކަށް ނިވާވެގެން ތިބޭ ދީންވެރި ކުދިން ކަމެވެ. ކޮންމެއަކަސް ރޫބީއަށް ނޭނގިނަމަވެސް ނުވަތަ މަންމަ ބުނެގެން ވިޔަސްވެސް ރޫބީ އަށް މިހާރު ހެދުން އެއެޅޭނީ އައިޒަންއަށް ކިރިޔާވެސް ކަމުދާކަހަލަ ގޮތަކަށް ކަމެއް ރޫބީއަކަށް ނޭނގެއެވެ.

އޮފީހުގެ އަހަރީ ދުވަސް ގާތް ވެފާ ވުމާއެކު އެހެންދުވަސް ތަކަށްވުރެ މިއަދުގެ މަސައްކަތްތައް އައިޒަންއަށް ބުރައެވެ.ކުރަން ހުރި މަސައްކަތްތައް ނިންމާލެވުން އިރު ހުރީ ރޭގަނޑު ދިހަ ގަޑި ސާޅީސް ފަހެއްވެފައެވެ. އައިޒަން  މަސައްކަތްތައް ކޮށް ނިންމާލުމަށްފަހު ކެބިން އިން ބޭރުފެންނަހެން ބިއްލޫރި ޖަހާފައި ހުރި ތަނަށް ބަލާލި ވަގުތު ބޮޑުތިކި ވާރޭ އޮއްސާލި މަންޒަރު އައިޒަންއަށް ފެނުނެވެ. ކޮންމެއަކަސް ގިނައިރު އެއްތާކު އިނދެގެން އެހުރިހާ މަސައްކަތްތަކެއް ނިންމާލިއިރު އައިޒަންގެ ކަނދުރައަށް ތަދުވަމުން ދިޔައެވެ. ކަރު ދެއަތަކަށް އަނބުރާލުމަށްފަހު ކަނދުރާގައި މަޑުމަޑުން އަތުން ޖަހާލަމުން ރޫބީ އާއި ދިމާއަށް ބަލާލިއިރު އައިޒަންގެ ކައިރީގައި  ރޫބީވެސް އައިޒަން ލިޔަން ބުނި ސިޓީތަކުގެ ރައްދު ލިޔަންއިނެވެ. ގަޑިން ރޭގަނޑު އެހާ ލަސްވެފައި ވުމާއި އެކު އެގަޑީގައި ބޯކޮށް ވާރޭވެސް ވެހެމުން ދިޔުމާއި އެކު އައިޒަންއަކަށް ރޫބީ އެކަނި އޮފީހުގައި ބައިންދާފައި ގެއަށް ދާކަށް ނުކެރުނެވެ. ރޫބީ އެ ސިޓީތަކުގެ ރައްދު ލިޔެ ނިންމާލިއިރު ގަޑިން ހުރީ އެގާރަގަޑި ބައިވާން ގާތްވެފައެވެ. އެހުރިހާއިރު ވަންދެން އައިޒަން ގެއަށް ނުގޮސް އިނީ ދެންއޮތް އަހަރީދުވަހު އެރެއަށް ހަދަންވެފައި އޮތް ޕަވާޕޮއިންޓް ޕްރެސެންޓޭޝަން ހަދާށެވެ. ރޫބީ ނިމުމުން އައިޒަން އަވަހަށް ގެއަށް ދިއުމަށް އޭނާގެ ގޮނޑިން ތެދުވީ ހަދަންއިން ޕްރެސެންޓޭޝަން ސޭވް ކޮށްލުމަށްފަހު މޮނީޓާ ޝަޓްޑައުން ކޮށްލުމަށްފަހުގައެވެ. އައިޒަން ތެދުވެގެން ދާންފެށުމުން އަވަހަށް ރޫބީވެސް ތެދުވެގެން އައިޒަންގެ ފަހަތުން ދިޔައެވެ. ލިފްޓް އަންނަންދެން ލިފްޓް ކައިރީގައި ތިބުމަށް ފަހު ލިފްޓް އައުމުން އަވަހަށް ލިފްޓަށް އަރައިގެން ތިރިއަށް ދާން މިސްރާބުޖެހިއިރު ދެމިހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ރޫބީ އެކަނި ބަހައްޓާފައި ދާންނުކެރުމުން އައިޒަން ރޫބީގެ ގާތި އޭނާގެ ކާރުގައި ގެއަށް ގެންގޮސްދޭނަންކަމަށް ބުނުމުން ލިފްޓުން ފައިބައިގެން ރޫބީ ދިޔައީ އައިޒަންގެ ފަހަތުންނެވެ. އައިޒަންގެ ފަހަތުންގޮސް އައިޒަންއެރި ފަރާތް ނޫން އަނެއް ފަރާތުގެ ކާރު ދޮރު ހުޅުވާލުމަށްފަހު ރޫބީ އެރުމުން އައިޒަން ގޮސް ރޫބީގެ ގެއަށް ރޫބީ ލައިދިނުމަށްފަހު އައިޒަންވެސް ދެން ދިޔައީ ގެއަށެވެ. އައިޒަންއާއި ރޫބީއާއި ދެމިހުންވެސް ގެއަށް ވަދެ ފެން ވަރައިގެން އެނދުގެ އަރާމު ތަންމަތީގައި ޖެހުން ކަމެއް ނޭނގެނީސް ނިދީގެ ފުން ކަނޑުގެ ތެރެއަށް ފީނައިގަތެވެ.

ފަތިހުގެ އެއަރާމު ވަގުތުގައި ބޯކޮށް ވާރެ ވެހެމުން ދިޔައިރު އައިޒަންއޮތީ އެނދުން ތެދުވަންވެސް ބޭނުންނުވެފައެވެ. އިބިލީސް އޭނާގެ ބޮލުގައި ފަތިސް ނަމާދުކުރަން ނުތެދުވާށޭ ކިޔާ ފިރުމަމުން ދިޔައިރު ގަދަކަމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލަމުން ފާހަނައަށް ވަނީ ވުޟޫ ކޮށްލައިގެން އަވަހަށް ނަމާދު ކޮށްލާށެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން އައިޒަން މިސްކިތައް ދިޔުމުގެ ބަދަލުގައި ގޭގައި ނަމާދު ކޮށްލުމަށް ފަހު އަނެއްކާވެސް ދިޔައީ ނިދާލުމަށެވެ. ދުވަހަކީ ހުކުރުދުވަސް ކަމުން އޮފީހަށްވެސްދާން ނުޖެހޭނެތީއާއި އެކު އައިޒަން ފަތިސްނަމާދު ކުރިގޮތަށް ވަރަށް އަރާމުކޮށް ނިދާފައި އޮތީ އައިޒަންއަށް އޭނާގެ މަންމަ ނުގޮވާތީއާއިވެސް އެކުގައެވެ. ހަޤީގަތުގައި އަނުމްއާއި ފަތުހީއަށް އައިޒަން ރޭގައި އޮފީހުން ގެއަށް އައީ ބާރަ ޖަހަން އުޅެނިކޮށް ކަން އެނގޭތީވެއާއި ދުވަހަކީ ހުކުރު ދުވަސްކަމަށް ވުމުން އައިޒަން ނިދަން ބޭއްވީއެވެ. އަނުމްއާއި ފަތުހީ އާއި ދެމަފިރިން ހެނދުނުގެ ނާސްތާ ކުރުމަށްފަހު އަނުމް ހަޑިވެފައި ހުރި ތަށިތައްނަގާ ދޮންނަން ފެށިއެވެ. އެއަށްފަހު ކުޑައިރުކޮޅަކު ފަތުހީއާއި އެކި ކަންކަމާއި މެދުގައި ވާހަކަ ދައްކާލަން އިނުމަށްފަހު އެހެން ދުވަސްތަކަށް ވުރެ އަވަހަށް އަނުމް ދެންފެށީ  ހުކުރު ދުވަސްކަމުން މެންދުރުގެ ކެއުން ތައްޔާރު ކުރާށެވެ.

**

 

-ނުނިމޭ-

Share Article

Follow Me Written By

YoonnaL

Level 110 Stories

like to read all genres including dhivehi and english stories Yoonal is just a username.

Other Articles

Previous

99

Next

މަޢާފް (ހަތަރުވަނަ ބައި)

Next
November 20, 2019

މަޢާފް (ހަތަރުވަނަ ބައި)

Previews
November 20, 2019

99

16 Comments!

  1. YoonnaL says:
    November 20, 2019 at 6:17 pm

    Here is 10th part of the story. I hope all the readers will like this part also. insha’Allah maadhamaa ah mibalany 11th part up kohlleveytho. ♥️♥️

  2. Noor says:
    November 20, 2019 at 7:06 pm

    Varah reethi vaahaka eh mee Ekam mipaatuga thankolheh haasaru ginahen Heevanee Ekam ves reethi n waiting for the next part keep it up dear?

    1. YoonnaL says:
      November 22, 2019 at 7:08 pm

      Thankyou Noor. I’ll try to improve ♥️♥️

  3. Maisha maii says:
    November 20, 2019 at 8:37 pm

    Wow?????varah furihama and varah reeeeethi mi part vx?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?you are the best??????mai ah vx vaahaka liyan feshunee mi story ah like vi varun☺☺☺waiting for next part???ly??

    1. YoonnaL says:
      November 22, 2019 at 7:11 pm

      Thankyou Mai dear. You are my best reader istg. Aslu tha I didn’t read your story yet but I’ll read and comment hingey Mai ❣️ ily too. Aslu alhugandah rashun beyrah dhaan jehuneema lap nethi story nuliyeveynethin thankolheh lass vedhaane next part up vaaleh. Please be understanding all the readers.♥️♥️

  4. Shaakko says:
    November 20, 2019 at 9:17 pm

    Reethi. Thy kithah aharuge kujjeh??

    1. YoonnaL says:
      November 22, 2019 at 7:11 pm

      Thankyou shaakko

  5. Yanaa says:
    November 21, 2019 at 2:11 pm

    Varah ???varah ???reethi?maa sha Allah???waiting ??for ??the ??next ??part???

    1. YoonnaL says:
      November 22, 2019 at 7:12 pm

      Thankyou yaanaa dear♥️♥️♥️♥️???

  6. Kylie says:
    November 21, 2019 at 7:47 pm

    V reethi mi part vx… Waiting fr nxt..

    1. YoonnaL says:
      November 22, 2019 at 7:12 pm

      Thankyou kailee.

  7. YoonnaL says:
    November 22, 2019 at 7:14 pm

    Alhugandah rashun beyrah dhaan jehigen dhen oeh next part around a week or more than a week varu las vedhaanekan v hithaama verikamaa eku alhuganduge vaahakaiga readers kairi bunelan. Please be understanding and keep waiting for next part of this story. Love you all the readers ?♥️♥️♥️?❣️??

    1. Maisha maii says:
      November 22, 2019 at 11:09 pm

      Its ok… Yeah mai ah understanding vey???…
      Lahun upload viyas waiting ga mihiree???..
      Lymm yoonaal??

  8. ❤️tweety❤️ says:
    January 19, 2020 at 6:38 pm

    When next

  9. Zaakko says:
    June 12, 2020 at 11:19 pm

    When is the 11th part????

  10. Cutiegirl says:
    July 18, 2024 at 9:34 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani

Comments are closed.



All Right Reserved!