އެދިގެން ތި ލޯތްބަށް 13
“ނައި… އަހަންނަށް އެނގޭ ނައި ރުޅި އަންނާނެ ކަން. އަހަރެން ކަންތައް ކުރީކީ ރަނގަޅަކަށް ނޫންކަން ގަބޫލު ކުރަން. އަހަރެން ބޭނުން ނައިގެ ކިބައިން މާފަށް އެދެން” ފަސް ޖެހިފައިވެސް ޔަޒާން ބުންޏެވެ.
“ޔަޒާން ކީކޭ ބުނަން ތި އުޅެނީ؟” ނައިހާ އަހާލިއެވެ.
“އޭރުގެ ހުރިހާ ކަމަކަށް މާފަށް މި އެދެނީ—” ޔަޒާން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ނައިހާ ޔަޒާންގެ ވާހަކަ މެދު ކަނޑާލިއެވެ.
“އަހަރެން ބޭނުމެއް ނޫން ޔަޒާން މާފަށް އެދޭ އަޑު އަހާކަށްވެސް. ޔަޒާންއަށް މާފެއް ނުކުރެވޭނެ އަހަންނަކަށް. ތީ އަނުމްގެ ބައްޕަ، އެ ކަމެއް އަހަންނަކަށް ބަދަލެއް ނުކުރެވޭނެ، ބަދަލު ކުރެވޭނެ ނަމަ އަހަރެން އެ ކަންވެސް ބަދަލު ކުރާނަން.
ޔަޒާންއާ އިނދެގެން ދެ އަހަރަށް ވުރެ ގިނަ ވީ އިރު އެއް ފަހަރުވެސް ޔަޒާން ނުރުހޭ ކަމެއް އަހަރެން ކުރިންތަ؟ އަހަރެން ބަލިވެ އިން ކަން އެނގުނީމަ އަހަރެން ޔަޒާންއަށް މާފުކޮށްފަ އަލުން ފުރުސަތެއް ދިނީ ޔަޒާން އެހެން އަންހެނެއް ކައިރީ އޮއްވާ އަހަރެންގެ ދެ ލޮލަށް ފެނުނު ފަހުން. އޭރުވެސް އަހަންނަށް ވިސްނެން ވާނެ ޔަޒާން ބަދަލެއް ނުވާނެ ކަން. އެކަމަކު އަހަރެން ހީކުރީ ދަރިއަކު ލިބޭތީ އެ ކަމާ ޔަޒާން ވިސްނާނެ ކަމަށް. އެކަމަކު ދެން ޔަޒާން އުޅުނީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފަހަތުން. އެކަމަކަށް އަހަންނަކަށް ޔަޒާންއަށް މާފެއް ނުކުރެވޭނެ. ޔަޒާން ނޫރާގެ ފަހަތުން އުޅުނު އިރު އެއީ ޔަޒާންގެވެސް ކޮއްކޮއެކޭ ހިތަށް އަރުވާލި ނަމަ…
އެރޭވެސް އަހަންނަށް ނުފެނުނު ނަމަ ގަބޫލެއް ނުކުރެވުނީސް މީހަކު ބުނި ނަމަވެސް. ހިތުގަ އޮތް އެއްޗެއް ހިތުގަ ބާއްވާފަ ޔަޒާން އެކަން ފާޅު ނުކޮށް ބޭއްވި ނަމަ… ޔަޒާން ލަދެއްވެސް ނުގަތްތަ ނޫރާ އެހާ ރުޅި އަންނަ އިރުވެސް އޭނަގެ ފަހަތުން އުޅެ، ގަޔަށް ބޮލަށް އެރި އިރު؟ އޭނަވެސް ރުހިގެން އުޅުނު ނަމަވެސް އެންމެ ރަނގަޅު…”
ނައިހާގެ ކޮޓަރިއަށް ވަންނަން ދިޔަ ނާއިލް، ކޮޓަރިއަށް ނުވަދެ މަޑުކޮށްލީ ޔަޒާން މާފަށް އެދުނު އަޑު އިވުމުންނެވެ. އޭގެ ޖަވާބުގައި ނައިހާ ދެއްކި ވާހަކަތައް އަޑު އިވުމުން ނާއިލްއަށް ގަބޫލު ކުރަން ދަތިވެފައި ހުރެވުނެވެ. އެ ހުރިހާ ދުވަހު ޔަޒާންއާ އެކު އުޅެފައި އެރޭ ނައިހާ ވަރިއަށް އެދުނު ސަބަބު ނާއިލްއަށް އެނގުނީ އަދި ކިރިޔާއެވެ.
ނައިހާއާ އިނދެގެން ހުރެ ނައިހާގެ ކޮއްކޮއާ މެދު ޔަޒާން އެ ފަދަ ގޮތަކަށް ދެކުނު ވާހަކަ އަޑު އިވުމުން ނާއިލްއަށް ގަބޫލެއް ނުކުރެވުނެވެ. އެއީ ނައިހާއަށް ހީވި ހީވުމެއް ނޫން ހެއްޔެވެ؟
“އަހަރެން ގަބޫލު ކުރަން ނޫރާގެ ފަހަތުން އުޅުން އެއީ އަހަންނަށް ކުރެވުނު ގޯސް ކަމެއް ކަން… އެކަމަކު އޭރު—” ޔަޒާންއަށް ބުނެވުނީ އެ ވަރަށެވެ. ނާއިލްއަށް އަޑު އަހަން ހުރެވުނީވެސް އެ ހިސާބަށެވެ.
ޔަޒާން އަމިއްލައަށް އެއްބަސް ވި އަޑު އިވުމުން ނާއިލްއަކަށް އިތުރަށް އަޑެއް ނޭހުނެވެ. ރުޅި އައިސް ރަތްވެ ހުރެ ކޮޓަރިއަށް ވަދެގެން އައިސް ޔަޒާންގެ ގަމީހު ގިރުވާނުގައި ހިފާ ނެގި ގޮތަށް ގޮށްމުށުން ޔަޒާންގެ މޫނުމަތީ ޖެހިއެވެ.
“ތުއްތުބޭ…!” ނައިހާއަށް ބާރަށް ގޮވާލެވުނެވެ. އެނދުގައި އަނުމް ބާއްވާފައި ތެދުވެގެން އައިސް ނަވީދުގެ އަތުގައި ހިފާ ޔަޒާންއާ ދުރު ކުރަން ނައިހާ މަސައްކަތް ކުރި ނަމަވެސް އެ ކަމެއް ނުވިއެވެ. ނައިހާގެ އަތް ފޮޅުވާލާފައި ނާއިލް ދެވަނަ ފަހަރަށް ޔަޒާންގެ ގައިގައި ޖެހިއެވެ. ނައިހާ ވެއްޓުނު ގޮތުން ތަދުވެގެން ނައިހާއަށް ރޮއެގަނެވުނެވެ.
ޔަޒާންގެ ނޭފަތުން ލޭ އަންނަން ފެށިއެވެ. އެ ތަން ފެނި ނައިހާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.
“މަންމާ! ބައްޕާ!” ނައިހާ އަޑުގެ ކޮޅަށް ހަޅޭ ލަވައިގަތެވެ. ަނެވުނެވެ. ގައި ޖެހިއެވެ. ކުރި ނަމަވެސް އެ ކަމެއް ނުވިއެވެ. ައި ނަމަވެސް ނައިހާއާ ަޔޒް ކައިރީ އޮއްވާ އަހަރެންގެ
ނައިހާ ހަޅޭލަވައިގަތުމާއެކު އަނުމް ބާރަށް ރޯން ފެށިއެވެ. އަނުމް ރޯން ފެށުމުން ނާއިލް ބަލާލިއެވެ. ރޮއެރޮއެ އޮތް އަނުމްއާ، ވެއްޓުމުން ތެދުނުވެވިފައި އިން ނައިހާ ފެނުމުން ނާއިލްއަށް ފުރަތަމަ ބަލަހައްޓައިގެން ހުރެވުނީއެވެ. އަނެއްކާވެސް އެނބުރިފައި ޔަޒާންއާ ދިމާއަށް ބަލާލަމުން ނާއިލް ޖަހަން އުޅުނެވެ.
ނައިހާ ހަޅޭ ލަވައިގަތް އަޑު އިވުމުން އެންމެ ފުރަތަމަ އެ ކޮޓަރިއަށް އާދެވުނީ، ޖެހިގެން ހުރި ކޮޓަރީގައި އިން ލައިލާއަށެވެ. ފެނުނު މަންޒަރާ އެކު ލައިލާ ނާއިލްގެ ނަމުން ބާރަށް ގޮވާލަމުން އައިސް ނާއިލްގެ އަތުގައި ހިފެހެއްޓިއެވެ.
“ދޫކޮށްލަބަލަ އޭނަ ގައިން، ނާއިލް!” ނާއިލްގެ އަތުގައި ހިފާ ދަމަމުން ލައިލާއަށްވެސް ހަޅޭލަވައިގަނެވުނެވެ.
އާދިލްއާ ނަރީމާއާ ނާޔާއާ ނޫރާގެ އިތުރުން ނަވާފްއާ ޝާލިޔާވެސް އެ ވަގުތު އައެވެ.
“ނާއިލް، ދޫކޮށްލާ!” އާދިލް އައިސް ނާއިލްގެ އަތުގައި އަތް ޖައްސާލަމުން ބުންޏެވެ. އާދިލްގެ މޫނަށް ބަލާލާފައި ނާއިލް، ޔަޒާން ގައިން ދޫކޮށްލިއެވެ. ނޭފަތުގައި އަތް އަޅައިގެން ޔަޒާން ހުރި އިރު އިނގިލިތަކުގެ ތެރެއިން ލޭ އާދެއެވެ.
ނޫރާ ގޮސް ރޮއެރޮއެ އޮތް އަނުމް އުރާލިއެވެ.
“ނާޔާ، ކުޑަ ތުވާއްޔެއް ތެންމާލައިގެން އައިސް ޔަޒާން އަތަށް ދީބަލަ” ނަރީމާ އެހެން ބުނެފައި އައިސް ނައިހާ ކައިރީ އިށީނެވެ.
“ކިހިނެއް ވެގެން ނައިހާ ވެއްޓުނީ؟” ނަރީމާ އަހާލިއެވެ.
ރޮވިފައި އިން ނައިހާ ޖަވާބެއް ނުދީ ނާއިލްއާ ދިމާއަށް ބަލަން އިނެވެ.
“ދެން ވީ ގޮތް ބުނަން ވީނު؟” ހިތް ހަމަ ނުޖެހިފައި ހުރި އާދިލް ބުނީ އަނުމް ހުއްޓާލުމުންނެވެ.
ނާއިލް އެއްޗެއް ނުބުނެ އައިސް ނައިހާ ނަގަން އުޅުނެވެ. ނަމަވެސް ނާއިލްގެ އަތުގައި ޖަހާ ދުރުކޮށްލާފައި ނައިހާ އަމިއްލައަށް ތެދުވާން އުޅުނެވެ. ނަމަވެސް ވެއްޓުނު ގޮތުން ތަދުވީ ވަރުން ނައިހާއަކަށް ތެދެއް ނުވެވުނެވެ. ނަވާފް އައިސް ނައިހާ ނަގައިގެން ގޮސް އެނދުގައި ބޭންދިއެވެ.
“ކިހިނެއްތަ ވީ؟ ކޮން ކަމަކާތަ ނާއިލް ޔަޒާން ގައިގަ ތަޅައިގަންނަން ޖެހުނީ؟” ނަރީމާ އަހާލިއެވެ.
“މަންމައަކަށް ނޭނގޭނެ ޔަޒާން—” ނާއިލް ބުނަން ފެށިއެވެ. ނަމަވެސް ނައިހާ އެ ވާހަކަ ގޭ މީހުންނަށް އަންގާކަށް ބޭނުމެއް ނޫނެވެ.
“ތުއްތުބޭ! އަހަންނާ ޔަޒާންގެ މެދުގަ ވީ ކަމެއް ވިއްޔާ މިހާރު އެ ކަމެއް ނިމިއްޖެ. އެއްވެސް ވާހަކައެއް ދައްކާކަށް ދެން ބޭނުމެއް ނޫން” ނާއިލްގެ ވާހަކަ މެދު ކަނޑާލަމުން ނައިހާ ބުންޏެވެ. ނާއިލް އެހާ ވަރަށް ރުޅި އައީ ނޫރާއާ މެދު ޔަޒާން ދެކެމުން އައި ގޮތް އެނގުމުން ކަން ނައިހާއަށް ވިސްނުނެވެ. ނާއިލް ކޮޓަރިއަށް ވަނީ ޔަޒާން އެއްބަސް ވީ ވަގުތުއެވެ. ގޭ އެހެން މީހަކު ނަމަވެސް އެ އަޑު އިވުމުން ރުޅި އަންނާނެއެވެ. ނަމަވެސް ނައިހާ ބިރުގަތީ ނާއިލް ކަންތައް ކުރި ގޮތުން ގޭ މީހުންނަށް އެކަންތައް އެނގިދާނެތިއެވެ. އެއްވެސް މީހަކަށް އެ ކަން އެނގުމަކީ ނައިހާ ބޭނުން ގޮތެއް ނޫނެވެ.
ނަމަވެސް ނާއިލްއަށް އެ ގޮތެއް ކަމަކު ނުދިޔައެވެ.
“ނައި އަދިވެސް ތި އުޅެނީ ޔަޒާން ދިފާއު ކުރަންތަ؟” ނާއިލްއަށް އަހާލެވުނެވެ.
“ޔަޒާން ދިފާއު ކުރާކަށް ނޫން. އަހަރެން ބުނީމަ ގަބޫލު ކޮށްބަލަ، އިތުރަށް އެ ވާހަކަތައް ނުދައްކަބަލަ، ތުއްތުބޭ، ޕްލީޒް!” ލޮލުން ކަރުނަ ފޮހެލަމުން ނައިހާ އެދުނެވެ.
“އޭނަ ކިތަންމެ ވަރަކަށް ބުންޏަސް، އާދޭސް ކުރިޔަސް ނައިހާ ދެން އޭނަޔާ އިނދެގެން ނުވާނެ، އެނގިއްޖެތަ؟” ނާއިލް އިރުކޮޅަކު ނައިހާއާ ދިމާއަށް ބަލަން ހުރެފައި ބުނެލިއެވެ.
ނައިހާ ބޯ ޖަހާލިއެވެ.
އިތުރު އެއްޗެއް ނުބުނެ ނާއިލް އެ ތަނުން ނިކުމެގެން ދިޔައީއެވެ.
ލައިލާ ނާއިލްގެ ފަހަތުން ދިޔައެވެ.
އެކަކުވެސް އެއްޗެއް ނުބުނެ ތިބީއެވެ. އެ ވަގުތު ނާޔާ ކުޑަ ތުވާލިކޮޅެއް ތެންމައިގެން އައިސް ޔަޒާން އަތަށް ދިނެވެ.
“ނާޔާ، ތުއްތައަށް ގުޅާލާފަ ބުނެބަލަ މަންމަ ބުންޏޭ އައިސްބަލާށޭ” ނަރީމާ ބުންޏެވެ.
ނާޔާ ބޯ ޖަހާލާފައި ކޮޓަރިން ނިކުތެވެ.
“ދަރިފުޅު ރަނގަޅުތަ؟” އާދިލް އައިސް ނައިހާ ކައިރީ އިށީނދެފައި އަހާލިއެވެ.
ނައިހާ ބޯ ޖަހާލިއެވެ.
ނައިހާގެ ބޮލުގައި ފިރުމާލާފައި އާދިލް ތެދުވިއެވެ.
“ނޫރާ، އާދޭ ކޮއްކޮ ގޮވައިގެން އިހަށް ބައްޕަމެން ކޮޓަރިއަށް” އާދިލް ދަމުން ނޫރާއަށް ގޮވާލުމުން ނައިހާއަށް ބަލާލާފައި ނައިހާ ބޯ ޖަހާލުމުން އާދިލްގެ ފަހަތުން ދިޔައެވެ.
ޝާލިޔާއާ ނަވާފްވެސް ދިޔައެވެ.
ފަސްވަރަކަށް މިނަޓް ތެރޭ ނަޒްހާ އައިސް ވަނެވެ.
“ކިހިނެއް ވީ؟” ކޮޓަރިއަށް ވަން ގޮތަށް ނަޒްހާ އެހިއެވެ.
“ޔަޒާންގެ ނޭފަތް ބަލާލަބަލަ” ނަޒްހާގެ ސުވާލަށް ޖވާބު ނުދީ ނަރީމާ ބުންޏެވެ.
ނަޒްހާ ގޮސް ޔަޒާންގެ ނޭފަތް ބަލާލާފައި ޑޮކްޓަރަށް ދައްކާލުމަށް ބުނެފައި އިތުރު ތުވާލިކޮޅެއް ގެނެސް ދިނުމުން މޫނު ސާފުކުރަން ހުއްޓާ ނާއިލްއާ ލައިލާ އައެވެ.
“ނައި، ސޮރީ!” ނައިހާއަށް ބަލާލާފައި ނާއިލް ބުންޏެވެ.
ނައިހާ އެއްޗެއް ނުބުނެ އޮތީއެވެ.
“ނާއިލް މާ އަވަހަށް ކަންތައްތަކާ ރުޅި އަންނަނީ ވިއްޔަ. މިހާރު ނައިހާއާ ޔަޒާންއާ ގުޅުމެއް ނެތަސް އަނުމްއާ ޔަޒާންގެ މެދުގަ އޮތް ގުޅުން އޮންނާނެއެއްނު؟ އެހެން ވިއްޔާ ޔަޒާން މި ގެޔަށް އަންނާނެ އެއްނު؟ އެ ކަމާ ނާއިލް ރުޅި އަންނާކަށް ނުޖެހޭނެ. ނައިހާއާ ޔަޒާންގެ މެދުގަ ވީ ކަންތައް އެއީ މިހާރު މާޒީ. އެކަމާ ޔަޒާން ފެންނަ ކޮންމެ ފަހަރަކު އޭނަ ގައިގަ ތަޅައިގަންނަން ވެއްޖެއްޔާ ދެން ނެތެއްނު ސަލާމަތެއް؟ ތިހާ އަވަހަށް ކަންކަމާ ރުޅި އަންނާކަށް ނުވާނެ” ނާއިލް ދެކެ ހިތްހަމަ ނުޖެހިފައި ހުރި ވަރުން ނަރީމާ އެއްޗެއް ކިޔަމުން ދިޔައެވެ. ޖަވާބުގައި އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.
“ކިހިނެއްތަ ވީ؟” އެންމެން ގޮސް ކޮތަރީގައި ނައިހާއާ ނަޒްހާ އެކަނި ވުމުން ނަޒްހާ އަހާލިއެވެ.
ނައިހާ އެރޭ ވީ ކަންތައް ނަޒްހާއަށް ކިޔާދިނެވެ.
“ތުއްތުބޭ ރުޅި އަންނާނެ ދޯ އަސްލު؟ ދޮންބެ ނޫނީ ބައްޕަ ނަމަވެސް ރުޅި އަންނާނެ. އެކަމަކު ތުއްތުބޭ އެހެން ތަޅައިގަތީމަ ކަމުނުދަނީ” ނަޒްހާ ބުންޏެވެ.
“މަންމަ އެހީމަ ތުއްތުބޭ އުޅުނީ ބުނަން، އެންމެންނަށް އަންގާކަށް އަހަރެން ބޭނުމެއް ނޫން އެ ވާހަކަތަކެއް. އަހަރެން ލަދު ގަނޭ ޔަޒާން އުޅުނު ގޮތުން. ބޭނުމެއް ނޫން ދުވަހަކުވެސް މަންމަމެންނަށް އެނގޭކަށް. އަހަރެން މޮޔަ ވެގެން ގޮސް އެންމެން މަޑުކުރާށޭ ކިޔަ ކިޔާ ތިއްބާ، ކޮން ކަހަލަ މީހެއްތޯ ބަލާވެސް ނުލާ ޔަޒާންއާ އިނީ. އޭގެ ނަތީޖާ މީ” ނައިހާ ދެ އަތުން މޫނު ފޮހެލިއެވެ.
“ދެން ނުރޮއެ. މިހާރު އެ ކަންތައް އެ ނިމުނީ” ނަޒްހާ އައިސް ނައިހާ ގައިގައި ބައްދާލިއެވެ.
“ނުނިމޭނެ، އަހަރެން މިހާރު ބިރު ގަންނަން ފަށައިފި ނާޔާއާ ޔާނިއުއާ ދެމީހުންގެ ކަންތަކާވެސް. މަންމަމެން ގަބޫލު ނުވެދާނެ ހެން ހީވަނީ. މި ހުރިހާ ކަމެއްގަ ޔާނިއުގެ ކުށެއް ނެތަސް އެ ދެ ކުދިންނަށްވެސް މި ކަންތައްގަނޑާ ހެދި ކަންތައްތައް ދިމާ ވާނެހެން ހީވަނީ. އަހަރެން އޭރު އެހާ މޮޔަ ކަމެއް ނުކުރި ނަމަ…” ނައިހާގެ ހިތުގައި ވީ ބިރު ނަޒްހާއާ ހިއްސާ ކުރިއެވެ.
“ތިހެން ހިތަށް ނާރުވަބަލަ ނައި، އެ ވަގުތު ޖެހުނީމަ ދެން އެކަމާ ވިސްނާނީ. އެކަކު ކުރި ކުށެއްގަ އެހެން މީހަކު ކުށްވެރި ކުރާ ކަހަލަ ބައެއް ނޫނެއްނު އަހަރުމެންގެ ފެމިލީއަކީ؟ މަންމަމެން އެހާ މޮޔައެއް ނުވާނެ. ދެން ހުއްޓާލާ” ނަޒްހާ ބުންޏެވެ.
އެރޭ ނަރިމާ އެއް ގޮތަކަށްވެސް ނާއިލްއާ ވާހަކައެއް ނުދައްކައެވެ. ކާން ހަދާފައި ލައިލާ ގޮވުމުން ނާއިލް ކާން އައުމުން ނަރީމާ ވަނީ ކޮޓަރިއަށެވެ. ނައިހާވެސް އެރޭ ކާން ތިރިއަށް އަންނާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ ނޫރާއާ ނަޒްހާއާ ނާޔާ ކެއީ ނައިހާގެ ކޮޓަރިއަށް އެއްޗެހި ގެންގޮސްގެން ނައިހާއާ އެކީގައެވެ.
އިޝާމް ގުޅީ ނައިހާ އަނުމް ނިންދަވާފައި ބޭއްވިތަނާއެވެ.
“މިރޭ ގޭގަ ކަމެއް ވީތަ؟” ނައިހާ ފޯން ނެގުމުން އިޝާމް އެހިއެވެ.
“ތުއްތުބޭ ދޯ ބުނީ؟” އިޝާމްއަށް އެނގޭނީ ނާއިލްގެ ފަރާތުން ކަން ނައިހާއަށް އެނގެއެވެ.
“އާނ، ދެންމެ ގުޅާފަ އައިސްބަލާށޭ ބުނީ. ވަރަށް ރުޅި ގަދަވެފަ ހުރީ” އިޝާމް ބުންޏެވެ.
“އެއީ… ޔަޒާން ގައިގަ ތުއްތުބޭ ތަޅައިގަތީ” ނައިހާ ހުރިހާ އެއްޗެއް ފޯނުން ކިޔާދޭކަށް ބޭނުމެއް ނޫނެވެ.
“ކީއްވެ؟” އިޝާމްއަށް އަހާލެވުނެވެ.
“މިރޭ އަންނާނަމެއްނު؟ އަހަރެން ކިޔާނުދިނަސް ތުއްތުބޭ ކިޔާދޭނެ. އައީމަ އެނގޭނެ އިޝާމްއަށް” ނައިހާ ބުންޏެވެ.
“އޯކޭ. މި ދަނީ މިހާރު” އިޝާމް ބުންޏެވެ.
ފޯން ބާއްވާފައި ނައިހާ އެރޭ ވީ ކަންތަކާ ވިސްނާލިއެވެ. ނައިހާ އެންމެ ކަންބޮޑު ވަނީ ޔާނިއުއާ ނާޔާއަށް ހުރަހެއް ދިމާވެދާނެތީއެވެ. ޔާނިއު އަކީ ރަނގަޅު ކުއްޖެކެވެ. ޔަޒާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނަމަވެސް އެއީ މިޒާޖާ އުޅުމުގެ ގޮތުން މުޅިން ތަފާތު ދެ މީހުންނެވެ. ޔާނިއު ނާޔާ ދެކެ ލޯބި ވާކަން ނައިހާއަށް ޔަގީނެވެ. ހަމަ އެހެން ނާޔާވެސް ޔާނިއު ދެކެ ލޯބި ވެއެވެ. އެއްވެސް ސަބަބަކާ ހެދި އެ ދެ ކުދިން ވަކިވާކަށް ނައިހާ ނޭދެއެވެ. މަންމައަށް ވުރެ ބޮޑަށް ނައިހާ ކަންބޮޑުވަނީ ބައްޕައާ މެދުއެވެ. ނާއިލް ހުރިހާ އެއްޗެއް ކިޔާދީފި ނަމަ އާދިލް ހުންނާނީ ނާއިލްއާ އެއްކޮޅަށް ހެން ނައިހާއަށް ހީވަނީއެވެ.
އެ ކަންތަކާ ވިސްނަން އޮވެފައި، އިރުކޮޅަކުން އިޝާމް އަންނަ ކަން ހަނދާން ވުމުން ނައިހާ ތެދުވެ ފާހާނާއަށް ވަދެފައި އައިސް ކުޑަކޮށް ރީތިވެލިއެވެ.
ލައިލާ ކޮޓަރިއަށް ވަން އިރު ނާއިލް ދެ އަތުން ބޮލުގައި ހިފަހައްޓާލައިގެން އިނެވެ. ލައިލާ ގޮސް ނާއިލް ކައިރީ އިށީނދެ ނާއިލްގެ އަތުގައި ހިފާ ތިރިކޮށްލިއެވެ.
“ދެން އެހާ ވަރަށް ނުވިސްނަބަލަ، އެކަންތައް އެ ނިމުނީނު؟” ލައިލާ ބުންޏެވެ.
“ނައި ކޮބާ؟ ރަނގަޅުތަ؟” ނާއިލް އަހާލިއެވެ.
“ރަނގަޅު” ލައިލާ ޖަވާބު ދިނެވެ.
ދެންވެސް ވިސްނުމަކަށް ގެއްލިފައި އިން ހެން ނާއިލް އިނީއެވެ. އެ ގޮތެއް ލައިލާއަކަށް ކަމަކު ނުދިޔައެވެ.
ނާއިލްއާ ކައިރި ވެލަމުން ލައިލާ ދެ އަތުން ނާއިލްގެ މޫނުގައި ހިފާލިއެވެ. ލައިލާގެ މަގްސަދު ވިސްނި ނާއިލް ހިނި އައިސްފައި ލައިލާ ގައިގައި ބައްދާލަމުން އެނދުގައި އޮށޯތެވެ.
ދޮރުގައި ޓަކި ޖަހާލި އަޑަށް ލައިލާ ދުރަށް ޖެހިލިއެވެ.
“އިޝާމް! ހަނދާން ނެތުނީ، އިޝާމްއަށް ގުޅާފަ އަންނާށޭ ބުނެފަ އަހަރެން މި ހުންނަނީ” އަދިވެސް ލައިލާ ގައިގައި ބައްދާލައިގެން އޮވެ ނާއިލް ބުންޏެވެ.
“ދެން ދޭ އެހެން ވިއްޔާ” ލައިލާ ބުންޏެވެ.
ނާއިލްއާ އިޝާމްއަށް ކޮފީ ގެނެސްދީފައި ލައިލާ ކޮޓަރިން ނިކުތެވެ. ނާއިލް ހުރިހާ ވާހަކައެއް އިޝާމްއަށް ކިޔާދިނެވެ. އިޝާމްއަށްވެސް އެ ވާހަކަތައް ގަބޫލު ކުރަން ދަތިވިއެވެ.
“އެއީ އަސްލު ނައި ވަރިއަށް އެދުނު ސަބަބު. އެރޭ ކަންނޭނގެ ނައިއަށް އެނގުނީ. އެހެން ނޫން ނަމަ އަދިވެސް ނައި އުޅޭނީ އޭނަޔާ އިނދެގެން” ނާއިލް ބުންޏެވެ.
“ދެން އަޅާނުލާ. ނައިއާ ނޫރާވެސް އެކަމުން ސަލާމަތް ވިތީ ޝުކުރު ކުރޭ. ނާއިލްގެ މަންމަ ބުނި ހެން އެއީ ނައިގެ ދަރިފުޅުގެ ބައްޕަ، އެ ގުޅުމެއް ބަދަލެއް ނުވާނެ ދުވަހަކުވެސް. ނާއިލްވެސް އެކަން ގަބޫލު ކުރަން ވާނެ” އިޝާމް ނާއިލްގެ ކޮނޑުގައި ހިފާލިއެވެ.
އެންމެ ގާތް އެކުވެރިޔާއަށް، ނައިހާއާ އިޝާމްގެ ގުޅުމުގެ ވާހަކަ ބުނެދޭން ހިތަށް އަރާފައިވެސް އިޝާމް ފަސް ޖެހުނެވެ. ނައިހާ އެދުނީ އަދި އެކަކަށްވެސް ނާންގާ މަޑު ކޮށްލުމަށެވެ. އެހެން ހިތަށް އަރާފައި އިޝާމް ދާން ތެދުވިއެވެ.
“ނައިއަށް ގޮވާލަން ވަދެ ނުލާނަންތަ؟’ ނާއިލް އަހާލިއެވެ.
“ނޫން، ވަދެލާފަ ދާނީ” އިޝާމް ބުންޏެވެ.
ނާއިލް ހިނި އައިސްފައި އިޝާމްއަށް ބަލާލިއެވެ.
އިޝާމް ވަން އިރު ނައިހާ ކައިރީ ލައިލާ އިނެވެ. އިޝާމް ވަނުމުން ދަނީއޭ ބުނެފައި ލައިލާ ނިކުތެވެ.
“ނައި، ތަދުވިތަ؟” ސޯފާގައި އިށީނދެފައި އިޝާމް އަހާލިއެވެ.
“އޭރު ތަދުވި، އެކަމަކު މިހާރު ރަނގަޅު… ތުއްތުބޭ ކީކޭ ބުނީ؟” ނައިހާ ފަސްޖެހިފައި އިނދެ އަހާލިއެވެ.
“ހުރިހާ އެއްޗެއްވެސް ކިޔާދިން. އެރޭތަ ނައިއަށް އެނގުނީ؟” އިޝާމް ކައިރި ވެލާފައި ނައިހާގެ އަތުގައި ހިފާލިއެވެ.
“ނޫން، ކުރިންވެސް ހީވި. އެންމެން ކާން ދިޔަ ރެއެއްގަ ހީވީ، އެކަމަކު ހިތަށް އެރީ އެއީ އަހަންނަށް ހީވާ ގޮތެކޭ. ނޫރާ ބައެއް ފަހަރު ޔަޒާންގެ ވާހަކަ ދައްކާ އިރުވެސް ހިތަށް އަރާ އޭނަ ޔަޒާން ދެކެ ވަރަށް ރުޅި އާދެޔޭ. އެކަމަކު އޭރު އެކަހަލަ އެއްޗެއް ހިތަށްވެސް ނާރާ. އެރޭ ފެނުނީމަ، އަޑު އިވުނީމަ ޔަގީން ވީ” ނައިހާ ކިޔާދިނެވެ.
“ދެން އެ ކަމާ ނުވިސްނާ” ނައިހާގެ އަތުގައި ހިފާ މަޑުމަޑުން އިޝާމް ފިއްތާލިއެވެ.
“ފަހުން ފަހުން ހިތަށް އަރާ އަހަރެން މޮޔަ ކަމުންނޭ ހުރިހާ ކަމެއް ވީ… އޭރު އާދެވުނު ރުޅީގަ ވިސްނައެއް ނުލަން މި ކުރެވެނީ ރަނގަޅު ކަމެއްތޯވެސް. އެހާ އަވަހަށް މެރީ ކުރަން އުޅުނީމަ އެންމެންވެސް ބުނި އަދި މަޑުކުރާށޭ. އެންމެ ފަހު ދުވަހުވެސް މަންމަ އައިސް ބުނި އަދި މަޑުކޮށްލަން ވީ ނޫންހޭ… އެކަމަކު އެއްވެސް މީހެއްގެ އަޑެއް އަހަރެން ނާހަން” ނައިހާ ކުރީގެ ވާހަކަ ދެއްކިއެވެ.
“ނައި… އަހަރެން އެއްޗެއް ބުނެފިއްޔާ ގަބޫލު ކުރާނަންތަ؟” އިޝާމް އަހާލިއެވެ.
ނައިހާ ބޯ ޖަހާލިއެވެ.
“އެރޭ… އެރޭ ވީ ކަންތައް ވީ އަހަރެންގެ ކުށަކުން ނޫނޭ ބުނެފިއްޔާ ނައި ގަބޫލު ކުރާނަންތަ؟” އިޝާމް އެ ބުނީ ކޮން ރެއެއްގެ ވާހަކަ ކަން ނައިހާއަށް ވިސްނުނެވެ. އިޝާމް ބުނަން އުޅޭ އެއްޗެއް ނުވިސްނިފައި ނައިހާ އިޝާމްއާ ދިމާއަށް ބަލަން އިނެވެ.
އެރޭ ކަންތައް ވީ ގޮތް އިޝާމް ކިޔާދިނެވެ.
ނައިހާއަށް އަނގަމަތީ އަތް އަޅާލެވުނު އިރު އިނީ ރޮވިފައެވެ.
“އިޝާމް ކިޔާދޭން ބޭނުން ވި އިރުވެސް އަހަރެން އަޑުވެސް ނޭހީ… އަހަރެންގެ ބޯ ހަރު ކަމުން ހުރިހާ ކަމެއް މިވީ…” ނައިހާއަށް ބުނެވުނެވެ.
ނައިހާ ރޯން ފެށުމުން އިޝާމް ސޯފާއިން ތެދުވެގެން އައިސް އެނދުގައި އިށީނދެފައި ނައިހާ ގައިގައި ބައްދާލިއެވެ.
“ނައި ރޮއްވާކަށް ނޫނޭ އެ ވާހަކަ މި ކިޔާދިނީ. ހުއްޓާލާ ދެން” ނައިހާގެ މޫނު ފޮހެދެމުން އިޝާމް ބުންޏެވެ.
“އައިމް ސޯ ސޮރީ އިޝާމް…” އިޝާމްގެ މޫނުގައި ދެ އަތުން ހިފާލަމުން ނައިހާ މާފަށް އެދުނެވެ.
“އަހަރެންގެ ކުށެއް ނެތް ކަން ނޭނގި ހުރެ ނައި އަހަންނަށް މާފު ކުރި އިރު، އެ ކަންތައް އެނގިގެން ނައި މާފަށް އެދެންވެސް އަހަރެން ބޭނުމެއް ނޫން. އައި ލަވް ޔޫ…” އިޝާމް ބުންޏެވެ.
“އައި ލަވް ޔޫ…” ނައިހާ އިޝާމްގެ މޭގައި މޫނު ފޮރުވާލަމުން ބުންޏެވެ.
އެ މަންޒަރު ބަލަން ދޮރުމަތީ މީހަކު ހުރި ކަން ނޭނގި އިޝާމް ދެ އަތުން ނައިހާގެ މޫނުގައި ހިފާލަމުން ނައިހާގެ ތުންފަތުގައި ބޮސްދިނެވެ. އެއާއެކު ސިހިފައި އިޝާމްއަށް ދުރަށް ޖެހިލެވުނީ ދޮރު ހުޅުވާފައި އެތެރެއަށް ނާއިލް ވަނުމުންނެވެ.
“ޔެސް! ޔެސް! ޔެސް!” ނާއިލް ބާރަށް ހަޅޭލަވައިގަތެވެ.
“ތުއްތުބޭ!” އަނުމް ހޭލަފާނެތީ ނައިހާއަށް ބުނެވުނެވެ.
“މަންމާ…!” ނަރީމާއަށް ގޮވަމުން ނާއިލް އެ ކޮޓަރިން ނިކުމެގެން ދިޔަ ތަން ބަލަން ނައިހާއާ އިޝާމް ހިނިއައިސްފައި ތިއްބެވެ.
އިޝާމް ތެދުވެގެން ގޮސް ސޯފާގައި އިށީން ތަނާ ނަރީމާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ނާއިލް އައިސް ވަނެވެ.
“ނާއިލްއަށް މިރޭ ކިހިނެއްތަ ވެގެން ތި އުޅެނީ؟” ނާއިލްގެ އަތް ފޮޅުވާލަމުން ހިތްހަމަ ނުޖެހިފައި ނަރީމާ ބުންޏެވެ.
“މަންމަ ބަލާބަލަ!” ނާއިލް ނައިހާއަށް އިޝާރާތް ކޮށްލަމުން ހިނި އައިސްފައި ހުރެ ބުންޏެވެ.
“ކޯޗެއްތަ ބަލަން ވީ؟” ނާއިލް ބުނަން އުޅޭ އެއްޗެއް ނަރީމާއަކަށް ނުވިސްނުނެވެ.
“ނައި ބުނެބަލަ މަންމަ ކައިރީ” ނާއިލް ބުންޏެވެ.
“ކޯޗެއްތަ ބުނަންވީ؟ ކިހިނެއްތަ ވީ؟” ނަރީމާ ނައިހާއަށް ބަލާލާފައި އެހިއެވެ.
“މަންމަ އިހަށް މިތާ އިށީނދެބަލަ” ނައިހާ ކައިރީ އެނދުގައި އަތް ޖައްސާލަމުން ބުންޏެވެ.
ހައިރާން ވެފައި ނަރިމާ ނައިހާ ކައިރީ އިށީނެވެ.
“މަންމާ، އަހަރެން… އަހަރެން ބޭނުން މީހަކާ އިންނަން” ނަރީމާގެ ކޮނޑުގައި ބޯ ޖައްސާލަމުން ނައިހާ ލަސްލަހުން އެހެން ބުނުމާ އެކު ނަރީމާއަށް ބަލާލެވުނީ އިޝާމްއާ ދިމާއަށެވެ.
“އިޝާމްއާތަ؟” ނަރީމާ އެހިއެވެ.
ނައިހާ ބޯ ޖަހާލިއެވެ.
ނަރީމާއަށް އިޝާމްއާ ދިމާއަށް ބަލާލެވުނެވެ. ދެ އަތުން ނައިހާގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ނަރީމާ ދަރިފުޅުގެ މޫނަށް ބަލާލިއެވެ. ނައިހާގެ މޫނު ފެނިފައި ނަރީމާއަށް ހިނިތުން ވެލެވުނެވެ.
“ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުން މަންމަ އެދެނީ. އޭރުވެސް މަންމައަށް އެނގޭ ދަރިފުޅު ދެކެ ލޯބިވާ މީހަކީ އިޝާމް ކަން. އެކަމަކު ނައިހާއަށް އެކަން ނުވިސްނުނީ. ނައިހާއށް އެނގޭތަ އޭރު ކަންތައް ވީ ގޮތް؟ އިޝާމްގެ ކުށެއް އެކަމުގަ ނެތް ކަން؟” ނަރީމާ އަހާލިއެވެ.
ނައިހާ ބޯ ޖަހާލިއެވެ.
“މަންމައަށް އެނގޭ ނައިހާއާ އިޝާމް އެކަކު އަނެކަކު ދެކެ ލޯބި ވާ ކަން. އެކަމަކު މިއަދާ ކުރިޔާ ހުރިހާ ކަމެއްވެސް ތަފާތު. އިޝާމް، މިއަދު ނައިހާ ހުރީ އެކަންޏެއް ނޫން. އެހެން މީހެއްގެ ދަރިއަކާ އެކީ އިޝާމްއަށް ނައިހާ ބަލައިގަނެވޭނެތަ؟ ފަހުން ބުރައަކަށް ނުވާނެތަ؟” ނަރީމާ އެ ސުވާލު ކުރީ އިޝާމްއާއެވެ.
“އެ ކަން އެނގި ހުރެ އަހަރެން ނައި ކައިރީ ކައިވެންޏަށް އެހީ. އިރާދަ ކުރެއްވިއްޔާ ނައިއާ މެދު އަހަރެންގެ ހިތް ދުވަހަކުވެސް ބަދަލެއް ނުވާނެ. އެންމެ ކުއްޖެއް ނޫން، ދެ ކުދިން، ތިން ކުދިން ތިބި ނަމަވެސް އަހަރެން އެ ކުދިންނާ އެކީ ނައި ގަބޫލު ކުރާނަން. އަނުމްއަކީ އަމިއްލަ ދަރިއެއް ހެން ލޯބި ވާނަން” އިޝާމްގެ އަޑުގައި ވަނީ ޔަގީންކަމެވެ.
“މަންމަ ހަމަ މިރޭ ބައްޕައާ ވާހަކަ ދައްކާނަން އިނގޭ. އެކަމަކު މަންމަ ވަރަށް އެދެން އަދި ދުވަސްކޮޅަކު ނައި މަންމަ ކައިރީ ހުރެލަން. އެހާ ދުވަސް ކޮށްފަ ނައި މަންމަ ކައިރިއަށް ހަމަ އައި އައި އިރަށް އަނެއްކާ ފޮނުވާލާކަށް ހިތެއް އެއްބަހެއް ނުވޭ” ނަރީމާ، ނައިހާގެ ބުރަކަށީގައި ފިރުމާލިއެވެ.
“އެހާ އަވަހަކަށް ނޫނޭ މަންމާ. އަދި ދުވަސްކޮޅެއް ފަހުން، ދޯ އިޝާމް؟” ނައިހާ ބުންޏެވެ.
“ނައި ބޭނުން ގޮތެއް އަހަންނަށް އޯކޭ” އިޝާމް އެއްބަސް ވިއެވެ.
ނަރީމާ ތެދުވެ އެ ކޮތަރިން ނިކުންނަން ދިޔައެވެ. އޭރުވެސް ނާއިލް ހިނި އައިސްފައި ހުއްޓެވެ.
“ނާއިލް!” ނަރީމާ ނިކުންނަމުން ނާއިލްއަށް ގޮވާލުމުންވެސް ނާއިލް ނުނިކުތުމުން ނަރީމާ ނިކުތީ ނާއިލްގެ އަތުގައި ހިފައިގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.








Hi everyone, here’s part 13, plz read n leave a comment ingey, part 14 will b uploaded on Wednesday, hope u like this, ❤️❤️❤️
Varah reethi mi part ves??
Ekam typing errors ginakan faahaga kurevey varah gina part thakuga.. rangalhu kollaane kamah ummeedhu kuran?
Hey me first dhw….. Vvvv reethi mi part vx…. Waiting fr nxt part…. Lysm marsha Sis…
Wowwwww….vvvvvv reethi mi part vx……im speechless…..haadha reehchey mi bai vx maashaa allah….alhey nxt part thankolheh avahah up kohla dhehchey ingey sis….and yayyyyyyy!!!!ishaam and naihaa going to marry dhw….
Wowwww…. Varah reethi mi part vx… Whn next.. Ishaam n naihaa merry kuran dhw eulheny ❤️❤️❤️❤️❤️❤️????❤️❤️❤️
Vrh salhi mi part… Good job… Thee hama rangadeh….. Gadha ingey… Dhn oii b vx dhigu koh ingey konmea part ehga enmea kiyaa hithun indhaa nieny, ??
V v v v ❤️❤️reethi❤️❤️…. Luv da story …marshaa
Varah salhi mi part ves…….❤️❤️❤️❤️???????
Wow?????.
Varah reethi mi part vx❤❤❤.
Kiyaalaa hithun indhaa nimunee vx???.
Next part ah varah varah inthixaaru kurevey eba???.
Waiting for next?????
Varah varah reethi mi part ves ❤️❤️ You are so good at writing stories masha allah ???
Vaahaka reethi ekam haadha mistakes eba huttey.. baeh thanthan eba huri hama kiyan neyngey varah ves liyefa.. dhn aslu story mi liyany right to left dhw ekam mi vaahaka in varah ginain feney left to right ah liyefa hunna thanthan ves … mikan kan rangalhu kohleveythw balaaba dhn anna part thakah..good luck
eii connection dhah v ma vaagotheh. alhugandah vx vey ehn. dhn close kohfa hulhu v ma ok ekm
Hi, thanks for the comments. Typing error anna gotheh Marsha akah nuvisnunu, word ga liyefa huri iru rythi koh Hury, but esfiya in hulhuvaafa iru hunnany baeh paragraphs ga Ehen baithakaa mix vefa, rangalhu kolleveytho eba balan. ❤️❤️❤️
Maasha and the bear
Varah???? varah???? varah????reethi.???? maa sha Allah???? waiting ????for????the??next part???
Next part avahah up kohla dehchey………….. Kiyaa hitun kehvany eh noon……………