Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (އަށާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 17, 2019 13 Mins Read
30 Comments

“ހެލޯ މަލާކް….މާ ބޮޑަށް ކަންބޮޑުވާނެ ކަމެއްނެތް ދަރިފުޅު. ދަރިފުޅަށް ކުށެއް ކުރެވުނިއްޔާ މަޢާފަށް އެދިލާ. އަޔާޒް ޢާއްމުގޮތެއްގަ އޭނަ ލޯބިވާ މީހުންގެ މަޢާފު ޤަބޫލުކުރާނެ. އެކަމަކު އޭނައާއި ވާހަކަ ދައްކައިގެން އޭނަ ހިތްހަމަޖައްސާލަދިނުން ވަރަށް މުހިއްމު. މި ޙާލަތުގަ އަޔާޒް އެކަނި ކޮށްނުލައްޗޭ މަލާކް. އޭނަ ހިތްހަމަޖައްސައިދީ އޭނަދެކެ ލޯބިވާކަން ހާމަކޮށްދީ.” ބޮޑުމަންމަ ފޯނުން އެހެން ބުނެލި ވަގުތަކީ މަލާކް ކާގޭގެ ދޮރާއި ހަމަވީ ވަގުތެވެ. އެވަގުތު އަޔާޒް އައިސްއަލަމާރި ހުޅުވައިގެން އޭގެ ތެރެއަށް ބަލަހައްޓައިގެން ހުރީއެވެ. ބޮޑުމަންމަ އެންމެ ފަހަކަށް ބުނެލި ބަސްތަކުން މަލާކްގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތަކެއް ހިނގާލިއެވެ. ލޯބިވާކަން ހާމަކޮށްދޭށޭ ބުނުމުން އޭނަގެ ހިތް އެކަމަށް ކެތްމަދުވެގެން ދިޔަ ވަގުތު މަލާކަށް ކެތްމަދުވެގެން ދިޔަ ހިތަކާއެކީ އޭނަގެ ކަންފަތު ފޯނު ނަގާލެވުނެވެ.

 

“އަޔާޒް…” ހިތުގައި އުތުރިއަރައިގަތް ޖަޒުބާތުތަކާއެކީ މަލާކަށް ގޮވާލެވުމާއެކު ދުރުގައި ހުރި އަޔާޒް އޭނައަށް ބަލާލިއެވެ. އަޔާޒް ބަލާލުމާއެކު މަލާކްގެ ނޭވާ ކަރުގައި ތާށިވިއެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔަ ގޮތުން އޭނަ ބިރުގަންނަހާވެސްވިއެވެ. އޭނަ ދެންމެ ބުނަން އުޅުނީ ކީކޭކަން އެނގުންވީ ވަގުތު ވީ ޖެހިލުމުގައި އޭނަގެ މޫނު ރަތްވެގެން ދިޔައެވެ. އެ ވަގުތު އެތަނުގައި އޮތީ ސިޓިންގް ރޫމުން އަންނަމުން ދިޔަ ފަނޑު އައްޔާއި އައިސްއަލަމާރީގެ އައްޔަށްވުމީ އޭނަގެ ނަސީބޭ މަލާކްގެ ހިތަށްއެރިއެވެ. ހަމަ އެވަގުތު އަޔާޒް އޭނައަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ.

 

“މަލާކް؟ ކިހިނެއްތަވީ މި ގަޑީގަ ތެދުވެގެން ތިއުޅެނީ؟” އަޔާޒް މަލާކްގެ ނަމުން ގޮވައި އަލަމާރީގެ ދޮރު ލެއްޕުމަށްފަހު މަލާކްގެ ގާތަށް އައިސް ދޮރު ކައިރީގައ ހުރި ސްވިޗްތަކަށް ފިތާލަމުން ކާގޭގެ ބޮކިތައް ދިއްލާލިއެވެ. އެހިނދު މަލާކް ކުޑަކޮށް ސިހުންވީ އޭނަގެ މޫނުމަތީގެ ކުލަވަރު އަޔާޒަށް ފެނިދާނެތީ ވީ ނުތަނަވަސްކަމުގައެވެ. އެހެނަސް އަޔާޒަށް އެކަން ފާހަގަ ނުވީ ކަންނޭނގެއެވެ. މަލާކްގެ ޖަވާބެއްގެ އިންތިޒާރުގައި އޭނަ މަލާކަށް ބަލަހައްޓައިގެން ހުރީއެވެ.

 

“އަމް…އަ…އަޔާޒް ކީއްކުރަނީ މިގަޑީގަ؟” ހިތުގެ ތެޅުމާއިމެދު ނުވިސްނަން މަސައްކަތް ކުރަމުން މަލާކް ސުވާލުކުރިއެވެ. އެއާއެކު އަޔާޒް ހުއްޓުން އެރުމުން އޭނައަށް ކުރެވުނީ ރަނގަޅު ސުވާލެއްކަން އެނގުންވުމުން މަލާކްގެ ނުތަނަވަސްކަން ހިސާބަކަށް ފިލިއެވެ.

 

“ކުޑަކޮށް ބަނޑުހައިވެގެން މިއައީ އެއްޗެއް ކާލަންވެގެން…މަލާކް ކިހިނެއްވީ؟ ފެން ބޯންވެގެންތަ؟ އެކަމަކު ކޮޓަރީގަ ހުރި ޖަގުގަ ފެން ހުރިހެން އަހަންނަށް ހީވަނީ…” އަޔާޒް ވިސްނުމެއްގައި ހުރެ ބުނެލިއެވެ. މަލާކް އަނެއްކާވެސް ނުތަނަވަސްވާން އުޅުނެއްކަމަކު އޭނަ އަޔާޒަށް ދޮގު ހަދަން ޖެހޭ ސަބަބެއްވެސް ނެތްކަން އޭނައަށް ޔަޤީންވިއެވެ. އެ ލިބުނު ޔަޤީންކަމާއެކީ މަލާކަށް ވާހަކަ ދެކެވުނެވެ.

 

“މަލާކްގެ ކޮޓަރީގަ އޮންނަ މީހަކު ކޮންމެ ރެއަކު ކޮޓަރިން ބޭރަށް ދާތަން ފެނިފަ މާ މަޖާ ކަމެއް ކުރަނީއޭ ހިތާ ބަލާލަން މި ނިކުމެލީ މިރޭ…” މަލާކަށް ސަމާސާ ރާގެއްގައި އެ ވާހަކަ އެ ޒާތަށް އަމުނާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެކަމާމެދު ޚުދު އޭނަވެސް ޙައިރާންވިއެވެ. އެހެނަސް އޭނަ އެހެން ބުނުމާއެކު އަޔާޒް ލުއި ގޮތަކަށް ހީލި ގޮތުން އޭނަގެ ހިތުގެ މުރާދަކަށްވީ ކޮންކަމެއްކަން އޭނައަށް އެނގުންވިއެވެ. އެއާއެކު މަލާކަށް ވެސް އަޔާޒަށް ބަލަން ހުރެ ހިނިތުންވެލެވުނެވެ.

 

“ޔޫ އާރ މޯސްޓް ވެލްކަމް! އެއްވެސް ކަމެއް ފޮރުވާކަށް ނެތިން. އަސްލު މިވާ ގޮތަކީ ކުރީ ދުވަހު ކެފޭއަކަށް ގޮއްސަ ގަތް ކޮފީ ކޭކެއް ވަރަށް މީރުވެގެން މިއުޅެނީ. މީރުކަމުން ނިދަން އޮންނައިރު ހުވަފެނުންވެސް އެ ކޭކުގެ ހުވަފެންތައް ފެންނަވަރުން ނޯވެވިގެން މި އާދެވެނީ. މަލާކް ބޭނުންތަ ރަހަ ބަލާލަން؟” އަޔާޒަށް ވެސް ޙަޤީޤަތް ފޮރުވަމުން ސަމާސާވެރި ރާގަކަށް ވާހަކަ ދެކެވުނެވެ. އޭނަގެ އެ ފަހު ސުވާލު އުޖާލާވި ހިނިތުންވުމަކާއެކީ ކޮށްލެވުނު ގޮތުން ޚުދު އޭނަ ވެސް ޙައިރާންވިއެވެ. އެހެނީ ދާދި ދެންމެއަކު އޭނަގެ ސިކުނޑި ކަމުން ދިޔަ ފިކުރުތަކެއްގެ ސަބަބުން އޭނަވީ ބޮލުގައި ރިއްސަން ކައިރިވެފައެވެ. އޭނަ އެފަދަ ޙާލަތެއްގައި ވާ ހިނދު އޭނަ ހެއްވާލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިރޭ މި ވަނީ ކިހިނެއްތޯ ހިތަށްއެރި ވަގުތަކީ މަލާކް ވިދުމެއްވި ލޮލާއެކީ ހޫންލައްވައި ބޯޖަހާލަމުން އޭނަގެ ސުވާލަށް ޖަވާބު ދިން ވަގުތެވެ. އެއާއެކު މަލާކް އޭނައާއެކީ މި ވަގުތުކޮޅު ޙިއްސާކުރަން ބޭނުންވާކަން އެނގުންވުމުން އަޔާޒްގެ ހިނިތުންވުން ފުން ވީ ހިނދު އަވަހަށް އަންނާށޭ ބުނެލެވުނެވެ. އެއާއެކު އޭނަ އަނެއްކާވެސް ކާގެއަށް ވަދެގެން ގޮސް އައިސްއަލަމާރި ކައިރިއަށް ދިޔައެވެ. މަލާކް ގޮސް ކާ މޭޒު ކައިރީގައި އޭނަ ޢާއްމުގޮތެއްގައި ހުންނަ ތަނުގައި މަޑުކޮށްލި ވަގުތު އަޔާޒް އެ ކޭކު ނަގައި މޭޒުމަތީގައި ބެހެއްޓީއެވެ. އެއަށްފަހު އޭނަ މަލާކަށާއި އޭނައަށް ދެ ކުޑަ ތަށްޓާއި އޫ ގެނެސް ކޭކުކޮޅުތަކެއް ދެ ތަށްޓަށް އަޅާލިއެވެ. އަދި މަލާކްގެ ތަށި މަލާކްގެ ކުރިމަތީގައި ބެހެއްޓުމަށްފަހު އޭނަގެ ތަށްޓާއެކީ މަލާކްގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި އިށީނެވެ. އެއަށްފަހު އޭނަގެ ތަށްޓަށް އޭނަ އެޅި ބޮޑު ކޭކުގަނޑުން ކާންފެށިއެވެ. އަދި މަލާކް ކައިރިން މީރުދޯއޭ އަހާލިއެވެ. މަލާކް ހަމަހޭވެރިކަމެއް ލިބުނު ފަދައަކުން ކޭކުކޮޅެއް ކާލަމުން ގަދަކަމުން ހީލަމުން ބޯޖަހާލިއެވެ. ޗޮކްލެޓް ސިރަޕް މައްޗަށް އެޅިފައިވި އެ ކޭކުގެ ރަހަ މަލާކް ހީކުރި ވަރަށްވުރެ ފޮންޏެވެ. އެއާއިއެކު އަޔާޒަށް ބަލަން އިނދެފައި ހިތަށް ވެރިވި ޚިޔާލުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ޑޮކްޓަރެއް ކައިރި މިވާހަކަ ބުނަންވީމަ ޖެހިލުންވެސްވޭ އެކަމަކު މާ ގިނައިން ފޮނި އެއްޗެހި ކެއުމަކީ ހަކުރު ބައްޔަށް މަގުފަހިވާކަމެއް.” މަލާކް އެހެން ބުނެލީ މި ވޭތުވި ދުވަސްތަކުގައި އަޔާޒް ކެއި މަންޒަރު ފެނިފައި ޙަޤީޤަތުގައި ވެސް ކަންބޮޑުވުމުންނެވެ.

 

“އާދެ…ލައްބަ….ހަކުރު މަތިވެގެން ގޮސް ދެފައިންކުރެ އެއްފައި ކަނޑަން ޖެހޭ ހިސާބަށްވެސް ގޮސްދާނެ. ތި ދެއްވި އިންޒާރަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ.” އަޔާޒް ސީރިއަސްވާ ކަމަށް ހެދެމުން ވާހަކަ ނިންމާލީ ކޮންޓްރޯލް ކުރަމުން ދިޔަ ހިނިތުންވުމަކާއި އެކީ ކޭކު ކަމުންނެވެ. އެއާއެކު މަލާކަށް ލުއި ހީލުމެއް ހީލެވުނެއްކަމަކު އޭނަ އެ ސަމާސާވެރި ސީރިއަސްކަން ދެމެހެއްޓޭތޯ ބެލިއެވެ.

 

“ހަމައެކަނި އެއެއް ނޫނޭ….ދުވަސްކޮޅަކުން ބޮޑު ބަނޑެއްވެސް ލާނެ.” މަލާކް ބުނެލިއެވެ.

 

“އާނދޯ؟ ދެން ގާލްފްރެންޑް ވެސް ބުނާނެ….” އަޔާޒް ސަމާސާވެރި ރާގަކަށް ބުނަން އުޅުނު ވާހަކަ މެދުކެނޑުނީ ކުއްލިއަކަށެވެ. އޭނަ ދައްކަން އުޅުނީ ކާކުގެ ވާހަކަކަން އެނގުންވި ވަގުތު އޭނަ ހުއްޓުންއެރިއެވެ. އެއާއެކު އެ ސޫރަ އޭނަގެ ލޯ ކުރިމަތިން ސިފަވެ އެ ސޫރައިގެ ވެރިޔާ އޭނައަށް ދިން ހިތި ތަޖުރިބާތަކުގެ ހަނދާންތައް އާވެގެން ދިޔުމުން އަޔާޒްގެ މޫނުމަތީގެ ކުލަވަރު އޮއްސި ހިއްލައިގެން ހުރި އޫވެސް ތަށީގައި ބާއްވާލެވުނެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ހާސްވަނަ ފަހަރަށް މައުވާއާއި އޭނަ ވަކިވެއްޖެކަމަށް އޭނަގެ ސިކުނޑި ބުނި ބުނުމާއެކީ އަޔާޒްގެ މޭގައި ރިހުމެއް އުފެދި އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ. އަޔާޒަށް ވަމުން ދިޔަ ގޮތް ބަލަންހުރި މަލާކްގެ ވެސް ހިތްދަތިވިއެވެ. އަޔާޒް އެއްދިމާލަކަށް ބަލަހައްޓައިގެން ދެރަ މޫނަކާއެކީ އިންގޮތުން އޭނަ ވަގުތުން އެއްޗެކޭ ބުނެ އަޔާޒް ހެއްވާލަން ބޭނުންވިއެވެ. އެހެނަސް އެވަގުތު އަޔާޒްގެ ހިތަށް ހަމަޖެހުމެއް ލިބިދާނެފަދަ ގޮތަކަށް ބުނެވިދާނެ ބަސްތަކެއް ނޭނގުމުން މަލާކަށް އިންގޮތަށް އިނދެވުނީއެވެ. ދެމެދަށް ވެރިވި ހިމޭންކަމުގެ ވަގުތުކޮޅަށްފަހު އެންމެ ފުރަތަމަ އިވިގެން ދިޔައީ އަސަރެއް ނެތްގޮތަކަށް ހީލި އަޔާޒްގެ އަޑެވެ.

 

“ދެން އަހަންނަށް ނުލިބޭނެދޯ ގާލްފްރެންޑެއްވެސް؟ ބޮޑު ބަނޑެއްލާފަ މިހާ ޢުމުރުން ދުވަސްވީމަ؟ ހެހެ….ޓުވެންޓީ ފައިވް އެންޑް ސިންގަލް…ހީނުކުރަން އަހަންނަށް މިހެން ވެދާނެކަމަށް ލައިފްގަ…” އަޔާޒް އެހެން ބުނެލީ ދެންވެސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ މާޔޫސީ ގޮތަކަށެވެ. އޭނަ އެހެން ބުނެލުމާއެކުހެން ސިންގަލްއެއް ނޫނެއްނޫންތޯ މަލާކް ބުނަން ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު އަޔާޒް މި ކައިވެންޏާއިމެދު ނިންމާފައި އޮތް ގޮތް ހަނދާންވުމުން މަލާކަށް ވިސްނުނު ވަގުތު މާޔޫސްވެސްވިއެވެ. އެހެނަސް އެވަގުތު ވެސް އަޔާޒް އުފާވާނެފަދަ ވާހަކައެއް ދައްކަން ބޭނުންވިއެވެ.

 

“ހާދަ އަވަހަށް އުއްމީދު ތިކަނޑާލީ! ޓްރަސްޓް މީ….އަޔާޒަށް ޓުވެންޓީ ފައިވް ވިޔަސް ވަރަށް ޒުވާންކޮށް އަޔާޒް ދައްކަނީ. އެހެން ނޫނަސް އެއީ ނުލާހިކު މެޗުއާރވެފަ އެޓްރެކްޓިވްވާ އޭޖެއް. އަންހެން ކުދިން ލައިކްވާނެ އެކަހަލަ ފިރިހެނުން. އަދި ކުރިއަށް އޮތީއެއްނު ލައިފްގެ ކަންތައް؟ ކިހިނެއް އެނގޭނީ އަޔާޒް މާލެއަށް ގޮއްސަ ހޮސްޕިޓަލެއް ޖޮއިން ކުރީމަ އެތަނުން ކުއްޖަކު ނުލިބޭނެކަމެއް؟ ޓުވެންޓީ ފައިވް ކީއްކުރަން؟ އަޔާޒަށް ލިބިދާނެ ޓުވެންޓީ ވަން ޔިއާރސްގެ ކުއްޖެއްވެސް!” މަލާކް ނުހަނު ޖޯޝާއެކީ ބުނެލިއެވެ. އޭނައަށް ބުނެލެވުނު ފަހު ބަސްތަކުން އޭނަ ކުޑަކޮށް ހުއްޓުން އެރީ އޭނައަށް ބުނެވުނީ ޚުދު އޭނަގެ ޢުމުރުކަން އެނގުންވުމުންނެވެ. އެކަން އަޔާޒަށް ފާހަގަވިތޯ ހިތަށްއެރި ވަގުތަކީ އަޔާޒް އޭނަގެ ވާހަކައަށް ހީލި ވަގުތެވެ. އެއާއެކު މަލާކްވެސް ހީލެވޭތޯ މަސައްކަތް ކުރިއެވެ.

 

“ހިޝާމް ލައިކްވަނީ ޓުވެންޓީ ވަން ޔިއާރސްގެ ކުދިންދޯ؟” އަޔާޒް ކޮށްލި ސުވާލުން އޭނައަށް ފާހަގަވިކަން ޔަޤީންވުމުން މަލާކަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. މަލާކްގެ އެ ޙަރަކާތަށް ވެސް އަޔާޒަށް ހީލެވުނުއިރު އޭނައަށް އެ ޙަރަކާތުގެ ފަހަތުގައިވި ސަބަބާމެދު ވިސްނެން ފެށިއެވެ. މަލާކް އެހެން ހެދީ ހިޝާމްގެ ނަންގަނެވުމުން ލަދުންތޯ އެހެންނޫނީ މަލާކަށް ދެންމެ އޭނަގާތު ބުނެވުނު ވާހަކައިންތޯ ހިތަށްއެރި ވަގުތު އޭގެ ޖަވާބު އޭނަ ނުހަނު ބޭނުންވިއެވެ.

 

“އެހެންވެތާ އޭނަ މަލާކްގެ ފަހަތު އަޅައިގެން އުޅޭނީ.” މަލާކަށް ލޯ ހުޅުވާލަމުން އެހެން ބުނެލެވުނީ އެ ހިޝާމްގެ ޚިޔާލުތަކާހުރެ ނުރުހުންވެފައި އިނދެއެވެ.

 

“އައްދެ! މަލާކްގެ ކްރަޝް މަލާކްގެ ފަހަތު އަޅައިގެންތަ އުޅެނީ؟ ހާދަ ކާމިޔާބު ކުއްޖެކޭ ތިއީ އެހެންވީއިރު…..ސޯ ޔޫ އާރ ޑޭޓިންގް ދޯ؟ ވަރަށް ގުޅައި ހަދާތަ ހިޝާމް؟” އަޔާޒަށް އެއްފަހަރާ އެތައް ސުވާލެއް ކުރެވުނީ މަލާކާއި ހިޝާމާއި ދެމެދު އޮތް ގުޅުން ދެނެގަންނަން ބޭނުންވި ވަރުންނެވެ. އެއީ ކީއްވެތޯ ޚުދު އޭނައަށް ވެސް އޭނަގެ އަމިއްލަ ނަފްސާއި ސުވާލުކުރެވެމުން ދިޔައެވެ. އެހެނަސް އެ ސުވާލަށްވުރެ އޭނަ ދެންމެ މަލާކާއި ކުރި ސުވާލުތައް އޭނައަށް މުހިއްމުވިއެވެ.

 

“ދެން އެމީހެއްގެ ވާހަކަ ބާއްވާފަ މި ވާހަކަ އަޑުއަހާބަލަ! ދެން އެންމެ ހަފްތާއެކޭ ބާކީ އޮތީ މަލާކްއާ އަޔާޒް ރަޝިޔާގަ ތިބެން! މިހެން ތަނަކަށް ނުގޮސް ގޭގަ ތިއްބާ މިއޮތް ޚަރަދުކޮށްގެން ކުރި ދަތުރު ނިމުމަކަށް މި އަންނަނީ. ހިނގާބަ މާދަމާއިން ފަށައިގެން މަލާކަށް މޮސްކޯގެ އެކިއެކި ތަންތަން ދައްކަން. ވަރަށް ބަލާހިތުން މިހިރީ…” މަލާކް ނުހަނު ފޯރިއާއެކީ ބުނެލިއެވެ. އޭނަ ހުރީ ޙަޤީޤަތުގައި ވެސް ރަޝިޔާއަށް އައީއްސުރެ އާ މަންޒަރުތައް ދެކެން ކެތްމަދުވެފައެވެ. މި ހުރިހާ ދުވަހު އަޔާޒް އެހެން ކަމަކާހެދި އުޅުމުން އޭނަ އެއްޗެކޭ ނުބުނެ ހުރީއެވެ. އެހެނަސް މިއަދު އަޔާޒް އެކަމުން ވެސް ދުރުވެ އޭނަގެ އެ އެދުން ފުއްދައިދިނުމަށް ވަގުތުވެފައިކަން އެނގުންވުމުން އެދުނީއެވެ. އަދި އަމުދުން އަޔާޒް އޭނަގެ އެދުން ފުރިހަމަ ކޮށްދިނުމުގައި މަޝްޣޫލުވުމުން އަޔާޒް އޭނަގެ ހިތި ހަނދާންތަކާއި ދުރުވާނެކަމުގެ އުއްމީދުވެސް މަލާކަށް ކުރެވުނެވެ.

 

މަލާކް އޭނަ ބޭނުންވި ގޮތް ކިޔައިދިނުމާއެކު އަޔާޒަށް ވިސްނުމެއްގައި އިނދެ ހިނިތުންވެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އެ ހިނިތުންވުން ފުންކުރަމުން މަލާކްގާތު ހިނގާށޭ ބުނެލިއެވެ.

 

ކުރާނެ ވަކި އިތުރު ކަމެއް ނެތުމުން އަޔާޒާއި މަލާކް އެދުވަހު ހެނދުނު ހެނދުނާ މަންޒަރު ބަލަން ދިޔުމަށް ދަތުރު ފެށިއެވެ. އަޔާޒް ކުއްޔަށް ހިފައިގެން އުޅޭ ކާރުގައި މިފަހަރު ދެމީހުން ދަތުރު ފެށީ މަލާކް ބެލުމަށް ވަކި މުވައްޒަފަކު ގެނައުމެއްނެތިއެވެ. ދެމީހުން އެކީގައި އުޅޭތަން ވަކި ނުދައްކަންޖެހޭ މީހަކު ނެތުމުންނެވެ. އަޔާޒް އެއްގޮތަކަށްވެސް އަމިއްލަ ހާޒިރީގައި އޭނަ އެހެން މީހަކާއި ޙަވާލުކުރަން ބޭނުމެއްނުވާކަން އެނގުންވުމުން މަލާކަށް ސިއްރުން ހިނިތުންވެވެމުން ދިޔައިރު އަޔާޒް އޭނަގެ އިޙްސާސްތަކާމެދު ނުވިސްނޭތޯ ބެލިއެވެ. ދުވަހަކީ އުޑުމަތި ސާފު ދުވަހަކަށްވުމުން އެކިއެކި ހާމަ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން ބަލަން މަޑުކުރުމުގެ ފުރުޞަތުވެސް ދެމީހުންނަށް ލިބުނެވެ. ބޯ މައްޗަށް ހިއްލާލުމުން ނޫނީ އެންމެ މަތި ނުފެންނާނެ ކަހަލަ ހައިބަތުހުރި އާސާރި ޢިމާރާތްތަކާއި މާ ބަގީޗާތަކުން ފުރިފައިވި ބޮޑު ޕާކުތަކާއި މިއުޒިއަމްތަކަށް ޒިޔާރަތްކުރަމުން ދިޔައިރު އަޔާޒް އެތަންތަނާއި ބެހޭގޮތުން މަލާކަށް ކިޔައިދެމުން ދިޔައީ ކިޔައިދޭ ހިތުންނެވެ. ބޭއިޚްތިޔާރުގައި ނަމަވެސް އަޔާޒަށް މަލާކާއެކީ ޒިޔާރާތް ކުރެވެމުން ދިޔައީ އޭނަ މައުވާއާއި ރައްޓެހިވެގެން އުޅުނުއިރު މައުވާއާއެކީ ދިޔަ ތަންތަނަށެވެ . އޭގެ ނަތީޖާއެއްގެ ގޮތުން މައުވާއާއި މަލާކާއި ދެމެދު ހުރި ތަފާތުތައް އަޔާޒަށް ފާހަގަކުރެވެމުން ދިޔައެވެ. މައުވާއާއެކީ ދަތުރުކުރާއިރު ރީތި ތަނަކަށް ދެވޭއިރަށް މައުވާގެ ކަމަކީ އޭނައާއެކީ އެތަނުގެ ކުރިމަތީގައި ފޮޓޯއެއް ނަގައި އިންސްޓާގްރާމަށްލުމެވެ. ދަތުރުގެ ބޮޑުބައި ދަނީ މައުވާ އޭނަގެ ފޯނާއި ކުޅުމުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި އަމުދުން މައުވާ ކޮންމެ ތަނަކަށް ގެންދިޔަޔަސް އެ މޫނުމަތިން ވަކި ޝައުޤުވެރިކަމެއް ނުފެނެއެވެ. ކިތަންމެ ރީތި އެއްޗެއް ފެނުނަސް އެ ރީތިކަން މައުވާއަށް ނުފެންނަ ފަދައެވެ. އެހެނަސް މަލާކް މުޅިން ތަފާތެވެ. އަޔާޒް ތަނެއްގެ ވާހަކަ ކިޔައިދޭއިރަށް އެ ވާހަކަ ޝައުޤުވެރިކަމާއެކީ އަޑުއެހުމަށްފަހު މަލާކް ކުރާ ސުވާލުތައް ވެސް ގިނައެވެ. ބަގީޗާތަކުގައި ތިބި މާތައް ފެނިފައި މަލާކް އެއަށް ތަޢުރީފުކުރަމުން ދިޔައިރު އެ މޫނުމަތިން ފެނުނު އުޖާލާކަމާއި ހިނިތުންވުންތަކުން އަޔާޒްގެ ހިތަށް ފިނިކަމެއް ގެނުވިއެވެ. ދަތުރުމަތީގައި ދެމީހުން މިސްކިތަކާއި ގާތްވަމުން ދިޔަ ވަގުތު މެންދުރު ނަމާދަށް ބަންގި ގޮވި އަޑުއިވިފައި ނަމާދަށް ހިނގާށޭ ބުނެލި ގޮތުން އަޔާޒަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. މަލާކްގެ މަޤާމުގައި މައުވާ ހުރި ދުވަހު ބަންގީގެ އަޑު އިވުމުން ވެސް މައުވާ އަޅައެއްނުލިއެވެ. މައުވާ އަޅާނުލުމުން އޭނަވެސް އެކަމާމެދު އަޅާލާން ނުޖެހޭނެކަމަށް އަޔާޒް އަމިއްލަ ނަފްސުގާތު ބުނެފައިވީ ހިތަށް އުދަގޫވާ ޙާލުގައެވެ. އެހެނަސް މިއަދުގެ ޙާލަތް ހާދަ ތަފާތެވެ. އަޔާޒް އެދުވަހު ފުރަތަމަ ފަހަރަށް ދަތުރެއްގެ މަތީގައި ނަމާދުކުރީ އެކަމާމެދު ޙައިރާންވެފައިވާ ޙާލުގައެވެ.

 

މަލާކް އެދުނު ފަދައިން ދެމީހުން ޖެހިގެން އައި ކޮންމެ ދުވަހެއްގައި އެފަދަ ދަތުރުތަކަށް ގޮސް ހެދިއެވެ. ހެނދުނު ހޮޓެލްއިން ނިކުންނަ ގޮތަށް ދެމީހުން އަނބުރާ އަންނަނީ ރޭގަނޑުވާއިރެވެ. ދަތުރުތަކުގެ ތެރެއިން ދެމީހުންނަށް އެކީގައި ފެންނަމުން ދިޔަ މަންޒަރުތަކުން ދެމީހުންގެ ދެމެދުގައި ވާހަކަތައް ވެސް ގިނަވެގެން ދިޔައެވެ. އޭގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮތް ގުޅުންވެސް ވަރުގަދަވަމުން ދިޔަކަން ދެމީހުންނަށް ވެސް ފާހަގަވިއެވެ. އެކަމާމެދު މަލާކް އުފާވީ ހިނދު އަޔާޒްގެ ހިތުތެރޭގައި ނުތަނަވަސްކަމެއް އުފެދެމުން ދިޔައެވެ. އޭނަގެ ހިތުގައި މަލާކަށްޓަކައި ޖަޒުބާތުތައް އުފެދިދާނެކަމުގެ ބިރުހީވިއެވެ. އެ ބިރު ދެގުނަވެގެން ދިޔައީ އެއްދުވަހު ދޮންބެ އޭނައަށް ގުޅައި ބުނެލި ވާހަކައިން އޭނައަށް ވީ ގޮތުންނެވެ.

 

“މި ވާހަކަ ބުނަންވެގެން މި ހުރިހާ ދުވަހު ހުރީ އެކަމަކު އަދި ކިރިޔާ ވަގުތެއް މިވީ. ކޯޓުގަ އޮތް ގެދޮރުގެ މައްސަލަ އަދި އިތުރު 2 މަސް ފަހުން ކުރިއަށްދާ ގޮތަށް އޮތީ. އެހެންވީމަ މަލާކް ރުޅި ނުކުރުވާތި….މަސްޢޫދުބެ ކިތަންމެ ބުންޏަސް އަހަރުމެން ހަނދާން ނައްތާލައިގެން ނުވާނެ މަލާކަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ބަދަލުގަ ކަން މަސްޢޫދުބެ އަހަރުމެންނަށް ހެކިބަސްދޭން ނިންމީ….ދެން މި މައްސަލަވެސް ނިމިދާނެ. ނިމުނީމަ އަދިވެސް އަޔާޒް މަލާކް ލައިކް ނުވަންޏާ މަލާކް ރީތިގޮތުގަ ދޫކޮށްލިޔަސް އަސްލު މައްސަލައެއްނެތް.” ދޮންބެ އެ ވާހަކަ ފޯނުން އަޔާޒް ގާތު ބުނެލި ވަގުތަކީ އަޔާޒް މަލާކްއާއެކީ ކުޑަ ކެފޭއެއްގެ މޭޒުދޮށުގައި އިން ވަގުތެވެ. މަލާކް ރީތިގޮތުގަ ދޫކޮށްލާށޭ ބުނެލި ވަގުތު އަޔާޒްގެ ހިތަށްވީ އުދަގުލާއެކީ އޭނައަށް ކުރިމަތީގައި އިން މަލާކަށް ބަލާލެވުނެވެ. މަލާކް އިނީ ކޮފީ ތަށްޓެއް ބޮމުން މޭޒުމަތީގައި ބޭއްވިފައި އޮތް މޮސްކޯގެ އެކި ތަންތަނާއި ބެހޭގޮތުން ލިޔެވިފައި އޮތް ލީފްލެޓަކަށް ބަލާށެވެ. އަޔާޒް ބަލާލިހެން ހީވުމުން މަލާކް އަޔާޒަށް ބަލައި ހިނިތުންވެލިއެވެ. އެ ހިނިތުންވުން ފެނިފައި މިފަހަރު އަޔާޒް ހިނިތުންވެލަން ޖެހުނީ ގަދަކަމުންނެވެ. އޭނަ މަލާކަށް ބަލަން އިނދެ ދޮންބެއަށް އޯކޭ ދެމުން ފޯނު ކަނޑާލީ އޭނައާއި މަލާކްގެ ދެމެދުގައި އޮތް ގުޅުމާމެދު ވިސްނަމުންނެވެ. އޭނަ ނިންމައިގެން ހުރީ ހަމަ މަލާކާއި ވަކިވާންތޯ އޭނަގެ ހިތް ސުވާލުކުރީ އެކަން އޭނަ ހަނދާން ނެތިފައިވި ފަދައަކުންނެވެ. ދެން އޭނައާއި މަލާކްގެ ގުޅުމަށް އޮތީ އެންމެ ދެ މަސްތޯ ހިތަށްއެރިއެވެ. އެހެންނޫނީ އޭނަ މައުވާއާއި ވަކިވެފައިވުމާއެކު މަލާކްގެ ވެސް ލޯބިވެރިއެއް ހުރުމުން އޭނަ މިހާރުވެސް މަލާކް ދޫކޮށްލަންވީ ހެއްޔެވެ؟ އެ ސުވާލުން އޭނަގެ ދަތިވެގެން ދިޔަ ހިތް އާނއެކޭ ބުނެލި ވަގުތު މަލާކް ވާހަކަ ދެއްކިއެވެ.

 

“ކިހިނެއްވީ އަޔާޒް؟ ކީކޭ ދޮންބެ ބުނީ؟” އަޔާޒްގެ ފަނޑުވެގެން ދިޔަ ހިނިތުންވުން ފެނިފައި މަލާކް ސުވާލުކުރިއެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ އަޔާޒް އަނެއްކާވެސް ގަދަކަމުން ހިނިތުންވުމެއް ފަތުރާލިއެވެ.

 

“އެއީ….އެއީ މާ ބޮޑު ވާހަކައެއް ނޫން. ގެދޮރުގެ ވާހަކަ އެއީ…ހެހެ….” އަޔާޒަށް އޭނަގެ ޖަޒުބާތުތައް ފޮރުވަމުން އެހެން ބުނެލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ހަމައެއާއެކު މަލާކްގާތު ތެދުތެދަށް ދެންމެ އޭނަގެ ޚިޔާލުތައް ކިޔައިނުދެވުނީ ކީއްވެތޯ ހިތަށްއެރިއެވެ. މަލާކްއާ އޭނަގެ ވަރީގެ ޚިޔާލުންވެސް އޭނަގެ ތަބީޢަތް ގޯސްވަމުން ދިޔަ ގޮތުން ކުރިއަށް އޮތް ތާނގައި އޭނަގެ ހިތަށް އަނެއްކާވެސް އިތުރު ޒަޚަމްތަކެއް ލިބިދާނެކަމުގެ އިންޒާރު އޭނަގެ ސިކުނޑި ދެމުން ދިޔައެވެ. އަޔާޒަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ މަލާކް ވާހަކަ ދެއްކުމުންނެވެ.

 

“އަނުމްގެ ޚަބަރެއް ލިބުނުތަ؟” މަލާކް ސުވާލުކުރިއެވެ.

 

“ނޫން ނުލިބޭ. ދޮންބެ ވަރަށް ކުރުކޮށް ގެންދާނީ ފޯންކޯލުތައް…ކިހިނެއްވީ؟” އަޔާޒަށް އަހާލެވުނެވެ.

 

“މިހާރު ތިން ވަރަކަށް ދުވަސްވެއްޖެ އަނުމްއާ ނުގުޅޭތާ….އަހަރެން ގުޅީމަވެސް ފޯނެއް ނުނަގާ. ބޮޑުމަންމަ ކައިރިން އެހީމަ ބުނީ ބަލިވެ ކަންނޭނގެއޯ އުޅެނީ. ވަރަށް ބަސްމަދުވެފަޔޯ ހުންނަނީ….ވަރަށް ކަންބޮޑުވޭ އަނުމްއާމެދު….އަނުމްއަކީ ކުރީގަ ނުލާހިކު ހެވިލާފަ ހުންނަ ކުއްޖެއް. ވެދާނެ މަންމަ ނިޔާވީމަ ވީގޮތެއް ކަމަށްވެސް….އަޅެ އަޔާޒް ވެސް ކުޑަކޮށް ވާހަކަ ދައްކައި ހަދައްޗޭ އަނުމްއާ…” މަލާކް ކަންބޮޑުވުމަކާއެކީ އެދުނެވެ. މަލާކްގެ ވާހަކައިގެ ތެރެއިން އަނުމްގެ މަންމައޭ ބުނެލި ހިނދު މަލާކަށް އެއްވެސް އަސަރެއް ނުކުރިއެއްކަމަކު އަޔާޒްގެ ހިތް ހިނދުކޮޅަކަށް ހުއްޓުނެވެ. އެއީ އޭނަގެ ވެސް މަންމަކަން އެނގުންވުމުންނެވެ. އިސާހިތަކު އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އަނުމްގެ މަންމަ….އަކީ ވަރަށް ރަނގަޅު މީހެއްތަ؟” ހުއްޓުންއަރާފައިވެސް އަޔާޒަށް ކޮށްލެވުނީ އޭނަ ވޭތުވި އަހަރުތަކުގައި އެންމެ ޖަވާބު ބޭނުންވެގެން ހުރި ސުވާލެވެ.

 

“އާނ އަނުމްގެ މަންމައަކީ ނުލާހިކު….” މަލާކް އާދައިގެ ގޮތަކަށް ޖަވާބު ދޭން އުޅެނިކޮށް ކަމެއް އެނގުންވުމުން ވާހަކަ މެދުކަނޑާލެވުނެވެ. މަލާކަށް ސިކުންތުކޮޅެއް ވަންދެން އަޔާޒަށް ބަލަން އިނދެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އަޔާޒް އެއްޗެކޭ ބުނާނެ ކަމަށް މަލާކަށް ހީކުރެވުނެވެ. އެހެނަސް އޭނަގެ ޖަވާބުގެ އިންތިޒާރުގައި އަޔާޒް އޭނައަށް ބަލަހައްޓައިގެން އިންނަން ފެށުމުން މަލާކް ވާހަކަ ދެއްކިއެވެ.

 

“އެއީ ވަރަށް ރަނގަޅު މަންމައެއް އަޔާޒް. ވަރަށް ލޯބިން އަނުމް ގެންގުޅުނީ ދުނިޔޭގަ ހުރިއިރު. ވަރަށް މީރުކޮށް ކައްކާފަ ގޭގެ ކައިރީގަ ތިބޭ ނުފުދޭ ކުދިންނަށް ކޭމެއް ބާއްވާނެ ކޮންމެ ހުކުރު ދުވަހަކު. އެކުދިން އެއްކޮށްގެން ދީނީ ވާހަކަތައް ވެސް ކިޔައިދޭނެ. މަލާކްގެ މަންމައާ ވެސް ވަރަށް ފްރެންޑުކޮށް މަލީހާދައްތަ އުޅުނީ….” މަލާކް އެއްދިމާލަކަށް ބަލަން އިނދެ ކިޔައިދިނެވެ.

 

“މަލީހާދައްތަގެ ދޮށީ ދެ ފިރިހެން ކުދިންގެ ވާހަކަ ދުވަހަކުވެސް ދެއްކިތަ އެރަށުގަ އުޅުނުއިރު؟” އަޔާޒް އެ ސުވާލުކުރިއިރު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފަށާފައިވިއެވެ. އެ މަންޒަރު ފެނިފައި ވީ ދެރައިގައި މަލާކްގެ މޫނުމައްޗަށް ވެސް ހިތާމަވެރިކަން ވެރިވިއެވެ. އެއަށްވުރެ ބޮޑަށް ހިތްދަތިވީ އޭނަ އަޔާޒް އެ ކުރި ސުވާލަށް ދޭންޖެހޭ ޖަވާބު އެނގުންވުމުންނެވެ.

 

“ން…ނުދައްކާ…” ޖެހިލުންވުމަކާއެކީ މަލާކް ހަމައެކަނި އެހެން ބުނެލީ ޙަޤީޤަތުގެ އެއްބައި ފޮރުވަމުންނެވެ. އަޔާޒްގެ މަންމަ އަޔާޒްމެންގެ ވާހަކަ ރަށުތެރޭގައި ނުދެއްކިޔަސް އަނުމްގާތު ދައްކާފައިވެއެވެ. އަނުމްއަށް އޭނަގެ މަންމަގެ ފަރާތުން އޭނަގެ ބޭބެމެންނާމެދު ހުސްވެސް އިވިފައިވީ ނޭދެވޭ ވާހަކަތަކެއްކަން މަލާކަށް އެނގެއެވެ. އޭނަ އެވާހަކަ ނުބުނީ ހިތުން އަޔާޒް ދެރަ ނުކުރުމަށެވެ. އެހެނަސް އަޔާޒް ކުއްލިއަކަށް އަސަރެއް ނެތް ގޮތަކަށް ހީލަމުން ބުނެލި ވާހަކައިން އޭނައަށް ހުރިހާ ކަމެއް އެނގޭކަން މަލާކަށް އެނގުނެވެ.

 

“ވަރަށް އަމިއްލަ އެދުން ބޮޑު، ނުބައި ނުލަފާ ދެ ފިރިހެނުންނޭ ދޯ ބުނީ؟” ލޮލަށް ޖަމާވި އިތުރު ކަރުނަތައް އޭނަގެ ލޮލުގައި ހިފަހައްޓަން މަސައްކަތް ކުރަމުން އަޔާޒް ބުނެލިއެވެ. އަޔާޒަށްވަމުން ދިޔަ ގޮތް ފެނިފައި މަލާކަށް ވައި އަޑުން އޭނަގެ ނަމުން ގޮވާލެވުނެވެ. ހަމަ އެއާއެކު އަޔާޒް އޭނަގެ އިޙްސާސްތައް ފޮރުވުމަށްޓަކައި އެތަނުން ތެދުވެގެން ދިޔައީއެވެ.

 

**

 

ސްކޫލްގެ އިތުރު ޙަރަކާތެއްގެ ޕްރެކްޓިސްއަށް ރޭގަނޑު ސްކޫލަށް ދިޔަ އަނުމް 10:30 ވީއިރު ގެއަށް ދާން މިޞްރާބުޖެހީ ފައިމަގުގައެވެ. ނޭނގޭ ސަބަބަކާހުރެ އެރޭ މާލޭގެ މަގުތައް ވަރަށްވެސް އަނދިރިއެވެ. ސްކޫލްގައި ދިއްލާލެވިފައިވާ ބޮކިތައް ފިޔަވައި އެހެން އެއްވެސް ބޮތްކެއްގެ ހިލަމެއްނުވެއެވެ. އަނދިރިކަމުގެ ސަބަބުން އަނުމްގެ ހިތުގައި ބިރުވެރިކަމެއް ވެސް އުފެދެން ފެށިއެވެ. އިސާހިތަކު ނިޝާން ދޮންބެ އޭނަ ބަލައި ނައީތީވެސް ހިތުގައި ޝަކުވާ އުފެދުނެވެ. މިފަދަ ގަޑިއެއްގައި އޭނަ ނިމޭއިރު ނިޝާން ދޮންބެ ޢާއްމުގޮތެއްގައި އޭނަ ބަލާވެސް އާދެއެވެ. އެހެނަސް މިރޭ މިވަނީ ކިހިނެއްތޯ އަނުމްގެ ހިތަށްއެރިއެވެ.

 

އެކަމާމެދު ވިސްނަމުން ދަނިކޮށް އޭނަގެ ފަހަތުން އަންނަމުން ދިޔަ އެހެން މީހެއްގެ ބަރު ފިޔަވަޅުތަކުގެ އަޑު އަނުމްއަށް އިވެން ފެށިއެވެ. އެއީ ހަމަ އެ މަގުން ހިނގާފައި އަންނަ މީހެއްގެ އަޑުކަމަށް އެންމެ ފުރަތަމަ އަނުމްގެ ހިތަށްއެރިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އެ ފިޔަވަޅުތަކުގެ އަޑުން އެއީ ކާކުކަން އެނގުންވުމާއެކު އަނުމްގެ ހިތް ހުއްޓުމަކަށް އައި ވަގުތު ފިޔަވަޅުތައް ވެސް ހިނދުކޮޅަކަށް މަޑުޖެހުނެވެ. ދެލޯ ބޮޑުވެ ގަނޑުވެގެން ދިޔައީ އެ މަގުމަތީގައި އޭނައާއި އެމީހަކު ފިޔަވައި އެހެން މީހަކު ނެތްކަން އެނގުންވުމުންނެވެ. ހަމަ އެހިނދު އަނެއްކާވެސް އެމީހަކު ކުރިއަށް ފިޔަވަޅެއް އަޅާލި ހިނދު އަނުމްއަށް ކުރިއަށް ހިނގައިގަނެވުނެވެ. އެހިނދު އެމީހާގެ ފިޔަވަޅުތައް ވެސް އަވަސްވެގެން ދިޔަ އަޑު އިވުމާއެކު އަނުމް ފަޔަށް ލެވުނުހާ ބާރަށް ހިނގަން ފެށިއެވެ. އެހިނދު އޭނަގެ މަންމަގެ އަޑު އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ.

 

“އޭނައާއި ކައިރިނުވާތި ދަރިފުޅު. އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް އޭނަ ބުނާ ގޮތަށް ނަހަދާތި. މަންމައަށް ކޮންމެ ކަމެއް ވިޔަސް ދަރިފުޅު އޭނަގެ އަތް ދަށުނުވާތި!” މަންމަ ކަރުނުން ފުރިގެންވި ދެލޮލާއެކީ ބުނެލި ބަސްތައް ހަނދާންވުމުން އަނުމްގެ ލޯ ވެސް ކަރުނުން ފުސްވިއެވެ. އެވަގުތު އޭނަގެ ފަހަތުން އަންނަމުން ދިޔަ ފިޔަވަޅުތައް ދުވުމަކަށް ބަދަލުވިހެން ހީވުމާއެކު އަނުމްއަށް ވެސް އަވަސްވެގެން ދިޔަ ހިތަކާއެކީ ދުއްވައިގަނެވުނެވެ. ދުއްވައިގަތް ވަގުތު ވެސް އޭނައަށް ސަލާމަތް ނުވެވޭނެކަމުގެ ޔަޤީންކަމާއެކީ ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ވަގުތަކީ އެމީހަކު ފަހަތުން އައިސް އޭނަ އަތުގައި ހިފައި ދަމާލި ވަގުތެވެ.

 

“މަންމާ!” އަނުމްއަށް ހަޅޭއްލަވައިގަންނަމުން އެނދުން ތެދުވެވުނީ ކުއްލިއަކަށެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެފައިވީއިރު މުޅި މީހާ ދާހިއްލާ ފޯވެފައިވިއެވެ. އަނުމް ފުން ނޭވާތަކެއް ލަމުން ވަށައި ހޯދާލިއެވެ. އޭނައަށް އޮވެވުނީ އޭނަގެ ކޮޓަރީގެ އެނދުމަތީގައި ކަމާއި ހެނދުނުވެފައިވިކަން އެނގުންވުމުން އަނުމްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނަ ދެންވެސް ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އެނދުން ފޭބިއެވެ.

 

ފެންވަރައިގެން ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައިރު އަނުމް އޭނައަށް ފެނުނު އެ ހުވަފެނާއިމެދު ނުވިސްނޭތޯ ބެލިއެވެ. އޭނައަށް އެފަދަ ހުވަފެންތައް ފެންނަމުން ދަނީ މީގެ މަސްތަކެއް ކުރީއްސުރެއެވެ. އެހެނަސް އޭނަގެ އަނދިރި މާޒީގެ އަސަރުތައް އޭނަގެ މިއަދަށް އަންނަ މަންޒަރު ދާދި ދެންމެއަކު ފެނިގެން އެ ދިޔައީ އަލަށެވެ. އިސާހިތަކު އަނުމްގެ ހިތުގައި އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. އެތައް ދުވަހެއްފަހުން އޭނަ އެ މާޒީގެ މަތިން ހަނދާން ނައްތައި ހިނިތުންވާން ދަސްކުރަމުން ދަނިކޮށް އަނެއްކާވެސް އޭނަ އެ މާޒީއާއި ކުރިމަތިލާންޖެހިދާނެ ކަމަށްޓަކައެވެ. އެ ޚިޔާލާއިމެދު ވިސްނަން ވެސް ބޭނުމެއް ނުވުމުން އަނުމް އޭނައަށް ވީހާވެސް އަވަހަކަށް ސްކޫލްގެ ޔުނިފޯމް ލައި ބުރުގާވެސް އެޅިއެވެ. ސްކޫލަށް ދާން ފެށުމުގެ ކުރިން އޭނަ ވަނީ ބޮޑުމަންމަގެ ނަޞޭޙަތުގެ ދަށުން ބުރުގާ އަޅާފައެވެ. ބުރުގާ އެޅި ދުވަހަކީ އޭނަގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަހުންކުރެ ދުވަހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދުވަހު އޭނައަށް ލިބިގެން ދިޔައީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ވެފައިވިޔަސް އޭނައަށް އާ ދިރިއުޅުމެއް ފެށިދާނެކަމުގެ އުއްމީދު ހިތުގައި އުފެދުނެވެ.

 

އަނުމް ހެނދުނު ސްކޫލަށްދާން ފައިމަގުގައި ދަތުރު ފެށީ އެ އުއްމީދާއި މެދު ވިސްނައި އޭނައަށް ފެނުނު ބިރުވެރި ހުވަފެނުގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުންނެވެ. ފައިމަގުގައި ސްކޫލަށް ދާން ގެއިން ނިކުތް ވަގުތުވެސް އެއްކަލަ މީހާ އޭނަގެ ފަހަތުން އަންނަ މަންޒަރު ލޮލަށް ސިފަވަމުން ދިޔައެވެ. އެކަން ހުއްޓުވުމަށްޓަކައި އަނުމް އޭނަގެ އެއްކޮނޑުގައި އެޅުވިފައިވި ދަބަހުގެ އެއްފަރާތުން ދޮންބެ އޭނައަށް ގަނެދިން އައިޕޮޑް ނެގިއެވެ. ހިނގާފައި ދަމުން އިއާފޯން ކަންފަތުގައި އަޅުވާލަމުން އަނުމް ޕްލޭކޮށްލީ އާލު ޢިމްރާން ސޫރަތެވެ. މި ދުވަސްކޮޅު އޭނަ އަބަދުހެން އަޑުއަހަނީ އެ ސޫރަތް ކަމަށްވާތީވެއެވެ. މާ ގިނައިރެއްނުވެ އަނުމް އިވެމުން ދިޔަ ކިޔެވުމުގެ އަޑަށް ގެއްލުނެވެ. އެ ގެއްލިގެން ދިޔަ ވަގުތު އޭނައަށް ނޭނގުނުކަމަކީ އޭނަގެ ފަހަތުން އޭނައާއި އެއް ސްކޫލެއްގެ ފިރިހެން ކުއްޖެއް އަންނަމުން ދިޔަކަމެވެ. ދުރުން ބަލާ މީހަކަށް އެ ފިރިހެން ކުއްޖާގެ ވަކި މަޤްޞަދެއް އޮތްހެން ހީނުވެދާނެއެވެ. އެހެނަސް އޭނަ ދޭތެރެ ދޭތެރެއިން އަނުމްއަށް ބަލަމުން ދިޔައީ އަނުމްއަށް ފާރަލާ ފަދައަކުންނެވެ. މާ ގިނައިރެއްނުވެ އެ ފިރިހެންކުއްޖާ ދިގު ފިޔަވަޅުތަކެއް އަޅަމުން އަނުމްއާއި ކައިރިވާން ފެށިއެވެ. އަނުމް ނޭނގި ހުއްޓާ އެ ޒުވާނާ ހުރީ އޭނައާއި 5 ފިޔަވަޅެއްހާ ދުރުމިނުގައެވެ. އޭނަ އެއަށްވުރެ ވެސް ކައިރިވާން އުޅުނު ވަގުތު ކުއްލިއަކަށް ޕޭވްމެންޓްގެ ކައިރިން ބާރަށް ދުއްވާފައި އައި ކާރެއް އަނުމްއާއި ހަމަ ކުރަމުން ބުރަކި ޖައްސާލިއެވެ. އެ ބުރަކި ޖައްސާލެވުނު އަޑަށް މަގުމަތީގައި ތިބި އެންމެންނާއެކީ އަނުމްއާއި ކައިރި ކުރަމުން ދިޔަ ފިރިހެން ކުއްޖާގެ ސަމާލުކަން ވެސް އެ ކާރަށް ހުއްޓުނެވެ. އިއާފޯންގެ އަޑުގެ މަތިން ވެސް އިވިގެން ދިޔަ ބުރަކީގެ އަޑުން އަނުމްއަށް ވެސް އޭނަގެ ކައިރީގައި މަޑުކޮށްލި ކާރަށް ބަލާލެވުނެވެ.

 

**

 

އެދުވަހުގެ އެވަގުތު މިދުވަސްކޮޅުގެ އާދައިގެ މަތިން އަޔާޒާއި މަލާކް ސައިބޯން ދިޔައީ ރެސްޓޯރެންޓަކަށެވެ. އިއްޔެ ހަވީރު އެދެމެދު ދެކެވުނު ވާހަކައަށްފަހު މަލާކް ހީކުރި ގޮތާއި ޚިލާފަށް އަޔާޒްގެ ތަބީޢަތް މާ ގިނައިރެއްނުވެ ރަނގަޅުވިއެވެ. އޭނަ ހީކުރީ އަޔާޒްގެ މަންމަ އޭނައާއި މެދު ދެކުނުގޮތް އެނގުންވުމުން އަޔާޒަށް ދުވަސްކޮޅެއް ވަންދެން އެކަމާމެދު ހިތާމަކުރެވޭނެ ކަމަށެވެ. އެހެނަސް ހަމަ އެރޭގެ ކެއުމުގެ ތެރެއިންވެސް އަޔާޒް ހިނިތުންވުންތަކާއެކީ އޭނައާއި ވާހަކަ ދެއްކިއެވެ. އަޔާޒް ދެން އިތުރަށް އެ ވާހަކަ ދައްކަން ނުއުޅުމުން މަލާކްވެސް އެ ވާހަކަ ނުދެއްކިއެވެ. މަލާކަށް ނޭނގުނު ކަމަކީ އަޔާޒް އެދުވަހު މަލާކާއި ސުވާލުކުރީ އޭނައަށް މަންމައާއި ބެހޭގޮތުން އިވިފައިވި ވާހަކަތައް ތެދުތޯ ނޫނީ ނޫންތޯ ބެލުމަށްޓަކައި ކަމެވެ. އެއީ ތެދެއްކަން އޭނައަށް ކުރިންވެސް ޔަޤީނާއި ގާތްވެފައިވިޔަސްމެއެވެ. މަލާކްގެ ފަރާތުން މަންމައާއި ބެހޭގޮތުން އިވުނު ވާހަކަތަކުގެ ތެދުކަން އިތުރަށް ޔަޤީންވުމުން ހިނދުކޮޅަކަށް އަޔާޒް ދެރަވިޔަސް އޭނަ އޭނަގެ ހިތުގައި މަންމައަށްޓަކައި އޮތް ނުރުހުންތެރިކަމުގެ މަތިން އޭނަ ހަނދާންކުރިއެވެ. އޭނަ އެ މަންމައަށް އެ ނުރުހުންތެރިކަން އަމާޒުކުރީ ޙައްޤުގޮތުގައިކަމަށް އަޔާޒަށް އަމިއްލަ ނަފްސުގާތު ބުނެ ހިތްހަމަޖައްސާލެވުނެވެ. އޭނަ ދެން އޭނަގެ މަންމައާމެދު ހެޔޮކޮށް ނުވިސްނާނީކަމަށް ނިންމަމުން މަލާކާއި ހިނިތުންވުންތަކާއެކީ ވާހަކަ ދައްކަން ފެށީ މާޒީގައިވި ހިތި ހަނދާނެއްގެ ސަބަބުން އޭނަގެ މިއަދު ޚަރާބު ނުކުރުމަށެވެ. އެހެންކަމުން އޭނަ އަނެއްކާވެސް މަލާކާއެކީ ހުންނައިރު އޭނައަށް ލިބޭ އުފާވެރިކަމަށް އޭނަގެ ހުރިހާ ސަމާލުކަމެއްދޭން ނިންމިއެވެ.

 

އަޔާޒް ކިތަންމެ ބޭނުމެއްނުވިޔަސް މަލާކަށްޓަކައި ހިތުގައި އުފެދެމުން އިޙްސާސްތަކަށް ބާރުފޯރުވުމުގައި އަޔާޒް ތަކުރާރުކޮށް ފޭލްވަމުން ދިޔައެވެ. މަލާކް ކުރާ ސަމާސާތަކުން އޭނައަށް ދެންވެސް ހެވެމުން ދިޔައީ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތަމުންނެވެ. މަލާކް ދުރުބަލަން ހުންނަ ވަގުތުތަކުގައި އެސްފިޔަ ޖަހާލުމެއްނެތި އެ ސޫރައަށް ބަލަން ހުރެވެނީ ފޫހިކަމެއް ނެތިއެވެ. މަލާކަށް ފިހާރައަކުން އެއްޗެއް ފެނި ރީތިވުމުން އެ އެއްޗެއް ގަނެދެވެނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. މި ކަންތަކުގެ މައްޗަށް ބާރުފޯރުވަން އުޅެއުޅެ އެކަން ކާމިޔާބުނުވުމުން އަޔާޒް އޭނަގެ އަމިއްލަ ނަފްސު އެ އިޙްސާސްތަކުގެ ތެރެއަށް ދޫކޮށްލަން ނިންމިއެވެ. އެހެނަސް ދެންވެސް އޭނަގެ ހިތުގައި މަލާކަށްޓަކައި އިޙްސާސްތަކެއްވާކަން ޤަބޫލުކުރަން އޭނަ އިންކާރުކުރިއެވެ. އެކަން ޤަބޫލުކޮށްފިނަމަ އޭނަގެ ހިތަށް އަނެއްކާވެސް އިތުރު ސަޒާއެއް ލިބިދާނެ ކަމަށްޓަކައެވެ.

 

އެ އިޙްސާސަށް އޭނަ އިންކާރު ކުރިކަން ޔަޤީން ކުރުމަށްޓަކައި އަޔާޒް އެންމެފަހުން މަލާކާއި ވަކިވާންޖެހޭ ވާހަކަ މަލާކާއި ދައްކަން ނިންމިއެވެ. އޭނަ އެ ވާހަކަ ދައްކަން ބޭނުންވީ އެކަން ޔަޤީންކުރުމަށްޓަކައި ކަމެއް ނޫނީ މަލާކް އޭނައާއި ވަކިވާން ބޭނުންވޭތޯ ނުވަތަ ނުވޭތޯ ޔަޤީންކުރުމަށްޓަކައިކަމެއް އަޔާޒަށް ނޭނގުނެވެ. އެހެނަސް އޭނަ އެކަމާމެދު މާ ބޮޑަށް ވިސްނާކަށް ނުއުޅުނެވެ.

 

އެހެންކަމުން އެމީހުން ރަށަށް ދާން އެންމެ 3 ދުވަހަށްވެފައި ވަނިކޮށް އެއްދުވަހެއްގެ އިރު އޮއްސެމުން ދިޔަ ވަގުތު އަޔާޒް މަލާކް ގޮވައިގެން ދިޔައީ އޭނައަށް މުޅި މޮސްކޯއިން ވެސް އެންމެ ރީތި ފެންއަރުވާ ވަޑާން ކައިރިއަށެވެ. އެ ފެންއަރުވާ ވަޑާމުގެ ކައިރީގައި ހުއްޓިލައިގެން ހުންނަ ވަގުތު މަގެއް ފަހަނަޅައި ފެންނަން ހުރި ފެންގަނޑާއެކީ އެ ފެންގަނޑުގެ މަތިން އެޅިފައިވި ބްރިޖްވެސް ފެންނަމުން ދިޔައެވެ. ބްރިޖްގެ އެއްފަރާތުން އިރުއޮއްސެމުން ދިޔަ މަންޒަރު ފެންނަމުން ދިޔައިރު، އުޑަށް ވެރިވެފައިވީ އޮރެންޖު ކުލައެކެވެ. އެހެންކަމުން މުޅި މާޙައުލަށް ވެސް އެވަގުތު ވެރިވެފައިވީ އެ ޒާތެއްގެ ކުލައެކެވެ. މާޙައުލުގެ ގޮތުން އެތަނުން ވަރަށް ގިނަ ލޯބިވެރިންވެސް ވަގުތު ހޭދަކުރަން އައިސްފައި ތިބި މަންޒަރު ފެންނަމުން ދިޔައެވެ. މުޅި އެ ރަށުގެ ހުރިހާ ތަނަކުން އޭނަގެ ވަރީގެ ވާހަކަ ދައްކަން މިކަހަލަ ތަނެއް އޭނައަށް ޚިޔާރުކުރެވުނީ ކީއްވެކަމެއް އަޔާޒަށް ނުވިސްނުނެވެ. އޭނަގެ ހިތުތެރޭގައި ފޮރުވިފައިވި އޭނައަށް ނޭނގޭ ސިއްރަކީ، މަލާކާއި ވަކިވުމުގެ ވާހަކަ ދެއްކުމުން މަލާކް އޭނައާއި ވަކިވާން ބޭނުންނުވާކަމަށް ބުނެ އޭނަ ކައިރިއަށް އަންނާނެ ކަމަށް އަޔާޒަށް އުއްމީދު ކުރެވުނުކަމެވެ.

 

“ހާދަ ސަޅި ސީންއެކޭދޯ މާ ޝާ ﷲ!” މަލާކް އެހެން ބުނެލީ އޮއްސެމުން ދިޔަ އިރާއި ދިމާލަށް ނަޒަރު ހުއްޓައިގެން އިނދެއެވެ. އޭރު އޭނަގެ ކައިރީގައި ކަހަލަ ގޮތަކަށް ފެންއަރުވާ ވަޑާމުގެ ތިރި ފާރުގައި އަޔާޒް އިށީނދެގެން އިނީ މަލާކަށް ބަލަހައްޓައިގެންނެވެ. މަލާކް ބުނި ވާހަކައަށް އަޔާޒަށް ހޫންލައްވާލެވުނީ އޮރެންޖު ކުލައިގެ އަލީގެ ތެރެއިން ފެންނަމުން ދިޔަ މަލާކްގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ. އޭނަ ހުރީ އެ ސޫރައަށް ގެއްލި އާޝޯޚުވެފައި ކަހަލަ ގޮތަކަށެވެ. އޭނަ މިތަނަށް މަލާކް ގޮވައިގެން އައީ ކީއްކުރަންކަން ވެސް ހިނދުކޮޅަކަށް ހަނދާންނެތޭ ގޮތްވިއެވެ. އެހެނަސް އޭނަ ދައްކަން އުޅޭ ވާހަކައިގެ މުހިއްމުކަން ހަނދާންވުމުން އަޔާޒް އޭނަ ކަރުކެހިލިއެވެ. އެއާއެކު މަލާކް އޭނައަށް ބަލާލިއެވެ.

 

“އަސްލު…..ކުޑަ ވާހަކައެއް ދައްކާލަން އަހަރެން މަލާކް މިތަނަށް މިގެނައީ…” އަޔާޒް އެހެން ބުނެލިއިރު އޭނަ ފިނިވެގެން ދިޔަ ގޮތުން އޭނަ އަޖާއިބުވާހާވިއެވެ.

 

“ކޮން ވާހަކައެއް؟” މަލާކަށް އަހާލެވުނެވެ.

 

“އަހަރުމެން….ވް..ވަރީގެ ވާހަކަ.” އަޔާޒަށް އެހެން ބުނެލެވުނީ ވެސް ޖެހިލުންވުމަކާއި އެކީގައެވެ. އޮޅުމަކުން ވެސް އޭނަ ބުނަން ބޭނުންނުވާ ވާހަކައެއް ބުނެވިދާނެތީވެއެވެ. އޭނަ ބުނެލި މަލާކްގެ ދެބުމަ ކައިރިވެ އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވާން އުޅުނުހެން ހީވުމާއެކު އެ މަންޒަރު ނުދެކުމަށްޓަކައި އަޔާޒް އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.

 

“އަސްލު ކުރިން އަހަރުމެން އޮތީ އެއްބަސްވެފަދޯ ކޯޓުގެ މައްސަލަ ނިމުނީމަ ވަރިވާން….އެކަމަކު އެ މައްސަލަ އަނެއްކާ އިތުރު 2 މަހަށް ފަސްވެއްޖެ. އެ ވާހަކަ ބުނަން އަހަރެން އުޅުނީ. އެކަމަކު….އަހަރެން އަސްލު ބޭނުމެއްން….އެކަމަކު މަލާކް ބޭނުމިއްޔާ އަހަންނާ ވަރިވާން އެދުނަސް މައްސަލައެއްނެތް. އަސްލު އަނެއްހެން އަހަރުމެން ވަކިވިޔަސް އެ މައްސަލައަށް ބުރޫނާރާނެހެން އަހަންނަށް ހީވަނީ…މަސްޢޫދުބެ އެހެންނޫނަސް މި ކައިވެނީގެ ޝަރުޠައް އެހާ ބޮޑު ސަމާލުކަމެއްނުދޭ….އެހެންވީމަ….މަލާކްވެސް ބޭނުންވާނެދޯ ހިޝާމް ކައިރިއަށް ވީހާވެސް އަވަހަކަށް ދާން؟ މަލާކް ހިޝާމްދެކެ ލޯބިވާތީ….” ބާރަށް ތެޅެމުން ދިޔަ ހިތަށްވަމުން ދިޔަ އުދަގޫތަކާއެކީ ހިނިތުންވާން މަސައްކަތްކުރަމުން ކެނޑިކެނޑިގެން އަޔާޒް ދައްކަން ފެށި ވާހަކަ މެދުކެނޑުނީ މަލާކް ވާހަކަ ދެއްކުމުންނެވެ.

 

“މަލާކް ލޯބިނުވޭ ހިޝާމްދެކެ…..” މަލާކް ހިތާމަވެރި މޫނަކާއެކީ އޭނަގެ ލޮލާއި ލޯ ބައްދަލުކޮށްގެން އިނދެ ބުނެލި ވާހަކައިން އަޔާޒް ހުއްޓުން އެރިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ވާނަން އުމުރަށް – 37 –

Next

ނާކާ (އެޕިސޯޑް 03)

Next
November 17, 2019

ނާކާ (އެޕިސޯޑް 03)

Previews
November 17, 2019

ވާނަން އުމުރަށް – 37 –

30 Comments!

  1. magnumm says:
    November 17, 2019 at 7:44 am

    Me first tha sis.. vvv Salhi mi part vx…masha allah..waiting for the next

    1. Jana says:
      November 18, 2019 at 2:38 pm

      Alhamdhulillah! (All praise and thanks belong to Allah) next part wednesday ga In Sha Allah ?

  2. Rai says:
    November 17, 2019 at 8:25 am

    Wah…whn nxt

    1. Jana says:
      November 18, 2019 at 2:40 pm

      Rai neyvaa huttunytha? ? next part wednesday ga In Sha Allah ?

  3. Xaaan says:
    November 17, 2019 at 9:07 am

    Masha Allah mi partves vvv reethi jana plx ayaax n malaak dhuru nukurahchey ingey waiting next part

    1. Jana says:
      November 18, 2019 at 2:43 pm

      Heeveytha edhemeehun dhuruvaanehen Xaaan? ? balamaa dho In Sha Allah. Next part wednesday ga ?

  4. Mai says:
    November 17, 2019 at 9:43 am

    V v v reethi mi prt.. Dhn Alhe avahah malak ar ayaz ar gulhuvaba..

    1. Jana says:
      November 18, 2019 at 2:47 pm

      E balany gulheytho dho e balany? ?Alhamdhulillah! ? ❤

  5. Yanaa says:
    November 17, 2019 at 11:02 am

    Varah??? varah ???reethi??? maa sha Allah??? curiously??? waiting??? for ???the ???next?? part ❤❤❤?Lysm sis

    1. Jana says:
      November 18, 2019 at 2:49 pm

      Alhamdhulillah! Next part wednesday ga In Sha Allah. Love you too sis ❤?????

  6. Kairaa says:
    November 17, 2019 at 11:22 am

    Vv reethi mi part vx…..whn nxt….waiting….

    1. Jana says:
      November 18, 2019 at 2:50 pm

      Alhamdhulillah! Next part wednesday ga In Sha Allah ?

  7. ރާނީ says:
    November 17, 2019 at 1:13 pm

    V v v reethi ….. Kn irakun next part….. ❤️❤️❤️????♥️♥️♥️

    1. Jana says:
      November 18, 2019 at 2:51 pm

      Alhamdhulillah! Next part wednesday ga In Sha Allah ?

  8. Snow says:
    November 17, 2019 at 2:10 pm

    Soooooo beautiful ❤️
    Mihaaru aanmukoh konme vahakai egge ethankolhu ekolhu kolha kiyan jeheny..esfiyaige massala? Jana? Or my phone? haha

    1. Jana says:
      November 18, 2019 at 2:54 pm

      Ey site ge coding ge massala eh snow. Admin kairi bunan jeheyny. Jana bunan ulhe ulhe busy kamun hama handhaan netheny. Miadhu buneveytho balaanan In Sha Allah ?

  9. Ayaaz says:
    November 17, 2019 at 2:26 pm

    Janaa ur the best ❤
    Nubunahche malaak kairy ?

    1. Jana says:
      November 18, 2019 at 2:58 pm

      Noonekey Ayaaz…Malaak ah engeyne Jana ah thi thi thaureef kury hama ekani liyuntherikamuge sababun kan. Ehenveema massala nujeheyne. Nulaahiku understanding wife ehnu libifa thihiry? Lucky people! ?

  10. Saaji says:
    November 17, 2019 at 3:48 pm

    Masha allah varah reethi mi part ves… you are the best jana siss… ❤ btw i need to contact ylu jana sis… saaji kurin esfiya ah vrhk liyefa leen… but dhuvas kolheh vejje mihaaru… and now new story eh fashaigen mi ukheny. Insha allah varah avahah post kuraanan.. ily jana siss ❤❤??

    1. Jana says:
      November 18, 2019 at 3:03 pm

      Jana ah mail eh kollabala Saaji. [email protected]
      Mail in jana number fonuvaanan. Then we can talk dho? ??
      Best of luck for your story. Veehaaves faidha kuranivi gothakah liyahchey ?

  11. Naafy says:
    November 17, 2019 at 9:45 pm

    Hama obineeyyx to the maxxx♥️♥️vrh vrh rythi Masha Allah Jana siss may Allah bless yuh with a full of happiness semding so much love ♥️♥️♥️

    1. Jana says:
      November 18, 2019 at 4:15 pm

      Alhamdhulillah! May Allah grant us the best in this life and the next. Ameen! Love you too sis ❤❤❤❤

  12. 5#!√ says:
    November 18, 2019 at 10:15 am

    Friday ga genes dheyna mey buneee ehmen avahah vx… Ekm buni dhuhah vure lahun up kohdhineee…. Dhn vx meeni dhuhaaakey nubune v avahah up kohdheynamey bunyas okeyy.. Vaki dhuhei bunefa adhuhaaakah up nukohdhenyyaaa v v v v kada…
    Any ways story salhi…

    1. Thajuriba koffava kujje says:
      November 18, 2019 at 2:09 pm

      Friday ga upload kuraan post kuriyas baeh faharu esfiya situn nukoh dhey..3 days vaa iru vx story up kuraa kujja ah nudhakka dhey up vi kameh..

    2. Jana says:
      November 18, 2019 at 4:21 pm

      Kuree baige fahu comment jana ah kurevunu gothun baeh kiyuntherinnah nubaikoh neguny kanneynge. Ihoo ge comment ga jana bunefa othy jana ah mail kuraashey kureema e mail beleytho balaanamey lasvegen friday ga. Eyge kurin hurihaa comment egga ves jana liyefa onnaane sunday gaey next part up vaany ?

      Thajuriba kuri kujja thee jana ah thajuriba kurevunu kameh noon. Admin ah angaalaanan In Sha Allah

      Ihoo darling if you are reading this comment, jana hangout varah use nukuran. Beli iru ihooge msg eh neh. Mail kolleema emme faseyhavaany

    3. Ihoo says:
      November 18, 2019 at 6:04 pm

      Alheyy? i was waiting for your reply impatiently..??Anyways i will send u a mail tonight in sha allah??

  13. Jana says:
    November 19, 2019 at 8:20 pm

    Assalaam’alaikum. Next part In Sha Allah maadhamaa haveeru 5 hikah hairu up kohdheynan ?

  14. Rai says:
    November 20, 2019 at 12:03 pm

    Alhey waiting waiting

  15. Jana says:
    November 20, 2019 at 4:57 pm

    Assalaam’alaikum. Miadhaky jana varah bodah busy koh ulhunu dhuvahakah vumun jana adhi beynunvaa hisaabah 29 vana bai nuliyeveythy e bai upvaany mirey 9 vaairu In Sha Allah. 🙂

    1. Saaji says:
      November 20, 2019 at 7:50 pm

      Its ok jana sis ❤❤?

Comments are closed.

Next Episodeވަޢުދު (ނަވާވީސްވަނަ ބައި)←


All Right Reserved!