Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވަން ޔާރާއޭ 11

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
November 12, 2019 11 Mins Read
24 Comments

އަޒްހަދުގެ ވާހަކަތަކަށް ރައްދެއްނުދީ އިންނަމަވެސް ނަފީސާގެ މޫނު މަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފާޅުވާން ހުއްޓެވެ. ދިމްނާ އަވަސް އަވަސްކޮށްލައިގެން ނުކުތީ އޭނާ އިނުމުން އެމައްސަލަ އިތުރަށް ހޫނުވެދާނެތީއެވެ.

ހުކުރުން ފައިބައިގެން ކާރުގައި ގޭގެ ދޮރުމަތީގައި ވިޝާލް މަޑުކޮށްލައިގެން އިނީ އަންހެނުންނާއި ދަރިފުޅުގެ އިންތިޒާރުގައެވެ. ލަސްތަކެއްނުވެ އެދެމައިން ނިކުންތަން ފެނި ވިޝާލްގެ ތުންފަތަށް ހިނިތުންވުމެެއްވެރިވިއެވެ. ވިޝާލް ކާރުން ފޭބުމަށްފަހު އޭނަގެ ގާތުގައި އައިސް ހުއްޓިލި ރާޔާ އުރާލުމަށްފަހު ކާރުގެ ކުރީ ސީޓަށް އަރުވާ ސީޓް ބެލްޓް އަޅުވާލަދިނެވެ. ރިއާޝާ ފަހަތު ސީޓުގެ ދޮރު ހުޅުވާލަމުން އިށީނުމާއެކު ކާރުގެ ދޮރު ލައްޕާލުމަށްފަހު ވިޝާލް ގޮސް ޑްރައިވިން ސީޓަށް އަރާ ކާރު ދުއްވާލިއެވެ. ” ޑެޑީ… ރާއްކޮމެން ކޮންތާކަށް މިދަނީ… ޑެޑީ ބުނީމެއްނު ހިނގާލަން ދާނީ ހަވީރުންނޭ… ” ސިކުނޑީގައި ސުވާލު އުފެދިފައިވ ރާޔާ މައުސޫމްކަމާއެކު އަހާލިއެެވެ. ”ހޫމް… ހިނގާލަން ދާނީ ހަވީރުން… މިހާރު މިދަނީ ޔަޒާންމެން ގެއަށް… ފައިބޭބެއާ ލައިދައްތަ މިއަދު ލަންޗަށް އެގެއަށް އައުމަށް ދަޢުވަތުދިން ވާހަކަ ޑެޑީ ބުނީމެއްނު ރޭގަ ޕްރިންސަސް ކައިރި… ޑެޑީގެ ޕްރިންސަސް ހަނދާންނެތުނީތަ…” ލުއި ހީލުމަކާއެކު ވިޝާލް ރާޔާއަށް އޮޅުންފިލުވައިދިނެވެ. ” ޔެސް.. އައި ފޮގޮޓް… ” ކުދިކުދި ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެން އިނދެ ރާޔާ ބުނެލި ގޮތުން ވިޝާލްގެ ހިތް ލޯބިން ފުރުނެވެ. އޭނައަށް އެވަގުތު ކާރުގެ ލޯގަނޑުކޮޅުން ފަހަތު ސީޓުގައި އިން ރިއާޝާއަށް ބަލައިލެވުނެވެ. ރިއާޝާގެ ސަމާލުކަން ހުއްޓިފާވަނީ މަގު މައްޗަށެވެ. ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލަހައްޓާއިގެން އިން ގޮތުން އޭނަ އާއި ރާޔާ ދައްކަމުންދިޔަ އެއްވެސް ވާހަކައެއް ރިއާޝާގެ ކަންފަތާއި ހަމައަށް ނުފޯރާފަދައެވެ.

ދިހަވަރަކަށް މިނިޓުގެ ދަތުރަކަށްފަހު އެމީހުންގެ މަންޒިލަށް ވާސިލްވުމާއެކު ތިން މީހުންވެސް ކާރުން ފައިބާ ކުރިމަތިން ފެނިގެންދިޔަ ގެއަށް ވަނުމަށް ހިނގައިގަތެވެ. ގޭގެ ބޮޑު ދޮރާށިން އެތެރެއަށްވަދެ ވިޝާލް ސަލާމް ގޮވާލުމާއެކު އެތެރެއިން ފިރިހެނަކު ސަލާމް ބަލައިގެން އަޑުއިވުނެވެ. ރިއާޝާގެ ދެއަތް ވިޝާލްގެ މުލައްދަނޑީގައި ވަށާލެވިފައިވީއިރު ރާޔާގެ ކުޑަ އަތުގައި ހިފަހައްޓާލައިގެން ހުރެ ވިޝާލް ކުރިއަށް ހިނގައިގަތެވެ. ސިޓިންރޫމުގެ ދޮރުމަތީގައި ހުއްޓުމާއެކު ސޯފާއިން ތެދުވެގެން އައި ފައިޒަން އަވަހަށް އެތެރެއަށް ވަނުމަށް އެދުނެވެ. އެވަގުތު ކޮޓަރިއެއްގެ ތެރެއިން ނުކުން ޔަޒާން ދުވެލާފައި އައިސް ރާޔާގެ ނަމުން ގޮވާލިއެވެ. ޔަޒާން ފެނުމާއެކު ވިޝާލްގެ އަތުން ދޫކޮށްލަމުން ޔަޒާންގެ ގާތަށް ދިއުމަށް ރާޔާ ހިނގައިގަތެވެ. ” ޒާން… ރާއްކޮ… ދެކުދިންވެސް އާދޭ ފުރަތަމަ ކާން… ކައިގެން ކުޅޭނީ އިނގޭ… ވިޝާލް… ރިއާ… އާދޭ… ތިމީހުން އިންތިޒާރުގަ އަހަރެމެން މިތިބީ… ދޯ ފައި… ” ކާކޮޓަރިން ނިކުން ލައިޝާ ހިތްހެޔޮ ހިނިތުންވުމަކާއެކު އައިސް ވިޝާލްމެނާއި ބައްދަލުކުރިއެވެ. ” ހޫމް… ވަރަށް ބަނޑުހައިވެއްޖެ… ލައިގެ އަތުން ތައްޔާރު ކުރާ ކެއުން ވަރަށް މީރުވާނެ… ހަމަ ވިޝާލްއަށްޓަކައި ކެތްކޮށްލައިގެން މިހުރީ… ” އެވަގުތުވެސް ފައިޒަންއަށް ލޯބިވާ އަނބިމީހާއަށް ތަޢުރީފެއްކޮށްނުލާ ނުހުރެވުނެވެ. ވިޝާލްގެ އެބަސްތަކުން ލައިޝާގެ ތުންފަތަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއިރު ވިޝާލް އާއި ރިއާޝާއަށް ފައިޒަންއަށް ބަލައިލަމުން ހީލެވުނެވެ. ”ހިނގާދޯ ދަމާ ރިއާ… ފައި މިހާރުވެސް ކެއުން ލަސްވެފަ އެހުރީ… އަހަރެމެންގެ ސަބަބުން އިތުރަށް ލަސްކުރުވާކަށް ނެތިން… ” ވިޝާލް މިހެން ބުނުމާއެކު އެންމެންގެ ލުއި ހީލުމުގެ އަޑު އިވިގެން ދިޔައެވެ. ލައިޝާ އެންމެ ކުރިއަށްހުރެ ޔަޒާން އާއި ރާޔާ ގޮވައިގެން ކާކޮޓަރިއަށް މިސްރާބުޖެހިއިރު އެމީހުންގެ ފަހަތުން ރިއާޝާ ހިނގައިގަތެވެ. ފައިޒަންވެސް ވިޝާލްގެ ކޮނޑަށް އަތްވައްޓާލަމުން އަވަހަށް ހިނގާށޭ ބުނެ ކުރިއަށް ހިނގައިގަތެވެ. ދުވަސްތަކަކަށްފަހު އެންމެ ގާތް އެކުވެރިޔާއާ ބައްދަލުވިއިރުވެސް އެގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދެމީހުން ދެތަނެއްގައި ދިރިއުޅު ނަމަވެސް އެކަކު އަނެކަކާ އޮންނަ ގުޅުމަށް ހީނަރުކަމެއް ނުގެނެސް ދެމެހެއްޓިއެވެ. އެކަކު އަނެކަކާ ދިރިއުޅުމުގެ ކަންކަން ހިއްސާކޮށް އެކަކު އަނެކަކުގެ ޚިޔާލު ހޯދިއެވެ. ވިޝާލް ރަށަށް ބަދަލުތާ ދެހަފްތާ ފާއިތުވާން ކައިރިވެފައިވީއިރު އެގުޅުން އެތައް ތަނެއް ވަނީ ވަރުގަދަވެފައެވެ.

ލައިޝާ އެންމެނަށް ޖޫހާއި ފެން ތަށިތައްޓަށް އަޅައިދިނުމަށްފަހު ކާން އިށީނެވެ. އޭރު ކާމޭޒު މަތީގައި ތައްޔާރުކުރެވިފައިހުރި ކާާތަކެތީގެ މީރުވަހުން މުޅި ކާކޮޓަރި އެއްވަސްވެފައިވެއެވެ. ފްރައިޑް ރައިސް އާއި ކުކުޅުގެ އިތުރުން ރޮއްޓާއި ރިހަ ތައްޔާރުކޮށްފައި ހުއްޓެވެ. ތަރުކާރީ ސެލެއްޑެއްގެ އިތުރުން ފޮނި އެއްޗަކަށް ވެފާ ޕުޑިންވެސް ތައްޔާރުކޮށްފައި ހުއްޓެވެ. ” މީ ހުސް ލައި އަހަރެމެން އަންނާތީ ތައްޔާރުކުރިހާ އެއްޗެހިތައް… ވަރަށް ވަސް ރަނގަޅު އިނގޭ… ” ވިޝާލް އޭނަގެ ތައްޓަށް ރޮށި ކޮށަމުން ބުނެލިއެވެ. ” ހޫމް… މީދެން އެހާ ބައިވަރެއް ނޫނެއްނު… ކޮންމެ މީހަކަށްވެސް ޚާއްސަކޮށް ކަމުދާ އެއްޗެއް ހިމަނާލަންވާނެއެއްނު… ވިޝާލްއަށް ރިހާއާ ރޮއްޓާ ކަމުދާތީ ރިހަ ކައްކާފަ ރޮށި ފިހުނީ… ރާއްކޮއަށް ވަފާ ޕުޑިން ވަރަށް މީރުވާނޭދޯ ރިއާ ބުނީ… ޔަޒާންއަށްވެސް ވަރަށް މީރުދޯ… ދެން ފައިއަށާ ރިއާއަށް ކުކުޅާ ފްރައިޑް ރައިސް… އަހަރެންނަށް އޯކޭ ހަމަ ކޮންމެ އެއްޗެއްވެސް… ކާއެއްޗެއްނަމަ ހުސްވެސް ކަމުދާ އެއްޗެހި… ” ޔަޒާންގެ ތައްޓަށް ފްރައިޑް ރައިސް އަޅާ ކުކުޅުކޮޅެއް ލައިދެމުން ލައިޝާ ވާހަކަ ދެއްކީ ހިނިތުންވުމެއްގައި އިނދެއެވެ. އެވަގުތު ރާޔާއަށް ސެލެޑު އަޅައިދެމުންދިޔަ ރިއާޝާއަށް ވިޝާލްގެ ނަޒަރު ހުއްޓުނެވެ. ލައިޝާގެ ވާހަކައިން ރިއާޝާއަށްވެސް ވިޝާލްއަށް ބަލައިލެވުނެވެ. ވިޝާލްގެ އެބަލައިލުމުގެ މާނަ ދޭހަވި ރިއާޝާ ވަގުތުން އޭނަގެ ނަޒަރު ބަދަލުކޮށްލީ ލައިޝާގެ އަމަލުތަކުން ރިއާޝާގެ ވިސްނުމަށް ކުޑަނަމަވެސް ހެޔޮ ބަދަލެއް އަތުވެދާނެ ކަމަށް ވިޝާލް އުއްމީދުކުރި ކުރުން ފުނޑުފުނޑުކޮށްލަމުންނެވެ.

މެންދުރުގެ ކެއުން ނިންމާލުމަށްފަހުވެސް އަޞްރު ވަގުތު ޖެހެންދެން ވިޝާލްމެން ފައިޒާންގެ ގޭގައި މަޑުކުރިއެވެ. ސިޓިންރޫމުގެ ސޯފާތަކުގައި ހަތަރު މީހުން އެކި ވާހަކަތަކުގައި ތިބިއިރު މުށިތަކު މަތީގައި ޔަޒާން އާއި ރާޔާ ޓެބްލެޓުން ގޭމެއް ކުޅެން ތިއްބެވެ. އަޞްރު ވަގުތު ޖެހެމުން ވިޝާލް އޭނަގެ އަންހެނުންނާއި ދަރިފުޅު ގޮވައިގެން ގެއަށް ދިއުމަށް ދަތުރު ފެށީ އަދި ކޮންމެވެސް ދުވަހަކުން އެމީހުންގެ ގެއަށްވެސް ކެއުމަކަށް އަންނަންވާނެ ކަމުގައި ބުނުމަށްފަހުގައެވެ. ވިޝާލްގެ އެބުނުމުން ރިއާޝާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ފޫހިކަމެއް އުފެދުނުއިރު އެކަން އޭނަގެ މޫނުމަތިން ނުދެއްކުމަށް ރިއާޝާ މަސައްކަތްކުރިއެވެ.

ވިޝާލް ކީއްކުރަން ގެއަށް ދަޢުވަތު ދިނީ… ރެސްޓޯރެންޓަކަށް ދާގޮތަށް ހެދިނަމަ މާރަނގަޅުވީހެއްނު… ” ކާރު ދުއްވަމުންދިޔަ ވިޝާލްއަށް އަވަސް ނަޒަރެއް ދެމުން ރިއާޝާއަށް އަހާލެވުނެވެ. ” އޭރުންނެއްނު ރަނގަޅުވާނީ ރިއާ… ލައިމެން ގެއަށް ދަޢުވަތު ދިންއިރު އަހަރެމެންވެސް ވާނީ ގެއަކަށްނު ގެންނަން… ރިއާއަށްވެސް ފެންނާނެ ތައްޔާރުކޮށްލާފަ ހުރިވަރު… ރެސްޓޯރެންޓަށް ގެންދިޔައިމަ ފައިމެން ހީކުރާނީ ކީކޭ… ” ވިޝާލްގެ ވާހަކަތަކުން ރިއާޝާ އިތުރަށް ހިތްހަމަނުޖެހުނެވެ. ” ވިޝާލްއަށް ބުނަން ފަސޭހައަކަސް އަހަންނަށޭ ބުރަވާނީ… އެންމެނަށް އެހާ ގިނައިން ކައްކަން ޖެހޭނެ… ރެސްޓޯރެންޓަކަށް ނުދަންޏާ އޯޑަރުކޮށްގެން ގެއަށް ގެނެވިދާނެއެއްނު… ” ވިޝާލްގެ މޫނުން ނަޒަރު ވަކިކޮށްލާ ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލަމުން ރިއާޝާ ބުނެލީ ހިތްހަމަނުޖެހިފާ އިނދެއެވެ. އޭރު ކާރުގެ ކުރީ ސީޓުގައި ފަހަރަކު މީހެއްގެ މޫނަށް ބަލައިލަބަލާލަ ރާޔާ އިނެވެ. ވިޝާލް ކާރުގެ ލޯގަނޑުކޮޅުން ރިއާޝާގެ މޫނަށް ބަލައިލުމަށްފަހު އިތުރު އެއްޗެކޭ ނުބުނީ ރާޔާ އިނުމުންނެވެ. ރާޔާގެ ހަރަކާތްތަކުން އޭނަ އާއި ރިއާޝާގެ ވާހަކަތަކަށް ސަމާލުކަންދެވިފައިވިކަން ވިޝާލް ދެނެގަތެވެ. ވިޝާލް ރާޔާއަށް ބަލައިލާ މިއަދު ހަވީރު ދާނީ ކޮންތަނަކަށްތޯ ސުވާލުކޮށްލީ ރާޔާގެ ވިސްނުން ބަދަލުކޮށްލުމަށެވެ. އޭނާ އުއްމީދުކުރިފަދަ ކުލަވަރުތަކެެއް އެވަގުތު ރާޔާގެ މޫނުން ވިޝާލްއަށް ފެނުނެވެ. ހަވީރު ދާނެތަނަކާމެދު ރާޔާ އަމިއްލައަށް ވާހަކަދައްކަން ފެށި ވަގުތު ވިޝާލްވެސް އޭނަގެ އެހެން ވިސްނުންތަކާ ދުރުވެ ދަރިފުޅުގެ ވާހަކަތަކުގައި ބައިވެރިވަމުން ދިޔައެވެ. ގެއަށް ދެވެންދެންވެސް އެއްޗެއް ނުބުނެ ހިތްހަމަނުޖެހިފާ އިނީ ރިއާޝާއެވެ.

” ދަރިފުޅާ… ކޮންތާކަށް ގޮސްލަނީ ހާދަ ރީތިވެލައިގެން… ” ގެއިން ނުުކުންނަންދިޔަ ދިމްނާއަށް ނުުކުމެވުނީ އަޒްހަދުގެ ކުރިމައްޗަށެވެ. ”ހެހެހެ… މިދަނީ ނާލްމެނާއެކު ހިނގާލަން ނުކުމެލަން… ސައި ހަދާފަ އިނގޭ ބައްޕާ ހުންނާނީ… ” ލުއި ހީލުމާއެކު ދިމްނާ ޖަވާބު ދިނެވެ. އަޒްހަދު ހިނިތުންވެލަމުން ބޯ ޖަހާލުމަށްފަހު އަވަހަށް ދާށޭ ބުނެ އެތެރެއަށްވަނެވެ. މަގުމަތިން ހިނގާފައިދިޔަ ދިމްނާގެ ހިނގުން ކުއްލިއަކަށް ހުއްޓުނީ ކުރިމައްޗަށް އައިސް މަޑުކޮށްލި ސައިކަލުގައި އިން ފަވާޒް ފެނުމުންނެވެ. ފަވާޒު ފެނުމާއެކު ދިމްނާގެ މޫނަށް ފޫހިކަން ވެރިވެގަތެވެ. އަޅާނުލާ ދާން ހިނގައިގަތް ދިމްނާގެ އަތުގައި ފަވާޒް ހިފެހެއްޓުމާއެކު ދެލޯ ބޮޑުކޮށްލަމުން ދިމްނާ ފަސްއެނބުރި ފަވާޒްގެ މޫނަށް ބަލައިލިއެވެ. ” ފަވާޒް މޮޔަވީތަ… ހަމަ މިހާރު އަތުން ދޫކުރޭ… ” މަގުގެ ދެކޮޅަށް ކަޅި އުކަމުން ދިމްނާ ބުނެލީ ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެއެވެ. އެވަގުތު އެތަނާ ކައިރި ހިސާބަކުން މީހަކުވެސް ފެންނަން ނެތުމާއެކު ފަވާޒްގެ ގާތުން އަވަހަށް ސަލާމަތްނުވެވޭނެކަން އެނގުމުން ދިމްނާގެ ހިތް ނުތަނަވަސްވިއެވެ.

” މޮޔަވާނެއެއްނު ތިހާ ރީތި ކުދިން ފެންނަންޏާ… ކާކަށް ދެއްކެންތަ ހާދަ ރީތިވެގެން ތިނިކުތީ… ހީވަނީ ހަމަ ފޮޅިފައިން ރަތް ފިނިފެންމަލެއްހެން… ތި މާ ލިބޭނެ ނަސީބުވެރިއަކަށް އަހަރެން ހަދައިދެންވީނު… ” ދިމްނާގެ ތުނި ހަށިގަނޑަށް ނަޒަރު ހުއްޓާލަމުން ލާނެއް ހިނިތުންވުމެއްގައި އިނދެ ފަވާޒް ބުނެލި ވާހަކަތަކުން ދިމްނާ ރުޅި ގަދަވިއެވެ. އޭރުވެސް ފަވާޒްގެ ތޫނު ނަޒަރު އަމާޒުވެފައިވަނީ ދިމްނާއަށެވެ. ރަތް ކުލައިގެ ބަޓަފްލައި ޓޮޕަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރި ދިމްނާގެ ކަޅުކަންގަދަ ބުޅި އިސްތަށިގަނޑު ވަނީ ހާމައަށް ދޫކޮށްލާފައެވެ. އަނދުނުން ފަވާލާފައިވި ދެލޮލާއި މަސްކަރާ އަޅާފައިވި ދިގު އެސްފިޔަތަކުން ދެލޮލުގެ ރީތިކަން އިތުރުކޮށްދީފައިވީއިރު ތުންފަތް ފަވާލާފައިވަނީ ރަތް ކުލައިގެ ލިޕްސްޓިކަކުންނެވެ. ދޮން އޮމާން މޫނުގެ ރީތިކަން ފެނި ކޮންމެ މީހެއްގެ ދުލުން ތަޢުރީފުގެ ބަސްތައް ބޭރުވާނެކަން ކަށަވަރެވެ. މަޑު މުށި ކުލައިގެ ކަޅީގެ ސާފުކަމާއެކު އެދެލޮލުގައި ބޮސްދޭހާ ފުރިހަމައެވެ.

ދިމްނާ އޭނަގެ އަތް މިނވަންކުރުމަށް ދަމާލުުމުންވެސް ފަވާޒްގެ އަތުގެ ތެރެއިން އޭނަގެ އަތް މިނިވަންވާގޮތެއް ނުވިއެވެ. އެއަށްވުރެ ބާރަށް ފަވާޒް ވަނީ އޭނަގެ އަތުގައި ހިފަހައްޓާފައެވެ. ”އާދެބަލަ މަށާއެކު ރައިޑަކަށް ދާން… ދިމް ބޭނުން ތަނަކަށް ގެންގޮސްދީފާނަން… ” ފަވާޒް ނުހަނު އުއްމީދާއެކު ބުނެލިއެވެ. ” ލީވް މައި ހޭންޑް… އަހަރެން ނޫޅެމޭ ފަވާޒްގެ ސައިކަލު ފަހަތުގަ ދާހިތުން މޮޔަވެގެނެއް… ” ރުޅިއައިވަރުން ދިމްނާއަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. ދިމްނާގެ ވާހަކަ ދެއްކުމުގައި ހުރި ރުޅިވެރިކަން އިތުރަށް ތަހައްމަލްނުކުރެވުނު ފަވާޒްގެ ދެބުމަ ވަގުތުން ގޮށްޖެހި ހިފަހައްޓާފައިވި ދިމްނާގެ އަތަށް އިތުރަށް ބާރުކޮށްލެވުނެވެ. ” އާހް… ” ވީތަދާއެކު ދެލޮލަށް ކަރުނަ ޖަމާވާންފެށި ދިމްނާގެ ދުލުން މަޑު އާހެއްގެ އަޑު ނުކުތެވެ. ” ރީތިކޮށް ވާހަކަ ދެއްކީމަ ރުޅިވެރިކަމާއެކު ޖަވާބުދެންޏާ ވާނީ މިހެން… އަހަރެންގެ ސައިކަލު ފަހަތަށް ދިމްނާ ނާރާނެ ގޮތެއް މިފަހަރަކު ނޯންނާނެ… ” ރުޅިވެރިކަމާއެކު ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ދިމްނާގެ އަތުގައި ހިފާ ގަދަކަމުން ސައިކަލަށް އަރުވަން ފަވާޒް މަސައްކަތްކުރިއެވެ. ސައިކަލަށް ނާރަން ގަދަހަދަމުންދިޔަ ދިމްނާ އޭނަގެ އަތުން ދޫކޮށްލުމަށް އެދި ދިމްނާ އާދޭސްކުރަމުން ދިޔައެވެ.

ފަވާޒްގެ ގާތުން ސަލާމަތްވާން މަސައްކަތްކުރަމުން ދިޔަ ދިމްނާއަށް ސިހިފައި ފަސްއެނބުރި ބަލައިލެވުނީ ދާދި ގާތުން އިވިގެންދިޔަ ސައިކަލުގެ އަޑުންނެވެ. އެވަގުތު ކުރިމަތިން ފެނުނު ސޫރައާއެކު ދިމްނާގެ ދެލޯ ބޮޑުވެ ހަރަކާތްތައްް ހުއްޓުނެވެ. ކަޅުކުލައިގެ ސައިކަލު މަތީގައި މެރޫން ކުލައިގެ އަތްކުރު ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްގައި އިން އަހުނަފް ފެނި ދިމްނާ ހަމަރަނގަޅަށްވެސް ހައިރާންވިއެވެ. ރީތިވަރަކަށް ކޮށާލެވިފައިވި ބޮލުގެ އިސްތަށިކޮޅާއި ޓްރިމްކުރެވިފައިވި ތުނބުޅިން އެފިރިހެންވަންތަ މޫނުގެ ރީތިކަން އިތުރުކޮށްދެއެވެ. އޭރު ފަވާޒްގެ ނަޒަރުވެސް ހުއްޓިފައިވީ ސައިކަލުން ފޭބި އަހުނަފަށެވެ. އަހުނަފް ސައިކަލުން ފޭބި ގޮތަށް އައިސް ފަވާޒްގެ އަތުގެ ތެރެއިން ދިމްނާގެ އަތް މިނިވަންކޮށް ފަވާޒްގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ފިތާލިއެވެ. އެވަގުތު ވީތަދާއެކު ފަވާޒްއަށް ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ދެލޯ މަރާލެވުނެވެ. ” ދެން ދިމްނާގެ ގައިގަ އިނގިލިކުރިވެސް ޖައްސާނުލައްޗޭ… އަތްލުމުގެ ކުރިން މިއަދު ލިބުނު ހަދިޔާ ހަނދާންކުރާތި… ދެވަނަ ފަހަރު ލިބޭ ހަދިޔާ މިއަށްވުރެ ބޮޑުވާނެކަން ދަންނާތި… ” ޝަހާދަތް އިނގިލި ދިއްކޮށްލާ އިންޒާރެއްގެ ގޮތުން އެހެން ބުނެ އަހުނަފް ދިމްނާގެ އަތުގައި ހިފައިގެން ގޮސް ސައިކަލަށް އަރާާ ދުއްވާލިއެވެ. އޭރު ނަފްސަށް ވެރިވެފައިވި ރުޅިވެރިކަމާއެކު ފަވާޒް ދަތްކުނޑި ވިކާލަމުން ސައިކަލުގައި އަނެއް އަތުން ބޮނޑިއެއް އަޅާލިއެވެ.

ސައިކަލުގައި އިން ދިމްނާ އަދިވެސް އިނީ ހަރަކާތެއް ގެންނަން ނޭނގިފައެވެ. ސައިކަލަށް އެރި ގޮތަަށް އޭނާ އިނީ ވިސްނުމަށް ގެއްލިފައެވެ. އަހުނަފް ފެނުމުން އޭނައަށް ކުރެވުނު އިހުސާސްތައް ބުނެދޭންވެސް ނޭނގެއެވެ. ދުވަސްތަކަށްފަހު އެސޫރަ އޭނަގެ ލޯމަތިން ފެނުމުން ހިތުގައި ފަސްއަޅާ ފޮރުވާފައިވި ޖަޒުބާތުތައް ހޭލައިގަތެވެ. މޭގެ ތެރޭގައި އޮތް ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އެއްވެސް ޖެހިލުމެއްނެތި އައިސް ފަސޭހަކަމާއެކު ފަވާޒްގެ އަތުގެ ތެރެއިން އޭނަގެ އަތް މިނިވަންކޮށް އޭނަގެ ފުރަގަހަށް ގެންދިޔަ ގޮތް ދިމްނާގެ ލޯ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. ވިސްނުމަށް ގެއްލިފައިވި ދިމްނާއަށް ކުއްލިއަކަށް ސައިކަލު ހުއްޓުމުން ލިބުނު ސިހުމާއެކު އަހުނަފްގެ ހަށިގަނޑުގައި ފަހަތުން ބައްދާލެވުނެވެ. އެވަގުތު ކުރެވުނު އިހުސާސާއެކު ދިމްނާއަށް ދެލޯ މަރާލެވުނެވެ. މަޑުމަޑުން ދެލޯ ހުޅުވާލި ދިމްނާގެ ނަޒަރު ސައިކަލުގެ ލޯގަނޑުކޮޅުން ފެންނަމުންދިޔަ އަހުނަފްގެ މޫނަށް ހުއްޓުނެވެ. އަހުނަފްގެ ނަޒޒަރުވެސް އޭނަގެ މޫނަށް ހުއްޓިފައިވީއިރު އެމޫނުން ފެނުނު އަސަރުތައް ދެނެގަތުމަށް ދިމްނާ ނުކުޅެދުނެވެ. ހަމަހޭވެރިކަން ލިބުނު މީހަކު ފަދައިން ދިމްނާ އަވަސް އަވަހަށް ސައިކަލުން ފޭބިއެވެ. އޭރު އެމޫނު މަތިން ނުތަނަވަސްކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ސުކޫލު ދުވަސްވަރުން ފެށިގެން އަހުނަފަށްޓަކައި އޭނަގެ ހިތުގައި އުފެދިފައިވި އިހުސާސްތައް ބޭޒާރުވެދާނެތީ ދިމްނާ ބިރުގަތެވެ. ހޭދަވެގެންދިޔަ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ކަންތައް ހިނގާދިޔަ ގޮތުން އޭނަގެ ހިތުގައިވި ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. އަހުނަފަށްޓަކައި އޭނަގެ ހިތުގައި އުފެދުނު އިހުސާސްތައް ފަސްއަޅާ ފޮރުވާލަންޖެހުނު ސަބަބު ހިތަށްވެރިވުމުން އެހިތުގައި ރިހުމެއް އުފެދުނެވެ. އޭނަގެ ހިތުން އަހުނަފަށްޓަކައި ޙާާއްސަ ޖާގައެއް ދެވިފައިވި ނަމަވެސް އަހުނަފްގެ ހިތުން އޭނައަށް އެފަދަ ޖާގައެއްނެތްކަން ދިމްނާއަށް ޔަގީންވެއެވެ. އަހުނަފްގެ ހިތުން އެހެން ފަރާތަކަށް ޖާގައެއް ދެވިފައިވިކަން އެނގުނީއްސުރެ އޭނަގެ ހިތުގައި އުފެދިފައިވި އިހުސާސްތައް އެހެން ފަރާތަކަށް އެނގުމުގެ ކުރިން ފަސްއަޅާ ފޮރުވާލީއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާ އައީ އަހުނަފްއާދެމެދު ވަކި ދުުރުމިނެއް ބަހައްޓަމުންނެވެ. ކުރީގަހެން އެހާ ގިނައިން ވާހަކަ ދައްކާ ސަމާސާކޮށެއް ނަހަދައެވެ. އެދެމެދުގައިވި އެކުވެރިކަންވެސް ވަނީ އެތައް ތަނެއް ހީނަރުވެފައެވެ. ދެމީހުން އެކަކު އަނެކަކާ ބައްދަލުނުވާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ސޯޝަލްމީޑިއާގެ އެހީގައި އަތުން ގުނާލެވޭ މަދުފަހަރަކު އެކަކު އަނެކަކުގެ ހާލު ބަލާލާފާ އޮވެދާނެއެވެ. ހިތް އެދޭއިރުވެސް އެފަރާތަކާއެކު ދުރުދުރުން އުޅުމަކީ އޭނަގެ ހިތަށް ކިތަންމެ ވޭންދެނިވި ކަމަކަށް ވިނަމަވެސް އަހުނަފްގެ ހިތުން ދުވަހަކުވެސް އޭނައަށް ޖާގައެއް ދެވިދާނެކަމާމެދު އެއްވެސް އުއްމީދެއް ނެތްއިރު އެފަދަ ކަމަކަށް އުއްމީދުކުރުމަކީވެސް މޮޔަކަމެއް ނޫން ހެއްޔެވެ؟

” ދިމް… އަރ ޔޫ އޯކޭ… ކީއްވެ ސައިކަލުން ތިފޭބީ… ” ދިމްނާގެ ހަރަކާތްތަކުން ހައިރާންކަން ލިބުނު އަހުނަފަށް ސައިކަލުން ފައިބަމުން ވާހަކަދެކެވުނެވެ. ދިމްނާގެ މޫނުމަތީގައިވި ނުތަނަވަސްކަން މާނަކުރާނެ ގޮތެއް އަހުނަފްގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ” ދިމް… ކިހިނެއްވީތަ… މީ އަހުނަފްއޭ… އެހާ ދުވަސްފަހުން ފެނުނީމަ މަ ނޭނގުނީތަ އަނެއްކާ… ކީއްވެތަ އެހާ ބިރުން ތިހުރީ… ” އޭނާ ވާހަކަ ދެއްކުމުންވެސް ދިމްނާގެ ފަރާތުން ބަހެއް ނީވުމުން އަހުނަފް ދިމްނާގެ އަތުގައި ހިފާ ތަޅުވައިގަންނަމުން ވާހަކަ ދެއްކިއެވެ. ދެވަނަ ފަހަރަށް ވިސްނުމަކަށް ގޮސް ގެއްލިފާވަނިކޮށް ލިބުނު ސިހުމާއެކު ދިމްނާއަށް އަހުނަފްގެ އަތް ވަގުތުން ފޮޅުވާލެވުނެވެ. ދިމްނާގެ އެއަމަލުން އަހުނަފް ވަގުތުން ފަހަތަށް ޖެހިލާ ދެއަތް މައްޗަށް އުފުލާލަމުން އަމާންދިންކަމަށް ބުންޏެވެ. އެނާ ހުރީ ހަމަ ރަނގަޅަށްވެސް ދިމްނާގެ ހަރަކާތްތަކުން ބޯ ހާސްވެފައެވެ. އެމަގުން މީހަކު ފެންނަން ނެތުމަކީވެސް ނަސީބެކޭ އަހުނަފްގެ ހިތަށްއެރިއެވެ. ” ދިމްނާ… މީ މަށޭ… އަހުނަފް… ” ދެންވެސް އެއްޗެކޭ ނުބުނެ އޭނަގެ މޫނަށް ނަޒަރު ހުއްޓާލައިގެން ދިމްނާ ހުންނަން ފެށުމުން އަހުނަފް ވާހަކަ ދެއްކިއެވެ. ” އާނ… މީ… ފަވާޒް އެހެން ކަންތައްކުރީމަ ކުޑަކޮށް ބިރުގަތީމަ… ” ދުވަސްތަކަކަށްފަހު އަހުނަފްގެ ކުރިމަތީގައި ހުންނަންޖެހުމުން ދިމްނާގެ ހިތްވީ ނުތަނަވަސްކަމުން ފުރިފައެވެ. ” ރިލޭކްސް… މިހާރު ތިހުރީ އަހަރެން ކައިރީގައެއްނު… ނައު ޔުއަރ ސޭފް… ” އަހުނަފް ބުނެލީ ދިމްނާއަށް ޔަގީންކަން ދޭފަދައިންނެވެ. ދިމްނާ އަހުނަފްގެ ވާހަކައަށް ބޯ ޖަހާލަމުން ތުންފަތުން ނުތަނަވަސްކަމުގެ ހިނިތުންވުމެއް ވެރިކުރުވިއެވެ. ނުވެސް އެނގިހުއްޓާ އަހުނަފްގެ ކުރިމައްޗަށް އަރަންޖެހުމުން ވާނީވެސް އެހެންތާއެވެ. އަހުނަފް އޭނަގެ ލޮލަށް މިފެނުނީވެސް ހަވަރަކަށް މަސްފަހުންނެވެ.

” ހެހެހެ… ނަސީބެއްނު އަހަރެން ހަނދާންހުރިކަން… އަހަރެން ހީކުރީ ދިމްއަށް އަހަރެން ވަކިކުރަންވެސް ނޭނގުނީކަމަށް ދިމް އުޅުނު ގޮތުން… ” ލުއިހުނުމަކާއެކު އަހުނަފް ބުނެލިއެވެ. ” ކިހިނެއް އަހުނަފް އަހަންނަށް ވަކިކުރަން ނޭނގި ހުންނާނީ… މިހިތުން ހަމައެކަނި ޖާގަ ހޯދި ވެރިޔާ އަހަރެން ދުވަހަކުވެސް ހަނދާނެއްނުތޭނެ… ” ހިތާހިތުން ދިމްނާއަށް ކިޔާލެވުނެވެ. ” އިނގުނު އަހޫކަން ފެނުނީމަ… އެކަމަކު އައި ވޯޒް ސަޕްރައިޒްޑް… އެއްވެސް ވަރަކަށް އަހޫ ފެންނާނެކަމަކަށް އުއްމީދެެއްނުކުރަން… އަހަރެން ހީކުރީ ކޯސް ނިންމާލާފަ އަހޫ އަންނަނީ ރަށަށްކަމަށް… ” ހިތުގެ ތެރޭގައިވި ނުތަނަވަސްކަން ހަމައަކަށް އަޅުވާ ހަމަޖެހޭގޮތް ދައްކަމުން ހިނިތުންވުމަކާއެކު ދިމްނާާ ވާހަކަ ދެއްކިއެވެ. ” އާނ… ރަށަށްް އަންނަން އުޅެފަވެސް ރިސޯޓު ފަރާތުން ލިބުނު ފުރުސަތެއްވީމަ ހިތަށްއެރީ ޑައިރެކްޓްލީ ވޯކަށޭ ފުރަތަމަ ދާނީ… އެއަށްފަހު ހަމަޖެހިލައިގެން ޗުއްޓީއަކަށް ރަށަށް އަންނަން… ” އަހުނަފް އެހެން ބުނުމުން ދިމްނާއަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ” ބައިދަވޭ… އަހަރެންގެ ބަދަލުގަ ކާކު ފެންނާނެކަމަށް އުއްމީދުކުރީ… ދިމް ޚަބަރެއްވެސް ނުވޭ ވަރަށް… ” އަހުނަފްގެ ވާހަކައިން ދިމްނާގެ ހިތަށް ތަދުވިއެވެ. އޭނަގެ އިހުސާސްތައް އަހުނަފްއަށް އެނގޭނެނަމައޭ ދިމްނާގެ ހިތަށް އެރިއެވެ. ” ވަކި މީހަކަށް އުއްމީދެއްނުކުރަން… އަހަރެންގެ ދެން ހުންނާނީވެސް ކާކު ވަކި އުއްމީދުކުރަން… އަހޫ ތިހެން ބުނާ މީހާވެސް ޚަބަރެއްވެލަނީ ވަރަށް މަދު ފަހަރަކު… ” ހިތާމަތައް ފޮރުވާލަމުން ހިނިތުންވެލާ ދިމްނާ ދިން ޖަވާބުން އަހުނަފް ހައިރާންކުރުވިއެވެ. ” އަދިވެސް ސިންގަލް… ދިމް ކާކުގެ އިންތިޒާރުގަތަ… ” އަހުނަފްގެ އެބުނުމުން ދިމްނާގެ ހިތުގައިވި ޝަކުވާތައް އިތުރުވިއެވެ. ”އަހޫ ހާާ އަހަރެން ކާމިޔާބެއްނޫނޭ… ” ލުއި ހީލުމާކާއެކު ބުނި ނަމަވެސް ދިމްނާގެ ހިތުގައިވީ ޝަކުވާއެވެ. ” އަހަރެން ކޮބާ ވަކި ކާމިޔާބުވެފަ… ދިމްއަކަށް ނޭނގެއެއްނު އަހަރެންގެ… ” ދިމްނާ ބުނި އެއްޗަކާ ގުޅުވައިގެން ވާހަކަ ދައްކަން އުޅުނު އަހުނަފްގެ ވާހަކަ މެދުކެނޑުނީ ދިމްނާާގެ ފޯނު ރިންގުވުުމުންނެވެ. އެއްފަހަރު ފޯނުގެ ސްކްރީނަށް އަނެއް ފަހަރު އަހުނަފްގެ މޫނަށް ނަޒަރު ހުއްޓާލި ދިމްނާއަށް ފޯނު ނެގުމަށް އަހުނަފް އިޝާރާތްކުރިއެވެ.

” ހަލޯ ނާލް… އާނ… މިދަނީ މިހާރު… ދެން ނުވާނެ ލަހެއް… ” އެކޮޅުން ޔަނާލް ދެއްކި ވާހަކަތަކާ ގުޅުވައިގެން ދިމްނާ ބުނެލިއެވެ. ” ނާލް ލަސްވެގެން އެގުޅީ… ދަނީ އިނގޭ… އަހޫއަށް ތޭންކްސް ވަރަށް ބޮޑަށް… ” ފޯނު ބާއްވާ އަހުނަފަށް ބަލައިލަމުން ހިނިތުންވެލާފާ ދިމްނާ ދާން ހިނގައިގަތެވެ. ” މަޑުކޮށްބަލަ.. ދިމްގެ ތޭންކްސް ގަބޫލުކުރެވޭނީ އަހަންނާއެކު ދިޔައިމަ… އާދޭ އަހަންނާއެކު ސައިކުގަ ދާން… އަހަރެންވެސް ނާލްމެން ގެއަށް ދާށޭ މިދަނީ… ” ދިމްނާގެ އަތުގައި ހިފަހައްޓަމުން އަހުނަފް އޭނައާއެކު ދިއުމަށް އެދުމާއެކު ދިމްނާގެ ހިތް އުފަލުން ނަށާލިއެވެ. އަހުނަފް އޭނަގެ ހައްޤަަކަށް ނުވިނަމަވެސް އެލިބޭ ވަގުތުކޮޅު އަހުނަފްއާއެކުގައި ހޭދަކޮށްލެވޭނެތީ ލިބުނު ފުރުސަތުބެގެ ބޭނުން ހިފުމަށް ދިމްނާގެ ހިތް ތަކުރާރުކޮށް ބުނަންފެށިއެވެ. މިއިން ދުވަހަކުވެސް އެފަދަ ފުރުސަތެއް ލިބޭނެ ކަމެެއް ނޭނގެއެވެ. ދެވަނަ ފަހަރަށްރަވެސް އަހުނަފް އެދުމާއެކު ހިތުގެ އެދުމަށް އިޖާބަދެމުން ދިމްނާ ސައިކަލުގެ ފަހަތަށް އެރިއެވެ. ” ހިފަހައްޓައިގެން އިންނައްޗޭ… އަނެއްކާ ދެންމެ ވީހެން ވެދާނެ… ” ފިރިހެންވަންތަ ހިނިތުންވުން ދިމްނާއަށް ހަދިޔާކުރަމުން އަހުނަފް އެހެން ބުނެ ސައިކަލު ދުއްވާލަން ތައްޔާރުވިއެވެ. ނުކެރި އިނދެފަވެސް ދިމްނާ މަޑުމަޑުން އޭނަގެ ދެއަތުން އަހުނަފްގެ ކޮނޑުގައި ހިފާލިއެވެ. އެއާއެކު ދިމްނާގެ ހިނިތުންވުން ފުންވެގެން ދިޔައިރު އަހުނަފް އެމީހުންގެ މަންޒިލަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވާލިއެވެ.

ޔަނާލް އާއި ޔަލްވީ ގޭ ކައިރި މަގުމަތީގައި ދިމްނާގެ އިންތިޒާރުގައި ތިއްބެވެ. ލަސްތަކެއްނުވެ އައިސް މަޑުކޮށްލި ސައިކަލުގައި ތިބި ދެޒުވާނުން ފެނި ދެމީހުން އެކަކު އަނެކަކަށް ބަލައިލާ ލޮލުން އިޝާރާތްކުރިއެވެ. ” އޯ… މީ ދޯ މިލަސްވި ސަބަބަކީ… މިއަހޫވެސް ބަލާބަލަ… ރަށަށް އައިއްސަވެސް މިގެއަށް ވަދެނުލާ… ” ސައިކަލާ ކައިރިވެލާ އަހުނަފްގެ ކަންފަތުގައި ހިފާލަމުން ޔަލްވީ ބުނެލި ގޮތުން ޔަނާލް އާއި ދިމްނާއަށް ހެވުނެވެ. ” ތަދުވާވަރުކުރައްޗޭ ދޮންތާ… އެންމެ ފަހުން ވާހަކަ ދެއްކި ދުވަހުވެސް އަންނަ ވާހަކަ ނުވެސްބުނޭ… ” ޔަނާލްވެސް ޔަލްވީއާ އެއްކޮޅަށް ހިފާލަމުން ބުނެލިއެވެ. ”އާހް… ޔާލް… ތަދުވެޔޭ… ހެޔޮނުވާނެ ދެމީހުން މަަށަށް މިހެން ހަދަން… މިއަދުއޭ ރަށަށް އައީ… މެންދުރު ވަނިކޮށް އައީ… ގެ ފިޔަވައި އަދި މިއައީ ތިގެއަށް… އެވަރުންވެސް ތިހިރީ ހަދާގޮތް… ” ނުހަނު ބޮޑަށް ތަދުވާކަން ދައްކަމުން އަހުނަފް އެހެން ބުނުމާއެކު ޔަލްވީ މައާފަށް އެދެމުން އޭނަގެ ކަންފަތުން ދޫކޮށްލިއެވެ. އެހިނދު ހަތަރު މީހުންގެ ލުއި ހުނުމުގެ އަޑުއިވިގެން ދިޔައެވެ. ” ކޮންތާކަށް ދާންތަ ތިން މީހުން ތިއުޅެނީ… ޔުސްރާއްތަ ކޮބާތަ… ” ސައިކަލުން ފައިބަމުން އަހުނަފް އަހާލިއެވެ. ” މީ ދެން ހަވީރު ގަޑީގަ ނުކުމެލީ… މަންމަ އެބައުޅޭ ގޭގަ… ވަދެބަލަ އެތެރެއަށް… ހަމަ ސަޕްރައިޒްވާާނެ… ” ޔަނާލް ބުނެލިއެވެ. އަހުނަފް އެގެއަށް ވަންނަން ހިނގައިގުތުމުން އެތިން މީހުންވެސް އެމީހުންގެ މަންޒިލަށް ދިއުމަށް ހިނގައިގަތެވެ.

” ދިމް އަދިވެސް ވަރަށް ލޯބިވޭދޯ އަހޫދެކެ… ” ޔަލްވީ އެހެން އަހާލުމާއެކު ދިމްނާގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ. ” ދެން ބުނެބަލަ އަޅެ އޭނަ ކައިރި… ބައެއް ފަހަރަށް ހީވޭ އަހޫވެސް ދިމްއާ ލައިކްވާހެން… ” ކުރީގ ބައެއް ހަނދާންތައް އާކުރަމުން ޔަލްވީ ބުނެލުމާއެކު ދިމްނާގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. ” ބުންޏަސް ވާނެ ފައިދާއެއް ނެތެއްނު ޔާލް… އަހުނަފް ލޯބިވަނީ ޒީޝާދެކެކަން ޔާލްމެނަށްވެސް އެނގެއެއްނު… ” މާޔޫސީ ރާގެއްގައި ދިމްނާ ބުނެލުމުން ޔަލްވީ ފުން ނޭވައެއް ދޫކޮށްލިއެވެ. ” ތިވެސް ތެދެއް… އެކަމަކު މިހާރަކަށް އައިސް މައިޑޭއަށް ލައިފަ ހުންނަ ކޯޓަސްތަކުން ކޮންމެވެސް ކަމެއް ވެއްޖެހެންވެސް ހީވޭ… އަހާލަން އުޅެފަވެސް އަހޫގެ ޕާސަނަލް ކަމެއްވީމަ އަހަރެން އަޅާނުލީ…. ” ޔަލްވީ އެހެން ބުނުމުން ދިމްނާއަށްވެސް މިއަދު އަހުނަފްއާ އޭނައާ ދެމެދު ދެކެވުނު ވާހަކައިން އެމޫނު މަތިން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ފެނުނުހެން ހީވިއެވެ. އެހެނަސް އެވަގުތު ޔަނާލްގެ ފޯނު ކޯލު އައުމުން އަހުނަފް ބުނަން އުޅުނު އެއްޗެއް ފުރިހަމަކުރެވޭ ގޮތެއްނުވިއެވެ. ” އަދި ބޭނުންވާ ޕަރޓްނަރއެއް ދެމީހުނަށްވެސް ލިބޭނެ އިންޝާ ﷲ… ހޭވް ޕޭޝިއަންސް… ދޮންތައަށްވެސް އެހާ ދުވަސްފަހުން ވިޝާލްއާވެސް ދިމާވީނު… ” އެދެމީހުންގެ މާޔޫސްވެފައިވި ހިތަށް ކުޑަ ނަމަވެސް އުއްމީދެއްދެވޭތޯ ޔަނާލް މަސައްކަތްކުރިއެވެ. ” އަހަރެމެން ދެމީހުން އެކަންޏެއް ނޫން… ނާލްއަށްވެސް އިންޝާ ﷲ… ނާލްގެ ޕްރިންސްވެސް އައުމުގެ މަގުމަތީގަހެން ހީވަނީ… ” ޔަނާލްގެ އަތުގައި ހިފާލަމުން ޔަލްވީ ހިނިތުންވެލާފައި ބުނެލިއެވެ. ” ޔާލް… ނާލްގެ ޕްރިންސް އަތުވެެއްޖެހެން ހީވަނީ… މިހާރަކަށް އައިސް ފެންނަ މަންޒަރުތަކުން އެހެން ވަރަށް ހީވޭ… ” ޔަނާލްއަށް ބަލައިލާ އެއްލޯ މަރާލަމުން ދިމްނާ ބުނެލީ ނުހަނު ފޯރީގައެވެ. އެއާއެކު ޔަނާލް ދެލޯ ބޮޑުކޮށްލަމުން ދިމްނާއަށް ބަލައިލާ ދެފަރާތަށް ބޯ ހޫރުވާލީ ނުބުނާށޭ ބުނާ ފަދައިންނެވެ. ”ކާކު.. ބުނޭ އަވަހަށް ދިމް… ” ހައިރާންކަން ލިބުނު ޔަލްވީ ޔަނާލްއަށް ބަލައިލާ އެހެން ބުނުމާއެކު ޔަނާލް އޭނަގެ ނިއްކުރީގައި މަޑުމަޑުން އަތުން ޖަހާލީ ދެން މިދެމީހުންގެ ދިމާކުރުންތަކުން ސަލާމަތްނުވެވޭނެކަން އިނގުމުންނެވެ. ”އިކާން…” އިކާންގެ ނަން ބުނެ އެމީހުން ޕާޓީ އޯގަނައިޒްކުރަން އުޅުނު ދުވަހު ކަންތައް ހިނގާދިޔަ ގޮތް ދިމްނާ އަކުރުން އަކުރަށް ޔަލްވީއަށް ކިޔައިދިނެވެ. ” ނާލް… ދޮންތަ ކައިރި ނުވެސް ބުނަމެއްނު… ” ދިމްނާ އާއި ޔަލްވީ އިކާންއާ ގުޅުވާ އެކި ގޮތްގޮތުން ޔަނާލްއާ ދިމާކުރަމުން ދިޔައެވެ. ” އޯ ޕްލީސް..، ސްޓޮޕް އިޓް ބޯތް އޮފް ޔޫ… އިކާންއަކީ ހަމައެކަނި އަހަރެންގެ ކްލައިންޓެއް… ޕްރޮފެޝަނަލް ގުޅުން ފިޔަވާ އިތުރު އެއްވެސް ގުޅުމެއް އަހަރެމެން ދެމެދުގަ ނުވޭ… އަދިނުވެސް އޮންނާނެ އިނގޭ… އެދުވަހު އެހެން އެވީ ދިމާވި އެކްސިޑެންޓަކުން… ” ޔަނާލް ދެމީހުނަށް ބަލައިލާ ސާބިތުކަމާއެކު ބުނެލުމުން ވަގުތުން ދިމްނާ އާއި ޔަލްވީގެ އަނގަ ބަންދުވިއެވެ. އިތުރަށް އެއްޗެެއް ނުބުނި ނަމަވެސް ސިއްރުސިއްރުން އެކަކު އަނެކަކަށް ބަލައިލާ ލާނެއް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އޭރު އެމީހުންނަށް ތިބެވުނީވެސް އެމީހުން އަންނަ ބޭނުންވި މަންޒިލްގައެވެ.

ފުޓްބޯޅަ ކުޅުމަށް ޚާއްސަކުރެވިފައިވި ދަނޑުގައި ފޯރިއާއެކު މެޗެއް ކުޅެވެމުން ދިޔައެވެ. މެޗު ބަލަން އެކިއެކި އުމުރ ފުރާއިގެ މީހުން ދަނޑު ވަށާއިގެން ކަހަލަ ގޮތަކަށް ތިއްބެވެ. ބައެއް މީހުން ނުހަނު ފޯރިއާއެކު ސަޕޯޓުކުރަމުން ދިޔައިރު އަނެއް ބަޔަކު ބަހެއްވެސް ބުނުމެއްނެތި ބަލަން ތިއްބެެވެ. ޔަނާލް އާއި ޔަލްވީ އަދި ދިމްނާވެސް ގޮސް މެޗު ބަލަން ހުއްޓިލިއެވެ.

މެޗު ބެލުމަކަށް ޔަނާލްގެ މާބޮޑު ޝައުޤުވެރިކަމެއް ނެތެވެ. އެހެނަސް މަޑުކޮށްލައިގެން ހުރީ ޔަލްވީ އާއި ދިމްނާގެ އެދުމުގެ މަތިންނެވެ. އެންމެ ފަހުން ޔަނާލް އާދޭސްކުރުމުން އެދެމީހުން އޭނަ ދިޔަދިނެވެ. އޭރު މެޗު ނިމުމަކާވެސް ވަނީ ގާތްވެފައެވެ. ޔަނާލް އޭނާ ދަނީ އެދިމާލުން އަތިރިމައްޗަށް ކަމުގައި ބުނެ އާދައިގެ ހިނގުމެއްގައި ހިނގަމުން ގޮސް ބޯޅަދަނޑާއިވީ ފަރާތުން އަތިރިމައްޗަށް ނުކުތެވެ. އެސަރަހައްދުގައި އެއްވެސް މީހެއްގެ ހިލަމެެއްނުވެއެވެ. ބޯ ކިރުކޮޅެއްފަދަ ފަސްގަނޑުގައި ރާޅު ބީއްސާލާ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އިރުއޮއްސޭ ވަގުތަށްވެފައި އިރުގެ ދޯދިތައް އަލްވަދާޢު ކިޔަމުން ދިޔައިރު އެދޯދިތަކުން ކަނޑުގައި ރަން ދޫލައެެއް އަޅާލާފާވާފަދައެވެ. ޔަނާލް އޭނާ އަރައިގެން ހުރި އުސް ފައިވާން ބާލާ އަތުން ހިފައިގެން ހުރެ ރާޅު ބީއްސާ ހިސާބަށް ހިނގައިގަތެވެ. ރާޅުޖަހާ ހިސާބުން ޔަނާލް ހިނގާފައި ދިޔައިރު މަޑުމަޑުން ރާޅުތައް އައިސް އެދޮން ފައިގައި ބޮސްދެމުން ދިޔައެވެ. ޖެހެމުންދާ މަޑުމަޑު ވައިރޯޅިތަކުން ޔަނާލްގެ ހިތަށް ހަމަޖެހުން ގެނެސްދެމުން ދިޔައިރު މުޅި އެހިސާބުންވެސް ޔަނާލްއަށް އިހުސާސްވަމުން ދިޔައީ ހިތްފަސޭހަކަމެވެ.

މިކާލްއާއެކު އަތިރިމަތިން ހިނގާފައިދިޔަ އިކާން އޭނަގެ ކެމެރާއިން ގުދުރަތީ ރީތި އެކިއެކި މަންޒަރުތައް ފޮޓޯ ނަގަމުން ދިޔައެވެ. މިފަދަ ގުދުރަތީ ރީތި މަންޒަރުތަކުގެ ފޮޓޯނެގުމަކީ އޭނާ ނުހަނު ކުރާހިތްވާ ކަމެކެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ހުދު ކުލައިގެ ކަކުލާ ހަމައަށް އަންނަ ސޯޓުގައި އިކާން ހުރިއިރު ކެމެރާއިން ފޮޓޯ ނެގުމަށް އެހަށިގަނޑަށް ގެންނަ ބަދަލުތައް މީހަކު ބަލާ ފޫހިނުވާނެއެވެ. އިކާންގެ ކޮންމެ ހަރަކާތަކުންވެސް އެކަމަކަށް އޭނަ ގަޔާވާ މިންވަރާއި ފަރިތަކަން ހާމަވެއެވެ. އެކިކޮޅުކޮޅަށް އިކާން އޭނަގެ ނަޒަރު ހިންގާލި ވަގުތު ރާޅުޖަހާ ހިސާބުގައި މޫދާ ކުރިމަތިލައިގެން ހުރި ޔަނާލް އަޅާއިގަތެވެ. ރަތްކުލައިގެ އަތްކުރު މަތިކޮޅަކާއެކު ހަމައެކުލައިގެ މަލުގެ ކުރެހުން އެކުލެވިގެންވީ ހުދު ކުލައިގެ ތަނބިކައްޓާއި ހަމައަށް އަންނަ ފްލޯރަލް ސްކާޓުގައި ޔަނާލް ފެންނަލެއް ނުހަނު ރީއްޗެވެ. ދެލޯ މަރާލައިގެން ހުރިއިރު ތުންފަތުގައިވި ރީތި ހިނިތުންވުުމުން އެމާހައުލުގެ ހިތްފަސޭހަކަން އެންމެ ފުރިހަަމަ ގޮތުގައި ލިބިގަންނަނީކަން އެނގެއެވެ. އެދޮން މޫނަށް އިރުގެ ރަންދޯދިތައް އެޅިފާވާއިރު ފެންނަލެއް ހިތްގައިމުކަން ދުލަކުން ބަޔާންކުރަން ދައްޗެވެ. އިކާން ވަގުތުން އޭނަގެ ކެމެރާ ޔަނާލްއާ ދިމާކޮށް ފޯކަސްކޮށްލިއެވެ. ދެތިން ފޮޓޯ އިކާންއަށް ނެގުނުތަނާ ޔަނާލް ދެލޯ ހުޅުވާލިއެވެ. އެވަގުތު ޔަނާލްގެ ވޭވީ ސްޓައިލްގެ އިސްތަށިގަނޑުން ބައެއް ޖެހިލި ވައިރޯޅިއާއެކު އޭނަގެ މޫނުމައްޗަށް ނިވާއެޅިއެވެ. އެހިނދު ފަރިތަކަމާއެކު އޭނަގެ ހިމަ ދިގު އިނގިލިތަކުން އިސްތަށިކޮޅު އެއްފަރާތްކޮށްލި މަންޒަރު އިކާން އޭނަގެ ކެމެރާގައި ރައްކާކުރިއެވެ. ޔަނާލްގެ ފަރި ހަރަކާތްތައް ދައްކުވައިދޭ އެތައް ފޮޓޯއެއް އިކާން ނަގަމުން ދިޔައެވެ. މިކަމުގެ ހިލަމެއްވެސް ނުވާ ޔަނާލް އެހިތްގައިމު ވަގުތުކޮޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރަމުން ދިޔައެވެ.

މެޗު ނިމުމުން ޔަނާލްގެ ގާތަށް ދިއުމަށް ދާން ހިނގައިގަތް ޔަލްވީގެ ހިނގުން ހުއްޓުނީ ކުޑަ ކުއްޖަކު އައިސް އޭނަގެ ގައިގައި ޖެހުމުންނެވެ. އެކުއްޖާ ވެއްޓުމުގެ ކުރިން ޔަލްވީއަށް ހިފަހައްޓާލެވުނީ ހަމަކިރިޔާއެވެ. ” ކޮއްކޯ… ތަދުވިތަ… ” ޔަލްވީ އެކުއްޖާއާ އެއްވަރަށް ތިރިވެލަމުން އެހެން އަހާލީ ކަންބޮޑުވެފައި ހުރެއެވެ. އެއާއެކު އެކުއްޖާ ދެފަރާތަށް ބޯ ހޫރުވާލިއެވެ. ޔަލްވީއަށް ރީތިކޮށް އެކުއްޖާގެ ދެލޮލަށް ބަލައިލެވުނު ވަގުތު ދަންނަ މީހަކާ ވައްތަރުވިކަމުގެ އިހުސާސެއްކުރެވުނެވެ. އޭނާ ހިނދުކޮޅަކަށް މަޑުޖެހިލީ ރަނގަޅަށް ވިސްނާލުމަށެވެ. ” ސޮރީ ދައްތާ… ރާއްކޮ ދުވެފަ އައިމަ ނޭނގުނީ… ” މައުސޫމްކަމާއެކު އެކުއްޖާ ބުނެލި ގޮތުން ޔަލްވީގެ ހުރިހާ ސަމާލުކަމެއް އެކުއްޖާއަށް ހުސްކޮށްލެވުނެވެ. ” އިޓްސް އޯކޭ… އައިމް ސޮރީ ޓޫ… ދައްތައަށްވެސް ރަނގަޅަށް ނުބަލާާ އާދެވުނީ… ” ފުޅާ ހިނިތުންވުމަކާއެކު ޔަލްވީ އެކުއްޖާގެ ކޮލުގައި މަޑުމަޑުން ހިފާލިއެެވެ. އެވަގުތު އެއަންހެން ކުއްޖާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ” ރާާއްކޯ… ” އިވިގެންދިޔަ އަޑާއެކު ޔަލްވީ އާއި ރާޔާއަށް އެކުއެކީގައި އަޑުއައި ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ޔަލްވީއަށް އަވަސް އަވަހަށް ކޮޅަށް ތެދުވެވުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ވަޢުދު (ހަތާވީސްވަނަ ބައި)

Next

ވީރާނާވެފައިވީ ޙަޔާތް މަގޭ – 15

Next
November 12, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ – 15

Previews
November 12, 2019

ވަޢުދު (ހަތާވީސްވަނަ ބައި)

24 Comments!

  1. ifoo says:
    November 12, 2019 at 8:33 pm

    Salaam dear readers ❤️❤️❤️???… Hws u all??? Hope all are fine ???… Here is the 11th part of Loabivan yaaraaey ❤️❤️❤️… Hope all will like this part too n feel free to comment your views ???… I miss my readers comments ???… Kurin comment kuri kudhin ge comments nufennaathy aslu v dherayey… Hope knmes hisaabakun e kudhinn ge comments vx fennaane kamah ?… Love you all my readers n Thankyou soooooo much for the support ❤️❤️❤️??????… Next part In Sha Allah on Friday night ???…

  2. Maaaaaaannnnnnnnnnnnnnnnuuuuuuuuuuuuu says:
    November 12, 2019 at 9:09 pm

    Woooooooooowwwew

    1. ifoo says:
      November 16, 2019 at 4:41 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️❤️??????…

  3. jiji says:
    November 12, 2019 at 9:43 pm

    Me first tha ifoo ??

    1. jiji says:
      November 12, 2019 at 9:59 pm

      Vv salhi mi part vexxx

    2. jiji says:
      November 14, 2019 at 6:46 am

      hey kaaku tha ryhchey kiyaafa comment kohfa myny..alhe nan hus v ky nuunehnu mi name ga comment kuraakah..anwway ifoo darlinn..mi part vx v v rythi ingey..waiting for the next..lysmm??????????????❤❤❤

    3. ifoo says:
      November 16, 2019 at 4:43 pm

      Not first dear… Thankyou soooooo much ❤️❤️❤️??????…

    4. ifoo says:
      November 16, 2019 at 4:46 pm

      Jiji ❤️❤️❤️… Thankyou soooooo much dear ???❤️❤️❤️???… V v v ufaavehje ???… Bxy kamun adhi story genesdhevey goi nuvegen miulheny… In Sha Allah Tuesday night ga up kohdheynan ???… Much more loves from me dear ❤️❤️❤️??????…

  4. Yanaa says:
    November 12, 2019 at 9:50 pm

    Varah???varah???reethi?Maa sha Allah????Curiously waiting???for???the??next???part???Lysm sis❤❤❤❤❤❤❤❤❤❤

    1. ifoo says:
      November 16, 2019 at 5:00 pm

      Yanaa ❤️❤️❤️… Awwwwnn ❤️❤️❤️??????… Thankyou soooooo much dear for the colourful Comment ???❤️❤️❤️???… V v v ufaavehje ???… Bxy kamun adhi story genesdhevey goi nuvegen miulheny… In Sha Allah Tuesday night ga up kohdheynan ???… Much much more loves from me dear ❤️❤️❤️??????…

  5. Maisha maii says:
    November 12, 2019 at 11:00 pm

    ????Varah reethi mi part vx??????… Yalvee ah eh fenunee vishaal kanneynge dhw????. So Curious.????… Waiting for next part?????

    1. ifoo says:
      November 16, 2019 at 5:01 pm

      Maii ❤️❤️❤️… Awwwwnn ❤️❤️❤️??????… Thankyou soooooo much dear ❤️❤️❤️??????… Let’s see what happens ???… Next part In Sha Allah on Tuesday night…

  6. noor says:
    November 13, 2019 at 8:41 am

    comment nukurevunas ifooge hurihaa vaahakaehves kiyan varah reethi mivaahakaves bixy veema comment koh nulevenee keep it up dear waiting for the next n love you

    1. ifoo says:
      November 16, 2019 at 5:02 pm

      Awwwwnn ❤️❤️❤️??????… Noor ❤️❤️❤️… I missed your comments ???… Thankyou soooooo much dear ❤️❤️❤️??????… V v v ufaavehje story kamudhiyaima ???… Hope to see ur comment more often ???… Next part In Sha Allah on Tuesday night…

  7. Kylie says:
    November 13, 2019 at 9:40 am

    V reethi mi part vx..???….. Waiting fr nxt lysm ifoo sis❤️❤️❤️❤️❤️

    1. ifoo says:
      November 16, 2019 at 5:04 pm

      Kylie ❤️❤️❤️… Thankyou soooooo much ❤️❤️❤️??????… Next part In Sha Allah on Tuesday night…

  8. Dhonthy says:
    November 13, 2019 at 10:03 am

    Hi ifoo sis…. vvvv miss vi ifoo sis mathin. Loabivan yaaraaey. v reethi nameh. vaahakaves v salhi. kurin upload koffa huri hurihaa part thakevves v salhi. ibaaraaiy kurumaa sifakurunthahves v reethi. good job ifoo sis. waiting for the next part

    1. ifoo says:
      November 16, 2019 at 5:05 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️??????… V v v ufaavehje comment kiyaalaafa ???… Hope to see ur comment more often ???… Next part In Sha Allah on Tuesday night…

  9. Mal? says:
    November 13, 2019 at 1:45 pm

    Varah reethi ??

    1. ifoo says:
      November 16, 2019 at 5:06 pm

      Mal❤️❤️❤️… Thankyou soooooo much dear ❤️❤️❤️??????…

  10. Anii says:
    November 16, 2019 at 9:42 am

    Where is next part ifoo sis

    1. ifoo says:
      November 16, 2019 at 5:45 pm

      On Tuesday night In Sha Allah ???…

  11. @Ikleel says:
    November 16, 2019 at 11:40 am

    Wow..Its awesome…❤❤????..Mi part vex vrh vrh reethi…❤❤????…Sifa kurun thah vrh reethi..❤❤????…Your doing a great job ifoo..❤❤????…Hope next part miah vure reethi vaane kamah…❤❤????..Wish you all the best ifoo…❤❤????..Really appriciated your great work..❤❤????…I am sorry mi dhiya dhuvas thakuga comment nukureveythy…I am very bixy these days…But now its fine…Kuriah huri bai thakugai comment fennaane ingey ifoo..❤❤????..Waiting for next part…

    1. ifoo says:
      November 16, 2019 at 5:56 pm

      I’m so happy to see ur comment ikleel ???… Thankyou soooooo much ❤️❤️❤️??????… It means a lot for me ???… Hope to see ur comment more often ???
      ..

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 12←


All Right Reserved!