އެލީން 3
“މީހުން ބަލާ ވަރުންވެސް..” އިރުކޮޅަކުން އީވާން އައިސް ދަޅުތައް ހުރި ކޮތަޅު ލީނާގެ އުނގަށް ލައިދީފައި ބެންޗްގައި ދިގުދެމިލި ގޮތުން ބަލަންތިބި އަންހެންކުދިން އާގަމަވިއެވެ. ބައެއްކުދިން ސިއްރުސިއްރުން އީވާންގެ ފޮޓޯވެސް ނެގިއެވެ. ޔަގީނުންވެސް އެކުދިންނަށް ޙަޒާނާ ކުރާވަރި އެއްޗަކަށް އެ ފޮޓޯގަނޑު ވެގެންދާނެކަން ގައިމެވެ. އީވާނަށް މިކަންތައް އެނގުނަސް ނޭނގޭކަމަށް ހަދާލައިގެން އިނެވެ.
“ރީތި މަންމައަކާއި ބައްޕައެއްގެ ރީތި ދެކުދިންނޭ ތީ…އެހެންވީމަ މީހުން ބަލާނެއެއްނު..” އީވާން ބުނި އެއްޗަކުން ހިނިއައިސްގެން ލީނާ ރައްދު ދިނެވެ. އެލީންވެސް ހިނިއައެވެ.
ފްލައިޓަށް އަރަން ދިޔައިރުވެސް ގިނަބައެއްގެ ނަޒަރު ހުއްޓިފައިވަނީ އެދެމީހުންނަށެވެ. އެލީން ހުރީ ހިތާހިތުން ކުދި ކިޔާލަކިޔާލައެވެ. ބަލައިގެން އެމީހުންނަށް އެއްޗެއް ލިބޭނަމަ ބަލަން އެންމެ ރަނގަޅެވެ. ކަންދިމާވިގޮތުން އެލީނަށް ލިބުނީ އީވާންއާއި ޖެހިގެން ހުރި ސީޓެވެ. މީހުންގެ ނަޒަރުން ސަލާމަތްވާން ބޭނުންވެފައި ވީނަމަވެސް އެލީންއަށް މިފަހަރު ޖެހުނީ ނާކާމިޔާބާއި ކުރިމަތިލާށެވެ.
ފްލައިޓް ނައްޓާލިގަޑީ އެލީން އީވާންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އީވާން ބަލައިލި ވަގުތު އެލީން ދެލޯމަރާ ތަގުޅިކޮށްލައިގެން ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔަން އިނުމުން ހިނިއައެވެ. އޭނާގެ ބޮޑުނުވާ ކޮއްކޮގެ ޅަ އާދަތަކުން ހިތަށް ފިނިކަން ގެނެސްދެއެވެ. އެވަގުތި އީވާނަށް އައި މޮޅު ހިޔާލާއިއެކު އަވަސްއަވަހަށް ޖީބުގައި އޮތް ފޯނު ނަގައި އޭނާއާއި އެލީން އަރާނެހެން ސެލްފީއެއް ނެގިއެވެ. ރީތި ހިނިތުންވުމަކާއެކު އީވާން އެ ފޮޓޯއަށް ބަލައިލިއެވެ. އެލީނަށް މި ފޮޓޯ ދައްކައިފިއްޔާ އީވާންގެ ގަޔަށް ބޮލަށް އަރައިގަންނާކަށްވެސް ފަހެއް ނުޖެހޭނެއެވެ.
ފްލައިޓް ވައިގެ ތެރެއަށް އަރާ ހަމަޖެހިލުމުން އެލީން އީވާންގެ އަތުން ދޫކޮށްލިއެވެ. އަދި މާ ނޫންކަމަށް ހެދިފައި ފޯނާ ކުޅެން ފެށުމުން އީވާނަށް މަޖާވިއެވެ.
“ލީން…އައި ހޭވް ސަމްތިންގް ފޯރ ޔޫ…” އީވާން މިހެން ބުނުމުން އެލީން ނިތް އަރުވައިލިއެވެ. ކުޑަ ހުނުމަކާއިއެކު އީވާން އެލީނަށް އެ ފޮޓޯ ދައްކައިލިއެވެ. އެލީންގެ ދެލޯ ބޮޑުވެގެން އައެވެ. “ޑެމްން ޔޫ އިޑިއަޓް…” މިތިބެވެނީ ފްލައިޓްގަކަންވެސް ހަނދާންނެތި ކުޑަ ހަޅޭކަކާއިއެކު އީވާންއަތުން ފޯނު އަތުލަން އެލީން މަސައްކަތްކުރިއެވެ. ކޮމެޑީ ޑްރާމާއެއް ބަލާފަދައިން އޭރު އެންމެންވެސް އެދެމީހުންނަށް ބަލަމުން ދިޔައެވެ. ފަހަތުގައި އިން ލީނާއަށް އެއްއަތުން ނިތްކުރީގައި ހިފާއްޓާފައި ދެފަރާތަށް ބޯހޫރާލެވުނެވެ.
އެލީންއަށް ނާކާމިޔާބުވެގެން ދެއަތް ތިރިކޮށްލުމުން އީވާންގެ ފަރާތުން ލުއި ހުނުމެއްގެ އަޑުއިވުނެވެ. “ކްރޭޒީ ގާލް…ދޮންބެ މި ޕިކް ވައްޓާލާނީ އެފްބީއަށް…ސްކެއަރޑީ ޗިކެން އޭ ޖަހާލާފަ…” އީވާންގެ ޖުމްލަ ނިމުމާއެކު އެލީން އީވާންގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. “އައި ހޭޓް ޔޫ ބްރޯ…ހަމަ އަސްލުވެސް މިބުނީ ތި ޕިކް އެފްބީއަށް ލައިފިއްޔާ ވާހަކައެއް ނުދައްކާނަން އިނގޭ…އެން ޔޫ ނޯ ވަޓް..؟ ޔޫ އަރ ދަ ވޯރސްޓް ޗިކެން…!” ދަތްތަކަށް ބާރުކޮށްގެން އިނދެ އެހުރިހާއެއްޗެއް ކިޔާލާފައި އެލީން އީވާންގެ އިސްތަށިގަނޑުން ދޫކޮށްލިއެވެ. އެރު އެ މޫނު ވަނީ ރަތްވެފައެވެ. “މައި ހެއަރ…އެނގޭތަ މިއަދުވެސް މި އިސްތަށިގަނޑު ރީތިކުރަން އަހަރެން ކިހާ މަސައްކަތެއް ކުރިކަން…؟” އީވާން އަނގަޔަށް ހަދާލިގޮތުން އެލީންގެ ރުޅިގަނޑު ފިނިވެ މަޖާވިއެވެ.
ފެރީގައި އިން އިރު އެލީންގެ ސަމާލުކަންވަނީ މޫދަށް ހުއްޓާލެވިފައެވެ. މެންދުރުގެ ގަދަ އަވީގައި މޫދު ވިދަމުން ދިޔައިރު ޖަވާހިރުތަކެއް ފަދައެވެ. ދޭތެރެއަކުން މަހެއް ފެނިލައެވެ. ހަމަހިމޭންވެފައިވާ ކަނޑު ހަލަބޮލި ކުރަމުން ފެރި ކުރިޔަށް ދިޔައިރު މިސްރާބުހުރީ ކުރިމަތިން ފެންނަމުންދިޔަ މާލެއަށެވެ.
ފެރީ މާލޭގެ ނެރުން އެތެރެވުމާއެކު އިންޖީނުގެ ވަސްދުވަންފެށުމުން މެނުބައިކުރާގޮތްވެގެން އެލީން އެދުމުން އިވާން އެލީން ގޮވައިގެން ހާމަ ދިމާލަކަށް ދިޔައެވެ. މަންމަ ލޯންޗްގައި އަންނަން އެއްބަސް ނުވުމުން ދެބެންނަށްވެސް ޖެހުނީ ފެރީގައި އަންނާށެވެ. މަންމަގެ ކުރިމަތީގައި ކަމަކާ ދެކޮޅުހެދުން އެއީ ވާނެކަމެއްނޫނެވެ. ފެރީގެ ވާ އައްސައިލުމާއެކު އެލީން ފައިބަން އަވަސްވެގަތެވެ.
ވާޓަރުމައްޗަށް ފުންމާލަމުން އެލީން ވަށައިގެން ނަޒަރު ހިންގައިލީ އޭނާ ހޯދަން ބޭނުންވާ ފަރާތް ފެނޭތޯއެވެ. އޭރު ލީނާއާއި އީވާންވެސް ފެރިއިން ފައިބައިފިއެވެ. ކޮޅުކޮޅު ބަލަމުން ދަނިކޮށް މީހަކު ބޮލުގައި ފިރުމާލުމުން އެލީން ދިޔައީ ސިއްސައިގެންނެވެ.
4 Comments!
Comments are closed.

Mee varah Reethi vaahaka eh
adhi kiriyaa mi vaahaka ah comment kollevey varu mi vee
ekam mi part ga hurihaa paragraph ehgeves ehbai fununee
Typege noonee website ge massala eh kanneynge
V beynun mi part kiyaalan so undhagoo nooniyyaa mi part adhi ehfaharu kiyey gothah up kolladhevidhaanetha
soon insha allaah
Mihaaru mi saitu ga hunna vaahaka kiyan varah udhagoo.rangalu kohla dhinun edhen
Vaahaka v reethi?????…..vaane gothakaa medhu curious…..i know u will bring an awesome story….??????????