Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހުރީމެ އިންތިޒާރުގަ

Nashyy Level 110 Stories100 Login
October 30, 2019 3 Mins Read
8 Comments

ޔަޒަން އަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވީ ފަތިސް ނަމާދަށް ދިޔުމަށެވެ. އުމުރުން 9 އަހަރުގެ ޔަޒަން ކިތަންމެ ކުޑަނަމަވެސް ނަމާދަށް ދިޔުމަށް އޭނާއަށް ގޮވާކަށް ނުޖެހެއެވެ. އެންމެ ތުއްތު އިރުންސުރެންވެސް އޭނާގެ މައިންބަފައިން ދަސްކޮށްދިނުމަށް އެންމެ އިސްކަމެއް ދިނީ އަޅުކަންތައްތަކަށެވެ. ދީނާއި ހިލާފް ފިކުރުތަކާއި ދިމާލަށް އެބުރިގެން ހިގާދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. ބޭރުގެ ގިނަ އަދަދެއްގެ އެހެން ދީންތަކުގެ މުދައްރިސުން މަދަރުސާގައި ކިޔަވާދެމުންދާއިރު އެއީވެސް ވުން ދުރުކަމެއްނޫނެވެ. ގިނަ ފަހަރަށް ކުދިން ހަމަ މަގުން ކައްސާލައިގެން ދަނީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި ހަމަތައް އެންމެ ތުއްތު އިރުން ފެށިގެން ދަސްކޮށްދެވިފައި ނުވާތީއެވެ. އިސްލާމްދީންގެ އަދާވާތްތެރިންނަށް އެފަދަ ކުދިންގެ ސިކުނޑިތަކާއި ކުޅެލުމަކީ އުދަގޫކަމަކަށް ނުވާނެއެވެ.

ޔަޒަން އަކީ އޭނާގެ މައިންބަފައިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. ޔަޒަންގެ އާއިލާ އަކީ ރ.ކަނދޮޅުދޫގައި އެންމެ މުއްސަނދި އެއް އާއިލާއެވެ. ބައްޕަ ފަރާތު ކާފަގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދިކަމުގެ ސަބަބުން އިރާދަ ކުރެއްވީތީ ދިރިއުޅުމުގައި ދަތި އުދަނގޫ ދުވަސްތަކަކާއި އަދި އަދާ ހަމައަށްވެސް
ކުރިމަތިލާކަށް ޖެހިފައެއް ނެތެވެ. ނަމަވެސް އެއީ ނިކަމެތިންގެ ހާލާއި ދޭތެރޭ ވިސްނާބައެކެވެ. މީހުންނަށް އަޅާލާ އެހީތެރިވެދިނުމުގައި ލާމަސީލު ނަމޫނާއެކެވެ.
***

ޔަޒަން މިއަދުވެސް ފަތިސް ނަމާދު ކޮށްލައިގެން ގެއަށް ވަން އިރު މަންމަ ޝަރީފާ ހުރީ ޔަޒަން އަށް ކިރުތައްޓެއް ގިރާދޭށެވެ. މިއީ ކޮންމެ ދުވަހެއްގެވެސް މަންމަގެ އާދައެވެ. ގޭގައި ކުރަންޖެހޭ އެއްވެސް ކަމެއް ކުރަން ފަށާނީ ޔަޒަން އަށް ކިރުތައްޓެއް ދީފައެވެ. ދުޅަހެޔޮ ސިއްހައްތެއްގައި ދަރިފުޅު ބޮޑުވެގެން އައުމަކީ ކޮން މަޔަކުވެސް އެންމެ ބޭނުންވާނެ އެއްކަމެވެ.
” ދެންމެ ޒައިރާ ވެސް އައިސް އެ ދިޔައީ. މަންމަ ފަތިސްނަމާދު ކޮށް ނިމުނުތަނާ އަތުވެއްޖެ”
ޔަޒަން ބުއި ކިރުތަށި ނަގަމުން މަންމަ ބުންްްޏެވެ

ޒައިރާ އަކީ ޖެހިގެން ހުރިގޭ ހައްވާފުޅުގެ ކުއްޖެކެވެ. އެއީ ޔަޒަން އާ އެއް އުމުރެއްގެ ކުއްޖެކެވެ. އެހެންކަމުން ދެކުދިިން ކުޅުމުގަވެސް ކިޔެވުމުގަވެސް އުޅެނީ އެކުގައެވެ. އާއިލީ ގުޅުމެއް ނެތްކަމުގައިވިޔަސް ޒަޔަންގެ އާއިލާއާއި ޒައިރާގެ އާއިލާގެ މެދުގައި އޮންނަނީ ވަރަށް ބަދަހި ގުޅުމެކެވެ. އަވައްޓެރިންނަށް އެހީތެރިވެދިނުމަށް ޔަޒަން ވެސް އަންނަނީ ކިޔައިދެމުންނެވެ. ޔަޒަންގެ ބައްޕަވެސް ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް އަވައްޓެރިއަކު ކަމަކު ބުނެފިނަމަ ވީހާވެސް އަވަހަކަށް އެކަމެއް ކޮށްދެވޭތޯ ބަލައެވެ.

“މިދަނީ ޒައިރާމެން ގެއަށް” ޔަޒަން މަންމަ އަށް ގޮވާލާފައި ބުންޏެވެ.
މަންމަވެސް އެންމެ ރަގަޅޭ ލަސްނުވެ އަނެއްޗޭ ބުނެފައި މަސައްކަތައް އެބުރުނީ ދަރިފުޅު ދެން އެބުރި ނާންނާނެކަމުގެ އުއްމީދެއްގައެއް ނޫނެވެ. އެކަން އެގޮތައް ހިޔާލަށްވެސް ގެންނާނީ ކިހިނެތް ހެއްޔެވެ.؟
**
ޔަޒަން ގެއިން ނުކުތް އިރު ޒައިރާ ހުރީ އެގޭ ދޮރުމަތީގައެވެ. އޭރު ގަޑިން 9.15 ވަނީއެވެ.
“ހިނގާބަލަ ދެންވެސް އަތިރިމައްޗަށް ދާން. އައިޝާމެންވެސް ކުޅެންދާނަމޭ ބުނި މިއަދު.. ޔަގީން މިހާރު އެ އެންމެން އުޅޭނީ އަތިރިމަތީގަ” ޒައިރާ ޔަޒަންގެ އަތުގަ ހިފާގެން ދުއްވާގަތެވެ.
ބޮޑުޗުއްޓީގެ ދުވަސްވަރުކަމުން ރަށުގެ ގިނަ ކުދިން ކުޅެން ދަނީ އަތިރިމައްޗަށެވެ.

” ކޮބާ ނެތެއްނުން އެކަކުވެސް” ޔަޒަން މާނޭވާ ލަމުން ބުންޏެވެ. ދެ ކުދިންވެސް އައީ އެކުއްޖަކަށް ދުވެވުނު އެންމެ ބާރަކަށް ދުވެފައެވެ.
” އެކުދިންނަށް ވުރެން ކުރިން އަހަރެމެންނަށް މިއާދެވުނީޔޯ ” ޒައިރާ ހުރީ ހުރިހާ ކުދިންނަށްވުރެން ކުރިން އާދެވުނީމާ އުފަލުންނެވެ.
އަތިރިމަތީގައި އެ ދެކުދިން ފިޔަވާ އެއްވެސް މީހަކު ނެތެވެ.

” ގިނަ ކުދިން ނޫޅެންޔާ ނުވާނެ މަޖަލެއް.. ހިނގާ ދާން” ޔަޒަން ބޭނުންވީ ގެޔަށްދާށެވެ.

“ބަލާބަލަ އެ އޮތް އަންނަ ބޮޑު ރާޅެއް” ޒައިރާ އިނގިލި ދިއްކޮށްލީ މާދުރުން ނަގަމުން އައި ބޮޑު ބިޔަ ރާޅަށެވެ.

ޔަޒަންވެސް ހުރީ އަޖައިބުވެފައެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ދުށް ވަރު ރާޅެއް ނޫނެވެ.

އެ ބޮޑު ބިޔަރާޅު ބިންދާލާކަށް މިނެއްޓެއްވެސް ނުނެގިއެވެ. ވާނުވާ ނޭގި ހުއްޓަ ދެ ކުދިންވެސް ރާޅުގެ ތެރެއަށް އަށް ދަމާގެންފިއެވެ. ތަންތަނުގައި އަޅައިގަންނަމުން ނެއްޓެމުން ރާޅު އޮވެ ދެއެވެ. ކުއްލިއަކަށް ޔަޒަން އަށް ގަހެއްގައި އަތްޖެހިއްޖެެއެވެ. ރަގަޅަށް ގަހުގެ އޮފިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. ވަރަށްކައިރިން ޒައިރާ ބާރު ބާރަށް ރޯ އަޑު އިވެން ފެށިއެވެ. ރަގަޅަށް ހޯދާ ބަލައިލިއިރު ޒައިރާ އޮތީ ޖެހިގެން އޮތް ގަހުގައި ހިފަހައްޓައިގެންނެވެ. ޔަޒަން މަސައްކަތް ކުރީ ޒައިރާ އޮތްގަހާ ދިމާއަށް ދެވޭތޯއެވެ. ނަމަވެސް ޔަޒަން ހިފަހައްޓައިގެން އޮތް އޮފިގަނޑުން އަތް ދޫކޮށްލިތަނާ އަނެއް ރާޅުނަގައިފިއެވެ. ރާޅުގެ ތެރެއަށް ޔަޒަން ގެއްލިގެން ދިޔައީ ޒައިރާ ބަލަން ހުއްޓައެވެ. ރާޅު އަރާ މައިތިރިވުމުން ބަލާލީ ޔަޒަން ފެނޭތޯއެވެ. ނަމަވެސް ފެންނަނީ ބޮޑެތި ލަކުޑި ގަނޑުގަނޑާއި ފޮށިތަކާއި ތެލި ތަށި އޮޔާ ދާތަނެވެ. ޔަޒަންގެ އެއްވެސް ހިލަމެއް ނުވެއެވެ.
ކުއްލިއަކަށް އެއްލި ކަޅިއަކުން ޔަޒަން ފެނިއްޖެއެވެ. ވަރަށް ދުރުންނެވެ. ޔަޒަން އޮޔާދަނީއެވެ. ޒައިރާ ބާރު ބާރަށް ޔަޒަން އަށް ގޮވިއެވެ. ނަމަވެސް ޔަޒަން އޮތީ އެއަޑު އިވޭ ވަރަށް ވުރެން ދުރުގައެވެ. އިރުކޮޅެއްގެ ތެރޭގައި ޔަޒަން އޮޔާދަމުން ގޮސް ޒައިރާގެ ލޯމަތިން ގެއްލިއްޖެއެވެ.
****

ޒައިރާ އަށް ހޭވެރިކަންވީ އިރު އެތައްބަޔަކު ޒައިރާ ވަށައިލައިގެން ތިއްބެވެ.
” ކޮބާ ޔަޒަން ؟؟” ޒައިރާ ހޭ އެރުމާ އެކު އެންމެނަށް ކުރެވެން ފެށީ އެއް ސުވާލެކެވެ.
ޔަޒަން އަށް ވީ ކިހިނެތްކަން އެގޭނެ ހަމަ އެކަނި ފަރާތަކީ ޒައިރާއެވެ. އެ ސުވާލުގެ ޖަވާބު ހޯދުމަށް އެންމެމެ ތިބީ ކެތްތެެރިކަން ކޮޅުންލާފައެވެ.

ޒައިރާ މުޅިތަނަށް ވަށައިގެން ބަލާލިއެވެ. މީހުންގެ ރުއިމުގެ އަޑު ފިޔަވައި އެހެން އަޑެއް ނުއިވެއެވެ. އެންމެންގެ މޫނުމަތީގައިވަނީ ހާސްކަމާއި ބިރުވެރިކަމެވެ. ޒައިރާއަށް ޔަޒަން އޮޔާދަމުން ދިޔަ މަންޒަރު ހަދާނަށް އައުމާއި އެކު އަނެއްކާވެސް ހޭނެތިއްޖެއެވެ.
***

އޭގެ ގަޑިއެއްހާއިރު ފަހުން ހުރިހާކަމެއް ސާފުވާން ފަށައިފިއެވެ. ރަށަށް އެރީ ސުނާމީއޭ ކިޔުނު ބޮޑުރާޅެކެވެ. އިންޑޮނޭޝިޔާގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމަކުން އުފެދުނު ބާނިތައް ބިޔަރާޅަކަށް ބަދަލުވީއެވެ.
ޭރާއްޖޭގެ އެތައްރަށަކަށް މިރާޅުގެ އަސަރުކުރިއެވެ. ބައެއް ރަށްރަށުން ރާޅު އަރާ ފައިބައިގެން ދިޔައީ ރަށް އެއްކޮށް ދޮވެލާފައެވެ. ޢއެތައްބައެއްގެ ގެދޮރު ގެއްލި ހާލުގަޖެހުނެވެ. އެތައްބަޔެއްގެ ފުރާނަ ގެއްލިއްޖެއެވެ. ހޯދާ ނުފެނިވާ މީހުންވެސް މަދެއް ނޫނެވެ.
މިއީ މުޅި ދުނިޔެ ސިއްސުވާލި ކާރިސާއެކެވެ. އިންޑިޔާކަނޑުގައިވާ ހުރިހާ ގައުމަކުން މި ކާރިސާގެ ހިތްދަތިކަން ތަހައްމަލުކުރިއެވެ.

ރ.ކަނދޮޅުދޫއަކީ ރާއްޖޭގައި ސުނާމީގެ ސަބަބުން ހަލާކުވެގެން ދިޔަ އެއްރަށެވެ.

ސުނާމީ އަރާ ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ޔަޒަން އެއް ނުފެނެއެވެ. މަރުވެ ކުނިވެފައިވާ އެތައްބަޔެއްގެ ހަށިގަނޑު ކަނޑުމަތިންނަގައިފިއެވެ. ރަށްރަށަށް ލައްގަމުންދާ ގަބުރުތައްވެސް މަދެއްނޫނެވެ. ނަމަވެސް ޔަޒަން ކަމަށް ޝައްކު ކުރެވޭ ވަރަށް ވުރެން އެ ގަބުރުތައްވަނީ ހަލާކުވެފައެވެ.

މިއަދު ޔަޒަންގެ އާއިލާވެސް ބިކަވެ ހާލުގައި ޖެހިއްޖެއެވެ. ދިރިއުޅުމަށްޓަކައި ބިނާކުރި ގޭ ބިމާއި ހަމަވެއްޖެެއެވެ.
މުޅި އުމުރު އެއްކުރިހާ މުދަލެއް އޮޔާ ހިގައްޖެއެވެ. ނަމަވެސް މިއަދު އެމީހުން ހިތާމަ ކުރަނީ މުދަލާއި ގެދޮރު ގެއްލުމަކުން ނޫނެވެ. ސުނާމީ ކާރިސާ އަށް އެތައް ދުވަހެއް ވީއިރުވެސް ލޯބިވާ ދަރިފުޅު ފެނިފައި ނުވާތީއެވެ. ކަމާއި ބެހޭފަރާތް ތަކުންވެސް ޔަޒަން ދެން ނުފެންނާނެކަމަށް ނިންމާފައިވާތީއެވެ. ނަމަވެސް ޔަޒަންގެ މައިންބަފައިން އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ގަބޫލު ކުރާގޮތުގައި ޔަޒަން މަރެއް ނުވާނެއެވެ. ދަރިފުޅު އަދި އެބުރި ެައަންނާނެއެވެ. ޔަޒަން އަކީ އެމީހުންގެ ދިރިހުރުމުގެ އުއްމީދެވެ. ދަރިއެއްގެ އިންތިޒާރުގައި އެތައް އަހަރެއް ވުމަށް ފަހު ލިބުނު ހަމައެކަނި ދަރިފުޅެވެ. އެ ދަރިފުޅު ގެއްލިގެން ދިޔަކަން ހިތް ގަބޫލު ކުރަން ބޭނުންވާނީވެސް ކިހިނެތް ހެއްޔެވެ؟

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashyy

Level 110 Stories100 Login

Other Articles

Previous

އައިނާ 13 (ތޭރަވަނަބައި)

Next

ލޯތްބަކީ ޓްރެއިލާ

Next
October 30, 2019

ލޯތްބަކީ ޓްރެއިލާ

Previews
October 30, 2019

އައިނާ 13 (ތޭރަވަނަބައި)

8 Comments!

  1. Lilly says:
    October 31, 2019 at 9:50 am

    Varah reethi maa sha allah….Varah hithaama veri???
    When is next part..waiting for the next part.

    1. Nashyy says:
      October 31, 2019 at 10:30 am

      Thank u ❤ insha Allah varah avahah next part annaane..

  2. Kylie says:
    October 31, 2019 at 1:59 pm

    Me second dhw…. Varah reethi mi part vx…… Waiting for nxt….. Ly nashyy❤️❤️

    1. Nashyy says:
      October 31, 2019 at 5:54 pm

      10q kylie ?❤

  3. Kairaa says:
    October 31, 2019 at 5:10 pm

    Vvv reethi….kaii ah heevanee yazan mareh novaanehen…..anyways mi part vvvv reethi…..whn nxt

    1. Nashyy says:
      October 31, 2019 at 6:02 pm

      Thank u kaira ❤Yazan ah veenuvee eh hama ehgothakahves neynge kairaa.. feneythw v masaikaiy kurevijje ?

  4. §HåĂĶĶÓ says:
    November 1, 2019 at 10:25 am

    Vvvv reeeethi. I think yazan ehen gaumakah dhiyaaahen

  5. ވާހަކަ ކިޔާ ކުއްޖާ says:
    January 29, 2020 at 8:42 pm

    ވަރަށް ފުރިހަމަ ބަސްތައް ގެނެސް ދީފަ ހުރިގޮށް ތިގޮތުގަ ކުރިޔައްދޭ ކޮއްކޮ

Comments are closed.

Next Episodeހުރީމެ އިންތިޒާރުގަ (2)←


All Right Reserved!