ލޯބި ނުވެވުނު ނަމަ -3-
▪︎”މަންމަ ދައްކކާ ވާހަކަ. ޔޫން އެއް ނުކުރާނަމޭ ގޯސް ކަމެއް.” ޔޫން ބުނެލިއެވެ. ދެމީހުން ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ފިލާވަޅުތައް ނިންމަން ފެށިއެވެ.
* * ▪︎
އާއިޝް ކުލާހަށް ދައްކަން ޖެހޭ ޕްރެޒެންޓޭޝަނެއް▪︎ ހަދަން ވެގެން ނަގާފައި ހުރި ބައެއް ފޮޓޯތައް ފޯނުގައި ހުންނާނެތީ ފޯނު ނަގާ ލޮކް ހުޅުވާލިއެވެ. ގެލަރީ އަށް ވަދެ ކެމަރާ ފޯލްޑާއަށް ވަތް އިރު އައު ފޮޓޮއެއް އިންހެން ހީވެގެން އެ ތަން ބަލާލިއެވެ.
އެއީ މަލްޝާ އާ އާއިޝް އެވެ.”އާއިޝް.” ފަހަތް ބަލާލިއިރު އާލިމް ހުރިތަން ފެނި ބުނެލިއެވެ.”ކިހިނެއް ވީ؟” އާއިޝް ބުނެލިއެވެ.”ދީބަލަ ތި ފޯނު.” އާލިމް ބުނެލިއެވެ.”ކީއްކުރަން. ބުނީމަ ދޭނަން” އާއިޝް ބުނެލިއެވެ.”ދެންމެ ބަލަން އިން ފޮޓޯ ބަލާލަން.” އާލިމް ބުނެލިއެވެ.އާލިމް އަކީވެސް ސްކޫލް ޓީޗަރެކެވެ. ނަމަވެސް އާލިމް އަކީ ގުރޭޑް ދިހައެއްގެ ފިޒްކްސް ޓީޗަރެވެ.”ނޯ މީންސް ނޯ…” އާއިޝް ބުނެލިއެވެ.”އޯކޭ. ދަނީ.. ދެން.” އާލިމް ބުނެލިއެވެ.
އާލިމް ސްޓާފް ރޫމް އިން ނިކުމެގެން ދިޔުމުން އާއިޝް އަލުން ފޯން ލޮކް ހުޅުވާލިއެވެ. އެ ފޮޓޯ ނެގުނު ހަނދާނެއް އާއިޝް އަކަށް ނާދައެވެ.
“އަނެއްކާ ޔޫން އެން މަލްޝާބާ؟”
އާއިޝްގެ ހިތަށް އަރަމުން ދިޔައެވެ.އެކަން ބޮލުން ފިލުވާލަމުން ޕްރެޒެންޓޭޝަން ހަދަން ފެށިއެވެ.
އެހެން އިންދާ އަސުރު ނަމާދުގެ ބަންގި ގޮވި އިރުވެސް އާއިޝް އަކަށްނޭނގުނެވެ.
**▪︎
މަލްޝާ އާއި ޔޫން އަސްރު ނަމާދު ކުރުމަށްފަހު އާއިޝްގެ ގެއަށް ދިޔުމަށް ތައްޔާރު ވާން ފެށިއެވެ. ޔޫން ގަދަ ފެހި ކުލައިގެ ގަމީށް މަތި ކޮޅަކާއެކު ސްކިނީ އެއް ލައިފާ ހުރިއިރު ވަރަށް ވެސް ރީއްޗެވެ. އިސްތަށިގަނޑުގައި އާދައިގެ ހުޅިއެއް ޖަހާލައިފާ އޮތް އިރު ކުރު އިސްތަށިތައް ނިތްކުރިމައްޗައް ވައްޓާލައިފާ ހުއްޓެވެ.
މަލްޝާ ނޭވީ ބުލޫ ކުލައިގެ ޖިންސް ޓޮޕަކާއެކު އައިސް ބްލޫ ޖިންސެއް ޕައިފާ ހުރުމުން ވަރަށް ފުރިހަމައެވެ. އިތުރަށް ފުރިހަމަ ވަނީ އިސްތަށިގަނޑު މިނަވަން ކަމާއެކު ދޫކޮަށްލެވިފައި ވުމުންނެވެ.
****▪︎
ޕްރެންޒެންޓޭޝަން އަށް ގެއްލިފާ އިން އާއިޝް ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ.
ފޯނު ނަގައި ބަލާލިއިރު ގުޅަނީ މަންމަ އެވެ.
“ދަރިފުޅު ހޯދަން ކުދިންތަކެއް.” މަންމަ އެހުން ބުނުމުން އާއިޝް މި ދަނީ އޭ ބުނެލިއެވެ.
“ޝިޓް. އަދި މަށަށް މި އެއްޗެއް ހަދަން އެނގުނީ މި ގަޑީ ދޯ.” އަމިއްލަ ނަފްސަށް އާއިޝް މަލާމަތް ކުރަމުން ދިޔައެވެ.
***
“ހިނގާ ކާން ދަމާ އާއިޝް އަންނަން ދެން” މަލްޝާ އާއި ޔޫން ކައިރީ އާއިޝްގެ މަންމަ ބުނެލިއެވެ.
އެހެން ބުނުމުން ދެ މީހުން އާއިޝްގެ މަންމަ ފަހަތުން ހިނގައި ގަތެވެ.
“ކޮން ނަމެއްތަ ކިޔަނީ..؟ އަދި ނަން ވެސް ނުބު ނަމެއްނު” އާއިޝްގެ މަންމަ މަލްޝާ އާއި ޔޫން އަށް ނޫޑްލިސް ތައްޓެއް އަޅައި ދެމުން ބުނެލިއެވެ.” އަޅުގަނޑަކީ މަލްޝާ” މަލްޝާ ބުނެލިއެވެ.”ޔޫން” ޔޫން ދިނީ ކުރު ޖަވާބެކެވެ. “އިނގޭތަ އެ އާލިމް އާ އާއިޝް އެއީ ވަރަށް ރަނޑު ދެ މީހުން. އަންހެނުން ދެކެ ބިރު ގަންނާނެ. އަދިވެސް މީހަކާ ނީންނަން އެ ތިބެނީ އަހަރެންނަށް ފަސޭހަ އެއް ވެދާނެތީ. އެ އާލިމް އަށްވެސް މިހާރު 25 އަހަރު ވީ. އަންހެން ކުއްޖަކާ ނުގުޅި ހުއްޓާ” އާއިޝްގެ މަންމަ އެހެން ބުނުމުން ޔޫން މަލްޝާގެ ގައިގާ ވިކާ ގަތެވެ. އެ ވަގުތު މަލްޝާ ކޮށި އެރިއެވެ.
“އެއްކަލަ ޔޫން ފެށުނީ” ވަރަށް މަޑު މަޑުން ބުނެލިއެވެ. އާއިޝްގެ މަންމަ އިނި ވާނުވާގައެވެ.”މަންމާ. މީ ކޮންބައެއް” އާލިމް ކާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.” މީ އާއިޝް ހޯދަން އައިސް ތިބި ކުދިން ތަކެއް” އާއިޝްގެ މަންމަ ބުނެލިއެވެ. އެހެން ބުނުމުން މަލްޝާއާއި ދިމާ ބަލާލައިފާ ހޭނ ފެށިއެވެ.”މަންމާ އިނގޭތަ.އޭނދި އެއްނު މަލްޝާ މިއަދު އާއިޝްގެ ފޯނުން ވަރަށް ރީތި ފޮޓޮއެއް ފެނުނޭ. މަ ބުނެ ބުނެ ވެސް ނުދެއްކި. މަންމަ ބުނައްޗޭ ފޯނު ދޭށޭ” އާލިމް ބުނެލިއެވެ. 5 މިނެޓް ފަހުން އާއިޝް ގެޔަށް އައެވެ. ފުރަތަމަ ވެސް މަންމަ ކާރިއަށް ދިޔައެވެ. އެ ވަގުތު ކާން އިން މަލްޝާ ލޮލުގައި އަޅައިގަތެވެ.ދޮރު ކައިރީގައި މަލްޝާއަށް ބަލަން ހުއްޓިލައިގެން އާއިޝަ ހުއްޓެވެ.
“ހޯ. ހޯ.” އާލިމް އަކީ އަނގަ ގަދަ މީހެއް ކަމުން ބުނެލިއެވެ. ސިއްސައިގެން ގޮސް އާއިޝް ބޯ ހޫރު ވާލެވުނެވެ.
“މަންމާ އެމީހުން ކައިރީ ބުނޭ ސްޓަޑީ ރޫމް އަށް އަންނާށެ މި ދަނީ ޗޭންޖް ކޮށްލަން” އެހެން ބުނުމަށް ފަހުބއާއިޝް ކާކޮޓަރިން ނިކުމެގެން ދިޔައެވެ.
އާލިމްވެސް އޭނާގެ ފަހަތުން ދިޔައެވެ. “އާދޭ ދައްތަ އާއެކު” އާއިޝަގެ މަންމަ އެހެން ބުނުމުން މަލްޝާ އާއި ޔޫން ދިޔައެވެ. ސްޓަޑީ ރޫމްގައި ވަށައިގެން ކަބަޑްތަކަށް ޖަހައި ލެވިފައި ވަނީ ވާހަކަ ފޮތްތަކާއި މައުލޫމާތު ހުންނަ ފޮތް ތަކެވެ. އާއިޝްގެ މަންމަ އެ ކޮޓަރިން ދިޔުމުން މަލްޝާ ދިވެހި ވާހަކަ ފޮތެއް ކަބަޑަކުން ނެގިއެވެ.
އެ ވާހަކަ ފޮތުގެ ނަމަކީ “ލޯތްބަށްޓަކައި” އެވެ. މަލްޝާ އެ ވާހަކަ ފޮތް ހުޅުވާލިއެވެ. އެ ފޮތުން މީހަކު ފޮޓޯ ގަނޑެއް ވެއްޓުނެވެ. މަލްޝާ އެ ފޮޓޯ ގަނޑު ނަގަން ތިރިވި ވަގުތު ވީ އާއިޝް ވެސް އެ ތަނަށް އައި ވަގުތަށެވެ.ޔޫން ވސސް އޭރު މަލްޝާ ކައިރީ ހުއްޓެވެ. އެ ފޮޓޯ ގަނޑު ނެގުމާއެކު އާއިޝް ނޯ އޭ ބުނެލިއެވެ.މަލްޝާ ވަރަށް އަވަހަށް އެ ފޮޓޯ ގަނޑު ބަލާލިއެވެ. އެއީ ފޮޓޯ ގަނޑެއް ނޫނެވެ. އޭގައި ވަނީ ފަށުވި ބަސް ތަކެކެވެ. މަލްޝާ އެ ކިޔާލެވުނީ ތަންކޮޅެއް ބަރާށެވެ.”މަލްޝާ. ކީއް ތިކުރީ. އަހަރެންގެ ވާހަކަ ފޮތް.” އާއިޝް ބުނެލިއެވެ. އާދެ މިތާ އިށީންނަން” އާއިޝް ބުނެލިއެވެ.”ސަރ އެއީ ގަސްތަކު ނޫނޭ” މަލްޝާ ބުނެލިއެވެ.”ސަރ ކިޔާނެ ކަމެއް ނެތް. އާއިޝް ކިޔާ.” އާއިޝް ބުނެލިއެވެ.”އޯކޭ އޯކޭ އާއިޝް” މަލްޝާ ބުނެލިއެވެ.”އާއިޝްއަށް ގަޑި ކިޔާކަށް ނޭނގޭ ދޯ” ޔޫން ހޭންފަށަމުން ބުނެލިއެވެ. އާއިޝް ޖީބުން ފޯނު ނަގަމުން ގެލަރީ އަށް ވަދެ މަލްޝާ އާއެކު އިން ފޮޓޯ ޔޫން އަށް ދައްކާލިއެވެ.
“މީ ޔޫން ކުރިކަމެއް ދޯ.” އާއިޝް ބުނެލިއެވެ. މަލްޝާ އަށް އެ ފޮޓޯ ގަނޑު ނުފެންނާތީ ދައްކާލާށެ ބުންޏެވެ.” މި ޔޫން އަކީ ވަރަށް ވަރަށް ގޯސް ކުއްޖެއް. އާއިޝްއަށް އިނގޭތަ މީނަހާ ލާނެތް މީހެއް ނޫޅޭނެ” މަލަޝާ އެހެން ބުނުމުން އާއިޝް ހޭނ ފެށިއެވެ. “އަސްލު މަލްޝާގެ ސްޓޯރީ ކިޔާދީބަލަ” އާއިޝް ބުނެލިއެވެ.އެހެން ބުނުމުން މަލްޝާގެ މޫނަށް ވީ ގޮތް ފެނުނެވެެ. އެ އުފާވެރި މޫނުގައި ހުރި އުޖާލާ ކަން ގެއްލިގެން ދިޔައެވެ. މުޅި މީހާ އުދާސް ވަން ފެށިއެވެ. ހިތް ބާރަށް ތެޅެން ފެށިއެވެ. އިސާހިތަކު މަލްޝާ ރޯން ފެށިއެވެ.
ނުނިމޭ
ޝާ ގަބޫލްކުރަން މި ޕާޓް ކުރުކަން އެކަމް ލިޔެވުނީމަ އަޕްކޮށްލީ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.




vv reethi.. hama❤?…whn is next prt shaakkoo
Kihinehhey English nengi ehen subjects thakunn vx A* hoadheynyy.???????????
English ga ginainn
Annaany listenings. Eyah balaafa ehery liyafa
English inn dhww hunnaany ehen subjects except dhivehi and islam kiyan nengenya answer kurany kihineh
Wowwww…vvv reethi mi part vx….nxt part thankolheh dhigukohlahchey ingey shaa…..ekm mi part vx hama habeys….ly shaa
Thank u yanaa. Next part ves liyevunyma.iyye friday v ma liyevuny..
Thank you so so much…. next part liyevunu ehmme avahakah….
Mekkomee kihinehth?
Aaish age bunedheeba i just want to know………. because i beste ge cousin ge love stry me hama……. ❤️❤️❤️❤️❤️❤️❤️❤️❤️??????
Ragalhu…. shaakko hangout use kuran tha……use kuran yaamu can v talk….
varah salhi
Kon kahala vaahaka ehtha thee haadha hama nujehe ey dhoaa english in pass nuvaa meehaku ehn sub thakun A* hoadhyyma hama ajaibu ve antharys vejje.. thikahala liun therin gaumah beynumeh nuun engeythoa dhn ws thankolheh visnaalaign vaahaka liaa iru lielaaa
Thank u vv… wait for next
Thank u lam sisoo.. hehehe
Vv reethi mi vaahaka.thankolheh avahah up kohdhehchey.so…curious …may allah help you improve your skills