Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އައިނާ 11 (އެގާރަވަނަބައި)

Annna Level 510 Stories100 Comments100 Login
October 18, 2019 4 Mins Read
4 Comments

“އައިނާ ގެއަށް ވަތް ގޮތަށް އިސްރާ އަށް ގޮވާލިއެވެ. “އައިނާ؟؟” އިސްރާ ސުވާލުގެ ނަޒަރަކުން އައިނާ އަށް ބަލާލީ އައިނާ  އަވަހަށް މިއަދު ސްކޫލުން އައުމުންނެވެ.

***

“މަންމާ ވަރަށް ބަނޑުހައި!!” އިސްރާ ހައިރާންވީ ކޮޓަރީގައި އިން ގަޑިއަށް ބަލާލުމުންނެވެ. ގަޑިން މިހާރު މެންދުރު އެކެއްޖެހީއެވެ. އޭނަޔަށް ހަމަ މިހާއިރު ވިސްނަން އޮވެވުނީ ހެއްޔެވެ. އިސްރާ އަށް ވީގޮތްފެނުމުން އައިނާ ގާތަށް ކުޑަކޮށް ހިނި އައެވެ. “ދަރިފުޅުދޭ ފެންވަރައިގެން ނަމާދު ކޮށްގެން އަންނަން.. އޭރަށް މަންމަ ކޮންމެވެސް އެއްޗެއް ދަރިފުޅަށް ތައްޔާރު ކޮށްދޭނަން” އިސްރާ އައިނާގެ ބޮލުގައި ފިރުމާލައިފައި ބުނެލިއެވެ. އަދި އައިނާ ލޮލަށް ބަލާލިއެވެ. ހަމަ އެކަޅިއެވެ. ހިތަށް އައި އެއްޗަކުން އިސްރާގާތަށް ރުޅި އަންނަ ގޮތްވިއެވެ. ނަމަވެސް ، ހިނިތުން ވެލަމުން ބަދިގެ ފަރާތަށް ދިޔައެވެ.

***

މެންދުރު އެކެއް ޖެހި އިރުވެސް އަނީލް އޮތީ އެއްވެސް ކަމެއް ކުރާހިތްނުވެފައި އެވެ. ކޮޓަރީގެ ބޮޑު ކިންގް ސައިޒް އެނދުގެ އެއްފަޅީގައި އޮށޯވެގެން އޮތްއިރު އެއް އަތް އޮތީ ނިތްކުރީގައި ބާއްވާލައިފަ އެވެ. އަދި އަނެއް އަތް އޮތީ ބަނޑުމަތީގައެވެ. އޭނާ އޮތް ގޮތުން އެއޮތީ ކަމަކާ ވިސްނަންކަން ބަލާލި ކޮއްމެ މީހަކަށް ވެސް އެނގޭހާ ވެއެވެ. އަނީލް ފިކުރު ބޮޑުވެފައި އެއޮތީ އޭނާގެ ހިތާމަވެރި ، މަޖުބޫރީ މާޒީ އާ ދޭތެރޭ އެވެ. އެހެން އޮއްވެއި އޭނާގެ ވިސްނުމުގެ ނައުގެ ހުންގާނު މީގެ އަހަރު ތަކެއްގެ ކުރިއަށް އަނބުރާލިއެވެ.

***

14 އަހަރު ކުރި….

އަނީލް އިސްރާ އާއި ދިމާވީ ކުޑަހުވަދޫ އަށް ދިރިއުޅުން ބަދަލު ކުރި ފަހަރުގައި އެވެ. އެއީ ބައްޕަގެ އުފަންރަށެވެ. ނަމަވެސް ދެމަސް ދުވަސް މަޑުކޮށްލާފައި ޑޮކްޓަރަށް ދަށްކަންވެގެން ބޭރަށް ދާން ފުރިއެވެ. ކޮއްކޮ އިޔާޒު ވެސް ގޮވައި ގެންނެވެ. ހަމަސް ދުވަސް ފަހުން ބައްޕަ އައީ ރަށަށެވެ. ނަމަވެސް ބައްޕައަށް އަނީލް އާއި އިސްރާގެ ކައިވެނީގެ ޚަބަރު ލިބުނެވެ. މަންމަ އަށް އަދި އަދަށް ދާންދެއްވެސް ނޭނގެއެވެ. ބައްޕަވެސް ކޮންމެހެން އެވާހަކަ ބުނާކަށް ނޫޅުނެވެ. އިޔާޒު އަށް ރަނގަޅު ތަޢުލީމު ދޭންށޭ ކިޔާފައި އަނީލް ގަދަކަމުން ގޮވައިގެން ގެނދިޔައީއެވެ. ބައްޕަ ގާތުގައި އިސްރާ ވަރިކުރީމޭ ބުންޏަސް މިހާރުވެސް އިސްރާ އެއީ އަނީލްގެ ޙަލާލު އަނބިމީހާ އެވެ. ބައްޕަ ހިތްހަމަ ޖައްސައިދޭން އަނީލް ވަރިކުރީމޭ ބުނެލިއެވެ.

މެލޭޝިޔާ އަށް ގޮއްސައި ބައްޕަ ވަރަށް ބޮޑު އެކްސިޑެންޓެއް ވެގެން ނިޔާވީ އެވެ. މަންމަ އާއި އިޔާޒު ރަށަށް ބަދަލު ވީއެވެ. ނަމަވެސް ، އަނީލް އަކަށް އެހިތްވަރެއް ނުލިބުނެވެ. އިސްރާ އަށްް ދަށްކާނީ ކޮން މޫނެއް ހެއްޔެވެ؟ އޭނާ އައީ އިސްރާ ބޭނުން ނެތިގެން އެއްލާލި މީހާއެވެ. ނަމަވެސް ، އަނީލްގެ މަޖުބޫރީ ޙާލަތު އިނގޭނަމަ ކޮންފަދަ ހެއްޔެވެ؟

***

ސާދަ އަހަރު ފަހުން އަނީލް އެއައީ މަންިމަގެ އެދުމަށެވެ. ޢާއިލާގެ އެކަކަށްވެސް އަނީލް އާއި އިސްރާގެ ގުޅުމެއް ނޭނގޭނެ އެވެ. ނަމަވެސް ، އަނީލް މިފަހަރު އެއައީ ވަރުގަދަ ޢަޒުމަކާއި ގެންނެވެ. އަނެއްކާ ކޮންކަމެއް ކުރަން ބާވައެވެ؟

***

“މަންމާ އަޝޫ ބުނީ މިގެއަށް ހޯމް ވޯރކް ހަދަން އަންނާނަމޯ..” އައިނާ ކޮޓަރީ ގައި ހުރެފައި ބަދިގޭ މޭޒުމަތި ސާފުކުރަން ހުރި އިސްރާ އަށް ގޮވާލާފައި ބުންޏެވެ. “އެހެންތަ!!” އިސްރާ ބަދިގޭގެ ދޮރުމަތީގައި އިން އައިނާ އަށް ބުނެލިއެވެ. “އެކަމަކު މަންމާ!! އަޅުގަނޑު ބޭނުމީ އެގެއަށް ދާށޭ!! އަޝޫ ބުނީ ކާރުގަ ބަލާ އަންނާނަމޯ!..” އިސްރާ ބޭނުންވީ ނޫނެކޭ ބުނާށެވެ. “މަންމަ އަށް އޯކޭ” އައިނާ ، އޭނާގެ ޢައިލާގެ ތެރެއަށް ފޮނުވުމަކީ ގޯހެއް ނޫނެވެ. “އެކަމަކު ދަރިފުޅާ އައިނާ!! ބަސްއަހައި ގެން އުޅޭތި.. ފިލާވަޅު ހަދަން ތިދަނީ.. އެހެން ވީމަ ފިލާވަޅު ހަދާނީ.. ބޮޑެތި މީހުން ވާހަކަ ދަށްކާ ތަންތާގައި އަނާ ވާހަކަ ނުދަށްކާނެ.. އަދަބީ ބަހެއްގައި އޮންނާނެ.. ކުކުޅަށް ވުރެ ބިސް ދޮށި ނުވާށޭ!! ދަރިފުޅުމެން ވެސް ކިޔަވާނެ.. އެއްމެ ރަނގަޅުތަ؟” އިސްރާ ފަސް އަހަރުގެ ކުޑަކުއްޖަކަށް ނަސޭހަތްދޭ ފަދައިން ކިޔާދިނެވެ. މައިން ބަފައިން ނަށް ދުވަހަކުވެސް ދަރިން ބޮޑެތި ނުވާނޭ ބުނާ ބަހުގެ ތެދުކަން ހާމަ ވެއެވެ. “އޯޭ މަމް.. ލަވް ޔޫ” އައިނާ އިސްރާގެ ގައިގައި ބައްދާލައިފައި ބުންޏެވެ.

“އޯ.. އެމް.. ޖީ.. އަޝޫ އަންނާނެ.. މަންމާ އަހަރެން ދަނީ.. އަދި ދާ މަގުމަތީ ގައި ރީމް ވެސް ގޮވައިން ދާން ޖެހޭނީ..” “އޯކޭ އަވަހަށްދޭ.. ބަސްއަހާތި!!!!!!” އިސްރާ ފަހުބަސް ބާރަކަށް ބުނެލައި ހަންދާން ކޮށްދިނެވެ. “ހެހެ.. އޯކޭ.. އޯކޭ..” ދޮރު އަށިން ނިކުންނަމުން ދިޔަ އައިނާ އަށް އެއަޑު އިވުމުން ހެމުން ހެމުން ބުނެލިއެވެ.

***

އައިނާ ، އަޝްހާ އަދި ރީމާ ތިބީ އަޝްހާގެ ސްޓަޑީ ރޫމް ގައިއެވެ. ތިން ކުދިން ވެސް ހަދަމުން ދަނީ ސައިންސް ފިލާވަޅެވެ. އެއީ މިސް ދިން ގްރޫޕު ވޯކެކެވެ. އެގްރޫޕު ވޯކުގައި ޖެހެނީ ‘ޑިސްޓިލޭޝަން’ އެކްސް ޕެރިމެންޓް ހެދިގޮތް ބްރިސިލް ބޯޑެއްގައި ކުރަހައި އެޕްރޮސެސް ތަރުތީބުން ލިޔާށެވެ. އަޝްހާ އާއި ރީމާ އުޅުނީ އައިނާ ގާތުން ޑިސްތިލޭޝަންގެ މާނަ ދިވެހިން ހޯދާށެވެ. “އަނާ.. ކުރުގޮތަކަށް ބުނެދީބަ ޑިސްޓިލޭޝަން އަކީ ކޮބައިކަން؟” ރީމާ އައިނާ ގާތު އަހާލި އެވެ. “އެތެދެއް އަނާ.. ބުނެދީބަ.. ޕްލީސް.. ޕްލީސް.. ޕްލީސް…” އަޝްހާ ރީމާގެ ބަހަށް ބާރު ދެމުން ބުނެލިއެވެ. “އަޝޫ.. ރީމް.. ތިވަރު ނުވިއަސް ބުނެދީފާނަމޭ.. ހުމްމްމް.. ކުރުގޮތަކަށް ބުނަންޏާ މޫދު ލޮނުފެން.. ސޯލްޓް ސޮލިއުޝަން.. ލޮނާއި ފެން ވަކިކުރުން.. ފްލާސްކް ތެރޭގައި ހުރިފެން ހަންޑްރެޑް ޑިގްރީ ސެލްސިއަސް އަށް ކެކެން ފެށިމައި ފެން އާތްވަށް ވެގެން މައްޗައް އަރައިގެން ދާނީ. ދެން ކޮންޑެންސާ ތެރެއަށް އެޅެމުން ދާނީ.. ކޮންޑެންސާ ހުންނާނީ ފެން ދައުރުވާ ގޮތަށް.. އެތާ ހޮޅި ތެރެއިން ލާފައި ތިރީގައި އިންނަ ބީކާ އަށް އެވެއްޓޭ ކޮއްމެ ފެންތިއްކަކީ ސާފު ރީތި ފެން.. އެބޮވޭނެ..” އައިނާ ކިޔާ ދިނެވެ. “އެކަމަކު މިސް އެފެން ރަހަ ބަލާލަން ދޭށޭ ބުނީ މައި ނުދިން.” ރީމާ ބުންޏެވެ. “އެއީ ލެބޯޓަރީގައި ހުންނަ އެއްޗެހި ކައި ބޮއެ ހެދުމަކީ މަނާ ކަމެކޭ..” އައިނާ އޮޅުން ފިލުވައި ދިނެވެ. “ވާއު އަނާ.. ޔޫ އާރ ރިއަލީ ޖީނިއަސް..” އަޝްހާ އައިނާ އަށް ތަޢުރީފު ކޮށްލިއެވެ.

“ދެން ތިހެން ކިޔަން ތިބޭނެ ކަމެއް ނެތް. އަޝޫ އެން ރީމް ޖެހޭނީ ޑެކަރޭޓް ކޮށް ކުލަޖައްސަން.. އަހަރެން ކުރަހައި ލިޔުނީ.. އަވަސް.” އައިނާ ، އަޝްހާގެ ބައްޕަ އިޔާޒު ތިން ކުދިން ނަށް ގެނެސްދިން ޖޫގޯގެ ތެރެއިން އައިނާ އަށް ވީއެތި ކަނޑާލަމުން އަޝްހާ އަދި ރީމާ އަށް ބުނެލިއެވެ. އައިނާ އަށް އަބަދުވެސް މީރީ ވެނީލާ ފްލޭވަރ އެވެ. ކޭކް ވިއަސް އައިސް ކްރީމް އަދި ޖޫގޯ ވިއަސް އެވެ. އެކަމަކު ، ޖޫގޯ އަށް ޖެލީ ނާޅައެވެ.

***

“އައްސަލާމް ޢަލައިކުމް” ބޭރުން ސަލާން ގޮވާލި އަޑު އިވުނެވެ. “ވަޢަލައިކުމް ސަލާމް” އިސްރާ އެމީހަކަށް އަޑު އިވޭ ވަރަށް ސަލާމް ބަލައި ގަތެވެ. “މިގަޑިގައި ކާކު؟” އިސްރާ ހިތާ ހިތާ ކިޔާލިއެވެ. “އަޅޭ ކޮބާތަ ބުރުގާ؟؟..” އިސްރާ ބުރުގާ ނުފެނިގެން ހޯދަން ފެށިއެވެ. “ކާކު؟” އިސްރާ ގޭތެރޭގައި އަޅާ ކުޑަ ވަށް ބުރުގަލެއް އަޅައިގެން ގޯތި ތެރެއަށް ނިކުންނަމުން ބުނެލިއެވެ. އިސްރާ ބޭރަށް ދާއިރުގައި އަޅަނީ ކަން ބުރުގަލެވެ. އިސްރާ އަޅައިގެން ހުރި ބުރުގަލުން ކިރިޔާ މޭމަތި ފޮރުވޭ ކަމެވެ.

އިސްރާ ސިހިފައި ދެލޯ ބޮޑުވީ ކުރިމަތިން ފެނުނު ސޫރައަކުން ނެވެ. އެސޫރައަކީ އޭނާ އަށް ދުވަހަކުވެސް އޮޅޭނޭ ސޫރައެއް ނޫނެވެ. “ނޫން.. ނޫން..” އިސްރާ އަނގައިން މަޑުމަޑުން އެހެން ކިޔާލިއެވެ. ކުރިމަތިން ފެނުނު ސޫރަ އަކުން ހިތްހަމަ ނުޖެހުނެވެ. އެއީ އޭނާ ދުވަހަކުވެސް ދެކެން ބޭނުންވޭ ސޫރައެއް ނޫނެވެ. ތޭރަ އަހަރު ކުރީން އޭނައަށް ލިބުނު ވޭން ދެއްމެ ވީ ކަމެއްހެން ލޯކުރިމަތިން ފްލޭޝް ވަމުން ދިޔަ ކަހަލަ އެވެ. އިސާހިތަކު ލޮލުން ކަރުނަ ނިރާލީ އެދުވަސްތަށް ހަނދާން ވުމުންނެވެ. ހުރިހާ އިހްސާސެއް އެތްވެ ރުޅި އިސް ކުރަން ނެގީ މަދު މިނިޓު ކޮޅެކެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ބުނެދޭށޭ ރުހެމޭ 80

Next

ލޯބި ނުވެވުނުނަމަ -1-

Next
October 18, 2019

ލޯބި ނުވެވުނުނަމަ -1-

Previews
October 17, 2019

ބުނެދޭށޭ ރުހެމޭ 80

4 Comments!

  1. §HåĂĶĶÓ says:
    October 18, 2019 at 8:52 am

    Reethi

  2. A aaR says:
    October 18, 2019 at 10:43 am

    salaam here is the 11th prt of the story hope u all will love this prt too

  3. Eenaa says:
    October 18, 2019 at 11:17 pm

    Mi part varah reethi…maa sha allah..when is next part?waiting for the next part…

    1. Asnerrr says:
      October 23, 2019 at 10:23 pm

      thnx eenaa

Comments are closed.

Next Episodeއައިނާ 12 (ބާރަވަނަބައި)←


All Right Reserved!