Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނަން އުމުރަށް – 35 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
October 21, 2019 4 Mins Read
45 Comments

އައިލީން ބަލަހައްޓައިގެންހުރި ދިމާލަށް އައިޝަމްވެސް ބަލާލުމާއެކު އެކަޅުކަންގަދަ ބުމަގޮއްޖަހާލެވުނެވެ. އޭރު އައިލީންހުރީ ގަބޫލުކުރަން ދަތިވެފައިވާހާލު ކަޅިޖަހާނުލައި ކުރިމައްޗަށް ބަލަހައްޓައިގެނެވެ.

___________________________________

އޭނާގެ ކުރިމަތީގައި ހައިރާންކަމުން ފުރިގެންވި ނަޒަރަކުން އޭނާއާ ދިމާލަށް ބަލަހައްޓައިގެން އެހުރީ އިތުރު ދެވަނަ މީހެއްނޫނެވެ. ކައިރާ އާއި ކައިޒިލްއެވެ. ދެއަހަރުފަހުންވެސް ކައިޒިލް ފެނުމުން އައިލީންއަށް ދެނެގަނެވުނީ ކައިޒިލްގެ އަޅިކުލައިގެ ދެލޯފެނުމުންނެވެ. އަދި ޔަގީންކަން އިތުރުވީ ކައިރީގައިހުރި ކައިރާ ފެނުމުންނެވެ. އައިލީންއަށް ކައިޒިލް ވަކިކުރަން އެނގުނެއްކަމަކު ކައިޒިލްއަށް ބޮޑެތިބަދަލުތަކެއް އައިސްފައިވާކަން އެ ސޫރައަށް ބަލާލުމުންވެސް އެނގޭހާއެެެވެ.

އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ކަޅުކުލަ ޖައްސާލާފައިވެއެވެ. އެ ހަށިގަނޑު އިތުރަށް ދެމިލާފައި ހުރިއިރު ލައިގެންހުރި ކަޅުކުލައިގެ ގަމީހާއި އައިސްބުލޫ ޖިންސްގެ ސަބަބުން އެ ފިރިހެންވަންތަކަން އިތުރުވެފައިވެއެވެ. އެ އަޅިކުލައިގެ ލެލޮލުގެ ބަލާލުމަށް ފިދާނުވާނެ އަންހެންކުއްޖެއް ނުވާނެކަން ގައިމެވެ. މެލޭޝިޔާގައި ކިޔަވަން އުޅުނުއިރު އެތައް އަންހެންކުދިންނެއް އެކި ގޮތްގޮތައް އޭނާއަށް ލޯބި ހުށައަޅާފައިވެއެވެ.

ނަމަވެސް ކައިޒަލްގެ ހިތް އެހެން އަންހެން ކުއްޖަކަށް ނުތެޅޭނެއެވެ. މީގެ ދެ އަހަރުކުރިން އޭނަގެ ހިތް އޭނައަށްވެސް ނޭނގި އަންހެންކުއްޖަކު ވަނީ ގެންގޮސްފައެވެ. އަނެއްކާވެސް ދެ އަހަރުފަހުން އެ އަންހެން ކުއްޖާއާ އޭނާއާ ބައްދަލުމިކުރުވީއެވެ. ތަގުދީރު މިއޮށް ކުޅޭ ކުޅިގަނޑު ނިކަން ބަލާބަލާށެވެ. އެއަންހެން ކުއްޖާ އެހުރީ އޭނަ ކުރިމަތީގައެވެ. އޭނާ މިޔަދު މިހުރީ އޭނަގެ ހިތް އޭނާއަށްވެސް ނޭގި ވަގަށް ނަގައިގެން ގެންދިޔަ އަންހެންކުއްޖާގެ ކުރިމަތީގައެވެ. އައިލީންގެ ކުރިމަތީގައެވެ.

ކައިޒިލް އައިލީންއާ ދިމާލަށް ބަލާލަމުން ހީލިއިރު އެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވީ މެލޭޝިޔާގައި އެދެމީހުންކުރި މަޖާކަންތައްތައް ހަނދަނަށް އައުމުންނެވެ. އައިލީން ހީލަމުން “ހެއި” އޭ ބުނެލީ ކައިރާއާއި ކައިޒިލް ކައިރީގައި ހުއްޓިލަމުންނެވެ. ކައިޒިލްވެސް ހެއި ޖަހާލަމުން ކިހިނެއްހޭ އަހާލީ އައިލީންއާ ހަތަރުކަޅި ހަމަކޮށްލަމުންނެވެ. އެވަގުތު އައިޝަމްއަށް ކައިޒިލް އައިލީންއަށް އެ ބަލާލި ނަޒަރު ކަމަކުނުދިޔައެވެ. އެ ބަލާލުމުންވެސް އައިޝަމްއަށް ކައިޒިލްގެ ހިތް އޮތްގޮތް އެނގުފަދައެވެ.

“ރަނގަޅުހަމަ….ހެއި އިރާ ކޮޅޫ….މިހާރު ބަލާލަބަލަ ބޮޑުވެފަ ހުރި ވަރު….ދޮންބެ އަބަދު އިރާ ކުރުކޮށް ހުންނަނިއޭ ކިޔާ ދިމާކުރާތީ މިހާރު ދޮންބެއާ އެއްވަރުވަނީ ދޯ…” ކައިރާގެ ގައިގައި ބައްދާލަމުން އައިލީން ބުނެލީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. ކައިޒިލްއަށްވެސް އައިލީންގެ އެ ހިނިތުންވުން ފެނުމުން ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ.

ކުއްލިއަކަށް އައިޝަމް އައިސް އައިލީންގެ ކޮނޑަށް އަތް ވައްޓާލުމުން ކައިޒިލްގެ ބުމަގޮއްޖެހުނެވެ. އޭނަ އައިޝަމްއާ ދިމާލަށް ބަލާލީވެސް ދެބުމަ ގޮއްޖަހާލައިގެން ހުރެއެވެ. އައިލީންވެސް ކުޑަކޮށް ސިހުނީ އައިޝަމް އޭނަގެ ކިނޑުމަތީގައި އަތް ބާއްވާލުމުންނެވެ.
ނަމަވެސް އައިލީންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ އައިޝަމް އަނާއާ ދިމާލަށް ބަލާލަމުން އެދިން ރީތި ހިނިތުންވުމަކުންމެވެ. ކައިޒަލްގެ ހިތައް އެހެންކަހަލަ އަސަރެއްކުރުވީ އައިލީން އައިޝަމްއާ ދިމާލަށް ބަލާލަމުން ހިނިތުންވެލުމުންނެވެ.

“އައިލީން….މީ ކާކުތަ؟….” ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލަން މަސައްކަތްކުރަމުން ކައިޒިލް އަހާލިއެވެ. ނަމަވެސް އައިލީންއަށް އެކަން ފާހަގައެއްނުކުރެވުނެވެ.

“އައިލީން ދައްތަގެ ބޯއީފްރެންޑް ކަންނޭގެ….” ކުޑަ ހުނުމަކާއެކު ކައިރާ ބުނެލިއެވެ. ކައިރާއާށް އަށާރަ އަހަރުވިއެއްކަމަކު އަދިވެސް އެ ބޮޑު ދެލޮލުގެ މައުސޫމް ބަލާލުމާއި ކޮނޑާހަމައަށް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑުންނާއި އެތުނުތުނި ހަށިގަނޑަށް ބަލާލާފައިވެސްް މީހަކު އޭނާއަކީ ފަނަރަ އަހަރުގެ އަންހެން ކުއްޖެކޭވެސް ނުބުނާނެއެވެ.

ކައިރާ އެހެން ބުނުމުން އައިލީން ކުޑަކޮށް ލަދުގަތެވެ. އެ ދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވެގެންދިޔައީ ބަސްބުނާހާ މަދު ހިނދުކޮޅެއްގެތެރޭގައެވެ. އައިޝަމްގެ ތުންފަތާއި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. އައިޝަމް އައލީންއާ ދިމާލަށް ބަލާލި ވަގުތުވީ އައިލީންވެސް އައިލީންއާ ދިމާލަށް ބަލާލި ވަގުތެވެ. އައިޝަމް އެއްލޯ މަރާލުމުން އައިލީންގެ މޫނު ބީޓްރޫޓެއްހާ ރަތްވެގެން ދިޔައެވެ. ކައިޒިލް ހައިރާންވީ އައިލީންގެ ރީތިކަން މީހާކައިރިން ފެނުމުންނެވެ. އަދި އައިލީން ލަދުގަނެފައި ހުންނައިރު އައިލީން މާރިތިކަމަށް ދައްކައެވެ. ނަމަވެސް ކައިޒިލްގެ ހިތައް ތަދުވީ އައިލީންގެ ލޯބިވެރިއަކު ހުންނަކަމަށް “ހީކުރެވުމުންނެވެ.” އެހިތުގެ އެތިކޮޅުތަށް ޗިސްޗިސް ވެގެން ދިޔަފަދަ އިހުސާސެއްކުރެވުނެވެ.

“މީ އައިޝަމް……..” ހީލަމުން އައިލީން ބުނެލީ ކައިޒިލްއާ ދިމާލަށް ބަލާލަމުންނެވެ. ކައިޒިލް ގަދަކަމްކަހަލަ ގޮތަކަށް ތުންފަތްމައްޗަށް ހިނިތުންވުމެއްގެނުވިއެވެ. އޭރު ކައިރާހުރީ ފޯނުން ކޮންމެސް މީހަކާ ވާހަކަ ދައްކާށެވެ.

“ކިޔާ..ހިނގާ ދާން….އައިލީން…ދަނީއޭ…” ކިޔަރާގެ އަތުގައި ހިފަހައްޓާލަމުން ކައިޒިލް ބުނެލީ އައިލީންއާ ދިމާލަށް ބަލާލަމުންނެވެ. އޭރު ކައިޒިލްގެ ދެލޯ ވިދަމުންދިޔަގޮތުން އެ ދެލޮލުން ފައިބަންހުރި ކަރުނަތަށް ހިފަހައްޓައިގެން ހުރިފަދައެވެ. އަނެއްއަތުން އައިނުނަގާ ލޮލުގައި އަޅާލަމުން ދަނީއޭ ބުނެލިއިރު ކައިޒިލްގެ އަޑުވަނީ ކުރެހިފައެވެ.

“ބައީ އައިލީން ދައްތާ….އަދި ފަހުން ދިމާވާނީ ދޯ…” ކައިޒިލްއާ އެކީގައި ހިނގައިގަންނަމުން ކައިރާ ބުނެލީ ފަހަތަށް ބަލާލަމުންނެވެ. އައިލީންވެސް ބައި އޭ ބުނެލީ ސުވާލުއުފެދިފައިހުރެއެވެ. ނަމަވެސް ކުއްލިއަކަށް އެމީހުންނާ ބައްދަލުކުރެވޭނެ ގޮތެއް އަދި ގުޅޭނެގޮތެއްވެސް ނެތްކަން ސިކުނޑީގެ ކަނަކުން އޭނާއަށް ބުނެދިނެވެ. އަވަސް ހަރަކާތަކާއެކު ފަހަތް ބަލާލިއިރު ކައިޒިލްމެން ފެންނަ ހިސާބަކުނެތެވެ. ކުއްލިއަލަށް މީހަކު ފަހަތުގައި ހުރެފައި ހައި އޭ ބުނެލުމުން އައިލީން ފަހަތް ބަލާލިއެވެ.

“ބެން….” އައިލީން ފަހަތަށް އެނބުރެލިއިރު ކުރިމަތީގައިހުރި އިއްބާން ފެނުމުން ގޮވާލެވުނެވެ. އޭރު އިއްބާން ހުރީ އެއްބުމަ ހިއްލާލައިގެން އޭނަ ލައިގެނހުރި އަޅިކުލައިގެ ޖިންސްގެ ޖީބަށް އަތް ޖަހާލައިގެނެވެ.

“ބެން…މިތާގަ ކީއްކުރަނީ…..” އައިޝަމްއަށްވެސް އިއްބާން ފެނުމުން ބުނެލެވުނެވެ.

“ތި ދެމީހުން މިތަނަށް އައީ ކީއްކުރަން؟….” އައިޝަމްއާ އައިލީންއާ ދިމާލަށް ބަލާލަމުން އިއްބާން އަހާލިއެވެ. އައިލީންއާ އައިޝަމް، ދެމީހުންގެ ދެމެދުގައި އަވަސް ނަޒަރެއް ބައްދަލުކުރެވުނުއިރު ދެމީހުންގެ ބުމަވެސްވަނީ ގޮއްޖެހިފައެވެ. އިއްބާން ގާތަށް ހިނިއަންނަ ގޮތްވީ އައިޝަމްއާ އައިލީންގެ މޫނަށްވެރިވި ކުލަވަރުންނާއި އެދެމީހުން ދެމީހުންނަށް ބަލާލިގޮތުންނެވެ.

“އޫވްހް…” ދެމީހުންނަށް އެކުއެކީގައި ބުނެލެވުނެވެ.

“ޔާ….” އިއްބާން ބުނެލިއެވެ.

“ކޮބާ މިހާރު…..އެނަ އައިއްސިތަ؟……” އައިޝަމް އަހާލިއެވެ.

“ޔެސް…އޭނަ ގެއަށްވެސް ފޮނުވައިފިން ކާރުގަ….އަހަރެން މި އުޅެނީ ސައިކުގަ….އޮފީހުގަ އިންދާ ގުޅާފަ އޭނަ ބުނާއެއްޗަކީ އެއްވެސް މީހެއް ނާދެއޯ ބަލައެއް……ދެން ބައްޕައާ ގުޅާފަ ބުނީމަ ކާރެއްފޮނުވީ އޭނަ ބަލައި…….” އިއްބާން ބުނެލިއެވެ.

“ދެން ކީއްވެ ބެން ތިއައީ މިތަނަށް…..” އައިލީން އަހާލިއެވެ.

“ތި ދެމީހުން އުޅެނީ މި ދުނިޔޭގައިތޯ ބަލާލަން މިއައީ..” ހީލަމުން އިއްބާން ބުނެލިއެވެ.

“ސީރިއެސްލީ ބެން….ދެން މެރީ ކުރާތީ މާ މޮޅުވެފަ ނޫޅެބަލަ..” އަނގަޔަށް ވައްތަރެއް ޖައްސާލަމުން އައިޝަމް ބުނެލިއެވެ.

“އެހެހެ…ދެން ޝޭންވެސް އަވަހަށް މީހަކާ މެރީ ކުރަންވީނު…” އެއްލޯ މަރާލަމުން އިއްބާން ބުނެލިއެވެ.

“ކާކާ މެރީ ކުރަންވީ؟…” ވަރަށް ނުވާކަމަށް ހަދާލާފައި އައިޝަމް އަހާލިއެވެ. އޭރު އައިލީންހުރީ އެދެމީހުން ކިޔާ އެއްޗެހި އަޑުއަހަމުން ފޯނަށް ނަޒަރުހުއްޓާލައިގެނެވެ.

“މާކަ ވިސްނާކަށް ނުޖެހޭނެ…ކައިރީގައި ތިހުރީ ނަސީބުކަމަށް ބަލަމާ…” އިއްބާން ބުނެލީ ތަންކޮޅެއް މަޑުންމެވެ. އައިޝަމް ކުޑަ ހީލުމަކުން ފުއްދާލީއެވެ.

“އޭ ޝޭން…ދެން ދަނީ އިނގޭ..” އިއްބާން ހިނގައިގަތީ އޮފީހަށް ދާށެވެ.

“ހިނގާ އަހަރެމެންވެސް ދާން…މިހާރު ބެން އާ ލޫންއާ މެރީކުރަން އިނީ އެންމެ ތިން ދުވަސްދޯ..” ކުޑަ ހުނުމަކާއެކު އައިޝަމް ބުނެލިއެވެ. އޭނާ ވަނީ އެރެއަށް ވަރަށް ޙާއްސަކަމެއް ކުރަން ނިންމާފައެވެ. އައިލީން ހިނިތުންވެލަމުން ބޯޖަހާލީއެވެ.

_ ތިން ދުވަސް ފަސް _

“އައިލީން…ދޮރުހުޅުވާފަ އެތާ ތިރީގަ އިން ފޮށި ނަގާބަލަ…… އެއްޗެހި މިރޭ ބޭނުންކުރާނެކަމަށް އުންމީދުކުރަން….އެއިޓް ތާރޓީގަ ޖެހޭނެ ރިޒޯޓްއަށް ދާން….ސޯ ސެވަން ފޯޓީގަ ނިކުންނައްޗޭ ބޭރަށް އެ ފޮށީގަހުރި އެއްޗެހި ބޭނުންކޮއްގެން…ގޭ ބޭރުގަ މަޑުކުރާނަން……” އައިޝަމް ފޮނުވާފައިން މެސެޖް ކިޔާލަމުން ތެޅިތެޅިވާ ހިތަކާއެކު އައިލީން ދޮރުހުޅުވާލިއެވެ. އެ ފޮށި ނަގަމުން ކޮޓަރިއަށްވަދެ ދޮރުލައްޕާލިއެވެ.

ރަތްކުލައިގެ ސޫޓްއެއް ލާފައި ކަޅުކުލައިގެ ސްކްނީ ޖިންސްގައި ހުރި އައިޝަމް ދިޔައީ ކާރު ކައިރީގައި ދެފަރާތަކަށް ހިނގަމުންނެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލްކޮއްލެވިފައިވާއިރު އެ ނޫކުލައިގެ ދެލޮލަށް އެސްފިޔަތަކުގެ ހިޔާ އެޅިފައިވާގޮތުން ހުވަފެނީގޮތެއް ހުއްޓެވެ. ކުއްލިއަކަށް އައިޝަމްގެ ހަރަކާތްތައް ހުއްޓި ހިނގުންވެސް ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. އޭނާއަށް ފެނުނީ ދުނިޔޭގެ ކަމެއްހެން ހީވެސްނުވެއެވެ.

ފައިތިލަ ފޮރުވޭވަރަށް ރަންކުލައިގެ ހެނދުމެއްގައި ހުރި އައިލީންގެ ރީތިކަން ގަލަމަކުން ބަޔާންވެސް ކޮއްދޭން ދަތިހާ ފުރިހަމަވެފައި ޗާލެވެ. އެ ހެނދުމުގެ ކަނާއަތްފަޅިން ކުދިކުދި ރަތްކުލައިގެ މިނާތަކަކުން ވާއަތްފަޅިއަށް މަދުވަމުން ދާފަދަގޮތަކަށް ޖަރީކޮއްލެވިފައި ވާއިރު އަތުގައިވެސް ތިރިން މައްޗަށްވާގޮތަށް މިނާތައް ރީތިގޮތަކަށް ހަރުކޮއްލެވިފައިވުމުން ވަރަށްވެސް ފުރިހަމައެވެ. ހެދުމުގެ ފަހަތުން ބުރަކަށީގެ މެދަށްވާގޮތަށް ހަތަރު ރޫ ޖައްސާލާފައިހުރުމުން އެ ހެދުމުގެ ފުރިހަމަކަން އެހާވެސް ޗާލެވެ. ކަޅު ރޭގަނޑެއްފަދަ ރާޅުބާނި އިސްތަށިގަނޑު އެހެން ފަހަރުތަކާ ހިލާފަށް އޭގެ މިނިވަންކަމާއެކު ދޫކޮއްލެވިފައިވުމުން އެހާ ރީއްޗެވެ. އެ އަޅިފެހިކުލައިގެ ދެލޮލުން އައިޝަމްއާ ދިމާލަށް ބަލާލީ ޖާދޫވި ނަޒަރަކުންނެވެ. އެ ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާލާފައިހުރިއިރު އެ ބޯއެސްފިޔަތަށް ދިގުކަމުން މީހުން ހައިރާންވާނެކަން ގައިމެވެ. އެ ލޯބިވެތި ތުންފަތްމަތީގައިވީ ސަކަ ހިނިތުންވުމެކެވެ. ދެލޯ އައިލައިނާރ އިން ފަވާލާފައިވުމުން އެދެލޮލުގެ ރީތިކަން ވިދާފަދައެވެ. ތުންފަތުގައި ރަތްކުލަ ޖައްސާލެވިފައިވުމުން އިތުރުފުރިހަމަކަމެއް ގެނެސްދެއެވެ.

“އަމް…ޔޫ ލުކް ބިއުޓިފުލް..” އައިލީން އައިޝަމް ކައިރީގައި ހުއްޓިލިއިރު ހައިރާންވެފައިހުރެ އައިޝަމްއަށް ބުނެވުނީ އައިލީންގެ ހަނދެއްފަދަ މޫނަށް ނަޒަރުހުއްޓާލައިގެންހުރެއެވެ.

“ތެކްސް…” އިސްޖަހާލަމުން އައިލީން ބުނެލީ ލަދުރަކި ހިނިތުންވުމަކާއެކުގައެވެ. އެވަގުތު ޖެހިލި ވައިރޯޅިއަކާއެކު އައިލީންގެ އިސްތަށިގަނޑު ވިހުރިލައިގެން ދިޔަގޮތުން މޫނަށް އުނދަގޫކުރަންފެށުމުން އެ ހިމަހޯލިތަކެއްފަދަ އިނގިލަތަކުން ދުރައްޖައްސާލި ގޮތްވެސް އައިޝަމްގެ ހިތުގައި ކުރެހުނެވެ.

އައިޝަމް ކާރުގެ ދޮރުހުޅުވާލަދިނުމުން އައިލީން ކަރަށްއަރާ ހަމަޖެހިލިއެވެ. އައިޝަމްވެސް ކާރަށް އަރަމުން ކާރު ދުއްވާލީ އޭނާގެ މަންޒިލަށް ދިއުމުގެ ބޭނުމުގައެވެ. ފަނަރަމިނެޓްގެ ދަތުރަކަށްފަހު އައިޝަމް ކާރު މަޑުކޮއްލީ ބީޗްކައިރިއަށެވެ. އޭރު އެތަނުގައި މީހުން އެކިކަންކަމުގައި ހަރަކާތްތެރިވަމުންދިޔައެވެ.

އައިލީން ކާރުން ފައިބަމުން އައިޝަމްއާ ދިމާލަށްބަލާލީ ސުވާލުގެނަޒަރަކުންނެވެ. އެއީ މިތަނަށް އަންނަން ޖެހުމުގެ އެއްވެސް ބޭނުމެއް އޭނާއަށް ނުވިސްނުމުންނެވެ. އައިޝަމް އައިލީންގެ އެ ސުވާލުގެނަޒަރަށް ޖަވާބުދިނުމުގެ ބަދަލު ދިނީ ރީތި ހިނިތުންވުމެކެވެ. އައިލީން އައިޝަމްއާ އެއް ހަމައެއްގައި ހިނގަމުންދިޔައެވެ.

ކުއްލިއަކަށް ފަސްއެނބުރި ފަހަތް ބަލާލެވުނީ ފައިން ހެނދުމަށް އެރުމުންނެވެ. އެއްއަތުން އެ ބަރު ހެނދުން އުފިލާލައިގެން އަނެއްއަތުން ހައިހީލްގައި ހިފަހައްޓާލައިގެމްހުރި އައިލީން ހިނގައިގަތީ ފަހަތް ބަލަމުންނެވެ. ކުރިޔަށް އެނބުރެމުން އައިޝަމް ކޮބައިތޯ ބަލައިލިއިރުހުރީ އައިޝަމްހުރީ އައިލީންއާ ހަތަރުވަރަކަށް ފޫޓު ދުރުގައެވެ. އައިޝަމްއާ އެއްވަރުކުރުމަށް އައިލީން ދުއްވައިގަތީ ހެނދުމުގައިހިފާ ކުޑަކޮށް ހިތްލާލަމުންނެވެ. އައިލީން ދުއްވައިގަތްގަޑީގައި އެހިސާބަށް ދުވެފައިކަހަލަ ގޮތަކަށް އައި ޒުވާނެއްގެ ގައިގައިޖެހިފައި އައިލީން ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އެވަގުތު އެޒުވާނާ އައިލީންގެ މެދުހަށީގައިހިފަމުން ގަޔާ ގާތަށްދަމާލީ އެއަންހެންކުއްޖާ ސަލާމަތްކުރުމުގެ ބޭނުމުގައެވެ.

އައިލީން ހަޅޭއްލަވައިގަތްއަޑު އިވިފައި އައިޝަމް ފަސްއެނބުރިބަލާލީ އަވަސްހަރަކާތަކާއެކުގައެވެ. އެވަގުތު ފެނުނު މަންޒަރަކުން އައިޝަމްގެ އަތް މުއްކެވިގެން ދިޔައިރު ދަތްތަށް ބިންދައިގެން ދާހާ ބާރަށް ދަތްކުނޑިވިކާލިއިރު އެދެލޮލުން ނުރައްކާތެރި ވިދުވަރެއް ފެނިލިއެވެ. އައިޝަމް އެދިމާލަށް ދިޔަ ގޮތަކުން ހީވީ ހަމައިން ނެއްޓިހެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ކަފުން ވެވިފާ…10

Next

ހިތް ރުހުނަސް – 03

Next
October 22, 2019

ހިތް ރުހުނަސް – 03

Previews
October 21, 2019

ކަފުން ވެވިފާ…10

45 Comments!

  1. nash says:
    October 21, 2019 at 8:50 pm

    hey mal story varah reethi keep it up when next

    1. Malsa Moosa says:
      October 22, 2019 at 12:50 pm

      Thanks nash..neyge vaki dhuvaheh bunaakah..varah busy..ekm try kuraanan avahah up koaldhevytho.?

  2. malsamalkkomal says:
    October 21, 2019 at 8:51 pm

    Hello guys..mi othee up koalevifa…sorry engy readers ehaa wait kuruvan jehuneema…aslhu mihaaru mal menge test thah boamathivamun annaatheeve vaahka liyan vaguthu nuvanee..maadhan ovy maths test ves..ekm mireyga dhn vaahka liyelaafa mi up koalee readers ithurah wait kuruvan beynun nuviima…btw heevanee kihineh hen e vii?..aisham ehaa rulhi eh e aii keeve
    baa dhw?.. readers ah heevaa gotheh bunelahchy. And kiyaalaafa comment eh koalahchy..

    Lve ya all my readers.

    Nyts..sleep tigh❤ ♥ ❤ ♥ ❤ ♥

  3. Mal? says:
    October 21, 2019 at 9:11 pm

    Vara reethi mi part ves

    1. Malsa Moosa says:
      October 22, 2019 at 12:50 pm

      Thanks mal. ?.

  4. Maisha maii says:
    October 21, 2019 at 9:16 pm

    Wow… Alhey… Haadha reehchey.. V happy vehje mal thihaa bixy kon ulhemun vx vaahaka up kohleema… Mal sorry nubuney. Las viyas mai hunnaanan abadhu vx wait kohgen.. Mal testun rangalhu natheeja eh hoadhahchey. Love you more mallu.. And I miss you sooooooo much… Good luck for your exams…. Kihineh baa dhw evii.. Curious kohlaafa thi nimmaalee.. Waiting for next part. Good night. Sweet dreams.

    1. Malsa Moosa says:
      October 22, 2019 at 12:53 pm

      Awwwn..maii..thank..ehehe…thanks ingy maii..yh..evii kihinehbaa dhw..next part in engyne insha allah..I miss u more…mi hunnani mai phn rangalhuvandhen..good luck. mai ge test tha rangalhah hedheytho masakiaki kuraathi…lve ya♥❤♥

  5. ?Dhona? says:
    October 21, 2019 at 9:41 pm

    ??????

    1. Malsa Moosa says:
      October 22, 2019 at 12:54 pm

      Thanks.

  6. §HåĂĶĶÓ says:
    October 21, 2019 at 9:48 pm

    Vvvvvv reethi… hama habeys… vv rythi sifa kurunthah

    1. Malsa Moosa says:
      October 22, 2019 at 12:54 pm

      Thanks shaakko.?

  7. duckyyy says:
    October 21, 2019 at 10:09 pm

    are you seriouslyy 12 years? for real or are you lying..

    1. Malsa Moosa says:
      October 22, 2019 at 12:56 pm

      Yh..Im seriously 12 yearshama aslhukoa..mal varah foohivaaa kameh dhogu hedhumakee…?

  8. Lullu says:
    October 21, 2019 at 10:22 pm

    Thanks thihaa busy kon ulhefa vx up kohdhinee theeve..nd mi part varah reethi.. maa sha allah..waiting for the next part.Aisham nd aileen gulhu vaa bala..Edhemeehun haadha loehbey

    1. Malsa Moosa says:
      October 22, 2019 at 12:58 pm

      Thanks lullu…amytime♥.neyge dhw adhi gulheynekameh nugulheyne kameh..dhn balamaa vaa gothehves.?.

  9. Meekkomee says:
    October 22, 2019 at 12:25 am

    Masha Allah ❤️❤️❤️❤️ varah reethi mi part ves Malkko ??????? can’t wait for next part ???? kaizil kahnenge Aileen eh hifeethy……whn nunyy ehaa rulhi eh naanaanun …… Aisaam as ehkoh baalan dhiya gadhyga ves kaizil balaa gothun aisaam rulhi ah e v yaaa ehn v ma…any ways story varah reethi ???? Luv yeahhh ^_^ ???

    1. Meekkomee says:
      October 22, 2019 at 12:27 am

      Whn eh nun ingyy ehn*

    2. Malsa Moosa says:
      October 22, 2019 at 12:59 pm

      Awwn..thanks meekko…yh..dhn balamaa vaagothehves dhw.?. Lve ya more?.

  10. ❤️lamee❤️ says:
    October 22, 2019 at 5:37 am

    Varah rëëëëëthii . Hama habeys . Varah furihama . I love this story . Mal kon grade eh??? Hama ahaalee. Test oveyey buneema. Aharumennah fehteny next week ga ???????????????????????

    1. Malsa Moosa says:
      October 22, 2019 at 1:02 pm

      Thanks lamee…mal mee grade 6..mi aharu fahu kuyavaa fahudhuvaskolhu veema assess kuraane ehnu dhn anna aharu 7 ah dhaanetheeve…ehn v..anehkaa maadhanves test eh ovy..btw good luck with you test..rangalhu natherjaaeh hoadhaanekamah ummeedhukuran lamee..?.

  11. Kairaa says:
    October 22, 2019 at 6:45 am

    Alhey thankolheh laun dhw mi cmnt eh kohlevuny mal??????????mi part hama vvvvvvvv reethi…..sifakurun thah vx hama habeys….vv furihama mi part vx…..lysm mal

    1. Malsa Moosa says:
      October 22, 2019 at 1:03 pm

      Alhey kai….its okk eyy..dhn heelabala?.nd thanks ingy..lve ya too.??.

  12. Vernon says:
    October 22, 2019 at 6:59 am

    Wow…. story v reethi… Sorry exam kairivaathee comment nukurevunee…. Best of luck for next part and your exam….. purple u ????????????????????????????

    1. Malsa Moosa says:
      October 22, 2019 at 1:04 pm

      Thanks vernon.its okk eyy…and thanks ingy…good luck with your exams…rangalhu natheejaa eh hoadhaane kamah ummeedhukuran..??.

  13. Brownish says:
    October 22, 2019 at 8:52 am

    Vrh reethi mi part vex Mal
    ??

    1. Malsa Moosa says:
      October 22, 2019 at 1:05 pm

      Thanks brownish.?.

  14. Nayaa says:
    October 22, 2019 at 9:20 am

    Mal dhooni mi prt vx v perfect.. I think kaizil kanneyge aileen vehtumuge kurin e hifehettii.. Aisham haadha rulhi ekey dhw e annanee.. Lyssssm.. Good luck with your exams.. Whn is the next part??? Aisham and aileen v gulhey.. ???❤️??????????❤️??????❤️??????❤️?????❤️????????❤️❤️?????????.. Loon ge bai gina kohladhehcheyy..

    1. Malsa Moosa says:
      October 22, 2019 at 1:07 pm

      Thanks nayaa..?..beyge dhw…next part in engyne e vergotheh..yh..aisham haadhahaa eyy dhw e rulhi annanee..lve ya too.thanks ingy nayaa..neyge bunaakah up koaladhevyne vaki dhuvaheh..ekm try kuraanan avahah up koaladhevytho.yh…loon ge bai ginakialadheynan.thanks.?♥

  15. pix says:
    October 22, 2019 at 11:24 am

    test onna iru kiyavaairu midhen kon kameh. maa bodethi meehunge vahushy vaahaka nuliye kiyavabala. mihaaru neynge fas ha bitun nugengulhey kameh adhi enme 10 aharey vi

    1. Anonymous says:
      October 22, 2019 at 1:16 pm

      Thihen bunaa myhaa neynge 100 bitun nugen gulhey kameh bayyeh nu thimyhaa thee rangalha ulhey myhe nama mi vahakaa nuvx kiyaaneh dhoo 24 gadi iru dhuaa and stuffs kiyan ovebala

    2. ~señorita~ says:
      October 22, 2019 at 1:25 pm

      Pix ah kon kameh . Malsa kuraane kameh ingeynee malsa ah . Vaahaka liyamun ves kiyeveyne . Ehen noonas pix mi vaahaka kiyan beynun nuvannaa nukiyaabala

    3. ??tweety?? says:
      October 22, 2019 at 7:36 pm

      kuraane comment eh neygenyaa madun hunnaane……………noony pix liyanveenu vaahaka faadu faaduge comment nukoh

    4. jiji says:
      October 23, 2019 at 1:20 pm

      neygey ehchehi rangalhy nukiyun kahneyge dhw pix…malsha is bio ga vx eba jahaafa indhey 12 years ge kujjeh kamah..although she don’t have a bf as well..Being her frnd I know..n i think thiyahvure ryhchah u ah bunan ulhey ehcheh bunevidhaane hen..mi kudhin vhk liyany vrh liyaa hithun..kiyan beynun nuuniyyaa nukiyaanyy..kohme hen writer dhera kuruvan ulheyne kameh neiy…N mal aa dhimaalah ehme dhiha aharey kiyaa iru pix maa bodu v ma tha ehn thi kiyany…eyy..N mi vhk vahushee vefa kobaa??..vahushee aky koacheh kan ingigentha thi kiyany ehchekey..just shut ur mouth then????

  16. maanee says:
    October 22, 2019 at 1:26 pm

    eyy malluuu…vrh dhuvas vehjje dhw maany ah vess comment eh nukureveythaa…maanee hama bunaany mallu vrh bodah improve veyyeey iba ..and never leave writting stories..mipart vess kuryge hurihaa part thakah vureh maa vess furihama..keep up the good work …ly

    1. Malsa Moosa says:
      October 24, 2019 at 7:28 pm

      Yhh..maanee ge comment eh nufennathaa varah dhuvas vehje dhw..thanks maanee….?♥

  17. Aash says:
    October 22, 2019 at 9:44 pm

    Masha Allah v v v v reethi
    Keep it up

    1. Malsa Moosa says:
      October 26, 2019 at 10:31 pm

      Thank u

  18. jiji says:
    October 23, 2019 at 1:14 pm

    kurin kiyaafa vx comment nukohlevi dhw miulheny..n btw kaixil came back dhw..Alheyyy…ekm vx sheyn aa leen dhuru nukuraathi plx…Hyvany midhaa gothun sheyn aa leen aa dhemedhu massala gandeh jeheyne hen???..ehme fahu thankolhuga e ee kaixil kahneyge..vrh vrh curious kohme akas???..N vrh rythi mi bai..heheh..Lysm malluuuuuuuu??????

    1. Malsa Moosa says:
      October 26, 2019 at 10:31 pm

      Ehehe thanxx

  19. Fortnite says:
    October 23, 2019 at 1:21 pm

    Hello mal dear❤️❤️?? This episode hama fakkaa inge❤️❤️?? Sifakodhdhinun hama dhuvaheh dhuvahakau improve vamun dhaakan faahagakollevey❤️❤️?? Ehenihen kanthahththauves❤️❤️?? Mi vaahaka aa evvarau mal ves reethi vaane kamau belevenee❤️❤️?? Nooney hama yageen❤️❤️?? Finifenmalakee reethi malennu??? Ehenveema mal ves reethi vaanekan yageen Fortnite au❤️❤️??
    Fortnite beynun suvaaleiy kollan…. Dhonthy annaanee hama seedhaa November first ga tha???? V beynun vaahaka dhakkaalan e manje aa❤️❤️❤️ Fortnite beyrau dhaan jehey November 3rd ga… Eyge kurin e manje annaanetha??? Alhe please engey kujjakau hurejjeyya buneladhechchey… ❤️❤️❤️???
    Anyways wish you the very best of luck Mal❤️❤️?? Fortnite is waiting for the next episode❤️❤️?? Good Luck❤️❤️??Good bye❤️❤️??Salaam

    1. Malsa Moosa says:
      October 26, 2019 at 10:34 pm

      Awwn..thaks shai…i dont know what to say…shai ge comment thah abadhuves hunnanee varah vvv motivate koa….thanks a lot<3..
      Ummm..dhonthy kaireega ahaalan jehynee..neyge baraabaru november ga kameh annaanee….ahaalan jehynee…thanks shai…salaam.?

  20. Vikovikko says:
    October 23, 2019 at 3:17 pm

    Wow nice part lol

    1. Malsa Moosa says:
      October 26, 2019 at 10:35 pm

      Thanks.

  21. Ifaa says:
    October 23, 2019 at 6:11 pm

    Tomorrow is my econ test but still I couldn’t wait… This is so beautiful.. Alhey but I don’t want Aileen and aisham dheythereah evves meeheh annaakah..

  22. malsamalkkomal says:
    October 26, 2019 at 10:36 pm

    Awwn..thanks ifaa.ahahah…balamaa dhw vaagotheh..?

Comments are closed.

Next Episodeވާނަން އުމުރަށް – 36 –←


All Right Reserved!