Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާޠިލް.. 5 ވަނަ ބައި…

Fantasy Level 310 Stories500 Comments100 Comments
November 14, 2014 11 Mins Read
17 Comments

ނަދީމް ގޮޑިން ތެދުވެލިއެވެ. އަދި ފޮޓޯތައް ހާވާލިއެވެ. ކުރިން ފަހަރު ތަކެކޭ އެއްގޮތަށް މޫނު ވަނީ ފިއްސާލަފައެވެ. އަތުގެ އިނގިލިތައް ކަނޑާލާފައެވެ. “މިފަހަރު ފެންނަން ހުރި ހަށިގަނޑުގެ ބައިތަކަށް ބަލާފައި ހީވަނީ މިވެސް ވާނީ އުމުރުން 18 އަށް ވުރެއް ކުޑަ ކުއްޖަކަށް ހެން” ނަދީމް ފޮޓޯތަކަށް ބަލާލަމުން ބުނެލިއެވެ. “ޔާ… ހަށިގަނޑުގެ ހުރިހާ ތަނެއްގައި ވަޅި އަޅާފައި.. ބަލާބަލަ ބަނޑު ކަފާލާފަ… ގޮހޮރުގެ އެއްބައިވެސް ފެންނަން އެއޮތީ..” އާހިލް ނަދީމް އާއި ބައިވެރި ވެލިއެވެ. ރާއިދު ރާކިން އާއި ދިމާލަށް ބަލާލިއެވެ. ރާކިން އިނީ ފޮޓޯ ގަނޑެއް ހިފައިގެންނެވެ. “ރާކިން.. ރާކިންއަށް ހީވަނީ ކިހިނެއް” ރާއިދު ރާކިންގެ ހަރަކާތްތަކަށް ބަލާލަމުން ގޮވާލިއެވެ. “އަހަރެންނަށް ހީވަނީ އަހަރުމެންގެ ތެރެއިން މީހަކު ކުރާކަމެއް ހެން މީ” ފޮޓޯ ގަނޑުގައި  ހިފަހައްޓައިގެން އިދެ ރާކިން ބުނެލިއެވެ. “ތިބުނީ” އެންމެންނަށް އެއްފަހަރާ ކަހަލައިން އަހާލެވުނެވެ. ރާކިން އެންމެންގެ މޫނަށް ބަލާލިއެވެ. އަދި ފޮޓޯ ގަނޑު މޭޒު މައްޗަށް ވައްޓާލިއެވެ. “މިއީ ރޭގަ އަހަރެން ބުނި އެއްޗެއް،… އަހަރެން ބުނިން އިތުރު ބޮޑީއެއް ފެނުނީމައޭ އެނގޭނީ …އަހަރެންގެ ތިއަރީ އެއީ ތެދު އެއްޗެކަށް ވެއްޖެކަން… އެންޑް ނައު ލުކް..” ރާކިން އަޑުން އޭނަ ހިތްހަމަ ނުޖެހިފަ ހުރިކަން އެގިގެން ދިޔައެވެ. ނަމަވެސް ރާކިން ވާހަކަ ދެއްކީ މަޑުންނެވެ. ރާކިން އެއްލި ފޮޓޯ ގަނޑަށް އެންމެން ބަލާލިއެވެ. “ޔޫ އާސްކް ފޮ އެނަދަރ ބޮޑީ… ހިޔާރ އިޓް އިސް” އެފޮޓޯއިން ފެންނަން އިން ލިޔުން ކޮޅުގައި އިނެވެ. “އަހަރެން އެހެން ބުނި އިރު މިތަނުގައި ތިބީ މީހުން މިހާރުވެސް މިތަނުގައި މި ތިބީ.. ސޯ” ރާކިން މަޑުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. “ސަރ ތިބުނަނީ” ނަދީމް އޭނަގެ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. “ހައުކޭން ޔޫ ތިންކް ލައިކް ދެޓް..” ފަހުދު އަޑަށް ބާރު ލަމުން ބުނެލިއެވެ. “ހައު ކޭން އައި.. ބަލަ ތީގެން މީހަކު މިކަހަލަ ކަމެއް ނުކުރަންޏާ އަހަރެން އެހެން ބުނި ކަމެއް ކާކަށްތަ އެނގެނީ… އަހަރެން އެހެން ބުނީމަ މި އޮތީ ކުއްޖަކު މަރާލާފަ… އަނެއްކާ ކުރިން ފަހަރު ތަކަށް ވުރެއް މާ އަވަސް ވެފަ މި އޮތީ… ދެދުވަސް ތެރޭގަ އަނެއްކާ އަނެއް މަރު..” ރާކިން ވާހަކަ ދެއްކިއެވެ. “އަޅުގަނޑުމެންނަކީ މީހުން މަރާ ބައެއް ނޫން… ތިގޮތަށް ބުނީމަ އަޅުގަނޑު ވަރަށް ދެރަ ވެއްޖެ… މިތަނުގައި ވާ ކަންތައްތަކީ ހަމަ އެކަނި މިތަނުގައި ބާވަން ޖެހޭ ކަމެއް” އާހިލް އޭނަގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.

އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. “އެހެންވިއްޔާ އަހަރެން ސުވާލެއް ކޮށްލަން ބޭނުން… ރޭގެ ވާހަކަ މިތަނުން ކިތައްމީހުން އެހެން މީހެއް ކައިރީގައި ބުނީ” ރާކިން އަހާލިއެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެ އެކަކު އަނެކަކަށް ބަލާލިއެވެ. “އޯކޭ ލެޓް މީ ސްޓާޓް… އަހަރެން މި ވާހަކަތައް އަދި އަހަރެންގެ ތިއަރީ ވާހަކަ އަހަރެންގެ އަންހެނުން ކައިރީގައި ބުނިން…” ރާކިން ދުރުގައި ހުރި ބޯޑެއް ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. އަދި މާކަރެއް ނަގައިގެން ‘ފާތުމަތު ސުނާއު’ ލިޔެލިއެވެ. އަދި ފަހުދު އާއި ދިމާލަށް ބަލާލިއެވެ.

“އަހަރެން ބުނީ އަހަރެންގެ އަންހެނުން ކައިރީގައި … އައިޝަތު ލީލާ” ފަހުދު ބުނެލިއެވެ. އެވަގުތު ރާކިން އެނަން ވެސް ބޯޑުގައި ލިޔެލިއެވެ. އަދި ނަދީމްއާއި ދިމާލަށް އެބުރުނެވެ. “އަހަރެން… އަމް.. އަހަރެން ބުނީ.. މާއިން.. ކައިރީގައި… އައިޝަތު މާއިން..” ނަދީމް ވަރަށް އުދަގުލުން ބުނެލިއެވެ. އަދި ރާއިދުގެ މޫނަށް ބަލާލިއެވެ. އެވަގުތު ފަހުދު ކަރު ކެހިލިއެވެ. އާހިލްވެސް އަނގަމަތީގައި އަތް އަޅާލީ ހިނިގަނޑު ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ. ރާކިން އެނަން ވެސް ބޯޑުގައި ލިޔެލިއެވެ. އަދި އާހިލްއާއި ދިމާލަށް ބަލާލުމުން އާހިލް ބޯ ދެފަރާތަށް ހޫރާލިއެވެ. “އަޅުގަނޑު އެއްވެސް މީހެއް ކައިރީގައި ނުބުނަން” އާހިލް ބުނެލިއެވެ. “އޯކޭ… ސަރ.. އެއްވެސް މީހެއް ކައރީގައި ބުނިންތޯ” ރާއިދު އާއި ދިމާލަށް ރާކިން ބަލާލަމުން އަހާލިއެވެ. “ޔޭސް.. އަހަރެން ބުނަން ޖެހޭ މީހުން ކައިރީގައި އަހަރެން ބުނިން” ރާއިދު ބުނެލިއެވެ. “އެމީހުންނަކީ” ރާކިންއަށް އެއީ ކޮންބައެއްކަން އެނގޭ އިރުވެސް ސުވާލު ކުރިއެވެ. “ޑިރެކްޓަރ… ” އެވަގުތު ޑިރެކްޓަރގެ ނަންވެސް ރާކިން ބޯޑުގައި ލިޔެލިއެވެ. “އަހަރުމެންގެ ތެރެއިން މީހަކު މިކަހަލަ ކަމެއް ނުކުރާނެ” ނަދީމް ބުނެލިއެވެ. “އެހެންވެއްޖެނަމަ މި ލިޔުންކޮޅުގެ މާނަ އަހަރެންނަށް ނަދީމް ބުނެލަދީފާނަންތަ” އަނެއްކާވެސް އެފޮޓޮއަށް ބަލާލަމުން ރާކިން ބުންޏެވެ. ނަދީމް އެއްވެސް އެއްޗެއް ނުބުންޏެވެ. “އޯކޭ… ރާކިން އެބުނީ ދޮގެއްނޫން… އެކަމަކު އެހާ އަވަހަށް ތިގޮތަށް ނިންމައިގެންވެސް ނުވާނެ.. އަހަރުމެން އަދިވެސް ޖަވާބު ބޭނުންވާ ބައިވަރު ސުވާލު އެބަހުރި… ސޯ ލެޓްސް ސްޓާޓް.. އާހިލް ޑޫ ވަޓް އެވަރ ޔޫ ޑޫ އެންޑް ފައިންޑް ހޫ އިޒް ދިސް ގައި.. ފަހުދު އެންޑް ނަދީމް ގޯ ޓު ލެބް އެންޑް ފައިންޑް ސަމް އާންސާސް.. ރާކިން އައި ނީޑް ޓު ޓޯކް ޓު ޔޫ..” ރާއިދު އެންމެންނަަށް މަސައްކަތް ބެހުމަށްފަހު އިތުރު އެއްޗެއް ނުބުނެ އެތަނުން ނިކުތެވެ. ރާކިންވެސް ރާއިދުގެ ފަހަތުން އެތަނުން ނިކުތެވެ.

“ވަޓް ޔޫ ތިންކް ޔޫ އާ ޑުއިން..” ރާއިދު ގެ ކެބިންއަށް ވަދެ އިށީނަމުން ރާކިންއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “ވަޓް..” ރާކިން އަހާލިއެވެ. “އަހަރެން ރާކިން ޓީމަށް ނެގީ ތި ގޮތަށް މީހުންގެ ބޮލުގައި ތުހުމަތު އަޅުވާކަށް ނޫން… އެންޑް ރާކިންއަށްވެސް އެނގޭނެ އެތަނުގައި ތިބި މީހުންގެ ތެރެއިން އެކަކު ވެސް އެކަހަލަ ކަމެއް ނުކުރާނެކަން..” ރާއިދު ހިންހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. “ޔާ.. އެކަމަކު އެތަނުން މީހެއްގެ ފަރާތުން މިސްޓޭކްއެއް ހެދުނީމަ ދޯ އެ ލިޔުން އެގޮތަށް އެއޮތީ” ރާކިން ވާހަކަ ދެއްކިއެވެ. “އަހަރެން އެ އެންމެންނަށް އިތުބާރު ކުރަން..” ރާއިދު ބުނެލިއެވެ. “އެމީހުންނަށް… އަހަރެންނޫނީ.. އެހެންނުން” ރާކިން ރާއިދުގެ މޫނަށް ބަލާލިއެވެ. ރާއިދު އެއްވެސް އެއްޗެއް ނުބުނެ ރާކިންގެ މޫނަށް ބަލާލިއެވެ. “ހޫހް.. ތިއީ ދޯ ތި ވާ ގޮތަކީ .. ހީކުރަނީ ތަ އަހަރެންނޭ މިއީ ހޯލްއަކީ..” ރާކިންގެ އަޑު ކުޑަކޮށް ބާރު ވާން ފެށިއެވެ. “އަހަރެން އެހެނެއް ނުބުނަން.. އެކަމަކު ..” “އެކަމަކު ކިހިނެއްވީ.. ރާއިދު ހީކުރަނީ ކީކޭ ކަމައްތަ.. އަހަރެން މީ ސިކުނޑި ހަމަ ނުޖެހޭ މީހެއްކަމަށްތަ… މީހެއްގެ ދަރިއެއް މަރަން.. ބަލަ މަށަކީ ރާއިދުގެ…” ރާކިން ރުޅި ވެރިކަމާއި އެކު އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. “އަހަރެން އެއްވެސް ކަމެއް ނުކުރަން.. އެކަމަކު އަހަރެން މި ބުނަނީ ތެދައް… މި ކަމަކީ އަހަރުމެންގެ ތެރެއިން މީހަކު ކުރާ ކަމެއް..” އެހެން ބުނެލުމަށްފަހު ރާކިން އެތަނުން ނިކުމެގެން ދިޔައެވެ. ރާއިދު ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

“އަހަރެން ހިތަކަށް ނާރާ ނަދީމްއަށް ބުނަން ކެރޭނެއެކޭ” ފަހުދު ނަދީމްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “އެއީ ކީއްވެ.. އަހަރެންނަށް ނުކެރެންވީ.. އަހަރެންނަށް ކުރަން ކެރޭ ކަންތައްތަކުގެ ލިސްޓު ކިޔައިފި ކަމައްވަންޏާމު ފަހުދު ހޭނެތިގެން ވެއްޓޭނެ” ނަދީމް ހިނިތުންވުމެއް ރައްދު ކުރަމުން ބުނެލިއެވެ. ދެމީހުންގެ މިސްރާބު ހުރީ ލެބާއި ދިމާލަށެވެ. އާހިލް އޭނަގެ ލެޕްގެ ފިއްތަކަށް އޮބަމުން ދިޔައެވެ. މީހާގެ ސިކުނޑީގައި އެބުރެމުން ދިޔައީ އެކުއްޖާއަށް ކޮށްފަ ހުރި ވަރެވެ. މަސައްކަތުގައި އިންދަ އާހިލް ސިހިގެން ދިޔައީ މޭޒުމަތީގައި މީހަކު ވަރަށް ބާރަށް ޖެހުމުންނެވެ. ސިހިފައި ބަލާލިއިރު ރާކިން އިށީދެލައިގެން އިނެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހިންހަމަނުޖެހުމުގެ އަސަރެވެ. “ސޮރީ” ސިހިގެން ދިޔަ އާހިލް ފެނުމުން ރާކިން ބުނެލިއެވެ. އާހިލް ހިނިތުންވެލިއެވެ. “ކިހިނެއްތޯ ވީ ސަރ.. ހިންހަމަ ނުޖެހިފަ” އާހިލް އަހާލިއެވެ. “ކީއްކުރާނީ.. މިއީ ދުނިޔެ.. މިތަނުގައި އުޅޭ އިރު ހިންހަމަ ނުޖެހޭ ކަންތައްވެސް ވާނެ…” ރާކިން އާހިލް ކުރި ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. “އެއްޗެއް ފެނިއްޖެތަ” އާހިލް ލެޕްޓޮޕްގެ ފިއްތަކަށް އޮއްބަމުން ދިޔަ ވަރުން ރާކިން އަހާލިއެވެ. “ނޯ… އެކްޗުއަލީ… އައި ޑޯންޓް ނޯ ވަޓް އައި އޭމް ލުކިން.. ސަރ.. މިއަދު އަހަރެން ވަރަށް ޑިސްޓްރަކްޓް ވެފަ މިހުރީ.. ފުރަތަމަ އެހާ ހެނދުނާ އެ ފެނުނު މީހާގެ ހަށިގަނޑު އޮތް ގޮތުން،.. އެންޑް ސެކަން… ހައު ކޭން ޔޫ ތިންކް ދެޓް ވަން އޮފް އަސް އޭ..” އޭރުއް ސުރެއް ހިތުގައި ހިފަހައްޓައިގެން އިން ސުވާލު އާހިލް ރާކިންއަށް އަންގާލިއެވެ. “އައި އޭމް ސޮރީ އާހިލް.. އެކަމަކު އާހިލް އަކީވެސް އިރާދަ ކުރެއްވީތީ ރަނަގަޅު ސިކުނޑިއެއް ދެއްވާފައިވާ ޒުވާނެއް.. ވިސްނާލަބަލަ.. އަހަރެން ޓީމް ތެރޭގައި ދެއްކި ވާހަކަ އެއް ކީއްވެ ބޮޑީއެއް ކައިރިން ފެންނަން ވީ.. އެއީ ޓީމް މީހެއްގެ މަސައްކަތް ނޫނީ އަހަރުމެންނަށް އެވާހަކަ ދެއްކުނު މީހުންގެ ތެރެއިން މީހެއްގެ މަސައްކަތް..” ރާކިން ބޯޑަށް ބަލާލަމުން ބުނެލިއެވެ، “އެތަނުގައި …ގިނައީ …އަންހެނުން..” އާހިލް އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. “އަންހެނުންނޭ ކިޔާފަ ނުކުރާނެއޭ ބުނާކަށް ނުވާނެ.. އެންޑް ޑިރެކްޓަރ ވެސް އެއިނީނުން..” ރާކިން އާހިލްގެ މޫނަށް ބަލާލިއެވެ. “ސަރ ތި ދައްކަވާ ވާހަކަ އެއްވެސް ހަމައެއް ނުޖެހޭ.. ފުރަތަމަ އަޅުގަނޑު ގަބޫލެއް ނުކުރާނަން މި ޓީމްގެ މީހެއް އެކަހަލަ ކަމެއް ކޮށްފާނެއެކޭ.. އެންޑް އެތަނުގައި ސަރގެ އަންހެނުންގެ ވާހަކަ ވެސް އެބައިން.. ތި ބުނަނީ އޭނަވެސް އެކަހަލަ ކަމެއް ކޮށްފާނެއޭތޯ.. އެންޑް ޑިރެކްޓަރ.. ވައި” އާހިލްއަށް ރާކިންއަށް ޖަވާބު ދެމުން ބުނެލިއެވެ. “ދެޓްސް އަ ގުޑް ކުއިޝަން… ވައި..” ރާކިން އެ ބޯޑަށް ބަލާލަމުން ބުނެލިއެވެ.

“ކީކޭތަ އޭނަ ހީކުރަނީ… އޭނައަށް ހުންނަނީ އޭނަ ފެނިފަ” ނަދީމް ރުޅިވެރި ކަމާއި އެކު ބުނެލިއެވެ. “ކާކަށް” ފަހުދު ފައިލްގެ ތެރެއަށް ބަލަމުން އަހާލިއެވެ. “ކާކަށް.. ސީރިއަސްލީ.. ނޭނގޭތަ ކާކު ކަމެއް.. ރާކިން.. އޭނަ ޖެހޭތަ އަހަރުމެން ކުރި ކަމެކޭ ބުނަން.. ބަލަ އަހަރުމެންނަކީ ސިކުނޑި ހަމަ ނުޖެހޭ ބަޔަކީތަ.. މީހުން މަރަން..” ފަހުދު އަތުން ފައިލް އަތުލަމުން ނަދީމް ރުޅި ވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން އެކަމެއް ނުކުރަން.. އަހަރެންނަށް އެނގޭ އާހިލްއަކީ މީހަކު ކީއްކުރަން މެއްސެއްވެސް މަރަން ކެރޭނެ ކުއްޖެއް ނޫން.. އެންޑް ރާއިދު ސަރ އަކީ ފިޒިކަލީ މީހަކު މެރުމަށް ވުރެއް މެންޓަލީ ގޮތުން މީހަކު މެރުމަށް ލޯބި ކުރާ މީހެއް.. ސޯ އަހަރުމެން ތިންމީހުންގެ ތެރެއިން އެކަކުވެސް މީހަކު ނުމަރާ.. ނަދީމް މީހަކު މަރާފާނަންތަ..” ފަހުދު ހަމަޖެހިލަމުން ހަށަން ބަދެލަމުން ނަދީމްއާއި ދިމާލަށް ބަލާލިއެވެ. “ވަޓް… ނޯ.. އޮފް ކޯޒް.. ނޯ..” ނަދީމް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “ސޯ.. ވައި އާ ޔޫ ސޯ ސްކޭޑް ..” ފަހުދު ނަދީމްގެ ކޮޑުގައި ޖެހިލަމުން ލެބްއާއި ދިމާލަށް ހިގައިގަތެވެ. “ސްކެއާޑް.. ނޯ އައި އޭމް ނޮޓް ސްކެއާޑް..” ނަދީމް މީހާ ހަމައަކަށް އަޅުވަމުން ބުނެލިއެވެ.

އާހިލް ރާއިދު އޭނައާއި ހަވާލު ކުރި މަސައްކަތް ނިންމާލެވޭތޯ ބަލަމުން ދިޔައެވެ. ރާކިން ލެޕް ހިފައިގެން އައިސް ކޮންމެވެސް އެއްޗެހިތަކެއް ހޯދަމުން ދިޔައެވެ. ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ އަވަސްކަމާއި އެކު ޖަވާބު ލިބޭނެ ގޮތެވެކެވެ. ރާއިދު އައިސް އެތެރެއަށް ވަނެވެ. “އާހިލް އެއްވެސް އެއްޗެއް” ރާއިދު ވަތްގޮތަށް ހަރު އަޑުން ބުނެލިއެވެ. އާހިލް ބަލާނުލާ އިދެ ބޯ ގުޑުވާލިއެވެ. “އާހިލް” އެމަންޒަރު ނުފެނުމާއި އެކު ރާއިދު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. “ލައްބަ..” ސިހިފައި އާހިލް ބުނެލިއެވެ. ރާކިންގެ މޫނަށް ހިނިތުންވުމެއް އައީ އާހިލްއަށް ވި ގޮތް ފެނުނީމައެވެ. “އަޅުގަނޑަށް އަދި އެއްވެސް އެއްޗެއް ނޭނގޭ..” އާހިލް ބުނެލިއެވެ. “ރާކިން” ރާކިންގެ ހަރަކާތްތަކަށް ބަލަމުން ރާއިދު ބުނެލިއެވެ. “ކިހިނެއް އެއްޗެއް ހޯދޭނީ.. އެއްވެސް ތާކުން ނެތް މީހެއް ގެއްލިގެން އުޅޭކަމަށް ރިޕޯޓް ކޮށްފައެއް… އެމީހާއަށް ކޮށްފަ ހުރި ވަރު ސަރއަށްވެސް ފެންނާނެ.. މޫނު ފިއްސާލާފަ.. އަތުގަ ހުރި ހުރިހާ އިނގިއްޏެއް ކަނޑާލާފަ.. އަދި އެވަރުން ނުފުދިގެން މިފަހަރު އެއޮތީ އެކުއްޖާގެ ބަނޑުވެސް ފަޅާލާފަ.. އަހަރެން ހިތަށް މި އަރަނީ އިނގިލިތައް ގެންދިޔަ އިރު ހުރިހާ ލޭތަކެއް ނުގެންދިޔައީ ކީއްވެހޭ..” ރާކިން ކުރަމުން ދިޔަ މަސައްކަތް ކުރަމުން ބުނެލިއެވެ. ރާއިދުގެ މޫނަށް ބަލާވެސް ނުލައެވެ. ރާއިދު ދަތްޕިލަ ފިއްތާލިއެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެއެވެ.

“އަޅުގަނޑު އެބަ އަންނަން” ރާކިން އިރުކޮޅަކު އިނުމަށްފަހު އެތަނުން ތެދުވިއެވެ. އަދި މަޑު ހިގުމެއްގައި ލިފްޓަށް އެރިއެވެ. ޑިރެކްޓަރ އޮފީސް އިންނަ ފަންގިފިލާއަށް ފިއްތާލިއެވެ. “އަޅުގަނޑު ސުވާލެއް ކޮށްލަން ބޭނުން” ޑިރެކްޓަރ ކެބިންގައި ޓަކި ޖަހާލަމުން އެތެރެއަށް ވަންނަމުން އަހާލިއެވެ. އެވަގުތު އެތާ އެތެރޭގައި ދެ ޕޮލިހުން މަޑުކޮށްލައިގެން ތިބި ކަން ރާކިންއަށް އެނގުނީ އެތެރެއަށް ވަދެވުނު ފަހުންނެވެ. “ސޮރީ.. ބަޓް ވަރަށް އަރޖެންޓް ސުވާލެއް ކޮށްލަން..” ރާކިން މާފަށް އެދެމުން ޑިރެކްޓަރ އާއި ދިމާލަށް ބަލާލިއެވެ. ޑިރެކްޓަރ ދެލޯ ބޮޑު ކޮށްލިއެވެ. “ކިހިނެއްވީ..” އެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ގޮޑީގައި ހަމަޖެހިލަމުން ޑިރެކްޓަރ އަހާލިއެވެ. ރާކިން އެވަގުތު އެތަނުގައި ތިބި މީހުންނަށް ބަލާލިއެވެ. “އެމީހުން ތިއްބަސް އޯކޭ..” ޑިރެކްޓަރ ބުނެލިއެވެ. ރާކިން ބުމަ މައްޗައް އަރުވާލިއެވެ. އޯކޭ އޭ ބުނާ ކަހަލަ ގޮތަކަށެވެ. “ރޭގަ ދަންވަރު ޑިރެކްޓަރ އުޅުއްވީ ކޮންތާކުތޯ..” ރާކިން ހަމަޖެހިލަމުން ޑިރެކްޓަރ މޫނަށް ކަޅި ހުއްޓާލައިގެން ހުރެ އަހާލިއެވެ. “ވަޓް..” ހައިރާންކަމާއި އެކު ޑިރެކްޓަރ އަހާލިއެވެ. “ސަރ އަކީވެސް އަޅުގަނޑުމެންގެ ލިސްޓުގައި އިން ސަސްޕެކްޓެއް… އެހެންވެ ސުވާލު ކޮށްލީ..” ރާކިން ހަމަ އެހުރި ގޮތަށް ހުރެ ޖަވާބު ދިނެވެ. އެވަގުތު އެތަނުގައި ތިބި ދެޕޮލިހުން އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ޑިރެކްޓަރގެ މޫނަށް ބަލާލިއެވެ. “ޔޫ ގައިސް ކޭން ޕްލީޒް ގިވް އަ މޫމެންޓް” ޑިރެކްޓާރ ހަމަޖެހެމުން އެދެމީހުންނަށް ބުނެލިއެވެ. ބޯ ޖަހާލަމުން ދެމީހުން ބޭރަށް ނިކުންނަމުން ރާކިންއާއި ދިމާލަށް ކަޅި އަޅާލިއެވެ.

“މޮޔަވީތަ… ކޮން ސަސްޕެކްޓެއް… އެންޑް އަހަރެން ކުރި މަތީގަ ތިކަހަލަ ސުވާލު ކުރަން ރާކިންއަށް ކެރުނީތީވެސް އަހަރެން ހައިރާން ވެއްޖައީން” ޑިރެކްޓަރ ގޮޑިން ތެދުވެ ރުޅިވެރިކަމާއި އެކު ރާކިން އާއި ދިމާލަށް ބުންޏެވެ. “އަޅުގަނޑު ވަޒީފާ އަދާކުރާއިރު އެއްވެސް މީހަކަށް ބެލުމެއް ނެތް… ތިވަރަށް ތި ހާސްވަނީ އަނެއްކާ ނުބައެއް އުޅެނީތޯ..” ޑިރެކްޓަރގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ނަގައިގަންނަމުން ރާކިން އަހާލިއެވެ. “ބުނަން ރާކިން..” “އަޅުގަނޑުގެ ސުވާލަށް ޖަވާބު ދިނުން އެއީ އެހާ އުދަނގޫ ކަމެއްތޯ” ރާކިން ޑިރެކްޓަރގެ ޖުމްލަ މެދު ކަނޑާލަމުން އަހާލިއެވެ. މަޑުމައިތިރިކަމާއި އެކުގައެވެ. “ރާއިދުއަށް އެނގޭތަ މިތަނަށް ރާކިން އައިކަން..” ޑިރެކްޓަރ ފޯނު ނަގަމުން އަހާލިއެވެ. “އާދެ… ރާއިދު އެއީ އަޅުގަނޑުގެ ބޮަސް… އޭނައަށް ނޭނގި އަޅުގަނޑު އެއްވެސް ކަމެއް ކުރާނެތޯ..” ރާކިންގެ މޫނަށް ކުޑަ ހިނިތުންވުމެއް މެދުވެރިކުރަމުން ޖަވާބު ދިނީ މަޑުމައިތިރި ކަމާއި އެކުގައެވެ. އެހެން ބުނުމާއި އެކު ޑިރެކްޓަރ ފޯނުން ރާއިދުއަށް ގުޅާލިއެވެ. “ހަމަ މިހާރު ކެބިންއަށް އާދޭ” އެއްވެސް އެއްޗެއް ރާއިދުއަށް ބުނާނެ ވަގުތު ނުދީ ޑިރެކްޓަރ ފޯނު ކަނޑާލިއެވެ.

ރާއިދު ހާސްކަމާއި އެކު ހޯލްއިން ނިކުމެ ލިފްޓަށް އަރާ ހަތްވަނަ ފްލޯއަށް ފިއްތާލިއެވެ. ލިފްޓް ދޮރު ހުޅުވުމާއި އެކު މަޑު ހިގުމެއްގައި ގޮސް ޑިރެކްޓަރ އޮފީހުގެ ދޮރުގައި ޓަކި ޖަހާލިއެވެ. “ވަދޭ” ޑިރެކްޓަރގެ އަޑު އިވިގެން ދިޔައެވެ. ރާއިދު އެތެރެއަށް ވަތް އިރު ރާކިން ޑިރެކްޓަރ ކުރި މަތީގައި ހުއްޓި ލައިގެން ހުއްޓެވެ. ޑިރެކްޓަގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. ވީ ގޮތް އެނގޭކަން ރާއިދު އަކަށް މާކަ ގިނައިރެއް ނުނެގިއެވެ. “ރާއިދު އަހަރެން ހިޔެއް ނުކުރަން ތިހާ ވިސްނޭ މީހަކު މިކަހަލަ މޮޔަ ކަމެއް ކޮށްފާނެއެކޭ…” ރާއިދު ފެނުމާއި އެކު ޑިރެކްޓަރގެ އަޑު ގުގުމައިގެން ދިޔައެވެ. “ކިހިނެއްތޯ ވީ..” ރާއިދު ރާކިންގެ މޫނަށް ބަލާލަމުން ޑިރެކްޓަރގެ މޫނަށް ބަލާލިއެވެ. ރާކިންގެ މޫނުގައިވާ ފަޑު ހިނިތުންވުން ރާއިދުއަށް ފާހަގަ ކުރެވުނެވެ. “ކިހިނެއްވީ ހޭ.. ބަލަ އަހަރެންނާއި ސުވާލު ކުރަން ކަލޭމެން ތީ ކާކު.. މަށަކީ މިތަނުގެ ޑިރެކްޓަރ.. އިހްތިރާމްއޭ ކިޔާ އެއްވެސް އެއްޗެއް ކަލޭމެންގެ ނެތީތަ..” ރުޅިވެރިކަމާއި އެކު ޑިރެކްޓަރ ވާހަކަ ދެއްކިއެވެ. “ބައްލަވާ.. ޑިރެކްޓަރ.. އަޅުގަނޑަށް ތިއީ ކޮންބޭފުޅެއްކަން އެނގޭތީ މި ފުރަތަމަ ޑިރެކްޓަރ އަރިހަށް ރާކިން ފޮނުވީ.. އެހެން ނޫންނަމަ މިތަނަކަށް ނައަންނާނަން….. އެހެންނޫނަސް ޑިރެކްޓަރ އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވާ ވަޒީފާ މި އަދާ ކުރަނީ.. އަޅުގަނޑުމެންގެ ހުވާ ހަނދާނެއް ނުނެތޭ އަދި އެއް.. އެހެންވީމަ ޑިރެކްޓަރ އެއް…  ގައުމުގެ ރައީސެއް.. އަދި އާދައިގެ ދެރަ ފަންތީގެ ރައްޔިތެއް އަޅުގަނޑުމެންނަށް ހަމަހަމަ.. ސުވާލު ކުރީ އޭގެ ޖަވާބު ބޭނުންވާތީ.. ނޫނީ އެހެން ގޮތްގޮތަށްވެސް ޖަވާބު ހޯދާކަށް އަޅުގަނޑުމެންނަށް އުދަގުލެއް ނުވާނެ..” ރާއިދު ހަމަ ޖެހިލަމުން ހަށަން ބަދެލަމުން ޑިރެކްޓަރ މޫނަށް ބަލާލަމުން ރައްދު ޖަވާބު ދިނެވެ. ރާކިން ހައިރާން ކަމާއި އެކު ރާއިދުގެ މޫނަށް ބަލާލިއެވެ. ޑިރެކްޓަރވެސް ފާޑަކަށް ރާއިދުގެ މޫނަށް ބަލާލިއެވެ. “އަވަހަށް ސުވާލުގެ ޖަވާބު ދެއްވާ.. އޭރުން އަޅުގަނޑުމެންނަށް މަސައްކަތުގެ ދެން ހުރި ބައިތައް ފުރިހަމަ ކުރެވޭނީ..” ރާއިދު ބުނެލިއެވެ. “އަހަރެން ރޭގަ އޮތީ ގޭގަ.، އަންހެނުން އެކަމަށް ހެކި ވާނެ..” ޑިރެކްޓަރ މޫނު ފޮހެލަމުން ޖަވާބު ދިނެވެ. “ސީ… ދެޓްސް ނޮޓް ސޯ ޑިފިކަލްޓް.. އިޒިންޓް އިޓް….” ރާއިދު އެއްކޮލުން ހީލަމުން އެހެން ބުނެލުމަށްފަހު އެތަނުން ނިކުތެވެ. “ތެންކިއު ސަރ.. އަދި އެކަން ޔަގީން ކުރުމަށް ސަރގެ އަނބިކަބަލުންނާއި ވާހަކަ ދައްކަވަން ޖެހިދާނެ.. އެހެންވެ އެވާހަކަ ބުނެލީ” ރާކިން ހިނިތުންވެލަމުން ބޭރަށް ނިކުތެވެ.

ރާކިން ބޭރަށް ނިކުތުމާއި އެކު ރާއިދު ރާކިންގެ އަތުގައި ހިފާފައި ގެންގޮސް މީހުން ސިގިނރޭޓް ބުއިމަށް ހަދާފައި ހުންނަތަކަށް ވައްދާ ކޮށްޕާލިއެވެ. އޭރު އެތަނުގައި ދެތިން މީހަކު ސިގިނރޭޓް ބޯން ތިއްބެވެ.  “ނިކުމޭ.. ހަމަ މިހާރު ނިކުމޭ..” އެތަނުގައި ތިބި މީހުންނާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ރުޅި ވެރިކަމާއި އެކު ރާއިދު ބުނެލިއެވެ. އެވަގުތު އެތަނުގައި ތިބި އެންމެން ބިރުން ނިކުތެވެ. ނިކުތުމާއި އެކު ރާއިދު ދޮރު ލެއްޕުމަށްފަހު ރާކިންއާއި ދިމާލަށް ބަލާލިއެވެ. ރާކިން އޭރު ހުރީ އޭނަގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ރާއިދު ހިފެހެއްޓިލެއް ބާރު ކަމުން ތަދު ވީ ކަންނޭގެއެވެ. “ގަދަ އިނގޭ.. އަހަރެން ހިޔެއް ނުކުރަން ރާއިދުގެ ހަށިގަނޑުގައި އެކަހަލަ ސިފައެއް ހުންނަ ކަމެއްވެސް..” ރާކިންއަށް ކިތައްމެ ތަދުވިތަސް އެކަން މޫނު މަތިން ދައްކާކަށް  ބޭނުމެއް ނުވިއެވެ. “ގަދައޭ.. ބަލަ ކަލެއަށް ވަނީ މިއީ މަޖާކަމަކަށްތަ.. އެމީހާ އެއީ އަހަރުމެންގެ ވެރިޔާ އޭ..” ރާއިދު ރާކިންއަށް ވުރެއް އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނުލެއް ބޮޑުވިއެވެ. އޭނައަށް އެވީ ކިހިނެއް ހެއްޔެވެ. ދުވަހަކުވެސް މީގެ ކުރިން އެގޮތަށް އޭނައަށް ވުރެއް މަތީ މީހަކާ ވާހަކަ ދައްކާފައެއް ނުވެއެވެ. “ކިހާ މަޖާ..” ރާކިން ކުރިއަށް ޖެހިލަމުން ބުނެލިއެވެ. “މަޖާ… މަޖާ.. ބަލަ ކަލޭ ހިތައް އެރި ގޮތަކަށް މަސައްކަތް ކުރިޔަސް އަހަރުމެން މަސައްކަތް ކުރަން ޖެހޭ ގޮތްތަކެއް ހުރެއޭ.. އަހަރުމެން ފޮލޯ ކުރަންޖެހޭ ޕްރޮޓޮކޯލް ތަކެއް ހުރެއޭ.. ހަމަ ހިތައް އެރީމަ ގޮސް ޑިރެކްޓަރ އާއި ސުވާލުކޮށްފަ.. ހިތައް އެރީމަ މީހެއްގެ ލާރިގަނޑު ކާލާކަށް..” ރާއިދު ރުޅިވެރިކަމާއި އެކު ބުނެލިއެވެ. އެންމެ ފަހުން ބުނި ބަހާއި އެކު ރާކިންގެ މޫނުގެ ކުލަވަރު ބަދަލު ވިއެވެ. “އަހަރެން ބުނިންތަ އަހަރެންނާއި އެއްކޮޅަށް އެތަނުގައި ހިފާށޭ.. އެ.. އެއްމެ ފަހަރަކުވެސް ބުނިންތަ.. ބުނެބަލަ.. އަދި މާ ރީތި މީހަކަށް ވެގެން.. އަހަރެން ކުރިންވެސް އަދި މިހާރުވެސް އަދި މިވަގުތު ވެސް މި ބުނަނީ.. އަހަރެން މަސައްކަތް ކުރަނީ އަހަރެންގެ ‘ގަޓް’ ބުނާގޮތައް.. އަދިވެސް ހަދާނީ އެހެން.. އެންޑް މިފަހަރު އަހަރެންގެ ގަޓް ބުނަނީ މިއީ އަހަރުމެންގެ ތެރެއިން މީހަކު ކުރާ ކަމެކޭ… ޕޮލިހެއް ކުރާ ކަމެކޭ… އެންޑް ފޮ ޔުއަރ ކައިންޑް އިންފޮމޭޝަން ބްރޯ.. އައި ޑިޑިން ޓޭކް ދެޓް މަނީ” ރުޅި ވެރި ކަމާއި އެކު ރާއިދުއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނުމަށްފަހު އެތަނުން ނިކުމެގެން ރާކިން ދިޔައެވެ. ރާއިދު މައިނޭވާއެއް ބޭރުކޮށްލިއެވެ.

ފަހުދު އާއި ނަދީމް އައިސް ކޮންފަރެންސް ރޫމްއަށް ވަނެވެ. އޭރުވެސް އާހިލް ހޭ ހުއްޓާލާފައި ލެފްގެ ފިއްތަކަށް ބާރު ކުރަމުން ދިޔައެވެ. “ކޮބާ ދަރިޔާ.. ކަމެއް ވާ ވަރު ވެއްޖެ” އާހިލްގެ ބުރަކަށީގައި ޖަހާލަމުން ނަދީމް އަހާލިއެވެ. “ނޭނގެ.. ހީވަނީ އެންމެ އަވަހަށް ގޮސް އަޅުގަނޑު އައިނު ހައްދަން ވީހެން..” އާހިލް އެއިން ގޮތަށް އިނދެ ބުނެލިއެވެ. “ރަނގަޅު… އާހިލް ލޮލެއް ހައްދަންވީ.. އަހަރެން ސިކުނޑިއެއް ހައްދަންވީ.. ނަދީމް އެއްވެސް އެއޗެއް ހަދަން ބޭނުންވޭތަ..” ފަހުދު ބުނެލިއެވެ. ނަދީމް ހިނިތުންވުމެއް ރައްދު ކޮށްލަމުން އަނެއްކާވެސް ފޮޓޯތަކަށް ބަލަން ފެއްޓިއެވެ. “އަޅެ ކީއްތަ ވާނީ މީހުން މަރާފަ އަޅުގަނޑުމެންނަށް އިނގިލި ކޮޅު ދޭނަމަވެސް… އޭރުވެސް ކުރަން ޖެހޭ މަސައްކަތް ފަސޭހަވާނެތާ..” އާހިލް ނަދީމްއާއި ފަހުދު އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އެމީހަކު އެއުޅޭނީ އަހަރުމެންނަށް ފަސޭހަ ކުރާކަށްނޫނޭ.. އޭނަ އެބުނަނީ ކަލޭމެން ކިތައްމެ މޮޅުވިޔަސް ތިމަންނައެއް ނުހިފެހެއްޓޭނެއޭ.. އެންޑް އައި ވިލް ޑޫ އިޓް އެގެއިންނޭ..” ނަދީމް ބުނެލިއެވެ. “ޔާ … ދެޓް ސްކޭޑް މީ..” އާހިލް އޭނަގެ ކަރުމަތީގައި އަތް އަޅުވާލަމުން ބުނެލިއެވެ. ހީވަނީ މާބޮޑަށް ވަރު ބަލިވީހެންނެވެ.

“ލެބް އިން އެއްވެސް އެއްޗެއް އެނގޭ ވަރުވިތޯ” އާހިލް އަހާލިއެވެ. ‘ކޮންތާކު.. ނޭނގެ އަދި.. މަށަށް ހީވަނީ އަދިވެސް ވަރަށް ގިނަ އިރު ނަގާނެހެން.. ކޮބާ ރާއިދުސަރ އާއި ރާކިންސަރ” ފަހުދު އަހާލިއެވެ. “އައި ހޭވް ނޯ އައި ޑިއަރ” އާހިލް ލެޕްއާއި ކައިރިވެލަމުން އަހާލިއެވެ. ކިތައްމެ މަސައްކަތެއް ކުރިޔަސް ކުރިއެރުން ނުލިބޭނެކަން އެނގޭއިރުވެސް އެންމެންވެސް މަސައްކަތް ކުރަމުން ދިޔައީ ކުރިމަތިވެފާ އޮތް ބޮޑު މައްސަލަ ނިއްމޭތޯއެވެ. ރާކިން އައިސްވަނީ އެންމެވެސް ކޮންމެވެސް އެއްޗެއް ފެނޭތޯ ބަލަމުން ދަނިކޮށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ރާއިދުވެސް އައިސް ވަނެވެ. ރާކިންގެ މޫނުމަތިން ފެންނަން ހުރި ހިތްހަމަނުޖެހުން އެންމެންނަށްވެސް ނަގައިގަނެވެ. ނަމަވެސް އެކަން ނުދައްކާ މަސައްކަތާއި ހަވާލުވީ އަވަހަށް މިކަންތައް ނިމުމުން އޭނައަށްވެސް ފަސޭހަ ވާނެތީއެވެ.

ގަޑި ހިގަމުން ދިޔައެވެ. ޖަވާބު ނުލިބޭ އެތައް ސުވާލެއް ކުރެވިގެން ދިޔައެވެ. ހެނދުނު ދިހައެއް ޖެހި އިރުވެސް މަރުވެފައިވާ ކުއްޖާގެ މައުލޫމާތެއް ނުހޯދުނެވެ. ސަބަބެއް ކަމުގައި ކޮންމެ މީހަކުވެސް ބުނަނީ ޑޭޓާގައި އެެއްވެސް މައުލޫމާތެއް ނެތުމެވެ.އަދި މީހަކު ގެއްލިގެން އުޅޭކަމަށް އެއްވެސް މިހަކު މައުލޫމާތު ދީފައި ނުވާތީއެވެ. “ސަރ” ކުއްލިއަކަށް އެތެރެއަށް ވަދެގެން އައި އެތަނުގައި މަސައްކަތް ކުރަން އުޅޭ ޕޮލިހެކެވެ. “ވަރަށް އަވަހަށް ދުރުވެ ދެއްވާ” އެހެން ބުނުމަށްފަހު އެމީހަކު ބޭރަށް ނިކުތެވެ. ރާއިދު އެންމެންގެ މޫނަށް ބަލާލަމުން ކޮންފަރެން ރޫމްއިން ބޭރަށް ނިކުތެވެ. އޭރު އެތަނުގައި ހުރި ޓީވީ އިން ދިހައެއްގެ ހަބަރު ދައްކަނީއެވެ. ރާއިދުގެ ފަހަތުން ގްރޫޕް އެންމެން ނިކުތެވެ. ހަބަރުން ދައްކަމުން ދިޔައީ އެންމެ ފަހުގެ ވިކްޓިމްއެވެ. “އަޅުގަނޑުމެންނާއި ވާހަކަ ދައްކަމުން ސަބް އިނިސްޕެކްޓަރ އަހުމަދު ފަހުދު މިއަދު ހެނދުނު ފޯނުން ވިދާޅުވެފައިވަނީ އަދިވެސް މިކަންތައްތަކުގައި މީހަކު ހައްޔަރު ކުރެވިފައި ނުވާކަމަށާއި ނަމަވެސް ވަރަށް އަވަހަށް މީހަކު ހައްޔަރު ކުރާނެ ކަމަށެވެ. ނަމަވެސް މި ޓީމްގެ ތިއަރީއެއް ވާކަމަށާއި މިހާރު މަސައްކަތް ބެލެމުން ދަނީ މި ތިއަރީގެ މައްޗަށްކަމަށް ބުނެފައިވެއެވެ” ހަބަރު ކިޔަމުން ދިޔަ މީހާ ބުނަމުން ދިޔައެވެ. “އަދި އިތުރަށް މި އަނިޔާވެރި އަމަލު ހިންގާ މީހާގެ އަމާޒަކަށް ވެފައިވަނީ ދިވެހި ޕޮލިހުންނާއި އެމީހުންގެ އާއިލާކަމަށް ފަހުދު ވިދާޅުވެފައި ވެއެވެ.” އެމީހާ އިތުރު ކޮށްލިއެވެ. ފަހުދު ރާއިދު އާއި ދިމާލަށް ބަލާލިއެވެ. އަދި އެތަނުގައި ތިބި ފަހަރަކު މީހަކާއި ދިމާލަށް ބަލާލިއެވެ. އެންމެންގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ ފަހުދު އާއި ދިމާލަށެވެ. ފަހުދުގެ މޫނުމަތިން ހައިރާންކަން ފާޅުވަމުން ދިޔައެވެ.

ރާއިދު ބާރު ހިގުމެއްގައި ކޮންފަރެސް ރޫމް ތެރެއަށް ވަނެވެ. އަދި ރާކިންވެސް ފަހުދުއަށް ބަލާލަމުން އެތެރެއަށް ވަނެވެ. ނަދީމްއާއި އާހިލްވެސް އެއްވެސް އެއްޗެއް ނުބުނެ އެތެރެއަށް ވަނެވެ. ފަހުދު މަޑުމަޑުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި މަޑު ހިގުމެއްގައި އެތެރެއަށް ވަނެވެ. “ހައު ކޭން ޔޫ ޑޫ ދިސް..” ރާއިދު ބާރު އަޑަށް ފަހުދުއަށް ހުއްޓުން އެރިއެވެ. “އަހަރެން ހިޔެއް ނުކުރަން ފަހުދު ތިކަހަލަ ކަމެއް ކޮށްފާނެއޭ… ބަލަ ކާކު ކައިރީގައި އަހާފައިތަ އެވަރުގެ އެކްޝަންއެއް ނެގީ” ރާއިދުގެ އަޑު މަޑުވާ ގޮތެއް ނުވިއެވެ. ރާއިދު ހުރީ ރުޅި އައިސް ރަތްވެފައެވެ. ފަހުދު އެކަހަލަ ކަމެއް ކުރާނެކަމަކަށް ރާއިދު އެއްވެސް ފަހަރެއްގައި ހިޔެއް ނުކުރެއެވެ. އަނެއްކޮޅުން މީޑިއަރއަށް އެވާހަކަ ގެންދަންވީ ކީއްވެ ހެއްޔެވެ. އެގޮތަށް އެވާހަކަ ގެންދިޔައީމަ ވާނެ ގޮތް އޭނައަށް ނުވެސް އެނގެނީ ހެއްޔެވެ. “އަޅުގަނޑު… ނު.ބުނަން” ފަހުދު އަޅައިގަންނަމުން ބުންޏެވެ. “ނުބުނަމޭ.. ބަލަ ނުބުންޏާ ފަހުދުގެ ނަން އެމީހުންނަށް އެނގެންވީ ކީއްވެ.. އެމީހުންނަށް އަހަރުމެންގެ ތެރޭގައި އޮންނަން ޖެހޭ ވާހަކައެއް ކީއްވެ އެގެންވީ..” ރާއިދު ހަޅޭލަވައިގަތެވެ. “ހަމަ އަސްލަށް.. އަޅުގަނޑުގެ ނަން އެމީހުންނަށް އެނގުނު ގޮތެއް ނޭނގެ.. އެންޑް އަޅުގަނޑު ކީއްވެ..” “ހުއްޓާލާ.. ކޮންމެހެން ބަހަނާތަކެއް ދައްކާނެ ކަމެއް ނެތް.. އަހަރެން ބޭނުންވަނީ ތެދު” ރާއިދު އަނެއްކާވެސް ހަޅޭލަވައިގަތެވެ. އާހިލް ސިހިފައި ކައިރީގައި ހުރި ގޮޑީގައި ބާރަށް ހިފަހައްޓާލިއެވެ. ރާކިން ހުރީ ފަހުދުގެ މޫނަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެންނެވެ. ހީވާ ކަހަލައެވެ. އޭނަ ކޮންމެވެސް ޖަވާބެއް ހޯދަނީއެވެ. “ސަރ އަޅުގަނޑު” “ކޮންމެހެން މިކަމުގެ ތެރެއަށް ނަދީމް ވަންނާނެ ކަމެއް ނެތް.. ފަހުދު އަހަރެން ކަލެއަށް އެއް ފުރުސަތު ދޭނަން.. ތެދައް ބުނޭ.. މީޑިއަރ އަށް ހަބަރު ދިނީ ކީއްވެ” ނަދީމް ވާހަކަ ދެއްކުމުން އިތުރަށް ރުޅިގަދަ ވެފައި ރާއިދު ފަހުދުއަށް ބަލާލިއެވެ. “އަޅުގަނޑު ނުބުނަން… ނޭނގެ،..” “އެންމެ ރަނގަޅު އިތުރަށް ދޮގު ނުހެދިޔަސް.. ފަހުދު އަހަރެން ބުނަން ދެން ގެއަށް ދޭ” ރާއިދު އިސްޖަހާލަމުން މީހާ ހަމަޖެހުމައްޓަކައި ނޭވާއެއް ލިއެވެ. “ވަޓް.. ބަޓް ސަރ.. އަޅުގަނޑު..” ފަހުދުގެ ވާހަކަ މެދު ކަނޑާލީ ރާއިދުގެ އަތުގެ ހަރަކާތެވެ. “ސަރ.. ޕްލީޒް..” ނަދީމް ވާހަކަ ދައްކަން ފެއްޓުމުން ނަދީމްއާއި ދިމާލަށް ރާއިދު ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. “އަހަރެން ބުނަންދެން ފަހުދު އޮފީހަށް ނައިސް ގޭގަ މަޑުކޮށްލާ.. އަހަރެން ބުނަންދެން..” ރާއިދު ބުނެލިއެވެ. ރާކިންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އާހިލްއަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. “އަޅުގަނޑު ކަމެއް ނުކުރަން..” ފަހުދު އެހެން ބުނެލުމަށްފަހު ތޮފި ނަގައިގެން އެތަނުން ނިކުތެވެ. “ދެޓްސް ނޮޓް ފެއަރ ސަރ” ނަދީމްވެސް ހިތްހަމަނުޖެހިގެން އެހެން ބުނެލުމަށްފަހު ބޭރަށް ނިކުތެވެ. “ސޭމް… ސީރިއަސްލީ…” މަލާމާތް ކުރާ ފާޑަށް ރާކިން ހީލަމުން ރާއިދު އާއި ދިމާލަށް ބުނެލުމަށްފަހު އޭނަވެސް ބޭރަށް ނިކުތެވެ. ރާއިދު ބަލާލީ އާހިލްއާއި ދިމާލަށެވެ. “ޔޫ ވޯންޓް ސޭ އެނީ ތިން” އާހިލް ބަލަން ހުރުމުން ރާއިދު ރުޅިވެރިކަމާއި އެކު ބުނެލިއެވެ. އާހިލް އިސްޖަހާލީ ތި ކުރި ކަމަކީ ގޯސް ކަމެކޭ ބުނެލާ ފަދަ ގޮތަކަށެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ތިޔަ ލޯބި މިހިތަށް ލިބުމެއް ނެތީއޭ..

Next

ތިޔަ ލޯބި މިހިތަށް ލިބުމެއް ނެތީއޭ.. (2ވަނަ ބައި)

Next
November 15, 2014

ތިޔަ ލޯބި މިހިތަށް ލިބުމެއް ނެތީއޭ.. (2ވަނަ ބައި)

Previews
November 14, 2014

ތިޔަ ލޯބި މިހިތަށް ލިބުމެއް ނެތީއޭ..

17 Comments!

  1. sham says:
    November 14, 2014 at 9:12 pm

    Fathimath sunau ey 😛 sunau ei girl nameh noon dho 😛 anyway story nice

  2. gurl says:
    November 14, 2014 at 9:17 pm

    Woowww.
    this is so interesting.
    Waiting for the next part 😀

  3. nisha ge friend says:
    November 14, 2014 at 10:03 pm

    sunau ei girl name eh..ei arabin suna jaha iru fahathuga inna alif leema kiyaa goi..i have a friend named nishau…but everyone called her nisha…and btw even if its a boy name it isnt a problem..ei eyna bappage name ah ves vedhane hama..

  4. nash says:
    November 14, 2014 at 10:08 pm

    varah reethi mi vaahaka!!!!!!!patientlywaitin 4 da nxt part…..avahah up kohdhy…….ekam adhives thankolheh dhigukoh………!!!!

  5. maw says:
    November 15, 2014 at 12:51 am

    aslu mivaahaka kiyaa iru vaahakaige thereah varah bodah vadhevifa innanyy… varah salhi…
    i can just imagine how it would be … policeman ehge life.. by reading this story.. mi storyga ulheyy characters in hama sifa vaa kahala… hehe..
    nd are you a policeman?? i looove this story:)

  6. sal says:
    November 15, 2014 at 8:17 am

    v thafaathu v reethi vaahakaeh. avahah up kurahchey

  7. Shadhi says:
    November 15, 2014 at 9:48 am

    Aslu ma kurin heekuree e fahudh kuraakameh kamah ekam mi part ga ver gothun heevanee fahdh eh nun hen.. vedhaane raakin ge wife ge kamakah vs.. nunee vedhaane messeh marah nukere kujjage kamakah ves… nuni vedhaane nadheemge gf ah ves..mage sakku mihaaru othee e thin meehunah.. nice story keep it up..

  8. aalaa says:
    November 15, 2014 at 7:25 pm

    nice n thafaathu..

  9. Fantasy says:
    November 16, 2014 at 8:40 am

    hurihaa kudinge lobi comment thakah v bodah thnks.. and sory konme kujjehge comment ah vaki vakin reply nukureveythee igey 🙂
    sham aslu enan kiyaa kudin ulhey.. ey v anhen name eh dhoo nishage frend..
    maw fantasy aky polihuga ulhey kujjeh nun igey 🙂
    nash alhe v adhives dhigu kohtha beynun vany 😛

  10. nash says:
    November 16, 2014 at 11:47 am

    yeah!!!!!
    Aeee massalaeh tha!!!

  11. nash says:
    November 16, 2014 at 11:50 am

    i’m sorry if its a problem!!!!!:(…anyways once again this story is v nice <3

  12. nishan says:
    November 16, 2014 at 12:25 pm

    Sunau ei firiheneh nameh inge 😛
    Meehaku ehen buneytho ma meeni 😛 sunaa ei anhen name sunau ei firihen..

  13. Fantasy says:
    November 16, 2014 at 12:46 pm

    hehehe… nun nash.. eiy massala eh nun.. ekam miah vireh dhigu kohlan veema kudakoh udhagu vedhaanethee.. ekam fantasy try kuraanan igey nash 🙂
    vvv bodah thnks lobi comment ah igey 🙂
    baeh name hurey dhoo firihen kudinah ves n anhen kudinah ves kiye name nuntha nishan… egothah sunau eiy ves eyge name eh 😛

    1. Faxoo says:
      January 12, 2016 at 6:06 pm

      yaa Fantasy.. baeh annhen kudhinnah hurey ehen kiyaafa. dhen neynge heheh 😀 by the way the story is awesome! and varah suspect in vx gina 😀

  14. nishan says:
    November 16, 2014 at 12:55 pm

    But sunau ei dhe jins nameh noon.. 😉

  15. nash says:
    November 16, 2014 at 2:24 pm

    udhagu vanyaa ok mivaruves…………

  16. uma says:
    November 16, 2014 at 6:12 pm

    maain kuraa kamakaa varah wahtharu….varu varun nadhym kairy ehi wiyya nukiyaa dheyn ulhunyma wes….

Comments are closed.

Next Episodeޤާޠިލް… 06 ވަނަ ބައި…←


All Right Reserved!