Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނަން އުމުރަށް – 34 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
October 13, 2019 5 Mins Read
54 Comments

“މޮމް….ޝީ ކާންޓް ސީ…” ދެލޯމަރާލަމުން އިއްބާން ބުނެލިއެވެ. އިއްބަން އެހެން ބުނުމާއެކު އައިރީންއާ ނާހިދުއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު އިއްބާން ހުރީ ނޭވާ ހިފަހައްޓާލައިގެނެވެ.

▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

“ދަރިފުޅާ….” އަނގައިން ބަސް ހުސްވެފައިވާފަދަ ގޮތަކަށް ނާހިދުއަށް ބުނެލެވުނެވެ. އައިރީން އިއްބާންއަށް ބަލާލަމުން ލޫންއަށް އޭނާގެ ނަޒަރު އަމާޒުކޮއްލިއިރު އެދެލޮލުން އެކައްޗެއްވެސް ދޭހައެއްނުވިއެވެ. އެމޫނުމަތިން ފެނުނީ ކަމަކާ ވިސްނާކަހަލަ ކުލަވަރެކެވެ. އޭރު ޝާހިދުމެން ތިބީ އިއްބާން ލޫންއަށް ނުފެންނަ ވާހަކަ ނާހިދުމެން ކައިރީގައި ނުބުނުމުން ފުދޭވަރަކަށް ހިތްހަމަނުޖެހިފައެވެ.

“ބައްޕާ…މަންމާ…….” އިއްބާން އޭނާގެ މާޒީ އެންމެނަށް ކިޔާދޭން ފެށިއެވެ. އޭނާއާ ލޫން ފުރަތަމަ ދިމާވި ދުވަހާއި ލޫން އޭނަގެ ހަޔާތުން ދިޔަގޮތްވެސްމެއެވެ. އަދި ދެ އަހަރުފަހުން ދިމާވިގޮތްވެސް ކިޔާދިނެވެ. އޭރު މުޅި ތަނަށްވަނީ މަރުފަދަ ހަމަހިމޭންކަމެއް ވެރިވެފައެވެ.

“މަންމާ، އަޅުގަނޑު ކާރު ދުއްވިލެއް ބާރުކަމުން…ލޫންގެ ގައިގަ ޖެހުނީ، އަހަރެންނާހެދި އެހެންވީ، ބައްޕާ، އަޅުގަނޑު ލޫންދެކެ ވަރަށް ލޯބިވޭ….” އިއްބާން އެހެން ބުނެލިއިރު އެދެލޮލުން ކަރުހިލުނެވެ. އަދިވެސް އޭނާއަށް އަމިއްލަ ނަފްސު ކުއްވެރިކުރެވެނީއެވެ. އޭނާ އެހާ ބާރަށް ކާރު ނުދުއްވިނަމަ އެހެން ނުވީހޭ ހިތައްއަރަނީއެވެ. އޭރު އައިރީންއާ ނާހިދު ތިބީ ޝޮކެއްގައެވެ. އެދެމީހުން ފިޔަވާ އެންމެންނައްވެސް ލޫންއަށް އެހެން ދިމާވީ ކިހިނެއްކަން އެނގެއެވެ. ނަމަވެސް އިއްބާން އެންމެންކައިރީގައި މަންމައާއި ބައްޕަ ކައިރީގައި އެވާހަކަ ނުބުނަން އެދުމުން ސުވާލުއުފެދިފައި ހުރެވެސް އެންމެން އެކަން ސިއްރުކުރީ އިއްބާންގެ އެދުމުގެމަތިންނެވެ.

“ދަރިފުޅާ….” އައިރީންގެ ލޮލުން ކަރުނަހިލުނެވެ. އޭރު ނާހިދުވެސް ކަރުނަވީ ދެލޮލުން އިއްބާންއާ ދިމާލަށް ބަލަން އިނެވެ.

“މަންމާ…ބައްޕަ…” އިއްބާން ބުނަން އުޅުނެވެ. ކުއްލިއަކަށް ނާހިދު ކޮޅަށް ތެދުވުމުން އެންމެނަށްވެސް ނޭވާ ހިފަހައްޓާލެވުނީ ނާހިދު ކުރަން އުޅޭކަމެއް ނޭނގުމުންނެވެ. އޭރު ލޫން އިނީ ސައިރާގެ އަތުގައި ހިފަހައްޓާލައިގެން އިއްބާން ދައްކާ ވާހަކަ އަޑުއަހާށެވެ.

“ދަރިފުޅާ، ބައްޕަ ރުހި ގަބޫލު މި ކައިވެންޏާ…” އިއްބާންގެ ކޮނޑުގައި ހިފަހައްޓާލަމުން ނާހިދު ބުނެލީ ހީލަމުންނެވެ. ނަމަވެސް ނަހިދުގެ ދެލޯވަނީ ކަރުނައިން ތެމިފައެވެ.

“ތެދެއް ބެން، މަންމަވެސް ގަބޫލު، މަންމައަށް އިހުސާސް ކުރެވިއްޖެ ދަރިފުޅު ލޫންދެކެވާ ތެދުވެރި ލޯބި…” އައިރީންވެސް ބުނެލީ ލޫންއާ ދިމާލަށް ބަލާލަމުންނެވެ. އޭރު އެންމެންގެހެން ދެލޯ ކަރުނުން ފުރިފައިވިއެއްކަމަކު މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ފެންނަން ހުއްޓެވެ. އިއްބާންއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ބައްޕައާ މަންމަ ގައިގައި ބައްދައިގަނެވުނެވެ. އޭރު ލޫންއިނީ ޝޮކެއްގައެވެ. ގަބޫލުކުރަން ދަތިވެފައެވެ.

“ނާހިދު….ޝުކުރިއްޔާ….” ނާހިދު ގައިގައި ބައްދާލަމުން ޝާހިދު ބުނެލިއިރު ދެލޯވަނީ ކަރުނުން ފުރިފައެވެ.

“އެހެ، ދެން ތީ ޝުކުރުއަދާކުރާވަރުގެ ކަމެއް ނޫނޭ، އެދެކުދިން އެކަކު އަނެކެއް ދެކެވާ ތެދުވެރި ލޯބި އިހުސާސްކުރެވި ލޮލުން ފެނުނީމަ މި އެއްބަސްވީ…” ހީލަމުން ނާހިދު ބުނެލީ ޝާހިދުގެ ބުރަކަށީގައި ޖަހާލަމުންނެވެ.

“ލޫން ދަރިފުޅާ…..” ލޫންގެ ކައިރީގައި އިށީންނަމުން އައިރީން ލޫންއަށް ގޮވާލީ އިސްތަށިގަނޑުގައި ފިރުމާލަމުން އޯގާތެރިކަމާއެކުގައެވެ.

“ދައް…….” ލޫން އެއްޗެކޭ ބުނަން އުޅުނެވެ.

“ދެން ދައްތަ ނުކިޔާ…ދުވަސްކޮޅަކުން ދެން ލޫންވެސް މަންމަގެ ދަރިފުޅަކަށްވާނީ…މަންމަ ކިޔާ…” ހީލަމުން އައިރީން ބުނެލިއެވެ.
ލޫންވެސް ލަދުރަކި ގޮތަކަށް ހީލިއެވެ.

ދެން ދެކެވެން ފެށުނީ ކައިވެނި ކުރާނެ ދުވަހަކާއި، ކައިވެނީގެ ހެދުމާއި، ކުލައާއި ޕާޓީ ބާއްވާނެ ތަނަކާމެދުގައެވެ.

“ދަރިފުޅު ބުނެބަލަ ދެން ކައިވެނި ކުރާނެ ދުވަހެއް…” ސޯފާތަކުގައި ތިބި އެންމެންގެ މޫނުމަތިން ފެންނަމުންދިޔައީ ހިނިތުންވުމެކެވެ.

“އަމް، ދެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް ކިހިނެއްވާނެތަ؟…” ހީލަމުން އިއްބާން ބުނެލިއެވެ. އެއީ އޭނާއާއި ލޫން ނިންމާފައިވާގޮތެވެ.

“އެހެ، ހާދަ އަވަހަކަށް ދަރިފުޅާ، އެކަމުވެސް އޯކޭ ބައްޕަމެންނަށް..” ނާހިދު ބުނެލިއެވެ.

“ލައްބަ ބައްޕާ، އަޅުގަނޑު ބޭނުމެއްނޫން އަނެއްކާ ލޫން ގެއްލޭކަށް…” އިއްބާން ބުނެލިއެވެ. އެހެން ބުނުމާއެކު މުޅި ތަނަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ.

“އާން، ދެން ކޮންކުލައެއްތަ ނަގަނީ؟…” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލުމުގެ ބޭނުމުގައި އައިޝަމް ބުނެލިއެވެ.

“ތެދެއް ލޫން ދަރިފުޅާ…ލޫން ބުނެބަލަ ކުލައެއް…” އައިރީންވެސް ހީލަމުން ބުނެލިއެވެ.

“ބާންއަށް ރީތި ކުލައެއް އަޅުގަނޑަށް އޯކޭ…” ލަދުރަކި ގޮތަކަށް ހީލަމުން ލޫން ބުނެލިއެވެ.

“އަމް…ގޯލްޑް އެންޑް ރެޑް ކިހިނެއްވާނެތަ؟…” ވިސްނާލަން ހުރުމަށްފަހު އިއްބާން އެންމެންނަށް ނަޒަރެއް ދެމުން ބުނެލިއެވެ. އެންމެންނައްވެސް އެކުލަ ކަމުދިޔައެވެ.

ދެން ދެކެވެން ފެށުނީ ކަވެނި ޕާޓީ ބާއްވާނެ ތަނަކާއިމެދުގައެވެ. އެތައް މަޝްވަރާއެއް ކުރުމަށްފަހު އެމީހުންގެ ރިޒޯޓުގައި ޕާޓީއާއި ކައިވެނީގެ ހުރިހާ ކަމެއް ނިންމަން މަޝްވަރާކުރިއެވެ. މީގެ އިތުރުން ބޭރުން ވެޑިން ޕްލެނަރެއްގެންނަންވެސް ނާހިދު ނިންމިއެވެ. މިކައިވެންޏަށް ފެންފަދައިން ފައިސާ ހަރަދުކުރާކަށްވެސް ނާހިދު ފަހެއްނުޖެހޭނެއެވެ. އޭނާގެ ލޯބިވާ ދަރިންނައްޓަކައި އޭނާ ކޮންމެފަދަ ކަމެއްވެސް ކުރާނެއެވެ.

______________________________________________

“އައިލީން….ދަރިފުޅާ ދޭބަ ކިޔާން އާއެކު އެއަރ ޕޯޓައް…މިޔަދު ކިޔާންގެ މަންމައާ ބައްޕަ ދުރުވާނެ…..” ހީލަމުން އައިރީން ބުނެލީ ކާކޮޓަރީގައި ލިޒީއަށް ކާންދޭން އިން އައިލީން ކައިރީގައެވެ. މިހާރު އަބަދުހެން އައިލީން އުޅެނީ މިގޭގައެވެ. ލޫން ގޮވައިގެން އައިސްލާފައި ނޫނީ އެހެން ކުރަންޖެހޭ މުހިންމު މަޝްވަރާއެއް ކުރުމުގެ ބޭނުމުގައެވެ. ކާކޮޓަރި ކުރި ކަނޑާފައި ބޭރަށް ދާން ނުކުންނަން އުޅުނު އައިޝަމްއަށް އައިރީން ބުނި ޖުމުލަ އަޑުއިވުނެވެ.

“ލީން..ހިނގާ..މިހާ……..” ކާކޮޓަރިއަށް ވަންނަމުން ކިޔާން ބުނަން އުޅުނެވެ.

“ކިޔާ…ބްރޯ…..” ކުއްލިއަކަށް އައިޝަމް ކިޔާންގެ ކޮނޑަށް އަތް ވައްޓާލަމުން ކިޔާންއަށް ގޮވާލީ އަކުރުތަކަށް ދަމާލަމުންނެވެ. އައިޝަމް ކިޔާންއަށް ގޮވާލި ގޮތަކުން އައިރީން ގާތަށް ހިނިއައެވެ. އޭނާގެ ދަރިފުޅު އެއުޅެނި ކޮންމެސް ކަމެއް ކިޔާންގެ ފަރާތުން ބޭނުން ވެގެން ކަން އެދެލޮލުގައިވި ކުލަވަރަކުން އައިރީންއަށް ނަގައިގަނެވުނެވެ.

“ކީކޭ؟؟……” ކުއްލިއަކަށް އައިޝަމް އައިސް އޭނަގެ ކޮނޑަށް އަތް ވައްޓާލުމުން ކިޔާން ހުރީ ފުދޭވަރަކަށް ސިހިފައެވެ.

“ބްރޯ…މަ ދާނީ އިނގޭ އައިލީން ގޮވައިގެން…” ތަންކޮޅެއް މަޑުން އައިޝަމް ބުނެލީ މަންމަ އެތާގައި ހުރުމުންނެވެ.

“ސީރިއެސްލީ….” ހިނިއައި ނަމަވެސް ކިޔާން ބުނެލީ ލޯ ހަނި ކޮއްލަމުން އައިޝްއާ ދިމާލަށް ބަލާލަމުންނެވެ.

“.ޕްލީޒްޒްޒް….” ބުނަން ނުބުނަން ހުރެފައިވެސް އައިޝަމް ބުނެލީ ކިޔާންގެ ކަންފަތްދޮށުގައެވެ. އޭރު އެބުމަ ކުޑަކޮށް ގޮއްޖެހިފައިވެއެވެ. ކިޔާންގެ ދެލޯ ބޮޑުވިއެވެ. އައިޝަމްއަކީ ދުވަހަކުވެސް މީހެއްގެ ކައިރީ “ޕްލީޒް” އަދި “ސޮރީ” މި ދެލަފްޒު ބުނަން ބޭނުން ނުވާ މީހެއްކަން އެންމެ ރަނގަޅަށް އެނގޭނީ އޭނައަށެވެ. މަޖުބޫރުވެގެން ނޫނީ އައިޝަމް ނުބުނާނެއެވެ.

“އަމް..” ކިޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭރު އައިލީންއާ އައިރީންވެސް ތިބީ އެދެ ޒުވާނުން ދޭތެރޭގައި ދެކެވުނު ވާހަކައެއް އެނގޭން ބޭނުންވެފައެވެ. ހާއްސަކޮށް ކިޔާންގެ މޫނަށް ވެރިވި ކުލަވަރު ފެނިފައެވެ.

ކުއްލިއަކަށް ކިޔާންގެ މޫނަށް ވެރިވި ހައިރާންކަމުގެ ކުލަވަރު ކެނޑުނުއިރު އެ ތުންފަތްމަތިން ފެނުނީ ލާނެތް ހިނިތުންވުމެކެވެ.

“އަމް…ސޯ..އަހަރެން ދަނީ…އައިލީން…ހިނގާ..” ކިޔާންގެ އެ ލާނެތް ހިނިތުންވުން ފެނުމާއެކު އައިޝަމް އަވަސް އަވަހަށް އެހެން ބުނެލަމުން އައިލީންއަށް ގޮވާލިއެވެ.

“ކޮންތާކަށް؟…” ލިޒީގެ އަނގަޔަށް ރޮށިކޮޅެއް ލައްވަދެމުން އައިލީން ބުނެލީ ވާނުވާ ނޭނގިފައި ހުރުމުންނެވެ.

“ޕިސް ޕިސް…..ޝޭން..ތިން މީހުން ދިޔައީމަ ނިމުނީނު….ކޮންމެހެން ޖޭވާނެ ކަމެއް ނެތޭ…އަހަރެން ނޫޅެން އައިލީން ކާލާ…..” ހެމުން ކަހަލަ ގޮތަކަށް ކިޔާން ބުނަން އުޅުނު ޖުމުލަ ހުއްޓުނީ އައިޝަމް ކިޔާންގެ މޭމަތީގައި އަތްއަޅާ ކޮއްޕާލުމުންނެވެ. އައިރީންއަށްވެސް ކުޑަކޮށް ވާނުވާ އެނގުމުން ހިނިއައެވެ.

“އައިލީން..ދައްތަ އަތަށް ދީ…ދައްތަ ލިޒީއަށް ކާންދޭނަން….ދަރިފުޅުދޭ އަވަހަށް ޝޭންމެންނާއެކު…” ހީލަމުން އައިރީން ބުނެލިއެވެ. ވާނުވާ ނޭނގިފައިހުރެވެސް އައިލީން ކިޔާންމެންނާ އެކު ދާންހިނގައިގަތެވެ.

_______________________________________________

“އެހެހެ..ދެން ޝޭންވެސް ދޯ….” ކިޔާން އައިލީންއަށް މީގެ ތިރީސްވަރަކަށް މިނެޓު ކުރިން އައިޝަމް ކީ އެއްޗެހި އަލިފުން ޔާއަށް އައިލީންއަށް ކިޔައިދިންއިރު އައިލީންވެސް ހުރީ ހިނިއައިސްފައެވެ. އޭނަ އުފާވެސްވިއެވެ. އައިޝަމްވެސް އޭނަދެކެ ރުހޭހެން އޭނައަށް ހީވެއެވެ. އަދި ޒޯހާންމެން ދައްކާފައިވާ ވާހަކައިން އޭނާއަށް އެކަން ޔަގީންވެސް ވިއެވެ. ޒޯހާންމެން ބުނާގޮތުގައި އައިޝަމްއަކީ އަންހެން ކުދިންދެކެ ނިކަން ރުޅިއަންނަ ފޫހިވާ ޒުވާނެކެވެ. އެކަމު އައިލީންއާހެދި އައިޝަމް އެހާ ވަރު ހުރުމުން ޒޯހާންމެން ތިބެނީ އަންތަރީސްވެފައެވެ.

އައިޝަމްހުރީ ކިޔާން އެވާހަކަ އައިލީން ގާތުގައި ބުނުމުން ފުދޭވަރަކަށް ކަޑަވެފައެވެ. ނަމަވެސް އެ ކަޅުކަންގަދަ ބުމަ ގޮއްޖަހާލައިގެން އެ އަސަރުގަދަ ދެލޯ ރޭބަން އައިނަކުން ފޮރުވާލައިގެން ހުރިއިރު ހުރީ ކާރުގައި އެއްފައި އަޅުވާލައިގެނެވެ. އޭރު ގިނަ މީހުންގެ ތޫނުނަޒަރުތަށް އައިޝަމްއަށް ހުއްޓިފައިވުމުން އައިޝަމްގެ މޫނުމަތިން ފޫހިކަމުގެ ކުލަވަރެއް ފެނިލިއެވެ.

“މޮމް..ޑޭޑް…” ކުއްލިއަކަށް އެއަރ ޕޯޓުން ނުކުމެގެންއައި ދެމަފިރިން ކައިރިއަށް ޖެހިލަމުން ކިޔާން ބުނެލީ ހީލުމަކާ އެކުގައެވެ.

“ދަރިފުޅު ކިހިނެއްތަ؟..” އިސްތަށިގަނޑުގައި ފުދޭވަރަކަށް ނުރަ ޖަހާފައި ހުރިނަމަވެސް އެ މޫނަށް ބަލާލާފައިވެސް ޝަހްތިއްޔަތު ވަރުގަދަކަން ފާހަގަވެއެވެ.

“ރަނގަޅު…ބައްޕަ ކިހިނެއްތޯ؟…” ކިޔާން އޭނާގެ ބައްޕަ އާރިފްގެ ޖަވާބަށް ރައްދުދިނީ އިހުތިރާމާއެކުގައެވެ. އާރިފުވެސް ރަނގަޅޭ ބުނެލިއެވެ.

“މަންމާ…މަންމަ ކިހިނެއްތޯ؟..” ކިޔާން އާރިފްކައިރީގައި ހުރި އޭނާގެ މަންމަ ސަލްވާ ކައިރީގައި އަހާލިއެވެ.

“މަންމަވެސް ރަނގަޅު ދަރިފުޅާ….ޝޭންއަށް އެހުރީ ކިހިނެއްވެފަތަ؟…” ސަލްވާ ބުމަގޮއްޖަހާލައިގެންހުރި އައިޝަމްއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. އައިޝަމް ސަލްވާ ފެނުމާއެކު އެދިމާލަށް މިސްރާބުޖެހިއެވެ.

“އެހެ…އެދެންހަމަ އެހެން ކޫސަނި ކަމަކާ ރުޅިގަދަވެފަ…” ހީލަމުން ކިޔާން ބުނެލިތަނާހެން އައިޝަމް އެމީހުންކައިރީގައި އައިސް ހުއްޓިލިއެވެ. އޭރު އައިލީންހުރީ ކާރުކައިރީގައި ފޯނުން ލީޝާ ގުޅުމުން އޭނާއާ ކޮންމެސް ވާހަކައެއް ދައްކާންށެވެ.

“ހެއި އާރިފްބޭ…ހެއި ސަލްވައްތާ….” ހީލަމުން އައިޝަމް އެދެމީހުނާ ސަލާމްކޮއްލިއެވެ. އެދެމަފިރިންވެސް ބަދަލުގައި ހީލިއެވެ.

“އެކާކު….ކިޔާ…ދަރިފުޅު ރައްޓެހިވެގެން އުޅޭ ކުއްޖާތަ އެއީ….” ހީލާމުން ސަލްވާ ބުނެލީ ކާރު ކައިރީގައިހުރި އައިލީންއާ ދިމާލަށް ބަލާލަމުންނެވެ. ކިޔާން ގާތަށްއައީ ނުލަފާ ހިންޏެކެވެ. އޭރު އައިޝަމްހުރީ ހިތިއެއްޗެއް ބޮވުމުން އަނގައްޔައް ޖައްސާކަހަލަ ވައްތަރެއް ޖައްސައިގެނެވެ.

“ހިނގާބަލަ އިންޓްރޮޑިއުސްކޮއްދޭން މަންމައަށް….” އެދިމާލަށް ދާން ކުރިއަށް ފިޔަވަޅެއް އަޅާލަމުން ސަލްވާ ބުނެލިއެވެ.

“ސަލްވައްތާ…އެއީ އަޅުގަނޑުގެ ގާރލް ފްރެންޑްއޭ…” އައިޝަމްއަށް ބުނެވުނީ ބޭއިހުތިޔާރުގައެވެ. ކިޔާންއަށް ހިނިގަނޑު ހިފަހައްޓާލެވުނީ ކިރިޔާއެވެ. އައިޝަމްއަށްވެސް އޭނާއަށް އެބުނެވުނު އެތި ފަހުމުވުމުން ވަރަށް ނުވާކަމައް ހަދާލާފައި ދުރަށް ނަޒަރު ހުއްޓާލަމުން އިސްތަށިގަނޑުގައި އަތުން ފުނާއަޅަން ފެށިއެވެ.

“މޮމް…ޑޭޑް…ހިނގާ ދަމާ ދެން…” އަވަސް އަވަހަށް ކިޔާން ބުނެލީ ހިނިގަނޑު ހިނދާލަމުންނެވެ. ސަލްވާމެން ހިނގައިނުގަންނަނީސް އައިޝަމް ގޮސް އައިލީން ކައިރީގައި މަޑުކޮއްލިއެވެ.

“ކާރައްއަރާ…ކީއްވެ ތި ހުންނަނީ….” އައިޝަމް އަހާލީ ކިޔާންމެން ކާރަށް އެރިއިރުވެސް އައިލީން ކާރަށް ނޭރުމުންނެވެ.

“ދެންމެ ބެން ގުޅީ..ބުނީ ބައިގަޑިއިރު ތެރޭގައި އަންނާނެއޯ ވެޑިން ޕެލެނަރ….އޭނާގެ ކަންތައް މާ އަވަހަށް ނިމުނީމަ އަވަހަށް މިކޮޅަށް އަންނަން ބޭނުންވެގެން ދެންމެ ގުޅާފަ ބުނީ..މިހާރު ފްލައިޓުގައި އިނީ ބައިގަޑިއިރު ތެރޭގަ އަންނާނެ…..އެހެންވެ….” އައިލީން ބުނެލިއެވެ.

“އޮވްހް….ކިޔާ…ތިމީހުންދޭ…އަހަރެމެންދާނަން ފަހުން…” އައިޝަމް ކިޔާންއާ ދިމާލަށް ދެލޯ ހަނިކޮއްލާފައި ބަލާލަމުން ބުނެލިއެވެ. ކިޔާން ހިނިގަނޑެއް ޖަހާލާފައި ކާރު ކުރިއަށް ދުއްވާލިއެވެ.

– 30 ފަސް –

ދެމީހުންގެ މެދައްވެސްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ކީއްވެކަމެއް ނޭނގެއެވެ. އެކަކައްވެސް މިޔަދު އިސްނަގައިގެން ވާހަކަ ދައްކާކަށް ނުކެރުނެވެ. އައިޝަމް އިނީ ކުރާނެ އިތުރު ކަމެއް ނެތުމުން ފޯނުން ގޭމެއް ކުޅޭށެވެ. އޭރު އައިލީން އިނީ ފޫހިވެގެންގޮސް އަނެއް އަތަށް އަޅާފައެވެ. ފޯނުން ގަޑި ބަލާލާފައި ކުރިމަތިބަލާލި ވަގުތު އައިލީންއަށް ކޮޅަށްތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އައިލީން ތެދުވިގޮތުން ކައިރީގައިއިން އައިޝަމްގެ އަތުން ފޯނުވެސް ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އައިޝަމްއަށް އައިލީން ތެދުވިގޮތުން ހީކުރެވުނީ ކަމެއްވީކަމަށެވެ. އައިލީން ބަލަހައްޓައިގެންހުރި ދިމާލަށް އައިޝަމްވެސް ބަލާލުމާއެކު އެކަޅުކަންގަދަ ބުމަގޮއްޖަހާލެވުނެވެ. އޭރު އައިލީންހުރީ ގަބޫލުކުރަން ދަތިވެފައިވާހާލު ކަޅިޖަހާނުލައި ކުރިމައްޗަށް ބަލަހައްޓައިގެނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ވަޢުދު (ނަވާރަވަނަ ބައި)

Next

އައިނާ 10 (ދިހަވަނަބައި)

Next
October 14, 2019

އައިނާ 10 (ދިހަވަނަބައި)

Previews
October 12, 2019

ވަޢުދު (ނަވާރަވަނަ ބައި)

54 Comments!

  1. malsamalkkomal says:
    October 13, 2019 at 8:28 pm

    Salaam readers…mi othee up koalaafa…sorry engy ehaa lahun up koaladhevuneema..insha allah varah avahah next part up koaladhynan…ekm mi part kuruvedhaane ingy..btw readers ah heevanee aileen ah ehn evee keeve ehn? Kiyuntherinnah heevaa goii ves buneladhehchy…
    Lve ya all.
    Nyts.sweet dreams.❤❤❤.

  2. nash says:
    October 13, 2019 at 8:35 pm

    varah reethi haadha curious kohlaafa thi ninmaaly………whn next avahah up kohladhehchey……….keep it up dear. thi age aa balaafa story hama habeys. gabool vs niukurevey 12 year sge kuhjeh liyefa oiye story ehkamah

    1. Malsa Moosa says:
      October 14, 2019 at 10:48 pm

      Awwwwn..thanms nash.?.insha allah varah avahah next part up koaladhynan.?.

  3. Maisha maii says:
    October 13, 2019 at 10:15 pm

    Wow??❤… Varah reethi mi bai vx????❤…. Aileen ah evii kihineh baa dhw.. So curiously. Konirakun aneh bai genesdhenii? Varah kiyaalaa hithun mihiree????.avahah up kohla dhehchey. Waiting ingey☺?.. Good night mal?. Sweet dreams? luv you ????

    1. Malsa Moosa says:
      October 14, 2019 at 10:50 pm

      Awwn.thanks mai..yh..aileen ah evee kihinehbaa dhw?.next part in engyne oka…yh..will tru avahah up koaldhevytho.nyts..sleep tight mai..ly♥?.

  4. Maisha maii says:
    October 13, 2019 at 10:16 pm

    Wow??❤… Varah reethi mi bai vx????❤…. Aileen ah evii kihineh baa dhw.. So curiously. Konirakun aneh bai genesdhenii? Varah kiyaalaa hithun mihiree????.avahah up kohla dhehchey. Waiting ingey☺?.. Good night mal?. Sweet dreams? luv you more ????

    1. Maisha maii says:
      October 13, 2019 at 10:27 pm

      Oops?… Sorry ingey. Neyngi 2 comment gohssa eh inee

    2. Malsa Moosa says:
      October 14, 2019 at 10:51 pm

      Ehehe…its ok mai.

    3. Malsa Moosa says:
      October 14, 2019 at 10:51 pm

      Thanks❤.

  5. SARAH says:
    October 13, 2019 at 11:56 pm

    Alhey varah reethi mi part vx♥️♥️??❤️❤️….ekam haadha dhigu inthizaareh….. Next part varah avahah up koh dhehchey♥️???

    1. Malsa Moosa says:
      October 14, 2019 at 10:52 pm

      Thanks sharah..ehehe..sorry for that ingy…insha allah next part varah avahah up koaldhynan.?.

  6. ❤️lamee❤️ says:
    October 14, 2019 at 7:20 am

    Varah reethi aneh part thankolheh avas kohlahchey . Varah curious Vefa meedhee kaakutho balaalan .

    1. Malsa Moosa says:
      October 14, 2019 at 10:54 pm

      Thanks lam..yh..try kuraanan avahah up koaladhevytho.yh..malves varah curious vefa mihuree eii kaakuthoa balaanan…lets see dhw.??.nyts.

  7. Nayaa says:
    October 14, 2019 at 7:44 am

    Anehkr Kaaku baa e fenunee?? Super curious to knw who is that person.. As usual mi prt vx v perfect.. Lyssssm dear.. Whn is the next part??? ??????????❤️???????????????.. Aisham and aileen ge bai Gina kohladhehcheyy..

    1. Malsa Moosa says:
      October 14, 2019 at 10:56 pm

      Thanks nayaa…yh..malves varah curious vefa mihuree..kaakubaa dhw eii?.dhn next part in engyne.lve ya too.next part insa allah varhah avahah up koaladhynan.ahaha..okka..will try…nyts.♥.

  8. Fortnite says:
    October 14, 2019 at 8:35 am

    Amayyooi.. Kaakubaa e Fenunee?? Curious to know that.. Finifenmaa Haadha dhuvaheh kohlaafa ey thi episode upload kollee.. Ekam mihaaru abadhu foohi vefa innaakau nujehey.. Ehennun vaanee.. Finifenmaa mi site au reethi stories upload Kuran feshi fahun hama v vannan mi site au.. Fortnite mi site in vaahaka kiyan feshithaa dhuvaskolheiy fahun anekkaaves sosun maleiy folhigen aissi.. Ehenve Abadhuves mi site thereyga indhevenee.. Hehe.. Mal sifakodhdheefa hurileh v loabi ingey.. Mihaaru hama improve vamun thi dhanee.. Finifenmaa v molhu ingey Maasha Allah.. Wish you the very best of luck dear.. Dhn maa ginadhuvahu inthizaaruga nubahattachchey.. Heevee hama 10 garunu vihen.. Good luck mal good luck.. Mal au midhaairaa in ithurau kuriah dheveyne Insha Allah.. Have a nice day.. Mwah

    1. Malsa Moosa says:
      October 14, 2019 at 11:01 pm

      Thanks shai..yh..kaakubaa dhw e fenunee? Malves mihuree varah curious vefa eii kaakuthoa balaalaahithun..dhn next part in engynethaa dhw..yh…varah dhuvas koalaafa dhw mi up koalevunee…and sorry ingy ehaa lahun up koaldhevuneema.ahahaha…awwn..thanksaaa shai.ahaha…dhn try kuraanan shai wait kuruvan nujehsythoa.Ehehe.awwwwwn..thank you sooo much shai..ly.❤♥?.

  9. Lullu says:
    October 14, 2019 at 1:05 pm

    Mi part varah reethi…Maa sha Allah..Aileen nd Aisham ge bai ginai genes dheichey…When is next part..waiting for the next part…

    1. Malsa Moosa says:
      October 14, 2019 at 11:02 pm

      Thanks lullu..yh…will try..thankaa.❤.

  10. Luthufee says:
    October 14, 2019 at 2:25 pm

    Wow v rythi ….. mi part ves???? i am waiting for next part ….

    1. Malsa Moosa says:
      October 14, 2019 at 11:02 pm

      Thanks.nyts.?.

  11. Makku says:
    October 14, 2019 at 2:35 pm

    Wow mal story varah rythi. Very curious to know what will happen next.lysm mal???

    1. Malsa Moosa says:
      October 14, 2019 at 11:03 pm

      Thanks makku…yh..malves mi huree varah curious vefa..balamaa dhn vaagotheh dhw..
      Lve ya too..sleep tight.?.

  12. jiji says:
    October 14, 2019 at 4:55 pm

    Waaa Waaa???…jiji dhenn kykey tha bunaany..alhe haadhahaa ey furihama ii???…Sifakohlaafa hurileh vx haadha reehchey…ibaaraiy kurun vx???…n aisham haadha majaley ulhey goii???…hehe…Um but ehcheh bunelaanan ingey..Don’t mind???..aneh, kiyaan ah kiyaa kyma feel vany girl kuhjeh hen kiyaan aky..why don’t u write yaan instead of kiyaa..just my opinion ingey darlinnn???..ok..anyway waiting for the next..Aileen ah e fenunu manzaru ingey hithun kehmadhu vefa???..hehe..Lysm malluuu???

    1. Malsa Moosa says:
      October 14, 2019 at 11:06 pm

      Thanks jiji…ehehe..mal ahves varah majaa aisham ulhey goii??..oka…next parr in badhalu koalaanan..thanks.yh..malves.aileen ah kaakubaa dhw e fenunee…dhn balamaa vaa gothehves.next part in engyne.lve ya too..sleep tight.❤?.

  13. Nayaa says:
    October 14, 2019 at 7:39 pm

    Mal dhooni bunebr hangout ga innanee keekey jahaafa?? Pls reply

    1. Malsa Moosa says:
      October 14, 2019 at 11:07 pm

      Id tha?
      [email protected]

      Meenee..pp ga innaanee ehkoa blach pic eh.okk??.?

  14. Kairaa says:
    October 14, 2019 at 8:07 pm

    Wowwwwwww…….wowwwwwwwwwww….wowwwwww???????????????????????????varah furihama mi bai vx…….im speechless………whn nxt part mal……waiting

  15. malsamalkkomal says:
    October 14, 2019 at 11:08 pm

    Awwwn.thanks kai..insha allah vrah avahah..nyts..?.

  16. ? princess ? says:
    October 15, 2019 at 5:05 am

    Keeh ve mi part lasvee? Varah reethi . aneh part thankolheh avas kohlahchey and miahvure dhigu kohlahchey . Ham habeys mi story . Thankolheh ginain aisham aa Aileen ge part genesdhehchey. Emeehun close koh ulhuneema varah loabi

    1. Malsa Moosa says:
      October 16, 2019 at 3:59 pm

      Thanks…mi part las vii mal baliveulhuneema nuliyevugen..ehn v..sorry ingy.thanksaa…yh.ginakoalaanan adhives.??.

  17. Amkko? says:
    October 15, 2019 at 9:08 am

    Mal mi part v reethi keep it up gurl ?when is next part?ly?

    1. Malsa Moosa says:
      October 16, 2019 at 4:00 pm

      Thanks amkko..insha allah varah avahah..lve ya too❤?❤.

  18. Ninnj says:
    October 15, 2019 at 9:31 pm

    Sorry rood on vhk dhehkuniima

    1. Malsa Moosa says:
      October 16, 2019 at 4:01 pm

      Mal aatha?..e ok vaane?.sorry nubunaaney Ninnj..?.

  19. Luc!F3r says:
    October 16, 2019 at 12:50 am

    Mashah heyverikameh adhi mivy dhemme??.. Mal.. Kaaku e vattaalee raajje? A guy
    right? Maybe someone who has a bad past with Aisham somehow.. N fight for Aileen??

  20. malsamalkkomal says:
    October 16, 2019 at 4:02 pm

    Ahahaha…neyge m dhw akahves kaaaku kameh e vahthaalee raajje ah..thi eh balan jehynee. Next part in engyne.Ahaha…vedhaane dhw?..balamaa dhw..thanks.?.

  21. vikovikko says:
    October 16, 2019 at 5:41 pm

    mal mii haadha kind hearted kuhjekey

    1. malsamalkkomal says:
      October 17, 2019 at 1:21 pm

      Thanks vikko

  22. vikovikko says:
    October 16, 2019 at 5:43 pm

    love your styory mal

    1. malsamalkkomal says:
      October 17, 2019 at 1:22 pm

      Thanks vikko?.

  23. Mrs Chocolate says:
    October 17, 2019 at 7:17 am

    When next part mal??? ❤️❤️

  24. malsamalkkomal says:
    October 17, 2019 at 1:22 pm

    Liyanee liyanee hama..

    1. jiji says:
      October 19, 2019 at 6:15 am

      Vrh dhigukoh liyefa upkuran tha thihury??..hehe…plx up kohba ngey avahah story..can’t wait ????

    2. Malsa Moosa says:
      October 21, 2019 at 8:56 pm

      Eheh jiji..yh up kualaafin..ekm ehaa dhigeh nuvaane.?

  25. Shuha says:
    October 17, 2019 at 7:01 pm

    Vvvvvvvv reethi mi part ves……. Tankolheh digukoh deeba next part………. Vaahaka kiyahitun hureveny eh noon……………..

    1. Malsa Moosa says:
      October 21, 2019 at 8:55 pm

      Thanks shahu.next part up koalaafin.?

  26. Nash says:
    October 19, 2019 at 11:56 am

    When next

    1. malsamalkkomal says:
      October 21, 2019 at 8:53 pm

      Up koalaafin..

  27. malsamalkkomal says:
    October 20, 2019 at 11:29 am

    Guys.wifi kendhigen aslhu story up nukurevunee….insha allah ekm dhn varah avahah aneh part up koaladheynan. Nd sorry for that.

    1. Maisha maii says:
      October 20, 2019 at 1:21 pm

      Sorry nubuney mal☺… Mai hama wait kohgen mihireee.. Ekam konme dhuvahaku vx beley vaahaka up kohfi thw.. Miss you mal????

    2. Malsa Moosa says:
      October 21, 2019 at 8:55 pm

      Awwwwn..mai…thanks for waiting..mihaaru up koalaafin..i miss you more..???

  28. VIKOVIkko says:
    October 20, 2019 at 4:41 pm

    Mal kobaa 35

  29. malsamalkkomal says:
    October 21, 2019 at 8:52 pm

    Up koalaafin..thanks vikko

Comments are closed.

Next Episodeވާނަން އުމުރަށް – 35 –←


All Right Reserved!