Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ސަތާރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 5, 2019 11 Mins Read
27 Comments

ރަޝިޔާގެ ގަޑިން 8:30 ވާން ގާތްވެފައި ވަނިކޮށް އާދައިގެ މަތިން މައުވާގެ ކާރުގެ މިޞްރާބު ހުރީ އޭނަ ޢާއްމު ގޮތެއްގައި ދާ ކްލަބާއި ދިމާލަށެވެ. ކާރުގެ ތެރެއިން އިވެމުން ދިޔަ ބާރު މިއުޒިކާއި އެއްވަރަށް އޭނަ ބޯޖަހަމުން ދިޔައިރު ހުންގާނު ބުރުގައި ހިފައިގެން ހުރި ބައެއް އިނގިލިތައްވެސް ތަޅުވަމުން ގެންދިޔައެވެ. އޭނަގެ ނަޒަރުން އޭނައަށް ދެން ޙަޔާތުގައި ބޭނުންވާހާ ކަމެއް ލިބިފައިވާ ފަދައައެވެ. އޭނަ އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ކަމަކަށް އެދޭކަށް ނުޖެހެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުޖެހޭނެއެވެ. އެވަގުތުކޮޅުގެ މަސްތުގައި އޭނަ މުސްތަޤްބަލާއިމެދު މާ ބޮޑަށް ވިސްނަން ވެސް ބޭނުންނުވެފައިވި ފަދައެވެ. އޭނަގެ ނަޒަރުން މުސްތަޤްބަލުގައި ވެސް އޭނަގެ ޙަޔާތުގައި މައްސަލައެއް ޖެހެންވީ އެއްވެސް މަގެއް ނެތެވެ. ލިބިފައިވި ތަނަވަސްކަމުގެ ސަބަބުން އޭނަގެ ތަޤްދީރުގެ މައްޗަށް ބާރު އޮތީ އޭނަގެ އަތްމަތީގައިހެން އޭނައަށް ހީވެފައިވެއެވެ. އެހެނަސް އެއީ ކިހާ ބޮޑު ކުށްހީއެއްކަން އޭނައަށް އެނގެން ނުހަނު ގާތްވެފައިވިއެވެ.

 

މައުވާ އޭނަގެ މަންޒިލާއި މަދު މިނެޓްތަކެއްހާ ދުރުގައި ވަނިކޮށް ކާރުގެ އޯޑިޔޯ ޕްލޭޔަރުން އޭނަގެ ފޯނު ރިންގުވާ އަޑު މުޅި ކާރު ތެރެއިން އިވެން ފެށިއެވެ. އޭނަ ސްކްރީނަށް ބަލާލިއިރު އޭނައަށް ގުޅަމުން ދިޔައީ ޖާމިޒެވެ. އެއީ އޭނަ ދެކެ ފަރިތަ އަޔާޒްގެ އެކުވެރިއެކެވެ. ޖާމިޒް ކިޔެވީ އަޔާޒާއި އެކީގައި ކަމަށްވާތީވެއެވެ. ކޮންމެ ގޮތެއްވިޔަސް ޖާމިޒް އެރޭގެ އެ ވަގުތު އޭނައަށް ގުޅަންވީ ސަބަބެއް ނުވިސްނުމުން މައުވާ އެ ކޯލު ނެގީ ޙައިރާންކަމެއްގައި އިނދެއެވެ.

 

“ހެލޯ؟” ކާރު ދުއްވަމުން މައުވާ ގޮވާލިއެވެ.

 

“ހާއި….މައުވާދޯ؟ އަދިވެސް ރަޝިޔާގަތަ ތިހިރީ؟ ކޮންމެވެސް ޚަބަރެއް އިވިގެން ހަމަ ނުހުރެވިގެން މި ގުޅާލީ.” ޖާމިޒް ވާހަކަ ދެއްކި އަޑު ކާރު ތެރެއިން އިވުނެވެ.

 

“އާނ މިހިރީ ރަޝިޔާގަ. ކޮން ޚަބަރެއް؟” މައުވާއަށް އަހާލެވުނެވެ.

 

“އަޔާޒް މީހަކާ އިނދެފި.” ޖާމިޒްގެ އެ ބަސްތައް މައުވާއަށް އިވިގެން ދިޔައީ ހޮނު ގުގުރީގެ ސިފައިގައެވެ. ހިނދުކޮޅަކަށް އޭނަގެ ދެލޯ ބޮޑުވެ ނޭވާވެސް ހުއްޓުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ވަޓް؟!! ކް….ކާކާ މެރީ ކުރީ؟” މައުވާއަށް އިންތިހާ ދަރަޖައިގެ ކަންބޮޑުވުމަކާއެކީ އެހެން އަހާލެވުނީ އަޔާޒް އިންނަން ހަމަޖެހިފައިވާ ކުއްޖާއާއި ބެހޭގޮތުން އަޔާޒް އޭނައަށް ފޮނުވި މެސެޖްގެ މަތިން ވެސް ހަނދާން ކުރަމުންނެވެ. އޭނައަށް އެ ހީވާ ގޮތަކަށް ކަންތައް ނުވުމަށް އެދިއެދި އިންދާ އަނެއްކާވެސް ޖާމިޒްގެ އަޑު އިވުނެވެ.

 

“ކޮންމެވެސް….މަލާކްއަކާ…” ޖާމިޒް އެހެން ބުނެލި ވަގުތަކީ ބާރު ސްޕީޑެއްގައި އައި އެހެން ކާރެއް މައުވާގެ ކާރުގެ ކުރިމައްޗަށް އެރި ވަގުތެވެ. މައުވާއަށް އެއަށް ސަމާލުކަން ދެވުނު ވަގުތު އޭތި އޭނަގެ ކާރާއި ވަރަށް ގާތްވެފައިވިއެވެ. އެހެންކަމުން މައުވާ ނުހަނު އަވަހަށް ކާރު އަނބުރާލިއެއްކަމަކު އެ ކާރު ގޮސް އޭނަގެ ކާރުގެ އެއްފަރާތެއްގައި ޖެހުނެވެ. ތަޅައިގެން ދިޔަ ކުޑަދޮރުގެ އަޑުތަކާއެކީ މައުވާއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ކާރު އެނބުރެމުން ގޮސް ހޮޅި ދަނޑިއެއްގައި ޖެހުނީ މައުވާ އިން ފަރާތާއި ދިމާލަށް ކަމަށްވުމުން އެ ދަނޑީގައި ޖެހި ކާރު ހުއްޓުމަކަށް އައި ވަގުތު ކާރުގެ ސީޓުގައި އިން މައުވާގެ ޚަބަރު ހުސްވެފައިވިއެވެ.

 

މައުވާއަށް ދެން ހޭލެވުނުއިރު އޭނައަށް އޮވެވުނީ ހޮސްޕިޓަލެއްގެ އެނދުމަތީގައެވެ. އޭނައަށް ވަށައި ހޯދަމުން ލަސްލަހުން ތެދުވެލެވުނެވެ. ތެދުވެލީ ވަގުތު އޭނަގެ ގައިގެ އެތަން މިތަނުން ރިއްސާލިއެއްކަމަކު މައުވާ އެތަނަށް ރަނގަޅު ނަޒަރެއް ދިނެވެ. އޭރު އޭނައަށް އޮވެވުނީ ޕްރައިވޭޓް ރޫމެއްގައިކަން ނަގައިގަނެވުމުން އޭނަ މިތަނަށް އަންނަން ޖެހުނު ސަބަބު ވެސް މާ ގިނައިރެއްނުވެ އޭނަގެ ސިކުނޑި އޭނައަށް ހަނދާން ކޮށްދިނެވެ. އަޔާޒް މީހަކާއި އިން ވާހަކައާއެކު އޭނަ އިނީ ކާކާކަން ޖާމިޒްގެ އަޑުން ކަންފަތުގައި ގުގުމައިގެން ދިޔަ ހިނދު މައުވާ ދެލޯ މަރައި ތަގުޅި ކޮށްލީ ހަމަ އެވަގުތުކޮޅަށް އަނބުރާ ދެވުނު ފަދައަކުންނެވެ. އޭނަ އެ އިން ގޮތަށް އިންދާ އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ. މައުވާ ލޯ ހުޅުވާލަމުން އެދިމާލަށް ބަލާލިއިރު ފޯނުގެ ސްކްރީނަށް އަރާފައި އޮތީ ‘މަމް’ މިހެންނެވެ. މައުވާ އަވަސްއަވަހަށް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“މަމް…..މަންމާ ދެއާރ އިޒް ސަމްތިންގް ޔޫ ހޭވް ޓު ނޯ….” މައުވާއަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އެކޮޅުން ވާހަކަ ދެއްކިއެވެ.

 

“މަންމައަށް އެނގޭ ތިބުނަން އުޅޭ ވާހަކަ….އޭނަ ރިލޭޝަންޝިޕް ސްޓޭޓަސް އަޕްޑޭޓް ނުކުރާ ސޯޝަލް މީޑިޔާ ސައިޓެއް ނެތްވިއްޔާ. މައުއާ ބްރޭކް އަޕް ކޮށްފަތަ އޭނަ އެކަމެއް އެކުރީ؟” އެކޮޅުން އަހާލި އަޑު އިވުނެވެ.

 

“ން…ނޫން މަންމާ. އޭނަ ބުނަން ވެސް ބުނި ތިމަންނަ މެރީ ނުކުރާނަމޭ! އެހެންވެ އަހަރެން އެކޮޅަށް ނުދިޔައީ ވެސް. ވޭސްޓަކަށް ވެދާނެތީ.” މައުވާ އޭނައަށް ނުކުރެވުނު ކަމާމެދު ހިތާމަކުރާ ފަދައަކުން ބުނެލިއެވެ.

 

“ވީކަމެއް ވެ ނިމިއްޖެ މައު. ދެން ދިމާވެފައިވި މައްސަލައަކާމެދު ހާސްވުމުގެ ބޭނުމެއްނެތް. މިކަން ޙައްލުކުރަންވީ ގޮތަކާއިމެދު ވިސްނަންވީ. އަޔާޒް އަހަރުމެންގެ އަތުން ދޫވެއްޖެއްޔާ ވަރަށް ބައިވަރު ފަންޑްސް އެ ގެއްލެނީ. އަދި އަމުދުން އެ އަންހެނަކާއި އިނދެގެން އޭނައާއި ވަކި ނުވިއްޔާ އަހަރުމެންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނީ. ވީ ކާންޓް އެފޯޑް ދެޓް! އެހެންވީމަ ދެން ހަދަންވީ ގޮތަކީ މިއީ. މައު މުޅިން ރަނގަޅު ވަންދެން ތިތާނގަ އޮވެލާ. ހުރިހާ ބިލްއެއް ޕޭއިކޮށްފަ މަންމަ ފުރަން އައިސް އެއާރޕޯޓުގަ މިހިރީ. މާލޭގަ އޮތް ޖަލްސާއެއް އެޓެންޑް ކުރަން ޖެހުނީމަ މައު ކައިރީގަ ނުހުރެވުނީ. އެކަމަކު ހާސްނުވައްޗޭ. ޑޮކްޓަރުން ބުނީ 3 ދުވަހުގެ ތެރޭގައި މައު ޑިސްޗާރޖް ވާނެއޭ. ޑިސްޗާރޖްވީމަ މައު ވެސް އާދޭ މާލެއަށް. މާލެއަށް އައިސް އަޔާޒްއާ ކުރިމަތިލައި ޙަޤީޤަތް ހޯދާ. ވަރަށް ހިއެއްނުވޭ އަޔާޒް ހިތުން ރުހުމުންހެން އެ ނުހިނގޭ ކުއްޖާއާއި އިނދެގެން އުޅެނީ….” އެކޮޅުން ކިޔައިދިނެވެ.

 

“އޯކޭ މަންމާ.” މައުވާ އެހެން ބުނެލީ މަންމަގެ ‘ނަޞޭޙަތް’ އިވިފައި ހިސާބަކަށް ހަމަޖެހިފައި އިނދެއެވެ.

 

އެހެންކަމުން މައުވާ ހެދީ ހަމަ އޭނަގެ މަންމަ ކިޔައިދިން ގޮތަށެވެ. ހޮސްޕިޓަލްގައި ހޭދަކުރި 3 ދުވަހުގެ ތެރޭގައި އޭނަ ކިތަންމެ ވަރަކަށް ވެސް އަޔާޒްގެ އެކިއެކި ޕްރޮފައިލްތަކަށް ޒިޔާރަތް ކުރިއެވެ. އަޔާޒް ފަޚުރުވެރިކަމާއެކީ އޭނަ މީހަކާ އިން ވާހަކަ މުޅި ދުނިޔެއަށް އިޢުލާން ކޮށްފައި އެވަނީ އޭނައަށް އެކުއްޖާ ކަމުދާތީތޯ އެތައް ފަހަރެއްގެ މަތިން ހިތަށްއެރިއެވެ. އޭގެއިން ކޮންމެ ފަހަރަކު ރުޅިން އޭނަގެ މޫނު ރަތްވެ ގޮށްމުއްކެވިގެންދެއެވެ. އޭނައަށް ގުނާ ޢަދަދު ނުކުރެވޭހާ ވަރަށް އަޔާޒަށް ގުޅައި ވަގުތުން އަޔާޒްގެ ބޮލަށްވަދެ އޭނަ ކައިރިއަށް އައުމަށް އަންގަން ބޭނުންވިއެވެ. އެހެނަސް އެހެން ނެހެދީ އެކަމަށްޓަކައި ގައިގައި ވަރެއް ނެތުމާއެކު އަޔާޒްގެ ކުރިމައްޗަށް ގޮސްފައި މެނުވީ އެ ވާހަކަ ދައްކަން ބޭނުމެއް ނުވުމުންނެވެ.

 

ކޮންމެއަކަސް މައުވާ 3 ދުވަސްފަހުން ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ދޫކޮށްލިއިރު އެކްސިޑެންޓްގެ އެއްވެސް އަސަރެއް އޭނަގެ މޫނުމަތިން ފެންނަން ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މޫނުގެ އެކި ތަންތަނުން ކެނޑިފައި އަދި މުޅިން ރަނގަޅު ނުވެ ހުރި ތަންތަން ވެސް ފައުންޑޭޝަންގެ އެހީގައި އޭނައަށް ފޮރުވާލެވުނެވެ. އެހެންކަމުން އޭނަ މާލެއަށް ފުރަން އެއާރޕޯޓަށް ދިޔައީ އޭނައަށް އެއްވެސް އަނިޔާއެއް ލިބިފައިވިކަން ނޭނގޭނެ ފަދައަކުންނެވެ. އަޔާޒް އެއްވެސް ސުވާލެއް ކޮށްފިނަމަ އަޔާޒްގެ ކައިވެނީގެ ވާހަކަ އިވިފައި އޭނައަށް އެ ދިމާވި ޙާދިސާގެ ވާހަކަ ކިޔައިދީ އަޔާޒްގެ ފައިދަށަށް ވެއްޓެން ބޭނުމެއް ނުވުމުންނެވެ.

 

ގަޑިއިރުތަކެއްގެ ދަތުރަކަށްފަހު މައުވާއަށް މާލެއަށް ދެވުނީ މެންދުރުގެ ވަގުތެއްގައެވެ. މާލެއަށް އާދެވުމާއެކު މައުވާ އަޔާޒާއި ބެހޭ އިތުރު މަޢުލޫމާތު އެއްކުރެވޭތޯ ބެލިއެވެ. މިގޮތުން އޭނަ ޖާމިޒްއަށް ގުޅައި އަޔާޒް ކިހިނެއްތޯ ސުވާލުކުރިއެވެ. ޖާމިޒްގެ ފަރާތުން ލިބުނު ޖަވާބުން މައުވާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަޔާޒް އެ ކައިވެނީގައި އުޅެނީ އުފަލުގައި ނޫންހެން ބުނެލި ބުނެލުމުންނެވެ. އަލަށް މީހަކާއި އިނދެގެން އުޅޭ ކަހަލަ އަސަރެއް އެ މޫނުމަތިންނާއި އޭނަގެ މިޒާޖުންވެސް ފާހަގަ ނުވާ ވާހަކަ އިވުމުންނެވެ. އަޔާޒް އެ ކައިވެނި ކުރީ ހިތާއި ދެކޮޅަށްކަން އޭނައަށް ޔަޤީންވީ އެހާ ހިސާބުންނެވެ. އެއާއެކު އަޔާޒާއި ބައްދަލުކޮށްލުމުގެ އެދުން ވެސް އޭނަގެ ހިތުގައި ބޮޑުވިއެވެ.

 

އޭނަގެ ހިތުގެ އެ އެދުން ފުރިހަމަވެގެން ދިޔައީ އޭނަ މާލެ އައި ދުވަހުގެ ހަވީރު ވަގުތެވެ. އަޔާޒްގެ ގެއަށް ދިޔުމަށް އޭނަ ދަތުރު ފެށީ ޓެކްސީއެއްގައެވެ. އެ ގެ ހުންނަ ހިސާބުގަނޑާއި ހަމަވިތާ މާ ގިނައިރެއްނުވެ ޕޭވްމެންޓް މަތިން ހިނގާފައި ދިޔަ ބަޔަކު ފެނިފައި މައުވާ ވަގުތުން ޓެކްސީ މަޑުކުރުވައި އެތަނަށް ފޭބިއެވެ. ޓެކްސީ ދިޔަ ވަގުތު މަގުގެ އަނެއް ފަރާތުގައި ހުރި ޕޭވްމެންޓް މަތިން ހިނގާފައި ދިޔަ އަޔާޒާއި އޭނަގެ ބޮޑުމަންމަގެ އިތުރުން ފުރޮޅުލީ ގޮނޑީގައި އިން އަންހެން ކުއްޖާވެސް އޭނައަށް ފެނުނެވެ. މަލާކް ހިނިތުންވުންތަކާއެކީ އެކި ދިމަދިމާލަށް ނަޒަރު ހުއްޓަމުން ދިޔަ މަންޒަރު ފެނިފައި ވެސް މައުވާގެ ދަތްކުނޑި ވިކުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ބައެއް ކަންތައްތައް ފާހަގަވުމުން އޭނަ ހަމަޖެހެން ފެށިއެވެ. އަޔާޒާއި މަލާކްގެ ދެމެދުގައި އޮތް ދުރުކަމެވެ. އަޔާޒް މަލާކްގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔައިރު މަލާކް އަމިއްލައަށް ގޮނޑި ދުއްވަމުން ދިޔަ ގޮތުންނެވެ. އަދި އަޔާޒް ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބަލަމުން ދިޔަ ގޮތުން މައުވާގެ މޫނުމައްޗަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

 

މައުވާ ބަލަން ހުއްޓާ އެ ތިން މީހުން މަގު ހުރަސްކޮށް އޭނަ ހުރި ފަރާތުގައި ހުރި ފިހާރައަކަށް ދާން މިޞްރާބު ޖެހިއެވެ. އެމީހުން އެކީގައި ގޮސް ފިހާރައަށް ވަން މަންޒަރު ބަލަން ހުރެފައި މައުވާ ވެސް ގޮސް އެ ފިހާރައަށް ވަނެވެ. ދުރުދުރުން އެމީހުންނަށް ބެލި ބެލުމުން ވެސް މަލާކާއި އަޔާޒް ކިހާ ދުރުކަން އޭނައަށް ފާހަގަވަމުން ދިޔައެވެ. އަޔާޒް އެއްފަހަރުވެސް މަލާކްގެ ގޮނޑީގައި އަތްލާން ވެސް ނުއުޅުނު ގޮތުން އޭނައަށް ލިބެމުން ދިޔައީ އުފަލެކެވެ. އެމީހުންނަށް ބަލަން ހުންނަތާ މިނެޓްތަކެއް ފަހުން އާ މަންޒަރެއް ނުފެންނާނެއޭ ހިތައި މައުވާ ދާން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ފުރަގަހުން މަލާކްގެ އާހެއްގެ އަޑު އިވުމުން އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެއަށްފަހު އޭނަ ފަސްއެނބުރި އޭނަގެ ކައިރީގައި ހުރި ހަރު ކައިރީގައި މަޑުކޮށްލަމުން މަލާކް ހުރި ދިމާލަށް ބަލާލިއެވެ. އެ ހިނދު މަލާކްގެ ފުރަގަހުގައި ހުރި އަޔާޒް ކަންބޮޑުވުމަކާއެކީ މަލާކަށް ބަލަން ހުރި މަންޒަރު ފެނިފައި މައުވާގެ ދެބުމަ ކައިރިވިއެވެ. އޭނަގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައީ އަޔާޒް މަލާކްގެ ކައިރިއަށް އައިސް މަޑުވެސް ނުކޮށް މަލާކް އަތްދަނޑިމައްޗަށް ނެގި ގޮތުންނެވެ. އެ ހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެފައިވި ގޮތުން މައުވާގެ ގޮށްމުއްކެވިގެން ދިޔަ ވަގުތު އޭނަގެ އަތް ތުރުތުރު ވެސް އެޅިއެވެ. އޭނަގެ ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތެވެ. އެއާއެކު އޭނަ ފުން ނޭވައެއް އެތެރެއަށް ދަމައި ހަމައަކަށް އެޅޭތޯ ބެލިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ މަންޒަރާއި އެކީ ވެސް ގޯސްކޮށް ވިސްނަން އިންކާރު ކުރިއެވެ. އޭނަ އައުމުން އަޔާޒް އެހެން މީހެއްގެ ކައިރިއަށް ނުދާނެކަމަށް މައުވާ އަމިއްލަ ހިތަށް ޔަޤީންކޮށްދިނެވެ. އޭނަ އަތްދަބަސް ތެރެއިން ފޯނު ނެގީ އެ ޔަޤީންކަމާއި އެކީގައެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ކިތަންމެ ކަމެއް ދިމާވިޔަސް އޭނައަށް އަޔާޒް ހައްލާލައިގެން ގެންގުޅެވުނު ގޮތުގެ މަތިން ހަނދާންކުރަމުންނެވެ. އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލުމާއެކު އިވިގެން ދިޔައީ މަންމަގެ އަޑެވެ.

 

“ކޮބާ ފެނިއްޖެތަ އެ ދެމީހުން؟” މަންމަ ސުވާލުކުރިއެވެ.

 

“ހޫމް….އެބަފެނޭ އެދެމީހުން…ހީކުރި ކަހަލަ މަންޒަރެއްނޫން މިފެނުނީ. އެކަމަކު މި މަންޒަރު ވަރަށް އަވަހަށް ބަދަލުކުރެވިދާނެ….އަޔާޒްގެ މައުވާ މިހިރީ އައިސްފަ ވިއްޔާ.” މައުވާ އެހެން ބުނެލީ އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. އަޔާޒް ވާނީ ހަމަ އޭނަގެ މީހަކަށް ކަމާމެދު ޝައްކުވެސް ކުރަން ބޭނުމެއްނުވާ ފަދައަކުންނެވެ.

 

“އާނދޯ؟ ތިއީއޭ މަންމަ އަބަދުވެސް ދައްކާ ވާހަކަ. މައުވާ ބޭނުމިއްޔާ ޙާޞިލުނުކުރެވޭނެ ކަމެއް ނޯންނާނެ. އަވަހަށް އޭނައާއި ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ޙައްލުކުރޭ. މަންމަވެސް އަނބުރާ އަންނާނަން ދުވަސްކޮޅަކުން. ދެން ބޭއްވީ މިވަގުތަށް.” މަންމަ ބުނެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފޯނު ކެނޑިގެން ދިޔުމުން މައުވާ އޭނަގެ ފޯނު ކަންފަތުން ނަގާލީ ވެސް އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ޖޯޑަށް ނަޒަރު ހުއްޓައިގެން ތިބިއެވެ. އޭނަ ކައިރީގައި ތިބި ބައެއް ޒުވާން އަންހެން ކުދިންތައް ޖޯޝާއެކީ ‘ސޯ ރޮމޭންޓިކް’ އޭ ކިޔުނު އަޑަށް އޭނަގެ ހިތުތެރޭގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އޭނަ ދެންވާ އެއްޗެއް ބެލުމަށްޓަކައި ހުރިގޮތަށް ހުއްޓާ އަޔާޒްމެންގެ ފުރަގަހުން އަޔާޒްގެ ބޮޑުމަންމަ އަންނަ މަންޒަރު ފެނުނެވެ.

 

“އަޔާޒް ކިހިނެއްތަވީ؟” ވަސީމާ ފެންނަމުން ދިޔަ މަންޒަރާމެދު ހިތާހިތުން އުފާކުރަމުން އަޔާޒްމެންގެ ކައިރިއަށް ދިޔަ ހިނދު އެއްލި ކަޅިއަކުން ދުރުގައި ހުއްޓި ހުރި އަންހެން ކުއްޖަކު އޭނައަށް ފެނުނެވެ. އެހެން މީހުންވެސް އެދިމާލަށް ބަލަން ތިއްބެއްކަމަކު އެކުއްޖާއަށް ވަސީމާގެ ސަމާލުކަން ހުއްޓުނީ އެއީ އޭނަ ދަންނަ ކުއްޖެއްހެން ހީވުމުންނެވެ. އަދި އަމުދުން އޭނަ ފެނިފައި އެކުއްޖާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެ ކުއްލިއަކަށް އޭނައަށް ފަސްދީފައި ފިހާރައިން ނިކުންނަން މިޞްރާބު ޖެހުމުން ވަސީމާއަށް ވިސްނުމެއްގައި ހުރެވުނެވެ. އެހެނަސް އެވަގުތު އަޔާޒް ޖަވާބު ދޭން ފެށުމުން އަޔާޒަށް ސަމާލުކަން ދެވުނެވެ.

 

“ބައެއް މީހުންނަށް ނޭނގެނީ ވަރުބަލިވީމަ ބުނަންވެސް. އެއީ ވެގެން އުޅޭ ގޮތަކީ.” އަޔާޒް މަލާކްގެ މޫނުން ނަޒަރު ވަކިކުރުމެއްނެތި އެހެން ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އެ ހިނދު ހިތުގެ ތެޅުން އަވަސްވެފައިވި މަލާކް އެއަށް ރައްދެއްދޭން އުޅުނެއްކަމަކު އޭނަގެ އަޑު އެކަމަށް އެއްބާރުލުންދޭން ދެކޮޅު ހެދިއެވެ.

 

“ތެދެއް މަލާކް؟ މަލާކް ވަރުބަލިވީތަ؟ ނުވެސް ބުނަމެއްނު ބޮޑުމަންމަ ކައިރި…ބުނިނަމަ މިހެން ވާކަށް ނުޖެހުނީހެއްނު؟” ވަސީމާ އެ ފަހު ސުވާލުކޮށްލީ ފިހާރަ ތެރޭގައި އެމީހުންނަށް ބަލަން ތިބި މީހުންނަށް ބޮލުން ޢިޝާރާތް ކުރަމުންނެވެ. މަލާކަށް އެހެން ދިމާލަކަށް ބަލާލެވުނީ ދެނެވެ. ޒުވާން ފުރައިގެ ކުދިންތައް ހިނގާފައި ދަމުން އެމީހުންނަށް ބަލަބަލާފައި ސިއްރު ވާހަކަތައް ދައްކަމުން ދިޔަ ގޮތުން މަލާކްގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ލަދުވެތިކަމުން އޭނަ ފޯވެގެން ދިޔަ ވަގުތު އޭނައަށް އަޔާޒަށް ބަލާލެވުނެވެ.

 

“މަލާކް ތިރިކޮށްލާ ޕްލީސް! ގޮނޑީގަ ބަހައްޓަދީ އޭރުން ބޮޑުމަންމަ ގޮނޑި ދުއްވާނެ. ޕްލީސް!” މަލާކަށް އާދޭސް ކުރެވުނީ ގޮތް ހުސްވެގެން އުޅޭ ފަދައަކުންނެވެ. އޭނަ ހަމަ އެވަގުތުވެސް ފައި ތިރިކޮށް އެއަތު ތެރެއިން ނިކުންނަން އުޅުނެއްކަމަކު އެކަމަށް ނުކުޅެދުނީ އެއިން އިތުރު ވޭނެއް އަޅާނެކަމުގެ އިންޒާރު އޭނަގެ ސިކުނޑި ދެމުން ދިޔައީތީވެއެވެ.

 

“ޕްލީސް ޕްލީސްއޭ ކިޔާނެ ކަމެއްނެތް….މިއަދު ގެއަށްދާނީ ހަމަ މިގޮތަށް! އޭރުން ހަނދާން ހުންނާނެއެއްނު މުޅި މީހާ ނުހުއްޓެނީސް އެހީއަށް އެދެން؟” އަޔާޒް ދެންވެސް ބުނެލީ އެ ނުރުހުންތެރިކަމާއި އެކީގައެވެ. ބޭނުމިއްޔާ ބައެއް ކަންތައްތަކާމެދު ބޯހަރުކޮށްގެން އުޅެވިދާނެކަމަށް އޭނަ ބުނަން ބޭނުންވި ފަދައެވެ. އެހެނަސް އެއިން މަލާކަށް ގެއްލުމެއް ލިބޭތަން ފެނިއްޖެނަމަ އޭނަ އެކަން އެގޮތަށް ވިޔަ ނުދޭނެކަން އަންގަން އުޅުނުފަދައެވެ. އެކަމާމެދު ވެސް އަޔާޒްގެ ހިތް ޙައިރާންވިއެއްކަމަކު އޭނަ އެކަމާމެދު އެވަގުތު ވިސްނާކަށް ނުއުޅުނެވެ. ބަދަލުގައި ހަމަ އެ ހުރި ގޮތަށް ހުރެ މަލާކާއި އެކީ ހިނގަންފެށިއެވެ.

 

“އަޔާޒް….ތިގޮތަށް ގެންދިޔުން ރަނގަޅެއް ނޫންދޯ؟ މަލާކް ބުނިހެން މަލާކް ގޮނޑީގަ ބަހައްޓާ. ބޮޑުމަންމަ ދުއްވާނަން.” ވަސީމާ މަލާކްގެ ގޮނޑިއާއެކީ އަޔާޒްގެ ފަހަތުން ދަމުން ބުނެލިއެވެ. އަޔާޒް އެއަށް ޖަވާބުދޭން ބޭނުންވިއެވެ. މަލާކް ގޮނޑީގައި ގެންދިޔުމުން އޭނަގެ ވޭން އިތުރުވުން ނޫންކަމެއް ނުވާނެކަން އަންގަން އޭނަ ޚިޔާލުކުރިއެވެ. އެހެނަސް އެވަގުތު އޭނަގެ ސީރިއަސްކަން މަލާކަށް އިޙްސާސްކޮށްދިނުމުގެ ގޮތުން އޭނަ އެއްވެސް އެއްޗެކޭ ނުބުނެ ފިހާރައިން ނިކުންނަން ދިޔައެވެ.

 

އަޔާޒްގެ އަތްމަތީގައި މަގުމައްޗަށް ނިކުމެވުމުން މަލާކް ލަދުން ހަލާކުވާވަރު ވިއެވެ. ހަމަ އެއާއެކު އޭނަ ހިފަހައްޓައިގެން ހުރި މީހާއަށްޓަކައި ހިތުގައި އޮތް ރުޅިވެރިކަން ވެސް އިތުރުވަމުން ދިޔައެވެ. އޭނަ މިފަދަ މަޤާމެއްގައި ބާއްވަން މިއީ އަދި ކާކުތޯ ހިތާހިތުން ސުވާލުކުރެވެމުން ގެންދިޔައެވެ.

 

ދެމީހުންގެ ހިތަށްއަރާ ފައިބަމުން ދިޔަ ޖަޒުބާތުތަކުގެ ސަބަބުން ގެއާއި ހަމައަށް ދެވުނުއިރު ވެސް ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. މަލާކް އަތް މައްޗަށް ލައިގެން ގެއަށް ވަން އަޔާޒް ފެނިފައި ސިޓިންގް ރޫމުގައި ތިބި ހައިފާއާއި އަނުމްއަށް ވެސް ހިނިތުންނުވެ ނުތިބެވުނެވެ. މިހުރިހާ ކަމަކާހެދި ކޮޓަރިއަށް ވަދެވުނު ވަގުތު ވެސް މަލާކްގެ މޫނު ރަތްވެފައިވިއެވެ. އޭނަގެ ޖަޒުބާތުތަކުގެ ސަބަބުން އޭނަގެ ބުރަކަށްޓަށް ވަމުން ދިޔަ ތަދުވެސް އޭނައަށް އިޙްސާސް ކުރެވެމުން ދިޔައީ ދޭތެރެ ދޭތެރެއިންނެވެ. އެހެނަސް އަޔާޒް އޭނަ ގެންގޮސް އެނދުމަތީގައި ބޭއްވުމުން އެ ތަދު އިޙްސާސް ކުރެވިގެން ދިޔުމާއެކު އޭނައަށް އެއްއަތުން އުނަގަނޑާއި ދިމާލުން ހިފަހައްޓާލަމުން ވޭނީ އާހެއްގެ އަޑެއް ލައްވާލެވުނެވެ.

 

“އަހަރެން އެބަ އަންނަން ބޭސް ގުޅައެއް ހިފައިގެން. ބޭސް ކައިގެން ނިދާލީމަ ގަޑިއިރެއްހާއިރު ތެރޭގަ ރަނގަޅުވެގެންދާނެ.” އަޔާޒް ބުނެލިއެވެ. މަލާކް އޭނަގެ ބުރަކަށީގައި އަޅަމުން ދިޔަ ވޭނެއްގެ ސަބަބުން އަޔާޒަށް އައިސްފައިވި ރުޅީގެ މަތިން ވެސް ހަނދާންނެތިފައިވިއެވެ. އޭނައަށް އަޔާޒްގެ އެ ވާހަކައަށް ބޯޖަހާލެވުނީ އޭނަގެ ތަދު ކެނޑިގެންދާނެ ކަމުގެ އުއްމީދެއް ލިބިގެން ދިޔުމުންނެވެ. މަލާކް އޭނަގެ ވޭނުގައި ވަރުބަލިވެގެން ލޯ މަރާލި ވަގުތު އަޔާޒް ވަގުތުން ނިކުތީ އޭނަ އެ ބުނި ބޭސްގުޅަ ހޯދުމަށެވެ. އޭނަ ކޮޓަރިން ނިކުމެގެން ދިޔައީ ބަދިގެއާއި ދިމާލަށެވެ. ބަދިގޭގެ ކަބަޑުތައް ހުރި ދިމާލަށް ގޮސް އޭނަ މަތީގައި ހުރި ކަބަޑެއް ހުޅުވާލަމުން އެކިއެކި ބޭސް ކާޑުތައް އަޅާފައި ހުރި ތަށިގަނޑެއް ނެގިއެވެ. އަދި އޭތި ތިރީ ކަބަޑެއްގެ މަތީގައި ބަހައްޓަމުން އޭގެތެރެ ހާވަން ފެށިއެވެ. އެހިނދު އޭނަގެ ފަހަތުގައި ބޮޑުމަންމަ ވާނުވާއެއް ނޭނގި ހުރިކަން އެނގުނެއްކަމަކު އޭނަ ހޯދަން އުޅުނު އެތި ފެނޭތޯ ބެލިއެވެ. އެންމެފަހުން އޭނަ ހުރިހާ ކާޑުތަކުގެ ތެރެއިން ކާޑެއް ނެގިއެވެ. އެ ކާޑުގެ ފަހަތުގައި އޮތް ބޭހުގެ ނަން ބަލާލުމުން އޭނަ ބޭނުންވަނީ އޭތިކަން އަޔާޒަށް އެނގުނެވެ. އެހެނަސް އެ ކާޑުގައި އެންމެ ގުޅައެއް ވެސް ނެތުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ބޮޑުމަންމާ މީގެ ބޭސްކާޑެއް ނޯންނާނެތަ ބޮޑުމަންމަ އަތުގަ؟ ކުރީ ފަހަރު ޑޮކްޓަރަށް ދައްކާފަ ލިބިފަ ކަންނޭނގެ ދޯ ހުންނާނީ؟” އަޔާޒް އެ ކާޑު ހިފައިގެން ވަސީމާ ކައިރިއަށް ގޮސް އެހިއެވެ.

 

“މި….މި ކަހަލަ ބޭސް ލިބުނު. އެކަމަކު މިހާރު ބޮޑުމަންމަ އަތުން ވެސް ހުސްވެފަ ހުރީ.” ވަސީމާ ދެލޯ ހަނިކޮށްފައި އެ ކާޑަށް ބަލަން ހުރެ ބުނެލިއެވެ. އެއާއެކު އަޔާޒް އެ ކާޑާއެކީ ތަންކޮޅެއް ކުރިއަށް ގޮސް ބަދިގޭގެ ޑަސްބިނަށް އަޅާލިއެވެ. އެއަށްފަހު ބޭރަށްދާން މިޞްރާބުޖަހަމުން ވާހަކަ ދެއްކިއެވެ.

 

“ބޮޑުމަންމަ ކުޑަކޮށް މަލާކަށް ބަލާލައްޗޭ. ބުރަކަށްޓަށް ތަދުވެގެން އުޅެނީ. އަހަރެން އެބައަންނަން އެ ބޭސް ގަނެގެން.” އަޔާޒް އެހެން ބުނެ ނިމުނުއިރު އޭނަ ގޭގެ ދޮރު ކައިރިއަށް ގޮސް ތަޅުދަނޑި އަޅުވާ އެތިން އޭނަގެ ކާރުގެ ތަޅުދަނޑި ނެގީއެވެ. އޭނައަށް އުޅެވެމުން ދިޔަ ގޮތުން އަޔާޒަށް އަމިއްލަ ނަފްސު ސިފަކުރެވެމުން ދިޔައީ އެމަޖެންސީ ރޫމެއްގައި އުޅެމުން ދިޔަ ޑޮކްޓަރެއް ފަދައިންނެވެ. އެކަމާމެދު އުފާކުރަމުން އޭނަ ގެއިން ނިކުތް ވަގުތު އޭނަގެ ބޮޑުމަންމަ ހެވި ދިއްލިފައި ހުރީ އޭނަގެ ޙަރަކާތްތަކުގެ މުޅިން ތަފާތު މާނައެއް ނަގަމުންނެވެ.

 

**

 

އެދުވަހުގެ އެވަގުތު ނިޝާން ހުރީ އޭނަގެ ދެކުދިން ގޮވައިގެން ގޮސް ސަލްޓަން ޕާކުގައެވެ. ޕާކުގެ އެކިއެކި ތަންތަނަށް ގޮސް ލަޔާންއާއި ލިލިއަންއަށް ކުޅުމުގެ ފުރުޞަތު ދިނުމަށްފަހު އޭނަ އެންމެ ފަހު އެދެމީހުން ގޮވައިގެން ގޮސް ބެންޗެއްގައި އިށީނީ ލިލިއަންއަށް އެއްޗެއް ދިނުމަށެވެ. ކައިރީގައި ލިލިއަން ބައިންދައިގެން ލިލިއަން އަތަށް ކަނޑާފައި އޮތް ޔޯގަޓް ޕެކެޓެއް ދިނުމުން އެކުއްޖާ ދެކޮޅު ހެދުމެއްނެތި އޭތި ހިމޭންކަމާއެކީ ބޯންފެށި ގޮތުން ނިޝާނަށް ހީލެވުނެވެ.

 

“ލިލީ ބައްޕިއާ ފައިޓް ނުކުރާނީ އެންމެ ދެކަމަކާހެދިދޯ؟ ކުޅުމާއި ކެއުން. ހެހެ….” ނިޝާން ލިލިއަންގާތު އެހެން ބުނެ ހީލުމުން ލިލިއަން ވެސް އޭނައަށް ބަލާފައި ހީލިއެވެ. އެހިނދު އާދައިގެ މަތިން ނިޝާންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔަ ހިނދު އޭނަގެ ހިނިތުންވުން ވެސް ފަނޑުވިއެވެ. ލިލިއަންގެ ހިނިތުންވުން އޭނައަށް އަބަދުވެސް އެހެން ހިނިތުންވުމެއްގެ ހަނދާން އާ ކޮށްދޭތީވެއެވެ. އެ ހިނިތުންވުން އޭނައަށް އަމާޒުވި އެތައް ދުވަހެއްގެ މަތިން ހަނދާން އާވެގެން ދިޔުމުން ނިޝާންގެ އަރުތެރެ ބެދެން ފެށިއެވެ. އެހެނަސް އެ ހިތި ހަނދާންތައް އާ ނުކުރުމުގެ ގޮތުން ނިޝާން އަނެއްކާވެސް ހިނިތުންވެ އޭނަގެ ކުރިމަތީގައި ފުއްޕާހަމެއް މައްޗަށް ދޫކޮށް ތިރީގައި ޖެހުނަ ނުދީ ހިފަމުން ދިޔަ ލަޔާންއަށް ނަޒަރު ހުއްޓާލިއެވެ. އޭނަ ބަލަބަލާ ހުއްޓާ ލަޔާން ދެ ފަހަރެއްގެ މަތިން އޭނަގެ ފުއްޕާހަން ހިފާލުމަށްފަހު މާ ނޭވާލާން ފެށީ ވަރުބަލިވެގެން އުޅޭ ފަދައަކުންނެވެ. އެ ހިނދު އެ ލޯ މަތިން ވެސް އެ ވަރުބަލިކަން ފާޅުވަމުން ދިޔަ މަންޒަރު ފެނިފައި ނިޝާނަށް އޭނަގެ ޖީބުން ފޯނު ނަގާލެވުނެވެ. އޭނަ ފޯނު ހުޅުވާލަމުން ކަލަންޑަރު ހުޅުވާލިއެވެ. ކަލަންޑަރުން އެ ދުވަހުގެ ތާރީޚު ފެނިފައި ނިޝާންގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވި ހިނދު އޭނައަށް ކުރުގޮތަކަށް ނޭވައެއް ލެވުނެވެ. އެއަށްފަހު އޭނަ ލަޔާންއަށް ބަލައި އެއްޗެކޭ ބުނަން އުޅުނު ވަގުތު ލަޔާން އޭނައަށް ބަލާލަމުން އޭނަ ކައިރިއަށް އަންނަން ފެށިއެވެ.

 

“ބައްޕީ…..އަނެއްކާ އެހެންވަނީ ކޮއްކޮއަށް. އަނެއްކާވެސް ވަރުބަލިވަނީ.” ލަޔާން ހިތާމަވެރިކަމާއެކީ ޝަކުވާކުރަމުން އައިސް ނިޝާންގެ ކުރިމަތީގައި ހުއްޓިލިއެވެ. ލަޔާންގެ އެ ބަސްތައް އިވިފައި ނިޝާންގެ ހިތްދަތިވިއެއްކަމަކު އޭނަ ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ.

 

“ތިހެން ނުބުނޭ ކޮއްކޯ…ބައްޕި އަބަދުވެސް ބުނަމެއްނު ލަޔާން ކޮއްކޮއަކީ ބައްޕިގެ ހީރޯއޭ. އެދުވަހު ވެސް ކިހާ މޮޅަށް ބައްޕިއާއެކީ ކުޅުނުއިރު ކޮއްކޮ ގޯލްޖެހީ؟” ނިޝާން އެވަގުތުކޮޅު އުފާވެރި ކުރެވޭތޯ ބެލިއެވެ. އެހެނަސް….

 

“އެއީ ބައްޕިއާއެކީ ކުޅޭއިރު…..މިހާރު ކޮއްކޮއަކީ ހީރޯއެއްނޫން. ކޮއްކޮ ސްކޫލްގަ ކުޅޭއިރު ވެސް އަބަދު ބަލިވަނީ. ކުދިން ވަރަށް ބުނޭ ކޮއްކޮއަށް ނޭނގެއޭ ކުޅޭކަށް. އެއްވެސް ކުއްޖަކު ކޮއްކޮ ޓީމަށް ލާކަށް ބޭނުމެއްނުވޭ…” ލަޔާން އެ ވާހަކަ ކިޔައިދިނުމުން ނިޝާން އޭނަގެ އިޙްސާސްތައް ހިންދަން މަސައްކަތް ކުރަމުން ދުރަށް ނަޒަރު ހުއްޓާލީ އެއްޗެކޭ ބުނެވޭވަރަށްވުރެ އޭނަގެ ހިތް ދެރަވުމުންނެވެ. އޭނަ ހިމޭންކަން ޚިޔާރުކުރުމުން އަނެއްކާވެސް ލަޔާން ވާހަކަ ދެއްކިއެވެ.

 

“ކޮއްކޮ އަނެއްކާވެސް ޖެހޭނީ ހޮސްޕިޓަލުގަ ބާއްވަންތަ ބައްޕި؟ އަނެއްކާވެސް އެ ރެޑް ކުލައިގެ އައިވީ އަޅަންތަ ޖެހޭނީ؟ ކޮއްކޮ ބޭނުމެއްނޫން އެހެންވާކަށް ބައްޕި. ކޮއްކޮއަށް އެހެންވާންވީ ކީއްވެ؟” ލަޔާން ޝަކުވާގެ ރާގަކަށް އެތައް ސުވާލެއް ކުރުމުން ވެސް ނިޝާނަށް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނުން ނޫންކަމެއް ނުކުރެވުނެވެ. ލަޔާން އެންމެ ފަހުން ކޮށްލި ސުވާލުން އޭނަގެ ޚިޔާލުތައް މީގެ 3 މަސްކުރިއަށް ދަތުރުކުރިއެވެ.

 

“ކީއްވެ ދޮގު ހެދީ؟” އޭނަގެ ކަންފަތުގައި ގުގުމާލީ މީގެ ތިން މަސް ކުރިން ޚުދު އޭނަ ކޮށްލި ސުވާލެވެ.

 

“ދޮގު ހެދީ ހަދަން ޖެހުނީމަ. ނިޝާންވެސް ބޭނުންވީ އެގޮތްވީމަ. އަހަރެން ބުނިންތަ އެއްޒަމާނެއްގަ ވެސް އަހަރެން ބޭނުންވެއޭ ކުދިންނެއް؟ ނުބުނަމެއްނު؟ މި **** ނުހޯދިނަމަ އަހަރުމެންގެ ދެމެދުގަ މިހުރިހާ މައްސަލަތައް ފެންމަތި ނުވީސް!” އޭނަގެ ސުވާލަށް ހުތުރު ބަހުން ލިބުނު އެ ޖަވާބާއެކީ އެމީހެއްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވިއްލާލެވުނު އަޑުވެސް އިވިގެން ދިޔަހެން ޕާކުގެ ބެންޗުގައި އިން ނިޝާނަށް ހީވިއެވެ. އެއަށްފަހު ލަޔާން މަންމާއޭ ކިޔަ ރޮއި ހަދާ އަޑާއެކީ ލިލިއަންގެ ރުއިމުގެ އަޑުވެސް ކަންފަތުގައި ގުގުމަން ފެށުމުން ނިޝާންގެ މޭގައިވި ރިހުން ތޫނުވިއެވެ. އެދުވަހު ކަންތައްވީ ގޮތް އިއްޔެވީ ކަމެއްހެން އޭނައަށް އިޙްސާސް ކުރެވެމުން ދިޔައެވެ. އޭނަ މުޅި ޢުމުރު ދުވަހަށް އިތުބާރުކުރަން ނިންމި ފަރާތް އޭނަގެ އިތުބާރު ގެއްލުވާލި ގޮތެވެ. މަންމަ ގެއްލިގެން ދިޔުމުން އޭނަގެ ދެކުދިން އެޅި ކަރުނަތައް ފެނިފައި އޭނަގެ ހިތަށް ވެރިވި ފުން ހިތާމަވެރިކަމެވެ. އެދުވަހު އެދެމީހުން މަސަލަސް ކުރަން އޭނަ ކުރަންޖެހުނު މަސައްކަތެވެ. އެއަށްފަހު އޭނަ އަމިއްލަ ހިތާމަތަކާއެކީ އެކަނިވެރިކަމުގައި ހޭދަކުރި ފުރަތަމަ ރެއެވެ.

 

“ބައްޕީ….ބައްޕި ސޭޑްވަނީތަ؟ ބައްޕި ސޭޑް ނުވައްޗޭ ކޮއްކޮ ސޭޑްވިޔަސް. އެހެންނޫނީ ކޮއްކޮ ވަރަށް ހާޓްވާނެ.” ލަޔާން ނިޝާންގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. އެހިނދު ނިޝާން ލަޔާނަށް ބަލާލިއިރު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އޭނަ ލަޔާނަށް ބަލަން ހުރެފައި ލަޔާންގެ ނިތަށް ބޮސްދިނެވެ. އެއަށްފަހު ލަޔާންއާއި ދުރުވެލަމުން ލަޔާންގެ މޫނަށް ބަލާލިއެވެ. ކޮންމެ މަހެއްގެ ފަހުކޮޅާއި އެއްގޮތަށް އޭރުވެސް ލަޔާންގެ މޫނުމަތި މިލައި ތުންފަތް ހުދުވެފައިވި ގޮތުން ނިޝާން ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެންއައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ލަޔާން ކައިރިއަށް ގެނެސް ލަޔާންގެ ގައިގައި ބާރަށް ބައްދާލިއެވެ.

 

“ބައްޕިއަށް މަޢާފު ކޮށްދެއްޗޭ ދަރިފުޅު. ހުރިހާ ކަމަކަށްޓަކައި…ބައްޕި ވަރަށް ސޮރީ…” ނިޝާނަށް އެ ފަހު ބަސްތައް ބުނެލެވުނީ ކުރެހިފައިވި އަޑަކުންނެވެ. އެހިނދު މޭތެރޭގައި އުފެދިފައިވި ރިހުމަށް އޭނައަށް އިތުރަށް ކެތް ނުކުރެވޭނެހެން ނިޝާނަށް ހީވަމުން ދިޔައެވެ.

 

“ކޮން ކަމަކަށް ބައްޕި ސޮރީ ބުނަނީ؟” ލަޔާން ސުވާލުކުރިއެވެ. އެހިނދު ނިޝާންގެ ލޮލުން ކަރުނަތައް ފައިބައިގެން އައިސް އޭނައަށް ރޮވެން ކައިރިވިއެވެ.

 

“ބައްޕި ކިޔައިދޭނަން ހުރިހާ ވާހަކައެއް ކޮއްކޮ. މިވަގުތަށް ބުނެލަން ބޭނުންވަނީ ކޮއްކޮ ރަނގަޅުކުރަން ބައްޕިއަށް ކުރެވެން އޮތްހާ ކަމެއް ކޮށްދޭނަމޭ. ބައްޕި ކޮއްކޮ ރަނގަޅުކޮށްދޭނަން އިން ޝާ ﷲ!” ނިޝާން ބުނެލިއެވެ. ހަމަ އެހިނދު މަންޒަރު ބަލަންއިން ލިލިއަން އޭނައަށް އެނގުނު ގޮތަކަށް ނިޝާން ބުނެލި ފަހު ބަސްތައް ބުނެލުމުން ނިޝާނާއި އެކީ ލަޔާނަށް ވެސް ހެވުނެވެ. އެއާއެކު އަނެއްކާވެސް ނިޝާން އޭނަގެ ހިތްދަތި ޚިޔާލުތަކާއި ހިނދުކޮޅަކަށް ނަމަވެސް ދުރުވިއެވެ. ލަޔާން އޭނަގެ ކޮއްކޮ ‘އިން ޝާ ﷲ’ ކިޔާ ގޮތް ރަނގަޅުކޮށްދޭން ކުރަމުން ދިޔަ މަސައްކަތް އޭނައަށް ބަލަން އިނދެވުނީ ހެވިފައެވެ.

 

ނިޝާންގެ އެ ހިނިތުންވުން ދެން އެދުވަހަށް ފަނޑުވެދާނެ ކަމަކަށް އޭނަ ހިއެއްނުކުރެއެވެ. އެހެނަސް އޭނަގެ އެ ހިނިތުންވުން ވެސް ފިލައި ދިޔައީ ޕާކުން ނިކުމެ ދެކުދިންނާއެކީ ކާރަށް އެރި ވަގުތެވެ. އޭނަގެ ފޯނަށް މެސެޖެއް އައުމުން ބަލާލިއިރު ‘ވައިފް’ ގެ ފަރާތުން އައިސްފައިވި މެސެޖެއް ފެނިފައި އޭނަގެ ހިތް ތެޅިލިއެވެ. އޭނަ ފަޅި ސިކުންތެއްގެ ތެރޭގައި އޭތި ހުޅުވައި ބަލާލިއެވެ.

 

“ހާއި ނިޝާން….ލޯންގް ޓައިމް ނޯ ސީ…ހިނގާބަލަ ބައްދަލުކޮށްލަން. މުހިއްމު ވާހަކައެއް ދައްކަންވެފަ އެބައޮތް.” މެސެޖުގައި ލިޔެވިފައި އޮތީ އެހެންނެވެ. އޭގެ ތިރީގައި ބައްދަލުކުރަންވީ ތާރީޚާއި ގަޑީގެ އިތުރުން ދާންވީ ތަންވެސް ލިޔެވިފައިވިއެވެ. މެސެޖު ފެނުނު ފުރަތަމަ ސިކުންތުގައި ނިޝާނަށް އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި އިނދެވުނެއްކަމަކު މާ ގިނައިރެއްނުވެ އޭނަގެ މޭތެރޭގައި ރުޅިވެރިކަމުގެ އަލިފާންގަނޑެއް ރޯވިއެވެ. އައި ރުޅީގައި އޭނަ ވަގުތުން އެ މެސެޖު ޑިލީޓްކޮށް ކޮންޓެކްޓް ލިސްޓުން އެ ނަންބަރުވެސް ފޮހެލީ ދެން އޭނަގެ ޙަޔާތަށް އައި އެ ބާބުގެ މަތިން ހަނދާންވެސް ކުރަން ބޭނުމެއްނުވާ ފަދައަކުންނެވެ.

 

**

 

ބޭސްފިހާރައިން އޭނަ ބޭނުންވާ ބޭސް ގަނެގެން ނިކުތް އަޔާޒްގެ ޖީބުގައި އޮތް ފޯނު ވެސް ވައިބްރޭޓްވެގެން ދިޔައީ އެއަށް މެސެޖެއް އައުމުންނެވެ. އެހެނަސް އެ ވަގުތު އޭނައަށް އެ މެސެޖު ބެލުން މުހިއްމު ކަމަކަށް ނުވީ އެއީ ދެންމެ އޭނައަށް މެސެޖުކުރި އެކުވެރިއެއްގެ ކުރު ޖަވާބަކަށް ވެދާނެއޭ ހިތް ބުނުމުންނެވެ. އަދި އަމުދުން އޭނަ މިވަގުތު ބަލަމުންދާ ‘ބަލިމީހާ’ އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް އޭނައަށް މުހިއްމުވުމުންނެވެ. އެ ޚިޔާލު ހިތަށްވެރިވުމުން އަޔާޒަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނަ ކާރަށް އެރީ އެ މެސެޖުން އޭނަގެ ޙަޔާތަށް އިންޤިލާބެއް އަންނާނެކަން ރޭކާލުމެއްނެތިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

 ?ދުރުވާނެބާ – 1

Next

ވާނަން އުމުރަށް – 33 –

Next
October 5, 2019

ވާނަން އުމުރަށް – 33 –

Previews
October 5, 2019

 ?ދުރުވާނެބާ – 1

27 Comments!

  1. Ummu Xahaa Xaan says:
    October 5, 2019 at 8:36 pm

    Binthu Yoosuf
    Fathimath Shaarima Ismail

    1. Jana says:
      October 6, 2019 at 7:50 pm

      ^_^

  2. jiji says:
    October 5, 2019 at 8:45 pm

    me second dhw..kiyaafa comment eh kohlaanan In Sha Allah ?

    1. jiji says:
      October 6, 2019 at 6:43 am

      alhey nishan ah v goiy vx v dhera dhw..Dhen alhe mauvaa gandu tha e msg kury…ayaaz ebalaane dhw..anyway story v rythi..waiting for the next..ly?

    2. Jana says:
      October 6, 2019 at 7:51 pm

      aan varah dhera nishan ah veegoiy. jana ves varah dheravi e bai liyunu iru. balamaa Ayaz ah msg kury kaakukan wednesday ga dho In Sha Allah? 😉 Love you too <3

  3. ShAaKkO Mi says:
    October 5, 2019 at 8:59 pm

    Wow. Hama vv loabi

    1. Jana says:
      October 6, 2019 at 7:52 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  4. Ram says:
    October 5, 2019 at 9:11 pm

    VVV salhi

    1. Jana says:
      October 6, 2019 at 7:52 pm

      Alhamdhulillah! 😀

  5. Yam says:
    October 5, 2019 at 9:42 pm

    Mauvaa ge kanthahthah falhaa aruvaaa bala

    1. Jana says:
      October 6, 2019 at 7:53 pm

      Mauva ge kanthah Yam ah saafukoh eba ingeytha? engenya jana ah kiyaidhehchey. eyrun falhaa aruvaanan 😀

  6. Alanaasi says:
    October 6, 2019 at 5:40 am

    Haadha dhera ey Nishaan ah vee goi. Ehenveema kaiveni kurumuge kurin anekaa dharin hoadhan beynun tho ves ahan dho mi jeheny

    1. Jana says:
      October 6, 2019 at 7:58 pm

      Aan varah dhera…aslu kaivenyegge eh maqsadhaky ves harudhanaa jeeleh bina kurun dho? ekamaku mi zamaanuge kudhinnah film thakun fenifa huri gothun gulhumegga emme muhimmu vany dhemeehun ulheny kihaa ufaaverikoh kan gina bayakah dhekkun. vakin khaassakoh social media ge sababun ves aharumen gulhun thakaa medhu dhekey gothah varah bodethi badhaluthah aisfa vany dho Alanaasi? Aslu kaiveneege gulhumaa medhu mulhin re-orientation eh beynunvefa thibi zuvaan kudhin ves gina. kaivenyaky hama ekani heydha kurevey eki eki ufaaveri vaguthukolheh noon. ey harudhanaa mustaqbaleh binaa kurumah dhe bayaku loaibaa eky kuraa minneh masakkaiy. In Sha Allah mi vaahaka thah medhuverivegen jana mi masakkaiy kurany ekan dhekkeytho 🙂

    2. Alanaasi says:
      October 9, 2019 at 3:29 pm

      Totally agree!
      Maasha Allah. Jana thikura masakkathuga Allah barakaaiy lavvaashi. Aameen

  7. Kairaa says:
    October 6, 2019 at 7:04 am

    V reethi Hama…… Waiting for the nxt part….. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Jana says:
      October 6, 2019 at 7:59 pm

      Alhamdhulillah! 🙂 next part wednesday ga In Sha Allah 🙂 <3 <3 <3

  8. ?Shifna? says:
    October 6, 2019 at 7:24 am

    Masha allah. Mi part vx vrh reethi. Kiyaafa cmnt eh nukurevey mihaaru busy kamun. Cmnt nukurevunas vaahaka gavaaidhun kiyan. Hama habeys.
    Alhe kn kahala mauvaa ehthr e ee. Adhi eynage manma aa dhemeehun dhw ehn e ulhenee.
    Alhey vrh dheravejje Nishan ah v goi enguneema??.
    Kn irakun thr next?? Waiting 4 next part… may allah bless you. LY Sis

    1. Jana says:
      October 6, 2019 at 8:01 pm

      comment nukuriyas massala eh nethey sis. engey shifna nukiyaa nuhunnaanekan ^_^

      Aan dho? Mauvaa yaa eynage mamma ulheny kommeves kamaku. balamaa dho? jana ves varah dheravi nishan ah veegothun. hehe…In Sha Allah next part wednesday ga. May Allah bless you more. Ameen! <3

  9. Xaaan says:
    October 6, 2019 at 8:47 am

    Masha Allah mi partves vvv reethi bt thankolheh kury waiting next part

    1. Jana says:
      October 6, 2019 at 8:03 pm

      Alhe Xaaan kureh nuvaane. hama varubalivejje thihen bunyma ves. mi bai 200 words varakah kuruvaany. ey gaaigandakah emme scene eh. emme scene eh ves cover nukurevidhaane ehaavarun. hehe…In Sha Allah next part wednesday ga 🙂

  10. Jana says:
    October 6, 2019 at 2:18 pm

    Assalaam’alaikum. mi baiga Ayaz aa Malaak ge bai kuruveema faharegga baeh kiyuntheringe shakuvaathah huredhaane. ekamaku vaahakaige mihaa hisaabun ehen characters thakuge baithah ves madumadun detail vamun dhaane. ekamaku e hurihaa kameh center vefa hunnaany Ayaz aa Malaak ge gulhumah. ummeedhukuran kiyuntherinnah understand vaane kamah. 🙂 jana address kuran beynunvaa massala thah feshen ves varah kairivejje. ihthifaaqakun ey mi dhuvaskolhu ivemundha vaahaka thakaa ves gulhun huri kanthah. Maai Allah alhamennaai alhamenge fahun anna jeelthakuge hihthah ekalaange deen matheegai saabithu kohdhevvaashi. Ameen!

    jana ge kiyuntherin thireegaiva page thah follow kurumaky jana ge varah bodu edhumeh

    https://web.facebook.com/Asr-1445208739121696/

    https://web.facebook.com/guidancefromquran/?modal=admin_todo_tour

    next part wednesday ga In Sha Allah. comment thakah reply kohdheynan miadhu haveeruge vaguthegga In Sha Allah 🙂

  11. kiyaa says:
    October 6, 2019 at 5:47 pm

    vv reethi story dhen vaani kihinehbaa????
    soo curios plx wednesday kurin geness dheeba pleas surprise parteh gothuga viyass geness dheyyba it’s not easy to wait

    1. Jana says:
      October 6, 2019 at 8:04 pm

      hehe…surprise part eh genesdheven nethey kiyaa. kudakoh busy koh mi week midhany ves. genesdheven neh iru bunegen nuvaane dho? just be patient 😉 Alhamdhulillah! <3

  12. Snow says:
    October 7, 2019 at 8:38 am

    V reethi abadhu mihen kiyeny reethi kamun.?. Ayaz faadu faada goi dhoonukoh ulhunas hi hevey dhow ?

  13. Aana says:
    October 8, 2019 at 1:13 am

    Baeh dialogs haadha odd ey Jana. Ekan rangalhu kollabala. Aadhaige vaahaka dhakkaa iru fahathah ‘gondiah laadhinun edhen’. Mikahala gothakah nukiyaane ennu. Mi kiyanee sitee eh noonennu

  14. Anonymous says:
    October 8, 2019 at 10:32 pm

    Jana eng. Vaahakaige aa part kon irakun

  15. Zee says:
    October 16, 2019 at 5:57 pm

    V nice

Comments are closed.

Next Episodeވަޢުދު (އަށާރަވަނަ ބައި)←


All Right Reserved!