Skip to content
އެސްފިޔަ

ވާނަން އުމުރަށް – 32 –

ޝާހިދު ލޫންގެ އަތް އޭނާގެ އަތުތެރެއިން ނަގަމުން ނުކުތުމަށް އެނބުރިލީ ދެލޯ ފުރިބާރުވަމުންދިޔަ ކަރުނަތަށް ފޮހެލަމުންނެވެ. ކުރިމަތި ބަލާލިވަގުތު ޝާހިދުގެ ދެލޯ ބޮޑުވެގެން ދިޔައީ ފެނުނު ސޫރައަކުންނެވެ.

___________________________________

“އަ..އައިލީން..” ޝާހިދުއަށް އައިލީންއަށް ގޮވާލެވުނީ އުނދަގުލާއެކުއެވެ. އޭރު އައިލީންގެ ދެލޯ ފުރި ބާރުވަމުންދިޔަ ކަރުނަތަށް ކޯތާފަތްމަތިން ބޮސްދެމުން ތިރިއަށް ދެމެމުންދިޔައެވެ. ކުއްލިޔަކަށް އައިލީންގެ ފަހަތުން ނުކުތް ސައިރާ ފެނިފައި ޝާހިދު ގަބުވިއެވެ. ސައިރާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުތަށް ފައިބަމުންދިޔައީ އެ ހިތަށް ކޮއްފައިވާ ފުން އަސަރަކުންނެވެ.

“ސަ..ސައި…” ޝާހިދު ބުނަން އުޅުނު ޖުމުލަ ހުއްޓުނީ ސައިރާ އަތުގެ އިޝާރާތުން ވާހަކަ ނުދެއްކުމަށް އެދުމުންނެވެ. އައިލީން ލޫންއާ ދިމާލަށް ބަލަން ހުރުމަށްފަހު މަޑުމަޑުން އެދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ. ސައިރާ އާ ޝާހިދުވެސް އައިލީންއާ ލޫންއަށް ބަލާލިއެވެ. އައިލީންގޮސް ލޫންއޮތް އެނދުގެ މަގަތުގައި އިށީނެވެ. އޭރު ލޫންއޮތީ މިވަނީ ކިހިނެއްކަން ނޭނގުމުން ހާސްވެފައެވެ. އިއްބާން ލޫންގެ އަތުގައި ހިފާލުމުން އެހިތަށް ކުޑަނަމަވެސް ހަމަޖެހުމެއްލިބުނެވެ. އައިލީން އޭނާގެ އަތް ލޫންގެ އިސްތަށިގަނޑުގައި ޖައްސާލަމުން ފިރުމާލީ އޯގާތެރިކަމާއެކުގައެވެ.

“ދޮ..ދޮން..ދޮންތާ…” އުނދަގުލުން ނަމަވެސް އައިލީން ލޫންއަށް ގޮވާލިއެވެ. އައިލީން ދޮންތާއޭ ބުނުމުން ލޫންއަށް ދެލޯ ބޮޑުކޮއްލެވުނެވެ.

“ދޮންތާ…މީ ދޮންތަގެ ކޮއްކޮއޭ..މީ ދޮންތަގެ ކޮއްކޮ އައިލީން…” އައިލީން އެހެން ބުނުމުން ލޫންގެ ލޮލުން ވެއްޓުނު އުފާވެރިކަމުގެ ކަރުނަތިކި އައިލީން ފޮހެލަދިނީ އޯގާތެރިކަމާއެކުގައެވެ.

“ކޮއްކޮ…އަހަރެންގެ ކޮއްކޮ ތަ….” ލޫން ހިނިތުންވެލަމުންވެސް އަހާލީ ޔަގީން ނުވެފައި ހުރިހެނެވެ.

“އާން…” ލޫންގެ އަތުގައި ހިފަހައްޓާލަމުން އައިލީން ބުނެލީ ޔަގީންކަންދޭފަދަ ގޮތަކަށް ބުނެލަމުން ހީލިއެވެ.

“ސައިރާ…އަހަރެ…..” ޝަކީބް ވާހަކަ ދައްކަން ފެށުމުން ލޫންއާ އައިލީން އަދި އިއްބާންގެ ސަމާލުކަން އެ ކަމަށް ދެވުނެވެ.

“ޝަކީބް….ޝަކީބްއެއް ނޫން އަހަރެން ކައިރިން މާފަށް އެދެންޖެހޭނީ…އަހަރެން….އަހަރެން ޝަކީބްއާ ކައިވެނިކުރަން އެއްބަސް ނުވިނަމަ މިހެނެއް ނުވީސް……..ޝަކީބް އެންމެ….އެންމެ ފަހަރަކު ނަމަވެސް އަހަރެން ކައިރީގައި ބުނެލިނަމަ އަހަރެން ޝާކީބް އާ ކައިވެނިކުރަން ދެކޮޅު ހެދީމު………….އަހަރެންނާ ހެދި މިހެންވީ…..އަހަ….އަހަރެންނަށް މާފް….” ގިސްލަ ގިސްލަމުން ސައިރާ ބުނަމުންދިޔައެވެ. އައިލީން ހުރީ އަދި އަލަށް ސައިރާ އޭނަގެ ކުރިމަތީގައި ރޯތަން ފެނުމުން ދެރަވެފައެވެ.

“ސައީ…އެއީ ސައީގެ ކުށެއްނޫނޭ…އަހަރެން ނުބުނީމަކާނު ސައީއަށް ނޭނގުނީ….އަހަރެންނަށް ހަމަ އެންމެ ކަމެއްކޮއްދެންވީ ސައީ…” ސައިރާއަށް ބަލާލަމުން ޝާހިދު އެންމެ ފަހު ޖުމުލަ ބުނެލީ ކުޑަކޮއް ހުއްޓާލާފައެވެ.

“ޝާހިދު……..އަހަރެންވެސް ބޭނުން ޝާހިދު ކައިރީގަވެސް ކަމަކަށް އެދެން…….” ސައިރާވެސް ބުނެލީ ފަސްޖެހިފައިވާފަދަ ގޮތަކަށެވެ.

“ސައީ ބުނީމަ އަހަރެން ބުނާނީ…ސައީ ކިޔާބަ…..” ފުންނޭވާއެއްލަމުން ޝާހިދު ބުނެލީ ސައިރާއާ ދިމާލަށް ބަލާލަމުންނެވެ.

“އަހަ…އަހަރެން ބޭނުން އަހަރެން ލޫންގެ މަންމަގެ މަގާމުގައި ހުންނަން…ލޫންގެ މަންމައަށް ނުދެވުނު ލޯބި އަހަރެން ބޭނުން ލޫންއަށް ދޭން…ޝާ..ޝާހިދު މިކަމާ ގަބޫލިއްޔާ..” ޖެހިލުންވެފައިވާފަދަ ނަޒަރަކުން ޝާހިދުއާ ހަތަރުކަޅި ހަމަކޮއްލަމުން ސައިރާ ބުނެލީ ޝަހިދު ބުނާނެ އެއްޗަކާ މެދުގައި ވިސްނަން ހުރެއެވެ.

“ސައީ….ތީ އަހަރެން ދެންމެ ހަމަ ސައީ ކައިރީގައި އެދެން އުޅު ކަންތަކޭ….ސައީ…އަހަރެން ގަބޫލު ތިކަމާ…އަހަރެންނަށް ޔަގީސް ސައީ ލޫން އަމިއްލަ ދަރިއެއްހެން ބަލާނެކަން….” ސައިރާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ޝާހިދު ބުނެލީ ކަރުނަވީ ދެލޮލުންނެވެ.

“ލޫން…ދަރިފުޅާ…ދެން މި މަންމައަށް ދަރިފުޅު މާފު ކުރާނެ ކަ…..” ލޫންގެ އަތުގައި ހިފާލަމުން ސައީރާ ބުނަން އުޅުނެވެ.

“ދައްތާ….މީގަ ދައްތަގެ އެއްވެސް ކުށެއް ނެތް…ތަގުދީރުގައި ވާން އޮތްކަމެއް ވާނެ….އަހަރެން ދައްތައަށް ހެޔޮ ހިތުން މާފު ކޮއްފިން..” ސައިރާގެ އަތަށް ފިތާލަމުން ލޫން ބުނެލީ ކަރުނަވީ ދެލޮލާ އެކުގައެވެ.

“ދެން ދައްތަ ނުކިޔާ…މަންމަ ކިޔާ….” ލޫންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ސައިރާ ބުނެލިއެވެ.

“މަ..މަންމާ…” އުނދަގޫ ކަމާއެކު ލޫން އެހެން ކިޔާލަމުން ސައިރާގެ ގައިގައި ބައްދާލިއެވެ.

___________________________________

– 2 ދުވަސް ފަސް –

ހޮސްޕިޓަލުން ލޫން ދޫކޮއްލުމާއެކު ލޫން ބަދަލުވީ އައިލީންމެން ގެއަށެވެ. ލޫން ކުރިން އުޅެމުންދިޔަ ގޭގެ މީހުން އޭނާއާ ދޭތެރޭގައި ކަންތަށް ކުރިގޮތްވެސް ލޫން ވަނީ އެ މީހުންނަށް ކިޔާދީފައެވެ. އަޔާން ލޫން އުޅެމުންދާ ގެއަށްގޮސް ލޫން އެކްސިޑެންޓް ވެގެން ލޫން އަށް ނުފެންނަ ވާހަކަ ބުނުމުން އެދުވަހު އެގޭ މީހުންނަށް އީދެއް އައިސްގެން އުޅުނުފަދައެވެ.

“ދޮންތާ…ދޮންތަ ހުންނާނީ އަހަރެންގެ ކޮޓަރީގަ ދޯ…” ލޫންގެ އަތުގައި ހިފަހައްޓާލަމުން އައިލީން އަވަސް އަވަހަށް ބުނެލިގޮތުން ސިޓިންގ ރޫމުގެ ސޯފާތަކުގައޖ އިށީދެގެންތިބި ޝާހިދުމެން ގާތަށް ހިނިއައެވެ.

“ލީން ބޭނުންގޮތެއް…..” ހިނިތުންވެލަމުން ލޫން ބުނެލިއެވެ.

“ހޫމްމްމް…ދެން ލީންއަށް ދޮންތައެއް ލިބުނީމަ ދޮންބެ މަތިން ހަނދާންވެސް ނައްތާލީ ދޯ….” ލޫންއާ އައިލީންގެ ކޮނޑަށް އަތް ވައްޓާލަމުން އަޔާން ބުނެލީ ދެރަވާކަހަލަ ކުލަވަރެއް މޫނުމައްޗަށް ވެރިކުރުވެމުންނެވެ. ލޫންއަށްވުރެ އަޔާން ވިހެއުމަށް ލަސްވީ އެންމެ ދިހަ ދުވަހެވެ.

“ދެން ދޮންބެ އެކަނި ކޮށެއް ނުލާނަމެއްނުދޯ ދޮންތާ…” ހިނިތުންވެލަމުން އައިލީން ބުނެލީ ލޫންއަށް ދޯއެއްލަމުންނެވެ. ލޫން ބޯޖަހާލީ ހިނިތުންވެލަމުންނެވެ. ކުއްލިއަކަށް ސޯފާގައި އިން އިއްބާންގެ ފޯނު ރިންގުވާންފެށިއެވެ.

“ލައްބަ….ލައްބަ…އޯކޭ…..” ސޯފާއިން ތެދުވަމުން ލޫން ކައިރީގައި މަޑުކޮއްލަމުން އިއްބާން އަދި އަންނާނަން ކަމަށް ބުނުމަށްފަހު ދާން ހިނގައިގަތް ވަގުތު އަޔާން ލާނެތް އެއްޗެކޭ ބުނެލުމުން އިއްބާން މަޑުކޮއްލުމަށްފަހު ދާން ހިނގައިގަތީ ހިނިތުންވެލަމުންނެވެ. ލޫން އަޔާންގެ އަތުގައި ފުދޭވަރަކަށް ބާރަށް ޖަހާލީއިރު ހުރީ ލަދުގެންފައެވެ.
ަ
އަޔާން ތަދުވާކަމަށް ހަދާލުމާއެކު ލޫން އަވަސް އަވަހަށް މާފަށް އެދުނީ މާބާރަށް ޖަހުނީކަމަށް ހީކުރެވުމުންނެވެ. ކުއްލިއަކަށް އަޔާން ހޭންފެށުމުން ލޫންއަށް ވާނުވާ ނަގައިގަނެވުމުން ރުޅި މޫނު ހަދާލިއެވެ.

އޭރު ސައިރާއާ ޝަހިދު ތިބީ އެތިންމީހުންޖަހާ ސަކާރާތް ބަލަން ހިތްހަމަޖެހިފައެވެ. ލީޝާ ، ލީންއަދި އެދެމީހުންގެ މަންމަ ސާހިޔާ ވަނީ ބޭރަށް ގޮހެވެ.

“ދެން ދޭ ސަކަރާތް ނުޖަހާ ނިދަން އިނގޭ…” ޝާހިދު ބުނެލިއެވެ.

___________________________________

އިރު ފެނުންތޮޅެލުމާއެކު އިރުގެ ރަނދޯދިތައް ދުނިޔެއަށް ފަތުރާލަމުން މުޅި ކާއިނާތް އަލިކޮއްލައިފިއެވެ. ދެފަރާތަށް ފޮރޮޅެލަމުން އައިލީން ލޯ ހުޅުވާލުމާއެކު ސިއްސައިގެން ތެދުވެވުނީ ލޫން އެނދުގެ އަނެއް ފަޅީގައި ނެތުމުންނެވެ. ކުރިމަތި ބަލާލުމާއިއެކު އައިލީން ހައިރާންވިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (49)

  1. malsamalkkomal

    Salaam readers..mi othee 32nd vana part ves up koalaafa. Ummeedhukuran hurihaa kiyuntherinahves mi part kamudhaane kamah.
    Next part insha allah maadhan rey.
    Kiyaalaafa comment eh koalahchy. Feel free to comment your views. Lve ya all..nyts.?❤

  2. Mal?

    Vara reethi mi part ves nd me dho first

    1. Malsa Moosa
      Mal?

      Thanks mal..yh..congrats.?

  3. Nash

    Varah reethi mi part vs keep it up dear ???

    1. Malsa Moosa
      Nash

      Thanks Nash.?❤

  4. SARAH

    Varah reethi mi story ……♥️♥️

    1. Malsa Moosa
      SARAH

      Thanks SARAH.?.

  5. Kairaa

    Wowww…mi part vx hama varah reethi….keep it up dear…….and luv u ❤️❤️❤️❤️❤️

    1. Malsa Moosa
      Kairaa

      Thanks kairaa.lve ya too.?❤.

  6. Liyaa

    Mashaa allah nice

    1. Malsa Moosa
      Liyaa

      Thanks liyaa..?❤.

  7. zaa

    varah reethi

    1. Malsa Moosa
      zaa

      Thanks zaa.?.

  8. maanee

    mallu…u r improving a lot…keep up the great work..love this part

    1. Malsa Moosa
      maanee

      Thanks maanee.?.

  9. Luc!F3r

    Shakeeb? Shakeeb who?

    1. Malsa Moosa
      Luc!F3r

      Oops..olhunakun eii…shaahid.

  10. Luc!F3r

    Shakeeb? Shakeeb who?

    1. Malsa Moosa
      Luc!F3r

      Eii olhumakun bro. Rangalhu koalaafin. Aslhu shaahid innaanee. Olhumakun shakeeb jehunee. Sorry.

  11. Meekkomee

    Woww ????? varah varah reethi ?????????? whn is next part ???? luv it so much ???????? waiting for the next part ??????? luv ur story ❤️❤️❤️❤️❤️❤️❤️LYSM❤️❤️❤️❤️

    1. Malsa Moosa
      Meekkomee

      Thanks meekko..insha allah mireyga up koaladhynan.lve ya too.??❤.

  12. Beautym

    Varah varah reethi mi bai vx???…. Waiting for next❤???

    1. Malsa Moosa
      Beautym

      Thanks beautym.?❤.

  13. ❤️lamee❤️

    Varah vvvvv reethi . Hama habeys. Mihaa reethi story eh adhi nukiyan . Malsa ah thanks . Mi vaahaka liyamundhaathee . Looooveee it ??????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Malsa Moosa
      ❤️lamee❤️

      Awwwwn.thanks lamee.lamee ah thanks mi vaahka kiyamundhaathee?

  14. ❤️lamee❤️

    When next part. Tahkolheh avahah upload kohlahchey . Adhi miahvure dhigu kohlahchey ❤️❤️????????????????????????????????

    1. Malsa Moosa
      ❤️lamee❤️

      Thanka lamee..will try mirey up koaladhevytho. Nd try kuraanan dhigu koaladhevytho ves.?♥.

  15. Lamko

    Ur awesome sis mal…. Im speechless sis… Mi part vx varah furihama❤️❤️❤️??

    1. Malsa Moosa
      Lamko

      Thanku soo much dear.?.

  16. ShAaKkO Mi

    Wow vv reethi maa fahun dhw commenteh mi kollevuny

    1. Malsa Moosa
      ShAaKkO Mi

      Its ok dear. Thanks.

  17. jiji

    Speechless…v v habbu??ly

  18. malsamalkkomal

    Awwn.thanks jiji.lve ya too.?❤.

  19. Kairaa

    ❤️❤️❤️❤️❤️❤️❤️mal….when nxt part……??????

    1. Malsa Moosa
      Kairaa

      Sorry kairaa..mirey up eh nukurevyne.ekmves try kuraanan.

  20. malsamalkkomal

    Guys….sorry ingy.mirey vaahka up eh nukurevyne. Kuhliyakah thanakah dhaanjehigen..i hope u guys understand. insha allah Free vihaa avahakah up koaladhynan…varah try kuraanan mirey up kurevythi.sorry.

  21. Brownish

    Vrh reethi mi part vex ?
    Keep it up ??

    1. Malsa Moosa
      Brownish

      Thanks brownish.♥

  22. H

    I dont see my comment ?. Only praise kohfa hunna comments tha lany? Really im thinking aileen ah ibbaan aa aisham fenun dhuhu evves surprise eh vi kamaka neiy. She will get a shock ehnu twins brothers fenunyma. Where is that part?

    1. Malsa Moosa
      H

      H mal eh noony comment thah lanee…baeh faharu comment nugos ves hurey..mal ves vaahka thakah kuraa baeh comment thah publish eh nuvy adhives..Ooops….mal handhaan nethunee eyy…??…

  23. Yan

    Varah reethi Hama habeys love the story?? vaahaka than kolheh dhigukohlajey waiting for the nxt part

    1. Malsa Moosa
      Yan

      Awwn..thanks yan..yh…next part 100 words ah thure gina in liyevytho mi try kuranee?.

    2. Malsa Moosa
      Malsa Moosa

      Oops..sorry..1000*.

  24. Sannu

    Vaahaka reethi ..Ekam maa kuru koh update kuraathee.. than Kolheh dhigu koh liyefa update kohdheebala..

    1. Malsa Moosa
      Sannu

      Thanks sannu..yh next part ga 1000 words ah thure gina words liyevytho mi try kuranee.?

  25. cutie❤️?❤️

    mallu puttyy varrah furihama?? varrah reethi?❤️mal haadha molheyyy dhoonyaaaa❤️ curious to read next part?? and cutie innaane cutie ge sister ehge gmail in varrah important message eh kohffa reply kohlahcheyy please??? next part avahah up koh dheythi ingeyy kamanaaa??? TC

  26. malsamalkkomal

    Awwwn..thanks cutie..yh…reply koafin.?..ahaha…yh..mi try kuranee hama…tc.??.

  27. Nash

    When next part ??

  28. malsamalkkomal

    Up koalaafin.?.

Comments are closed.