Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ 2 ފުރަތަމަ ބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 29, 2019 8 Mins Read
19 Comments

އެރައިވަލްސް އިން ނިކުތް ޒުވާން ޖޯޑަށް އެންމެގެ ނަޒަރު ވަނީ ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެއީ ރާއްޖޭއަށް އެންމެ ރީތި ނަން ހޯދާދީފައިވާ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާރާޝްއާއި އޭނާގެ އަންހެނުން މާނީއެވެ. މާނީ ކޮނޑުގައި ބޯ އަޅާލައިގެން ތިން އަހަރުގެ ޔޫސުފް އޮތެވެ. ނޫސްވެރިންނާއި އާންމުންގެ ކެމެރާތަކަށް އާރާޝްގެ ކުޑަކުޑަ އާއިލާ އެރިއެވެ. ރާއްޖެ އަންނަން އާރާޝް ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. ކުޑަ ގައުމަކަށް ވުމުން މީހުންނަށް ފިލައިގެންނެއް ނޫޅެވެއެވެ. ސްޕެއިންގައި އާންމުންނަށް ފާހަގަވުމަކާ ނުލައި ނުލާހިކު ފަސޭހައިން އުޅެވެއެވެ. މީހުންގަނޑު ތެރެއިން ވީއްލިގެން މާނީ އަތުގައި ހިފައިގެން އާރާޝް ގޮސް އެމީހުންގެ ޕްރައިވެޓް ކާރަށް އެރިއެވެ.
*****
ކާރު ގޮސް ގޭ އެތެރޭގައި މަޑުކުރުމާއެކު މާނީއާ އާރާޝް ފޭބިއެވެ. ޔޫސުފްއަށް ނިދިފައި އޮތުމާއެކު އާރާޝް ޔޫސުފް އުރާލިއެވެ. އެއް އަތުން ޔޫސުފް ގައިގައި ބާރަށް ހިފަހައްޓައިގެން އަނެއް އަތް މާނީއަށް ދިއްކޮށްލިއެވެ. ފުޅާ ހިނިތުންވުމަކާއެކު މާނީ އާރާޝް އަތުގައި ހިފައިގެން ކާރުން ފޭބިއެވެ.

އަފްރާއާއި އިޝްމާ މާނީމެންގެ އެޕާޓްމެންޓް ތައްޔާރުކުރުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ޒިވާއާއި އަޝްވާ އެދެމީހުންނަށް އަތްގާތް ކޮށްދޭން އުޅުނެވެ. އަލައިކާއާއި ޔާޒްވެސް ގޭތެރޭގައި ދުވެ ދުވެފައި އުޅުނެވެ. އަފްރީން ސޯފާގައި އިނީ އެދެކުދިން އުޅޭ ނޫޅޭ ގޮތް ބަލާށެވެ.
ގޭގެ ބެލް ޖެހުމާއެކު ޒިވާއާއި އަޝްވާ އެންމެންނަށްވުރެ ކުރިން ދުވެފައި ގޮސް ދޮރު ހުޅުވިއެވެ. އާރާޝް ފެނުމާއެކު ދޮންބޭއޭ ކިޔާ ކުޑަކޮށް ހަޅޭއްލަވާލައިފައި ދެކުދިން އާރާޝް ގައިގައި ބައްދާލިއެވެ.
މާނީ އެތެރެއަށް ވަން ގޮތަށް ޔޫސުފް ކޮޓަރިއަށް ލިއެވެ. އަލައިކާއާއި ޔާޒް މާނީމެންނަށް މާބޮޑު ސަމާލުކަމެއް ނުދީ ކުޅެން ތިއްބެވެ. ޒިވާއާއި އަޝްވާ އާރާޝް ގާތުން ދުރަށް ނުދެއެވެ. އާރާޝް ސައިބޯން އިށީންނުމުން އާރާޝް ދެފަރާތުގައި ހުރި ދެގޮނޑީގައި ޒިވާއާއި އަޝްވާ އިށީނެވެ. “ދޮންތާ ކޮބާ ނާޔާއާއި ދޮންބެއާ؟” މާއިޒްއާއި ނަވްޔާ ފެންނަން ނެތުމުން މާނީ އެހިއެވެ. “ނާޔާވީ ވެޑިންއަކަށް ކުއްޖަކު ރެޑީ ކުރަން ގޮސް. ނުންނުއާ ދޮންބެއަށް މިރޭ ޕާޓީއަކަށް ދެވޭނެތަ؟ ޕްލީޒް” އިޝްމާ އެހާ ލޯބިން އެހުމުން އާރާޝްއާއި މާނީ އެއްބަސް ވިއެވެ. ދެމީހުން ކުޑަ ގޮތަކަށް ކައިލައިގެން ކޮޓަރިއަށް ވަނީ ޕާޓީއަށް ދާން ތައްޔާރުވާށެވެ.
*****
އެއް ހަފްތާ ފަސް

ރާއްޖެ އައިސް އެއް ހަފްތާ ވެގެން ދިޔައިރުވެސް ޔޫސުފް ރަނގަޅަށް ރާއްޖޭގެ މާހައުލަށް ނުހޭނެއެވެ. މާނީ ނޫނީ އާރާޝް ޖެހެނީ އަބަދުހެން ޔޫސުފް އުރައިގެން ގެންގުޅޭށެވެ. ޒިވާއާއި އަޝްވާ ޔޫސުފް އުރަން ހުންނަނީ ފައި ނެގިނެގިއެވެ. އެކުއްޖާ ލޯބިކަމުން ބައެއް ފަހަރު ކެއް ނުކުރެވިގެން އަޝްވާ އަތް ޖައްސާލިއަސް ރޮއެ ގަނެއެވެ. މީހުން ތިއްބެއްޖެޔާ ޔޫސުފް އަނގައިން އަޑެއްވެސް ބޭރުކޮށްނުލައެވެ. ޔޫސުފް ހޭލާ އުޅޭ ވަގުތެއް ވެއްޖެޔާ އެކުއްޖާއަށް ނުފެންނަ ހިސާބަށް މާނީ ފިޔަވަޅެއް އަޅާލިއަސް ރޮވެއެވެ.

މާނީމެން ގެއަށް ދާންވެގެން އިސްރާ އައިރާ ރީތި ކުރިއެވެ. އައިރާ އެންމެ އިރުކޮޅަކުވެސް އަނގަ ހުއްޓާ ނުލައެވެ. ރަވަބޮއްޔެކޭވެސް ތަފާތެއް ނެތެވެ. އައިރާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ހެވިފައި އިސްރާ އިނެވެ. އައިރާ ތައްޔާރު ކޮށްފައި އިސްރާ ތައްޔާރުވިއެވެ. ތައްޔާރުވެ ނިމިގެން އަހުސަމްއަށް މެސެޖަކުން އަންގާލިއެވެ.

ދުވަސްތަކަކަށް ފަހު ހުރިހާ އެކުވެރިން އެކީ ބައްދަލުވުމުން މުޅި ގޭތެރޭގައި ވަނީ އަޑުގަދަކޮށްލާފައެވެ. ކުދިން އެކަނި ކުޅެން ދޫކޮށްފައި މާނިމެން ސޯފާގައި ތިއްބެވެ. ނަސީބަކުން ޔޫސުފްވެސް ޔާޒްއާއި އެއްކޮށް ރުޅި ނުދައްކާ ކުޅެން ދިޔައެވެ.

މޭޒު ދޮށުގައި ސައިބޯން އަށް ޒުވާނުން ތިބިއިރު ތަފާތު އެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. އާރާޝް، އަހުސްމް، އަކްމަލް އަދި މާއިޒް އެމީހުންގެ ކުރީގެ ކުލަބްތައް ދޫކޮށް އަލުން އަނބުރާ ރާއްޖޭގެ ކްލަބްތަކާ ވަނީ ގުޅިފައެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ތަކުގައި އެޒުވާނުންވަނީ ކުލަ ޖައްސާފައެވެ. ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކާ ކެރި ތިބެ ވަނީ ކުރިމަތި ލާފައެވެ. ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ވަނީ ވެފައެވެ. އެއިން ކުއްޖެއްގެ ނަން ބުނުމުން އެއީ ކޮން ބައެއްކަން ނޭންގޭ މީހަކު ދުނީޔޭންވެސް މަދުވާނެއެވެ. އާރާޝްއާއި އަކްމަލް ވަނީ ސްޕެއިން ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދާފައެވެ. ރިއަލް މެޑްރިޑްގައި ހޭދަކުރި ދުވަސްތަކުގައި އެޓީމަށް ގިނަ ގުނަ ކާމިޔާބީތަށް ހޯދާފިފައެވެ. ތިން ލަލީގާއާއި ދެޗެމްޕިއަންސް ލީގް އަދި ޑޮމެސްޓިކް އާއި އިންޓަނޭޝަނަލް ޓްރެބްލް ހޯދުމުގައި ބޮޑު ދައުރެއް އަދާކުރިއެވެ. އަހުސަމް ފްރާންސްގެ ޕީއެސްޖީގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރިއެވެ. ދުނިޔޭގެ އެންމެ މަޝްހޫރްކަން ހޯދާފައިވާ ބްރެޒިލްގެ ތަރި ނޭމާއާއި ފްރާންސްގެ އެމްބާޕޭމެންނާ އެކީ ކުޅެ އަހުސަމް ވަނީ އޭނާގެ ހުނަރު ދައްކާފައެވެ. މާއިޒް އޭނާ ކުޅުނު ދެ ކުލަބް ކަމަށްވާ އިޓަލީގެ ރޯމާއާއި އިނގެރޭސި ވިލާތުގެ ލިވާޕޫލްގައި މޮޅު ކުޅުމެއް ދެއްކިއެވެ. ރޯމާގައި ހުއްޓާ ލިވަޕޫލުން މާއިޒް ގަތުމަށް ނުވަދިހަ މިލިއަން ޕައުންޑް ހޭދަކުރިއެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގައި ލިވަޕޫލަށް ކުޅުނު ފުރަތަމަ ސީޒަންގައި މާއިޒްވަނީ ޕްރިމިއާރ ލީގްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި އެތައް އަހަރެއްް ފަހުން ބެލޮންޑިއޯ އެވޯޑް ހޯދި ފުރަތަމަ ޑިފެންޑަރަށް މާއިޒް ވެގެން ދިޔައެވެ. އެހުރިހާ ކާމިޔާބީ ތަކަކަށް ފަހު ހަތަރު ޒުވާނުންވެސް ބޭނުންވީ އެނބުރި އަމިއްލަ ފަސްގަނޑަށް އަންނާށެވެ. ދިވެހި ރާއްޖޭގެ ފުޓުބޯޅަވެސް ވަނީ ކުރިއަރާފައެވެ. ވޯލްޑް ކަޕް ކާމިޔާބު ކުރުމާއެކު ފީފާއިންނާ އޭއެފްސީއިންވެސް ވަނީ ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރުމަށް އެހީވެދީފައެވެ. ކޮންމެ އަތޮޅެއްގެ އެއް ފަޅުރަށް ވަނީ ފުޓުބޯޅަ ކުރިއެރުވުމަށް ތަރައްގީކޮށް އެންމެ ކައިރީ އޮންނަ މީހުން ދިރިއުޅޭ ރަށަކާ ބްރިޖަކުން ގުޅުވާލެވިފައެވެ. ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޓީމު ލީގުގައި ކުޅެއެވެ. ކޮންމެ ޓީމަކަށް އަމިއްލަ ދަނޑަކާ ޕްރެކްޓިސް ދަނޑެށް ޚާއްސަ ކުރެވިފައިވެއެވެ. ހޯމް އެންޑް އަވޭ އުސޫލުން ލީގު މެޗުތައް ކުޅެވިގެން ދެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރި ޓީމުތަކަށް ގެނެއެވެ. އާރާޝްމެން ބަދަލުވި ޓްރާންސްފައިގައި ބޮޑު އަގު ދީފައި ޗެލްސީގެ ތަރި މޭސަން މައުންޓް ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބްކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގެނެސްފައެވެ. އޭޝިއާގެ ޗެމްޕިއަންސް ލީގްވެސް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ރާއްޖޭ ޓީމެކެވެ.
“އަހަރެން ހާދަ ހިތްހަމަ ޖެހެއޭ ރާއްޖެ އާދެވުނީމަ. މަންމަ ގާތަށް އެކޮޅުގަ އުޅޭއިރު ބްރޭކްތަކަށް އަޔަސް މިހެން އެއްކޮށް އާދެވުނީމަ ބުނެދޭން ނޭންގޭ ހިތްހަމަ ޖެހުމެއް ލިބޭ” އަމިއްލަ ވަޒަނަނަށް އެނބުރި އާދެވުމުގެ ހިތްހަމަޖެހުން އާރާޝް އެކުވެރިންނާ ހީއްސާކުރިއެވެ. އާރާޝްއެކޭ އެއް ފަދައިން ދެން ތިބި ކުދިންވެސް ތިބީ ހިތްހަމަ ޖެހިފައެވެ. “އެކަމު ދެން މަގުމައްޗަށް ނުކުންނައިރު ވަރަށް އުނދަގޫވާނެ. މިކޮޅުގަ އިންނާނެ މައްސަލައަކީ އެއީ. މިހުރިހާ ދުވަހުވެސް މަޑުކޮށްގެން ހުރީ އެހެންވެގެން” ކުރިމަތީގައި ހުރި ކޮފީ ތަށިން ކޯވަރެއް ބޮމުން އާރާޝް ބުންޏެވެ. ފިރިހެން ވެރިން ގާތު ސިޓިންރޫމްގައި ކުދިން ބަލަން މަޑުކުރުމަށް ބުނެފައި މާނީ ތިން އަންހެން ކުދިން ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަން ގޮތަށް މާނީ އެނދުމައްޗަށް ވެއްޓިގަންނަމުން ބޮލުގައި އަޅާފައި އިން ބުރުގާ ނެގިއެވެ.
“އައި މިސް އަވާރ ޓީންއޭޖް” އަނގައިން އަޑެއް ލައްވާލަމުން މާނީ ބުންޏެވެ. “ޔޭސް” ހުރިހާ އަކުރުތަކަށް ދަމާލަމުން ދެން ތިބި ތިން ކުދިން ބުންޏެވެ. އަނެއް ތިން ކުދިން ދެފައި ވައްކޮށްގެން އެނދަށް އަރާ ތިއްބި ގޮތުން އެކުދިން ހީވަނީވެސް ފުރާވަރުގެ ކުދިންހެންނެވެ. ފުރާވަރު ދުވަސްވަރުގެ މަޖާ ވާހަކަތައް ދައްކަމުން ހަތަރު ކުދިން ހުނެވެ. ކުއްލިއަކަށް އެއްޗެއް މަތިން ހަނދާންވުމާއެކު މާނީ އެނދުން ތެދުވިއެވެ. ދުވެލާފައި ގޮސް އަލަމާރިން ކުޑަ ޕެންޑްރައިވްއެއް ނެގިއެވެ. އެއަށްފަހު ކޮޓަރީގެ އެއް ފަރާތުގައި ބައިންދައިފާ އިން ލެޕް ޓޮޕް ހިފައިގެން ކޮޓަރިން ނުކުތެވެ. އަދި އަތުން އައުމަށް އަނެއް ތިން ކުދިންނަށް އިޝާރަތް ކުރިއެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު އެތިން ކުދިންވެސް އެނދުން ފައިބައިގެން މާނީ ފަހަތުން ނުކުތެވެ.
ލެޕްޓޮޕް ހިފައިގެން ނުކުތް މާނީއަށް އާރާޝްމެންގެ ސަމާލުކަން ލިބުނެވެ. މާނީ ކުޑަކޮށް ދުވެލާފައި ގޮސް ސޯފާ ކުރިމަތީ އިން ކުޑަ މޭޒުމަތީ ލެޕްޓޮޕް ބެހެއްޓިއެވެ. އެންމެން ފާޑަކަށް ބަލަގައްޓައިގެން ތިއްބައި މާނީ ގޮސް ލެޕްޓޮޕް ޕްރޮޖެކްޓަރާރ ގުލާފައި މުޅި ސިޓިން ރޫމް އެއްކޮށް އަނދިރިކޮށްލިއެވެ.
މާނީ ކުރަން އުޅޭކަމެއް ބަލާލުމުގެ ނިޔަތުގައި ދެން ތިބި ކުދިން ސްކްރީން ފެންނާނެހެން ސޯފާގައި އިށީނެވެ. މާއިޒް ދެތިން ފަހަރު މާނީއާ ސުވާލު ކުރުމުންވެސް މާނީ ޖަވާބެއް ނުދިނެވެ. އަތުގެ އިޝާރާތުން މަޑުކޮށްލާށޭ ބުނުމަށްފަހު އޭނާ ކުރަން އުޅޭ ކަންތަކައިގެން ކުރިއަށް ދިޔައެވެ.
ސްކްރީނުން ފެނުނު މަންޒަރުން އިޝްމާއަށް ލަދުން އިސްޖަހާލެވުނެވެ. އަކްމަލްވެސް ރަކިވެގެން އޭނާގެ އިސްތަށިގަނޑު ތެރެއަށް އަތްމަހައިގެން ބޯކަހަން ފެށިއެވެ. ދެޒުވާނުންގެ މޫނު މަތީގައިވެސް ރަކި ހިނިތުންވުމެއް ވިއެވެ. މާނީއާއި ނަވްޔާ އަދި އިސްރާ އޯއޭ ކިޔާ ކުޑަކޮށް ހަޅޭއްލަވައިގަތެވެ. ސްކްރީނުން ފެންނަމުން ދިޔައީ އަކްމަލް އިޝްމާއަށް ލޯބި ހުށަހެޅިދުވަހުގެ މަންޒަރުތަކެެވެ. އެދުވަހުގެ ފޮޓޯތައް ޕެންއަކަށް އަޅައި މާނީ ވަނީ ރައްކާކޮށްފައެވެ. އެކި ދުވަސްމަތިން ނަގާފައި ހުރި ފޮޓޯތައް މާނީ އަޅުވަމުން ދިޔައެވެ. ފުރާވަރު ދުވަސްވަރު ނަގާފައި ހުރި ފޮޓޯތައް ފެނުމުން ހުރިހާ ކުދިންވެސް ލަދުގަތެވެ. ނަގާފައި ހުރި ފޮޓޯތަކަށް ފާޑުކިޔަމުން ދިޔައެވެ. އަލައިކާއާއި އައި އައިރާ ސިޓިންރޫމަށް އައި ވަގުތު ސްކްރީނުން ފެންނަން ހުރީ އިސްރާއާއި އަހުސަމް ކައިވެނި ކުރި ދުވަހު ނަގާފައި ހުރި ފޮޓޮއެކެވެ. އައިރާ އަނގަޔަށް ގޮތެއް ހަދާލަމުން އެއް ފަހަރު އިސްރާއަށް އަނެއް ފަހަރު އަހުސަމްއަށް ބަލާލިއެވެ. “އައިރާ މަންމިއާއި ޑެޑީ އެތިބީ” މާނީ މަޖާވެފައި ބުންޏެވެ. އިސްރާ މާނީއާ ދިމާއަށް ލޯއަޅާލިއެވެ. އައިރާ ހެމުން ކުރިންވެސް ތިބި ތަނަށް ދާން ދުއްވައިގަތެވެ. “ދޮންތީ ކޮއްކޮގެ މަންމިއާއި ބައްޕިގެ ފޮޓޮއެއްވެސް ދައްކަބަ” މާނީ ގާތަށް ގޮސް ތުންކޮޅު އޫކޮށްލަމުން އަލައިކާ ބުންޏެވެ. ހިނިތުންވެލުމަށްފަހު މާނީ އިޝްމާއާއި އަކްމަލް ލަންޑަންގައި ނަގާފައި ހުރި ފޮޓޮއެއް ދެއްކިއެވެ. އަލައިކާ ލޯބި ހިނިގަނޑެއް ޖަހާލުމަށްފަހު ދުއްވައިގަތެވެ. އިރުކޮޅަކުން ޔާޒްވެސް ޔޫސުފް ގޮވައިގެން އައެވެ. ޔާޒް އެދުނީ މާއިޒްއާއި ނަވްޔާގެ ފޮޓޮއެއް ދައްކާށެވެ. ޔާޒް ބުނާއިރަށް މާނީ ނަވްޔާއާއި މާއިޒްގެ ފޮޓޯ އެޅުވިއެވެ. ފޮޓޯ ފެނިގެން ޔާޒް މާބާރަށް ހޭންފެށުމުން ޔޫސުފް ރޮއެގަތެވެ. އާރާޝް އިންތަނުން ތެދުވެފައި ނިކަން އަވަހަށް ޔޫސުފް އުރާލިއެވެ. “ސަހާދެއް މީވާ ވަަރައްގެ ކުއްޖެއް” މާނީ ދެފަރާތަށް ބޯހޫރާލިއެވެ. ޔޫސުފް ހަމަޖެހުމާއެކު މާނީ ގޮސް އަލައިކާއާއި އައިރާ ގެނައެވެ. ދެން އެކުދިން އެންމެ ތުއްތު އިރުގެ ފޮޓޯތައް އަޅުވަންފެށިއެވެ. ޔޫސުފް ރޮއެގަނެފާނެތީ ދެން ތިބި ކުދިންނަށް ބާރަށް ހޭކަށެއް ނުކެރެއެވެ. އަނގަމަތީގައި އަތް އަޅައިގެން ތިބެ ހެމުން ދިޔައެވެ. ޔޫސުފްވެސް އޭނާގެ ކުޑައިރުގެ ފޮޓޯތައް ފެނުމުން ހުނެވެ. އާރާޝް ކަންފަތް ދޮށުގައި ސިއްރުން ކޮންމެވެސް ބުނެފައި ލޯބިކޮށް ހީލިއެވެ.
އެންމެން އެކީ ފޮޓޯތައް ބަލަން ތިއްބައި ޒިވާއާއި އަޝްވާވެސް އެބަޔަށް އައެވެ. އަޝްވާއާއި ޒިވާވެސް ނުހަނު ގަޔާވެފައި ފޮޓޯތައް ބަލަން ފެށިއެވެ. މާނީއާއި އާރާޝް ވެގެން އަޝްވާ ކުޑައިރު އަނގަ ގޮއްވައި ވީޑީއޯއެއް މާނީ އެޅުވުމާއެކު އަޝްވާ ތުން ދަމާލިއެވެ. އަދި ދޮންބެއާ ދޮންތި ވަރަށް ގޯހޭ ކިޔާ ސޯފާގައި އޮތް ކުޝަންއެއް ނަގައި އާރާޝް ގައިގައި ޖެހިއެވެ. ޒިވާގެ އެކަހަލަ ވީޑިއޯއެއް ނެތުމުން ޒިވާ މައްސަލަ ޖެއްސިއެވެ.
ރޭގަނޑު ކައިގެން އެންމެން އެގެއިން ދިޔައިރު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. މާނީ ޔޫސުފް ރީތިކޮށްގެން ނިންދަވައިފާ ނުކުތްއިރު އާރާޝް އޮތީ ފުޓުބޯޅަ މެޗެއް ބަލަން ސޯފާގައި އޮށޯވެލައިގެންނެވެ. އާރާޝްއަށް ސަމާލުކަން ނުދީ މާނީ ގޭތެރެ ރީތިކުރިއެވެ. މާނީގެ ހަރަކާތްތައް ބަލަން ސޯފާގައި އޮތް އާރާޝްގެ މޫނު މަތީގައި ލާނެއް ހިނިތުންވުމެއް ހުއްޓެވެ. މާނީއަށް ނޭންގޭނެހެން ސިއްރުން ސޯފާއިން ތެދުވެ އާރާޝް ގޮސް މާނީގެ އުނގަނޑުގައި ހިފައި އުފުލާލިއެވެ. ތޫލި އަޑަކުން ހަޅޭއްލަވައި ގަންނަމުން މާނީ އާރާޝްގެ މޭމަތީގައި ދެއަތުން ތަޅައިގަތެވެ. “އާރާޝް. ދެން ދޫކުރޭ” “ޕިސް. ނުކުރާނަން” އާރާޝް ވެސް ހަމަ އެރާގުގައި ބުންޏެވެ.
އަފްރާ ޔޫސުފް ގާތު ބަހައްޓާފައި އާރާޝްއާއި މާނީ ބޭރަށް ދިޔައެވެ. ދެޒުވާނުން ހެލްމެޓް އަޅައިގެން ތިބުނުން އާންމުންނަށް އެހާ ބޮޑަށް އެދެޒުވާނުން އަޅައެެއްނުގަނެއެވެ. އެންމެ ބާރު ސްޕީޑުގައި އާރާޝް ބްރިޖްމަތީގައި ސައިކަލު ދުއްވާފައި ދިޔައެވެ. މާނީ ދެލޯ މަރާ ތަގުޅިކޮށްގެން އާރާޝް ގައިގައި ބާރަށް ހިފަހައްޓައިގެން އިނެވެ. އާރާޝް ސައިކަލު މަޑުކޮށްލީ މީހުން މަދު ސަރަހައްދެއްގައެވެ. ރޭގަނޑުގެ އެވަގުތުގައި ޒުވާން ދެތިން ކުދިން ފިޔަވާ އިތުރު މީހެއްގެ ހިލަމެއް ނުވެއެވެ. މާނީ އަތުގައި ހިފައިގެން އާރާޝް ގޮސް އިށީނީ ގަހެއް ދޮށުގައި ހަދާފައި އިން ބެންޗެއްގައެވެ.
“އައި ލަވް ޔޫ ސޯ މަޗް މާނީ. ސަންތިމަރިޔަނބުދެެކެ މިވަރަށް ލޯބިވެވިދާނެކަމަށް އާރާޝް ދުވަހަކުވެސް ހީނުކުރަން. އާރާޝްއަށް ފެނުނު އެންމެ ޔުނީކް ކުއްޖާތީ” އާރާޝް ތައުރީފު ކުރުމާއެކު މާނީގެ ކޯތާފަތަށް ޖަންބު ކުލައެރިއެވެ. ލަދުން އިސްޖަހާލިއިރު ތުންފަތްމަތީގައި ރަކި ހިނިތުންވުމެއް ވިއެވެ. “ލަވް ޔޫ ޓޫ” ކިރިޔާ އާރާޝްއަށް އަޑުއިވޭހާ މަޑުން މާނީ ބުންޏެވެ. ދެޒުވާނުންވެސް އެކީ ވަގުތުކޮޅެއް ހޭދަކޮށްލާފައި ގެއަށް ދިޔައިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އޭރު ސޯފާގައި އިން އަފްރާއަށް އިނީ ނިދިފައެވެެ. މާނީ އަފްރާއަށް ގޮވާފައި އާރާޝްެއާއި އޭނާ ގެއަށް އައި ކަމަށް ބުނުމުން އަފްރާ ދިޔައެވެ. މާނީއާއި އާރާޝްވެސް ލަސްނުކޮށް ނިދަން އަވަސްވެގަތެވެ.
****
****
ކަޅު ފޮއެ އަނދިރި ރެކެވެ. ވައިބާރުވުމުގެ ސަބަބުން ބިމުގައި ހުރި ގަސްތައް ބިމުން ލުހިގެން ހިނގައިދާނެހެން ހީވަމުން ދިޔައެވެ. ވަޔާ އެތައް މިތަނަށް އެއްޗިހި އުކަމުން ދިޔައެވެ.
ކުޑަ އެނދެއްގައި އޮތް ދެއަހަރާ ބައިގެ ކުޑަ އަންހެން ކުއްޖާ އޮތީ ބިރުން ތުރުތުރު އަޅައެވެ. ގޭގެ ފުރާޅު މައްޗަށް ކޮންމެސް އެއްޗެއް ޖެހޭ އަޑު އިރު އިރުކޮޅާ އިވެމުން ދިޔައެވެ. އެއްވެސް އަލިކަމެއް ނެތް އެ އަނދިރި ކޮޓަރިގަނޑު ތެރޭ އެ މައުސޫމް ތުއްތު ކުއްޖާ އޮތް އިރު އެކުއްޖާއަށް އަޅާލަން އަންނާނެ މީހަކު ހުރިހެނެއް ހިއެއް ނުވެއެވެ. އެތުއްތު ކުއްޖާގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު އިވެން ފެށިއެވެ. މަޑު މަޑުން މަންމައަށް ގޮވަމުން ދިޔައެވެ. ހިނދަކަށް ފަހު ހިނދެއްގައި އެކުއްޖާގެ އަޑު ގަދަވަމުން ދިޔައެވެ.
ކޮޓަރީގެ ދޮރު ބާރަކަށް ހުޅުވާފައި ފަންސަވީހަކަށް އަހަރުގެ ޒުވާން ފިރިހެނަކު ވަނެވެ. އެއްވެސް ތަރުތީބެއް ނެތް ގޮތަށް އިސްތަށިގަނޑު ހާވާލެވިފައި ހުރިއިރު އެޒުވާނާގެ މޫނު މަތިން ފެންނަނީ ވޭނާ ހިތްދަތިކަމެވެ. ބަލާބެލުމަށް ހީވަނީ ބޮޑު މުސީބާތެއް ދިމާވެގެން އުޅޭހެންނެވެ.
ކޮޓަރީގެ ބޮކި ޖައްސާފައި ދުވެފައި ގޮސް އެނދުގައި އޮތް ތުއްތު ކުއްޖާ ނެގިއެވެ. އެކުއްޖާ މެއާ ލާ ބޮނޑި ކޮށްލަމުން މާފަށް އެދެން ފެށިއެވެ. “ޝްޝްޝް” އެކުއްޖާ މަސަލަސް ކުރަން އެޒުވާނާ ދެކޮޅަށް ހިނގަން ފެށިއެވެ. އެކުއްޖާ މަޑު މަޑުން މަންމާއޭ ބުނުމުން އެޒުވާނާގެ އަނގައިން މަޑު އާހެއްގެ އަޑު ނުކުތެވެ. ދެލޯ ކަރުނުން ފުރެން މާގިނަ ވަގުތެއް ނުނެގިއެވެ. ކުޑަ ކުއްޖާ އިތުރަށް މެއާލާ ބޮނޑިކޮށްލިއެވެ.
އެކުއްޖާ ގޮވައިގެން ޒުވާނާ ކޮޓަރިން ނިކުމެ ސިޓިން ރޫމަށް ދިއައެވެ. ސިޓިން ރޫމްގައި ދިއްލާފައި ހުރި ނިދާ ބޮކީގެ ފަނޑު އަލި އެތުއްތު ކުއްޖާގެ މޫނަށް އެޅިފައި ހުއްޓެވެ. ނިދިޖެހިފައި އޮތްއިރު އަދިވެސް އެކުއްޖާއަށް ގިސްލެވެމުން ދިޔައެވެ. “އައި އޭމް ސޯ ސޮރީ” އެޒުވާނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

“ޑެޑީ” ނިދިފައި އޮތް ޒުވާނާއަށް ލޯހުޅުވާލެވުނީ ތުއްތު އަތަކުން އޭނާގެ މޫނުގައި ފިރުމާލުމުންނެވެ. ސިޓިންރޫމް ސޯފާގައި ދަރިފުޅު ގޮވައިގެން އޮށޯތްތަނުން އެޒުވާނާއަށްވެސް ނިދުނީއެވެ. ތުއްތު ދަރިފުޅު ޑެޑީއޭ ކިޔާ ގޮވާލުމާއެކު ލޯބިން ހިތް ބަންޑުން ވާން އުޅުނުހެން ހީވިއެވެ. ބޮލަށް ބަރުވެފައި ހުރިއެއް ކަމަކު ޒުވާނާ އޭނާގެ އެންމެ ފުރިހަމަ ހިނިތުންވުން ދަރިފުޅަށް ހަދިޔާ ކުރިއެވެ. ދަރިފުޅު ބިންމަތީގައި ބަހައްޓާފައި އެޒުވާނާ ސޯފާއިން ތެދުވިއެވެ. އެވަގުތު އޭނާ ލައިގެން އިން ސޯޓުގެ ޖީބުން ފޯނު ވެއްޓުނެވެ. ފޯނު ނަގާ ބެލިއިރު ފަންސާހަށް ވުރެ ގިނަ މިސްޑް ކޯލް އެއް ނަންބަރަކުން އައިއްސަ ހުއްޓެވެ. އެއީ ކާކުގެ ނަންބަރެއްކަން އެނގުމާއެކު އެޒުވާނާއަށް ތުއްތު ދަރިފުޅާ ދިމާއަށް ބަލާލެވުނެވެ. އެދަރިފުޅު އޭނާއާ ވަކިވާން އުޅޭކަން ހިތަށް އެރުމާއެކު ހިތްފަޅައިގެން ދާވަރުވިއެވެ.

ކުޑަ ގޮތަކަށް ރީތި ވެގެން އެޒުވާނާ ކޮޓަރިން ނިކުތެވެ. އަތުގައި އޮތް ފޯނު ރިންގް ވާން ފެށުމާއެކު ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ. އެޒުވާނާ ފޯނު ކަނޑާލިތާ ފަނަރަ މިނެޓު ނުވަނީސް ގޭގެ ބެލް ޖެހި އަޑުއިވުނެވެ. ލަސް ހިނގުމެއްގައި ގޮސް އެޒުވާނާ ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ތިބީ އެޒުވާނާއާ ދާދި އެއްވަރުގެ އަންހެނަކާ ފިރިހެނެކެވެ. އެޒުވާނާ ދޮރު މަތިން ދުރަށް ޖެހިލަމުން އެދެމީހުން ވަންނަން ތަން ދެއްކިއެވެ. ފިރިހެން މީހާއަށް ވުރެ ކުރިން އަންހެން މީހާ ވަނެވެ.
ކުޅޭ އެއްޗިހި ސޯފާ މައްޗަށް އަޅައިގެން ކުޅެން އިން ތުއްތު ކުއްޖާ ފެނުމާއެކު އެއަންހެން މީހާގެ މޫނު މައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިއެވެ. ފިރިހެން މީހާއަށާ ޒުވާނާއަށް ނަޒަރެއް ދީފައި ގޮސް އެ ތުއްތު ކުއްޖާ އުރާލިއެވެ.
“ތޭންކްސް ބްރޯ. މަށަކަށް ނޭންގެ އިވާންއަށް ޝުކުރު އަދާކުރާނީ ކިހިނެއް ކަމެއްވެސް. އިސްރާގެ މުސްތަގްބަލަށް ވިސްނާފަ އެކުއްޖާ މަށާ ހަމްދާއާ ހަވާލުކުރީތީވެ” ނާފިއު އިވާންގެ ކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އިސްޖަހައިގެން އިނދެ ބޯ ޖަހާލުން ފިޔަވާ އިތުރުކަމެއް އިވާންއަކަށް ނުކުރެވުނެވެ. ނާފިއު އަތުގައި އޮތް ފައިލް އިވާންއަށް ދިއްކޮށްލިއެވެ. އިވާން ފައިލްގައި ހިފައިގެން ގޮސް ސޯފާގައި އިށީންދެ ހަމަޖެހިލައިފައި ފައިލް އެތެރޭގައި ހުރި ލިޔުންތައް ރަނގަޅަށް ކިޔާލިއެވެ. ތުއްތު އިސްރާ ބަލާލާފައި ތުރުތުރު އަޅާ އަތަކުން ގަލަން ނަގައި އޭގާއި ހުރި ގަނޑު ތަކުގައި ސޮއެ ކުރިއެވެ. އިވާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އެގަނޑުތައް ފޯވަމުން ދިޔައެވެ.
“ކޮޓަރީގަ ހުންނާނެ އިސްކޮގެ އެއްޗިހި ޕެކްކޮށްފަ” ކޮޓަރިއާ ދިމާއަށް އިޝާރަތް ކުރަމުން އިވާން ބުންޏެވެ. ނާފިއު ބޯ ޖަހާލަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އިސްރާގެ އެއްޗިހި ބަލައެވެ.
ތުއްތު އިސްރާއަށް ވަނީ ކިހިނެއްކަން ނޭންގި ހަމަޖެހިލައިގެން ހަމްދާ ގާތު އިނެވެ. ހަމްދާއާ ނާފިއުއަކީ ފެށުނީންސުރެ އިސްރާއަށް ފެންނަ މީހުންނަށް ވުމުން ހަމްދާއާ ނާފިއުއަކީ އާބައެއް ނޫނެވެ. ހަމްދާ ގާތު އެހާ ހަމަޖެހިގެން އެއިނީ ވެސް އެހެންވެއެވެ.
އިވާން ލަސް ހިނގުމެއްގައި ގޮސް އިސްރާ އުރާލިއެވެ. އެދަރިފުޅުގެ ނިތުގައި ބޮސް ދީފައި މާފަށް އެދުނެވެ. “އައި އޭމް ސޮރީ ޕްރިންސަސް. އައި ލަވް ޔޫ ސޯމަޗް އެންޑް ދެޓްސް ވައި އައި ހޭވް ޓު ލެޓް ޔޫ ގޯ” އިވާން ލޯބިވާ ދަރިފުޅު ހަމްދާ އަތަށް ދިނެވެ. ކުޑަކުޑަ އިސްރާއަށް ކަމެއް ގޯސްކޮށް ދާކަން އެނގުންވިއެވެ. އެ ތުއްތު އަޑުން ޑެޑީއޭ ކިޔާފައި ގޮވާލިއިރު ރޮވެން އުޅުނެވެ.
ނާފިއު އިސްރާގެ އެއްޗިހި ހިފައިގެން ނުކުތުމުން ހަމްދާ ނާފިއު ފަހަތުން ދާން ހިނގައިގަތެވެ. ހަމްދާއަށް ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. އަޑުން އަޑު ނަގައި އިސްރާ ރޮއެގަތެވެ.
ލޮލުގެ ނޫރު ފަދައިން ލޯބިވާ ދަރިފުޅު ރުއިމުގެ އަޑު އަހަން އިވާންގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ފަހަތަށް އެނބުރިފައި ގޮސް ހަމްދާ އަތުން ދަރިފުޅު އަތުލައި މެއާލާ ބޮނޑިކޮށްލިއެވެ. “ޕްރިންސަސް. ހަމްދާ ދައްތައާ ނާފިއު ބޭބެއާ އެއްކޮށް ބަސް އަހައިގެން ދޭން. ޑެޑީ ވަރަށް ލޯބިވޭ ޕްރިންސަސްދެކެ މަންމިވެސް. އެކަމް މަންމި އަދި ޑެޑީއަށްވެސް ޕްރިންސަސް ބޮޑުވާތަން ބަލަން ތިބުމުގެ ނަސީބެއް ނެތް. ޑެޑީއާ މަންމި ބޭނުންވާ ފަދަ ކުއްޖަކަށް ދަރިފުޅަށް ވެވެން އޮތީ ހަމްދާ ދައްތައާ ނާފިއު ބޭބެ ގާތަށް ގޮސްގެން. މައި ލިޓްލް ސްވީޓް ގާލް. ގޯ ވިތް ދެމް އެންޑް ގްރޯއަޕް ޓު ބީ އަ ސްޓްރޯންގް އެންޑް ބިއުޓިފުލް ލައިކް ޔުއަރ މަމް” އޭނާ ދެއްކި އެއްވެސް ވާހަކައެއް އިސްރާއަށް ފަހުމުނުވާނެކަން އެނގޭ ހިނދުވެސް އެހިތުގައި ހިނގަމުން ދިޔަ ޝުޢޫރުތައް އިވާން ބަންޑުން ކޮށްލިއެވެ. ދެލޯ މަރާލަމުން ދެވަނަ ފަހަރަށް އެދަރިފުޅު ހަމްދާއާ ހަވާލުކުރިއެވެ.
އިސްރާގެ ކުޑަ އަތްތިލައިން އިވާން އަތްތިލައިގައި ހިފެހެއްޓިއެވެ. އިވާން އެކުޑަ އަތްތިލަ ނަގައި ބޮސްދިނެވެ. ހަމްދާއާ ނާފިއު ދެރަވެ ތިބެ ގޭ ދޮރާ ދިމާއަށް ހިނގައިގަތެވެ. ހަމްދާ ހިނގައިގަތުމާއެކު އިސްރާގެ އަތް އިވާން އަތުން ނެއްޓިގެން ދިއައެވެ. މިފަހަރުވެސް އިސްރާ ރުއިމުގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ. އިވާން އޭނާގެ ދެލޯ މަރާ ބާރުކޮށްލަމުން އެއަޑު ނީވޭ ކަމަށްހެދިއެވެ. އެކުއްޖާ ރޮއެ ރޮއެ އިން ހާލު ނާފިއުގެ ދެމަފިރިން އެކުއްޖާ ގޮވައިގެން ގެއިން ނިކުތެވެ.
އިވާންއަށް ހުރިތަނަށް ތިރިވެ ރޮވެން ފެށުނެވެ. ލޯބިވާ އަންހެނުންގެ ވަކިވެ ދިއުމަށްފަހު ލޯބިވާ ދަރިފުޅު އެހެން ބައެއްްގެ އަތްމައްޗަށް ދޫކޮށްލަން އޭނާއަށް މަޖުބޫރުވީއެވެ. އިވާން އެކަނި އިނދެވެސް އެތައް ފަހަރަކު އިސްރާގެ ކިބައިން މާފަށް އެދުނެވެ.
15އަހަރު ފަސް…..
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވަޢުދު (ފަނަރަވަނަ ބައި)

Next

އެދިގެން ތި ލޯތްބަށް 6

Next
September 30, 2019

އެދިގެން ތި ލޯތްބަށް 6

Previews
September 28, 2019

ވަޢުދު (ފަނަރަވަނަ ބައި)

19 Comments!

  1. Kiyara says:
    September 29, 2019 at 4:58 pm

    slm readers. here is the first part of raastha season2. I was going to start uploading after my exams bt i cdnt wait until then. i may not e able to upload regularly during my exams. In Sha Allah as soon as my exams end i’ll try to upload regularly. pls do leave ur comments and hw is the cover pic?

    1. Kiyara says:
      September 29, 2019 at 5:17 pm

      Also this is an imaginary stry soo whatever i write might not happen or even possible. And i hope all the readers understand ??

  2. jiji says:
    September 29, 2019 at 5:14 pm

    Me first tha…kiyaafa comment eh kohlaanan ingey kiyaa?❤

    1. jiji says:
      September 29, 2019 at 5:27 pm

      Hama v rythi mi bai vx❤❤❤??????…ekm faahaga v thankolheh bunelaanan ingey..Eynynu maany kotariah vadhefa burugaa beyli vhk..Eyge fahun kotarin nukuthy..So burugaa naalha in kamah dhw vaany..Anyway kon irakun next part upkurany?????????…waiting

    2. jiji says:
      September 29, 2019 at 5:28 pm

      ?Cover rythi

    3. Kiyara says:
      September 29, 2019 at 7:01 pm

      Thanks dear. Nooney maany buruga alhaigen huhnnaany ehen mention kuran handhaan nethuny. Varah ufaavehjje faahag koh dhinyma. Next part miahnna Sunday ga.

  3. Meekkomee says:
    September 29, 2019 at 5:30 pm

    Me second dhww……..wooww??????? season 2 feshun varah varah reethi ???? Masha Allah ❤️❤️❤️❤️❤️?????whn is next part ?? waiting for it???? LYSM ❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. Meekkomee says:
      September 29, 2019 at 5:32 pm

      Cover varah reethi ?????

    2. Meekkomee says:
      September 29, 2019 at 6:43 pm

      All the next for ur exam siss????

    3. Meekkomee says:
      September 29, 2019 at 6:43 pm

      Best*

    4. Kiyara says:
      September 29, 2019 at 7:03 pm

      Thanks dear. Next part next sunday ga In Sha Allah. Ly2?♥️❤️

  4. Dut says:
    September 29, 2019 at 6:21 pm

    Nawaar and Alaika same pic dho

    1. Kiyara says:
      September 29, 2019 at 7:20 pm

      Nooney ekudhin vahtharutha??

  5. Eera says:
    September 29, 2019 at 7:17 pm

    Wow story is wonderful ❤️❤️and best wishes for you exams??? I guess Alaika and Alyas Yaaz and Airaa. Yoousuf and Nawaar are couples ???????

    1. Kiyara says:
      October 1, 2019 at 3:04 pm

      Thanks eera❤️ let’s see dhww

  6. ޖަނާ says:
    September 29, 2019 at 8:19 pm

    Are they twins ??

    1. Kiyara says:
      October 1, 2019 at 3:04 pm

      No dear

  7. Taehyung ?? says:
    September 30, 2019 at 12:37 pm

    Wow varah varah reethi when next part
    ????????????????????????

    1. Kiyara says:
      October 1, 2019 at 3:05 pm

      Thanks dear♥️

Comments are closed.

Next Episodeރާސްތާ2 ދެވަނަބައި←


All Right Reserved!