އައިނާ 9 (ނުވަވަނަބައި)
“އަޝޫ.. ވާހަކައެއް ބުނަން.”
***
މިހެން ބުނާ އިރަށް އަޝްހާ ބޮލުން ފަށާށޭ ބުނެލިއެވެ. “އަޝޫ.. މީ.. އަމްމްމް.. ރީމާ އިއްޔެ އަހަރެން ސަލާމަތް ކުރީ..” “ވަޓް؟؟؟ ރީމާ؟؟” މިހެން ބުނާ އިރަށް އައިނާ އިއްޔެގަވީ ހުރިހާ ކަމެއް އަޝްހާ އަށް ކިޔާ ދިނެވެ. “އެންޑް އައި ފޮގޭވް ހާރ” “އެކަމަކު އަހަންނަކަށް ނުވާނެ.” އަޝްހާ އެހެން ބުނީމައި އައިނާ އެތަށް ވާހަކައެއް ދައްކައިގެން ޤަބޫލު ކުރިއެވެ.
އައިނާ މެންގޭ މަގަށް އަޅާލި އިރު އެތާ ކައިރީ ފިހާރައެއް ކުރިމަތީ އަނީލް ހުއްޓެވެ. “އަނާ!! އަނީލްބެ!!” އަޝްހާ އަނީލް އިނގިލިން ދަށްކާލައިފައި ބުންޏެވެ. އައިނާ ގެއަށް ވަންނަން ހިނގައި ގަތީމައި އަޝްހާ އަނީލް ކައިރިއަށް ދިޔައެވެ. “އަނީލްބެ މިތާ ކީއްކުރަނީ؟؟” އަޝްހާ އެހެން ބުނުމުން އަޝްކޮ ކޮވައިގެން ގެއަށް ދާންކަމަށް ބުންޏެވެ. އަޝްހާ ސައިކަލު ފަހަތަށް އެރުމުން އަޝްހާ އަށް ނޭނގޭނެ ގޮތަށް ސިއްރުން އައިނާ މެންގެ ގެ އާއި ދިމާލަށް ބަލާލިއެވެ. “އެއީ އަޝްކޮގެ ރައްޓެއްސެއްތަ؟؟ އެއީ މިރަށު ކުއްޖެއްތަ؟؟” އަނީލް ސުވާލު ކުރިއެވެ.
“ލައްބަ.. އެގޭގައި އުޅެނީ އިސްރާއްތަ އާއި އޭނާގެ ދަރިފުޅު އައިނާ.. ދެން އައިނާ އަކީ ބެސްޓް ފްރެންޑް… ކިހިނެތްވީ؟؟” އަޝްހާ އެހެން ބުނެފައި އަހާލި އެވެ. “ހެހެ.. އެއީ ކަމެއްނުވެ.. އަޝްކޮ އާއި އެއްކޮށް އައީ މައި ހަމަ އަހާލީ ކޮން ކުއްޖެއްތޯ!!! އެކުއްޖާގެ ބައްޕައެއް ނުހުރޭތަ؟؟” އަނީލް އިތުރަށް އޮޅުން ފިލުވާ ހިތް ވިއެވެ. “އާނ.. އައިނާ ބުނި ތަންކޮޅެއް ކުރިން މަންމަ ކައިރީގައި އެހީމައިވެސް ނުބުނިއޭ……” ވާހަކަ ހުއްޓާލަން ޖެހުނީ ގެ ކައިރިއަށް ސައިކަލު މަޑުކޮށްލުމުން ނެވެ. އަޝްހާ ކާގެއަށް ވަތް ގޮތަށް ސައިބޯން ފެށިއެވެ. މިވީ ކުޑަ ވަގުތުކޮޅު ތެރޭވެސް އަޝްހާ އާއި އަނީލް ނިކަން ގުޅިއްޖެއެވެ.
***
“އަނހާ!! ދަރިފުޅު އައީތަ!!! ހާދަ ލަސްވެއްޖެއޭ މިއަދު؟؟؟ ކިހިނެތްވީ؟؟” އައިނާ ވަތްތަން ފެނި ލަސްވުމުން ސުވާލު ކުރިއެވެ. “އާނ.. އަޝްހާ އާއި އެއްކޮށް އައީމައި.. ދެން މަންމަ އަށް ވެސް އިނގޭނު އަޝޫ އަނގަ ގަދަކަން.. ދޯ؟” އައިނާ ކާން އިށީނދެފައި ބުންޏެވެ. “ދެންން..! ކޮން ވާހަކަ އެއްތަ ދެއްކީ؟؟” ވަރަށް ޝައުޤުވެރި ރާގަކަށް އިސްރާ އަހާލި އެވެ. “މަންމާ!! މަސްހުނި ތައްޓަށް ސަމުސަލެއް ނުލަމެއްނު؟؟” އައިނާ މިހެން ބުނުމުން އިސްރާ ސަމުސަލެއް ބަލާ ދިޔައެވެ. “ހުމްމްމް… އަޝްހާ ބުނީ އޭނާގެ ބޭބެ އައިއްޔޯ” އައިނާ މިހެން ބުނުމުން އިސްރާ ސުވާލު މާކެއްގެ ތެރޭ އިނދެ، އެއްބަނޑު އެއްބަފާ ބޭބެ އެއް ހުރޭ ހެއްޔޭ އަހާލި އެވެ.
“ނޫނޭ މަންމާ!! ބޮޑުބެ!! އަނީލް އޯ ކިޔަނީ!!!” އައިނާ މިހެން ބުނުމުން ސިންކު ތެރެއައް ސަމުސާ ވެއްޓުނު އަޑު އިވުނެވެ. “މަންމާ!!!! ކިހިނެތްވީ؟؟؟؟” އައިނާ ކަންބޮޑު ވެފައިވާ ރާގަކަށް އަހާލިއެވެ. “މި… މީ… ސަމު.. ސާ… ވެއްޓުނީ އެއްނު.. ދޮންނަން އުޅެނިކޮށް!!” ކުޑަކޮށް އަޅައި ގަންނަމުން އިސްރާ ބުނެލިއެވެ. “އަދި އިނގޭތަ މަންމާ!! އޭނަޔަށް ސާޅީސްވެސް ނުވެޔޯ.. ހަމަ އަސްލަށްވެސް.. ހީވަނީ ހަމަ ވިހި އަހަރުގެ ޒުވާނެއްހެން.. އިސްތަށިގަނޑު ވެސް ހުންނަނީ ކޮނޑާ ހަމައައް.. އަޝޫ ބުނި އަޅި ލޮލެކޭ ހުންނަނީ ވެސް.. އަދި އިނގޭތަ އަޝޫ ބުނި އެއްޗެއް؟؟ އަނީލްބެ ވެސް ކިހާ ދޮނެއްނޫންހޯ.. އައިނާ ވެސް ވަރަށް ދޮނޭ.. ހެހެ.. އަޝްހާ ވެސް ދަށްކާނީ އެކަހަލަގެ ވާހަކަ..”
އައިނާ ކައި ނިންމައިލައިގެން، ދަބަސް ހަމަ ކޮށްލައިގެން ގެއިން ނިކުންނަމުން މަންމަ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އައިނާ ސްކޫލަށް ދާން މިސްރާބު ޖެހިއެވެ. ވަކި ހިސާބަކުން އަޝްހާ އާއި ޖެހިގެން ވާހަކަ ދަށްކަމުން ދިޔައެވެ. ތިބެވުނީ މަގުމަތީ ގައިކަން ވެސް ހަނދާން ހުރިހެން ހީނުވެއެވެ.
***
އިސްރާ އަށް ކެތްވީ އެހިސާބަށެވެ. ކޯތާފަތް މަތިން ރޮނގަކަށް ކަރުނަތައް ފޭބިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެލާފައި ކޮޓަރިއަށް ވަދުނެވެ. މަޑުމަޑުން ހިނގާ ލައިފައި އަލަމާރި ކައިރިއަށް ހުއްޓުނެވެ. އަލަމާރީގެ ދޮރުފަތް ހުޅުވަން އަތް އުފުލާލި އިރު އަތުގައި މަޑު ތުރުތުރެއް ހުރިކަން ފާހަކަ ވިއެވެ. އަލަމާރީގެ ދޮރުފަތް ހުޅުވާފައި ވަރަށް ހޯދައިގެން ކުޑަ ވަރެށްގެ އަލްބަމެއް ނެގިއެވެ. އަދި ފުރަތަމަ ގަނޑު ހުޅުވާލިއެވެ. އޭގައި އިނީ އޭނާގެ މަޙުރޫމް މަންމަ އާއި ބައްޕަގެ ފޮޓޯ ގަޑެކެވެ.
ދެވަނަ ގަނޑަށް އެއްލިއިރު އޭގައި އިނީ އިސްރާގެ އެއްމެ ޒުވާން ދުވަސް ވަރު އޭނާގެ ދެކޮލަށް އެޅޭ އަޑިކޮޅު އަރުވާލައިގެން ފުޅާ ހިނިތުން ވުމަކާއި އެކު ނަގާފައި އިން ފޮޓޯ ގަނޑެކެވެ. އައިނާ ވެސް ހީލާ އިރު ދެކޮލަށް އެޅޭ އަޑި ކޮޅަކީ އިސްރާގެ ފަރާތުން ލިބިފައި ހުރި ކަމެކެވެ. އިސްރާގެ ކައިރިގައި އޭނާގެ ކޮނޑަށް އަތް ވައްޓައި ލައިގެން ޒުވާން ދޮން ރީތި ފިރިހެނެއް ހުއްޓެވެ. އޭނާގެ އިސްތަށި ގަނޑު ހުރީ ބުޅިކޮށެވެ. ކޮނޑާއި ހަމައަށް ދިގުވެސް ކޮށްލާފައިއެވެ. އޭނާގެ އަސްރުގަދަ އަޅި ދެލޮލަށް ބަލާލި އަސް އޭނާ އެހުރީ ވަރަށް އުފާވެފައި ކަން ކޮއްމެ މީހަކުވެސް ދެނެ ގަންނާނެއެވެ. އެމީހާގެ މޫނުގައި އިސްރާ ފިރުމާލި އެެވެ. ކަރުނައިގެ ތެރެއިން މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ. “ނީލް!!” އިސްރާ ވައި އަޑުން އެމީހެއްގެ ނަން ކިޔާލިއެވެ.
***
“އަނާ!! އަނީލްބެ އަނާ މެންގެ ވާހަކަ އެހި…!” ސްކޫލަށް ދަމުން އަޝްހާ އަނގަ ހިމޭނުން ނުހުރެވިގެން ބުނެލިއެވެ. “އާނ!! މަންމަ ވެސް އަނީލްބެގެ ވާހަކަ ދަށްކާ އިރަށް އިނީ ނެގި މަޑުވެފައި!” އައިނާ ވެސް އިންޓޯލު ގަޑިގައި ވީ ކަންތަށް އަޝްހާ އާއި ހިއްސާ ކުރަމުން ދިޔައެވެ. “ހެހެ.. މަންމަ މެން އިރުގައި ހާދަ މަޖާ ވާނޭ ދޯ؟؟؟” އަޝްހާ ހުވަފެނީ ރަގަކަށް ބުނެލިއެވެ. “ހެހެ.. އާނ.. ވަރަށް މަޖާ ވާނެ ދޯ؟؟” އައިނާވެސް ހެމުން ހެމުން އެއްބަސް ވިއެވެ.
***
އަނީލް އިސްރާ މެންގެ ގޭގެ ކުރިމަތިން ތިން ހަތަރު ބުރު ޖަހާލިއެވެ. އެއީ އަނެއްކާ ކީއްވެގެން ހެއްޔެވެ؟؟
***
އިސްރާ ރުއިމުގެ ސަބަބުން އޭނާގެ މަޑު މުށި ކުލައިގެ ދެލޯ އިނީ ރަތްވެ ދުޅަ ވެފައިއެވެ. ބޮލުގައި ރިހުމެއް ހުރިހެން ހީވިއެވެ. އަދި ފޮޓޯ އަލްބަމް ކުރިން އޮތް ތަނުގައި ބާއްވާލައިފައި ގިފިއްޔަށް ގޮސް މޫނު ދޮވެ ހަދާ ލައިގެން އެނދުމަތީ ގައި އޮށޯވެލީ ބޮލުގެ ރިހުމަށް ކުޑަ ވެސް ލުއި ކަމެށް ލިބޭތޯ އެވެ. ނަމަވެސް އޭނާގެ ޙިޔާލު އޭނާގެ މާޒީ އާއި ދިމާލަށް މިސްރާބު ޖެހިއެވެ.
***
14 އަހަރު ކުރި……
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Meekko first dhww varah reethi ingyyy mi part ves whn ia next part waiting for it lysm
yess!! congra!! thnx.. submit kohfa mihaaru lyt
Mi part vx varah reethi…….whn nxt part…..
thnx submit kohfa