Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާޠިލް … 2 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
November 4, 2014 9 Mins Read
11 Comments

“އަޅުގަނޑު ތި ތަޅާފޮޅުމުގެ މެދަށް ލާން މަސައްކަތް ނުކުރޭ… ނޯ ކޮމެންޓް… މިދަނީ ފުރަތަމަ ސީންއަށް…” ލެޕް ލައްޕާލަމުން އާހިލް ތެދުވިއެވެ. އާހިލް އެހެން ބުނެލުމުން ނަދީމް ހީގަތެވެ. އާހިލް އިތުރު އެއްޗެކޭ ނުބުނެ ނިކުތެވެ.

ސައިކަލުގައި ނައްޓާލީ ފުރަތަމަ ގެއަށް ދިއުމުގެ ބޭނުމުގައެވެ. އާހިލްއަކީ އާއިލާއެއްގެ ތިބި ތިންމީހުންގެ ތެރެއިން އެންމެ ކުޑަ މީހާއެވެ. އެންމެ ބޮޑީ އާހިލްގެ ދޮންބެ އާކިލްއެވެ. އާކިލް އުޅެނީ ސަރުކާރުގެ މަތީ ވަޒީފާއެއްގައެވެ. ދެން ހުންނަނީ ދޮންތަ އާލާއެވެ. އާލާ އަކީ ސްކޫލް ޓީޗަރެކެވެ. މަންމައަކީ ގޭގައި ދަރިން ބެލުމަށް އިންނަ އަންހެކެވެ. ބައްޕަވަނީ އާހިލް ވަރަށް ކުޑައިރު ނިޔާވެފައެވެ. އާއިލް ގެއަށް ދިޔައީ ގޭ އެންމެންވެސް ހާސްވާނެ ވަރު އެގޭތީއެވެ. ޕޮލިހަކަށް އާހިލް ވުމުން އެންމެންވެސް އެކަމާއި ހިތްހަމަނުޖެހުނެވެ. އެންމެންވެސް ބުނަނީ ޕޮލިހަކަށްވުމަކީ މިހާރު އެއްވެސް ރައްކާތެރިކަމެއް ނޫންކަމަށެވެ. “މަންމާ” ގެއަށް ވަތްގޮތަށް އާހިލް އޭނަގެ މަންމައަށް ގޮވާލިއެވެ. ބޭނުމަކީ އޭނަ ސަލާމަތުން ގެއަށް އައިކަން އެންމެންނަށް އަންގާލުމެވެ. “މަންމަގެ ރަން ދަރި އަތުވެއްޖެ” ދޮންތަ އާލާގެ އަޑު އިވިގެން ދިޔައީ ގޭތެއިން ވާގޮތަށް ހަދާފައި ހުރި ކައްކާ ބައިންނެވެ. އާހިލް އެދިމާލަށް ހިގައިގަތެވެ. “ކޮބާ ކިހާވަރެއްވޭ” އާހިލް ކައްކާބައިގެ ކުރި މައްޗަށް އެރުމުން އާލާ އަހާލިއެވެ. އާލާ އެބުނި އެއްޗެއްގެ މާނަ އާހިލްއަށް އެނގުނެވެ. “މަންމާ ނެތްތަ ކާނެ އެއްޗެއް. އިރުކޮޅަކުން ދާންވީ އަނެއްކާ” އާހިލްއަށް އެގުނު ނަމަވެސް އެއަށް އެއްޗެއް ނުބުނެ މަންމައާއި ވާހަކަ ދެއްކިއެވެ. “އޭދެތެއް މަންމާ އޭނައަށް ކާންދީ.. ބޯންދީ.. އޭރުންތާ މިއުޅޭ މީހުން އޭނައަށް ހިފޭނީ.. ވާކަމެއް ނެތް އެއްކަމެއްވެސް” އާލާ އެތަނުން ނިކުމެގެން ދަމުން އާހިލްގެ ކޮނޑުގައި ޖެހިލިއެވެ.

ނަދީމް މަޑު ހިގުމެއްގައި ގޮސް ލެބޯޓްރީގެ ދޮރު ހުޅުވާލިއެވެ. އެތަނުގައި ތެރޭގައި މަސައްކަތް ކުރަމުންދިޔަ ތިންމީހުންގެ ނަޒަރު ނަދީމްއަށް ހުއްޓުނެވެ. ނަމަވެސް ނަދީމްގެ ނަޒަރު ހުއްޓުނީ އެތަނުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖާއަށެވެ. މާއިން ލަދުން އިސްޖަހާލީ ނަދީމްގެ އެތޫނު ނަޒަރުން ސަލާމަތް ވާން ވެގެންނެވެ. “ކްކްކްކް.. މަނިކިފާނު ތިތަނުގައި ހުންނަވަނީތޯ” ނަދީމް ސިހިގެން ދިޔައީ އެތަނުގައި މަސައްކަތް ކުރާ ނިހާދުގެ އަޑު އިވުމުންނެވެ. ކުޑަކޮށް ހިނިތުންވެލަމުން ނަދީމް އެތެރެއަށް ވަނެވެ. އަދި އެތަނުގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރ ފުއާދު ކައިރިއަށް މަޑުކޮށްލިއެވެ. “ޑޮކް މަށަށް އިތުރު މައުލޫމަތެއް ނެއްތަ” ނަދީމް އަހާލިއެވެ. “މަސައްކަތް ކުރަނީ މި… އަދި އިތުރު އެއްޗެއް ނެތް ބުނެވޭކަށް” ފުއާދު ބުނެލިއެވެ. އެވަގުތު ނަދީމް އަނެއްކާވެސް މާއިންއާއި ދިމާލަށް ބަލާލިއެވެ.

ފަހުދު ފޮޓޯތަށް ހިފައިގެން އޭނަގެ މޭޒުކައިރީގައި އިށީދެލިއެވެ. މިހާރު އެފޮޓޯތަކަށް ބަލާބަލާވެސް ފަހުދު ހޮޑުލަވަން ފަށައިފިއެވެ. އޭނަ ޕޮލިހަށް ވަނީ މިކަހަލަ ކަމެއް ދިވާނެކަމަކަށް ނޫނެކެވެ. ލޭ އެއީ އެއްވެސް އިރެއްގައި ފަހުދުއާއި މާ ގާތް އެކުވެރިކަމެއް އުފެދިފައި އޮތް އެއްޗެއް ނޫނެކެވެ. ފަހުދުއަށް އޭނަގެ އަންހެނުން ލީލާ ވިހާތަނުގައި ހުރެވުނީ ކިރިޔާއެވެ. ދަރިފުޅުގެ ފުރަތަމަ ރޯލި އަޑު އިވުނެވެ. ދެން ފަހުދުއަށް ކަންތައްތަށް އެގެން ފެށިއިރު އޭނައޮތީ ލީލާ ކައިރީގައި ހުރި ދެވަނަ އެނދުގައެވެ. އެންމެން އެދުވަހު އޭނައަށް ހާދަ މަލާމާތެއް ކުރިއެވެ. ފުރަތަމަ ދުވަހު މި ޓީމްއަށް ނެގުމުންވެސް ރާއިދުއާއި އެތަށް ގޮތަކުން ފަހުދު ވާހަކަ ދެއްކިއެވެ. އަދި އޭނަގެ ހާލަތު ރަނގަޅަށް ކިޔައިދިނެވެ. ނަމަވެސް ރާއިދު ބުނަނީ އޭނަ ބޭނުންވަނީ ފަހުދުމެން ކަހަލަ ކުދިން ކޮޅެއް ކަމަށެވެ. ހުރިހާ ފޮޓޯތަކަށް ބަލަމުން ދިޔަ އިރު ފަހުދުގެ ސިކުނޑީގައި އެތަށް ކަމެއް އެބުރެމުން ދިޔައެވެ. ” ކޮބާ ދެން އެއްޗެއްވެސް ނުކާ ދުވަހެއްތަ” ކޮފީ ތައްޓެއް ހިފައިގެން އައިސް މޭޒުމަތީ ބަހައްޓަމުން ހުސައިން އަހާލިއެވެ. ހުސައިންއަކީ ފަހުދުގެ ސެކްޝަންގައި މަސައްކަތް ކުރާ މީހެކެވެ. “އޯހް ތެންކްސް… އައި ރިޔަލީ ނީޑް ދިސް” ހުސައިންއާއި ދިމާލަށް ބަލާލަމުން ފަހުދު ބުނެލިއެވެ. “އަދިވެސް ތީގެން އެއްޗެއް އެގޭވަރެއް ނުވޭތަ ހަމަ” ހުސައިން ފޮޓޯތަށް ބަލާލަމުން އަހާލިއެވެ. “ނޭނގެ… އަސްލަށްވެސް މަގޭ ބޮލަށް އެބުރުން އަރާ އެބަ” އެގޮޑިން ތެދުވަމުން ދުރަށް ހިގައިގަންނަމުން ފަހުދު ބުނެލިއެވެ. “ހެހެ ނަސީބެއްނުން މިހާރު ހުރި ތަނަށް ނުވެއްޓޭކަން” ހުސައިން ފަހުދު އާއި ދިމާކޮށްލިއެވެ.

ރާއިދު އެތަނުން ނިކުމެގެން ދިޔައީ ކެބިންއަށެވެ. އޭނަގެ ބޮލަށްވެސް މިހާރު ހުންނަނީ ބަރުވެފައެވެ. ކުރާނެ އިތުރު ކަމެއް ހަދާނެ އިތުރު ގޮތެއް ރާއިދުއަކަށް ނުވިސްނެއެވެ. މިކަމަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑު ވެގެން އުޅޭ ކަންތައްތަކެވެ. ދެމަސް ތެރޭގައި ތިންވަނަ މީހާ މަރާލީއެވެ. ކޮންމެ ގޮތެއްވިޔަސް ރާއްޖޭގައި ‘ސީރިއަލް ކިލަރ’ އެއް އުޅޭކަން ރާއިދުއަށް ކަށަވަރެވެ. އެކަން ޑިރެކްޓަރ ވެސް ފާހަގަ ކޮށްފައި ވެއެވެ. އެކަމަކު ރާއިދު ހާސްވަނީ އެކަމާއި އެއްވެސް ކަމެއް އެމީހުންނަށް ނުކުރެވޭތީއެވެ. މާދަން ހަމަލާދޭނީ ކާކަށްކަމެއް އެކަކަށްވެސް ނޭނގޭކަމެވެ. މަރުވެގެން އެދަނީ ދިވެހި ދަރިންނެވެ. ރާއިދުގެ ދަރިއެއް ނެއްކަމަކު އެކުދިންގެ މައިންބަފައިންނަށް ކުރާނެ އަސަރު ރާއިދުއަށް އިހްސާސް ވެއެވެ. ހަދާނެ ގޮތެއް ނޭނގި ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ރާއިދު އިނެވެ.

ތިންގަޑިއިރު ފަސް….

ރާއިދު އެތެރެއަށް ވަދެގެން އައި އިރު ފަހުދު އާއި އާހިލް އެތެރޭގައި އިށީދެލައިގެން އިނެވެ. ”ކޮބާ ނަދީމް” ނަދީމް ފެންނަން ނެތުމުން ރާއިދު އަހާލިއެވެ. “ހީވަނީ މާ ފިނި ތަނަކަށް ފޮނުވީމަ އެތަނުގައި ނިދުނީހެން” ފަހުދު އާހިލްއަށް އެއްލޯ މަރާލަމުން ބުނެލިއެވެ. އެވަގުތު ފަހުދުގެ ބޮލުގައި މީހަކު ވަރަށް ބާރަށް ޖެހިއެވެ. ވީތަދުން ފަހުދުއަށް ބޮލުގައި އަތް ޖައްސާލަމުން ފަހަތަށް ބަލާލިއެވެ. އޭރު ނަދީމް ފަހަތުގައި ފައިލްއެއް ހިފައިގެން ހުއްޓެވެ. އާހިލް އިނީ އެތެރެއަށް ހީލަހީލައެވެ. “އަޅުގަނޑު މިހުރީ.. ލަސްވީ ރިޕޯޓް ހިފައިގެން އަންނަން ވީމަ” ނަދީމް އިށީނަމުން ބުނެލިއެވެ. “ދެން ހިނގާ ފަށަމާ” ރާއިދު ގޮޑީގައި އިށީދެލަމުން ބުނެލިއެވެ. ކޮންމެ މީހަކު އޭނަގެ މަސައްކަތް ކިޔައިދިނުމަށްޓަކައި ހުރިހާ އެއްޗެއްހިތަށް އަތުރާލިއެވެ.

“ކޮބާ ނަދީމް” ރާއިދު ނަދީމްގެ މޫނަށް ބަލާލިއެވެ. ނަދީމް ފައިލް ހުޅުވާލިއެވެ. “ކުރިންވެސް ބުނިހެން މީނަ އަސްލު މަރުވެފައިވަނީ ކަރުގައި ވަޅި އެޅުމުގެ ސަބަބުން… އެކަމަކު އޭނަގެ ހަށިގަނޑުގައި މުޅި ޖުމްލަ ތިރީސް ތަނަކަށް ވަޅީގެ ހަމަލާ ދީފައިވޭ… އެންޑް ޑޮކް ބުނެފައިވަނީ މީނަ އެހުރިހާ އިރުގައިވެސް މަރުނުވާކަމަށް…” ނަދީމް ކިޔައިދިނެވެ. ރާއިދު ބޯޖަހަމުން ދިޔައެވެ. އެންޑް ކޮންމެ ފަހަރަކުވެސް މޫނު އަދި އިނގިލިތަށް އެއީ ‘އޯވާ ކިލިން’.. މާނައަކީ އެކަން ކުރަނީ އޭނަ މަރުވުމަށް ފަހުގައި ކަމަށްވުން…” ނަދީމް ކިޔައިދިނެވެ. ރާއިދު ދެން ބަލާލީ އާހިލްއާއި ދިމާލަށެވެ. “ކޮބާ އާހިލް” އާހިލް ރާއިދު އެހެން އަހާލުމާއި އެކު ކުޑަކޮށް ސިހިގެން ދިޔައެވެ. އާހިލް އަދިވެސް ރާއިދުގެ އެހުންނަ ބަރުއަޑަށް ހޭނޭ ގޮތެއް ނުވެއެވެ. “އަޅުގަނޑު ތިން ސީންވެސް ބަލައިފިން… މާބޮޑު ތަފާތެއް ނެތް… ތިން މީހުންގެ ހަށިގަނޑުވެސް ފެނިފައިވަނީ ކޮންމެވެސް ތިން ޕާކަކުން… މާނައަކީ އޭނަ ބޭނުންވެއޭ ވަރަށް ގިނަ މީހުންނަށް އެކަންތައްތަށް ދައްކަން.. އެންޑް އެކަން ކުރާ އިރު އެއްވެސް މީހަކަށް ފެނިފައެއްވެސް ނުވެއޭ… އެންޑް މިފަހަރު އެހެންކަމެއް ފާހަގަ ވި… މި ފޮޓޯ ބަލާބަލަ” ފޮޓޯއެއް އަޅުވާލަމުން އާހިލް ބުނެލިއެވެ. ދެން ތިބި ތިންމީހުންގެ ނަޒަރު ފާރަށް އަޅުވާފައިވާ ފޮޓޯއަށް ހުއްޓުނެވެ. “މި ފެންނަ ފޮޓޯއިން ފެންނަ ގޮތުން އެތަނުގައި އެވަނީ ކޮންމެވެސް އެއްޗެއް ދަމާފައިވާ ފާހަގައެއް… މޭބީ އެތަނަށް އެމީހާ ގެންނައީ ދަމާފައި” އާހިލް ބުނެލިއެވެ. ރާއިދު ހިނިތުންވެލިއެވެ. “ގުޑް ވޯކް” ރާއިދު ބުނެލިއެވެ. އަދި ފަހުދު އާއި ދިމާލަށް އެބުރުނެވެ. “ކޮބާ ފަހުދު” ފަހުދުގެ މޫނަށް ބަލާލަމުން ރާއިދު އަހާލިއެވެ. “އަޅުގަނޑު.. ވަރަށް ގިނަ ތަފާތު ފާހަގަ ކުރެވުނު” ފަހުދު ބުނެލިއެވެ. “ފުރަތަމަ ތަފާތަކީ މިފަހަރު އޭނަ ފާހާނައަށް ނުދިއުން” ނަދީމް ބުނެލިއެވެ. އާހިލް އެހާ ހިފަހައްޓައިގެން އިން ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަދީމްވެސް ހިނިގަނޑެއް ޖަހާލިއެވެ. ރާއިދުގެ މޫނުމަތިންވެސް ހިނިތުންވުމެއް ފެނިގެން ދިޔައެވެ.

“ފަނީ ނަދީމް… އަސްލު ހިނގާބަލަ ހުރިހާ ކަނޑުތަކެއް ފެންނަ ގޮތެއް އަތުރާލަމާ” އަތުގައި ހުރި ފޮޓޯ ގަނޑުތަށް ބޯޑުގައި ތަތް ކުރުމުގެ ބޭނުމުގައި ތެދުވިއެވެ. ނަދީމްވެސް ފަހުދު އަށް އެހީވުމަށް ތެދުވިއެވެ. އާހިލްވެސް އެދެމީހުންނަށް އެހީވަމުން ދިޔައެވެ. ތިން ކޭސް ވަކިން އެނގޭގޮތަށް އަތުރާލިއެވެ. “އަސްލު ފުރަތަމަ ކޭސް… 25 އަހަރު ފިރިހެނެއް.. 18 ތަނަށް ވަޅި ހަރާފައި… ދެވަނަ ކޭސްގަ 20 އަހަރުގެ ކުއްޖެއް.. 20 ތަނަށް ވަޅި ހަރާފައި… އެންޑް މިފަހަރު 18 އަހަރުގެ ކުއްޖެއް…. 30 ތަނަކަށް ވަޅި ހަރާފައި” ފަހުދު ކިޔާލިއެވެ. “އޭގެން އެނގޭ އެއްޗަކީ” ރާއިދު ގޮނޑީގައި ހަމަޖެހުލަމުން އަހާލިއެވެ. “އޭގެން އެނގޭ އެއްޗަކީ އެކަން ކުރާ މީހަކީ ރުޅިގަދަ މީހެއްކަން… އެންޑް އޭނަގެ އެކަންތަކުން ޕާސަނަލް ދުޝްމަނު ކަމެއްވެސް ފޮޅާލަނީއޭވެސް ހިތަށް އަރާ” ފަހުދު ބުނެލިއެވެ. ރާއިދު ގޮނޑިން ތެދުވިއެވެ. އަދި އެތަނުގައި ހުރި ހުދުކުލައިގެ ބޯޑު ކައިރިއަށް ހުއްޓެލިއެވެ. “ޕާސަނަލް ކަމެއް، އަދި ރުޅިގަދަ މީހެއް” ރާއިދު ލިޔެލިއެވެ. “ދެން” ފަހުދު އާއި ދިމާލަށް ބަލާލަމުން އަނެއްކާވެސް ރާއިދު އަހާލިއެވެ. “ފަހަރަކަށް ވުރެއް ފަހަރެއް އޭނަގެ ވިކްޓިމް ކުޑަ… މާނައަކީ އޭނަ ވެދާނެ އެހާ ބަރުގަދަ މީހެއް ނޫންކަމަށް… މިބުނީ ބޮޑު ފިރިހެނެއް ނުހިފެހެއްޓޭ ވަރުގެ މީހެއްކަމަށް…” ފަހުދު އޭނައަށް އެގިފައި ހުރި އެއްޗެއް ކިޔައިދެމުން ދިޔައެވެ. “އަދި ފުރަތަމަ 18 ތަނަކަށް ވަޅި ހަރާފައި ދެވަނަ ފަހަރަށް 20 ތަނަކަށް ވަޅި ހެރުމުން އޭގެ މާނައަކީ އޭނަ އެމީހުންނަށް ލިބޭ އަނިޔާ މަޖާކަމަކަށް ނުވަތަ އެކަމާއި އެންޖޮއި ކުރާކަން.. އެމީހުން ގިނަ އިރު ވޭނުގައި އުޅެން އޭނަ ބޭނުންވާކަން.. ތިންވަނަ ފަހަރަށް ތިރީސް.. މާނައަކީ ދެން އޭނަ އެކަހަލަ ކަމެއް ކުރާނަމަ އަދި މާ އަނިޔާވެރި ވާނެއޭ” ފަހުދު ބުނެލިއެވެ. “ހީ އެންޖޮއި ޓު ސީ އަދާ ޕާސަންސް ޕެއިން ރައިޓް” ރާއިދު ލިޔަމުން އަހާލިއެވެ. ” އަޅުގަނޑު ސުވާލެއް ކޮށްލަންތަ..” އާހިލް އެންމެންގެ ސަމާލުކަން ހޯދިއެވެ. “އެއްވެސް މީހަކު އަދި ނާހާ ސުވާލެއް މީ… އެކަމަކު އަޅުގަނޑު މި ސުވާލު ގެ ޖަވާބު ބޭނުން… ކޮންމެ ވިކްޓިމްއެއްގެ އިނގިލިތައް ބުރި ކޮށްލާފަ ހުންނަނީ.. އެއްވެސް ސީންއަކުން އިނގިލިތަކެއް ފެނިފައެއް ނެތް… އެއްވެސް އައިޑިއަރ އެއް އެބަ އޮތްތަ އެ އިނގިލިތައް ވިތަނަކާ ދޭތެރޭގަ” އާހިލްގެ ސުވާލުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އެއީ ރަނގަޅު ސުވާލެކެވެ. ނަމަވެސް ޖަވާބު ހޯދުން އުދަގޫ ސުވާލެކެވެ. “ތިގޮތަށް ކިތައް ސުވާލުގެ ޖަވާބު އަހަރުމެން އެންމެންވެސް ބޭނުން… ބަޓް ވީ ގޮޓް ނަތިން” ނަދީމް ބުނެލިއެވެ.

“އެންމެންގެ ބޮޑީ ފެނިފައިވަނީ ކޮންމެވެސް ޕާކަކުން ދޯ.. މާނައަކީ އޭނަ ބޭނުންވަނީ އޭނަގެ އަތުގައި ކޮންޓްރޯލް އޮތްވަރު އެހެން މީހުންނަށް އަންގަން… އެންޑް މޭބީ އީ ވޯންޓް އަސް ޓު ނޯ ހީ ކޭން ކަމް ޓު އެނީ އޮފް އަސް… އޭނަ ބޭނުންވަނީ އެހެންމީހުންގެ ހިތުގައި ބިރުވެރިކަން އުފައްދަން.. ނޫންތަ އާހިލް” އާހިލްގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ރާއިދު ލިޔަމުން އަހާލިއެވެ. “މާނައަކީ އޭނައަކީ ކޮންޓްރޯލް ފްރީކް އެކޭ..” އާހިލް ބުނެލިއެވެ. “ޔަ އެންޑް ސަމް ސިކް ޑޫޑް” ނަދީމް ބުނެލިއެވެ. “އެހެންވީމަ ނަދީމް މީގެ ކުރިން ބުނި އެއްޗަކުން އަހަރެންނަށް ނަގައިގަނެވުނީ އޭނަގެ ވިކްޓިމް ކުޑަ ކުދިންގެ ކެޓަގަރީއަށް ބަދަލު ކުރާކަން.. ހީވަނީ އޭނަ އަކީ އުމުރުން ވިއްސާއި ތިރީސް އަހަރާއި ދެމެދުގެ މީހެއްހެން…” ރާއިދު ލިޔެލިއެވެ. އަދި އެންމެންގެ މޫނަށް ބަލާލިއެވެ. “ސޯ މި ތިން މާޑަރ އިން އަހަރުމެންނަށް އެގުނީ މިކަން ކުރާ މީހަކީ ރުޅިގަދަ އުމުރުން ވިއްސާއި ތިރީސް އަހަރާއި ދެމެދު، މީހުންނަށް އަނިޔާކުރަން ފަސޭހަ އަދި އެކަމަށް ލޯބި ކުރާ ފިރިހެން ކުދިންނަށް އެޓޭކް ކުރާ މީހެއްކަން” ބޯޑުގައި ލިޔެވިފައިވާ ހުރިހާ އެއްޗެއް އެއްކޮށްލައިގެން ރާއިދު ޖުމްލަ ހަދާލިއެވެ. “ޔާ މާނައަކީ ގާތްގަނޑަކަށް ރާއްޖޭގައި އުޅޭ ތިއުމުރުގެ އެންމެންނޭ” ނަދީމް ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ރާއިދު އެންމެންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. “އޯކޭ ފައިން… ލެޓްސް ފިނިޝް ފޮ ދަ ޑޭ… މާދަން ހެނދުނު ހަތެއް ޖަހާއިރު އެންމެން ތިބެންވާނީ މިތަނުގައި… ކުޑަކޮށް ވަރުބަލި ފިލުވާލައިގެން އައީމަ އެހެންކަމެއްވެސް އެގިދާނެ” ރާއިދު ބުނެލިއެވެ. އެންމެންވެސް ބޯޖަހާލަމުން އެތަނުން ނިކުތެވެ.

ފަހުދު ސައިކަލުގައި މަޑުކޮށްލީ އޭނަގެ ގެ ކައިރިއަށެވެ. ސައިކަލު މަޑުކޮށްލުމަށްފަހުގޭ ދޮރި ހުޅުވާލުމާއި ކުޑަކުޑަ ލައިލާގެ އަޑު ފަހުދުގެ ކަންފަތުގައި ޖެހުނެވެ. އެވަގުތު ފަހުދު މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ ހިތަށް ލިބިގެން ދިޔަ ފިނިކަމަކުންނެވެ. މަޑުހިގުމެއްގައި ގޮސް ކޮޓަރީގެ ދޮރު މައްޗަށް އަރާލިއެވެ. އޭރު އަންހެނުން ލީލާ ކުޑަދަރި ފުޅު ރީތިކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ފަހުދުއަށް ހެވުނެވެ. ލައިލާއަކީ ތޮބީއަތުގައި ސިޔާސަ ގޮތެއް ހުންނަ ކުއްޖެކެވެ. އަންހެން ކުއްޖެއްކަމަކު އެންމެ ވަގުތު ކޮޅަކަށްވެސް މަޑުން ނުހުރެވެއެވެ. އަދި ރީތި ކުރުވާ ގަޑިއަކީ ލީލަ ހަގުރާމަ ކުރާ ގަޑިއެވެ. “އަދިވެސް ހޭންވީތަ… މިމައްޖެގެ މި ނެޕީގަނޑު ނުޖެހިގެން މިއުޅެނީ.. މަ ވަރުބަލި ވެއްޖެ މިހާރު” ލީލާއަށް ފަހުދު ހުރިކަން އެގުމާއި އެކު ބުނެލިއެވެ. އޭރުވެސް ލީލާ މސައްކަތް ކުރަމުންދިޔައީ ލައިލާ އެނދުގައި ބޭއްވޭތޯއެވެ. ފަހުދު ފެނުމާއި އެކު އެއްއަހަރުގެ ލައިލާ ޑޭޑީއޭ ކިޔާ ގޮވާލަމުން ފަހުދުއާއި ދިމާލަށް ފުއްމައިގަތެވެ. ފަހުދު މަޑުމަޑުން ލައިލާ ލޯބި ކޮށްލިއެވެ.

ރާއިދު މަޑުމަޑުން ގޭތެރެއަށް ވަނެވެ. އެބޮޑު ގޭގައި އުޅެނީ ރާއިދު އެކަންޏެވެ. ރާއިދު އަކީ އެކަނިވެރިކަމަށް ލޯބި ކުރާ މީހެއްކަން އެގޭގެ ހަތަރުފާރުންވެސް އެގެއެވެ. ބޮޑު ސިޓިން ރޫމެކެވެ. ސިޓިންރޫމްގައި އެންމެ މިޒަމާނުގެ ޓީވީ އާދި ސޯފާ ސެޓެއް ބެހެއްޓިފައި ހުއްޓެވެ. ޓީވީ އާއި ދިމާލުން މަތިން ވާގޮތަށް އަންހެނާއި އެކު ރާއިދުގެ ކުރީގެ ފޮޓޯއެއް ހުއްޓެވެ. އެފޮޓޯއިން ފެންނަމުން ދިޔައީ ރާއިދުގެ މޫނުމަތިން ނުފެންނަ ކަހަލަ ހިނިތުންވުމެކެވެ. އެ އަންހެން މީހާގެ ބަނޑުގައި އަތްއަޅުވާލައިގެން ހުރި އިރު އެއަންހެން މީހާގެ މޫނުމަތިންވެސް ފާޅިވަމުން ދިޔައީ ހިތްހަމަޖެހުންކަން އެނގެއެވެ. އެއީ ރާއިދުގެ އަންހެނުންނެވެ. ރާއިދު މި ދުނިޔެއިންވެސް އެންމެ ލޯބިވި އެކެކެވެ. ރާއިދު އަންހެނުން ސާރާ ދުނިޔެ ދޫކުރީ މީގެ ވިހި އަހަރު ކުރިންނެވެ. އެއީ ރާއިދުގު ދަރިފުޅު ވިހެމުގެ ތެރޭގައެވެ. ކުއްލިއަކަށް ރާއިދު ދޫކޮށްލާފައި ސާރާ މިދުނިޔެއާއި ވަކިވީ ދަރިފުޅާއި އެކުގައެވެ. އެދުވަހަކީ ރާއިދުގެ ދިރިއުޅުމުގައި ދިމާވި އެންމެ ހިތްދަތި ދުވަހެވެ. އޭގެފަހުން ރާއިދުގެ މޫނުމަތިން ފޮޓޯއިން ފެންނަން ހުރި ކަހަލަ ހިނިތުންވުމެއް ހޯދުން އެއީ އުދަގޫ ކަމެކެވެ. “އަހަރެންނަށް އެއްވެސް ގޮތަކަށް ނޭނގޭ ހަނދާނެ ގޮތެއް ސާރާ” އާދައިގެ މަތިން މިއަދުވެސް ރާއިދު ފޮޓޯއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ. “މިހާރު ވިސްނާ ވިސްނާ މަގޭ ސިކުނޑި ގޮވަންނީ.. މަށަށް އެނގޭ ދެންތިބި ކުދިންނަށްވެސް ވާނެ ވަރު” ފޮޓޯއަށް ބަލަހައްޓައިގެން ހުރެ ސޯފާގައި އިށީނެވެ. “މިހާރު ތިންވަނަ ފަހަރަށް… އަހަރެން ބޭނުމެއް ނުވޭ މިކަން ތަކުރާރު ވާކަށް” ރާއިދު ވާހަކަ ދެއްކިއެވެ. “އަހަރެން ވަރަށް މިސްވޭ ސާރާ.. މިތަނުގައި ސާރާ ހުންނާނެ ނަމައޭ ހިތަށް އަރާ..” ރާއިދު އިސްޖަހާލަމުން މަޑުމަޑުން ބުނެލިއެވެ. އެޖުލްލަ އަޑު އިވުނު މީހަކުނަމަ އެއަޑުގައި އެކުލެވިގެންވި އެކަނިވެރިކަން އިހްސާސްވީހެވެ. “އަހަރެން ކުޑަކޮށް ރެސްޓް ކޮށްލަން ބޭނުން.. ކުޑަކޮށް ނިދާލާނަން އިނގޭ..” ފަޑު ހިނިތުންވުމެއް އެ ފޮޓޯއަށް ރައްދު ކޮށްލަމުން ރާއިދު ސޯފާގައި އޮށޯވެލިއެވެ.

އެދުވަހުގެ ރޭގަނޑުގެ ވަގުތު…..

އާހިލް އޭނަގެ ކޮޓަރީގައި އެނދުގައި ލެޕް ފައިމަތީގައި ބައިންދައިގެން ފާރުގައި ލެގިލައިގެން އިނެވެ. ނެޓުން އެފް.ބީއަށް ވދެގެން އާހިލް އިނީ މީހެއްގެ އިންތިޒާރުގައި ކަން އެމޫނުމަތިން ފާޅުވަމުން ދިޔައެވެ. އިރު އިރު ކޮޅާ އަތުކުރީ އޮތް ގަނޑިއަށް ބަލާލައެވެ. އިންތިޒާރު ކުރުމަކީ އޭގައި ފޮނިކަމެއް ހުންނަ ކަމެކޭ މީހުން ބުނާތީ އާހިލްއަށްވެސް އިވިފައިވެއެވެ. ނަމަވެސް އާހިލްއަށް އެއްވެސް ވަރެއްގެ ފޮނިކަމެއް އިހްސާސްއެއް ނުކުރެއެވެ. އޭގެ ބަދަލުގައި އާހިލްއަށް ވަމުންދިޔައީ ބޮޑު އުދަގުލަކަށެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑު އާހިލްއަށް އިވުނެވެ. ދޮރު ހުޅުވާށޭ އާހިލް ބުނެލީ އެތަނުން ތެދުވަން ބޭނުން ނުވާތީއެވެ. “އާލް” އާކިލް އެތެރެއަށް ވަންނަމުން އާހިލްއަށް ގޮވާލިއެވެ. ދޮންބެ ފެނުމާއި އެކު ފައިމަތީގައި އިން ލެޕް ދުރުކޮށްލަމުން ދޮންބެއަށް އާހިލް ހީލިއެވެ. “ކާގަނޑި ޖެހިއްޖެ… އެންމެން ވެއިޓް ކޮށްގެން އެބަތިބި.. ހިނގާ ކާން” އާކިލް ބުނެލިއެވެ. އާހިލް ބަލާލީ ކާން ބޭނުމެއް ނުވެއޭ ބުނެލާ ކަހަލަ ގޮތަކަށެވެ. “ދޮންތަ ނުފޮނުވާ ދޮންބެމިއައީވެސް ކަމެއް ވެގެންނެއްނުން… އެހެންނޫނީ” އެހާ ހިސާބަށް ބުނެވުނުތަނާ އާލާ ވަތްގޮތަށް ވަދެ އާހިލްގެ އަތަށް ހިފައި ދަމައިގަތެވެ. “މަށަކަށް ތިހެން ކިޔާކަން ނުހުރެވޭނެ… ތި ދެމީހުން ނައަންނަނީސް އަހަރެންގެ ބަނޑަށް އެއްޗެއް ލެވެނީއެއް ނޫން… އަވަސް އަވަސް…” އާލާ އޭނަގެ ހަލުވި އަނގަ ތަޅުވައިގަތެވެ. އާކިލް ހީލިއެވެ. އާހިލްއަށްވެސް އިތުރު ގޮތެއް ނެހެދުނެވެ. ލެޕް އާއި ދިމާލަށް ވައްކަޅިން ބަލާލުމަށްފަހު އަވަހަށް މިސްރާބު ޖެހީ ކާގެއާއި ދިމާލަށެވެ.

ނަދީމް ސައިކަލުގައި އައިސް މަޑުކޮށްލީ އައި.ޖީ.އެމް.އެޗް އާއި ދިމާލަށް އިންނަ ގޯޅިގަނޑު ތެރޭގައެވެ. އަދި އަތުގައި އޮތް ގަނޑިއަށް ބަލާލިއެވެ. “ކޮބާ އަހަރެން ބުނީ ދޮގެއްތަ އަޅެ” ނަދީމް ސިހުނީ ފަހަތުން އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ. ފަހަތަށް އެބުރި ބަލާލިއިރު މާއިން އާއި އޭނަގެ ކޮއްކޮ މަނާލް ހުއްޓިލައިގެން ތިއްބެވެ. މާއިން ހުރީ ލަދުގަނެފައެވެ. ޕޮލިހެއް ކަމަކު މާއިންއަކީ ލަދު ރަކި ކުއްޖެކެވެ. އަދި އަމުދުން ނަދީމް ފެނުމާއި އެކު މާއިންގެ އަތްފައި ފިނިވެ ހަށިގަނޑަށް އެވާ ގޮތުންވެސް މާއިން ބިރުގަނެ ފަސްޖެހެވެއެވެ. “އަހަރެން މަންމަ ކައިރީގައި ބުނިން ދައްތަ ދަނީ ފްރެންއަކާއި އެކުގައޭ.. އަދި ދައްތަ ގެއަށް އަންނާނެއޭ ދިހަގަޑި ބައިގަ.. ގަޑި ހަނދާން ކުރާތި.. ރަނގަޅަށް ބަލާތި.. ބޮޑު މީހަކު ނަސޭހަތް ދޭގޮތަށް މަނާލް ނަދީމްއާއި ވާހަކަ ދެއްކިއެވެ. ނަދީމް ހިނިތުންވެލިއެވެ. “އިތުރުކަމެއް މާމާ” ނަދީމް ބުނެލިއެވެ. “ޔާ މަގޭ ދައްތަގެ ހިތް ހަލާކު ކޮށްފިނަމަ އަހަރެންގެ ހުރި ނުލަފާކަން އަންގައިލާނަން” މަނާލް ބުނެލިއެވެ. އެވަގުތު މާއިން މަނާލްގެ އަތުގައި ވަރަށް ބާރަށް ވިކައިގަތެވެ. މަނާލް އައްދިއްޔޯއޭ ބުނެލިއެވެ. ނަދީމް ހީލިއެވެ. މާއިން މަޑުމަޑުން ނަދީމްގެ ފަހަތަށް އަރާ ހަމަޖެހިލިއެވެ. މަނާލް އެތަނުގައި ހުރި އެމީހުންގެ ގެއަށް ވަނެވެ. “ނައްޓާލީ އިނގޭ” ނަދީމް މަޑުމަޑުން ބުނެލިއެވެ. މާއިން ލަދުން ބޯޖަހާލިއެވެ.

ހެނދުނު….

ރާއިދު ކޮންފަރެންސް ހޯލްއަށް ވަދެ ބަލާލިއެވެ. އޭރު ގަޑިން ހަތެއް ޖަހަން ފަނަރަ މިނެޓް ބާކީ ހުއްޓެވެ. އާހިލް އިށީދެލައިގެން އޭރުވެސް ފޮޓޯތަށް ބަލަމުން ދިޔައެވެ. “ކޮބާ ރޭގަ ނުވެސް ނިދާ ރެއެއްތަ” ރާއިދުގެ އަޑު އިވުމާއި އެކު އާހިލް ސިއްސައިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އާހިލް އިނީ އެހާ ބޮޑަށް ފޮޓޯތަކަށް ގެއްލިފައެވެ. “އަޅެ އާހިލްގެ ތި ސިއްސައިގެން ދިއުން ރަނގަޅު ކުރަން ވެއްޖެއެއް ނުން.. އަހަރެން އަޑު އިވޭ ކޮންމެ ފަހަރަކު ސިހިގެންދަނީ އަހަރެންގެ އަޑު އެހާ ބިރުވެރީތަ.. ނޫނީ އާހިލް އެހާ އަހަރެން ދެކެ ބިރުގަންނަނީތަ” ރާއިދު ބޭނުންވީ އާހިލްގެ އެކަންތައް އޭނައަށް ފާހަގަ ވެފައިވާކަން އަންގާށެވެ. އާހިލް ރާއިދުއަށް ބަލާލަމުން ހީލިއެވެ. “އޯހް ތީގެ މާނައަކީ އަހަރެންގެ އަޑު އެހާ ބިރުވެރިއޭތަ” ރާއިދު ވާހަކަ ދައްކަމުން އާހިލް ކައިރީގައި އިށީދެލިއެވެ. “ނޫން ސަރ..އަސްލު” “އަސްލު ވާގޮތަކީ އާހިލް އަކީ ކުޑަ ކުއްޖެއް ސަރ” ނަދީމްގެ އަޑު އިވުނީ އެމީހުންގެ ފުރަގަހުންނެވެ. ނަދީމްއަކީ މިޒާޖުގައި މީހުންނާއި ދިމާކޮށް ސަމާސާ ކުރުން ހުންނަ މީހެކެވެ. ނަދީމްގެ އަޑު އިވުމުން އާހިލް އާއި ރާއިދު އެދިމާލަށް ބަލަލިއެވެ. ނަދީމް ހީލަމުން އައިސް އިށީދެލިއެވެ. ރާއިދު ނަދީމްއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަދި އަނެއްކާވެސް އާހިލްއާއި ދިމާލަށް ބަލާލިއެވެ. މި ހަރަކާތުން ނަދީމްއަށް ރާއިދު އާހިލްއާއި ވާހަކަ ދައްކަން ބޭނުންވެފައިވާ ވަރު އިހްސާސް ކުރެވުނެވެ. އެހެންކަމުން އަނެއްކާވެސް އެތަނުން ތެދުވިއެވެ. “އަންނާނަން ކޮފީ ތައްޓެއް ހިފައިގެން.. އާހިލް ބޭނުންތަ” ނަދީމް އަހާލިއެވެ. އާހިލް ބޯހޫރާލިއެވެ. “އަހަރެންނަށް ބްލެކްއެއް” ރާއިދު ބައިވެރިވެލުމުގެ ގޮތުން ބުނެލިއެވެ. ނަދީމް ހިނިތުންވެލަމުން ބޭރަށް ނިކުތެވެ.

“އާހިލް” ރާއިދު އާހިލްއަށް ގޮވާލިއެވެ. އާހިލް ރާއިދުއާއި ދިމާލަށް ބަލާލީ އިހްތިރާމުން ފުރިގެންވާ ބެލުމަކުންނެވެ. “އަހަރެންނަށް އެނގޭ އަހަރެން މީ އާހިލްގެ ބޮސްކަން… އެކަމަކު މި ޓީމް އަކީ އަހަރެން ދެކޭ ގޮތުގައި ވަރަށް ގުޅުން ރަނގަޅު ވާން ޖެހޭ ޓީމްއެއް.. މާނައަކީ އެގަޑީގައި ބުނަން ޖެހޭ އެއްޗެއް ބުނަން ޖެހޭ ގޮތަށް ކޮންމެ މީހަކަށް ބުނުމުގެ އިހްތިޔާރު ލިބިގެންވާނެއޭ.. އާހިލްއަށް އަހަރެންނާއި ދިމާލަށްވެސް ބުނެވިދާނެ ކޮންމެ އެއްޗެއްވެސް” ރާއިދު ބޭނުންވީ އާހިލްއާއި ރާއިދު އާއި ދެމެދުގައި އުފެދިފައި އޮތް ބީރައްޓެހިކަން ދުރުކޮށްލާށެވެ. “އަޅުގަނޑަށް އެކަން އެނގޭ” އާހިލް އިހްތިރާމްއާއި އެކު ވާހަކަ ދެއްކިއެވެ. “ދެން ކޮބާ މައްސަލައަކީ” ރާއިދު ގޮޑީގައި ރީއްޗަށް އިށީނަމުން އަހާލިއެވެ. އާހިލް ރާއިދުއާއި ދިމާލަށް ބަލާލިއެވެ. “އެއްވެސް މައްސަލައެއް ނެތް” އާހިލް ކުޑަ ހިނިތުން ވުމަކާއި އެކު ބުނެލިއެވެ. ރާއިދު ބޯޖަހާލިއެވެ.

“މޯނިން” ފަހަތުން އިވުނީ ފަހުދުގެ އަޑެވެ. އާހިލް އާއި ރާއިދު އެދިމާލަށް ބަލާލިއެވެ. ނަދީމްއާއި އެކު ފަހުދު އެތެރެއަށް ވަދެގެން އަންނަނީއެވެ. ކޮންމެ މީހެއްގެ އަތުގައި ދެތަށި ކޮފީ ހުއްޓެވެވެ. “އަހަރެންނަށް އެނގޭ އާހިލް ނޫނެކޭ ބުންޏަސް ތިއީ ކޮފީ ބޯ ކުއްޖެއްކަން” ނަދީމް ތަށި ކައިރީގައި ބަހައްޓަމުން ބުނެލިއެވެ. ޓީމު މީހުން ހަމަވުމުން ރާއިދު ތެދުވެލިއެވެ. އަދި އެންމެންނަށް ކުރިމަތި ވާގޮތަށް ހުއްޓެލިއެވެ. “އަހަރެންނަށް އެނގޭ މިހާރު މިކޭސްގައި އަހަރުމެން އުޅޭތާ ދެމަސް ވެއްޖެކަން.. މާނައަކީ މި ގްރޫޕް މީހުންގެ ގުޅުންވެސް ރަނގަޅު ވާނެކަމަށް އަހަރެން އުއްމީދު ކުރަމޭ… ތި ތިން މީހުންނަކީ އަހަރެން ސެލެކްޓް ކުރި މީހުން.. އެތައް ބައިވަރި މީހުންގެ ތެރެއިން.. އަހަރެން ތި ތިންމީހުންނަށް ވަރަށް އިތުބާރު ކުރާތީ ތިންމީހުންވެސް ނެގީ… އަހަރެންބަލަނީ މަގާމަކަށް ނޫން… އެކަމަކު ކުރާ މަސައްކަތަށް… އަހަރެން ހީކުރަން ތި އެންމެންވެސް ބަލަނީ އެގޮތަށް ކަމަށް” ރާއިދުގެ ވާހަކައިން އެތަނުގައި ތިބި ނަދީމްއަށާއި ފަހުދުއަށް ކުޑަ ހައިރާން ކަމެއް ލިބުނެވެ. ނަމަވެސް އާހިލްއަށް އަސްލު އެ ‘ސްޕީޗް’ގެ ބޭނުން އެނގެއެވެ. އެހެންކަމުން ރާއިދުއާއި ދިމާލަށް އާހިލް ބަލާލީ ޝުކުރިއްޔާއޭ ބުނާ ގޮތަށެވެ.

“ސޯ ލެޓްސް ގެޓް ބެކް ޓު ވޯކް” ރާއިދު ބުނެލިއެވެ. “ފަހު ވިކްޓިމްގެ މައުލޫމާތު ލިބިއްޖެ ސަރ” އާހިލްގެ އަޑު އިވިގެންދިޔައެވެ. “ގުޑް.. ކާކު އެއީ” “މުހައްމަދު ނާޝް” ފަހަތުން އިވިގެން ދިޔައީ ފިރިހެނެއްގެ އަޑެކެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ޤާޠިލް

Next

ޤާޠިލް.. 3 ވަނަ ބައި…

Next
November 7, 2014

ޤާޠިލް.. 3 ވަނަ ބައި…

Previews
October 31, 2014

ޤާޠިލް

11 Comments!

  1. heveni says:
    November 4, 2014 at 7:44 am

    cid coppy eh tha mee 😛 lolxx

  2. aii says:
    November 4, 2014 at 9:56 am

    CID in inspire vegen liya vahaka eh kaneyge…miharu copy eh nukurane…intrestn..keep it up

  3. Fantasy says:
    November 4, 2014 at 11:09 am

    hehee… fantasy aky v gina series balaa kujjeh.. ehenveema series thakaa gulhey gotheh huredhaane… ekam vaahaka aky copy eh nun… thank v bodah

  4. officer says:
    November 4, 2014 at 1:02 pm

    bodu foohi gandeh..

  5. Zahu says:
    November 4, 2014 at 3:09 pm

    Oops..baeh kudhinna hadi iru zahu ah varah reethi mi story..masha allah varah molhu story liyan ingey..kurin ves liyunin dhw mi kahala story eh?

  6. nishan says:
    November 4, 2014 at 3:21 pm

    Interesting.. Keep going… 🙂

  7. Fantasy says:
    November 4, 2014 at 8:40 pm

    officer ah vaahaka kamu nudhiya eema dhera vejje.. officer kiyaa hinvaa kahala vaahaka eh genes dheyeveytho massaki kuraanan.. ekamaku vaahaka kiyaaleethee shukuriyya 🙂

  8. Fantasy says:
    November 4, 2014 at 8:44 pm

    zahu v bodah shukuriyaa.. zahu ah vaahaka kamu dhiya eema v happy vejje.. ya kurin ves police kudin ulhey story eh genes dhevunu.. ekam mi vaahaka thafaathu vaane igey … thnks v once again 🙂
    nishan ah v hassa thnks eh igey… vaahakaige cover pic hadhai dhinythy 🙂

  9. pinky says:
    November 6, 2014 at 1:50 pm

    I started to read the first part of this story it is boring thats why I stopped that part. Now this part is ok. I know that you can write a story how to intrest the readers. Before allso I can read ur story’s. All ur stry is very interesting. Waiting for next part. Avahah up kurahchey.

  10. Hdijaas Abdulla says:
    November 8, 2014 at 1:39 am

    whose story is this?

  11. some1 says:
    November 22, 2014 at 7:35 pm

    Criminal mind a varah vahtharu gotheh eba huri… hyvany manzaru thah fennahen… gud work… 😉

Comments are closed.

Next Episodeޤާޠިލް.. 3 ވަނަ ބައި…←


All Right Reserved!