ހާސިލް ވުމަށް އެދި 21
”އެންމެން އަޑު އަހާބަ.. އީނާޝް ބުނީ ކައްކާނަމޯ.. މިރޭ ހިނގާ ދޯ މޭރީ ބްރައުންއަށް ދިޔުން ކެންސަލް ކޮށްލަން.. އީނާޝް ކައްކާ އެއްޗެއްގަ ރަހަ ބަލާލަން ވާނުން..” ކައިޒީން ގޮސް އެންމެން ކައިރީ އިނާޝް ކައްކާ ވާހަކަ ބުނެލިއެވެ. އަދި އެއާއިއެކު އެންމެންވެސް އެކަމަސް އެއްބަސް ވެލިއެވެ.
”އަނެއްކާ އީނާޝް އާއި ކައިޒީން އެކުވެރިވީބާ.. ކައިޒީން ވާހަކަ ދެއްކި ގޮތުން… އެހެންވީމާ..” އާރިފާ ހުރީ އީނާޝް އާއި ކައިޒީން މާ އެކުވެރިކޮށް އުޅުމުން އެކަމާ ރުޅި އައިސް ރަތްވެފައިއެވެ. ކައިޒީން އެހެން ބުނުމުން އާރިފާ ގޮސް ކޮޓަރިއަށް ވަންގޮތުން ހީވީ ނުކަންވެގެން ކޮޓަރިއަށް ވަން ހެންނެެވެ. ޒިރާންވެސް ހުރީ އާރިފާގެ އެއަމަލުގެ ސަބަބުން ހައިރާން ވެފައިއެވެ.
އީނާޝް އެކަނި ބަދިގޭގައި ކައްކަމުން ދިޔައިރު އެހެން އެންމެން ތިބީ ސޯފާގައި ޓީވީ އަޅުވައިގެން ޓީވީ ބަލާށެވެ. ފްރައިޑް ރައީސްގެ މީރު ވަސް މުޅި ގޭގައި ވަނީ ހިފާފައިއެވެ. ކައްކާ ނިމުމުން އީނާޝް ގޮސް އެންމެންނަށް ކާން އައުމަށް އެދުނެވެ. އޭރު ސުފުރާމަތި ވަނީ އެކި ކަހަލަ އެއްޗެހިން ފުރާލައިފައިއެވެ. ފްރައިޑް ރައީސް އާއި އެއްކޮށް ކާނޭ އެއްޗެއްސާއި ފޮނި އެއްޗެއްސެވެ.
”ސުބުހާނަ ﷲ… ހާދަ މީރުވަސް އެބަ ދުވައޭ.. މިހާރުވެސް ބަނޑު ފުރިއްޖެ..” ޒިރާން ކާގެއަށް ވަންނަމުން އެހެން ބުނެލުމާއިއެކު އެތާ ތިބި އެންމެން އެކަމާ އެއްބަސް ވުމަށް އެކި އެއްޗެހި ކިޔަމުން ދިޔައެވެ. އީނާޝް ހުރީ ބުނާނެ އެއްޗެއް ނޭނގި ލަދުގަނެފައިއެވެ. ”ދަރިފުޅާ ކައި ދޭބަލަ.. މަންމައަށް ގޮވަން….” ޒިރާން އެހެން ބުނެލުމާއިއެކު ކައިޒީން އެތަނުން ނުކުމެގެން ހަލުވި ހިނގުމެއްގައި ދިޔައެވެ.
” ބައްޕާ.. މަންމަ ބުނީ ނުކާނަމޯ.. ބަނޑު ހައެއް ނުވެޔޯ..” ކައިޒީން އައި ގޮތަށް އައިސް ކެއެމަށް އިށީންދެލިއެވެ. އޭނާއެކޭ ކެތްމަދުވެފައި ހުރި މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. އާރިފާ ނޫނީ އެންމެން ކާން އިށީންދުމާއިއެކު ރޭގަނޑުގެ ކެއުން ފެށިގެން ދިޔައެވެ. ” ހާދަ މީރޭ.. އަސްލުވެސް.. މިހާރު އީނާޝް ދައްތަމެން ވައްޓާލީ ދޯ.. ވަރަށް ވަރަށް މީރު..” އެންމެން ވާހަކަ ދައްކަމުން ކަމުން ދިޔައިރު އިނާޝް އިނީ ހިނިތުންވެލައިގެންނެވެ. އެންމެންވެސް ތައުރީފު ކުރަމުން ދިޔައީ އީނާޝް ކައްކާފައި ހުރި މީރު ކެއުމަށެވެ.
މާހިލްއަށް އިށީންނަން ޖެހުނީ އީނާޝް ގެ ކުރިމަތީގައި ކަމުން އެންމެ ހިނދުކޮޅަކަށްވެސް މާހިލްގެ ނަޒަރު އީނާޝްގެ ކައިރިން ދުރަށް ނުދެއެވެ. ގެއަަށް އައި ފަހުން އަދި މާހިލް ފޯނުގައި އަތް ނުލައި ހުރުމުން އީނާޝް އޭނާއަށް ޖަވާބު ދިން ކަމެއްވެސް ނޭނގެއެވެ. އަދި ކައިޒީން ކިޔާފައި ހުރި އެއްޗެހިވެސް ނުފެނެއެެވެ. އެހެންކަމުން އަދިވެސް މާހިލްގެ ހިތް ނޭނގޭ ބާރު މިނަކަށް ތެޅެމުން ދިޔައީ އީނާޝް ދޭނެ ޖަވާބެއް ނޭނގޭތީއެވެ.
އީނާޝްތޯއެވެ. މާހިލްގެ ކުރިމަތީގައި އިނެގެން ކާން ޖެހުމުން އީޏާޝްއަށް ހުރީ އެނދަގޫވެފައިއެވެ. އެހިތް ނޭނގޭ ބާރު މިނަކަށް ތެޅެމުން ދިޔައިރު އަތްފައި ވަނީ ފިނިވެފައިއެވެ. އަތުގައި މަޑު ތުރުތުރެއް ހުރިކަން ބަލައިލި ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. އަދި މާހިލް އޭނާއާ ދިމާއަށް ބަލަމުން ދިޔަ ގޮތުން ވެސް އީނާޝް ހުރީ ލަދުގަނެގެން ގޮސް ހަލާކުވާ ވަރުވެފައިއެވެ. އެދޮން މޫނުވެސް ވަނީ ރަތްވެފައިއެވެ.
******
މެންދުރު ގަޑީ ގެޔަށް އައި ގޮތަށް ކޮޓަރިއަށް ވަން ނަބާުހުގެ ހަބަރެއް ނުވާތީ ސޮބާހު ހުރީ އެކަމާ ހިތް ނުތަނަވަސްވެފައިއެވެ. މެނދުރު ގަޑީ ދިޔަ ތަނަކުން އައި އިރުވެސް ނަބާހުގެ ތަބީއަތު ރަނގަޅުނޫންކަން ސޮބާހުއަށް އެނގެއެވެ. ނަމަވެސް އެއްޗެއް އަހާލަން ފުރުސަތެއް ނުދީ ނަބާހު ގޮސް ކޮޓަރިއަށް ވަނީއެވެ. ގަޑިއަކު ތިން ހަތަރު ފަހަރު ސޮބާހު ނަބާހުގެ ކޮޓަރީގެ ދޮރުގައި ތަޅާގަނެއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ނަބާހު ދޮރެއް ނުހުޅަވެއެވެ. އެއަށް ވުރެ ބޮޑަށް ނަބާހުގެ ހިތަށް ވަނީ އަސަރުކޮށްފައިއެވެ. އޭނާއާއި އެއްފަސްގަނޑެއްގައި އީނާޝް މެން އުޅެމުން ދިޔައިރުވެސް އެނާއަށް ނުފެނުމުންވެސް އޭނާ ހުރީ އަޖައިބުވެފައިއެވެ. ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު އީނާޝް ނޫނީ އާރިފާ ފެނޭތޯ މަސައްކަތް ކުރާއިރުވެސް ނުފެނުމުންވެސް ހުރީ ހައިރާންވެފައިއެވެ. ”އަނެއްކާ އީނާޝްމެން އެއައީ ކައި މެންނާއިއެކު މެލޭސިއާއަށް ގޮއްސަ ބާއެވެ. އަނެއްކާ މަންމަ ޒިރާން އާއި ކައިވެނި ކުރީ ބާއެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ބައްޕަ އަދި މަންމަ ވަރިއެއް ނުކުރެއެވެ. ދެން އީނާޝްމެން ކައި މެންނާއިއެކު އެއް ކާރަކަށް އެއެރީ ކީއްވެ ހެއްޔެވެ؟ މަންމަ އާއި ކައި އެހައި ސަކަރާތް ޖަހަޖަހާފައި އެއުޅުނީ ކޮންމެސް ގުޅުމެއް އޮތީމައި ނޫން ހެއްޔެވެ؟” ނަބާހުގެ ސިކުނޑި ދިޔައީ އެކި ކަހަލަ ސުވާލުތަކުން ފުނި ޖެހެމުންނެވެ. މިހާޜު އެތައް ފަހަރަކު ނިދަންވެސް އުޅެފިއެވެ. ނަމަވެސް އެފެނުނު މަންޒަރަކުން އެކަމާ ވިސްނަން ހަދައިގެން ނަބާހުއާއި ނިދިވެސް ވަނީ ރުޅިވެފައިއެވެ. އެކަމާ ނުވިސްނަން އުޅުނަސް ނަބާހުއަށް ދިޔައީ ވިސްނެމުންނެވެ. އެންމެފަހުން ނިދަން އުޅެއުޅެ ނުނިދުމުން އިނގިރޭސި ފިލްމެއް އަޅުވައި ނަބާހު އެބަލަން ފެށިއެވެ. ނަމަވެސް އެއަށް އެންމެފަހަރަކުވެސް ނަބާހުއަކަށް ސަމާލުކަމެއް ނުދެވެއެވެ.
*******
އެންމެން ކައި ނިމިގެން ދިޔުމާއިއެކު އީނާޝް އަވަދިނެތި އުޅުނީ ތެލި ތަށި ދޮވުމުގައިއެވެ. ކައިޒީންވެސް އަތްގާތްކޮށްލަ ދިނުމުގައި އެތާއި އުޅުނެވެ. ނަމަވެސް ތެދަށް ބުނަންޏާ ކައިޒީން އުޅުނީ އީނާޝްއަށް ޖެއްސުން ކުރުމުގައިއެވެ. ބޭނުން ނުކުރާ ތަށިތައްވެސް ގެނެސް ސިންކަށް އަޅާފައި ދަނީ އީނާޝް ގެ މޫނަށް ފެންޖަހާލައިފައިއެވެ. ”ދެން ކައީ… އާދޭ މި ދޮންނަން.. އަހަންނެއް ދެން ނޫޅެން ދޮންނާކަށް.. އަވަސް އާދޭ..” އީނާޝް އެންމެފެހުން ރުޅި އައި ކަމަށް ހެދިލިއެވެ. ނަމަވެސް ކައިޒީން އެ ތަށިތައް ދޮންނާކަށް ނުލެފެއެވެ. ޖެއްސުން ކުރުން ހުއްޓާލީވެސް އެތައް އެއްޗެއް ކިޔައިގެންނެވެ. އީނާޝްއަށާއި ކައިޒީންއަށް އެތަނުން ނުކުމެވުނު އިރު ހުރީ މެންދަމު ބާރަ ޖަހާފައިއެވެ. އޭރު އެންމެންވެސް ވަނީ އެމީހަކު ކޮޓަރިއަށް ވަނެ ފިލާފައިއެވެ.
ކައިޒީންވެސް އީނާޝްއަށް ބާއްޖަވެރި ރޭގަނޑަކަށް އެދެމުން ވަކިވިއެވެ. އޭރު ކައިޒީންގެ ދެލޯ ހުރީ ކިރިޔަ ކިރިޔާ ހުޅުވިފައިއެވެ. ނިދިއައިސްގެން އެދެލޯ ދިޔައީ މެރެމުންނެވެ.
ނަމަވެސް އީނާޝްގެ ލޮލުގައި ނިދިއައިސްފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ކޮޓަރިއަށްވަނެ ފުރަތަމަ ވެސް ފޯނު ބަލައިލީ މާހިލް އެއްޗެއް ފޮނުވާފައި އިންތޯއެވެ.
*ކޮން ކަމަކަށް ޔެސް ފޮނުވާފަ؟*
މާހިލް ފޮނުވާފައި އިން މެސެޖް ކިޔާލައިފައި ހަމަރަނގަލަށް ވެސް އީނާޝްގެ ހިތުގައި ޖެހުނެވެ. މާހިލް ހަނދާން ނެތުނީބާއޭ ނޫނީ ހަމަ ގަސްދުގައި ނޭނގޭ ކަމަށް ހެދީ ބާއޭ އީނާޝްގެ ހިތަށް ދިޔައީ އަރަމުންނެވެ.
*ކުރިން ދުވަހު ކުރީ މެންނު ސުވާލެއް.. އެސުވާލަށް ޖަވާބު މި ދިނީ..*
މާހިލް ޓައިޕު ކުރާކަމަށް އެރުމުން އީނާޝްގެ ހިތް އަނެއްކާ ތެޅެން ފެށިއެވެ. އަތްފައި ފިނިވެ އުދާސްވާން ފެށިއެވެ. އީނާޝްއަށް އެހެން ވާން ފެށުމުން އީނާޝްވެސް ހުރީ އަމިއްލަ ނަފްސް ދެކެ ރުޅިއައިސްފައިއެވެ.
*ކޮން ސުވާލެއް؟ *
މާހިލްގެ އެ ސުވާލުން އީނާޝްގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިއެވެ. މާހިލްއަށް ދެން އިތުރަށް މެސެޖް ނުކުރަންވެސް ނިންމިއެވެ. ނަމަވެސް އީނާޝް މާހިލްއަށް ޖަވާބެއް ދޭން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ޓައިޕް ކުރަން ފެށިއެވެ. އޭރު އީނާޝްގެ ދެލޯ ވަނީ ފެންކަޅިވެފައިއެވެ.
*މެލޭސިއާގައި އެހީމެއްނު.. ވިލް ޔޫ ބީ މައި ގާރލް ފުރެންޑް؟ އެ ސުވާލުގެ ޖަވާބަކީ ޔެސް.. *
އީނާޝް އެމެސެޖް ފޮނުވާލިއިރު ދެލޮލުގައި ޖަމާވެފައި ހުރި ކަރުނަތަށް ނުހިފެހެއްޓިގެން އެދޮން ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. ނަމަވެސް އީނާޝް ދިޔައީ ނުރޯން މަސައްކަތް ކުރަމުންނެވެ.
*ޔޭ.. ޔޭ.. އައިމް ސޯ ހެޕީ.. ދުވަހަކު ނުވާވަރަށް މިރޭ އުފާވެއްޖެ.. އަސްލުވެސް.. އައި ލަވް ޔޫ ސޯ މަޗް ނާޝް..*
މާހިލް ދެން ފޮނުވާލި މެސެޖުން އީނާޝްގެ ހިތް އުފަލުން ނަޝާލިއެވެ. މާހިލް ބުނިހެން ދުވަހަކު އުފާ ނުވާވަރަށް މިރޭ އީނާޝްވެސް އުފާ ވެއްޖެއެެވެ.
*އައި ލަވް ޔޫ މޯރް… ބަޓް ޕްރޮމިސް މީ.. ދުވަހަކުވެސް އަހަންނަށް ދެރަގޮތެއް ނުހަދާނަން ކަމަށް.. *
އީޏާޝްއަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ. މިހާރު އެމޫނުން ފެންނަމުން ދަނީ އުޖާލާކެމެވެ. އަނގައިން ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ.
*އަހަރެން ދުވަހަކުވެސް ނާޝް އަކަށް ދެރަގޮތެއް ނުހަދާނަން.. އައި ޕްރޮމިސް.. ހިތާއި ފުރާނައިން އަހަރެން ނާޝް ދެކެ ލޯބިވަން.. ކޮންމެ ފަދަ ޖަވާބެއް ދިނަސް ހެޔޮކަމަށް ބުންޏަސް އަހަރެންނަށް ނާޝް ނުލިބުނު ނަމަ ނޭނގޭ ވާނެ ގޮތެއްވެސް.. އެހައިވެސް އަހަރެން ނާޝް ދެކެ ލޯބިވަން.. ފުަރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތާއި ކުޅެލި ހަމައެކަނި ފަރާތަކީ ތީ.. ޔޫ އާރް ވެރީ ސްޕެޝަލް ޓު މީ..*
މާހިލްގެ ޖަވާބު އިނގިފައި އީނާޝްގެ ލޮލުން އުފާވެރިކަމުގެ ކަރު އަންނަން ފެށިއެވެ. ހުއްޓާނުލައި އެދެލޮލުން ކަރުނަ އަންނަމުން ދިޔައިރު އީނާޝް ދިޔައީ ވެއްޓޭ ކޮންމެ ކަރުނައެއް އަތުގެ ނުފުށުން ފޮހެމުންނެވެ. އެންމެ ފަހުން އީޏާޝްގެ ހިތުގައި އުފެދިފައި އިން އެންމެ ބޮޑު ސުވާލު މާޙިލް އާއި ކޮށްލިއެވެ.
*ތޭންކްސް… އަހަރެންވެސް މާހިލްދެކެ ވަރަށް ވަރަށް ލޯބިވޭ.. މާހިލް ކީއްވެ އަހަންނަށް ނާޝް އޭ ކިޔަނީ؟*
މާހިލް ވަރަށް ދިގުކޮށް މެސެޖް އެއް ލިޔެލާފައި ފޮނުވާލިއެވެ.
*އެއީ ތީ އަހަންނަށް ވަރަށް ސްޕެޝަލް މީހަކަށް ވާތީ.. އަހަރެން ބޭނުމީ އަހަރެން އެކަނީ ނާޝްއަށް އެނަމުން ގޮވަން.. އެހެން މީހަކު ނާޝްއޭ ކިޔާފައި ގޮވާފިއްޔާ ބުނައްޗެ އެހެން ނުކިޔާށޭ.. އެނީވޭ ހިތްހަމަ ނުޖެހުނީތަ އެނަން ކިޔާތީ؟ ހިތް ހަމަ ނުޖެހެންޏާވެސް ބުނައްޗެ އިނގޭ.. އަހަރެންނަށް ނާޝް ހިތް ހަމަ ނުޖެހޭ ވަރުގެ ކަމެއް ކުރެވުނަސް ބުނައްޗެ.. އޭރުން އަހަރެން ވަގުތުން އެކަމެއް ރަނގަޅު ކުރެވޭތޯ ބަލާނަން.. އެންޑް އަހަރެންގެ ފަރާތުން ކަމެއް ވެއްޖާ އެކަމެއް ސިއްރު ނުކުރައްޗޭ އިނގޭ.. ވަގުތުން އަހަރެން ކައިރީ ބުނައްޗެ.. އަދި ހަނދާން ނެތިފައޭ މިހުރީ.. ވަރަށް ވރަށް ވަރަށް މީރު މިއަދުގެ ކެއުން.. މީގެ ކުރިން ނުކަން ތިހާ މީރު ކެއުން ގަނޑެއް.. ހަމަ އަސްލުވެސް.. އެހެންޏާ ނުކާ ވަރަށް ކެވުން ނާޝް ކެއްކީމަ..*
މާހިލްގެ މެސެޖް ކިޔާލައިފައި އީނާޝްގެ ތުންފަތަށް ވރަަށްވެސް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
*ހޫމް ބުނާނަން.. އަހަރެންވެސް ބޭނުމެއް ނޫން މާހިލް ނޫން މީހަކު އެނަމުން ގޮވާކަށް.. ނޫން ހިތްހަމަ ނުޖެހުނީއެއް ނޫން.. އަހަރެންނަށްވެސް ވަރަށް ރީތި ތިނަން… ހޫމް އަހަރެން ނުކުރާނަން ދުވަހަކުޗެސް.. މާހިލްވެސް ބުނައްޗޭ އިނގޭ.. ހެހެހެ… ތޭންކްސް.. *
ދެމީހުން ވާހަކަ ދެއްކުން ހުއްޓާލައިފައި ނިދަން އޮށޯތީ މެންދަމު ދޭއް ޖަހާފައި ހުއްޓާއެވެ. އޭރު އީނާޝްވެސް ހުރީ ނިދިއައިސްގެން ދެލޯ މެރެން ކައިރިވެފައިއެވެ. ނަމަވެސް އެލިބުނު އުފަލުން އީނާޝް ނިދަން ބޭނުމެއް ނުވެއެވެ.
******
އައު ދުވަހަކަށް އިރު އެރީ އެކި މީހުންގެ ހަޔާތުގައި އެކު ކުލަ ޖައްސަމުންނެވެ. އެއްބަޔަކު އުފަލުގައި ވަގުތު ހޭދަކުރަމުން ދިޔައިރު އެނެއްބަޔަކު ދަނީ ދުނިޔޭގެ ކަންކަން ހިނގަމުން ދާލެއް ނާއިންސާފު ކަމުން އެކަމާއި ހިތުން ޝަކުވާ ކުރަމުންނެވެ. އީނާޝްއަށް ހެނދުނު ހޭލިގޮތަށް ޖެހުނީ އާރިފާގެ ރުޅިވެރި ބަސްތަކާއި ކުރިމަތިލާށެވެ. ކައިޒީންއައި މާ އެކުވެރިކޮށް އުޅުމުން އެކަމާ ހެދިއެވެ. ނަމަވެސް ކޮންމެ މީހކު ކޮންމެ އެއްޗެއް ކިޔަސް އީނާޝް ހުރީ ކައިޒީންއާއި ރުޅިވެގެން ނޫޅުމުަށް އަޒުމް ކަނޑައަޅައިގެންނެވެ. ކޮންމެ ގޮތަކަށް ކަންތައް ވެ ނިމިދިޔަޔަސް އީޏާޝް ހުރީ ހެޔޮކަމަށް ނިންމައިގެންނެވެ. ނަމަވެސް އާރިފާ ބުނި ކޮންމެ ބަހެއް ތޫނު ހަންޖަރެއްހެން ދިޔައީ އީނާޝްގެ ހިތަށް ހެރެމުންނެވެ. އަދި އެދެލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުންނެވެ. ޒިރާން އާއި ކައިޒީންގެ އަދި ފަޒީލްމެންގެ ކުރިމަތީގައި އާރިފާ އަކީ އެހެން މީހެކެވެ. ހިތްހެޔޮ މީހުންނަށް އަޅާލާ މަޑުމައިތިރި މީހެކެވެ. ނަމަވެސް އީނާޝްގެ ކުރިމަތީގައި އާރިފާ އަކީ މުޅި މިދުނިޔޭގައިވެސް ހުރި އެންމެ ނުބައި އެއް މަންމައެވެ. އާރިފާ ބޭނުން ވަނީވެސް އެގޮތަށް ވާށެވެ.
”ބައްޕާ މިއަދު ކައި އާ އެއްކޮށް ދާންވާނެ ހުޅުމާލެއަށް.. ވަރަށް ދުވަސްވެއްޖެ އެއްނު ހުޅުމާލެއަށް ނުދާތާ ބައްޕަ އާއި ކައި… ބައްޕަ ބިޒީތަ މިއަދު؟” ހެނދުނު ހޭލިގޮތަށް ސައިބޮއިގެން އައިސް ކައިޒީން ރޯން ފެށީ އޭނާއާއިއެކު ހުޅުމާލެއަށް ދިޔުމަށެވެ. ނަމަވެސް ޒިރާން އެހާލުގައި އިނުމުން އޭނާ ދިޔައީ އެކަމަށް ދެކޮޅު ހަދަމުންނެވެ. ”ދެން ދަރިފުޅަށްވެސް އެނގޭނުން.. ބައްޕަ ގޮވައިގެން ގޮއްސިއްޔާ ދަރިފުޅު ބޭނުން ތަންތާކަށް ނުދެވޭނެ.. އަނެއްކާ އެހައި އުނދަގޫވެސް ވާނެ.. އީނާޝް އާއި އެއްކޮށް ދާން ވީނުން.. ބައްޕަ ފަޔަށްވެސް މިއަދު ކުޑަކޮށް ތަދުވާތީ މިއުޅެނީ..” ކައިޒީން ކުރުނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން ޒިރާން ދާން އެއްބަސްވިއެވެ. އެތައް ވަރަކުން ކައިޒީންއަށް ނަސޭހަތް ދޭން އުޅުމުން ގަބޫލު ނުކުރުމާއިއެކުވެސް މެއެވެ.
ހުކުރު ދުވަހަކީ އާންމުކޮށް އީނާޝް ލާ އަންނައުނުތައް ދޮންނަ ދުވަސްކަމުން ހެނދުނު ހޭލި ގޮތަށް އީނާޝް އުޅެމުން ދިޔައީ އަންނައުނުތައް ދޮވުމުގައިއެވެ. އަތަށް ފޯނުވެސް ލައިގެން އެއްޗެހި ދޮންނަން އަޅާ ހިއްކާފައި ކޮނޑުގައި އަޅުވަމުން ދިޔައީ އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ. އެހެން އުޅެނިކޮށް މާހިލް ގުޅަން ފެށުމުން އީނާޝްއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ދުވަހަކުވެސް މާހިލްއާއި އަދި ފޯނުން ވާހަކަ ނުދައްކާތީ އީނާޝްއަށް އެކަން ވީ ވަރަށް އުނދަގޫ ކަމަކަށެވެ. ފުރަތަމަ ގުޅި ފަހަރު ފޯނު ނުނަގައި ހުއްޓާ ކެނޑުމުން އަނެއްކާވެސް މާހިލް ގުޅިއެވެ. ދެވަނަ ފަހަރަށް އީނާޝްހަމަ އެގޮތަށް ހުއްޓާ ފޯނު ކެނޑުނީއެވެ. ތިން ވަނަ ފަހަރަށްވެސް މާހިލް ގުޅަން ފެށިއެވެ. އީނާޝް އެންމެފަހުން ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. ”ނާޝް… މިއަދު ހަވީރު ރަސްރަންޏަށް ދެވިދާނެތަ ފަހެއް ޖަހާއިއިރު..” އީޏާޝް ވަގުތުން އެކަމާ އެއްބަސް ވާން އުޅުނެވެ. ނަމަވެސް ޒިރާން ނުފޮނުވަދާނެތީ އެކަމާ ފަސްޖެހެވުނެވެ. އެންމެފަހުން މާހިލްއަށް ޖަވާބެއް ދީފައި އީނާޝް އޭނާ ކުރަން ހުރި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ގޭގައި އުލޭ އެންމެންގެ އެއްޗެހިތަށް ދޮވެ ނިމުނުއިރު އީޏާޝް ހުރީ ވަރުބަލިވެފައިއެވެ. އަދި ދިޔައީ މައިނޭވާ ލެވެމުންނެވެ.
”ކައި ބައްޕާ.. އެންމެ ރަނގަޅުތަ މިއަދު އަޅުގަނޑު ރަސްރަންޏަށް ދިޔަޔަސް.. ރައްޓެއްސަކާ ބައްދަލުކޮށްލަން..” އީނާޝް ހަގީގަތް ހާމަނުކުރީ ގޭތެރޭގެ މަސްލަހަތައްޓަކައިއެވެ. އީނާޝް އެހެން ބުނުމާއިއެކު ޒިރާން ވަރަށް ފަސޭހައިން އެކަމަށް އެއްބަސް ވިއެވެ. އަދި އީނާޝް ގާޓު އަވަހަށް ގެޔަށް އައުމަށް ބުނިއެވެ. ”ދަރުފުޅާ.. ކީއްވެތަ ބައްޕައޭ ނުކިޔައީ؟.. އަބަދުވެސް ތި ކިޔަނީ ކައި ބައްޕައޭ.. އޮކޭ އޭ ބައްޕައޭ ކިޔަސް..” ޒިރާން އަބަދުވެސް އީނާޝް އޭނާއާއި ދިމާއަށް ކައި ބައްޕައޭ ކިޔާތީ ހިތާމަ ކުރެއެވެ. މިހާރު އީނާޝް ކައިރީ އެގޮތަށް އެބުނީ ތިންވަނަ ފަހަރުއެވެ. ނަމަވެސް އީޏާޝް އެންމެ ފަހަރަކުވެސް ޒިރާންއަށް ބައްޕާއޭ ކިޔައި ގޮވާލާކަށް ނޫޅެއެވެ. ކޮންމެ ފަހަރަކުވެސް އެސުވާލު ކުރާއިރަށް އީނާޝް ހިނިތުންވުމެއް ރައްދުކޮށްލާފައި ދަނީއެވެ. މިފަހަރުވެސް ހެދީ ހަމަ އެހެންނެވެ.
********
މެންދުރުގެ ކެއުން ނިންމާލައިފައި ޒިރާން ފަޒީލް އަދި އާރިފާ އުޅުނީ އާރިފާގެ ނަން މައްޗަށް ފިހާރަ ބަދަލު ކުރުމުގެ މަސައްކަތުގައިއެވެ. ވަރަށް ފަސޭހައި އެންމެ ދެދުވަހުން އެހުރިހާ ކަމެއް ނިމުމުން އާރިފާ ހުރީ ވަރަށް ބޮޑަށްވެސް ހިތްހަމަ ޖެހިފައިއެވެ. ނަމަވެސް އާރިފާއަށް ނޭނގުނު ކަމަކީ ފިހާރައިގެ ދެބައިކުޅަ އެއްބައި ކައިޒީންއަށްވެސް ވާކަމެވެ. އަދި އީނާޝްއަށްވެސް މެއެވެ.
******
ހަވީރުގެ ވަގުތުގައި ކައިޒީން ތައްޔާރުވަމުން ދިޔައީ ޒިރާން ގޮވައިގެން ހުޅުމާލެއަށް ދާށެވެ. ދަނބު ކުލައިގެ ރޮގު ދަމާފައި ހުރި ހުދު ގަމީހެއް ލާފައި ތިރިން ނޫ ކުލައިގެ ޖިންސެއް ލާއި ގަމީހުގެ ކުރިމަތި ބެގީ ކޮށްލާފައި ވުމުން ކައިޒީން ނުހަނު ފުރިހަމަ ކަމަށް ދައްކައެވެ. ރަތް ކުަލައަކަށްދާ އިސްތަށިގަނޑު އެއްވެސް ގޮތެއް ނުހަދައި ދޫކޮށްލާފައި ވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އަދި ކޮށްފައި ހުރި ލުއި މޭކަޕުންވެސް މެއެވެ. ކަރުގައި ރިހިކުލައިގެ އެހެއް އިން ފެށެއް އަޅާފައި ހުރުމުން އެދޮން ހަންގަނޑާއި ވަރަށް ގުޅެއެވެ. އެވައްތަރުގެ އެތިކޮޅެއް ކަންފަތުގައިވެސް ވަނީ ހަރުކުރެވިފައިއެވެ. އެއްކޮނޑުގައި އަތް ދަބަހެއް އަޅުވާލައިފައި އެނެއް އަތުގައި ކައިޒީންގެ ފޯނު އޮތެވެ. ކައިޒީން އެކޭ ބޮލީވުޑްގެ ތަރިއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެންމެފަހުގެ ކަމަކަށް ގަޔަށް ސެންޓް ބުރުވާލައިފައި ކައިޒީން ދާންވެގެން ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ޒިރާންވެސް ކައިޒީން ގެ އިންތިޒާރުގައި އާރިފާ އާއިއެކު އިނެވެ. ”މަންމަ ނުގެންދާނަންތަ؟” އާރިފާ ވަރަށް ދެރަވި ކަމަށް އެކްޓު ކުރަމުން ބުނެލިއެވެ. ”ހޫމް.. މިފަހަރަކު ނޫން.. މަންމަ ގެންދާނަން އެހެން ފަހަރަކުން.. މިއަދު ކައި އެންޑ ބައްޕަ..” ކައިޒީން އެއްލޯ މަރާލަމުން ހިނިތުންވެލާފައި އާރިފާއާއި ވާހަކަ ދެއްކިއެވެ. އެންމެ ރަނގަޅެ ބުނެލަމުން އާރިފާ އެތަނުން ދިޔައީ ކުޑަކުއްޖެއްހެން ތުން ދަމައިގެން ހުރެއެވެ. ކައިޒީންވެސް ހެމުން ހެމުން ޒިރާން ގޮވައިގެން ގެއިން ނުކުތެވެ. އޭރު ފަޒީލެ ކާރުގައި އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ދެމީހުން ގޮސް ކާރުގައި އިށީންދެ ހަމަ ޖެހުމާއިއެކު ފަޒީލް ކާރު ދުއްވާލިއެވެ.
******
ފަހެއް ޖަހަން ތިރީސް މިނެޓަށްވެފައި ހުރިއިރުވެސް އީނާޝް ހުރީ ލާނެ ހެދުމެއް ނޭނގިފައިއެވެ. އެންމެ ފަހުން މަޑު ނޫކުލައިގެ ފަލަމަސްގަނޑާއި ހަމައަށް އަންނަ އަތް ފުޅާ ހެދުމަކާއިއެކު ކަނޑު ނޫކުލައިގެ ޖީންސެއް އީނާޝް ލިއެވެ. އެހެދުމުގައި އީނާޝް ފެންނަލެއް ނުހަނު ފުރިހަމައެވެ. ކަޅު ކުލައިގެ ރާޅު ބާނީ އިސްތަށިގަނޑު އެއްވެސް ގޮތެއް ނުހަދައި ބާއްވާފައި އޮތުމުން ދެގުނަ ރީތިކަމަށް ދައްކައެވެ. ދިގު އެސްފިޔަ ތަކުގައި މަސްކަރާ ޖައްސައި ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ޖައްސާފައި ހުރުމުން އީނާޝް ވައްތަރީ ކޮރިއާ ކުއްޖަކާއިއެވެ. ކައިޒީން ފަދައިން ކަރުގައި ރިހި ކުލައިގެ ފަށެއް އަޅާފައިވެއެވެ. އަދި ކަންފަތުގައި ރީތި އެތިކޮޅެއްވެސް މެއެވެ. ފަހެއް ޖަހަން ދިހަ މިނެޓަށް ވެފައި ހުއްޓާ އީނާޝް ފޯނު އަތަށް ލައިގެން ގެއިން ނިކުތީ ތެޅި ތެޅި އޮތް ހިތަކާއިއެކީއެވެ.
މާހިލް ރަސްރަނީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އީނާޝް އަންނަންދެނެވެ. ފަހެއް ޖަހަން ދެމިނެޓަށް ވީ އިރުވެސް އީނާޝް އެތަނުން ނުފެނުމުން މާހިލްގެ ހިތް މޯޅިވިއެވެ. ފަހެއް ޖެހިއިރުވެސް އީނާޝް އެތަނަކަށް ނާދެއެވެ. އެހެން ކަމުން މާހިލް ފޯނުނަގައި އީނާޝްއަށް ގުޅަން އުޅުނެވެ. ނަމަވެސް ހުއްޓުން އެރީ ކުރިމަތިން ފެނުނު ސޫރައިގެ ސަބަބުންނެވެ. އީނާޝް އައިސް މާހިލްގެ ކުރިމަތީގައި ހުއްޓުނު އިރުވެސް މާހިލް ހުރީ އީނާޝްއާއި ދިމާއަށް ބަލާށެވެ. ވަށައިގެންވި މާހައުލަށްވެސް ބަލައިނުލައި މާހިލް ކަޅި ޖަހައިވެސް ނުލައި ދިޔައީ އީނާޝްއާއި ދިމާއަށް ބަލަމުންނެވެ. ”ނާޝް.. ޔޫ އާރ ބިއުޓިފުލް…” މާހިލްއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. އާއިއެކު އީނާޝްގެ ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް އޭނާގެ ކޮލަށް ޖަމާވިއެވެ.
އީނާޝްވެސް މާހިލްއަށް ތައުރީފުކޮށްލިއެވެ. ކަނޑު ނޫކުލަިއގެ ޕްލޭން ގަމީހަކާއިއެކު ހުދު ކުލައިގެ ޖީންސެއް ލައިފައި ހުރުމުން މާހިލްގެ ނުހަނު ރީއްޗެވެ. ގަމީހުގެ އަތުކުރި އުޅަބޮއްޓާ ހަމައަށް އޮޅާފައި ހުރުމުން އިތުރަށް ޗާލު ކަމަށް ދައްކައެވެ. އަދި މާހިލްގެ ފިރިހެންވަންތަކަން އިތުރު ވެފައި ވީ ރީތިކޮށް ތުނިކޮށް ކޮށާލެވިފައި ހުރި މަތިމަހުންނެވެ. މާހިލްއަށް ހަމަ ބިމަށް އާދެވުނީ އީނާޝް އޭނާގެ މޫނުގައި އަތް ނުޖެހޭވަރަށް އަތް ހޫރުވަން ފެށުމުންނެވެ. އޭރު އީނާޝް ހުރީ ލަދުގަނެގެން ހަލާކު ވާވަރުވެފައިއެވެ.
މާހިލް އީނާޝް ގޮވައިގެން ރަސްރަނީގެ މީހުން ނޫޅޭ ހިސާބަކަށް ގޮސް މަޑުކޮށްލިއެވެ. އަދި އީނާޝްގެ ކުރި މައްޗަށް ވާގޮތަށް ހުއްޓިލައި އެއްފައި މައްޗަށް ތިރިވެ ކުރިން ނެގި ފޮށީ ހުޅުވާލައިފައި އީނާޝްއަށް ދިއްކޮށްލިއެވެ. ”އައި ލަވް ޔޫ ނާޝް..” އީނާޝް އެތަނުގައި މީހަކު ހުރިތޯ ބަލަން ދެފަރާތަށް ބޯ އަނބުރަން ފެށިއެވެ. އެއްވެސް މީހަކު ނުފެނުމުން އީނާޝް އޭނާގެ އަތް ނަގައި މާހިލްއަށް ދިއްކޮށްލިއެވެ. މާހިލް އަނގޮޓި އަޅުވައިލުމުން އީނާޝް ވެސް މާހިލްދެކެ ލޯބިވާ ވާހަަކަ ބުނެލިއެވެ. ދެމީހުންވެސް އެތަނުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު ގެޔަށް ދާން މިސްރާބު ޖެހިއެވެ. ގެޔަށް ދެމީހުން އެކީގައި ދިޔައިރު މާހިލް ދިޔައީ ހުއްޓާ ނުލައި ވާހަކަ ދައްކަމުންނެވެ. ކައިޒީން ކިޔާފައި ހުރި އެއްޗެހިވެސް މެއެވެ. އަދި ފޮނުވާފައި ހުރި މެސެޖްތައްވެސް މެއެވެ. މާހިލް އޭނާގެ ފޯނު ނަގައި އީނާޝްއަށް އެ މެސެޖް ދައްކަމުން ދިޔައިރު ދެމީހުންވެސް ދިޔައީ ހެމުންނެވެ. މާޙިލްގެ ސަބަބުން އީނާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމުން މާހިލް ހުރީ އެކަމާ ނުހަނު އުފާވެފައިއެވެ.
******
ހުޅުމާލޭގެ ހަމަހިމޭން މަގުގައި ކައިޒީން ޒިރާން ގޮވައިގެން ދިޔައިރު ދެމީހުންވެސް ދިޔައީ ހުއްޓާ ނުލައި އެކި އެކި ވާހަކަ ދައްކަމުންނެވެ. އެންމެފަހުން ކައިޒީން އެވަރަށް ވާހަކަ ނުދައްކާ ހުރުމުން ކައިޒީން ހިނގުން ހުއްޓާއި ޒިރާންގެ ކުރި މައްޗަށް ގޮސް އެރިއެވެ. އޭރު ޒިރާން އޭނާގެ ފައިގައި ހިފަހައްޓައިގެން ދެލޯ މަރައިގެން އިނެވެ. އެފިނި މާހައުލުގައިވެސް ޒިރާން އިނީ އުނދާސްވެފައިއެވެ. ”ބައްޕާ.. ކިހިނެއް ވީ؟ އޭން.. ބައްޕާ..” ޒިރާން އިން ގޮތް ފެނިފައި ކައިޒީން ހުރީ ނުހަނު ބޮޑަށް ހާސްވެފައިއެވެ. ”ދަރިފުޅާ.. ބައްޕަ ފައި..” ޒިރާންއަށް ވާހަކަ ދެއްކުންވެސް ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ކައިޒީންއަށް ޒިރާން އެބުނީ ކީކޭކަން އެނގުނެވެ. އަވަހަށް އެތަނުން ދިޔަ ކާރެއް ހުއްޓުވައި އެއަށް އަރައި ހޮސްޕިޓަލަށް ދާން މިސްރާބު ޖެހިއެވެ. ކައިޒީންގެ ހިތް ވެސް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ. ޒިރާންއަށް އެހެންވީ ކީއްވެ ކަން ނޭނގޭތީ އާއިއެކު އެހިތް ދިޔައި ނުހަނު ބޮޑަށް ނުތަނަވަސް ވަމުންނެވެ.
ކާރުގައި އިނެގެން ކައިޒީން ދިޔައީ ގޭ އެންމެނަށް އެހަބަރު ދެމުންނެވެ. ކައިޒީން އެހެން ބުނުމާއިއެކު އެމީހުންވެސް ވަރަށް ހާސްވެފައި ތިބިކަން އެނގުނީ ވާހަކަދައްކަމުން ދިޔަ ގޮތުންނެވެ. އަދި ފަޒީލްއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ކައިޒީންވެސް ހުރީ އޭނާ އެކަނި ހުއްޓާ އެކަހަލަ ކަމެއް ވުމުން ބިރުގަނެފައިއެވެ. މީހާ ދިޔައީ ތުރތުރު އަޅަމުންނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.







?❤Me first dhw
yes ur first jiji dear…. congrats
?Masha Allah ?varah? reethi? mi part ??vs… varah? curious? kohlaafa thi ?ninmaaly…? can’t ?wait ?to ?read ?next ?part…?ly?
thanks dear
Assalam alaikum. Miothy haasil vumah edhyge 21 vana Bai up vefai.. unmeedhu kuran mi part Vs kamu dhaane kamah.. adhi mistakes huriyyaa buneladhinun Vs edhen.. Nd vr vr vr vr bodah maafah edhen MAA lahun up kohla dhevuny.. ?
Nafu ah 22 vana Bai up kureveyny dhn test nimunyma.. mi part innaany nafu vr bodah dhigu kohlaafa.. anehkaavs vr bodah maafah edhen lahun up kureveythy vaahaka..
Insha Allah next part 16 October Wednesday gai.. keep waiting.. have a nice day..
Leave a comment..
OMG…v Reethi Mi part vs…. Whn is nxt part ❤️❤️❤️lysm… Curiously Waiting for nxt part..
thanks kylie
Varah loabi and my name is eenash too and vaahaka ige main ves eenash dho varah ufaa vejje haha…. Story Hama habeys ingey ??? ly ?nafu?
thanks dear.. yey.. storyge main character akaa dhw mi dhimaa v..
Masha allah mi part vx varah reethi dear…… whn next part… Varah loabi❤️❤️❤️
thanks shaaha
Wait.. Fihaaraige dhebaikulha ebbai kaizeen ah vaakameve. Adhi eenaash ah ves me eve. So the business is in Aarifaa’s name but she is not a shareholder?
I think massala eh ulheyba hen.. eyny mihaaru eh fihaara thin myhunnah bahaalaafa dhw.. ziraan fihaaraiga hihssaa akah nuvaa gothah.. Nd ziran aarifaa gaathu nubunany dhw kaizeen aa eenaash ah fihaarain baeh vaa vaahaka.. ????? curiously want to know what will happen next..
keep reading upcoming parts… and u will understand wahats gonna happen.. and thanks
Wowwwwwww…mi part vx varah reethi…..when next part..??????
thanks kairaa
Nafu your very talented…….. Varah reethi mi part ves….. When next part…..
thanks shuha
Wow!! So nice… Curiously Waiting for nxt part… LYSM❤️❤️❤️❤️❤️
thanks zoya
Wow… just speechless…???? masha allah.. vr vr vr vr rythi mi bai vs..
thanks flower
Wow…?masha allah.. vr vr rythi mi bai vs.. curiously waiting for next part… haadha dhuvahakashey inthizaaru kuran jeheny vs., ekam vs keh kohlaany dhw dhn…
thanks anjel
masha allah.. varah rythi mi bai vs.. curiously waiting for next.. waiting.. waiting..
thanks nash
Nafu.. mi part Vs varah varah reethi.. Hama neeiii bunaane ehcheh vs. ??????????? keep going the way you are now going.. keep it up.. waiting for 16 October..????
thanks dear
Aslu Vs mashah haadha ryhchey mi story dhaa goy.. warah serious kohlaafa thi ninmaaly.. adhi ehaa lahun up kuraa gothah.. mashah neygey keii vaane kameh vs
thanks raaya
Masha Allah vr reethi??
thanks hanaa
Kobaatha next part I’m curious
thanks karam.. now its uploaded.. keep reading
next part up kohla dheeba nafu. varah wait eba kurevey
now it is uploaded.. keep reading
When is next part..waiting for the next part
now it is uploaded.. keep reading
Next part avahah up kohdheeba anehkaa nafu vs dhiyaee tha
nooney tweety.. nafu eh nudhan.. next part vaani up vefai.. keep reading