ލޯތްބެއްގެ ފެށުން 36
ޔަމާންދިއުމުން ލިވީވެސް ބޭރަށް ނުކުމެލީ ރީތިކަން ބަލާލުމަށެވެ. ކުރިއަށް ހިނގަމުންގޮސް މޫދާދިމާއަށް މިސްރާބު ބަދަލުކޮށްލީ ހުދު ދޮން ފަސްގަނޑުގައި ހިނގާ ލުމަށެވެ. ވަކިހަމަޔަކުން މުޅިތަނުގައި އުއްބައްތިތަކުން ޖަރީކުރެވިފައި ހުރިހިސާބަކަށް އާދެވުނެވެ. އެތަނުގެ ރީތިކަމަށް ގެއްލިފައި ހުއްޓާ ސިހިގެންދިޔައީ ދާދިކައިރިން މީހެއްގެ ހިލަން ވެގެންނެވެ. އެ ފިޔަވަޅުތަކުންވެސް ހިތައް ބިރުވެރިކަން ވަނެވެ. ބަލާނުލާ ހުއްޓާ ހަށިގަނޑު ރޫރޫ ލައިގެންދިޔައީ އެމީހަކު އަތުގައި ހިފާ އެދިމާއަށް އަނބުރާލުމުންނެވެ.
ދުނިޔެ އެނބުރިގަތީ އޮޅެމުން ހެން ހީވެ، ކޮޅަށް ހުރުމަށް ލިވީއަށް ދަތިވިއެވެ. އޭނާއަށް މިދުވަސް އަންނާނެކަން އެނގުނުނަމަ ރާއްޖޭގެ ފަސްގަނޑަކަށް ދުވަހަކުވެސް ނޭރީހެވެ. ދުވަހަކު ޒައިކު ކުރިމައްޗައް އެރުމުގެ ޙިޔާލެއް ނުކުރެއެވެ. އޭނާ ކަންތައް ކުރި ގޮތުން އޭނާގެ މޫނު ދުވަހަކުވެސް ޒައިކު ދުށުމަށް ނޭދޭނެކަން ގައިމެވެ. އެހާވެސް ނަފްރަތުކުރާނެކަން އެނގެއެވެ. ކުޑަވަރެއްގެ ޝޮކެއް ޖެހިފައި ހުރި މީހަކާ ޒައިކު ތަފާތެއް ނެތެވެ. އޭނާގެ އަތައް ބާރުކުރަމުން ދިޔައީ ތަދުވާހާ މިންވަރަށެވެ. ލޯ ބޮޑުކޮށްލައިގެން އަނގައިން ބަހެއް ކިޔަން އުޅުމުންވެސް އެކަން ކާމިޔާބު ނުވެގެން އުޅޭކަހަލައެވެ.
މިރޭ ޕާޓީ ނިންމާފައި ރޫމަށް ވަނުމުގެ ކުރިން ޒައިކު ބޭނުންވީ އެމީހުންގެ ރޫމާ ދިމާ ލުން އޮންނަ ފާލަމުން ފޭބުމަށްފަހު ދޮންވެލި ގަނޑުގައި ޝިފާ އާއިއެކު ހިނގާލުމަށެވެ. އެއީ ހިތައް ފިނިކަން ލިއްބައިދޭނެ މަންޒިލެކެވެ. މޫދުގެ އެރީތި މަންޒަރުތަކުން ދެހިތުގައި ކުރިފަޅާފައިވާ ލޯބި އިތުރުވުމަށް މަގުތަކެއް ހުޅުވާލަން ޒައިކު ބޭނުން ވާކަހަލައެވެ. ޝިފާ ރޫމަށް ވަދެލާފައި ނުކުންނަންދެން އޭނަ ބޭނުންވީ ކުޑަކޮށް އެސަރަހައްދުގައި ހިނގާލުމަށެވެ. ވަކިހަމަޔަކަށް ގޮސްފައި އަނެއްކާ އެދިމާއަށް އައި އިރު ޝިފާ ފެނިގެން އަވަހައް ގޮސް އަތުގައި ހިފާ ދަމައިގަތީ ދުވަހަކު ފެންނާނެ ކަމަށް ލަފާވެސް ކުރެވުނު ސޫރައެއް ފެނިދާނެކަމަކަށް ނޫނެވެ.
މަދު އަހަރެއް ނޫނެވެ. ހައަހަރަށްފަހު ހަމަލޮލުން ލިވީ ފެނިދާނެކަމަކަށް ހުވަފެނުންވެސް ފެނިފައެއް ނެތެވެ. އަދި ލިވީގެ މަރުގެ ސެޓްފިކެޓް އޭނާ ވަނީ ހަމަލޮލުން ދެކި، އެ ހިތާމަ އެތައް ދުވަހަކު އުފުލާފައެވެ. އެތައް ރެއެއްގެ ނިދިން މަހުރޫމުވެ، އޭނާގެ ދަރިފުޅު މަތިން ހަނދާންކޮށް ލޮލުން ކަރުނަ އޮހޮރުވާފައެވެ. ބައްޕައަކަށްވެ، އެ ހައްގުން މަޙުރޫމު ވެފައެވެ. އޭނާއަށް އެހައްގުވެސް ލިވީ ނުދިނެވެ. އެކަމުގެ ބަދަލުގައި ލިވީދެކެ އޭނަ ވަރަށް ރުޅި އަންނަން ބޭނުންވިއެވެ. އެކަމަކު ދެން އަޑުއިވުނީ ލިވީ ވެސް މިދުނިޔެއާއި ވަކިވެގެން ދިޔަ ވާހަކަ އެވެ. އެދުވަހުން ފެށިގެން އޭނަގެ ހިތުގައި ލިވީ އާމެދު އެއްވެސް ކަހަލަ ނުރުހުންތެރިކަމެއް ނުބޭއްވުމަށް އަޒުމް ކަނޑައެޅިއެވެ. އަދި އޭނާ ދެކެ އިންތިހާއަށް ލޯބިވާ އޭނާގެ ލޯބިވާ އަނބިމީހާ ހިތް ފުރޭވަރަށް ލޯބިދިނުމުގައި ދުވަސްތައް ދުއްވާލުމަށް ނިންމިއެވެ.
އެކަމަކު އަދިވެސް އޭނާ އެހުރީ ޝޮކެއްގައެވެ. އަތިރި މަތީގައި މާބޮޑު އަލިކަމެއް ނެތަސް މިހާރު އެމީހުން އެހުރި ހިސާބުގައި ވަރަށް ގަދަ އަލިކަމެއް ވެއެވެ. ހޮޅިދަނޑިއެއް ކައިރީގައި ވުމުން އެހިސާބައް ރީތިކޮށް އަލިވެފައި ވެއެވެ. މިއަލި ކަމުގައި އޭނާއަށް ލިވީއެއް ނޯޅޭނެއެވެ. އެރީތި އިސްތަށިގަނޑު ވަނީ ހުޅިއެއް ޖަހައި ބަންދުކޮށްލާފައެވެ. ބައެއް ކުރު އިސްތަށިކޮޅު ކަންފަތް ކައިރީ ވެއްޓިފައި ވެއެވެ. އެއްއަތުން ލިވީ އަތުގައި ހިފަހައްޓާލައިފާ ވާއިރު އަނެއް އަތުން ލިވީގެ ކަންފަތް ކައިރީ ވެއްޓިފައިވީ އިސްތަށިކޮޅު ކަންފަތައް އަޅުވާލަދިނެވެ. އަދި މޫނުގައި ފިރުމާލީ ގަބޫލު ނުކުރެވިގެނެވެ.
އެއީ އޭނާ އަށް އެއް އިރެއްގައި އެންމެ ރީތިވީ ދެލޮލެވެ. ދުނިޔެމަތީން ފެނުނު އެންމެ ރީތި ކަޅިރަވައެވެ. ކޮލެޖުގައި އުޅުނުއިރުވެސް އެތައް ފިރިހެން ކުދިންނެއް އެ ކަޅިރަވައިގެ ޖާދުލުގައި ޖެހިގެން އުޅުނު ހަނދާން މިހާރުވެސް އެބަހުއްޓެވެ. އެކަހަލަ ކޮންމެ ވަގުތަކު އެ ފިރިހެން ކުދިންނަށް ލިވީއަކީ އޭނާގެ ހައްގެއްކަން އަނގައި ދެއެވެ. ފަހުރުވެރިކަމާއިއެކުއެވެ. އެރީތި ރަންކުލައަރާ އިސްތަށި ގަނޑު ގައި އެތައްފަހަރަކު އޭނާ ވާނީ ވަސްގަނެފައެވެ. އެ އޮމާން ހަންގަނޑުގައި ކޫރުމެއްވެސް އެޅުނަނުދީ އޭނާ އުޅުނީ ވަރަށް ލޯބިންނެވެ.
” ލިވްވްވް…ލިވީ ؟ ” އޭނާގެ ކުރިމަތީ މިހުރީ އިންސާނެއް ބާއެވެ؟ ލިވީގެ ސިފަ ޖެހިގެން ހުރި ޖިންނިއަކީ ބާއެވެ؟ މަރުގެ ސެޓްފިކެޓް އަކީ ޝިފާ ހެދި ދޮގެއްބާއެވެ؟ އެތައް ސުވާލުތަކެއް އޭނާގެ ހިތުގައި އުފެދެމުން ދިޔައެވެ.
ލިވީ އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެނަސް އެތައް ދުވަހަކު އޭނާ ތައުރީފުކުރަމުން އައި، އެރީތި ދެލޮލުން، ކަރުނަތައް ފައިބާގަތީ، ކޯރެއް ބަންޑުންވެ، އެކޯރުން ފެންތައް އޮހޭ މިސާލުންނެވެ. އެދެލޮލުން އަދިވެސް ފެނުނީ ލޯއްބާއި، ހިތި ކަމެވެ.
ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު، ލިވީގެނެސް އޭނާގެ ހަށިގަނޑުގައި ބާރަށް ޖައްސާލުމަށްފަހު ބައްދާލީ އެދެމެދަށް ވައިކޮޅަކަށްވެސް ވަދެވޭނެ ޖާގައެއް ނުދީއެވެ. އެރީތި ހަންއޮމާން ކަނދުރާގައި، އޭނާގެ މޫނު ފޮރުވާލީ ހެމުންނެވެ. ޒައިކު އަށް އުފަލުން ހެވެނީ އެވެ. ހިތާމަޔާއި ރުޅިވެރިކަން ފިލާ ދިޔައީ ކިހިނެއް ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ކަނދުރާގައި ބޮސްދޭން ފެށުނީ އިހުތިޔާރުން ބޭރުގައެވެ. ލިވީ ދުރުކޮށްލުމަށްފަހު، މޫނަށް ފުން ނަޒަރެއް ދިނެވެ. އަދި ކައިރިވުމަށްފަހު ލިވީގެ ތުންފަތުގައި ލޯބިކޮށްލިއެވެ. އެއަމަލުގައި ލިވީވެސް ބައިވެރިވުމުން އިތުރު ހިތްވަރެއް ޒައިކުއަށް ލިބުނު ކަހަލައެވެ. ކެއްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. އޭނާ އަކީ މީހެއްގެ ފިރިއެއްކަން ކުޑަކޮށްވެސް ހަނދާނަކު ނެތެވެ. ލިވީގެ ތުންފަތުގައި ބޮސްދިނުންތައްވީ އިތުރެވެ. ނޭވާއަކަށް ދުރުވެލުމާއިއެކު ޒައިކުގެ ލޮލުގައި އަޅައިގަތީ ފަހަތުގައި ހުއްޓި ހުރި ޝިފާއެވެ. އެދެލޮލުން ހައިރާންކަން ވެރިވެ ހުއްޓާ ފެނުނެވެ.
” ހައު ” އަދިވެސް ބޭނުންވާ ޖަވާބެއް ލިވީއެއް ނުދެއެވެ.
” ލިވީ…..މިހުރިހާ ދުވަހަކުވެސް ދުނިޔޭގައި އުޅުނުއިރު ކުޑަކޮށްވެސް އަހަރެން މަތިން ހަނދާނެއް ނުވި؟ އަދި ދުނިޔޭގައި ހުރެ، މަރުވިކަމަށް ހެދި ސެޓްފިކެޓް ހައްދާ…..އައި ކާންޓް ބިލީވް އިޓް؟ ހައު ކުޑް ޔޫ ޑޫ ދިސް؟ ” ލިވީގެ ދެލޮލަށް ބަލާލަމުން ހަޅެއް ލަވައިގަނެވުނީ ވެފައި ހުރި ދެރައިންނެވެ. ހުރިހާ އިހުސާސެއް އެކުވުމުން ރުޅިވެރިކަން ކުރިއަށް ނުކުތީއެވެ.
” ޒައިކު ރުޅި މަޑު ކޮށްބަލަ، އެއީ ލިވީ ގަސްތުގަ ކުރި ކަމެއް ނޫނޭ ” ޝިފާ އަށް މަޑުން ނުހުރެވުނީ ޒައިކު ރުޅިއައީމައެވެ. އޭނާވެސް މިހެން ވާނެކަމަކަށް އުންމީދެއް ނުކުރެއެވެ. ލިވީ އަމިއްލައަށް ޒައިކު އަށް ނުފެނި ރިސޯޓުން ފުރައިގެން ދާނެކަމަށް ބުނުމުން އޭނާ އެހުންނަނީ ވަރަށް ހަމަޖެހިފައެވެ. އެކަމަކު މިތަނުން މި ވަގުތު ލިވީ ފެނުމުން އެހުންނަނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް އައި މިހާ އުފާވެރި ރެއެއްގައި ، މިކަހަލަ ގޮތަކަށް އޭނާގެ އުފާވެރިކަން ނެތިގެން ދާތަން ބަލަން ހުންނަން ޖެހުމުން ޝިފާ ހުރީ ހިތްދަތި ވެފައެވެ. މިރެއަކީ އެދެމީހުންގެ ކައިވެންޏަށް އަހަރެއް ފުރި އެ އުފާވެރިކަން ފާހަގަ ކުރި ރެއެވެ. މިއުފާވެރި ރޭ ، އޭނަގެ މުޅި ދިރިއުޅުން ޒައިކު ޖަހައިގަންނާނެއެވެ. އޭނާ އަތުން ޒައިކު ހޯދާނެ މީހަކީ ލިވީއެވެ. އެދެމީޙުންގެ ގައިގޯޅި މަންޒަރު ދެލޮލުން އޭނައަށް ފެނިއްޖެއެވެ. ޒައިކު އަށް ދުވަހަކުވެސް ލިވީ މަތިން ހަނދާން ނައްތާ ނުލެވޭނެކަން އޭނާއަށް ހާމަވެއްޖެއެވެ. އެހެން ނޫން ނަމަ އޭނާގެ މީހެއްގެ ގޮތުގައި ހުރެމެ، އޭނާދެކެ ލޯބިވާކަމަށް އެއްބަސްވެ، ލިވީފެނުމުން އެދަރަޖައަކަށް ނުދާނެއެވެ. ޒައިކު އާމެދު އޭނާ ހިތުގައިވާ ލޯއްބައް އުނިކަމެއް ނައިކަމުގައިވީނަމަވެސް، އެހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އޭނާ ބޭނުން ވަނީ ޒައިކުއަކީ ހަމަ އެކަނި އޭނާގެ ހައްގެއްކަމަށް ވުމަށެވެ. ހަމައެކަނި އޭނާގެ ގައިގަ ބީހުމަށެވެ.
” ޔޫ ނޯ އެބައުޓް ދިސް ؟ ” ދެލޯ ބޮޑުކޮށްލަމުން ޝިފާ އާއި ދިމާއަށް ބަލާލީ ނުރުހުމުގެ ގޮތުންނެވެ. އަދި ދެމީޙުންނާ ވާހަކަ ދައްކަން ބޭނުން ވާކަމަށް ބުނަމުން ޒައިކު ފަހަތައް ބެލުމެއް ނެތި ހިނގައިގަތީ އެމީހުން އުޅޭ ރޫމާ ދިމާއަށެވެ. ލިވީއާއި، ޝިފާ އެކަކު އަނެކަކަށް ބަލާލަމުން ހިނގައިގަތީ ޒައިކު ފަހަތުންނެވެ.
އެންމެނަށް އެ ރޫމަށް ވަދެވުނެވެ. މުޅި ރޫމް ތެރެއިން އިވެނީ މަސްތީ މިއުޒިކެއްގެ އަޑެވެ. ފަނޑު ރަތްކުލައަކުން މުޅި ރޫމްތެރެއަށް އަލި އެޅިފައި ވެއެވެ. އެނދާ ހަމައަށް ދާ މަގުގައި އުއްބައްތިތައް ދިއްލާފައި ވާއިރު ، ހުދުކުލައިގެ ބެޑުޝީޓު މަތީ ރަތްކުލައިގެ ފިނިފެންމާ ފިޔަތަކެއް ލިވީގެ ލޮލުގައި އަޅައިގަތެވެ. އެއީ ޝިފާގެ މަސަތްކަތައް ވެދާނެއެވެ. އެ އެނދުގައި ޒައިކު އާއިއެކު ޝިފާ ހޭދަކުރާނެ އުފާވެރި ވަގުތުތައް ލިވީގެ ލޯކުރިމަތީ ފެނުނު ކަހަލައެވެ. ކުޑަކޮށް ނަފްރަތުގެ ޝުއޫރު ހިތުގައި އުތުރިގަތީ އެއީ އޭނާއަށް ލިބެންޖެހޭ އުފާތަކަކަށް ވާންޖެހޭނެތީއެވެ. އެހުރިހާ ދުވަހަކު ޒައިކު އާ ދުރުން އުޅެވުނީމައި މިހާރު ދެރަވެއްޖެއެވެ. އެހެން ނޫންނަމަ ޝިފާ އަށް ވުރެ ކުރިން އަދިވެސް ޒައިކު އޭނާގެ މީހަކަށް ހެދުނީހެވެ.
” އިޓްސް އަ ލޯންގް ސްޓޯރީ ޒެކް. ނިމެންދެން އަޑު އަހާތީ ” ލިވީގެ އަޑު އައީ ކުރެހިގެނެވެ.
” ޔޫ ނޯ އޯލް ދިސް ޝިފް ބޭބީ. ޝިސް؟ ” ލިވީގެ ވާހަކަތައް ނިމުމުން ޝިފާއާއި ދިމާއަށް ބަލާލަމުން ޒައިކު ބުނެލިއިރު ރުޅިވެރިކަމާއި އެއްވަރަށް ހިތާމައިގެ ކުލަ ފެނުނެވެ.
” މިހުރިހާ ދުވަހަކު އެކަން އެނގި ހުރެ ސިއްރު ކުރީ ކީއްވެ ޝިފާ؟ ހައު ކުޑް ޔޫ ޑޫ ދިސް ޓު މީ ޝިފް؟؟ ” ޝިފާގެ އަތުގައި ހިފަހައްޓަމުން އަނެއްކާވެސް ޒައިކު ބާރަށް ސުވާލުކުރިއެވެ. އެކަމަކު ރޮވޭވަރުން ޝިފާއަށް އަނގަޔަކުން ނުބުނެވުނެވެ. އެހާ ހިތުގައި ޖެހުނީ ބާރަށް ޒައިކު އޭނައާއި ވާހަކަ ދެއްކުމުންނެވެ.
” އިޓްސް ނޮޓް ހާރ މިސްޓޭކް. އަހަރެން ބުނީ ޝިފާ ކައިރީ، ޒައިކު ކައިރީ ނުބުނުމަށް. އޭނާ ވަރަށް އާދޭސް ކުރި ޒައިކު އަށް ހަގީގަތް އެނގުން މުހިއްމު ކަމަށް ބުނެ ” ލިވީ ބުނި ވާހަކަ ތަކުން ޝިފާގެ ރުއިން ބާރުވީހެން ހީވިއެވެ.
” ވައި ލިވީ؟؟ ކީއްވެ މިހުރިހާ ކަމެއް އެކަނިމާއެކަނި ކުރިމަތިލީ؟ އަހަރެން ނަށް ގުޅާލިނަމަ. ޔޫ ސަފާރޑް ސޯ މަޗް އެލޯން. އައި ކުޑް ހޭވް ހެލްޕްޑް ޔޫ. ވީ ވުޑް ހޭވް ފައިޓް ވޯލްޑް ޓުގެދާރ ” ލިވީއަށް ބަލާލަމުން ޒައިކު ވާހަކަ ދެއްކިއެވެ.
” އެއީ ޕާސްޓް ޒެކް ” ލިވީ ޒައިކު އަށް ބަލާލިއެވެ.
” ދެއާރ އިސް ނޯ ޕޮއިންޓް އޮސް ޑިސްކަސިންގ އޯލް ދިސް. އައެމް ޓަޔާރޑް، އައި ހޭވްޓް ލީވް ޓްމޯރޯ މޯނިންގ. ވީ ބޯތް ހޭވް މޫވްޑް އޮން އިން އަވާރ ލިވްސް ” ދޮރާ ދިމާއަށް ހިނގައި ގަތުމަށް ލިވީ ތެދުވިއެވެ.
” ސްޓޮޕް ” ޒައިކު ހަޅެއް ލަވައި ގަތުމުން ދެމީހުން ޒައިކު އާ ދިމައަށް ބަލާލިއެވެ. ރޫމަށް ވަން ފަހުން ޝިފާ ވާހަކައެއް ނުދައްކައެވެ.
” އައި ޑޯންޓް ”
” ޕްލީޒް ” ޒައިކުގެ އަޑުން ލިވީވެސް ބަލާލިއެވެ. އެއީ އެއް އިރެއްގައިވެސް އޭނާ ދުށުމަށް ބޭޏުންވި މަންޒަރެއް ނޫނެވެ. ޒައިކު ދެރަވުމަށް ދުވަހަކުވެސް އޭނާ ނޭދެއެވެ.
” ހީ އިޒް ރައިޓް ލިވީ. ޕްލީޒް އޭނަ ދައްކާ ވާހަކަ އަޑު އަހާލާ ” އެހުރިހާ އިރަކު ވާހަކަ ނުދައްކާ ހުރި ޝިފާ ބުންޏެވެ.
” ލިވީ، އަހަރެންގެ ހަޔާތުގައި ލިވީ އަކީ އާދައިގެ މަގާމެއް ފުރި އަންހެން ކުއްޖެއް ނޫނޭ، ތިއީ އަހަރެންގެ ފުރަތަމަ ދަރިފުޅުގެ މަންމަ އޭ، އަދި ފުރަތަމަ ލޯބި. ކިހިނެއް އެހާ ފަސޭހައިން މިހުރިހާކަމެއް ވުމަށްފަހު ލިވީ ދިއުމަށް ހުއްދަ ދެވޭނީ. ޕްލީޒް އަދި އަހަންނަށް ވަގުތު ކޮޅެއް ދީ. މިހުރިހާ ކަމަކާ ވިސްނާލަން ބޭނުން. ކޮން ރޫމަކު ހުންނަނީ ” ކައިރި ވެލުމަށްފަހު ޒައިކު ވާހަކަ ދެއްކިއެވެ.
“މި ރޫމާ ޖެހިގެން ހުރި ތިންވަނަ ރޫމްގަ ” ލިވީގެ ޖާވާބު ވަރަށް އަވަހެވެ. އަދި ޝިފާ އަށާއި ޒައިކު އަށް ބަލާލިއެވެ.
” ތިއީ މިހާރު އެކަނިވެރިއެއް ނޫން ޒައިކު. ތި ދިރިއުޅުމުގައި ލޯބިލޯބި އަންހެނަކުވޭ. އަހަރެންނަކީ މާޒީ. ޝިފާ އަށް ދެރަވާ ގޮތަކަށް ނިންމުމެއް ނުނިންމާތީ. އެކަމަކު އަހަރެން ޒައިކު އެދުނީތީ، އަދި ޝިފާ އެދުނީތީ އަދި މަޑު ކޮށްލާނަން ރިސޯޓުގަ ”
ލިވީ ދިއުމުން ޒައިކު ގަމީހުގެ ގޮތްތައް ނައްޓާލަމުން އެދުގައި އިށީންނިއެވެ. އަދި ހުރިހާ ކަމަކާ ވިސް ނާލަން ފެށިއެވެ. އޭރު ފުރަގަސްދީގެން ޝިފާ އޮތެވެ. މުޅި ގައިގަ ބްލޭންކެޓް އަޅާ ނިވާ ކޮއްލައިގެނެވެ. ތެދުވެގެން ގޮސް ކުރިމަތީގައި ހުރި ސޯފާގައި ޖައްސާލިއެވެ. އަދި ވިސްނުން ދިޔައީ އެއްފަހަރު ލިވީ އަށެވެ. އަނެއްފަހަރު ޝިފާ އަށެވެ.
އެއް ކައިރީގައިވަނީ ލިވީ އެވެ. ފުރަތަމަ ލޯބިވެރިޔާއެވެ. ފުރަތަމަ ދަރިފުޅުގެ މަންމައެވެ. ކައިވެނި ކުރުމުގެ ކުރިން ލިވީ ޕްރެގް ކަން އޭނާއަށް ކުޑަކޮށްވެސް އެނގިފައި ނުވެއެވެ. އެލޯބީގެ ބާރުން އެއުފާތައް ކައިވެނީގެ ކުރިން އޭނާއަށް ލިވީ ދިނީއެވެ. ދިރިއުޅުމުގައި އެންމެ އުފާވެރި ހަނދާންތަކެއް ވަނީ ކޮލެޖްގައި އުޅުނު ދުވަސްވަރު ޅައުމުރުގެ އެ ލޯއްބެވެ. އެއުފާވެރި ހަނދާންތަކެވެ. ލިވީ އެކަނިމާ އެކަނި އެހުރިހާ ހިތާމަތަކެއް އުފުލައިފިއެވެ. އާންޓުގެ ސަބަބުން އޭނާއާއި ދުރުވެގެން ލިވީ ގޮސް އެކަނިމާއެކަނި ހުރިހާ ހިތާމައެއް ، ތަކުލީފެއް އުފުލީ އޭނާގެ ސަބަބުންނެވެ. އޭނަގެ އާއިލާ އާއި، ކޮލެޖް އެކުވެރިންނާ، ވާންއުޅުނު ފިރިމީހާއާއި، އަދި ދަރިފުޅުވެސް ގެއްލުނީއެވެ. ދުނިޔޭގައި އަދިވެސް އޭނާ ނޫން މީހަކު ލިވީގެ ނެތެވެ. ހަ އަހަރު ދުވަހެވެ. ހަ އަހަރު ދުވަހު ހިތްދަތި ކަމުގައި އުޅެފިއެވެ. އިތުރު ދިރިއުޅުމެއް، ކީއްކުރަން ލޯބިވެރިއަކުވެސް ނުހުންނަކަން ލިވީގެ ވާހަކަ ތަކުން އެނގުނެވެ. މިހާރު ލިވީއަށް އުފާވެރިކަން ލިބުން ހައްގެވެ. އޭނަ އެހުރީ ލިވީ ބޭނުންވާ އުފާވެރިކަން ހޯދައި ދިނުމަށް ތައްޔާރަށެވެ. ލިވީ އޭނާގެ މީހަކަށް އަލުން ހަދާނެއެވެ.
އެކަމަކު އަނެއް ފަރާތުގައި ހުރީ ޝިފާއެވެ. ދިރިއުޅުން މަތިން ފޫހިވެފައި ވި އިރު، އަލުން ދިރިއުޅުންދެކެ ލޮބިވީ ޝިފާގެ ސަބަބުންނެވެ. އެއުފާވެރި ހިނިތުންވުން އަބަދާއިއަބަދު އޭނާގެ ހިތުގައި ބިންވަޅު ނެގިފައި ވާނޭކަން ކަށަވަރެވެ. ދިރިއުޅުމުގެ މާނައެއް ދެވަނަ ފަހަރަށް އަންގައިދިނީ ޝިފާ އެވެ. ހިތާމަތަކުން އަރައިގަންނަން ބުނެދިނެވެ. ދީނީ ކަންތައްތައް ދަސްވިއެވެ. ތަދުބީރު ކުރެވޭ ކަންކަމަށް ޝުކުރުވެރިވާން ބުނެދިނެވެ. އެއަންހެން ކުއްޖާ އަމިއްލަ ނަފްސައްވުރެ އޭނާދެކެ ލޯބިވެއެވެ. އޭނާގެ ހިތުގައި އެހެން އަންހެން ކުއްޖަކަށް ލޯބި ވާކަން އެނގި ހުރެވެސް އުންމީދު ދޫކޮށެއް ނުލިއެވެ. އެއްދުވަހަކުން އޭނަދެކެ ލޯބި ވާނެކަމަށް އުންމީދުކޮށް މަސައްކަތް ކުރިއެވެ. އެންމެ ފަހުން އެދުވަސްވެސް އައީއެވެ. ޝިފާދެކެ ޒައިކުއަށް ހަގީގަތުގައިވެސް ލޯބި ވެވުނީއެވެ. އެލޯބީގެ ބާރުން މިރޭ އޭނަ ވަނީ އެކަން ޝިފާ އަށް ހާމަ ކޮށްދިފައެވެ. ތާޒާ ވައެކޭ ޝިފާ އެކޭ ތަފާތެއް ނެތެވެ. ކައިރި ވާއިރަށް އުފާވެރިކަން ވަށާލާނެއެވެ. އެއަން ހެން ކުއްޖާ އެކަނި ދޫކޮށެއް ނުލެވޭނެއެވެ. ދިޔަޔަކަވެސް ނުދޭނެއެވެ.
އެހުރިހާ ކަމަކުން އެއްކިބާ ވުމަށް ބޭނުންވިއެވެ. އެކަމަކު ލޮލަށް ކުޑަކޮށްވެސް ނިދި ނާންނާނެކަން އޭނާއަށް އިނގެއެވެ. ކުރިމަތީގައިވީ އެނދުގައި ރީތީކޮށް އޮތް އޭނާގެ އަމިއްލަ އަންހެނުން މަތިން ހަނދާންވިއެވެ. އެހުރިހާ ކަމަކުން ސިކުނޑި ދުރުކޮށްލުމަށް ރަނގަޅު ވިސްނުމެއް އައެވެ. ލައިގެން ހުރި ޖިންސު ސޯފާ މައްޗައް ދޫ ކޮށްލަމުން، ބޮކްސާ ކޮޅާއެކު އެނދައް ފުއްމާލިއެވެ. އަދި ބްލޭންކެޓް ނަގާ ދުރައް ވިއްސާލިއެވެ.
ހަށި ގަނޑަށް އިތުރު ބާރެއް އެރި ކަހަލައެވެ. އޭނާ އާ ދިމާއަށް ޝިފާ ލޯ ބޮޑު ކޮށްލައިގެން އޮތެވެ. އެހުރިހާ ކަމެއް ވުމަށްފަހު ޒައިކު ފަރާތުން އެކަހަލަ ކަމަކަށް އުންމީދު ކޮށްފައި ނުވާކަހަލައެވެ. ތިރި ވެލުމަށްފަހު ޝިފާ ގައިގާ ބައްދާލިއެވެ. އަދި ހަށިގަނޑުގައިވީ މަސްތުކަން އިތުރުވީވަރަކަށް ނޭވާތައް އަވަސްވެގެން ދިޔައެވެ. މިރޭ ޒައިކުގެ ހަރަކާތްތައް ހުރީ އަވަސް މިނެއްގައެވެ. ޝިފާ ލައިގެން ހުރި ނައިޓީ ބޭލުމުގެ ބަދަލުގައި ދެއަތުން ހިފުމާއިއެކު އިރާލިއެވެ. ހުދު ބެޑުޝީޓުމަތީގައިވީ ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަތައް އެނދާއި ފިތެމުން އޭގެ ކުލަ ބެޑުޝީޓަށް އަރަމުން ދިޔައެވެ.
ޝިފާއަށް އޭނާގެ ދެއަތުގެ ނިޔަފަތިތަކުން ޒައިކު ބުރަކަށީގައި އަޅުވާލެވުނީ ، އެއްވެސް މަޑުމައިތިރި ކަމެއް ޒައިކު ފުށުން ނުފެނުނީތީއެވެ. މިރޭ ޒައިކު ބޭނުންވާ ކޮންމެ ކަމެއް އޭނާ ކޮށްދޭނެއެވެ. އެއީ އެފުރު ސަތު ލިބޭނެ އެންމެ ފަހު ރެއަށްވެސް ވެދާނެތީއެވެ. އަނގައިން ބުނުމެއް ނެތި އަނެއްފަރާތައް އެނބުރުނު ގޮތައް އިރުކޮޅަކު އޮތުމަށްފަހު ދެން ޒައިކު ބުނި ޖުމްލައަކުން ޝިފާގެ އަނގަމަތީ އަތްއެޅުމާއެކު ލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ. އޭނާއަށް ޒައިކު އަކީ ހަށިގަނޑުގެ ދިރުމެވެ. ހިތުގެ ވިންދެވެ. ދުވަހަކު ވަކިވާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު އެ ބުނެލީ ކޮންކަހަލަ ވި ޖުމްލައެއް ހެއްޔެވެ؟ އެ ޖުމްލަ އަނބުރާ ގެންދާނެ ނަމައެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.





Vvvv foohi
Zaik sif varikuri e
Zaik hunani than a kun anhanaku nufanifa kiss kuranvas
Mihaga firiaka ulavatharu
Maa over vafa
Foohi den
Sif hada daraya vahnayaa
Next part Ava’s pls❤❤❤
varah reethi mi part ves whn is next part waithing for it luv this story so far lysm
Thanks Meekkomee ?????. Next sunday morning ga up kohlaanan ???????????
Mi zaik mee kihineh ulhey meehehtha varah foohi vejje mihaaru misoraku movies jassaa vahtharu thakun mi Livy ehves dhurugayo Hunnaanee ekamaku fenuneema hama thunfussekey ehvaru
Ebunaahen kihinehtha zaik miulheny dho Noor ?????. Thanks
Vvv
Foohi zaik ula gothun
Zaik mi edun fudan ula mihatha
Vvv
Foohi zaik ula gothun
Zaik mi edun fudan ula mihatha
Dhn Alhe zaik ar shifa ar dhuru nukurahchey… Mihaaru livy n zaik ge baby eh vxx nethehnu.. Alhe plx zaik shifa dhookoh nulahchey.. V v v v v salhi mi prt vxx..
Thanks Mai ??. ?????????
No no cant
Ethedheh zaik and Shiga aa dhurunukurah chey Livy and yamaan ok vaane??
Thanks Nash ????????. Let’s C dho vaagoj
Hei , Everyone storyge 36 vana part v dhogukoh liyelaafa miothy, Next Sundayga 37 vana part up kohlaanan. Mi part vess v reethi vykamah umydhu kuran???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Mi Varakah dhn mi dhigu vaany…
Mi kon kameh ?
Zaik shifA vari kohlee thr..
Keekaa baa bunee,
oh wow! im speechless… vrh vrh salhi hama masha allah… its really touching… regular koh story kiyan cmnt nukuriyas… but miadhu hama cmnt haqqu vaa varuge ep eh thi genesdhiny… i literally cried after reading this ep… luv yuh sissy… may u be grant with happiness…. ❤❤❤??????
Shifa nd Zaik dhuru nukuruvah chey please please please….Livy are Saif dhw…Mi part reethi…
Aan dhw
Thanks Amko Lets C dho
Varah reethi mi part vx ??????… Next part kiyaalaa hithun kehmadhu vefa mihiree. So curious
Thanks maii
Varah reethi mi part vx
Thanks Sher
Kobaa 37 part
up kohlaifin 37
Kobaa part 37
up kohlaifin 37
Belle kobaa tha part 37
sorry Nash, up kohlaifin 37
It’s not there
Balle kobaa story???
Nufeney
Koba Sunday morning nuvaneetha adhi?