Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 4

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 17, 2019 6 Mins Read
16 Comments

އެ ވަގުތު ނައިހާގެ ލޮލުން ކަރުނަ އައެވެ. އެނބުރިފައި ނަރީމާގެ އުނަގަނޑުގައި ބައްދާލަމުން ނައިހާއަށް ރޮވުނެވެ.

ކައިވެންޏަށް ފަހު ޔަޒާންމެން ގެޔަށް ބަދަލު ވި ފަހުންވެސް މަންމަ މަތިން ނައިހާ ހަނދާން ނުވާ އެންމެ ދުވަހެއްވެސް ނުދެއެވެ. ޔަޒާންގެ މަންމަ ނުސްރާ ނައިހާއަށް ވަރަށް ރަނގަޅެވެ. އަމިއްލަ ދަރިއަކާ ނައިހާ އެއްވެސް ތަފާތެއް ނުކުރެއެވެ. ހަމަ އެހެން ޔަޒާންގެ ދެ ކޮއްކޮ، ޔުސްރާއާ ޔާނިއުވެސް ނައިހާއަށް ވަރަށް ރަނގަޅެވެ. އެހެން ނަމަވެސް ޔަޒާންއާ މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ނައިހާ ބޭނުން ވަނީ މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ރޯލާށެވެ. ހިތުގައި ވާ ހުރިހާ އެއްޗެއް މަންމައާ ހިއްސާ ކޮށް، މަންމަގެ ލަފާ ހޯދަން ނައިހާ ބޭނުން ވެއެވެ. ނަމަވެސް ހިތުގައި ވާ އެއްވެސް ޝަކުވާއެއް ނައިހާ އެއްވެސް މީހަކާ ހިއްސާއެއް ނުކުރެއެވެ.

ނައިހާ އަމިއްލަ ހިތުގެ އަޑު އެ ހުރިހާ ދުވަސް ވަންދެން ނާހާ ހުރީ ފެށުނު ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް ހިތަށް ވިސްނައިދީގެންނެވެ. ޔަޒާންއަކީ އެންމެ ފުރިހަމަ ފިރިއަކަށް ނުވި ނަމަވެސް، ޔަޒާންގެ ހުރި އުނި ސިފަތައް ގުނުމުގެ ބަދަލުގައި، ރަނގަޅު ސިފަތައް ފާހަގަ ކޮށް އެ ކަންތައްތަކަށް ޝުކުރުކޮށްގެން ދިރިއުޅުން ކުރިއަށް ގެންދަން ނިންމައިގެންނެވެ.

ނަމަވެސް ހުރިހާ ކަމެއް ބަދަލު ވީ ކުއްލިއަކަށެވެ. އެހާ ދުވަސް ފަހުން އިޝާމް ފެނުމުން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިތުގެ އެންމެ ފުނުގައި ފޮރުވައިގެން އުޅުނު ހުރިހާ އިހުސާސެއް، އެހެން ހުރިހާ ކަމަކަށް ވުރެ ކުރި ހޯދީއެވެ. ޔަޒާންއާ ކައިވެނި ކޮށްގެން މާ ގިނަ ދުވަސްތަކެއް ނުވެ، އެ ކައިވެންޏާ މެދު ނައިހާގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ.

ޔަޒާންއާ ކައިވެނި ކުރެވުނީ މާ އަވަހަށް ނޫން ހެއްޔެވެ؟ އިޝާމްއާ މެދު ގޮތެއް ނިންމުނީ މާ އަވަހަށް ނޫން ހެއްޔެވެ؟ ކަންތައް ވީ ގޮތް ކިޔާދޭން އިޝާމްއަށް ފުރުސަތެއް ނުދިނުން އެއީ ނައިހާއަށް ހެދުނު ގޯހެއް ހެއްޔެވެ؟ އެރޭ ނައިހާއަށް ކުށްހީއެއް ކުރެވުނީ ހެއްޔެވެ؟ އެހެން ނޫން ނަމަ އިޝާމް އެހާ ވަރުން ނައިހާއާ ވާހަކަ ދައްކަން މަސައްކަތް ކުރާނެ ހެއްޔެވެ؟

އެހެން ވިޔަސް އެއީ ނައިހާ އަމިއްލައަށް ނިންމި ނިންމުމަކަށް ވާތީ އެޅުނު ފިޔަވަޅަށް ރުހިގެން ދިރިއުޅުމާއިގެން ކުރިއަށް ދިޔައީއެވެ. ވެދިޔަ ކަންތަކާ ވިސްނުމުގެ ބަދަލުގައި މުސްތަޤުބަލާ މެދު ވިސްނުން މާ ރަނގަޅު ކަމުގައި ހިތަށް ވިސްނައިދިނީއެވެ.

ނަމަވެސް އިޝާމް ފެނުމާއެކު އަމިއްލައަށް ނިންމި ހުރިހާ ނިންމުމަކާ މެދު ނައިހާގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. ނިންމުނީ ރަނގަޅު ނިންމުމެއް ނޫން ކަމުގައި ހިތް ބުނަން ފެށީ، އެ ހިތުގައި އަދިވެސް އިޝާމްއަށް ޓަކާ އޮތް މަގާމަށް ބަދަލެއް ނާންނަ ކަން އެނގުމުންނެވެ. އިޝާމް ފެނުނު ވަގުތުން ފެށިގެން އެހެން ހުރިހާ އިހުސާސްތަކެއްގެ މައްޗަށް ހިތުގައި އޮތް ލޯބި ކުރި ހޯދަން މަސައްކަތް ކުރަން ފެށީތީއެވެ.

ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. އެ ލޯތްބަށް ވުރެ މިއަދު ނައިހާއަށް މުހިންމީ ބަނޑުގައި އޮތް ދަރިފުޅެވެ. އެ ދަރިފުޅަށް ދެރައެއް ލިބިދާނެ ފަދަ ކަމެއް ނައިހާ ދުވަހަކުވެސް ނުކުރާނެއެވެ. ްނިފައެވެ. ިންމައިގެންނެވެ

“ދަރިފުޅާ، ކިހިނެއް ވީ؟” ނައިހާގެ ބޮލުގައި ފިރުމަމުން ނަރީމާ އެހިއެވެ.

ނަޒްހާއާ ނާޔާއާ ނޫރާވެސް ތެދުވެގެން އައިސް ނައިހާއާ ނަރީމާ ވަށައިގެން ހުއްޓުނެވެ. ޝާލިޔާވެސް ކަންބޮޑުވެފައި ކައިރިއަށް އައެވެ.

“ނައި، ހުއްޓާލާ ދެން…” ނައިހާގެ ކޮނޑުގައި އަތް ޖައްސާލާފައި ނަޒްހާ ބުންޏެވެ.

ލޯ ފޮހެލާފައި ނައިހާ އިސް އިފުލާލީ އިރުކޮޅެއް ފަހުންނެވެ.

“ކަމެއް ވެގެންނެއް ނުނޭ… އަނެއްކާވެސް ދިޔައީމަ މަންމަ މިސްވާނެތީ… ހިތަށް އަރާ އަބަދުވެސް މަންމަ ކައިރީ ހުރެވޭނެ ނަމައޭ…” ނަރީމާގެ މޫނަށް ބަލާލަމުން ނައިހާ ބުންޏެވެ.

“މަންމައާ ދުރުގަ ހުއްޓަސް ހަމަ ބޭނުން ވާ އިރަށް އާދެވޭނެއެއްނު؟ އެހެން ނޫނަސް ނުސްރާ ކިހާ ރަނގަޅު ދަރިފުޅަށް؟ ދެން ކީއްވެ އެހާ ވަރަށް މަންމަ މިސް ވާންވީ؟ މޮޔަ ކުއްޖެއް މީ…” ދެ އަތުން ނައިހާގެ މޫނުގައި ހިފާލަމުން ނަރީމާ ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ.

އެރޭ ޔަޒާން ގުޅާފައި މާލެއަށް އައުން ލަސް ވި ވާހަކަ ބުންޏެވެ. އަދި ޔަޒާން އަންނަން ދެން ގޭގައި ހުއްޓަސް އެންމެ ރަނގަޅު ކަމަށްވެސް ބުނުމުން ނައިހާ ވަރަށް އުފާވިއެވެ.

ހަނީ މޫނަށް ގޮސްފައި ލައިލާއާ ނާއިލް އައީ އޭގެ އަނެއް ދުވަހުއެވެ. ނައިހާ އޮފީހުން އައި އިރު ނާޔާއާ ނޫރާއާ ނަރީމާއާ ވާހަކަ ދައްކަން ލައިލާ އިންދާ ފެނުމުން ނައިހާވެސް މަޑުކޮށްލިއެވެ.

“ވަރަށް މަޖާތަ؟ ތުއްތުބޭ ވަރަށް ރޮމްތަ؟” ހިނި އައިސްފައި ލައިލާއާ ދިމާކޮށްލުމަށް ނައިހާ އަހާލިއެވެ.

ލައިލާ ލަދުން އެއްޗެއް ނުބުނެ އިސް ޖަހާލިއެވެ.

“ނައި، ތި ކަހަލަ އެއްޗެހި ނުކިޔަބަލަ!” ހެމުން ނަރީމާ ބުންޏެވެ.

“ނޫނޭ، އަހަން ވާނެ. ތުއްތުބޭ ދައްތަ ވާނެ ކިޔާދޭން” ނޫރާ ބުންޏެވެ.

“ދެން އެންމެން ވެގެން ލައިއާ ދިމާ ކުރާނީއެއް ނޫން. ނައި، ކާން އަންނަން ވީނު؟” ނަރީމާ ތެދުވެގެން ބަދިގެއާ ދިމާއަށް ދިޔައެވެ.

“ކޮބާ ތުއްތުބޭ؟ ހަނީމޫން ނިންމާލި ގޮތަށް ލައި ދޫކޮށްލާފަ ދިޔައީ ދޯ ރައްޓެހިން ކައިރިއަށް؟” ނައިހާ އަހާލިއެވެ.

“ނޫން، ކުޑަ އިރުކޮޅެއް ކުރިން އެ ދިޔައީ ވަރަށް އަވަހަށް އަންނާނަމޭ ބުނެފަ” ލައިލާ ބުންޏެވެ.

“މެރީ ކުރީމަ ދެން ތުއްތުބޭދައްތައާ ދުރުގަ މާ ގިނަ އިރަކު ނުހުރެވޭނެއެއްނު ދޯ؟” ނޫރާ ދިމާ ކޮށްލިއެވެ.

“އެހެންނެއްނު ވާނީ. ވަރަށް ބަނޑުހައި. ކައިގެންތަ ތި ތިބީ؟” ނައިހާ އަހާލިއެވެ.

“މިހާ އިރު ވާ އިރު ނުކައެއް ނުތިބޭނެއެއްނު؟ ދޮންތަ ދައްކާ ވާހަކަ ދޯ!” ނާޔާ ބުނެލިއެވެ.

“އަޅެ ދޮންތަ އަންނަން ދެން މަޑުކޮށްލި ނަމައެއްނު. މި ނާޔާ ވަރަށް ގޯސް ވާނެ” ނާޔާގެ އިސްތަށިގަނޑަށް ދަމާލަމުން އެހެން ބުނެފައި ނައިހާ ތެދުވިއެވެ.

“ދަރިފުޅު އެކަންޏެއް ނުވާނެ، މަންމަ މިހިރީ ދަރިފުޅާ އެކީ ކާން މަޑުކޮށްގެނޭ” ނަރީމާ ބުންޏެވެ.

ނަރީމާއާ ނައިހާ ކާން ތިއްބާ ނާއިލް އައެވެ. ނާއިލްގެ ފަހަތުން ވަން އިޝާމް ފެނުމާއެކު ނައިހާއަށް އަވަހަށް އިސް ޖަހާލެވުނެވެ. އެތާ ތިބި އެންމެންވެސް އެ ވަގުތު ބަލާލީ ނައިހާއަށެވެ. ނައިހާ ފެނުމުން ނާއިލްވެސް އެތާ މަޑު ކުރުމެއް ނެތި އިޝާމް ގޮވައިގެން ދިޔައީ މައްޗަށެވެ.

ކާން އިން ނައިހާއާ ދިމާއަށް ބަލަން އިނދެފައި ނަރީމާ ނައިހާގެ ނަމުން މަޑުމަޑުން ގޮވާލިއެވެ.

“ދަރިފުޅު ދެރަ ނުވައްޗޭ” ނައިހާ ބަލާލުމުން ނަރީމާ ބުނި އިރު ހީވީ ނައިހާގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ބުނެލި ހެންނެވެ.

“ކޮން ކަމަކާ؟” ނައިހާ އަހާލިއެވެ.

“ދަރިފުޅު ނުބުންޏަސް މަންމައަށް އެނގޭ އޭރު ކަންތައް ވީ ގޮތުން އަދިވެސް ދަރިފުޅު ދެރަ ވާ ކަން. އެކަމަކު ހިތްވަރު ކޮށްލަން ވާނީ. ދުނިޔެއަކީ އެއްވެސް މީހަކު ބޭނުން ވާ ގޮތަކަށް ކަންތައް ވާ ތަނެއް ނޫން. އޭރު އެހެންވެސް އެ ވީ ރަނގަޅަކަށް ކަންނޭނގެ. ދެންވެސް ވާ ކަމެއް ވިއްޔާ ވާނީ ރަނގަޅަށް. މަންމަގެ ދުޢާއަކީ ދަރިފުޅަށް ދެރައެއް ނުލިބުން” ނަރީމާ ވާހަކަ ދެއްކީ ނައިހާގެ އަތުގައި ފިރުމަމުންނެވެ.

“އިރާދަ ކުރެއްވިއްޔާ ފަހަތަކަށް ފިޔަވަޅެއް ނާޅާނަން، ކުރިއަށް ދާނީ. އަހަރެންގެ ހިތްވަރަކީ މި ދަރިފުޅު” ނައިހާ އެހެން ބުނީ ނަރީމާއަށް ނައިހާގެ ހިތް އޮތް ގޮތް އެނގޭކަން ވިސްނިގެންނެވެ.

އެއްޗެއް ނުބުނެ ނަރީމާ ބޯ ޖަހާލާފައި ކެއުން ކުރިއަށް ގެންދިއުމަށް ބުންޏެވެ.

ނާއިލްއާ އިޝާމް އަނެއްކާވެސް އެކުވެރިންނަށް ވުމުން އެ ގެޔަށް އިޝާމް އަންނާނެ ކަން ނައިހާއަށް އެނގެއެވެ. އެކަމާ އެއްޗެއް ބުނާކަށް ނައިހާ ބޭނުމެއްވެސް ނޫނެވެ. އެއީ ނާއިލްގެ އެންމެ ގާތް އެކުވެރިޔާ ކަން އެނގޭ އިރު އެ ގުޅުމަށް ނައިހާގެ ސަބަބުން ހުރަހެއް އެޅޭކަށް ނައިހާ ނޭދެއެވެ. އެ ދެމެދުގައި އޮތީ ކިހާ ގާތް ގުޅުމެއް ކަން ނައިހާއަށް އެނގެއެވެ.

އޭރު ވީ ކަންތަކުގައި އިޝާމްގެ ކުށެއް ނެތް ކަމާ، އެރޭ ކަންތައް ވީ ގޮތް ނާއިލް ވަނީ ގޭ މީހުންނަށް ކިޔާދީފައެވެ. އެކަން އެނގުނު ފަހުން އެންމެ ދެރަވީ ނަޒްހާއެވެ. ނައިހާއަށް ޓަކާ ނަމަވެސް އެ ދުވަހު އިޝާމްގެ ވާހަކަ އަޑު އެހުނު ނަމައޭ ނަޒްހާގެ ހިތަށް އެރިއެވެ. އިތުރަށް އެ ވާހަކަ ނުދެއްކި ނަމަވެސް ނަޒްހާ އިޝާމްގެ ކިބައިން މާފަށް އެދުނެވެ. އިޝާމް ނަޒްހާއަށް މާފު ކުރީ އެއީ އަދިވެސް އިޝާމްގެ ކޮއްކޮއެއް ކަމުގައި ދެކޭ ކަމަށް ބުނަމުންނެވެ.

އެއްވެސް ކަމެއް ނޭނގެނީ ނައިހާއަށް އެކަންޏެވެ. ނަމަވެސް އޭރު ނައިހާގެ ހިތުގައި އިޝާމްއާ މެދު ޝަކުވާއެއް ނެތެވެ. ހިތުން އިޝާމްއަށް މާފު ކުރެވުނީ ކޮން އިރަކު ކަމެއް ނޭނގުނު ނަމަވެސް އެ ހިތުގައި އިޝާމްއާ މެދު ބުރަކަމެއް ނުވެއެވެ. އިޝާމްގެ ހިތް އޮތް ގޮތް، މީހަކު ނުބުނި ނަމަވެސް ނައިހާއަށް އެނގެއެވެ. ކުރެވުނު ކަންތަކާ އިޝާމް ދެރަވާ ކަން ނައިހާއަށް ޔަގީންވެއެވެ. އިޝާމް އަދިވެސް ކައިވެންޏެއް ނުކޮއް ހުރުން އެއީ އޭގެ ހެއްކެކެވެ.

ކުރިން ހެން އަބަދު އެ ގެޔަށް އައިސް ނޫޅުނު ނަމަވެސް ދުވާލަކު އެއް ފަހަރު، ކުޑަ އިރުކޮޅަކަށް ނަމަވެސް އިޝާމް އަންނަނީ ނާއިލް ކިޔާ ވަރުންނެވެ.  އިޝާމް ފެންނަ ކޮންމެ ފަހަރަކު ނައިހާގެ ހިތަށް ތަދު ވެލައެވެ. އިޝާމް އަންނަ އިރަށް ނައިހާ އަވަހަށް ކޮޓަރިއަށް ވަންނަނީ އިޝާމްއާ ކުރިމަތި ލާން ބޭނުން ނުވާތީއެވެ.

އެރޭ ގޭ ހުރިހާ އެންމެން އާދައިގެ މަތިން ކާ ގަޑިއަށް އެއްތަން ވިއެވެ. ނެތީ ނަވާފްއާ ޝާލިޔާ އެކަންޏެވެ. އެ ދެމަފިރިން ދިޔައީ ޝާލިޔާގެ މަންމްގެ ދައުވަތަކަށް އެރޭގެ ކެއުމުގައި އެ އާއިލާއާ ބައިވެރި ވާށެވެ.

ކައި ނިމިގެން ސިޓިންގރޫމްގައި އެންމެން އެކި ވާހަކައިގައި ތިބެފައި، އަންނަން އުޅޭ މެހެމާނުގެ ވާހަކަ ފެށީ ނާޔާއެވެ.

“ދޮންތާ، ކޮން ކަހަލަ ބޭބީއެއްތޯ ބަލަން ވާނެ ދޯ؟” ނާޔާ ބުންޏެވެ.

“ނޫން، ނުބަލާނަން. ސަޕްރައިޒްއަކަށް ވާން ބޭނުމީ” ހީލަމުން ނައިހާ ބުންޏެވެ.

“ދެން އަޅެ، ބަލާބަލަ، އެހެން ނޫނީ ބޭބީއަށް ޝޮޕންގ ކުރާ އިރު ކިހާ އުނދަގޫ ވާނެ” ނާޔާ ބުންޏެވެ.

“ކޮން ކަހަލަ ކުއްޖެއް ކަން ނޭނގުނަސް ޝޮޕިންގ ކުރެވޭނެޔޭ. ދޮންތަ ބޭނުމީ ފުރަތަމަ ހުރިހާ އެއްޗެއްވެސް ވައިޓް ކުލައިން ގަންނަން. އޭރުން ކިހާ ލޯބި ވާނެ؟” ނާޔާގެ ކޮލުގައި ހިފާލަމުން ނައިހާ ބުންޏެވެ.

“އަހަރެން ގެންދާނަން ދޯ ޝޮޕިންގ ކުރާ އިރު؟” ނާޔާ އަހާލިއެވެ.

“އާނ، އެކަކު ނުގެންދިޔަޔަސް ނާ ގޮވައިގެން ދާނީ” ނާޔާ ރުއްސާލުމަށް ނައިހާ ބުންޏެވެ.

“ދޮންތާ، މިހާރު ބޭބީއަށް ނަމެއް ހޯދައިފިންތަ؟” ނޫރާ އަހާލިއެވެ.

“އަދި މާ އަވަހެއްނު ނަން ހޯދަން އުޅެން” ނަރީމާ ދިއްކޮށްލި ފޯއްފޮތި އަނގަޔަށް ލާފައި ނައިހާ ބުންޏެވެ.

“އަވަހެއް ނޫނޭ، މިހާރުން ފެށިގެން ނަން ހޯދާފަ ބާއްވަން ވާނީ” ނޫރާ ބޭނުން ވީ ނަން ހޯދާފައި ބާއްވާށެވެ.

“ދެން އަދި ހޯދިދާނެއެއްނު؟ އަދި ހަތަރު މަސް އެބަ އޮތެއްނު؟” ނައިހާ ކޮއްކޮގެ މޫނަށް ބަލާލާފައި ހީލިއެވެ.

“ފައިނަލް ކުރާނީ ފަހުން. ހިނގާބަލަ ރީތި ނަންކޮޅެއް ހޯދާލަން. އަހަންނަށް ވަރަށް ރީތި ނަމެއް އަނާ އެއީ” ނޫރާ ބުންޏެވެ.

“އާނ، ހަޑިއެއް ނޫން” ވިސްނާލާފައި ނައިހާ ބުންޏެވެ.

“އެކަމު ތިއްތައަށް ކިހިނެއް އެނގެނީ އެއީ ގަރލްއެއް ކަމެއް؟” ނާޔާ އެހިއެވެ.

“ގަރލްއެއް ކަން އެނގިގެންނެއް ނޫނޭ މި ބުނީ، ރީތި ނަމެއް ވީމަ ބުނެލީ” ނާޔާއާ ދިމާއަށް ނޫރާ ވައްތަރެއް ޖައްސާލިއެވެ.

“މަންމަ ބުނެބަލަ މަންމައަށް ރީތި ނަމެއް” ނަރީމާއަށް ބަލާލަމުން ނައިހާ ބުންޏެވެ.

“މަންމައަށް ވަރަށް ރީތި އަނުމް، ބައްޕައަށްވެސް ވަރަށް ކަމުދާ ނަމެއް އެއީ” ނަރީމާ ބުންޏެވެ.

“އާނ، ވަރަށް ރީތި” ނައިހާއަށްވެސް އެ ނަން ވަރަށް ރީތި ވިއެވެ.

“ބޯއި އެއް ވެއްޖެއްޔާ އަރްސަލް ހަޑިތަ؟” ނަޒްހާ މި ފަހަރު ނަން ހުށައެޅިއެވެ.

“ރީތި” ނައިހާ ބުންޏެވެ.

“ބޯއި އަކަށް ރާދިން، ގަރލްއަކަށް ވެއްޖެއްޔާ އަހަރެންގެ ނަމާ ގުޅުވާލާފަ ރާޔާ” ނާޔާ ބުންޏެވެ.

“ހަމަ ވަރަށް ރީތި، އަދި ކިޔާބަލަ” ނައިހާ އެދުނެވެ.

“މަލަކް ހަޑިތަ؟” ލައިލާވެސް ނަމެއް ހުށައެޅިއެވެ.

“މަލަކް… ވަރަށް ރީތި” ނައިހާއަށް އެ ނަންވެސް ވަރަށް ރީތި ވިއެވެ.

“ތުއްތުބޭވެސް ރީތި ނަމެއް ބުނެބަލަ” ނާއިލްއާ ދިމާއަށް އެނބުރިފައި ނައިހާ ބުންޏެވެ.

“އީޝަލް، އައިދަން، މާދު، މަނާލް، އަޔާން، އަދާ، މީ ރީތި ނަންތަކެއްނު؟” ނާއިލް އެއް ފަހަރާ ތިން ހަތަރު ނަން ކިޔާލިއެވެ.

އެންމެން ހޭން ފެށީ ނާއިލް އެހާ ގިނަ ނަން ބުނުމުންނެވެ.

“ތުއްތުބޭ މިހާރުން ފެށިގެން ބޭބީއެއް ލިބެން ވާ އިރަށް ނަން ހޯދަނީތަ؟” ނަޒްހާ ދިމާކޮށްލިއެވެ.

“ނޫން، ދެންމެ މިތާ އިންދާ ހިތަށް އައި ނަންތަކެއް އެއީ” ނާއިލް ބުންޏެވެ.

“ހުރިހާ ނަމެއްވެސް ވަރަށް ރީތި، އެކަމު އެންމެ ރީތީ މަންމަ ބުނި ނަން، އަނުމް” ނައިހާ ބުންޏެވެ.

ދެ ދުވަސް ފަހުން ނައިހާ ދިޔައީ ޔަޒާން އައުމުންނެވެ. ނައިހާ ދިޔުމުން އެންމެ ފޫހި ވީ ނަޒްހާއެވެ. އެރޭ ނިދަން އޮވެފައިވެސް ނަޒްހާއަށް ވިސްނެނީ ނައިހާއާ މެދުއެވެ. އިޝާމްއާ ނައިހާ ވަކި ވާން ޖެހުނީ ނައިހާއަށް ކުރެވުނު ކުށްހީއެއްގެ ސަބަބުން ކަން ނައިހާއަށް އެނގޭ ދުވަހަކުން ނައިހާ ކިހާ ދެރަ ވާނެ ހެއްޔެވެ؟ އެ ގޮތަށް ކަންތައް ނުވި ނަމައޭ ހިތަށް އަރާ ނައިހާ އަމިއްލަ ނަފްސު ކުށްވެރި ނުކުރާނެ ހެއްޔެވެ؟

ޚިޔާލުތަކުގެ ތެރެއިން ނަޒްހާއަށް ނިކުމެވުނީ ފޯން ރިންގ ވުމުންނެވެ.

“ސޮރީ ނަޒް، މިރޭ ނުދެވުނީމަ. އިޒޫ މިރޭ މާ ސަކަރާތް ވެގެން ހޮސްޕިޓަލަށް ދާން ޖެހުނީ، ސާހިލްވެސް ނެތީމަ ޝިއު އާ އެކީ ދިޔައީ، ދެންމެ މި އާދެވުނީ” ނަޒްހާ ފޯން ނެގި އިރަށް ޝާދު ބުންޏެވެ.

“އޯކޭ ވާނެ. މިހާރު އިޒޫ ކިހިނެއް؟” ނަޒްހާ އެހިއެވެ.

“މިހާރު ތަންކޮޅެއް ރަނގަޅު. މިއަދު ދޮންތަވެސް ރަނގަޅު. އެކަމު ނަޒް ވަރަށް މިސް ވި” ޝާދު ބުންޏެވެ.

“ހިނގާ ދެން އަވަހަށް މެރީ ކުރަން، އޭރުން ތިހެން މިސް ވެގެން އުޅޭކަށް ނުޖެހޭނެ” ނަޒްހާ ހީލަމުން ބުނެލިއެވެ.

“އަސްލުވެސް، މިހާރު ދެން އިތުރަށް މަޑު ކުރާކަށް ބޭނުމެއް ނޫން. މާދަން ދާނަން ނަޒް ބައްޕަމެންނާ ވާހަކަ ދައްކަން” ޝާދުގެ އަޑުންވެސް އޭނަ ކެތްތެރިކަން ކުޑަވެފައި ވާ ވަރު އެނގެއެވެ.

“އަސްލުވެސްތަ؟ ތަންކޮޅެއް ކުރިން ޝާދު ތިހެން ބުނި ނަމަ ތުއްތުބޭ މެންނާ އެކީ ޑަބަލް ވެޑިންގއެއް ބޭއްވުނީހެއްނު؟” ނަޒްހާ އުފަލުން ބުންޏެވެ.

“ޑަބަލް ނޫނަކަސް ނަޒް ބޭނުން ވާ ކަހަލަ ވެޑިންގއެއް ބާއްވަން ވީ ހަމަ. އެކަމަކު އަވަހަށް” ޝާދު ބޭނުން ވީ ނަޒްހާ ބޭނުން ގޮތަކަށް ކަންތައް ކޮށްދޭށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ތޫފާން

Next

ވަޢުދު (ބާރަވަނަ ބައި)

Next
September 17, 2019

ވަޢުދު (ބާރަވަނަ ބައި)

Previews
September 17, 2019

ތޫފާން

16 Comments!

  1. Mar Sha Marsha says:
    September 17, 2019 at 5:45 pm

    Hello, here is part 4, hope u like this, plz leave a comment after reading ??, part 5 will be uploaded on Saturday. Have a good day!!

  2. Faree says:
    September 17, 2019 at 6:59 pm

    V reethi mi part ves ????

    1. Mar Sha Marsha says:
      September 19, 2019 at 10:22 pm

      Thank u Faree

  3. LoVelY gIrL says:
    September 17, 2019 at 10:27 pm

    Wow

    1. Mar Sha Marsha says:
      September 19, 2019 at 10:23 pm

      Thank u lovely

  4. Maya says:
    September 17, 2019 at 10:28 pm

    Warah reethi mi part wes , i hope naihaa gets to knw the truth n gets love , waitin for the next part?

    1. Mar Sha Marsha says:
      September 19, 2019 at 10:23 pm

      Thank u Maya

  5. Meekkomee says:
    September 17, 2019 at 11:16 pm

    varah varah reethi….can’t wait to read next part siss…..ly

    1. Mar Sha Marsha says:
      September 19, 2019 at 10:24 pm

      Thank u Meekko

  6. jiji says:
    September 18, 2019 at 9:33 pm

    ?Very beautiful story

    1. Mar Sha Marsha says:
      September 19, 2019 at 10:24 pm

      Thank u jiji

  7. Makku says:
    September 19, 2019 at 8:35 pm

    Story hama habeys. Very good keep it up dear. And my name is also MALAK. Lysm ???

    1. Mar Sha Marsha says:
      September 19, 2019 at 10:25 pm

      Thank u malak,

  8. Aaa says:
    September 21, 2019 at 9:48 pm

    Kon irahkun updaye vaanee next part

  9. Nash says:
    September 22, 2019 at 8:46 pm

    Part 5??

  10. ? wolf queen ? says:
    September 25, 2019 at 2:54 pm

    Where is 5th part?? Waiting for the next part ☺️☺️☺️

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 5←


All Right Reserved!