Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 35

Belle Level 310 Stories100 Comments100 Login500 Login
September 16, 2019 4 Mins Read
16 Comments

” ޒެކް . ބޭބީ އެބައަންނަން ވޮޝް ރޫމަށް ވަދެލާފައި. ވެއިޓް ފޯރ މީ ” އަވަސްއަވަހަށް ޝިފާ ހިންގައިގަތީ ވޮޝް ރޫމާދިމާއަށެވެ. ލޯގަނޑު ކައިރިއަށް ހުއްޓިލުމާއިއެކު މޭކަޕް ރީތިކޮށްލިއެވެ. ޒައިކުއަށް ލަސްވެދާނެތީ އަވަހަށް ނުކުންނަށް ހިނގައިގަތެވެ.

 

” އެސްކިއުޒްމީ، ޔުއާރް ބޭގް ” ފަހަތައް އެނބުރިލެވުނީ ސިހިފައެވެ. ފޯނުވެސް ދޫވެގެން މުށިގަނޑުމައްޗައް ވެއްޓުނެވެ. ދެމީހުންވެސް ހުރީ ޝޮކެއްގައެވެ. ޝިފާއަށް ބޭގު ގެނެސް މެޔާލާއި ބޮނޑިކޮށްލެވުނީ އެއްވެސް އިޙުތިޔާރެއް ނެތިއެވެ.

 

ކުރިމަތީ ހުރީ ލިވީ އެވެ. ރީތި ރަން ދިގު އިސްތަށިގަނޑުގައި ވަރަށްވެސް ފުރިހަމައެވެ. އިތުރު ރީތިކަމެއް ވަނީ ކޮއްފައިވާ ގަދަ ރަތްކުލައިގެ މޭކަޕުންނެވެ. ލިވީ އަށް ވަނީ ވަރުގަދަ ސިހުމެއް ލިބިފައެވެ. އޭނާ ކުރިމަތީ ފެންނަން ބޭނުން ނުވާ މީހަކު ހުރީ ކަމަށް ވެދާނެއެވެ.

 

” ވަޓް އާރ ޔޫ ޑުއިން އިން މޯލްޑިވްސް؟ ” ބިރުވެރިކަމާ ސިހުމާއިއެކު ޝިފާ އަށް އަހާލެވުނެވެ.

 

” އިޒަބެލް އާއެކީ ހަމަ ރާއްޖެ އަންނަ ހިތުން އައީ، މި ރިސޯޓައް އައީ އޭނަގެ ބައްޕަ ބުކް ކޮއްދިނީމަ، އެކަމް ޝިފާމެން ކީއްކުރަނީ؟ އިޒް އިޒް ޒައިކު ހިއާރ ޓޫ؟ ” ދެލޯ ބޮޑުކޮށްލަމުން ލިވީވެސް އަހާލިއެވެ. އަދި ޝިފާ އައި ބޭނުން ކިޔައިދިނުމުން ލިވީ އަނގަމަތީ އަތް އަޅަމުން ފާރުގައި ލެނގިގަތެވެ.

 

” އޯހް….އޭނައަށް އަހަރެން ފެނިގެން ނުވާނެ. އޯހް ގޯޑް. ވައި އިޒް ދިސް ހެޕެނިންގ؟ ނަ…..ނައު ” އަދިވެސް ލިވީ ހުރީ ޝޮކް ގައެވެ.

 

” މިތާ މިދިމާލުގަ ހުރޭ ، އަހަރެން ޒައިކު ގޮވައިގެން އެހެން ދިމާއަކުން ނުކުންނާނަން ” ލިވީ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

 

*****************

 

ޝިފާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ލިވީ ހުއްޓެވެ. ދުރުވަމުން ގޮސް ޕާޓީ އޮތް ހޯލް ތެރެއަށް ވަނެވެ. އަދިވެސް އެދިމާއަށް ބަލަހައްޓައިގެން ލިވީ އަށް ހުރެވެނީއެވެ. އެތައްއަހަރެއް ފަހުން ޒައިކު ދުށުމަށް ހިތް އެދެނީ ކީއްވެ ކަމެއް ނޭނގެއެވެ. މުޅި ހަށިގަނޑުގައި ފިނިކަމެއް ދުވެލި ކަހަލައެވެ. ޒައިކު ފެނިއްޖެ ނަމަ ހަމަގައިމުވެސް ގަދަ ފިނި ކަނޑަކަށް ޤަރަޤު ވުމެކޭ ތަފާތެއް ނުވާނެކަން ގައިމެވެ.

 

ހިޔާލުތަކުން ދުރުވެލަމުން ކުޑަކޮށް މޫނު ފޮރުވަމުން ހިނގައިގަތީ އިޒަބެލް ހުރި ދިމާއަށް ދިއުމަށެވެ. ޕާޓީ އޮތް ހޯލް އާ ދުރަށް ހިނގަމުން ދިޔައިރު އަދިވެސް ސިކުނޑި މަސަތްކަތް ކުރާލެއް ލަހެވެ. ތަންކޮޅަކަށް ދެވުނުތަނާ އިޒަބެލް ފެނިގެން ބޫޓު އަތައް ނަގަމުން ދުވެލާފައި ގޮސް އެއްވަރު ކުރިއެވެ.

 

” ވަޓް ހެޕެންޑް؟ ”

 

” ޒައިކު އިޒް ހިއާރ ”

 

” ވަޓް ؟ އޯހް މައި ގޯޑް! އޭނައަށް ފެނުނުތަ ލިވީ؟ ”

 

” ނޯ ، ޝިފާ ބުނި އޭނަ ދުރަށް ގެންދާނެ ވާހަކަ ، އެމީހުން މިހާރު ހުރީ ބޯލް ގަ ”

 

” ދެން ކޮބާ މައްސަލައަކީ؟ އަހަރެމެން މާދަން މޯނިންގަ މާލެ ދަމެއްނު، ފެނުމުގެ ފުރުސަތު ކުޑައެއްނު ”

 

” އައި ނޯ . ބަޓް…..”

 

” ބަޓް؟ ”

 

” އަހަރެން ބޭނުން އޭނަ ބަލާލަން. ޖަސްޓް ވަން ޓައިމް ޕްލީޒް ބެލް. ” އަޑު ކުރެހެމުން ލިވީ ބުނެލީ އެއީ ރަނގަޅު ގޮތެއް ނޫން ކަންވެސް އެނގޭ ހާލުއެވެ. ދުވަހަކުވެސް ޒައިކުއަށް އޭނަ ފެނުމުގެ ކުރިން އެތަނަކުން އަމިއްލަޔައް ދުރަށް ދާނެއެވެ. އެކަމަކު ހިތާ ދެކޮޅަށް އެންމެ ފަހަރަކު ނަމަވެސް ޒައިކުގެ ލޯބި ސޫރަ ބަލާލަން ބޭނުން ވަނީއެވެ.

 

” ވެލް، އެބެއް އައިޑިއާއެއް. މިރޭ ގިނަ މީހުން އުޅެނީ ޕާޓީގަ ފޭސް މާސްކް އަޅައިގެން، މިއޮތީ ވަރަށް ރީތި މާސްކެއް ލޮލުން ފެށިގެން ތުންފަތާ ހަމައަށް ފޮރުވޭނެ މީގެން، އެހެން ވީމަ މީ އަޅައިގެން ހިނގާ ޕާޓީ އޮތް ހޯލް އަށް ” އިޒަބެލްގެ ވާހަކައަށް އެއްބަސް ވަމުން އިޒަބެލް ގައިގާ ލިވީ ބައްދާލީ އުފަލުންނެވެ. މިހާރުވެސް އޭނައަށް ކެތް ކުރެވެނީކީ ނޫނެވެ. ޒައިކު ފެންނަ ވަގުތު ވާނެ ގޮތް ހިތައްވެސް ނާރައެވެ.

 

މުޅިތަން ގުގުމާލައިފާވަނީ ރޮމޭންޓިކް ލަވައަކުން ނެވެ. އޭރު ޑާންސް ކުރާ މީހުން ޑާންސް ކުރުމައް ތައްޔާރުވަނީއެވެ. އެކިތަންތަނަށް ލޯއުކަމުން ދިޔައިރުވެސް ލިވީގެ ލޮލަކު ޒައިކު އަޅައެއް ނުގަތެވެ. އިޒަބެލް އަތުން ކޮއްޓާލުމުން ބަލާލިދިމާގައި ޝިފާ ހުއްޓާ ފެނުނެވެ. އޭރު ޝިފާ އާއީ ދިމާގައި ހުރި މީހަކު ހުރީ ފުރަގަހައް ވާގޮތަށެވެ. މަޑުމަޑުން މިއުޒިކް ފެށުމުން ޑާންސް ކުރަން ފެށިއެވެ.

 

ނޭވާ ހިފަހައްޓާލައިގެން ހުރެވުނީ ޒައިކު މިދިމާއަށް އެނބުރޭހެން ހީވެފައެވެ. ހަމަ ހީވީ ރަނގަޅަށެވެ. ކައިރީގައި ހުރި އިޒަބެލްގެ އަތައް ފިތާލެވުނީ އަތް ތުރުތުރު ލާހާލުގައެވެ. ލިވީއަށް ޒައިކު ފެނުނަސް ޒައިކު އަށް ލިވީ ފާހަގަ ކުރާކަށް ނޭނގޭނެ އެވެ، މާސްކު އަޅައިގެން ހުރެވުނު އިހްސާސް ކުރެވުމުން ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ވަރަށް ފުން ނޭވާއެއް ލުމަށްފަހު މަޑުމަޑުން ހަމައަކަށް އެޅިލިއެވެ.

 

އެއީ ލިވީ ލޯބިވީ ނޫކަށިފުރައިގެ ފިރެހެން ކުއްޖާއެއް ނޫނެވެ. މިހާރު އެއީ ފުރާ ފުރިހަމަވެފައިވާ ޒުވާނެކެވެ. ޒުވާންކަމުގެ އެންމެ ރީތި ކަމެވެ. އެންމެ ފަހުން ފެނުނު އިރަށްވުރެ ހަށިގަނޑުގެ ބައްޓަން ރީތިވެފަ، އިސްކޮޅުން ދެމިލައިފާވެއެވެ. މޫނުމަތިން ހަރުކުލަ ޖަހައެވެ. ލައިފާހުރި އައިސް ބުލޫކުލައިގެ ގަމީސް ހަށިގަނޑަށް ހިފާލާފައިވީއިރު، ބަނޑުގެ މަސްތައް ރީތިވާނޭވަރު ހިތައް އަރާ ތުންފަތުގައި ދަތް އަޅާލެވުނެވެ.

 

އޭނަގެ ދެލޯ ވަނީ ޝިފާގެ މޫނަށް ހުއްޓިފައެވެ. ލިވީގެ ހަށިގަނޑުގައި ބުނެދޭން ނޭނގޭ ޖެލެސްވުމުގެ އިހުސާސެއް ދަތުރު ކޮއްލިއެވެ. އެދެލޮލުން ފެނިގެން ދަނީ ނިމުނެއް ލޯއްބާއި، އަޅާލުމެވެ، އެއީ ހަމަ ގައިމުވެސް އޭނާއަށް ޓަކައެއްނޫނެވެ، ހަމަ އެއަންހެން ކުއްޖާއަށްޓަކައެވެ. އެއް އިރެއް ގައި އޭނާއަށް ބަލާގޮތައް، އޭނާދެކެ ލޯބިވީ ގޮތައް މިހާރު އެބަލަނީ އެހެން ކުއްޖަކާ ދިމާއަށެވެ. ހިތައް ހަންޖަރެއް ހަރާލެވުނުކަހަލަ ފުން ހިތާމައެއް ކުއްލިއަކަށް ލިބުނުކަހަލައެވެ. މެޔަށް ތަދެއް އެރި ކަހަލަ އިހުސާސެއް ވުމާއިއެކު މޭގައި އަތް އަޅާލީ އެކަން އެހެން މީހުންގެ ސަމާލުކަމަށް ނުގެނައުމަށެވެ.

 

އެގޮތުގައި ދެތިން މިނެޓެއް ފާއިތުވެގެން ހިނގައްޖެއެވެ. އެދެމީހުންގެ ހަރަކާތްކަތައް ބެލުމުގައެވެ. ދެމީހުންގެ މެދުގައިވީ ލޯބި ވަރަށްވެސް ރަނގަޅަށް ސާފުވެ ކުރިމަތިން ފެނިއްޖެއެވެ. އެދެމީހުންގެ ހަށިގަނޑު އެއްރާގަކަށް ޖަހަމުންދިޔަ މިއުޒިކަށް ނަށަމުންދިޔައިރު ޒައިކު ޝިފާ ކައިރިކޮށްލާ ކޮންމެ ފަހަރަކު ލިވީގެ ހިތް ފޮތޮފޮތި ވެގެން ދާކަހަލައެވެ. އެންމެ ފަހުން ބަލަން އުނދަގޫ އެއްމަންޒަރަކަށްވީ، ޒައިކު ޝިފާ ކައިރިކޮށްލުމަށްފަހު ތުންފަތުގައި ބޮސްދޭން އުޅުމެވެ. އެމަންޒަރު ބަލާނެ ހިތްވަރެއް ލިވީ އެއް ނެތެވެ. ފަހަތައް އެނބުރިލުމާއެކު ދެލޮލުން ކަރުނަ އަންނަން ފެށީ އިހުތިޔާރަކާއި ނުލައެވެ.

 

އެނބުރިލެވުނުގޮތަކުން ފަހަތުން އައި އަންހެނެއް ގައިގައި ޖެހުމުން މޫނުމަތީގައިވީ މާސްކު ވެއްޓުނެވެ. ކައިރީގައިވި އެންމެންގެ މޫނުތައް ލިވީއާއި ދިމާއަށް ހުރިކަމުގެ އިހުސާސް ކުރެވުމުން ހާސްވިއެވެ. އެކަމަކު އަވަސްއަވަހައް މާސްކު ނަގަމުން ކައިރީގައި ހުރި މީހަކު އަތް ދިއްކޮއްލުމުން އެއަތުގައި ހިފައި ތެދުވެލުމަށްފަހު ތޭންކްސް އޭ ބުނެލުމަށްފަހު ދިއުމަށް ހިނގައިގަތެވެ.

 

” ހޭ، ޔޫ ޑޯންޓް ރިމެމްބާރ މީ؟ ޑޫ ޔޫ؟ ” ހުނުމުގެ އަޑަކުން އެ މީހަކު ބުނުމުން ފަހަތައް އެނބުރި ބަލާލުމާއިއެކު ލިވީ ލައިލައި ހުރި ނޭވާ ހުއްޓުނުހެން ހީވިއެވެ.

 

” އޯހް މައި ގޯޑް  ޔަމާން؟”، ކުޑަކޮށް ހަޅެއްލަވައިގަތުމަށްފަހު ޔަމާންގެ އަތުގައި ހިފަހައްޓާލަމުން އެތަނުން ދިއުމަށް ހިނގައިގަތެވެ.

 

ޔަމާން އަކީ އަބަދުވެސް ރަނގަޅު އެކުވެރިއެކެވެ. ޒައިކު އާ ގުޅުނުފަހުން އަދި މާ ރަނގަޅެވެ. އޭނަ ޒައިކު ދޫކޮށް ފުރަން އުޅުނުދުވަހުވެސް އޭނަ ޔަމާން އައި ބައްދަލު ކުރުމަށްފަހު ޒައިކު ދެކެ ލޯބިވާވަރު ހާމަކޮށްފައި ވާނެއެވެ.

 

” ޝިފާ ހުރިހާ ވާހަކައެއް ކިޔާދީފައިވަނީ، މިރޭވެސް ބުނި ލިވީ ރިސޯޓުގައި އުޅޭވާހަކަ، އެހެންވެ ހޯދަމުން މިދަނީ ހަމަ، މާސްކު އަޅަިގެން ގިނަ އަންހެން ކުދިން އުޅޭތީ ފާހަގަ ކުރަން ނޭނގިފައި ހުއްޓާ ދެންމެ ހަމަ މާސްކު ވެއްޓުނުތަނާ ފާހަގަ ކުރަން އެނގުނީ ” ހީލަމުން ޔަމާން ވާހަކަ ދެއްކިއެވެ.

 

” އޯކޭ ލެޓްސް ގެޓް އައުޓް ހިއާރ، އައި ނޯ އަ ޕްލޭސް ޔޫ ކޭން ހައިޑު. ހިނގާ ތި މީހުން އުޅޭ ރޫމަށް ދާން ”

 

*************

 

ޕޫލް އަށް ފައި ލާގެން ޔަމާން އާއިއެކު ލިވީ ހުއްޓެވެ. އިޒަބެލް ދިޔައީ އޭނަގެ އެކުވެރިން ތަކަކާއެކުއެވެ.

 

” ސޯ . ސިކްސް އިޔާސް. ހުއް! ” ވާހަކަ ދައްކަން ފެށީ ޔަމާންއެވެ.

 

” ޔާހް ، އިޓްސް ބީން ސޯ ލޯންގް ” ފެންގަނޑަށް ބަލަމުން ލިވީވެސް ހީލިއެވެ.

 

” ޔޫ ލުކް ބިއުޓިފުލް ”

 

” ތޭންކްސް، މިސްޓާރ ޕްލޭ ބޯއީ ”

 

ޔަމާން ދިއުމުން ލިވީވެސް ބޭރަށް ނުކުމެލީ ރީތިކަން ބަލާލުމަށެވެ. ކުރިއަށް ހިނގަމުންގޮސް މޫދާދިމާއަށް މިސްރާބު ބަދަލުކޮށްލީ ހުދު ދޮން ފަސްގަނޑުގައި ހިނގާ ލުމަށެވެ. ވަކި ހަމަޔަކުން މުޅި ތަނުގައި އުއްބައްތިތަކުން ޖަރީކުރެވިފައި ހުރި ހިސާބަކަށް އާދެވުނެވެ. އެތަނުގެ ރީތިކަމަށް ގެއްލިފައި ހުއްޓާ ސިހިގެން ދިޔައީ ދާދި ކައިރިން މީހެއްގެ ހިލަން ވެގެނެވެ. އެ ފިޔަވަޅުތަކުންވެސް ހިތައް ބިރުވެރިކަން ވަނެވެ. ބަލާނުލާ ހުއްޓާ ހަށިގަނޑު ރޫރޫ ލައިގެން ދިޔައީ އެމީހަކު އަތުގައި ހިފާ އެދިމާއަސް އަނބުރާލުމުންނެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ޒުނާމް

Next

ނޭނގޭހެ ހާދަ ލޯބިވޭ 2

Next
September 16, 2019

ނޭނގޭހެ ހާދަ ލޯބިވޭ 2

Previews
September 16, 2019

ޒުނާމް

16 Comments!

  1. Shaako❤️ says:
    September 16, 2019 at 3:47 pm

    Mee first dhw Varah reethi mi bai when the next part??

    1. Belle says:
      September 17, 2019 at 9:43 am

      hehe thanks shaako,

  2. Maryy says:
    September 16, 2019 at 3:47 pm

    Hei me first dhw.. Vvv salhi mi part ves ❤️ ❤️ ❤️

  3. LoVelY gIrL says:
    September 16, 2019 at 4:11 pm

    Eiy zaik

  4. ailee says:
    September 16, 2019 at 4:59 pm

    nice this part i think it is yamaan

  5. Leen says:
    September 16, 2019 at 5:21 pm

    Plz shifa aa zaik vaki nukurahchey ? shifa deserves zaik ???

  6. ?SAMMI? says:
    September 16, 2019 at 6:00 pm

    ??Vv salhi?? But plz… ??Shifa aa zaik?? vaki nukurahchey… Plz plz plz?

  7. Sher says:
    September 16, 2019 at 6:35 pm

    Wow varah reethi mi part vx. But zaik ah Livy eh faharu viyas fenna goeh hadhaadheeba.plx…waiting for next part???

  8. Noor says:
    September 16, 2019 at 8:23 pm

    No Livy aa zaik bahdhalu nukuruvaathi eyrun shif varah dhera vaane & zaikves Mihaaru beynumeh nuvey livy eh . avahah thithanun fonuvaalaa zaik ah nufennanees

  9. sara says:
    September 17, 2019 at 7:40 am

    fainally zaik and livy meet vaan kanneyge eulheny, love it

  10. Lilly says:
    September 17, 2019 at 5:52 pm

    Shifa n Zaik dhuru nukuruvah chey please please….dhen Shifa dhera vaane kamei Zaik nukuraathi….
    Mi part varah reethi…
    Maa sha Allah..
    When is next part…¿¿
    Waiting for the next part¿¿¿¿

    1. Leen says:
      September 19, 2019 at 5:01 pm

      Yeah Plz ???

  11. Pinky says:
    October 13, 2019 at 11:26 am

    Kon dhuvahakun mi vaahakaige aneh part upload vaany? Mihaar haadha dhuvaheh vehjeyey

  12. Pinky says:
    October 13, 2019 at 11:28 am

    Koba 34 vana Bai?? 35 upload vefa 34 eh upload nuve

  13. Zaa says:
    October 15, 2019 at 2:45 pm

    Me vaahaka haadha dhuvahehvehjay

  14. Naa says:
    November 16, 2019 at 12:19 am

    Alhey mi vaahaka up nukuraney ta mihaaru ..plz ans

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 36←


All Right Reserved!