ހާސިލް ވުމަށް އެދި 19
އެންމެންވެސް ތައްޔާރު ވެގެން ނުކުތުމާއިއެކު ދެން މިސްރަބު ޖެހީ ޕެޓްރޯނަސް ޓަވާރ އަށް ދިޔުމަށެވެ. ޒިރާންވެސް ހުރި އެތަނަށް ދާހިތުން ކެތް މަދުވެފައިއެވެ.
އެތަނަށް ގޮސްފައި ކައިޒީން ހުއްޓާނުލައި ނަގަމުން ދިޔަ އެއްޗަކީ ފޮޓޯއެވެ. އާއިލާ ފޮޓޯއާއި ވަކި ވަކިން ފޮޓޯއެވެ. ތަނުގެ ރީތި ކަމުން އެހެން މީހުންނަށް ތަނެއް ގުޑުވާލަން ނުކެރުނު އިރު ކައިޒީން އެތާ ހުރެގެން ތެޅި ފޮޅެނީއެވެ. އަލަށް އެކަހަލަ ބޮޑު ރީތި ތަނެއް ފެނުމުން ވާނީ އެހެން ނޫން ހެއްޔެވެ.
އޭގެ އެނެއް ދުވަހަކީ ފުރަން ޖެހޭ ދުަވަސް ކަމުން ޒިރާންމެން އެދުވަހު ގެޔަށް ވެސް އައީ ހުރިހާ ފިހާރައަކާއި ރެސްޓޯރެންޓްތައް ބަންދުކުރުމުންނެވެ. ގެޔަށް އައި ގޮތަށް އައިސް އެންމެން ވެސް އަވަސްވެގަނީ އެމީހަކު ގެނައި އެއްޗިސްއާއި ގަތް އެއްޗެހި ބަންދުކުރާށެވެ. އަދި އެރޭވެސް އޯވާ ނައިޓްއެއް ހަދައި މަޖާ ކުރާށެވެ. މެލޭސިއާގައި ތިބެން ޖެހޭ އެންމެ ފަހު ދުވަސްކަމުން އެންމެން ވެސް ތިބީ ހިސަާބަކަށް ފޫހި ވެފައިއެވެ. އަދި ކާރުގެ ޑްރައިވަރުވެސް ހުރީ އެކަމާ ނުހަނު ދެރަވެފައިއެވެ. ނަމަވެސް އެތަނުގައި މުޅި އުމުރަށް ނުތިބެވޭނެ ކަން އެއެންމެން ވެސް ދަނެއެވެ.
”ދެން ބައްޕާ.. އަޅުގަނޑު ނެތް ދާ ހިތެއް.. އަދި މިތާ އެއްހަފްތާ ވަރު މަޑު ކުރަން ވީނުން.. ނުބަލާ ބައިވަރު ތަންތަން އަދި ހުންނާނެ.. ކައި ބޭނުން މެނަރަ ކުއަލަ ލަމްޕޫރ ޓަވާރ.. ބަޓޫ ކޭވްސް… ދެން.. ބުޓިކް ބިންޓޭންގް.. އަދި އާން.. އެކުއަރިއާ އަށް ވެސް ދާން ބޭނުން.. އަޅޭ ބައްޕާ.. މިއީ ހާދަ ރީތި ތަންތަނޭ.. މިތަންތަނަށް ނުގޮސް ނުވާނެ އާދެވުނު ފަހަރުވެސް ދާކަށް..” ކައިޒީން އަތުގެ އިނގިލިތައް ގުނަމުން މެލޭސިއާގެ މަޝްހޫރު ތަންތަން ކިޔާލިއިރު ހަމަ ކުޑަކުއްޖަކާ އެއްވެސް ތަފާތެއް ނެތެވެ. އަކުރުތަކަށް ދަމަމުން ހުރިހާ ތަނެއްގެ ނަންތައް އެހެން އަޑަކުން ކިޔާލިއިރު އެތާ ތިބި އެންމެން ވެސް ތިބީ ބަނޑަށް ހީހީ ހަލާކުވާ ވަރުވެފައިއެވެ. ”ކޮން ބިންޓޭންކެއް މަސްޓޭންކެއް ކިޔާކަށް.. މިހާރުވެސް ބަލާފަ ހުރި ތަންތަނެއްނުން ގިނައީ.. ދެން ދަރިފުޅަށްވެސް އެނގޭނުން ބައްޕައަކީ ފިހާރައެއް ހިންގައި މީހެއްކަން.. އަބަދު ފިހާރަ ބަންދުކޮށްގެންވެސް ނޫޅެވޭނެ.. ދޭ އަވަހަށް ފޮށްޓަށް އެއްޗެހި އަޅަން.. ދަރިފުޅު ޖެހޭބަ އަދި ބައްޕައަށް ވަރަށް ބޮޑު ކަމެއްވެސް ކޮށްދޭން..” ޒިރާން ވާހަކަދެއްކި ގޮތުން އެތާ ތިބި އެންމެންވެސް ހުރީ ބަނޑުގައި އަތްއަޅާއިގެން ހޭށެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ. ކައިޒީން ވާހަކަ ދެއްކިގޮތަށް ޒިރާންވެސް އެހެން އަޑެއް ނެރެގެން ވާހަދެއްކުމުން ނުހޭން ހުންނަ މީހަކަށްވެސް ހެވޭނެއެވެ. އެންމެފަހުން ކައިޒީން ތުން އަބުރާލާފައިގޮސް ފޮށްޓަށް އެއްޗެހި އަޅަން ފެށިއެވެ. ކައިޒީން ފިޔަވައި އެންމެންވެސް ވަނީ މިހާރު ފޮށްޓަށް އެއްޗެހި އަޅާ ނިންމާފައިއެވެ.
*****
ޒިރާން އާއި އާރިފާ އެމީހުންގެ ކޮޓައިން ބޭރަށް ނުކުމެވެން އިން ބެލްކަނީގައި ހުރި އުންދޯއްޔެއްގައި އިށީންދެލައިގެން ތިބީ ވަރަށްވެސް އޮލަ ވާހަކައެއްގައިއެވެ. ”ޒިރާން.. އަހަންނަށް ދޭން ވީނުން ފިހާރަ ހިންގަން.. މިހާރު ޒިރާން ތިހާލުގައި އިނެގެން ފިހާރައިގެ އެއްވެސް މަސައްކަތެއް ކުރުވާކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެންނަކީވެސް ވަރަށް މޮޅަށް ބިޒްނެސް ކިޔަވާފައި ހުރި މީހެއް.. ޒިރާން ތި ކުރާ މަސައްކަތް ކުރާން ވަރަށް ފުރިހަމައަށް އަހަރެން ދަންނަން.. އަހަރެންގެ ނަން މައްޗަށް ފިހާރަ ބަދަލު ކުރަން ވީނުން.. ޒިރާން ހިތްހަމަ ނުޖެހެންޏާ މީ ހަމަ ނުދައްކާ ވާހަކައެއް އިނގޭ..” އާރިފާ ޒިރާންގެ އަތް މަތީ އަތް ބާއްވާލައިގެން އިނެ އެއްވެސް ޖެހިލުމެއްނެތި އޭނާ ބުނަން ހުރި އެއްޗެހި ބުނެލިއެވެ. ނަމަވެސް ފިހާރައިގެ ނަން އޭނާގެ ނަން މައްޗަށް ބަދަލުކުރަން އެހުމުން ޒިރާން ބަލައިލި ގޮތުން އާރިފާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެބަލައިލި ގޮތުން އާރިފާއަށް ހީވީ ޒިރާން އޭނާ އަންދާލަދާނެ ހެންނެވެ. ”އާން… އަހަރެންވެސް މި ވިސްނަނީ ތިކަމާ.. މާލެ ގޮސް ތިކަމާ އުޅެން.. އެކަމު އަހަރެން ވަރަށް އިތުބާރު ކުރާން އާރިފާއަަށް.. އެހެންވީމަ އަހަރެންގެ މި ވިޔަފާރީއަށް އެއްވެސް ކަހަލަ އޮޅުވާލުމެއް ނޫނީ ގެއްލުމެއް ވާނެ ކަންތައްތައް ނުކުރައްޗެއް އިނގޭ.. އަހަރެންގެ އިތުބާރު ގެއްލޭފަދަ ކަމެއް ނުކުރައްޗޭ އިނގޭ.. ” ޒިރާން ވަރަށް ވިސްނާލާފައި ޖަވާބެއް އާރިފާއަށް ދިނެވެ. ނަމަވެސް ޒިރާންގެ ހިތުގައި ބިރުވެރިކަމެއް ވަނީ އުފެދިފައިއެވެ. ސަބަބަކީ އޭނާގެ އެ ބޮޑު ވިޔަފާރީ ބަގުރޫޓް ވެދާނެތީއެވެ. މިވީހާ ދުވަހު ފަޒީލްއަށްވެސް ފިހާރަ ހަވާލުކުރަން ނޫޅެނީ ފަޒީލްގެ ހުންނަ ފަރުވާ ކުޑަކަމެއްގެ ސަބަބުންނެވެ. ނަމަވެސް އާރިފާއަށް ފިހާރަ ހަވާލުކުރަން އެއުޅެނީ ވަރަށް ވިސްނާފައިއެވެ. ގޭތެރޭގެ މަސައްކަތްވެސް ފަރުވާތެރި ކަމާއިއެކު ކުރާތީއެވެ.
ޒިރާންގެ ޖަވާބެއް އިނގުމުން އާރިފާ ޒިރާންއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި ޒިރާން ގޮވައިގެން ސިޓިން ރޫމަށް ދާން މިސްރާބު ޖެހިއެވެ.
******
ނަބާހުއަށް އަދިވެސް ވިސްނެމުން ދަނީ ކައިޒީން އާއި މެދުއެވެ. އެދުވަހަށް ފަހު އަދި ވައިބާއިން އޮންލައިން ނުވާތީވެސް ނަބާހުގެ ހިތުގައި އުތުރި އަރަމުން ދިޔަ ބިރުވެރިކަން ދުވަހަށްކަށް ވުރެ ދުވަހެއް ދަނީ މައްޗަށް އަރަމުންނެވެ. ކާއެއްޗެއް ކެވޭ ވަރެއްވެސް ނަބާހުއަކަށް ނުވެއެވެ. ނިދާލަންވެސް ފުރުސަތެއް ނުލިބެއެވެ. އަބަދު ކައިޒީން އާއި މެދު ވިސްނޭތީއެވެ. ”އަޅެ ކައިޒީން މެސެޖެއް ކޮށްބަލަ.. ކިހިނެއްތަވީ؟” ކޮންމެ ރެޔަކު އެތައް އިރެއް ވަންދެން ނަބާހު ކައިޒީންގެ މެސެޖެއްގެ އިންތިޒާރުގައި ވަގުތު ގުނަމުންދެއެވެ. ނަމަވެސް އެއިން ކޮންމެ ރެޔަކު ވެސް ނަބާހުއަށް ނިދެނީ މާޔޫސްކަމާއި އިތުރު ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްދުމަށް ފަހުއެވެ.
*ހޭއި ނަބާ.. ކިހިނެއްތަ؟ ވަރަށް ބޮޑަށް މަޢާފަށް އެދެން ރިޕްލައިއެއް ނުދެވެ ގިނަ ދުވަސްވީމަ.. ދިމާވި ކަންތައްތަކުގެ ސަބަބުން ކައި ހަމަ އޮންލައިން ވާ ހިތްނުވީ.. އިނގޭ އެކި މީހުންގެ ސުވާލުތަކާއި ކުރިމަތި ލާން ޖެހޭނެކަން.. އަދި އިނގޭ ނަބާ ހާސް ވާނެ ވަރުވެސް.. ވަރަށް ބޮޑަށް މަޢާފަށް އެދެން.. *
ނަބާހުއަށް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ފޯނު ބަލާލައިފައި މެސެޖް ކުރި މީހާ އިނގުމުން އެނދުގައި އިތުރަށް ހަމަޖެހިލައި އެ މެސެޖަށް ރައްދެއް ދޭން ތައްޔާރުވިއެވެ.
*އައިމް ފައިން.. ހައު އެބައުޓް ޔޫ ކައި؟ އެންޑް އިޓްސް އޯކޭ އިނގޭ.. އިނގޭ ދިމާވި ކަންތައްތަކުން ކައި އަށް މީހުންނާ ކުރިމަތިލާން އުނދަގޫވާނެ ކަން.. ބަޓް އައި ރިއަލީ މިސްޑް ޔޫ ސޯ މަޗް.. އެވްރީޑޭ އައި ވޯސް ވެއިޓިން ފޯ އަ މެސެޖް ފްރޮމް ޔޫ.. ފައިނަލީ އައި ގޮޓް އިޓް.. އައިމް ސޯ ހެޕީ.. ކިހިނެއްތަ ކައިގެ ބައްޕަ؟ މިހާރު ރަނގަޅުތަ؟*
ނަބާހުއަށް ހީވީ އީދެއް އައިސްގެން އުޅޭ ހެންނެވެ. މުޅި އުމުރުގައިވެސް އެންމެ ލޯބިވި އަންހެންކުއްޖާގެ ފަރާތުން އެތައް ދުވަހަކަށް ފަހު މެސެޖެއް ލިބުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަވަސްއަވަހަށް މެސެޖް ލިޔަމުން ދިޔައިރު ހީވީ އެތައް ވާހަކައެއް އޮޅުން ފިލުވަން ބޭނުން ވެފައި ހުރި ހެންނެވެ.
- * ކައިވެސް ހަމަ ވަރަށް ރަނގަޅު.. ތޭންކްސް އަ ލޮޓް ނަބާ.. އައި ތޯޓް ޔޫ ވިލް ނޮޓް ފޯގިވް މީ.. މީ ޓޫ.. މިސްޑް ޔޫ އަ ލޮޓް.. ބައްޕަވެސް އިރާދަ ކުރެއްވިއްޔާ ވަރަށް ރަނގަޅު.. އެކަމު ފަޔަށް ލިބުނު ގެއްލުމުގެ ސަބަބުން ދެން ނުހިނގޭނެ ކަމަށް ޑޮކްޓަރުން ބުނީ.. ބައިދަވޭ މާދަން ފުރަން މާލެ ދާން*
ކައިޒީން މާދަން އަންނަ ކަން އިނގުމުން ނަބާހުގެ ހިތަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަދި ކައިޒީންގެ ބައްޕައަށް ދެން ނުހިނގޭނެ ކަން އިނގުމުން ނަބާހުގެ ހިތަށް ނުހަނު އަސަރު ކުރިއެވެ.
- * ޔޫ އާރ މޮސްޓް ވެލްކަމް ކައި.. ވާޓް.. ބަޓް ވައި؟ ކީއްވެ އަސްލު އެގޮތަށް ހީކުރީ؟ އައިމް ނޮޓް ލައިކް ދެޓް.. މެސްޖް ނުކޮށް ގިނަ ދުވަސް ކޮށްފަ މެސެޖް ކުރުމުން އެއްޗެހި ގޮވާ ގަންނަ ކަހަލަ.. އޮހް.. ޝަފާކަﷲ.. ކައިގެ ބައްޕައަށް އަވަސް ޝިފާއަކަށް އެދެން.. އަދި ނިޔާމަ ދަތުރަކަށް އެދެން.. ގުޑް ނައިޓް.. ސްވީޓް ޑްރީމްސް..*
* ހުމް އިނގޭ އެކަން ނަބާ ތީ އެކަހަލަ މީހެއް ނުންކަން.. އެނެއްކާވެސް ތޭންކްސް އިނގޭ.. ޔާ ގުޑް ނައިޓް..*
އެންމެފަހުގެ ކަމަކަށް ރޭނގަޑުގެ ތަހުނިޔާ ކިޔާފައި ދެމިހުންވެސް ވަކިވެލިއެވެ. ނަބާހު ހުރީ ކައިޒީން އާ ވާހަކަ ދައްކާލެވުމުން ނުހަނު އުފާވެފައިއެވެ. އަނގައިން ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ.
ކައިޒީންގެ ހާލަކީވެސް އެއީއެވެ. ނަބާހުއަކީ އެހެން މީހުންނާ ވަރަށްވެސް ތަފާތު މީހެކޭ ހިތަށް އަރުވަން އޮތް ކައިޒީންގެ ތުންފަތުގައިވަނީ ވަރަށް ވެސް އުފާވެރި އަދި ފުޅާ ހިނިތުންވުމެކެވެ.
*****
ސިޓިން ރޫމުގައި އެންމެން ޓީވީ ބަލަމުން ދިޔައިރު އެތާ ތިބި މާހިލް އަށާއި އީނާޝްއަށް އެތާގައި އެހެން ބަޔަކު ނެތް ފަދައެވެ. ދެމީހުން ދިޔައީ ދެމީހުންގެ ލޮލުން އެތައް ވާހަކައެއް ކިޔައި ދެމުންނެވެ.
މިވީ ދުވަސްތަކުގެ ތެރޭގައި މާހިލް ފެނުމުން އީނާޝް އަށް ވާ ގޮތްތަކުން ހުރީ އެއަށް ދޭނެ ނަމެއް އީނާޝްއަށްވެސް ނޭނގިފައިއެވެ. މާހިލް ފެނުމުން އީނާޝްގެ އަތްފައި ފިނިވެ ހިތް އަވަސްވެފައި ވާ ގޮތުން އީނާޝްވެސް ހުންނަނީ އެކަމާ ކޮސްވެފައިއެވެ. އަދި އެހެން ފިރިހެނުން ފެނުމުން ނުވާ ގޮތްތަށް މާހިލް ފެނުމުން ވާތީވެސް އީނާޝް ހުންނަނީ އެކަމާ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. ބައެއްފަހަރަށް އަމިއްލަ ނަފްސަށްވެސް އީޏާޝް ދިޔައީ ކުދި ކިޔަމުންނެވެ. ހަމަގައިމުވެސް އީނާޝް މާހިލް ދެކެ ލޯބިވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެހިތުގައި މާހިލްއަށްޓަކައި ތެދުވެރި ލޯތްބެއް އުފެދުނީ އީނާޝް ނުވެސް ދެނެ ހުއްޓައެވެ. ވެވުނަސް އީޏާޝް އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ.
އެންމެފަހުން ކައިޒީން އައިސް ދެމީހުންގެ ދެމެދަށް ވަނުމުން އެދެމީހުންނަށްވެސް ހަމަބިމަށް އާދެވުނު ފަދައެވެ. ދެމީހުންވެސް ތެޅިގަނެފައި ދުރު ބަލަން ފެށިގޮތުން ކައިޒީންއަށްވެސް ދެމީހުންގެ ތެރޭގައި ކަމެއް ވާކަމަށް ގަބުލުކުރެވުނެވެ.
*****
އެންމެންވެސް ކުޑަވަގުތު ކޮޅަކަށް ނިދަން ވަނުމުން މާހިލް ބެލްކަންޏަށް ނުކުމެލާ އީނާޝްއަށް އެތަނަށް އައުމަށް މެސެޖެއް ކޮށްލިއެވެ. މާހިލް އެއުޅެނީ މިއޮށް ހުރިހާ ދުވަހު ހިފަހައްޓާގެން ހުރި އޭނާގެ ހިތުގެ އިހްސާސްތައް އެންމެ ލޯބިވާ މީހާއަށް ކިޔާދޭށެވެ. ކޮންމެ ކަހަލަ ޖަވާބެއް ލިބުނަސް ހެޔޮކަމަށް ނިންމާގެންނެވެ.
އީނާޝް އެނދުގައި އޮށޯވެލިހެން ހީނުވެ މެސެޖެއް އައުމުން ފޯނަށް ބަލައިލިއެވެ. އަދި ނުދަންނަ ނަންބަރަކުން ބެލްކަންޏަށް ނުކުންނަން އެދިފައި ވުމުން އެއީ ޒިރާން ކަމަށް ހީކޮށް އީނާޝް އެތަަނަށް ދާން ތައްޔާރުވެލިއެވެ.
އީނާޝް އެތަނަށް ވަންއިރު ފުަރަގަސް ދީގެން ހުރި މާހިލް ފެނުމުން ހިސާބަކަށް ނުތަނަވަސްވެ ހިތް އަވަސްވާން ފެށިއެވެ. އަދި އަވަސްއަވަހަށް އެތަނުން ނުކުންނަން މިސްރާބު ޖެހިއެވެ. ނަމަވެސް އެއަށް ވުރެ ކުރިން މާހިލް ގޮވާލުމުން އީނާޝްގެ ފައިގައި ތަޅުއެޅުވުނު ފަދައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާނުލައިއެވެ.
”ނާޝް.. މިއަދު އަހަރެން ނާޝް މިތަނަށް މިގެނައީ ވަރަށް ބޮޑު ވާހަކައެއް ބުނަން.. ވަރަށް ދުވަސް ވެއްޖެ މިވާހަކަ ބުނަން އުޅޭތާ.. ނާޝް އަހަރެން މިކަމަށް އެހައި މޮޅެއް ނުވާނެ އިނގޭ.. އެކަމު ހެޔޮ ކޮންމެ ކަހަލަ ޖަވާބެއް ލިބުނަސް.. ވިލް ޔޫ ބީ މައި ގާރލް ފުރެންޑް؟.. ނާޝް..” މާހިލް އެއްފާ މައްޗަށް ތިރިވެލަމުން ކުޑަކުޑަ ފޮއްޓެއް ނަގައި އީނާޝްއާއި ދިމާއަށް އެ ދިއްކޮށްލިއެވެ. އެވަގުތު އީނާޝްގެ ހިތް ނަށާލީ މާހިލް އޭނާއަށް ލޯބި ހުށަހެޅުމުންނެވެ. ނަމަވެސް ޖަވާބެއް ދޭކަށް އީނާޝްއަކަށް ނޭނގުނެވެ. އީނާޝްގެ ހިތް އެކަމަށް އާން ބަސް ދެމުން ދިޔައިރު ސިކުނޑި ދިޔައީ އެކަމާ ދެކޮޅަށް އަޑު އެފުލަމުންނެވެ. ހަދާނެ ގޮތެއް ދޭން ޖަވާބެއް އީނާޝްއަކަށް އެއްގޮތަކަށްވެސް ނޭނގުނެވެ .
”އަހަރެންނަށް އަދި ވިސްނާލަން ވަގުތުކޮޅެއް ދީ.. މާހިލް” އީނާޝް މާހިލްއަށް ޖަވާބެއް ދީފައި ކޮޓަރިއަށް ދިޔުމަށް ހިނގާ ގަނެވުނެވެ. މާހިލްވެސް އީނާޝްއަށް އަޑު އިވޭނޭ ވަރަށް އޯކޭ އޭ ބުނެފައި ފަހުން އީނާޝްއަށް ގޮވާކަށް ނޫޅެއެވެ. ކޮޓަރިއަށް ވަނެފައި އީނާޝްއަށް ވިސްނެމުން ދިޔައީ މާހިލް އާއި މެދުއެވެ. އީނާޝްއަކީ ލޯބި ދަންނަ މީހެއް ނޫން ކަމުން އޭނާއަށް ވިސްނެމުން ދިޔައީ އެކަމާ މެދުއެވެ. އެންމެ ފަހުން ކައިޒީންއަށް ވައިބާއިން މެސެޖް ކުރީ އެއާއި ބެހޭގޮތުންނެވެ. ނަމަވެސް އެ މެސެޖް ކައިޒީންއަށް ނުފެންނަ ނީހެން ޑިލެޓް ކުރަން އުޅެނިކޮށް އީނާޝްއަށް އެމެސެޖް ޑިލެޓް ކޮށްލެވުނީ މައިސެލްފުން ކަމުން އިނާޝް އެކަމާ އޭނާގެ އަމިއްލަ ނަފްސުދެކެ ނުހަނު ރުޅިއައެވެ. އަދި ކައިޒީންއަށް އެ ފޮނުވުނީތީ ވެސް މެއެވެ. ނަމަވެސް އެއަށް ޖަވާބެއްވެސް އަދި ލިބޭނީ މާދަމާކަން އެނގުމުން އީނާޝް ހިސާބަކަށް މާޔޫސްވިއެވެ.
އެންމެ ފަހުން އީނާޝް އެކަމާ ނުވިސްނާ ކުޑަވަގުތުކޮޅަކަށް ނިދާލަން ވަނެވެ. އޭރު މެންދަމުން އަލިވެ ފަހެއް ޖަހަނީއެވެ. ޗެކިން ހަމަޖެހިފައި އިނީ ހެނދުނު ހަތެއް ޖަހާއިރުއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.







Eyy me first dhw..v v rythi ingey mi bai vx..kon irakun next dear..waiting ??
??Yeyyy.. yess ur first jiji?? btw thank u sooo much.. ❤️❤️❤️ next Insha Allah miadhu liyelaafa submit kohlaanan.. keep waiting???
v reeethi mi part ves… nut the only thing is late update with short one… when is nxt part
curiously waiting ,, thankolheh dhigu koh avahah up kohdhehchey
Aww??? thank you soo much ❤️❤️❤️ vr vr vr bodah maafah edhen ekamaa.. nafu aky sch gai ulhey kuhjjeh.. ehnve ehaalahun up kohleveny.. nikan kuran Vs vr Gina vaguthu dhey.. btw next part miah vure dhigu kohladheynan.. next part miadhu liyelaafa submit kohlaanan.. keep waiting..❤️❤️❤️❤️❤️❤️
Masha? Allah? ?mi ?part ?vs ?varah ?reethi… ?waiting? ?for? next ?part….? ly ???????????????????????
Aww??? that colorful comment make me speechless..❤️❤️❤️❤️ btw thank u soooo much ??? ya keep waiting.. lysm❤️❤️❤️
Wow saaabahey nafuuu
thank u soo much dear.. 🙂 🙂
Nice. Keep it up nafu
Thank u soo much ❤️❤️❤️
Assalam alaikum..
Miothy 19th vana Bai up vefai.. unmeedhu kuran kamudhaane kamah..? adhi vr vr bodah maafa edhen lahun upload kohla dheveythy..? nafu sch GA ulhey thy lahun upload kohleveny.. Insha Allah miadhu liyelaafa 20 vana Bai submit kohlaanan.. adhi dhigu Vs kurevey thw balaanan..?? keep waiting.. adhi nafu vaani mi part ah new cover pic eh laafa.. ekam neii dhw fennaakah..???
Kiyaalaafa comment kohlahchey..???
Have a nice day❤️❤️❤️ lysm??
Heyy! Vr vr vr rythi mi Bai vs.. and that kaizeen ge Bai.. hehehe.. haadha kudakuhjjeh henneh hyvany..??? vr vr vr rythi Masha Allah.. waiting for next
awww.. thank u sooo much dear… 🙂 🙂 heheh asluvs dhw.. once again thanks a lot.. 🙂 ya keep waiting..
Awwwwwwwwww… So sweet.. Masha Allah haadha ryhchey mi part vs..❤️❤️❤️❤️❤️ alhe eenaash kon kahala javaabeh baa dheyny..❤️❤️❤️❤️???? curiously waiting for the next part
awwww… thank u sooo much.. 🙂 🙂 🙂 konkahala javaabeh baa dhw dheyny.. 🙂 🙂 ya keep waiting..
Beautiful than the other stories ????❤️❤️❤️❤️
thank u soo much.. 🙂 🙂 🙂
Vrh vrh reethi..
Thank u soo much?????
Hey… Varah rythi mi Bai vs.. curiously waiting for next part..?????
Thank u soo much dear????
Masha allah.. hama enme rythi vaahaka thakuge therey himeney varuge vaahaka eh… vr rythi??????
Aww??? thank u sooooo much dear????
Wow.. varah salhi mi part vs.. ?????????????????????????????????????????????????????????????????????????????????
Awww… Is that the hearts for me?? ???? thank u sooo much???? dear..
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Awwwwn????☺️ beautiful and a colourful comment.. ????? thank u sooo much????
Kobaa hey next?????? Haadha lahey????
Alheyy.. next part nafu submit kohfa ey v.. ekam adhivs upload eh nuvey????
Nice story
Thank u soo much????