Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަމަވެސް…ތިޔަ ހަނދާނޭ ވަނީ – 2 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
October 2, 2019 2 Mins Read
29 Comments

ބެގްޕެކް އަޅުވާލައިގެން ކާކޮޓަރީ ދޮރުކައިރީ ހުރީ ޒުވާން ފިރިހެނެކެވެ. ހަމުގެކުލަ އަތްޔެވެ. އިސްތަށިގަނޑު ރީތި ސްޓައިލަކަށް ކޮށާލެވިފައިވެއެވެ. ކަޅުދެލިކޮޅެއްފަދަ ކަޅިއެކެވެ. ތުންފަތްމަތީގައި ވަނީ ފިރިހެންވަންތަ ހިނިތުންވުމެކެވެ. އެ ޒުވާނާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ އޭނާއާ ފުރަގަސްދީގެން މޭޒުދިށުގައި އިން އައިރާއަށެވެ.

*****************************

އެންމެންގެ ކަންފަތުގެ ތޫރިތައް ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަންނަމުން މީރާގޮސް އޭނާގެ ހުރިހަމައެކަނި ބޭބެ ކައިޝް ގައިގައި އޮޅުލައިގަތީ ލިބިފައިހުރި އުފާވެރިކަމެއްގެ ބޮޑުކަމުންނެވެ. އެއްއަހަރުގެ ކޯހަކަށް މެލޭޝިއާއަށް ފުރިގޮތަށް މީރާއާ ރީމާއަށް ކައިޝް ފެންނަވަރުވީ އަދި ކިރިޔާއެވެ.

މީރާ ހަޅޭއްލަވައިގަތުމުންވެސް އައިރާއަށް މީހަކު އެއްޗެކޭ ބުނިހެންވެސް ހީނުވާފަދައެވެ. އިސްޖަހާލައިގެން ނޫޑުލްސްތަށި ހާވަމުންދިޔައެވެ.

“ޕަމްްޕްކިން…ކިހިނެއްތަ….” ކައިޝް އޭނާގެ ކަރުގައި އެލުވިގަނެގެންއޮތް މީރާ ގައިގައި ބައްދާލަމުން ބުނެލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. ފަނަރަ އަހަރު ވިއެއްކަމަކު މީރާގެ އުޅުން ކުޑަކުއްޖަކާއި ތަފާތެއްނެތެވެ. ކައިޝް ޕަމްޕްކިންއޭ ބުނުމުން އަވަސް ހަރަކާތަކާއެކު މީރާ ކައިޝްއާ ދުރަށް ޖެހިލައިފިއެވެ.

“މަންމާ…ދޮންބެކައިރީ ބުނެބަ އަހަރެންނާ ދިމާލަށް އެހެން ނުކިޔާށޭ…” ކުރިން ކާން އިށިނދެގެން އިން ގޮނޑީގައި އިށީނަމުން މީރާ ބުނެލީ ތުންދަމާލަމުންނެވެ.

” އެތެދެއް…..ދެން މީރާއާ ދިމާލަށް ދަރިފުޅު އެހެން ނުކިޔަބަލަ…..އާދޭ ކާން….އަންނަ ވާހަކަ ނުވެސްބުނޭ….. ބުނެލިނަމަތާ މަންމައަށް މީރު ކާއެއްޗެއްވެސް ހަދާލެވޭނީ…” ކައިޝްގެ އިސްތަށިގަނޑު ހާވާލަމުން ރީމާ ސަކުވާކޮއްލިއެވެ. މީރާ “އޫޕްސް” އޭ ބުނެލީ ދެންވާނެގޮތް އެނގިގެންހެން ހީވިއެވެ.

“މޯމް” ދަމާލަމުން އަޑަށް ބާރެއްލާފައި ކައިޝް ބުނެލުމުން ރީމާ ހިނިތުންވެލިއެވެ. އެހެން މީހުން ކައިޝްގެ އިސްތަށިގަނޑާ ކުޅެއްޏާ އޭނާ ނިކަން އަވަހަށް ރުޅިގަދަވެއެވެ. ރީމާ ކައިޝްއަށް ތައްޓެއްނަގަން ދިޔަ ވަގުތު ކައިޝްގޮސް އިށީތީ އައިރާއާ ޖެހިގެނެވެ.

“މަންމާ…މީ ކޮންކުއްޖެ؟….” ކާންފަށަމުން ކައިޝްބުނެލީ އައިރާއާ ދިމާލަށް ކަތި ނަޒަރަކުން ބަލާލަމުންނެވެ.

“މަންމަގެ ބެސްޓް ފްރެންޑްގެ ދަރިފުޅު…” މޫނުމަތީގައިވާ ހިނިތުންވުން ފިލާދިޔައެއްކަމަކު ގަދަކަމުން ކަހަލަގޮތަކަށް ހިނިތުންވެލަމުން ރީމާ ބުނެލިއެވެ.

“އޮވްހް…..އައިމް ކައިޝް…” މޫނުމައްޗަށް ހައިރާންކަމުގެ ކުލަވެރިވިއެއްކަމަކު ހިނިތުންވެލަމުން ކައިޝް ބުނެލީ އައިރާ އާ ދިމާލަށް ބަލާލަމުންނެވެ.

“އައިރާ…” ކައިޝްއަށް ބަލާލުމެއްނެތި ނޫޑުލްސްތަށި ހާވަމުން އިނދެ އައިރާ ބުނެލީ ކުރެހިފައިވާ އަޑަކުންނެވެ.

“ރީއްތާ….އަޅުގަނޑު ދަނީއޭ ކޮޓަރިއަށް….” އިސްޖަހާލައިގެން އިނދެ އައިރާ ބުނެލީ ހިތް ދިރުވާލަމުންނެވެ. ރީމާ ބޯޖަހާލުމާއެކު އައިރާ އަވަސް ހަރަކާތަކާއެކު ތެދުވެގެންދިޔަ މަންޒަރު ބަލަން ކައިޝްއަށް ހުރެވުނީ ހައިރާންވެފައެވެ.

*************************

އިރުގެ އެންމެ ފަހު ދޯދިތައް ފޮރުވާލުމުގައި ކާމިޔާބު ހޯދަމުން އުޑުމަތި ބަނަ ވިލާތަކުން ބައްދާލީ އަންނަން އުޅޭ ކޮޅިގަނޑުގެ ބޮޑުކަން މަގުމަތީގައި ހިނގާބިގާވެއުޅޭ މީހުންނަށް އަންގާދެމުންކަހަލައެވެ. ގަސްތައްވެސްދިޔައީ ވިލާތަކާއި ބައިވެރިވަމުން މާހައުލަށް އިތުރު ހަލަބޮލިކަމެއް ގެނެސްދެމުންނެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ފަސާގައި ބޫންއަޑު ލައްވަމުންނެވެ. މިއުޒިކެއްފަދައިން އެރާގު ފަޒާގެތެރޭގައި ފެތުރެމުން ދިޔައިރު މަގުމަތީގައި ހިނގާބިގާވެއުޅޭ މީހުންނާއި އުޅަދުފަހަރުތައް ކޮޅުކޮޅާށް އަވަސްވެގަތީ ވާރޭގައި ނުޖެހި އެމީހެއްގެ މަންޒިލަށްދެވޭބެކަމުގެ ފޮނި އުންމީދާއެކުގައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ކުއްލިއަކަށް ވާރޭ އޮއްސައިގަތީ މީހަކަށް އަންގާލުމެއް އިންޒާރެއް ދިނުމެއް ނެތިއެވެ. ބައެއް މީހުން އެކި ގޭގޭގެ އަސްކަނި ދޮށުގެ ހިމާޔަށް ހޯދަމުން ދިޔައިރު އަނެއްބައި މީހުން މަސައްކަތް ކުރަމުންދިޔައީ ވާރޭއިން ސަލާމަށްވާނެ މަގެއް ފެނޭތޯއެވެ.

ނަމަވެސް މި އެންމެންގެ ތެރެއިންވެސް ކަޅުކުލައިގެ ހޫޑީއެއް ލައިގެންހުރި ޒުވާނާ މިއިންކަމަކަށް ވިސްނާހެންވެސް ހީނުވެއެވެ. ތެމިފޯވަމުންދިޔަ އިރުވެސް އެޒުވާނާ ދިޔައީ ކުރިއަށް ހިނގަމުންނެވެ. އޭރު ގިނަ މީހުންގެ ނަޒަރު އެ އޮތްނޭނގެ ޒުވާނާއަށް އަމާޒުވަމުންދިޔައީ އެ ޒުވާނާގެ އެ އަމަލުންހެން ހީވިއެވެ.

* * * * * * * * * * * * * * * * * * *

ބެލްކަނީގައި ހުރި އައިރާ ކެރިވެހެން ފެށުމުން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. މީގެ ހަފްތާކުރިން ނުލިބުނު ހިތްހަމަޖެހުމެއް އެ ތިލަށް ލިބިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
ކޮޓަރިއަށް ވަނުތްގޮތަށް ވިސްނަން ހުރީ ކޯއްޗެއްކަމެއް ނޭނގެއެވެ. ދެން ފެނުނީ ކޮޓަރިން ނުކުތް ތަނެވެ.

ވާރޭގެ މުތީތަކެއްފަދަ ފެންތިކިތައް އައިރާގެ ގަޔަށް ހަމަލާދެމުން މުޅިއެކުހެން ތެންމާލައިފިއެވެ. ޕޭވްމެންޓް މަތިން ހިނގަމުން ހިސާބަކަށް ދެވުނުތަނާހެން އައިރާގެ ދެލޮލުން ފައިބައިގަތް ކަރުނަތައް ވާރޭ އާއި އެކުވެގެން ދިޔައީ އެ ދޮން މޫނުގައި ބޮސްދެމުންނެވެ. މާބޮޑަށް އައިރާ މަންމައާ ޕައްބަ މަތިން ހަނދާންވީއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކުވެސް އައިރާ ކުރިޔަށް ހިނގައިގަތެވެ. ކުއްލިޔަކަށް ބޮލަށްއެރި ތޫނު ތަދަކާއެލު ކަނޑާ ވައްޓާލި ރުކެއްހެން އައިރާ ޕޭވްމެންޓް މައްޗަށް ވެއްޓުނުއިރު އެ މަންޒަރު ބަލަންހުރި ޒުވާނާއަށް އެދިމާލަށް ދެވުނުގޮތެއްވެސް ނޭނގުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ވާނަން އުމުރަށް – 31 –

Next

ވަޢުދު (ސޯޅަވަަނަ ބައި)

Next
October 2, 2019

ވަޢުދު (ސޯޅަވަަނަ ބައި)

Previews
October 1, 2019

ވާނަން އުމުރަށް – 31 –

29 Comments!

  1. I.s.H.a says:
    October 2, 2019 at 12:36 pm

    First dhw kiyaafa commenteh kollaana

    1. I.s.H.a says:
      October 2, 2019 at 12:38 pm

      Story habeys. Hama vv nice. And when next.malli dear… sis avahah up kohdheythi.. and roohany biru story up kohdhyba

    2. Malsa Moosa says:
      October 2, 2019 at 2:26 pm

      Thanks isha..next part insha allah maadhan rey.

    3. Malsa Moosa says:
      October 2, 2019 at 2:25 pm

      Congrats..yh u first.

  2. malsamalkkomal says:
    October 2, 2019 at 12:38 pm

    Heii guys…varah dhuvas koalaafa dhw mi up koalevunee..sorry for that…heekuran mi part reethi vaane kamah..kiyaalafa comment eh koalahchy
    ..readers ah heevanee airaa ah evii kihinehen tha?
    Btw next part insha allah maadhan rey ga up koalaanan..
    Lve u all.. ?♥♥.

  3. Kairaa says:
    October 2, 2019 at 1:55 pm

    Wowwwwwww….mi part vx varah reethi….whn nxt part….❤️❤️❤️❤️❤️❤️waiting for nxt part….luv u dear

  4. malsamalkkomal says:
    October 2, 2019 at 2:27 pm

    Thanks kairaam.next part insha allah maadhan rey ga up koaladhevytho try kuraanan. Lve ya too.?❤

  5. Beautym says:
    October 2, 2019 at 2:31 pm

    Alheyyy??? haadha reeeeehcheyy mi bai vx❤… Varah wait kurevey vaahaka eh mi… Kihineh baa dhw airaa ah evii.. So curiously… Waiting for next… Konirakun aneh bai genesdhenii???

    1. Malsa Moosa says:
      October 2, 2019 at 4:46 pm

      Thanks beauytm…next part insha allah varah maadhan reyga up koaladhevythi try kuraanan.?

  6. jiji says:
    October 2, 2019 at 3:09 pm

    v v salhi mi part vx???

  7. malsamalkkomal says:
    October 2, 2019 at 4:46 pm

    Thanks jiji?

  8. Eekko 11 says:
    October 2, 2019 at 7:20 pm

    V salhi Obi ingey sis ??

  9. malsamalkkomal says:
    October 2, 2019 at 7:59 pm

    Thanks eekko 11?

  10. Meekkomee says:
    October 3, 2019 at 1:22 am

    Woww ?????? varah Varah reethi ???????? whn is next part ?? waiting for it ?????? LYSM ❤️❤️❤️❤️❤️❤️???????

    1. Malsa Moosa says:
      October 3, 2019 at 6:11 pm

      Thanks meekko. Insha allah mirey up koalevytho try kuraanan.?.lve ya.?❤.

  11. Lamko says:
    October 3, 2019 at 11:00 am

    Dear mal sis varah loabi ingey mi part vx…. Im waiting for the next part…. Luv u sis ❤️❤️❤️❤️whn next part sis…. Avahah up kohlahchey

    1. Malsa Moosa says:
      October 3, 2019 at 6:12 pm

      Thanks dear. Will try ingy avahah up koaladhevytho. Lve ya 2..?

  12. Kylie says:
    October 3, 2019 at 11:28 am

    Haadha reechey Mi part vx mal..❤️❤️❤️❤️. Luv u sis..??? I will wait for nxt part…???? Keep it up dear….????. Lysm

    1. Malsa Moosa says:
      October 3, 2019 at 6:13 pm

      Thanks kylie. Ly. ?♥❤.

  13. ShAaKkO Mi says:
    October 3, 2019 at 1:50 pm

    Nice

  14. malsamalkkomal says:
    October 3, 2019 at 6:14 pm

    Thanks dear

  15. Lamko says:
    October 4, 2019 at 9:33 am

    Dear mal sis thanx u a lottttt…. I luv u mal sis and ShAaKko Mi sis… U too r good to me and always i will be good to u too sis.. Lysm tuuuuu friends… Up kuran dhn lam hunnaanee waiting ga… Mal sis lv tuu

  16. malsamalkkomal says:
    October 5, 2019 at 3:03 pm

    Awwwn lam..thanks..Ahaha…Shaakko aa mal ves varah loabivan ingy lam dheke..dhw shaakko….lve u too lam..thanks wait kuraatheeve..insha allah varah avahah up koaladhynan..lve ya…?♥❤?..

  17. ShAaKkO Mi says:
    October 8, 2019 at 12:38 pm

    Yh.. mal sis. You both are very good friends khaaasa kon mal lam ka ky are my besties. Nufenunas vv supportive you men. I like ot.. ummm

  18. malsamalkkomal says:
    October 8, 2019 at 8:42 pm

    Awwwn.thanks shaa…nufenunas supportive eyy shaa ves..U like to..what?..bunebala..ok eyy…nd lamves mal ah varah rangalhu engy..

  19. Lamko says:
    October 10, 2019 at 8:11 am

    Owwwnn thanx shaa & malko… It means a lot ingey????

    1. malsamalkkomal says:
      October 10, 2019 at 10:39 am

      Ehehehe..Anytime dear???.mal ves varah ufaavy lam thihaa supportive veema..ly..

  20. Kairaa says:
    October 10, 2019 at 10:03 am

    Mal kn iraku up kohleveyneee nxt part…..❤️❤️❤️❤️❤️❤️❤️❤️

  21. malsamalkkomal says:
    October 10, 2019 at 10:41 am

    Kai…mal balive ulhuneema ehaa avahah up nukurevunee…ekm mihaaru rangalhu…insha allah varah avahah next part up koaladhynan.☺

Comments are closed.

Next Episodeނަމަވެސް..ތިޔަ ހަނދާނޭ ވަނީ – 3 –←


All Right Reserved!