Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާތީ 7

Sima Level 1
September 8, 2019 5 Mins Read
10 Comments

”ރައު ބަލާބަ އެއްކަލަ ޝިއުނާތަ އެ އަންނަނީ؟ އެކަމް އޭނައާއި އެކު ދެން އެހެރީ ކާކު؟ އޭނަގެ ބޯއީ ފުރެންޑް ތަ އެއީ؟” ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން އައިސް ވައިން ޝިއުނާ ފެނުމުން ޒައިނާ ރައުހާ އަށް ދައްކާލިއެވެ. ޝިއުނާ އަށް މާ ބޮޑު ބަދަލެއް އައިސް ފައި އެއް ނުވެއެވެ. ހަމަ ކުރީގެ ގޮތްގަނޑު ފެންނަން ހުއްޓެވެ.  ޒައިނާ އެހެން ބުނުމުން ދޮރަށް ފުރަގަސް ދީގެން އިން ރައުހާ ބަލައިލިއެވެ. އެވަޤުތު ޝިއުނާ އާއި އެކު ހުރި ޒުވާނާާ ފެނުމުން އޭނަގެ ހިތަަށްް ގޮތެއްވެލައިފި އެވެ.

*********************************

”އެއީ އޭނަގެ ބޭބެއެއް.” ހިތު ގައި އުތުރިގަތް އިޙްސާސްތަށް ފޮރުވާލަމުން ރައުހާ ހިނިތުން ވެލިއެވެ.

”އޯހް. ރައު އޭނަ ދަންނަންތަ ވަރަށް ރަނގަޅަށް އޭނަގެ ކަމެއް ވިއްޔާ އެނގޭވިއްޔަ ރައު އަށް.” ޒައިނާ ބޭނުންވީ ރައުހާ އަށް ޝިއުނާގެ ކަންތައްތަށް އެނގޭ ގޮތެއް އޮޅުން ފިލުވާ ލުމަށެވެ.

”އެމީހުންގެ ގެ ހުންނާނީ އަހަރެމެންގެ ގެއާ ވަަރަށް ކައިރީގަ އެހެންވީމަ އެނގޭނޭނުން.” ރައުހާ ޖަވާާބުު ދިނީ ތެދަށެވެ. ނަމަވެސް އޭނަގެ ހިތުގައި ވާ އެއްޗެއް ބުނަން ޖެހިލުން ވިއެވެ.

ދެ ރަޙްމަތްތެރިން އެެކިި ވާހަކައިގައި ތިބެ އައިސްކުރީމް ބޮއެގެން ގެއަށް ދިޔައީ އިރު އޮއްސެެންް ކައިރި ވެފައި ހުއްޓައެވެ. ދެމީހުން ދިމާވާ ދުވަހަކު ދައްކާނެ ވާހަކަ ހުންނަނީ ގިނަވެފައި އެވެ. ވަޤުތު ދާ ގޮތްވެސް ނޭނގެެއެވެ.

އިރުގެ ރަން ދޯދި ތަކުން ދުނިޔެއަށް އަލިކަން ފަތުރަމުން އުޖާލާކަން ގެނެސްދެމުން ދެއެވެ. ހިތްގައިމު ހެނދުނެކެވެ. ވަޒީފާ ގައި އުޅޭ މީހުން އެމީހުންގެ މަސައްކަތަށް ދިޔުމަށް ތައްޔާރުވަމުން ދެއެވެ. ކޮންމެ މީހަކުވެސް ބަލަނީ އެމީހެއްގެެ މަންޒިލަށް ގަޑި ނުޖެހި ދެވޭތޯ އެވެ.

”ދަރިފުޅު އާދޭ އަވަހަށް ސައިބޯން ގަޑި ޖެހިދާނެ.” ކޮޓަރިން ނުކުތް ޒައިނާ އަށް ނިހާދާ ގޮވާލީ ސައިނުބޮއެެ އޮފީހަށް ގޮސްދާނެތީ އެވެ. ދެ އަހަރު ކުުރިިންް ނިހާދާގެ އާއިލާ އެއްކޮށް ވަނީ މާލެ ބަދަލު ވެފައި އެވެ. ހަގަށް ހުރި ފިރިހެން ދަރިފުޅު ރަށުން ކިޔަވާ ނިމުމުން މާލެ ބަދަލުވީ ދެކުދިންނާއި ވަކިން ރަށުގައި ދެމަފިރިން އުޅެން ބޭނުން ނުވާތީ އެވެ.

”މަންމާ ގަޑި ޖެހެނީ ސައިބޯނީ ދެން އޮފީހަށް ގޮއްސަ. މިއަދު ޖެހޭ އަދި އަވަހަށް ދާންވެސް. ދަނީ މަންމާ.” ޒައިނާ ވާހަކަ ދެއްކީ އަވަސް އަރުވާލާފައި ނުކުމެގެން ދަމުންނެވެ.

އާދައިގެ މަތިން ޒައިނާ އޭނަގެ ސްކޫޕީ ގައި ގޮސް މަޑުކޮށްލީ އޮފީހުގެ ޕާކިން އޭރިޔާ ގައިއެވެ. ސައިކަލް ޕާކު ކުރުމަށް ފަހު އޮފީހުުގެެ ދޮރުން ވަދެގެން ދިޔަ ޒައިނާގެ މޫނުމަތީީގައި ވަނީ ތާޒާ ކަމެވެ. ކޮންމެ މީހަކާާއިި ވެސް ކުރިމަތި ލަނީ ހިތްހެޔޮ ހިނިތުން ވުމަކާއި އެކު އެވެ.

ޒައިނާ ގޮސް އޭނަ އަށް ޚާއްޞަ ކުރެވިފައިވާ  ކެބިން އަށް ވަދެ ދުވަހުގެ ތާވަލް ބަލައިލިއެވެ. ކުރަން ހުރި މަސައްކަތަަށްް ސަމާލުކަންދީ އެކަމާއި މަސްއޫލް ވިއެވެ. އޭނަ ކުރާކޮންމެ ކަމެއް ކުރަނީ ފަރުވާ ތެރިކަމާއި އެކުގައިއެވެ.

”ޒައިނާ 9:00 އަށް މީޓިންގް ހޯލްއަށް އިނގޭ” ކެބިންގެ ދޮރުގައި ޓަކި ދެމުން ބޯދިއްކޮށްލަމުން އަކުރަމް ބުނެލިއެވެ. އަކުރަމް އަކީ އާރކިޓެކްޓިންގް ޑިޕާޓްމެންޓުގައި ޒައިނާ އާއި އެކު މަސައްކަތް ކުރާ މުއައްޒަފެކެވެ. އަކުރަމް އަބަދުވެސް ޒައިނާ އަށް ޚާއްޞަ ކަމެއްދޭކަން އޭނައަށް ފާހަގަ ކުރެވެ އެވެ. ނަމަވެސް އެކަމަށް އިތުރު ހިތްވަރެއް ދޭން ބޭނުން ނުވާތީ އަޅާ ނުލަނީ އެވެ.

”އޯކޭ” ޒައިނާ ޖަވާބު ކުރެވެ. އިތުރު އެއްޗެއް ނުބުނުމުން އަކުރަމް ވެސް މަޑު ކޮށްނުލާ ދިޔައީ އެވެ. ޒައިނާ އެހެން އިނދެ އިސް އުފުލާލީ ދޮރު ލައްޕާލުމަށްފަހު އަކުރަމް ދިޔަކަން ޔަޤީން ކޮށްފައި އެވެެ. ޒައިނާ ވިސްނާލިއެވެ. ބަލައިލަން ހިތްގައިމު ގޮތެއް އަކުރަމް ގެ ހުރެއެވެ. ދިގު އިސްކޮޅަށް ފުރިހަމަ ކަމެއް ގެނެސްދެނީ ބައިމަތި ފުޅާ ހަށިގަނޑުގެ ސަބަބުންނެވެ. ހަމުގެ ކުލަ އައްޔެވެ. އޮފީހުގެ އަންހެން ކުދިން ތިބެނީ އަކުރަމް ގެ އެންމެ އިޝާރާތެއް ވެސް ލިބޭތޯ ބަލަ ބަލައެވެ. ނަމަވެސް ޒައިނާ ރައްޓެއްސަކަށް ވުރެ ގާތްކޮށް އޭނަ އާއި މެދު ދެކެން ބޭނުން ނުވެއެވެ.

މީޓިންގް އަށް ކިޔާފައިވާ ގަޑިއަށް ހުރިހާ ސްޓާފުން ވެސް މީޓިންގް ހޯލް އަށް ޙާޒިރު ވެގެން ތިއްބެވެ.

”އައްސަލާމް ޢަލައިކުމް. މިޔަދު ކުއްލި ގޮތަކަށް މި ބައްދަލު ވުން މި ބޭއްވުނީ ކޮންޕެނީ އަށް އަލަށް ޖޮއިން ކުރި މުއައްޒަފަކު ތަޢާރަފު ކޮށްދިނުމަށް. އަލަށް ޖޮއިންވަނީ މި ކޮންޕެނީގެ ޖެނެރަލް މެނޭޖަރ ގެ މަޤާމަށް އަޅުގަނޑުގެ ދަރިފުޅު ރާކިން ނިޔާޒް. ތިޔަ ހުރިހާ ބޭފުޅުންގެ ވެސް ވެރިއެއްގެ ގޮތުން އަޅުގަނޑުގެ ދަރިފުޅު މަސައްކަތް ކުރާނީ މީގެފަހުން. އަޅުގަނޑަށް ތިބޭފުޅުން ގެ ފަރާތުން މިހާރު ލިބެމުން މިދާ ޤަދަރާއި އިޙްތިރާމް އަޅުގަނޑުގެ ދަރިފުޅަށް ވެސް ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް ވެސް.” ނިޔާޒް ވާހަކަ ފެށުމަށް ފަހު އޭނަގެ ދަރިފުޅު ހުރިހާ މުއައްޒަފުންނަށް ތަޢާރަފް ކޮށްދިނެވެ.

ނިޔާޒް ވާހަކަ ދައްކަން ފެށުމުން ސަމާލުކަން ދީގެން އިން ޒައިނާގެ އަށް ދޮރުން ވަދެެެެެގެން އައިސް ނިޔާޒް ކައިރިއަށް ހުއްޓުން ރާކިން ފެނުމުން އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުން ފަދައެވެ. މިހާރު އަދި އެ  ސޫޫރަަ އިތުރަށް ފުރިހަމަ ކަމަށް ދައްކަ އެވެ. ކުޑަކޮށް ފަޅާފައި ހުރި ތުނބުޅީީގެެ ސަބަބުން ހަރުދަނާކަން އިތުރުކޮށްދޭ ފަދައެވެ. ޒައިނާގެ ހިތުގައި ފޮރުވިފައި ވީ ޖަޒުބާތު ތަށް އުތުރި އަރަން ފެށިއެވެ.

”ކިހިނެތް ވެފަ ޒައި ތީނީ ނުނިކުންނަންތަ މިތަނުން؟.” ހުރިހާ މީހުން ބައްދަލްވުން ނިންމާފައި ނުކުތް އިރުވެސް ޒައިނާާ އަށް އެކަން ނޭނގެއެވެ. އޭނަ އަމިއްލަ ޚިޔާލަށް ގެއްލިފައި އިންދާ ހަމަބިމަށްް އާދެވުނީ އޭނައާއި އެކު މަސައްކަތް ކުރާ ރައްޓެއްސަކު އޭނައާއި ވާހަކަ ދެއްކުމުންނެވެ.

” މިދަނީ ހުރިހާ މީހުން ދިޔައީ ދޯ. ޔާނާ ކީއްވެ ނުގޮސް ތިހުރީ؟.” ޒައިނާ ހަމަޖެހިލަމުން ޖަވާބުދިނެވެ.

”ޒައި އާއެކު ކެންޓީނަށް ދާންް ކަމަށް މަޑުކުރީ ބަޓް ޒައި ތީނީ އެހެން ދުނިޔެއެއްގަ ވިއްޔަ. އެންމެފަހުން ނުކުންނަން ނޫޅުނީމަ މި ގޮވީ އެކަމް އަޑު އިވުނީވެސް ދެފަހަރު ގޮވިފަހުން.” ޔާނާ ވީގޮތް ބުނުމުން ޒައިނާ ހިނިތުން ވެލަމުން ހިނގައިގަތީ ޔާނާ އާއި އެކު ކެންޓީނަށެވެެ.

ކެންޓީނުގައި އިންއިރު އޮފީހުގައި މަސައްކަތް ކުރާ ކުދިން ރާކިންގެ ރީތި ކަމުގެ ވާހަކަ ދައްކާ އަޑު އިވުމުން ޒައިނާ އިނީ އެކަމުން އުނދަގޫ ވެފައިއެވެ. އެހެންވެ އަވަސް ކޮށްލައިގެން އަވަހަށް ކެބިންއަށް ދިޔައީއެވެ. އޮފީސް ނިމިގެން ގެއަށް ދާާާާންް ޖެހުނީ އެދުވަހު އިތުރަށް އޭނަ ހިތްއެދޭ ސޫރަ ނުފެނިއެވެ. މާޔޫސް ވީ އޭނަ ކުރިމަތީ އިން އިރު ރާކިން އޭނަ އާއި ދިމާއަށް ބަލައިވެސް ނުލުމުންނެވެ.

*******************************

”ދަރިފުޅު އޮފީސްް ފުރަތަމަ ދުވަސް ކިހިނެތް ދިޔައީ؟ ދަރިފުޅު ހިތްހަމަ ޖެހޭތަ ވަޒީފާއާއި މެދު.” އަޒްރާ ރާކިންއާއި ސުވާލު ކުރީ އެރޭ ކާން އިނދެފައި އެވެ.

”ރަނގަޅު މަންމާ. މަންމަ އަށް އެނގޭތަ އަކޫވެސް އުޅެނީ ބައްޕަގެ އޮފީހުގަ ކަން.؟” ރާކިން އިނީ އޮފީހުގައި އޭނަގެ މަޤާމާއި މެދު ހިތްހަމަ ޖެހިފައި އެވެ.

”އެއްކަލަ އަކުރަމްތަ؟ މަންމަ އަށް ކިހިނެތް އެނގޭނީ. އަކުރަމް ވެސް ކިޔަވަން ދިޔައީ ދަރިފުޅާއި އެކީ ދޯ. މިހާރުު ނިންމާފަ އައިސް ވަޒީފާގަ އެއުޅެނީ. ރަނގަޅުތާދެން ދަރިފުޅުގެ ގާތް އެކުވެރިއެއް ހުނަނާނެނުން އޮފީހުގައިވެސް އަބަދު ކައިރީގަ.” އަކުރަމް އާއި ރާކިން އަކީ ސުކޫލް ދައުރުން ސުރެ އެއްކޮށް އުޅުން ދެ އެކުވެރިން ނެވެ. ވަރަށް ގިނައިން  ރާކިން އާއި އެކު އެގެއަށް ވެސް އަކުރަމް އައިސް އުޅުނެވެ.

*********************************

ރޭގަނޑު ދަންވަރުގެ ހަމަހިމޭން ވަޤުތެވެ. ގިނަމީހުން އަރާމު ތަންނަތި ތަކުގައި ނިދީގެ ފޮނިމީރުކަން ލިބިގަންނަނީީއެެެވެެ. ނަމަވެސް ނިދަން އުޅެވެސް ޒައިނާ އަށް ނުނިދިފައި އޮތީއެވެ. ފަސް އަހަރު ފަހުން އެސޫރަ ފެނުމުން ހިތުގައި ފޮރުވާފައިވާ އިޙްސާސްތަށް ހޭލީއެވެ. ދެންް ދިމާވާނެ ކަމުގެ އުއްމީދުު ގެއްލިފައި ވަނިކޮށް އެ ފެނުނީ ދާދި ގާތުންނެވެ. އަލުން ގެއްލިގެން ދިއުމުގެ ކުރިން މިފަހަރު ލިބުން ފުރުސަތުގެެ ބޭނުން ހިފަން ބޭނުންވަނީ އެވެ. އެކަމަކު އެކަން ކުރާނެ ގޮތެއް ވިސްނުމަށްވެސް ނައެވެ. އެކި ޙިޔާލުތަކުގައި އޮތް ޒައިނާއަށް ނިދުނީ ވަރަށް ލަސްވި ފަހުންނެވެ.

ހެނދުނު ލަހުން ހޭލެވުން ޒައިނާ އަވަސް އަރުވާލާފައި ތައްޔާރުވީ ގަޑި ނުޖެހި އޮފީހަށް ދާން ބޭނުން ވެފައި ހުރިވަރުންނެވެ. އޭނަ އޮފީހަށް ނުކުންނަން ފެށީއްސުރެ އެއްދުހުވެސް ގަޑި ޖެހިފައި ނުވެއެވެ. ސައިބޮއެެެެެގެެންް ދިއުމަށް ނިހާދާ އެދުން ނަމަވެސް ގަޑި ޖެހިިދާާނެެތީީ ސައިބޯންވެސް މަޑު ނުކޮށް ދިޔައީ އެވެ.

އޮފީހަަށްް ވަންނަން އިން ބިއްލޫރި ދޮރު ބާރަށް ހުޅުވާލަމުން ބާރުބާރަށް ވަދެގެން ދިޔަ އަންހެން ކުއްޖާ ފެނުމުން ރާކިން ބަލަންހުރީ ކޮންމެސް ތާކުން ފެނިފައި ވާ ދަންނަ މޫނަކާ ވައްތަރު ވުމުން ނެވެ. ޢަރަބި މޮޑެލް އެއް ފަދަ އެ އަންހެން ކުއްޖާ ލާފައި ވަނީ ފައިގެ ކަށިމަށްޗަށް ވުރެ ތިރިޔަށް ހުރި ދިގު ޖެކެޓެކެވެ. ޖެކެޓް ގެ މެދުން ފަޅާފައި ހުރިދިމާއިން ކުދި މާތަކެއް ޖަހާފައިވާ ހެދުމެއް ފެންނަން ހުއްޓެވެ. މެރޫން ކުލައިގެ ޝޯލް އެއް އަޅާފައި ވާއިރު ދޮންދޮން މޫނާއި ނުހަނު ގުޅެއެވެ. ރާކިން އަށް އެ އަންހެންކުއްޖާ ފެނިފައިވަނީ ކޮންތާކުން ކަމެއް ހަނދާނަށް ނައެވެ. ނަމަވެސް އެކުއްޖާ ފެނުމުން ނޭނގޭ ގޮތްތަކެެއްް ހިތައް ވެލައިފިއެވެ. އިރުކޮޅަކު އެހެން ހުރެފައި ދެފަރާތަށް ބޯހަލުވާލަމުން ރާކިން ހިނގައިގަތީ އޭނަގެެ ކެބިންއަށެވެ.

ކޮމްޕެނީގެ ފަރާތުން އަލަށް ފަށާ ޕުރޮޖެކްޓު ނިޔާޒް ހަވާލު ކުރީ ރާކިން އާއިއެވެ. އެޕުރޮޖެކްޓް ގެ ޑިޒައިން ކަންތަށް ނިންމުމަށް އާކިޓެކްޓިންގް ޑިޕާޓުމެންޓުުގެެ ސްޓާފުންނާއި ބައްދަލު ކުރަން މީޓިންގް ހޯލް ގައި ރާކިން އިނެވެ. އަލަށް ބަންނަ ސަފާރީ ގެ ޑިޒައިން ތަށް ގެންދާނެގޮތް ރާކިން ދިޔައީ ކިޔައިދެމުން ނެވެ. އަކުރަމް އާއި ޒައިނާ އެވާހަކަ އަށް ސަމާލުކަމެއް ދީގެން ތިއްބެވެ. ކުރިއަށް ގެންދަންވީ ގޮތާާއިި ބެހޭ މަޝްވަރާ ތަކަށް ފަހު ބައްދަލު ވުން ނިންމާލިއެވެ.

”އެސްކިއުޒް. ކޮންނަމެއް ކިޔަނީ؟.” ބައްދަލް ވުން ނިމުމުން ނުކުންނަން ހިނގައިގަތް ޒައިނާ އަށް ރާކިން ގޮވާލިއެވެ.

”ޒައިނާ.” ޒައިނާ އޭނަގެ ނަން ބުނެލިއެވެ. ހިތުގެ ތެޅުން އަވަސްވީ ރާކިން އޭނައާއި ވާހަކަ ދެއްކުމުން ނެވެ. ހަމަ ޖެހިލަމުން ހިނިތުން ވެލިއެވެ.

”ޒައިނާ މްމްމް. ހަނދާން ވެއްޖެ ކޮލެޖް އިން ދިމާވި ދޯ. ކިހިނެތްތަ ކަންތައްތަށް. ހާދަ ދުވަހެއް ފަހުންނޭ މި ދިމާވީ ދޯ.” ރާކިން ވާހަކަ ދެއްކީ ގަޔާވެގެން ހުރެއެވެ. މި އަންހެން ކުއްޖާ އާއި ވާހަކަ ދެއްކުމުން ހިތްހަމަ ޖެހެއެވެ. ވަރަށް ގާތް ގުޅުމެއް އެ ނުދަންނަ ކުއްޖާ އާއި ވާހެން ހީވަނީ އެވެ. އެކަމަކު އެހެން ވާންވީ ކީއްވެ ހެއްޔެވެ؟

”ހަމަ ރަނގަޅު. ޒައި ހީކުރީ ކެެންް ހަނދާންވެސް ނެތީކަމަށް މިހާރު.” ޒައިނާ ހިތް ހީވަނީފުންމައިގެން ނުކުމެ ދާނެހެން ނެވެ. ހިތް އެދޭ ފަރާތާއި ގާތުގައި ހުރެ ވާހަކަ ދައްކާ ލެވުމުން ހިތް އަވަސް ވަނީ އެވެ.

”ކެން. ކީއްވެ އެހެން ތިބުނީ؟ އެއީ އަހަންނަށް ވަރަށް ޙާއްޞަ ފަރާތަކުން ކިޔާ ނަމެއް އިތުރު އެއްވެސް މީހަކު އެނަމުން އަހަންނާ މުހާޠަބު ކުރުމަކީ އަހަރެން ހިތްހަމަ ޖެހޭކަމެއް ނޫން.” ރާކިން އަށް އޭނަ ހިތުގައި ފޮރުވާފައި ވާ ހަނދާންތަށް އާވިއެވެ.

”ސޮރީ ސަރ” ޒައިނާ މަޢާފަށްއެދުނެވެ. ނަމަވެސްް އިތުރު އެއްވެސް އެއްޗެއް ނުބުނިތާ އޭނައާއި ދިމާއަށް ބަލައިވެސް ނުލާ ރާކިން ދިޔައީ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sima

Level 1

Other Articles

Previous

އެންމެ ފަހު ނަސޭހަތް

Next

ވީރާނާވެފައިވީ ޙަޔާތް މަގޭ 12

Next
September 8, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 12

Previews
September 8, 2019

އެންމެ ފަހު ނަސޭހަތް

10 Comments!

  1. I.S.H.A.A says:
    September 8, 2019 at 2:53 am

    Me firet nice ingey

  2. drax says:
    September 8, 2019 at 4:00 am

    Nice mi part ves
    Waiting for next part
    Keep it up

  3. Xaara says:
    September 8, 2019 at 9:09 am

    V v reethi mi vhk vex❤️?.. ????Masha Allah.. Waiting for next part

  4. ? says:
    September 8, 2019 at 11:41 am

    masha allah vrh reethi..avahah aneh part up kohdhehchey…

  5. F@ih@ says:
    September 8, 2019 at 12:23 pm

    V nice story eh

  6. Makku says:
    September 8, 2019 at 6:13 pm

    Masha allah. Varah rythi??

  7. Sima says:
    September 9, 2019 at 4:55 pm

    Thanks all. Sorry comment thakah reply nukurevi dhaathiy.??

  8. ❤️shyn❤️ says:
    September 10, 2019 at 7:49 am

    V. Reethi ❤️❤️

  9. Jasmine says:
    September 10, 2019 at 8:34 pm

    Masha allah varah furihama.
    Waiting for next part❤❤❤❤???????

  10. Bts.suga says:
    November 27, 2019 at 11:51 pm

    Varah reethi
    Alhuganda dhivehi vaahaka liyan faritha nama dho dhen XD

Comments are closed.

Next Episodeލޯބިވާތީ 8←


All Right Reserved!