އައިނާ 3 (ތިންވަނަބައި)
ނޫ އުޑުގައި އެއްމެ ވިލާ ރޮއްޖެއްވެސް ނެތްއިރު އެބޮޑު ކަނޑުގައި ހީވަނީ ތަރަފާލު އަޅާފައިވާ ހެންނެވެ. އިރު، ރޭގަނޑުގެ ފިނިކަމަށް ހޫނުކަން ގަދަކުރަމުންދާ ވަގުތަކީ ސްކޫލަށް ކުދިންތައް ކިޔަވަންދާ ވަގުތެވެ. އައިނާ ކުލާހުގެ އެއްކަނުގައި ހުރި ދެމޭޒުން ކުރެ އެއްމޭޒުގައި ކައިރީގައި ހުރި ކުޑަދޮރުން ބޭރުބަލަން ހުއްޓެވެ.
**********
ކުއްލިއަކަށް ސިއްސައިގެން ދިޔައީ މޭޒުމައްޗައް ފޮތެއް ވެއްޓުނު އަޑަށެވެ. އެއީ ހަލާކުވެ ވަރަށް ބާވެ ހަޑިވެފައި އޮތް ފޮތެކެވެ. އައިނާ ހިތާއި ދިމާލު އަތް އަޅައިގެންހުރެ ވަށައިގެން ހޯދާލިއިރު ކުލާހުގެ ދެފިރިހިން ކުއްޖަކު މަލާމާތުގެ ރާގަށް ހެނީއެވެ. މިތަން ފެނުނީ ކުލާހަށް ވަދެގެން އައި އަޝްހާ އަށެވެ. ބަލާކަށްނުހުރެ އެދެކުދިންގެ ކުރިމައްޗައް އަރައި އުނަގަނޑުގައި ދެއަތް ވިއްދައިގެން ދެބުމަ ގޮށްޖަހައިގެން ހުއްޓެވެ. “އޭތް!!!! ކިހިނެތް ވެގެން ތިއުޅެނީ… ދިމާކުރިއަސް ތަންފުކެއް ބޮޑު ވަރެއްނުތީ… އޭނ.. ކުއްޖަކު ސަމާސާ އަކަށް އެއްޗެކޭ ބުނެފާނެ.. އެކަމަކު ތިމީހުން ތިތިބީ ހައްދުން ނައްޓާފައި..” ރުޅި ކޮންޓްރޯލް ކުރުމުގެ ގޮތުން ފުންނޭވައެއް ލާފައި އަޝްހާ ބުނަން ބޭނުންވާ ތަކެތި ބުނެފައި ގޮސް އައިނާ ކައިރީގައި އިށީނދެލިއެވެ. “އަޝޫ! ކީއްވެ ތިހެން ތިހެދީ؟ އެކުދިން ދެރަވާނެއެއްނު.” އައިނާ މަޑު މައިތިރިކޮށް ވާހަކަ ދެއްކިއަސް އަޑުގައި ނުރުހުމުގެ އަސަރު ހުރިކަން އެނގެއެވެ. “އައިނާއަދިވެސް ތިބަލަނީ އެހެން މީހުން ދެރަވޭތޯ ނުވަތަ ނޫންތޯ؟؟ އެއްމެ ފަހަރަކު ވެސް އަމިއްލަ މީހާ އެކުދިން ދިމާ ކުރާތީ އަމިއްލަ ދިފާޢުގައި ތެދުވިންތަ؟ އެކުދިން އެގޮތަށް ކަންތައް ކުރީމައި ދެރަވެގެން ރޮއެރޮއެ ދުޅަވެފަހުރި ތިދެލޯ އަހަރެން ދުށިން….” އަޝްހާގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ކުލާހަށް ވަދެގެން އައި ޓިޗަރު ފެނުނީމައިއެވެ. އެހެން ނޫންނަމަ އިރު އޮއްސޭއިރުވެސް އައިނާއަށް ނަސޭހަތްދީ ނުނިމޭނެކަން ކަށަވަރެވެ.
ގަޑިއަކަށްފަހު ގަޑިއެއް ނިމިގެންދެއެވެ. އެއްމެ ފަހުގަޑި އަކީ ޤުރުއާން ގަޑިއެވެ. ތީޗަރެއް އާދޭތޯ ފަސްވަރަކަށް މިނިޓް ފާއިތުވެގެން ދިޔައެވެ. ކުދިންތައް ތިބީ ވާހަކައިގައެވެ. ގުރޫޕު ގުރޫޕަށެވެ. މީގެއިން އެއް ގުރޫޕަކީ އަޝްހާ އާއި އައިނާ އެވެ. ވާހަކަދެކެވެމުން ދިޔައީ ތަފާތު މަޢުލޫއަކަށެވެ. “އަޅެ އަހަރެން ހިތައްއަރާ އައިނާތީ އަހަރެންގެ ވަރަށް ވަރަށް ކްލޯސް މީހެކޭ..” ހުވަފެނީ ގޮތަކަށް މިހެން ބުނެ ނިމުނުތަނާ އައިނާ ހީގަތް އަޑު އިވުނީމައި އަޝްހާ ތުންކޮޅު އޫކޮށްލިއެވެ. “އަޅެ.. ހަމަ އަސްލަށޭ..” “އޯކޭ އޯކޭ.. ބަޓް ވީއާ ކްލޯސް ފްރެންޑް ރައިޓް.” އައިނާ މިހެން ކިޔާފައި “އަޝޫ” އޭ ކިޔައި ކުޑަކޮށް ބައްދާލިއެވެ.
މިތަން ފެނުނީ….
_ ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




Vvv reethi ingey. Keep it up. But next part thankolheh dhikukollahchey..
ޝުކުރިއްޔާ
Thedheh
Masha allah! Mi part vess varah reethi
thnx arshan
Mi part vess varah reethi…..whn is next part???:)
thnx meekkomee nxt prt pending ga
here is 3rd prt of the AINA stry.. hope u all will love this prt too
Vrh reethi. Ma Shaa Allah. Keep it up. Next oart thankolheh dhigu kollahchey…
ޝުކުރިއްޔާ
Natasha Allah
hehe *maasha allah anyways thnx