Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 8

Emm Level 3100 Comments10 Stories100 Login
September 5, 2019 One Min Read
24 Comments

އަޒާން އެ ދިޔަ ބާރުމިނުގައި ގޮސް ރައުލްގެ ސްވިމިން ސޫޓްގެ ކަރުވަޅުގައި ހިފާ ބާރުކޮށްލުމަށް އޭނާގެ އަތުގެ ހަމަލާއެއް ރައުލްގެ މޫނަށް އަމާޒުކޮށްލިއެވެ. ރައުލްއަށް ހުރެވުނީ ވާނުވާ ގައެވެ. އަޒާންގެ އަތުގެ ދެވަނަ ހަމަލާ ރައުލްގެ މޫނަށް އަމާޒުވުމާއެކު ބޮކި ޖަހާފައި ނޭފަތުން ލޭތައް ފައިބައިގަތެވެ. ރައުލްއަށް ނޭފަތުގައި އަތް ޖައްސާލެވުނެވެ. އަޒާން ތިންވަނަ ހަމަލާއެއް ރައުލްގެ މޫނަށް އަމާޒުކޮށްލުމާއެކު ރައުލް އެއިން ރެކި ގަތީ ހުށިޔާރު ކަމާއެކުގައެވެ. އަދި އަޒާންގެ މޭގައި އަޅާ ދުރަށް ކޮއްޕާލިއެވެ. އަޒާން ހަށިގަނޑު ބެލެންސްކޮށްލުމަށްފަހު އަނެއްކާވެސް ހިފީ ރައުލް ލައިގެން ހުރި ސްވިމިން ސޫޓްގެ ކަރުގައެވެ. ” ކޮބާ މަލްޝާ؟! ކޮބާހޭ މަލްޝާ؟! އޭނނ… މަށަށް އިނގެޔޭ ކަލޭ މަލްޝާއަށް ކޮންމެސް ގޮތެއް ހަދައިފިކަން… މިތާ ހޭކިފަ މިހުރި ލޭ އެކަމަށް ހެކި ދޭނެ… ކަލޭ މަށަށް ޖަވާބެއް ދީބަލަ… އޭތް… ” އަޒާން ހީވަނީ ރުޅިއައިސްގެން ގޮސް ފަޅައިގެން ގޮސްދާނެ ހެންނެވެ. ހެދޭ ނުހެދޭ ނޭނގޭ ވަރަށް އޭނާގެ ރުޅިގަނޑު ކެކި އަރައިގަތެވެ. ރައުލް އަޒާންގެ ބަނޑުގައި ފައިން ޖަހާ ބުރުވާލިއެވެ. އަޒާން އެ ދިޔަ ބާރުމިނުގައި ގޮސް ބިންމައްޗަށް ވެއްޓުމާއެކު ތެދުވާނެ ހިތްވަރު ނެތިފައި އޮއްވާ ރައުލް ވަގުތުގެ ބޭނުން ހިފާ އަނެއްކާވެސް އަޒާންގެ ގައިގައި ތަޅައިގަތެވެ. މާހައުލުގައި ގުގުމައިގެން ދިޔައީ އަޒާންގެ ހަޅޭކުގެ އަޑެވެ.

” އަޒާން! އަޒާން… ” ރައުލް ދިން ހަމަލާތަކަށް ކެތްނުކުރެވި ތަދު އިހްސާސްކުރާނެ ގާބިލުކަން ނެތެމުން ދިއުމާއެކު އަޒާންގެ ދެލޯ މެރެމުން ދިޔަ ސިކުންތުގައި ފަނޑުކޮށް ނަމަވެސް މަލްޝާ ގޮވާލި އަޑު އިވުނު ހެން ހީވިއެވެ.

  • * * * * * * * * * * * * *

ދުވެ ދުވެ ހުރި މަލްޝާގެ ފައި މޫގަނޑެއްގައި އަޅައިގެންފައި މަލްޝާ ވެއްޓުނީ އަނގަ ވަތަށެވެ. ޖެހުނު ގޮތަކުން ތެދުވަންވެސް ނުކެރިފައި އިރުކޮޅަކު އެހެން އޮތެެވެ. މީހެއްގެ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުނީ އެވަގުތު އެވެ. އެ އަޑުގައިވީ ބަރުކަމަކުން އެއީ ފިރިހެނެއްގެ އަޑުކަން ޔަގީންވެއެވެ. މަލްޝާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ވިސްނާލުމެއް ނެތި މަލްޝާ ތެދުވެ އެ އަޑަށް ސަމާލުވިއެވެ. އެ އަޑު އަންނަ ދިމާ ޔަގީން ކުރެވުނު އިރު މަލްޝާގެ ހިތުގެ ތެޅުން ބާރުވެ ހިތް ބިރުގަނެފައިވިއެވެ. އެ އަޑު އަންނަނީ އޭނަޔާ ރައުލް ކުރިން ތިބި ދިމާލުންނެވެ. ރައުލްއަށް ކަމެއް ވީ އޭ ހިތާ މަލްޝާ ދެފައިގައި ހުރި ބާރެއްލާފައި އެ ދިމާލަށް ދުއްވައިގަތެވެ.

އެ ހިސާބަށް ދެވުނު އިރު ކުރިމަތީގައި ތަމްސީލުވަމުން ދިޔަ މަންޒަރު ފެނި ހަށިގަނޑަށް ލިބުނީ ކުއްލި ޝޮކެކެވެ. ހުއްޓިފައި އިރުކޮޅަކު ހުރެވުނީ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލުމުންނެވެ. ހޭވެރިކަން އައުމާއެކު އަނގަމަތީގައި އަތް އަޅާލެވުނީ ރައުލްގެ ރަހުމްކުޑަކަން ލޯ ކުރިމައްޗަށް ކަޝްފުވުމުންނެވެ. ކަރުނަތައް ކޯތާފަތްމައްޗަށް ބަންޑުންވިއިރު ދެ ތުންފަތް ފޫއަޅުވާލާފައި ވައި އަޑުން ނިކުތީ އަޒާންގެ ނަމެވެ. ދުވެފައި ގޮސް އަޒާންގެ ކައިރީގައި އިށީނދެލުމަށްފަހު އަޒާންގެ ބޯ ނަގާ މަލްޝާގެ އުނގުމަތީގައި ބާއްވާލިއެވެ. އަޒާންގެ އަތުގައި ހިފާ ތަޅުވައިގަނެވުނީ ހިތަށް ކުރި ފުން އަސަރަކުންނެވެ. އަޒާންގެ ވަށައިގެން މުޅި ބިންގަނޑު ވަނީ ލެއިން ކަޅިވެފައެވެ. ކުއްލިއަކަށް މަލްޝާއަށް ކޮޅަށް ތެދުވެވުނީ ރުޅިވެރިކަން މުޅި ހަށިގަނޑު ހިޞޯރުކޮށްލުމުންނެވެ. ދުން ޖަހާފައި ރައުލްއާ ދިމާލަށް ދިޔައިރު މަލްޝާއަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ކަހަލައެވެ.

” ކަލެއަށް އަދިވެސް ކުރެވުނު ވަރު ކުޑަވެގެންތަ ތިއުޅެނީ… ދުވާލަކު މީހެއްގެ ފުރާނަ ދުއްވައިނުލިޔަސް ތީ ރަހުމްކުޑަ އިންސާނިއްޔަތުކަން ނެތް މީހެއްކަން ނޭނގި ގެނެއް ނޫޅެމޭ… ” މަލްޝާ ރައުލްއާ ތަންކޮޅެއް ދުރުގައި ހުއްޓިލުމަށްފަހު ހަޅޭއްލަވައިގަތެވެ. ރައުލްގެ ގައިގައި ތަޅައިގަނެގެން ރައުލްއާ އެއް ފެންވަރަކަށް ވެއްޓި ގަންނާކަށް މަލްޝާ ބޭނުމެއް ނުވިއެވެ. ތަންކޮޅެއް ދުރުގައި ހުއްޓުނީ އެހެންވެއެވެ.

ރައުލް ހުރި ތަނުން ގުޑައިވެސް ނުލިއެވެ. އެހުރި ގޮތަށް ހުރީއެވެ. އޭނާ ލައިގެން ހުރި ހުދު ސްވިމިން ސޫޓްގައިވެސް ލޭ ހޭކިފައި ހުއްޓެވެ. ރައުލްއާ ވާޙަކަ ދެއްކުމަށް ވުރެ އަޒާންއަށް ފަރުވާއެއް ދިނުން މާ ބުއްދިވެރި ވާނެކަން ވިސްނުމުން މަލްޝާ ރައުލްއާ ދިމާލަށް ކަޅި އަޅައިގަނެފައި އެނބުރި އަޒާންގެ ކައިރިއަސް މިސްރާބު ޖެހިއެވެ. އަޒާން އޮތް ހާލު ފެނުމާއެކު އަނެއްކާވެސް މަލްޝާގެ ދެލޯ ފުރުނީ ކަރުނައިންނެވެ.

  • * * * * * * * * * * * *

އެސްފިޔަތައް ތަޅުވާލުމަށްފަހު މަޑުމަޑުން އަޒާންއަށް ލޯ ހުޅުވާލެވުނުއިރު ކައިރީގައި އިން މަލްޝާ ފެނުމާއެކު ތުންފަތަށް ވެރިވީ މާނަ ފުން ހިނިތުންވުމެކެވެ. މަލްޝާ ފެނުމާއެކު ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން އެކީ ނެތިގެން ދިޔަހެން ހީވިއެވެ. ހިތަށް ލިބިގެން ދިޔައީ ބުނެދޭން ދަތި ހިތްހަމަ ޖެހުމެކެވެ. މަލްޝާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފިރުކިލާފައި ގޮސް ވެއްޓުނީ އަޒާންގެ ކޯތާފަތްމައްޗަށެވެ. ” މަލްޝާ؟! ” އަޒާންގެ އަޑުގައިވީ ކަންބޮޑުވުމެވެ. ނަމަވެސް މަލްޝާ ޖަވާބެއް ނުދިނެވެ. އެއިން ގޮތަށް އިނީއެވެ. “މަލްޝާ؟! ” އަޒާން މަސައްކަތް ކުރީ ތެދުވެވޭތޯއެވެ. މަލްޝާއަށް ވެފައި އިން ގޮތެއް ނޭނގެނީސް އެ ހިތަށް ހިތްހަމަ ޖެހުމެއް ލިބުމެއް ނެތެވެ. ” އައިމް ސޮރީ އަޒާން… އައިމް ރިއެލީ ސޮރީ… ” ކުރެހިފައިވީ އަޑަކުން މަލްޝާ ބުނެލިއިރު ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ” އައިމް ފައިން… އިޓްސް ނޮޓް ޔުއަރ ފޯލްޓް… ” އަޒާންގެ ހިތުގައި އުފާވެރި ރާގެއް ކުޅެވިގެން ދިޔައީ މަލްޝާ ދެރަވަނީ އޭނައަށް އެހެންވުމުން ހެން ހީވުމުންނެވެ. ދުޅަވެ ރަތްވެފައިވާ މޫނުމަތިން އެ އުފާވެރި ކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އަޒާން އޭނަގެ އަތް މަޑުމަޑުން ހިއްލާލުމަށްފަހު މަލްޝާގެ ލޮލުގައި ހުރި ކަރުނަތައް ފުހެދިނެވެ. ” އައިމް ފައިން އޭ ބުންޏަސް އަހަންނަށް އިނގޭ އަޒާން ރަނގަޅު ނޫން ކަން… ހުރިހާ ކަމެއްވެސް މިވީ ހަމަ އަހަންނާ ހެދި… ” އަނެއްކާވެސް މަލްޝާގެ ދެލޯ ފުރުނީ ތާޒާ ކަރުނައިންނެވެ. އަޒާން ދެ ފަރާތަށް ބޯ ހޫރާލީ ނުރޯށޭ ބުނުމުގެ ގޮތުންނެވެ.

” ސާބަސް މި ލިބުނު ވަގުތުކޮޅުވެސް މާ ފޮޅުވުން ނޫން ކަމެއް ކުރާކަށް ނޭނގުނު ދޯ… ދެންމެ ރައުލްއާ އެއްކޮށް ވަލުތެރޭގަ… ގޮސް ނޭނގެ ކީތްކަމެއް ވެސް ކުރީ… މިހާރު އަޒާން… ޕިސް ޕިސް… ގޯހެއް ނޫން… އަޅެ އެހެންޏަ… ބަޑިން އުޅޭނީ އެހެންނެއްނު ދޯ… ރެއަކު މީހަކު ރެއަކު މީހަކު… ” ޒޭބާގެ އަތުގައި އޮތް ފެން ފުޅި ބިންމައްޗަށް ޖަހާފައި ދިޔައިރު އެ މޫނުމަތީގައިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ޒޭބާ ދިޔަ ދިމާލަށް ބަލަހައްޓައިގެން މަލްޝާ އިން އިރު ފެންކަޅިވަމުން ދިޔަ ދެލޮލުން އެމަންޒަރު ފެންނަމުން ދިޔައީ ފުސްކޮށެވެ. ރައުލްއާ އޭނަޔާ ދެމެދު މިއަދު ހިނގި ކަންތައް ހިތުތެރޭގައި އެނބުރެމުން ދިޔައިރު އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ވަރުން ދުނިޔެ މަތިން ފޫހިވެއްޖެއެވެ. އޭނާގެ ސަބަބުން އޭނާގެ މައިންބަފައިންގެ ފަސްބައިގައި ލައްވާލެވުނު ލަށްގަނޑު ދުވަހަކު ނުފިލާނެއެވެ. މިއަދު މިކަން މިހެން ސިއްރު ކުރެވުނަސް މާދަމާ އެންމެންނަށް އެކަން އިނގި މަލާމާތުގެ އިނގިލިތައް ދިއްކުރާނެކަން މަލްޝާއަށް އިނގެއެވެ. ދުނިޔެއަށް ގިނަވެ ބާކީވެގެން ދާނެކަން ޔަގީންވެއެވެ. އަޅާލާނެ ޔާރެއް އިޔާރެއް އެ ދުވަހަކުން ނުވާނެއެވެ. އެކަނިވެރިކަމުގައި ރުއިން ނޫން ގޮތެއް ނޯންނާނެއެވެ. ނަމަވެސް މިކަމުގައި ހަމައެކަނި މަލްޝާ ކުށްވެރި ކުރުމަކީ ކިހާ ނާއިންސާފުވެރި ގޮތެއް ހެއްޔޭ މަލްޝާ ހިތަށް އެރިއެވެ. މަލްޝާ އެކޭ އެއް ވަރަށް މިކަމުގައި ރައުލްވެސް ބައިވެރިވިއެވެ. ނަމަވެސް އެދުވަހުންވެސް ނަން ވާނީ މަލްޝާ އެކަންޏެވެ. ހުރިހާ ތުރާލަކާ ވޭނެއްވެސް އުފުލަން ޖެހޭނީ މަލްޝާއަށެވެ. މީ ކިހާ ހެއްވާ އުސޫލެއް ހެއްޔެވެ؟ ފިރިހެނުންނާ އަންހެނުން އެހާ ތަފާތު ކުރުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ކުށެއް ކޮށްފިއްޔާ ފިރިހެނަކަސް އަންހެނަކަސް ވާނީ އެއްވަރެއް ނޫން ހެއްޔެވެ؟ މަލްޝާއަށް ކުރެވުނީ ކުށެއް ކަމުގައި މަލްޝާ ގަބޫލުކުރެއެވެ. ނަމަވެސް… މިފަދަ ޚިޔާލުތަކެއްގެ ތެރޭގައި ބަނދެވެމުން ދިޔަ މަލްޝާގެ  ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ވުރެ ހިތުގައި އަޅަމުން ދިޔަ ވޭން ބޮޑެވެ.

” މަލްޝާ… ” އަޒާން މަލްޝާއަށް ދެ ފަހަރަކު ގޮވާލި ނަމަވެސް އަޑެއް ނީވުނެވެ. މަލްޝާއަށް ހޭވެރިކަންވީ އަޒާން އޭނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތުމުންނެވެ. ” އާނނ… ކީކޭ؟ ” މަލްޝާއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. ” މަލްޝާއަށް ގޮވާތާ… ” އަޒާން ޖުމްލަ މެދުގަނޑާލީ ރައުލް މަލްޝާއަށް ގޮވާލި އަޑު އިވުމުންނެވެ. ދެބުމަ ގޮށްޖެހިގެން ދިޔައިރު ދެއަތް މުށްކެވިފައި ވެއެވެ.

ދެލޯ މަރާލައިގެން އޮތް އަޒާންއަށް ބަލާލުމަށްފަހު މަލްޝާ ތެދުވެގެން އަޒާންއާ ދިމާލަށް ދިޔައިރު ހިތުގެ ތެޅުން ބާރުވެފައި ވެއެވެ. އޭނާވެސް ހުރީ ރައުލްއާ ވާހަކަ ދައްކަން ބޭނުންވެފައެވެ. ” މިރޭ ދިމާ ވެވިދާނެ ތަ؟ ވީ ނީޑް ޓު ޓޯކް… ” މަލްޝާއާ ހަތަރުކަޅި ހަމަކޮސްލަމުން ރައުލް ބުނެލިއިރު އެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. މަލްޝާ އެއްބަސްވުމުން ރައުލް އިތުރު ވާހަކައެއް ނުދައްކާ އެނބުރި ދިޔައީއެވެ. އަޒާން ދައްކަން އެއުޅެނީ ކޮން ވާޙަކައެއް ބާ އޭ ހިތަށް އަރާ ހާލު މަލްޝާވެސް އެނބުރިލީ އަޒާންގެ ކައިރިއަށް ދިއުމަށެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

ލޯބިވާތީ 6

Next

ހުވަފެނީ ދުނިޔެ

Next
September 6, 2019

ހުވަފެނީ ދުނިޔެ

Previews
September 5, 2019

ލޯބިވާތީ 6

24 Comments!

  1. Sidu says:
    September 5, 2019 at 1:47 am

    Kuda ko hama nujehee aekamu varah reethi.

    1. Emm says:
      September 5, 2019 at 5:23 am

      Thanks dear… ??? Hama nujehey than than kolhu vx bunela dhehvun edhen… ☺️? Luv yuh!?????????????????????????????♥️♥️♥️♥️♥️

  2. thuhtha says:
    September 5, 2019 at 8:14 am

    liyefa hunna gothun v undhagoo kiyan.. bt stry hama vv obi…

    1. Emm says:
      September 5, 2019 at 8:31 am

      sorry dear… ? aslu esfiya sitega liyaa iru ekani mihen vany… rangalhu kuriyas up kuraa iru jumla dhebai vefa hunnany… i apologize for the inconvenience caused… ? n thanks for the sweet comment… ??? luv yuh! ???

    2. FLOWER says:
      September 5, 2019 at 8:58 am

      eem dear.. aslu egothah vany english font ga baanjaagen liyaathy.. dhivehi fontah laafa liyebala nikan.. basbas buri eh nuvaane.. try..

    3. Emm says:
      September 5, 2019 at 9:20 am

      oh! is that? ehn v ma dhn liyaany dhivehi font ah laigen… aslu vaa gothaky eng font ga inas mi sitega dhivehin liyeveythy dhn e kamakah maa bodakah alha eh nulevey… btw thanks dear… 🙂 ?

  3. Xxx says:
    September 5, 2019 at 8:22 am

    Vv reethi. ❤❤❤when next part????And as I said before LOOOVEEEE this story. And also love you Emmm

    1. Emm says:
      September 5, 2019 at 8:35 am

      awwwnn… ??? thanks a million… ❤❤❤ i really appreciate it… ??? that’s very sweet of yuh… ? next part in sha allah maadhama up kohdheynan… keep waiting… ?? luv u moree… ???

  4. Jairu says:
    September 5, 2019 at 8:32 am

    Wow… haadha curiouse kohlaafa thi nimmaalee… v reethi story❤❤❤❤❤❤❤❤❤❤❤❤❤❤… raul mihaaru e ulhenee kihkurantha malshaa ah? Raul dheke mihaaru v rulhi aisfa mihiree..??????when is the next part dear… waiting and best of luck???????????????????????????????????????????????

    1. Emm says:
      September 5, 2019 at 8:43 am

      awwwnn… ❤❤❤ thanks for the support dear… ??? raul ah ingeyny dhw hadhan e ulhey gotheh… let’s c… hehe… thihaa vrh rulhi annaakah nuvaane… muskulhi vedhaane… ??? next part in sha allah tomorrow… keep waiting… ??? luv yuh! ???

  5. jiji says:
    September 5, 2019 at 9:33 am

    V v rythi mi bai vx..Ekm last thankolhuga azaan ge namaa raul ge nan olhifa dhw eyny..Waiting fr the next???❤❤❤??????????????❣❣

    1. Emm says:
      September 5, 2019 at 9:47 am

      yh… eii mistake eh… thanks for pointing out the mistake… n for the kind support u give… ??? i appreciate it.. ❤❤❤ luv yuh! ????

  6. Girl says:
    September 5, 2019 at 12:10 pm

    Mi part vess hama v salhi… when next .. curiously waitinnnggg ♥️

    1. Emm says:
      September 5, 2019 at 12:26 pm

      so sweet… ??? thanks darling… ❤❤❤ next part in sha allah tomorrow… keep waiting… ?? luv yuh! ???

  7. IsHa IsHa says:
    September 5, 2019 at 2:55 pm

    Wow.. ?

  8. Meekkomee says:
    September 5, 2019 at 3:50 pm

    Varah varah reethi ingyy mi part ves……….cant wait to read next part….luv yuhhh….

    1. Emm says:
      September 5, 2019 at 8:12 pm

      awwwnn… ? thanks a lot… ❤❤❤ haadha dhimaa nuveyey mihaar meekko a… busy ee dhw? luv yuh n miss u… ???

  9. Cute Lips says:
    September 5, 2019 at 6:45 pm

    sorry emm ngey… v tough dhuvas kolheh v ma hama time nuvgn.. ekm hama kiyan daily koh… so sorry sis… very sorry.. btw v rythi story.. alhe mal preg nukurahchey..

    1. Emm says:
      September 5, 2019 at 8:16 pm

      alheyy… rysh i missed u a lot… ?? vrh happy vhk kiyaa kan inguny ma… ? don’t b sorry gurl… may god bless u with a happy tomorrow… ??? luv yuh n missed more… ???

  10. drax says:
    September 5, 2019 at 8:05 pm

    Oh nice ???
    When is next part
    Curiously waiting
    I am kind a crush to that raul.nice character

    1. Emm says:
      September 5, 2019 at 8:28 pm

      so sweet… ? thanks dear… ? ahaha… raul character dheke laobi vaa kuhjaka mi dhimaa v alah… ?? ehn readers emme like nuvaa character aky raul… drax hama thafaathiyyey dhw… ? luv yuh! ???

  11. Evzzz says:
    September 6, 2019 at 3:08 pm

    Mmm nice..good luck and keep the hard work up..love you tonnes

  12. Kaily says:
    September 6, 2019 at 7:32 pm

    V Reethi Mi part… Nxt part Kiyaa hithun keimadhu vejje???????

    1. Emm says:
      September 6, 2019 at 8:45 pm

      awwwwnn… ?? thanks dear… ? next part up kohlan vegen miulheny mihaar… ❤ keep waiting… ? luv yuh! ???

Comments are closed.

Next Episodeޝަކުވާ ހިތަށް ކުރެވޭ ރޮމުން… 9←


All Right Reserved!