ލޯބިވާތީ 6
އާ ދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތުގައި އެކިި ކުލަތަށް ޖައްސަމުން ނެވެ. ހިތާމަޔާއި ހިތްދަތި ކަމުގައި އެއްބަޔަކު ވާއިރު އެކަނިވެރި ކަމުގަައިި އުޅެމުން ދާ މީހުންވެސް މަދެއް ނޫނެވެ. އަނެއްބަޔަކު އުފަލާއި މަޖަލުގައި ވަގުތުތަށް ހޭދަ ކުރާއިރު ނިކަމެތި ކަމުގައި ބަޔަކު ވާކަމުގެ ހިލަމެއް ވެސް ނުވާފަދައެވެ. ނޫނީ އެކަހަލަ ކަމަކާ ވިސްނުން ހިންގަންވެސް ބޭނުން ނުވަނީ އެވެ.
އާދައިގެ މަތިން ކޮލެޖް ގެ ކިޔެވުން ދަނީ ކުރިއަށެވެ. އަހަރުގެ ފަހު އިމްތިޙާން ފެށެން ހަފްތާއަކައްވީ އެވެ. ހުރިހާ ކުދިންވެސް ތައްޔާރު ވަމުން ދަނީ އިމްތިޙާނުން ރަނގަޅު ނަތީޖާ އެއް ހޯދުމަށެވެ. ހުސްވަޤުތު ތަކުގައި ބެންޗު ތަކުގައި މަޖާ ކުރަން ތިބޭ ގުރޫޕް ތަކުގެ މެދުގައިވެސް ޙިޔާލު ބަދަލު ކުރެވެމުން ދަނީ ފިލާވަޅު ތަކާއި މެދުއެވެ. ބެންޗުގައި ރައުހާ އާއި އެކެ ފިލާވަޅު ދަސްކުރަން އިން ޒައިނާ އިރު އިރުކޮޅާ ބަލައިލަނީ ކުރިމަތީ އިން ބެންޗުގައި ޝިއުނާ އާއި އެކު އިންް ރާކިން އަށެވެ. ހިތުގައި ކޫރުމެއް އެޅުން ފަދައެވެ. އެއީ އޭނައާއި އެންމެ ގާތުގައި އެއް ދުވަސް ވަރެއްގައި ވަޤުތު ހޭދަކުރި އޭނަގެ ގާތް އެކުވެރި އެކެވެ. ނަމަވެސް މިހާރު އޭނަގެ ކުރިމަތީ އެހެން ކުއްޖަކާއި އެކު އަބަދު އުޅޭއިރު އޭނަ އަކީ ކާކުކަންވެސް ރާކިން އަށް ނޭނގެއެވެ. ނަމަވެސް ޒައިނާގެވެސް އުއްމީދެއް ވިއެވެ. ކޮންމެސް ދުވަހަކުން ރާކިންގެ ގާތްކަން އޭނައަށް ލިބޭނެ ކަމުގައި އޭނަގެ ހިތް ބުނެއެވެ.
ދުވަސްތަށް ކުރިއަށް ދިޔައީ ހަލުވި ކަމާއި އެކުއެވެ. އަހަރުގެ ފަހު އިމްތިޙާންް ނިމި ނަތީޖާ ވެސް ލިބިއްޖެ އެވެ. ޒައިނާ ވަނީ އޭނަގެ މައިން ބަފައިން ފަޚުރުވެރި ވާ ފަދަ ނަތީޖާ އެއް ހޯދާފައިއެވެ. މަންމައާއި ބައްޕަ އަދި ޝިމާނާ އާއި ޔޫސުފް ގެ ފަރާތުން ލިބުނީ އޭނަ ހީވެސް ނުކުރާ ފަދަ ހަދިޔާ އެކެވެ. މެލޭޝިޔާ އިން ޒައިނާ ބޭނުން ރޮނގަކުން ކިޔެވުމުގެ ފުރުސަތު ލިބުނީ އެވެ. އޭނަ ފުރައިގެން ދިޔައީ މަންމަމެން ބޭނުންވާ ފަދަ މޮޅު މީހަކަށް ވެގެން އެނބުރި އައުމުގެ ފޮނި އުންމީދުގައި އެވެ.
**********************************
5 އަހަރުު ފަސް….
ހިތްގައިމު ރީތި ދުވަހެކެވެ. އުޑުމަތީގައި ކޮންމެވެސް ވަރަކަށް ދައުރު ވަމުން ދާ ކަޅު ވިލާތަކުގެެ ސަބަބުން އިރުގެ އަވި ވަނީ ފަނޑުވެފައިއެވެ. ހުޅުލޭ އެއަރޕޯޓުން ނުކުމެގެން އައި ޒުވާނާ ޓެކްސީ އެއް ނަގައިގެން އަރާ އިށީނދެ ޓެކްސީގެ ދޮރު ޖެހި އިރުވެސް ހިސާބުގަނޑުގައި ތިބި އަންހެެންް ކުދިން ގެ ކަޅިތަށް ވަނީ އެޒުވާނާ އަށް ހުއްޓިފައިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަަަަަަކަށް އެޒުވާނާ އަޅައި ނުލާ ފަދައެވެ. ދާން ބޭނުންވާ މަންޒިލަށް ނުދެވި ލަސްވެފައިި އިން ޒުވާނާ ކާރު މަޑުކޮށްލި އިރަށް އަވަހަށް ފައިބާ ލަގެޖް ނަގައިގެން ހިނގައި ގަތީ ޓެކްސީގެ ޑުރައިވަރު ގެެ އަތަށް ސަތޭކަ ޑޮލަރު ލައިދީފައިއެވެ.
އާދައިގެ ގޮތަކަށް ހަދާފައިވާ އެޕާޓުމެންޓް އަށް އެއްވެސް ބަދަލެއް އައިސް ފައި ނުވެއެވެ. ދޮރުގެ އެއްފަރާތުގައިވާ ފިތަށް އެޒުވާނާ ފިތާލިއެވެ. ދޮރު ހުޅުވާލެއް ލަސްވެގެން ތިން ފަހަރަކު އެ ފިތަށް ފިތާލާފައި އަތުންް ފޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅަކު އެހެން ހުއްޓާ ދޮރު ހުޅުވިގެން ދިޔައެވެ. ކުރިމަތީ ހުރީ އޭނަަ އުއްމީދު ކުރި ފަރާތެއް ނޫނެވެ. ފެންނަ ފެނުމަށްް ވައްތަރީ އިންޑިއާ މީހަކާއި އެވެ. އެތެރެއަށް ވަނުމަށް އެމީހާ ނުބުނަނިސް އެތެރެއަށް ވަދެގެން ދިޔަ ޒުވާނާ ހުއްޓުނީ ލިވިންގް ރޫމުުންް ގޮސް ވަދެވެން އިން ދެ ކޮޓަރިން ވާތްފަޅިއަށް އިން ކޮޓަރީގެ ދޮރުމަތީ އެވެ. ހުޅުވިގެން ދިޔަ ދޮރުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ލޮލުގައިި އަޅައިގަތީ އެނދުމަތީ އިށީނދެގެން ނަމާދުކުރަން އިން އަންހެންމީހާ އެވެ. އޭނާ ދޮރުމަތީ މަޑުކޮށްލީ އެއަންހެން މީހާ ނަމާދުކޮށް ނިމެންދެންނެވެ.
ނަމާދުކޮށް ނިމިގެން އަޅައިގެން އިން ހުދުކުލައިގެ ބޮޑު ބުރުގާ ބާލައިި ފަތްޖަހާލަމުން ތެދުވި އަޒްރާ ހިނގައިގަތީ އެ އެއްޗެހި އަލަމާރިއަށް ލާށެވެ. ދޮރުމަތީ މީހަކު ހުރިކަމެއް ނޭނގިއެވެ. އަލަމާރި ހުޅުވާ ނަމާދުކުރަން ގެންގުޅުން އެއްޗެހި ރީތިކޮށް އަލަމާރިއަށްލާ އަލަމާރި ލައްޕާ ލުމަށް ފަހު ހިނގައި ގަތްް އަޒްރާގެ އަތުގައި ފަހަތުން އައި މީހަކު ހިފުމުން އެނބުރި ބަލައިލީ އެއީ ކާކުކަން އެނގެން ބޭނުންވެފައިއެވެ. އެހިނދު އޭނައަށް ލިބުނީ ޙައިރާން ކަމެކެވެ. އެއީ މިވަޤުތު ފެނިދާނެ ކަމަށް އޭނައަށް އުންމީދުވެސް ކުރެވިފައި ނުވާ ފަރާތެކެވެ. ނަމަވެެސްް އެ ޙައިރާންކަން އުފާވެރިކަމަށް ބަދަލުވީ ސިކުންތެއްގެ ތެރޭގައި އެވެ. އުފަލުން އޭނަގެެ ލޯބިވާ ދަރިފުޅުގެ ގައިގައި ބައްދާލި އިރު ލޮލުގައި ވަނީ އުފާވެރި ކަމުގެ ކަރުނައެވެ. އަޒްރާގެ ލޯބިވާދަރިފުޅު އެ ފެނުނީ ފަސް އަހަރު ފަހުންނެވެ. ފޯނުން ގުޅައިގެން ހާލުބަލާ ވާހަކަ ދެއްކުން ނަމަވެސް މިވީ ފަސް އަހަރު އެ ދަރިފުޅު ފެނިފައި ވަނީ ހަމަ އެކަނި ވީޑިއޯ ކޯލް އަކުންނެވެ. ރާކިން އަށް އައިސް ފައިވާ ބަދަލުތަށް އަޒްރާ އަށް ފާހަގަ ކުރެވުނެވެ. ކުރިއަށް ވުރެ ހަށިގަނޑު ފެންނަނީ ވަރުގަދަ ކޮށެވެ. އިސްތަށި ގަނޑު ވަނީ ކުޑަކޮށް ދިގުވެފައި އެވެ. ތުނބުޅި މަތިމަސް ރީތިކޮށް އެއްވަރަކަށް ކޮށާލާފައި ވާއިރު ކުރިއަށް ވުރެ ހަރުދަނާ ގޮތެއް ހުއްޓެވެ.
”ދަރިފުޅު ނުވެސް ބުނަމޭނުން އަންނަ ވާހަކަ. ބުނެލާފަ އައި ނަމަ މަންމަ އަށް ރަނގަޅު އެއްޗެއްވެސް ތައްޔާރު ކޮއްލެވުނިސް. ބައްޕަ ކައިރީވެސް ނުބުނަންތަ ދަރިފުޅު އަންނަ ވާހަކަ އެއް.” އަޒްރާ ޝަކުވާކޮއްލީ ރާކިން އަންނަ ވާހަކަ ނުވެސް ބުނެ ކުއްލި ގޮތަކަށް އައުމުން ނެވެ.
”ބަލާބަ މަންމަ އުފާވެފަ ހުރިވަރު. ހަމަ މަންމަ ސަޕްރައިޒް ކޮށްލާހިތްވީއޭ. ބައްޕަ ކައިރީގަ ބުނިން އަންނަވާހަކަ އެކަމަކު އަންނަ ދުުވަަހެެއްް ނުބުނަން ބުނިން ވަރަށް އަވަހަށް އަންނާނަމޭ.” ރާކިން ހިނގައިގަތީ މަންމަ ގޮވައިގެން ބޭރުގައި ހުރި ސޯފާގައި އިށީނުމަށެވެ. އިށީނދެފައި ފޮށި ހުޅުވާފައި ނެގީ ކުޑަަ ޕާރުސަލްްްއެކެވެ. އެއީ އޭނަ މަންމަ އަށް ގެނައި ޙަދިޔާއެއް ކަމުގައި ބުންޏެވެ. އަޒުރާ އޭގައި ވާ ކަރުދާސް ނައްޓާލިއެވެ. އޭގައި ވަނީ ވަރަށް ރީތި ޚަތިމެކެވެ. އަޒްރާ ހިނިތުން ވެލަމުން ލޯބިވާ ދަރިފުޅަށް ޝުކުރު އަދާކުރިއެވެ.
”ވަރަށް ރީތި ފުރިހަމަ ހަދިޔާއެއް. ޝުކުރިއްޔާ. ވަރަށް އުފާ ވެއްޖެ މަންމަ މިއަދު. ދަރިފުޅު މިއަދު ތިވަަނީީ ރަނގަޅަށް ކިޔަވައިގެން އައިސް. މަންމަ ފަޚުރުވެރި ވާފަދަ ދަރިއަކަށް ވާން މަސައްކަތް ކުރާތި.” އަޒްރާ ހުރީ ލޯބިވާ ދަރިފުޅު މޮޅަށް ކިޔަވައިގެން އައުމުން ވަރަށް އުފަލުންނެވެ.
”ދަރިފުޅު ކޮންއިރަކުން ބައްޕަ ކައިރިއަށް ދަނީ؟ ދަރިފުޅުގެ ކޮއްކޮ އަށް ހަދިޔާއެއް ނުގެންނަންތަ؟ އެގޭގައި އުޅުނަސް މި މަންމަގެ ދަރިއެއް ނޫނަސް އެއީ ވެސް ދަރިފުޅުގެ ކޮއްކޮ އެކޭނުން.” އަޒްރާ ހިތުގައި ރިހުމެއް ވީ ނަމަވެސް އެކަން ދަރިފުޅަށް ދައްކާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނަ ބޭނުން ވަނީ ރާކިން އޭނަގެ އެއްބަފާ އަންހެން ކޮއްކޮ އާއިވެސްް ގުޅިގެން އުޅުމެވެ.
”ދާނަން ފެންވަރާލައިގެން މަންމަ ކޯޗެއް ކާންހުރީ؟ ކައިގެން ދެން ތަނަކަށް ދެވޭނީ. ކޮއްކޮ އަށް ވެސް ބައްޕަ އަށް ވެސް ގެނައިން ހަދިޔާއެއް. ގުޅައިގެން އަބަދު ކިޔާނެ ދޮންބެ ޗޮކުލެޓު ގެންނައްޗޭ.” ރާކިން ކައިރީ ފެންވަރާ ތާޒާ ވެލައިގެން ކާންއައުމަށް ބުނެފައި އަޒްރާ ދިޔައީ ބަދިގެއަށް އޭނަ އަންނަން ވާއިރަށް ކާން ތައްޔާރު ކުރުމަށެވެ.
*********************************
ހަވީރުގެ ހިތްގައިމު ވަޤުތެވެ. މަގުތަށް މަތިި ފެންނަނީ ބައިބޯ ކޮށެވެ. އެކިމީހުން ނުކުމެ އުޅެނީ އެކި ބޭނުން ތަކުގައި އެވެެ. ރައުހާ އާއި ޒައިނާ އެކި ފިހާރަ ތަކަށް ވަންނަމުން ދިޔައީ ބޭނުންވާ އެއްޗެއް ފެނިއްޖެނަމަ ގަނެގެން ނެވެ.
”ޒައި ބޭނުންވާ އެއްޗެހި އަދިވެސް ހަމަ ނުވޭތަ؟ ދެެންް ހިނގާބަ އެއްޗެއް ކާން ދާން. މިހާރު ހިނގާ ހިނގާވެސް ބަނޑުހައިވާ ވަރަަށްް ހިނގިއްޖެ.” މާގިނައިރު ހިނގަން ޖެހުމުން ރައުހާ ހުރީ ފޫހިވެފައިއެވެ.
”ހޫމް. ދެން މިނިމުނީ. ވަރަށް އެއްޗެހި ގަނެވިއްޖެ ދޯ. ހިނގާ ދޯ ތަނަކަށް އެއްޗެއް ކާލަންދާން. މިހިސާބުގަ އެބަހުރިތަ ކާއެއްޗެހި މީރު ތަނެއް. ޒައި އަކަށް ނޭނގޭ މިހިސާބަކުން ރަނގަޅު ތަންތަނެއް އަޅެ ރައު އަށް ކަމުދާ ތަނަކަށް ހިނގާބަ.” ޒައިނާ ކިޔަވާ ނިމިގެން ރާއްޖެ އައި ފަހުން އަހަރެއް ވެފައި ވީނަމަވެސް ޢާންމުކޮށް ބޭރަށް ނުކުމެ ނޫޅޭތީ މާރަނގަޅަކަށް ތަންތަން އެނގޭވަރެއް ނުވެއެވެ.
” ހޫމް ހިނގާބަ މިތާ ކައިރީ ހުންނާނެ ވަރަށް މީރު އައިސްކުރީމް ވިއްކާ ތަނެއް. އެތަނަށް ދޯ ދާނީ.” ރައުހާ އެހެން ބުނުމުން އޭނައާއި އެކު ޒައިނާ ހިނގައި ގަތީ އޭނަ އެބުނާ ތަނަކަށް ދިއުމަށެވެ.
ރައުހާ ކުރީގައި ހުރެގެން ހިނގާފައި ގޮސް ވަނީ ކުޑަ ރެސްޓޯރެންޓް އެއް ކަހަލަ ތަންކޮޅަކަށެވެ. ކުޑަ ނަމަވެސް ސާފުޠާހިރުކަން ވަށައިގެން ފެންނަން ހުއްޓެވެ. ދެ މޭޒެއްގައި މީހުން ތިބިއިރު އިތުރު ތިިންް މޭޒެއް ހުސްކޮށް ހުއްޓެވެ. ދެމީހުން ގޮސް އެމީހަކަށް ކަމުދާ ފުލޭވަރ އަކުން އައިސްކުރީމް ނަގައިގެން އައިސް ހުސްކޮށް ހުރި ތަނުން މޭޒެއް ކައިރީ އިށީނެވެ.
” ދެން ކިޔައިދީބަ ކިހިނެތް ތަ ޒައި ގެ ޖޮބް ކަންތަށް ދަނީ. އެހާ ސަޅި އޮފީހެއްގައި މަތީ މަޤާމެއްގައި އުޅޭއިރުވެސް އަދިވެސް ބިޓެއް ނުނަގަންތަ؟” ޢާންމުކޮށް ދެމީހުން ދިމާ ނުވި ނަމަވެސް ދިމާވާ ފަހަރަކު ރައުހާ އަބަދުވެސް ކުރާ ސުވާލު ކޮށްލިއެވެ.
”އެއްކަލަ ރައު މަ ނުހުރެއޭ ބޯއީފުރެންޑް އެއް އަދިއެއް އެކަމް މާދަން ދިމާ ވިޔަސް އަހާނެ އަނެއްކަ ހަމަ އެހެން. ދެން ޖޮބް ހަމަ ވަރަށް ސަޅި. އެކަމަކު ޒައި އޮފީހަށް ދަނީ ފިރިހެން ކުދިން ހޯދާ ކަށް ވެސް ނޫން އިނގޭ. ޒައި އަށް ކަމުދާ ކުއްޖަކާ ދިމާވީމަ ފުރަތަމަވެސް ބުނާނަން ރައު ކައިރީގަ.” ޒައިނާ ގެ ހިތުގައި ރާކިންގެ ސޫރަ އަދިވެސް ވަނީ ކުލަ ގަދަކޮށެވެ. ރާކިން މިހާރު ކޮބައި ބާއެވެ. އޭނަ މަތިން ރާކިން ހަނދާން ކުރާނެ ބާއެވެ. އެއީ ޒައިނާ ގެ ހިތުގައި ޖަވާބު ނުލިބި ވާ ސުވާލު ތަކެކެވެ.
”ރައު ބަލާބަ އެއްކަލަ ޝިއުނާތަ އެ އަންނަނީ؟ އެކަމް އޭނައާއި އެކު ދެން އެހެރީ ކާކު؟ އޭނަގެ ބޯއީ ފުރެންޑް ތަ އެއީ؟” ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން އައިސް ވައިން ޝިއުނާ ފެނުމުން ޒައިނާ ރައުހާ އަށް ދައްކާލިއެވެ. ޝިއުނާ އަށް މާ ބޮޑު ބަދަލެއް އައިސް ފައި އެއް ނުވެއެވެ. ހަމަ ކުރީގެ ގޮތްގަނޑު ފެންނަން ހުއްޓެވެ. ޒައިނާ އެހެން ބުނުމުން ދޮރަށް ފުރަގަސް ދީގެން އިން ރައުހާ ބަލައިލިއެވެ. އެވަޤުތު ޝިއުނާ އާއި އެކު ހުރި ޒުވާނާާ ފެނުމުން އޭނަގެ ހިތަަށްް ގޮތެއްވެލައިފި އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

Wow wow k
Wow varah reethi ???
Vv salhi. Thankolheh kuru ekam it’s worth it. Mi story varah salhi. Luvu sima❤❤❤
Alhey is it raakin…..story v.salhi….keep up the good work????
Vvv salhi ingey ? whn next part.. Avas kohllathi ingey ? ? ? ? ? ?
Thank you all readers.?? next part hama nimunuhaa avahaka up kohlaanan Insha Allah
4 vana episode kiyaalan beynun episodes thakuga ves nei 4 vana episode eh kiyaalan kihineh hadhanvee
Writer ge name ah fihathaalyma hurihaa episode thah ganaan….hope this is helpful
*annaane*