ކުށަކާ ނުލާ 27 (ފަހުބައި)
“ނަދާ، ކިހިނެއްތަ ވީ؟ އަޔާ ކީއްކުރީތަ؟” އެނދުގައި އޮށޯވެގެން ރޯން އޮތް ނަދާގެ ބުރަކަށީގައި ފިރުމާލަމުން ހުދާ އެހިއެވެ.
ނަދާ ތެދުވެ ލޯ ފޮހެލާފައި އެ ކައިވެނީގެ ވާހަކަ ސާޖިދާ ފުރަތަމަ ދެއްކި ހިސާބުން ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. ނަމަވެސް އަސްނާމެން އައި ރޭގެ ވާހަކަ ބުނީ ނަދާއާ މެދު އަޔާޒް ކަންތައް ކުރި ގޮތް ސިއްރު ކޮށްފައެވެ. އެރޭ މައިހާ ގެޔަށް ގެނައި ވާހަކަ ބުނުމުން ހުދާވެސް ހުރީ ގަބޫލު ކުރަން ދަތި ވެފައެވެ.
ފަހުން މައިހާ ފޯން ބާއްވާފައި ދިޔަ ރޭގެ ވާހަކަވެސް ނަދާ ކިޔާދިނީ އެރޭ ވީ ކަންތައް ސިއްރުކޮށްފައެވެ.
މައިހާގެ ފޯން ދޭން ވެގެން އަޔާޒް ގޭ ދޮރު ތަޅު ނުލާ ދިޔަ ކަމަށާ، އެރޭ ގެޔަށް ބަޔަކު ވަން ވާހަކަ ބުނި އިރު، އެ މީހުން ކުރި ކަންތަކުގެ ވާހަކައެއް ނަދާ ނުބުނެއެވެ.
“ތި ހުރިހާ ކަމަކަށް ފަހުވެސް އަޔާ އެހެރީ ނަދާ ބަލާ އައިސް. ނަދާ ދާން ބޭނުންތަ އަޔާއާ އެކީ؟” ނަދާ ކިޔާދީ ނިމުމުން ހުދާ ސުވާލު ކޮށްލިއެވެ.
“ދޮންތާ، އަހަރެން…” ނަދާ ފަސް ޖެހިފައި އިނދެވެސް ރޭގެ ވާހަކަ ހުދާއަށް ކިޔާދިނެވެ.
“ދޮންތައަށް އެބަ ހީވޭ އޮޅުމެއް އެބަ އުޅޭހެން. އަޔާ މައިހާއާ ކައިވެނި ކުރަން ބޭނުން ވާ އިރު ނަދާއާ އެހާ ކްލޯޒްއެއް ނުވާނެ، ނަދާ އައި އިރަށް ނަދާގެ ފަހަތުން މި ގެޔަކަށް ނާންނާނެ. ދޮންތައަށް ހީވަނީ އަދި ދެ މީހުން ވާހަކަ ދައްކާލަން ވީ ހެން…” ހުދާ ވިސްނާލާފައި ބުންޏެވެ.
އިރުކޮޅަކު ވިސްނާލާފައި ނަދާ ބޯ ޖަހާލިއެވެ. އަދި ހުދާއާ އެކު ކޮޓަރިން ނިކުތެވެ.
އަޔާޒްވެސް ހުރިހާ ވާހަކައެއް ނިހާލްއަށް ކިޔާދެމުން ދިޔައެވެ. ނަމަވެސް އަޔާޒް އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. އެރޭގެ ވާހަކަ ކިޔާދިނުމާ އެކު އަޠާޒްގެ އަތުގައި ހިފާ ނިހާލްއާ ކުރިމަތި ވާނެހެން އަނބުރާލުމާ އެކު ނިހާލްއަށް އަޔާޒްގެ ކޯމަތީގައި އަތްތިލައިން ޖަހާލެވުނީ އާދެވުނު ރުޅިންނެވެ.
“ދޮންތަބޭ!” އެ ވަގުތު ކޮޓަރިން ނިކުތް ނަދާއަށް ބާރަށް ގޮވާލެވުނެވެ.
“އަހަރެންގެ ބާރެއް ކިރިޔާވެސް ހިނގާ ނަމަ ނަދާ ބޭނުން ވިޔަސް ނުފޮނުވާނަން ދެން އަޔާޒްއާ އެކީއެއް” ނިހާލް ބުންޏެވެ.
އަޔާޒް ޖަވާބެއް ނުދީ އިސް ޖަހައިގެން ހުއްޓެވެ.
އެއް ފަހަރު އަޔާޒްއަށް، އަނެއް ފަހަރު ނިހާލްއަށް ބަލާލާފައި، އެއްވެސް ކަމެއް ސިއްރު ނުކޮށް އަޔާޒް ހުރިހާ ވާހަކައެއް ނިހާލްއަށް ކިޔާދިނީ ކަން ނަދާއަށް ވިސްނުނެވެ.
“މިހާ ދުވަސް ވީ އިރު ކީއްވެ ނަދާ ނުބުނީ؟ އަހަރެން އެހީމަވެސް ނަދާ ސިއްރު ކުރީ ކީއްވެ؟ އަހަރެން ހީވެސް ނުކުރަން ނަދާ އަޔާޒްއާ އިނދެގެން އުޅުނީ ހުދާ ޝާމިލްއާ އިނދެގެން އުޅުނު ކަހަލަ ދިރިއުޅުމެއް ކަމަކަށް. އަޔާޒްގެ އަތުން ނަދާ ގައިގަ ނުޖެހިޔަސް ހަމަ އަނިޔާއެއް ނޫންތަ އަޔާޒް ދިނީ؟” ނިހާލް އައިސް ނަދާ ކުރިމަތީ ހުއްޓިފައި ވާހަކަ ދެއްކިއެވެ.
“ދޮންތަބޭ ޕްލީޒް…” އާދޭސް ކުރާ ރާގަކަށް ނަދާ ބުނީ ސިއްރުން ހުދާއަށް އިޝާރާތް ކޮށްލަމުންނެވެ. ހުދާއަށް އެ ކަންތައް އަންގަން ބޭނުން ނުވާތީއެވެ. ނިހާލް އަޔާޒް ގައިގައި ޖެހުމުން، އަޔާޒް އެއްވެސް ކަމެއް ނިހާލްއަށް ސިއްރު ނުކުރާ ކަން ނަދާއަށް ޔަގީން ވިއެވެ.
“އަދިވެސް އަޔާޒް ދިފާއު ކުރަންތަ ނަދާ ތި އުޅެނީ؟” ގަބޫލު ނުކުރެވިފައި ނިހާލް އަހާލިއެވެ.
“އަހަރެން ބޭނުން އަޔާއާ ވާހަކަ ދައްކަން” ނަދާ ބުންޏެވެ.
ނިހާލް ހުދާއަށް ބަލާލިއެވެ. ހުދާ ބޯ ޖަހާލުމުން ނިހާލް އިށީނެވެ.
“ދޭ އަޔާ ގޮވައިގެން ކޮޓަރިއަށް” ހުދާ ބުންޏެވެ.
ނަދާގެ ފަހަތުން ކޮޓަރިއަށް ވަދެ އަޔާޒް ދޮރު ލައްޕާލިއެވެ.
“އަހަރެން އައީ އަޔާ ބޭނުން ވި މިނިވަން ކަން އަޔާއަށް ދީފަ. ދެން ކީއްކުރަން ތި އައީ؟” ނަދާ އެހިއެވެ.
“ނަދާ ވިސްނާފަތަ ތި އައީ؟ ވަރި ވާން ހަމަ ބޭނުންތަ؟” އަޔާޒްވެސް ކުރީ ސުވާލެކެވެ.
“އަހަރެން ބޭނުމީ ކޮން ގޮތެއްތޯ ބަލާކަށް ނުޖެހޭ. އަޔާ އަހަރެން ވަރިކޮށްފަ ކުރާ ކަމެއް ކުރީމަ ނިމުނީ” އަޔާޒްއާ ދިމާއަށް ބަލާނުލާ ނަދާ ބުންޏެވެ.
“ނަދާ ބޭނުންހޭ މި ކައިވެނި ރޫޅާލަން؟ ވަރި ވާންހޭ ބޭނުމީ؟” އަޔާޒް އަނެއްކާވެސް އެ ސުވާލު ތަކުރާރު ކުރިއެވެ.
“އާނ” ނަދާ ޖަވާބު ދިނެވެ.
“ތެދެއްތަ ތި ބުނަނީ؟” އަޔާޒް އަދިވެސް ސުވާލު ކުރިއެވެ.
“ކިތައް ފަހަރު ބުނީމަތަ އަޔާ ގަބޫލު ކުރާނީ؟ މި ބުނަނީއެއްނު އަހަރެން ބޭނުމެއް ނޫނޭ ދެން އަޔާއާ އެކީ އުޅޭކަށް؟ ވަރި ވާށޭ ބޭނުމީ؟ ކިހިނެއްތަ މިއަށް ވުރެ ސާފުކޮށް ބުނާނީ؟” ރުޅި އައިސްގެން އަޔާޒްއާ ދިމާއަށް ބަލާލަމުން ނަދާ ބުނެލިއެވެ.
“ދެން ކީއްވެ ނަދާ ރޭގަ ދެކޮޅު ނުހެދީ؟” އަޔާޒް އަހާލިއެވެ.
އެ ހަނދާން ވުމުން ނަދާގެ މޫނަށް ރަތް ކުލަ އަރައިގެން ދިޔައެވެ. ލޯ މަރާލަމުން ނަދާ އަޔާޒްއާ ދުރަށް މޫނު އަނބުރާލިއެވެ.
“ޖަވާބު ދީބަލަ” ކައިރިއަށް އައިސް ނަދާގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލަމުން އަޔާޒް ސުވާލު ކުރިއެވެ.
“ތީ އަހަރެންގެ ފިރިމީހާއަށް ވީތީ، އެ މަގާމުގަ ހުރެ އެދުނު ކަމަކަށް ދެކޮޅު ނަހަދަން ވެގެން…” ނަދާ ބުންޏެވެ.
“ތި ނޫން ސަބަބެއް ނެތް؟” އަޔާޒް ހީވީ ނަދާ ދޭ ކޮންމެ ޖަވާބަކަށް އިތުރު ސުވާލު ކުރަން ތައްޔާރު ވެގެން އައި ހެންނެވެ.
“ކީއްވެތަ ހުރިހާ ސުވާލަކަށް އަހަރެން ޖަވާބު ދޭން ޖެހެނީ؟ އަހަރެންގެ ފަރާތުން ވާ ކޮންމެ ކަމަކާ އަޔާ ސުވާލު ކުރަން ޖެހޭތަ؟ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ކުށްވެރި ވަނީ އަހަރެންތަ؟ އަޔާއާ އިންނަން އެއްބަސް ވެވުނީތީ އަހަރެން ކުރީ ކުށެއް. މިހާރު އަހަރެން ވަރިވާން ބޭނުން ވާތީ އެވެސް ކުށެއް؟
އަޔާ އަދިވެސް ބޭނުމެއް ނުވޭ އެއްވެސް ކަމެއްގަ އަޔާގެ ކުށެއް އެކަކަށްވެސް ފެންނާކަށް، އެހެންވެ ކޮންމެ ގޮތެއް ވިޔަސް ވަރި ވާން ބޭނުމޭ ބުނީމަ ބޭބެއަށް ޖަވާބެއ ދޭން ޖެހިދާނެތީ އަހަރެން ވަރި ނުކުރަން ވެގެން ރޭގަ އަޔާ ހުރިހާ ކަމެއް ފެށީ. އަޔާ ހީކުރީ އޭރުން އަހަރެން ދެން ވަރި ވާން ބޭނުމެއް ނުވާނެ ކަމަށް.
ކޮން ކަމެއްތަ ތީ އަޔާ؟ ތީ ތިހާ ފިނޑި މީހެއްތަ؟ ކުރަން ބޭނުން ކަމެއް ވިއްޔާ ކެރިގެން ކޮށްބަލަ، މައިހާއާ އިންނަން ބޭނުން ވާހަކަ ބޭބެ ކައިރީ ބުނެބަލަ. އެކަމަކު ދެން އަހަރެން ދޫކޮށްލާ. އަހަންނަކަށް ދެން މިހެންނެއް ނޫޅެވޭނެ. އަހަރެން ހީކުރީ އަޔާއަށް ވިސްނުނީ ކަމަށް، އެކަމަކު އެހެންނެއް ނޫން، އަދިވެސް އަޔާ ބޭނުން ވަނީ އަހަރެން ތަޅުވަންތަ؟ އަދިވެސް އަހަރެން ކުރި ކުށަށް އެކަށީގެން ވާ އަދަބު އަހަންނަށް ނުލިބެނީތަ؟
ޕްލީޒް އަޔާ… އަހަންނަކަށް ދެން އިތުރަކަށް ކެތެއް ނުކުރެވޭނެ، އަހަރެން މަރުވެދާނެ… އަހަރެން ދޫކޮށްލާ އަޔާ… ޕްލީޒް… އަޔާގެ ލައިފް ހަލާކު ކޮށްލެވުނީތީ އަހަރެން މާފަށް އެދެން… އަހަރުމެންގެ މެދުގަ ކުރިން އޮތް ރަހުމަތްތެރިކަމަށް ޓަކާވެސް އަހަންނަށް މާފުކޮށްދީފަ އަހަރެން ދޫކޮށްލާ…” ރޮވެން ފެށުމުން ނަދާއަށް ވާހަކަ ނުދެއްކިގެން ހުއްޓާލާފައި އެނދުގައި އިށީނެވެ.
“ނަދާ… އަހަރެން ނުދެކެމޭ ނަދާ ތީ ކުށްވެރިއެއް ކަމަކަށް… އަހަންނަށް އޭރު ނުވިސްނުނީ. މާ ބޮޑަށް ރުޅި އާދެވުނީ. ނަދާ ނުޖެހޭ މާފަށް އެދޭކަށް، މާފަށް އެދެންޏާ އެދެން ޖެހޭނީ އަހަރެން، މި ހުރިހާ ދުވަހު ނަދާއަށް ދިން އަނިޔާއަށް، ނަދާ ކުރި ހިތާމައަށް… އައިމް ސޯ ސޮރީ ނަދާ… އައިމް ސޯ ސޮރީ…” ނަދާ ކައިރީ އިށީނދެ ދެ އަތުން ނަދާގެ މޫނުގައި ހިފާ އުފުލާލަމުން އަޔާޒް ބުންޏެވެ.
ގަބޫލު ނުކުރެވިފައި އަޔާޒްއާ ދިމާއަށް ބަލަހައްޓައިގެން ނަދާ އިނެވެ.
“އެހެން ވިއްޔާ އިތުރު ސުވާލެއް ނުކޮށް އަހަރެން ވަރިކޮށްދީ. އަޔާ ދެން މައިހާއާ މެރީ ކުރޭ” ނަދާ ލޯ ފޮހެލާފައި އެދުނެވެ.
“އަހަރެން ބޭނުމެއް ނޫން މައިހާއާ އިންނާކަށް” ނަދާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އަޔާޒް ބުންޏެވެ.
“ކީއްވެ؟” ނަދާއަށް އަހާލެވުނެވެ.
“އަހަރެން ބޭނުމެއް ނޫން މައިހާއާ އިންނާކަށް، އަހަރެން ބޭނުމެއް ނޫން ނަދާ ވަރި ކުރާކަށް” އަޔާޒް ބުންޏެވެ.
އަޔާޒް ބުނަން އުޅޭ އެއްޗެއް ނުވިސްނިފައި އަޔާޒްގެ މޫނަށް ބަލަން ނަދާ އިނެވެ.
“އަހަރެން ބޭނުމެއް ނޫން ނަދާ ވަރި ކުރާކަށް” އަޔާޒް އެ ޖުމްލަ ތަކުރާރު ކޮށްލިއެވެ.
އެއާއެކު ނަދާ އައީ ރުޅިއެވެ. އަޔާޒްގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލާފައި ނަދާ އެނދުން ތެދުވިއެވެ.
“ކިހިނެއް ވެގެންތަ އަޔާ ތި އުޅެނީ؟ އަޔާ ބޭނުން ވެގެން ތި އުޅެނީ ކޮން ކަމެއްތަ؟ އަހަންނާ އިނދެގެން އުޅޭކަށް ބޭނުމެއް ނުވޭ، އަހަރެން ވަރި ކުރާކަށް ބޭނުމެއް ނުވޭ، މައިހާއާ ގުޅުން ކަނޑާލާކަށް ބޭނުމެއް ނުވޭ، އޭނައާ އިންނާކަށް ބޭނުމެއް ނުވޭ. ކޮން ކަމެއްތަ އަޔާ ބޭނުން ވަނީ؟” ރުޅި އައިސްފައި ހުރި ނަދާގެ އަޑު ބާރުވިއެވެ.
“އަހަރެން މައިހާއާ އިންނަން ބޭނުން ނުވަނީ މައިހާ ދެކެ ލޯބި ނުވާތީ…” އަޔާޒް ބުންޏެވެ.
“ދެން އަހަރެން ކީއްތަ ކުރަން ވީ؟” ނަދާ އެހިއެވެ.
“އައި ލަވް ޔޫ ނަދާ… އައި ލަވް ޔޫ” ކައިރިއަށް އައިސް އަނެއްކާވެސް ނަދާގެ މޫނުގައި ހިފަހައްޓާލަމުން އަޔާޒް ބުންޏެވެ.
“އަހަރެން ގަބޫލު ކުރާނެ ކަމަށްތަ ތިހެން ތި ބުނީ؟” އަޔާޒްގެ އަތް ފޮޅުވާލަމުން ނަދާ ދުރަށް ޖެހުނެވެ.
“އަހަންނަށް އެނގޭ ނަދާއަށް ގަބޫލު ކުރަން އުނދަގޫ ވާނެ ކަން، އެކަމަކު މީ ދޮގެއް ނޫން” އަޔާޒް ބުންޏެވެ.
“ހުސް ދޮގު” ނަދާ ބުނެލިއެވެ.
“ނޫން ނަދާ، ދޮގެއް ނޫން، އަހަރެން—” އަޔާޒް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަނުދީ ނަދާ ވާހަކަ ދައްކަން ފެށިއެވެ.
“ރޭގަވެސް މައިހާއަށް ގުޅައިގެން އަޔާ އޭނަ ދެކެ ލޯބި ވާ ވާހަކަ ބުނި އިރު އަހަރެން އަޑު އަހާށޭ ހުރީ، ކީއްވެތަ ދޮގު ހަދަނީ؟” ނަދާ ބުންނެވެ.
“ނޫން ނަދާ، ރޭގަ އަހަރެން މައި ކައިރީ ބުނީވެސް ނަދާ ދެކެ ލޯބި ވާ ވާހަކަ. ކިތަންމެ ދުވަހެއް މައި ކައިރީ ބުނިތާވެސް. ނަދާއަށް އެ ކަންތައް ދިމާ ވުމުގެ ކުރިން އަހަރެން ބުނެފިން މައި ކައިރީ އަހަރެން ދެން ނަދާ ދޫކޮށް ނުލާނެ ވާހަކަ. ނަދާ ގަބޫލު ކޮށްބަލަ” އަޔާޒް ބުންޏެވެ. ނަމަވެސް އެހެން ބުނާ އިރުވެސް ނަދާއަށް އެ ވާހަކަތައް ގަބޫލު ކުރަން ދަތިވާނެ ކަން އަޔާޒްއަށް އެނގެއެވެ.
ނަދާ އެއްޗެއް ނުބުނެ ހުރީއެވެ.
“އަހަންނަށް އެނގޭ އަހަރެން ކަންތައް ކުރި ގޮތުން އަހަރެން ބުނާ އެއްޗެއް ނަދާއަށް ގަބޫލެއް ނުކުރެވޭނެ ކަން… އެރޭވެސް މައި ގެޔަށް އައީ ނަދާއާ ވާހަކަ ދައްކާލަން ވެގެން، ކުރީރޭ ނަދާއަށް ފެނުނު މަންޒަރު، އެ ނޫނީ ނަދާއާ އިން ފަހުން އަހަރެން މައިއާ އެކީ އެ ގޮތަކަށް ނޫޅެން، އަހަރުމެން ގޭގަ މައި ހުރި އިރުވެސް އަހަރުމެންގެ މެދުގަ އެ ގުޅުމެއް ނެތް. އެރޭވެސް އަހަރެން މައިހާއަށް އެ ފުރުސަތު ދީގެން ނުވާނެ ކަން އެނގޭ، އެކަމަކު މިއަދު އަހަންނަށް މާފަށް އެދެވޭނީ. ނަދާ ޕްލީޒް، ގަބޫލު ކުރޭ. އަހަންނަށް ވިސްނުނީ މާ ފަހުން. އެއްވެސް ކަމެއްގަ ނަދާގެ ކުށެއް ނުވާ އިރުވެސް އަހަރެން ނަދާ ކުށްވެރި ކުރީ، އެއީ އަހަރެންގެ ކުށް، އެ ހުރިހާ ކަމަކަށް މާފަށް މި އެދެނީ.
އަހަރެން ރޭގަވެސް ބުނަން އުޅުނީ މި ވާހަކަތައް، އެކަމަކު ނަދާ އަޑު އަހަން ބޭނުން ނުވީ، ނަދާ ބޭނުން ވީ އަހަންނާ ވަކިވާން. އެހެންވެ އަހަރެން ބޭނުންވީ ނަދާ އަހަންނާ ވަކި ނުވާނެ ގޮތެއް ހަދަން، ނަދާއާ ވަކިވާން ބޭނުން ނުވާތީ ރޭވެސް އަހަރެން އެ ގޮތަށް ކަންތައް ކުރީ، އަހަރެން ނަދާ ދެކެ ލޯބި ވާތީ، އެހެން އެއްވެސް ސަބަބެއް އޮވެގެންނެއް ނޫން.
އަހަރެން ނަދާ ދެކެ ވަރަށް ލޯބިވޭ، ނޭދެން ނަދާއާ ވަކި ވާކަށް، އެހެންވެ ނަދާ ބަލާ މި އައީ.
ނަދާ ބުނެބަލަ، އަހަންނާ އެކީ އުޅެން ބޭނުމެއް ނޫންތަ؟” އަޔާޒް އެންމެ ފަހުން އަހާލިއެވެ.
ނަދާ ޖަވާބެއް ނުދިނެވެ.
“ނަދާ… ބުނެބަލަ” އަޔާޒް ނަދާގެ އަތުގައި ހިފާލިއެވެ.
ދެންވެސް ނަދާ އެއްޗެއް ނުބުންޏެވެ.
“ނަދާ އުޅެން ބޭނުން ނުވަންޏާ އަހަރެން ނަދާ ވަރި ކޮށްދޭނަން. އެނގޭ އަހަރެން ކަހަލަ މީހަކަށް އިތުރު ޗާންސެއް ދޭކަށް ބޭނުމެއް ނުވާނެ ކަން” އިސް ޖަހާލަމުން އަޔާޒް ނަދާއާ ދުރަށް ދެ ފިޔަވަޅު އަޅާލިއެވެ.
“އަޔާ ހަމަ އަހަރެން ދެކެ ލޯބި ވާތީތަ އެހެން ތި ބުނީ؟” ނަދާ އަހާލިއެވެ.
“އަހަރެން ނަދާއަށް އެއްވެސް ދޮގެއް ނަހަދަން. ލޯބި ވާތީ ލޯބި ވެޔޭ ބުނީ، ވަކިވާން ބޭނުން ނުވާތީ ނަދާ ވަރި ކުރަން ބޭނުމެއް ނޫނޭ ބުނީ. އެކަމަކު ލޯބި ނުވާ މީހަކާ އެކީ އުޅެން ނަދާއަށް މަޖުބޫރެއް ނުކުރާނަން، ނަދާ މިނިވަން ކޮށްދޭނަން” އަޔާޒް ނަދާގެ މޫނަށް ބަލަން ހުރެ ބުންޏެވެ.
“ލޯބި ވާ ނަމަ ތިހާ ފަސޭހައިން ދޫކޮށެއް ނުލާނެ” ނަދާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“އަހަންނަކަށް ނޭނގެ ދެން ހަދަން ވީ ގޮތެއް. އަހަރެން ލޯބި ވިޔަސް ނަދާއަށް އިތުރަށް މަޖުބޫރު ކުރާކަށް ދެން ނެތިން” އަޔާޒް ގޮތް ހުސްވެފައިވާ މީހަކު ފަދައިން އިސް ޖަހާލިއެވެ.
“އަޔާ، ބުނެބަލަ…” ނަދާ އައިސް އަޔާޒްގެ ކުރިމަތީ ހުއްޓުނެވެ.
“ކީކޭ ބުނަންވީ؟” އަޔާޒް އިސް އުފުލާލަމުން އެހީ ނަދާ ބުނި އެއްޗެއް ނުވިސްނިގެންނެވެ.
“އަހަރެން އެންމެ އަޑު އަހަން ބޭނުން ވާނެ އެއްޗެއް ބުނެބަލަ” ނަދާ ބުންޏެވެ.
“ނަދާ، ޕްލީޒް… އަހަންނަށް ޗާންސެއް ދީ، ނަދާގެ ލޮލުން ދުވަހަކުވެސް ކަރުނަ ތިއްކެއް ވެއްޓުނަކަ ނުދޭނަން ދެނެއް… ދުވަހަކުވެސް އެހެން މީހެއްގެ ފަރާތުން ލޯތްބަށް އެދެން ނުޖެހޭނެ ވަރަށް ނަދާއަށް ލޯބި ދޭނަން…” ނަދާގެ ދެ އަތްތިލައިގައި ހިފާލަމުން އަޔާޒް ބުނީ، ނަދާ އެ އެދުނީ ނަދާ ވަރި ކުރުމަށް ކަމަށް ހީކޮށެވެ.
އެއްޗެއް ނުބުނެ ނަދާ އަޔާޒްގެ މޭގައި ބޯ ޖައްސާލަމުން ދެ އަތުން އަޔާޒް ގައިގައި ބައްދާލިއެވެ.
“އަޔާއަށް ނުބުނެވެންޏާ އަހަރެން ބުނެފާނަން. އައި ލަވް ޔޫ… އައި ލަވް ޔޫ…” ނަދާ ބުންޏެވެ.
“ނަދާ!” ގަބޫލު ނުކުރެވިފައި ނަދާ ގަޔާ ދުރުކޮށްލަމުން އަޔާޒް ގޮވާލިއެވެ.
“އަޔާއަކަށް ނޭނގޭނެ އަހަރެން އެ ލޯބި ސިއްރު ކޮށްގެން ރުއި ވަރެއް… އަޔާއަކަށް ނޭނގޭނެ އަޔާގެ ހިތުގަ އަހަންނާ މެދު އެ ފަދަ އިހުސާސެއް އުފެދޭތޯ އަހަރެން ދުއާ ކުރި ވަރެއް… އެރޭ، މައިހާއާ އެކީ އަޔާ ފެނުނީމަ އަހަރެން ދެރަވި ވަރެއް އަޔާއަކަށް ނޭނގޭނެ…” ނަދާ ރޮމުން ބުނަމުން ދިޔައެވެ.
“އައިމް ސޯ ސޮރީ… ދެން ދުވަހަކުވެސް ނުވާނެ އެހެންނެއް… އައި ލަވް ޔޫ!” އެހެން ބުނުމާ އެކު އަޔާޒް ނަދާގެ މޫނުގައި ހިފާ އުފުލާލަމުން އެ ތުންފަތުގައި ބޮސްދިނެވެ.
ދެން ދިޔަ ވަގުތުކޮޅުގައި އަޔާޒްއާ ނަދާ ހީވީ އެކަކު އަނެކަކާ ސިކުންތަކަށްވެސް ދުރުވާން ބޭނުން ނުވެފައި ތިބި ހެންނެވެ. ފާއިތުވެ ދިޔަ ހުރިހާ ދުވަސްތަކަށް ވާވަރަށް އެއް ފަހަރުން އެކަކު އަނެކަކުގެ ފަރާތުން ލޯބި ހޯދަން އުޅުނު ހެންނެވެ.
ނޭވާ ކުރުވެފައި ތިބި ދެ މީހުން ދުރުވެލާފައި ނަދާ އަޔާޒްގެ މޫނުގައި ނިހާލް ޖެހި ތަނުގައި ފިރުމާލިއެވެ.
“ކީއްކުރަން ދޮންތަބޭ ކައިރީ ބުނީ؟” ނަދާ އެހިއެވެ.
“އެ ހުރިހާ ކަމެއް ވީ އަހަންނާ ހެދި، ނިހާލް ސުވާލު ކުރީމަ އަހަރެން ކުރި ކުށެއްގެ ވާހަކަ ނުބުނެ ސިއްރު ކުރަން ބޭނުން ނުވީ” އަޔާޒް ބުންޏެވެ.
އެއްޗެއް ނުބުނެ ނަދާ ކޮރާލަމުން އަޔާޒްގެ ކޮލުގައި ބޮސްދިނެވެ.
“ހިނގާ ގެޔަށް ދާން” އަޔާޒް ބުންޏެވެ.
ނަދާ ބޯ ޖަހާލިއެވެ.
“ނިހާލް، އަހަންނަށް ހީވަނީ ދެ މީހުން މައްސަލަ ޖެހިގެން އުޅުނަސް ނަދާ އަސްލު އަޔާ ދެކެ ވަރަށް ލޯބި ވާހެން” އިށީނދެފައި ނަދާ ބުންޏެވެ.
“ނަދާ ލޯބި ވިޔަކަސް ނުނިމޭނެ” އަދިވެސް އަޔާޒް ދެކެ އައިސްފައި ހުރި ރުޅި މަޑު ނުވެ ހުރި ނިހާލް ބުނެލިއެވެ.
“އަޔާވެސް ނަދާއާ ދޭތެރޭ އެކަހަލަ ފީލިންގްސް ނެތް ނަމަ ނަދާ އައި އިރަށް ފަހަތުންނެއް ނާންނާނެ ހެން އަހަންނަށް ހީވަނީ” ހުދާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ލޯބި ވިޔަކަސް އެ ނިމުނީއެއް ނޫން… އަޔާ ނަދާއާ މެދު ކަންތައް ކުރީ ރަނގަޅަކަށް ނޫން. އަޔާ ޖެހޭނެ ފުރަތަމަވެސް ހުރިހާ އެއްޗެއް ކިޔާދޭން” ނިހާލް ބުންޏެވެ.
“ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ. ކުރެވުނު ކަންތަކާ އަޔާ ދެރަވޭ މިހާރު. އަހަންނަށް ޔަގީން” ނިހާލްގެ ގައިގައި ލެނގިލަމުން ހުދާ ބުންޏެވެ.
ތެދެކެވެ. ނިހާލް އެކަމާ ވިސްނާލިއެވެ. ނިހާލްއަށްވެސް ކުށެއް ކުރެވުނެވެ. ޝާމިލްއާ ކައިވެނި ކުރުމަށް ސާޖިދާއަށް ވުރެ ބޮޑަށް ބާރު އެޅީ ނިހާލްއެވެ. އެކަމުން ހުދާއަށް ކިހާ އަނިޔާއެއް ލިބުނު ހެއްޔެވެ؟ ނިހާލްއަށް މާފު ނުކުރަން ހުދާ ކިހާ ދުވަހަކު ހުރި ހެއްޔެވެ؟ ނަމަވެސް ހުދާގެ ހިތުގައި ނިހާލްއަށް އޮތް ލޯބި އެހެން ހުރިހާ ކަމަކަށް ވުރެ ކުރި ހޯދާ ނިހާލްއަށް މާފު ކުރީއެވެ.
ނިހާލްއަށް ދެ ވަނަ ފުރުސަތެއް ލިބުނު ފަދައިން އަޔާޒްއަށްވެސް ދެވަނަ ފުރުސަތެއް ލިބެން ޖެހޭނެއެވެ. ނަދާއަށް އެކަން ނުވިސްނޭ ނަމަ ނިހާލް ނަދާއަށް ވިސްނައިދޭން މަސައްކަތް ކުރަން ޖެހެއެވެ.
އެ ދުވަހު އަޔާޒް އެ ވާހަކަތައް ކިޔާދިން އިރު، އެ ކަންތަކާ ދެރަވާ ވަރު އަޔާޒްގެ ލޮލުން ނިހާލްއަށް ސާފުކޮށް ފެނުނެވެ. އެ ހިތުގައި ނަދާއަށް ޚާއްސަ ކަމެއް ދެވިފައި ވާކަން ނިހާލްއަށް ޔަގީނެވެ. ވީ އިރު އަޔާޒްއަށް އެހީ ވުމަށް ނިހާލްއަށް ކުރެވުނު މަސައްކަތެއް ނިހާލް ކުރާނެއެވެ.
“ވާހަކަ ދައްކައިގެން ދެ މީހުންނަށް ހައްލު ނުކުރެވިއްޖެއްޔާ އަހަރުމެން އެ މީހުންނަށް އެހީ ވާން ވާނެ” ހުދާ ނިހާލްގެ މޫނަށް ބަލާލަމުން ބުންޏެވެ.
އެއްޗެއް ނުބުނެ ބޯ ޖަހާލަމުން ނިހާލް ހުދާގެ ނިތްކުރީގައި ބޮސްދިނެވެ.
އަޔާޒްއާ ނަދާ ކޮޓަރިން ނިކުތް އިރު ނިހާލްއާ ހުދާ ސިޓިންގރޫމްގައި ތިއްބެވެ.
“ވާހަކަ ދެކެވިއްޖެތަ؟” ހުދާ އަހާލިއެވެ.
ނަދާ ބޯ ޖަހާލާފައި އަޔާޒްއަށް ބަލާލިއެވެ.
“ނަދާ އަޔާއާ އެކީ ދާން ބޭނުން ނުވަންޏާ މިގޭގަ ހުރެވޭނެ، އެކަމަކު ވަކި ވުމުގެ ކުރިން އަދި ވިސްނާލަން ދޮންތަ އެދެން” ހުދާ ތެދުވެގެން ގޮސް ނަދާގެ އަތުގައި ހިފާލަމުން ބުންޏެވެ.
“ވިސްނާކަށް ދެން ބޭނުމެއް ނޫން” ނަދާ ބުންނެވެ.
“ނަދާ…” ނިހާލް އެއްޗެއް ބުނަން އުޅުނެވެ.
“އަދި އެއް ޗާންސް ދޭން ނިންމައިފިން” ނިހާލްއަށް އެއްޗެއް ނުބުނެވެނީސް ނަދާ ބުންޏެވެ.
“އަޔާ، ދެވަނަ ފަހަރަށް އިތުބާރު ކުރިޔަސް، ތިން ވަނަ ފަހަރެއް ނާންނާނެ އިނގޭ” އަޔާޒްގެ ކޮނޑުގައި ޖަހާލަމުން ނިހާލް ބުންޏެވެ.
ގެޔަށް ވަނުމާ އެކު އަޔާޒް ދެ އަތް މައްޗަށް ނަދާ އުފުލާލައިގެން ކޮޓަރިއަށް ވަން އިރު ހީވީ އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުން އައި ހެންނެވެ. އެކަކު އަނެކަކުގެ އަތުތެރޭ މުޅި ދުވަސް ހޭދަ ވި އިރު ދެ ހިތުގައި ހުރި ހުރިހާ ކަމެއްވެސް އެކަކު އަނެކަކާ ހިއްސާ ކުރަމުން ދިޔައެވެ. ލޯބި ވާ ވަރު ބުނެދެމުން ދިޔައެވެ.
ދެ އަހަރު ފަސް
ހަ ދުވަހުގެ ކުޑަ ކުޑަ ފިރިހެން ދަރިފުޅަށް ގާތުން ދޭން ނަދާ އިން އިރު އަންހެން ދަރިފުޅު ގޮވައިގެން ދެ ކޮޅަށް ހިނގާލަ ހިނގާލާ އަޔާޒް ހުއްޓެވެ. ބެލް ޖަހާލި އަޑު އިވުމުން ދަރިފުޅު އުރާލައިގެން ހުރެ ދޮރު ހުޅުވަން ދިޔައީ އަޔާޒްއެވެ.
“ކޮބާ މިހާރު ނަން ފައިނަލް ވެއްޖެތަ؟” ނިހާލްއާ ރިދާއާ އަޒްކާއާ އެކު އައި ހުދާ އުނދަގޫ ގޮތަކަށް އެނދުގައި އިށީންނަމުން އެހިއެވެ. އަޒްކާ އައިސް ނަދާ ކައިރީ އިށީނދެ ބޭބީއަށް ބަލަން އިނެވެ. އަޔާޒް އަތުން ދަރިފުޅު ނަގައިގެން އައިސް ރިދާވެސް ހުދާ ކައިރީ އިށީނެވެ.
“އައިޝަތު ޔަނާލް އަޔާޒް، އާދަމް ޔުއާން އަޔާޒް” ނަދާ ބުންޏެވެ.
“ވަރަށް ރީތި ދެ ނަންވެސް، ދޯ އާތިފް؟” އެ ވަގުތު ކޮޓަރިއަށް ވަން ސާޖިދާ، ފަހަތުން އައި އާތިފްއަށް ބުންޏެވެ. އަދި ދެ މީހުން އައިސް ދެ ކުދިން އުރާލިއެވެ.
“މާމަގެ ކުދިން ކޮޅު ގިނަ ވަނީ ދޯ! އަޒް، އާދެބަލަ ކޮއްކޮ އުރާލަން” ސާޖިދާ ޔުއާން ގޮވައިގެން އިށީނދެފައި އަޒްކާއަށް ގޮވާލިއެވެ.
“އާނ، ދެން ހުދާވެސް ވިހާކަށް ނެތް ދުވަހެއް. އަނެއްކާ ރިދާވެސް އެ އުޅެނީ މީހަކާ އިންނަން، އޭރުން ދެން ގިނަ ދުވަހެއް ނުވެ ރިދާވެސް މަންމައަކަށް ވެދާނެ” ޔަނާލް އުރާލައިގެން ހުރި އާތިފް ބުންޏެވެ.
“ދޮންތާ، ނުރިއްސާތަ؟” ނަދާ އެނދުގައި ހަމަ ޖެހިލަމުން އަހާލިއެވެ.
“އަދި ނުރިއްސާ، އެކަމަކު ވަރަށް އުނދަގޫ ވޭ އެބަ މިއަދު” ވިހަން ކައިރިވެފައި އިން ހުދާ، އުނަގަނޑުމަތީ ފިރުމާލަމުން ބުންޏެވެ.
އެ ވަގުތު އަނެއްކާވެސް ބެލް ޖެހި އަޑު އިވުމުން ރިދާ ގޮސް ދޮރު ހުޅުވިއެވެ. އިރުކޮޅަކުން ރިދާގެ ފަހަތުން އައީ މައިހާއާ އަޝްފާންއެވެ.
“އައްދޭ، މިއަދު އެންމެން އެއް ގަޑިއަކަށް އަންނަ ދުވަހެއް ދޯ؟” ކޮޓަރިތެރޭ ތިބި މީހުންނަށް ބަލާލާފައި މައިހާ ހީލަމުން ބުންޏެވެ.
“އަހަރުމެން ތިބޭނަން ބޭރުގަ” ސާޖިދާ އަޒްކާއާ ރިދާވެސް ގޮވައިގެން ބޭރަށް ނިކުތެވެ. ނަދާ އަތަށް ޔަނާލް ދީފައި އާތިފްވެސް އެމީހުންގެ ފަހަތުން ނިކުތެވެ.
“ދޮންތަ އިނދެބަލަ ތިތާ” ހުދާ ތެދުވަން އުޅުމުން ނަދާ ބުންޏެވެ. އަދި އަޝްފާންއާ މައިހާ ގެނައި ހަދިޔާގައި ހިފިއެވެ.
“މައިވެސް ވިހަން ވެފަ ދޯ؟” ހުދާ މައިހާއަށް ބުންޏެވެ.
“އާނ، އަންނަ މަހު” އަޝްފާންއަށް ބަލާލަމުން މައިހާ ބުންޏެވެ.
އެރޭ ވަންދެން އެ ގެއިން މީހުން ހުސް ނުވެއެވެ. އެގާރަ ޖަހަން ދެން އިނދެފައި ސާޖިދާ ދާން އުޅެފައި އަދިވެސް އެއް ފަހަރު އައިސް ނަދާ ކައިރީ އިށީނެވެ.
“ޔަގީންތަ މަންމަ ނެތަސް އުނދަގުލެއް ނުވާނެ ކަން؟” ސާޖިދާ އެހިއެވެ.
“ނުވާނެ އުނދަގުލެއް މަންމާ. އަޔާ ވަރަށް މޮޅޭ ކުދިންގެ ހުރިހާ ކަމެއް ކުރަންވެސް” ހީލަމުން ނަދާ ބުންޏެވެ.
“އެހެން ވިޔަސް ދެ ކުދިން ވީމަ ދޯ. ދެން އެންމެ ރަނގަޅު. އެކަމަކު ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާތި އިނގޭ” ނަދާގެ ބޮލުގައި ފިރުމާލަމުން ސާޖިދާ ބުންޏެވެ.
ސާޖިދާމެން ދިޔުމުން ދޮރު ތަޅު ލާފައި އައިސް އަޔާޒް ނަދާ ކައިރީ އޮށޯވެ ނަދާ ގައިގައި ބައްދާލިއެވެ.
“އައި ލަވް ޔޫ!” އަޔާޒް ބުނެލިއެވެ.
ނަދާ އެނބުރިލުމާ އެކު އަޔާޒްގެ ތުންފަތުގައި ބޮސް ދިނުމަށް ފަހު ދުރުވެލިއެވެ. އަޔާޒް ނަދާ ގެނެސް އަތުތެރޭ ފޮރުވާލިއެވެ.
“ދުވަހަކުވެސް މީހަކު އަހަންނަށް ނުދޭހާ އަގުބޮޑު ހަދިޔާއެއް ނަދާ ތި ދިނީ، އެވެސް ޑަބަލް ކޮށް، ކިހިނެއް ޝުކުރު އަދާ ކުރާނީ؟” އަޔާޒް ބުންޏެވެ.
“އަބަދުވެސް ދޭ ގޮތަށް، ލޯބިން” ނަދާ ބުންޏެވެ.
“އައި ލަވް ޔޫ” އަނެއްކާވެސް އަޔާޒް ބުނެލިއެވެ.
“އަހަރެންވެސް…” އަޔާޒްގެ އަތުތެރޭ އިތުރަށް ބޮނޑި ވެލަމުން ނަދާ ބުންޏެވެ.
ދެ މީހުންނަށް ނިދުނީ އެހެން ތިބެއެވެ. އަހަރުތަކެއް ކުރިން އެ ދެމެދުގައި ވި އެކުވެރިކަން ހަނދާން ކުރަން ތިބެއެވެ. އެ އެކުވެރިކަން ނަފްރަތަށް ބަދަލުވެ، އޭގެ ފަހުން ލޯތްބަށް ބަދަލު ވި ގޮތް ހަނދާން ކުރަމުންނެވެ. މިއަދު އެއީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމަފިރިންނެވެ. ރައްޓެހިންނާ އެންމެ ގާތް މީހުން ލޯބީގެ ނަމޫނާއެއްގެ ގޮތުގައި ދެކޭ ދެ ލޯބިވެރިންނެވެ.
ނިމުނީ
67 Comments!
Comments are closed.








Hello everyone, miothy fahu bai. Hykuran nimun kamudhaane kamah. Kiyaalaafa comment kollahchey ingey. Vaahaka mi nimuny readers ge support aa eky, readers aa nulaa mi kan kuran v undhagu vaane, liyan beynun viyas liyeveyny kiyaane bayaku thibegen, so vaahaka kiyaali hurihaa kudhinnah vvv bodah shukuriyya. Love u all!!! ❤️❤️❤️❤️❤️❤️
yayy i got the first.
Yes u 1st ?
Mivaahaka v v v reethi maashaallah. Maasha u re so talented masha ge faraathun mikahala reeethi ithuru vaahaka thah fennaane kamah ummeedhu kuran. Vaahaka nimuneema v dheraveyy. N soo happy that i am the first one . Vaahaka up veytho balabalaa meendhee hama ❤❤❤
Thank u so much Malu, Insha Allah will start a new story next week.
Shixoo Izkaan Afeef
thi kaaku tha
Thank u
Woooooww varah salhi story ? ? ? ? ? ? ? ? ? ? ? ? varah habeys. Love you marsha sis ❤️ ❤️ ❤️ ❤️ ❤️ ❤️ and hope you will write another story.. ? once again varah kaamiyaabu story eh mee. I love it. Thank you.
Thank u Shahu, hope u will like my next story too. ?
so sad that the story is over ?
Oww,, but nimen vaane u dho. Thank u for reading ?
Varah reethi????????
Thank u ??
Varah reethi..ekam nimuneema Varah dhera
Thank u Ibsha, don’t b sad dear, B happy ?
mashaa allah v v reethi vaahaka fashigen nimandhan keyn. unmeedhakeyy mikahala ithuru vaahaka thakae kiyaalan libun hama. keep it up love ☺????????
Thank u liyaa, Insha Allah adhi kiyeyne v avahah ?
Masha Allah
Vaahaka v reethi.. ummedhakee ithuru vaahaka eh kiyaalan libun..Marsha ah abadhu vs kuri erumah edhn
Thank u Maiha, soon ingey ?
Ma Sha Allah nimun vx v v habeys..Marsha sis v molhu…I hope i can c ya another story very soon <3 <3 <3 ??
Thank u jiji, next week ga new story eh start kuran kamah mi ulheny ?
Masha Allah.. varah reethi..
Marsha ge ithuru story eh kiyaalan libeyne dhuvaheh ge inthizaaruga mi huree dhen…hope varah avahah libeyne kamah.. N yes thank you so much Marsha for the lovely stories..I really enjoyed ur all stories..
Thank u NSHY, Insha Allah next week ga new story eh start kuraanan ?
އަޑި އެނގޭ ހުދު ފަޅެއް ފަދަ ސާފު، އެމުނިއެކުލެވުން ހިނގަހިނގައި ހުރި ފެން އާރެއް ފަދަ ފަސޭހަ އިބާރާތްކުރުމެއް. ވާހަކައިގެ ރޭވުންގަނޑާ މެދު ވެސް ބުނާނެ އެއްޗެއް ނެތް. ވާހަކައިގައި އުޅޭ މީހުން ގެ ޝަޚުޞިއްޔަތު ސިފަކޮށްދެވިފައި ހުރި ގޮތް ވެސް ގުޅޭ. “ދުރުކަމެއް” ހުރި ނަމަ ހުރީ ސާޖިދާގެ ޝަޚުޞިއްޔަތުގައި. އެއްވެސް މަޔަކަށް މަސްތުވާތަކެތި ބޭނުންކުރާ ފިރިހެނަކާ ތިމާގެ ދަރިފުޅު ދެވަން ރުހެވިދާނޭބާ؟ އެއީ އެންމެ ގާތް ރަހުމަތްތެރިޔާގެ ދަރިފުޅު ކަމުގައިވިޔަސް!ޖުމުލަ ގޮތެއްގައި ބުނާނަމަ މީ ހަމަ ވަރަށް ރީތި ވާހަކައެއް.”ދެއަހަރު ފަސް” އެބައި ކޮންމެހެން ބޭނުމެއް ނޫންހެން ހީވަނީ!މިސައިޓަށް ލިޔާ ގިނަލިޔުންތެރިންނަކީ ތަޖުރިބާ މަދު ދަސްކުރާ ލިޔުންތެރިންނަމަވެސް “ކުށަކާ ނުލައި” ގެ މުޞައްނިފާއާ މެދު އެފަދަ އެއްޗެއް ބުނާނެ ޖާގައެއް އޮތް ކަމަކަށް ނުފެނޭ. ހޮބީއަކަށް ލިޔުނަސް ހަމަ ގައިމުވެސް މިވާހަކައިން ފެނުނީ ހުނަރުވެރި ޕްރޮފެޝަނަލް ލިޔުންތެރިއެއްގެ ގޮތްގަނޑު.ވާހަކައިގެ ބައިތައް ފޮތަކަށް އެކަށައަޅައި، ވަކި ބައިބައިގައި ހުރި ކުދިކުދި އިމްލާ ކުށްތައް ފިލުވާލައިގެން ޗާޕުކޮށް ފޮތް ފިހާރަތަކަށް ނެރެން ފެނޭ. މިފަދަ ރީތި ވާހަކައެއް ލިޔެ، މެދުކެނޑުމެއް ނެތި ގަވައިދުން ސައިޓުގައި ޖަހަމުން ގެންދިޔައީތީ ކިޔުންތެރިއެއްގެ ހައިސިއްޔަތުން އަދި ދިވެހިބަހާއި އަދަބިއްޔާތަށް ލޯބިކުރާ މީހެއްގެ ގޮތު ން ފަށްފަށުން ޝުކުރާއި މުބާރިކުބާދީ އަދާކުރަން
Konthaaku ow masthuvaa theketheege vaahaka hury..can anyone please tell me why this person said like that
Shukuriyya kalaa, vaahaka liyumuga Marsha beynun vaa hisaabah gaathahves adhi nudhevey kamah Marsha gaboolu kurany, ekamaku masahkaiy kuramun mi dhany, kalaa ge comment thakaky vvv motivate vaa comment thakeh, v v bodah shuriyya, hykuran Marsha ge Ehen vaahaka thakun ves kalaa ge comment thah fennaane kamah,
Shaamil ge vaahaka e ee, story ga innaane e kan engen hudha ge baiga
Alhey nimuneetha hama. Adhives kiyaalaa hithun mi inee. Vvv reethi vaahakaeh. Nimun ves v hiygaimu. Adhives miyahvuren ves furihama vaahakayeh ge inthizaaru ga hurin. Good luck ???
Thank u Aroo, InshaAllah v avahah aa vaahaka eh fashaanan ?
Wow… v salhi nimmun..ehen story akah inthizaaru kuraanan.. congratulation for this successful lovely story…????????????????❤?❤❤??❤?❤?❤?❤??❤?❤?❤❤??❤?
Thank u sleepy, InshaAllah will start a new one soon ?
varah varah reethi. hama speechless. mee mihaathanah kiyun enme reethi vaahakathakuge thereyga himeney story eh . rangalhu kuran v ehvves thankolheh hama neh and aslu happy ending eh mi story ah aima varah happy vehjjje. maashaa vareh neh vaahaka liyaakah maashaallaah.! i look forward to see a new story of yours soon. i love you, hella heart eyes for this story.
Oww, thank u so much YoonnaL, Ehen writer ehge mi kahala comment eh libunyma vvv ufaa vey, thnx again dear, Ehen story eh next week ga fashan ready vany mi, hope u will like it too ?
Masha allah ? vvvv reethi story eh… Vvv kiyaahithun indhaa nimunee vvv molhu ingey?????❤️?????♥️?♥️?❤️?????????♥️????.. Ehn salhi vaahaka akan inthizaaru kuraanan adhives???
Thank u Maryy, v avahah new story eh fashan try kurany mi ?
Marsha. Vaahaka aslu incomplete hen hyvany.. koba rape ge baige kanthah.. hyvany ae beykaaru baehhen.. nadha rape vyma ves bodu kamakah nuvefa.. direct rape ge badhalu rape attempt eh ai gothah v nama ves aslu story kiyaafa visnaalyma hama jehey gothah feney..
And hyvany story ma awahah ninmaafa vaahen.. kudhinge negetive comments a hedhi vaahaka ninmaaly tha marsha? Aslu plan kohfa oyh gothakah noon dhw rape scene ah fahu genes mi ninmaaly???
Marsha ge “meeraa and yamaan ” ulhey stiry is my one of the fav dhivehi story❤❤❤
Vaahaka ah evves change eh nugennan, Marsha plan kuri gothah start to end myny, but Marsha ah ves eba hyvey e bai thankolheh kuda koh hen genesdhevifa e iny, next time will try to do better, thank u so much Yannii
v loabi.. waitinf for ure next story
Thank u amin, soon dear ?
kobaa miothee aharen bunithan aisfa kehthyrikamuge meyvaa varh fonivaaney aharen bunin miothi vaahaka nimunu iru eydhuvas feynifa inshaa ﷲ ????
Aan, Ehen vee dho, thank u ?
dhen ok
Thank u IsHa
Masha Allah.. U r so talented ??.. V v v reethi mi vhk….. Kn irakun aa vhk eh up kuraanee… I want to talk to u.. Can u.. Plz❤️❤️❤️❤️❤️??
Thank u Xara, InshaAllah next week ga fashaanan aa vaahaka eh. ?
Varah reethi adhives beynun
Thank u nasmer, next week next story ?
Wow
Thank u Nadha
Masha Allah this story endings is very nice i’m speechless waiting for ur next story very curiously n gud luck my regards to u
Thank u Fathun, next week ga new story eh fashan try kurany mi, ?
Kalhu handi
Thank u dear ?
Vaahaka vv reethi
Thank U I a ?
maashaa Allah vvvvvv reethi
Thank u A aaR ?
Alhe haadha reechey love your stories adhives nadhaa aa ayaaz ge life ga vaagoih balaalaa hihvany last two parts kiyaalaafa comment kuran lasvee but friend eh ge phone un kiyaalaafa my name ga comment kuree love you
Thank u, ? ❤️
Hello Marsha
Because of the way this comments column is designed, it is incredibly hard to write in Dhivehi in Thaana script, from right to left.Hence my
comments in English.I hope you don’t mind. Swayed by the opinion of some of your reader fans it appears that you will describe the rape scene in more graphic detail, in a revised version of the novel.That will be a mistake.In a case like this one understatement is customary and probably more effective. So please leave the scene unchanged, as it is.If you must change anything then make it an attempted rape rather than rape per se.An attempted rape will still leave Nadha in shock and fright and make her subsequent rage towards her husband, if not illness, just as plausible.You have written a fine novel. I wish it the commercial success it so richly deserves in the event of publication in book form.
It’s OK, vaahakaige evves baeh badhalu kuraakah hithaku neiy, vaahaka publish kuran chance eh libijjeyya ves mi in gothah publish kurany, e scenes maa bodah thafseel kohdhinyma rythi vedhaane hen Marsha akah hieh nuvey, ekamu hithah araa eyge fahun ai baiga ekamaa medhu ayaa n nadhaa ge visnun huri goiy bodah explain kohdhevi u nama ey. But then mihaaru liye nimifa inyma evves badhaleh nugennaanamey hithuga othy. Hope to c ur comments on my next story too. ?
Marsha
Because of the way this comments column is designed, it is hard to write in Dhivehi, in Thaana script, from right to left. Hence these comments in English.I hope you don’t mind.Swayed by the opinion of some of your readers, it appears that you will describe the rape scene in graphic detail.
This is unnecessary. Most professional writers
will probably use understatement rather than hyperbole in a rape or murder case. So please
leave the rape scene as it is, without change. If you must change anything, then make it an attempted rape rather than rape per se.In the aftermath, that will still leave Nadha in shock and fright, her rage towards her husband, if not her illness, equally plausible. Yours is a fine novel.
I wish it the commercial success it so richly deserves in the event of publication in book form.
Miothy 2 faharu comment kurevifa dho, ?
Sorry about the repetition. I thought the first one was lost during transmission as it did not appear
in the comments column for some time. You may
disregard the comments if you wish.
Marsha ge new story eh fennaane kamah ummeedhu kurann. … mi story hama v obi. .. ????????❤????????…
Maasha Allah ❤️ Mi vaahaka Vara reethi. I cried and laughed through the whole story ?