Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 6ވަނަ ބައި)

izza Level 110 Stories
October 21, 2014 3 Mins Read
8 Comments

ޒާހިރުއާއި މަސީހު ތިބީ މަސީހުގެ ގޭގެ ސިޓިންރޫމްގައި ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެވެ. އެމީހުންގެ އެންމެ ގާތް ދެ އެކުވެރިން ކަމުގައިވާ ޝާހުއާއި ނާހިލްގެ ގޮތްނޭގޭ މަރުގެ ސަބަބުން ދެ މީހުންގެ ހިތުގައިވެސް ވަނީ ބިރުވެރިކަން އުފެދިފައެވެ. ނާހިލްގެ މަރަށް ފަހު އެމީހުންގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ދެން އެގޮތަށް މަރާލާނީ އެމީހުންގެ ތެރެއިން ކާކުކަމެއް ނޭގޭތީއެވެ. “އަހަރެން އޭރުވެސް ބުނީމެއްނު އެގޮލާ ދިރިހުއްޓާ ދޫކޮށްލައިގެން ނުވާނޭ..” ރެޑްބުލް ދަޅުން އެތިކޮޅެއް ބޯލަމުން ޒާހިރު ބުނެލިއެވެ. މަސީހު އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ” އެކަމަކު އޭނަ ހުރިގޮތުން ހިއެއްނުވޭ އެހާ “ގަޓު” ހުންނަ ގޮލައެއް ހެންނެއް…” މަސީހު އޭނާ ދަޅުން ކޯވަރެން ބޯލިއެވެ. ” ބަދަލު ހިފަނީއޭ…ބަދަލު ހިފުމުގެ ރޫހަކީ ވަރަށް ވަރުގަދަ އެއްޗެއް..އިންސާނަކު ހައިވާނަކަށްވެސް ހަދާފާނެ…” ޒާހިރު އިނީ ބޯ ހާސްވެފައެވެ. ” އަކަމަކު އޭނަ ކިހިނެއް ތަޅުލައިފަ ހުރި ތަންތަނަށްވަދެ މީހުން މާރާނީ؟.. މަ ބިރުގަތް ރޭވެސް ….ގޭގެ ހުރިހާ ދޮރެއް ހުރީ ލައްޕާ ތަޅުލައިފަ. އަޑުއައީ މަ ފުރަގަހުން..އެކަމަކު އެއްވެސް މީހަކު ފެންނާކަށް ނެތް” މަސީހު އެރޭ ކަންތައް ވީީގޮތުގެ  ވާހަކަ ޒާހިރުއާއި ހިއްސާކުރިއެވެ. ” އަނެއްކާ ކަލެއަށް އެރޭ ފާރަލީ ޖިންނިއެއް ނޫންބާ؟” ޒާހިރު މަސީހުއާއި ދިމާކޮށްލިއެވެ. “ދައްކާ ވާހަކަ…މިޒަމާނުގަ ޖިންނި އުޅޭތަ؟ ތިވާނީ ހަމަ އެގޮލާގެ ކަމެއްކަމަށް” މަސީހު އިނީ ސަމާސާކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ. ” ފުލުހުންނަށް އަންގަންވީނު..” މަސީހު އޭނާ ބޯންއިންދަޅު ހުސްކޮށްލައި ސިނގިރޭޓެއް ރޯކޮށްލަމުން ބުނެލިއެވެ. ” މޮޔަވީތަ؟ ދެން އަހަރެމެން ވީ ފުލުހަށްގޮސް އެއަންހެން ކުއްޖާ ރޭޕްކޮށްލެވުނީ ކަމާއި ދެން އެކަހަލަ ކަމެއް ނުކުރާނެކަމަށް ބުނެ އެމީހުންގެ އެހީއަށް އެދެން؟ އެމީހުން އަހަރެމެން ހައްޔަރު ނުކޮށް ތިބޭނެ؟ ފުލުހުން އަހަރެމެންނަށް އެތަށް ސުވާލު ތަކެއް އަމާޒު ކުރާނެ….ހާސްނުވެބަލަ..އެގޮލާ އަހަރެމެން އަތުލުމުގެ ކުރިން އޭނައަށް ހޭއަރުވައިލާނަން” ޒާހިރުވެސް ސިނގިރޭޓެއް ރޯކޮށްލަމުން ބުންޏެވެ. ” ދެމީހުން މަރާލިއިރުވެސް އަތެއް ނުވިއެއްނު…މަށަށް ފެންނަނީ ހަމަ ޕޮލިހުންގެ ފަރާތުން އެހީތެރިކަން ހޯދަން..ރޭޕްކޮށްލި ވާހަކަ ނުބުނާނިއްޔޭ..ބުނާނީ އަހަރުމެންގެ ގުރޫޕާ ޖައްސައިލައިގެން އުޅޭ މީހެއްގެ ކަމެއްހެން ހީވާތީއޭ މިއައީ” މަސީހު އިނީ އެކަމަށް ހައްލެއް ހޯދަން ބޭނުންވެފައެވެ. “އެކަމަކު ތިއީ ވަރަށް ރިސްކީކަމެއް” ޒާހިރު ވިސްނާލިއެވެ. މަ ތިކަންތައް ކުރާނަމޭ..އެކަމަކު ކަލޭވެސް ދާންވާނެ މަށާއެކު…ހާސްނުވެބަލަ” މަސީހު އެކަން ކުރުމަށް އެއްބަސްވިއެވެ. ޒާހިރުއަށްވެސް އެކަމަކާއި ދެކޮޅުހަދާކަށް ނުކެރުނެވެ. އޭނަގެ އަމިއްލަ ރައްކަލަށްޓަކައިވެސް މެއެވެ

އަނެއްދުވަހުގެ ހެނދުނެވެ. ޒާހިރުއާއި މަސީހު ފުލުސް އޮފީހަށް ދިއައެވެ. ” އަޅުގަނޑުމެން ވަރަށް ބިރުގަނޭ..އަޅުގަނޑަށް ހީވަނީ މިއުޅޭ ގުރޫޕަކުން ވަރަށް ރާވައިގެން ކުރާކަމެއްހެން މިއީ”މަސީހު ވާހަކަ ދެއްކީ ޑިޑެކްޓިވް ލަޔާލް އާއެވެ. ލަޔާލް އިނީ މިމީހުންގެ ވާހަކަ ކަނުލައި އަޑުއަހާށެވެ. ޝާއިން ރުޝަދީއަށް ފޮނުވި މެސެޖްގައި ބުނެފައިވާ ޒާހިރު އާއި މަސީހުއަކީ މިއީކަން ޔަޤީންވިއެވެ. އަދި ގޮތް ނޭގޭ މަރަކުން މަރުވެފައި އެވަނީ އެމީހުންގެ ތެރޭގައިވި ޝާހުއާއި ނާހިލްކަން އޭނާއަށް ދެނެގަނެވުނީ އެމީހުންގެ ވާހަކައިންނެވެ. އެހެނަސް އޭނާ ހިމޭނުން އިނީއެވެ. އެއީ އެއަށްވުރެ މޮޅު ވިސްނުމެއް އޭނާގެ ސިނކުޑިއަށް އައުމުންނެވެ. ފުރަތަމަ ޒާހިރުއާއި އޭނާގެ އެކުވެރި މަސީހުއަށް އެއްބާރުލުންދީ އެމީހުން ދިރިއުޅޭ ގޭގެ ކައިރީ ފާރައަށް ތިބޭނީއެވެ. ޤާތިލް އަތުލައިގަތުމަށްވެސް ފަސޭހަވާނީ އޭރުންނެވެ. ޤާތިލާއި އެކު މިމީހުން ހައްޔަރުކޮށްގެން ގެނެސް ސުވާލުކުރުމުން ޤަތުލުގެ ފަހަތުގައިވާ ސިއްރުވެސް އެނގި ހާމަވެގެންދާނެއެވެ. އެކަމަކު ލަޔާލް މިމީހުންނާއި ކުރަން ބޭނުންވާ ސުވާލެއް އޮތެވެ.” ނަވާއާއި ޝާއިން ވީ ކޮންތާކު؟ ” ލަޔާލްގެ މިސުވާލުން މަސީހުއާއި ޒާހިރުއަށް ލިބުނީ ކުއްލި ސިހުމެކެވެ. ” ނޭ..ނޭގެ…ނަވާވެސް ޝާއިންވެސް ފިލީ” އެމީހުން ޤަސްތުގައި އޮޅުވައިލީކަން ލަޔާލްއަށް އެނގުނެވެ. ލަޔާލްއަށް އެމީހުންގެ އެމުޑުދާރު ޢަމަލުގެ ހަޤީޤަތް އެނގޭކަން އެމީހުންނަށް ނޭގޭތީއެވެ. އެހެނަސް ލަޔާލް އިތުރަށް އެމީހުންނާއި ސުވާލެއް ނުކުރެއެވެ. ކޮންމެގޮތެއް ވިއަސް އަދި މިމީހުން ހައްޔަރު ކޮށްގެން ޤާތިލާ ހަމައަކަށް ނުފޯރާނެއެވެ. އެހެންކަމުން ލަޔާލްއަށް އެނގޭކަމަށް ނުހަދާ މިވަގުތަށް މިމީހުން ދޫކޮށްލުމަކީ ބުއްދިވެރި ގޮތެކެވެ. ކޮންމެ ގޮތެއްވިއަސް ޒާހިރުއާއި މަސީހުއަށް ފުލުހުންގެ އެހީތެރިކަމަށް އެދެން މިޖެހުނީ އެމީހުންނަށް މިވަގުތު އެނޫން ގޮތެއް ނެތީމާކަން ލަޔާލް ދެނެގަތެވެ. ބޭނުންވާ މައުލޫމާތުތައް ސާފުކޮށްލުމަށްފަހު އެމީހުނަށް އެހީތެރިކަން ދޭނެ ކަމަށް ބުނެ ލަޔާލް އެމީހުން ފޮނުވައިލިއެވެ

” ސަރ. ބޭރުގައި އެބަހުރި މަރަދޫއިން ސަރއާއި ބައްދަލުކޮށްލަން މީހަކު އައިސް.” އޮފިސަރ ރާޝިދު ލަޔާލް ކައިރީ ބުންޏެވެ. ” އެމީހާ ގެނޭ!” ލަޔާލް އެންގިއެވެ. ރާޝިދާއިއެކު އައީ ދެބައި އުމުރުގެ ފިރެހެނެކެވެ. ލައިފައި ހުރީ ޓީޝާޓަކާއި މުންޑެކެވެ. ވަރަށް ދުފާ މީހެއްކަން އެނގުނީ އޭނާގެ ދަތްތައް ފެނުމުންނެވެ. ” އަޅުގަނޑު އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ..އެހެންވެ މިއައީ..އަޅުގަނޑަށް މިއުޅޭ ކަންތައްގަނޑުގެ ޚަބަރު އިވުނީ ޓީވީއިން.” އެމީހާ ވާހަކަ ދެއްކިއެވެ. ” ކޮބައިތޯ ދައްކަން ބޭނުންފުޅުވާ ވާހަކައަކީ؟” ލަޔާލް އެމީހާ ކުރެން އެއްސެވެ. އެމީހާ އެވާހަކައާއިގެން ކުރިއަށް ދިޔައެވެ. ” އަސްލު އަޅުގަނޑަކީ ރުޝްދީމެންގެ އަވައްޓެރިއެއް..އެގެއަކީ އަޅުގަނޑު ހަމަ އާންމުކޮށް ވަދެއުޅުނު ގެއެއް..އެކަމަކު ރުޝްދީގެ ކޮއްކޮ ނަވާ އަޅުގަނޑުމެންގެ ރަށުގައި އުޅުނު ޓީޗަރަކާއެކު ފިލި ކަންތައްގަނޑުގައި ރުޝްދީގެ ބައްޕަ ޖަމީލް ނިޔާވި ފަހުން އެގެއަށް ވަދެ އުޅެނީ ވަރަށް މަދުން. އެއްރެއަކު އިރާކޮޅު އަޅުގަނޑު  އެގެއަށް ދިޔައިރު ފެނުނު މަންޒަރަކުން އަސްލު މިތަނަށް މިއަންނަން ޖެހުނީ. އަޅުގަނޑު ދޮރު ހުޅުވާލިއިރު ރުޝްދީ އިނީ  ސިޓިންރޫމްގަ ބޮޑު އަލިފާންގަނޑެއް ޖަހައިގެން… ފޮތިން ހަދާފައި އޮތް ފާޑެއްގެ ބުދެއް އޭނާގެ އަތުގައި އޮތް….އޭނާ އިނީ ކޮންމެވެސް އެއްޗެއް ކިޔަވާލަ ކިޔަވާލައި..ދެން އެހެން އިދެފައި އިރުއިރުކޮޅުން ކޮންމެވެސް އެއްޗެއް ކިޔާފަ އަލިފާންގަނޑަށް ފުމެލާ…އަޅުގަނޑު ކުޑަކޮށް ބިރުގަތްފައި ހުރި ނަމަވެސް އޭނާއަށް ނުފެންނާނެހެން ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވައިލިން. އިރުކޮޅަކުން ފެނުނީ އޭނާ ކޮޅަށް ތެދުވިތަން..ތެދުވެފަ ވަރަށް ބާރަށް ބުނި…”ޝާހް ކަލޭގެ ވަގުތު އައިސް ޖެހުނީ..ކަލޭތީ ކޮންމެ ތަނެއްގައި ހުރި ކޮންމެ މީހަކަސް މިރޭ ކަލެއަށް ސަލާމަތެއް ނެތް.”.މިހެން ކިޔާފައި އެބުދުގެ ބޯ ވަޅިއަކުން ކަނޑާލާފައި އަލިފާންގަނޑުގެ ތެރެއަށް އެއަލައިލި..އަދި އެއަށްފަހު ވަރަށް ބާރަށް ހޭން ފެށި..އަޅުގަނޑަށް ދެން އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނާކަށް ނުކެރުނު…ދެން ޖެހިގެން އައި ދުވަހު މެންދުރު ދޭއްގެ ޚަބަރުން އަޅުގަނޑު އަޑުއެހިން ހިތަދޫގައި ޝާހު ނަމަކަށް ކިޔާ ކުއްޖަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ވާހަކަ.” އެމީހާގެ ވާހަކަ މެދުކަޑައިލިއެވެ. “ދެން ތިބުނީ އެކަމުގެ ފަހަތުގައި ވަނީ ރުޝްދީއޭތަ؟” އެމީހާގެ ވާހަކަ މެދުކަޑާލުމުން ލަޔާލް އަހާލިއެވެ. ” އަޅުގަނޑަށް ހީވަނީ އެހެން..އެއީ އޭނަ އެކަމެއް ކުރިރޭ ޝާހް މަރުވިކަމަށް ވަނީ..އެނގިލައްވާތޯ؟ ސިހުރާއި ފަންޑިތައަކީ އޭގައި ވަރަށް ބާރު ހުންނަ އެއްޗެއް.” އެމީހާ ބުންޏެވެ. އެހެނަސް ލަޔާލްއަކީ އޭނާ އުޅޭ ވަޒީފާގެ ގޮތުން އެކަހަލަ ވާހަކަތައް އެއްއިރެއްގައިވެސް ޤަބޫލުކުރާ މީހެއް ނޫނެވެ. އެހެނަސް ކަންކަން ވެގެން ދާގޮތުން އެހެން އަޅައިނުލައި ތިބެވޭކަށްވެސް ނެތެވެ. “އަޅުގަނޑަށް އޭރުގަވެސް ހީވި އިންސާނަކު ކުރާ ކަމެއް ނޫނޭ އެއީ…ސިހުރު ފަންޑިތައިގައި ޖިންނި ޝައިތާނުންގެ އެހީ ހޯދާ ވާހަކަ އަޅުގަނޑު މީގެ ކުރިންވެސް އަޑުއަހަން” މިފަހަރު ވާހަކަ ދެއްކީ އޮފިސަރ ރާޝިދުއެވެ. ” އަޅުގަނޑު އޭގެ ފަހުން ކޮންމެ ރެއަކު ރުޝްދީއަށް ފާރަލިން..އެކަމަކު އޭގެފަހުން އޭނާގެ އެއަމަލު ތަކުރާރުވީ މިދިޔަ ހަފްތާގެ ބުދަ ވިލޭރޭ އިރާކޮޅު..އެރޭ ހަމަ ނާހިލްއޭ ކިޔާ އިތުރު ކުއްޖަކު މަރުވި ޚަބަރު އަނެއްދުވަހު  ލިބުނު..އަނެއްކާ މިހާރު އޭނާ އުޅެނީ އޭގެ އެހެން ބުދެއްވެސް ހަދައިގެން..މީހުން ބުނޭ ނަވާގެ ކަންތައްގަނޑުގެ ފަހުން އޭނަ މުޅިން ހަމަނުޖެހޭ ވާހަކަވެސް..އެކަމަކު ހަމަނުޖެހޭ މީހަކު އެކަހަލަ ކަންކަން ކުރާނެހެންނެއް ހިއެއްނުވޭ..” އެމީހާ އިތުރަށް ބުނެލިއެވެ. އެމީހާގެ މިވާހަކަ އާއިއެކު މުޅިތަނަށް ވެރިވީ ހަމަހިމޭންކަމެކެވެ.(ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

izza

Level 110 Stories

Other Articles

އެލީޝަ
Previous

އެލީޝާ (7 ވަނަބައި)

Next

ޑިލީޓް

Next
October 22, 2014

ޑިލީޓް

Previews
October 20, 2014

އެލީޝާ (7 ވަނަބައި)

އެލީޝަ

8 Comments!

  1. ummi says:
    October 21, 2014 at 8:39 am

    Haadha kureyy… bt varah reethiiii waiting for the next part

  2. Asik says:
    October 21, 2014 at 9:53 am

    Thankolheh digukoh genes dyyyyyy bass pls pls pls pls

  3. Shaayaa says:
    October 21, 2014 at 10:47 am

    varah reethi .thankolheh digukoh genes dy ba

  4. Satey says:
    October 21, 2014 at 11:43 am

    Varah reethi…. adhi thankolheh dhigu koh genes dhinun edhen…

  5. yash says:
    October 21, 2014 at 1:10 pm

    V nice mivaahaka

  6. nishya says:
    October 21, 2014 at 1:19 pm

    mi story aramagu site ga ves indhey dhw??? 10 episode mhar e site ah upvejje……

  7. shiu says:
    October 22, 2014 at 2:40 pm

    Itx amaxing..but little short..
    waitig 4 the nxt part..

  8. AFREEN says:
    January 5, 2015 at 12:12 am

    THIS STORY IS VERY NICE.

Comments are closed.

Next Episodeވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން (7ވަނަ ބައި)←


All Right Reserved!