Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާތީ 1

Sima Level 1
August 22, 2019 2 Mins Read
4 Comments

ފަތިހުގެ ފިނިން ޖައްވުގައި ވަނީ ފުސްކަމެއް އެކުލެވިފައި އެވެ. ރަށުގެ ބޮޑުމަގުން ފުއްޓަރު ފަރާތުން ހިނގާލާފަ އެއަންނަ އަންހެން ކުއްޖާގެ ހިޔާލުގައި ހިނގަމުން އެދަނީ ކޮންކަހަލަ ކަންތައް ތަކެއް ބާއެވެ. މަޑުހިނގުމެއް ގައި ހިނގާލާފައި އައިސް ވަރައް އާދައިގެ ގޮތަކައް ހަދާފައިވާ ގެއެއްގެ ދޮރާއްޓާއި ހަމައިން ހުއްޓި ފުން ނަޒަރަކުން ބަލައި ލުމަށްފަހު ދޮރާށި ހުޅުވާ އެތެރެއައް ވަދެއްޖެ އެވެ.

“ދަރިފުޅާ ޒައީ މިހާފަތިހު ކޮންތާކުންް ތިއައީ އަނެއްކަ؟” ދޮރާށިން އެތެރެއަަށް ޒައިނާ ވަނުމާއި އެކު ގޯތި ތެރެ ކުނިކަަހަން އޮވެފައި ނިހާދާ ގޮވާލިިއެވެ. ނިހާދާއާއި ޒުހެއިރުގެ ދެކުދިންގެ ތެރެއިން ޒައިނާ އަކީ އެންމެ ދޮށީކުއްޖާާއެވެ. ޒައިނާގެ އުމުރުން ސޯޅަ އަހަރުު ފުރިފައި ވާއިރު ދެމަފިރިންގެ ދެވަނަ ދަރިފުޅު ޒައިން އަށް ދިހަ އަހަރެވެ.

“މަންމަ ތިއުޅެނީ އަޅުގަނޑު ފޮނުވާލާށޭނުން މަންމަަަަަަަަ މެންނާ މާދުރަށް ދެން އެހެންވީމަ އަޅުގަނޑު ގެއިން ނުކުމެގެން ދާންވީނުން. މަންމަ އަޅެ އަޅުގަނޑު ބޭނުމެއް ނޫނޭ މަންމަަމެެންްްނާާ ދުރަށްދާާާާކަައްް. ޕްްލީީޒްް އަޅުގަނޑާާއިި އެކު ހިނގާާާާބަ މަންމަ މެންްްްވެސް ދާން.” ޒައިިިނާ ޝަަކުުވާާ ކޮއްލީ މަަންްމަަަަަަަޔާާ ދުރަަށްްދާން ޖެހޭޭޭތީއެވެ. ޒައިިިނާއަކީ ސްކޫލްް އަށްވެެެސް އެެެކަނިދާން ވެއްޖެެެނަަަަަަަަަަމަ ޝަަކުުވާ ކުރާކުުުއްޖެކެވެ.

‘މަންމަވެސް ބޭނުމެއްނޫނޭ މަންމަގެ ޕަރީ މަންމައާ ވަކިން އެއްވެސް ތާކައް ފޮނުވާކައް.’ ނިހާދާ ޒައިނާގެ އަތުގައި ހިފައިގެން ގޮސް ކައިރީހުރި ޖޯލިފަތީ އިށީނދެ ޖެހިގެން އިންޖޯލީގައި ޒައިނާ ބައިންދާ ލޯބިވާ ދަރިފުޅުގެ އަތް ނިހާދާގެ އަތުުގެެ ތެރެއަށް ލާ ފިރުމާލިއެވެ. އެދަރިފުޅުު ދުރަށް ފޮނުވަން ނިހާދާވެސް ބޭނުމެއްނުވެއެވެ. ނަމަވެސް ގުރޭޑް10 ނިމުންއިރު ޒައިނާ ހޯދި ކާމިޔާބީ އަށްފަހު ރަށުން އިތުރަށް ކިޔެވޭނެ ފުރުސަތު ނެތުމުން އެދަރިފުޅުގެ މުސްތަޤުބަލަށްޓަކައި ވަކިވާން ޖެހުނީއެވެ.

‘ މަންމައާއި ބައްޕަ ދަރިފުޅުމެން ދެކުދިން ދެކެ ލޯބިވާވަރު އެނގޭނެ ދަރިފުޅަށްވެސް. އެކަމަކު މަންމަ އެންމެ ބިރުގަންނަނީ ދަރިފުޅުގެތި ރީތިކަމުން ދަރިފުޅަށް ލިބިދާނެ ދެރަޔަކައް. ނިޔަތް ގޯސް މީހުންގެ ނަޒަރުން ދަރިފުޅު ސަލާމަތް ކުރަން މިހާރުވެސް މަންމަ ކިހާ މަސައްކަތް ކުރަންޖެހޭ.’ ނިހާދާގެ ދެލޯ ފެންކަޅިވެފައި ވާއިރު ޒައިނާގެ ގައިގައި ބައްދާލީ ދަރިފުޅާއި ވަކިވާން ޖެހިފައި ވާތީ އެގޮތް ބޭނުން ނުވެހުރެއެވެ. ޒައިނާ އަކީ އެންމެ ކުޑައިރުން ފެށިގެންވެސް ރީތީގެ ހުރިހާސިފަތަށް މިލްކުކޮށްގެން ހުރި ކުއްޖެކެވެ. މީހުން އެންމެ އަޅައިގަންނަނީ ޒައިނާގެ ނޫކުލައިގެ ކަޅީގައެވެ. ޖާދޫއެއްފަދަ އެ ދެލޮލައް ބަލައިލައިފި މީހަކު އެލޮލުގެ ބާރުން ގައިދު ކޮއްލާފަދަ އެވެ. ބައްޓަން ރީތި ހަށިގަނޑަށް މީހުންގެ ދަހިވެތި ނަޒަރު ހުއްޓޭތަން ފެންނަން ފެށުމުން ނިހާދާ ވަނީ ދަރިފުޅުގެ ސަލާމަަަތައް އެދަރިފުޅުގެ ރީތިކަން ފޮރުވާފައެވެ.

‘މިހާރު ބައްޕަ އަންނާނެ މަންމަ މިދަނީ ސައިހަދަން އިނގޭ. ދަރިފުޅު ގޮސް ތައްޔާރުވެގެން އާދޭ ސައިބޯން. ނުވައެއް ޖަހާއިރު ފުރާާގޮޮތަަށް ހަމަޖެހުން ވަހަކަ ބައްޕަ ބުނުއްވި.’ ޒުހެއިރު މަސައްކައި ރަށުގެ ސިއްޙީމަރުކަޒުގައި ސެކިއުރިޓީ ބަލަހައްޓާބައިގައެވެ. ޑިއުޓީ ނިންމާފައި ޒުހެއިރު އަންނަގަޑި ޖެހެނީކަން ހަނދާން ވުމުން ނިހާދާ އަތްމަތި އަވަސްކޮއްލީ ލޯބިވާ ފިރިމީހާ އަންނައިރަށް ސައިތައްޔާރުކޮށް ނިންމާލުމަށެވެ.

ފުރަންދާން ތައްޔާރު ވާން ހުރި ޒައިނާ ހިތުގައި ވަނީ އޭނާގެ ކުޑައިރުގެ ބެސްޓު ފުރެންޑު ރާކިންގެހިޔާލެވެ. ރާކިން ގެ އާއިލާވަނީ ޒައިނާއަށްް ނުވަަ އަހަރުގައި މާލެެ ބަދަލްވެފައެވެ. އެއާއިލާގެެ ވިޔަފާރި ފުޅާކޮއް މާލެބަދަލްވި ދުވަހު ރާކިން ދެއްކި ވާހަކަ އަދިވެސް ޒައިނާ ހަނދާން އެބަހުއްޓެވެ. ދުވަހަކުވެސް ރާކިން މަތިން ހަނދާން ނައްތާނުލުމަށް ބުނި އިރު މިހާރު ޒައިނާ މަަތިން އޭނަ ހަނދާން ހުންނާނެ ބާއެވެ. އަތުގައިއޮތް ކެވެލިކޮޅަށް ޒައިނާބަލައިލިި އިރު ތުންފަތް މަތީ ހިނިތުންވުމެއް ވިއެވެ. އެއީ ރާކިން ޒައިނާ އާއި ވަކިވި ދުވަހު ހަނދާނަކަށް ދޭން ރާކިންގެ މަންމަ ކައިރީ ބުނެގެން ހޯދި ކެވެލި ކޮޅެކެވެ. ‘ ކެންގެ ޕަރީ މިދަނީ ކެން އާއި ވަރަށް ގާތަށް. ކެން މިހާރު ހުންނަނީ ކިހިނެތް ކިހިނެތް ޕަރީގެ ކެން ފާހަގަ ކުރާނީވެސް. އެކަމަކުވެސް ފެންނާނެ ކަމަށް އުންމީދުކުރަން.’ އަތުގައި އޮތް ކެވެލިކޮޅަށް ބަލަންހުރެ ޒައިނާ ހިތަށް އެރިއެވެ.

‘ޒައީ އާދޭ އަވަހަށް ކާރު އައިއްސި’. ނިހާދާގެ އަޑު ޖެހުމާއިއެކު ސިހިފައި އަތުގައިއޮތް ކެވެލިކޮޅު ވޮލެޓް އަށްލާ ޒިބުު އަޅުވާލަމުން އަތްދަބަހައް ކޮއްޕާލަމުން ދަބަސް ހިފައިގެެންް ޒައިނާ އަވަހަށް ނުކުތެވެ. ކާރު ގޮސް ބަނދަރަށް ކައިރި ކޮއްލުމުން ކާރުން ފައިބާ ބަނދަރުގައި އޮތް ލޯންޗް އަށް ޒުހެއިރު ލަގެޖް އެރުވުމަށްފަހު ޒައިނާ އަރަން އަތް ދިއްކޮށްލި އެވެ. ނިހާދާ ގައިގައި ފަހުފަހަރު ބައްދާލަމުން ޒައިނާ ގޮސް ލޯންޗް އަށް އެރި އިރު ފުރަތަމަ ކަރުނަތިކި ލޮލުން ވެއްޓި ކޯތާފަތުގައި ބީހިލައިފި އެވެ. ލޯންޗް ބަނދަރާއި ދުރުވަމުން ދިޔައިރު ލޯބިިވާާ މަންމަަ އާއި ކޮއްކޮ އަށް ބަލައިލަމުން އަތުުންް ވަދާއީ ސަލާން ކޮއްލި އިރު ލޮލުގައި ވަނީ ކަރުނައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sima

Level 1

Other Articles

Previous

އިލްޒާމު-1

Next

ރިޔާޝާ

Next
August 22, 2019

ރިޔާޝާ

Previews
August 22, 2019

އިލްޒާމު-1

4 Comments!

  1. jiji says:
    August 22, 2019 at 11:57 pm

    Ky story akaa vahtharu vaahn eba hyvey..ekm vhk v salhi..Hykuran amilla hiyaalaa ehgothah story genesdheyne kamah if u have copied ingey..don’t mind..n sorry kudakoh rude vevihjeyyaa

  2. IsHa says:
    August 23, 2019 at 6:44 am

    I think this is copied of dhivehi film maaazy dhw

  3. Shahu says:
    August 23, 2019 at 8:53 am

    Woooooww varah salhi story. Varah reethi. Curiously waiting for the next part…. ? when is next part…. I love it. Good job sima sis

  4. ❤️shyn❤️ says:
    August 24, 2019 at 6:56 pm

    Maasha allah.. V. Salhi.. Waiting for the next part ☺️☺️

Comments are closed.

Next Episodeލޯބިވާތީ 2←


All Right Reserved!