ޝަޔަމް ސިހިގެންދިޔަވަރުން އަތުން ފޯނު ދޫވިއެވެ. އިސްއުފުލާ ބަލާލެވުނުއިރު ކާރުގެ ބިއްލޫރިގަނޑުގައި ކުރެހިފައިވާ ލޭގެ ތިކިތައް ފެނި ޝަޔަމްގެ ދެލޯބޮޑުވިއެވެ. ވަގުތުން ކާރުން ފޭބުނެވެ. ބޮނެޓްމަތީ ހަރަކާތް ހުސްވެފައިވާ ހަށިގަނޑު ފެނި އެދިމާލަށް ދެވުނީ ގާވެފައިހުރެއެވެ. އޭރު އެތަނަށް މީހުން އެއްވާންފަށައިފިއެވެ. ބައެއް މީހުން އެންބިއުލާންސަށް ގުޅަން ފަށައިފިއެވެ. ޝަޔަމް ބޮނެޓާއި ގާތްވެ އެއަންހެންކުއްޖާގެ ހަށިގަނޑަށް އަނިޔާއެއް ނުލިބޭނޭފަދައިން ފުރޮޅާލިއެވެ. އެއާއިއެކު އޭނަގެ ހަށިގަނޑުގެ ހުރިހާ ނާރުތަކެއް ބުރިވެގެންދިޔަފަދައެވެ. ބާރުބާރަށް ހަޅޭލަވައިގަނެވުނެވެ. ބޮޑަށް ހީވީ ރޮއެގަތީހެންނެވެ.
“އިޒާ….” ޝަޔަމް ހިތްހަލާކުވެފައި ހުރެވެސް ލެއިންކަޅިވެފައިވާ އިޒާގެ ހަށިގަނޑު އަތްދަނޑިމައްޗަށް އުފުލާލިއެވެ. އެވަގުތު އިޒާ ކުޑަކޮށް ހަރަކާތްކުރިއެވެ. އިޒާގެ ދޮންމޫނު ލެއިން ކަޅިވެ ހެދުންވެސް ފޯވަމުންދިޔައެވެ. ޝަޔަމްއަށް ދެކަކޫމައްޗަށް ތިރިވެވުނެވެ.
“ނޫން… އިޒް… ނޫން… ނޫން…” ކަރުނުން ދެލޯ ފުރިގެންދިޔައިރު ޝަޔަމް އިޒާގެ މޫނުގައި މޫނު ޖައްސާލިއެވެ. އެވަގުތު އިޒާ ޝަޔަމްގެ އިސްތަށިގަނޑުގައި އަތްޖައްސާލިއެވެ.
“ސެމް…” އެދެއަކުރުވެސް އިޒާއަށް ކިޔާލެވުނީ ނުހަނު އުނދަގުލުންނެވެ. އޭނާގެ ނޭވާ އުފުރިގެންދާންއުޅޭފަދައެވެ. ޝަޔަމްއަށް ރޮއެރޮއެ އިނދެފައިވެސް އިޒާގެ މޫނަށް ބަލާލެވުނެވެ.
“އަ… ހަރެން.. ބުނަން ބޭނުންވި.. ބައްޕައާއި ދެކޮޅަށް ކަމެއް ނުކުރައްޗޭ… ދިރިއުޅުމުގައި ބަރަކާތެއް ނުލައްވާނެ… ބައްޕަގެ އެދުން… ފުރިހަމަކޮށްދީ…” އިޒާގެ ގިސްލުމާއިއެކު އެ ޖުމްލަތައް އަޑުއިވުނީ ކެޑިކެޑިގެންނެވެ. އޭރު ހަށިގަނޑަށް މަޑުމަޑުން ވެރިވަމުން އައި ފިނިކަމާއިއެކު އިޒާގެ ހަރަކާތްތައް ލަސްވަމުންދިޔައެވެ. މޫނުމަތީ ދާތިކިތައް ވިދަމުންދިޔައިރު ނޭވާތައް ކުރިއަށްވުރެ ފުންވިއެވެ. ލިބިފައިވާ ޝޮކާއިއެކުވެސް ޝަޔަމް ދެފަރާތަކަށް ބޯހޫރާލިއެވެ. އެކަމަކަށް އޭނައަށް ދުވަހަކުވެސް އެއްބަހެއް ނުވެވޭނެއެވެ. ހަތަރުމަސްފަހުން އިޒާގެ ދުލުން ބޭރުވި ފުރަތަމަ ބަހާއިއެކު އޭނަ މާޔޫސް ކޮށްލައިފިއެވެ.
“ޕް..ލީ..ޒް… މަށަށްޓަކައި… އަ…ހަ…ރެ…ން… ވަ…ރަ..ށް ލޯ..ބި…ވޭ… އަ..ދި ދި..މާ..ވާ..ނެ…” އިޒާގެ ލޮލުން ކަރުނަތައް ފައިބަމުންދިޔައިރު ވާހަކަދައްކަން ދަތިވިއެވެ. ޝަޔަމްގެ މޫނަށް ބަލާލެވުނީ އެސޫރަ އުމުރަށް ހިތުގައި ރައްކާކުރަން ބޭނުންވެފައި އޮވެއެވެ. އޭނަ އާދަޔާ ހިލާފަށް ވަރުބަލިވަމުން ދިޔައެވެ. މިއީ އޭނަގެ ފަހުވަގުތުކޮޅުކަމަށް ހިތްވެސް ބުނަމުންދިޔައެވެ. ޝަޔަމް އިޒާގެ އަތުގައި ހިފަހައްޓާލިއެވެ. އެ އަތުގައި ބާރެއްނެތެެވެ. މަޑުމަޑުން ވިންދުތައް ފަނޑުވަމުންދިޔައެވެ.
އުނދަގުލާއިއެކު ހުއްޓަ ހުއްޓާފައި އިޒާ ޝަހާދަތުގެ ދެކަލިމަ ކިޔާލިއެވެ. އޭރު އެލޮލުގެ ނަޒަރު ހުސްވެފައިވީ ޝަޔަމްއަށެވެ. ފުން ނިންޖަކަށް ގެބޭފަދައިން އިޒާގެ ދެލޯމެރިގެންދިޔައީ އެގޮތަށް އޮއްވައެވެ. ހަރަކާތްހުއްޓި އިޒާ ހިމޭންވީއިރު ޝަޔަމްގެ އަތުގެތެރޭގައި އޮތް އިޒާގެ އަތްދޫވެ ބިންމަތީ ޖެހުނެވެ. ޝަޔަމްގެ ކަރުނަތަކަށްވެސް މަޑުޖެހުމެއްއައެވެ. ހަށީގައި ހިނގަމުންދާ ނޭވާތައްވެސް ހުއްޓުނެވެ.
“އެކުއްޖާފުޅު ސަލާމަތްވާނެތަ… އެއޮއް ޕިކަޕުގައި ޖެހިފައި ވިއްސައިގެން އައިގޮތަށް މައިތިރިވީ އެސޮރުގެ ކާރުގެ ބޮނެޓްމަތީ ޖެހިފައި…. އަނގައިން ބުންޏަކަަަސް ހާދަ ދުރެކޭ އެއީ… އެ މަންޖެ ނިކުތީ އެހެރަ ފޮތްފިހާރައިން… ވަރަށް ހާސްވެފައި ހުރެގެން މަގު ހުރަސްއުޅެނިކޮށް މިކަމެއްމިވީ…” އެތާ މަޑުކޮށްލައިގެން ތިބި ދެއަންހެނަކު ވާހަކަދެއްކިއެވެ. އޭރުވެސް ޕިކަޕު ހުއްޓުނުތަނަށް މަޑުކޮށްލައިފައި އޮތެވެ. ޕިކަަޕު އޮތީ ޝަޔަމްގެ ކާރާއި ފުދޭވަރަކަށް ދުރުގައެވެ.
“އިޒާ… އިޒް… އިޒް…” ހުވަފެނަކުން ހޭލެވުނުފަދައިން ޝަޔަމް އިޒާގެ ހަށިގަނޑުގައި ހިފާ ތަޅުވައިގަތެވެ. އެއާއިއެކު ނޫނެކޭ ކިޔާ ބާރަށް ހަޅޭލަވައިގަތެވެ. އޭރު މަގުގެ ކޮޅުން ދުއްވާފައި އައި އެންބިއުލެންސް އެސަރަހައްދަށް ކައިރިވަމުންއައިރު ސައިރެންގެ އަޑު ބާރުވާން ފަށައިފިއެވެ.
*** *** *** *** *** ***
ފޯނުގެ ރިންގްގެ އަޑާއިއެކު ޝަޔަމްގެ ހިޔާލުތައް ވިއްސިވިހާލައިގެންދިޔައެވެ. ލޮލުގެ ހިމަކޮޅު ފައިބަން ތައްޔާރުވަމުންދިޔަ ކަރުނަތިކީގައި އިނގިލި ކުރި ޖައްސާލުމަށްފަހު ޖިންސް ތެެރެއިން ފޯނު ނެގިއެވެ. އޭރު އިރުކޮޅެއްވަންދެން ރިންގްވެފައި ފޯނު ކެނޑިއްޖެއެވެ. ފޯނުގެ ޑިސްްޕްލޭ ދިއްލިފައިވާއިރު ސްކްރީން ފުރާލަައިފައިވަނީ ލައިޝާގެ މިސްވެފައިވާ ކޯލްތަކުގެ އެލާރޓް ނޮޓިފިކޭޝަންތަކުންނެވެ. ސްކްރީންގައި އިނގިލި ހިންގާލުމަށްފަހު ޝަޔަމް ފޯނު ޖީބަށް ޖަހާލިއެވެ. އޭރުގެ އިރުގެ އެންމެ ފަހު ދޯދިތައްވެސް ދުނިޔެއާއިވަކިވެ ރަންގުވެފައިވާ ފަޒާގެ މައްޗަށް އަނދިރިކަން އަތްގަަދަކުރަންފަށައިފިއެވެ.
“އިޒްގެ ފަހުގެ އެދުން އަހަރެން ފުރިހަމަކޮށްދީފިން… އެކަަމަކު އަހަރެން މިހިރީ އުފަލަކު ނޫން… އަހަރެންގެ އަނތްބެއްގެ މަޤާމު ކޮންމެމީހަކަށްވެސް ފުރިދާނެ.. އެކަމަކު ހިތާއި ހަމަޔަކަށް ވާސިލެއްނުވެވޭނެ… އަހަރެންގެ ހިތްދިނީ އިޒްްއަށް… މުޅިއުމުރަށްވެސް އެ ހިތަކީ އިޒްގެ މިލްކެއް…”
ޝަޔަމް ޤަބުރުސްތާނުން ނިކުމެގެންދަމުން އެންމެ ފަހު ފަހަރަށް އެނބުރި އިޒާގެ މަހާނައަށް ބަލާލިއެވެ. އޮރެންޖް ކުލައިގެ އިރު ސަތަހައާއި ނިވާވަމުންދިޔައިރު މަހާނަ މަޑުމަޑުން އަނދިރިކަމަށް ގެނބެމުން ދިޔައެވެ. އިޒާ ކިތަންމެ ދުރުގައި ވިޔަސް އެއީ ޝަޔަމްގެ ހިތާއި ވަކިވެގެންނުދާނޭ ފޮނި ރީތި ހަނދާންތަކެކެވެ. އެއީީ މުޅިއުމުރަށްވެސް އެ ހިތުގައި ރަނިކަންކުރާނޭ މަލިކާއެވެ. ދުނިޔެ ބަދަލުވެ ލޯބިވާ ފަރާތްތަށް ވަކިވެގެންދިޔަޔަސް އެ ފަރާތްތަކުގެ ހަނދާންތައް ކޮންމެ ސިފައެއްގައި ހިތުގެ ތެރޭ ހަރުލާފައި ހުންނާނެއެވެ.
*** *** *** *** *** ***
މަޔާންއަށް ޝަލީންއާއިއެކު އެކަނިވެލާނެވަގުތެއް ލިބުނީ އިރުއޮއްސިގެންދިޔަފަަހުންނެވެ. މެންދުރުއްސުރެ ހޮސްޕިޓަލްގައި އުޅެފައި މަޣްރިބު ނަމާދުކޮށްލަން އިޔާނާ ގެއަށް ދިޔުމާއިއެކު މަޔާން ޝަލީން އޮތް ކޮޓަރިއަށް ވަދެލިއެވެ. އޭރު ޝަލީން އޮތީ ރޮއެރޮއެ ވަރުބަލިވެގެން ލޯމަރާލައިގެންނެވެ. ކޯތާފަތްމަތީން ތާޒާކަމާއިއެކު ކަރުނައިގެ ރޮނގުތައް ފާޅުވަމުންދިޔައެވެ. އެއްޗެއް އަރުތެރެއަށް އެތެރެކޮށްލުމެއްވެސް ނެތި އޮތްއިރު އެ ހަށިގަނޑަށް ކިރިޔާވެސް ބާރެއް ލިބެނީ އައިވީގެ ސަބަބުންނެވެ.
ހަށިގަނޑުގައި ބާރެއްނެތް ބީދައިން ލަސްފިޔަވަޅުތަކެއްގައި މަޔާން އެނދާއި ކައިރިވެ ޝަލީންގެ މަޑު އަތުގައި ހިފަހައްޓާލިއެވެ. އެލޮލުގައި މިވަގުތުވެސް ކަރުނަވިއެވެ. ދެލޯދުޅަވެ މުޅި މޫނު ވަނީ ރަތްވެފައެވެ. ކޯޓު ބަދަލުކޮށްނުލާ ހުރިއިރުވެސް އެ ވަރުގަދަ ޝަހްސިއްޔަތުވަނީ ފަނޑުވެފައެވެ.
“ޔާން…” މަޔާން ޝަލީންގެ އަތުގައި ހިފަހައްޓާލައިގެން އިންދައި ޝަލީން ލޯ ހުޅުވާލިއެވެ. ޝަލީންގެ ދެލޯ ދުޅަވެ ރަތްވެފައިވާވަރުން ޝަލީން ވަރަކަށް ރޮއިފަހުރީކަން މަޔާންއަށް އިނގުނެވެ.
“ޔާން… ދަރިފުޅު…” މަޔާންގެ މޫނަށް ބަލަހައްޓައިގެން އޮއްވާ ބޮޑު ކަރުނަތިކިތަކުން ލޯ ފުރިގެންދިޔުމާއިއެކު ޝަލީން ލޯމަރާތަގުޅިކޮށްލިއެވެ. މަޔާންގެ ދުލުން ބަހެއް ބޭރުކުރަން ނުކުޅެދުނުއިރު ޝަލީންގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ.
“އަހަރެންގެ ކެއަރލެސްކަމުން… ބޭބީ މަރުނުވެ އަހަރެން މަރުވިނަމަ… އައިމް ސޮރީ… ޔާން… ކިހިނެތް ކެތްކުރާނީ؟” ޝަލީންގެ ޖުމްލަތަކާއިއެކު މަޔާންގެ ތުންފަތުގައި ޖައްސާލެވިފައިވާ ޝަލީންގެ އަތްތިލަ ދުރުކޮށްލަމުން މަޔާން ބަލާލިއެވެ. އޭރު އަމިއްލަ ނަފްސުކުށްވެެރިކުރެވުނުވަރުން ޝަލީން އޮތީ މަޔާންއާއި ދިމާލަށް ބަލާލަން ނުކެރިފައެވެ. ބަލިވެއިންފަހުންވެސް އޭނަ އުޅޭލެއް ހަލުވިކަމުން އިޔާނާ އެތަށްފަހަރު އެއްޗެހިކިޔެއެވެ. ދެރަކަމެއްވެދާނެކަަމަށް ބުނެދިނެވެ. އެންމެފަހުން އޭނަގެ ފަރުވާކުޑަކަމުން ދުނިޔެއަށް ނޭވާނުލަނީސް ދަރިފުޅު ވަކިވީއެވެ.
“ތިހެންނުުބުނޭ ސްވީޓްހާރޓް… އަހަރެން ޝަލީ ކުށްވެރިއެއްނުކުރަން… އަމިއްލަ ނަފްސަށްވުރެ ބޭބީއަށް ޝަލީ ފަރުވާތެރިވާނެކަން އިނގޭ… ދަރިފުޅުގެ ވަގުތު ޖެހުނީމަ ސަބަބެއް މެދުވެރިކުރެއްވީ… ވަގުތު ހަމަވުމުން އެންމެން ރޮއްވާލައިފައި ދުނިޔެއާއި ވަކިވެގެން ދިޔައީ…” މަޔާން ހިނިތުންވެލިއިރު ލޯ ތެމިފައިވެއެވެ. ދަރިފުޅު އެދިޔައީ ހިތުން ބައެއް ހިފައިގެންނެވެ. ދަރިފުޅާއިއެކު ވެލީދާނުގައި އޭނަގެ ހުރިހާ އުފަލެއް ވަޅުލެވިގެން ހިނގައްޖެއެވެ. ހުރިހާ އުފަލެއް ބީވެ އޭނަގެ ހިތްކުދިކުދިވެފައިވިޔަސް ޝަލީންއަށްޓަކައި ކެތްކުރަންޖެހިފައިވެެއެވެ.
“ޔާން… އަހަރެމެންގެ ދަރިފުޅު… ބޭބީ… ޔާން… އަހަންނަށް މިޝަލް ގެނެސްދީ… ކިހިނެތް އެދަރިފުޅާ ނުލާ އުޅޭނީ… ބޭނުމެއްނޫން ބޭބީއާއިނުލާ އުޅޭކަށް…” ޝަލީން ނުރޯން މަސައްކަތް ކުރަމުންތުންފަތުގައި ދަތްއަޅާ ބާރުކޮށްލިނަމަވެސް ހިތްހަލާކުވާފަދަ ވޭނީ ގިސްލުމެއްގެ އަޑު ބޭރުވިއެވެ. މަޔާން ޝަލީންގެ ގައިގައި ހިފަހައްޓާލަމުން ވަރުދޫވެފައިވާ ހަށިގަނޑު މެޔާލައި ބޮޑިކޮށްލިއެވެ.
“އަހަރެމެންގެ ބާރުގައި ވާކަމެއްނަމަ އަމިއްލަ ނަފްސު ގުރުބާންކޮށްފައިވެސް ބޭބީ ގެންނާނޭކަން ޝަލީއަށް އިނގޭނެ… އެކަމަކު ހިތާމައަކީ އަހަރެމެންނަށް ކުރެވޭނޭ ކަމެއް ނެތްކަން…. ވަގުތުޖެހުނީމަ ކޮންމެ ފުރާނައެއްވެސް ގެންދަވާނެ… އަހަރެމެންނަށް އޮތީ ކެތްތެރިވުން… އަހަރެމެންގެ ބޭބީ މިހާރުވާނީ މާއުފަލުގައި… ވެރި އިލާހުގެ ހަޞްރަތުގައި… އަދި އެއްދުވަހަކުން ބައްދަލުވާނެ… ވީއިރު ޝަލީވެސް ކެތްތެރިވާންވާނެ… އަހަރެމެންގެ ދަރިފުޅަށްޓަކައި…” މަޔާން އޯގާތެރިކަމާއިއެކު ޝަލީންގެ ބޮލުގައި ފިރުމަމުންދިޔައިރު ދަތްތަކަށް ބާރުކޮށްލެވިފައިވެއެވެ. އެލޮލުގެ ތެެރެއަށް އަދަދުނުވާހާ ގިނަ ކަރުނަތައް ޖަމާވަމުންދިޔައިރުވެސް ޝަލީންގެ ކުރިމަތީ ކަރުނަތިއްކެއް ވައްޓާނުލާ މަޔާން ހިތްވަރުކުރަމުންދިޔައެވެ.
“ހިނގާކޮންމެވެސް އެއްޗެއް ކާލަން…. ނޫނެކޭ ނުބުނާތި އިނގޭ…. ނުކައި އުޅެނިކޮށް މާބޮޑަށް ބަލިވެ ޝަލީ އެޑްމިޓްކުރަން ޖެހިދާނެ…” މަޔާން އޮރެންޖް ޖޫސްފޮދެއްދިނުމުން ޝަލީން ކުޑަ އެތިފޮދެއް އަރުތެރެއަށް އެތެެރެކޮށްލިއެވެ. ސޫޕްތަށިން އެތިފޮދެއް ބޯލިއެވެ.
އިރުކޮޅެއްފަހުން ހައިޒަލްއާއި ނައިނާ އައުމުން މަޔާންއަށް ލިބުނު ހިތްވަރަކަށް ވިއެވެ. އެފަދަ ހިތްދަތިވަގުތުގައި ހައިޒަލް މަޔާންއާއިއެކުވުމަކީ މަޔާންއަށް ލިިބިފައިވާ ހިތްހަމަޖެހުމެކެވެ. މިއަދު ހަތަރުދަމު ހައިޒަލް މަޔާންއާއި ފަރިތަ ރައްޓިއްސެއްފަދައެވެ. ހިތާމަލުއިކޮށްދޭ ބައިވެރިއަކަށްވިއެވެ. ހައިޒަލްގެ ސަބަބުން ނޫންނަމަ ޝަލީން ކުރިމަތީ އޭނައަށް އެހާ ހިތްވަރެއް ނުކުރެވުނީހެވެ.
*** *** *** *** *** ***
މޫސުމް އޮތީ ނުހަނު ގޯސްކޮށެވެ. ރޭގަނޑު ބާރަ ޖެހިއިރު ތަރިތަކުގެ ވިދުން ފަޑުކޮށްލާ އުޑުމަތީ އަނދިރިކަމުގެ ސާލު އޮޅައިލައިފިއެވެ. ބާރުވަޔާއިއެކު ކެރިގަނޑު އޮއްސާލީ އިންޒާރަކާއި ނުލައެވެ. ސަންގުމަރުމަރު ހިލައިގައި ލުއިކޮށް ބީހެމުން ފެންގަނޑުތަކުގައި އެތަށް ހާސްބާނިލައްވަމުން ވާރޭ ވެހެމުންދާ މަންޒަރު ބަލަން ހުރެފައި ޑައިނިން ރޫމްގެ ކުޑަދޮރާއި ލައިޝާ ދުރަށްޖެހިލިއެވެ. އޭރު ކުދި ޖަވާހިރުކޮޅުތަކެއް ފަދައިން ލައިޝާގެ މޫނުމަތީ ފެންތިކިތައް ވިދަމުންދިޔައެވެ. ލައިޝާ ފުސްވަމުންދިޔަ ލޯގަނޑުގައި މޫނު ޖައްސާލައިގެން ހުރުމަށްފަހު ކާރޓެއިންތަށް ކަހައިލައިފިއެވެ.
އިރުކޮޅެއްވާންދެން ކުޑަދޮރު ކައިރީގައި ހުރެފައި ލައިޝާ ޑައިނިން ރޫމްއިން ނިކުމެ ލިވިންރޫމްގެ އަރާމު ސޯފާގައި ދެމިލިއެވެ. މޭޒުމަތީގައި އޮތް ޓީވީ ރިމޯޓް ނަގާފައިވެސް ހިޔާލު ބަދަލުވެގެން ރިމޯޓް އޮތްތަނުގައި ބާއްވަމުން ފާރުގައި ހަރުކޮށްފައިވާ ގަނޑިއަށް ނަޒަރެއްދިނެވެ. ރީތި ރާގެއްލައްވަމުން ގަނޑީގެ ބޮޑުކަށި ބާރައާއި އަރާހަމަވީއެވެ.
ދަންވަރު އެކެއްޖަހައިދިޔައިރުވެސް ނިދުމުގެ ހިޔާލެއް ލައިޝާގެއެއްނެތެވެ. ޝަޔަމް ގެއިން ބޭރުގައި ހޭދަކުރާ ރޭތަކަކީ މިވީހާތަނަށްވެސް ލައިޝާގެ ލޮލާއި ނިދި ދުރުވާރޭތަކަކަށްވަނީ ވެފައެވެ. ނިންޖަށް ބަލިވިޔަސް ޝަޔަމް ގެއަށް އަންނަންދެން ނުނިދާ އިންތިޒާރުކުރެވެނީ ޝަޔަމްގެ ސޫރަ ނުދެކި ލޯމަރާލަން ބޭނުންނުވާތީއެވެ. ޝަޔަމްއަށްޓަކައި ހިދުމަތްތެރި އަނތްބަކަށްވާން ބޭނުންވާތީވެސްމެއެވެ. ޝަޔަމްގެ ދުލުން ތައުރީފުގެ ބަހެއް އަޑުނީވުނަސް ވެވޭ ލޯތްބެއްގެ ބޮޑުކަމުންނެވެ.
އެންމެފަހުން ވަގުތުތައް ދިގުދެމިގެންދާން ފެށުމާއިއެކު ކެތްތެރިކަން ކުޑަވެގެން ލައިޝާ ޝަޔަމްގެ ފޯނަށް ތަކުރާރުކޮށް ގުޅަންފެށިއެވެ. އެތައްފަހަރަކު ގުޅުމުންވެސް ޝަޔަމް ފޯނު ނުނެގުމުން ލައިޝާގެ ހިތުގައި ޖެހޭގޮތްވިއެވެ. ހިތުގައި ބިރުވެރިކަމެއްވެސް ދައުރުވެލީ ޝަޔަމްއަކީ އެހާ ލަސްވަންދެން ބޭރުގައި އުޅޭ ޒުވާނަކަށް ނުވާތީއެވެ. ހިތުގެ މައްޗަށް ގަދަވަމުންދާ އިހުސާސްތަކާއި ހަނގުރާމަކުރަން އިނދެފައި ކެތްނުވެގެން ލައިޝާ އިޔާނާގެ ފޯނަށް ގުޅާލިއެވެ.
“މަންމަ ހޮސްޕިޓަލްގައިތަ؟ ސެމް އެބަހުރިތަ؟ ސެމްގެއަށް ނާންނާތީ…” ލައިޝާ ފޯނުގައި އިންދާ ކޮންމެވެސް މީހަކު ދޮރުހުޅުވާލައިފައި އެތެރެއަށް ފިޔަވަޅެއް އަޅާލައިފިއެވެ. ލައިޝާއަށް ފަސްއެނބުރި ބަލައިވެސް ނުލެވެނީސް ވައިރޯޅިއެއްފަދައިން ޝަޔަމް އައިސް ލައިޝާގެ އަތުން ފޯނު ޖަހައިގެން ފިއެވެ. އެދޮންމޫނުމަތި ފިއްސާލައިފައިވާ ރުޅިވެރިކަންފެނި ލައިޝާ ޖެހިލުންވިއެވެ.
“އުނދަގުލެއްނު… މަންމަ ހާސްވެފައިހުރިވަރު ކުޑަވެގެންތަ ގުޅާފައި ތި ޗުކުޗުކުލައްވަނީ…” ޝަލީންގެ ކަރުނަތައް ފެނި ހިތްދަތިވެފައި ހުއްޓާ އަދި މިވެހެމުންދާ ވާރޭގެ ސަބަބުން މާޒީ ހަނދާންވާގޮތްވެފައި ހުއްޓާ ލައިޝާގެ މިފަރާތްފެނި އޭނަގެ ކެތްތެރިކަން ކޮޅުންލީއެވެ. ހުރިހާ އިހުސާސެއްގެ މައްޗަށް ރުޅި ގަދަވެގަތީއެވެ.
“ސެމް ފޯނު ނުނެގީމައި… ދިޔަތަނެއް ނޭންގިގެން…” އެންމެ ޖުމްލައާއިއެކު ލައިޝާގެ ލޮލުގައި ކަރުނަތައްވިދަންފެށީ ހިތަށް އަސަރުކުރިވަރުންނެވެ. މިވީހާތަނަށްވެސް ޝަޔަމް އެހިތުގެ ޒަހަމްތައް އާކުރީ އަމަލްތަކުންނެވެ. މިރޭ ފުރަތަމަ ފަހަރަށް އަޑު އިސްކުރީއެވެ.
“ނުޖެހޭ މަންމައަށް ގުޅާކަށް… ލައިޝާ ތިއުޅެނީ މަންމަ ކުރިމަތީ މަވަރުގެ ނުބައި މީހަކު ނެތްކަމަށް ދެއްކެންވެގެންތަ؟ ލައިޝާއަކަށް ނުޖެހޭނެ އަހަރެން އުޅޭ ނޫޅޭތަނެއް ބަލާކަށް… ފޯނު ނަގަން ބޭނުންނުވާކަން އިނގޭއިރު ގުޅަނީ ކީއްކުރަންތަ؟” ހަށިގަނޑު ވިދަމުންދިޔަ ފެންތިކިތަކުން ލިބެމުންދިޔަ ފިނީގެ މައްޗަށް ހޫނުކަން ގަދަވިއިރު ޝަޔަމް އަތުން ޖަހާ މޭޒުމަތީ އިން ބިއްލޫރި ވާސް ދުރަށް ވިއްސާލައިިފިއެވެ. މިރޭވެސް މަންމަ އޭނަ ގާތު އެދުނީ ލައިޝާއާއި އަޅާލައި ހެޔޮކޮށް ހިތުމަށެވެ. ގެއަށް އައިރު ލައިޝާ މަންމައާއި ގުޅާލައިގެންނެވެ. މަންމައާއި އޭނައާއި ދެމެދު ލައިޝާ މައްސަލަޖައްސަން އުޅޭކަމަށް ވަގުތުން އޭނަގެ ހިތްވެސް ވިސްނައިދީފިއެވެ.
“ކީއްވެ ނުޖެހެންވީ… އަހަރެންމީ ޝަޔަމްގެ އަންހެނުންނޭ… ފޯނުނުގަނާ އުޅޭއިރު އަހަރެން ހާސްވާނޭ ވަރު ޝަޔަމްއަށް ނޭނގެނީތަ.. ކީއްވެ އަހަންނާއިމެދު ކުޑަކޮށްވެސް ނުވިސްނަނީ…” ޝަޔަމްގެ ރަހުމްކުޑަ ބަސްތަކުން ލައިޝާގެ ހިތްކަފާކުދިކޮށްލިއިރު ވިދުވަރެއް ފަދައިން އައިސް ޝަޔަމްގެ ގަމީހުގެ ގިރުވާނުގައި ހިފަހެއްޓިއެވެ.
“އަމިއްލަ މީހާ ތިއީ އެހެންމީހުންނާއި މެދު ވިސްނާ މީހެއްތަ؟ ހާސްނުވޭ… އަހަރެން އިޒާ ކައިރިއަކަށް ނުދަން….” ރުޅީގެ އަސަރެއްނެތި ކިތަންމެ ރީތިކޮށް އެ ބަސްތައް ކިޔާލިނަމަވެސް އެއީ ޝަޔަމް އޭނައަށް ކޮށްލި މަލާމާތެއްކަން ލައިޝާގެ ނަގައިގަނެވުނެވެ.
“އަހަރެން ޖެހޭތަ ލައިޝާއާއިމެދު ވިސްނަން.. މިއީ ނޫންތަ ލައިޝާ ބޭނުންވީ ދިރިއުޅުމަކީ… ފަހަތުން އާދޭސްކުރީތީ ތިހިރީ އަނތްބަކަށް ހަދާފައި…. އެވަރުން ފުދިގެން މައިތިރިވެގެން ހުންނަން ހަދާ… ” ޝަޔަމް ލައިޝާގެ ކޮނޑުގައި ދެއަތުން ހިފާ ބާރުކޮށްލިގޮތަށް ގެންގޮސް ތަނބުގައި ޖެއްސިއެވެ. އޭރު އެލޮލުން ފާޅުވަމުންދިޔަ ފިއްސާލާފަދަ ހޫނުކަމުން ލައިޝާގެ އެތެރެހަށީގައި ކޮންމެ ގުނަވަނެއް އަންދާލިފަދައެވެ. އިރުކޮޅެއްވަންދެން އެ ހޫނު ނަޒަރު ލައިޝާއަށް އަމާޒުކޮށްލައިގެން ހުރެފައި ޝަޔަމް ދުރަށް ޖެހިލަމުން ސިޑިއާއިދިމާލަށް ހިނގައިގަތެވެ. އޭނަ ހުރީ ލައިޝާދެކެ ވަރަށްބޮޑަށް ފޫހިވެފައެވެ. އަމިއްލަ ދެއަތުން ހުރިހާ އުފާތަކެއް ކަތިލާފައި މިއަދު ލައިޝާ ޝަކުވާކުރަންވީ ސަބަބެއްނެތެވެ. ރަސަލް ދެވަނަ ފަހަރަށް އެދިގެން އޭނަ ކައިވެނިކުރަން އެއްބަސްވީއިރުވެސް އޭނަ ލައިޝާދެކެ ލޯބިނުވާކަން ލައިޝާއަށް އެންގިއެވެ. ބަދަލުގައި ލޯބިލިބޭނޭކަމަށް ލޯބިދޭން ބޭނުންވީ ލައިޝާއެވެ. އިޒާގެ ލޯބީގެ ބާރު އެހެން ލޯތްބަކުން ނައްތަލާލެވޭރަށްވުރެ ބާރު ގަދަކަން ލައިޝާއަށް ނޭނގުނީއެވެ.
“އަނބިގަބޫލުކޮށްފީމޭ ބުނީމަ ހުރިހާކަމެއް ކޮށްދެވުނީކަމަށް ޝަޔަމްއަށް ހީވަނީތަ؟ މިއީ ދިރިއުޅުމެއްތަ؟ އަހަންނަކީ ޝަޔަމްގެ އަންހެނުންނޭ… ރުހުމުގައި އަހަންނާއި ދިމާލަށް ޝަަޔަމް ބަލާލިދުވަހެއް ބުނެބަލަ… އަނތްބެއްގެ ގޮތުގައި ދެކިގެން ދުވަހަކު އަނގައިން ބުނެލިންތަ؟ މިއެއްނޫނޭ އަހަރެން ބޭނުންވީ ދިރިއުޅުމަކީ… ހަތަރުއަހަރުވެގެންދިޔައިރު ޝަޔަމްގެ ހިތުން އިޒާ ފިލައިގެންނުދިޔަ…. އަހަރެންގެ ހިތަށް ވާނެ ތަދު.. ކުރާ ހިތާމަ.. ޝަޔަމްއަކަށް ނޭނގޭ… އަހަންނަކީވެސް އަންހެނުންކުއްޖޭ… މޭގެ ތެރޭގައި އޮންނަނީ ވިންދުޖަހާ ހިތެކޭ… އެހިތަށް ތަދުވެޔޭ… އެ ހިތްވެސް ލޯތްބަށް އެދެޔޭ…” ލައިޝާގެ އަޑުގައި އެކުލެވެމުންދިޔަ ވޭނާއި ރިހުމާއި ލޮލުން ކަރުނަތައް ފާއްދާލިއެވެ. އެއީ ލައިޝާގެ ހިތަށް ތުރާދޭ ޝަކުވާތަކަކަށްވިޔަސް ޝަޔަމްގެ ކުރިމައްޗަށް ގެންނަން ބޭނުންވި ޝަކުވާތަކެއްނޫނެވެ. އޭނަގެ އިހުސާސްތަކަކީ މިވީހާތަަނަށްވެސް ޝަޔަމްއަށް މުހިންމުކަމަށް ނުވާއިރު ޝަކުވާކޮށްގެން އޭނަ ހިތްހަލާކުވުންނޫންކަމެއްނުވާނޭކަން އޭނައަށް ޔަގީނާއި ގާތަށް އިނގެއެވެ. ނަމަވެސް އޭނައަކީވެސް އިންސާނެކެވެ. ހަށިގަނޑުގައި ލައްވާފައިވަނީ ޝަޔަމްފަދަ ވިންދުޖަހާ ހިތެކެވެ. ކެތްކުރެވޭނީ ވަކިވަރަކަށެވެ. ދުވަހުން ދުވަހަށް އޭނަގެ ހިތުގައި އުފެދޭ ފާރުތައް ބޮޑުވަމުންދާއިރު ދޫހިމޭނުން ބާއްވަން ނުކުޅެދިއްްޖެއެވެ. ޝަކުވާތަކުން ހިތް ފުރިބަންޑުންވެއްޖެއެވެ. އަމިއްލަ ހިތުގައި އަތްއަޅާލައިގެން ލައްކަ ދުވަހު އޭނައަށް އުޅެވިއްޖެއެވެ.
“ޝަޔަމްގެ ކުރިމަތީ އަހަންނަކީ އިހުސާސެއް ލައްވާފައިނުވާ ބުދެއްފަދަ…. އަހަރެންގެ ލޮލުން އޮހޭ ކަރުނައަކީ ޝަޔަމްއަށް ވާރޭފަދަ… އަހަންނަކީވެސް އިންސާނެއްކަމާއި ޝަޔަމްފަދަ ހިތެއް ދެއްވާފައިވާ މީހެއްކަން ޝަޔަމް ހަނދާންހުރޭތަ؟ ކިތައް އަހަރުވާންދެން އަހަރެން ކެތްކުރަންވީ… އަހަރެން ވާނެ ދެރައާއި ހިތަށް ކުރާ އަސަރާއިމެދު އެންމެ ފަހަރަކުވެސް ޝަޔަމް ވިސްނައެއް ނުލާކަން އިނގޭ… އެހެންނޫންނަމަ އަހަންނަށް ކޮންމެވެސް ވަރެއްގެ އުފަލެއް ދިނީސް… ތިހިތުން އަނތްބެއްގެ މަޤާމް ދިނީސް…” ލައިޝާގެ ކޮންމެ ޖުމްލައަކާއިއެކު މަޑު ގިސްލުމެއް ބޭރުވަމުންދިޔައީ ހިތަށް ކޮއްފައިވާ ފުން އަސަރަކުންނެވެ. އަދި މާޒީގެ ހަނދާންތައް އެހިތުގެ ވޭންތައް އިތުރުކުރިއެވެ. ޝަޔަމްގެ އަނތްބެއްގެ މަޤާމު ލިބުނަސް އޭނައަށް ޝަޔަމްގެ ހިތަކާއި ހަމަޔަކަށް ވާސިލެއްނުވެވުނެވެ. ޝަޔަމްގެ ލޯބީގެ ޒައްރެއްވެސް އެހިތަކަށް ނުލިބުނެވެ.
ކޮންމެ ޖުމްލައަކާއިއެކު ލައިޝާގެ އަޑުކުރެހެމުންދިޔައިރު ޝަޔަމްގެ އަތްމުއްކެވުނެވެ. އެ ހަށިގަނޑުގައި ރޯވެގަތް އަލިފާންގަނޑު އޭގެ ހޫނުކަމަށް ފޯރަމުންދިޔައިރު ޝަޔަމްގެ ހޭވެރިކަން ގެއްލެމުންދިޔައެވެ. ރުޅިވެރިކަމުން ނަފްސުފިހި ކެތްތެރިކަން ކޮޅުންލިއެވެ. ފަސްއެނބުރިބަލާލިގޮތަށް ވައިރޯޅިއެއްފަދައިން އައިސް ލައިޝާ ފާރަށް ތަތްކޮށްލިއެވެ. އޭރު އެލޮޮލުގެ ކުލަވަރު ތަފާތުވެފައެވެ. އެ ތޫނު ނުރައްކާތެރި ނަޒަރުން ލައިޝާގެ ހަށިގަނޑުގައި ހީބިހި ނެގުވިއެވެ. އެލޮލުގެ ކުލަވަރުތައް ތަރުޖަމާކުރަން ހުއްޓާ ޝަޔަމް އެދެއަތުގެ ހަނި ދޭތެރޭގައި ފިއްތާލިގޮތަށް ދީވާނާއެއްފަދައިން އެ ތުނި ތުންފަތަށް ބޮސްދޭން ފެށިއެވެ. އެއަމަލުތަކާއި ލޯތްބާއި އަޅާލުމެއްނެތެވެ. ގަދަދެއްކުމުގައި ހަށިގަނޑު ހަފުސްވެގެންދިޔުމުގެ ކުރިން ލައިޝާ ދުރަށްދާން މަސައްކަތްކުރިއެވެ.
“ސެމް… ދޫކޮށްބަލަ… އާހް… ތަދުވެޔޭ ތިހާ ބާރަަށް ހިފަހެއްޓީމަ…” ލައިޝާގެ ކޮނޑުގައި ހިފަހެއްޓިފައިވާ ޝަޔަމްގެ ދެއަތަށް ބާރުވަމުން އައިރު ލައިޝާ ސަލާމަތްވާން މަސައްކަތްކުރިއެވެ.
“ބޭނުންވީއިރަކުން ދޫކޮށްލާނަން… އަޑުއިވިއްޖެތަ؟ މިއީ ލައިޝާ އަހަރެންގެ ފަރާތުން ބޭނުންވާ ގޮތެއް ނޫންތަ؟” ޝަޔަމް ލައިޝާގެ ކޯތާފަތުގައި ހިފައި ފިއްތާލަމުން އެދެއަތުގެ ދާއިރާ އިތުރަށް ހަނިކޮށްލިއެވެ. އެދެއަތުން ހަށިގަނޑުގައި ލައްވަމުންދިޔަ ރިހުންތަކަށް ކެތްނުވެގެން ލައިޝާ ސަލާމަތްވާން މަސައްކަތްކުރިއެވެ. އެއާއިއެކު ޝަޔަމްގެ އަތުގެ ހޫނުކަން ލައިޝާގެ ކޯތާފަތަށް ފޯރިއެވެ. ލައިޝާއަށް ލިބުނު ސިހުމުގެ ބޮޑުކަމުން ކޯތާފަތުގައި އަތްލެވުނެވެ. ޝަޔަމްގެ އަތްތިލަ ކޯތާފަތާއި ހަމަޔަށް ނުފޯރިނީސް ހިތާއި ހަމަޔަށް ރިހުން ފޯރައިފިއެވެ. މިއީ ހަތަރުއަހަރުވަންދެން އޭނައަށް ފޮރުވިފައި އޮތް ޝަޔަމްގެ އަސްލު ސިފަހެއްޔެވެ؟
“ދެން އިތުރަށް އެންމެ އެއްޗެކޭ ބުނެލިޔަސް ނިމުނީ……” ޝަޔަމް ހަރުކަށިގޮތަކަށް ވާހަކަދެއްކިއެވެ. އެއާއިއެކު ލައިޝާ ގަދަދައްކަދައްކައި އޮއްވާ އުފުލައިލައިގެން ސިޑިން އަރަމުން ތިރިއަށް ޓީޝާޓު ދޫކޮށްލިއެވެ.
ކޮޓަރިއަށް ވަތްގޮތަށް ލައިޝާ ލުއިފަތެއްހެން އެނދުމައްޗަށް އެއްލާލިގޮތަށް ޝަޔަމް އެ ހަށިގަނޑުގެ މައްޗަށް ވެރިވެގަތެވެ. އޭރު ޝަޔަމްއަށް ލިބިފައިވާ ޝައިތާނީ ބާރާއިއެކު އޭނަގެ ބޮލުގެ ރިހުންގަދަވެ ވާނުވާވެސް ނޭނގޭވަރުވެފައިވެއެވެ. އެގަދަ ރުޅިއާއި ނުލަފާކަން ލައިޝާއަށް ދައްކަމުންފަހުން ވާނޭގޮތަކާއިމެދު ވިސްނުމެއްނެތި ޝަޔަމް ޝައިތާނާގެ ބަހަށް ތަބާ ވަމުންދިޔައެވެ. އެއިން ކޮންމެ ފިރުމުމަކުން ލައިޝާގެ އެތެރެހަށި ފިސްވަމުންދިޔައިރު ގުޑިނުލާ އޮވެވުނީ ހަށިގަނޑުގައި ހަކަތައެއް ނެތިފައެވެ. ބުދެއްފަދައިން އެއްދިމާލަކަށް ނަޒަރު ހުސްކޮށްލައިގެން އޮތްއިރު އެ ލޮލުން ހޯސްލާފައި ކަރުނަތައް ފޭބިއެވެ.\
އޭރު މޫސުމް ކުރިއަށްވުރެ ގޯސްވެއްޖެއެވެ. އަންނަ ގަދަ ކޮޅިގަނޑުގައި އަނބުގަހުގެ އޮފިތައް ފުރާޅުގައި ވަކިދަމަމުންދާއިރު ވަޔާއިއެކު ރުޅިވެރިގޮތަކަށް ފަރުދާތައްވެސް ހޫރެމުންދިޔައެވެ. ދޭތެރެއަކުން ވިދާލާ ވިދުވަރުގެ އަލިން އަލިކަމެއްނުވާ ކޮޓަރިތެރެ އެތައްހާސް ބޮތްކަކުން ދިއްލާލައެވެ.
ޝަޔަމް ހިތްފުރޭވަރުވުމުން ފުންނިންޖަކަށް ގެނބުނުއިރު ލައިޝާ އޮތީ ނުނިދިފައި ރޯލަ ރޯލައެވެ. އެ މޫނަށް ބަލަހައްޓައިގެން އޮވެވުނު އެ އަނިޔާވެރި ކޮންމެ އަމަލެއް ލޯމައްޗަށް ސިފަވިއެވެ. ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް އޭނައަށް ޝަޔަމްގެ ފުށުން އުފާލިބުނީ ދުވަހަކު ހިތުން ފިލައިގެންނުދާހާ އަނިޔާވެރިކޮށެވެ. ކައިވެނީގެ އަރާމު ތަންމަތި އޭނައަށްޓަކައިވީ އަނގުރު އަލިފާނަށެވެ. ޝަޔަމްގެ އޭނަ ދިރިހުއްޓާ ފުރާނަ ހަށިގަނޑާއި ވަކިކޮށްފިއެވެ. ދުވަހަކު ފިލައިގެންނުދާފަދަ ޒަހަމްތަކެއް އެހަށިގަނޑުގައި ލައްވާލައިފިއެވެ.
*** *** *** *** *** ***
ފަތިސްނަމާދަށް ދިޔަގޮތަށް ޝަޔަމް ގެއަށް އަންނާކަށް ބޭނުމެއްނުވިއެވެ. ރޭގެ ހާދިސާގެ ސަބަބުން ދެރަވެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނުވަރުން ޝަޔަމް ހުރީ ލައިޝާގެ ކުރިމައްޗަށް އަންނަން ނުކެރިފައެވެ. ރޭގައި އޭނައަށްވީގޮތެއް ހުދު އޭނައަކަށްވެސް ނޭނގުނެވެ. ފަހުން ވެދާނެގޮތަކާއިމެދު ވިސްނާލުމެއްނެތި އޭނަ ދަމަހައްޓަމުން އައި އުސޫލް މުގުރާލެވުނީއެވެ. އޭނަގެ ދެއަތުން ނުހައްޤުން ލައިޝާގެ ހަށިގަނޑު ޒަހަމްކޮށްލެވުނީއެވެ. ލައިޝާގެ އާދޭހާއި ރުއިމުންވެސް ނުގުޑާފަދަ ހަރު އެއްޗަކަށް އޭނަގެ ހިތްވީ ކޮންއިރަކު ހެއްްޔެވެ؟ އޭނަގެ ހިތުގައި ލައިޝާގެ މައްޗަށް އޮތް ނަފްރަތު އޭނަގެ ލޭ ކިލަނބުކޮށްލީ ހެއްޔެވެ؟
ހެނދުނު އަށެއް ޖަހާ ދިޔަފަހުން ޝަޔަމް ޝަލީން އޮތް ކޮޓަރިއަށް ވަދެލިއިރު ލައިޝާ އޮތީ އެނދުގައި ބޯއަޅާލައިގެން ލޯމަރާލައިގެންނެވެ. ދެފުރާނަނޫން ފުރާނައެއް ނެތި ރޫމް ހުސްކޮށް އޮތްއިރު ޝަލީންވެސް އޮތީ ނިދާލައިފައެވެ. މޫނުމައްޗަށް ފެތުރިފައިވާ އިސްތަށިގަނޑުގެ ތެރެއިން ފެންނަމުންދިޔަ ކުޑަ މޫނުކޮޅަށް ބަލަހައްޓައިގެން ހުރެ ޝަޔަމް ތުންފަތުގައި ދަތްއަޅާލިއެވެ. ލޮލަށް ކަރުނަ ގިނަވާގޮތްވީ ރޭގެ ހަނދާންއާވެފައެވެ. އަދިވެސް ލައިޝާ ރުއިރުއިމާއި އާދޭސްތައް ކަންފަތުގައި ގުގުމާލައިފައިވާފަދައެވެ.
ޝަަޔަމް ފިޔަވަޅުގެ އަޑު ނީވޭހާ މަޑުން އެނދާއި ކައިރިވެފައި ލައިޝާގެ މޫނުގައި އަތްޖައްސާލިއެވެ. އެއާއިއެކު ލައިޝާ ސިހިފައި ލޯހުޅުވާލިއެވެ. އެ ބޮޑު ދެލޯ ޝަޔަމްއާއި އަމާޒުވީއިރު ޝަޔަމްގެ ހަނދާނަށް އައީ އިޒާއެވެ. އިޒާއަށް ދިމާވި ހާދިސާއަށްފަހު އޭނަ އަތްލުމުން އިޒާ ބިރުންއުޅޭގޮތެވެ. އޭނައަށް ލައިޝާ އެފަދަ ހާލަތަކަށް ވައްޓާލެވުނީ ހެއްޔެވެ؟
“ލައި.. އަހަންނޭ އަތްލީ…” ޝަޔަމް އިރުކޮޅެއްވާންދެން ލައިޝާގެ މޫނަށް ބަލަހައްޓައިގެން ހުރެފައި އެނދުގެ ފަޑިއަށް ލެގިލިއެވެ. ޝަޔަމް މިވީހާތަނަށްވެސް ލައިޝާއަށް އެހާ ލޯބިން ގޮވާލައިފައެއްނުވެއެވެ. ލައިޝާ އުފާވުމުގެ ބަދަލުގައި ހިތަށް ލިބުނީ އިތުރުވޭނެކެވެ. ޝަޔަމްގެ އެ ލޯބި ގޮވާލުމުން ދެން އޭނައަށް އުފަލެއް ލިބިދާނެހެއްޔެވެ؟
“ލައި.. އައިމް ސޮރީ… އައިމް ރިއަލީ ސޮރީ… އިނގޭ މައާފަށް އެދުނަސް މައާފުދެވޭވަރުގެ ކުށެއް ނޫންކަން ކުރެވުނީ… އަހަންނަކަށް ވީނުވީ ނޭނގުނީ… އެހެންނޫންނަމަ ލައިއަކަށް އަނިޔާއެއް ނުކުރާނަން… އެވަގުތު ހަމަހޭގައެއްނޫން ހުރެވުނީކީ… އިނގޭ އެކްސްކިއުޒް ދެއްކެނީކަން… ލައިއަށް ވަރަށް ހާރޓްކުރެވުނަކަން އަހަރެން ޤަބޫލުކުރަން…” ޝަޔަމް ވާހަކަދައްކަމުންދަނިކޮށް ލައިޝާ ލޯފުހެލިއެވެ. އެއިން ކޮންމެ ޖުމްލައަކުން ރޭގެ ހަނދާންތައް އާވެ ލޮލުން ކަރުނަތައް ހުއްޓުވާލަން ނުކުޅަދާނަވިއެވެ.
“ރޮނީތަ؟ ލައި ހަމަ ރޮނީތަ؟” ޝަޔަމް އެނދުގެ މަގަތުގައި އިށީންގޮތަށް ލައިޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކުން ޝަޔަމްގެ ހިތުގެ އެންމެ ފުނަށް އަސަރުކުރިއެވެ. މިވީހާތަނަށް ލައިޝާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކަކީ ޝަޔަމް ދެކުނުގޮތުގައި ދެއްކުންތެރިކަމުގެ ކަރުނަތިކިތަކެވެ. އޭނަގެ ކުރިމަތީ ލައިޝާ ކަރުނަ އޮހޮރުވިއިރު އެހިތަށް ކުރި އަސަރެއް ނެތެވެ. ނަމަވެސް މިއަދު ތަފާތެވެ. އެއިން ކޮންމެ ކަރުނައެއް ހިތާއި ހަމަޔަށް ވާސިލްވެއްޖެއެވެ.
“ޕްލީޒް ނުރޮއޭ… އަހަރެން ވައުދުވަން އެރޭގެ ހާދިސާ ލައިގެ ހިތުން ފުހެލަދޭން އަހަންނަށް ކުރެވެން ހުރި ކޮންމެކަމެއްކުރާނަން… އަހަންނަށް ފުރުސަތެއްދީ…” ޝަޔަމްގެ ދިގު އިނގިލިތަކުން ލައިޝާގެ މޫނުގައި ފިރުމާލަމުން ތެމިފައިވާ އެސްފިޔަތައް ފުހެލަދިނެވެ.
ލައިޝާގެ ދެލޯ ރަތްވަމުންދިޔައިރު ޝަޔަމްއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ފައުންޑޭޝަންއިން އެ މޫނުގެ ކުލަ ފޮރުވާލައިފައިވިޔަސް މޫނު ދުޅަކަމުން ފާހަގަކުރެވޭވަރުވެއެވެ. ލައިޝާގެ މޫނުމަތީގައި އޭނައަށް ލަކުނެއް ލައްވާލެވިއްޖެއެވެ. އަންހެންކުދިންނަށް އަނިޔާކުރުމަކީ ފިޑިއަމަލެއްކަމަށްދެކި ހުރެ އޭނަ އެ އަމަލުކޮށްފިއެވެ. އޭނަގެ އަނިޔާވެރިކަން ދައްކައިގެން ލައިޝާގެ ހިތްހަލާކުކޮށްލެވިއްޖެއެވެ. ދުވަހަކު އަމިއްލަ ނަފްސަށް މައާފުނުދެވޭފަދަ ކުށެއް އޭނައަށް ކުރެވިއްޖެއެވެ.
ލައިޝާ ހިމޭނުން އިސްޖަހާލައިގެން އިންއިރު އެންމެ ފަހަރަކުވެސް ޝަޔަމްގެ މޫނަކަށް ބަލައެއްނުލިއެވެ. ޝަޔަމްވެސް މަސައްކަތްކުރީ ލައިޝާގެ މޫނަށް ނުބެލުމަށެވެ. އެތަށް ހާސްއަސަރުތަކެއް ފާޅުވާ އެދެލޯ ފެނިލުމުންވެސް ކުށްވެރިކަމުގެ އިހުސާސްތަށް އޭނަ ވަށާލައެވެ. އޭނަ ހުރީ ލައިޝާގެ ބޭނުންވާވަރަށް ވަގުތު ދޭން ތައްޔާރަށެވެ. އެދެމެދަށް ވެރިވެފައިވާ ދުރުކަން ނައްތާލަން ޝަޔަމް ފުރަތަމަ ފަހަރަށް ބޭނުންވިއެވެ. އެދުރުކަމާއި ކަރުނަތަކުން ހިތަށް ލިބެނީ އިންތިހާ ދަރަޖައިގެ ވޭނެވެ.
*** *** *** *** *** ***
މަޔާންގެ ދުނިޔެ އެފުށްމިފުށަށް ޖަހާލި ހިތާމަވެރި ހަބަރާއިއެކުވެސް ކެތްތެރިކަން އިސްކުރީ އެހެން މީހުންގެ ތައުރީފު ހައްޤުވާ ދަރަޖައަކަށެވެ. އެތެރެއިން ހިތްމަރުވެފައިވިޔަސް ބޭރުފުށުން މަޔާން އިހުސާސެއް ދައްކައެއްނުލިއެވެ. ކަރުނައަކީ އަދި މުޅީން ބީރައްޓެހި އެއްޗެއްފަދައެވެ. ދަރިފުޅު ވެލީގެ ދާނުގައި ފޮރުވުނު ވަގުތުން ފެށިގެން އެދެލޮލުން ކަރުނަ ހުއްޓިފައިވެއެވެ.
މަޔާން އޭނަގެ ހުރިހާ ވަގުތެއް ޝަލީންއަށްޓަކައި ހުސްކޮށްދިނެވެ. ފުރުސަތު ލިބޭވަރަކުން ޝަލީންގެ ގާތުގައި ވަގުތުތައް ހޭދަކުރިއެވެ. އެއިންކޮންމެ ވަގުތަކު މަޔާން އިންނަން ޖެހެނީ ނުހަނު ކެތްތެރިވެލައިގެންނެވެ. އިހުސާސެއް ދައްކާނުލާ އަމިއްލަ ނަފްސަށް ހުވާކޮށްގެން އަމިއްލަ ހިތާއި ހަނގުރާމަކޮށްކޮށެވެ. ޝަލީންއަށްޓަކައި އޭނަ ކެތްތެރިކަން އިސްކުރީއެވެ. ނެތްހިތްވަރު ނެރެ ހިތްވަރު ގަދަކުރީއެވެ.
މަޔާން ތިންދުވަސްވަންދެން އޮފީހަށް ނުނިކުމެ ހުރެފައި އޮފީހަށް ނިކުތްއިރު އެ ހަރުދަނާ ޝަހްސިއްޔަތަށް ކޮންމެވެސް ވަރެއްގެ ފަނޑުކަމެއް އައިސްފައިވެއެވެ. ހިތާމަ އެމޫނުމަތީގެ އެހެން އަސަރުތަކަށް ނިވާ އަޅާފައިވެއެވެ.
މަޔާން އިންޓްރޮގޭޝަން ރޫމްއަށްވަދެލިއިރު އައިޒާން އުޅެނީ އޭ.އެޗް.އިންޑަސްޓްރީޒްގެ އިމާރާތުން ހައްޔަރުކުރެވުނު ފަރާތްތަށް ސުވާލުކުރުމަށްޓަކައި ހާޒިރުކޮށްގެންނެވެ. މިވަގުތު ސުވާލުކުރަން ހާއްސަ ބައިގައި އިނީ މާހިލްއެވެ. މަޔާން ރޫމްއަށް ވަތްތަން ފެނުމާއިއެކު އައިޒާން މަޔާންއަށް ތަންދެމުން އެއްފަރާތަކަށް ޖެހިލިއެވެ.
އަތުގައި އޮތް ފައިލްތައް މޭޒުމަތީ ބަހައްޓަމުން މޭޒުގައި އަތްވިއްދާލިގޮތަށް މަޔާން މާހިލްއާއި ކައިރީ ހުއްޓުނެވެ.
“ދެއިރު ދެދަޅައަށް ކީއްކުރަން މިނެޓަކު ދެފަހަރު އަހަރެން މިތަނަށް ހާޒިރުކުރިޔަސް އަހަރެން އަނގަހުޅުވިއްޔާއެއްނު… ހައްޔާރުކުރެވުނަސް އަހަރެން ލައްވާ ކަލެއަށް ވާހަކަދެއްކުވޭނެތަ؟ ތެޅިތެޅި ހުންނަންޖެހެނީ… ތިގޮތަށް ހުއްޓާ މިތަނުން ރެކިގަންނާނީވެސް… އަހަރެންގެ ވަކީލު އައިމަ ކުޅިވަރު ދައްކާލާނަން…” މާހިލްގެ އިންޒާރާއި ބިރުދެއްކުންތަކުން ބިރުގަތުމުގެ ބަދަލުގައި މަޔާންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“އެހެންތަ؟ ކާކުބާ މިތަނުން ސަލާމަތްވާން ވަކީލަކު ފޮނުވާނީ…” މަޔާން ދަތްދޮޅި ދަށަށް އިނގިލި ލައްވާލަމުން ވިސްނާކަމަށް ހަދާލިއެވެ.
“ކަލެއަށް ނޭނގެނީތަ… އައްމާރު… ތިކާރޑު ބާލައިފައި ގެއަށްދާން ތައްޔާރުވޭ… އަހަރެން ސަލާމަތްވާހާ އަވަހަށް ކަލޭ ހޭއަރުވާލާނަން… އެއުޅޭ ހައިޒަލްވެސް….” މާހިލް ވަގުތުން މޭފުއްޕާލިއެވެ.
“ނޭނގޭތަ… އައްމާރުއާއިއެކީ އުޅުނުއިރު އޭނަގެ ފަލްސަފާވެސް ނޭނގުނީތަ؟ އޭނައަކީ އަމިއްލަ ބޭނުމަށް މީހުންގެ ބޭނުން ހިފާފައި ބޭނުން ނެތުމުން ކުޅޭއެއްޗެއްފަދައިން ދުރަށް އެއްލާލާ މީހެއް… އޭނައަށް ތިފަދަ މަސައްކަތްކޮށްދިން ކިތައް މީހުން މިއަދު ޖަލުތަކުގައި އެތިބީ… ކަލޭމެން އެކަކު ސަލާމަތްކުރާކަށްވެސް އޭނައަށް ނޫޅޭނެ… އެހެންނޫންނަމަ ހަބަރުބަލާލަން މީހަކު ނަމަވެސް ފޮނުވީސް… އޭނައަށްޓަކައި ތިކަހަލަ ކިތަންމެ ބަޔަކު އެބަތިބި….” މަޔާންގެ ވާހަކަ އަޑުއިވިފައި މާހިލްގެ މޫނުމަތީވީ ބޮޑާކަން ފިލައި މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނަ ބަންދުގައި ހުންނަތާ ފުރިހަމަ ހަފްތާއެއްވީއިރުވެސް އައްމާރުގެ ހަބަރެއްނުވިޔަސް އޭނަ އެ ހުންނަނީ އައްމާރުއާއިމެދު އެހެން ނަޒަރަކުން ނުވިސްނަން އަމިއްލަ ނަފްސަށް ހުވާކޮށްގެންނެވެ. އެއީ އޭނަ ކިޔަމަންތެރިކަން އަދާކުރާ ސާހިބުމީހާއެވެ. މާހިލްގެ މޫނަށް ވެރިވަމުންދާ ކުލަތައް ބަލަހައްޓައިގެން ހުރިއިރު މަޔާންގެ މޫނުމަތިން ކާމިޔާބުގެ ކުލަވަރު ފެނިލިއެވެ. މިވޭތުވެގެންދިޔަ ދުވަސްތަކުގައި އޭނަވަނީ އައްމާރު ފޮތެއްފަދައިން ހިތު ދަސްކޮށްފައެވެ.
“ތިބަސްތަކުން އަހަރެންގެ ސިކުނޑިއާއި ކުޅެލޭވެހެން ހީވަނީތަ؟ އިއްޔެ މެންދުރު ދުނިޔެ ފެނިގެން އުޅޭ ބޯގަނޑަކަށް އިނގޭނީ ކޯއްޗެއްތަ؟ ޕްރޮސިކިއުޓަރުންގެ ޔުނީފޯރމް އެޅުނީމަ ކަލެއަށް ހީވަނީތަ ތިމާއަށް ނޭނގޭ އެއްޗެއް ނެތޭ…. އައްމާރުގެ ވަރުނޭނގިގެން ތިހެން ތެތެޅެވެނީ… ބަފާ ކައިރީ އަހާލަބަލަ އޭރުން ރަނގަޅަށް އޮޅުންފިލާފާނެ…” މަޔާންގެ ބަސްތައް ދޮގުކުރަމުން މާހިލް އަޑުގަަދަކޮށްގަތެވެ.
“ހެކި ދައްކަންވީތަ؟” މަޔާން ޖީބުން ނެގި ފޯން އޮންކޮށްލުމަށްފަހު މޭޒުމަތީ ބާއްވާލިއެވެ. މާހިލް ބަލަހައްޓައިގެން އިންދާ ފޯނުގައި އައްމާރުގެ ނަންބަރު ޖަހާލުމަށްފަހު ކޯލް ބަޓަންއަށް ފިއްތާލިއެވެ. އިރުކޮޅެއްވަންދެން ފޯނު ރިންގްވުމަށްފަހު އައްމާރު ފޯނު ނެގި އަޑު އިވުނެވެ.
“މުހައްމަދު އައްމާރު… ސިލްކް ކޮމްޕެނީގެ ޗެއަރމަން…” ފޯނު ސްފީކަރަށްލަމުން މަޔާން ވާހަކަދެއްކިއެވެ.
“ތިއީ ކާކު؟” އެކޮޅުން އައްމާރު ވާހަކަދެއްކި އަޑުއިވުނެވެ.
“މަރާލަން މީހުން ފޮނުވީ ކާކުކަން އިނގިގެންނެއް ނޫންތަ؟ އަހަންނަކީ ކާކުކަން ބެލުން މުހިންމެއްނޫން… ސިލްކްގެ ޕްރޯ ގޭންގް ތިބީ އަހަރެމެންގެ ބެލުމުގެ ދަށުގައި… އެމީހުންނަށް ގޮތެއް ހެދުމުގެ ކުރިން ވެރިފަރާތަށް އަންގާލުމަކީ އޮންނަކަމެއްނޫންތަ؟” މަޔާން ވާހަކަދައްކަމުންދިޔައިރު އަޑުގައިވީ ރުޅިވެރިކަމެވެ.
“މަޔާން… އަހަންނަށް އެ މީހުންގެ ބޭނުމެއްދެން ނެތް… ކަލޭ ބޭނުންގޮތެއް އެ މީހުންނަށް ހަދާ.. ޖަލަށް ލިޔަސް… މަރާލިޔަސް… އޭރުން ރަނގަޅުވާނީ އެއްފަހަރުން އަނގަ ބަންދުވީނު… މަހާނަމައްޗަށް މަޑި ޖަހާ މީހުން ސަލާމަތްކުރާކަށް އަހަންނަކަށް ވަގުތެއްނެތް…” އައްމާރުގެ އަޑުގައިވީ ރަހުމުގެ ކަންފުޅެއްވެސް ނެތެވެ.
“މިތާގެ ޖަލުތަކަކީ އައްމާރުގެ ކުށްވެރިން ފިލުވަން ތިބޭ ތަނެއްނު… އެހެންނޫނަސް ކޮންއިރަކުދޯ ކާންދޭމީހާ ދަނެގެން އުޅެވުނީ…” މަޔާން ބުނެލިގޮތަށް އައްމާރުގެ ޖަވާބަކަށް ބުނުމެއްނެތި ފޯނު ކަނޑާލިއެވެ.
“ފެނިއްޖެއެއްނު އޭނަގެ އަސްލުކުލަ… 30 އަހަރުވާންދެން އަމިއްލަ ހަޑި ސާފުކުރަން ގެންގުޅުނު މީހާ މިވީ ފައިފުށްސަކަށްވުރެ ދަށްމީހަކަށް… ބޭނުންނެތީމަ އެއްލާލީ…” މަޔާން މާހިލްއަށް ނަޒަރެއްދެމުން ވާހަކަދެއްކިއެވެ. އޭރު މާހިލް އިނީ އިސްއޮބާލައިގެންނެވެ. އިވުނު ވާހަކަތައް ޤަބޫލުނުކުރެވިފައެވެ. އައްމާރުއަށްޓަކައި ޖެހިލުންނުވެ އެތައް ކަމެއްކޮށްދިންއިރު އެންމެ ފަހު ވަގުތު އައްމާރު އޭނަ ދޫކޮށްލީ ހެއްޔެވެ؟
މަޔާން އިރުކޮޅެއްވާންދެން މާހިލްގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު ރޫމްއިން ނިކުމެގެންދިޔައީ ސުވާލުކުރުން ކުރިއަށް ގެންދަން އައިޒާންއަށް އަންގާފައެވެ.
*** *** *** *** *** ***
ޝަލީން ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނުފަހުން ހައިޒަލް ދުވާލުދާ ހަތަރުދަމުހެން އުޅެމުންދިޔައީ ހޮސްޕިޓަލުގައެވެ. އޭނަގެ އަނތްބެއްގެ ގޮތުގައި ޝަލީން ހުރީތީ ހައިޒަލް ދިޔައީ އޭނަގެ ޒިންމާތައް ފުރިހަމައަށް އަދާކޮށްދެމުންނެވެ. ނަމަވެސް ހައިޒަލް ބޮޑަށް މަސައްކަތްކުރީ ޝަލީންއާއި މަޔާންއަށް އެކަނިވެރި ވަގުތުކޮޅުތަކެއް ހޯދައިދެވޭތޯއެވެ. މިވަގުތު ޝަލީންއަށް މަޔާންގެ އެހީ ބޭނުންވާވަރު އޭނައަށް ވިސްނެއެވެ.
ހައިޒަލް ހޮސްޕިޓަލުގައި ހުރެފައި އިރުއޮއްސުުނުފަހުން ބްލޫސްއަށް އައީ ރަފްހާން އެދިގެންނެވެ. ކޮމްޕެނީގެ ބޭނުމަކަށް ގަތް ބިމުގެ ލިޔުންތަކާއި އިމާރާތުގެ ކުރެހުންތައް ނަގަން ކޮމްޕެނީއަށް ކައިރިކޮށްލިއިރު އޭނަ ހުރީ ނުރަސްމީކޮށެވެ. ސްކްނީއަކާއި އަތްދިގު ޓީޝާޓެއްގައެވެ.
ވަގުތުގެ ގޮތުން ކޮމްޕެނީތެރޭ މުވައްޒަފުން މަދުވިޔަސް އެތައްބައެއްގެ ނަޒަރު ހައިޒަލްގެ މޫނަށް ހުއްޓުނެވެ. އެ ނަަޒަރުތަކުން ރެކެމުން އައިސް ހައިޒަލް އޭނަައަށް ހާއްސަ ލިފްޓަށް އެރިއެވެ.
ކެބިންތެެރެއަށް އަޅާލި ފިޔަވަޅާއިއެކު ހައިޒަލްއަށް އިހުސާސްކުރެވުނީ ފަޅުކަމެވެ. އޭނަ ކޮމްޕެނީއަށް ނުނިކުމެ ހޭދަވި ތިންދުވަހުގެ ތެރޭ ކެބިންގެ ތެރެއަށް ހުސްކަމެއް ވެރިވެއްޖެއެވެ. ކެބިންގެ ތެރޭގައިވީ އަލިކަން ގަދަކޮށްލަމުން ހައިޒަލް ހަރުގަނޑާއި ކައިރިވިއެވެ. ލިޔުންތައް ފެނޭތޯ ފައިލްތައް ހާވަންފެށިއެވެ. ފަނަރަ މިނެޓްގެ މަސައްކަތަށްފަހު ފައިލްތައް ހުރިގޮތަށް ބަހައްޓަމުން ހައިޒަލް ހަރުގަނޑަށް ލެގިލިއެވެ. އަލްހާންގެ އެދިލެއްވުމަކަށް އެ ކެބިންއަށް އެ ލިޔުންތައް ގެންދިޔަ ހަނދާންވުމުން ހައިޒަލްއަށް އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. ވަގުތުން ކެބިން ތަޅުލުމަށްފަހު ލިފްޓަށް އަރައިގެން ސާދަވަނަ ފަންގިފިލާއަށް މިސްރާބުޖެހިއެވެ.
*** *** *** *** *** ***
އިރުގެ އަލްވަދާއުއާއިއެކު އުދަރެސް ދޮންކުރަމުން ދިޔަ ކުލަތަކަށް ބަލަހައްޓައިގެން އަލްހާން ހުރީ އޭނަގެ މޭޒުގެ ފަހަތަށްވާގޮތަށްވާ ބިއްލޫރި ބިތުގެ ކައިރީގައެވެ. މޭޒުގެ ކުރިމައްޗަށް ބަހައްޓާފައި ހުރި ބޮޑު ސޯފާގައި އިޝާރު އިށީދެލައިގެން އިންއިރު އައްމާރު ފޯނެއްގައި ހުރެގެން ދެފަރާތަކަށް ހިނގަމުންދިޔައެވެ.
“ކިހިނެތް ތިހެދީ… އެމީހުން ދޫކޮށްލީމައޯ…” އައްމާރު ފޯނު ކަންފަތާއި ދުރުކޮށްލުމާއިއެކު އިޝާރު ވާހަކަދެއްކިއެވެ. އޭނަ އިނީ އައްމާރުގެ ވާހަކައަށް ފުރިހަމައަށް ސަމާލުކަން ދީގެންނެވެ. މެދުތެރެއިން މަޔާންގެ ނަން އިވިފައި އޭނަގެ އިވުމުގެ ހިއްސު ވަކީން ތޫނުވިއެވެ.
“އަމިއްލަ ނާޤާބިލްކަމުން އެމީހުން ހައްޔަރުވީ… އެވަރު ބަޔަކު ސަލާމަތްކުރަންތަ އުޅެންވީ… އަަހަރެންގެ މުދަލާއި ވަގުތު ބޭކާރުވެ… އަމިއްލައަށް ފަޅާއެއްނު އަރާނީ… ބައިތިއްބާ…” އައްމާރުގެ އަޑުގައިވީ ފަރުވާކުޑަކަމެވެ.
“އެކަމަކު އޭރުން… މާހިލް އަނގަހުޅުވާފިއްޔާ…” އިޝާރު ހާސްވިއެވެ. އިޔާނާއާއި ދެކުދިންގެ ކުރިމަތީ އޭނަގެ އަނދިރިފަރާތް ކަސްފުވާކަށް އިޝާރު ނޭދެއެވެ. އޭނަ އެންމެ ބޮޑަށް ކަންބޮޑުވާކަމަކީ އެއީއެވެ.
“އިޝާރު ހާސްނުވޭ… އޭނަ މަގޭ ނަންގަނެލިޔަސް ހަދާލާނެގޮތް އިނގޭ މަށަށް…” އައްމާރު ހިނިތުންވެލީ ނުރައްކާތެރިގޮތަކަށެވެ. އެވަގުތު އަލްހާންއާއި ދިމާލަށް ބަލާލެވުނުގޮތުން އެ ހިނިތުންފިލައި މޫނުމައްޗަށް ރުޅިވެރިކަން ގަދަވެގަތެވެ.
“މިހާރު ވާގޮތް އެބައިނގޭތަ… ބުނާނެ ތިމަންނަގެ ދަރިއަކަށް ހަދައިގެން ބޮޑުކޮށްފައިހުރި ދަރިއެކޭ… ކިހާ ރަނގަޅަށް ބެލުނީމަ ކަލޭގެ ބަސްނުވިކެނީ… ދެވަނަ އަޒްހާންއެއް އުފަންވާންޖެހުނީ ކަލޭގެ ސަބަބުން އަލްހާން….. އޭނަ މަރާލަން ކަލޭ ބޭނުންނުވީމަ… ދަރިއެއްހެން ބަލާބޮޑުކުރީމަ ކިހާ ތާހިރުވައްތަރަކަށް އެއުޅެނީ… އިޝާރުގެ ޝަލީންއާއި ކައިވެނިކޮށްގެން އެ ޔަތީމުކުއްޖާގަނޑުވެސް ގޮވައިގެން… ކަލޭ ދެނެވެސްނުހުރިންދޯ…” އަލްހާންދެކެ ހިތްހަމަނުޖެހިފައިވާ އައްމާރު ފަަށައިގަތެވެ. ހައިޒަލްގެ ފުރާނަދުއްވާލަން އަލްހާން އެއްބަސްނުވުމަކީ އޭނައަށް ޤަބޫލުކުރެވޭކަމެއްނޫނެވެ. އަލްހާން އޭނަ އެޅިހާ ބަތަކަށް ރިހަވެގެން ހުރެފައި އަމިއްލަ ކޮޅު ގަދަކުރަންފަށައިފިއެވެ.
“ޔަގީންތަ އަޒްހާންއާއި ހައިލާއާއި މަރާލެވުނުކަން… އެއްބަޔަށް މަސައްކަތްކުރާ މީހެއްނު… ކަލޭގެ މަސައްކަތް ކާމިޔާބުނުކުރެވުނީތީ ހައިޒަލް ދުނިޔޭގައި އެހުރީ… މިހުރިހާދުވަހު އަހަރެން އަޅާނުލާހުރީ އޭނަގެ ސިކުނޑި ފަސާދަކޮށް އަހަރެމެންނާއި އެއްކޮޅަށް އަނބުރާލާނޭކަމަށް ޔަގީންކޮށްގެން… އެކަމަކު ދެނެއް ކަލެއަކަށް އިތުބާރެއްނުކުރާނަން… އަހަރެން ނުރައްކަލާއި ދިމާލަށް ދާވަރަށް ހައިޒަލްގެ ކަރަށް މަޅިގަނޑު ވާންވާނެ…” އައްމާރު އިންޒާރުކުރިއެވެ.
“އަޒްހާންއާއި ހައިލާގެ ލެއިން ދެއަތް ކަޅިކޮށްގެން ހުރެގެން ތުއްތު ޒެލް އަހަރެންގެ އަތުތެރެއަށް ލީދުވަހު އަހަރެން އަމިއްލަ ނަފްސަށް ވައުދެއްވިން… އެއީ ދަރިއެއްފަދައިން ހައިޒަލް ބަލާބޮޑުކުރަން… ރިހާނާގެ ދެކޮޅުހެދުމާއި އަދި ނުރުހުމާއިއެކު އަހަރެން ހައިޒަލް ބަލާބޮޑުކުރީ ލޯބިވާތީކީ ނޫން… އެކަމުގައި ސިއްރެއްފޮރުވިފައި އޮތީތީ… މި ވިޔަފާރީގެ ހިއްސާދާރަކީ އަދި ވާރުތަވެރިޔައަކީ ހައިޒަލްއަށްވާތީ… އަޒްހާންގެ ވަސިއްޔަތުގައިވާގޮތަށް ހައިޒަލްގެ އުމުރުން އަށާރަ އަހަރުވުމާއިއެކު އަހަންނަށް މިވިޔަފާރީގެ ސާޅީސް ޕަސެންޓް މިލްކުވެއްޖެ… ބާކީ 60 ޕަސެންޓްގެ ވެރިއަކީ އެއީ.. ސާޅީހަކީ ކުޑަމިންވަރެއް… ހައިޒަލް ނެތިގެންގޮސްފިނަމަ ބާކީ 60 ޕަސެންޓްގައި އަހަރެމެންނަކަށް އަތެއްނުލެވޭނެ… ސަބަބަކީ އަަޒްހާންގެ ވަސިއްޔަތުގައި ވާގޮތުން އެބައި ލިބޭނީ ހައިޒަލްއަށް ނޫނީ ހައިޒަލް ނެތްނަމަ އަމިއްލަ ފަރާތްތަކަކަށް އެހީވާ ޖަމިއްޔާއަކަށް… އަހަންނަށް ހައިޒަލްއަކީ ބްލޫސް… އަޒްހާން ދޫކޮށްފައި ދިޔަ މުދާ… ވީއިރު ގެއްލުމެއްވާކަށް އައްމާރުނަމަވެސް ނޭނދޭނެ… ހައިޒަލްގެ ހުރިހާކަމެއް އަހަރެން ކޮންޓްރޯލްކުރަމުން އައި ސަބަބަކީ އެއީ… އޭނަގެ ކައިވެންޏާއި ދިރިއުޅުންވެސް….” އަލްހާން ވާހަކަދައްކަމުންދިޔަވަރަކަށް އައްމާރުއާއި އަލްހާންގެ މޫނަށް ތަފާތު ކުލައެއްވެރިވިއެވެ. އައްމާރު ތެދުވެގެން އައިސް އަލްހާންގެ ކޮނޑުގައި ހިފާލިއެވެ.
ބަރު ފިޔަވަޅުތަކެއްގެ އަޑު އިވުނީ ދާދި ގާތުންނެވެ. ފަސްއެނބުރިބަލާނުލެވެނީސް ބޭރުގައި ހުރި މީހަކު އެތެރެއަށް ދެމިގަތެވެ. އެވަގުތުން އަލްހާން ފަސްއެނބުރިބަލާލިއިރު ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ފިނިވެގެންދިޔައެވެ. ޖެހިލުންވެ ހިންދިރުވާލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
133 Comments!
Comments are closed.






Haaaah… Finally…. btw me first dhoa
Yes dear first
sorry for the late update.. mi dhuvaskolhakee dhiraa ah varah bura dhuvaskolheh.. ehennve update thah lasvanee.. mi part vaguthun liyelaafa mi upkuree.. mistakes hurun ekasheegen vey.. lasveethee adhives ehfaharu maafah edhen.. mirey up kohdheynamey bunevifa othyma lahun viyas mi upkohlee.. mi part ah inthizaaru kuri hurihaa kudhin nah shukuru adhaakuran.. baahjaveri reakah edhen
Meekko second dhw mifaharu??……Btw varah varah reethi mi part ves ❤️❤️❤️❤️❤️❤️whn is next part ⁉️ waiting for the next part ???one of my favourite ?????❤️❤️❤️
Thankss dear.. will upload soon
Wow wow???
When is the next part?
Plx than kolheh avahah up kohdhey thi??
Thankss dear.. will upload soon
Wow, rainy stormy night, Shayam being so naughty, bad and hot, amazing. Salhi ingey Shayam bad boy eh gothah kuda vaguthukolhakah namaves genesdhineethee. E scene ehen hurihaa scenes ah vure interesting.
Yes, me ah ves ethankolhu varah rythi, beynunvanee Shayam egothah ulhun konme faharaku against laishas will.
bodu vahtharu agreed with you all. egothah gina scenes genesdhehchey ingey dhiraa soooo sakuxyyyy shayam sucha hottie can imagine. DHIRAA PLEASE MORE HOT AND ROM SCENES OF THEMM I LOVE THIS STORRYYY ❤❤❤❤
Its not like that dears.. shayam was vending his anger on laisha.. thanks dears..
” Lai, ahanney aiy lee” e thankolhu varah rom. Shayam haadha s… ey.! This part is very nice and different than the rest. It’s a good twist and love it. ?
guess you like the caring side of shayam.. thankss dear.. happy you liked the twist
Whn nxt…mi part vrhh reethi??
Thankss dear.. will upload fast
Wow…Mi bai vec hama obi..Shayam n laisha ge bai vec salhi..Mihaaru next part kiyaalaa hithun kehtherikan kolhun lany mi..hehe..Keep going sis..ly????
Thankss dear.. keep
Waiting
Shayam……………………
So hhhhhhhhoooooottttttt???????????????????????
Hey.. Who are you to comment on my friend’s name?? Don’t do like this OK.. Stop commenting on her name OK.. Whoever you are just stop this
Mi gaumuga ulhenee thibunaa dhonthi eh ekanitha??
Thankss for the comment.. i request not to reply to other comments
Mioh vaahaka eh dho ibilees bolah savaaru vefa ekaku anekakah gehlun dheyn amilla edhumun foavefa vakihisaabehga vaahaka ves huttifa Atleast dhemafirin Aniyaa kurumaa rulhiverikan dhookollaa oagaatheri lolakun balaalan vejjedho mihaaru anehkaa kolheh medheh nufeney ??
Kolheh medheh nufennaane muskulhiivisnun gengulheymyhunnakah, mi vaahaka V rythi. Dhira kyp it up
ITS 21ST CENTURY FURENDUU LEVEL UP UR MIND
I thought this is 30th century?? & mivaahaka hadiekey nubunan dho beybeves
Kiyuntheriyaa.. mi vaahaka base kohfa mi inee varah complicated families thakakah.. ehenve e part thah genesfai evanee.. vaahaka nimumakaai dhimaalah dhaavarakah gulhunthah badhahive oagaatherikan ufedhemun dhaanee.. thankss dear.. plxx dears no reply to the comments okey
Mayaan and haizal ah vure Shiyam ge part varah kamudhey, intimate and possessive veema real kohves like vey. Dhiraa kithanme laskoh up kurias kiyaahivvaakahala feel eh ga reethi parteh genesdhineema thnxs big koh
With two scenes shayam stole the show dhw.. shayam is one of the most different character.. read more to know more about him.. thankss dear.. im really happy to hear
Vaahaka varah reethi ekm mistake eh ebain dhiraa ves mistakes huredhaane kamah bunefa ineema mistake faahaga kolladheynan laisha kon iraku shaleen kairiah dhiyaee shayam shaleen ge room ah ai iru laisha ves oiy vaahaka ineema ekm ves hama varah reethi igey keep it up ?❤?
Thankss dear.. thankss for pointing.. aslu ethankolhuga ee hospital room ingey.. laisha went there when shayam was not in the house.. and they both met there.. and its a morning scene.. dear ah understand vehjje kamah ummeedh kuran
Koniraku next part up kuraanee
will upload soon dear
???
V v v rythi.. Kyp it up?
thanks dear
She asked for that indirectly, dhen kon cry eh kuraakah, I’m sure she will lyk it no matter wat, after all she loves Shayam so much. Nice story??
dear.. laishaves beynumeh nuvaane dhw shayam eyna ah aniyaaverivaakah… eyna beynunveeee shayam ge loabi… shayam is her love from childhood.. thankss dear
Alhe dhen laisha preg vaane kanneinge
Hingaa balamaa dhw vaa gothehves
Hey, who are you to tell her not to do this n that? Are u her mother O father? There are so many dhonthies in this country. Its high time you know that. ?
Aaan, dho, Hama dhonthy ey kiyaa myhaku commenteh kollaairah eyna fashaane evatharu jassan.Heevaakahala eyna ah ekani ey dhonthy kiyanee. Ekkala myhunge firin fahatthun dhuvaa myhaa ah ves kiyanee ehenney??????
Plxx dont start arguments here.. i request my readers not to reply to comments and to comment only about the story.. hope this wont repeat
Next part avahah up kohdhehchey
Plx plx plx
Yes dear.. liyevunuhaa avahakah kohdheynan
Hurihaa kudhinves smoothieh namaves hippavaigen cool vellavvaa. Mioh rythi story kiyaafa rythi konthibey
Thankss dear
Vvvvvvvvvvv nice. Waiting impatiently for the next part.??????
thankss dear
No way.. I know baivaru dhonthi thah uheykan… Konmehen eyna buneema evves noon aharen ehen buny eiy.. Ma beynunvegen ehen bunee.. Eyna eiy noolhey Konmehen eynage namuga meehun comment kuraa thee massala jassaakauves.. Dhn massala eiy nethey.. But dhiraa pls don’t doubt about dhonthi ingey.. She will never comment to any story from that day on… I m sure..
Bla bla bla bla blaa blaaa
I saw the comment dhonty ge friend.. varah ufaavey dhonthy ge friend mi vaahaka kiyaaleema.. dhonthy mathin varah hadhaanvey.. dhira ge salaam bunahjjey.. watever plxx dont reply ingey..
V fakha as alwys???? ….. Shayam n laisha avaha gulhuvaalaa dhn?? …. N shaadhin ves ?… Hoping mihen future ga mi story ga vaane kamah??? … N Thnxx for uploading this episode?? …. Curiously gonna wait for th next episode ?… Love this story dhiraa ❤❤❤❤❤
Thankss dear.. dhen othy e couples thakuge faharu eyga ohnaanee yazdhaan and shayam ge hiyvarehnu.. dhw dear
Shayam scene V obi, liked that a lot. Overall story’s nice. ?
Thankss dear
one of my favorite author is esfiya
good job dhiraa
Thankss dear.. cant express how happy i am to hear that
Game payabaht
A very nice kdrama, one of my favourite, and this story has become my favourite too???
I want to give a try to watch that drama.. thankss dear.. im really happy to hear
Dhiraa.. next part kon irakun
Will upload soon dear
V reethi. Haizal ge mom fenaani kon irakunbaaaa
lets c dw iraada kurehviyya v avahah fenidaane
salhi ey.. sifakurun hama habeys
thnks dear
Hi. I am back. Story v reethi.????????love it. Thanks to u naina and haizal gulhuveema. ❤❤❤❤❤❤❤❤when is the next part. Waiting. ???????? good luck.
thankss dear
Dhiraa! ???
Mirey story up vaane tha?? ???
thanks dear
Varah reethi mi part ves…?
thanks dear
When is next part…. Curiously waiting for it… Plx story avahah ninmaanulahchey…. Dhiraa mirey up kohdheynan dhw??
thanks dear
dhiraa dear please school is starting tomorrow mirey one part up kohladheefiyya maadhan vrh happy koh school ah dheveyne i can go and dream about the story at school please one part up kohladheeba mirey iss gonna be the best gift you give me before i go to that ANNOYING hell
thankss dear
Alhey shayam ge scene varah reethi.. but naina and haizal ge scenes madhu kamah faahaga kurevey . Keep the good work???
thankss dear
Alhey dhiraa Plxxx maadhama aky aish ge mock exam ge result vs libeyne dhuvas… So Mirey mi vaahaka ge next part up kohdhee Bala… Eyrun kiriyaa vs hinhamajehigen results thah balaaleveyn vs
Well, good luck dear.. ? in sha allah everything’s gonna be fine.. dhiraa ves free velyma up kohladheyne. Dhw dhiraa? Dear hamajehilaigen result balailaa ingey. And o level ga qaumu fakhuruverivaa fadha natheehjaa eh genesdheyne kamah ummeedhu kuran. All the best.? and btw dhiraa. This part is also just amazing as usual. I was over the moon when I saw this part was uploaded. I couldn’t hold the excitement in my body. ?I was impatient and I read it whole while putting a crazy smile on my face so I was looking like an idiot. ? ? seriously I’m a huge fan of this story. I don’t remember if I have commented on this story before but I’ve read each and every part of the story and I loved it. This is the best story I’ve read in this year so far. Ma Sha allah. Looking forward to the upcoming twists. FYI my curiosity is at its max.. ?
Btw dhiraa sorry if you’re disappointed since I’ve replied to Aishy’s comment but I just wanted to say good luck to her. Then I thought to myself why don’t I write my opinion on your story in the same comment. So yeah. Hope you aren’t disappointed on me.?
Mrs. Miss????
Insha Allah hivvaraa eku mi aharuge o level exam results rangalhukurumahtakaa masaikah kuraanan….
Thanks Mrs miss for your advice
thankss both.. and Mr Miss im not dissappointed
Alhey Dhiraa hevey up kohnudhinas, veehaaves lahakun up kihdhyfinama V happy vaane, ?
thankss dear
Next part kiyaalan libeynee kon’iraku can’t wait ?❤️❤️
sorry for the delay dear
Alhey plx plx plx mirey upkoh nudheefaanatha? Bunaa dhuvahah upkoh nudhevunas okay vaane, ehen noonas miakee monthly nuvatha weekly salary libey gothah kuraa kamehves noonehnu. Ehenveema holey saabahah kohdheyiru rangalhuvaane lasviyas.
Hiley saabahah kanthah kuraairu jeheyne dho bunaa bahuge agu hifahattaan , aharemen kiyuntherin vaahaka kiyaneeves hiley saabahah, readers satisfaction akee varah muhimmu eche, salary ah noonas vaahaka liyanee kiyaane bayaku thibey thee dho. Kiyaane myhaku nei nama vahaka liumuge beynumehnei.
Ehenveema adhi hiley saabahah kameh kohdhinas ekoh dhey kameh bayaku agu vazan kuraa gothah kuranvaane. Gina meehun vote laneeves hiley saabahah heyo niyathaaeku. Mee varah vaahaka.
Hama ?% gabool kuran ingey puddin. ?
thankss dears
Dhiraa v sad ea. Need to take a break frm reading story. mock exam starts on 20. But i hope there will be enough parts up whn i come back. Love ur story Dhiraa?
thankss dear.. good luck for your exams
Dhiraaaaa story up kollany konirakun baaaa
sorry for the delay dear
Waiting for next part
thankss dear
V.reethi mi part ves ??? kureege part ga varah kurukon comment kurevunyma sry btw vvvvv. Reethi mi part Hama awesome ingey ???? ekamu mishal ah kihiñeiy this hedhy e fakeerah kameh kuraakah nuvaane ennu. Shaly and yaan kiyaa dhera vefa ethiby.
thankss dear
Haadha lahey… Alhe thankolheh avahah up kohdheeba…mihaa reethi vaahakaeh veema avahah kiyan beynumee…?❤️
sorry dear
Dhiraage molhukamun mashah jassaafa mivanee kon jaadhulehbaa? U GO GIRL! LOVE U SOOOOOO MUCH!
thanks dear
Dhiraaaa haada las vejey up kolevey leh
sorry dear
70 th vana part mirey upkohlaanan.. lasvanee type kohffa up kuran jeheythee.. hope all will understand.. and will wait
OK.. ???
Waiting waiting curiously for the upload of next part.. ??☺️☺️☺️
Thanks up kohdhey theeve ☺️☺️☺️
thankss dear.. all the thanks goes to you guys.. mihaaru upvefa ingey inee..
Maa las vumuge kurin upload kurahchey a
mihaaru upvefa inee dear
10:30 ge kurin up kollahchey dhiraa..
sorry dear mihaaru upvefa ihnaanee
Alhey Mirey up kohleveyne tha?? ??????????????
upvefa inee mihaaru
mirey up kohdhehchey maa las nuve ingey dhiraa
sorry dear.. mihaaru upvefa ihnaane
dhiraa sis kobaa story.I know you are busy but still hama ahaly?????
sorry for the delay mihaaru upvefa ihnaanee
Alhey, mireyves up nukuraathi ingey, veehaaves lahakun upkohdheythi, Dhiraa dear you are awesomeness to the max
thankss dear.. mihaaru upvefa ihnaanee
Dhiraa just waiting ….. Plx upload Mirey Lola nidhives naadhey next part nubalae …. Plz plx dhiraa
sorry for the delay.. mihaaru upkohffin
Fenuneemaa beley….
Nubalaa nuhurevey…..
Loa enme beynun vi soora thy ingey……
Thy ey kurahaalaafa vaa thasveeru hiyy magey….
Fenuneemaa beley……
Nubalaa nuhurevey…….. ?????
2 minute 7 faharu up kuraathoa eba balannn…. Alhey veehaavx avas kohba.. plx plx plz plz
sorry dear.. mihaaru upvefa ihnaanee
Raalhuthakuge madhu e beehilun thakaeee…………
Raagu hithutherey mashaa eky………
nashaala hiyy vi maana funlhemeh eaa ekee……
Hadhaala hiyy vi faalhuko fennathi zahruthah vayaa ekee
– dhen kon kuhjeh kiyaanee –
Kiyaa namey kiyaa hithunnnn
Thi reethi reethi nan dhulunn
alhey haadha lahey.. mihaaru maa bodah thi inthizaaru kuruvanee
dear upkohffin ingey.. sorry for the delay
Nuviyennu
sorry dear.. mihaaru upvefa ihnaanee
Mirey up kuraanamey kiyaafa dhogu thah hedhy
Dhen myhaku ecchekey bunyma avahah dhethin folhuvai liyefa up kollaane mibai kuruvedhaane ey and sorry for the late update o jahaafa
sorry dear.. 70th vana part dhigukohlaafa maadhamaa ge vaguthaku alun upkohlaanan
Dhen inthizaaru ga nuhureveyne maadhan kiyaalaany… Gud 98
upkohffin