Skip to content
އެސްފިޔަ

ރޫޙާނީ ބިރު – 3 –

ލޯނޗު އެރަށާ ގާތް ކޮއްލުމާއެކު އެންމެން ފޭބިއެވެ. ރިޝްވާން އޭނާގެ ދެ އަހަރުގެ ދަރުފުޅު ރީމް ގޮވައިގެން ފަޅުރަށެއްކަމައްވާ ހިމިއްޗަށް ފޭބުމާއެކު ރީމް ރޯން ފެށިއެވެ. އެވަގުތު ރީމްގެ ބޮޑުވެފައިވާ ދެލޮލުން ބަލަމުންދިޔައީ ނިކަގަހާ ދިމާލަށެވެ.

**************

ރިޝްވާން ރީމް ރޯންފެށުމުން މަސަލަސްކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ނިކަގަހާ ދިމާލަށް ދެލޯ ބޮޑުކައްލައިގެން ބަލަން ހުރި ރީމްގެ އަޑުދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ.

“ޒޯ…ރީމްއަށް ކާންދޭންވީނުން…ބަނޑުހައިވީ ކަންނޭގެ…” ރިޝްވާން އޭނާގެ އަނބިމީހާ ޒޯޔާގާތު ބުނެލީ ރީމް އާމެދު ކަންބޮޑުވެފައިވާ ހާލުއެވެ. އެހެނީ މީގެކުރިން ރީމް އެހާ ބާރަށް ރޮއި ހަނދާނެއް ރިޝްވާންގެ ހަނދާނަކަށް ނާދެއެވެ. ޒޯޔާ ރީމް އުރާލިއެވެ. އަދި އަވަހަށް ރީމް މަސަލަސްކުރެވޭތޯ އުޅުނެވެ.

********************

ޔާނާ ، ޝެލީން އަދި ޒީދާން ހިމިއްޗަށް އެރުމާއެކު ބޭނުންވީ ރަށުތެރެ ބަލާލަން ދިއުމަށެވެ. އެހެންނަމަވެސް އެންމެ ފުރަތަމަކަމަކަށް ތިން މީހުންގޮސް އެލީސާ ގާތުން ހުއްދައަށް އެދުނެވެ. އެލީސާ ހުއްދަ ދިނުމުން ތިންމީހުން އެކުއެކީހެން ރަށުތެރެއަށް ވަންނަން ހިނގައިގަތެވެ. އެކި ގެއަށްވަންނަމުން ތަންތަން ބަލަމުންދިޔައެވެ. ވީރާނާވެ ބާވެފައިވާ ގެތަކެވެ. ތަރުތީބުކަމެއްނެތި އެކި ދިމަދިމާލުގައި ގަސްފަޅާފައި ހުއްޓެވެ. އެކި ތަންތަން ބަލަމުން ތިންމީހުން ކިރިއަށް ހިނގަމުން ދިޔައެވެ. ރަށުތެރޭގެ އުތުރުފަރާތް ނިމޭ ހިސާބަށް ދެވުމާއެކު ތިންމީހުންގެ ފިޔަވަޅުތައް ހުއްޓުނެވެ.

**************

ރީމް ރުއިން ހުއްޓާލުމާއެކު ޒޯވާ ރީމްއަށް އެއްޗެއް ދެވޭތޯ ބެލިއެވެ. ރީމް ކައިނިމުމުން ޒޯޔާ ރީމް ގެންގޮސް ރިޝްވާންއަތަށް ދިނުމަށްފަހު އެލީސާ އާ ސަލީމް ކައިރިއަށް ދިޔައެވެ.

“ކޮބަ އެމަންޖެ ރުއިން ހުއްޓާލާފިތަ….ބައްޕައަށް ހީވަނީ އާ މާހައުލެއްވީމަ ވީ ގޮތެއްހެން…” ސަލީމް އޭނާއަށް ހީވާއެއްޗެއް ބުނެލިއެވެ.

“ލައްބަ…ދެންމެ ރީމްއަށް ކާންދީފަ ރިޝްވާން އަތަށް ދީފަ މިއައީ…” ޒޯޔާ ބުނެލިއެވެ.

“ރީޝްވާންވެސް ކުޑައިރު ވާނީ އެވަރު….ނުދަންނަ ތަނަކަށް އާދެވިއްޖެއްޔާ ދެން އެ ނިމުނީ….ރޯންފަށާ ގޮތަށް ހުއްޓާލާނީކީ ނޫން އެތަނުން ދަންދެން….ފަހުން އަހާލީމަ ބުނާނެ ފޫހިވެގެން ކުރާނެ ކަމެއް ނެތިގެންނޭ ރޯން ފަށަނީ….އޭރުން އެތަނުން އަވަހަށް ދެވޭނެން ނޫންހޯ……ފޫހިވެސް ފިލަނެއޯ…ހެހެ…” އެލީސާ ރީޝްވާންގެ ކުޑައިރުގެ ހަނދާނެއް އާކޮއްލަމުން ހީލިއެވެ. ސަލީމްއާ ޒޯޔާވެސް ހިނިތިންވެލިއެވެ.

“މަންމާ…ކޮބާ ލީން ، ނާ އާ ދާން؟….” ޒޯޔާ ވަށައިގެން އެ މާހައުލަށް އަވަސް ނަޒަރެއްދެމުން ޝެލީން ، ޔާނާ އަދި ޒީދާން ނެތުމުން އެލީސާ ގާތު ސުވާލުކޮއްލިއެވެ.

“ރަށުތެރެ ބަލާލަން ގޮސް ވީ….އަދި އަލަށް މިކަހަލަ ތަނެއް ފެނުނީމަ ތިބޭނީ ހުއްޓުންއަރާފަ….” އެލީސާ ހިނިތުންވެލަމުން ބުނެލިއެވެ.

****************

ހުއްޓުން އަރާފައިތިބި ތިންމީހުންވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ކުރިއަށް ހިނގައިގަތެވެ. މޫދާ ފުދޭވަރަކަށް ކައިރީގައި ހުރީ ވީރާނާވާން ކައިރިވެފައިވާ ގެއެކެވެ. ތިންމީހުންވެސް ގޭގެ ދޮރުކައިރީގައި މަޑުކޮއްލިއެވެ. ޒީދާން ޝަލީން އާ ޔާނާއަށް ބަލާލަމުން އެގޭގެ ދޮރުހުޅުވާލަން ތަޅުގައި ހިފާ އަނބުރާލިއެވެ. މުރަނަ އަޑަކާއެކު ދޮރުހުޅުވުނުއިރު އެ ގޭގައިވަނީ އަނދިރިކަމެވެ.

– ނުނިމޭ –

:މި ވާހަކައަކީ އަޅުގަނޑު ލިޔަންފަށާފައިވާ ވާހަކައެކެވެ. ދެވަނަ ޕާރޓް އަޕް ކުރުމައްފަހު އަޅުގަނޑު މިވާހަކައިގެ އެހެން ޕާރޓްއެއް އަދި އަޕް އެއްނުކުރަމެވެ. އަދި މިކަމާ ގުޅިގެން ހުރިހާ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެމެވެ. ނަމަވެސް މިޔަދުން ފެށިގެން މި ވާހަކައިގެ ކޮންމެ އެޕިސޯޑްއެއް ކޮންމެ ހޮނިހިރު ދުވަހެއްގެ ވަގުތެއްގައި އަޕް ކޮއްދޭނަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. malsamalkkomal

    Hello…Miyadhun fedhigen kimme hafthaa eh ge honuhiru dhuvahuge vaguthehga mi vaahakaige part eh up kirevingen dhaane…Ummeedhukuran hurihaa kiyunterinnah mi part kamudhaane kamah….
    Love u all…❤♥

  2. Shahu

    Woooooww love this story ? ? ? ? ? ? varah reethi love you malkko ❤️❤️❤️

  3. malsamalkkomal

    Thank you Shahu…lve u to..♥

  4. jiji

    V inthizaaru kohlin mi story kiyaalan libeyne irakah..Finally here..Wow v salhi ingey mi part vec mal..Dhen oiy part dhigukohlahcheyy..ly?

    1. jiji
      jiji

      ?Nd cover vec v salhi ingey mal

    2. Malsa Moosa
      jiji

      Thank u jiji…yeah..Next part dhigu koal dheynan

  5. malsamalkkomal

    Ehehe…thanks…jiji…Mal innaane jiji invite koafa….D.Y.K.W.I.A kiyaa gamil akun…except koaba..pls.?

  6. malsamalkkomal

    Eyge full form eh innane…kiyaalaathi…pls answer wh dhehcy…hangout in invite koafa?

  7. malsamalkkomal

    Ok….but will miss u a lot…lysm??….

  8. jiji

    Eyga massala eh jehigen miulheny..open nuvevign..Ehnve ehvec ehchakah nuvadheve..Sorry mal?

  9. malsamalkkomal

    Oh….E mahsala eh noony….Inshaa Allah adhi rangalhuvaane….Aaan…And sorry nubunaany jiji….ok…?

  10. 1234

    Vara reethi story ge mi part ves

  11. malsamalkkomal

    Thanks u soo much 1234….❤

  12. Meekkomee

    Mi part ves varah reethi ?????? Malkko bunefa eyynyy nun kohmeh Saturday ehga eyy ….. Maadhan ves up vaane tha???

  13. malsamalkkomal

    Thanks Meekko…yeah..
    Malkko bunin komme saturday eh ga eyy??..Ehehe…noony….dhen anna saturday in feshigeney sissy…mi up koalaee mi saturday ge….ok ??..

  14. Emm

    wow! masha allah ???❤❤ mal haadha molhey dhw… ????? curiously waiting ?☺☺? avahah up kohdhehchey ??? luv yuh ?☺??❤???? n miss u loadss

  15. malsamalkkomal

    Thanks sissy??…yeah…will try avahah up koaladhevey toa.?..will miss u more..❤

  16. ®¥N

    ❤️?❤️?❤️?❤️?❤️?❤️?

  17. malsamalkkomal

    Thanksss……❤

  18. yan

    varah reethi vaahaka dhaagoy

    1. malsamalkkomal
      yan

      Thanks yan.

  19. Ailam

    Varah Loabi Kithah anharutha???

  20. malsamalkkomal

    Thanks Ailam…☺️

  21. Aroon

    wow remarkable

  22. malsamalkkomal

    Thankx

Comments are closed.