Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނަން އުމުރަށް – 18 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
August 17, 2019 2 Mins Read
27 Comments

އައިލީން އިއްބާންގެ ކެބިންއާ އަރާ ހަމަވެފައި ޓަކިޖަހާލަން އަތް ނެގި ވަގުތު ސިއްސައިގެންދިޔައީ ބާރު އަޑުފައްގަނޑަކާއެކު އެއްޗެއް ތަޅައިގެންދިޔަ އަޑާއި އެކުވެގެން އިއްބާން ހަޅޭއްލަވައިގަތް އަޑު އިވިފައެވެ.

***********************

ހާސްވެފައުހުރި އައިލީންއަށް ވިސްނުމަކާނުލައި ކެބިންގެ ދޮރުހުޅުވާލަމުން އެތެރެއަށް ވަދެވުނެވެ. މުޅި ކެބިންގެ ތަޅުންމަތީގައި ތަޅައިގެން ގޮސްފައިވާ ވާސްގެ ކުދިކުދި ބިއްލޫރިކޮޅުތައް މުތީތަކެއްފަދައިން ވިދަމުންދިޔައެވެ. މޭޒުކައިރީ ކޮޅަށްހުރި އިއްބާން ހުރީ މޭޒުގައި ދެޔަށް ވިއްދާލައިގެން ދެލޯމަރާ ބާރުކޮއްލައިގެނެވެ. އައިލީން ވަރަށް ސަމާލުވެހުރެ ވަރަށް ބަލައިން ހިނގާލާފައިގޮސް އިއްބާން ކައިރީ މަޑުކޮއްލިއިރު ހުރީ ވަރަށް ކަންބޮޑުވެފައެވެ. އައިލީންއަށް އިއްބާންގެ ނަމުން ގޮވާލެވުނެވެ. ދެލޯމަރާ ބާރުކޮއްލައިގެން ހުރި އިއްބާން ލަސްލަހުން އައިލީންއާ ދިމާލަށް އެނބުރުނެވެ. މިހާރު އެދެމެދުގައި ވަނީ ވައިރޯޅިއަކަށް ދެވޭނެހާ ޖާގަ އެކަންޏެވެ.

ކުއްލިއަކަށް އިއްބާން އައިލީން ގައިގައި ބައްދާލަމުން އެ އިސްތަށިގަނޑު ތެރޭގައި މޫނުފޮރުވާލިއެވެ. އައިލީންހުރީ ގުޑިލަންވެސް ނުކެރިފައެވެ. ކުޑަ ހިނދުކޮޅެއް އެގޮތުގައި ވޭތުވެގެންދިޔައެވެ. ކުއްލިއަކަށް އިއްބާން އައިލީން އާ ދުރަށްޖެހިލަމުން އައިލީންގެ މޭގައި އަތްއަޅާ ދުރަށްކޮއްޕާލިއެވެ. މިކަމަށް ނުވިސްނައިހުރި އައިލީންގޮސް ވެއްޓުނީ ފަހަތުގައިހުރި ބޮޑު ލެދާރ ގޮނޑިއަށެވެ. އައިލީން އެ ގަނޑިއަށް ވެއްޓުނު ގޮތަށް ގުޑިލަންވެސް ނުކެރިފައިއޮވެ އިއްބާންއާ ދިމާލަށް ބަލާލީ ދެލޯ ބޮޑުކޮއްލަމުންނެވެ. އިއްބާން އައިލީންއާ ދިމާލަށް ބަލާލިއިރު އެ ނޫކުލައިގެ ދެލޮލުންފެނުނީ ރުޅިވެރިކަމެވެ. ދެލޯ ހަނިކޮއްލެވިފައިވާއިރު އިސްތަށިގަނޑުވަނީ ތަރުތީބުނެތް ގޮތަކަށްހޭވިފައެވެ. ދަތްކުނޑި ވިކާލައިގެން ހުރިއިރު ދެއަތް ވަނީ މުއްކެވިފައެވެ. އައިލީންއަށް އިއްބާން ފެނުނީ ރީތިކަން ހުސްކަޮލާފައިވާ ނުރައްކާތެރި ވެންޕަޔަރެއްގެ ގޮތުގައެވެ.

“ކާކު ހުއްދަދީގެން ތި ވަނީ މިތަނަށް….” އިއްބާން އެހެން ބުނެލިއިރު އައިލީން ގެ މޫނާ އިއްބާންގެ މޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. އައިލީން އިއްބާން އާދިމާލަށް ބަލަންއިނީ ބިރުގަނެފައިވާފަދަ ގޮތަކަށެވެ. ދެލޯ ބޮޑުކޮއްލައިގެން އިއްބާންއާ ދިމާލަށް ބަލަންއިންގޮތުން އިއްބާން ލޫންމަތިން ހަނދާންވުމުން ރުޅިގަދަވެގެންގޮސް ހަމައިންނުނެއްޓުނީވެސް ކިރިޔައެވެ. އައިލީންއާ ދުރަށް ޖެހިލަމުން ހަޅޭއްލަވައިގަތީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އެވަރުވެސް ނުފުދުނީ ކަންނޭނގެއެވެ. މޭޒުމަތީގައިހުރި ފައިލްތަކާ ލިޔެކިޔުންތައްވެސް އަތުންޖަހާ ވިއްސާލިއެވެ. އިސްތަށިގަނޑުގައި ހިފާ ވާންކޮއްލައިގެން ހުރެ އިއްބާން އައިލީންއާ ދިމާލަށް ބަލާލީވެސް ދެބުމަ ގޮއްޖަހައިގެން ހުރެއެވެ. އައިލީން އިނީ ހަރަކާތެއް ގެންނަންވެސް ނުކެރިފައެވެ. ބިރުންގޮސް މުޅި މީހާ ތުރުތުރު ލަމުންދިޔައިރު ބިރުގެންފައި ހުރިވަރުން އެ ރީތި ދެލޮލުންވަނީ ކަރުނަ ނިރާލާފައެވެ.

ފުންނޭވާތަކެއް ލަމުންދިޔަ އިއްބާން ވައިރޯޅިއެއްހާ ބާރުމިނުގައިގޮސް ކެބިންއިން ނިކުތެވެ. ބަން ލާފައި ކެބިންގެ ދޮރު ޖެހުނު އަޑަށް އައިލީން ސިއްސައިގެން ދިޔަވަރުން ކޮޅަށް ތެދުވެވުނެވެ. މޭމަތީގައި އަތް އަޅާލައިގެން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އައިލީން ކެބިންގެ ތެރެއަށް އަވަސް ނަޒަރެއްދިނެވެ. ބިންމައްޗަށް ވެރިފައިވާ ފައިލްތައް ނަގަމުން މޭޒުމަތީގައި ބަހައްޓާލިއެވެ. ބިންމަތީގައި ހުރި ބިއްލޫރިތައް ނަގަން އުޅުނު އިރުވެސް އައިލީންގެ ހިތް ހަމައަކަށް ނޭޅި އޭގެ އެންމެ ބާރުމިނުގައި ތެޅެމުންދިޔައެވެ.

**************************

މާލޭގެ ހަލަބޮލި އެކި މަގު ތަކުގައި މިސްރާބެއްނެތް މުސާފިރެއްފަދައިން ކާރު ދުއްވަމުން އިއްބާން ދިޔައެވެ. އޭރުވެސް އިނީ ދެބުމަ ގޮއްޖަހައިގެނެވެ. ނަމަވެސް އެ ދެލޯ ފެންކަޅިވެފައިވެއެވެ. އިރުގަނޑަކު ކާރު ދުއްވުމަށްފަހު އިއްބާން ގެއަށް ދާން މިސްރާބުޖެހިއެވެ.

********************

ޒިލްވާ ކޮޓަރީގެ ދޮރު ހުޅުވާލީ މީހަކު ޓަކިޖަހާ އަޑުއިވިފައެވެ. ކުރިމަތީ ދެބުމަ ގޮއްޖަހާލައިގެންހުރި އިއްބާން ފެނިފައި ކައްވެއްޖެ ކަން ޒިލްވާއަށް ޔަގީންވިއެވެ. ޒިލްވާ އެއްޗެކޭ ބުނަން އަނގަހުޅުވާލިއިރަށް އިއްބާން އަތުން އިޝާރާށް ކުރީ ވާހަކަ ނުދެއްކުމަށެވެ.

“ބެން..” އިއްބާންގެ ހަރަކާތްތައް ހުރިގޮތްފެނި ޒިލްވާއަށް އެހެން ބުނެވުނީ ހައިރާންވެހުރެއެވެ.

“ކޮބާ ބައްޕަ…” އިއްބާން އަހާލީ ރުޅިވެރިކަމާއެކުއެވެ.

“ގެއަކު ނެތް….ކިހިނެއްވީ ބެން….” ޒިލްވާ ބުނެލީ އިއްބާންގެ މި ސިފަ ވަރަށް ދުވަސް ކޮއްލާފައި ފެނުމުން ހައިރާންވެ ހުރެއެވެ.

“ކިހިނެއްހޭ ވީ…ދޮންތާ…ބައިވަރު ކަންތައް ވެއްޖެ ދޮންތައާ އަހަރެންނަށް ނޭނގި….މިޔަދު ބުނަން އެނގުނީ…އެވެސް….އެވެސް…”
އިއްބާން ޒިލްވާގެ ކޮނޑުގައި ހިފަހައްޓާލައިގެންހުރެ ފެށީ ރުޅިވެރިކަމާއެކު އަޑާށް ބާރުލާފައި ނަމަވެސް ފަހުތަންކޮޅު ބުނެލީ ވައި އަޑުންނެވެ. ދެލޯ ބޮޑުކޮއްލައިގެން ޒިލްވާ ހުރީ މިވަނީ ކިހިނެއްކަމެއް ނޭނގިފައެވެ.

“ބެން…އެވެސް ކޯއްޗެއްތަ….”

“އެވެސް ބައްޕަ އެއްނޫން ބުނީ….މަންމަ ބުނީ….” މިފަހަރު އިއްބާން އެހެން ބުބެލިއިރު ދެލޯވަނީ ކަރުނުން ފުރިފައެވެ.

“ކީކޭތަ މަންމަ ބުނީ؟……..ބޭން!!….ކީކޭހޭ މަންމަ ބުނީ..؟؟؟” ވާނުވާގައިހުރި ޒިލްވާ އިއްބާންގެ ކޮނޑުގައި ހިތާ ތަޅުވާލަމުން ބުނީ އިއްބާން ހުއްޓުންއަރާފައި ހުރުމުންނެވެ.

“މަންމަ ބުނީ…ޝޭން….ޝޭން މިހާރު މަސްދުވަސް ވެއްޖެއޯ ކޯމާއެއްގަ އޮންނަތާ…..” ލޮލަށް ބޮނޑިވެފައިވާ ކަރުނަތަށް އޮހިގަތްއިރު އިއްބާން ބުނެލީ މަރުވެފައިވާ އަޑަކުންނެވެ. ޒިލްވާއަށް އެއަޑު އިވުނީ ހޮނުގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 9

Next

ނޭނގިހުރެ ވެވުނު ލޯބި (2 ވަނަބައި)

Next
August 17, 2019

ނޭނގިހުރެ ވެވުނު ލޯބި (2 ވަނަބައި)

Previews
August 16, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 9

27 Comments!

  1. jiji says:
    August 17, 2019 at 8:39 pm

    Yess jiji first …kiyaafa comment eh kohlaanan ingey mal❤

  2. malsamalkkomal says:
    August 17, 2019 at 8:40 pm

    Yeah…kiyaalaafa comment eh koalahcy…??

  3. malsamalkkomal says:
    August 17, 2019 at 8:45 pm

    Salaam readers…mi part hurihaa kiyuntherunnah kamudhaane kamah ummeedhu kuran….And..
    Next part dhigu koalaanan…
    hurihaa kiyuntheringe ge faraathun vaahaka dhigukoa genesdheyshy bunefa othumun mal 19 vana part dhigu koalaanan..And Next part liyevunu emme avahakah up koaladgeynan..
    kiyaalaafa comment eh koalahcy…Feel free to comment your viwes..
    Lve u all..
    Nyts♥

  4. Raniya says:
    August 17, 2019 at 8:49 pm

    Mi second… Vv salhi masha allah… Kn irakun nxt

    1. Malsa Moosa says:
      August 18, 2019 at 12:44 am

      Ehehe…yeah…
      Raniya 2nd…congra…and Thanks…Next part Insha Allah liyevunu emme avahakah….?nyts..?

  5. aminath says:
    August 17, 2019 at 9:02 pm

    Mi 3rd….. wow hadhaa recheechey… Masha allah dear when next part cant wait to read that part…..Keep it up dear & good luck

    1. Malsa Moosa says:
      August 18, 2019 at 12:45 am

      Hehe…yeah…u 3rd..and thaks..next part liyevunu emme avahaah..♥?

  6. jiji says:
    August 17, 2019 at 9:39 pm

    Ayee…Story hama lahka hiyygaimu???????…Mal ge sifakurumah hama 100 dheyvaru vey???❤❤❤???..Nd Im so curious abt sheyn..Who’s sheyn??????????…Anyway waiting for da story ingey..Lysm?????????

    1. Malsa Moosa says:
      August 18, 2019 at 12:47 am

      Eheh…thanks u sooo much jiji…..next part liyevunu emme avahakah Insha Allah….shayn dhw..I dont know..let’s see dhw….lve u to..❤

  7. Shahu says:
    August 17, 2019 at 11:05 pm

    Wooow love this part too????❤️❤️❤️❤️❤️

    1. Malsa Moosa says:
      August 18, 2019 at 12:48 am

      Thanks Shahu….?

  8. Meekkomee says:
    August 17, 2019 at 11:20 pm

    Woww????? varah Varah reethi ? ????? whn is next part ??? waiting ????who’s shayn????….??????

  9. malsamalkkomal says:
    August 18, 2019 at 12:50 am

    Thanku Meekko…next part insha Allah liyevunu emme avahakah…shayn dhw…don’t know…let’s see dhw…?

  10. maanee says:
    August 18, 2019 at 12:04 pm

    mallu mi part vessa hama vrh reethyy….waiting for the next part…

    1. Malsa Moosa says:
      August 18, 2019 at 2:08 pm

      Thank u sooo m7ch maanee…keep waitting?..ly❤

  11. Vikovikko says:
    August 18, 2019 at 12:30 pm

    Love your stories

    1. Malsa Moosa says:
      August 18, 2019 at 2:09 pm

      Thank u sooooo much vikko♥…

  12. Makku says:
    August 18, 2019 at 1:58 pm

    ???Vara reethi lysm

  13. malsamalkkomal says:
    August 18, 2019 at 2:10 pm

    Thaks u Makku…❤?

  14. Leen says:
    August 18, 2019 at 4:03 pm

    Wow curiously waiting for next part ly ❤️ ❤️ ❤️

  15. malsamalkkomal says:
    August 18, 2019 at 5:16 pm

    Thanku leen..?keep waitting..lve u too❤♥..

  16. Shaha says:
    August 19, 2019 at 2:15 pm

    Wow nice waiting for me to part???

  17. malsamalkkomal says:
    August 19, 2019 at 3:25 pm

    Thankooooo shaha….ly?❤

  18. princess says:
    August 20, 2019 at 12:11 am

    when next

  19. malsamalkkomal says:
    August 20, 2019 at 12:37 pm

    Princess…submit koalaafa inee iiyaga…..adhi up nuvanee kanneyge……thankss..ly…♥

  20. nash says:
    August 20, 2019 at 5:59 pm

    adhivs nufeney

  21. malsamalkkomal says:
    August 20, 2019 at 8:55 pm

    nash….Mal submit koalaafa ey innaanee…….adhives up nuvanee kanneyge…….ly♥

Comments are closed.

Next Episodeވާނަން އުމުރަށް – 19 –←


All Right Reserved!