Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 23

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 15, 2019 8 Mins Read
65 Comments

“އަޔާ، އަހަރެން ދާން ވީތަ؟” މައިހާ އަހާލިއެވެ.

އަޔާޒް ބޯ ޖަހާލީ އެ ވަގުތު މައިހާ ހުރުމުންވެސް އުނދަގޫ ވެގެންނެވެ.

އިތުރު އެއްޗެއް ނުބުނެ ދަބަސް ހިފައިގެން މައިހާ ނިކުތެވެ. އަޝްފާންއަށް ގުޅީވެސް ތިރިއަށް ފައިބާފައެވެ.

އަޔާޒް ކޮޓަރިއަށް ވަން އިރު ނަދާ އެނދުގައި އޮތެވެ. ނަދާ އޮތީ ހޭލާ ކަން އަޔާޒްއަށް އެނގުނީ އަޔާޒް ވަނުމުން ނަދާ ބާލީހުން މޫނު ފޮރުވާލުމުންނެވެ.

ވެ ދިޔަ ކަންތައް ނަދާގެ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އަޔާޒްއާ މެދު ހިތުގައި އެތައް ޝަކުވާއެއް ވިއެވެ. ކޮންމެ ގޮތެއް ވިޔަސް ނަދާ ދެން ބޭނުމީ ވީހާވެސް އަވަހަކަށް އަޔާޒްގެ ދިރިއުޅުމުން ދުރަށް ދިޔުމެވެ. އަޔާޒްގެ ހިތުގައި ނަދާއާ މެދު އެހާ ނަފްރަތު ވާ އިރު، އަޔާޒްގެ އަނތްބެއްގެ ގޮތުގައި ހުންނަންވީ ކީއްކުރަން ހެއްޔެވެ؟

އެހެން ނަމަވެސް އެއީވެސް ކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. މީހެއްގެ އެހީއާ ނުލާ ނަދާއަށް އެކަން ވެދާނެ ހެއްޔެވެ؟ ނަމަވެސް އެހީ އަކަށް ނަދާ އެދޭނީވެސް ކާކު ކައިރިން ހެއްޔެވެ؟ ނަދާގެ މަންމަގެ ވިސްނުން ހުންނަ ގޮތުން ނަދާއަށް އެހީ ވުމުގެ ބަދަލުގައި ބަލާނީ އަނބުރާ އަޔާޒް ކައިރިއަށް ނަދާ ފޮނުވާލެވޭތޯއެވެ. ނޫން ނަމަ ވީހާވެސް ވަހަކަށް އެހެން ކައިވެންޏެއް ކުރުމަށް ބާރު އަޅާނެއެވެ.

ނިހާލްއަށް ގުޅަން ވީ ހެއްޔެވެ؟ ނޫނެކެވެ. ނަދާއަށް އެހީއެއް ބޭނުން ވާ ކޮންމެ ވަގުތެއްގައިވެސް އެހީ ވާނެ ކަމަށް ބުނެފައި ވީ ނަމަވެސް ނިހާލްއަށް ނަދާގެ ފަރާތުން އުނދަގުލެއް ވާކަށް ނަދާ ނޭދެއެވެ.

ވިސްނުމުގައި ނަދާ އޮއްވާ އަޔާޒް ކޮޓަރިއަށް ވަނެވެ.

“ގޮތް ދޫކޮށްފަ ސައި ބޮއެގެން ބޭސް ކާންވީނު؟ އަހަރެން ދެކެ އަންނަ ރުޅިން އަމިއްލަ ނަފްސަށް އަނިޔާ ދޭކަށް ނުވާނެ” އެނދު ކައިރިއަށް ހުއްޓިފައި އަޔާޒް ބުންޏެވެ.

“މީގެ ކުރިންވެސް އަހަރެން ކިތަންމެ ދުވަހަކު ހުންނަން ސައި ނުބޮއެ، ބޮލުގަ ރިއްސާތީ ކެތް ނުވާ ވަރު ވެގެން ގޭތެރޭގަ ދެކޮޅަށް އެނބުރި އެނބުރިވެސް ހުންނަން. އޭރު ނޫޅޭ އަހަރެން ތިހެންނެއް، ދެން މިއަދަކުވެސް ތިހެން އުޅޭނެ ނުބޮއެ، ބޮލުގަ ރިއްސާތީ ކެތް ނުވާ ވަރު ވެގެން ގޭތެރޭގަ ދެކޮޅަށް އެނބުރި ކަމެއް ނެތް. އަހަންނަށް ކަމެއް ކޮށްދެންޏާ އުނދަގޫ ނުކޮށް ހުރޭ” އަޔާޒްއާ ދިމާއަށް ބަލާވެސް ނުލާ ނަދާ ބުންޏެވެ.

“މި ބޯލައިގެން ބޭސް ކައިގެން އޮވޭ، އޭރުން އުނދަގުލެއް ނުކުރާނަން” އަޔާޒް ބުނި އަޑު އިވުނެވެ.

ނަދާ އެނބުރިލާފައި ބަލާލި އިރު އަޔާޒް ހުރީ ކިރު ތައްޓަކާ ބޭސް ތަބަކަކަށް ލައިގެން އެ ހިފައިގެންނެވެ.

އެއްޗެއް ނުބުނެ ނަދާ އަނެއްކާވެސް މޫނު އަނބުރާލިއެވެ.

ނަދާގެ އެ ސިފަ އަކީ އަޔާޒްއަށް ދުވަހަކުވެސް ފެނިފައިވާ ސިފައެއް ނޫނެވެ. ކުޑަ އިރުން ފެށިގެން އެހާ ހަމައަށް އައި އިރުވެސް އެ ގޮތަށް ބޮޑާ ހާކާ، ގޮތް ދޫ ނުކޮށް ނަދާ އުޅުނު ތަނެއް އަޔާޒް ނުދެކެއެވެ.

ސައިޑް ޓޭބަލް މަތީ ތަބައް ބަހައްޓާފައި އަޔާޒް އެނދުގެ މަގަތުން އިށީނދެ ނަދާގެ ކޮނޑުގައި ހިފާ ނެގި ގޮތަށް ހިފަހައްޓާލައިގެން އިނދެ އަނެއް އަތުން ކިރުތަށި ނަގާ ނަދާގެ އަތަށް ދިނެވެ.

“އަހަރެން ބުނީމެއްނު އަހަރެން ގައިގަ އަތް ނުލާށޭ؟ އަޑެއް ނީވޭތަ؟” ރުޅި އައިސް ރަތްވެފައި ހުރެ ނަދާ ދަތްތަކަށް ބާރު ލާފައި ބުންޏެވެ. އަދި އެނދުން ތެދުވެގެން ދިޔަ ގޮތަށް ފާހާނާއަށް ވަދެ ސިންކަށް ކިރުތަށި އޮއްސާލިއެވެ.

“މި ބުނީއެއްނު ބޭހެއް ނުކާނަމޭ؟ އަޔާ ކުރިންވެސް އަހަރެން އުޅޭ ނޫޅޭ ގޮތެއް ނުބަލާ، ދެންވެސް އެހެން އުޅެބަލަ! އެހެން ނޫނީ އަޔާ ބޭނުން ވަނީ އަހަރެން މި ތަނުން ދާންތަ؟ އެހެންވެތަ ތި އުނދަގޫ ކުރަނީ؟ އަހަރެން ދިޔައިމަ އަނެއްކާ މައިހާ ގެނެސްގެން ދެ މީހުން ތި ޖަހާ ސަކަރާތް ޖަހަން ވީތަ؟” ރުޅި އައިސްގެން ގޮސް ނަދާ ކޮންމެ އެއްޗެއް ބުނެލަންވެސް ނަދާ ފަހެއް ނުޖެހުނެވެ.

ހައިރާން ވެފައި އަޔާޒް ބަލަން ހުރި އިރު، ނަދާގެ ވާހަކައިން އަޔާޒް ދެރަވެސް ވިއެވެ. މައިހާއާ އޮތް ގުޅުން މުޅިން ބަދަލު ވެފައި ވީ ނަމަވެސް ނަދާ އަދިވެސް ގަބޫލު ކުރަނީ އެހެން ގޮތަކަށެވެ. ތެދަށް ބުނަން ބޭނުން ވިޔަސް ނަދާ ގަބޫލު ނުކުރާނެ ކަންވެސް އަޔާޒްއަށް އެނގެއެވެ. ނަދާގެ ފަރާތުން އަޔާޒްއަށް އެ ފެންނަނީ މި ހުރިހާ ދުވަހު އަޔާޒްގެ ފަރާތުން ނަދާއަށްވެސް ފެނުނު ފަދަ ރުޅިއެވެ.

އިތުރު އެއްޗެއް ނުބުނެ ނަދާ އަނެއްކާވެސް ގޮސް އެނދުގައި އޮށޯތެވެ. ނަދާއަށް ބަލަން ހުރެފައި އަޔާޒް ނިކުމެ ސޯފާގައި އިށީނދެ ދެ އަތުން މޫނު ފޮރުވާލިއެވެ. ހަދަން ވީ ކިހިނެއް ކަމެއް އަޔާޒްއަކަށް ނުވިސްނުނެވެ. ނަދާއާ ވާހަކަ ދައްކަން އަޔާޒް ބޭނުމެވެ. ހުރިހާ އެއްޗެއް ކިޔާދޭން ބޭނުމެވެ. މާފަށް އެދެން ބޭނުމެވެ. އެ ހުރިހާ ދުވަހު ނަދާއާ މެދު ކަންތައް ކުރެވުނު ގޮތުންނެވެ. އަދި އަޔާޒްގެ އިހުމާލުން ރޭ ނަދާއަށް އެ އަނިޔާ ލިބުނީތީއެވެ.

ނަމަވެސް އަޔާޒްއަށް އެ މާފު ހައްގު ހެއްޔެވެ؟ ކުށަކާ ނުލާ އެ މައުސޫމް އަންހެން ކުއްޖާއަށް ދެވުނު ހިތާމައާ އަނިޔާއަށް މާފަށް އެދެން އަޔާޒްއަށް ކެރޭނެ ހެއްޔެވެ؟ އެ ފަދަ ލަފްޒު ތަކެއް އަޔާޒްގެ ދުލުން ބުނެވޭނެ ހެއްޔެވެ؟

ކުރީރޭ ރަނގަޅަށް ނުނިދާ ހުރުމުން އަޔާޒް ސޯފާގައި އޮއްވާ ނިދިފައި ހޭލެވުނީ ދޭއް ޖަހަން އުޅެނިކޮށެވެ. ރޭއްސުރެ އެއްޗެއް ނުކައި ހުރުމުން ބަނޑުހައި ވެފައި ހުރުމުން އަޔާޒް ބަދިގެއަށް ވަނެވެ. އައިސް އަލަމާރިން ކިރު ޕެކެޓެއް ނަގައިގެން އައިސް ތައްޓަކަށް އަޅާފައި އެއަށް ބަލަން ހުރެވުނީއެވެ. އިރުކޮޅަކު އެހެން ހުރެފައި އެ ތަށި ގެންގޮސް އަނެއްކާވެސް ލީ އައިސް އަލަމާރިއަށެވެ.

އަޔާޒް ކޮޓަރިއަށް ވަން އިރު ނަދާ އެނދުގައި އިށީނދެ އިނީ ނަމާދު ކުރާށެވެ. އަޔާޒްވެސް އަވަސް ވެލީ ނަމާދު ކޮށްލާށެވެ.

އަޔާޒް ނިމިގެން ބަލާލި އިރު ނަދާ ކޮޓަރީގައި ނެތުމުން ސިޓިންގ ރޫމަށް ނިކުތް އިރު ނަދާ ހުރީ ބަދިގޭގައެވެ. އަޔާޒް ބަލަން ހުއްޓާ ނަދާ ފެންތައްޓެއް އަޅައިގެން ބޯލިއެވެ. ފެންތަށި ހުސްކޮށްފައި ބެހެއްޓުމާ އެކު ނަދާ އޯކަށް ދެމުނެވެ. އަނގަމަތީ އަތް އަޅައިގެން ހުރެ ނިކުންނަން އެނބުރިލީ ނަމަވެސް ނަދާއަށް ނުހިފެހެއްޓިގެން ހޮޑު ލެވުނެވެ. އެއާއެކު ގައިގެ ވަރު ދޫ ވެގެން ހުރި ތަނަށް ވެއްޓުނެވެ.

ނަދާގެ ނަމުން ގޮވާލަމުން އަޔާޒް ގޮސް ނަދާގެ މޫނުގައި ހިފާލިއެވެ. އަނބުރައިގެންފައި އޮތް ނަދާ އަތް މައްޗަށް ނަގައިގެން އަޔާޒް ކޮޓަރިއަށް ވަދެ ނަދާގެ ހެދުން ބަދަލު ކޮށް، މޫނާ ގައި ތެތް ފޮތިގަނޑަކުން ސާފު ކުރި އިރުވެސް ނަދާ ހެއެއް ނާރައެވެ. ނަދާ ސާފުކޮށްފައި އަޔާޒް ގޮސް ބަދިގެވެސް ސާފު ކުރިއެވެ.

ނަދާ ލޯ ހުޅުވާލި އިރު ކައިރީގައި އަޔާޒް އިނެވެ.

“ނުކައި ގިނަ އިރު ވީމަ ހޮޑު ލެވުނީ، ދެންވެސް އެއްޗެއް ކައިގެން އޮންނަން ވީނު؟” އަޔާޒް ބުންޏެވެ. އަދި ނަދާގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ބަދިގެއަށް ގޮސް ކިރުތައްޓަކާ ކޯން ފްލޭކްސް ތައްޓެއް ގެނެސް ނަދާ ކައިރީގައި ބެހެއްޓިއެވެ.

އެއްޗެއް ނުބުނެ ނަދާ ތެދުވެ ކޯން ފްލޭކްސް ކިރުތައްޓަށް އަޅައިގެން ކާން ފެށިއެވެ. ނަދާ ކައި ނިމުމާ އެކު އަޔާޒް ފެންތައްޓަކާ އެކު ދެ ގުޅަ ބޭސް ދިއްކޮށްލިއެވެ. އަޔާޒްގެ މޫނަށް ބަލާލާފައި ނަދާ ބޭސްވެސް ކާލިއެވެ.

“ރޭގެ ކަންތަކާ ރައްޓެއްސަކަށް ގުޅާލިން، އޭނަ ބުނީ ނަދާއާ ވާހަކަ ދައްކާލަން ބޭނުމޯ” އަޔާޒް ބުންޏެވެ.

“އެއްވެސް މީހަކަށް އެއްވެސް ކަމެއް އަންގާކަށް ބޭނުމެއް ނޫން. އަޔާ ބުނީމަ އަހަރެންވެސް ހުރިހާ ކަމެއް ފޮރުވީ، އަޔާވެސް އެ ގޮތަށް ކަންތައް ކޮށްދީ” ނަދާ ބުންޏެވެ.

“އޯކޭ، ނަދާ ބޭނުން ނުވަންޏާ ތިހެން ހަދާނީ” އަޔާޒް އެއްބަސް ވިއެވެ.

ނަދާ ތަށިތައް ހިފައިގެން ތެދުވަން އުޅުނެވެ. ނަމަވެސް އަޔާޒް އެ ކަން މަނާ ކޮށްފައި ތަބައް ހިފައިގެން ނިކުތެވެ.

އަޔާޒް ކޮފީ ތައްޓެއް ގިރައިގެން މޭޒު ކައިރީ އިށީނދެ ބޯން ފެށިއެވެ. ބަނޑުހައި ވެފައި ހުރި ނަމަވެސް އެއްވެސް އެއްޗެއް ކާ ހިތް ނުވާތީ ހަމަ އެކަނި ކޮފީ އަކުން ފުއްދާލީއެވެ.

އަޔާޒް ނިކުތުމުން ނަދާ އަނެއްކާވެސް އޮށޯވެލިއެވެ. ކުރިން ވީ ކަންތައް ހަނދާން ވުމާއެކު ލައިގެން ހުރި ހެދުމަށް ނަދާއަށް ބަލާލެވުނެވެ. ނަދާގެ އެއްޗެހި ބަދަލު ކުރީ އަޔާޒް ހެއްޔެވެ؟ ބަދިގެ ސާފުކޮށް ހުރިހާ ކަމެއް ކުރީ ހަމަ އަޔާޒް ހެއްޔެވެ؟ ނަދާ ތެދު ވެގެން ގޮސް މެޝިން ބަލާލި އިރު އެއްޗެހި ދޮންނަން އަޅާފައި ހުއްޓެވެ.

ކޮޓަރީގައި އޮވެ އޮވެ ފޫހި ވެގެން ނަދާ ސިޓިންގރޫމަށް ނިކުތް އިރު އަޔާޒް ސޯފާގައި އޮށޯވެގެން އޮތެވެ.

“ކިހިނެއްވީ؟ ބަނޑުހައި ވީތަ؟” ނަދާ ފެނުމާ އެކު އަޔާޒް ތެދުވެފައި އެހިއެވެ.

ދެ ފަރާތަށް ބޯ ހަލުވާލާފައި ނަދާ ބެލްކަންޏަށް ނިކުމެ އުނދޯލީގައި އޮށޯތެވެ. ބޭހުގެ ސަބަބުން އޭރު ގައިގެ ރިހުން ވަނީ ލުއި ވެފައެވެ. އެއާއެކު ޖެހެމުން ދިޔަ ވައިގެ ސަބަބުން ނިދި އަންނަން ފެށުމުން އުނދޯއްޔަށް ދެ ފައި ނަގާފައި ނަދާ ލޯ މަރާލިއެވެ.

އަޔާޒް ބެލްކަންޏަށް ނިކުމެ ބަލާލި އިރު ނިދިފައި އޮތް ނަދާ ފެނުމުން ބަލަން ހުރެވުނެވެ. މަޑުމަޑުން އައިސް ނަދާ ކައިރީ އަޔާޒް ހުއްޓުނެވެ.

“އަހަރެން ކިހިނެއް ނަދާ ކައިރިން މާފަށް އެދޭނީ؟ ނަދާ އަހަންނަށް މާފު ކުރާނަންތަ؟ ނަދާ އަހަންނާ އެކީ އުޅެން ބޭނުން ވާނެތަ؟ ކުރެވުނު ކުށް އިސްލާހު ކުރަން ނަދާ އަހަންނަށް ފުރުސަތެއް ދޭނަންތަ؟” ހިތާ ހިތުން އަޔާޒް ވާހަކަ ދައްކަމުން ދިޔައެވެ.

އެހެން ނަދާއަށް ބަލަން ހުރެފައި ނަދާ ހޭލަން އުޅޭ ހެން ހީވުމުން އަޔާޒް އެތެރެއަށް ވަނެވެ.

އެރޭ އަޔާޒް ބޭރުން ކާ އެއްޗެހި ގެނެސްގެން ނަދާއަށް ކާން ދިނެވެ. ދެ ކޮޅު ނަހަދާ ނަދާ ކެއެވެ. ބޭސް ކާންވެސް އަޔާޒް ދެ ފަހަރަކަށް ބުނާކަށް ނުޖެހުނެވެ.

ކައި ނިމިގެން އޮށޯތް ގޮތަށް އަޔާޒްއަށް ނިދުނެވެ. ނަދާއަށް ނިދުނީ ބާރަ ޖަހާ ދިޔަ ފަހުންނެވެ. އެ ހުރިހާ އިރު ނަދާ އޮތީ ދެން ކަންތައް ކުރަން ވީ ގޮތަކާ މެދު ވިސްނާށެވެ. އެހެން ނަމަވެސް ކަންތައް ކުރަން ވީ ގޮތެއް ނަދާއަކަށް ނުނިންމުނެވެ.

ފަތިހު ހޭލަން އާދަ ވެފައި ވުމުން ދެ މީހުންވެސް އެރޭ ފަތިހު ހޭލިއެވެ. ނަމާދު ކޮށްގެން ނަދާ އަނެއްކާވެސް އޮށޯތީއެވެ. އަޔާޒް ކޮތަރިން ނިކުތީ ކޮފީއެއް ބޯލާށެވެ.

ނަދާ ހެނދުނު ހޭލި އިރު އަޔާޒް އުޅެނީ ބަދިގޭގައެވެ. ނަދާ ނިކުތުމުން އަޔާޒް ކޮފީ ތައްޓަކާ ޕީނަޓް ބަޓަރ ސޭންޑްވިޗްއަކާ ބިސްގަނޑެއް ގެނެސްދީފައި ސައިބޯން ބުނުމުން ނަދާ މޭޒު ކައިރީ އިށީނެވެ. އަޔާޒް އައީ ހަމަ އެކަނި ކޮފީ ތައްޓެއް ހިފައިގެންނެވެ. ނަދާ ސޭންޑްވިޗް ނަގާފައި ބިސްގަނޑު އަޔާޒްއާ ކައިރި ކޮށްލިއެވެ. ދެކޮޅު ނަހަދާ އަޔާޒް އެ ކާން ފެށިއެވެ.

ސައި ބޮއެ ނިމުމުން ނަދާ ސޯފާގައި އީށީނދެ ޓީވީ ހުޅުވާލިއެވެ. އިރުކޮޅެއް ނުވެ އަޔާޒް އައިސް ރަތް ކުލައިގެ ރިބްނުން އައްސާފައި އޮތް ޑެއިރީމިލްކްގެ އެންމެ ބޮޑު ހަތަރު ޗޮކްލެޓް ނަދާގެ ކުރިމަތީ، ކޮފީ ޓޭބަލް މަތީ ބޭއްވިއެވެ.

ނަދާ އަޔާޒްގެ މޫނަށް ބަލާލިއެވެ.

“ހެޕީ—”

“ނޫން… އަހަންނަށް ވިޝް ނުކުރާތި! އެއްވެސް މީހަކު މިއަދު އަހަންނަށް ވިޝް ކުރާކަށް ބޭނުމެއް ނޫން” އަޔާޒް ބުނަން އުޅުނު އެއްޗެއް މެދު ކަނޑާލަމުން ނަދާ ބުންނެވެ.

އަޔާޒް އިތުރަށް އެއްޗެއް ނުބުނެއެވެ. ޗޮކްލެޓްގައި އަތްވެސް ނުލާ ނަދާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

ނަދާ އޭގެ ފަހުން ކޮޓަރިން ނުވެސް ނިކުމެއެވެ. މެންދުރު ކާން ބުނުމުން ބަނޑުހައި ނުވާ ކަމަށް ބުނެފައި، ހަމަ އެކަނި ޖޫސް ތައްޓެއް ބޯލައިގެން ބޭސް ކައިގެން ނަދާ އޮތީއެވެ. އަޔާޒްވެސް ނަދާއަށް އުނދަގޫ ކުރާކަށް ނޫޅެއެވެ.

ހަވީރު ފަހެއް ޖަހަން އުޅެނިކޮށް ހުދާ އަޔާޒްގެ ފޯނަށް ގުޅިއެވެ.

“އަޔާ، ގޭގަތަ ތި އުޅެނީ؟” އަޔާޒް ފޯން ނެގުމުން ހުދާ އެހިއެވެ.

އަޔާޒް ގޭގައި އުޅޭ ވާހަކަ ބުނުމުން ހުދާ އެދުނީ ނަދާއަށް ފޯން ދިނުމަށެވެ.

“ނަދާ، ހުދާގެ ފޯނެއް” އެނދުގައި އޮތް ނަދާއަށް ގޮވާލަމުން އަޔާޒް ފޯން ދިއްކޮށްލިއެވެ.

“ކީކޭ ދޮންތާ؟” ނަދާ ގޮވާލިއެވެ.

“ނަދާއށް ހަމަ ސާބަސް! ފޯނަށް ކިހިނެއް ހަދައިގެންތަ ތި އުޅެނީ؟ ގުޅާ ގުޅާ ވަރުބަލި ވެއްޖެ މިހާރު” ހުދާ ފުރަތަމަވެސް ކުރީ ޝަކުވާއެވެ.

“ފޯނު… ނިވިފަ އޮތީ، ކިހިނެއް ވީ؟” ނަދާ ބުންޏެވެ.

“ނަދާ ހީވަނީ މީހަކު ގުޅާފާނެތީ ކަން ބޮޑު ވެގެން އުޅޭ ހެން ވިއްޔަ. ދެން ހެޔޮ. ހެޕީ ބަރތްޑޭ!” ފޯން ސްޕީކަރަށް ލައިގެން ހުދާއާ ރިދާ އެއް ފަހަރާ ނަދާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިއެވެ.

“ތޭންކްސް ދެ މީހުން” ނަދާ ބުންޏެވެ.

“ހާދަ ފާޑަކަށް ތި ބުނީ؟ ކިހިނެއް ވެފަ ތިހިރީ؟ ބަލީތަ؟” ނަދާގެ އަޑުގައި ތަފާތު ގޮތެއް ހުރި ހެން ހުދާއަށް ހީވިއެވެ.

“ބަލި ވެގެންނެއް ނޫނޭ ތުއްތަ އެ އުޅެނީކީ. ދޮންތައަކަށްވެސް ނޭނގޭނެ އެކައްޗެއްވެސް. ތުއްތަގެ ބަރތްޑޭ ފާހަގަ ކުރަން ވެގެންނެއްނު މިއަދު ތުއްތަބޭ އޮފީހަށްވެސް ނުގޮސް ގޭގަ އެހުރީ؟ ދެން އަހަރުމެން ގުޅަގުޅައިގެން ޑިސްޓަރބް ކުރީމަ ހިތް ހަމައެއް ނުޖެހޭނެއެއްނު. ތުއްތާ، ކޯޗެއް ތުއްތަބޭ ދިނީ؟ އަހަރުމެންނަށް ދައްކާނަން ދޯ؟ ނޫނީ ނުދައްކާ ކަހަލަ ހަދިޔާއެއްތަ ދިނީ؟” ރިދާ ދިމާކުރާ ރާގެއްގައި ބުންޏެވެ.

“ތެދެއްތަ؟ ރޭއްސުރެ އަޔާ ހަމަ ވިޝް ކުރަނީ ދޯ؟ ވަރަށް ރޮމްތަ؟” ހެމުން ހުދާވެސް ނަދާއާ ދިމާ ކޮށްލިއެވެ.

“ދެން ސާބަސް. އިހަށް ބާއްވަނީ” ހުދާމެންނަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނަދާ ފޯން ކަނޑާލިއެވެ.

ނަދާ އަޔާޒް އަތަށް ފޯން ދިނުމާ އެކު އަނެއްކާވެސް ފޯން ރިންގ ވިއެވެ. އަޔާޒް ނަމްބަރު ބަލާލާފައި ނަދާއަށް ފޯން ދިއްކޮށްލިއެވެ.

“ބުނޭ އަހަރެން ފާހާނާގައޭ” ގުޅަނީ ހުދާ ކަން އެނގުމުން ނަދާ ބުންޏެވެ.

އަޔާޒް ފޯން ނަގާފައި ނަދާ ބުނި ހެން ބުންޏެވެ.

“މި ގުޅީ ނަދާއަކަށް ނޫނޭ. އަޔާ، އަހަރުމެން އެބަ ދަން އިނގޭ. ނަދާއަށް ސަޕްރައިޒްއެއް ދޭން ވެގެން މިއުޅެނީ. ފަނަރަ ވަރަކަށް މިނަޓް ވާނީ. ނުބުނައްޗޭ ނަދާ ކައިރީ” ހުދާ ބުންޏެވެ.

އަޔާޒް އާނއެކޭ ބުނެފައި ފޯން ކަނޑާލިއެވެ.

“ކީކޯ ބުނީ؟” ނަދާ އަހާލިއެވެ.

އަޔާޒް ޖަވާބު ނުދީ ފަސް ޖެހުނީ ހުދާމެން އަންނަ ކަން ނަދާއަށް ސިއްރު ކޮށްދިނުމަށް ހުދާ އެދުމުންނެވެ.

“އަޔާ، ކީކޭތަ ދޮންތަ ބުނީ؟” ނަދާ އަނެއްކާވެސް އެހިއެވެ.

“އެބަ އަންނަމޯ މި ގެޔަށް… ނަދާއަށް ސަޕްރައިޒްއެއް ދޭން ވެގެންނޯ” އަޔާޒް ބުންނެވެ.

“ނޫން…” ނަދާއަށް ބުނެވުނެވެ.

“ނަދާ، އެހާ ބޮޑު ކަމެއް ނޫނެއްނު އެއީ؟” އަޔާޒް ބުންޏެވެ.

“ނުކެރޭނެ މިހެން ހުރެ ދޮންތަމެންގެ ކުރިމައްޗަށް އަރާކަށް، ދޮންތަ ސުވާލު ކުރާނެ. އެއްވެސް ކަމެއް އެކަކަށްވެސް އެނގޭކަށް ބޭނުމެއް ނޫން” އަމިއްލަ މޫނުގައި ހުރި ޒަޚަމްތަކަށް އިޝާރާތް ކޮށްލަމުން ނަދާ ބުންނެވެ.

އަޔާޒް އެއްޗެއް ނުބުނެ ހުއްޓެވެ.

“ޕްލީޒް އަޔާ، ގުޅާފަ ކޮންމެސް އެއްޗެކޭ ކިޔާފަ އެ މީހުން ހުއްޓުވަބަލަ” ނަދާ ހުރީ ރޮވެން ކައިރި ވެފައެވެ.

އަޔާޒް ފޯން ނަގާ ހުދާއަށް ގުޅިއެވެ. ނަމަވެސް ހުދާ ފޯނަށް ޖަވާބެއް ނުދިނެވެ. ރިދާއަށް ގުޅުމުން ރިދާވެސް ފޯނެއް ނުނެގިއެވެ.

“އެކަކުވެސް ފޯނެއް ނުނަގާ” އަޔާޒް ބުންނެވެ.

“އަޅެ… އަހަރެން ބޭނުމެއް ނޫން ދޮންތައަށް އަހަރެން ފެންނާކަށް… އަޔާ… ކޮންމެސް ގޮތެއް ހަދާބަލަ” އެނދުން ފައިބައިގެން ނަދާ ދެކޮޅަށް ހިނގަން ފެށިއެވެ.

“ނަދާ ހުރޭ ތަޅުލައިގެން ކޮޓަރީގަ. ހުދާމެން އައިމަ އަހަރެން ކޮންމެސް އެއްޗެއް ބުނެފަ ފޮނުވާލާނަން، ނަދާ ކަންބޮޑު ނުވޭ” އަޔާޒް ވިސްނާލާފައި ބުންޏެވެ.

“ކީކޭ އަޔާ ބުނާނީ؟” ނަދާ އެހިއެވެ. ނަމަވެސް އަޔާޒްއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ބެލް ޖަހާލި އަޑު އިވުނެވެ.

އެކަކު އަނެކަކަށް ބަލާލާފައި ނަދާ ކޮޓަރިއަށް ވަނުމުން އަޔާޒް ދޮރު ހުޅުވިއެވެ.

“ކޮބާ ނަދާ؟” އެތެރެއަށް ވަދެ ނަދާ ފެންނަން ނެތުމުން ހުދާ އެހިއެވެ.

“ކޮޓަރީގަ” އަޔާޒް ޖަވާބު ދިނެވެ.

“ނަދާ، ނިކުމެބަލަ” ތަޅުގައި ހިފާލި އިރު ތަޅު ލާފައި ހުރުމުން ހުދާ ގޮވާލިއެވެ.

ހުދާއާ ރިދާ ގޮވުމުންވެސް ނަދާ ޖަވާބެއް ނުދިނުމުން ހުދާ އެނބުރިފައި އަޔާޒްއަށް ބަލާލިއެވެ.

“ކަމެއް ވީތަ؟” ހުދާ އަހާލިއެވެ.

އަޔާޒް ޖަވާބެއް ނުދީ ހުއްޓެވެ.

“ކޮބާ ބަރތްޑޭ ގަރލް؟” އެ ވަގުތު ގެޔަށް ވަން ނިހާލް އަހާލިއެވެ.

“ކޮޓަރީގަ ވެއްޖެ، ގޮވާ ގޮވާ ނުނިކުތް، އަނގަޔަކުންވެސް ނުބުނި. އަޔާ، ނަދާ ގޭގަ އެބަ އުޅޭތަ؟” ނިހާލްއަށް ޖަވާބު ދީފައި ހުދާ އަޔާޒްއާ ސުވާލު ކުރިއެވެ.

“އެބަ އުޅޭ” އަޔާޒް ބުންޏެވެ.

“ނަދާ، ދޮރު ހުޅުވަބަލަ، ނަދާ ނުނިކުންނަނީހެއް އަހަންނެއް ނުދާނަން. ކަމެއް ވެގެން އުޅެންޏާ ވީ ގޮތެއްވެސް ބުނީމައެއްނު އެނގޭނީ؟ ނިކުމެބަލަ” ދޮރުގައި ބާރަށް ދެ ތިން ފަހަރު ޖަހާލަމުން ހުދާ ބުންޏެވެ.

“ދޮންތާ، އަހަރެން ބޭނުމެއް ނޫން މި އުފަން ދުވަސް ފާހަގަ ކުރާކަށް، އަހަންނަކަށް އެއްވެސް ކަމެއް ނުވޭ. ޕްލީޒް، ދޮންތަމެން މިއަދު ދެން ދޭ” ނަދާ ބުނި އަޑު އިވުނެވެ.

“ނިކުތީމަ ދާނީ. ކިހިނެއްތަ ވެގެން ތި އުޅެނީ؟ ބުނެބަލަ ދޮންތަ ކައިރީ” ހުދާ ދޮރު ކައިރީ ހުރެ ވާހަކަ ދެއްކިއެވެ.

“ސުވާލު ނުކޮށް ދޭބަލަ ދޮންތާ، ޕްލީޒް، އަހަރެން ބޭނުމެއް ނޫން ނިކުންނާކަށް” ނަދާ ބުންޏެވެ.

“ދެ މީހުން ޒުވާބު ކޮށްގެންތަ ތި އުޅެނީ؟ އެހެންވެތަ ނަދާ ނުނިކުންނަން އެ އުޅެނީ؟’ ހުދާ އައިސް އަޔާޒް ކައިރީ އެހިއެވެ.

“އަޔާ، ކިހިނެއްތަ ވީ؟” ނިހާލް މަޑުމައިތިރި އަޑަކުން އަޔާޒްއާ ސުވާލު ކުރީ ހުދާ ކުރި ސުވާލަށް އަޔާޒް ޖަވާބެއް ނުދިނުމުންނެވެ.

“ކަމެއް ނުވޭ…” އެންމެންނާ ދުރަށް ޖެހިލަމުން އަޔާޒް ބުންޏެވެ.

“ދެ މީހުން ޒުވާބު ކޮށް ތަޅައިގަނެގެންތަ ތި އުޅެނީ؟ އަޔާ ޖެހީތަ ނަދާ ގައިގަ؟” ހުދާ އެހެން އަހާލީ، ޝާމިލްއާ ކައިވެނި ކޮށްގެން އުޅުނު އިރު ޝާމިލް ހުދާއަށް އަނިޔާ ކުރާ ދުވަހެއްގަ ހުދާވެސް ކޮޓަރިން ނުނިކުމެ އިންނަ ކަން ހަނދާން ވުމުންނެވެ.

އަޔާޒް ޖަވާބެއް ނުދިނެވެ. އެ ހިމޭން ކަމުން ހުދާމެން ނަގާނީ ކޮން މާނައެއް ކަން އެނގި ހުރެއެވެ. އެހެން ނޫނަސް، އަޔާޒްގެ ދެ އަތުން ނޫނަސް ނަދާއަށް އަނިޔާ ލިބުނީ އަޔާޒްގެ ސަބަބުންނެވެ.

“ފިރިހެނުން ކީއްވެތަ ރުޅި އަންނަ އިރަށް އަތް އިސް ކުރަނީ؟ ކަމެއް ވާ އިރަށް ތަޅާ އަނިޔާ ކުރަން ޖެހޭތަ؟ އަޔާއާ ޝާމިލްއާ ތަފާތެއް ނެތެއްނު؟ އަހަރެން ހިތަށްވެސް ނާރާ އަޔާވެސް ތީ އެކަހަލަ މީހެއް ކަމަކަށް” ހިތްހަމަ ނުޖެހުމާ އެކު އަޔާޒްއަށް ބަލާލަމުން ހުދާ ބުންޏެވެ.

އަމިއްލަ ދިފާޢުގައި އަޔާޒް އެއްވެސް އެއްޗެއް ނުބުންޏެވެ.

“އަހަންނަކަށް ގަބޫލެއް ނުކުރެވޭ…” އަޔާޒްއާ ދިމާއަށް ބަލަން ހުރެ  ނިހާލްއަށް ބުނެވުނެވެ.

“ދެން އެހެން ކޮން ކަމެއް ވެގެންތަ ނަދާ ނުނިކުންނަން ވީ؟ އަޔާ ނުޖަހާ ނަމަ ބުނާނެއެއްނު ނުޖަހަމޭ؟ ރުޅި އަޔަސް އެހެން ގޮތް ގޮތަށްވެސް ކަންތައް ކުރެވޭނެ ދޯ؟ އެކަމަކު މި މީހުންނަށް ހީވަނީ ތަޅައިގަތީމަ ތިމާގެ ބާރު ދައްކާލެވުނީއޭ. ނަދާވެސް ސިއްރުތަ ކުރަންވީ؟” ރުޅި އައިސްފައި ހުރި ހުދާ ވާހަކަ ދައްކަމުން ދިޔައީ ވަކި މީހަކާ ނޫނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހުޅުކޮޅު

Next

ވަޢުދު (އެއްވަނަ ބައި)

Next
August 15, 2019

ވަޢުދު (އެއްވަނަ ބައި)

Previews
August 13, 2019

ހުޅުކޮޅު

65 Comments!

  1. Mar Sha Marsha says:
    August 15, 2019 at 11:25 am

    Hi everyone, here’s part 23, kiyaalaafa comment kolahchey ingey, 24 Insha Allah, genesdheynan Monday ga. Have a happy weekend!

  2. Marei says:
    August 15, 2019 at 11:42 am

    Yey me first.kiyalafa cmt khlaanan

    1. Mar Sha Marsha says:
      August 16, 2019 at 6:13 pm

      OK ?

  3. Ainii says:
    August 15, 2019 at 12:12 pm

    Vrr salhi mi Bai vx

    1. Mar Sha Marsha says:
      August 16, 2019 at 6:13 pm

      Thnq Ainii

  4. Ziyaa says:
    August 15, 2019 at 12:14 pm

    Thankolheh avaheh nukuravenetha

    1. Mar Sha Marsha says:
      August 16, 2019 at 6:14 pm

      Will try inge,

  5. jiji says:
    August 15, 2019 at 12:31 pm

    V salhi mi part vec..Marsha ah thankolheh avahakah upkolla nudheveyne thr..V beynun dhn vaa gotheh balailan..waiting for da next ingey❤❤❤

    1. Mar Sha Marsha says:
      August 16, 2019 at 6:14 pm

      Thnq jiji, will try inge

  6. Aby says:
    August 15, 2019 at 12:40 pm

    Thankolheh avahah up kolladhee. Pls. . Mi baives varah reethi

    1. Mar Sha Marsha says:
      August 16, 2019 at 6:15 pm

      Thnq Aby, balaanan inge

  7. Meenu says:
    August 15, 2019 at 12:45 pm

    Mi koache tha alheyy..
    Ehves kamei nuhinga..
    Ehaa kuru..
    So disappointed..

    1. Nadha says:
      August 15, 2019 at 2:04 pm

      Please dont say like that..respect and be thankful for her work

    2. shiha says:
      August 15, 2019 at 4:52 pm

      yeah nadha thats true readers should respect writers if you dont like dont read the story then it will be fine

    3. Mar Sha Marsha says:
      August 16, 2019 at 7:06 pm

      Dhen anna bai rangalhu vaane miah vure, but thnx for reading Meenu.

    4. Mar Sha Marsha says:
      August 16, 2019 at 7:08 pm

      It’s OK Nadha n shahu, I don’t mind, mi bai Meenu ah kamunudhiyaee ey, hope next part kamudhaane kamah,

  8. Shahu says:
    August 15, 2019 at 1:23 pm

    Woooooww varah salhi ? ? ?

    1. Mar Sha Marsha says:
      August 16, 2019 at 7:08 pm

      Thnx Shahu ?

  9. Hudhoo says:
    August 15, 2019 at 1:49 pm

    Haada kurey mi part 24 digu kohlaaneh kamah ummeedhu kuran

    1. Mar Sha Marsha says:
      August 16, 2019 at 7:10 pm

      Balaanan dhigu kolleveytho, thnx for reading Hudhoo

  10. Zoya says:
    August 15, 2019 at 2:02 pm

    Keehvetha ehaa negetive comment annany..hama ekani eyna ge responsibility aky vaahaka liyumeh nooney kuraane baivaru kanthah hunnaane ey..mifaharu kuruvyma ekan understand vaan vaane konme kujjehves..be thankful mihaa kuda koh nama ves mihaa rethi vaahaka eh fonuvaakamahves..varah disappoint vejje mihen coment annaatheeve.

    1. Mar Sha Marsha says:
      August 16, 2019 at 7:12 pm

      It’s OK dear, but thnx for the comment. Asluves v busy koh ulhemun story liyany, ekamu vv kuraa hiy vaa kaakah vaathy kurany, ummeedhaky readers like vaa stories genesdhinun. ???

  11. NSHY says:
    August 15, 2019 at 2:23 pm

    Dear readers plz kehtherivebala..Marsha ah vaavarakun e liyedhee up kohdhenee nun..U guys should be thankful to her..Mihaarakah aiss varah negative cmmnts feney.. kanthah thah faahaga kohdheyn vess jeheyne.. Ekam bayeh readers limit cross kuraa than mi fennanee.. N bayeh readers Eba buney story kamaku nudheyey..rape kureema hadi eyy..Writer ah ingeynee story liyaane gotheh..kuriyah gendhaane gotheh ves… understand vaan jeheyne dhw..hurihaa faharaku eh gotheh nuvaane..bayeh stories thafaathu vaan vess jeheyne.. Btw mi part vess v reethi..waiting for next part..

    1. Mar Sha Marsha says:
      August 16, 2019 at 7:22 pm

      Oww. It’s OK dear, i welcum + n – comments

  12. Nonni says:
    August 15, 2019 at 3:33 pm

    Wow wow an amazing stry ?????????? thnks up kohdhynyma nxt prt avahah up kohdhehchey curiously waiting for nxt prt❤️❤️❤️❤️❤️❤️❤️

    1. Mar Sha Marsha says:
      August 16, 2019 at 8:25 pm

      Thnx Nonni, balaanan avas kolleveytho inge ?

  13. ?Wolf queen ? says:
    August 15, 2019 at 4:39 pm

    Plx Thankolhen avahah up kohla nudheyveyne thr ? varavarah reethi mi part ves

    1. Mar Sha Marsha says:
      August 16, 2019 at 8:26 pm

      Thank u, wolf queen, avas kolleveytho balaanan ?

  14. shiha says:
    August 15, 2019 at 4:55 pm

    mifaharuvex varah salhi just what i expected love your stories ther are little mistake i beleive no one is perfect love you

    1. Mar Sha Marsha says:
      August 16, 2019 at 8:26 pm

      Thank u shiha

  15. Meekkomee says:
    August 15, 2019 at 5:43 pm

    Varah varah reethi ????????? can’t wait to read next part ???? luv to read ur story so much ???? one of my favourite ❤️?????

    1. Mar Sha Marsha says:
      August 16, 2019 at 8:28 pm

      Thank u meekko

  16. Aish says:
    August 15, 2019 at 5:55 pm

    Varah reethi . Marsha ge huriha vaahaka eh ves alhugandu kiyan. Varah furihama masha allah

    1. Mar Sha Marsha says:
      August 16, 2019 at 8:29 pm

      Ehen tha!, thank u so much dear ?

  17. Kiuntheriyaa says:
    August 15, 2019 at 6:03 pm

    Vaahaka varah reethi Ekam Mihaaru Heevanee vaki hisaabegga huttifa hunnahen eyge dhekudhin mihaaru ge haalathun badhalu kohlan feney dhen ayaa fakeeruves ehaa gina dhuvahu dhera kohfa nubahattaa

    1. Mar Sha Marsha says:
      August 16, 2019 at 8:30 pm

      Dhen badhalu vedhaane haalathu ves, nadha ves, balamaa dho! Thnq for reading ?

  18. Mary says:
    August 15, 2019 at 6:55 pm

    Masha allah ? vvvv salhi mi part ves.. Next part avas kohllathi ingey ? ? ? ? ? ? ? ? ? ? ? ❤️ ❤️ ❤️ ❤️ ❤️

    1. Mar Sha Marsha says:
      August 16, 2019 at 8:31 pm

      Avas veytho mi balany, thank u Mary

  19. Ibsha says:
    August 15, 2019 at 9:09 pm

    Varah reethi

  20. Aisha says:
    August 16, 2019 at 1:16 am

    Hus kaifa fen boefa beyskaifa.. dhera ee vaeh nulaakan

    1. Zoya says:
      August 16, 2019 at 10:46 am

      Laanveetha..noonee aisha laaanveenu?

    2. Mar Sha Marsha says:
      August 16, 2019 at 8:33 pm

      Konme baehga bodethi kanthah nuvedhaane ehnu, dhen anna bai miah vure rangalhu vaane hen hyvany, thnx for reading

  21. ??? says:
    August 16, 2019 at 1:05 pm

    itz awsome

    1. Mar Sha Marsha says:
      August 16, 2019 at 8:34 pm

      Thank u

  22. ? says:
    August 16, 2019 at 3:41 pm

    Dhera kamehnu. Baeh readers ah understand nuvany kyhvetha, nadha rape vv, aie kuda kameh noon eh rein handhaan
    nethen
    Aamu haalathah annan time nagaane..
    Nadha mihaaru e ulheu gotha eyna ge feelings a ayaa kanthah kura gotha huriha kameh important vaane stody ah .. and abadhu shakuva nukoh ehfaharu ves appreciate kurihyah kyhtha??

    1. Mar Sha Marsha says:
      August 16, 2019 at 8:35 pm

      Thank u dear

  23. Ted says:
    August 16, 2019 at 4:11 pm

    Bala abadhu eykacheykay mi keyane meege spark eyh neyh huhttifa miothi hama. Lack of drama

    1. Mar Sha Marsha says:
      August 16, 2019 at 8:38 pm

      Thnx Ted, will try to improve

  24. someone says:
    August 16, 2019 at 4:12 pm

    Vaahaka mi reethi vaahakaryh writer needs to improve. Adhivess vaanvi goyh neygigen thi ulhyne adhi vaane

    1. Mar Sha Marsha says:
      August 16, 2019 at 8:39 pm

      Improve kuran masahkaiy kuraanan inge, thnx for the comment

  25. 1234 says:
    August 16, 2019 at 4:15 pm

    Abadhu eyhkameyh mivane. Rape case eh vihyya need to show the actual thing here. Something is missing adhivess. Keya eykacheyh konmi part akaun mi keyane. Abadhu eygothakah vanya foohi dho dhen. Daily rooting geynaumuge badhaluga show some drama. We know eymeehun saiboey kaa hadhaakan. Aie beykaaru vaahake eyvaahaka kurukoh genessa talk about the real deal here

    1. Mar Sha Marsha says:
      August 16, 2019 at 8:54 pm

      Will try to do better, thank u 1234

  26. 1shshshs says:
    August 16, 2019 at 4:19 pm

    Story varah reethi the thing is beykaaru vaahaka ma genavey eyba. No offence just my opinion.

    1. Mar Sha Marsha says:
      August 16, 2019 at 8:55 pm

      Thank u 1shshshs

  27. YoonnaL says:
    August 16, 2019 at 9:08 pm

    beykaaru baeh neh hama love every single bit of the story.

    1. Mar Sha Marsha says:
      August 17, 2019 at 10:41 am

      Thank u Yoon Al ?

  28. ? says:
    August 17, 2019 at 4:49 pm

    v nyc stowry eh mee

    1. Mar Sha Marsha says:
      August 17, 2019 at 10:29 pm

      Thnx ?

  29. Ziyaa says:
    August 17, 2019 at 4:50 pm

    Aslu negetive comment kamah nubeliyaa rangalhu vaanee mihaaru kiyaa enme asarugadha vaahaka mi kiyaa hithun nuthiba v konme dhuvahaku ethah faharaku bely vaahaka intho monday ga fonuvaane vaahaka bunefaa enass ???

    1. Mar Sha Marsha says:
      August 17, 2019 at 10:30 pm

      Thnx Ziyaa, ?

  30. The says:
    August 18, 2019 at 1:37 pm

    Up kohladheeba varah reethi ?

  31. Haii says:
    August 18, 2019 at 9:19 pm

    This story is amazing Marsha.
    I really look for updates when ever I get time. This story is one of the best story I read. Eager to read next part. On waiting ?❤

  32. Ibsha says:
    August 19, 2019 at 8:51 am

    Up veytho balaafin 8 faharu

    1. Cherry says:
      August 19, 2019 at 9:30 am

      SAME!

  33. Mar Sha Marsha says:
    August 19, 2019 at 11:09 am

    Now uploaded ?

Comments are closed.

Next Episodeކުށަކާ ނުލާ 24←


All Right Reserved!