Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 21، 22 (ބަދަލު ގެނެވިފައި)

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 12, 2019 15 Mins Read
31 Comments

21

އެކި ވާހަކައިގައި ތިބި އިރު ގިނައިން ވާހަކަ ދެކެވުނީ އަޔާޒްއާ އަޝްފާންގެ މެދުގައެވެ. މައިހާ އިނީ އެ ދެމީހުންނަށް ބަލާށެވެ. އެ ވަގުތުކޮޅު ތެރޭގައިވެސް އަޔާޒްއާ އަޝްފާންގެ މެދުގައި އެކުވެރިކަމެއް އުފެދިގެން އައެވެ.

އަޔާޒްގެ ޖީބުގައި އޮތް ފޯން ވައިބްރޭޓް ވުމުން އަޅާނުލާ އަޔާޒް ހުރީ އަޝްފާންއާ މައިހާގެ ކައިވެނީގެ ވާހަކަ ދައްކަން ހުރުމުންނެވެ. ފޯން ކެނޑިފައި އިރުކޮޅެއް ވީ ފަހުން ދެ ވަނަ ފަހަރަށްވެސް ވައިބްރޭޓް ވާން ފެށިއެވެ.

އެހާ ލަސް ވީ ފަހުން މީހަކު ގުޅާތީ ހިތް ހަމަ ނުޖެހިފައި އަޔާޒް ފޯން ނަގާ ބަލާލިއެވެ. ގުޅަނީ ނަދާއެވެ. ނަމަވެސް އަޔާޒްއަށް އެ ފޯނަށް ޖަވާބު ދެވުމުގެ ކުރިން ފޯން ކެނޑުނެވެ. ކުއްލިއަކަށް އަޔާޒްގެ ހިތުގެ ތެޅުން ބާރު ވެގެން ދިޔައެވެ. ގޮތް ނޭނގޭ ބިރެއް އަޔާޒްގެ ހިތުގައި އުފެދިގެން އައެވެ. އެއްވެސް ގޮތަކަށް އަޔާޒްއަށް ނަދާ ފޯނެއް ނުކުރެއެވެ. ވީ އިރު އެރޭ، އެ ވަގުތު ނަދާ އަޔާޒްއަށް ގުޅާނީ ކޮންމެވެސް ބޮޑު ކަމެއް ދިމާ ވެގެން ކަން ޔަގީނެވެ. ގޭގެ ދޮރު ތަޅު ނުލާ އާދެވުނު ކަން އެ ވަގުތު އަޔާޒް ހަނދާން ވުމާ އެކީ، އިރުކޮޅެއް ކުރިން ގެޔަށް ވަން މީހުންގެ ޚިޔާލު އަޔާޒްގެ ހިތަށް އުނދަގޫ ކޮށްލިއެވެ.

“ނަދާއަށް ކޮންމެސް ކަމެއް ވެއްޖެ!” ކުއްލިއަކަށް އެހެން ބުނުމާ އެކު ނަދާގެ ނަމްބަރަށް ގުޅަމުން އަޔާޒް އެތެރެއަށް ވަނެވެ. ނަދާގެ ފޯން އޮތީ ނިއްވާލާފައި ކަމުގައި ބުނުމުން އަޔާޒް ލިފްޓާ ހަމައަށް ދިޔައީ ދުވެފައެވެ. އޭރުވެސް ނޭނގޭ ހާސްކަމެއް ކަމެއް އަޔާޒްގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.

އަޝްފާންއާ މައިހާވެސް އެކަކު އަނެކަކަށް ބަލާލާފައި އަޔާޒްގެ ފަހަތުން ވަނެވެ.

ލިފްޓަށް އަރާފައި، އިތުރު ފްލޯރ އަކަށް މަޑު ނުކޮށް ހަވަނަ ފްލޯރއަށް ދާން ނެގި ދިހަ ވަރަކަށް ސިކުންތުވެސް އަޔާޒްއަށް ހީވީ އެތައް އިރެއް ވީ ހެންނެވެ. ލިފްޓުން ނިކުމެ އެޕާޓްމެންޓާ ހަމައަށް ދުވެފައި ގޮސް ތަޅުގައި ހިފާލި އިރު، ތަޅުލާފައި ހުރުމުން އަޔާޒްއަށް ފަހަތުން އައި އަޝްފާންއާ މައިހާއަށް ބަލާލެވުނެވެ. ޖީބުން ތަޅުދަނޑި ނަގާ ދޮރު ހުޅުވާލުމާއެކު ނަދާގެ ރުއިމުގެ އަޑު އަޔާޒްގެ ކަންފަތުގައި ޖެހުނެވެ.

“އަޔާ!!!” ނަދާ ރުއިމުގެ ތެރެއިން ބާރަކަށް އަޔާޒްއަށް ގޮވާލުމާއެކު އަޔާޒް ދުވެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރުން އަޔާޒްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

އަޔާޒް ދިޔުމުން ނުނިދިފައި އޮތް ނަދާއަށް ގޭ ދޮރު ހުޅުވާލި އަޑު އިވުމާއެކު މޫނުގައި ބާލީސް ޖައްސާލަމުން ލޯ މަރާލިއެވެ. ނަމަވެސް ވާހަކަ ދައްކާ އަޑު އިވުމުން ނަދާ ހީކުރީ އަނެއްކާވެސް އަޔާޒްއާ އެކު މައިހާ އައީ ކަމަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމުންވެސް ނަދާ އޮތް ގޮތަށް އޮތީއެވެ. އެހެން އޮވެފައި ނަދާ ކުއްލިއަކަށް ތެދުވީ މަޑުމަޑުން ދެ ފިރިހެނަކު ވާހަކަ ދައްކާ އަޑު އިވުމުންނެވެ.

ނަދާ ތެދުވެ ބަލާލުމާ އެކު، ކޮޓަރީގައި ހުރި މީހާ ކުއްލިއަކަށް ހުއްޓުނެވެ. ގެޔަށް އައީ އަޔާޒް ނޫން ކަން ޔަގީން ވުމުން ނަދާ ބިރުގަތެވެ. ކައިރީގައި އޮތް ފޯން އަތަށް ނެގުމާއެކު އަޔާޒްގެ ނަމްބަރަށް ގުޅާލަމުން ނަދާ އެނދުން ފައިބައިގެން ދުއްވައިގަތީ ކޮޓަރިން ނިކުންނާށެވެ. ކޮޓަރީގެ ދޮރާ ހަމަ ވީ އިރަށް ކުރިމަތިން އެހެން މީހަކު އައިސް ނަދާ ގައިގައި ހިފެހެއްޓިއެވެ. އެއާއެކު ކޮޓަރީގައި ހުރި މީހާ ނަދާ އަތުން ފޯން އަތުލާފައި ކޮޓަރި ތެރެއަށް ފޯން އެއްލާލިއެވެ.

“ދޫ ކުރޭ!” ހިފަހައްޓައިގެން ހުރި މީހާގެ އަތުތެރޭން ސަލާމަތް ވާން މަސައްކަތް ކުރަމުން ނަދާ ބުންޏެވެ.

“ޝްޝްޝް” ކުރިމަތީ ހުރި މީހާ ނަދާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ބުންޏެވެ.

“އަޔާ!” ނަދާ އަޑުގެ ކޮޅަށް ހަޅޭ ލަވައިގެތެވެ. އެއާއެކު އެ މީހާ ނަދާގެ މޫނުމަތީ އަތްތިލައިން ޖެހިއެވެ. ވީ ތަދުން ބޮލަށް އެނބުރުން އަރައިގެން ދިޔަ ނަދާ ނުވެއްޓުނީ އަނެއް މީހާ ނަދާ ހިފަހައްޓައިގެން ހުރުމުންނެވެ.

“އޭނަގެ އަނގަ ބަންދު ކޮށްބަލަ” ތިން ވަނަ މީހަކު އައިސް ވަންނަމުން ބުންނެވެ.

“ދެންވެސް އަޑެއް ނުލައްވާ ހުންނާތި!” ނަދާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ޖެހި މީހާ ބުނެލިއެވެ.

“ދޫ ކުރޭ!” އަނެއްކާވެސް ނަދާ ބުންޏެވެ.

“ތިހާ ރީތި ކުދިން އެކަނި އުޅޭކަށް ނުވާނެއެއްނު؟” ނަދާގެ މޫނަށް ރަނގަޅަށް ބަލާލަމުން ފަހުން އައި މީހާ ބުންޏެވެ. އަނެއް ދެ މީހުންވެސް އެ ވަގުތު ނަދާގެ މޫނަށް ބަލާލިއެވެ.

ބިރުން ހުރި ނަދާ އަނެއްކާވެސް އެ މީހާގެ އަތްދަށުން ސަލާމަތް ވާން ވެގެން ތެޅިގަތީ އެ މީހުން ނަދާއަށް ބަލަން ފެށި ގޮތުންނެވެ. ނަދާ ހިފަހައްޓައިގެން ހުރި މީހާ ކުއްލިއަކަށް ނަދާ ދޫކޮށްލުމާއެކު ދެން ހުރި މީހާ ނަދާގެ އަތުގައި ހިފައިގެން ގޮސް އެނދަށް ވައްޓާލިއެވެ. އަނެއް މީހާ ނަދާގެ ފަޔާ ދިމާލުން ހުއްޓިފައި ގުދުވެ ނަދާ ލައިގެން ހުރި ޓީޝާޓްގެ ކަރުގައި ހިފާ ދަމައިގަތް ގޮތަށް ވީދާލިއެވެ. ހަޅޭ ލަވައިގަންނަމުން ނަދާ ފައި ކުރުކޮށްފައި އެ މީހާ ގައިގައި ޖެހިއެވެ. ދެ ވަނަ ފަހަރަށް ނަދާގެ މޫނު މައްޗަށް އެރި ހަމަލާއާއެކު ނަދާގެ ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ރޮއެރޮއެ އޮއްވާ އެ މީހާ ނަދާގެ ހަށިގަނޑުން ހުރިހާ ފޭރާމެއް ވަކިކޮށްލިއެވެ.

ދެ އަތުން ހަށިގަނޑު ނިވާ ކުރުމަށް މަސައްކަތް ކުރަމުން ނަދާ އެނދުގެ މައްޗަށް ޖެހިލިއެވެ. އެނދުމަތީ އޮތް ފޯން ނަދާގެ ބުރަކަށީގައި ޖެހުމާއެކު ނަދާ ފޯން ނަގާ އަނެއްކާވެސް ސްޕީޑް ޑައިލް އިން އަޔާޒްއަށް ގުޅިއެވެ.

ކުރިމަތީ ހުރި މީހާ ނަދާގެ އަތުން ފޯން ޖަހައިގަތުމާއެކު އަތުގައި ހުރި ބާރެއް ލާފައި ފޯން ފާރާ ދިމާއަށް އެއްލިއެވެ. އެއާއެކު ފޯނުގެ އެކި ބައި ވަކިވަކި ވެގެން ދިޔައެވެ.

ރުޅި އައިސްފައި ނަދާއާ ދިމާއަށް ބަލާލި މީހާ ފުންމައިގެން ކަހަލަ ގޮތަކަށް އައިސް ނަދާގެ ދެ ކޮލަށް އިނގިލިތައް ވަންނަ ހެން ހިފާލިއެވެ.

“ހާދަ ހިތްވަރެއް ހުރެގެން އުޅޭ ކުއްޖެކޭ މީ! ދެން ދައްކަބަލަ ތި ހުރި ހިތްވަރެއް ނިކަން!” ކޮލަށް ފިތާ ބާރު ކޮށްލަމުން އެހެން ބުނުމާ އެކު އެ މީހާ ނަދާގެ މޫނުގައި ދެ ފަހަރަށް ޖެހިއެވެ. އެސްފިޔަ ޖަހާލަމުން ނަދާ އެނދުން ތެދުވަން އުޅުނެވެ.

ކައިރީގައި މަންޒަރު ބަލަން ހުރި އެކަކު އެ ވަގުތު އެނދުމައްޗަށް އަރާ ނަދާގެ ދެ އަތުގައި ހިފެހެއްޓިއެވެ.

“ނޫން… ޕްލީޒް، ޕްލީޒް… ދޫކޮށްލާ… އަޔާ!” އެ މީހުންގެ މަގްސަދު ވިސްނި، ސަލާމަތް ވާނެ ގޮތެއް ނެތުމުން އާދޭސް ކުރަމުން ނަދާ އަޔާޒްއަށް ގޮވާލިއެވެ. ލައިގެން ހުރި ޖީންސްގެ ގޮށްތައް ނައްޓަމުން ނަދާއާ ކައިރިއަށް އެ މީހުންގެ ތެރޭގައި އިސްކޮށް ހުރި މީހާ އައި އިރު ދެން ހުރި މީހާ، ނޭވާ ލާންވެސް ދަތި ވާނެހެން ނަދާގެ އަނގަޔާ ނޭފަތުގައި އަތް އަޅާ ބާރުކޮށްލިއެވެ. އަޑެއް ލައްވާ ނުލެވޭނެ ހެން ނަދާގެ އަނގަ ބަންދު ކޮށްލިހެން އަނެއް މީހާ ނަދާގެ ދެފައި ހަލުވާ ނުލެވޭނެ ހެން ހިފަހައްޓާލިއެވެ.

ދެން ވާ ގޮތް ނުބަލަން ވެގެން ނަދާ ދެ ލޯ މަރާ ބާރުކޮށްލިއެވެ. ނަދާގެ ގައިމައްޗަށް ގުދުވަމުން އެ މީހާ ނަދާގެ ހަށިގަނޑުގައި އަތް ޖައްސާލުމާއެކު ނަދާއަށް ތެޅިގަނެވުނެވެ. ނަދާގެ ދެ ފައިގައި ބާރަށް ހިފާ ދުރުކޮށްލުމާއެކު ނަދާއަށް ހީވީ ހަށިގަނޑުގެ އެތެރެއިން ވީދައިގެން ދިޔަ ހެންނެވެ. ތެޅިގަތުމާއެކު ނަދާގެ އަނގަމަތީ އަލާފައި އޮތް އަތް ދޫވި ވަގުތު ރޮއެ ގަންނަމުން ނަދާއަށް އަޔާޒްގެ ނަމުން ބާރަކަށް ގޮވާލެވުނެވެ.

ކެތް ނުވާ ވަރު ވުމުން ނަދާގެ ލޯ މެރެން އުޅުނެވެ. ނަމަވެސް އެ ވަގުތު ކުއްލިއަކަށް ނަދާގެ ގައިމަތީ އޮތް މީހާގެ ބަރު ލުއި ވިއެވެ. ހަށިގަނޑަށް ދެމުން ދިޔަ އަނިޔާ ހުއްޓުނު ނަމަވެސް ތަދެއް ނުކެނޑެއެވެ. ހިތްވަރުކޮށްފައި ލޯ ހުޅުވާލުމާއެކު އަޔާޒްގެ ސޫރަ ފެނުނެވެ. އެއްޗެއް ބުނެވުމުގެ ކުރިން ނަދާގެ ލޯ މެރުނެވެ.

ކޮޓަރިއަށް ވަދެ ނަދާގެ ގައިމަތީ އޮތް މީހާގެ އިސްތަށިގަނޑުގައި ހިފާ ނެގި ގޮތަށް އަޔާޒް އެ މީހާ ދުރަށް ކޮއްޕާލިއެވެ. އަޔާޒް ފެނުމާ އެކު، ނަދާގެ ދެ އަތުގައި ހިފައިގެން ހުރި މީހާއާ، ދުރުގައި މަންޒަރު ބަލަން ހުރި މީހާ ދުވެފައި ނިކުތެވެ. އަޔާޒް ދުރަށް ކޮއްޕާލި މީހާ ތެދުވެ ލައިގެން ހުރި އެއްޗެހި ރަނގަޅު ކުރަމުން އަޔާޒްއާ ދިމާއަށް ދިޔަ ނަމަވެސް، އެ ވަގުތު މައިހާއާ އަޝްފާން ފެނުމުން ޚިޔާލު ބަދަލުވެ އެ މީހާވެސް ދުވެފައި ނިކުތެވެ. އެ މީހުން ފަހަތުން ދުވެފައި ދާން އުޅުނު އަޝްފާންއަށް ގޭ ދޮރުން ބޭރަށް ނުނިކުމެވެނީސް މައިހާ ބާރަށް ގޮވާލުމުން އަނެއްކާ އެތެރެއަށް ވަނެވެ.

“ނަދާ… ނަދާ…” ނަދާގެ ނޭފަތުންނާ އަނގައިން އައިސްފައި ހުރި ލޭ ފޮހެމުން އަޔާޒް ނަދާގެ ނަމުން ގޮވާލިއެވެ. ނަމަވެސް ނަދާ ލޮލެއް ނުހުޅުވިއެވެ. އެ ވަގުތު ދޮރު މައްޗަށް އެރި މައިހާއަށް އަނގަމަތީ އަތް އަޅާލެވުނީ ނަދާ އޮތް ގޮތް ފެނި، ވީ ގޮތް ވިސްނުމުންނެވެ. އެއާއެކު މައިހާއަށް އަޝްފާންގެ ނަމުން ބާރަށް ގޮވާލެވުނީ އެ ވަގުތު ނަދާއަށް އަޝްފާންގެ އެހީ ބޭނުން ވެދާނެތީއެވެ.

އަޝްފާން ދޮރާ ހަމައަށް ނާންނަނީސް މައިހާ އަޝްފާންގެ އަތުގައި ހިފާ ހުއްޓުވީ، ނަދާ އޮތް ގޮތުންނެވެ.

“ނަދާ…” ނަދާގެ ހާލަށް ކެތް ނުވެގެން އަޔާޒްގެ ލޮލުން ކަރުނަ އައުމާއެކު އަޔާޒް ނަދާ ނަގާ މޭގައި ޖައްސާލިއެވެ.

“މައި!” ނަދާ ދުރަށް ޖައްސާލާފައި ރަޖާގަނޑުން ނަދާގެ ހަށިގަނޑު ފޮރުވާލަމުން އަޔާޒް ގޮވާލިއެވެ.

އަޝްފާން ކައިރީ މަޑުކޮށްލަން ބުނެފައި މައިހާ ކޮޓަރިއަށް ވަނެވެ.

“މައި، ނަދާ ލޮލެއް ނުހުޅުވި…” އަޔާޒް ބުންޏެވެ.

މައިހާ ވަދެ ނަދާ ކައިރީ އިށީނދެފައި ނަދާގެ ވިންދު ބަލާލިއެވެ. ނަރުހެއްގެ ވިސްނުމުން ވިސްނަން ބޭނުންވި ނަމަވެސް އެ ވަގުތު މައިހާއަކަށް އެކަމެއް ނުވިއެވެ.

“އަޔާ، އަޝްފާންއަށް ގޮވަންތަ؟ މި ވަގުތު ނަރުހަކަށް ވުރެ ނަދާއަށް ބޭނުން ވަނީ ޑޮކްޓަރެއްގެ އެހީ” މައިހާ އަޔާޒްގެ ހުއްދައަށް އެދުނެވެ.

އަޔާޒް މަޑުމަޑުން ބޯ ޖަހާލިއެވެ.

މައިހާ ގޮވުމުން އަޝްފާން ވަދެ، ޑޮކްޓަރެއްގެ ހައިސިއްޔަތުން އެ ވަގުތު ކުރެވެން ހުރި ކަމެއް ކުރިއެވެ. ފަނަރަ ވަރަކަށް މިނަޓް ފަހުން އަޝްފާން ކޮޓަރިން ނިކުތީ ދެން ކަންތައް ކުރަން ވީ ގޮތް އަޔާޒްއަށް ކިޔާ ދީފައި، އިތުރަށް ބޭނުން ވާނެ އެއްޗެހި ގަންނަން ދާށެވެ.

އިރުކޮޅެއް ފަހުން ނަދާ ލޯ ހުޅުވާލި އިރުވެސް އޮތީ އަޔާޒްގެ އުނގުގައި ބޯ އަޅައިގެންނެވެ. ލޯ ހުޅުވާލުމާއެކު ނަދާއަށް ރޮވުނެވެ. އަޔާޒް ނަދާ ގެނެސް މޭގައި ޖައްސާލިއެވެ. އިރުކޮޅަކު އަޔާޒްގެ މޭގައި މޫނު ފޮރުވައިގެން އިނދެފައި ނަދާ ދުރަށް ޖެހިލާ، ކަރުނަ އައިސްއައިސް ހުރި ލޮލުން އަޔާޒްގެ މޫނަށް ބަލާލިއެވެ.

“ނަދާ…” އަޔާޒްގެ ދުލުން ނަދާގެ ނަން ބުނެވުމާއެކު ނަދާ ދުރަށް ބަލާލިއެވެ. ދޮރު ކައިރީ ހުރި މައިހާ ނަދާއަށް ފެނުނީ އެ ވަގުތުއެވެ.

ނަދާއަށް ރުޅި އާދެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. މުޅި ހަށިގަނޑުގައި ހުރި ރިހުމަށް ބެލުމެއް ނެތި ނަދާ އަޔާޒްއާ ދުރަށް ޖެހިލިއެވެ.

“ނިކުމޭ!” އަޔާޒްގެ މޭގައި އަތް އަޅާ ދުރަށް ޖެހިލަން މަސައްކަތް ކުރަމުން ނަދާ ބުނެލިއެވެ.

“ނަދާ…” އަޔާޒް ތެދުވެ އެއްޗެއް ބުނަން އުޅުނެވެ.

“ދެ މީހުންވެސް ނިކުމޭ މިތަނުން! މިހާރު ނިކުމޭ!” ނަދާ ބާރަށް ހަޅޭ ލަވައިގަތެވެ.

އެއްޗެއް ނުބުނެ މައިހާ ނިކުމެ ދޮރު ލައްޕާލިއެވެ. ނަމަވެސް އަޔާޒް ހުރިތާ ހުރީއެވެ.

އަޔާޒްއާ ދިމާއަށް ބަލާލާފައި ނަދާ އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުން ނަދާގެ އަނގައިން އާހެއްގެ އަޑު ނިކުތެވެ.

“ނަދާ…” އަޔާޒް ނަދާއަށް އެހީ ވުމަށް ކައިރިއަށް އައެވެ.

“އަތް ނުލާތި!” ނަދާ ބުނެލިއެވެ. އަދި ލޯ މަރާލަމުން އެނދުން ފޭބިއެވެ. ފާހާނާއާ ދިމާއަށް ދާން އަޅާލި ފުރަތަމަ ފިޔަވަޅާ އެކު ނަދާ ވެއްޓުނެވެ.

އަޔާޒް ބަލަން ނުހުރެ އައިސް ނަދާ ނަގާ އުފުލާލަން އުޅުނެވެ.

“އަތް ނުލާށޭ!” މުށިތައް މަތީ ކޭއްތެމުން ކަހަލަ ގޮތަކަށް ނަދާ އަޔާޒްއާ ދުރަށް ޖެހެމުން ބުނެލީ ރޮމުންނެވެ.

“ނަދާ… ލެޓް މީ ހެލްޕް ޔޫ… ޕްލީޒް…” ނަދާ ކައިރީ އިށީންނަމުން އަޔާޒް އެދުނީ ނަދާ އެ ހާލުގައި ވާތަން ބަލަން ހިތަށް ކެތް ނުވުމުންނެވެ.

ދެންވެސް ނަދާ ޖެހުނީ ދުރަށެވެ. ލޯ މަރާލަމުން ނަދާ ތެދުވިއެވެ. ދެފައި މައްޗަށް ކޮޅަށް ހުރުން އެކަނިވެސް ނަދާއަށް ވީ ކެތް ކުރަން ދަތި ވޭނަކަށެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ދެ އަތުން ރަޖާގަނޑުގައި ހިފާ ބާރުކޮށްގެން ނަދާ ހިނގާފައި ގޮސް ފާހާނާއަށް ވަދެ ދޮރު ލައްޕާލިއެވެ. ފެން މާގަނޑު ދޫކޮށްލާފައި ނަދާ ގައިގައި އޮތް ރަޖާ ދޫކޮށްލާފައި މުށިތައް މަތީ އިށީނެވެ.

އެހެން އިނދެ ރޮމުން ދިޔައިރު ނަދާގެ ލޮލުން އައި ކަރުނަ ފެނާ އެކުވެ ފައިބަމުން ދިޔައެވެ. ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔަ އިރު، އެތައް ޝަކުވާއެއްއްވެސް އެ ހިތުގައި އުފެދެމުން ދިޔައެވެ.

އެހެން ނަދާއަށް އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ދޮރުގައި ޓަކި ޖަހާލުމުން ނަދާ ސިހިފައި ބަލާލިއެވެ.

“ނަދާ…؟” އަޔާޒްގެ އަޑު އިވުނެވެ.

އަޔާޒްގެ އަޑުވެސް އަހަން ބޭނުން ނުވެފައި އިން ނަދާ، ދެ ކަންފަތުގައި އަތް އަޅާ ބާރު ކޮށްލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ފާރުގައި ހިފަހައްޓައިގެން ނަދާ ތެދުވިއެވެ. މާގަނޑު ބަންދު ކޮށްފައި ދޮރުފަތުގައި އަޅުވާފައި އިން ތުވާލި ގައިގައި އޮޅާލައިގެން ނަދާ ނިކުތް އިރު ދޮރުމަތީ އަޔާޒް ހުއްޓެވެ.

ހަށިގަނޑުގެ ބޮޑު ބައި ހާމައަށް ހުރި އިރު އަޔާޒްގެ ކުރިމަތީ އެހެން ހުންނަން ނަދާއަށް އުނދަގޫ ވި ނަމަވެސް ގައިގެ އެކި ހިސާބުގައި ހުރި ރިހުމުގެ ސަބަބުން ނަދާއަށް އެހެން ކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އަލަމާރި ކައިރިއަށް ނަދާ ދިޔައީ އެއް އަތުން ތުވާލީގައި ހިފަހައްޓައިގެން، އަނެއް އަތް ފާރުގައި ޖައްސަމުން ކުޑަކޮށް ގުދުވެލައިގެން ހުރެއެވެ. ކޮންމެ ފިޔަވަޅެއް ނެގުނީ އެހާ ވޭނާ އެކު ނަމަވެސް އަނގައިން އަޑެއް ލައްވާ ނުލެވޭތޯ މަސައްކަތް ކުރަމުން ދިޔަ ނަދާއަށް އަލަމާރިއާ ހަމައަށް ދެވުނު އިރު ހުރީ ރޮވިފައެވެ.

“ނަދާ…” ނަދާގެ ފަހަތުން އައިސް އަޔާޒް ގޮވާލީ، ނަދާ ހުއްޓިފައި މޫނުގައި އަތް އެޅުމުންނެވެ.

“އެއްޗެހި ލާން ވެއްޖެ…” މޫނު ފޮހެލާފައި ނަދާ ބުނެލީ އަޔާޒްއާ ދިމާއަށް ބަލާވެސް ނުލައެވެ. ނަދާ އެ ބުނީ ކޮޓަރިން ނިކުންނަން ކަން އެނގުނު ނަމަވެސް އަޔާޒް ދުރަކަށް ނުދިޔައެވެ.

ދެވަނަ ފަހަރަށް ނުބުނެ ނަދާ އަލަމާރިން ލާނެ އެއްޗެހި ނަގައިގެން އެނބުރުނެވެ. އެ ވަގުތު އަޔާޒް ދެ އަތް މައްޗަށް ނަދާ އުފުލާލައިގެން ގޮސް އެނދުގައި ބޭންދިއެވެ. ނަދާގެ ހުއްދަ ހޯދުމަކާ ނުލާ އަޔާޒް ނަދާ އަތުން ކުރުތާ އަތުލައިގެން ނަދާގެ ބޮލާ ދިމާއަށް ދިއްކޮށްލީ އެއްޗެހި ލުމަށް ނަދާއަށް އެހީ ވެދޭށެވެ. ނަމަވެސް އަޔާޒްގެ އެހީއަށް ދެކޮޅު ހަދަމުން ނަދާ އަޔާޒް އަތުން ކުރުތާ އަތުލިއެވެ.

“ދުރުގަ ހުރޭ، ކައިރި ނުވާތި! ދުރަށް ދޭ!” އަޔާޒްއާ ދިމާއަށް ބަލާލަމުން ނަދާ ބުނެލީ ރޮމުންނެވެ. އަޔާޒްއަށް އެއްޗެއް ނުބުނެވުނެވެ. ބުނާނެ އެއްޗެއް ވިސްނުމަކަށް ނުވެސް އައެވެ. ނަދާއާ ދުރަށް ދެތިން ފިޔަވަޅު އަޅާލާފައި ބަލަން ހުއްޓާ ނަދާ އެނދުގައި އޮށޯވެ މޫނުގައި ބާލީސް އަޅާލިއެވެ. އެހެން ނަމަވެސް ރުއިމުގެ އަޑެއް ނަދާއަކަށް ސިއްރެއް ނުކުރެވުނެވެ. ނަދާ ބާރަށް ރޮމުން ދިޔަ އިރު އެ ރުއިމުގެ އަޑުން އަޔާޒްގެ ހިތް ކުދިކުދި ވަމުން ދިޔަ ކަމެއް ނަދާއަކަށް ނޭނގެއެވެ. މޫނުގައި އަތް އަޅާލަމުން އަޔާޒް ލޯ މަރާލީ ލޮލުން އައި ކަރުނަ ހުއްޓުވާށެވެ. ނަދާއަށް ޓަކާ ހިތް ރޮމުން ދިޔަ ނަމަވެސް އެ ވަގުތު ނަދާއަށް ކޮށްދެވޭނެ ކަމެއް ނެތުމުން އަމިއްލަ ނަފްސު ދެކެވެސް އަޔާޒް ފޫހިވިއެވެ. މޫނުން އަތް ނަގާ ލޯ ފޮހެލާފައި އިރުކޮޅަކު ނަދާއަށް ބަލަން ހުރެފައި އަޔާޒް އަލަމާރިން ރަޖައެއް ނަގައިގެން އައިސް ނަދާގެ ގައިގައި އަޅާލިއެވެ. ދެންވެސް ބަލަން ހުރެވުނީއެވެ. ރޮމުން ދިޔަ ނަދާ ރަޖާގަނޑު ދަށުގައި އިތުރަށް ބޮނޑިވެލިއެވެ.

ނަދާ ބޭނުން ވަނީ އަޔާޒް ކޮޓަރިން ނިކުތުން ކަން އެނގޭ އިރުވެސް ނިކުންނާކަށް އަޔާޒް ބޭނުމެއް ނުވިއެވެ. އަޔާޒްއަށް ނަދާ އެންމެ ބޭނުން ވީ ވަގުތު ކައިރީގައި ނުހުރެވުނު އިރު ދެން އެތާ ހުރުމުގެ ބޭނުމެއް ނެތް ނަމަވެސް އަޔާޒް ހުރީއެވެ.

އަޔާޒްގެ ސަބަބުން ނަދާއަށް އެ ލިބުނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ހުރިހާ ގޮތަކުންވެސް ނަދާ ހުރީ އަޔާޒްގެ ބެލުމުގެ ދަށުގައެވެ. އަޔާޒް އެއީ ނަދާގެ ފިރިމީހާއެވެ. ވީ އިރު ނަދާއާ މެދު އަޔާޒްއަށް އެހާ ފަރުވާ ކުޑަ ކޮށްލެވުނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އަޔާޒްއަށް އެންމެ މުހިންމު ވާން ޖެހޭނީ ނަދާގެ ރައްކާތެރިކަން ނޫން ހެއްޔެވެ؟ ވީ އިރު، ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ވިޔަސް ނަދާ ގޭގައި އޮއްވާ ދޮރު ތަޅު ނުލާ އަޔާޒް ދިޔައީ ކީއްވެ ހެއްޔެވެ؟

ނަދާއަށް އެހެން އެ ދިމާވީ އަޔާޒްގެ އިހުމާލުން ކަން ހިތަށް އެރުމާއެކު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ވަރުން އަޔާޒްއަށް ހުރި ތަނަށް ތިރިވެވުނެވެ. ލޯ މަރާލުމާ އެކު ފިލްމެއްގެ މަންޒަރެއް ހެން ސިފަ ވެގެން އައީ، އަޔާޒް ކޮޓަރިއަށް ވަން އިރު ނަދާ އޮތް ގޮތެވެ. ހިތަށް ތަދު ވެގެން ގޮސް ކެތް ނުވާ ވަރު ވުމުން އަޔަޒް މުށްކަވާލި އަތުން ތިން ހަތަރު ފަހަރަށް މޭގައި ޖަހާލިއެވެ.

ދޮރުގައި މަޑު މަޑުން ޖަހާލި އަޑު އިވުމުންވެސް އަޔާޒް އިން ގޮތަށް އިނީއެވެ. މައިހާ ދޮރު ހުޅުވާލަމުން އަޔާޒްއަށް ގޮވާލިއެވެ.

އަޔާޒް ތެދުވީ ދެ ފަހަރަކު މައިހާ ގޮވާލުމުންނެވެ.

“އަޝްފާން ބުނީ ނަދާއަށް މި ބޭސް ދޭށޯ” އަތުގައި އޮތް ދެ ގުޅަ ބޭހާއެކު ފެންތައްޓެއް ދިއްކޮށްލަމުން މައިހާ ބުންޏެވެ.

އަޔާޒް މައިހާ ދިން ބޭސް ހިފައިގެން އައިސް އެނދުގެ އެއް ފަރާތުން އިށީނދެ، ސައިޑް ޓޭބަލް މަތީ އެ އެއްޗެހި ބެހެއްޓިއެވެ.

“ނަދާ…” އަޔާޒް ގޮވާލިއެވެ. ނަމަވެސް ނަދާ އެ އަޑު އިވޭ ކަމަކަށް ނުހެދިއެވެ.

“ނަދާ…” ނަދާގެ ކޮނޑުގައި އަތް ޖައްސާލަމުން އަނެއްކާވެސް އަޔާޒް ގޮވާލިއެވެ.

“ގައިގަ އަތް ނުލާށޭ!” ނަދާ ބުނެލި އަޑު އިވުނެވެ.

“މި ބޭސް ކާލައިގެން އޮވޭ، އޭރުން އުނދަގުލެއް ނުކުރާނަން” އަޔާޒް އެދުނެވެ.

“ބޭނުމެއް ނޫން” ނަދާ ޖަވާބު ދިނެވެ.

“ޕްލީޒް ނަދާ…” އަޔާޒް އަނެއްކާވެސް ބުންޏެވެ.

“ބުނެފީމެއްނު ނުކާނަމޭ؟ ކީއްވެތަ ބުނާ އެއްޗެއް އަޑު ނީވިގެން ތި އުޅެނީ؟ އަޔާއާ މައިހާއާ ދެ މީހުން ބޭސްކައިގެން ތިބެބަލަ، އަހަންނެއް ނުކާނަން” ނަދާ ބޯ ހިއްލާލަމުން އަޔާޒްއާ ދިމާއަށް ބަލާލާފައި ބުނެލިއެވެ.

ނަދާ އަނެއްކާވެސް މޫނުގައި ބާލީސް އަޅާ މޫނު ފޮރުވާލިއެވެ. ހަދާނެ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުރެފައި އަޔާޒް ސައިޑް ޓޭބަލް މަތީ ބޭހާ ފެންތަށި ބަހައްޓާފައި އައިސް ސޯފާގައި އިށީނެވެ. ނަދާއާ ދިމާއަށް ބަލަން އިނދެފައި އަޔާޒް ދެ އަތުން މޫނު ފޮހެލުމާއެކު އިސްތަށިގަނޑު ތެރޭ ދެ އަތް ތިލަ ހިންގާލިއެވެ. ލޯ މަރާލަމުން ސޯފާގައި ބޯ ޖައްސާލައިގެން އޮތް އިރު އަޔާޒްގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ.

އަޔާޒް ދަމުން ދޮރު ތަޅު ލާފައި ދެވުނު ނަމައޭ ހިތަށް އެރިއެވެ. ތިރިއަށް ގޮސްފައި މަޑު ނުކުރެވުނު ނަމައެވެ. އެރޭ މައިހާ އެ ގެޔަށް ނައި ނަމައެވެ. ފޯން ބަލާ މައްޗަށް އައުމަށް މައިހާ ގާތު ބުނެވުނު ނަމައެވެ.

ހައްތަހާވެސް ނަމައެވެ. އެރޭގެ ހާދިސާއިން ސަލާމަތް ވެވިދާނެ އެތައް ގޮތެއް ވިސްނަމުން ދިޔަ ނަމަވެސް އެއަކުން ވާނެ ފައިދާއެއް ނެތެވެ. އަޔާޒް ކިތަންމެ ބޭނުން ވި ނަމަވެސް އެއީ ނުވާ ކަމަކަށް ދެން ނުހެދޭނެއެވެ. ނަދާއަށް އެ އަނިޔާ ނުލިބޭ ކަމަކަށް ނުވާނެއެވެ.

ރޮއެރޮއެ ވަރުބަލި ވެގެން ނަދާއަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. އަޔާޒް ކޮޓަރިން ނުނިކުންނަ ކަން ނަދާއަށް އެނގެއެވެ. އެހެންވެ ބިއްދޮށަށް އެނބުރުނު ގޮތަށް ނަދާ އޮތީއެވެ. ނިދުނު އިރު ބަންގި ނުގޮވާ ކަން ނަދާއަށް އެނގެއެވެ.

މައިހާއާ އަޝްފާން ސިޓިންގރޫމްގައި ތިބީ އަޔާޒް ނިކުމެދާނެ ކަމަށެވެ. ނަމަވެސް އެކެއް ޖަހަން ކައިރި ވުމުން އަޝްފާން ދާން ތެދުވިއެވެ. މައިހާވެސް ދަބަސް ހިފައިގެން ތެދުވިއެވެ.

“މައި މަޑުކޮށްލަން ވީނު؟ ފަހަރެއްގަ އަޔާއަށް ނޫނީ ނަދާއަށް މައިގެ ހެލްޕެއް ބޭނުން ވެދާނެ” އަޝްފާން މައިހާގެ ކޮނޑުގައި ހިފާލަމުން ބުންނެވެ.

“އަޝްފާންއަށް އޯކޭތަ؟” މައިހާ އަހާލިއެވެ.

“އާނ، އަހަރެން ގެޔަށް ގޮސް މަންމަ ކައިރީ ބުނާނަން މައިގެ ފްރެންޑަކަށް ކަމެއް ދިމާ ވެގެން މަޑުކޮށްލަން ޖެހުނީއޭ، އޯކޭނު؟ ވާނުވާ އަންގާލާތި އިނގޭ. ދެން ދާންވީމަ ގުޅާލާ، އަހަރެން އަންނާނަން ބަލާ” މައިހާގެ މޫނުގައި ދެފާރާތުން ހިފާލަމުން އަޝްފާން އެހެން ބުނެފައި މައިހާގެ ނިތްކުރިއަށް ބޮސްދީފައި ނިކުތެވެ.

އަޝްފާން ނިކުތުމުން ދޮރު ތަޅުލާފައި އައިސް މައިހާ ސޯފާގައި އިށީނެވެ.

ފަތިސް ނަމާދަށް ބަންގި ގޮވަން ފެށި އިރު ސޯފާގައި އޮށޯވެލައިގެން އޮތް ނަމަވެސް މައިހާ އޮތީ ނުނިދިފައެވެ. ބަންގި ގޮވުމުން ތެދުވީ ނަމާދު ކޮށްލަން ވެގެންވެވެ. ނަމަވެސް ފާހާނާއަށް ވަދެލަން ބޭނުން ވާތީ މަޑުކޮށްލައިގެން އިނީ އަޔާޒް ތެދުވި ކަމެއް ނޭނގޭތީއެވެ. އެހެން އިނދެފައި ހައެއް ޖަހަން ކައިރި ވުމުން އެންމެ ފަހުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީ މަޑުންނެވެ.

ފަތިސް ވީ އިރުވެސް އަޔާޒް އިނީ އެހެންނެވެ. ނަދާ އޮތީ ނިދާފައި ކަމެއް ނޫނީ ހޭލާ ކަމެއް އަޔާޒް އަކަށް ނޭނގެއެވެ. ނަދާއާ ދިމާއަށް ބަލަހައްޓައިގެން އިން އަޔާޒް ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ.

“ވުޟޫ ކޮށްލަން ވެގެން…” އަޔާޒް އައިސް ދޮރު ހުޅުވާލުމުން މައިހާ ބުންނެވެ.

އަޔާޒް ބޯ ޖަހާލުމުން މައިހާ ވަނެވެ.

މައިހާ ކޮޓަރިން ނިކުތުމުން އަޔާޒްވެސް ނަމާދު ކޮށްލިއެވެ. ނަމާދުން ނިމިގެން އަޔާޒް އެނދާ ކައިރި ވެލާފައި ނަދާގެ މޫނަށް ބަލާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި އަޔާޒް އެނދުގެ މަގަތުން އިށީނެވެ. ނިދި އައިސްފައި ހުރި ވަރުން އަޔާޒްއަށް އެނދުގައި އޮށޯވެވުނީ އަދި ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

ނަދާއަށް ލޯ ހުޅުވާލެވުމާ އެކީ ފެނުނީ އެނދުގައި ނިދާފައި އޮތް އަޔާޒްއެވެ. ސިހިފައި ނަދާއަށް މޭގައި އަތް ޖައްސާލެވުނީ އަޔާޒް އެހާ ކައިރީގައި އޮތުމުންނެވެ. އެހެން އޮވެފައި އަނެއް ފަރާތަށް އެނބުރުނީ ރޭގެ ކަންތައް ހަނދާން ވުމުންނެވެ. އިޚްތިޔާރަކާ ނުލާ ނަދާއަށް ރޮވުނެވެ. އަޔާޒްއާ މެދު ހިތް ޝަކުވާއިން ފުރިގެން އައެވެ.

22

މޫނު ފޮހެލާފައި ނަދާ އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ގައިގެ އެތަން މިތަނުގައި ހުރި ރިހުން ރެއަށް ވުރެ ގަދަވެފައި ވުމުން ތެދުވަން ނަދާއަށް އުނދަގޫ ވިއެވެ. އަނގައިން އާހެއްގެ އަޑު ނިކުތީ ވީ ތަދުންނެވެ.

އެ މަޑު އަޑާއެކު އަޔާޒް ފުންމައިގެން ތެދުވިއެވެ.

“ނަދާ، ކިހިނެއްވީ؟” އެނދުގައި ދެ އަތް ޖައްސައިގެން ގުދަށް އޮތް ނަދާގެ ކޮނޑުގައި ހިފާލަމުން އަޔާޒް އެހިއެވެ.

ނަދާ ޖަވާބެއް ނުދީ އަޔާޒްގެ އަތް ފޮޅުވާލަމުން ތެދުވެ ސީދާ ވެލިއެވެ. އަދި ގައިގައި އޮޅާލާފައި އޮތް ތުވާލި ބާރުކޮށްލަމުން ކޮރަމުން ކަހަލަ ގޮތަކަށް ގޮސް ފާހާނާއަށް ވަނެވެ. ގޮތް ހުސްވެފައިވާ މީހެއް ހެން އަޔާޒް ބަލަން ހުއްޓެވެ.

މޫނު ދޮވެ ހަދައިގެން ނަދާ ނިކުތް އިރުވެސް އަޔާޒް ހުރިތާ ހުއްޓެވެ. އަލަމާރި ކައިރިއަށް ގޮސް އެއްޗެހި ނަގައިގެން ނަދާ އެނބުރި އަޔާޒްއާ ދިމާއަށް ބަލާލީ ކޮޓަރިން ނިކުންނާށޭ ބުނާ ކަހަލަ ގޮތަކަށެވެ.

އަޔާޒްއަށް ވިސްނުނެވެ. މަޑުމަޑުން ގޮސް ކޮޓަރިން ނިކުމެ ދޮރު ލައްޕާލާފައި ދޮރު ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

“ނަދާ ހޭލީތަ؟” ސޯފާގައި އިން މައިހާ އަހާލިއެވެ.

އަޔާޒް ހަމަ އެކަނި ބޯ ޖަހާލިއެވެ.

މައިހާ ތެދުވެގެން ބަދިގެއަށް ވަނީ ސައި ހަދާށެވެ.

ފަސް ވަރަކަށް މިނަޓް ވުމުން އަޔާޒް ދޮރު ހުޅުވާލާފައި ވަނެވެ. އޭރު ނަދާ ޑްރެސިންގ ޓޭބަލް ކައިރީ އިނެވެ. އަޔާޒް ފާހާނާއަށް ވަދެ ފެން ވަރައިގެން ނިކުތް އިރު ނަދާ އިނީ އެ ދިގު އިސްތަށިގަނޑު ގަތާށެވެ.

ނަދާ ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔައެވެ. އަޔާޒް އަވަސް ކޮށްލައިގެން ނަދާގެ ފަހަތުން ނިކުތް އިރު މޭޒުމަތީ ސައި ހަދާފައި ހުއްޓެވެ. ކޮފީއާ، ސޭންޑްވިޗްއާ ބިސްގަނޑު ހުރީ ނަދާއާ އަޔާޒްއާ ދެމީހުންނަށެވެ.

“ނަދާ، އާދޭ ސައި ބޯން، ސައި ބޮއެގެން ބޭސް ކައިގެން ދެން އަރާމު ކޮށްލާ” ނަދާ ފެނުމުން މައިހާ ބުންޏެވެ.

މައިހާއާ ދިމާއަށް ބަލާވެސް ނުލާ ނަދާ ލަސްލަހުން ގޮސް ބަދިގެއަށް ވަނެވެ.

“ނަދާ، މައި އެހެރީ ސައި ހަދާފައެއްނު؟ އާދޭ ސައި ބޯން” ނަދާގެ ފަހަތުން ދަމުން އަޔާޒް ބުންޏެވެ.

އަޔާޒްއަށް ވެސް ޖަވާބެއް ދިނުމެއް ނެތި ނަދާ މަގެއް ނަގާ ކަބަޑު މަތީ ބަހައްޓާފައި ކޮފީ ގިރަން ފެށިއެވެ.

“ގެނޭ އަހަރެން އަތަށް” އަޔާޒް އައިސް ނަދާ އަތުގައި އޮތް ސަމްސާ އަތުލަން އުޅުނެވެ. ނަމަވެސް ނަދާ އަތް ދަމައިގަތް އިރަށް ނަދާގެ އަތުން ޖެހި މަގު ވެއްޓުނެވެ. ނަދާ ތިރިވީ މަގު ނަގާށެވެ. އެ ވަގުތު ބޮލަށް އެނބުރުން އެރުމާއެކު ނަދާ ވެއްޓެން ދިޔައެވެ. ކައިރީގައި ހުރި އަޔާޒް ނަދާގެ ނަމުން ގޮވާލުމާއެކު ނަދާ ހިފެހެއްޓިއެވެ. މައިހާވެސް ކައިރިއަށް އައެވެ.

އަޔާޒްގެ އަތު ތެރޭން ނިކުންނަން ނަދާ ގަދަ ހަދާލިއެވެ. ނަމަވެސް އަޔާޒް ދުލެއް ނުކުރިއެވެ. ރުޅި އައިސްފައި ހުރި ނަދާ ދެ އަތުން އަޔާޒްގެ މޭގައި އަޅާ ކޮއްޕާލިއެވެ.

“ދެންމެވެސް ކިރިޔާ ނުވެއްޓުނީ، އަހަރެން ނަދާ ކޮޓަރިއަށް ގެންގޮސްދީފާނަމޭ” އަޔާޒްވެސް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“ކިހިނެއް ވެގެންތަ ތި އުޅެނީ؟ އަހަންނަކީ ނުކުޅެދޭ މީހެއް ނޫނޭ، އަހަންނަށް އަމިއްލައަށް ހިނގާފަ ދެވޭނެ، އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫން” ކަބަޑުގައި ލެނިލަމުން ނަދާ ބުންޏެވެ.

“ތިހެން ބުންޏަކަސް ދެންމެވެސް އަނބުރައިގަނެގެން ނުވެއްޓުނީ ކިރިޔާ، އަހަރެން ކިހިނެއް ތިހެން ނަދާ އުޅެން ދޫކޮށްލާނީ؟” އަޔާޒް އެހިއެވެ.

އެއާއެކު ނަދާ ކައިރިއަށް އައީ ރުޅިއެވެ.

“މި ހުރިހާ ދުވަހު ދޫކޮށްގެން ހުރިހެން ހުންނާނީ. މިވީ ދިހަ މަސް ތެރޭ އަޔާ ބެލިންތަ އަހަރެން އުޅުނު ގޮތެއް؟ އަހަރެން އުޅެނީ ބަލިވެތޯ، އަހަރެން ހުރީ ކައިގެން ތޯ އެއްފަހަރުވެސް ބަލާލިންތަ؟ މިއަދު ކޮން ކަމެއް ވެގެންތަ އަހަރެން އެކަނި ފިޔަވަޅެއްވެސް އެޅިޔަ ނުދޭން ތިއުޅެނީ؟

އަޔާއާ ކައިވެނި ކުރީ އަހަންނަށްވެސް އެހެން ގޮތެއް ނެތިގެން. އަޔާއަށް އެކަންޏެއް ނޫން މަޖުބޫރު ވީކީ. އަޔާއަށް ވުރެ ބޮޑަށް އަހަންނަށް މަޖުބޫރު ވީ. ކިތައް ދުވަސް ވަންދެން، ކިތައް ފަހަރު އަހަރެން އަޔާއަށް ގުޅިންތަ؟ ކިތައް މެސެޖް ކުރިންތަ؟ އެއް ފަހަރުވެސް އަޔާ ފޯނަށް ޖަވާބު ދިނިންތަ؟ މެސެޖަކަށް ޖަވާބު ދިނިންތަ؟ އެއް ފަހަރުވެސް ހިތަށް އެރިތަ އަހަންނަށްވެސް މަޖުބޫރު ވެދާނެޔޭ؟

ކުޑަ އިރުން ފެށިގެން އެކީގަ އުޅެ ބޮޑުވި އިރު އަޔާއަށް އަހަންނާ މެދު އެ ވަރުގެ ކަމެއްވެސް ނޭނގުނު، ފުރަތަމަވެސް ނިންމީ ހުރިހާ ކަމެއް ގޯސް ކުރީ އަހަރެން ކަމަށް. ބޭބެ އެ ވާހަކަ ފެށީ އަހަރެން އެއްޗެއް ކިޔައިގެން ކަމަށް.

މަންމަ ކަންތައް ކުރާ ގޮތް އެންމެ ރނަގަޅަށް އެނގޭނެ އަޔާއަށް. ދޮންތަ ގެޔަށް އައި ދުވަހުވެސް، ފަހުން ޝާމިލް އައި ދުވަހުވެސް މަންމަގެ ވާހަކަ ހުރި ގޮތް އެނގޭނެ އަޔާއަށް.

އަހަންނެއް ނޫން، މަންމައެއްވެސް ނޫން ފުރަތަމަ އަހަންނާ އަޔާގެ ކައިވެނީގެ ވާހަކަ ދެއްކީ، ބޭބެ އެ ވާހަކަ ފެށީ. އަހަރެން ކައިރީ ނުވެސް ބުނެ ބޭބެ ފުރަތަމަ އަޔާއާ ވާހަކަ ދެއްކީ، އަހަންނަށް އެނގުނީވެސް އަޔާ އެއްބސް ވީ ފަހުން. އަޔާ އެއްބަސް ވި ވާހަކަ ބުނީމަ އަހަންނަށް ގަބޫލެއް ނުކުރެވުނު. އެހެންވެ އެ ވަރަށް އަޔާއަށް ގުޅީ. އެންމެ ފަހުން މައިއާ ދެ މީހުން ވަކިވާން އެއްބަސް ވެގެން ބޭބެ ބުނާ ގޮތެއް ހަދަން އަޔާ ނިންމީ ކަމަށް އަހަރެން ހީކުރި، އެވެސް އެ ދުވަހު އަޔާއާ ގުޅުނީމަ، އަޔާ ގަބޫލެއް ނޫނޭ ހީވާ ކަހަލަ އެއްވެސް އެއްޗެއް އަޔާ ނުބުނީމަ.

ބޭބެ ބުނީތީ ދެކޮޅު ނަހަދަން ވެގެން އަޔާ އާނއެކޭ ބުނެފަ، ހުރިހާ ކަމެއް އެޅުވީ އަހަރެންގެ ބޮލުގަ. އަޔާ ހީކުރީ އަހަރެން އެއްޗެއް ކިޔައިގެން ކަމަށްތަ ބޭބެ އެ ވާހަކަ ދެއްކީ؟ ކިތައް އަހަރު އަހަންނަށް އަޔާއާ މައިހާގެ ކަންތައް އެނގޭތާ؟ އަހަރެން އެއްޗެއް ބުނިންތަ؟ އަޔާ މައިހާ ދެކެ ލޯބިވާ ވަރު އަހަންނަށް އެނގޭ އިރު އަހަރެން ކީއްކުރަން ބޭބެ ކައިރީ ފާޑުފާޑުގެ ވާހަކަ ދައްކަންވީ؟ އަހަރެން އަޔާއާ އިންނަން ބޭނުން ވާންވީ އޭރުތަ؟

މި ގެޔަށް ބަޔަކު އަންނަ ކޮންމެ ދުވަހަކު ހިނިއައިސް ހުރެ އަހަރެން ކައިރި ކޮށްގެން އަޔާ ދައްކާ ޑްރާމާތަކުގަ އަހަރެން ބައިވެރިވީ އަޔާއަށް ޓަކާ، އެއްވެސް މީހަކަށް އެއްވެސް ކަމެއް ނާންގާށޭ ކިޔާފަ އަޔާ ކޮންމެ ދުވަހަކު އަހަންނަށް އިންޒާރު ދޭ އިރު އަޔާ ހީކުރީތަ އަހަރެން އެއްވެސް މީހަކަށް މި ކަންތައް އަންގަން ބޭނުން ވާނެޔޭ؟ އެ ހުރިހާ ދުވަހު އަހަރެން އަޔާ ބުނިހާ ގޮތަކަށް ކަންތައް ކުރީ އަޔާއާ ދިމާއަށް އެއްވސް މީހަކު އެއްޗެއް ބުނަން ބޭނުން ނުވާތީ.

އަހަރެން ބޭނުމެއް ނޫން އެ ގޮތަށް އުޅޭކަށް، އަހަރެން ބޭނުން ވީ ދެ މަފިރިން ހެން އުޅޭކަށް ނޫން، ހަމަ އެކަނި ރައްޓެހިކަން އަހަރެން އަބަދުވެސް އަޔާގެ ފަރާތުން ބޭނުން ވީ. އެކަމަކު އަސްނާމެން އައި ރޭ އަޔާ…”

އެ ރޭގެ މަތިން ހަނދާން ވެފައި ނަދާއަށް ރޮވުނެވެ. މޫނުމަތީ ދެ އަތް އަޅާލަމުން ނަދާ ތިރިވެ މުށިތައް މަތީ އިށީނެވެ.

“އަހަރެން އެރޭ ބުނިހާވެސް އެއްޗަކީ އަހަރެން އަޔާގެ ފަރާތުން ތި ނަފްރަތަށް އުންމީދު ނުކުރާ ވާހަކަ. އެކަމކު އަޔާ ނެގީ ކޮން މާނައެއް؟ އަޔާ ހީކުރީ އަހަރެން ބޭނުން ވީ އަޔާއާ އެކީ ދެ މަފިރިން އުޅޭ ހެން އުޅެން ކަމަށްތަ؟ އެހާވެސް ގޮތެއް ނެތް މީހަކަށް އަޔާ އަހަރެން ހަދާލީ. އަހަރެން ބޭނުން ވާ ކަންތައް ކޮށްދޭށޭ ކިޔާފަ އަޔާ…

މިއަދު ކޮން ކަމަކާތަ އަޔާ ދެރަ ވެގެން ތި އުޅެނީ؟ އެރޭ އަޔާ އަހަންނަށް ދޭން އުޅުނު އަނިޔާއެއް ނޫންތަ ރޭގަ އެހެން ބަޔަކު އައިސް އެ ދިނީ؟ އަޔާ ކުރަން އުޅެފަ ނުކޮށް ދިޔަ ކަމެއްނު އެ މީހުން އެ ކުރީ؟ ދެން އަޔާ ވާންވީ އުފަލެއްނު؟ ބާރު ބާރަށް އަހަންނާ ދިމާއަށް ކިޔަން ވީނު އަހަރެން ބޭނުން ވެގެން އުޅުނު ކަންތަކޭ އެވީ؟

އަޅެ އަހަރެން މީ އިންސާނެއް ކަމަށްވެސް އަޔާ ނުދެކެންތަ؟ މައިހާ ކަހަލަ އަންހެން ކުއްޖެކޭ އަހަންނަކީ. އަޔާ ދާނަންތަ މައިހާ އެކަނި ނިދަން އޮއްވާ ގޭ ދޮރު ތަޅު ނުލާ؟ މައިހާ ގުޅާލީތީ އަޔާ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފަ ދިޔަ އިރު އަހަންނާ މެދު ކުޑަކޮށްވެސް ވިސްނާ ނުލާ.

އެކަމަކު ރަނގަޅޭ. އަޔާ ކީއްކުރަން އަހަންނާ މެދު ވިސްނަންވީ؟ އަޔާއާ މައިހާގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާފަ ވިއްޔަ އަހަރެން މިހިރީ. އެ ކުށަށް އަހަންނަށް ކޮންމެ ސަޒާއެއް ލިބުނަސް އެވަރުވެސް ކުޑަ ވާނެ. އެހެން ވީމަ ރަނގަޅަށް އެވީ. މީ ހަމަ އަހަންނަށް ވާންވީ ގޮތް. މި ވަރުވެސް އަދި ކުޑައީ. އަޔާ އަދި ބައި ގަޑި އިރު ކޮށްފަ އައި ނަމަ ދެން ތިބި ދެ މީހުންވެސް އަހަރެންގެ ބޭނުން ކޮށްލީސް. އޭރުން ފަހަރެއްގަ އަހަންނަށް ހައްގު އަދަބު ލިބުނީ ކަމަށް ވެދާނެ”

ނަދާ އެ ވަރަށް ބުނުމާ އެކު އިސް ޖަހައިގެން ނަދާ ކައިރީ އިން އަޔާޒްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަޔާޒް މޫނު ފޮހެލަމުން ލޯ މަރާ ބާރު ކޮށްލިއެވެ. ނަދާގެ ވާހަކަ އަޑު އަހަމުން ދިޔަ ވަރަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ވަރުން އަޔާޒްއަށް ނަދާއާ ދިމާއަށް ބަލާލަންވެސް ނުކެރުނެވެ.

“އަހަރެން  ވަރިއަށް އެދުނީ އަޔާއާ ބޭބެގެ މެދުގަ މައްސަލަތަކެއް ޖައްސާކަށެއް ނޫން، އަޔާއަށް މައިހާއާ ކައިވެނި ކުރަން ފުރުސަތު ހޯދަދެން ވެގެން، އެކަމަކު އެހެން ބުނެގެންވެސް އަޔާ ހީކުރީ އަހަރެން އުޅުނީ އަޔާއާ ބޭބެއާ ޖައްސަން ކަމަށް. ފަހުން ދެ އަނތްބަށް މައިހާއާ ކައިވެނި ކުރާށޭ ބުނީމަވެސް އަހަރެން ގޯސް ވީ. އަޔާ ހީކުރީތަ އަހަރެން އެހެން ބުނީ އަހަންނަށް ވުރެ މައިހާ ދަށްކޮށްލަން ވެގެންނޭ؟ އެ ނޫން ގޮތަކަށް އަޔާއަށް އަހަންނާ މެދު ހީވެސް ނުވެސް ކުރެވޭނެ. އަހަރެން މޮޔަ ކަމުން ދެންވެސް އަޔާއާ މައިހާ ގުޅުވަން މަސައްކަތް ކުރެވުނީ. އަހަރެން ހިއެއް ނުކުރަން އަހަރެން އެ ގޮތަށް ބުނާ ކޮންމެ އެއްޗަކުންވެސް އަޔާ އަހަރެން ދެކެ އިތުރަށް ރުޅި އަންނާނެ ކަމަކަށް.

އެރޭވެސް ދެމީހުން އެކީގަ އުޅެން މަސައްކަތް ކުރެވިދާނެ ވާހަކަ އަހަންނަށް ބުނެވިގެން އަޔާ އަހަންނަށް ހަދަން އުޅުނު ގޮތް… އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ އަޔާ ތީ އެ ކަހަލަ ކަމެއް ކޮށްފާނެ މީހެއް ކަމަކަށް. ތީ މި ދުނިޔޭގަވެސް ހުރި އަހަރެން އެންމެ އިތުބާރު ކުރާ މީހާ. އެރޭވެސް އަހަރެން އަޔާ ދެކެ ބިރެއް ނުގަނޭ… އެކަމަކު އެރޭ އަޔާ އައީ މައިހާ ގޮވައިގެން. އަހަރެން ކުރިމަތީ އަޔާ ބޭނުން ވީ މައިހާ ގޮވައިގެން އުޅެން.

އަހަންނަށް ފެނުނޭ އަޔާގެ އުފަން ދުވަހުގެ ރޭ އަޔާގެ އުނގަށް މައިހާ ލައިގެން އުޅުނު ގޮތް. އަޔާއާ މައިހާ ހީކުރީތަ އަހަންނަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް؟ އެހެން ވެގެން އަހަރެން ބުނީ އަޔާ މައިހާއާ އިންނާށޭ. އެކަމަކު އަޔާ ހީކުރީ ކީކޭ؟ އަޔާ ބޭނުން ވަނީ ކައިވެންޏެއް ނުކޮށް އެ ހުރިހާ ގޮތަކަށް މައިހާއާ އެކީ އުޅެންތަ؟ އެއީ ދޯ ރީތި ގޮތަކީ؟

އަހަރެން މީ ގޯސް މީހާ، އަހަރެން ކުރާނީވެސް ގޯސް ކަންތައް، އަހަރެން ބުނާ ބަހަކީވެސް ގޯސް ބަސް. އަޔާއާ މައިހާ ކޮށްފޮއްޔާ ކޮންމެ ކަމެއްވެސް ރަނގަޅު.

އަހަރެން ހާދަ ވަރަކަށް ހިތަށް އަރަޔޭ އަހަންނަށް އެ ދުވަހު އާނއެކޭ ނުބުނެވުނު ނަމައޭ… މަންމަ އެ ވަރަށް ކީ އިރުވެސް އަހަރެން ނުބުނަމޭ، އެކަމަކު ބޭބެ އައިސް ބުނީމަ އަހަންނަށް ނޫނެކޭ ބުނަން ނުކެރިގެން އާނއެކޭ ބުނީ. ހިތަކަށް ނާރާ އެ ބަހުގެ ނަތީޖާ މި ގޮތަށް އަހަންނަށް ލިބިދާނެއެކޭ.

އަހަރެން ހާދަ ވަރަކަށް އަޔާއަށް ގޮވީމޭ… އެ މީހުން ކައިރީ އަހަރެން އާދޭސް ކުރިން… އަޔާއަކަށް ނޭނގޭނެ އަހަރެން ގޮވި ވަރެއް… އަހަންނަށް ވީ ތަދެއް ނޭނގޭނެ…” ވާހަކަ ނުދެއްކިގެން ނަދާ ހުއްޓާލިއެވެ. ކައިރީގައި އިން އަޔާޒް ނަދާގެ ބޮލުގައި އަތް ޖައްސާލަން އުޅުނެވެ. ނަމަވެސް ނަދާ ދުރަށް ޖެހުނެވެ. އިސް އުފުލާ އަޔާޒްގެ މޫނަށް ބަލާލަމުން ނަދާ ލޯ ފޮލިއެވެ.

“އަހަރެން ހިތަށް އަރާ ކުރާނެ ކަމެއް ކޯށްފަ އަހަރެން މަރާލާފަ އެ މީހުން ދިޔަ ނަމައޭ. އޭރުން އަޔާއަށް އަހަރެންގެ ފަރާތުން ސަލާމަތް ވެވުނީހެއްނު؟ މަންމައަށްވެސް އޭރުން ދެން އަހަރެންގެ އުނދަގުލެއް ނުޖެހުނީހެއްނު؟ އެއް ފަހަރުން އެންމެންނަށް އަހަރެންގެ އުނދަގުލުން ސަލާމަތް ވެވުނީސް އޭރުން” ހިތުގެ އަޑިން ނަދާ ބުނެލިއެވެ.

އެ އަޑު އިވުމުން ކައިރީގައި ހުރި މައިހާއަށްވެސް ކެތެއް ނުކުރެވުނެވެ. ނަދާގެ ވާހަކަ އަޑު އަހަން ރޮވިފައި ހުރި މައިހާގެ އަނގައިން އަޑެއް ލައްވާލެވުނީ، ނަދާގެ އަޑުގައި ހުރި ވޭން އިހުސާސް ކޮށްލެވުމުންނެވެ.

“މައިހާ ކޮން ކަމަކާ ތި ރޮނީ؟ މައިހާވެސް މިއަދު އުފާ ވާންވީ. އަޔާއާ ދެ މީހުން ދޭ ސެލެބްރޭޓް ކުރަން، އަހަންނަށް އެކަށީގެންވާ ވަރުގެ ސަޒާއެއް ލިބުނީތީ އުފާ ކުރަން ދޭ، އަހަރެން ފަހަތުން އަޔާ މިއަދު ދުވާނެ ކަމެއް ނެތް. ދޭ މައިހާއާ ދެ މީހުން އެކަކު އަނެކަކު އުފާ ކޮށްދޭން. އަހަރެން މި ދަނީ ކޮޓަރިއަށް، ދެ މީހުން ކުރާ ކަމެއް ކުރޭ” މައިހާއާ ދިމާއަށް ބަލާލަމުން ނަދާ ބުނެލިއެވެ. އަދި ތެދުވަން އުޅުނެވެ.

ނަދާ ތެދުވަން އުޅުމުން އަޔާޒް ނަދާއަށް އެހީ ވުމަށް އަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް ދެންވެސް ނަދާ އަޔާޒްގެ އެހީއަށް އިންކާރު ކުރިއެވެ.

“އަޔާ، އަހަރެން ގައިގަ އަތް ނުލާތި! އަހަރެން އަޔާގެ އެހީއެއް ބޭނުމެއް ނޫން. އަހަންނަށް ހިނގާފަ ނުދެވުނިއްޔާ މިތާ ދެމެމުން ދިޔަޔަސް އަޔާ އަހަރެން ފަހަތުން އައިސްގެން ނުވާނެ. ކާކަށްވެސް ބޭނުމެއް ނޫން. ބޭހެއްވެސް ބޭނުމެއް ނޫން. މިހެން ހުރެ އަހަރެން މަރު ވެއްޖެއްޔާ އެންމެންނަށްވެސް އެންމެ ރަނގަޅު ވާނީ” އެހެން ބުނެފައި ނަދާ ކަބަޑުގައި ހިފާފައި ތެދުވިއެވެ.

“އަހަންނަށް އެހެން ގޮތެއް ވީހާ އަވަހަކަށް މި ގެއިން ދާނަން. އެހާ ދުވަސް ވަންދެން އަޔާގެ އަނތްބެއްގެ ގޮތުގަ އަހަރެން ހުންނާނީ. އެހެން ނޫނީ މިހާރު އަހަރެން ވަރި ކުރިޔަސް ހެޔޮ. ބޭބެ ކައިރީ ބުނޭ އަހަރެން ބޭނުމެއް ނޫނޭ އަޔާއާ އެކީ އުޅޭކަށް” ބަދިގެއިން ނިކުންނަމުން، އިއްވާލި ފަހު ބަސް ހެން ނަދާ ބުނެލިއެވެ.

ނަދާ ކޮޓަރިއަށް ވަން އިރުވެސް އަޔާޒްއާ މައިހާ ތިބި ގޮތަށް ތިއްބެވެ. ދެ މީހުންވެސް ވިސްނަމުން ދިޔައެވެ. ނަދާއަށް ދިމާވި ކަންތަކުގައި ކޮންމެ މީހަކުވެސް ކުށްވެރި ކުރަމުން ދިޔައީ އަމިއްލަ ނަފްސެވެ.

“އެރޭ… އަހަރެން ހިތަށްވެސް ނާރާ ނަދާއަށް ފެނިދާނެއެކޭ… ކީއްވެތަ އަހަރެން އެ ވަރަށް ނުވިސްނީ؟ ކީއްވެތަ އަހަރެން ރޭގަ ވިސްނާނުލާ ދިޔައީ؟ ދޮރު ތަޅުނުލާ…” އަޔާޒް އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުން ދިޔަ އިރު ފުރަތަމަ އެ ބުނީ އަޔާޒްގެ އުފަން ދުވަހުގެ ރޭގެ ވާހަކަ ކަން މައިހާއަށް ވިސްނުނެވެ.

“އަހަރެން އެރޭ އަޔާއަށް ފޯސް ނުކުރި ނަމަ… ނަދާ އެ ހީކުރަނީ މި ގެޔަށް އައި ފަހުންވެސް އަހަންނާ އަޔާގެ މެދުގަ އެހެން ކަމަށް ކަންތައް އޮތީ… އިޓްސް އޯލް މައި ފޯލްޓް، އަޔާގެ ލައިފްއަށް އަލުން އައިސް އަހަރެން ވަނީމަ މި ހުރިހާ ކަމެއް މި ވީ. އައިމް ސޮރީ އަޔާ…” މައިހާ ބުންޏެވެ.

އަޔާޒް ޖަވާބެއް ނުދިނެވެ. ވިސްނުމަކަށް ގެއްލިފައި ހުރިހެން ހުރީއެވެ.

“އަޔާ، އަހަރެން ދާން ވީތަ؟” މައިހާ އަހާލިއެވެ.

އަޔާޒް ބޯ ޖަހާލީ އެ ވަގުތު މައިހާ ހުރުމުންވެސް އުނދަގޫ ވެގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ…50 ފަހުބައި

Next

ބުނެދޭށޭ ރުހެމޭ 68

Next
August 13, 2019

ބުނެދޭށޭ ރުހެމޭ 68

Previews
August 12, 2019

ބުނާށެ ލޯބި ނުވަނީހޭ…50 ފަހުބައި

31 Comments!

  1. Ibsha says:
    August 12, 2019 at 8:09 pm

    Kn badhaleh genaee

  2. Aby says:
    August 12, 2019 at 8:40 pm

    Ahrennakah ves neygunu ai badhalakee kobaa kameh.. konme gotheh viyas aya ah noony nadhaage anhen vanthakan libidheegen nuvaane.

  3. Roo says:
    August 12, 2019 at 8:50 pm

    Cmon guys writer ah ingeyny story kuriyah gendhaane goyh..
    mi story ge rape story in mi dhahkaidhemy bitter truth of this society kiyaa baeh kiyuntherin gaboolu nukuriyas.. mihen mi story kuriyah dhiyaema maa bodah real feel vey..
    mi mujthamaiga eba ulhey ethah anhen kudhinneh nadha gothah rape ge shikaara ah ve firimyha ah vure kurin ehen myhun nahama gothuga anhenaa ge anhen vanthakan jahaiganevifa kudhin

  4. ? says:
    August 12, 2019 at 8:54 pm

    Story ah change genevifa vaa gothun nadha ah ayaaz ah gulhuny emyhun nadha ge hurihaa feyraameh vaki kuri fahun.. so dhe minute therey rapist in kuran beynun v kan ma rangalhah nukurevunu nama ves kurevumuge chances eba huri

  5. Faiymini says:
    August 12, 2019 at 8:55 pm

    Kon badhaleh genai?nadha ah abadhuves dhera goiy ??,nadha rape kureema vaahaka kiya hithehves nuvey ?

  6. Yaal says:
    August 12, 2019 at 8:56 pm

    Kobaitha genai badhalakee?? Alhugandakah nufenun evves badhaleh..

  7. Shizkaan says:
    August 12, 2019 at 9:02 pm

    Koba tha genai badhalaky ?? Alhugadakah nufenunu ?

  8. Mar Sha Marsha says:
    August 12, 2019 at 9:09 pm

    Hi all, genaee v kuda badhaleh, e ee nadha ayaaz ah gullaa hisaabun feshigen ayaaz room ah vanna hisaabah e in thankolhu kurin 2 varakah mins ah innaany, mihaaru e vaguthu thankolheh dhigu kolly. Baeh readers ah nadha ah dhimaa vaa goiy kamaku nudhey. Ehen vedhaane kan Marsha gaboolu kuran, Ehen viyas e bai dhen badhalu nukureveyne, eyrun mulhi story ah bodu badhaleh gennan jeheyny. Story eh kuriah dhaa iru dhimaa vaane baeh readers ah kamudhaa, aneh readers ah kamunudhaa kanthah. I can’t help it, so plz marsha edheny hurihaa kudhin ves story nimen dhen kiyaalan. Hurihaa views akahves maruhaba, thank u all for the support, eaa nulaa mikan nukureveyne yagynun ves. So part 23 on Thursday!

    1. Aisher says:
      August 12, 2019 at 10:47 pm

      Enme bodu thedhu mi vahaka kiyaamee hunna vaan jeheyny egotheh loabivaa myhaa ah loabivaa myhaa libun aslu dhiriulhumuga kithah myhunnaa kaiveni kurany kaiveni kuraa iru kithah myhun rape shikaara akah vany..mihaaru madhuvaane kaiveni kuraa iru ihfaiy theri kudhin mi vahaka hama varah rythi..adhives kuda kudhin balaa cartoon gothah prince ah princess libun..

  9. Anonymous says:
    August 12, 2019 at 9:20 pm

    Hahh mee koacheh hadhaafa ????¿

  10. Lam says:
    August 12, 2019 at 11:06 pm

    Gena i badhale neegunu
    Ekamu kuriothaagai mi story reethivaane kama umeedhukuran

  11. Wolf queen says:
    August 12, 2019 at 11:30 pm

    best story I have ever read ☺☺☺ waiting for the next part

  12. Fathun says:
    August 13, 2019 at 12:22 am

    Kon badhaleh. Mi hama ekachchehnu. Adhi aa bayeh kamah mi hulhuvaalee

  13. shiha says:
    August 13, 2019 at 9:02 am

    MARSHA can you please make nadha and ayaaz each other understand vaagotheh please i love you

  14. Crazy reader says:
    August 13, 2019 at 10:34 am

    Badhaleh nufenun ???

    1. Kiuntheriyaa says:
      August 13, 2019 at 2:23 pm

      Shaugu verikamaaeku kiyaalabala eyrun genesfa in badhalu ingeyne

  15. Kiuntheriyaa says:
    August 13, 2019 at 2:24 pm

    Shaugu verikamaaeku kiyaalabala eyrun genesfa in badhalu ingeyne

  16. 3zhs says:
    August 13, 2019 at 2:27 pm

    Dhen rape nukohvess thi lyeveyne dho foohi keyanvess mehaaru

  17. 45d says:
    August 13, 2019 at 2:28 pm

    Dhen ma drama bodu vane miyoh. Nadhayah eyvvary nukohvess leyeveyne dho va eyhkameyh mivane

  18. 12ddha says:
    August 13, 2019 at 2:29 pm

    Asslu vaahaka dhegu kuran hadhaigen leyevey nuliyevey negeyne please hadi nukuraathi mi vaahak

  19. Ted says:
    August 13, 2019 at 2:31 pm

    Eyhvess shaugeyh neyh mi keyaakah mehaaru thi is foohi hama. It was srpose to be good eykamvess hama this sucks

  20. Ted says:
    August 13, 2019 at 2:33 pm

    Its odd hama kaakahtha meehaku geyga eykani oyh kan ingene. And iyoh odu geyag cc tv vess hunnaane dho rape va there is no chance asslu. And door ga thalhu nula goss its kinda impossible to happen rape kura mehunvess plan eyh. Kohgen dho eykameyh vaane like eymeehunah keheineyhtha ingeyne meehaku geyga ulhy kameyhvess

  21. 7543ss says:
    August 13, 2019 at 2:35 pm

    Hama nujehey hama rape kureyvunu goyy. Eymeehunah kehineyhhey ingeyne geyga nadha eykani ulhy kameyh eyna aie beyrah dha meeheyhvess nun.

  22. Mar Sha Marsha says:
    August 13, 2019 at 5:25 pm

    Kudhinnah change faahaga nuvy Marsha ah thankolheh miss koh levifa inyma, mihaaru OK vaane, so sorry.

  23. Mar Sha Marsha says:
    August 13, 2019 at 5:32 pm

    This is just a story, imagine kurevunu konme gothakahves vedhaane, baeh faharu rangalhah visnaa nulaa mistakes ves hunnaane, but Marsha edheny readers e kanthah faahaga koh dhinun, eyrun Marsha ah liyun rangalhu kureveyne, ekamaku story ge main kanthah thah, readers ah kamudhaa konme faharaku badhaleh nukurevey e ehnu dho, eyrun Marsha akah neyngeyne dhen hadhan vee gotheh,. Plz continue till the end, maybe u will like it? Thnx for the support inge dears! ??

    1. shiha says:
      August 14, 2019 at 3:59 pm

      sorry i told you to change a main part of the story egadyga kiyaafa dheravegen e koment kurevuny hope you will under stand and forgive me love you so much and hope you foregive me ican now under stand you that because of the time so i got so sad and commented cant forget about how much effort you give to make us happy hopefully one day i will meet you where are you from i want to know than i can meet you i love you

  24. ? says:
    August 13, 2019 at 5:44 pm

    Vaahaka aky hiyaaly ehcheh . Writer ah ingeyny story kuriyah gendhaane goyh.. ulheyne vahkamuge niyathuga reygandu a myhun noolheyne hen hyva gadi thakuga ge thakuga thalhuga hifaa paatey myhunthah.. hama hifaali thanun thalhu nulaa huryma geyah vanna iraj anhen kuhjeh ekani oyh than fenunyma ekahala myhun hithu niyayh goas vaane.. myhaku fennan nethas ithuru myhaku huttas 3 myhun ge grp eh vyma balaany awahah rape koh kurA kameh koh vahkan kohfa dheveytho

  25. ? says:
    August 13, 2019 at 5:47 pm

    And yeah . Rape v ma hadi ey , evaru kameh nuvaaney not possible ey bla ey kiyaa iru rangalhah visnaalun rangalhu. E varu kameh hama vedhAne , rape aie mi mujthamauga hingaa kameh

  26. shiha says:
    August 14, 2019 at 4:00 pm

    sorry i told you to change a main part of the story egadyga kiyaafa dheravegen e koment kurevuny hope you will under stand and forgive me love you so much and hope you foregive me ican now under stand you that because of the time so i got so sad and commented cant forget about how much effort you give to make us happy hopefully one day i will meet you where are you from i want to know than i can meet you i love you

    1. Mar Sha Marsha says:
      August 15, 2019 at 1:54 am

      Hey its OK, plz don’t worry about it. Readers ge views ah Marsha abadhuves maruhaba kiyaanan, no hard feelings dear. If u want let’s b fb frnds, send a frnd rqst to Mar Sha n I ll accept, n let me know its u. ?

  27. Noora says:
    August 15, 2019 at 9:13 am

    Kon iraku story up vany…

Comments are closed.

Next Episodeކުށަކާ ނުލާ 23←


All Right Reserved!