Skip to content
އެސްފިޔަ

ނާއިންސާފް 30

“ކިޔާރާއޭ؟ ކިޔާރާ އަނެއްކާ އައީތަ؟ ޑެމްން.. ކީތްވެ ކުރިން ނުބުނީ..” އެލީޒާ ހައިރާންވެ ހުރެ ބުނެލިއިރު، ކިޔަން ނޭންގޭ ކުލަތަކެއް އެ މޫނުގައި ހުއްޓެވެ. ތަނެއް ދޮރެއް ދޮރޯށްޓެއްވެސް އަހަރެންނަށް އިނގޭނީ، މިމީހުން، ކަން ދަން ބޮޑުވީމާ އަންގާލީމަ ނޫންހެވެ.

“ދެން މިހާރު ކިޔާރާ މިވީ ކާކަށް؟؟؟” ނާހަނީސް ނުބުނާނެ ކަން ޔަގީންވުމުން، އަހަރެން ސުވާލު ފަޅާލީމެވެ.

“މިމީހުންނަށް ހަމަ އިނގޭނީ.” އަޔާޒް ނިކަން ހަމަޖެހިލައިގެން ސޯފާގައި އިށީނެވެ. ހަމަ ޖެހުނަސް، ހަމަ ނުޖެހޭ މީހެކެވެ.

“ކިޔާރާ އަކީ ކާކުކަންވެސް މާޒިންއަކަށް ނޭންގޭތަ؟” އެލީޒާ އަހަރެން ދަށްކޮށްލިއެވެ. މީހަކު ނުބުނަންޏާ އަހަރެންނަށް އިނގޭނެ ސަބަބެއް އެބެތްހެއްޔެވެ؟

“އެއީ ކާލިންގެ ކޮއްކޮ!!” އަހަރެން ކޮނޑުއަރުވާލުމާއި އެކު އެލީޒާ ބުނެލިއެވެ. ހީވީ ހޮނުގުގުރިއެއް ޖެހިހެންނެވެ. ތާކު މީހަކު ދިރިއުޅުނިއްޔާ އެ ވާން ޖެހެނީ ކާލިންގެ ކޮއްކޮއަށް ހެއްޔެވެ؟ އަދި މި އީންގަނޑު ވެސް ކުރިންބައިގައި ބުނެލި ނަމަ ނޫންހެވެ.

“ތިބުނީ ކިޔާރާ މަ އެކްސިޑެންޓު ކޮށްލީ ގަސްތުގައޭ؟” ޤަބޫލު ކުރެވޭނީވެސް ޤަބޫލު  ކުރެވޭ ވަރުގެ ކަންތަކެވެ. އަހަރެންނަށް މިއީ ވަރަށް ހެއްވާ ވާހަކައެކެވެ.

“ޝައްކެއްވެސް ނެތެއްނު… އެމަންޖެގެ ވާން އުޅުނު ސިސް އިންލޯ ކަޓުވާލީމަ ރަތަށް އަރާނެއްނު..” އަޔާޒް ލޮޖިކް ބޭނުންކޮށްގެން ބުންޏެވެ.

“ދެން ތިހެން ވިއްޔާ ތިކަން މި ނިމުނީނު… މަ ދެން ނުދައްކާނަމޭ އޭނަޔާ ވާހަކައެއް..” އަހަރެން އެލީނާއަށް ބުނެލީމެވެ.

އަޔާޒްއާ ލޮލުން ވާހަކަތަކެއް ދެއްކުމަށްފަހު، އެލީޒާ، އަޔާޒް ގޮވައިގެން ކޮޓަރިން ނިކުތެވެ.

“ސްޓިލް، ޒިން، ކިޔާރާ އެއްކޮށް ޑޭޓަކަށް ނުދާ ކަމަކަށް ނުވާނެ…” އެލީނާ ޝަކުވާކޮށްލިއެވެ. އަހަރެން ގޮސް އެލީނާކައިރީ އިށީނީމެވެ. މި މަންޖެ މަސްލަސް ކުރުން ވާނީ، ބޮޑުކަމަކަށެވެ.

“އެއީ މަ ކަމަކު ކުރި ކަމެކޭ… މަންމަ މަ ގޭ ބަންދުކޮށްގެން، ލުވެއިޒް ކައިރިއަށް ނާދެވިގެން….” އަހަރެން ބުނެލީމެވެ. މުޅިންހެން ތެދެއް ނޫނަސް، އެލީނާ ހިތްހަމަ ޖައްސާލަދޭށެވެ.

“މީ ކޮން އިރަކުއްސުރެ ލިބޭ ސިޓީތަކެއް؟”

“މާލެ އައިއްސުރެ..” އަނެއްކާވެސް އެލީނާ އިސްޖަހާލިއެވެ.

“ދެން ކީއްވެތަ ނުބުނީ…. އިޓްސް އޯކޭ، ދެން ކަމެއް ވެއްޖިއްޔާ ބުނައްޗޭ ޒިން ކައިރީ އެޓް ލީސްޓް” އަހަރެން އެލީނާގެ މަގަތުގައި އޮށޯވެލީމެވެ. ވިސްނުންތަކާއި ދުރުވެލަން މަސައްކަތް ކުރަމުން، ލޯ މަރާލީމެވެ.

ލޯ ހުުވާލެވުނީ، ފިނި އެއްޗެއް މޫނުގައި ޖެހުނު އިހުސާސް ވެގެންނެވެ.

“އީން…” އަތް މައްޗަށް ނަގާ، އަހަރެން އެލީނަގެ ކަރުނަ ފުހެލަ ދިނީމެވެ. މިހާރު ރޯން ޖެހުނީ ކީއްވެކަން ނޭންގު ހުރެއެވެ. މަޑުމަޑުން ތެދުވެ، ސުވާލުގެ ނަޟަރަކުން ބަލަން އިނީމެވެ.

“ޒިން… އެމީހާ އުުޅުނީ މަ މަރާލަން… ކޮންމެ މީހަކާ ހެދިވިޔަސް، ކާލް އަމިއްލައަށް މަރުވާން ނެގި ޑެސިޝަން، މަށަށް ބަދަލު ކުރެވޭތަ؟ ކީއްވެތަ، ކާލް އަމިއްލައަށް ނެގި ޑިސިޝަންއެއްގެ ޒިންމާ، މަ ނަގަން ޖެހެނީ؟” ގިސްލަމުން، ކަރުނަ ފުހެމުން، އެލީނާ ފައްޗަކަށް އަމުނަމުން ދިޔައެވެ. މިއޮތް ހުރިހާ ޒަމާނު ހިތުގައި ފޮރުވައިގެން އުޅުނުހާ ޝަކުވާ ކަންނޭންގެއެވެ. ހަމަ އަސްލުވެސް، އަންހެން ކުދިން މަސްލަސް ކުރާކަށް އަހަރެންނަކަށް ނޭންގެއެވެ. ދުވަހެއްގެ ކޮޅުންވެސް ކުރި ކަމެއް ނޫން ވިއްޔާއެވެ.

“އީން ދެން އޯކޭ ވާނެޔޭ… އާދެބަ، ޒިން އެއްކޮށް އެއްޗެއް ދައްކާނަން..” ފޯނަށް އައި މެސެޖަށް ރިޕްލައި ކުރަމުން، އަހަރެން އެލީނާގެ އަތުގައި ހިފާ ނެގީމެވެ. ނޫނެކޭ ބުނެފައިމެ، އަހަރެން ދަމާފައި ގެންދިޔުމުން، އެލީނާ އައެވެ.

އަހަރެމެން ދިޔައީ، ބަނދަރު ސަރަހައްދަށެވެ. އަރަންޖެހޭ ލޯންޗު ހޯދުމަށްފަހު، އަހަރެން އެދިމާއަށް ހިނގައިގަތީމެވެ. ގަދަ ނުހެދިއެއްކަމަކު، ނުހިނގަން ހިތުލައިގެން ހުރި އަހަރެންގެ އީންގަނޑު ދަަމަމުންނެވެ.

“ހިލްޓެ؟” ލޯންޗުގެ ހުންގާނުގައި މާހިލް ހުރުުމުން އަހަރެން ހައިރާންވިއެވެ. ޔަޤީނުންވިއްޔާ ނުބައި ލޯންޗެކެވެ. ރިފާޝާވެސް ތެދު މައުލޫމާތު ދޭން ނުދަންނަނީއެވެ.

“މާޒިން؟ މިތާ ކީތްކުރަނީ؟” މާހިލްވެސް އެހީ ސުވާލެވެ.

“އެކަަމަކު ރިފާޝާ ބުނީ، މި ލޯންޗު ނަމޭ..” އަހަރެން އަނެއްކާވެސް ރިފާޝާ ފޮނުވާފައި އިން މެސެޖު ބަލައިލީެވެ. މިއީ ހަމަ އެއެވެ.

“ތިއައީ، ރިފް ބުނެގެންތަ؟ ރަނގަޅު އެއްޗަށް ތި އާދެވުނީ.. ޑޯންޓ ޓެލް މީ، ތީ ވެސް އެތާ މީހެކޭ… އަންގާވެސް ނުލަމެއްނު!!” މާހިލް، ވާހަކަ ދެއްކިއެވެ. މާހިލްއަށް ވެސް، އެމްއެސްއޭ އިނގޭ ހެއްޔެވެ؟ މިމީހުން، ފުލްސްޓޯރީ އަހަރެންނަށް ނުކިޔައިދޭތީވެސް ކިހާ ދެރަ ކަމެއްހެއްޔެވެ؟

މާހިލް ލޯންޗު ދއްވާލިއެވެ. ވާހަކަ ދައްކާލަން ދާ ހިތުން ހުރިނަަވެސް، ފުދޭ ވަރަކަށް ގަދަ ކަމުން، އަހަރެން އެލީނާ ކައިރީ މަޑުކުރީއެވެ.

“ކޮންތާކަށް މި ދަނީ؟” އެލީނާ ސުވާލު ކުރިއެވެ.

“މި އާދެވނީ” ކުރިމަތީ އޮތް، ސަފާރީއަށް އިށާރާތްކޮށް އަހަރެން ބުނީލީވެ. ލޯންޗު، ކައިރި ކުރުުމުން، އަހަރެެން އެއަށް އެރީމެވެ.

“ހާދަ ލަހަކުންނޭ ތި އާދެވުނީ… މީއްޗަކު މާ ލަހުން ދޯ ދުއްވީ…” ވަނުމާއި އެކު، މާހިލް އާ ދިމާއަށް ކުޝަން ހޫރާލަމުން، ރިފާޝާ ބުނެލިއެވެ.

“އަޅެ… ނުފެނޭތަ ގަދަ ކަމެއް… މިހާ ވަރުން ދަތުރު ކޮށްދިނީމަވެސް، ގޯސްވީ މަ ދޯ… ދައްތައޭ ބުނަންވެސް ލަދު..” ކުޝަން އަތަށް ހެޔޮވަރ ކޮށްލަމުން، މާހިލް، ރިފާޝާއަށް ބަލައިލިއެވެ. ރިފާޝާ، ކަޅިގަނޑު އަޅައިގަތެވެ.

“ކޯޗެކޭ ބުނަން ލަދޭ؟ ކަލޭމެން ދެމީހުންނަކީ..؟”

“އެނެމީސް..” ސުވާލު ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ދެމީހުން އެއްފަހަރާ ބުނެލިއެވެ.

“މީންދަ ނުލަފާ އެއްޗަކީ، މަގޭ ބޮޑުބެއަށް ލިބިފަ ހުރި ނުލަފާ ސަފަރަކަތްދައެއް…” ސޯފާއަށް ވެއްޓިގަނެ، ރިފާޝާއަށް ކަރާޓޭ ކިކެއް ދެމުން މާހިލް ތަފްސީލް ކޮށްދިނެވެ. މިދެމީހުން ކަރާޓޭއަށް މިހާ މޮޅޫ ދެމީހުން ދެމީހުނާ ތަޅާފޮޅާފޮޅާތާއެވެ.

“ކޮބާ މަ ބުނި އެތި؟” އަހަރެން ހިތްއަވަސްވެ ހުރެ އެހީމެވެ.

“އެތާ..” ރިފާޝާ އިޝާރާތް ކުރި ދިމާށް އަހަރެން ދިޔައީމެވެ. ނަސީބަކުން، އިތުރަށް އެލީނާ ގަދައެއް ނުހެނެވެ. ރުހިގެން އައެވެ.

ދޮރު ހުޅުވާލުމަށް ފަހު އަހަރެން ދެކޮޅަށް ކަޅި ހިންގާލީ، ހޯދަން ބުނި މީހާ ހުރި ތޯއެވެ. އަހަރެންގެ ފަހަތުން އެލީނާ ވަނެވެ. އެނދުމަތީގައި ބޮޑުފަލަ ނައިލޯނު ވާގަނޑަކުން ބަނދެފައި އޮތް އަޔާން ފެނި، އެލީނާ އަނގަމަތީ އަތް އަޅާލިއެވެ. ދެލޯ ބޮޑުކޮށްގެން އަޔާންވެސް، އަހަރެމެންނާ ދިމާއަށް ދަލަމުން ދިޔައެވެ. ކޮންމެވެސް އަނގައެއް ތަޅުވަމުން ދިޔަ ނަމަވެސް އަނގަމަތީ އޮތް، ފޮތިގަނޑުގެ ސަބަބުން، ކިޔާ އެއްޗެއް ދޭހައެއް ނުވެއެވެ.

“ޒިން… މީ؟” އެލީނާ އަހަރެންގެ ފަހަތުގައި ބޮދައިގެން ހުރެ އަޔާން އަށް ބަލަން ދިޔައެވެ. ބަނދެ ހިރުވާނުލެވޭ ވަރު ކޮށްލީމަވެސް، އީން އުޅެނީ ބިރުންނެވެ. ގެންގުޅެވޭ ވަރުގެ މީހެއް ނޫނެވެ.

“ކާލް އަތުގަ ނޫނަސް، ބާރު އޮންނާނެ… އީންއަށް ދެރަ ގޮތެއް ހަދާ މީހަކު، މަ ދިރިއުޅޭހާ ހިނދަކު ސަލާމަތެއް ނުވެވޭނެ.. މިހިރީ… އީން މަރާލަން އުޅުނު ނުބައި ނުލަފާ މީހާގަނޑު… ލަދެއް ޙަޔާތެއް ވެސް ނުހުރޭ މަގޭ އީންއާ ބެހޭއިރު… އީން ބޭނުން ގޮތެއް ހަދާ މީނައަށް.. ޒިންއަށް ހެޔޮ ސަންދޯކަކަށް ލައި ފަސްލިޔަސް… ނޫނީ ކަނޑަށް ފައްތާ މަރާލިޔަސް…” މޫނު ކުނިކޮށްގެން ހުރެ، ކިޔޭ ނުކިޔޭވެސް އަހަރެންނަށް ރަނގަޅަށް ނޭންގެއެވެ. ހުރެވުނީ އެހާ ފޯރީގައެވެ.

“އޭ ޒިން. ދެން… ބުނޭ އަޔާން ކައިރީ ދެން އެކަހަލަ ކަމެއް އެއްވެސް މީހަކަށް ނުކުރައްޗޭ… އެން، ލެޓް ހިމް ގޯ..” ބިރުން ބޮދައިގެން ހުރެވެސް، އީން، އަޔާންއާ ދެކޮޅަށް އެއްޗެކޭ ނުބުންޏެވެ. އެ ނުލަފާ މީހާގަނޑު ދޫކޮށްލާށޯއެވެ. އަޔާޒްއެކޭ ދެވަނަ ތަފާތެއް ނެތެވެ. މިމީހުން ގަޔަށް މިހަކު އައިސް ވަޅި ޖަހައިގެން، މަރު ސިކުންތުގައިވެސް އެމީހުނަށް މަޢާފް ކުރާށޭ ބުނާނެއެވެ. ނުވިސްނޭ، ނާތަހުޒީބީ ބައެކެވެ.

“ދެން މިހާ ފަސޭހައިން ދޫކޮށްލެވޭތަ؟ ހީ ޓްރައިޑް ޓު ކިލް ޔޫ.. އެކަމަކުވެސް، އީންއަށް އޯކޭ؟.. ތިހާ ފަސޭހައިން އެކަން ތި އުޅެނީ ހަނދާން ނައްތާލަން…” އަަރެންނަށް އެގޮތް ކުޑަކޮށްވެސް ކަމަކު ނުދިޔައެވެ.

“ޒިން، ހަނދާން ނައްތާނުލިޔަކަސް އައި ކެން ފޮގިވް.. ހޫ ނޯސް، އޭނަ ކިހިނެއް ވެގެން ކަމެއް އެކަން ކުރީ.. ފަހަރެއްގަ މަޖުބޫރު ވެގެން..” ދެކޮޅަށްް އެއްޗެކޭ ނުބުނި ތަނުގައި އީން ހިތުލައިގެން ހުރީ އަޔާން ދިފާއުވެސް ކުރަން ހެއްޔެވެ. ފިލާ އޮތް ތަނުން ފިލައިގެން، އަޔާން ގެނެސް ބަނީ، ފަސޭހައަކުން ނޫނެވެ. އެކަމަކު މި ވީ ބޮޑު ބޭކާރު ކަމަކަށެވެ.

އީން ނުހުއްޓުމުން، ދެން އެންމެ ފަހުން އަހަރެން، ގޮތް ދޫކޮށްލީއެވެ. އަދި ރިފާޝާ އަށް ގޮވާ، އަޔާންއަށް ރަނގަޅު އިންޒާރެއް ދީފައި މާލެ ގެންދިޔުމަށް ބުނީމެވެ. ރިފާޝާ ކިތަންމެހާ ވެސް ފުރިހަމައަށް އެކަން ކުރިއެވެ. ކަރަންޓު ވާގަނޑު ދައްކާލާއިރަށް އަޔާން ބިރުން ތެޅެން ފެށިއެވެ. ފެށުނީސުރެ ސްޓޫޑިއޯ ގަނޑެއްގައި އުޅުނު މީހަކަށް، އެ ޖެއްސުުމުން ވާނެ އިހުސާސް ވަރަށް ރަނގަޅަށްވެސް އިނގޭނެތާއެވެ.

މާޙިލް، އަޔާން މާލެ ގެންދަން ދިޔުމުން، އަހަރެމެން އެރީ މައްޗަށެވެ. ރޭގަނޑުގެ އެވަގުތު އެތަން ވަރަށް ހިތް ފަސޭހައެވެ. ގަދަ ކޮށްލާފައި އޮތް ކަނޑު، ކުރިއަށް ވުރެ މަޑުވެފައި އޮތް އިރު، ވައިވެސް ހުރީ ހިތްފަސޭހަ ވަރަކަށެވެ.

ރިފާޝާއާ އީން، ކޮންމެސް ވާހަކައެއްގައި ތިއްބެވެ. އަންހެނުން އަނގައިން ވާހަކަ ހުސްނުވާނޭ ބުނެއެއްނޫންހެވެ. ޖެހިފަވެސް އެތިބީ އެއްވަރެއްގެ އަނގަގަދަ ދެމީހުންނެވެ.

އަހަރެން، ދުރުން ފެންނަން ހުރި، އަލިތަކަށް ބަލައިލީމެވެ. ފެންނަފެނުމަށް މާލޭގެ މަލަމަތިވެސް ނުހަނު ހިތްގައިމެވެ. އާނއެކެވެ. ކުޑަކުޑަ ޤައުމެކެވެ. މަލަަތީގެ ހުރިހާ ހިސާބަކުންވެސް ފެންނަނީ ހިތް ފަސޭހަ ކަމެވެ. އަަމަން އަމާންކަމާއި، އެއްބައިވަންތަ ކަމެވެ. ނަަމަވެސް، ކަންތައްތައް ފުންކޮށް ބަލައިލުމުން މަންޟަރު ބަދަލުވެއެވެ. ފުރިފައި ކޮރަޕްޝަންއެވެ. ވަށައިގެން އަނދިރިކަމެވެ. ދީނާއި ޚިލާފު ވަބާ ތަކާއި، މާރާމާރީގެ ޢަމަލުތަކެވެ.

އެއްބައެއްގެ ނަޟަރުގައި ދުނިޔެމަތީ އޮތް ސުވަރުގެއެވެ. ސުލްހަވެރިކަމުގެ ގޮވެއްޗެވެ. ނަމަވެސް ތެދު ޙަޤީގަތް އޭގެ ބޭރުފުށާ އެއްވެސް ގުޅުމެއް ނެތެވެ. ހުސްވެސް ޙަޤީގަތް ނޭންގޭ ސިއްރުތަކެވެ. އެންމެ ރަނގަޅުމީހުންގެވެސް، އަނދިރި ފަރާތްތަކެވެ. އިންސާފެއްނެތް ލާއިންސާނީ ކަންކަމެވެ.

“ޒިން، ހިނގާ ގެއަށް ދާން… ވަރަށް ލަސްވެއްޖެއެއްނު..” އެލީނާ ގޮވާލިއަޑަށް އަހަރެން އެނބުރި، ބޯޖަހާލީމެވެ. ދޮގެއްވެސް ނޫނެވެ. އެގާރަ ޖަހާ ބޮޑުވަނީއެވެ.

“މިރޭ ދެން މިތާ މަޑުކުރޭ… އެހެރީ ދެ ކޮޓަރި… އަހަރެމެން ދެމީހުނަށް ނިދޭނެއްނު… މާޒިން ނިދާފާނެ ސޯފާގަ.” ރިފާޝާ ބުނެލިއެވެ. މީނައަށް ހީވަނީ އަހަރެންް މީ ކާކު ކަމަށް ހެއްޔެވެ؟ ކިންގް ސައިޒް އެނދެއްގައި އެކަނި ނޫނީ ނުނިދޭ މީހާ، ސޯފާއެއްގައި ނިންދެވޭނީ ހަމައެކަނި ރިފާޝާގެ ހުވަފެންތަކުގައެވެ.

“އުނހުނ، މަށާ އީންއާ ޝެއަރ ކުރެވިދާނެއްނު..” ރިފާޝާއާ ޖަދަލު ކުރުމުގެ ބަދަލުގައި އަހަރެން އިޚުތިޔާރު ކުރީ، އީން ލަދު ގަންދުވާލުމެވެ. ރިފާޝާގެ އަނގައިން ނޭރޭނިތީއާއި، އެލީނާ ބްލަޝްވާތަން ބަލައިލުމަށެވެ. ރިފާޝާގެ ހިނިގަނޑާއިއެކު އެލީނާ ލޯ އަޅާލުމުން، އަހަރެންގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ.

“މާދަމާ ޓެސްޓެއް އެބެތްތަ؟” އީންގެ ކިޔެވުމަށް ބުރޫ އަރާފާނޭ ހިތަށް އަރާ އަހަރެން އަހާލީމެވެ.

“ނޯ… ތާސްޑޭގަ ދެން އޮންނާނީ..” އީންވެސް އިނީ މިތީ މަޑުކުރަން ބޭނުންވެފައި ކަންނޭންގެއެވެ.

“އެހެންވިއްޔާ މާދަމާ ގޮއްސަ ދަސްކުރެވޭނެއްނު..” އަހަރެން ބުނީމެވެ. މިހާ ގަދަ އިރު ދަތުރު ކުރަން ބޭނުން ނުވާތީއެވެ. ދާ ކަނޑުމަތީ އެލީނާ ހޮޑު ލައިފިއްޔާ އަހަރެންނަށް ނުވެސް ނިދޭނެއެވެ.

………………….

“އޭ… ކޮބާ ލުވެއިޒް؟” އަހަރެން ސުވާލު ކުރީ، ޖެހިގެން އައި ދުވަހު ފަތިހު، ލޯންޗުގައެވެ. އެލީނާ ޖަވާބެއް ނުދިނުމުން އަހަރެން އެލީނާގެ މޫނަށް ކަޅި ހުއްޓާލައިގެން އިނީއެވެ. ޖަވާބެއްގެ އިންތިޒާރުގައެވެ. ނަމަވެސް ލެފުނު އިރުވެސް ޖަވާބެއް ނުލިބުނެވެ.

ހިނގާފައި ދިޔަ މަގުމަތީގާވެސް އަހަރެމެން އިތުރު ވާހަކައެއް ނުދައްކަމެވެ. ތެދުތެދަށް ބުނާނަމަ އަހަރެންނަށް ހުރެވުނީ ދެރަވެފައެވެ. ހަމައެކަނި އެލީނާގެ ބޭބެއެއް ނޫނެވެ. ލުވެއިޒްއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާވެސް މެއެވެ. ދިމާވާ ކަމެއް އެނގުމުގެ ޙައްޤު އަހަރެންނަށް ވެސް އޮންނަން ޖެހޭނެ ނޫންހެވެ.

“ބާއި..” މައުނަވީ ހިނިތުންވުމެއް ދެމުން އަހަރެން ބުނެލީމެވެ.

“ތި ދަނީތަ؟” އެލީނާ ކުރި ސުވާލު އަހަރެންނަކަށް މުޅިން ދޭހައެއް ނުވިއެވެ. ޖަވާބު ނުދެވުނީ އެހެންވެއެވެ.

“އާދެބަ..” އެތެރެއަށް ވަނުމަށް ޖާގަ ދެމުން އެލީނާ ބުނެލިއެވެ. ގެއަށް ގޮސް ބޯ ހަމަ ޖައްސާލަން ބޭނުންވެފައި ހުރި ނަމަވެސް އީން ބުނުމުން ނުވެސް ދެވޭނެ ނޫންހެވެ.

“މީ… ލުވެއިޒް މި ބާއްވާފަ ދިޔައީ..” ކުޑަކުޑަ ނޯޓެއް ދައްކާލަމުން އެލީނާ ބުނެލިއެވެ. ކުޑައޭ ބުންޏަސް  އޭފޯ ސައިޒްގަނޑެކެވެ. އަހަރެން އެ ބަލައިލީމެވެ.

އޭގައި ލިޔެފައި އޮތީ، ދުވަސްކޮޅަކަށް ލުވެއިޒް މާލެއިން ދާ ވާހަކައެވެ. ކޮންތަނެއްކަން ނުބުނާނެ ކަމަށާ، ހޯދަން މަސައްކަތް ނުކުރުމަށް ވެސް ވަނީ އެދެފައެވެ. އާ ފޯނު ނަންބަރެއް ލިޔެފައި، ޢާއިލާގެ ބޭރު މީހަކަށް އެ ނުދިނުމަށްވެސް އެދިފައި އޮތެވެ.

“ގުޅާބަ ދޮންބެއަށް..” އަަހަރެން އެ ނޯޓު ކިޔާ ނިމުމުން އެލީނާ ބުނެލިއެވެ. އަހަރެން އަވަހަށް އެ ނަންބަރު ސޭވް ކޮށްލީމެވެ.

“ކީއްވެ ކުރީރޭ ލުވެއިޒް ފޯނުން ގުޅީ؟” ހަނދާން ވެގެން އަހަރެން އެހީމެވެ.

“އެއީ. އެއީ، ކިޔާރާމެން އެލީގެ ފޯނު ނެގީ..” ބުނަން ނުބުނަން ހުރެފައި އެލީނާ ބުނެލިއެވެ. ކިޔާރާ އަހަރެނެގެ ނަންބަރު ހޯދީ އޭގެންތާއެވެ.

“އެކަމަކު އޭގަ ހާދަ ބައިވަރު އެއްޗިއްސެއް ހުންނާނޭ.. ލީކް ވެސް ކޮށްލަފާނެ.” ބިސްނަސް ކަންކަމުގެ އިތުރުން، މީހުންގެ މެސެޖުވެސް ހުންނާނެކަން ވިސްނި އަހަރެން ބުނެލީމެވެ.

“ނޯ… ނުހުންނާނެ އެކައްޗެއްވެސް.. ކިޔަވަން ވެގެން، ހުރިހާ އެއްޗެއް އަންއިންސްޓޯލް ކޮށްފަ ހުންނާނީ.. އެން ހުރިހާ އެއްޗެއް ހުންނާނީ ޒިން އަތުލި ފޯނުގަ..”

“އޯހް.. ނަސީބެއްދޯ އަތުލެވުނު ކަން..” އަހަރެން ބުނެލީމެވެ. އެލީނާ މަޑު މަޑުން ހީލުމަށްފަހު ބޯ ޖހާލިއެވެ.

ގެއަށް ދިޔައިރު މަންމަ ސިޓިން ރޫމްގައި އިނެވެ. މުޅިން ރަތުގައެވެ. ބޭރަށް ފޮނުވީތީ، ސައުވީސް ގަޑި އިރު ކޮށްފައި އައުމުން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.

ކޮންމެވެސް ބޮޑު ނަސޭހަތް ގަނޑެއް މަންމަ ދިނެވެ. އެ އަޑުއަހަން ބައި ގަޑިއިރު އަހަރެން އިންނަން ޖެހުނެވެ. އެ ހުރިހާއިރު، އަހަރެން އިނީ އެއަރ ޕޮޑް ޖަހައިގެންކަން މަންމައަށް ނޭންގުނު ކަމެވެ. ޕޮޕް މިޔުސިކެއް ޖަހައިގެން އަހަރެން އިނީ ވަރަށް ހަމަ ޖެހިގެންނެވެ.

ޓެސްޓު ކަންތަކުގައި އުޅެނިކޮށް މަސް ނިމިއްޖެއެވެ. އެލީނާ ގުޅާތީ، މާ ވަރަކުން އަހަރެން ބައްދަލު ކުރާކަށް ނޫޅެމެވެ. ފަހުންވެސް މަންމަ، ގެއިން  ބޭރަށް ނުފޮނުވާތީއާއި ވެސް އެކުއެވެ. ލުވެއިޒްއަށް ގުޅާ ރޮއެގެން ހުރި ތަން އެނގުނެވެ. ކޮންމެސް ރިސޯޓެއްގައެވެ. އަހަރެންވެސް ކިޔަވާ ނިމުމުން ރިސޯޓުން ނުފައިބާ އުޅެވޭނެ ނަމައެވެ.

…………………..

އަންގާރަ ދުވަހު ސްކޫލުން އައިސް އަހަރެން ދިޔައީ ކޮޓަރި ގަޑަށެވެ. އެއިރުވެސް އަހަރެންގެ ބައްތިރީސް ދަތް ސޭލަށެވެ. ކޮޓަރިއަށް ވެދެވުނު ކަމެއް ނޭންގި، ގަލަން ފަންސޫރާއި، ޓެސްޓަށް ގެންދިޔަހާ އެއްޗެވެސް އަތުކޮޅަށް ހޫރާލީމެވެ. ކަލްކިއުލޭޓަރގަނޑު ޗިސް ނުވިއްޔާވެސް ދެރައެވެ. ކީތްހެވެ. ދެން ހަމަ ގައިމުވެސް އެ ބޭނުމެއް ނުވާނެއެވެ.

ހަށިގަނޑު ރަނގަޅަށް ދަމާލަމުން ގޮށްތައް ރަނގަޅަށް ނުވެސް ނައްޓުވާ ޔުނީފޯރމް ބާލާ ހޫރާލީމެވެ. ބެލްކަނީއިން ބޭރަށެވެ. ސްވިމިން ޕޫލްގައި ފަތަފަތާ އޮވެދާނެ ނޫންހެވެ. މަސައްކަތު މީހުން އެއްލައިލަ ދޭނެއެވެ. ފަޓުލޫނުވެސް ބޭލި ގޮތަށް ލީ ޑަސްބިނަށެވެ. މިއިން ދުވަހަކު މިހާ އުފަލެއްނުވެއެވެ. ކުރު ސޯޓެއް ލައިގެން ހުސްގަޔާ އެނދަށް ވެއްޓިގަތީމެވެ. އުފަލުންނެވެ. ނޭންގުނަސް ނެށުންވެސް ކަންނޭންގެއެވެ. ބަލަން މީހަކު ހުރި ނަމަ ހިންޏާ ބިނދޭނެއެވެ.

ބޭނުންވީ ބާރަށް ހަޅޭއް ލަވައިގަންނާށެވެ. ލީވިން ސެޓްފިކެޓް އަދި ނުލިބުނަސް، މިހާރު މި މިނިވަންވީއެވެ. ދެން ދުވަހަކުވެސް، ސްކޫލަށް ކިޔަވާކަށް ނުދާނަމެވެ.

…………………………

ވީ އުފަލުން، ނިދާފައި އޮއްވާ، މޫޑު ޚަރާބު ކޮށްލީ ރިންގު ވާންފެށި ފޯނެވެ. ހޫރާލުމުންވެސް ހުއްޓުނު ކަމަކަށް ނުވިއެވެ.

“މާޒިން..” ފޯނު ނެގުމާއި އެކު، އިވުނީ އަޔާޒްގެ ހާސްވެފައިވަ އަޑެވެ.

“ޒިން.. ޒިންގެ ފްރެންޑް ޝަޔާން..”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. Aiminath

    varah reethi mi part. and varah majaa. heehee halaaku vehje fahu bai kiyaafa. nice story. best of luck next part ah….

    1. Monsta
      Aiminath

      Owh thankss.. Insha Sllah next part ga ves eyge scene ehh genevesdheynan.. ??

  2. Rai

    Rai ah heevanee Ayaan Shayaan ah gotheh hedheehen

    1. Monsta
      Rai

      Heh lets dhw… And thankss Rai ??

  3. jiji

    Aachaa!!!..hama lahka lahkain story habeys???..kohme scene ehvec vv kiaa hithun kiyaaleveny…Dhn mi zin ulhey gothakun vec dhw…hyhy halaaku hama?…Monsta kon irakun next part upkohlaany??..waiting for da next…lav uuu loadsss???

    1. Monsta
      jiji

      Oww thankss jiji… sorry I kept u waiting, this long.. adhi exact vaguthu bunaakah neynge.. but maadhamaa schk ahh dhiyumuge kurin submit kohdheynan Insha Allah

  4. Meekkomee

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ reethi ???? whn is next part ??❤️❤️❤️❤️ waiting for the next part ????luv ur story so much ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️

    1. Monsta
      Meekkomee

      Thanksss… mifaharu varah lasvejje dhw. Sorry.. Insha Allah, mirey, or maadhamaa..

  5. Xxx

    Mi part ves v salhi.❤❤?I think shayaan hen luvaiz ge wife maraaly. Or maybe shayaan is one of the people who wants to kill Een. V exiting. Neynge mirey nidheyne kamehves.???????????❤❤❤❤❤avahah next part up kohdhehchey.monsta ge mivaahakathah kiyeny v kiyaahithun.???? thanx monsta for writing this story.??????

    1. Monsta
      Xxx

      Thank youuu .. Next part ga Luveiz kiyaidheyne Shaa ahh vy goii.. dhn Shayaan.. lets see the story behind him dhw.. ?? sorry las veema, got busy with schl stuff wnd eid.. ? Insha Allah, mirey submit kohlaanan, varah bodu bai nimifa othy

  6. Danger

    Alheyy.. zin ge ehaa manaa part eh genesfa ves thi ninmaalee kihineh.. soo curious shayaan ah vee goi engen.. btw next part kon dhuvahakun.. monsta… Nazaru kiyaa iru zavignaneh nu onnanee.. ma ves mee ehaa dhivehi kiyavaa meeheh noon.. hehe

    1. Danger
      Danger

      majaa**

    2. Monsta
      Danger

      Hehe… eyrunnehnu Danger kiyaa hiyy vaany… ??? zaviyani tha?? Arabic in originated word ehh veema monsta hithahh ery e akurey innaany.. story liyunakas, monsta ves prefer English ?? dhn huri episodes ga chanfe kohlaanan… Thankss againn.. Insha Allah, maadhamaa schl ah dhiyumuge kurin submit kuraanan..

  7. Flora?

    Manmee. Wow. Hama bas husvejje. Ehera vaahaka thakei. Vrh salhi. Hama habeys. When next?? Waiting ingey.

    1. Monsta
      Flora?

      Hehe thankss.. sorry las veema, n3xt week ga test ehnu.. ?? Insha Allah, mirey nidhaany submit kohfa

  8. sweet dream

    varah reethi mi part avahah up kohdhebala next part

    1. Monsta
      sweet dream

      Thank you.. lasvyma sorry, Insha Allah mirey submit kohlaanan..

  9. Jumeyna

    When is next part coming?????? . This is soooooo nice. Luv your series. Cause of curiosity I can’t wait.!!!!❤❤❤❤❤❤❤????

    1. Monsta
      Jumeyna

      Thank youuu so muchh… Insha Allah, mirey submit kohdheynan, but kiyaalan libeyne exact time bunaakah adhi neynge.. ??

  10. Congrats

    Kihinettha dhw private koh vaahaka dhekkeyny.. Dhen ingeyne dhw ehaa varu.. Mi part ves varah reethi and majaa.. Heehee halaaku vejje maaxin school in aissa ulhun gothun and maahil aa rifaashaa aa dhe meehun naaves dhuvaskolhakun dhimaavejje.. Good luck.. Bye Bye dear monsta for dhuvas kolhakah ??

    1. Monsta
      Congrats

      Hehe thankss… pvt koh vaahaka nudhehkeynetha? I’m still so curious to know who you are .. thankss again

  11. Congrats

    Ehaa varah nuvisnaa.. Pvt koh vaahaka nudhekkiyas i u mathin handhaan natthaeh nulaanamey.. Kithamme dhurah dhiyaasves ☺️☺️

    1. Monsta
      Congrats

      Alhe kaaku kan neyngenghnaa visneyne noontha…. Please buneba… ???

  12. Salva

    Vrh vrh vrh reethi❤❤❤

    1. Monsta
      Salva

      Thank youuuu ??

  13. Thu

    When is next part’… mi vaahak v v rythi ?plxx plxxx dhen aneh part up kohladheeba ?

    1. Monsta
      Thu

      Thank youuuu, sorry las veema ??

  14. Shina

    # best stry ever
    # love you
    ??when next part ??

    1. Monsta
      Shina

      Thank you Shina…. ???

Comments are closed.