Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނަން އުމުރަށް – 16 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
August 11, 2019 2 Mins Read
13 Comments

ވާރޭވެހޭ އަޑުއިވި އެ ވާރޭގައި އޭނާއާ ލޫންގެ އެތައް ފޮނި ހަނދާންތަކެއް އާވެ އެހިތް ޒަހަމްކޮއްލައެވެ.

**********************

އިރުކޮޅަކު އެހެން ވިސްނަން ހުރުމަށްފަހު އިއްބާން އެނދުގައި އޮށޯވެލީ ނިދި އެލޮލާ ދުރުވެފައިވާހާލުއެވެ.

**********************

ގަޑިން ހަވީރު ހަތަރެއް ޖެހީއެވެ. އައިލީން އާ ލީޝާ ތިބީ އައިލީންގެ ކޮޓަރީ އެނދުމަތީގައެވެ. އެރޭ ރިޒޯޓުން އައިގޮތަށް އައިލީން ބަދަލުވީ އޭނާގެ މަންމައާ ބައްޕަ ހިފައިގެން އުޅޭ ބޮޑު އެހާމެ ތަނަވަސް އެޕާރޓްމެންޓަށެވެ. ދެމީހުންވެސް ތިބީ ވޭތުވެދިޔަ ދެ އަހަރުތެރޭގައިއެކެއް އަނެކަކުގެ ދިރިއުޅުމުގެ ވާހަކަތައް ކިޔާދިނުމަށެވެ.

“ލީން…މެލޭގަ ކިހިނެއް…” ލީޝާ އަހާލިއެވެ.

“ވަރަށް ރަނގަޅު….މަންމަގެ ފްރެންޑްއެއް ގޭގައެއްނު އުޅުނީ….ކިލީނާ ދައްތަ ވަރަށް ހެޔޮ…ވަރަށް ރަނގަޅު…ހަމަ މަންމަ އާ ތަފާތެއް ނެތް….ދެން އެގޭގައި އުޅޭނެ ކިލީނާ ދައްތަގެ ދެ ކުދީން…ހަސްބެންޑް މަރުވެފަ…..ކައިރާ…އެއީ ބޮޑު ލާނެތްގަނޑެއް..ކޮލެޖްގަ ކިޔަވަނީ…ދެން ކައިޒިލް…އޭނާއާ އަހަރެންވެސް ކުރިއަށްދަނީ އާރކިޓެކްޗާރގެ ދާއިރާއިން ކަމުން ދެމީހުންވެސް ކިޔަވީ އެކުގައި….ވަރަށް މަޖާ ދެން….” އައިލީން ހީލަމުން ބުނެލީ މެލޭޝީޔާގައި ހޭދަވި ދުވަސްތައް ހަނދާން ކޮއްލަމުންނެވެ.

“ހޫމްމްމް…ކައިޒިލް ދޮ…ކިތައް އަހަރު އޭނައަށް…” ލީޝާ އަހާލީ އައިލީންގެ މޫނައްބަލަން އިނދެފައެވެ.

“ވިހި އަހަރު….” އައިލީން ބުނެލިއެވެ.

“އައިލީން ބިޓެއް ނުނަގަންތަ….ނުނަގަންޏާ އޭނަ ނަގަން ވީނު…” ލާނެތް ހުނުންގަޑަކާއެކު ލީޝާ ބުނެލީ އައިލީންއަށް ޖެއްސުމަށެވެ.

“އޭ ލީޝާގަނޑާ….މާ ލާނެތްވާން ނުހަދަ އިނގޭ…އަހަރެން ނޫޅެން ތަނަކުން ފިރިހެނެއް ފެންނަ އިރަށް ރައްޓެހިވާކަށް…ދެން ކައިޒިލް…އޭނާ އެއީ އަހަރެންގެ ގާތްގަނޑަކަށް ބެސްޓްފްރެންޑް އެއް….އޯކޭ….ތިއެއް ނޫނޭ…ލީޝް ކިހިނެއް ރަށުގަ…” އައިލީން އަހާލިއެވެ.

“ހަމަ ރަނގަޅު…ލީން ދިޔައީމަ ދެން ވަރަށް ފޫހި….އެއް އަހަރު އެކޮޅުގައި އުޅެފަ ލީން މަންމަމެން މާލެ ބަދަލުވާތީ އަހަރެންވެސް އައީ މިކޮޅަށް…މިހާރު އޮފީހެއްގައި ވޯކް ކުރަނީ ދެން….” ލީޝާ ކިޔާދިނެވެ.

“ދެން ލީޝް މަންމަމެން ނާދޭތަ…” އައިލީން އަހާލުމުން ލީޝާ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

“ލީން ކޮންއިރަކު ވަޒީފާކަށް ވަންނަނީ…..”

އެގޮތުގައި ދެމީހުންވެސް ވޭތުވެދިޔަ ދެހަރުގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާކުރަމުން ދިޔައެވެ.

************************

– 3 ހަފްތާ ފަސް –

ލޯގަނޑު ކުރިމަތީ ހުއްޓިހުރެ އައިލީން ދިޔައީ އޭނާގެ ފުރަތަމަ ދުވަހު ވަޒީފާއަށް ދިއުމަށް ތައްޔާރުވަމުންނެވެ. ވަޒީފާ އެހާ ފަސޭހަ ކަމާއެކު ހަމަޖެހުނީ އައިލީން ބައްޕަ ޝާހިދުއާ ހެދިއެވެ. އައިލީންއަށް އެނގެނީ އެއީ “ބްލެކްރޯޒް” ކޮމްޕެނީގެ ތަނެއްކަމެވެ. މާވަރަކުން އެ ތަނުގެ މައުލޫމާތު އޮޅުންފިލުވަން އައިލީން ބޭބުންނުވީ ބައްޕަ ހޯދައިދިން ވަޒީފާއަކަށް ވުމުންނެވެ.

އަޅިކުލައިގެ އަތްދިގު ގަމީސްކޮޅަކާއެކު ކަޅުކުލައިގެ ސްކްނީއެއްލައިގެން ހުރިއިރު ވަރައްވެސް ރީއްޗެވެ. މޫނުގައި ވަނީ ތާޒާކަމެވެ. ތުންފަތްވަނީ މަޑު ފިޔާތޮށިކުލަކުން ފަވާލެވިފައެވެ. ކަޅު ރޭގަނޑެއްފަދަ އިސްތަށިގަނޑު އޭގެ މިނިވަންކަމާއެކު ދޫކޮއްލާފައިވެއެވެ. ލޮލުގައި އައިލައިނަރ އަޅާލާފައިވުމުން އެލޮލުގެ ވިދުން އިތުރުވެފައިވާ ފަދައެވެ. އެ މޫނުމަތީގައިވާ ސާދާކަމާއެކުވެސް ހޫރު ޕަރީއެއް ފަދައެވެ. ފަހުފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމަށްފަހު އައިލީން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

***********************

ބްލެކްރޯޒް ކޮމްޕެނީކައިރިއަށް މަޑުކޮއްލި ކާރުންފޭބި އައިލީން އިސްއުފުލާލައި އެ ދިހަބުރީގެ އިމާރާތަށް ނަޒަރު ހިންގާލިއެވެ. ފުންނޭވާއެއްލަމުން އައިލީން ހިނިތުންވެލިއެވެ. ހިނިތުންވެލައިގެންހުރެ ކޮމްޕެނީތެއަށް ވަދެގެންދިޔައިރު ވަށައިވެންވި މާހައުލަށް އައިލީންގެ ނަޒަރު ދަތުރުކުރިއެވެ. ގްރައުންޑް ފޮލޯރްގައި ކުރިމައްޗަށްވާގޮތަށް ބޮޑު ރިޝެޕްޝަންއެއް ހުއްޓެވެ. ދެފަރާތުން އެރޭގޮތަށް ފުޅާ ސިޑިއެއް ހުރިއިރު ލިފްޓުތައްވެސް ހުއްޓެވެ. އެކި ދިމަދިމާލުގައި ސޯފާ ބަހައްޓާލެވިފައިވާއިރު އެވަގުތުގައިވެސް އެތަނުގައި މީހުން ހަރަކާތްތެރިވަމުންދިޔައެވެ. މަތީގައި ބޮޑެތި ޗާންދަލިޔާތައް ލެވިވައިވާއިރު ވަރަށްވެސް ރީއްޗެވެ.

ރިޝެޕްޝަނުގައި ތިބިކުދިން އައިލީންއާ ވަރަށް އެކުވެރިކަމާއެކު ވާހަކަދެއްކިއެވެ. މިޔަދު އަލަށް މި ކޮންޕަނީއަށް ޖޮއިންކުރި ކުއްޖެއްކަން އެނގުމުން އޮފީސްތަންތަން ބަލައިލަން އެދެކުދިން އައިލީން ގޮވައިގެން ބުރެއްޖަހާލުމަށްފަހު އައިލީން އާއެކުގޮސް ސޯ.އީ.އޯ ގެ ކެބިން ކައިރިއަށް މަޑުކޮއްލިއެވެ.

“މީ ސަރގެ ކެބިން…..” ރިޝެޕްޝަން ކުއްޖެއްކަމަށްވާ މާޔާ ބުނެލިއެވެ. އައިލީން އެންމެ ރަނގަޅޭ ބުނުމުން އެދެކުދިން އަނބުރާ ދިޔައީ މަސައްކަތުގައި މަސްއޫލު ވުމަށެވެ.

ފުންނޭވާއެއްލަމުން ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެންހުރެ އައިލީން ކެބިން ދޮރުގައި ޓަކިޖަހާލިއެވެ. އެތެރެއިން ” ކަމް އިން ” އޭ ބުނުމުން ދޮރުހުޅުވާލަމުން އައިލީން ކެބިންއަށް ވަނެވެ. ކެބިންއަށް ވަދެ އެތެރަށް ނަޒަރުހިނގާލަމުން ކުރިމައްޗައް ބަލާލިވަގުތު އެތުންފަތްމަތީވި ހިނިތުންވުން ފިލާދިޔައިރު އަތުގައިއޮތް ފައިލް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ދެލޯ ބޮޑުކޮއްލައިގެން ހުރިގޮތުން ހީވަނީ އަމިއްލަ މަރު ކުރިމަތިން ފެނުމުން އަނބުރައިގަނެފާނެ ހެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ބުނެދޭށޭ ރުހެމޭ 67

Next

ތިޔަ ނޫން ހިތެއް ނޭދެމޭ 1

Next
August 11, 2019

ތިޔަ ނޫން ހިތެއް ނޭދެމޭ 1

Previews
August 10, 2019

ބުނެދޭށޭ ރުހެމޭ 67

13 Comments!

  1. jiji says:
    August 11, 2019 at 8:50 pm

    Yyey me first …will comment after reading..bala bala indha thi upkohly..thanks??

    1. jiji says:
      August 11, 2019 at 8:55 pm

      Alhey kaakubaa dhw aee..Ibbaan kahney❤❤❤..Kon irakun thr next upkohlaanyy..Im so curious..plx next part miahvure dhigukohlahchey..
      Waiting for da next??????

    2. Malsa Moosa says:
      August 11, 2019 at 11:08 pm

      Ehehe..yeah..jiji firs..congra..hmm..kiyaalaafa comnt eh koalaathi..?

  2. malsamalkkomal says:
    August 11, 2019 at 11:12 pm

    Thanks jiji…don’t know..kaakubaa dhw eii..next part in engeyne eii kaakukan..lets c dhw..next part varah avahah..yeah..
    miah thure dhigu koalaanan Insha Allah….keep waitting…lysm..❤❤

  3. malsamalkkomal says:
    August 11, 2019 at 11:15 pm

    Salaam readers…Ummeedhukuran hurihaa kiyunterinnah ves mi part kamudhaane kamah..Next part Insha Allah varah avahah…Feel free to comment your viwes…
    Love you All my readers…

    nyts…??

  4. Meekkomee says:
    August 12, 2019 at 12:19 am

    Varah reethi ?????? waiting for the next part ?? luv ur story so much♥️♥️♥️❤️❤️ Luv yeahhh?????

    1. Meekkomee says:
      August 12, 2019 at 12:58 am

      ❤️????????????❤️❤️????????????❤️❤️????????????❤️
      €ℹ️d ♏⛎?️?️®@|{ Malkko
      ❤️????????????❤️❤️????????????❤️❤️????????????❤️

    2. malsamalkkomal says:
      August 12, 2019 at 1:23 am

      Thank u soooo much Meekko…love u t..❤❤♥♥

  5. malsamalkkomal says:
    August 12, 2019 at 1:25 am

    Eid Mubaarak to u Meekko…????❤♥

  6. Shahu says:
    August 12, 2019 at 5:58 am

    Woooooww varah salhi ? ? ? ? ? ? ? love you malkko

  7. malsamalkkomal says:
    August 12, 2019 at 10:40 am

    Thank Shahu….lve u more…❤❤♥

  8. Princess says:
    August 15, 2019 at 7:21 am

    V salhi …. Kon irakun next part

  9. malsamalkkomal says:
    August 15, 2019 at 2:24 pm

    Thanks princess…sabmit koalaafin reyga??…but adhi up eh ♥nukury…thanks….ly

Comments are closed.

Next Episodeވާނަން އުމުރަށް – 17 –←


All Right Reserved!