“ސިސް…” ނައިނާއަށް ޝަލީންއަށް ގޮވާލެވުުނެވެ. ޝަލީން އޭނަ ގާތުގައި މިއީ ދުވާލޭ ބުނިނަމަވެސް އޭނައަށް ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީހެވެ. އޭނައަށް ޝައްކުކުރެވުނުގޮތަށް މަޔާންއާއި ޝަލީންއާއި ދެމެދު ގުޅުމެއް އޮތީއެވެ. އޭނަ ޝަލީންއާއިމެދު ދެކެމުންއައި ނަޒަރިއްޔާތު އެންމެ ބަހަކުން ޝަލީން ބަދަލުކޮށްލައިފިއެވެ
“ހައިއާއި އަަހަރެންގެ މެރީކުރުމުގެ ކުރިންވެސް މަޔާންއާއި އަހަރެން ކައިވެނިވަނީ ކުރެވިފައި… ބައްޕަގެ ގޮތްދޫނުކުރެއްވުމާއިއެކު އަހަންނަށް ހައިޒަލްއާއިމެރީކުރަން ޖެހުނީ… ބޭބީއަކީ މަޔާންގެ…” ޝަލީން ނައިނާއަށް އޭނަގެ މާޒީ ކިޔައިދިނެވެ. ނައިނާއަކީ އޭނަގެ ކޮއްކޮއެއްފަދަ ކުއްޖަކަށްވެފައި ހައިޒަލްގެ ލޯބިވެރިޔާއަށްވާތީ ނައިނާއަކީ އެކަން އިނގުމުގެ ހައްޤު އެންމެ ބޮޑަށް ލިބިފައިވާ ފަރާތެވެ.
ޝަލީންގެ ވާހަކަތައް އަޑުއަހަންއިންއިރު ނައިނާ އިނީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. މިއަދާއި ހަމައެއްވެސް އޭނައަށް ޝަލީން ސިފަކުރެވުނީ އެއްވެސް ހިތާމައެއް ނެތި އުޅެމުންދިޔަ މިނިވަން ކޮކާލެއްގެ ގޮތުގައެވެ. އެ މޫނުމަތިން މިހާތަނަށްވެސް ނައިނާއަށް ފެނުނީ ކާއިނާތްވެސް ދިއްލިގެންދާހާ އަލިގަދަ ހިނިތުންވުންތަކެވެ. ނަމަވެސް އެ ހިނިތުންވުންތަކުން ޝަލީން ފަރުދާކުރި ވޭންތައް ދުލުން ބުނުމަކާއިނުލާ ދެވަނަ އިންސާނަކަށް މެހެސޫސްވެސް ނުވާނެއެވެ.
“ސިސްގެ ސިޗުއޭޝަން އަހަންނަށް ވިސްނޭ… އެކަމަކު އަހަރެންނަށް ހައިއަށް ޓްރަސްޓްކުރެވޭނީ ކިހިނެތް؟ އަދިވެސް ކަންތައްތަކެއް ސިއްރުކުރަނީހެން ހީވަނީ ކީއްވެތަ؟” ހަޤީގަތް އިނގުނުވަރަކަށް އޭނައަށް މާބޮޑަށް އޮޅޭގޮތްވީއެވެ.
“ނޫން… ހައި ވަރަށް ލޯބިވޭ ނައިނާދެކެ… އަންހެންކުއްޖެއްގެ ނަމަކަށް އެދުލުން އިވޭ ހަމައެކަނި ނަމަކީ ތިއީ… ތި ނަން ކިޔާލައި ކޮންމެ ވަގުތަކު އެ މޫނުމަތިން ފެންނަ ހިނިތުންވުން… ތާއަބަދު އެ މޫނުން ފެންނަ މާޔޫސްކަމުގެ ސަބަބަކީ ތިއީ.. ހީ ލަވްްްޑް ޔޫ އެލޮޓް… ހައި ނައިނާ ދޫކޮށްލީ މަޖުބޫރުވެގެން… ނައި ވިސްނާލިޔަސް އިނގޭނެ.. ލޯބިނުވާނަމަ އަމިއްލަ ހަލާކަށް ހުށަހެޅިގެން ހައި ކޮންމެފަހަރަކު ނައިނާ ސަލާމަތްކުރާނެތަ؟” ޝަލީން ދެންކިޔައިދިން ވާހަކަތައް ނައިނާގެ ސިކުުނޑީގައި ޖެހިގަތްގޮތަށް އޭނަގެ ލޯމައްޗަށް ހުރަސްއަޅާފައިވާ ވިލާގަނޑު ލޯމަތިން ނަގާ އެއްލާލިއެވެ. މާހިލްގެ ބަސްތައް ފަހުމްކޮށްދިނެވެ. އެއީ ނައިނާއަށް އަޑުއަހަން އުނދަގޫވި ވާހަކަތައް އިނގުނީ އެ މޫނުމައްޗަށް ވަމުންދިޔަގޮތުންނެވެ. އެ ބޮޑުދެލޯ ކަރުނުން ފުރެމުންދިޔައިރު ތުންފަތުގައި ދަތްއަޅާ ބާރުކޮށްލައިގެން އިނދެ ކަރުނަ ނުއޮހުރުވަން ނައިނާ މަސައްކަތްކުރިއެވެ. އެންމެފަހުން ދެއަތުން މޫނު ފޮރުވާލިގޮތަށް ބާރުބާރަށް ރޯންފެށުނީ ކަރުނަ ހިފަހައްޓާލަން ނުކުޅާދަނަވެގެންނެވެ.
ކަރުނައާއި ވޭނަކީ އޭނަގެ ބައިވެރިއަކަށް ހަދައިގެން އުޅުނުއިރު އޭނަގެ ލޮލުން އޮހުރާލި އެންމެ ކަރުނަތިއްކެއްވެސް ހައިޒަލްގެ ހިތަށް ލިބުނު ވޭނާއި އެއްހަމައެއް ނުކުރެވޭނެއެވެ. މިއަދާއި ހަމަޔަށްވެސް އޭނަ ހީކުރީ ހިތާމައާއި ވޭނުގައި އުޅެމުންދާ ހަމައެކަނި ފަރާތަކީ އޭނަކަމަށެވެ. ލޮލުން ކަރުނަ ނުފެނުމުގެ މާނައަކީ އުފާވެރިކަން ނޫނެވެ. ހިތާމައިގައި ކޮންމެފަހަރަކު ކަރުނަ މަދަދުވެރިއަކަށްވުން މަޖުބޫރެއްނޫނެވެ.
“ކޮބާ ހައި؟” ނައިނާގެ ހިތްއެދުނީ ދާގޮތަށް ހައިޒަލްގެ އަތުތެރޭ ފޮރުވިގަތުމަށެވެ. ހަގީގަތް އިނގުމަށްފަހު ދެން ހައިޒަލްއާއި ދުރުން އުޅެން އޭނައަށް އެންމެ މިނެޓަކަށްވެސް ކެތެއްނުވާނެއެވެ.
“ރޫމްގައިވީ… ކަންތައްވީގޮތުން ވަރަށް ބޮޑަށް ރިގްރެޓްވެފައި ހުރީ…” ޝަލީން ވާހަކަދައްކަމުންދަނިކޮށް ނައިނާ ގޮނޑިން ތެދުވެ ރޫމްގެ ދޮރާއިދިމާލަށް ދިޔައެވެ. ލިވިން ރޫމްއަށް ނިކުތުމާއިއެކު އެންމެންގެ ނަޒަރު ނައިނާއަށް ހުއްޓުނެވެ. މިކްޔާލްއާއި ވާހަކަދައްކަން އިނދެފައި މަޔާން ތެދުވެ ނައިނާއާއި ގާތްވެލަން އުޅުމާއިއެކު ޝަލީން އެކަން މަނާކޮށްލިއެވެ. ނައިނާއަށް ވަގުތުން ދޭން މަޔާންއަށް އެންގިއެވެ.
*** *** *** *** *** ***
ހުޅުވާލެވިފައިވާ ފުޅާ ކުޑަދޮރުތަކުން ވަންނަމުންދިޔަ ރަންއަލިން މުޅި ކޮޓަރިތެރެ ވަނީ ހުޅުދާންކޮއްލައިފައެވެ. މަޑުމަޑު ވައިރޯޅިތަށް ވަންނަމުންދިޔައިރު ރީތި ރާގަކަށް ކާރޓެއިންތަށް ހެއްލެމުންދިޔައެވެ. ވައިގެ ހަމަލާތަކަށް ކެތްނުވެގެން އެއްފަރާތެއްގައިވާ ވިންޑްޗައިމް ތެޅިގަންނައިރު ބިއްލޫރިކޮޅުތަށް އެކަތި އަނެތިކޮޅާއި ޖެހިލާ އަޑު އިވިލަނީ ހިމޭން މިޔުޒިކެއްފަދައިންނެވެ. ދޭތެރެއަކުން ކޮޓަރިއަށް ވެރިވެފައިވާ ހިމޭންކަން އެ ލުއި އަޑުން ކަނޑުވާލައެވެ.
ހައިޒަލް އެނދުގެ ހެޑްބޯރޑަށް ލެގިލައިގެން އިންއިރު އެ ތޫނު ނަޒަރު ހުސްކޮށްލެވިފައިވަނީ އެނދުމަތީ އުއްޑުންވާހެން ބާއްވާލެވިފައި އޮތް ފޮޓޯފްރޭމްއަށެވެ. އެއީ އޭނަ ރައްކާކޮށްގެން ގެންގުޅޭ ނައިނާގެ ފޮޓޯގަނޑެވެ. ހައިޒަލްގެ ކެބިންގެ ބެލްކަނީގައި ދެޒުވާނުން ވާހަކަދައްކަން ތިބި ދުވަހަކު މިކްޔާލް ނަގައިފައިވާ ފޮޓޯގަނޑުގައި ނައިނާ ރަކިވެފައިހުރިއިރު ނުހަނު ލޯތްބެވެ. ހައިިޒަލް ކޮންމެވެސް ލާނެތް އެއްޗެކޭ ބުނެލުމުން މޫނު ރަތްކޮށްލައިގެން ހުރިއިރު ތުންފަތްމަތީ އޭނަގެ ހިތާ އަބަދުހެން ކުޅެލާ ހިނިތުންވުމެވެ. ހައިޒަލްގެ އިނގިލިން ނައިނާގެ މޫނުގައި ފިރުމާލީ އެ މޫނުގައިވެސް ފިރުމާލާނެހާ ލޯބިންނެވެ.
ދޮރުހުޅުވިގެންދިޔައަޑާއިއެކު ދޮރުމަތިން ފެނުނު ސޫރައާއިއެކު ހައިޒަލްއަށް ވަގުތުން އެނދުން ތެދުވެވުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލެވުމުގެ ކުރިން ނައިނާ އައިސް ހުރީ އެއަތުގެ ތެރޭގައެވެ. އެ ކަރުނަތަކުން ހައިޒަލްގެ ގަމީސް ތެމިފޯވިއިރު ހައިޒަލް އެއަތުގެ ތެރޭ ނައިނާ ބޮޑިކޮށްލަމުން ނައިނާއަށް ގޮވާލިއެވެ. އޭރު އެއަޑުގައިވީ ކަންބޮޑުވުމާއި ހާސްކަމެވެ.
“ހައި… ކީއްވެ ނުބުނީ… ސިއްރުކުރީ ކީއްވެ؟” ހާސް ހިތާމައާއި ޝަކުވާ އެކުވެގެން ނައިނާގެ އަސަރުގަދަ ލޮލުގެ ހިތްހަލާކުކޮށްލާފަދަ އަސަރުތައް ދެގުނަކޮށްލައިފައިވެއެއެވެ. ހައިޒަލް ސިއްރުކުރުމުގެ ސަބަބުން ދެހިތަށް އެތަށް ވޭންތަކެއް ލިބިގެން ގޮސްފިއެވެ. މާޒީވި ދުވަސްތަކުގައި އެތަށް ކަރުނަތަކެއް އޮހޮރުވަން ޖައްސައިފިއެވެ. ހައިޒަލް ސިއްރުނުކުރިނަމަ އެދެލޯބިވެރިން އެގޮތަށް ވަކިވާކަށް ނުޖެހުނީހެވެ. ހައިޒަލް އަމިއްލައަށް ހިތާމަތައް ބަރުދާސްތުކުރާކަށް ނުޖެހުނީހެވެ.
“ނެއިންއަށް ކުޑަ އަނިޔާއެއްވެސް ލިބެން ހިތްނޭދޭތީ… އެއަށްވުރެ އަހަންނަށް ނައިނާ މުހިންމުވީތީ…” ހައިޒަލް ނައިނާގެ އެ ފަށުވި އިސްތަށިގަނޑުގެ ތެރޭ މޫނުފޮރުވާލިއެވެ.
“ދެން މިހުރިހާ ދުވަހަކު އަހަންނަށް ތިދިނީ އަނިޔާ ނޫން ކޯއްޗެއް… ހައިއަށް ހީވަނީތަ ބޭރުފުށުން ލައްވާލައި ޒަހަމް އެކަންޏޭ އަނިޔާއަކީ… އައި ހޭޓް ޔޫ.. އައި ހޭޓް ޔޫ…” ” ނައިނާ ހައިޒަލްއާއި ދުރުވެލިގޮތަށް ހައިޒަލްގެ މެއަށް ގޮށްމުށުގެ އެތިފަހަރުތައް އަމާޒުކުރަންފެށިއެވެ. ހައިޒަލް އިރުކޮޅެއް ވާންދެން ނައިނާ ހުއްޓުންވަން ނޫޅެ ހުރެފައިވާ ނައިނާ ގެނެސް އެމޭގެ ތެރޭ ބޮޑިކޮށްލިއެވެ.
“އައިމް ސޮރީ… ބުނެގެން ނެއިންއަށް ހޭންޑަލްކުރެވޭނެތަ… އެހެންވެ އަހަރެން ނުބުނެ ދުރަށްދިޔައީ… އަހަރެންގެ ހުރި ހަމައެކަނި ފަރާތަކީ ތިއީ… މިހާރުވެސް އަހަރެންގެ ސަބަބުން ކިހާ އަނިޔާއެއް ލިބިއްޖެ.. ކިހާ ކަންތަކެއް ގޯތްރޫކުރަންޖެހިއްޖެ… ދުވަސްތައް ފާއިތުވަމުންދާވަރަކަށް ކަންކަން ގޯސްވަމުންދާނީ… އެވަރުންވެސް ނައިނާ ބޭނުންވޭތަ އަހަންނާއިއެކު ހުންނަން…” ނައިނާގެ ފަށުވި ކޮޅެއްފަދަ އިސްތަށިކޮޅާއި ކުޅެކުޅެލައި ހުރެފައި ނައިނާ ދުރުކޮށްލިގޮތަށް ހައިޒަލް އެދެލޮލާއި ކަޅި ހަމަކުރިއެވެ.
“ކީއްވެތަ އަބަދުވެސް ހައި ބޭނުންވާގޮތަށް ހުރިހާ ކަމެއް ނިންމަނީ… އަހަރެން ބޭނުންވާގޮތް ހައިއަށް މުހިންމުނުވަނީތަ؟ އެންމެފަހަރަކުވެސް އަހަރެން ބޭނުންވާގޮތް ހައި އަހާބަލަ… ދެން ނުދާނަން ދުރަކަށް… ތިހުރިހާ ކަމަކާއި ކުރިމަތިލެވޭނޭ ހިތްވަރު އަަހަރެންގެ އެބަހުއްޓޭ… އަހަރެން ހައިދެކެ ލޯބިވީ ބޭނުންވާވަގުތު ދޫކޮށްލާފައިދާކަށް ނޫނޭ… ޕްލީޒް އިތުރަށް އަހަރެން ދުރަށްލާން ނޫޅެބަލަ… ހައި ދުރަށް ލިޔަސް ދެން ދުވަހަކު ދުރަކަށް ނުދާނަން…” ނައިނާ ހައިޒަލްގެ ޓީޝާޓުގައި ހިފެހެއްޓިގޮތަށް މެއާއި ދިމާލުން ބާރުކުރިއެވެ. އޭރު އެދެލޮލުގައިވީ ހިތްހަމަނުޖެހުމެވެ. ޝަކުވާއެވެ.
“ޕްލީޒް… އިތުރަށް އަހަންނަށް އެއްވެސްކަމެއް ސިއްރުކުރަންނޫޅޭ… މިކަމުގެ ނިމުން އަންނާނެގޮތެއް ނޭނގުނަސް އެންމެ ފަހުވަގުތާއި ޖެހެންދެން ހައިއާއިއެކީ ހުންނަން އަހަރެން ބޭނުން… އަހަރެންނަކީ އެހީއަކަށްނުވިޔަސް ހައި އެކަނިވިޔަކަ ނުދޭނަން… ހައިގެ މަންމައާއި ބައްޕައަށް އިންސާފުހޯދައިދޭން އަހަރެން ބޭނުން… ހައި ޕްލީޒް…” ނައިނާ އިސްއުފުލާ ހައިޒަލްގެ މޫނަށް ބަލާލިއިރު އެލޮލުގައިވީ ކަރުނަތަށް ދެކެވިފައި ދެކޮޅުހަދަން ބޭނުންވިޔަސް ހައިޒަލްގެ ދުލުން އެންމެ ލަފްޒެއްވެސް ބޭރެއްނުވިއެވެ.
“ޝަލީތަ ހުރިހާ ވާހަކައެއް ކިޔައިދިނީ…” ހައިޒަލް އިސްތަށިގަނޑަށް އަތްމަހާލިއެވެ. އޭނަ ނައިނާއަށް އެއްވެސް ކަމެއް ނާންގަން އުޅުނު ސަބަބަކީ އެއީއެވެ. ނައިނާގެ ޖެހިލުންކުޑަކަމާއިއެކު ހުރިހާކަމެއްގައި ބައިވެރިވާން އުޅޭނެއަތީއެވެ.
“ސިސް ނުބުނިނަމަ ހައި އަދިވެސް އަހަންނަށް ސިއްރުކުރާނަންދޯ…” ނައިނާ ހައިޒަލްގެ އަތުތެރޭ ބޮޑިވެގެން ހުރެފައިވެސް ދުރުވިގޮތަށް ހައިޒަލްއާއި ދިމާލަށް ކަޅިއަޅާލައިފިއެވެ.
“ވަރަށް ތަދުވޭތަ؟ ވީކްއެއް ވަންދެން ނައިނާ ހުންނާނީ މިކޮޅުގައި.. މިހާރުވެސް ނޭނގެ އައްމާރު މީހުން ނުހޯދާކަމެއް.. ދައްތަގާތުވެސް ބުނެފިން….” ނައިނާގެ ނިއްކުރިމަތީ އަޅާފައިވާ ބޭސްގަނޑުގައި ހައިޒަލް އިނގިލި ޖައްސާލިއެވެ. ނިއްކުރިމަތިން ފެށިގެން އިނގިލި ހިންގަމުން އައިސްފައި ނައިނާގެ ތުންފަތާއި ހަމައިން ހައިޒަލްގެ ހަރަކާތް މަޑުޖެހުނެވެ. އަތްތިލަ އުފުލާލުމަށްފަހު ނައިނާގެ ކޯތާފަތުގައި ޖައްސާލިއެވެ. ކަރުދޮށުގައި ބޮސްދިންވަގުތުކޮޅު ނައިނާގެ ދެލޯމެރިގެންދިޔައެވެ.
“ސޮރީ… ކޮންމެފަހަރަކުވެސް އަހަރެންގެ ސަބަބުން ނައިނާ ނުރައްކަލަށް ވައްޓާލެވޭތީ… އަހަރެން އައިފަހުން ނައިގެ ހަޔާތަށް އެންމެ ހިމޭންދުވަހެއްވެސް ނާނދެދޯ…” ނައިނާ ލޯމަރާލައިގެން ހުރެފައި ލޯހުޅުވާލިއިރު ހައިޒަލްގެ ކަޅުކަންގަދަ ދެލޯ ފެނިލީ އޭނަގެ ސޫރަވާހާ ގާތުންނެވެ. އެލޮލުގައިވީ ކުށްވެރިކަމެވެ. ނައިނާއާއިއެކީ ހަމަޖެހޭ ހަޔާތެއް ވޭތުކުރަން ބޭނުމެވެ. ނަމަވެސް އޭނަ ތޫފާނެއްފަދައެވެ. ނައިނާގެ އޮމާން އަމާން ހަޔާތް ހަފުސްވީ އޭނަގެ ސަބަބުންކަމަށް ހިތްވެސް ގަބޫލުކުރެއެވެ.
“ޑޯންޓް… މައާފަށް އެދޭވަރުގެކަމެއް ހައި ނުކުރެ… އެހެންމީހުންގެ ނުބައިކަން އަހަރެމެންގެ މައްޗަށް ފޯރުމަކީ ހައިގެ ކުށެއްނޫން… ދެން ދުވަހަކުވެސް އަހަރެންގެ ފަރާތުން ހައި މައާފަށް ނޭދެއްޗޭ… ތިއީ ކުށްވެެރިއެއްނޫން… ދުނިޔޭގެ ކޮންމެ ބާރެއް އަހަރެމެން ދުރުކުރުވަން އުޅުނަސް އަހަރެން ހައިއާއިއެކު ވާނަން… އެއްވެސް މީހަކަށް އަހަރެމެން ދެން ދުރެއްނުކުރެވޭނެ… މަރުނޫނިއްޔާ… ތިއީ މުޅި އުމުރަށްވެސް އަހަރެން ލޯބިވާނޭ ހަމައެކަނި ފަރާތަކީ….” ނައިނާ ހައިޒަލްގެ މޫނުގައި ހިފަހައްޓާލިގޮތަށް އޭނަގެ ލޮލާއި ހަަތަރުކަޅި ހަމަކުރުވިއެވެ.
“ޕްރޮމިސްކުރޭ ދެން އަހަންނަށް އެއްވެސްކަމެއް ސިއްރުނުކުރާނޭކަމަށް… ނޯ މެޓަރ ވަޓް… ހުރިހާކަމަކާއިވެސް ކުރިމަތިލާނީ ދެމީހުން އެކީގައި….” ނައިނާ އަތްއުފުލާލަމުން ހައިޒަލް އަތް ގެނެސް އެއަތާއި މަހާލިއެވެ. ހައިޒަލްއާއި ދިމާލަށް ބަލާލަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެެރިކުރުވިއެވެ.
“މިއަތުން ދުވަހަކު ދޫނުކޮށްލައްޗޭ..” ގުޅިފައިވާ އަތަށް ހުއްޓިފައިވާ ނަޒަރު ހައިޒަލްގެ މޫނަށް ބަދަލުކޮށްލަމުން ނައިނާ ބުނެލިއެވެ. ހައިޒަލްގެ އެދުމަކީވެސް އެއީއެވެ. ދުވަހަކު ނައިނާ ދިޔަދޭކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަގެ ހިތުގެ ކޮންމެ ވިންދެއް އެދި ގޮވާ ލޯތްބަކީ ނައިނާއެވެ.
ނައިނާގެ އަތްތިލައިގައި ހިފާލައިގެން ހުރެފައި ހައިޒަލް އަނެއްއަތުން ނައިނާގެ އަތުގައި ހިފާ އޭނާގެ ގަޔާއި ދިމާލަށް ދަމައިގަތެވެ. ނައިނާ ހައިޒަލްގެ މޭގައި ޖެހުނުވަގުތު ނައިނާގެ ނަޒަރު ދަތުރުކުރީ އެނދު މަތީގައި އޮތް ފޮޓޯ ފްރޭމްއަށެވެ. ނައިނާ އެ ފޮޓޯފްރޭމް އަތަށް ނެގިއެވެ.
ނައިނާގެ ތުންފަތްމަތީ ހިނިތުންވުމެއް ދުވެލީ އެދުވަސް ހަނދާންވެފައިހެން ހީވިއެވެ. ނައިނާއަށް އެންމެ ރީތީ ކަޅުކުލައިގެ ކޯޓާއި ފަޓްލޫންގައި ހުރި ހައިޒަލް ފެނިފައި ނައިނާއަށް ހިތާހިތުން އެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ. އޭނައަށް ފެންނަ އެހެން ޒުވާނުންނާއި ހިލާފަށް ހައިޒަލް ފެންނަކޮންމެފަހަރަކު އެ ރީތިކަން އިތުރުވާފަދައެވެ. އެ މޫނު ފެންނަކޮންމެފަހަރަކު އޭނަގެ ހިތް އިތުރަށް ލެނބިގެންދަނީއެވެ.
ނައިނާ އެގޮތަށް ހުއްޓާ ހައިޒަލް ނައިނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ހައިޒަލްގެ ފަންއިސްތަށިގަނޑު ނައިނާގެ މޫނުގައި ބީހިލިވަގުތު ނައިނާއަށް ލޯމަރާލެވުނެވެ. އެ ބާރުގަދަ އަތުގެ ހިމާޔަތަށްޓަކައި ހިތް ތެޅިފޮޅިގަތެވެ. އެއަތުތެރެ މުޅި އުމުރަށް އެގޮތަށް ހުރެލުމަށް އެދުނެވެ. މިއީ ހަމައެކަނި އޭނަގެ ހައްޤެކެވެ. އޭނަގެ ލޯތްބެވެ. އެހެންމީހެއްގެ ހައްޤެއްކަމުގެ ކުށްހީކުރެވި ލައްކަދުވަހު އޭނައަށް ދުރުން އުޅެވިއްޖެއެވެ. ދެންއޮތީ އެދެލޯބިވެރިންގެ ދުވަސްތަކެެވެ.
*** *** *** *** *** ***
އެވަރޓަންގެ ބޮޑު ސްޓަޑީގެތެރެއަށް ވެރިވެފައިވަނީ ނުހަނު ރީތި ރީނދޫ އައްޔެކެވެ. މިޙުރާން އޭނަގެ ހަގު ދަރިފުޅު މަޔާންއާއި އެކީ ސްޓަޑީގެ ސޯފާގައި ކޮފީ ބޯން އިންނެވިއިރު ދެކެވެމުން ދިޔައީ އާއިލީ ވާހަކަތަކެވެ. ހުޅުވާލެވިފައިވާ ކުޑަ ދޮރުތަކުން ވަންނަ ތާޒާ ވައިން މުޅި ކޮޓަރިތެރެވަނީ އޭސީ ކޮށްލެވިފައެވެ. އަގުބޮޑެތި ފަރނީޗަރތަށް ވަނީ މަޑު ދަނބުކުލައަކުން ޖަރީކުރެވިފައެވެ.
މިޙުރާން ދަރިފުޅުގެ ވާހަކަތައް އަޑުއައްސަވަން އިންނެވިއިރު ދޭތެރެއަކުން މަޔާންގެ މޫނަށް ބަލާލެއްވެނީ ކެއްތެރިކަން ކޮޅުންލާފައިވާކަހަލަގޮތަކަށެވެ. އޭނަގެ ހިތާއި ވަކިކޮށްލަން އުނދަގޫ މާޒީ މަޔާންއާއި ހިއްސާކުރަން ހިތްއެދޭތާ ދުވަސްކޮޅެއްވެއްޖެއެވެ. މަޔާން މިހާރު ބަލަމުންއެދަނީ އެކުވެެރިޔާގެ މަރުގެ މައްސަލައެވެ. މަޔާން ބަލަމުންދާ މައްސަލައަށް އޭނަ އެހީގެ އަތެއް ފޯރުކޮށްދޭން ޖެހޭ ވަގުތު ޖެހުނީއެވެ.
މިޙުރާން ހަރުގަނޑުން ނެންގެވި ފައިލްތަށް ގެނެސް މޭޒުމަތީ ފަތުރާލިއެވެ. އެއީ މިޙުރާން މިވީހާތަނަށްވެސް ނުހަނު ރައްކާކޮށްގެން ގެންގުޅުނު ލިޔުންތަކެކެވެ. އަޒްހާންގެ މަރުގެ އެންމެ ފުނަށް ވާސިލްވެވެން އޮތް މަގެވެ.
“ދަރިފުޅު ކުޑަވީމަ މާރަނގަޅަށް ހަނދާން ހުންނާނޭކަމެއް ނޭނގެ… އެކަމަކު ކޮންމެވެސް ވަރަކަށް ހަނދާންހުންނާނޭކަން ނޭނގެ އަޒް އަންކަލްއާއި ހައި އާންޓީ… ދަރިފުޅަށްވުރެ ބޮޑަށް ހަނދާންހުންނާނީ ދާން…” މިޙުރާން ވާހަކަދައްކަވަމުންދިޔައިރު މަޔާންގެ ފުރިހަމަ ސަމާލުކަން ދެވިފައިވިއެވެ. އޭނަގެ ހަނދާނުގައި ކަންކަން ހުންނަން ފެށީއްސުރެ ގޭތެެރެއިން ފެންނަ ދެޒުވާނުންގެ ފޮޓޯލޯގަނޑާއި ބެހޭގޮތުން ސުވާލުކޮށް ހަދައެެވެ. އެއިންކޮންމެފަހަރަކު މިލީނާވެސް އެ ދެޒުވާނުންގެ ނަން ކިޔައިދެނީ މިޙުރާން ބުނުއްވި ގޮތަށެވެ.
“އަޒްހާންއަކީ ބައްޕަގެ އެންމެގާތްއެކުވެރިޔާ…. ހައިލާއަކީ ދަރިފުޅުގެ މަންމަގެ… ބައްޕަމެން ހަތަރުމީހުން އުޅެމުންދިޔައީ ވަރަށް އުފަލުގައި… އަޒްހާންގެ ދެމަފިރިން ނިޔާވީ ވަރަށް ކުއްލިގޮތަކަށް… ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި… އޭރު ބައްޕައަކީ ޕްރޮސިކިއުޓަރެއް… އަޒްހާންގެ މަރުގެ ހަޤީގަތް ހޯދަން ބައްޕައަށް ކުރެވެން ހުރި ހުރިހާކަމެއް ބައްޕަ ކުރީން… ގުދުރަތީގޮތުން ހިނގާދިޔަ ހާދިސާއެއްގެ ގޮތުގައި ނިމިގެންދިޔަސް އަޒްހާންގެ މަރަކީ ބަޔަކު ހިންގައިގެން ރޭވި ޖަރީމާއެއް.. ދެރައީ އެކަމުގެ ފަހަތުގައި ތިބި ބަޔަކު ބައްޕައަށް ނޭނގޭކަން… އެމީހުން ހުށިޔާރުކަމާއިއެކު ކުށުން ބަރީއަވީކަން….” މިޙުރާންގެ ފެންކަޅިވީ އަޒްހާންއާއި އެކު ހޭދަވި ދުވަސްތައް ހަނދާންވެފައެވެ. އެދުވަސްތައް އަނބުރާލިބޭނެނަމައޭ މިއަދުވެސް ހިތަށް އެރުއްވިއެވެ. 21 އަހަރުވެގެންދިޔައިރުވެސް އަޒްހާންގެ ވަކިވުމުން އޭނަގެ ދިރިއުޅުމަށް އައި ހުސްކަން އަދިވެސް އެގޮތުގައި އެބައޮތެވެ. އެ ހުސްކަން ފިލުވައިދޭނޭ ފަރާތެއް އަޒްހާން ނޫނީ ނުވާނެއެވެ.
“ޔާން މިކޭސް ނެގި ވާހަކަ ބައްޕަ އަޑުއެހީން… ކުރިއަށްދިޔުމަކީ ފަސޭހަކަމަކަށްނުވާނޭކަން ބައްޕައެއް އިނގޭ… ސަބަބަކީ ހުރިހާ ނުބައިކަމެއްގެ މުގުލު ކަނޑިތަކެއްފަދައިން ދަރިފުޅަށް ހަމަލާދޭން މަސައްކަތްކުރާނެއަތީ… އެކަމަކު ފަސްބެލުމެއްނެތި ކުރިއަށްދާތި… ކޮންމެ ކަމަކީވެސް ކޮންމެވެސް ދުވަހަކު ދުނިޔެއަށް ފާޅުވެގެންދާނޭކަމެއް… ތިކަމުގައި ބައްޕަ މިހުރީ ޔާންއަށް އެހީވާން….” މިޙުރާން އޭނަގެ ދަރިފުޅުގެ ކޮނޑުގައި ހިފާލިއެވެ. އޭނައަށް ކާމިޔާބު ނުކުރެވުނު މަސައްކަތް އޭނަގެ ދަރިފުޅު ކާމިޔާބު ކުރާތަން ދެކެން އޭނަ ބޭނުމެވެ. ނުހައްޤުން ދުނިޔެއާއި ވަކިވެގެންދިޔަ މައުސޫމް ފުރާނަތަކަށް އިންސާފު ލިބުމަކީ އޭނަގެ ދުއާއެވެ.
“ހައިޒަލްގެ ޑޭޑް…” މަޔާން ކުޑަކޮށް ހައިރާންވިއެވެ. އައިޒާން އޭނައަށް ދެއްކި ފޮޓޯ އޭނައަށް އެހާ ދަންނަ ފޮޓޯއަކަށްވީ ސަބަބު އަދިކިރިޔާ އިނގުނީއެވެ. މިގޭތެރެއިން އެ ފޮޓޯ އޭނައަށް ފެނިފައިވަނީއެވެ. މިޙުރާން ޖަވާބެއްގެ ގޮތުގައި ބޯޖަހާލެއްވިއެވެ. އޭނައާއި އަަޒްހާންގެ އެކުވެރިކަން ނިމިގެންދިޔައީކަމުގެ އިހުސާސް އެންމެބޮޑަށް ކުރެވުނު ވަގުތުކޮޅަކީ އެއީއެވެ. އޭނައާއި އަޒްހާންގެ ގުޅުން މަޔާން ދަމަހައްޓާނޭކަމަށް އޭނައަށް ހީކުރެވުނެވެ. ނަމަވެސް އެފަދަ ގުޅުމެއް މަޔާންއާއި ހައިޒަލްގެ ދެމެދުގައި ނުބޭއްވޭނޭކަމަށް އޭނަގެ ލޮލަށް ފެނުނު މަންޒަރުވެސް ހެކިވެއްޖެއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށްޓަކައި ފިދާވާރަށްވަމުން އައި ލޯބި ޒުވާންވެގެން އައިރު ނަފްރަތަށް ބަދަލުވީއެވެ. ތަގުދީރު އެދެކުދިން ދެވަނަފަހަރަށް އެއްތަންކުރުވީ ދެ ދުޝްމިނުންގެ ގޮތުގައެވެ. ހިތާމައަކީ ދެޒުވާނުންގެ ހަޔާތަށްވެސް އެއް އަންހެންކުއްޖަކު އައިކަމެވެ. ހައިޒަލްގެ އަނތްބަކަށްވީފަދަ މަޔާންގެ ހިތުގައި މަލިކާއަށްވެސް ޝަލީންވީކަމެވެ. ދެޒުވާނުން ތަޅައިފޮޅައިގަންނަންވެފައި ތިބޭއިރު ހަޤީގަތް ކިޔައިދިނުމުގެ ބޭނުމެއް ދެން އޮންނާނެ ހެއްޔެވެ؟
މިޙުރާން މަޔާންއާއި ގާތަށް ފައިލްތަށް ޖައްސަވާލެއްވިއެވެ. އެއީ މިހުރާންގެ މަސައްކަތުގައި ހޭދަވި ދުވަސްތަކާއި އޭގެ ފަހުންވެސް އެ މައްސަލައާއި ބެހޭގޮތުން އޭނަ އެއްކުރި މައުލޫމާތުތަކެވެ. ފަހުން ބޭނުމެއް ޖެހިދާނޭކަމަށް އޭނަ ރައްކާކުރީއެވެ. މަޔާންއާއި ހަމަޔަށް އެލިޔެކިޔުންތައް އައިސްފައިވާނޭކަމުގެ ޔަގީންކަމެއް އޭނައަކަށް ނެެތެވެ. ކަމުގެ މުގުލުގައި ތިބި މީހުން ތިބީ ހުރިހާ ހެއްކަކާއި ޤަރީނާއެއް ނައްތާލުމަށް އަތުކުރިއޮޅާލައިގެންނެވެ.
“ތޭންކްސް ޑޭޑް… އިޓް ވިލް ހެލްޕް އެ ލޮޓް.. އިންޝާ ﷲ ޑޭޑްއަށްޓަކައިވެސް އަޅުގަނޑު މިކޭސް ވިންކުރާނަން…” މަޔާން ތެދުވެ މިޙުރާންގެ ގައިގައި ބައްދާލިއެވެ. މިޙުރާންގެ ފަރާތުން ލިބުނު އެހީއަކާއިއެކު އޭނައަށް ކުރިއަށްދާނޭ މަގު ސާފުވެއްޖެއެވެ. އޭނައަށް ކުރިއަށްދިޔުމުގައި ދިމާވީ ގޮންޖެހުން ނެތިގެންދިޔައީއެވެ.
މަޔާން ނިކުމެގެންދިޔަތާ އިރުކޮޅެއްފަހުން މިލީނާ ސްޓަޑީއަށް ވަދެލިއިރު މިޙުރާން އިންނެވީ އެމީހުންގެ ޒުވާންއިރުގެ ފޮޓޯގަނޑެއް އަތަށް ނަންގަވައިގެންނެވެ. އެއީ އަޒްހާންގެ ދެމަފިރިންނާއިއެކު އެދެމަފިރިންނަށް ރައްކާކުރެވުނު އެންމެ ފަހު ފޮޓޯއަށްވާތީ މިޙުރާން އެހާ ފޮޓޯ ހަޒާނާކުރަނީ ނުހަނު ބޮޑަށެވެ. އަޒްހާންއާއި ގުޅުން ހުރި ކޮންމެ އެއްޗެއްް މިޙުރާންއަށް ނުހަނު މުހިންމުވެފައިވެއެވެ. އެދެމެދުގައި ބަދަލުކުރެވުނު ހަދިޔާތައް އަދިވެސް މިޙުރާންގެ އަލަމާރިން ޖާގަހޯދައިފައިވެއެވެ. އެއިންކޮންމެ އެއްޗެއްގައި މިޙުރާން ފިރުމާހަދަނީ އެކުވެރިޔާގެ ވަކިވުމުން ހިތްދަތިވެފައިވާ ހާލުގައެވެ. އަޒްހާންފަދަ ފަރާތެއް ދެން މިޙުރާންގެ ހަޔާތަށް ނާންނާނޭކަމަކީ މިލީނާއަށް ޔަގީންވާކަމެކެވެ.
މިލީނާ މަޑުހިނގުމެއްގައި އައިސް މިޙުރާންގެ ކޮނޑުގައިހިފާ ބާރުކޮށްލިއެވެ. އެވަގުތު މިޙުރާން އިސްއުފުލާބަލާލެއްވިއިރު މިލީނާ މިޙުރާންގެ ގާތުގައި އިށީދެ އެލޮލުން އަންނަމުންދިޔަ ކަރުނަތައް ފުހެލަދިނެވެ.
“މިއީ މިޙުރާން އުފާކުރަންވީ ދުވަސް… އިންޝާﷲ ރާންގެ ހުވަފެންތައް މާލަހެއްނުވެ ސީދާވެދާނެ… އަހަރެމެންގެ ދަރިފުޅަށް އަަހަރެން އިތުބާރުކުރަން… ހަޤީގަތް ހޯދުމުގައި މިޙުރާން ފަސްނުޖެހޭނޭ ފަދައިން ޔާންވެސް ފަހެއް ނުޖެހޭނެ… ހައި އާއި އަޒްގެ ދިރިއުޅުމަށް ޒަހަރުލީމީހުންނަށް ހައްޤު އަދަބު ލިބޭނެ.. މާތް ﷲ އެދެފުރާނައަށް ހެޔޮރަހްމަތް ލައްވާށި… އުފަލުގައި އުޅެންވީ ދުވަހު ދުނިޔެ އަޅާ އެދިޔައީ ބައެއްގެ އަނިޔާވެރިކަމުގެ ސަބަބުން….” މިލީނާ މިޙުރާންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އޭރު އެލޮލަށްވެސް ކަރުނަ ޖަމާވެފައިވެއެވެ.
“އާމީން… އަޒް ނެތިދިޔަސް އަޒްގެ ހަނދާންތައް ދިރުވާނޭ ދަރިއަކު އެބަހުރި… ޒެލްއަކީ ހަމަ އަޒް… އެ ސޫރަ އެއްވެސް ތަފާތެއްނެތް… ދެރައީ އަމިއްލަ މައިންބަފައިންގެ ހަޤީގަތް އެ ދަރިފުޅަށް ސިއްރުވެފައިވާތީ… އަލްހާން އެހުރިހާކަމެއް ސިއްރުކުރީ ޒެލްގެ ހާލަތުގެ ސަބަބުން ކަމަށްވިޔަސް މިހާރު ކިޔައިދޭކަށް ނުޖެހޭނެތަ؟” ހައިޒަލްއާއި ވާހަކަދެއްކި ދުވަހު މިޙުރާންގެ ހިތަށް ކުރީ ފުންއަސަރެކެވެ. ހައިޒަލްއަށްޓަކައި އެންމެ ގާތްމީހުންވެސް ވެފައިވަނީ ދުރުބަޔަކަށެވެ.
“ދެރަވެދާނެއަތީ ނުބުނަން އުޅެނީކަމަށްވާނީ.. މިކަމުގެ ތެރޭ އެގިގެންދާނެއެއްނު… އަހަރެން ހާދަ ދެހިލާހިތްވެއޭ އެކުއްޖާ… އަހަރެމެންނަށް ދަރިއެއްފަދަ ކުއްޖެއްވިއްޔަ… އަލްހާންއަށްޓަކައިނޫންނަމަ އަހަރެން އެ ދަރިފުޅު ހޯދީމުސް… އެ މީހުންގެ ނުފޫޒުގެ ސަބަބުން ޒެލްއާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލަން ޖެހުނީ…” އެއީ މިލީނާއަށް ހީވެފައިވާގޮތެވެ. މިލީނާގެ ބިއްލޫރިކޮޅެއްހާ ސާފުހިތަށް ނޭނގުނީ އެކަން ސިއްރުކުރުމުގެ ފަހަތުގައި އެމީހުންގެ އަމިއްލަ ބޭނުމެއް އޮތްކަމެވެ. ހައިޒަލްއާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލީ އެ މީހުންގެ ރޭވުން ފެނަށް ހިނގައިދާނެއަތީކަމެވެ.
މިޙުރާންގެ އަތުގައި އޮތް ފޮޓޯގަނޑު މިލީނާ ނެގިއެވެ. ޒުވާންކަމުގެ ކުރީ ދުވަސްތައް ގުނަމުންދާ މިލީނާއާއި ހައިލާ އަތުގުޅުވައިލައިގެން ތިބިއިރު އަޒްހާންއާއި މިޙުރާން ތިބީ އެދެމީހުންގެ އަނބިންގެ ކޮނޑުގައި އަތްއަޅުވާލައިގެންނެވެ. ހަތަރުމީހުންގެ މޫނުމަތީވެސް އެންމެ ފުން ހިނިތުންވުމެވެ. އަޒްހާންއާއި ހައިލާވެސް ހުދު ދަތްތަކަށް ދައްކާލައިގެން ހެވިފައެވެ. އެހާ އުފާކޮށްކޮށްފައި އުޅުނު އެ ދުވަހަކީ އެމީހުން އެގޮތަށް ހޭދަކުރާނޭ ފަހު ދުވަސްތައްކަމަށް ހީކުރާނީވެސް ކިހިނެތްހެއްޔެވެ؟ ދެން އަންނަ ދުވަހު އެމީހުންގެ ނިމުން އެހާ ހިތްދަތިގޮތަކަށް އަންނާނޭކަމަށް ހީކުރެވިދާނެހެއްޔެވެ؟ ދުނިޔޭގެ ނުފޫޒްގަދަކަމާއި ވިހަކަން ވިސްނޭވަރަށްވުރެ އަޒްހާންއާއި ހައިލާގެ ހިތް މާސާފެވެ. އެކަމުގެ ނާޖާއިޒް ފައިދާ ބަޔަކު ނެގީ އެންމެ ނުބައިގޮތަށެވެ. ދެމަފިރިއެއްގެ ދިރިއުޅުމުން އަތްދޮވެލައިގެންނެވެ. ތުއްތު ދަރިއަކު ބިކަކޮށްލާފައެވެ.
*** *** *** *** *** ***
މެދުއުޑުގައި ބަބުޅަމުންދިޔަ ހަނދުގެ މައްޗަށް ހިޔަނިތަކެއް ފަދައިން ކަޅު ވިލާތަށް ވެރިވެގަތެވެ. ކަޅުކަމުގެ ސާލުން އުޑުމަތީ އަނދިރިކޮށްލިގޮތަށް ތަރިތަކުގެ ވިދުން ފަޑުކޮށްލިއެވެ. އިރުއޮއްސުނުއިރު ވާރޭވެހެންފެށިގޮތަށް ދަންވަމުންދިޔައިރު ވިއްސާރަ ތޫަފާނަކަށް ބަދަލުވެގެންދިޔައެވެ. ދޭތެރެ އަކުން ގުގުރީގެ އަޑާއި އެކު ވިދުވަރުގެ ހުދު އަލި ރޮގުތަކުން އުޑުމަތި ދިއްލިގެންދެއެވެ. އޭރު ވާރޭ ހުއްޓާލައިފައިވެސް އޮތަސް ވައިގެ ބާރުމިނަކަށް ބަދަލެއްނާދެއެވެ.
ވައި އެންމެ ބާރުކޮށްލިވަގުތު ހައިޒަލް ދުވެފައި އައިސް ޕެންޓް ހައުސްއަށްވަނެވެ. އޭރު ޕެންޓްހައުސްގެ ތެރޭވަނީ ލޮލަށް ފަސޭހަ ނުހަނު ފަޑުއަލިކަމެވެ. ވަޔާއި ތެޅެމުންދާ ގަސްތަކުގެ އަޑު ލިވިންރޫމްތެރޭ ހިފާލައިފައިވެއެވެ. ބިއްލޫރި ކުޑަދޮރުތަކުން ގަސްތަކުގެ ހަރަކާތްތައް ފެންނަނީ ހިތްގުނޑުވާލާފަދަ ގޮތަކަށެވެ. ރޭގަނޑުގެ އަނދިިރިކަމުގެ ތެރޭ އަތްދިއްކޮށްލައިގެން ތިބި ފުރޭތަތަކެއް ފަދައެވެ.
މުޅި ޕެންޓް ހައުސްތެރޭގައިވާ ހިމޭންކަމުގެ ތެރެއިން ހައިޒަލްއަށް އަންހެންވަންތަ ހުނުމުގެ އަޑެއް އިވުނެވެ. ބެލްކަންޏާއި ދިމާލުންނެވެ. އެދިމާލަށް ބަލައިގެން ހުއްޓާ ޝަލީން ބެލްކަނިން ނިކުތީ މަޔާންގެ ބުރަކަށީގައި އަތްއަޅާ ކޮއްޕަމުންނެވެ. މަޔާންއެކީ ސަކަރާތެއްގައި ހުރެފައި ހައިޒަލް ފެނުމާއިއެކު ޝަލީން ވަގުތުން މަޔާންއާއި ދުރުވެލައިފިއެވެ. އެ މޫނަށް ކޮންމެވެސް ވަރަކަށް ރަތްކުލަފާއްދާލިއެެވެ.
“ސާބަހޭ.. ޝަލީ ނިދިޔަނުދީ ހިފަހައްޓައިގެން ކޮން ސަކަރާތެއް… ދެން ޝަލީ މިކޮޅުގައި އުޅޭތީ ޔާން މިގެއިން ނުވެސް ފިލާނަންދޯ…” ހައިޒަލް މަޔާންއާއި ދިމާކޮށްލަމުން އައިސް ސޯފާގައި އިށީދެލިއެވެ. މިހާރަކަށް އައިސް އެދެމެދުގައި އެފަދަ ސަމާސާކުރުންތައް ގިނަވެފައިވެއެވެ. ގިނައިން ޝަލީންއޭ ކިޔާ ދިމާކޮށްލެވެނީ ޝަލީންގެ ނަންއިވުނަސް މަޔާންގެ މޫނަށް ވެރިވާކުލަވަރުންނެވެ. އަދި އޭނައާއި ޝަލީންއާއި ގުޅުވައިގެން އެއްޗެކޭ ބުނެލައިފިއްުޔާ މަޔާން ހުންނާނީ ހައިޒަލް ކާލަން ތައްޔާރަށެވެ.
“އަހަރެމެންގެ ހަނީމޫން ދުވަސްކޮޅޭ… އިންޓަރފެއަރނުކޮށް ދޭބަލަ ނައި ކައިރިއަށް…” މަޔާން އެއްލޯމަރާލަމުން ބުނެލުމާއިއެކު ޝަލީން ވަގުތުން މަޔާންގެ މޭގައި އަތުން ޖަހާލައިފިއެވެ. ނިދި އަންނަކަމަށް ބުނެލަމުން ޝަލީން ކޮޓަރިއާއިދިމާލަށް ހިނގައިގަތުމާއިއެކު މަޔާން އައިސް ސޯފާގައި ދެމިލައިފިއެވެ. އޭރު ހައިޒަލް އިނީ ޓީވިން ފިލްމެއް އަޅުވާލައިގެންނެވެ. އެހެން އިނދެފައިވެސް ފޯނު ޗެކްކޮށްލަނީ ނައިނާގެ އިންތިޒާރުގައި އިނދެހެން ހީވެއެވެ.
“ސާބަސް ތިވަރު ނުވެ ދޭބަލަ ދޯ…” ހައިޒަލްގެ ހަރަކާތްތަކަށް ފާރަވެރިގެން އޮތް މަޔާން އޭނަގެ ބޯދަށުގައި އޮތް ކުޝަންނަގާ ހައިޒަލްއާއި ދިމާލަށް އެއްލިއެވެ. ލިޔަން އިން މެސެޖް ފޮނުވާލުމަށްފަހު ހައިޒަލް އޭގެ ޖަވާބުދިނެވެ. ނިދަންވެގެން ގުޑްނައިޓް ކިޔާލުމަށްފަހު ނައިނާ އޮފްލައިންވުމުން ހައިޒަލް ފޯނު ނިއްވާލަމުން މަޔާންއާއި ދިމާލަށް ބަލާލިއެވެ.
“ވަރަށް ފިނިވޭދޯ އެބަ… ނީޑް އެ ކެފެއިން ބޫސްޓް… އެއްވަރެއްގެ ރީތި ދެއަންހެންކުދިން ބައިތިއްބައިގެން ނިދަން އުޅޭނޭކަމެއްނެތް… ގާރޑަށް ތިބޭނީ…” ގައިމަތީ އޮތް ކުޝަން މަޔާންއާއި ދިމާލަށް އެއްލުމަށްފަހު ހައިޒަލް ސޯފާއިން ތެދުވިއެވެ. ޑައިނިންރޫމްއަށް ވަތްތާ މާގިނައިރެއްނުވެ ހައިޒަލް ނިކުމެގެންއާއި ދެއަތުން އާވިއަރަައަރާާހުރި ދެކޮފީތަށި ހިފައިގެންނެވެ. ކޮފީތަށިތައް މޭޒުމައްޗަށް ދޫކޮށްލުމަށްފަހު ހައިޒަލް ބަލާލިއިރު މަޔާން އިނީ އެއްފަރާތަށް ނަޒަރު ހުއްޓާލިގޮތަށް ހަރަކާތެއްް ނެތިފައެވެ. ހައިޒަލް ގޮވާލުމާއިއެކު މަޔާން ބަލާލީ ސިހިފައި ކަހަލަގޮތަކަށެވެ.
“ހައި… އިތުރަށް މިކަން ހައިއަށް ސިއްރުކުރާކަށް ބޭނުމެއްނޫން… ނޭނގޭ ހައިއަށް ކިޔައިދޭނޭގޮތެއް…” މަޔާން ވާހަކަދެއްކިއިރު ހައިޒަލްގެ މޫނަށް ނުބަލަން މަސައްކަަތްކުރިއެވެ. އޭރު ހައިޒަލްގެ ލޯވަށްވެފައި ވާއިރު ކެތްތެރިކަން ކުޑަވެފައިހުރެ “ޓެލްމީ” އޭ ބުނެލިއެވެ.
މަޔާން ވާހަކަދައްކަމުންދިޔައިރު ދޭތެރެއަކުން ހައިޒަލްގެ މޫނަށް ނަޒަރު ހުއްޓާލައެވެ. އެ މޫނުމަތީގައިވީ ހައިރާންކަމާއިއެކު ހިނދުކޮޅަކަށް ހިމޭންވެފައި އިނދެ ހައިޒަލް ދެފަރާތަށް ބޯހޫރާލީ އެ ވާހަކަ ގަބޫލުނުކުރަމޭ އަމަލުން ބުނާފަދަގޮތަކަށެވެ. އެކަން އަމިއްލަ ނަފްސަށްވެސް ވިސްނައިދޭން މަސައްކަތްކުރާފަދަ ގޮތަކަށެވެ. އެ މޫނުމަތިން ފެނުނީ ޝޮކްއެއްގައި އިންފަދަ ކުލަވަރެކެވެ. މަޔާންގެ ވާހަކައިގެ މެދުތެރެއިން ހައިޒަލް ސޯފާއިން ފުންމާލައިގެން ބާރު ހިނގުމެއްގައި ގޮސް ބެލްކަނީގެ ދޮރުގައި ހިފަހެއްޓިއެވެ. މަޑުމަޑުން އަތަށް ބާރުކުރަމުންދިޔައިރު ކޮންމެ ވަގުތަކުވެސް އޭނަ އަނބުރާގަނެފާނެހެން ހީވިއެވެ.
އޭރު ބޭރުގައި ތޫފާންވެސް ކުރިއަށްވުރެ ގަދަވެއްޖެއެވެ. ވަޔާއިއެކު ބުރުއްސައިގެން އަންނަ ވާރޭގެ ތިކިތައް ލިވިންރޫމްގެ މާބްލްސްތައް މަތީ ވިދަމުންދިޔައެވެ. ދޭތެރެއަކުން ވިދާލާ ވިދުވަރުން މުޅި ކައުނު އަލިވެގެންދާއިރު އެއާއިއެކުވެގެން ޖަހާލާ ހޮނުގުގުރިން ހިތްތަށް ފޫއަޅުވާލާނެއެވެ. ނަމަވެސް ބޭރުގައިވާ ތޫފާނަށްވުރެ ހައިޒަލްގެ އެތެރެހަށީގައި ދައުރުވަމުންދާ ތޫފާން މާވަރުގަދައެވެ. ހޮނުގުގުރިއަށްވުރެ އޭނަގެ ކަންފަތަށް އިވުނު ބަސްތައް މާ ބިރުވެރިއެވެ.
“ނޫން ތިއީ ތެދަކަށް ނުވާނެ….” ހައިޒަލް މަޔާންއާއި ކުރިމަތިލީއިރު އެ ލޮލުގައި ހިފަހެއްޓިފައިވާ ކަރުނަތަކުގެ ސަބަބުން ލޮލުގައި ވިދުމެއްވިއެވެ. އެ ސިހުރެއްފަދަ ދެލޯ ފެންނަނީ ހިތާމައިގެ ކޯރެއް ފަދައިންނެވެ. އޭނަގެ އެތެރެހަށީގައި ހިނގަމުންދާ އަޒްހާންގެ ލެއަށް އެ ބަސްތައް އަޑުއަހަން ބަރުދާސްތުނުކުރެވުނީއެވެ. އެ ބަސްތައް ގަބޫލުކުރަން ހައިޒަލްގެ ހިތްވެސް އެއްބަހެއްނުވިއެވެ. 21 އަހަރު ދަރިއެއްފަދައިން އޭނަ ބަލާބޮޑުކުރި ބައްޕަ އެހާ ރަހުމްކުޑައެއްނުވާނެއެވެ. އަމިއްލަ ލޭ އަމިއްލަ އަތުން މަރާހާ ނުބައެއްނުވާނެއެވެ.
“ހައި… އިނގޭ ގަބޫލުކުރަން އުނދަގޫވާނެކަން… އެކަމަކު ހަޤީގަތަކީ މިއީ… މިއީ އަހަރެމެންނަށް ކުރެވޭ ކުށްހީއަކަށްވާނެނަމަ…” މަޔާންގެ ބަސްތަކުން ހައިޒަލްއަށް ހިތަށް ހަމަޖެހުމެއް ލިބުމުގެ ބަދަލުގައި އިތުރަށް ހިތް ޒަހަމްވީއެވެ. ހިތިނަމަވެސް އެއީ ބަދަލުވުމެއްނެތް ހަޤީގަތެއްކަމަށް އެ ބަސްތަކުން އޭނައަށް ވިސްނައިދިނީއެވެ.
ހައިޒަލްއަށް ބޯހޫރާލެވުނުއިރު ދެކަކޫމައްޗަށް ތިރިވެވުނީ ފައިކޮޅުން ވަރުދޫވެގެންނެވެ. ދުނިޔޭގެ ހަޤީގަތަށް ފިލަން ލޯމަރާލުމާއިއެކު ކޯތާފަތް ތެމިގެންދިޔައީ ހޫނު ކަރުނަތަކުންނެވެ. ހަޤީގަތް އޭނައަށް ކުރިމަތިލުމުގެ ކުރީން އޭނަގެ ފުރާނަ ހަށިގަނޑާއި ވަކިވި ނަމައެވެ. އެއީ ތެދުނަމަވެސް އެކަން ބަލައިގަންނާނޭހާ ވަރެއް އޭނަގެ ހިތުގައެއް ނެތެވެ.
މަޔާން ހައިޒަލްއާއި އެއްހަމަޔަށް ތިރިވެ ކޮނޑުގައި ހިފަހެއްޓިއެވެ. ދުވަހުން ދުވަހަށް ހައިޒަލްއާއިމެދު އޭނައަށް ގާތްކަމެއް އިހުސާސްވަމުންދަނީއެވެ. ހައިޒަލްގެ ކޮންމެ ސިއްރަކާއިއެކު އެ ހިތުން ގާތްކަމެއް މިލްކުކުރަނީއެވެ. އަދި މިރޭ މިޙުރާންގެ ފަރާތުން އިވުނު ވާހަކަތަކަށްފަހު ބޭބެއެއްފަދައިން ހައިޒަލް ހިމާޔަތްކުރަން އަމިއްލަ ނަފްސުވެސް އޭނައަށް މަޖުބޫރުކޮށްފިއެވެ. މިއީ އޭނަގެ ބައްޕަ މިޙުރާންގެ ދެދުނިޔޭގެ އެކުވެރިޔާގެ ހަމައެކަނި ނިޝާނެވެ. ބައްޕައަށް ހައިޒަލް ހާއްސަވާވަރު އޭނައަށް މާޒީވި ދުވަހަކުން އިނގިގެން ގޮސްފިއެވެ. އޭނަ ލޯބި ގުރުބާންކުރަން އެދޭހާ ހައިޒަލްގެ މަގާމު ބައްޕަކުރިމަތީ މަތިވެރިއެވެ.
“ނޫން… އަހަރެންގެ މަންމައާއި ބައްޕަ މަރާލި ނުބައި މީހުން މިދެއަތުން މަރާލާނަން… އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލި ނުބައިމީހުން މިދެއަތުން… މަރާލަން…” ހަށިގަނޑަށް ކުއްލި ބާރެއް ލިބުނުފަދައިން ހައިޒަލް ކޮއްޅަށް ތެދުވިއިރު އެލޮލުގައިވީ ކުލަވަރުން މަޔާންވެސް ޖެހިލުންވިއެވެ. އެ ދޮން މޫނު ރަތްވެފައިވާއިރު ލޮލުންވީ ދުޝްމިނުންގެ ލެއަށް ފެންބޮވެފައިގަނެފައިވާކަމުގެ ކުލަވަރެވެ. ހައިޒަލްގެ ކުރިމައްޗަށް ހުރަސްވި މަޔާން ދުރަށް ކޮއްޕާލަމުން ހައިޒަލް ދޮރާއިދިމާލަށް ހިނގައިގަތުމާއިއެކު މަޔާން ފަހަތުން އައިސް ހައިޒަލްގެ ހަށިގަނޑުގައި ހިފަހެއްޓިއެވެ.
“ދޫކުރޭ… އަހަރެން ދޫކުރޭ…” މަޔާންގެ އަތުން ވީއްލިގަންނަން ހައިޒަލް ގަދަދެއްކިއެވެ. ހައިޒަލްއަށް ގަބޫލުކުރަން އުނދަގޫވާ ވާހަކައެއް އަޑުއިވުމުން ސިކުނޑި ހަމައިން ނައްޓާއިގެން މިވަގުތު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއަތީ މަޔާން ހުރީ ހުށިޔާރުވެގެންނެވެ. ހައިޒަލްގެ ގޮށްމުށުގެ ހަމަލާތައް ލިބިގަންނަން ހުރެފައި މަޔާން ހައިޒަލްގެ މޫނުމަތީ އަތްދަމާ ޖެހިއެވެ.
“ހައިޒަލް މައިތިރިވެބަލަ… ތިދެއަތުން އަލްހާނާއި އައްމާރުވެސް މަރާލެވިދާނެ… އޭރުން އެ މީހުންނާއި ހައިޒަލްގެ ތަފާތަކީ ކޮބާ؟ މީހުންގެ ފުރާނަ ނަގާލުމަކީ އަހަރެމެންގެ މައްޗަށް އޮތްކަމެއްނޫނޭ…” މަޔާން ހަޅޭލަވައިގަތުމާއިއެކު ހައިޒަލްއަށް ހަމަހޭވެރިކަމަށް އާދެވުނުފަދައެވެ. މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ފާރަށްލެގިލިއެވެ. އިރުކޮޅެއްވާންދެން އެހެން ހުރުމަށްފަހު ހައިޒަލް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއިއެކު މަޔާންއަށް ކަންބޮޑުވެފައިހުރެ ހައިޒަލްގެ ނަމުން ގޮވާލެވުނެވެ.
“ޔާން ހާސްނުވޭ… އަހަރެން މޮޔަކަމެއް ނުކުރާނަން…” ހައިޒަލް ފަސްއެނބުރި މަޔާންއާއި ދިމާލަށް ބަލާލިއެވެ. އެ ބެލުމުންވެސް އޭނައަށް އިތުބާރުކުރާށޭ ބުނިފަދައެވެ. މަޔާން މަޑުމަޑުން ބޯޖަހާލިއެވެ.
ފާރުގައި ހިފަހައްޓާލައިގެން ހުރެ ލަސްފިޔަވަޅުތަކެއްގައި ހައިޒަލް ނައިނާގެ ކޮޓަރިއަށްވަނެވެ. ދޮރާއި ހަމައިން ހުއްޓުން އަރާފައިހުރެފައިވެސް އެނދުގައި އަރާމްކޮށް ނިދާފައި އޮތް ނައިނާ ފެނި އެދިމާލަށް ދެވުނީ އަމިއްލަ ބާރަކާއިނުލައެވެ. މިފަހަރުވެސް ހިތް އަމިއްލަައަށް އޭގެ މަންޒިލް ހޯދީއެވެ.
އެނދުގެ ކައިރީ ދުއްވާލެވިފައިވާ ކާރޕެޓްގެ ސަތަހައަށް ދެކަކޫ މައްޗަށް ތިރިވަމުން ހައިޒަލް އެނދުގެ ފަޑީގައި އަތްއަޅުވާލިއެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް ހުސްވީ ނައިނާއަށެވެ. ހުދުކުލައިގެ ކިލްޓުތެރޭ ފޮރުވިގެން އޮތްއިރު އެ ތުންފަތްމަތީ ދުނިޔެމަތީގައިވާ އެންމެ ރީތި ހިނިތުންވުމެވެ. ހައިޒަލްގެ ލޮލުގެ ތެރެއަށް ކަރުނަތައް ބޮޑިވެގެން އައިރު ނައިނާގެ މޫނުގައި އަތްޖައްސާލަން އަތްދިއްކޮށްލިއެވެ. އެއާއިއެކު އަތްތިރިކޮށްލިގޮތަށް ކިލްޓުގައި މޫނު ޖައްސާލިއެވެ. ރުއިމުގެ އަޑު ބޭރުވެގެންނުދިޔަސް އެލޮލުން އޮހިގަތް އަދަދުނުވާހާ ގިނަ ކަރުނަތަކުން ކިލްޓު ތެމި ފޯވެގެންދިޔައެވެ. އޭނަގެ އަތުތެރޭގައި އޮތް ނައިނާގެ އަތްތިލައަށް ބާރުވިއެވެ.
*** *** *** *** *** ***
ފަތިހަށް ފައިބަންފެށި ޝަބްނަމްތިކިތަކުން ފަޒާގެ ފިނިކަން އިތުރުކުރުވިއެވެ. ފިނީގެ ސަބަބުން ދުނިޔެމަތީގައިވީ ދުންފިނިކަމެވެ. ވާރޭ ކަނިކޮށްލައިފައިވާއިރު ހިމަފޮދުވާރޭގެ ތިކިތައް ލުއި ފަސޭހަ ރާގަކާއިއެކު ފަތިހަށް މަރުހަބާ ކިޔަމުންދިޔައެވެ.
ނައިނާ ކުއިލްޓްތެރޭ ބޮޑިވެގެން ނުހަނު ފޮނި ނިންޖެއްގައި އޮވެފައިވެސް ފޯނުގެ އެލާރމްގެ އަޑާއިއެކު ލޯހުޅުވާލިއެވެ. ކުޑަކޮށް ހުޅުވާލެވުނު ލޮލުގެ ދާއިރާއިން ނައިނާއަށް ފުރަތަމަވެސް ފެނުނީ ހައިޒަލްގެ މޫނެވެ. ހުވަފެނެއްކަމަށް ހީވި ނައިނާ ވަގުތުން ދެލޯ ބޮޑަށް ހުޅުވާލިއެވެ. ނައިނާ ހައިރާންވިއެވެ. އޭނަ ނިދަށް ވަތްއިރު ހައިޒަލް ގެއަކަށް ނާދެއެވެ. ވީއިރު ހައިޒަލް ގެއަށް އައީ ކޮންއިރަކުބާވައެވެ.
ހައިޒަލް ކާރޕެޓް ގަނޑުގައި ދެކަކޫ މައްޗަށް އިންގޮތަށް އަތްމަތީ ބޯއަޅާލައިގެން ނިދިފައިއޮތްއިރު އަނެއްއަތްވަނީ ނައިނާގެ އަތާއި ލާމެހިފައެވެ. އެ މޫނުވަނީ ނައިނާގެ ނޭވާ އެޅޭހާ ގާތުގައެވެ. ނައިނާ ހައިޒަލްގެ އިސްތަށިގަނޑާއި ކުޅެލިއެވެ. ވަޔާއިއެކު މޫނުމައްޗަށް ނިވާއަޅަމުންދިޔަ އިސްތަށިގަނޑު އެއްފަރާތްކޮށްލަދިނެވެ. އެ އޮމާންމޫނުގައި މަޑުމަޑުން އިނގިލިތައް ހިންގާލިއެވެ. ހައިޒަލްއަށް ހިލަންނުވާހާ މަޑުން ހައިޒަލް އަތުތެރޭގައި އޮތްއަތްތިލަ ދަމައިގަންނަމުން ނައިނާ އެނދުން ފޭބިއެވެ. އޭނަގެ ފިޔަވަޅުތައް ބެހެއްޓީ ފާހަނައާއި ދިމާލަށެވެ.
ކުޑަކޮށް ތާޒާވެލައިގެން ނިކުމެ ނައިނާ ފަތިސްނަމާދުކޮށްލިއެވެ. ނަމާދުކުރާ ސާމާނު ހާއްސަ ތަނަށްލުމަށްފަހު އޭނަ ހައިޒަލްއާއި ގާތްވެލިއެވެ.
“ހައި… ހޭލަބަލަ ފަތިސްވީއޭ…” ނައިނާ ހައިޒަލްއާއި އެއްހަމައަކަށް ތިރިވަމުން ހައިޒަލްގެ ގައިގައި ކޮއްޓާލިއެވެ. އެ މޫނުގައި އަތްހިންގާލިއެވެ. ނިދީގައި އޮވެ ހައިޒަލް ހޫމް ލައްވާލިއެވެ.
“ހައި ތެދުވަންއުޅޭ.. ނަމާދުކޮށްގެން ތިރިއަށް އަންނަންވާއިރަށް ކޮފީ ތައްޔާރުކުރަން މިދަނީ…” ނައިނާ ހައިޒަލްގެ ކޮނޑުގައި ދަތްދޮޅިއަޅުވާލައިގެން އޮވެފައި ތެދުވެ ދުރަށް ހިނގައިގަތުމާއިއެކު ހައިޒަލް ލޯހުޅުވާލިއެވެ. ނައިނާ ގޮވިއިރުވެސް އޭނަ އޮތީ ހޭލައެވެ. ނަމަވެސް އެވަގުތު ނައިނާއާއި ކުރިމަތިލާން އޭނަ ބޭނުންނުވީއެވެ. ރޭގައި އެވަރަށް ހިތާމަކޮށްފައި އޭނައަށް ނިދުނުއިރެއްވެސް ނޭނގުނެވެ. ހޭލެވުނީ ނައިނާ އޭނަގެ މޫނާއި ކުޅެން ފެށުމުންނެވެ.
ނައިނާ ފޯންޗަށް ހޫނު ފެން އަޅަން ހުއްޓާ ހައިޒަލް އައިސް ޑައިނިންރޫމްއަށް ވަނެވެ. ފިޔަވަޅުގެ އަޑު ނީއްވާ ހައިޒަލް އައިސް ނައިނާގެ ފަހަތުން ބައްދާލުމާއިއެކު ނައިނާ ސިހުނުވަރުން ފޯންޗް އަރިއަޅާލައިގެން ހޫނު ފެން މާބްލްސް މައްޗާއިއެކު ފައި މައްޗަށް އެޅުނެވެ.
“އައުޗް…” ފައިގައި އެޅި ވޭނާއިއެކު އެތެރެއިން ރޮއެގަތަސް ނައިނާ ތުންފަތުގައި ދަތްއަޅާލަމުން އިހުސާސެއްދައްކާނުލީ ހައިޒަލްގެ ނުރުހުމުގެ ބަސްތައް އަމާޒުވާނޭކަން އިނގޭތީއެވެ. ހައިޒަލް ވަގުތުން ނައިނާގެ ގައިން ދޫކޮށްލިގޮތަށް އުނަގަނޑުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލިއެވެ.
“ފަޔަށް ހޫނުފެން ބަންޑުންކޮށްލީދޯ… ކްލަމްސީ ކަމުން ނައިނާއަށް އެއްކަމެއްވެސް ރަނގަޅަކަށް ނުކުރެވޭނެ…” ހައިޒަލް ވަގުތުން ލެކްޗަރ ފެށުމާއިއެކު ނައިނާ މޫނު ހަދާލަމުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.
“ހައިގެ ފޯލްޓެއް… ހައި ސިއްސުވާލީއެއްނު… ޔޫ އެންޑް ޔުއަރ ލެކްޗަރސް…” ނައިނާ ވަގުތުން ހައިޒަލް ކުށްވެރިކުރިއެވެ. އެވަގުތު ހައިޒަލް ނައިނާ އުފުއްލާލުމާއިއެކު ނައިނާ ހަޅޭލަވައިގަތެވެ. ހައިޒަލް ވަގުތުން ނައިނާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ހިމޭންވާން އެންގިއެވެ. ޝަލީންއަށް އަޑު އިވޭނޭކަމަށް ބުނުމާއިއެކު ނައިނާ ވަގުތުން އަޑުކަނޑާލައިފިއެވެ. އޭނަ ނަމާދުކޮށްގެން ކޮޓަރިން ނިކުތްއިރު ޝަލީން އުޅެނީ ހޭލައެވެ.
ހައިޒަލް ނައިނާ ސޯފާގައި ބެއިންދުމަށްފަހު ގުނޑިނުލާ އިނުމަށް ގަދައަށް އަމުރުކޮށްލުމަށްފަހު ގޮސް ނިވާވިއެވެ. އިރުކޮޅެއްފަހުން ނިކުމެގެން އައީ އައިސް ޕެކްއަކާއި އައިސް ކިއުބް އަޅާފައި ހުރި ބޯވްލްއަކާއި ފަސްޓްއެއިޑް ބޮކްސް ހިފައިގެންނެވެ. އަތުގައި ހުރި ސާމާނުތައް މޭޒުމަތީ ބެހެއްޓުމަށްފަހު ދެކަކޫ ޖައްސާލައިގެން ތިރިވިއެވެ.
“ހައި… ރޭގައި ކިހިނެތްވީ…” ނައިނާ ސުވާލުކުރީ އިރުކޮޅެއްވާންދެން ހައިޒަލްގެ މޫނަށް ނަޒަރުހުއްޓާލައިގެން އިނދެފައެވެ. މިވީހާތަނަށްވެސް ހައިޒަލްގެ އުޅުމުން ތަފާތުކަމެއް ފެނިއްޖެނަމަ ނައިނާއަށް އެކަން ފާހަގަވެފައިވެއެވެ. ރޭގައި ހައިޒަލް އެގޮތަށް ފެނުނީ ކަމެއްދިމާވެގެންކަމަށް އޭނަގެ ހިތްވެސް ވަގުތުން ބުނެލިއެވެ.
“ރޭގައި ކިހިނެތްވީ…” ހައިޒަލް އިނީ ނައިނާގެ ފައިގައި އައިސްޕެކް އަޅާށެވެ. ނައިނާއާއި ދިމާލަށް ބަލާލުމެއްނެތި އެހެން ބުނެލިގޮތުން ނައިނާގެ ޝައްކު ޔަގީންނަށް ބަދަލުވިއެވެ.
“ހައި… ލުކް އެޓް މީ… ރޭގައި ކަމެއްވިއެއްނު… ބުނެބަލަ… އަނެއްކާވެސް ނައިޓްމެއަރ ފެނުނީތަ؟” ނައިނާ ހައިޒަލްއާއި ގާތްވެލަމުން އެ މޫނުގައި ހިފަހައްޓާލިއެވެ.
“ނައިނާ… ޕްލީޒް… މިހާރަކު ނޫން…” ހައިޒަލް ވަގުތުން ދުރުބަލާލިގޮތަށް ތުންފަތުގައި ދައިގަތެވެ. އެވާހަކަ އެެއްވެސް މީހަކަށް ކިޔައިދޭކަށް އޭނަ ތައްޔާރެއްނޫނެވެ. ހުދު އޭނައަށްވެސް އެކަން ޤަބޫލުކުރެވުނީކީ ނޫނެވެ. އެއީ މަޔާންއަށް ކުރެވުނު ކުށްހީއަކަށްވާނެނަމައެވެ.
“އޯކޭ ޓޭކް ޔުއަރ ޓައިމް… ރިމެމްބަރ ދަ ޕްރޮމިސް ވީ މޭޑް… ނޯ ސީކްރެޓްސް…” ނައިނާ އިނގިލި އުފުލާލަމުން ތަންކޮޅެއް ހަރުކަށިވެލައިފިއެވެ. އޭނަ ހައިޒަލްއާއި ކުރަން ބޭނުންވާ ބައިވަރު ސުވާލުތައް އެބަހުއްޓެވެ. ހައިޒަލްގެ މައިންބަފައިންނާއި ބެހޭގޮތުންވެސް އޭނަ އިނގެން ބޭނުމެވެ. ނަމަވެސް އެއީ ވަރަށް ނާޒުކް މައުޞޫއުއެކެވެ. ހައިޒަލް ކިޔައިދޭން ތައްޔާރުނުވަނީސް ސުވާލުކުރާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ މިހުރީ ހައިޒަލް ބޭނުން އިރަކުން ކިޔައިދޭން ފުރުސަތުދީގެންނެވެ. މިކުޑަދުވަސްކޮޅު އޭނަ ބޭނުންވަނީ މިވޭތުވެދިޔަ ހުރިހާ ދުވަހަކު ހައިޒަލްއަށް ނުދެވުނު ލޯބި މިލްކުކޮށްލަދޭށެވެ. ހައިޒަލްއާއިއެކީ އުފާވެރި ހަނދާންތަކެއް ރައްކާކުރާށެވެ.
ދެޒުވާނުންގެ ދެމެދަށްވެރިވި ހިމޭންކަމާއިއެކު ހައިޒަލްގެ ފަރާތުން ފެންނަމުންދިޔަ ބަސްމަދުކަމާއި ސީރިއަސްކަމާއިއެކު ނައިނާއަށް އުނދަގޫވިއެވެ. ހައިޒަލްއަށް ޖެއްސުމެއްކޮށްލަންވެގެން އައިސްޕެކް އަޅައަޅާ އިންދާ ފައި ދަމައިގަތެވެ. ހައިޒަލް ވަގުތުން ފައިގައި ހިފަހައްޓައިލުމާއިއެކު ނައިނާ ދެވަނަ ފަހަރަށްވެސް ތަކުރާރުކޮށްލިއެވެ.
“ނައިނާ… ނައިނާ… އޭ… ނުހަދަބަލަ…” ހައިޒަލް ނައިނާއާއި ދިމާލަށް ލޯހަނިކޮށްލަމުން ބަލާލިއިރު އެ ތުންފަތްމަތީ ހިނިތުންވުމެއްވިއެވެ. ނައިނާގެ ސަބަބުން އޭނަގެ ތަބީއަތު ވަގުތުން ބަދަލުވެގެން ހިނގައްޖެއެވެ. ނައިނާ އެވަގުތު ހީގެންފައި ސޯފާއިން ފުންމާލައިގެން ދުއްވައިގަތުމާއެކު ހައިޒަލް ނައިނާ އަތުކުރަންވެގެން ނައިނާގެ ފަހަތުން ދުއްވައިގަތެވެ. އެތައް އިރެއްވާންދެން ސޯފާވަށައިގެން ދުވެ ދުވެފައި ނައިނާ ވަރުބަލިވެގެން ހުއްޓި މޭޒުގައި އަތްއަޅުވާލިއެވެ. އެވަގުތު ހައިޒަލް ނައިނާއާއި އަރާހަމަވެފައި އުނަގަނޑުގައި ހިފާ އުފުލާލުމާއިއެކު ނައިނާގެ ހުނުމާއި މަޑު ހަޅޭކުގެ އަޑުއިވުނީ އެކުވެގެންނެވެ.
ނައިނާގެ މުށުތެރޭ އޮތް އައިސްކިއުބްތައް ހައިޒަލްގެ ބޮލަށް އަޅާލިއިރު ހައިޒަލް ވަގުތުން ފަހަތަށް ބޯ ފޮޅާލިއެވެ. އޭނަގެ އަތުގައި އޮތް އައިސްޕެކް ނަގާ ނައިނާގެ ކޯތާފަތުގައި ޖައްސާލުމާއިއެކު ނައިނާ ވަގުތުން ފިނިވެގެން ތެޅިގަތެވެ.
“ހައިގަނޑާ ނުހަދަބަލަ… ފިނިވަނީއޭ…” ނައިނާގެ ހައިޒަލްގެ އަތުގައި އޮތް އައިޕެކްގަނޑު ދަމާގަނެފައި ބިމަށްދޫކޮށްލުމާއިއެކު ހައިޒަލްގެ ކަރުގައި އަތްވަށާލިއެވެ. އެވަގުތު ދެޒުވާނުންގެ ނަޒަރު ސީދާވިއިރު ނައިނާގެ މޫނު މަލެއްފަދައިން ފަރިވިއެވެ. ދެކޯތާފަތަށް އަޑިކޮޅު އަޅުވާލައިގެން ހައިޒަލް ހެވިފައި ހުރިއިރު ނައިނާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އޭނަ ބޭނުމީ އަބަދަށްވެސް ހައިޒަލްގެ މޫނުމަތީ އެ ހިނިތުންވުން ދެކޭށެވެ. ހިތާމައިގެ ހިޔަނި ނޭޅިއެވެ. އޭގެ އެންމެ ފުރިހަމަ ރީތިކަމުގައެވެ.
*** *** *** *** *** ***
އަވަދިނެތް ދުވަހެއްގެ މަސައްކަތަށްފަހު ގެއަށްދާން ނިކުތްއިރު މަޔާން ހުރީ ހިސާބަކަށް ވަރުބަލިވެފައެވެ. އެވަރުބަލިކަމާއިއެކު ހިތް ބޭގަރާރުވަމުންދިޔައީ ޝަލީންގެ ސޫރަ ދެކިލާށެވެ. ޕާކިން އޭރިއާގައި އޮތް ކާރަށް އަރާ ދުއްވާލަން އުޅުމާއިއެކު ކޮންމެވެސް މީހަކު ކާރުގެ ބިއްލޫރިގަނޑުގައި ޖަހާލިއެވެ. ދެވަނަ ފަހަރަށް ޖަހާލުމާއިއެކު މަޔާން ބިއްލޫރިގަނޑު ތިރިކޮށްލައިފިއެވެ. އެއާއިއެކު ފެނުނު ސޫރައަކުން މަޔާން ހިސާބަކަށް ހައިރާންވިއެވެ.
“ވާހަކައެއް ދައްކާލަން ބޭނުން… ހައިޒަލްވެސް ހުރެގެން ދެއްކުނިއްޔާ ރަނގަޅީ…” ޒިޔާމް ވާހަކަދެއްކިއިރު އެއަޑުގައި ހިސާބެއްގެ ފަސްޖެހުމެއްވިއެވެ. މަޔާން ބުމަ ކައިރިކޮށްލައިގެން ވަގުތުކޮޅަކަށްފަހު އެއްޗެކޭ ބުނުމެއްނެތި ކާރުގެ ޕެސެންޖަރ ސީޓްގެ ދޮރުފަތް ހުޅުވައިދިނެވެ. ޒިޔާމްގެ މޫނުމަތިން ފެނުނު ޝުކުވެރިކަމާއިއެކު ކާރުގެ ތެރެއަށް ދެމިގަންނަމުން ދޮރު ލައްޕާލިއެވެ. އެއާއިއެކު މަޔާން ފޯނު ނަގައި ހައިޒަލްއަށް މެސެޖެއްކޮށްލަމުން ކާރު ދުއްވާލައިފިއެވެ.
މިހާރަކަށް އައިސް އެދެމީހުންގެ ބައްދަލުވުންތައް ބޭއްވޭ ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެންދިޔައިރު ހައިޒަލް އިނީ މާކުރިން އައިސް އިންތިޒާރުގައެވެ. މަޔާން ފެނިގެން އަތްއުފުލާލައި ހިނިތުންވެލިއިރު އެ ހިނިތުންވުން ފަޑުވެ މޫނުމަތިން ބީރައްޓެހިކަމުގެ އަސަރު ފާޅުވީ މަޔާންގެ ފަހަތުން އައި މީހާ ފެނިފައެވެ.
“އަޅުގަނޑަކީ ޒިޔާމް… 21 އަހަރު ކުރިން ހިނގާދިޔަ އޭ.އެޗް.އިންޑަސްޓްރީޒްގެ އަލިފާނުގެ ހާދިސާއާއި ފުލުސް އޮފީހުގެ ފަރާތުން ހަވާލުވެހުރި ފަރާތް…” ޒިޔާމް ކުރިއަށްޖެހިލަމުން ހައިޒަލްއާއި ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އެވަގުތު އިސްއުފުލާ ހައިޒަލްގެ މޫނަށް ކަޅި ހުއްޓާލެވުނުގޮތަކުން ޒިޔާމް ހުއްޓުން އެރިއެވެ. އޭނަގެ ލޯމައްޗަށް ފެންނަ މަންޒަރު ގަބޫލުކުރަން ސިކުނޑި ނުކުޅެދުނެވެ. އަޒްހާންގެ ފުރާނަނެތް މަސްގަނޑު އެންމެ ފުރަތަމަ ފެނުނު އެކަކަށް އޭނަވާނެއެވެ. ބަރާބަރު 21 އަހަރުފަހުން އަޒްހާން މިހުރީ އޭނަގެ ކުރިމަތީގައެވެ.
“މުހައްމަދު ހައިޒަލް އަޒްހާން…” ހައިޒަލް ތައާރަފުވެލިއެވެ. އެއީ ހައިޒަލްގެ ނަމާއި ގުޅުވައިގެން އަޒްހާންގެ ނަން ގެނައި ފުރަތަމަ ފަހަރެވެ.
“ޒެލްއަކީ ތިއީތަ… އަޒްހާންއާއި އެއްވެސް ތަފާތެއްނެތް… ތިއީ ދުނިޔެއާއި ވަކިވެގެންދިޔައިރު އަޒްހާން ހުރިގޮތް….” ޒިޔާމް އޭރުވެސް ހުރީ ހައިރާންވީވަރުން އެސްފިޔަ ޖަހާނުލައެވެ. އޭނަ ދަންނަގޮތުން މިހާ ވައްތަރު މީހުން އުޅޭނީ ހަަަމައެކަނި ހިޔާލީ ވާހަކަތަކުގައެވެ. ނަމަވެސް އޭނަގެ ލޯކުރިމަތީ މިހުރީ އެކަން ދޮގުކޮށްދޭނޭ ދަލީލެކެވެ.
ހައިޒަލް ހިނިތުންވެލިއެވެ. އަޒްހާންގެ ކާބަން ކޮޕީއަކަށް އޭނަވުމަކީ އޭނަވެސް ހައިރާންކުރުވިކަމެކެވެ. ކުޑައިރުއްސުރެ އަލްހާންގެ ސިފަތައް އޭނަ ކިބައިން ފެނުނަސް ހަޤީގަތަކީ އެއީ އަޒްހާންގެ ފަރާތުން އޭނައަށް ލިބުނު ސިފަތަކެވެ.
“ހޫނުކަން އިނގުމަށްފަހު އަލިފާނާއި ކުޅޭކަށް ބޭނުމެއްނޫނޭ ބުނީމެއްނު… ދެން މިއަދު ކީއްކުރަން…” މަޔާން އިނީ ފޫހިވެފައެވެ. އޭނަ ބޭނުންވެގެންދިޔަ ދުވަހު ޒިޔާމް އޭނަގެ އެދުން ބޮލާލައިޖެހީއެވެ. އެއްވެސް މީހެއްގެ އެހީއަކާއިނުލާ މިއަދު އޭނަ ކުރިބޯއްޓަށް ވާސިލްވެއްޖެއެވެ.
“އެގޮތަށް ވާހަކަދެއްކުނީތީ އަހަންނަށް މައާފުކޮށްދީ… އެދުވަހަށްފަހު އަހަންނަށް ހަމަނިދިނުލިބެއޭ ބުނުމަކީ ދޮގަކަށްނުވާނެ… ހާސްވެގެން އަންހެނުންނާއި އެކަން ހިއްސާކުރީ… އޭނަ ވަގުތުން ބާރުއެޅީ އެހީވާން.. އުޝާއަކީވެސް ފުލުހެއް.. އެ ހާދިސާގައި ސަލާމަތްވީ ކުއްޖާ އެންމެ ފުރަތަމަ ފެނުނީ އުޝާއަށް… އޭގެފަހުން އުޝާ އެވާހަކަނުދައްކާ ދުވަހެއް ނުދެއޭ ބުނުމަކީ ދޮގަކަށް ނުވާނެ… ހަޤީގަތް ލޯކުރިމަތިން ފެންނަން އޮވެ ލޯމަރާލައި ފަސްދޭނެހާ ނުބައި މީހެއް ނޫން އަހަންނަކީ… އެދުވަހަކު އެހެން ބުނީ އެހީވާން ބޭނުންނުވަތީކީ ނޫން.. ކުރިން ކަންތައްވީގޮތުން ޖެހިލުންވީ… އެކަމް މަޔާން ކަހަލަ ޒުވާނާކު އިސްނެގިއިރު ފިޑިވުމަކީީ ލަދުގަންނަންޖެހޭކަމެއް…” ޒިޔާމް ވާހަކަދައްކަމުންދިޔައިރު އެއަޑުގައި ހިސާބަކަށް ލަދުވެތިކަންވިއެވެ.
“މިކަމުގައި ބައިވެރިވެފައިވަނީ އަހަރެމެން ހީކުރާވަރަށްވުރެވެސް ނުފޫޒްގަދަ ބަޔަކު… އެކަނި މިކަންތަކާއި ކުރިމަތިލުމަކީ ކިހާ ރިސްކީކަމެއްކަން އިނގިހުރެ މަޔާން މިކަމާއި ހަވާލުވީތީ އަހަރެން ހައިރާންވަން… އަހަރެން މިހުރީ މަޔާންއަށް އެހީވާން… ބަލައިގަތުމަކީ މަޔާންގެ އަތްމަތީ އޮތްކަމެއް…” ޒިޔާމް ވާހަކަދެއްކިއިރު ހައިޒަލް ވިސްނަމުންދިޔައެވެ. ޒިޔާމް ދެއްކި ވާހަކަތައް އަޑުއިވުމާއިއެކު އެދުވަހު އޭނަައަށް ފެނުނު އަންހެންމީހާ އެހާ ފަރިތަހެން ހީވި ސަބަބު ނަގައިގަނެވުނެވެ. އޭނަ އެންމެ ބިރުގަނެ ހިތްވިރިފައި އިން ހާލުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަދިން ފުރަތަމަ ފަރާތަކީ އެއީއެވެ.
މަޔާން ނުރުހުމުގެ ކުލަ ދައްކައިިލައިގެން އިނދެފައިވެސް އެއްބަސްވިއެވެ. އެންމެފަހުވަގުތުނަމަވެސް ޒިޔާމް އެހީވާން ނިންމުމަކީ އޭނަ އުފާކުރާކަމެކެވެ. ޒިޔާމްގެ އެހީއާއި މިޙުރާންގެ ފަރާތުން ލިބުނު އެހީތަކާއިއެކު އޭނައަށް އައްމާރުއާއި އަލްހާން އިންސާފުކުރިމައްޗަށް ގެންނަން ފަސޭހަވެގެންދާނެއެވެ. މިކަމުގެ އަޑީގައި އަދިވެސް ކަންތައްގަނޑެއް އުޅޭހެން އޭނަައަށް ހީވަނީ ކީއްވެބާވައެވެ؟
*** *** *** *** *** ***
ހަނދުވަރު އެންމެ ރީތިވާ ރޭތަކުން ރެއެކެވެ. ރޭގަނޑުގެ ބައިވެރިޔާ ހަނދު އަރައިގެން އައި އޭގެ ރިހިއަލިން ދުނިޔެދިއްލާ ސިހުރުވެރިކުރުވަމުންނެވެ. ހަމަހިމޭންކަމުގެ ދޫލައެއްފަދަ އުޑުމަތި އަދަދުނުވާހާ ގިނަ ތަރިތައް ވިދަމުންދިޔައެވެ. ތަރިތަކުގެ ވިދުމާއިއެކު މުޅިކައުނުވެސް ދިއްލޭފަދައެވެ. އަދި ހަނދުވަރުގެ ސަބަބުން ދުނިޔެ ރިހިން އަތްކަންކުރެވިފައިވާފަދައެވެ. އެރީތި އަލިން ގަސްތަކުގެ ފަތްތަކާއި މާތަކަށް ދާންދެން ވިދަމުންދިޔައެވެ.
ރޭގަނޑުގެ އެންމެ ފިނިވަގުތު ޝަލީންއާއި މަޔާން ތިބީ ޕޫލް ކައިރީގައެވެ. ހަނދުވަރުގެ ރީތި އަލިން ބަގީޗާ ދިއްލާލައިފައިވާއިރު ދެޒުވާނުން ބިމަށް ތިރިކޮށްލައިފައިވާ ޕަރީންތަކެއްފަދައެވެ. ޝަލީން ކްރީމްކުލައިގެ ޑަންގެރީއެއްގައި އިންއިރު ލޯބިކަމުން މަޔާން އިނީ ނަޒަރު ވަކިކޮށްނުލެވިފައެވެ. ބަލިވެ އިނދެ ދުވަސްފުރެމުންދާވަރަކަށް ޝަލީންގެ ރީތިކަން އިތުރުވަނީއެވެ. އަދި ދަރިފުޅާއިއެކު ޝަލީން ހަމަ ރަނގަޅަށްވެސް މަޔާންގެ ހިތަށް ވެރިވެގަނެއްޖެެެއެވެ. ޝަލީން ޕޫލްތެރެއަށް ދެފައި ލައިގެން ފެންތައް ބުރުވަން އިންއިރު ފަން އިސްތަށިގަނޑު ވަޔާއިއެކީ ވިހުރެމުންދިޔައެވެ.
“މިކުއްޖާގަނޑު ނުވާކަމަށް ހަދައިގެން އިނދެގެން އެއްކޮށް ތެއްމާލައިފި…” ޝަލީންގެ ފައިން މަޔާންގެ މޫނަށް ފޮނުވާލި ފެނުގެ ހަމަލާއިން ރެކެމުން މަޔާން މޫނުހަދާލިއެވެ.
“ޕޫލްއަށްލައި ގަނބަހެރިޔަސް މީހަކަށް އިނގޭނެތަ؟” ޝަލީން މަޔާންއާއި ދިމާކޮށްލަމުން ހީނގަތެވެ.
“އަހަރެންގެ ބޭބީގެ ލޯބިކަމުން އެހެން ދިމާލަކަށް ލޯވެސް ނުދަނީ.. ހަނދަށްވެސް މިރީތިކަމާއި ވާދަކުރެވޭނެތަ؟” މަޔާން ޝަލީންގެ ދަތްދޮޅީގައި ހިފާ އެލޮލާއި ހަތަރުކަޅި ހަމަކުރުވިއެވެ. އެވަގުތު ޝަލީން ހީނގަތްފައި މަޔާންގެ މޭގައި އަތްއަޅާ ޕޫލްއާއި ދިމާލަށް ކޮއްޕާލިއެވެ. ފެންގަނޑު ބުރުއްސައިގެންދިޔަ އަޑާއިއެކު ބުރައިގެންދިޔަ ފެންތިކިތަކުން ޝަލީންވެސް ފޯކޮށްލިއެވެ. ޝަލީން ސިޑިބަރިން އެރިގޮތަށް ޕޫލްއަށް ދުރަށް ދުއްވައިގަތީ ޕޫލްއިން އަރާގޮތަށް މަޔާން އޭނައަށް ހަމަލާއެއް ފޯނުވާލާނެކަން އިނގޭތީ ސަލާމާތްވާންވެގެންނެވެ.
މަޔާން އަޑިއަށްދިޔަގޮތަށް މައްޗަށް ނާރާގިނައިރުވާންފެށުމާއިއެކު ޝަލީންގެ ފޯރިކެނޑި ހާސްވާންފެށިއެވެ. ޕޫލްގެ ހިމޭންވެފައިވާ ފެންގަނޑު ފެނި ޝަލީންގެ ހިތް ވަސްވާސްތަކުން ފުރުނެވެ. އޭނަ މަޔާންއާއި ކުރި ސަމާސާ ވިހަވީހެއްޔެވެ؟ އޭނަގެ ސަބަބުން މަޔާންއަށް ކަމެއްވީހެއްޔެވެ؟
“ޔާން… ނޫން…” ޝަލީން ހުއްޓުންއަރާފައިހުރިއިރު މީހަކަށް ގޮވާކަށްވެސް ހަނދާނެއްނުވިއެވެ. އޭނައަށް ހަރަކާތްތެރިވެވޭ އެންމެ ބާރުމިނުގައި ފައްތަރުތަކުން ލާފައި ގޮސް ޕޫލްއަށް ފޭބިއެެވެ. އެންމެ ތިލި ހިސާބުގައި އަތްފުނާއަޅަމުން މަޔާންއަށް ގޮވިއެވެ. އޭރު ޝަލީންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
އަޑިން ފެންގަނޑު ކަފަމުން އައި އަތަކުން ޝަލީންގެ ފައިގައި ހިފަހެއްޓިއެވެ. ޝަލީން ވަގުތުން ހަޅޭލަވައިގަތެވެ. އެވަގުތު މަޔާން ފެނުން މައްޗަށް އެރީ ހެމުންހެމުންނެވެ. ޝަލީން ތެޅިގަނެފައި މަޔާންއާއި ދިމާލަށް އެނބުރުނުއިރު ކޯތާފަތްމަތި ތެތްމަމުންދިޔަ ކަރުނަތައް ފެނި މަޔާންގެ ހުނުން މަޑުޖެހުނެވެ. ވަގުތުން ޝަލީންގެ ގާތަށް ޖެހެވުނެވެ. އެއާއިއެކު ޝަލީން ފަހަތަށް ޖެހިލިއެވެ.
“ހާދަ ގޯހޭ… އެކަހަލަ ނުލަފާ ސަމާސާކުރަންޖެހޭތަ… އަހަރެން ބިރުގަނެ ހާސްވާނެވަރު ޔާންއަށް ނޭނގެނީތަ…. އެއްވެސް މަޖަލެއްނޫނޭ…” ޝަލީން ރޮއެގަނެފައި މަޔާންގެ މޭގައި ދެއަތުން ތަޅައިގަތީ ފުދޭވަރަކަށް ބާރަށެވެ. ނަމަވެސް ޝަލީން ހުރީ އަމިއްލަ ބާރު ނަގައިގަނެވޭފަދަ ހާލެއްގައެެއްނޫނެވެ. ވޭތުވެެދިޔަ ފަސް މިނެޓް އޭނަގެ ފުރާނަވެސް އޭނައާއިވަކިވިފަދައެވެ. ހިތްތެޅުނީ އޭނަވެސް ބިރުގަންނަހާ ބާރަށެވެ. މަޔާންއަށްކަމެއްވީނަމަ އޭނަ މޮޔަވީހެވެ. ދުވަހަކު އަމިއްލަ ނަފްސަށް މައާފެއްނުދެވުނީހެވެ.
“ސޮރީ ބޭބީ.. ކަމެއްނުވާނެކަން ޝަލީއަށް އިނގެންވާނެއެއްނު… ޝަލީއާއި ސަމާސާކޮށްލަންވެގެނޭ.. ނޭނގެ ބޭބީ ތިހާ ބިރުގަންނާނޭކަމެއް…” މަޔާން ޝަލީންގެ މޫނުގައި ހިފަހައްޓާލިއިރު އެ މޫނުމަތިން ދެމެމުންދިޔަ ކަރުނަތިކިތައް ފެނި ތުންފަތުގައި ދަތްއަޅާލިއެވެ. އޭނަ ނުބައި ސަމާސާއެއްކޮށްލައިގެން އެ މޫނުމަތީވީ ހިނިތުންވުން ފުހެލައި އެލޮލުން ކަރުނަ އޮހޮރުވާލައިފިއެވެ. ޝަލީންގެ ރުޅިއައިސްފައި ހުރިވަރުން މަޔާންގެ އަތުތެރެއިން ފޮޅުވިގެން ޕޫލްއިން އެރިއެވެ.
“ނޫނޭ.. ބޯހަރު އަނތްބެއް މަށަށް ލިބިފައި މިހުރީ… ޝަލީން އިޝާރު ވިއްޔަ… ބޯހަރު ވާންޖެހޭނެއެއްނު… ބޭބީ އައިމްސޮރީއޭ… ދެން ނުކުރާނަމޭ އެކަހަލަކަމެއް ޕްލީޒް… ޕްލީޒް…” މަޔާން ޕޫލްއެރިގޮތަށް ދުވެފައިގޮސް ޝަލީންގެ ކުރި ބެއްދިއެވެ.
“މިލިއަން ޓައިމްސް ސޮރީ…” މަޔާން ދެކަންފަތުގައި ފޫޅުގައި ހިފާލިއެެވެ. އެވަގުތު ޝަލީން ހިނގައިގަންނަން އުޅުމާއިއެކު މަޔާން ޝަލީންގެ ގެނެސް އެއަތުގެ ތެރޭބޮޑުކޮށްލައިފިއެވެ. އެވަގުތު ޝަލީންގެ ބަނޑުން ދަރިފުޅު ތޮޅިލުމުގެ އިހުސާސްކުރެވުމާއިއެކު މަޔާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ޝަލީން ހީލައިފައި ބަނޑުގައި އަތްޖައްސާލިއިރު ދެންމެގެ ކުޑަ އަރާރުންވުން ހަނދާންހުރިހެނެއް ހިޔެއްނުވެއެވެ.
“ނައު ސްމައިލް… ބޭބީވެސް މިއުޅެނީ މަންމީ ދެރަވީމަ ދެރަވެގެން… ބޭބީ… ދަރިފުޅުގެ މަންމީ މިހުރީ ޑެޑީ ކާލާހާ ރުޅިއައިސްފައި… މަންމިއަކީ ބޯހަރު ކުއްޖެކޭ…” މަޔާން ޝަލީންގެ ތުންފަތުގެ ދެފަރާތުން އިނގިލިޖައްސާލަމުން ކުޑަކޮށް ކޮލުގެ މަސްގަނޑަށް ދަމާލިއެވެ.
“ސްވީޓްހާރޓް… ޑެޑީއާއި ފްރެންޑްނުވައްޗޭ… ޑޭޑީއަކީ ބޭޑް ބޭޑް ބޯއީއެއް…” ޝަލީން މަޔާންއާއި ދިމާލަށް ވައްތަރުޖައްސާލިއެވެ.
“ވޯވް… އަހަރެންދެކެ ހާދަ ލޯބިވާކުުއްޖެކޭ ލިބިފައި މިހުރީ.. މިހުރިހާ ދުވަހު ޝަލީ ގަދަކޮށްލައިގެން ހުރިއިރު ޕޫލްއަކަށް އެރިގެން ގެނބުނު…” މަޔާންގެ ޖުމްލަ ފުރިހަމަކުރާނޭ ފުރުސަތެއްނުދި ޝަލީންގެ އިނގިލިން މަޔާންގެ ތުންފަތްމަތީ ޖެހިއެވެ.
“ސުސް… ކިޔާފާނަންދޯ ކޮންމެއެއްޗެކޭވެސް…” ޝަލީން ވަގުތުން ދެބުމަގުޅުވާލަމުން މަޔާންއާއި ދުރަށް ހިނގައިގަތެވެ. މަޔާން އިރުކޮޅެއްވަންދެން އިސްތަށިގަނޑަށް އަތްމަހާލައިގެން ހުރެފައި ދުވެފައި އައިސް ޝަލީންއާއި އަރާހަމަކުރިއެވެ. ދެޒުވާނުންގެ އިނގިލިތައް ލާމެހިގެން ދިޔައިރު ދުވެލައިފައިގޮސް ގެއަށްވަނެވެ. އޭރު ދެޒުވާނުންވެސް ތިބީ ފިނިބޮޑުވެގެންގޮސް ތުރުތުރުލާގޮތްވެފައެވެ.
*** *** *** *** *** ***
ޓެރެސްއަށް ވެރިވެފައިވާ ފަޑުއަލިކަމުގައި ހަމަހިމޭންވެފައިވާ ޕޫލް ރިހިފަތެއްހެން ވިދަމުންދިޔައެވެ. ޓެރެސްގެ މެދަށްވާގޮތަށް ހަދާފައިވާ ޕޫލްގެ ވަށައިގެން ހުދުކުލައިގެ ބެންޗްތަކާއި ސަން ޗެއަރތަށް ހުރުމުން ހިތްގައިމުކަމަށް ދައްކައެވެ. ހޭންގިންގް ގާރޑެން ޗެއަރތަށް ބަހައްޓާލެވިފައިވާއިރު އެތާ ކައިރީ ކޮފީ ބުއިމަށް ހާއްސަ ހަޓެއް ހަދާފައިވެއެވެ. އެއްފަރާތުގައި ބަހައްޓާލެވިފައިވާ އުނދޯލިވަށައިގެންވާ ޕޮޓްތަކުގައި އިންދާފައިވާ ގަސްތަކުގައި ފޮޅިފައިވާ މާތަކުން މަންޒަރު އިިތުރަށް ރީތިކޮށްދެއެވެ. ޓެރެސްގެ ތިރި ފާރު ވަށައިގެން ބިއްލޫރި ޖަހާފައިވުމުން ޓެރެސްގައި ތިބޭއިރު ތިރީ ބަގީޗާގެ ރީތިކަން އެއްވެސް ހުރަހެއްނެތި ފެންނަމުންދިޔައެވެ.
ހެއްލޭ އުނދޯލީގައި ހައިޒަލްއާއި ނައިނާ އިށީދެލައިގެން ތިބިއިރު ހައިޒަލް އޮތީ ނައިނާގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ނައިނާގެ އަތުގެ ތެރޭ ހަރަކާތްކުރަމުންދިޔަ އިނގިލިތަކަށް ނަަަޒަރު ހުއްޓާލައިގެން އޮވެ އޭނަގެ ހަޔާތުގެ ބާކީ ސަފްހާތައް ނައިނާއަށް ކިޔައިދެމުންދިޔައިރު އިސްއުފުލާ ނުލާއިނީ އެއަސަރުތައް ދައްކަން ބޭނުންނުވާތީއެވެ. ނައިނާ ހައިޒަލްގެ ފަންއިސްތަށިގަނޑާއި ކުޅެލަ ކުޅެލާ އިންއިރު ލޯތެމުނެވެ. އަޑުއަހަން އުނދަގޫއިރު ހައިޒަލްއަށް ކިޔައިދޭން ކިހާ އުނދަގޫވާނެ ހެއްޔެވެ؟ އެ ވޭންތަކުން ހަށިގަނޑުގައި އުފެދުނު ޒަހަމްތަކުގެ ދިލަކަން ދުލަކުން ބުނެގެން އިހުސާސްވެދާނެެ ހެއްޔެވެ؟
“އިންޝާ ﷲ ހުރިހާކަމެއްވެސް ވާނީ ހައި ބޭނުންވާގޮތަށް… އަހަރެން ދުއާވެސް ކުރާނަން… ނައު ސްމައިލް…” ނައިނާ ހައިޒަލްގެ އަތަށް ބާރުކޮށްލުމާއިއެކު ހައިޒަލް އިސްއުފުލާ ބަލާލިއިރު އެލޮލުގައި ކަރުނަތައް ގިނަވެފައިވިއެވެ. ނައިނާ އެ ކަރުނަތައް ފުހެލަދިނެވެ. ކަރުނައަކީ ފިރިހެންވަންތަކަމަށް ގޮންޖަހާ ބައެއްކަމަށް ބުނެލިއެވެ. ކަރުނައަކީ ފިރިހެނުން ގަޔާނުވާކަމަށްވިޔަސް އޭނަ ހައިޒަލްއަށް ލަންބުވާލީ އެ ކަރުނަތަކެވެ. ހައިޒަލް ފަނޑުކޮށް ހިނިތުންވެލިއެވެ.
“ހައި ހީލީމަ ހާދަ ރީއްޗޭ… ހަމަ ފޯލްވެދާނެ…” ހައިޒަލްގެ ތުންފަތްމަތިން ހިނިތުންވުމެއް ހޯދުމުގެ ނިޔަތުގައި ނައިނާ ވާހަކައިގެ މިސްރާބު ބަަދަލުކޮށްލިއެވެ.
“އެހެންތަ… ދެވަނަފަހަރު މަށަށް ފޯލްނުވައްޗޭ…” ހައިޒަލް ނައިނާގެ ސަމާސާގައި ބައިވެރިވިއެވެ.
“މީހަކަށް، މީހެއްދެކެ ލޯބިވެގެން ފޯލްވެވޭނީ ދެން މިވަރަށް…” ނައިނާ ރަކިހުނުމަކާއިއެކު ހައިޒަލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭރު ހައިޒަލްގެ ލޮލުގައިވީ ކުލައަކުން ނައިނާގެ ހަށިގަނޑުވެސް ފިނިވިއެވެ. އެ ލޮލުގެ ބާރުން އިސްޖަހާލަން މަޖުބޫރުކުރުވިއެވެ. ނުސިޔާނުގެ ހިތުގެ އެދުންތަކާއިއެކު އަމިއްލަ ނަފްސަށް ބާރުފޯރުވަމުން ހައިޒަލް ދުރަށްބަލާލިއެވެ.
“ފޯލްވެވޭނިއޯ… ފުރަތަމަ ދުވަހު އެއްޗެހި ކިޔާލިވަރުން މިބޯހަރުކުއްޖާގަނޑު ރުހުމުގައި ބަލާނުލާނެއޭ ހީވި.. އެވަރަށް އެއްޗެހި ކިޔާލައިފައި…. ކަށިކޮޅަށްދާންދެން މުގުރާލައިފައި.. އެވަރަށް ހޭޓްކޮށް ރުޅިއަރާފައި އެންމެފަހުން ލޯބިވެވުނީ ދޯ… ހެހެ…” ހައިޒަލް ދިމާކޮށްގަތުމާއިއެކު ނައިނާގެ ހަށިގަނޑުގައިވާހާ ލެއެއް މޫނަށް އެއްވެ އެ މޫނުގެ ރަތްކަން އިތުރުކުރުވިއެވެ.
“ހައި ކަޑަނުވާންވެގެން ވާހަަކަ ހަދަނީ… ފުރަަތަމަ ކޮންފެންސްކުރިމީހަކަށް އަހަރެންވީމަ ހައި އެކަމާއި ޝޭމް ފީލްވަނީތަ؟” ނައިނާ ރަކިވެފައި އިނދެވެސް ހައިޒަލްއާއި ޒުވާބެއް ހިންގާލާ ހިތުން ފެށިއެވެ.
“ނައިނާ ޖެހޭވިއްޔަ ކޮންމެކަމެއްގައިވެސް ތަފާތުވާން… އަސްލު ނައިނާވާންވީ ބޯއީއަކަށް… ވަރުގަދަ ޓޮމް ބޯއީއަކަށް… ފުރަތަމަ ދުވަހުވެސް ސީއީއޯ ބިމަށް ޖަހާލުން… ނޮޓް އެ ބޭޑް އައިޑިއާ… އެކަމަކު އެންމެ މުހިންމު ވަގުތު އަމިއްލަ ޑިފެންސްއަށް ކަމެއްނުކުރެވުނެއްނު… މިކުއްޖާގަނޑާއިހެދި އަހަރެން އަބަދު ހުންނަންވީ ޓެންޝަންގައި… މަށަށް ވަގުތެއް ނުދެވުނުނަމަ އޮންނާނެ ގަދަވެވިފައި…” ހައިޒަލް މޫނުހަދާލަމުން ނައިނާގެ ކަންފަތުގައި ހިފާލުމާއިއެކު ތޫރިވެސް ފަޅާލާހާ ބާރަށް ނައިނާ ހަޅޭލަވައިގަތެވެ.
”އާރޔޫ ޓްރައިންޓު ޓު ބީ އަ ބޮސް އޮފް މީ… ޔޫއަރ ބިއިން ޓޫ މަޗް ޓު ސަމްވަން ހޫވޯޒް ކިޑްނެޕްޑް…” ނައިނާ ކުޑަކުއްޖެއްފަދައިން ތުންކޮޅު ދަމާލަމުން ޝަކުވާކޮށްލިއެވެ. ހައިޒަލް ވަގުތުން ނައިނާ އެއަތުގެ ތެރޭގައި ބޮޑުކޮށްލިގޮތުން އެ މޫނުގައި ނޭފަތް ޖައްސާލުމާއިއެކު ނައިނާގެ ހަށިގަނޑުން ހީބިނެގިއެވެ.
“ބިކޯޒް… އައި ކޭން ޓޫ އެނީތިންގް ޓު ޔޫ… އެންޑް އައި ހޭވް އެވްރީ ރައިޓް ޓު ޔޫ… މާކުރިން ނައިނާ ހުއްދަދީފައި އޮތީ…” ހައިޒަލް ނުހަނު ލޯތްބާއިއެކު އެ ޖުމްލަތައް ކިޔާލިއިރު އެއަޑުގައިވީ ޔަގީންކަމުން ހައިޒަލް ނައިނާ މިލްކުކޮށްލިވަރުވީ ހާމައަށެވެ.
ދެލޯބިވެރިން އެކަކު އަނެކަކުގެ އަތުތެރޭގައިވީއިރު ބަދަލުކޮށްލާ ހާއްސަ ބެލުންތަކާއި އަމަލުތަކުންވެސް ލޯބިވާވަރު އަންގައިދިނެވެ. އުޑުގައި ވިދަމުންދިޔަ ތަރިތަކަށް ބަލަމުން ހައިޒަލް އެކި ވާހަކަަތައް ކިޔައިދެމުންދިޔައިރު ނައިނާ އިނީ ނުހަނު ޝައުގުވެރިވެފައެވެ. އެތައް ދުވަހެއް ފަހުން އޭނައާއި ހައިޒަލްގެ ނަސީބުގެ ތަރި މެދު އުޑުގައި ބަބުޅަންފެށީއެވެ. ހިތް ފުރިފައިވަނީ ބަޔާންކުރަން ދަތި އުފާތަކަކުންނެވެ. އޭނަގެ ހިތާއި ހަށިގަނޑު ހައިޒަލްގެ އަތުގެ ތެރޭ ތަރިތަކުގެ ދުނިޔޭގައި އުދުހެމުންދާ ފަދައެވެ. އެ އުފާވެރިކަމަށް ހިތާމައިގެ ވިލާކޮޅެއް ނޭޅި އެގޮތުގައި ދެމިގެންދިޔުމަށް ނައިނާ ދުއާކުރިއެވެ.
*** *** *** *** *** ***
ހެނދުނު ހައިޒަލް ކޮމްޕެނީއަށް ދިޔައީ ޝަލީން މިޑޯވިއުއަށް ލާފައެވެ. އިޔާނާގެ އެދުމުގެ މަތީން އެތަށްދުވަހެއްފަހުން މިޑޯވިއުއަށް ވަދެލުމުން އިޔާނާގެ ޝަކުވާ ހުހެއްނުވިއެވެ. އަންހެންދަރިފުޅު މަޑުމަޑުން ދުރުވާކަމުގެ އިހުސާސްކުރެވިގެން އިޔާނާ ހުރީ ޝަކުވާތައް ފުނިޖަހައިގެންނެވެ. ޝަލީންއަކަށް ފަސޭހައަކުން ސަލާމަތެއްނުވެވުނެވެ. ވާހަކައިގައި ތިބެ ދެމައިން ހެނދުނުގެ ނާސްތާކުރިއެވެ.
ޝަލީން އޭނާގެ ކޮޓަރީގައި އޮވެފައި ތިރިއަށް ފޭބީ މެންދުރުވާންއުޅެނިކޮށެވެ. އޭރު ގޭގޭ ނޯކަރު ކުއްޖާ ޒޭބް މުޅި ލިވިންރޫމްގައި މޮޕްކުރުމުގައި އުޅެއެވެ. ޑިޒައިނަރ ސިޑިމަތީ އޮތް ރަގްވެސް ވަނީ ނެގިފައެވެ. ޝަލީން ނުހަނު ހަލުވިކޮށް ސިޑިން ފައިބަންއުޅެނިކޮށް ފައި ކައްސާލިއެވެ. މާބްލް ސިޑިތަކުގެ އޮމާންކަމާއިއެކު ހަަށިގަނޑު ހަށިގަނޑު ބެލެންސްކޮށްލަން ޝަލީން ހުރި މަސައްކަތްވީ ބޭކާރެވެ. އަރިއަޅައިލައިގެން ބަނޑުވަތަށް ވެއްޓެމުންދިޔައިރު ރެއިލިންގައި ހިފަހައްޓަން ޝަލީން މަސައްކަތްކުރިއެވެ. ޝަލީންގެ އަތްތިލަ ރެއިލިންގައި ޖެހިފައި ދޫވެގެންދިޔައިރު ޝަލީންއަށް ބަނޑުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. އެވަގުތުވެސް އޭނަ ކަންބޮޑުވީ ބަނޑުގައިވާ ދަރިފުޅުގެ ސަލާމަތާއި މެދުގައެވެ. އިތުރު ހަރަކާތެއް ނުގެނެވި އުޅެނިކޮށް ޝަލީން އަނގަވަތަށް ސިޑީގެ ހަރުފަތްތަކުގެ މައްޗަށް ވެއްޓުނުއިރު ޝަލީންގެ ވޭނީ ހަޅޭކުގެ އަޑު މުޅި ލިވިންރޫމްގައި ގުގުމާލިއެވެ. އެއަޑަށް ޒޭބްވެސް ބަލާލިއިރު ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެވެ. އަނގައިން ތޫނު ހަޅޭކެއްގެ އަޑުބޭރުވެގެންދިޔައިރު ޒޭބްއަށް ޝަލީންއާއި ދިމާލަށް ދުއްވައިގަނެވުނެވެ.
ޝަލީން ބަނޑުގައި އަތްއަޅައިލައިގެން އޮތްއިރު ލޮލުގެ ހިމަކޮޅުން ހޯސްލާފައި ކަރުނަތައް ދެމެމުން ދިޔައެވެ. ކެތްނުވާވަރަށް ބަނޑުގައި ރިއްސަމުންދިޔައިރު އޭނައަށް ހީވީ ބަނޑުގައި ވަޅިއަޅަމުން ދިޔަހެންނެވެ. ޝަލީންގެ ގިސްލުމުގެ އަޑު ލިވިން ރޫމްގައި ހިފާލިއެވެ. ބަނޑުން ނަގަމުންދިޔަ ވޭނުން ކެތްނުވެގެން ކުކުރަމުންދިޔައިރު ޝަލީންގެ ސްކްނީ ރަތްވަމުން ދިޔަތަން ފެނި ޒޭބްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހުދުކުލައިގެ މާބްލްސްތައް ލެއިން ފެވެމުންދިޔައިރު ޒޭބްގެ ސިކުނޑި ނުރައްކަލުގެ އިންޒާރު ދިނެވެ. އެވަގުތު ލިވިންރޫމްއަށް ވަދެގެން އައި އިޔާނާ މަގޭ ދަރިއޭ ކިޔާ ހަޅޭލަވައިގަތްއަޑު ޝަލީންއަށް އިވުނީ މަޑުމަޑުންނެވެ. ލޯހުޅުވަން މަސައްކަތްކުރިޔަސް އޭނަ ފުންނިންޖަކަށް ގެނބެމުންދިޔަފަދައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
73 Comments!
Comments are closed.






surprise… eid mubaarik to my dear readers.. may this beautiful ocassion gives you all the reasons to make your life even more beautiful.. hope all will like the eid gift from me.. i made the episode very long hope all will read intrestingly.. feel free to comment.. thank you for the support and love
V. Reethi. Vaahaka dhiyagothun, v. Ummeedh kohgen hury haizal ahmamma feni/ nainaa gaath name bunevigenves ingeynekamah.
Thankss dear.. lets see whats going to happen
Thank you dhiraa??
Mention not dear
Me second dhw…will comment after reading ingeyy❤
Ma Sha Allah???❤❤❤..mi part vec vv rythi.. Dialogue thah vec v v furihama..Nd thanks mihaa dhigukoh??? mi bai genesdhinyma…Lots of luvv?????????
EID MUBARAK
Thankss dear and eid mubaarak
Alhey dhiraa sis ves dho.Ufalun gos rovihje Rai ah .Eid gift varah kamudhey.Heevanee muni Eid ufaaveri vehjehen.ha ha ha??????????????Dhen okay eid ga ehen part eh nugenesdhinas
Love you sis………??????
Thankss dear
Varah happy mi part dhigu kamun.?? Mihaaru e dhany kan thah thah ingemun dhw. ❤?????Varah reethi mi part vx.
Hmm me too
mi bai very reethi
Thankss dear sharu and himi
Thank u sis ????? EID MUBARAK to everyone.??????? Ths prt is xtra long n vvvvvvvv interesting???❤️❤️❤️. Curiously waiting for next part. ???????????❤️?❤️???????????❤️?? LYSM sis. U r d best ?????❤️❤️❤️❤️❤️?????????❤️
Thankss dear.. eid mubarak
????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ I’M IN lOVE WID THS STRY N STRY’S AUTHOR????????????????????????????????????????????????????????????????????????????????????????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️??????????????????????????????????????????????????????????????????????????????????????????????????
Thankss dear
Juwai Ner
Shixoo Izkaan Afeef
Nahu Xaad done
Thankss dear
Wow wow wow wow wow wow wow wow wow wow wow wow wow wow wow wow
I’m speechless wht an amazing stry ????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ I’M IN lOVE WID THS STRY N STRY’S AUTHOR????????????????????????????????????????????????????????????????????????????????????????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????????????????????????????????????????????????????????????????????????????????????????????????? iiiiiiiiiii llllllllooooooovvvvvvveeeeeee uuuuuuuu dhiraa sissy ????????????????????❤️????
Thankss dear for the colourful comment
Woah woah Masha Allah varah varah furihama. Thanks for the surprise episode. Waiting for the next part. ?????????
Thankss dear.. will upload soon
U thyhaa varah ronyaa I ah vec rovi dhrne avahah huhtaala cry baby ???????????? ehaa lovely gift eh libunyma dhn nuverne rookah?????
dhw.. thankss dear
Awww eid mubarak dhiraa..
Thnq for such a loving episode … love u n this story as alwys ….. n very happy tht nain n hai has met…. n feeling sad for shaleen sooo much…. hoping everything will br fine ?
Btw when is next ep !?
Eid mubaarak.. thankss dear.. lets see what is gonna happen.. will upload soon
Haira ge part eh nehtha dhira
Varah avahah haira ge part eh gehnaanan
Woooooww varah salhi ? ? ? ? love you dhiraa sis and eid mubarak to everyone ????
eid mubaarak.. thankss dear
Wow?????????????????
When is the next part??
Thanks dear.. will upload soon
Wow! ???Thank You dhiraa? v v v rythi?
Thanks dear
Eid mubaarak dhiraa faahagavi kameh bunelaanan eba heevey mihaaru english words maa gina vaahen ekan ragalhu kollachey mi part dhiguvefa romantic veema varah reethi and hama varah curious kohlaafa thi nimmaalee keep it up dhira love ????❤
Eid mubaarak.. thankss for pointing.. dialogues thah dhw.. kuriah oih part thakuga ekan ragalhu kohlaanan ingey.. thankss dear
Thank you dhiraa wish for this long part.. loved the surprise.. when is next part
Thankss dear.. will upload soon
V v v v reethi ingyy ????? whn is next to ????❤️❤️♥️♥️♥️????????❤️❤️??♥️♥️❣️❣️Eid Mubarak dhiraa ah ves
Eid mubarak.. thanks dear.. will upload soon
Thanks. And Eid Mubarak
Eid mubaarak.. thanks dear
Thnk u thnk u thnk u so much sissy…. V kamudhiya suprise… Luv ya lotssssss ? ? ? ? ? ? ? ?
mention not dear.. ly too
Eid Mubaarak
Thankx alot
vrh miss vi ey story mathin
Yaayy hai and naina are back
This part was also really beautiful ?
Waiting for 68❤
Eid mubaarak dear.. varah miss vi dear mathin.. hai nai couple is finally back dear beynun vi gothah.. thankss dear.. will upload soon
Aley dhen vaany kihinehbaa v kehmadhu vehje baby maruvaanybaa????ehn nuhadhahchey btw story obi hurihaakudhinnah Eid Mubarak???????????
Hingaa dho vaagotheh balamaa.. eid mubaarak.. thankss dear
V v v nyc????????????love this story???
Thankss dear
Dhen shalyn kuhjja maruvehjjenama hai to will have to be with her ?
highaa dhw vaagotheh balamaa
V reethi knmme part eh vx mihaa dhigu kurahchey
When next Part??
Thankss dear.. try kuraanan ingey.. will upload soon
Wowwww.. Masha allah vrh reeethi mi story. Ekm I have a question to ask.. Haizal ge handhaan thah gellifa huttas mayaan ge handhaanthakeh nugelle ennu.. Dhn keevve mayaan ah zel handhaan nuhunnanee. Haizal kurimathee ulhey iru vs mayaan azhaan mathin vs handhaaneh nuvey.. I mean azhaan ge pic fenuneema mayaan ah heevee hama haizal hen.. Ekm eyna akah neyngunu eii eyna aaa vrh closekoh ulhun meeheh kameh.. Alhe mayaan mikanthah handhaan nuhunna iru zel hoadhan vs noolheneetha? They were best friends.. Ehn v iru mayaan handhaan hunnan vaane ennu eynage loabivaa zel.. Alhe mibai kommes gothakah genesdhehchey dhiraa.. I wanna knw..
Thankss dear.. ebai aslu eynee dhiraage hadhaanun kahsaalaafa.. thankss for remainding e bai thankolheh detail koh genesdheynan
Haila haizal ge kurimahchah araane dhuvahehge inthizaaru dhn kurevenee. Ps raan uncle and yaan vs haizalge handhaanah annaane dhuvaheh.. Anyways mi story nimeyn ulheytha? Meege nimun anna goiy vrh balaalan keiy madhuvefa meenee..
thibaithah dhen kuriah othy.. kuda inthizaareh beynunvanee.. yes dear mihaaru midhanee nimumakaai dhimaaalah.. hingaa dhw nimun ahnaane gotheh balamaa
Waiting for next part. Story amazing ?????????????????????dhiraaa ur the best????????????????????????
Thankss dear
Story v.reethi maa shaa allah…???????
❤❤❤❤❤❤❤❤❤
thankss dear
Alhey mi rey next part up kohdhee Bala??
Dear will try
Please mirey up koh dheeba???with lots of love
Will try ingey dear
Dhiraa mirey upload kohdheynantha???
Type koh nimihjehyaa up kohladheynan ingey
Christian Grey kahala bad boy eh ulhey story eh liyeba dhen faharaku. hehehe, stori V nice. ?
Mr Grey kahala bad boy eh ulhey story eh liyeba dhen faharaku. hehehe, stori V nice. ?
Thankss dear.. guess you like bad boy stories.. i will give a try next time