Skip to content
އެސްފިޔަ

ވާނަން އުމުރަށް – 14 –

ކުއްލިއަކަށް އައިލީންގެ ހިތަށްއެރި އެއްޗަކުން ދެލޯބޮޑުކޮއްލާފައި އިއްބާންއާ ދިމާލަށް ބަލަން އޮވެވުނެވެ. އިއްބާން ހަމަ އައިލީންއާ ދިމާލަށް ބަލާވެސްނުލާ ހިނގަމުންދިޔައެވެ. އެ މޫނަށް ބަލަން އޮވެފައި ކުއްލިއަކަށް އައިލީން ދެފެރާތަށް ބޯހޫރާލީ ހިތަށްއެރި އެއްޗަކާ ދެބަސްވާ ހާލުގައެވެ.

“ނޫންންން…..”

**********************

އައިލީންއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނީ އޭނާގެ ހިތާއި ސިކުނޑި ތަކުރާރުކޮށް އެކައްޗެއް ކިޔަމުންދާތީއެވެ. އިއްބާން ދިޔައީ ސިއްސައިގެނެވެ. އަވަސް އަވަހަށް އައިލީންއަށް ބަލާލިއިރު ދެލޯބޮޑުކޮއްލައިގެން އައިލީންއޮތީ އިއްބާންގެ ހުދުކުލައިގެ ގަމީހުގެ ގިރުވާނުގައި ހިފާ ބާރުކޮއްލައިގެނެވެ. އެވަގުތު އިއްބާންއާ އައިލީންގެ ހަތަރުކަޅި ހަމަވިއެވެ. އެ ކަނޑެއްހާ ފުންދެލޮލުގައިވާ އެއްޗެއް ދެނެގަންނަން އައިލީންއަކަށް ނޭނގުނެވެ. އިރުކޮޅަކު އެހެން އައިލީންއާ ހަތަރުކަޅި ހަމަކޮއްގެން ހުރުމަށްފަހު އިއްބާން ކުރިއަށް ހިނގައިގަތީ އެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮއްލަމުންނެވެ.

އަައިލީން އިއްބާންގެ އަތުތެރޭގައިއޮވެ ދެލޯމަރާލިއެވެ. އެހިތް ބުނާއެއްޗެއް ގަބޫލުކުރާކަށް އައިލީން ބޭނުމެއް ނުވިއެވެ. ތަކުރާރުކޮށް އެ ހިތް ބުނަމުން ދިޔައީ އެންމެ އެއްޗެކެވެ.

ދެލޯމަރާލައިގެން ވިސްނަންއޮތް އައިލީން ލޯހުޅުވާލީ ތަނަކަށް ވަދެވުނު ކަހަލަ އިހުސާސެއްވުމުންނެވެ. ލޯހުޅުވާ ބަލާލުމާއެކު އައިލީންއަށް އެނގުނީ އެމީހުންތިބީ ލިފްޓެއްގައި ކަމެވެ. އެންމެ މަތީ ފޮލޯރއަށް ހުއްޓުމާއެކު އިއްބާން އައިލީން ގޮވައިގެން ލިފްޓުން ފޭބިއެވެ. އޭނާއަށް އައިލީން އެ އިތްދަނޑިމަތީ އޮތުމުން އުނދަގޫނުވާ ފަދައެވެ.
ކަނާއަތް ފަޅިން ދެވެންއިން ފުޅާ މަގަކުން ލާފައިގޮސް ވަކިންހުރި ސިޑިއެއް ކަޑަންތުކޮށް އިއްބާން ނުކުތީ ޓެރަސްއަށެވެ. ބޮޑު އެހާމެ ފުޅާ ޓެރަހެކެވެ. ކަނާއަތް ފަޅީ ބޮޑު ސުވިމިންގް ޕޫލްއެއް އޮތްއިރު ޓެރަސްގެ ވާއަތްފަޅި އެކި ކުލަކުލައިގެ މީރުވަސްދުވާ މާމެލިން ފަޅުފިލުވާލާފައިވެއެވެ. މާގަސްތައް ކައިރީ ކަޅުކުލައިގެ ބޮޑު ސޯފާއެއް ހުރިއިރު އޭގެ ކައިރީގައި ވައްކޮށްއިން ކުޑަ ބިއްލޫރި މޭޒެއް ހުއްޓެވެ.
އިއްބާންގޮސް އައިލީން ސޯފާގައި ބޭނދިއެވެ. އިއްބާން އެއްޗެކޭ ބުނަން އަނގަހުޅުވަލިއިރަށް ފޯން ރިންގް ވާއަޑު އިވެންފެށިއެވެ. އިއްބާން ކާކުތޯ ބަލާލިއިރު ނާހިދުއެވެ. ގަޑިބަލާލުމާއެކު އިއްބާން ދެލޯބިޑުވީ އެކެއްޖަހަން ފަސްމިނެޓް އިނުމުންނެވެ. އިއްބާން އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ.

“ބައްޕާ…….މިތިބީ ޓެރެސްގަ……އައިލީން ފަޔަށް ތަދުވާތީ…..ނޫން…..ފައިއެޅުނު ގޮތަކުން ކަންނޭގެ…ދުޅަވެސް ވެފައިނީ…ލައްބަ….ލައްބަ…އޯކޭ….” އިއްބާން ފޯނު ޖީބަށް ލަމުން އައިލީންއަށް ބަލާލިއެވެ. އިރުކޮޅެއް ނުވަނީސް ޓެރެސްއަށް ބަޔަކުވަނެވެެ. އައިލީން އެއީ ކޮންބައެއްތޯ ބަލާލުމާއެކު ދެލޯބޮޑުވިއިރު ކޮޅަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އެވަގުތު އައިލީން އަރިއަޅާލިއެވެ. ކައިރީހުރި އިއްބާން ނުހިފެހެއްޓިނަމަ އައިލީން ވެއްޓުނީސްކަން ގައިމެވެ. އިއްބާން އަވަސް އަވަހަށް އައިލީން ސޯފާގައި ބޭނދިއެވެ. އޭރުވެސް އައިލީންހުރީ ދެލޯބޮޑުކޮއްލައިގެން ނާހިދު ކައިރީހުރި އަންހެންމީހާއާ ދިމާލަށް ބަލަހައްޓައިގެނެވެ. ޒިލްވާއާ ލިޒްވީންގެ އިތުރުން ލިޒީވެސް ހުއްޓެވެ.

“އައިލީން…” އައިލީން ކައިރިއަށް އައިސް އެ އަންހެން މީހާ ގޮވާލީ ސޯފާގައި އިށީނަމުންނެވެ. ކުއްލިއަކަށް އައިލީން އެހަންހެން މީހާގައިގައި ބައްދައިގަންނަމުން ރޯންފެށިއެވެ. އިއްބާން ހުރީމިވަނީ ކިހިނެއްކަން ނޭނގިފައެވެ.

“ލީން…ދަރިފުޅާ…ދެން ހުއްޓާލަބަލަ…..” އެމީހާ ހިނިތުންވެލާފައި ބުނެލިއިރުވެސް ދެލޯވަނީ ފެންކަޅިވެފައެވެ.

“މަންމާ…..” އައިލީންއަށް ރޮވުނީ ދެ އަހަރުފަހުން މަންމަ ސައިރާ ފެނުމުންނެވެ.

“އޭން….ލީން..ނުރޮއެ ދެން ނިކަން ހީލަބަލަ…” އަނެއްކާވެސް އައިލީންގެ ދެލޯބޮޑުވީ އިވުނު އަޑަކުންނެވެ. އޭނާގެ ކުރިމަތީހުރި މީހާފެނި އައިލީންގެ އަނގަހުޅުވުނެވެ.

“ލީޝް…..” ލީޝާ އައިގޮތަށް އައިސް އައިލީން ގައިގައި ބައްދާލިއެވެ. ދެން އައިލީން ކުރިމައްޗަށް ބަލާލިއިރު ފެނުނީ ޝާހިދުއާ އަޔާންއެވެ. އައިލަިން ކޮޅާށް ތެދުވަން އުޅުމުން އިއްބާން އައިލީންއަށް އެހީވެދިނެވެ. އެވަގުތު ލީޝާއަށް އިއްބާން ފެނުމުން ދެލޯބޮޑުކޮއްލިއިރު ސައިރާ ހިނިތުންވެލިއެވެ. އިއްބާން އައިލީން ގެންގޮސް ޝާހިދުއާ އަޔަން ކައިރިއަށް ގެންދިޔައިރު އިއްބާންހުރީ އައިލީންގެ ކޮނޑުގައި ހިފަހައްޓާލައިގެނެވެ.

“ބައްޕާ…..” އައިލީން ޝާހިދުއަށް “ބައްޕާ” އޭ ކިޔާ މުހާތަބުކުރުމުން އިއްބާން ހުރީ ޝޮކެއް ޖެހިފައިހުރިހެނެވެ. އެއީ މީގެ އަހަރެއް ކުރިން ނާހިދު އޭނާގެ ކާރު ރާއްޖެ އެތެރެކުރުމުގެ ކޮމްޕަނީއަށްވެއްދި މީހާއެވެ. ނާހިދު އެ ކޮމްޕަނީގެ އެންމެ މަތީ މަގާމުގައި ހުރިއިރު އޭނާގެ ދަށުން މަސައްކަތް ކުރަނީ ޝާހިދުއެވެ. ނާހިދު އިއްބަންއަށް އެނގީ ޝާހިދުއަށް ބޭބެ ކިއުމަށެވެ.

“ބޭބޭ…މީ ބޭބެގެ ދަރިފުޅުތޯ…” އިއްބާންއަށް އެހެން އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ޝާހިދު އިއްބާންއާ ދިމާލަށް ބަލާލީ ހިނިތުންވެލަމުންނެވެ.

“މީ ބޭބެގެ އެންމެ ހަގު ދަރިފުޅު……ދެ އަހަރަށް މެލޭއަށް ދިޔައީ ކިޔަވަން….އެހެންވެ ބެން އަށް ނުފެނުނީ….” ޝާހިދު ބުނެލިއެވެ.

އައިލީން އަޔާންއަށް ބަލާލަމުން ހީލިއެވެ. އަޔާން އައިލީން ކުރިމައްޗަށް އަރަމުން ބައްދާލިއެވެ. އެ ވަގުތު އިއްބާން އޭނާގެ އަތް އައިލީންގެ ކޮނޑުމަތިން ނެގިއެވެ.

“ދޮންބެގެ ބޭބީ ސިސް…ކިހިނެއްތަ….” އިރުކޮޅަކު ބައްދާލައިގެން ހުރުމަށްފަހު އަޔާން ބުނެލީ އައިލީން ސޯފާގައި ބައިންދަމުންނެވެ.

“ރަނގަޅު…ދޮންބެ ކިހިނެއް…..” އައިލީން އަހާލިއެވެ.

އައިލީންއާ ދިމާލަށް ބަލަންހުރި އިއްބާންގޮސް މަޑުކޮއްލީ ޒިލްވާ ކައިރީގައެވެ. އޭރު ނާހިދުއާ ޝާހިދު ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަން ތިއްބެވެ. ސައިރާއާ ލީޝާ އަދި އަޔާންހުރީ އައިލީންއާ ވާހަކަ ދައްކާށެވެ.

“ބެން….” ޒިލްވާ ގޮވާލިލެއް ބާރުކޮމުން ހުރިހާއެންމެންގެ ނަޒަރު އިއްބާންއަށް ހުއްޓުނެވެ. އިއްބާން ޒިލްވާއާ ދިމާލަށް ބަލާލީ ސިހިފައިހުރެއެވެ.

“ކީކޭ ދޮންތާ…”

“ބެން…މި ކޯޗެއް މޭމަތީގަ….” އިއްބާން ލައިގެންހުރި ހުދުކުލައިގެ ގަމީހުގެ މޭމައްޗަށް އިޝާރާތްކުރަމުން ޒިލްވާ ބުނެލީ ދެބުމަ ގޮއްޖަހައިގެން ހުރެއެވެ. އިއްބާން މޭމައްޗަށް ބަލާލުމާއެކު ވަގުތުން ބަލާލީ އައިލީންއާ ދިމާލަށެވެ. އެ ހުދުކުލައިގެ ގަމީހުގެ މޭމަތީގައިހުރީ ރަތްކުލައިގެ ތުންފަތުގެ ނިޝާނެކެވެ.

“އެއީ..އެއީ ދޯ…މީ…މި…އައިލީން ވެއްޓުނީ އަހަރެންގެ……..އަހަރެންގެ ގައިމައްޗަށް….ދެން…..އެހެންވެ….މޫނުޖެހުނީ މޭމަތީ…..ހްމްމް…އެހެންވެ…” އިއްބާން ބުނެލީ އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުންނެވެ. އިއްބާން ބުނެލިގޮތުން އައިލީންއާ އިއްބާން ފިޔަވާ އެހެން ހުރިހާ އެންމެން ހޭންފެށިއެވެ. އިއްބާންވެސް ކުޑަކޮއް ހީލަމުން ފޯނުނަގައިގެން އެއާ ކުޅެންފެށިއެވެ. އިއްބާން ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައަކުން ފޯނުގެ ނަންބަރުތަކަށް ފިތަން ފެށީ ފަރިތަކަމާއެކުއެވެ. ފޯނު ކަންފަތުގައި ޖަހައިގެން ދެކޮޅަށް ހިނގަންފެށިއެވެ.

“ކޮބާ…އޯކޭ…އެބަދަން…މަޑުކުރާތި….ތިރީގަ ދޯ…މިދަނީ…” އިއްބާން ފޯނު ޖީބާށްލަމުން ހިނގައިގަތީ ޓެރަސްއިން ނުކުތުމަށެވެ.

“ބެން..ކޮންތާކަށް….” ޒިލްވާ އަހާލުމުން އިއްބާން އެބަ ތިރިއަށް ގޮސްލާފަ އަންނަން ކަމަށް ބުނެ ހިނގައިގަތެވެ.

*******************

ލިފަޓުގެ ދޮރުހުޅުވުމާއެކު އިއްބާން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް މަޑުކޮއްލީ ލިފްޓު ކައިރީ ހުރި ނާއިލް ފެނިފައެވެ.

“ބެން….އަހަރެން ދަނީ އިނގޭ….ދެން ދިމާވާނު ފަހުން…އަން..މިއޮތީ”
އިއްބާން އަތަށް ބޭސް ފުޅިއެއް ދެމުން ނާއިލް ބުނެލިއެވެ.

“ހޫމްމް….ދެން ދިމާ ވާނެތާ….އޯކޭ….ދަނީއޭ..” އިއްބާން ބޭސްފުޅި ހިފައިގެން ލިފަޓަށް އެރިއެވެ. ޓެރަހަށްއެރި އިއްބާން ދިޔައީ އައިލީން މެން ކައިރިށެވެ. ގޮސް އައިލީންއަތަށް ބޭސްފުޅި ދީފައި ފައިގެ ދުޅަވެފައިއިން ތާގައި އެބޭސް އުގުޅުމަށް ބުނެލާފައި ދިޔައީ ޒިލްވަމެން ކައިރިއަށެވެ.

*****************

ހުރިހާ އެންމެން ޓެރަސްއިން ކޮޓަރިތަކަށް ވަތްއިރު ދޭއްޖަހާ ބޮޑުވެއްޖެއެވެ. އިއްބާން ހުރީ އޭނާގެ ކޮޓަރީ ބެލްކަނީގައެވެ. ހިނިތުންވެލައިގެން އިން ހަނދާ ތަރިތަށް ފޮރުވާލީ ބަނަ ވިލާތަކުންނެވެ. ފަޒާގައި ބޫން އަޅުވަމުންދިޔައެވެ. މުޅި މޫސުން ވަނީ ބަލަދުވެފައެވެ. ދެންމެ ދެންމެ ވާރޭވެހިގެނފާނެ ފަދައެވެ. އިއްބާން ވިސްނަމުންދިޔައެވެ. އޭނާގެ ހަޔާތަކީވެސް މޫސުމެއް ފަދައެވެ. އެކި ފަހަރު އޭނާގެ ހަޔާތުގައި އެކިކުލަ ޖައްސަމުންދެއެވެ. އެއުފާވެރި ހަޔާތް ބަނަވީވެސް ހަމަ ކުއްލިއަކަށެވެ. ދެންމެ ދެންމެ ވާރޭ ވެހިދާނެ ފަދައިން އިއްބާންގެ އެ ވޭނުން ފުރިގެންވި ލޮލުތެރޭގައި ހަތްޔަރުވެފައިވާ ކަރުނަ ތަށް ފައިބައިގެންފާނެ ފަދައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (53)

  1. malsamalkkomal

    Salaam readers…
    ummeedhukuran hurihaa kiyun therinn ah mi part ves kamudhaane kamah….
    LOVE YOU…♥❤♥

  2. Meekkomee

    I’m first dhww …kiyaafa comment kohlaanu ingyy????

    1. Meekkomee
      Meekkomee

      Varah reethi ??????? whn is next part malkko?????? Luv ur story so much ???❤️❤️❤️?♥️♥️♥️

    2. Malsa Moosa
      Meekkomee

      Yeah Meekko u are first..congrats…

  3. malsamalkkomal

    Thanks Meekko…Next part varah avahah…..thanks..??

  4. Makku

    ??Varah reethi keep it up..

  5. malsamalkkomal

    Thanks Makku…?

  6. jiji

    Very beautiful ???..whn next malko.. Waiting ingey❤❤❤?????????

    1. malsamalkkomal
      jiji

      Thanks jiji…next part varah avahah…..?

    2. malsamalkkomal
      jiji

      Thanks dhonthy….ly…♥❤

  7. DHONTHY

    Vv reethi.. ❤️?❤️? Waiting for the next part ❤️?❤️?Love you Malkko

  8. Uh

    Very nice story. Cover varah rythi. Thanks change kolleethee. ?❤️?

    1. Malsa Moosa
      Uh

      Thanks……

  9. Yuyu

    Woooow, nice cover, nice man, ??????? story hama awesome ingey,

    1. Malsa Moosa
      Yuyu

      Thanks Yuyu…..?

  10. Qwerty

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Cover pic vvvvvvvv rythi. Change kuree thee vv happy. Stori beautiful. Belle❤️

    1. Malsa Moosa
      Qwerty

      Thanks Qwerty….??
      but I’m not Belle…

    2. Anonymous
      Qwerty

      Ya. Olhigenney. Hehe

    3. Malsa Moosa
      Anonymous

      Eii massalaeh noon…olhedhaane….

  11. Fasy

    Cover pic haadha reeechey. Vaahakaves ehaa reethi. ?

  12. malsamalkkomal

    Thanks Fasy…..?

  13. Shahu

    Woooooww love this story ?????keep it up sis

  14. malsamalkkomal

    Thanks you soo much Shahu…..??

  15. Vernon

    Wow. This part is great. But very sadly I can’t read it in this Eid holidays. Cause I’m going to my island.

    1. malsamalkkomal
      Vernon

      Thank….don’t be sad…e ok eyy?

  16. Vernon

    Wow malko. This part is great.love your story.♥️????♥️????❤️♥️????♥️???♥️??????but sadly I can’t read it in this Eid holidays. I will be in my island. Sorry dear. Good luck for next part.???♥️???♥️????ekolhun aa dhevunuhaa avahakah kiyaanan ingey. Hurihaa kudhinah Eid Mubarak. Special to malko and my classmates. Bye.????????

    1. malsamalkkomal
      Vernon

      Thanks..?

  17. dhonthy

    Hey Malkko???? I m going.. Hereafter my comments will not be in here. In other stories too. I m sorry

    1. Malsa Moosa
      dhonthy

      Sorry nubunaaney dhonthy…ok…but konthaakah thi dhanee???…

  18. Dust

    When is the next part??? Please up kohba avahah!!! Dying to read it ?? keep up the good work

  19. malsamalkkomal

    Thanks Dust…. will try to up it soon…varah avahah…??

  20. Ikki

    Am really curious about the next part? awwn it would be more better if u add more songs.. Overall i loved it ❤️✨

  21. malsamalkkomal

    Thanks lkki…
    Yeah…I will add more…thanks…♥

  22. dhonthy's friend

    Mal for your kind information… Dhonthi bunee dhonthi annanamoa v avahah.. But dhonthi bunee dhonthi contact kuraanamoa mal mennau.. Dhonthi nubuni dhonthi dhiya sababeiy.. Dhonthi ge faraathun sorry bunedheyshoa.. Thank you

  23. malsamalkkomal

    Hey dhonthy ge friend…hmm..ok..but kihineh mal mennaa contact kuraanee…Mal bunee sorry nubunaaneyy dhonthy….it’s ok….But kihineh mal menaa contact kuraanee….hope javaabeh dheenekamah dhonthyge friend..??thanks…♥♥❤

  24. dhonthy's friend

    Dhonthi bunee dhonthi ge laptop ga hunnaaneyoa esfiyaiga ulhey dhonthige hurihaa friends ge numbers… Dhen dhonthi bunee dhonthi ge dad aeema contact kuraanamoa.. Dhen dhonthi dhiya sababu ahai ahaives nubuni… Dhonthi bunee wait kuraashoa.. Dhonthi annanamoa v avahah..

  25. malsamalkkomal

    Thanks you sooooo much dhonthy’s friend….Yeah…I’ll waite…thanks…?❤♥

  26. Vernon

    Wow. V reethi story. Love it ?????????????????????????????????????but sadly i wont be able to read any more in this eid holiday. I am leaving to my island. Sorry??????????????????????????

    1. Vernon
      Vernon

      Eid mubarak to u too malko and my class mates.bye.

    2. Malsa Moosa
      Vernon

      Hmm…thank you..??

  27. malsamalkkomal

    Thanks Vernon…
    Awwwn…don’t be sad…eid
    mubaarik to you vernon…aan..and sorry nubunaane…ok..
    Thanks..???

  28. Luc!f3r

    Varah lahun dhw mikyuny.. Reyga download kollin ekam varubalivefa hurivarun hama nidhuny.. Vaahaka reethi.. Kiyaa hithun hutta nimuny e

  29. malsamalkkomal

    Hehe..e masalaeh noon lucifer….?hmmm..thanks…adhi libeyne….liyelaafa submit koalaafa innaane…heyvanee miry up vaanehen..?

  30. Lilly Aish

    This story is just fantastic

  31. malsamalkkomal

    Thank you sooo much Lilly Aish….❤♥❤

  32. Dhonthy

    Brilliant ?

  33. malsamalkkomal

    Thanks dhonthy….?

  34. dhonthy's friend

    Mal.. A very happy news… Dhonthi bunee mi aharuge November aa hamayah esfiya aai dhuruga kamau ulheynee. November ga dhonthi will be back… Thank you

    1. malsamalkkomal
      dhonthy's friend

      Thanks dhonthy ge friend…??

    2. malsamalkkomal
      dhonthy's friend

      Thank u thiu…..thanks..???

  35. thiu

    Masha Allah.Nice story malsa. Love ur stories. 12 yrs kujjaka balaafa v salhi. Keep it up. ❤

  36. Butterfly

    WIW

  37. malsamalkkomal

    thanks❤

Comments are closed.