Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

“އެއްވެސް މީހެއްކައިރީ ނުބުނާތި” (3ވަނަ ބައި)

Angie Level 1
August 1, 2019 3 Mins Read
44 Comments

އަހަންނަށް ރަނގަޅަށް ހޭވެރިކަންވީއިރު އެކަކުވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން ތެދުވެގެން އަހަރެން ބަދިގެއާ ހަމައަށް ދެވޭތޯ މަސައްކަތް ކުރީމެވެ. ތަންތާ ލައްގަންނަމުން ނަމަވެސް އަހަންނަށް ބަދިގެއާ ހަމައަށް ދެވުނެވެ. ބަދިގޭގައި އޭރު ބައްޕައާ ވާހަކަދައްކަން ހުރީ ދެވަނަ މީހެއްނޫނެވެ. އެއީ އަހަންނަށް ކޮންމެރެއަކު އުދަގޫކުރާ ހިޔަންޏެވެ. އަހަރެން ކުރި އުންމީދުތައް ފުޑުފުޑުކޮށްލި މީހާއެވެ. އަހަރެން ބައްޕަގެ ވާހަކަތައް އަޑުއަހަންހުރީ ރޮވިފައެވެ. އަހަރެންގެ ކުޑަކުޑަ ހިތް ފުޑުފުޑު ވެގެންދިޔައެވެ.

‘ރާއިފާ އަށް ކަމެއް ވެއްޖެއްޔާ ކަލޭ ޖެހޭނެ ޒިންމާވާން، މަށަކަށް ނުވެވޭނެ. ނޫނީ ކަލޭ ޖެހޭނެ މަށަށް އެވަރަށް ލާރިދޭން’ އެއީ އަހަރެން ދުވަހަކުވެސް ހިތުން ނުފިލާނެ ޖުމުލައެކެވެ. ޚުދު އަހަރެންގެ ބައްޕަ އަހަރެންދެކެ އެއްވެސް ކުލުނެއް ނެތީ ކީއްވެގެން ހެއްޔޭ އަމިއްލަ ހިތާ އެތައްފަހަރަކު ސުވާލު ކުރެވުނެވެ. އެދުވަހު އަހަރެންގެ ދެފައިގައި ބާރެއް ހުރިނަމަ އެގެއިން ނުކުމެގެން ދިޔައިމުހެވެ. އަހަރެން ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. އަހަރެންގެ ތިމާގެ ބަޔަކު މިދުނިޔޭގައި އުޅޭކަމެއްވެސް އަހަންނަކަށް ނޭގެއެވެ. ބައްޕަ އަހަންނަށް ގޮވާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ބައްޕަ ގޮވުމުން އަހަރެން މަޑުމަޑުންގޮސް ބައްޕަކައިރީ މަޑުކޮށްލީމެވެ. އަހަންނަށް އިސްއުފުލާ ބަލާލާކަށްވެސް ނުކެރުނެވެ. އަހަރެން މަޑުކޮށްލުމުން ބައްޕަ ވާހަކަ ފެށިއެވެ.

‘ދަރިފުޅާ! ދަރިފުޅަށް އެގެއެއްނުން ބައްޕަ ބަލިހާލަތު ހުރިގޮތުން މަސައްކަތެއް ނުކުރެވޭކަން. ދުނިޔޭގަ އުޅެވޭނީ ޚަރަދުކުރާނެ ފައިސާ އަތުގައި ހުރެގެން. ތީ ހަމައެކަނި ބައްޕަގެ ހުރި ދަރިއަކީ، ދަރިފުޅު ޖެހޭނެ ބައްޕަ ބަލަން’ ބައްޕަ އެހެން ބުނުމުން އަހަރެން ސުވާލުގެ ނަޒަރަކުން ބައްޕައަށް ބަލާލީމެވެ. ބައްޕަ ވާހަކަ ކުރިއަށް ގެންދިޔައެވެ. ‘މިހިރީ ދަރިފުޅުގެ ބޮޑުބޭބެއެއް، އަހަރެމެންނަށް ޚަރަދު ކުރަން ބޮޑުބޭބެ އެހެރީ ތައްޔާރަށް. މީގަ އޮތީ ދަރިފުޅުގެ ހިތްވަރެއް. ބޮޑުބޭބެ މިގެއަށް އަންނަ ރެއަކު ބޮޑުބޭބެއަށް ވަރަށް ރަނގަޅަށް ޚިދުމަތް ކޮށްދޭންވާނެ. ބޮޑުބޭބެ ބުނާ އެއްވެސް ކަމަކަށް ނޫނެކޭ ބުނެގެންނުވާނެ.’ ބައްޕަ އެހެންބުނުމުން އަހަންނަށް ތަދުވާވާހަކަ ބުނީމެވެ. އަހަރެން އުންމީދުކޮށްގެންހުރީ ބައްޕަ ފަރާތުން ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް ލިބޭނެކަމަށެވެ. ނަމަވެސް ބައްޕަ އަހަންނާދިމާލަށް ލަވަންފެށީ ހަޅޭކެވެ. 10 އަހަރުފުރުމުން ގޭގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނެކަމާއި، ބޭނުންވާއެއްޗެހި އަމިއްލައަށް ހޯދާވަރުވެފައިވާކަން ބައްޕަބުނީ ވަރަށް ބާރަށެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ބޯ ޖަހާލެވުނެވެ. އެވަގުތު އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބާން ފައްޓައިފިއެވެ. އަހަރެން ކޮޓަރިއާދިމާލަށް ދުއްވައިގަތުމުން އެވާހަކަ އެއްވެސް މީހެއްކައިރީ ނުބުނުމަށް ބައްޕަ އިންޒާރުދިނެވެ.

‘ހަދާންކުރާތި އެއްވެސް މީހެއް ކައިރީ މިވާހަކަ ނުބުނާތި، ބުނެފިއްޔާ މަށަށް އެގޭނީ ހަދާނެގޮތް’

އެދުވަހު އަހަރެން ހިތް ފުރެންދެން ރޮވުނީމެވެ. ކަރުނަ ހުސްވަންދެން ވެސް އެދުވަހު ރޯންބޭނުންވިއެވެ. އެދުވަހަށްފަހު ބައްޕަ ބޭރަށްދާ ވަގުތު އަހަރެން ދޮންމަންމައަށް ސިއްރުން ބޭރަށް ނުކުންނަން ފެށީމެވެ. އަހަންނަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބެނީ މި ހިތްގައިމު މާހައުލުންނެވެ. އަހަރެންގެ ހިތަށް ފިނިކަން ލިބެނީ މި ޖެހޭ މަޑުމަޑު ވައިރޯޅިންނެވެ. ދިރިހުރުމުގެ ހިތްވަރު މިލިބެނީ މި ދޮންވެލި ތުނޑިންނާއި ބިއްލޫރިގަނޑެއްފަދަ މި ސާފު މޫދުންނެވެ.

“ދެން އެމީހާ ނާދޭތަ ފަހަކުން؟ މީހެއްކައިރީ ނުބުނަންތަ އެވާހަކަ؟ ރައްޓެއްސަކު ނުހުރޭތަ އެހެން؟ ދެން ކިހިނެއްހެދީ؟” ކެއްމަދުވެފައިވާ ރާއިމް ސުވާލުތައް އޮއްސާލިއެވެ. ރާއިމްގެ މި ހަރަކާތުން ރާއިފާގެ މަޑުފިޔާތޮށި ކުލައިގެ ތުންފަތަށް ހިނިތުންވުމެއް ގެނުވައިފިއެވެ. “ރާއިމްގެ އެއްވެސް ވާހަކައެއް އަދި އަހަންނަކަށްނޭގެ. ކޮންމެދުވަހަކު މިތަނަށް އައިސް މިދެއްކެނީ އަހަރެންގެ ވާހަކަ” ރާއިފާ ރާއިމްއަށް ހިނިތުންވުމެއް ދެމުން އަހާލިއެވެ. “މިހާ ގިނަދުވަސްވީއިރުވެސް ނޭގެދޯ އަހަންނެއް، އެހެންނޭވާނީ ރާއިފާ ވާހަކަދައްކާތޯ މިތާދުރުގައި ބަލަން 2 އަހަރަށްވުރެ ގިނަދުވަހު އިދެވިއްޖެ ވިއްޔާ، އަނެއްކާ ރާއިފާވެސް ނާހަމެއްނުން މަ ކައިރީ އެއްވެސްވާހަކައެއް. ދެން ކިޔައިދީބަ ވީގޮތް ވަރަށް އަޑުއަހާހިތުން މި ހުންނަނީ”

‘އަހަރެން މިތަނަށް އަންނަން ފެށިއިރު މިތަނަށް އިތުރުމީހަކު އަންނަތަނެއް ނުދެކެމެވެ. އަހަރެން އެންމެ ހިތްހަމަޖެހުނީ އެކަމާއެވެ. އެދުވަހަށްފަހު ބޮޑުބޭބެ ގެއަށް އައީ މަހެއްހާދުވަސް ފަހުންނެވެ. އަންނަމުން އަހަންނަށް ހަދިޔާއެއްވެސް ގެނެސްދިނެވެ. އަހަރެންގެ ހިތް ކިތަންމެ ނޭދުނަސް ބައްޕަ ލޯއަޅާލުމުން އަހަރެން އެހަދިޔާގަ ހިފީމެވެ. އަހަރެން ހުރީ ވަރަށް ބިރުންނެވެ. އަހަރެން ބިރުން ހުރިކަން އެގިގެން ކަންނޭގެއެވެ. އެދުވަހު އަހަރެންގެ ނުރުހުމުގައި އަހަރެންގެ ގައިގައި އަތްވެސް ނުލާނެކަމަށް ބޮޑުބޭބެ ވައުދުވިއެވެ. އެކަމަކު ދެން އިވުނު ޖުމުލައިން އަހަރެން ލަމުންގެންދިޔަ ހިންހަމަޖެހުމުގެ ނޭވާ ހާސްކަމުގެ ނޭވާއަށް ބަދަލުވެގެން ދާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ގެއަށް ބޭނުންވާ ޚަރަދު ލިބެން އޮތީ ކިހިނަކުންކަން ބޮޑުބޭބެ އަހަންނަށް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އަހަރެން ހަދާނެގޮތް ހުސްވިއެވެ. ނުކައި ހުންނަންޖެހުނަސް އެކަމަކަށް އެއްބަސްވާކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވިއެވެ. އަހަރެން ނުރުހުންވެހުރެ ނޫނެކޭ ބުނުމަށްފަހު މަޑުކުރުމުއްނެތި ވަނީ ކޮޓަރިއަށެވެ. އެތައްއިރެއް ވަންދެން އަހަރެން ވިސްނަން އޮތީމެވެ. ކިތަންމެވަރަކަށް ވިސްނިޔަސް އެއީއަކަށްއެދި ދާނީ ވަކި ކޮންތާކަށް ކާކުކައިރިއަށް ހެއްޔެވެ. ވިސްނަން އޮއްވާ ނިދުނުއިރެއް ނޭގެއެވެ. އަހަންނަށް ހޭލެވުނީ ބަޑުހައިވެގެންނެވެ. ތެދުވެގެންގޮސް ފާހާނާއަށްވަދެ މޫނުދޮވެގެން ބަދިގެއަށްގޮސް  ބަތްތެލީގެ މަތިނަގާލީމެވެ. އަބަދުވެސް ކައްކާފައި ހުންނަގޭގައި ކައްކާފަ ހުރިކަމުގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ފްރިޖުން ފެންފޮދެއް ބޯލުމަށްފަހު ކޮޓަރިއަށްވަދެ ނިދަން މަސައްކަތް ކުރީމެވެ. އެހެން އެތައްއިރަކު އަހަންނަށް އޮވެވުނެވެ.

ހެދުނު ހޭލެވުމާއެކު ފާހާނާއަށްވެސް ނުވަދެ އަހަރެން ދިޔައީ ބަދިގެއަށެވެ. ކާންއެއްވެސް އެއްޗެއްނެތުމުން އަހަރެންގޮސް ބައްޕަ ކޮޓަރީގައި ޓަކިޖެހީމެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހަބަރެއް ނުވުމުން އަނެއްކާ ބަދިގެއަށްގޮސް ފްރިޖުން ޖޫސްޕެކެޓެއްނަގާ ބޯލީމެވެ. ޖޫސްކޮޅު އަގައިގަ ޖެހުނުކަމެއް ނޭގެއެވެ. ހޮޑުލެވިއްޖެއެވެ. ކުރިންވެސް އަހަރެން ހޮޑުލަމެވެ، އެކަމަކު ރީދޫކުލައިގެ ހޮޑު މިލެވުނީ އަލަށެވެ. އިރުކޮޅަކުން އަހަރެންގެ މޫނުމައްޗަށް އަދިރިވާންފަށައިފިއެވެ. އަހަންނަށް ހޭވެރިކަންވީއިރު އަހަރެންއޮތީ އަވަސްފަރުވާދޭ ކޮޓަރީގައެވެ. އަހަންނަށް ހޭލެވުމާއެކު ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލުމައްފަހު ނުތެދުވެ މަޑުންއޮތުމަށް ބުންޏެވެ. އަހަންނަށް ވީކީއްތޯ ސުވާލުކުރަން އަހަރެންއޮތީ ވަރަށްބޭނުންވެފައެވެ.  ނަމަވެސް ބައްޕަ ކައިރީ އަހާލާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.

އިރުކޮޅަކުން ޑޮކްޓަރަކު އައެވެ. ޑޮކްޓަރުއައިސް އަހަރެން ބެލުމަށްފަހު ފައިދާހުރިކާނާ ކެއުމަށާއި ހަށިގަނޑަށް ބަލައިގެން އުޅުމަށް ނަސޭހަތްދީ ބޭސްތަކެއް ލިޔެދިނެވެ. އެދުވަހު އަހަރެން ހޮސްޕަޓަލުން ދޫކޮށްލީ ހަވީރުއެވެ. ގެއަށްއައިސް ކާނެ އެއްވެސް އެއްޗެއް ލިބޭނެކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. ގެއަށްވަދެވުމާއެކު އަހަރެންގެ ނޭފަތުގައި ކާއެއްޗެހީގެ މީރުވަސް ޖެހުނެވެ. އަހަރެން ބަތް އަޅާކަށްވެސް ނުޖެހުނެވެ. ތައްޓަކަށް ރިހައާއިބަތާއި އަޅައި މޮޑެދިނުމަށްފަހު ސަމްސަލެއް ލައިދިނީވެސް ދޮންމަންމައެވެ. އަހަރެންގެ ބުރަކަށީގައި ފިރުމަމުން އަހަރެންގެ އަގަޔަށް ބަތްސަމްސަލެއް ލައިދިނީ ހަމަ ދޮންމަންމަތޯ ޔަގީން ކޮށްލަން ދެތިންފަހަރަކު ބަލައިވެސް ލީމެވެ. ދެދުވަސް ފާއިތުވެގެން ދިޔައިރު އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Angie

Level 1

.އަޅުގަނޑަކީ އާ ލިޔުންތެރިޔަކީމެވެ. ބިނާކުރަނިވި ފާޑުކިޔުންތަކަކީ އަޅުގަނޑަށްލިބޭ ކުރިއެރުމެކެވެ.

Other Articles

Previous

ވިވާން 1

Next

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 6

Next
August 1, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 6

Previews
August 1, 2019

ވިވާން 1

44 Comments!

  1. Rai says:
    August 1, 2019 at 6:48 am

    Raifaa preg veetha.When next part

    1. Angie says:
      August 1, 2019 at 12:49 pm

      soon

  2. DHONTHY says:
    August 1, 2019 at 7:32 am

    V reethi… Waiting for the next part

    1. Angie says:
      August 1, 2019 at 12:49 pm

      thanks

  3. Ibsha says:
    August 1, 2019 at 7:36 am

    10aharugatha balive iny omg.. Vaahaka varah reethi ekam varah kuru

    1. Angie says:
      August 1, 2019 at 12:50 pm

      thanks, faharakahvure fahareh dhiguvaane kamah balaa

  4. ®¥N says:
    August 1, 2019 at 10:48 am

    V.. Reethi

    1. Angie says:
      August 1, 2019 at 12:50 pm

      thanks

  5. Shyn says:
    August 1, 2019 at 10:56 am

    Varah Reethi ingey mi part ves❤️

    1. Angie says:
      August 1, 2019 at 12:51 pm

      thanks

  6. Anonymous says:
    August 1, 2019 at 11:02 am

    Next part avaha genesdhechey, varah reethi mi vaahaka, ekamaku genesdhey varu maa kuree. Konme dhuvahakuves genesdheynveenun. V kiyaalaahiivey. Kyp up the good work. ????

    1. Angie says:
      August 1, 2019 at 12:51 pm

      thanks. next part miahvure dhigu kohlaanan

  7. ? says:
    August 1, 2019 at 12:25 pm

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. ? says:
      August 1, 2019 at 3:54 pm

      Heart touching stori

    2. Angie says:
      August 4, 2019 at 8:18 am

      thank you.

  8. T says:
    August 1, 2019 at 12:30 pm

    .·´¯`(>▂<)´¯`·.

    1. T says:
      August 1, 2019 at 3:57 pm

      T ah rovunu. T ge reaction comment ah reply nukureemaves T V sad vi. Reethivaahae

    2. Angie says:
      August 4, 2019 at 8:19 am

      awwww. hama ehaaves thouchy tha?

  9. Reader says:
    August 1, 2019 at 12:34 pm

    ??????????????????????????????????????????????????????????????????☹️☹️☹️☹️☹️☹️☹️☹️☹️☹️☹️?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Reader says:
      August 1, 2019 at 3:55 pm

      Me ge reactions huree e emojis gothah mi storee kiyaalo iru. Very nice storee.

    2. Angie says:
      August 4, 2019 at 8:20 am

      awwww.. thank you

  10. Anonymous says:
    August 1, 2019 at 12:40 pm

    This story is touching and painful. It’s beautiful. Do upload the story everyday. And please make the parts long. Ur a great writer. ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

    1. Angie says:
      August 1, 2019 at 12:52 pm

      thank.. ll try

  11. Mari says:
    August 1, 2019 at 12:43 pm

    Angie dear, aaa liyuntheriyakas vara rythi mi vahaka. Alhe thankolhe dhigukoh next time genesdhechey. Konme dhuhuku nugenesdheveynetha. Me hageegee story eh tha? Angie reply kollaanama comments thakah.

    1. Angie says:
      August 1, 2019 at 1:21 pm

      thanks. next part dhigu kohlaanan. ll try veehaaves avahakah liyevey tho. nuney hama hiyaali. hageegee kamehge mahchah binaakoh kiyaa hiyaalee vaahakaeh.

  12. Ern says:
    August 1, 2019 at 1:18 pm

    N
    I
    C
    E

    S
    T
    O
    R
    Y
    WAITING FOR THE NEXT PART

    1. Angie says:
      August 1, 2019 at 1:21 pm

      thanks. will upload soon

  13. Qwerty says:
    August 1, 2019 at 1:23 pm

    Aharemen ge mujuthamauga hingaa real lyf story eh mee. Mikahala story vara reethi. Mihaaru ginain hunnanee beyru ge konmes series film thakaa ehgoi stories tha. Angie kahala writers beynunvanee. Vara vara reethi. Avas avahah maa lasnukoh vaahaka kiyaalevey e kamah ummeedhukuran. Adhi vaahaka ekkoh nugenesdhee huttaanulaanekamah heekuran. ?

    1. Angie says:
      August 4, 2019 at 8:15 am

      thank you.

  14. jiji says:
    August 1, 2019 at 1:36 pm

    V v rythi ma sha allah?..So curious to knw wats gonna b happen next..Keep it up angie dear?

    1. Angie says:
      August 4, 2019 at 8:15 am

      thank you

  15. ޔަޝަލް says:
    August 1, 2019 at 1:51 pm

    Doctor dhookohlaatha kuda kuhjjeh bandu bodu veema balaigen kaashey kiyaafa? Gender akasheh nu report kuraany?

  16. Himi says:
    August 1, 2019 at 3:48 pm

    Salhi

    1. Angie says:
      August 4, 2019 at 8:17 am

      thank you

  17. Ereygefahun says:
    August 1, 2019 at 4:13 pm

    Nice?????

    1. Angie says:
      August 4, 2019 at 8:17 am

      thank you

  18. Yuyu says:
    August 1, 2019 at 4:18 pm

    Suvaalu ufedhey thanthankolhu ebahuri. Misaalaka doctor ge baiga 10yrs kujjaku pregveema alhaanuleethee

  19. Hihihi says:
    August 1, 2019 at 5:09 pm

    Gud

    1. Angie says:
      August 4, 2019 at 8:17 am

      thank you

  20. hanaan says:
    August 2, 2019 at 2:28 am

    I love this kind of storyes. Cant wait to read the next part . But thanklhe thegu kolchey .

    1. Angie says:
      August 4, 2019 at 8:18 am

      will try

  21. Aho0 says:
    August 2, 2019 at 10:40 am

    V reethi story..?❤️❤️❤️
    Umeedhu kurann next part vx mihaa reethi vaaneh kamah.. ?

  22. hanaan says:
    August 4, 2019 at 11:34 pm

    Next part vara avaha up kolatheeba . Cant wait to read . And by the way how old r u .becouse thankolhe kudakuthenves vaahaka leyefa hunnaathee hama ahaala hivee.

    1. Angie says:
      August 5, 2019 at 8:07 am

      miadhu up kureveytho will try igey. kudakujjaku liyaa vaahakayakaa vahtareetha? FYI im above 18

Comments are closed.

Next Episode“އެއްވެސް މީހެއްކައިރީ ނުބުނާތި” (4ވަނަ ބައި)←


All Right Reserved!