Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 16

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
July 24, 2019 8 Mins Read
69 Comments

ހަފްތާއެއް ފަހުން އަޔާޒްގެ ހަތާވީސް ވަނަ އުފަން ދުވަސް އަންނާތީ، ނަދާ ވިސްނަމުން ދިޔައީ އަޔާޒްއަށް ދޭނެ ހަދިޔާއަކާ މެދުއެވެ. އެ ދެމެދުގައި އޮތް ގުޅުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެހެން އަހަރުތަކެކޭ އެއް ފަދައިން އަޔާޒްއަށް މީރު ކެއުމެއް ތައްޔާރު ކުރުމަށާ، އަޔާޒްއަށް ބޭނުން ކުރެވޭނެ ފަދަ ހަދިޔާއެއް ދިނުމަށް ނަދާ ބޭނުންވެއެވެ. ނަމަވެސް އެ އަހަރުގެ އަޔާޒްގެ އުފަންދުވަސް އެހެން އަހަރުތަކާ ތަފާތު ވާނެ ކަން ނަދާއަށް އެނގެއެވެ. ނަދާގެ ފަރާތުން އަޔާޒް އެއްޗެއް ބޭނުން ނުވުމަކީވެސް ވެދާނެ ގޮތެކެވެ. އެހެން ވިޔަސް ނަދާގެ އެދުމަކީ، އެ ދުވަހު ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް އަޔާޒްއާ އެކީ ހޭދަކޮށްލުމެވެ. ހަމަ އެކަނި އުފަންދުވަހުގެ ތަހުނިޔާ ކިޔާލުމަށާ، ހަދިޔާ ދޭނެ ވަގުތުކޮޅެއް ނަމަވެސް އެންމެ ރަނގަޅެވެ.

ހަފްތާއެއް ވަންދެން ނަދާ ވިސްނީ އަޔާޒްއަށް ދޭނެ އެއްޗަކާ މެދުއެވެ. އެންމެ ފަހުން ގޮތެއް ނުނިންމުމުން، ގަދާ ހިތަށް އެރީ، ބާޒާރަށް ނުކުމެ ކަމުދާ އެއްޗެއް ފެނިއްޖެ ނަމަ އެ ގަންނާށެވެ.

އަޔާޒްގެ އުފަން ދުވަހަކީ ބުދަ ދުވަހެވެ. އަންގާރަ ދުވަހު ހަވީރު، ރިދާއާ އެކީ ނަދާ ބޭރަށް ނިކުމެލީ ބާޒާރުކޮށްލަން ދަނީ ކަމުގައި މެސެޖަކުން އަޔާޒް ގާތު ބުނެލާފައެވެ. އެކި ފިހާރަތައް ބަލަމުން ދިޔަ އިރު ނަދާ ހިތް ހަމަ ޖެހޭ އެއްޗަކާ ދިމާ ވީ އިރުއޮއްސެން ކައިރި ވެފައި ހުއްޓައެވެ. ރިދާ އިރުއިރުކޮޅާ ނަދާއާ ދިމާ ކުރަމުން ދިޔައެވެ. ނަދާ ބޭނުން ވާ އެއްޗެހި ގަނެވުމުން ރިދާ ގޮވައިގެން ނަދާ ސްކޫޕަށް ވަދެލީ، އެ ފަދަ ތަނަކަށް ގޮސްނުލާތާ ވަރަށް ދުވަސް ވެފައި ވާތީއެވެ.

ރިދާ ގެޔަށް ލާފައި ނަދާ އައި އިރު އަޔާޒްއާ މައިހާ ތިބީ ސައި ބޯށެވެ. މައިހާ އައި ފަހުން، ހަވީރު އަޔާޒް އޮފީހުން އަންނަ އިރު މައިހާ ގޭގައި ހުންނަ ނަމަ އަބަދުވެސް އަޔާޒްއަށް ސައި ހަދަނީ މައިހާއެވެ. ނަދާ އެކަމާ އަޅައެއް ނުލައެވެ. ނަދާ ފެނުމުން، އާދައިގެ މަތިން ސައިބޯން އައުމަށް މައިހާ ނަދާއަށް ގޮވާލިއެވެ. މައިހާއަށް ބަލާލާފައި ނަދާ ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

ނަދާ ކޮތަޅު ހިފައިގެން ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ނަމާދު ކޮށްގެން ކޮޓަރިން ނުނިކުމެ އިނީ އަޔާޒްއާ މައިހާ ބޭރުގައި ތިބުމުންނެވެ. ސައި ބޮއެގެން އަޔާޒް ކޮޓަރިއަށް ވަނުމުން ނަދާ ބޭރަށް ނިކުމެ ރޭގަނޑުގެ ކެއުމަށް އެއްޗެހި ހޫނުކޮށްލިއެވެ.

އެރޭވެސް ބާރަ ޖެހި އިރު ނަދާ އޮތީ ހޭލައެވެ. ބާރަ ޖެހުމާއެކު އެއީ އަޔާޒްގެ އުފަންދުވަހެވެ. އެހެން އަހަރުތަކުގައި ބާރަ ޖެހުމާއެކު ނަދާ އަޔާޒްއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައި މެސެޖެއް ފޮނުވާލަނީ، އެ ވަގުތުގައި އަޔާޒް އެންމެ ވާހަކަ ދައްކަން ބޭނުން ވާނީ މައިހާއާ ކަން އެނގޭތީ އެ ކަމަށް ހުރަސް ނޭޅުމަށެވެ. އެރޭވެސް މެސެޖްކޮށްލަން ނަދާ ބޭނުންވިއެވެ. ނަމަވެސް އެދެމީހުންގެ ގުޅުން އޮތް ގޮތުން ނުކެރިފައި ނަދާ އޮތީއެވެ.

އެހެން ރޭރެއާ ޚިލާފަށް އެރޭ އެގާރަ ޖެހި ތަނާ އަޔާޒް ނިދަން ވަނެވެ. ބާރަ ޖެހިތަނާ އަޔާޒްގެ ފޯނަށް މެސެޖެއް އައި އަޑު ނަދާއަށް އިވުނެވެ. ނަމަވެސް އެނގޭ ކަމަށް ނުހަދާ ނަދާ އޮތީއެވެ.

އަނެއް ދުވަހު އަޔާޒް އޮފީހަށް ދިޔުމުގެ ކުރިން ތަހުނިޔާ ކިޔަން ބޭނުން ވި ނަމަވެސް، އެކަހެރި ވަގުތުކޮޅެއް ނަދާއަށް ނުލިބުނީ މައިހާ ގޭގައި ހުރުމުންނެވެ. މެންދުރުވެސް ވީ ހަމަ އެހެންނެވެ. ހަވީރު މައިހާ ޑިޔުޓީއަށް ދިޔުމުން ނަދާ ހިތް ހަމަ ޖައްސާލީ އެރޭ ގޭގައި އަޔާޒްއާ ނަދާ އެކަނި ވާނެތީއެވެ. ނަދާ ބޭނުން ވާ ފުރުސަތު އެރޭ ލިބޭނެތީއެވެ.

މައިހާ ދިޔުމުން ނަދާ ފިހާރައަށް ގޮސް އެރޭގެ ޚާއްސަ ކެއުން ތައްޔާރު ކުރުމަށް ބޭނުން ވާނެ އެއްޗެހި ގަތެވެ. އަޔާޒްއަށް އެންމެ ކަމުދާނެ ހެން ކުކުޅު ހިކިކޮށް ހަދާފައި، ތަރުކާރީ ބަތާ މުގު ރިހަ ކައްކާ، އަލުވި ކުޅިކޮށް ހިކިކޮށް ހަދާފައި، ތަރުކާރީގައި އަޔާޒްއަށް އެންމެ މީރު ސަޓަނި ހަދާފައި، ފޮނި އެއްޗަކަށް ހެދީ ޗޮކްލެޓް ޓްރައިފްލް އެކެވެ. އޭގެ އިތުރުން އަނބު ކުދިކޮށް ކޮށާފައި ފަނި ގިރީ އެއީ އަޔާޒްއަށް ވަރަށް މީރު ބުއިމަކަށް ވާތީއެވެ.

އިރު އޮއްސެން އުޅެނިކޮށް އަޔާޒް ގެޔަށް އައުމުން، ސޭންޑްވިޗްއާ ޕުޑިންގ އެކު އަޔާޒްއަށް ނަދާ ސައި ހެދިއެވެ. ސައި ބޮއެގެން އަޔާޒް އެރޭ އުޅުނީ ލެޕްޓޮޕް ހިފައިގެން އޮފީހުގެ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އެއީ ބައެއް ދުވަސްދުވަހު އަޔާޒް ކުރާ ކަމެކެވެ. އޮފީހުގެ ބައެއް މަސައްކަތް ގޭގައި ނިންމައެވެ. އަޔާޒް މަސައްކަތުގައި އިނުމުން އުނދަގޫ ކުރާކަށް ނަދާއަކަށް ނުކެރުނެވެ.

އަށެއް ޖެހުމުން ނަދާ ކާން ހެދިއެވެ. މަސައްކަތް ނިންމާލާފައި އެރޭ އަޔާޒް ނަމާދު ކުރީވެސް ގޭގައެވެ. ކާން ހަދާފައި އެހެން ފަހަރު ތަކާ ޚިލާފަށް އެރޭ ނަދާ ސިޓިންގްރޫމަގައި އިނެވެ. ކާން އިށީނދެފައި އަޔާޒް ނަދާއަށް ބަލާލިއެވެ. އަޔާޒްގެ އުފަން ދުވަހަށް ވުމުން ނަދާ ތައްޔާރު ކުރި ކެއުމެއް ކަން ވަގުތުން އަޔާޒްއަށް އެނގުނެވެ. ހިތުގެ އަޑިން އުފާ ވި ނަމަވެސް އަޔާޒްއަށް އެއްޗެއް ނުބުނެވުނެވެ. އިރުކޮޅަކު، އަޔާޒްއަށް މޫނު ނުފެންނާނެހެން ޓީވީ ބަލަން އިން ނަދާއަށް ބަލަން އިނދެފައި އަޔާޒް ތައްޓަށް ބަތް އަޅަން ފެށިއެވެ.

އެ ވަގުތު ބެލް ޖަހާލި އަޑު އިވުމުން ހިތްހަމަ ނުޖެހިފައި ހުރެ ގޮސް ނަދާ ދޮރު ހުޅުވާލިއެވެ.

“އަޔާ!” އެތެރެއަށް ވަން ގޮތަށް މައިހާ ގޮވާލިއެވެ. އަދި ބާރަށް އައިސް، ތައްޓަށް ރިހަ އަޅަން އުޅުނު އަޔާޒްގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ކިހިނެއް ވީ؟” ހައިރާން ވެފައި އަޔާޒް އަހާލިއެވެ.

“ހިނގާބަލަ ބޭރަށް ގޮސްލަން” މައިހާ ބުންޏެވެ.

“މައި، މިރެއަކު ނޫން” އަޔާޒް ބުންޏެވެ.

“ޕްލީޒް އަޔާ، ސަޕްރައިޒްއެއް އޮންނާނެ… ހިނގާބަލަ… އާނއެކޭ ބުނެބަލަ” މައިހާ އަޔާޒްގެ އަތުގައި ހިފާ ދަމާލިއެވެ.

“ކައިގެންވެސް ދެވިދާނެއެއްނު؟” ނަދާއަށް ބަލާލަމުން އަޔާޒް ބުންޏެވެ.

“އުހުނ، މިރޭ ގެއަކުން ނޫން ކާނީ. ދެން ހިނގާބަލަ ޕްލީޒް… އަހަރެން އެކަނި ދޭން އުޅޭ ސަޕްރައިޒްއެއް ނޫނޭ… ދެން ކުޑަ ކުއްޖެއް ހެން ބޮޑާ ނަހާކާ ހިނގާބަލަ” މައިހާ ތުއި ވެލަމުން ބުނެލިއެވެ.

ދޮރު ކައިރީ ހުރި ނަދާ އެ ވަގުތު ބެލްކަންޏަށް ނިކުތެވެ. މައިހާގެ އެދުމަކަށް އަޔާޒް ދެކޮޅު ނުހަދާނެ ހެން ހީވުމުންނެވެ.

“މައި…” އަޔާޒް ދެންވެސް ދެކޮޅު ހަދަން އުޅުނެވެ.

“ދެން އަޔާ… އަހަރެން ވަރަށް ކުރިންވެސް ޕްލޭން ކޮށްފީމޭ، އަޔާއަށް ސަޕްރައިޒްއެއް ދޭން ވެގެން ކުރިން ނުބުނީ. ކޮންމެ ރެއަކުވެސް ކަނީ ގޭންނެއްނު؟ މިރޭ އެކަނި ހިނގާބަލަ ބޭރަށް، ޕްލީޒް…؟” މައިހާ އަނެއްކާވެސް ބުނި އަޑު ނަދާއަށް އިވުނެވެ.

“އޯކޭ ދެން… އެކަމަކު ތަންކޮޅެއް އަވަހަށް ގެޔަށް އަންނަން ބޭނުން، މިރޭ ވަރަށް ޓަޔަޑް، އަދިވެސް ނިންމަން ގެނައި މަސައްކަތްވެސް ނުނިމޭ” އަޔާޒް އެންމެ ފަހުން އެއްބެސް ވިއެވެ.

“ޔެސް… ތެންކިއު… އަހަރެން އަންނާނަން ޗޭންޖް ކޮށްލައިގެން، ފައިވް މިނަޓްސް އިނގޭ” މައިހާ އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

އަޔާޒް ބެލްކަންޏާ ދިމާއަށް ބަލާލިއެވެ. ނަދާގެ ކެއުން ދޫކޮށްލާފައި ބޭރަށް ދާން ބޭނުން ނުވިޔަސް، މައިހާ ދެރަ ވެދާނެތީ މައިހާގެ އެދުމަށް ދެކޮޅު ހަދަން އަޔާޒްއަށް ނުކެރުނީއެވެ. އެހެން ނޫނަސް، އަޔާޒްގެ އުފަން ދުވަސް ކަން ހަނދާން ހުރި ނަމަވެސް ނަދާ ތަހުނިޔާވެސް ނުކިޔާ ނޫން ހެއްޔެވެ؟ ރޭން ފެށިގެން އެ ވަގުތާ ހަމަޔަށްވެސް ނަދާ އަޔާޒްއަށް މެސެޖެއްވެސް ކޮށް ނުލިއެވެ.

ނަދާ އަޔާޒްއަށް ތަހުނިޔާ ނުކިޔުމުން އަޔާޒްއަށް ހިތާހިތާ ޝަކުވާ ކުރެވުނެވެ. ނަމަވެސް އެކަމާ ވިސްނާކަށް ގިނަ އިރަކު އަޔާޒްއަކަށް ނުހުރެވުނެވެ. މައިހާ ތައްޔާރު ވެގެން ކޮޓަރިން ނިކުމެގެން އަޔާޒްގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ދޮރާ ހަމައަށް ދިޔައެވެ.

“އަޔާ، ނަދާ ކައިރީވެސް ބުނެބަލަ އަންނަން” ކުއްލިއަކަށް ހުއްޓިފައި މައިހާ ބުންޏެވެ.

“މައިގެ ޕްލޭންއެއްނު؟ މައި ބުނެބަލަ” އަޔާޒް ބުންޏެވެ.

“ދެން…” އަޔާޒްއާ ދިމާއަށް ލޯ އަޅާލަމުން މައިހާ ބެލްކަންޏަށް ނިކުތެވެ.

“ނަދާ، ހިނގާ ބޭރަށް ގޮސްލަން” މައިހާ ބުންޏެވެ.

“ނޫން، ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ” މައިހާއަށް ބަލާލަމުން ނަދާ ދެކޮޅު ހެދިއެވެ.

“އެހާ ގިނަ އިރެއް ނުވާނެ، ގޮސްލާފަ ވަރަށް އަވަހަށް އަންނާނީ” މައިހާ އަނެއްކާވެސް އެދުނެވެ.

“ނޫން” ނަދާ ދެފަރާތަށް ބޯ ހަލުވާލިއެވެ.

“އަޔާގެ އުފަން ދުވަސް ވީމަ ސަޕްރައިޒްއެއް ދޭން މި އުޅެނީ، ނަދާވެސް ބައިވެރި ވެލަން ވާނެއެއްނު…؟” މައިހާ ލަސްލަހުން ބުނެލީ އޭރުންވެސް ނަދާ ދާން އެއްބަސް ވެދާނެ ކަމަށެވެ.

“އަޔާއަށް ސަޕްރައިޒް ދެވޭނެއެއްނު އަހަރެން ނެތަކަސް…؟” ހިތްހަމަ ނުޖެހުނު ނަމަވެސް ނަދާ ބުނީ މަޑުންނެވެ.

“އޯކޭ” މައިހާ އެންމެ ފަހުން ހުއްޓާލިއެވެ.

އަޔާޒް ކައިރިއަށް ގޮސް ދެ ފަރާތަށް ބޯ ހަލުވާލަމުން މައިހާ އަޔާޒްގެ އަތުގައި ހިފައިގެން ނިކުތެވެ. ދޮރު ލައްޕާލުމުގެ ކުރިން އަޔާޒްއަށް ބެލްކަންޏާ ދިމާއަށް ބަލާލެވުނެވެ.

ދޮރު ލެއްޕި އަޑު އިވުމުން ނަދާ ތެދުވެގެން ކޮޓަރިއަށް ވަންނަން އައިސް، ކާން ތައްޔާރު ކޮށްފައި ހުރި މޭޒުމައްޗަށް ބަލާލިއެވެ. ލޮލުން ކަރުނަ އައީ، އެ ދުވަހު ނަދާ ކުރި އެއްވެސް ކަމެއް އަޔާޒްއަށް ފާހަގަ ނުވުމުންނެވެ. ކާން އިށީނދެފައިވެސް، މައިހާ ބުނުމުން ނުކައި ބޭރަށް ދިޔައީތީއެވެ. ނަދާ އަމިއްލައަށް ކައްކަން ފެށި ފަހުން އެ ފަހަރު ނޫނީ، އަޔާޒްގެ އުފަން ދުވަހެއްގައި ނަދާގެ އަތުން ތައްޔާރު ކުރި ކެއުމެއް އަޔާޒް ނުކާ އަހަރެއް ނުދެއެވެ. އެހެން ކަމެއް ނުކުރެވުނަސް އެ ކެއުން އެއީ ނަދާ ޚާއްސަކޮށް އަޔާޒްއަށް ޓަކާ ތައްޔާރު ކުރި ކެއުމެއް ކަން އަޔާޒްއަށް ނުވިސްނެނީ ހެއްޔެވެ؟ ނޫން ނަމަ ކުރެވުނު ކައިވެންޏަށް ފަހު ނަދާގެ ފަރާތުން އެ ވަރުގެ ކަމެއްވެސް އަޔާޒްއަށް ކަމުނުދަނީ ހެއްޔެވެ؟

އަޔާޒްއަށް ޓަކާ ކަމެއް ކުރަން އުޅެވުނީތީ އަމިއްލަ ނަފްސު ދެކެވެސް ނަދާ ރުޅި އައެވެ. ލޮލުން އައި ކަރު ފޮހެމުން ނަދާ ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވާ، އެތެރެ ނުފެންނަ ކަރުދާސް ކޮތަޅެއް ނެގިއެވެ. އެއަށް ބަލަން ހުރެފައި، ރިހި ކުލައިގެ ކަރުދާހުން ޕާރުސަލް ކޮށްފައި އޮތް ފޮއްޓެއް ނަގާ ކަރުދާސްތައް ނައްޓާލިއެވެ. ފޮށި ތެރޭ ހުރި އެއްޗެހި ނެގުމެއް ނެތި މުށިތައް މައްޗަށް ވައްޓާލާ، ފައިން އެރީވެސް ރޮމުން، ލޮލުން އައި ކަރުނަ ރުޅިވެރިކަމާ އެކު ފޮހެމުންނެވެ. ފޮށި ހަލާކު ވުމުން އެއާ ކަރުދާސްތަކާ އެކު ބޮނޑިކޮށްލާފައި ގޮސް ކޮޓަރީގައި ހުރި ޑަސްޓްބިންއަށް ވައްޓާލިއެވެ.

ދެންވެސް ހިތަށް ހަމަ ޖެހުމެއް ނުލިބުމުން ފޯން ނަގާ ބާރަށް ލަވަ ޖަހައިގެން ހެޑްސެޓް އަޅައިގެން އެނދުމައްޗަށް ނަދާ ވެއްޓިގަތީވެސް ރޮމުންނެވެ. އެކަކުވެސް ގޭގައި ނޫޅޭތީ ރުއިމުގެ އަޑު ސިއްރު ކުރާކަށްވެސް ނަދާ ނޫޅެއެވެ. ބަންޑުން އޮވެގެން ބާރަށް ރޮމުން ދިޔަ އިރު ހިތާހިތާ އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުން ދިޔައެވެ. އަޔާޒް ދެކެ ލޯބި ވެވުނީތީއެވެ. އަޔާޒްއަށް ޓަކާ އެކި އެކި ކަންކަން ކުރަން ހިތް އެދޭތީއެވެ. އަޔާޒް ނަދާއާ މެދު ނުރުހުން ވާކަން އެނގި، އެކަމާ ދެރަ ވެވޭތީއެވެ. އަޔާޒްގެ ލޯތްބަށް އެދެވޭތީއެވެ.

ގެއިން ނިކުތްތާ ދިހަ ވަރަކަށް މިނަޓް ފަހުން އަޔާޒް މައްޗަށް އެރީ ސައިކަލުގެ ތަޅުދަނޑި ބާއްވާފައި ދެވުމުންނެވެ. ޓެކްސީއެއްގައި ދާން އުޅެފައިވެސް އެ ގަޑީގައި ޓެކްސީއެއް ނުލިބުމުން އެންމެ ފަހުން ނިންމީ ސައިކަލުގައި ދާށެވެ. ކޮޓަރީގެ ދޮރު ކައިރީ ހުރި ކަބަޑު މަތީ އޮތް ތަޅުދަނޑި ނަގައިގެން އެނބުރިލަން އުޅެފައި އަޔާޒް ހުއްޓުނީ ކޮޓަރި ތެރެއިން އިވުނު އަޑަކުންނެވެ. ކިރިޔާ ނުލެއްޕި ހުރި ދޮރުގައި އަތް ޖައްސާލަމުން އަޔާޒް ތަންކޮޅެއް ބޮޑަށް ހުޅުވާލިއެވެ. އެއާއެކު ނަދާގެ ރުއިމުގެ އަޑު ބާރު ވިއެވެ.

ދޮރާ ދިމާއަށް ފުރަގަސް ދީގެން އެނދުގައި ބަންޑުން އޮތް ނަދާ ރޯ އަޑާ އެކު، ކަންފަތުގައި ޖަހާފައި ހުރި ހެޑްސެޓުން ލަވައިގެ އަޑުވެސް ކޮންމެވެސް ވަރަކަށް އިވެއެވެ. ބާރަށް ރޮމުން ދިޔަ ނަދާ އެ ގޮތަށް ރުއި އަޑު އޭގެ ކުރިން އަޔާޒްއަށް އިވިފައި ވަނީ އެންމެ ދުވަހަކުއެވެ. ޝާމިލްމެން ގެއިން ހުދާ ނިކުތް ދުވަހުއެވެ.

ކިތަންމެ ވަރަކަށް ރުޔަސް، ނަދާ ރޮނީ އެންމެންނަށްވެސް ސިއްރުންނެވެ. އެކުގައި ބޮޑެތި ވެގެން އައި އިރު ނަދާގެ ލޮލުން ކަރުނަ އައި ތަން އަޔާޒްއަށް ފެނިފައި ވަނީ މަދު ފަހަރަކުއެވެ. ނަމަވެސް ރޮއެރޮއެ ލޯ ރަތްވެ، ދުޅަވެފައި ހުއްޓާ ކިތަންމެ ފަހަރަކު އަޔާޒް ވަނީ ދެކެފައެވެ.

އެންމެ ފަހުން ހުދާމެން އެ ގެޔަށް އައި ދުވަހުވެސް އެ މަންޒަރު އަޔާޒްއަށް ވަނީ ފެނިފައެވެ. އެރޭ ނަދާ ފާހާނާއިން ނިކުތް އިރު، އަޔާޒްއަށް އެ މޫނު ނުދައްކަން ވެގެން އަނެއް ފަރާތަށް އެނބުރިގެން ހުރެ ކޮޓަރިން ނިކުތް އިރުވެސް ނަދާ ހުރީ ރޮއެފައި ކަން އަޔާޒްއަކަށް ސިއްރެއް ނުވެއެވެ.

ނަމަވެސް ނަދާގެ ރުއިމުން ދުވަހަކުވެސް އަސަރު ނުކުރާ ވަރަށް އެރޭ، އެ ވަގުތު އަޔާޒްއަށް އަސަރުކޮށްލިއެވެ. ހިތް ފިތިގެން އައި ފަދަ އިހުސާސެއް ކުރެވުމާއެކު އަޔާޒްއަށް މޭގައި އަތް ޖައްސާލެވުނީ ގަސްތަކާ ނުލައެވެ.

ސައިލެންޓަށް ލާފައި އޮތް ފޯން ވައިބްރޭޓް ވާން ފެށުމާއެކު އަޔާޒް ދިޔައީ ސިއްސައިގެންނެވެ. ޖީބުން ފޯން ނަގާފައި، މައިހާގެ ނަން ފެނުމުން، އެއް ފަހަރު ނަދާއަށް ބަލާލާފައިވެސް އަޔާޒް ނިކުތީ ބޭރަށެވެ.

ރެސްޓޯރެންޓެއްގައި ކޭކަކާއި އެކު، ކެއުން ތައްޔާރު ކޮށްފައި ހުރީ އަޔާޒްއަށް ކަމުދާނެ ގޮތަށެވެ. މައިހާ ރައްޓެހި ދެ ކުއްޖަކާ އެކު އަޔާޒްގެ އެންމެ ގާތް ދެ އެކުވެރިންވެސް ތިއްބެވެ. އެންމެން ވެގެން އަޔާޒްއަށް ތަހުނިޔާ ކިއެވެ. ކާން އިން އިރުވެސް އަޔާޒްގެ ހަނދާނަށް އަންނަމުން ދިޔައީ ނަދާ ރޯން އޮތް ގޮތެވެ. ކާ ހިތް ނުވެފައި، އެތަނުގައި އިންނަން އުނދަގޫ ވުމުން އަޔާޒް ބޭނުން ވީ އަވަހަށް ގެޔަށް ދާށެވެ. ނަމަވެސް މައިހާ ބޭނުންވީ ކޭކު ފަޅާފައި ދާށެވެ. އެންމެން ކިޔަން ފެށުމުން އަޔާޒް ކޭކު ފެޅިއެވެ.

ކޭކު ފޮއްޗެއް ހިފައިގެން އައިސް އަޔާޒްގެ ބެސްޓް ފްރެންޑް ހަމްދާން، ދުރުގައި ވަކިން އިން އަޔާޒް ކައިރީ އިށީނެވެ.

“އަޔާ ކިހިނެއް ހަދައިގެން ތި އުޅެނީ؟ އަހަރެން ހީކުރީ މެރީ ކުރީމަ މައިގެ ޗެޕްޓަރ ނިމުނީ ކަމަށް. އެކަމަކު ގޭގަ ވައިފް، ބޭރުގަ ގަރލް ފްރެންޑް ގެންގުޅޭ ކަހަލަ މީހަކަށްތަ އަޔާ ތި ވީ؟” ހަމްދާން ދިމާ ކޮށްލިއެވެ.

“ނޫން… އެހެންނެއް ނޫން…” އަޔާޒް ދެކޮޅު ހެދިއެވެ. ނަމަވެސް މައިހާއާ އޮތް ގުޅުން ބުނެދޭކަށް ނޭނގުނެވެ.

“ކޮންމެ ގޮތަކަށް ވިޔަސް ތީ ރަނގަޅު ގޮތެއް ނޫން އަޔާ… ރަނގަޅު ވާނީ ކޮންމެސް އެއް ގޮތަކަށް ނިންމުން… ނަދާ ދޫކޮށްލާ، އެހެން ނޫނީ މައިއާ މެރީ ކުރޭ ދެ އަނތްބަށް. ތިހެން އުޅުން އެއީ އެއް ގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން” ހަމްދާން އަޔާޒްއަށް ނަސޭހަތްތެރިވިއެވެ.

“އަހަރެން އަންނަން ބޭނުން ވެގެންނެއް ނޫން މިރޭ މި އައީކީވެސް، މައި ކުރު ނުކޮށްގެން އައީ” އަޔާޒް ބުންޏެވެ.

“ކަމެއް ވެގެން ދޯ އަޔާ އަންނަން ބޭނުން ނުވާ ތަނަކަށް އޭނައަށް އަޔާ ގެނެވޭނީ؟” ހަމްދާން ބުނެލިއެވެ.

އެއްޗެއް ނުބުނެ ދެ ފަރާތަށް ބޯ ހަލުވާލާފައި އަޔާޒް އިރުކޮޅަކު ހުއްޓެވެ.

“ދަނީ ދެން…” އަތުގައި ހުރި ތަށި މޭޒުމަތީ ބަހައްޓާފައި އަޔާޒް ބުންޏެވެ.

އެންމެންވެސް ދާން ތައްޔާރު ވިއެވެ.

“ކޭކު ހިފައިގެން ދޯ ދާނީ؟” މައިހާ އަހާލިއެވެ.

“ނޫން، މިތަނުގެ މީހުންނަށް ދީ” އަޔާޒް ދެކޮޅު ހެދިއެވެ. އެ ކޭކެ ގެޔަށް ގެންދާކަށް އަޔާޒް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

އަޔާޒް ބުނި ގޮތުން އިތުރަށް އެއްޗެއް ބުނަން މައިހާއަކަށް ނުކެރުނެވެ.

އަޔާޒްއާ މައިހާއަށް ގެޔަށް ދެވުނު އިރު ދިހައެއް ޖަހަނީއެވެ. ކާން ހަދާފައި ހުރި ގޮތަށް ކާ މޭޒުމަތި ހުއްޓެވެ. އަޔާޒް ކޮޓަރިއަށް ވަދެ ބަލާލި އިރު، އޭރު އޮތް ގޮތަށް ނަދާއަށް އޮތީ ނިދިފައެވެ. ލެޕްޓޮޕް ހިފައިގެން އަޔާޒް އަނެއްކާވެސް ބޭރަށް ނިކުތީ ކުރިން ކުރަން އިން މަސައްކަތް ނިންމާށެވެ. ނަދާއަށް ނިދިފައި އޮތުމުން އުނދަގޫ ވެދާނެތީއެވެ. އޭރު މައިހާ އުޅުނީ މޭޒުމަތީ ހުރި ތަށިތައް ނަގާ، އެއްޗެހި ހޫނު ކުރާށެވެ. އެކަން ނިންމާފައި މައިހާ އައިސް ޓީވީ ހުޅުވާލިއެވެ.

އެގާރަ ގަޑި ބައި ވުމުން އަޔާޒް ލެޕްޓޮޕް ލައްޕާލާފައި ކޮފީ ޓެބަލް މަތީ ބާއްވާލާފައި ސޯފާގައި ލެނގިލަމުން ލޯ މަރާލިއެވެ.

“ނިދި އައީތަ؟” މައިހާ އަހާލިއެވެ.

“ނިންޖަށް ވުރެ ބޮޑަށް ވަރުބަލި ވެއްޖެ. މައި ނިންޖެއް ނާދޭތަ؟” އިން ގޮތަށް އިނދެ އަޔާޒް އަހާލިއެވެ.

“ނަދާ އޮތީ ނިދާފަތަ؟” މައިހާ އެހީ އެހެން ވާހަކައެކެވެ.

“އާނ، ކިހިނެއް ވީ؟” ލޯ ހުޅުވާ މައިހާއަށް އަޔާޒް ބަލާލިއެވެ.

އެއްޗެއް ނުބުނެ އިން ތަނުން ތެދުވެގެން އައިސް މައިހާ އަޔާޒް ކައިރީ އިށީނެވެ.

“ހެޕީ ބަރތްޑޭ އަޔާ!” އަޔާޒްގެ މޫނުގައި އަތް ޖައްސާލަމުން މައިހާ ބުންޏެވެ.

“މައި…” އަޔާޒް އެއްޗެއް ބުނަން އުޅުނު ނަމަވެސް މައިހާ އަޔާޒްގެ ވާހަކަ މެދު ކަނޑާލިއެވެ.

“ކޮންމެ އަހަރަކުވެސް އަހަރެން އަޔާއަށް ވިޝް ކުރާހެން ވިޝް ކޮށްލަން ބޭނުމީ…” ދެކޮޅު ހަދާނެ ފުރުސަތެއް އަޔާޒްއަށް ނުދީ ދެ އަތުން އަޔާޒްގެ މޫނުގެ ދެ ފަރާތުގައި ހިފާލުމާއެކު މައިހާ އަޔާޒްގެ ތުންފަތުގައި ބޮސްދިނެވެ.

އަޔާޒްއަކަށް ދެކޮޅެއް ނުހެދުނެވެ. ދެއަތުން މައިހާ ގަޔާ ކައިރި ކޮށްލަމުން އަތުތެރޭގެއި މައިހާ ބޮނޑިކޮށްލިއެވެ. ނަދާއާ މެދު ހިތުގައި ހިނގަމުން ދިޔަ އޮޅުންބޮޅުންތަކެއް ފަދަ ޚިޔާލުތަކުން ދުރުވެލުމަށް، އަޔާޒް އެ ފުރުސަތުގެ ބޭނުން ކުރިއެވެ. އަޔާޒް ލައިގެން އިން ޓީޝާޓުގެ ދަށަށް ދެ އަތްތިލަ ލައްވާލަމުން މައިހާ އަޔާޒްގެ މޭގައި ފިރުމަން ފެށިއެވެ. މައިހާގެ ނަން ކިޔާލަމުން އަޔާޒް މައިހާގެ އުނަގަނޑުގައި ހިފާ އުފުލާލާފައި ގެނެސް އަޔާޒްގެ އުނގުގައި، އަޔާޒްއަށް ކުރިމަތި ވާނެހެން ބޭންދުމާއެކު މައިހާގެ ކަންފަތާ ކަރުގައި އަޔާޒްގެ ތުންފަތް ހަރަކާތް ކުރަން ފެށިއެވެ.

ކޮޓަރި ދޮރުމަތީ އެ މަންޒަރު ބަލަން ހުރި ނަދާ އެނބުރި ކޮޓަރިއަށް ވަދެ މަޑުމަޑުން ދޮރު ލައްޕާލިއެވެ. ދެރައާއި ރުޅިން ލޮލުން އައި ކަރުނަ ދެ އަތުން ފޮހެމުން ގޮސް ނަދާ އަނެއްކާވެސް އޮށޯތެވެ.

އޭގެ ދިހަ ވަރަކަށް މިނަޓް ކުރިން ނަދާއަށް ހޭލެވުމުން ފޯނުން ގަޑި ބަލާލިއެވެ. އެގާރަ ގަޑި ސާޅީހެވެ. ބޭރުން ޓީވީގެ އަޑު އިވުމުން އަޔާޒްއާ މައިހާ ގެޔަށް އައިކަން ނަދާއަށް އެނގުނެވެ. ބޭރަށް ނިކުންނަ ހިތް ނުވި ނަމަވެސް ނަދާ ނިކުތީ މޭޒުމަތީގައި ކާން ހަދާފައި ހުރި ތަށިތައް ނަގާ، އެއްޗެހި ހޫނު ކޮށްލާށެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ސިއްރުން ކަހަލަ ގޮތަކަށް ނަދާ ނިކުތީ އެ ފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. އަޔާޒްއާ މައިހާ ތިބި ގޮތް ފެނުމުން ނަދާގެ ފައި ބިމުގައި ތަތްވި ކަހަލައެވެ. ގަބޫލު ކުރަން ދަތިވެފައި ހުރެވުނީއެވެ. ނަމަވެސް އަޔާޒްގެ އުނގަށް މައިހާ ލީ ހިސާބުން އިތުރަށް ބަލާކަށް ނަދާއަކަށް ނުހުރެވުނެވެ.

އަޔާޒްގެ މޫނުގައި ހިފާލަމުން މައިހާ އަނެއްކާވެސް އަޔާޒްގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. މައިހާގެ އިސްތަށިގަނޑު ތެރެއަށް އަތްތިލަ މަހާލަމުން އަޔާޒް އަދިވެސް ބޮޑަށް މައިހާއާ ކައިރި ވާން އުޅުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވާނަން އެކީގެ ކިޔުންތެރިންނަށް…

Next

ވާނަން އެކީ…3

Next
July 24, 2019

ވާނަން އެކީ…3

Previews
July 24, 2019

ވާނަން އެކީގެ ކިޔުންތެރިންނަށް…

69 Comments!

  1. Mar Sha Marsha says:
    July 24, 2019 at 2:55 pm

    ސަލާމް ހުރިހާ ކުދިން، މި ބައިވެސް ކަމުދާނެ ކަމަށް ހީ ކުރަން، ވާހަކައާ މެދު ދެކޭ ގޮތް ކޮމެންޓަކުން އަންގާލާތި އިނގޭ، 17 ވަނަ ބައި އިރާދަ ކުރެއްވިއްޔާ އާދީއްތަ ދުވަހުން ގެނެސްދޭނަން.

    1. My says:
      July 24, 2019 at 6:17 pm

      Story reethi. Ekam imun beyruvaan ulheyhen heevany.

    2. My says:
      July 24, 2019 at 7:10 pm

      Haadha lahun next part.

    3. Mar Sha Marsha says:
      July 25, 2019 at 11:03 am

      Thnq My, weekly 2 faharu upload kuran, so Sunday laheh noonehnu? Let’s c dho vaa gotheh

    4. My says:
      July 27, 2019 at 4:25 pm

      Minivandhuvahaa gulhuvaigen surprise libeynekamah mihury

  2. Aisheen says:
    July 24, 2019 at 3:06 pm

    Mi part vx vrh reethi? ….nadherr ahh hapyy life ehh hoadha dheeba Marsha sis.?waitinn for Sunday……

    1. Mar Sha Marsha says:
      July 25, 2019 at 11:03 am

      Will try ingey, thnq Aisheen

  3. Aby says:
    July 24, 2019 at 3:07 pm

    Wow. Hama rangalhah ves rovijje… Varah reethi. Ekamaku thankolheh kuruhen heevey eba…

    1. Mar Sha Marsha says:
      July 25, 2019 at 10:41 am

      Thnq Aby, normally upload kuraa varah mi bai innaany, hyvany kuru hen, hehe

  4. Zee says:
    July 24, 2019 at 3:09 pm

    Vvvv reethi mi baives

    1. Mar Sha Marsha says:
      July 25, 2019 at 11:04 am

      Thnq Zee

  5. Mary says:
    July 24, 2019 at 3:12 pm

    Woww! Vvvvv salhi part ves ? ? masha allah…

    1. Mar Sha Marsha says:
      July 25, 2019 at 10:41 am

      Thnq Mary. ?

  6. Maiha says:
    July 24, 2019 at 3:31 pm

    V salhi… thank u masha… ekamu hadhaa ah thihen nuhadhabala

    1. Mar Sha Marsha says:
      July 25, 2019 at 10:42 am

      Thnq Maiha, nadha ah goiy goiy hadhan ayaa ehnu!! ?

  7. Ninaa says:
    July 24, 2019 at 3:48 pm

    Vvvv reethi konme faharakuves hama kiyaahithun hutta nimenee. Mihaaru kiyey enme reethi vaahaka ❤️❤️❤️Waiting for the next part

    1. Mar Sha Marsha says:
      July 25, 2019 at 10:43 am

      V happy Ninaa ah vaahaka ehaa rythi vyma, thnq so much ?

  8. Roo says:
    July 24, 2019 at 3:53 pm

    Heyonuvaane ithuru kamehhigniya nudheythi nadhaafakeeru halaakuvrdhaan. Masha Allah vaahaka haadhreethi.

    1. Mar Sha Marsha says:
      July 25, 2019 at 10:45 am

      Thnq Roo, ayaa ah visnaidheyn gotheh hadhaalan v dho!

  9. azker says:
    July 24, 2019 at 4:23 pm

    I started to read this story and surprised to find my name as hudhaa ge child…anyway story v.nice

    1. Mar Sha Marsha says:
      July 25, 2019 at 10:46 am

      Thnq azker, Marsha ah v rythi name eii

  10. nai nai says:
    July 24, 2019 at 4:23 pm

    meh.. Dhenn Nadhaa vess dho.. ragalhuvaan onnane vki vareh.. hiley anhenaku nagai ungumathee baindhaigenn efaadah ulhuneemavess nadhaa hama ok vefa…. ehaa hisaabun jeheyne konmevess action eh nagan.. nadhaa ragalhuvegenn over vaathy ey massala akee…. Ayaaz too much… foohi firiheneh shahadhah mibunee.. marsha dhenn konmevess action eh nagabala.. story reethi ….

    1. Mar Sha Marsha says:
      July 25, 2019 at 10:48 am

      Hmm, nadhaa maa rangalhu dho, temper eh dheyn v dho nadhaa ah, thnq ingey nai

  11. Aish says:
    July 24, 2019 at 4:29 pm

    Vv foohivehje ayaaz dheke..vv reethi mi part ves..nadhaa ah dheragotheh nahadhahchey

    1. Mar Sha Marsha says:
      July 25, 2019 at 10:49 am

      Thnq Aish, balaanan nadha ah dhera gotheh nuveytho

  12. Ainthu says:
    July 24, 2019 at 4:42 pm

    V salhi vaahaka keeve eyhaa dhuvas kofa up kuranee

    1. Mar Sha Marsha says:
      July 25, 2019 at 10:49 am

      Thnq Ainthu, week aku 2 days ga vaahaka genesdheny

  13. Ibsha says:
    July 24, 2019 at 4:59 pm

    Varah reethi

    1. Mar Sha Marsha says:
      July 25, 2019 at 10:50 am

      Thnq Ibsha

  14. Junaidh says:
    July 24, 2019 at 5:22 pm

    Nadhaa dhn ayaaz dhookollaafa ehn miihaku hoadhabala. Eyrah maa ragalhu vaane.

    1. Mar Sha Marsha says:
      July 25, 2019 at 11:05 am

      Thnq Junaidh, Ehen dho hadhan v!!

  15. Sleepy puffin says:
    July 24, 2019 at 7:27 pm

    V reethi. Keep it up marsha. Good luck for he n3xt part.love your story.??????????waiting for the n3xt.

    1. Mar Sha Marsha says:
      July 25, 2019 at 10:50 am

      Thnq so much Sleepy

  16. Meekkomee says:
    July 24, 2019 at 7:29 pm

    Varah reethi ? ???

    1. Mar Sha Marsha says:
      July 25, 2019 at 10:51 am

      Thnq Meekkomee

  17. Nunnu says:
    July 24, 2019 at 7:47 pm

    Alhey thankolheh avah up kohle vidhaane tha story kiyaahithun hama nuhurevenyy btw story abadhu vx v v v best maasha allah!???

    1. Mar Sha Marsha says:
      July 25, 2019 at 10:52 am

      Oww, plz wait for Sunday Nunnu, thnq so much

  18. Ryn says:
    July 24, 2019 at 8:09 pm

    V. Salhi… Love you story ?????

    1. Mar Sha Marsha says:
      July 25, 2019 at 10:52 am

      Thnq so much Ryn

  19. Yanaa says:
    July 24, 2019 at 8:17 pm

    Dhen Nadha Ae kyh kuraa meehei….Baakee vee tha Nadha…Ayaz kihinei tha e ulheni

    1. Mar Sha Marsha says:
      July 25, 2019 at 10:53 am

      Nadha ah vaa gotheh engeyne adhi dear, ayaa dho!! Thnq Yaana

  20. Ainth says:
    July 24, 2019 at 9:13 pm

    V reethi … week ehga 2 days ga dho up thikuraney… nehtha sunday ga kurin up kohdheveykah

    1. Mar Sha Marsha says:
      July 25, 2019 at 11:06 am

      Oww, alhe v dhera vey kudhin ge request ah noonekey bunan jeheythyves, but ehaa v time eh nuvey, but will try ingey, thnq

  21. Rai says:
    July 24, 2019 at 9:29 pm

    Mia bunihen Ayaa ge kindness ge disadvantage nagany dho e Maiha .Konfadha goikuda MEEHEH.??????????varah reethi.Ekam haadha k urey
    Anyway when next.Adhives Rai ah hama rulhi aadheveny e Maiha gandu dheke???
    ‘

    1. Mar Sha Marsha says:
      July 25, 2019 at 10:54 am

      Hehe, next part Sunday ga thnq Rai

  22. Rai says:
    July 24, 2019 at 9:53 pm

    Comment kuri Maiha eh noon ingey

  23. Birdie says:
    July 24, 2019 at 11:54 pm

    Haadha kurey dhen

    1. Mar Sha Marsha says:
      July 25, 2019 at 10:55 am

      Sunday ga dhigu kollaanan ingey, thnq Birdie

  24. Maiha says:
    July 24, 2019 at 11:54 pm

    Hehe dhw rai mee too

  25. shanha says:
    July 25, 2019 at 1:59 am

    Wow varh reethi ? alhugadu gabulu kuraagothuga nadhaa kanthah kurani ragalhah kehtheyri kamuge mayvaa fonivaane ?

    1. Mar Sha Marsha says:
      July 25, 2019 at 10:57 am

      Thnq shanha,

  26. Kiuntheriyaa says:
    July 25, 2019 at 8:54 am

    Kehtheri kamuge meyvaa fonivias thimaage firimeehaa hiley anhenakaaeku egothah ulheythan fenuneema ekan rangalhu kuran masahkaiy kuranvaane

    1. Mar Sha Marsha says:
      July 25, 2019 at 10:58 am

      Nadha dhen konmes gotheh hadhan v dho!! Thnq kiyuntheriyaa

  27. Noor says:
    July 25, 2019 at 9:00 am

    Mi ayaaz Miulhey vahtharakun hama boahalaaku?mi maihaa vesmee dutyga ulhunas Beynun iraku geah ais geyga oveveytha break innanee. 1 hr naruhekey kiyaa naruhunnah huthuru aruvan ulhey ehcheh

    1. Mar Sha Marsha says:
      July 25, 2019 at 10:59 am

      Hehe, ehaa rulhi n aadhey Noor, adhi Maiha aa ayaaz ah visneyne kanneynge ehnu

  28. Salhi says:
    July 25, 2019 at 9:00 am

    Ehthan nadhaa ah fenunkan angaalan ehenthihba nikan nikumegen kaa kotari ah dhaybala vaakamakah nahadhaa

    1. Mar Sha Marsha says:
      July 25, 2019 at 11:08 am

      Oh, gud idea!! Hingaa dho nadha kuraany kyhtho balamaa, Sunday ga, thnq salhi

  29. Nadha says:
    July 25, 2019 at 2:26 pm

    Ayaaz aa nadha aa gulhuvaalabala

    1. Mar Sha Marsha says:
      July 26, 2019 at 8:40 pm

      Balaanan ingey

  30. Axee says:
    July 25, 2019 at 3:58 pm

    Nadhaa hadhanvi gothakee nihaal menge hedhunyma avahah egeah chanj vaan v.. eyrah e ayaazgadah ehcheh vixneyne… emyhehge agu vazan kureveyny emyheh beevegen dhiyaama

    1. Mar Sha Marsha says:
      July 26, 2019 at 8:42 pm

      Thnq Axee

  31. MunyMoon says:
    July 26, 2019 at 10:06 am

    Alhe v v v varah reeethi.hama aslah rovihje
    Huvaa mibuny….ayaa dhen haadha bad ey dhwww
    Alhe ehen nuhadhaa nadhaa ah… heyonuvaane
    Next part kiyaalaa hithun keh madhuvefa mihury
    ❤❤❤

    1. Mar Sha Marsha says:
      July 26, 2019 at 8:43 pm

      Thnq MunyMoon

  32. Afoo says:
    July 27, 2019 at 12:56 pm

    Varah reethi mi part ves.
    ❤❤

    1. Mar Sha Marsha says:
      July 28, 2019 at 12:46 pm

      Thnq Afoo

  33. Shaaa says:
    July 27, 2019 at 9:05 pm

    Ayaa gadaa konemehen nathaa a heart kurane kameneye ????hama masha fene jeya rovalanane ….maihaa ves fenijeya hama rovalaanane ………..ekame nathaa feni jeya happy kothe vetho balaanane???stry was nice marsha sis love you ?????????

    1. Mar Sha Marsha says:
      July 28, 2019 at 12:46 pm

      Thnq Shaaa

  34. Fathun says:
    July 28, 2019 at 10:33 am

    Can’t wait to read next part of the story
    Heads off to the writer???

    1. Mar Sha Marsha says:
      July 28, 2019 at 12:47 pm

      Thnq Fathun

Comments are closed.

Next Episodeކުށަކާ ނުލާ 17←


All Right Reserved!